ކާމިޔާބު އަންހެނާ 1
ޙުލާސާ:
މިވާހަކަޔަކީ މަޝްހޫރު ޑެނިޔަލް ސުޓީލްގެ ވާހަކަ އޮނާ ދައިސެލްފު ނަކަލަކަށް ބަލައިގެން ލިޔެފައިވާ ތަރުޖަމާ ޙިޔާލީ ވާހަކައެކެވެ.
ހީނާ އަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. ހީނާ ލަންކާއަށް އައީ އޭނާގެ ފޮތުގެ މަސައްކަތް ކުރުމަށް ފަސޭހަ ވާނެތީއެވެ. އަދި އޭނާގެ ހަޔާތުގެ ނުލިބިފައިވާ ގިނަ ސުވާލު ތަކެއްގެ ޖަވާބު ހޯދުމަށްވެސް މެއެވެ.ހީނާއަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. ހީނާ ލަންކާއަށް އައީ އޭނާގެ ފޮތުގެ މަސައްކަތް ކުރުމަށް ފަސޭހަ ވާނެތީއެވެ. އަދި އޭނާގެ ހަޔާތުގެ ނުލިބިފައިވާ ގިނަ ސުވާލު ތަކެއްގެ ޖަވާބު ހޯދުމަށްވެސް މެއެވެ.
ޑިސެންބަރ އަކީ އާދަޔާ ޚިލާފަށް ލަންކާގައި ދިވެހިން ގިނަ ދުވަސްވަރެކެވެ. އޭނާއިން ޓެކްސީގެ ބާރު ދުވެލި ކޮންޓުރޯލުން ނެއްޓި އޭނާގެ ފުރާނަޔަށް ނުރައްކާވާފަދަ ހާދިސާއަކާ އޭނާއާއި ކުރިމަތި ވެއެވެ.
ހިލްޓަން ހޮޓެލްގެ މީހުން ހައިރާންވެފައި ތިއްބެވެ. ދެދުވަހެއްކުރިން އެތަނަށްއައި ދިވެހި އަންހެންމީހާއަށް ވީގޮތެއް ނޭނގެއެވެ. ހޮޓަލަށް ޗެކްއިން ވުމަށް ފަހު ތަކެތި ބަހައްޓާފައި ދިޔަގޮތަށް އެމީހާ އަނބުރާ ހޮޓަލަކަށް ނައެވެ. ގައިމުވެސް އޭނާއަކީ މަޝްހޫރު މީހެކެވެ. ކޮންމެވެސް މޮޅުކަމެއް ކުރަނީތޯއްޗެކެވެ.
ހީނާގެ ގާތްތިމާގެ މީހުންވެސް އޭނާއަށް ވީގޮތެއް ނޭނގި ހައިރާން ވެފައި ތިއްބެވެ. ޢާންމެ ކޮށް ތަނަކަށް ދާއިރަށް އެތަނަކާ ބެހޭގޮތުން ހީނާ ޕުރޮމޯޓް ކުރާނެއެވެ. ނަމަވެސް މިފަހަރު އޭނާ ހިމޭންވީ ސަބަބަކީ ކޮބައބާވައެވެ.
ނަވަލޯކާ ހޮސްޕިޓަލުގެ އައިސީޔޫގައި ހީނާ މަރާ ހަނގުރާމަ ކުރަމުން ދިޔައެވެ. ގޮތް ނޭނގޭ މީހަކު އޭނާއަށް ޒިޔާރަތް ކުރަމުން ދިޔައެވެ. އެގޮތްނޭނގޭ މީހާއަކީ ޒަމާނެއްގައި އޭނާވެސް އިންތިހާއަށް ލޯބިވީމީހެކެވެ. އޭނާއަށް ހަނދާން ނައްތާނުލެވުނު އެ ސޫރައެވެ.
ހީނާހޮސްޕިޓަލުގަ އޮތް ޙަބަރު ލިބުމާއެކު އޭނާގެ ދެކުދިންނާ ގާތްމީހުން ޒިޔާރަތް ކުރަން ދިޔައެވެ. ހީނާއޮތް ހާލު ފެނުމާއެކު ދެކުދިން ގަދަ އަޑުން ރޯންފެށިއެވެ. އަދި ހީނާގެ ސަލާމަތަށް އެދި ދުޢާ ކުރަން ފަށައެވެ.
