Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 17

shooty Level 310 Stories100 Comments
October 14, 2016 6 Mins Read
46 Comments

ލޯބިވަން ޔާރާ އޭ 17

ެ. އާލިމް ސަލާމަތްކުރަން އަލްހާން ކުރަމުން ދާ މަސައްކަތް މިއަދު ކާމިޔާބު ވާނެއެވެ. އެހެން ކަމުން އަލްހާން އިނީ ނުލާހިކު ހަމަ ޖެހިފައެވެ. އަލްހާން އެ ހިޔާލުގައި އިންދާ އޭނާ ގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅާ މީހާގެ ނަން ފެނުމުން އަލްހާންގެ ތުންފަތަށް ވެރިވީ ނުބައި ހިނިތުން ވުމެކެވެ.

“ހެލޯ. ވެލްކަމް ބެކް” އަލްހާން ފޯން ކަންފަތުގައި ޖަހަމުން ވާހަކަ ދެއްކިއެވެ.

“ވެލްކަމް އަދި ހުރިހައި ޝުކުރެއް މަގޭ ބޮސް އަށް. ބުނޭ، ކޮބާ ޕްލޭން އަކީ؟” އާލިމް ގެ އަޑުގައި ވަނީ ޔަގީން ކަމެކެވެ. އަލްހާން ބުނާ ކޮންމެ ކަމެއް ވެސް ކުރަން އޭނާ ތައްޔާރަށް ހުރި ކަން އެ އަޑުން ހާމަވެއެވެ.

“ކަލެއަށް ކެރޭނެ ތަ މީހަކު މަރަން؟” އަލްހާން ނުބައި ގޮތަކަށް ހީގަންނަމުން ވާހަކަ ދެއްކިއެވެ.

“މި އާލިމް އަށް ނުކުރެވޭނެ ކަމެއް ނޯންނާނެ. ބޭނުން ވަނީ މަސައްކަތުގެ އަގު. ބުނި އަގެއް ދޭން ތައްޔާރު ނަމަ މިހާރުން ފެށިގެން ވެސް މަސައްކަތް ފެށިދާނެ” އާލިމް ގެ ޖުމްލައިން އޭނާ ފައިސާއަށް ނުކުރާނޭ ކަމެއް ނޯންނާނެ ކަން އަލްހާން އަށް ޔަގީން ވިއެވެ.

“އޯކޭ ބުނި އަގެއް ދޭނަން. އެކަމު މިފަހަރު ވަރަށް ބަލައިގެން އުޅެންޖެހޭނީ. ކުރީ ފަހަރު ވީފަދަ ކަމެއް ވެއްޖެއްޔާ އަހަރެން ދެން ކަލޭ ސަލާމަތެއް ނުކުރާން.” އަލްހާން ގެ އަޑުގައި ވަނީ އިންޒާރެވެ.

“އޯކޭ. ފައިން. އަހަރެން މިހާރުން ފެށިގެން މި ތައްޔާރީ ތައް ވަނީ. މެސެޖަކުން އަންގާލާ ކޮބައިކަން ޓާގެޓަކީ” އާލިމް ހިނިގަނޑެއް ޖަހައިލަމުން ފޯން ކަނޑައިލިއެވެ. މިފަހަރު އޭނާ ގެ އަމާޒަކަށް ވާނީ ދާއިން އެއް ނޫނެވެ. ނަމަ ވެސް ދާއިން އާ ގުޅުން ހުރި ކޮންމެވެސް މީހެއް ކަން ގައިމެވެ. އެއީ އޭނާ ގެ ދަރިން އޭނާގެ އަތުން ޖަހައިގަތީތީ ދާއިން އަށް ލިބޭނޭ އަދަބެވެ. އަލްހާން ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު ހިނގައިގަތީ ޓެރެސް އިން ފޭބުމަށެވެ.

ދޮރުގެ ބެލް ރިންގުވާތި މާއިރާ ކޮޓަރީގައި ދުޢާ ފޮތް ކިޔަން އިނދެފައި ނުކުތެވެ. އަޅައިގެން ހުރި ބުރުގާ ރީތި ކުރަމުން މާއިރާ ދޮރު ހުޅުވައިލުމާއި އެކު މަންމާ އޭ ކިޔާ ހަޅޭއް ލަވައިގަންނަމުން އޭނާގެ ގައިގައި ބައްދައިގަތީ ލޮލުގެ ނޫރު ފަދައިން ލޯބިވާ އަންހެން ދަރިފުޅު މިޝެލް އެވެ.

“ހޫމް ސާބެހޭ ދަރިފުޅާ. މަންމަ ކިރިޔާއޭ ނުވެއްޓުނީ.” ނުވިސްނާ ހުއްޓައި އެފަދަ ކަމެއް ކުރުމުން މާއިރާ އަރި އަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހިނިތުން ވެލައިގެން ހުރި އީތަން ފެނިފައި މާއިރާ އަށް ހިނިތުންވެވުނެވެ. މިޝެލް އާ ނުހަނު ގުޅޭ ފިރިހެން ކުއްޖެކެވެ.