ހީނާއާއިމެދު އަޖާއިބުން ފުރިގެންވާ ކަންތައްތަކެއް ވަމުން ދިޔައެވެ. އެއީ ކޮންކަހަލަ ކަންތަކެއްކަން މިޕޭޖްތަކުން ވިދާޅުވާށެވެ.
ހީނާ އޭނާގެ އެނދުގައި ވިސްނުމަކަށް ގެއްލިފައި އޮތެވެ. މިއަދު އޭނަގެ ހަޔާތުގައި އޭނާއެކަނިވެރިޔޭ ހީވަނީ ކީއްބާވައެވެ. އޭނާގެ ދެކުދިން ތާނިޔާ އާއި ޒުއްނޫން ވެސް ކިޔަވަމުން ދަނީ ޓްރިވެންޑުރަމްގެ ހައި ސުކޫލެއްގައެވެ.
ރާމިޒް އާއި ކައިވެނި ކުރުން އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. ރާމިޒް އާއި އޭނާ ކައިވެނި ކުރީ އެދެމީހުންގެ އެކުވެރި ކަން ބަދަހިވުމާއެކު ގިނަ މީހުންގެ ލޯތަކަށް އެދެމީހުން އެކުގައި ފެނުމުން އަބުރު ވެރި ގޮތަކަށް ދިރިއުޅުން ބިނާކުރަން ވެގެންނެވެ. އަނެއްކޮޅުން ރާމިޒްވެސް ވެގެންދިޔައީ އޭނާގެ ދެކުދިންނަށް ރަނގަޅު ދޮންބައްޕަޔަކަށެވެ.
ތާނިޔާއަކީ ވަރަށް މަސައްކަތްތެރި ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން ކޮންމެވެސް ތަކެއްގައި ޕާޓްޓައިމް ކޮށް މަސައްކަތްވެސް ކުރަމުން ދެއެވެ.
ޒުއްނޫން ބޭނުންވީ އޭނާގެ ބައްޕަގެ ވިޔަފާރީގަ އެހީވުމަށެވެ. ކިޔެވުމާއެކު ގިނަވަގުތު ބައްޕަ ޔާއެކު ބައްޕަގެ އޮފީހުގައި އޭނާހޭދަ ކުރެއެވެ. ޒުއްނޫން އަކީ ތާނިޔާއަށްވުރެ ދޮށީމީހާއެވެ. މިޒާގުގައި ސީރިޔަސް ގޮތެއްހުރި ރީތި ޒުވާންކުއްޖެކެވެ. ތާނިޔާ އަކީވެސް ރީތިކަމާ ފަރިކަމުގެ ނަމޫނާ އެކެވެ. ދެކުދިން ވެސް ރާމިޒް އާ އެހާ ގުޅެއެވެ. ބައެއްފަހަރަށް ދެކުދިން އެކުގައި ރާއްޖެ އާދެއެވެ. އަދި ރާމިޒް އާއި ހީނާއާއި އެކު ވަގުތު ހޭދަކުރެއެވެ.