“ދެކުދިން އެއްކޮށް ތަ ތި އައީ. އަވަހަށް އާދޭ އެތެރެ އަށް. މަންމަ ހަމަ ސައި ހަދަން އުޅެނިކޮށް ތި އައީ” މާއިރާ އުފާވެފައި ހުރި ވަރުން ހުރިހައި ދަތްތަކެއް ވެސް ހުރީ ފެންނާށެވެ. މިޝެލް ފާޑަކަށް ފުންމަމުން މާއިރާގެ ކޮނޑުގައި އެލިގަންނަމުން އެތެރެ އަށް ވަނެވެ. މިޝެލް އުޅޭ ގޮތް ފެނިފައި ނުހޭން ހުއްޓަސް އީތަން އަކަށް ކޮންޓްރޯލެއް ނުވެއެވެ. ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ.

“އަވަހަށް ސައިހަދައިދީ މަންމާ. މަންމަ އަތުން ހަދާ އެއްޗެއް ނުކާާތާ މިހާރު ގަރުނެއްވީ.” މިޝެލް ގެ ޖުމްލައިން މާއިރާ ގާތަށް ހިނިއައެވެ.

“އެކަމު މަންމަ މިހިރީ ރުޅިއައިސްފަ. އަދި ކިރިޔާ ތި މިގެއަށް އާދެވޭ ވަރު ވީ. ގުޅާލީކީވެސް ނޫން. މަންމަ ގުޅީމަވެސް ބުނަނީ ފޯން ނިއްވާލާފަ ކަމަށް.” މާއިރާ މިޝެލް އަށް ލޯ އަޅައިލީ ވެސް ލޯބިންނެވެ.

“ސޮރީ މަންމާ. އީތަން ބިޒީ ކަމުން ނާދެވުނީ. އެކަމު މިހާރު މިހިރީނު. އެހެންވީމަ ދެން ސައި ހަދާދީބަލަ. ވަރަށް މީރުވަސް ދުވާއެބަ. ކޯއްޗެއްތަ ހެދީ؟ ” މިޝެލް ނޭފަތް އެތެރެ އަށް ދަމައިލަމުން ލޯމަރައިލިއެވެ.

“މިއަދު ހުންނާނެ ޗީޒް ކޭކް އަޅާފަ. ދޮންބެ ކިޔާ ވަރުން. އެކަމު ދަރިފުޅަކަށްނު މި ލައްވައިލީ” މާއިރާ އަވަން ހުޅުވައިލަމުން ޗީޒްކޭކް ޓްރޭ ނަގާ ދިއްކޮށްލުމާއިއެކު މިޝެލް އަށް ވުރެ ކުރިން އޭގައި ހިފީ އިީތަންއެވެ. މިޝެލް ފާޑަކަށް އަނގަ ޗޭ ކޮށްގެން ބަލަން ހުއްޓެވެ.

“މަންމަ އަށް އިނގޭތަ މީ އަޅުގަނޑުގެ ވެސް ފޭވަރިޓް” އީތަން ކޭކް ފޮއްޗެއް ނަގަމުން އެކާން ފެށިގޮތް ފެނިފައި މިޝެލް ކުޅުދިޔާ ވިއެވެ. ހަމަ އެއާއިއެކު އޭގެން ކޭކް ކޮޅެއް ނަގަން މިޝެލް އަތް ދިއްކޮއްލުމާއި އެކު އީތަން މިޝެލްގެ އަތް ދުރު ކޮށްލިއެވެ. އެ ދެ ކުދިން އުޅޭގޮތް ބަލަން މާއިރާ ހެވިފައި ހުއްޓެވެ.

“އީތަން . މަންމަ ކޭކް އެޅީ އެކަނި އީތަން އަށް ކާންދޭކަށް ނޫނޭ. ބަލާބަ މަންމާ” މިޝެލް މާއިރާގެ މޫނަށް ބަލައިލަމުން ޝަކުވާ ކޮށްލިއެވެ. މާއިރާ ހިނިތުން ވެލަމުން ސައިހަދަން އުޅެގަތެވެ. މިޝެލް މޫނުހަދައިލަމުން އީތަން އާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ދަރިފުޅަށް އިނގޭތަ ދޮންބެ މި ހަފްތާ ތެރޭ ކައިވެނި ކުރޭ. އިންނަން އުޅޭ އަންހެން ކުއްޖާގެ ފޮޓޯ އެކަނި ދެއްކީ. ގެއަށް ގެންނާނީ ސީދާ ކައިވެނި ކޮށްގެން ނޯ ބުނީ. މަންމަ ބުނިން އެ އާއިލާ އާ ބައްދަލު ކޮށްލަން ގެނެސްދޭށޭ. ބުނީމަ ވެސް ބުނީ ކައިވެނި ކުރެވުނީމަ ޔޫލީގެ މަންމަ ގެންނާނަމޯ.” މާއިރާގެ ޖުމްލައިން އީތަން އަށް މިޝެލްގެ މޫނަށް ބަލައިލެވުނެވެ. އެހެން ވީމަ ދާއިން އަދިވެސް މާއިރާ އަށް ޔޫލީ އަކީ އީތަންގެ ކޮއްކޮ ކަން ނާންގަނީ އޭ އީތަންގެ ހިތަށް އެރިއެވެ.  ނަމަވެސް އެވާހަކަ އީތަންގެ ދުލުން ބުނުން ރަނގަޅު ނުވާނެތީ އީތަން ހިމޭނުން އިނެވެ.