ތާނިޔާ އަބަދުވެސް ބޭނުންވަނީ މަންމަ ކާރީ އުޅުމަށެވެ. ކޮންމެ ފަހަރަކު އޭނާ ފުރައިގެން ދަނީ މަންމަ ގައިގައި ބައްދައިގެން ހުރެ އެތައް ވަރަކަށް ރުއިމަށްފަހުއެވެ. ހީނާ ފިލްމީ ކަންތަކަށް ތަންތަނަށް ފުރައިގެން ދިޔުމަކީ ތާނިޔާ މާގަބޫލް ކަމެއްނޫނެވެ. ނަމަވެސް ހީނާ ދެކޭގޮތުގައި ފިލްމީ ދުނިޔެއަކީ އޭނާގެ ކުރިމަގެވެ. ކުދިން ކުޑައިރު އޭނާ ހުންނަ ލޮކޭޝަންތަކަށް އޭނާކުދިން ގެންދެއެވެ. ސުކޫލް ޗުއްޓީ ތަކުގައެވެ. ބައެއްފަހަރަށް ލިބޭ ހުރިހާ ބުރޭކެއްގަ އޭނާ ކުދިންނާއެކު ވަގުތު ހޭދަކޮށްލަނީ އުފަލުންނެވެ. ބައެއްފަހަރު ތާނިޔާ ބޮޑާހާކާލާ ނުދާން ވަރުދައްކާލަުމުން އޭނާ ހީލާފައި ބުނެލަނީ އެއީ އަންހެންދަރިޔާ މަންމަގެ ގުޅުން ކަމަށެވެ. އަދި ހަމައެކަނި ފިރިހެން ދަރިޔެއްގެ މަންމަ އަކަށް އެކަނި ވުމަކުން ނުފުދޭނެ ކަމަށެވެ. ޒުއްނޫން އޭނާގެ އެއްވެސް ކަމަކާ ނުބެހޭނެއެވެ. ލޮކޭޝަންތަކުގައި ވެސް އެތާއުޅޭ އެހެން މީހުންނާ އޭނާ މާގުޅޭނެއެވެ. އޭނާގެ ފަހަތުން ތާނިޔާ އުޅޭހެނެއް ނޫޅޭނެއެވެ. ޒުއްނޫން އަކީ ގެންގުޅެން އެހާފަސޭހަ ކުއްޖެކެވެ.
މަސްތައް އަހަރުތަކަށް ބަދަލުވެ، ހީނާގެ ދެކުދިންވެސް ބޮޑެތިވިއެވެ. ދެކުދިން އެކުދިންގެ ކުރިމަގުހޯދުމަށް ފުރައިގެން ދިޔައީއެވެ. މިއަދު އޭނާ އެކަނި ވެފައި އެއިނީ އެހެންވެގެންނެވެ. ވަގުތު ހޭދަ ކުރުމަށްޓަކައި އޭނާ ފޮތާއި ގަލަން ނެގިއެވެ. އެގަލަމަކީ އޭނާއެތައް އާޓިކަލްއެއް އޭގެން ލިޔެ ފަވާލި ގަލަމެވެ. މިއަދުވެސް އެގަލަން މިވީ އޭނާގެ އެންމެގާތް އެކުވެރިޔަކަށެވެ. ކުރިމަތީގައިވާ ފޮތްހުޅުވާލުމުން އެފޮތަކީ އޭނާމީގެ އެތައް ދުވަހެއް ކުރިން ލިޔަން ފެށި ފޮތްކަން އޭނާ ހަނދާންވިއެވެ. ނޭނގޭ ސަބަބު ތަކަކާހެދި އޭނާވަނީ އެފޮތުގެ ލިޔުން ވަގުތީ ގޮތުން ހުއްޓާލާފައެެވެ.އަދި ލިޔުމާއި ފިލްމުގެ ކުޅުމުގެ ބަދަލުގައި އޭނާފެށީ ޓިޔުޝަން ކުލާހެއްހުޅުވައިގެން ކިޔަވާދޭށެވެ. މިކަމާ އޭނާގެ ގާތް މީހުން ވަރަށް ފާޑު ކިޔާހެދިއެވެ. އެމީހުން ދެކޭގޮތުގައި އޭނާގެ ދުނިޔެއަކީ ފިލްމީ ދުނިޔެއެވެ. ފިލްމެއްގެ ލީޑްރޯލުން އޭނާ ފެންނަން ނެތީޔާ އެފިލްމެއް ގިނަ މީހުންނަށް ކަމަކު ނުދެއެވެ. އޭނާއަށްވަނީ ރާއްޖޭގެ އެންމެ މޮޅު ފިލްމީ ބަތޮލާގެ އެވޯޑު ދެފަހަރަށް ލިބިފައެވެ. އަދި ސައިޑް ރޯލުންވެސްއޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާ މީހުންގެ ހިތް އަތުލާފައެވެ. މީގެ ސަބަބަކަށްވީ ހީނާ ފިލްމީ ދުނިޔެއާއި ކާރިވުން ނުވަތަ އެ ކަރިއަރ ދޫކޮށްލާފައި ނުދެވުނު އޭނާގެ ކެރިއާއަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ އޭނާގެ ރަސްމީ ވަޒީފާ ކަމަށެވެ.