މަންމަ އާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު މިޝެލް އާއި އީތަން ގެއަށް ދިޔައިރު އިރު އޮއްސިއްޖެއެވެ. އަލްހާންގެ އިންޒާރުގެ ސަބަބުން އީތަން އެކި ގޮތް ގޮތަށް ވިސްނިއެވެ. ގޭގެ ހުރިހާ ދިމާލެއްގައި ކެމެރާ ހަރުކުރަން އީތަން ބަޔަކާ ހަވާލު ކުރީ މިޝެލް އަށް ސިއްރުންނެވެ. ސަބަބަކީ މިޝެލް ބިރުން އުޅެފާނެތީއެވެ.

ކޮޓަރިއަށް ވައިން އިރުވެސް މިޝެލް އިނީ މޫނު ހަދައިގެންނެވެ. އެގޮތަށް އިންނަންފެށުމުން އީތަން އަށް ވަރަށް މަޖަލެވެ.

“އަދިވެސް އެންގްރީ ބާޑް ތީނީ ރުޅިއައިސްފަ ތަ؟” އީތަން މިޝެލްގެ ކޮލުގައި ހިފައި ފިއްތައިލިއެވެ.

“އީތަން އަށް ކީއްތަ. އަހަރެންގެ ކޭކް ޓްރޭ އެއްކޮށް ހުސް ކޮށްލައިގެން ނު ތިހިރީ.” މިޝެލް ތުން އަނބުރައިލަމުން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް އީތަން މިޝެލްގެ އަތުގައި ހިފަމުން ގެނެސް އެ މޭގައި ތަތް ކޮށްލިއެވެ.

“ހަމަ އެހާ ދެރަވިތަ އެކަމާ؟ ކީއްކޮށްދިނީމަ ތަ މާފް ކުރާނީ؟” އީތަން މިޝެލްގެ މޫނުގައި ލޯބިން ފިރުމައިލަމުން ވާހަކަ ދެއްކި ނަމަވެސް މިޝެލް ހުރީ ރުޅިއަންނަ ކަމަށް ހެދިގެންނެވެ.

“އޯކޭ އޯކޭ. އަހަރެން މި ނުވިސްނޭ ކުއްޖާ އަށް ހަމަ އެކަހަލަ ޗީޒް ކޭކެއް އަޅައިދޭނަން. އޯކޭތަ؟” އީތަންގެ ޖުމްލައިން މިޝެލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“ހަމަ އަސްލުތަ؟ އީތަން އަށް އިނގޭތަ ކައްކަންވެސް؟” މިޝެލް އުފަލުން ފުންމައިގަންނަމުން އީތަންގެ ގައިގައި ބައްދާލިއެވެ.

“ލެޓްސް ސީ ދޯ” އީތަން މިޝެލްގެ އަތުގައި ހިފައިގެން ހިނގައިގަތީ ޑައިނިންގް ރޫމަށް ދިޔުމަށެވެ.

އީތަންގެ ހަރަކާތް ތަކަށް ފަރުވާތެރި ކަމާއިއެކު މިޝެލް ބަލަން އިނެވެ. ކޮންމެ ކަމެއް ވެސް ކޮށްލަނީ ޕްރޮފެޝަނަލް ކައްކާ އެއްހެނެވެ. ކޭކްގެ ފުށްގަނޑު ގިރާ ނިންމާލަމުން އީތަން ޓްރޭއަށް އަޅައިލަމުން ފިހަން އަވަނަށް ލިއެވެ.

“އައި އެމް ސޮރީ އީތަން” މިޝެލް އިސް ޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.

“ކޮން ކަމަކާ ތަ” އީތަން އޭޕްރޯން ބާލަމުން ގޮސް ގޮނޑިއެއްދަމައިލަމުން މިޝެލް ގާތު އިށީނެވެ.

“ކައްކަން ނޭނގޭތީ. އީތަން ނުލާހިކު މޮޅު” މިޝެލް އީތަންގެ މޫނަށް ބަލައިލިއެވެ.