ރާމިޒް ކުއްލިޔަކަށް ބަލިވުން ވެގެން ދިޔައީ އޭނާގެ ފިލްމީ މަސަކަތަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައި ކަމަކަަށެވެ. އެހުއްޓުމަކީ އޭނާގެ ލިޔުންތަކަށްވެސް އައި ހުއެްޓުންމެއެވެ. އޭނަގެ ހުރިހާ ވަގުތެއްވެސް އޭނާ ހޭދަކުރީ ރާމިޒް ކާރީ ރާމިޒަށް ޚިދުމަތް ކުރުމުގައެވެ ވަފާތެރި ޙިދުމަތްތެރި އަންބެއްހެނެވެ.
ކުއްލިަކަށް ހީނާގެ ކޮޓަރީ ދޮރު ހުޅުވާލިއަޑަށް އޭނާގެ ހިޔާލީ ދުނިޔެއިން އެނބުރި އައެވެ. އަދި އެނބުރި ބަލާލިއެވެ. ހީނާ ހިނިތުން ވެލިއެވެ. ހީވީ އެއައި މީހާއަކީ އޭނާ އިންތިޒާރު ކުރަމުން ދިޔަ މީހާހެންނެވެ. އެއީ އޭނާގެ އެސިސްޓެންޓް އުލްފަތުއެވެ. އުލްފަތުއަކީވެސް ވަރަށްރީތި މެދު އުމުރުގެ އަންހެނެކެވެ. އަދި ސުކޫލް ޓީޗަރެއްވެސް މެއެވެ. ނަމަވެސް ހީނާގެ އެސިސްޓެންޓެއްގެ ގޮތުގަ އުލްފަތު ހީނާއާއި އެކު މަސައްކަތް ކުރާތާ މިހާރު ފަނަރަ އަހަރުވިއެވެ.
ހީނާގެ އޮފީހުގެ ހުރިހާ ޒިއްމާއެއްހެން އުފުލަނީ އުލްފަތުއެވެ. އުލްފަތަކީ އަސްލު ލަންކާ ކުއްޖެކެވެ. ހީނާ،ލަންކާގައި ގެއެއް ގަނެގެން އުޅުނު އިރު އުލްފަތާ ކުދިންވެސްވަނީ ލަންކާގައި ހީނާއާއި އެކުގައެވެ. ހިނާ ގިނަ ފިލްމިތަކެއްގައި އޭރު ސޮއިކުރިއެވެ. ނަތީޖާއަކަށްވީ ގިނަވަގުތު ހީނާބޭރުގައިއުޅުމެވެ ،ކުދިން ކާރީ އެކުދިންގެ ޒިންމާ ނަގަނީ މަންމައެއްހެން އުލްފަތެވެ. އުލްފަތުވެސް އެދުވަސްކޮޅު މީހަކާ ރައްޓެހިވިއެވެ. ނަމަވެސް ކައިވެންޏެއް ނުކުރެއެވެ. ސަބަބަކީ ހީނާގެ ވަޒީފާއަށް އޭނާގެ ހިތުގަ އޮތް އިހްތިރާމް އާއިލޯތްބާއި އަދި ކުދިންނަށް އޭނާއަށް ދެވިފައިވާ މައިވަންތަ ލޯތްބެވެ. ޙާއްސަކޮށް ހީނާއަކީ އޭނާގެ ވެރިޔާއަށް ވުރެ ގާތްމީހެއްކަމަށް އޭނާދެކެއެވެ. ޚުދު ހީނާވެސް އެހެން މުވައްޒަފުންނަށް ވުރެ އުލްފަތު މާގާތްކޮށް ގެންގުޅެއެވެ. ހީނާގެ ކުދިންނާ މެދުވެސް އުލްފަތު ދެކެނީ އޭނާގެ އަމިއްލަ ކުދިންގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ކުދިންވެސް އުލްފަތަށް ކިޔަނީ ކުޑަމަންމަ އެވެ. ކުދިން ބެލުމުގެ އިތުރަށް އުލްފަތު ވަރަށް ހުޝިޔާރު ކަމާއެކު ހީނާގެ ސެކްރެޓެރިއެެއްގެ މަގާމުވެސް އަދާކުރެއެވެ. އުލްފަތުގެ ހުޝިޔާރުކަމާ މަސައްކަތަށް ބަހައްޓާ ފަރުވާ ތެރިކަމުން ހީނާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ.