“މިޝީ ވެސް ދަސް ކުރީމަ ކައްކަން ދަސްވާނެ. ބައިވަރު ކައްކާ ފޮތް ހުންނާނެ މިތާ ކަބަޑުގަ. ޖަސްޓް ޓްރައި ދެމް. އެގޮތަށް އުޅެގެން ނޭ އީތަން އަށް ވެސް ދަސްވީ. އެހެން ނޫނަސް ތިހާ ޔަންގް އިރު އަމިއްލަ ކޮށްލީމަ ވާނެ ގޮތަކީ ހުރިހައި ކަމަކަށްވެސް އާ ވާނެ އެއްނު ދޯ” އީތަން މިޝެލްގެ އަތުގައި ހިފަމުން ގެންގޮސް ބައިންދާލީ އީތަންގެ އުނގުގައެވެ.

“އަހަރެންނަކަށް ދެން އިމޭޖް ވެސް ނުކުރެވޭނެ އީތަން އާ ނުލާ އުޅޭނެ ގޮތެއް ވެސް.” މިޝެލް އީތަންގެ މޫނުގައި ފިރުމައިލިއެވެ. އަދި އީތަންގެ ނިތުގައި މިޝެލްގެ ނިތް ޖައްސައިލަމުން ލޯބިވާ ވާހަކަ މަޑުމަޑުން ބުނެލިއެވެ. އީތަން މިޝެލްގެ މޫނުގައި ބޮސްދިނެވެ.

“މިހާރު ގަދަކަމުން މެރީ ކުރެވުނީމަ އައި އެމް ޕްރައުޑް އޮފް އިޓް. ދެން މި ލައިފް ކޮމްޕްލީޓް ވާނީ ހަމަ މިކަހަލަ ލޯބި ލޯބި ކުޑަ މިޝެލް އެއް ލިބުނީމަ. ލެޓް ގޯ އެންޑް ޓްރައި” އީތަންގެ ލާނެތް ޖުމްލައިގެ ސަބަބުން މިޝެލް ލަދުން އޮޅިގަންނަމުން އީތަންގެ މޭގައި މޫނު ފޮރުވައިލިއެވެ.

7 ދުވަސް ފަސް

ޔޫލީ ކައިވެނީގެ ހެދުމުގައި ހުރި އިރު ހީވަނީ ތަނެއްގެ އަމީރާއެއް ހެންނެވެ. ސޫޒަން ބިޔުޓީޝަނުން ގެންނަން އުޅުމުން ޔޫލީ ދެކޮޅު ހެދީ އޭނާ ތައްޔާރު ކޮށްދޭން ޖެހޭނީ މަންމަ ކަމުގައި ބުނަމުންނެވެ. އަލްހާން ވަލީ ދިނީ ކައިވެނި ޕާޓީ ނުބާއްވަން ޝަރުތު ކޮށްފައެވެ. އޭނާގެ އަންހެންދަރިއަކު ދަށް ފެންވަރުގެ މީހަކާ ކައިވެނި ކޮށްފަ ޕާޓީ ބާއްވައިފި ކަމުގައި ވަނީ ނަމަ މީޑިޔާވެސް އޭނާ އަށް މަލާމަތް ކުރާނެ ކަމަށް އަލްހާން ސޫޒަން އާ ދިމާއަށް ބުންޏެވެ. ޔޫލީ އަށް ޕާޓީ މުހިންމު ނޫން ވީމަ އެކަމާ ވެސް އެއްބަސް ވިއެވެ. އޭނާ އަށް ހަމައެކަނި މުހިންމީ ދާއިން އެވެ. ދާއިން ލިބެނިކޮށް ޔޫލީ އަށް ހުރިހައިކަމެއް ވެސް ވަރިހަމަ ފަދައެވެ.

“އޯހް.. ހާދަރީއްޗޭ ދަރިފުޅާ.” ސޫޒަން ޔޫލީ ކޮޅަށް ތެދުވުމުން ޔޫލީ ގައިގަ ބައްދާލަމުން ދަރިފުޅުގެ ކޯތާފަތުގައި ބޮސް ދިނެވެ. މަޑު ފެހި ކުލައިގެ ކައިވެނީގެ ހެދުމުގައި ޔޫލީ ވަރަށްވެސް ފުރިހަމައެވެ.

“އަޅެ މޮމް ހަމަ އަޅުގަނޑާ އެކު ކޯޓަށް ނުދެވޭނެ ތަ؟” ޔޫލީ އާދޭހުގެ ރާގެއްގައި އަހައިލިއެވެ.

“ދަރިފުޅަށް އިނގެ އެއް ނު ދޯ. އެކަމު މަންމަ އަދި ސިއްރުން ދާއިން މެން ގެއަށް ގޮސްލާނަން. ދެން ދެރަ ނުވޭ. އަވަހަށް ހިނގާ  ދާން. މިހާރު އެއޮށް ދާ ގަޑި ޖެހެނީ” ސޫޒަން ޔޫލީ އަށް ހިތްވަރުދެމުން ޔޫލީގެ އަތުގައި ހިފައިގެން ނުކުތް އިރު އަލްހާން ސޯފާގައި އިނީ ހަބަރު ބަލާށެވެ. ޔޫލީ އަލްހާން އަށް ބަލައިލާފަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ތައްޔާރު ކޮށްފައި ހުރި ޔޫލީގެ ފޮށިތައް ދޮރު ކައިރީ ހުއްޓެވެ. އިރުކޮލަކު ބަލަން ހުރެފައި ޔޫލީ ފަސް އެނބުރުނު ތަނާ އަލްހާން ވާހަކަ ދެއްކިއެވެ.

“ހަނދާން ކުރާތި. ތި ދާއިން އަކާއިނދެގެން ހުރެ މިގެއަށް ވަދެގެން ނުވާނެ. މިރޭ އެ ދާއިން އާ ކައިވެނި ކުރަން ދާން މިގެއިން ނުކުތުމަށް ފަހު ޔޫލީ އަކަށް ދެން މިގެ ވެސް މަރުހަބާ އެއް ނުކިޔާނެ.” އަލްހާން ހަރު އަޑުން ބުނެލި ޖުމްލައިން ޔޫލީ ގެ ހިތަށް ކިތަންމެ އަސަރު ކުރިޔަސް ހިތްވަރު ކުރިއެވެ.

“އަޅުގަނޑު އަބަދުވެސް ބައްޕަ އަށް ވެސް މަންމަ އަށް ވެސް ހެޔޮ ދުޢާ ކުރާނަން. ބައްޕަ ވަލީ ނުދެއްވި ނަމަ އަޅުގަނޑަކަށް މިރޭ ދާއިން ގެ އަންބަކަށް ނުވެވޭނެ. ބައްޕަ އަޅުގަނޑަށް ތި ކޮށްދެއްވި ކަންތައް އަޅުގަނޑު އަބަދުވެސް ހަނދާނުގަ ބަހައްޓާނަން.” ޔޫލީ އިސް އޮބައިލަމުން ފަހު ފަހަރަށް ސޫޒަން އަށް ބަލައިލަމުން ހިތާމަވެރި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ނުކުތެވެ.

ޔޫލީ ކޯޓަށް ގެންދަން ބަލާ އައީ އީތަން އެވެ. ކޮއްކޮގެ އުފާވެރި ރޭގައި ބައްޕަ ގެ ދައުރު އަދާކޮށްދޭން އީތަން ކޮންމެހެން ވެސް ބޭނުން ވިއެވެ. ކާރު މަޑު ކޮށްލުމާއި އެކު ދާއިންގެ ހިތް އަވަސް ވެލިއެވެ. އެންމެ ފަހުން އިންތިޒާރުގެ ނިމުން އަންނަ ވަގުތު ކައިރިވީއެވެ. މަޑު ފެހި ކުލައިގެ ކައިވެނީގެ ހެދުމުގައި ހުރި ޔޫލީ ފެނި ދާއިންގެ ހިތް އަވަސް ވެލިއެވެ. އާއްމުކޮށް ކައިވެނީގެ ވަގުތު ކައިރި ވުމުން ފިނި ވަނީ އަންހެން ކުދިންނޭ ކިޔާ އަޑު ދާއިން އަށް އިވެއެވެ. ނަމަވެސް ދާއިންގެ އަތްފައި ވެސް ފިނިވަމުން ދާކަމުގެ އިހުސާސް ދާއިން އަށް ވަމުންދިޔައެވެ. އިސްދަށަށް ޖަހައިލައިގެން ހުރި ޔޫލީ އާ އީތަން ދިމާ ކޮށްލީ ޔޫލީ ހެއްވާލުމުގެ މަގުސަދުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

“ދެން ދޮންބެ ޕްލީޒް. ސްޓޮޕް ޓީޒިންގް. އައި އެމް އޯލްރެޑީ ނާވަސް.” ޔޫލީ ލަދުން ހުރެ ވާހަކަ ދެއްކިއެވެ.

ޔޫލީ ލަދުން ހުރެ ދާއިންގެ ކުރިމަތީ ހުއްޓުނެވެ.

“ޔޫ ލުކް ގޯޖިޔަސް.” ދާއިން ޔޫލީގެ އަތުގައި ހިފައިލަމުން ކޯޓުތެރެއަށް ވަންނަން ހިނގައިގަތެވެ.

“އަނބި ގަބޫލު ކޮށްފިން” އެ ޖުމްލަ އާއި އެކު ޔޫލީ ލޯ މަރައިލިއިރު އެ ރީތި ދެލޯ ފޫ އަޅުވާލާފައި ނުކުތީ އުފާވެރިކަމުގެ ކަރުނައެވެ. އީތަން ވެސް އިނީ ކޮއްކޮ އަށް ޓަކައި އިންތިހާއަށް އުފާވެފައެވެ.

ކޯޓުން ނުކުމެގެން ޔޫލީ އާއި ދާއިން އެރީ އީތަންގެ ކާރަށެވެ. އަލަތުދެމަފިރިން ގެއަށް ގެންގޮސްދޭން އީތަން ކާރު ދުއްވައިލީ އާދައިގެ ވަރަކަށެވެ.