ރާމިޒް ބަލިއެނދުގައި އޮތީއްސުރެވެސް ގޭތެރޭގެ ހުރިހާ ޒިންމާއެއްހެން ނަގަނީ އުލްފަތެވެ. ހޮސްޕިޓަލުގެ ކަންތަކާ އުޅުނީ ހީނާއެވެ. ރާމިޒް ނިޔާވުމުން ވެސް ހީނާގެ ހިތާމައިގައި އަމިއްލަ ފަރުދެއްހެން އުލްފަތު ބައިވެރި ވިއެވެ. އަދި ރާމިޒް ހިނަވާ ވަޅުލުމުގާވެސް ބޮޑު ބަޔެއް ވަރަށް އިހްލާސްތެރިކަމާއެކު އުލްފަތު އަދާކުރިއެވެ. ހުރިހާ ނަޒަރިއްޔާ އަކުން ބެލިޔަސް އުލްފަތަކީ ހުރިހާ މުވައްޒަފުންނަށް ވުރެ ހީނާގެ މާގާތް މީހަކަށްވެފައިވެއެވެ. ކޮންމެ މީހެއްގެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ކޮންމެވެސް މީހެއްގެ އަތެއްވާނެއެވެ. ހީނާއަށް ލިބުނު ހުރިހާ ކާމިޔާބީއެއްގައިވެސް އުލްފަތުގެ އަތް ވެއެވެ. ހީނާ އުލްފަތު އާއި މެދު ބަހައްޓާ އޯގާތެރި ގޮތުން އުލްފަތުގެ ހިތުގައި ވެސް ހީނާއާއި މެދު ޙާއްސަ ގަދަރެއް ވެއެވެ..
“އަޅުގަނޑު ހިތަށް އެރީ މިއީ ސައި ގަޑިޔޭ އެހެންވެ ސައިތަށްޓެއް ބޭނުންތޯ އަހާލަން މިއައީ”
އުލްފަތު ފަހަތަށް ދޮރު ލައްޕާލަމުން ބުނެލިއެވެ.
“ނޫން މިވަގުތަކު ބޭނުމެއްނޫން. މިފޮތް ލިޔަން ފެށުމާއެކު ތަފާތު ޚިޔާލު ތައް ގިނަވާތީ މިފޮތް ލިޔެވޭވަރެއްނޫން. ހީވާގޮތުން، އަހަރެންނަށް މިފޮތް ނުލިޔެވޭނެ”
ނޫން ތިހެން ނުބުުނުއްވާ ތިޔަ ކަމަކީ ކަލާ ގަޔާވެގެން އިިނދެއްޖެއްޔާ މާއުނދަގޫކަމަކަށް ނުވާނެ”.”
އުލްފަތު ހީނާގެ ވާހަކަ މެދު ކަނޑާލިއެވެ. މަންމަ އެއްހެން ހީނާއަށް ކަންތަކުގައި ހިތްވަރުދެނީވެސް އުލްފަތެވެ. .
“ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ. ތިޔަފޮތުގެ ފެށުން ނުލާހިކު އުނދަގޫ، އެކަމަކު ކަލާ ތިޔަވަނީ އެކަންވެސްކޮށްފައި. މިހާރު ތިތަނުން ބައެއް އަޅުގަނޑުގެ ލެޕްގައި ލިޔެވެސް ނިމިއްޖެ. އަޅުގަނޑު ބޭނުން މިވާހަކައިގެ އަނެއް ބައިވެސް ލިޔަން.” އުލްފަތު ބުނެލިއެވެ.