މާއިރާ އާއި ނެހާ އަދި މިޝެލް ވެގެންްް ގެއަށް އަންނަން އުޅޭ އާ މެހެމާނަށް ޓަކައި ގޭތެރެ ޒީނަތްތެރި ކުރިއެވެ. ދާއިން ގާތު އަހާ އޮޅުން ފިލުވައިގެން ކައިލީ އާއި ނައިކް ވެސް އެ ގެއަށް މިޝެލް ގެނައީ ޔޫލީ އުފާ ކޮށްލަދޭށެވެ. ބައްޕަގެ ނުރުހުމުގާ ކުރެވުނު ކައިވެންޏެއް ކަމުން ޔޫލީ ދެރަވާނެކަން މިޝެލް އަށް އިހުސާސް ވުމުން އެންމެ ގާތް ރަހުމަތްތެރިޔާ ގެނެސްދިނުމުން ޔޫލީ އަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބޭނޭ ކަމަށް މިޝެލް އުންމީދު ކުރިއެވެ.

“ހާދަ ލަހެއްވެ އޭ އެބަ ޔޫލް. އައި އެމް ސްޓާވިން ފޯ ދެޓް” ކައިލީ  މޭޒުމަތީގައި އިން ނެހާ ތައްޔާރު ކޮށްފައި އިން ކޭކް ފެނިފައި ހުރީ ދަހިވެފައެވެ. މިޝެލްގެ ކަންފަތް ބުޑުގައި ކައިލީ އެހެން ބުނެލީ އެ ހަތް މަހުގެ ބަނޑުގައި ފިރުމަމުންނެވެ. ކައިލީގެ މަޖާ އަނގަތަޅާ މިޒާޖުގެ ސަބަބުން ޔޫލީ މެނާ އެހައި އަވަހަށް ރަހުމަތްތެރިވެއްޖެއެވެ.

“ކުޑަ އިރުކޮޅަކަށް އިނގޭ ވެއިޓް ކޮށްލަންވީ. އީތަން ބުނީ މިހާރު އޮންދަ ވޭ ގަ އޭ” މިޝެލް ކައިލީ ގެ ހާލަށް ހަމްދަރުދީ ވަމުން ވާހަކަ ދެއްކީ އޯގާތެރި ކަމާއެކީއެވެ. އެ މަންޒަރު ބަލަން ތިބި ނައިކް އާއި މާއިރާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ބެލް ޖަހާލުމާއި އެކު މާއިރާ ދޮރުހުޅުވަން އަވަސްވެގަތީ އަލަށް ލިބުނު ދަރިފުޅު ދެކުމަށް ކެތްމަދުވެފައި ހުރެއެވެ. ދޮރު ހުޅުވައިލިއިރު ދާއިން ގެ އަތުގައި ހިފާލައިގެން ހިނިތުން ވެލައިގެން ހުރި ޔޫލީ ފެނިފައި މާއިރާ އަށް ސިފަ ވީ އޭނާގެ ކޮއްކޮ ސޫޒަންއެވެ. ހާދަ ވައްތަރޭ މާއިރާ ހިތަށް އެރިއެވެ. މާއިރާ ޔޫލީގެ މޫނުގައި ދެއަތުން ހިފާލަމުން ނިތްކުރީގައި ބޮސްދިނެވެ.

“ހީކުރިވަރަށް ވުރެވެސް ދަރިފުޅު މާ ލޯބި” ސޫޒަން ޔޫލީއަށް ތައުރީފު ކޮށްލަމުން އަތުގައި ހިފައިގެން އެތެރެ އަށް ވަނެވެ. އެއާއިއެކު ރަހުމަތްތެރިޔާ ދެކިލުމަށް ކެތްމަދުވެފައި ހުރި ކައިލީ ގޮސް ޔޫލީ ގެ ގައިގައި ބައްދާލަމުން މަރުހަބާ ކިޔާލިއެވެ.

“ޔޫލް. ޔޫ ލުކް ސްޓަނިންގް” ކައިލީ އަޑު ތޫލި ކޮށްލަމުން ހަޅޭއްލަވައިގަތެވެ. އެންމެން އަލަތު ދެމަފިރިން ނަށް މަރުހަބާ ކިޔަމުން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ކަމެވެ. ހިނދުކޮޅެއް ކުރިން ވެފައި ހުރި ދެރަ ވެސް ޔޫލީ ހަނދާން ނެތުން ފަދައެވެ. ދާއިންގެ މަންމަ އެކޭ ސޫޒަން އެކޭ ތަފާތެއް ނެތެވެ. ލޯބިން ގޮސް ހީވަނީ ޔޫލީ އުރާލަފާނެ ހެނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ނުހައްޤު ލޯބި (22 ވަނަ ބައި)

Next

މިހިތަށް ލޯބިދޭށޭ… 2

Next
October 14, 2016

މިހިތަށް ލޯބިދޭށޭ… 2

Previews
October 14, 2016

ނުހައްޤު ލޯބި (22 ވަނަ ބައި)

46 Comments!

  1. shooty says:
    October 14, 2016 at 6:13 pm

    Hey guys here is 17th ep of this story.. Hope you guys will enjoy.. Dhn vaahaka nimeykah ehaa gina dhuvaheh nei ingey 😉 please keep supporting like always.. Your lovely comments means alot to me.. Next part maadhan up kohllaanan insha allah.. 🙂

  2. Sabeeha says:
    October 14, 2016 at 6:13 pm

    v salhi…?