“އަހަރެންމިވަގުތު ބޭނުމީ ޕިއްޒާ ހަދާލަން”
“ދާދި ދެންމެ އަޅުގަނޑު އެއޮތީ ދެޕިއްޒާ ހަދާފަ”
ހިނިގަނޑެއްޖަހާލުން”ކަލޭ، އަހަރެން މިފޮތް ނުލިޔަން ބަހަނާއެއް ދެއްކިޔަކަ ނުދޭނަން ދޯ މާމަގަނޑާ”
“ބޭނުމިއްޔާ ކަލާއަރާމު ކޮށްލާ އެއްވެސް މަސައްކަތެއް ކުރުމުގެ އަމުރެއް ދެވޭކަށް ނެތް”
މޭޒުމަތީގެ އެއްޗިހިތައް ތަރުތީބު ކޮށްލަމުން އުލްފަތުވެސް ހިނިތުން ވެލިއެވެ..
“އަހަރެން އެބަ އަރާމުވެސް ކުރަމޭ . މާދަޔަަކު އަނެއްދުވަހަކު ޝާހިދު އަންނާނެ އަހަރެންގެ އާފިލްމުގެ ސްކުރިޕްޓް ހިފައިގެން އޭރުން އޮންނާނެ މަށަށް ފޮތް ލިޔެވިފަދޯ؟””
ޝާހިދަކީ ހީނާގެ ފިލްމުތަކުގެ ޕޮރޮޑިޔުސަރެެވެ. އަދި އޭނާގެ ފާއިތުވެދިޔަ ތިރީސް ދެއަހަރުގެ ފިލްމީ ކެރިއަރުގެ އޭޖެންޓު ވެސް މެއެވެ. ހަގީގަތަކީ ހީނާ ފިލްމީ ދުނިޔެއަށް ނެރެދިނީ ޝާހިދު ކަމެވެ. ޝާހިދަށް ހީނާއާއި ދިމާވީ ހީނާގެ އުމުރުން އެންމެ އަށާރަ އަހަރުއެވެ. ރަށްފުށުގެ ކޮންމެވެސް ސުކޫލެއްގެ ޑުރާމާއަކުން ނެވެ. އެދުވަހު ޝާހިދަަށް ހީނާގެ ހުނަރާއި ފަރިކަމާއި ރީތިކަން ފެނިފައި އޭނާއަކީ ވިދާލެވޭނެ ތަރިއެއްކަން ޔަޤީންވިއެވެ. ޔަޤީނުންވެސް ހީނާ މިއަދު އެހުރި މަގާމަށް ހީނާ ގެނައި އެއްވެސް ޝައްކެތްނެތި ޝާހިދު އެވެ. ހީނާގެ ފުރަތަމަ ފިލްމުންވެސް ހީނާ ވިދާލީ ފިލްމީ ދުނީޔޭގެ މެދު އުޑުގައެވެ. މިއަދު ހީނާއަކީ ދުނިޔެ ގަބޫލް ކުރެވޭވަރުގެ ފިލްމީ ތަރިއެކެވެ. ކާމިޔާބު އަންހެނެކެވެ.
އޭނާގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ވެފައިވާކަހަލައެވެ. އެހެނަސް ޚުދު އޭނާ ލިޔަމުންދާ ފޮތުގެ ސޮފްހާތަކަށް ހުއްޓުން އަރަނީ ކީއްވެބާވައެވެ. މިސުވާލު ކިތަންމެ ފަހަރަކު އޭނާވެސް އޭނާގެ ހިތާކޮށްލައިފިއެވެ. އުލްފަތު ބުނާގޮތުން އޭނާވީ ބޮޑަށް ފޮތުގެ ތެރެޔަށް ގެނބޭށެވެ. އެކަމަކު އޭނާގެ އަމިއްލަ ޙަޔާތުގެ ސޮފްހާތަކުގައި އޭނާއަށް ޖަވާބުނޭނގޭ ސުވާލު ތަކެއް ހުރެގެން ނުވާނެ ނޫންހެއްޔެވެ. މިކަމުގައި އޭނާއަށް ކުރަންޖެހޭ ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. ހިމޭންކަމާއެކު އޭނާ ވިސްނަމުން ދިޔައެވެ. އެކަމަކު އޭނާ ކުރަންވީ ކީންހެއްޔެވެ؟ މިހާރު އޭނާގެ އުމުރުންވެސް ފަންސާސް އަހަރު ވީއެވެ. އެންމެ ފަހުގެ އުފަންދުވަސް އޭނާގެ ދެކުދިންނާ އަދި އެކުވެރިންނާ އެކު އޭނާ އެހާ ކުލަގަދަކޮށް ފާހަގަވެސް ކުރިއެވެ.
މިއަދު އޭނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ ފަންސާސް އަހަރު ވީއިރު އޭނާގެ ހަޔާތުގެ މިދަތުރު ހޭދަވީގޮތުގެ ވާހަކަ ކުރުގޮތަކަށް ލިޔެލާށެވެ. ހަޔާތުގެ ފެށުމުގައިވި ބަހާރު މޫސުމްގެ އުފާވެރި ސޮފްޙާތައް އުނދަގުލަކާ ނުލައި އޭނާއަށް ލިޔެވުނެވެ. ދެން ތަފާތު ހާދިސާތަކާ ކާރިސާތައް އޭނާގެ ޙަޔާތުގައި ހިނގާފަވެއެެވެ. އެއިން ކޮންމެ ކަމަކީ ބޮޑު ކާރިސާއެކެވެ. ރަނގަޅު ނަސީބާއި ހިތްދަތި ދުވަސްތަކެވެ. ގިނައީ ރަނގަޅު ދުވަސްތަކޭވެސް ދިރާސާކުރާ މީހަކު ބުނެފާނެއެވެ. އޭނާއަށް ނިންމުނު ހުރިހާ ނިންމުމަކީ ރަނގަޅު ނިންމުމަށް ނުވެވެސް ހިނގަިދާނެއެވެ. އޭނާގެ ފާއިތުވީ ދިގު މާޒީގެ ކަޅުހިޔަނި ނުވާހެން އޭނާއަށް ކާމިޔާބު އަންހެނަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ މިއަދު އޭނާ އެންމެ ފުރަތަމަ ހޯދަން ބޭނުންވާ ސުވާލުގެ ޖަވާބެވެ. ކޮނުނު، ކޮނުނު ހެން ފަސްއަރާ އުސޫލުން އޭނާ ކޮންނަން ފަށައިފިއްޔާ މާޒީގެ ސޮފްޙާތައް ހުޅުވުން ވެސް އެކަށީގެން ވެއެވެ..
ރާމިޒް، ނިޔާވި ފަހުން އޭނާގެ ޙަޔާތުގެ އެއްވެސް ކަމެއްގައި އޭނާ އުފަލެއް ކުލައެއްއޭގައި ނުވެއެވެ. ރާމިޒް އަކީ އޭނާ ފޮތް ލިޔާއިރު އެންމެ އެހީވެދިން މީހާއެވެ. އެކުވެރިޔެއް ފަދައިންނެވެ. ފިރިއެއްގެ ހައިސިއްޔަތުންނެވެ. ފާޑުކިޔާ މީހެއްގެ ނަޒަރީއްޔާއިންނެވެ. ބޮޑަށް ފިރިޔަކަށް ވުރެ ރާމިޒް ވެގެންދަނީ އޭނާގެ ގާތް ރަހްމަތްރިޔަކަށެވެ. އެދެމީހުންގެ ޙަޔާތުގެ ބިންގާ އެޅުނީވެސް މިފަދަ އިންނެވެ. މިއަދު ރާމިޒް ނެތި އޭނާ ލިޔަން ފެށި މިފޮތް މިއޮތީ ކުރިޔަށް ނުގެންދެވިފައެވެ..
އުލްފަތު ދެތަށި ސައިހިފައިގެން އަތުވެއްޖެއެވެ. ވެނީލާ ސައިގެ މީރުވަސް ދުވުމާއެކު ވަރަށް ސައިތައްޓަކަށް ބޭނުން ވެފައި އިންކަން އޭނާއަށް އެނގުނެވެ. ހީނާ ޝުކުރުވެރި ނަޒަރަކުން އުލްފަތުއަށް ބަލާލަމުން ހިނިތުންވެލިއެވެ. ހީނާވަނީ ވެނީލާ ސަޔަށް އެޑިކްޓް ވެފައިކަން އުލްފަތު ކުރިންވެސް ދަނެއެވެ..