  3. aik says:
    October 14, 2016 at 6:14 pm

    vv reethi..?

  4. shooty says:
    October 14, 2016 at 6:14 pm

    And dhen enme kiyaalan beynun vaa type story eh konme kujjaku ves comment kollun v bodah edhen 🙂

  5. mr.slow says:
    October 14, 2016 at 6:20 pm

    salhi

  6. ~minty~ says:
    October 14, 2016 at 6:25 pm

    Nice story eh ingey shooty..?
    Btw minty dhn enme beynumee vrh strong grl eh ulhey kahala story eh ekm ehaa hithaama veri eh noon…plus biruveri nd rom??…also pls keep the girl burugaa alhaa fa ingey…?

    1. shooty says:
      October 14, 2016 at 7:35 pm

      Thanks minty and every one. But I dont no how to write a scary story hehe.. And I dont even like scary ones 😀

  7. Aishaaaa says:
    October 14, 2016 at 6:47 pm

    Wawawaa?? kiyaabaath hey… vvv reethi mibaives. .thnx shootyyy ❤ ❤ ❤. .. inthixaaru kuran dhn anna part ah ..

  8. naaj says:
    October 14, 2016 at 6:54 pm

    achaaaaaaa??????

  9. niha says:
    October 14, 2016 at 6:56 pm

    VVVVV reethi…..

  10. ully says:
    October 14, 2016 at 7:21 pm

    V salhi mi part ves…. Keep it up dear…????????

  11. hahaha says:
    October 14, 2016 at 7:24 pm

    I must say its pretty impressive…. keep it …. how abt a scary story along with romance….. 🙂

    1. shooty says:
      October 14, 2016 at 7:37 pm

      Hahaha ehen idea eh nei tha? I dont no how to write a scary story..

  12. kaiydha says:
    October 14, 2016 at 7:27 pm

    Cheese cake ei fihaa ehche tha?
    Hehe
    V nice mi part ves ?

    1. Keke says:
      October 14, 2016 at 7:32 pm

      Kaidha moya tha. Yes cheese cake ae fihaa ehcheh.. Lol

    2. hehe says:
      October 14, 2016 at 10:30 pm

      hahaha kaiydha?????

    3. Masterchef says:
      October 14, 2016 at 11:41 pm

      Cheesecake eii aslu fihaa ehcheh noon. Fridge ah laafa freeze kuraany. Google kollaba alhe.

  13. shaya says:
    October 14, 2016 at 7:45 pm

    Emme kiyaa hiyvvanee mishel n Eethan ge bai… V loabikoh e ulhenee e 2 kudhin… Love this story… shaya ah rangalhee dhenves loabeege hithaama veri vaahakaeh genes dhiniyyaa…v foohivey biruveri vaahaka kiyan… Keep it up…

  14. Naadhi says:
    October 14, 2016 at 7:55 pm

    Varah reethi

  15. Haha says:
    October 14, 2016 at 8:31 pm

    Cheese cake e ee fihaa ehcheh noon

  16. no one care says:
    October 14, 2016 at 8:32 pm

    mi story v v v reethi ingey.. dhn vx vaany romantic v strong girl eh ulhey story eh genesdheyn.. about 30 varakah parts ah story dhigu kohla dhinun edhen… 🙂

  17. Saakko says:
    October 14, 2016 at 8:36 pm

    V nice.. keep it up..

  18. yaana says:
    October 14, 2016 at 8:41 pm

    vvv reethi adhi shooty ge biruveri vaahaka e kiyaalan libeyne tho

  19. Aphakko says:
    October 14, 2016 at 8:56 pm

    Varah reethi.? Bt ebahuri dhw some mistakes i mean like mishal ge name innathaa yooly ge name liyevunkahala dhw. So try to make it correct ☺ N I love to read stories like varah nikamethi haalehga ulhey girl ehge vaahaka like meehaku eyna rape kohlaigen eyna ah dhimaavaa hiyydhathi kanthahthakaa ehchis himanaigen liyefa hunna loabyge hithaamaveri rom story eh ?

  20. safaa says:
    October 14, 2016 at 9:36 pm

    Eyyyy Mifaharu ves alhaan ah landu dhybala. Dhaain ah kameh nukuraathi shooty

  21. Nammi says:
    October 14, 2016 at 10:07 pm

    Hi , shooty ! Story Hama habeys .beynun vany loby ge hithaama veri vaahaka eh shooty .