” ހޫނ! ކަލޭ ބުނީ ތެދެއް، ލިޔަން ފެށީމާ ލިޔެވޭނީވެސް”
ހީނާ،ޝުކުރު ވެރި ނަޒަރަކުން އޭނާގެ އެކުވެރި މުވައްޒަފަށް ބަލާލަމުން ހިނިތުން ވެލިއެވެ. .
އޯކޭ. އަޅުގަނޑުގެ ރަނގަޅީ ކޮންކަމެއް؟”
އުލްފަތު އަރާމު ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. އޭނާގެ ބޭނުމަކީ ހީނާ އޭނާއަށް ތަޢުރީފް ކޮށްފައި ވާހަކަ ދެއްކުމެވެ. މިކަމުން އޭނާ ފޮނި މީރުކަމެއް ލިބިގަންނަ ކަހަލައެވެ. ވަރަށް ގިނަފަހަރަށް ތަފާތު ގޮތަކައް ކަންތައް ކުރިޔަސް ހީނާ ގިނަފަހަރު އުލްފަތުގެ ހިޔާލުތައް ވެސް އަޑުއަހާލައެވެ. އެ ދެއަންހެނުން އެކަކު އަނެކަކަށް ޙިޔާލު ބަދަލު ކޮށް ހަދާލައެވެ..
“އަހަރެންނަށް ހީވަނީ އަހަރެން ދަތުރަކު ދާންވީހެން ކުޑަ ބުރޭކެއް ނަގަންވީހެން ފަހަރުގައި ކަލޭ ބުނިހެން އަހަރެންގެ ލެއްޕިފައިވާ ސިކުނޑި ހުޅުވުދާނެ ތޯއްޗެއްނު””
“ކަލާއަށް ކުދިވެރިންނަށް ޒިޔާރަތް ކޮއްލަން އިންޑިޔާއަށްވެސް ދެވިދާނެ. ނޫނީ ސިންގަޕޫރްގެ ރީތި މާޙައުލުގައި ހަފްތާއަކު ހުރެލާފައި އަންނާނީ އޯކޭވާނެހެން އަޅުގަނޑަށް ހީވަނީ” ”
ކަލާއަށް ކުދިވެރިންނަށް ޒިޔާރަތް ކޮށްލަން އިންޑިޔާއަށްވެސް ދެވިދާނެ. ނޫނީ ސިންގަޕޫރްގެ ރީތި މާޙައުލުގައި ހަފްތާއަކު ހުރެލާފައި އަންނާނީ އޯކޭ ވާނެހެން އަޅުގަނޑަށް ހީވަނީ”
އުލްފަތު އޭނާގެ ޚިޔާލު ހީނާއަށް ދިނެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ކުދިން ކާރިޔަށް އިންޑިޔާއަށް ދިޔުމަކީ އެންމެ ހީނާ ކުރާހިތްވާ ކަންތައް ކަންވެސް އެނގޭތީ އުލްފަތު އެޙިޔާލު ހުށައެޅިއެވެ.
ޒުއްނޫންވެސް އޮފީސް ބިޒީކަމުން މަންމަ ކާރިޔަށް މާލެ ނާދެވޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ހީނާ، އިންޑިޔާއަށް ގޮއްސިއްޔާ އެންމެ އުފާވާނީ ތާނިޔާއެވެ. ހީވާނީ އޭނާގެ ޝޮޕިން މޫސުމަށް ބަހާރު މޫސުމް އައީހެންނެވެ. ވީމާ ހީނާ، އިންޑިޔާއަށް ދިޔުމަކި ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


V reethi
Thank you Lai
Vahaka vara reethi.. ma english ethi kin good work rozy..
Thank you Naaz
varah nice
NICE
Mi story ebain addu online ga ehko
yes it is publish Addu online 72 parts are published you can read as well Neesh 🙂
Thank you
V reethi