  22. Anonymous says:
    October 14, 2016 at 10:19 pm

    Love the story ?

  23. Mohini says:
    October 14, 2016 at 11:06 pm

    This is an amazing story and you are an amazing writer.. Keeep up the good work.. Dhen anna story ves love story akah hadhaidhybala.. Love you so much schhooootyyy..

  24. Jun pyo says:
    October 14, 2016 at 11:11 pm

    Mibai ves varah salhi.. Alhaan ah kaamiyaabu viya nudhehcheyy shooty. I hate him so much.. Alhe eethan and Michelle.. I just love them.. And deyn and yool they are so cute also.. Love two couples.. Please protect them.. Dhen vx kiyaalan beynumy love story eh.

  25. Hate says:
    October 14, 2016 at 11:13 pm

    My haadha hadi vaahaka ekey. Myhun rythi vegen ulheythy ma hama kosvey. Mi dhen koaceheh tha. Shooty you better back off :-$

  26. Hate says:
    October 14, 2016 at 11:23 pm

    I love this story. Negative comments ves libeyne.. But hiyyvaraa eku kuriah dhiyaima ok vaane. And hate, hadiyya nukiyaany ingey.. Shooty kuran v kanthah kiyaidheykah nujehey

  27. Cheese cake maker says:
    October 14, 2016 at 11:57 pm

    Mi part ves hama awesome.. And alhugandu ves v ginain cheese cake fihan. 2 methods indhey 🙂

  28. XieEen says:
    October 15, 2016 at 12:02 am

    Hate kiih vegen tha thi ulhenii… story hadiyya nukiyaany… aharumen hadi vaahaka eh wiyya nukiyaanan… story hama warah perfact…. awahah next part up kohdhyba shooty…

  29. CHoOpYo says:
    October 15, 2016 at 12:06 am

    Kokkoa cheese cake eii fihaa ehcheii…

  30. suna says:
    October 15, 2016 at 12:08 am

    mi vaahaka nimeny tha??? so sad… hope u’ll write something interesting again… comment nukuriyas i’m reading it frm the very 1st episode…haven’t read a dhivehi story like this so far… it’s outstanding….keep it up ok… best wishes from me 🙂

  31. Shahittey says:
    October 15, 2016 at 12:27 am

    V v v reethi mivaahaka. Vaahaka nimen dhavarakah reethivey. Hivvaraa eku kuriah dhey. Inshaa allah kaamiyaabu vaane

  32. mr.slow says:
    October 15, 2016 at 12:43 am

    love triangle vaahaka eh kihineh waany?

  33. lamha says:
    October 15, 2016 at 1:09 am

    Vrh salhi mi story vx…. but i dnt like biruveri storys…. plx dnt write ingeyh…. mmmm…. i think thankolheh young dhekudhin ge love story eh salhi vaane vrh…. raahje thereyge….. is this idea good shooty ??? ????❤

  34. shif says:
    October 15, 2016 at 7:41 am

    shooty… alheyy mi vaahaka hama nimentha e ulheny… ??
    varah salhi mi part ??
    dhn shooty liyaa vaahaka ehga love triangle.. like 2 brother liking the same girl… it Will be intresting ❤❤❤
    anyway shooty good luck ??

  35. haafiz says:
    October 15, 2016 at 8:44 am

    Shooty ge vaahaka thakah comment kuranee shooty…. eki nan namuga shooty comment kuriima meehunnah heevanee shooty ah v tharuheebu libe ey… bt e hurihaa supportive commenys kuranee shooty….. m a hacker btw…. and many of the comments are coming frm the same device…. so that explains it… so shooty.. maa support libey kamah hedhigen amilla ah amilla stry ga ehen meehunah vegen comment nukurey

    1. hacker says:
      October 15, 2016 at 9:39 am

      m a hacker yo lol heeeeheeeeee halaaku mioh vaa hacker eh dhen amahyaai

    2. someone says:
      October 15, 2016 at 10:02 am

      Definitely I am not Shooty. And I love this story.

  36. fathun says:
    October 15, 2016 at 9:36 am

    haafiz maa vegen ulheyne kameh neh…kaamiyaabu konme myhehge fahathuga hasadha verin thibeyne aee kurierumeh.vahaka v obi hama i love the story.keep uploading shooty…mibaives v v v reethi.

  37. fathun says:
    October 15, 2016 at 9:44 am

    shif ge idea fathun ah ves v kamudhey…ekakuge sacrifice aeema salhi vaane and v rom koh

  38. Aishaaaa says:
    October 15, 2016 at 9:51 am

    Haafiz thidhen boduvaru dhw…. thiah kiyaany hasadhaverivun…. gaimuves mamy shooty eh noon??…shooty aey hama best…❤❤❤

  39. cher says:
    February 7, 2017 at 1:45 am

    Salhi??

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 18←


All Right Reserved!