Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން 7 ވަނަ ބައި

ino Level 110 Stories
October 11, 2016 3 Mins Read
12 Comments

ކުރިމަތީ ހުރި އާޒިމާ ފެނުމުން ޒެފަން ބިރުން ގަނޑުވި ކަހަލައެވެ. ހީކުރި ގޮތަށްް ކަންތައް ނުވުމުން ލަދުން އިސްޖެހީ އާޒިމާ ދޭނެ އަދަބެއްގެ އިންތިޒާރުގައެވެ.

” ބިރުގަތީމަ އެހެން ވާނެ ..އެމައްސަލައެއް ނޫން…ގޭދޮށް ކުނިކަހާލާފަ ގެއަށް ދަނިކޮށް ޒޯރާ ބުނެލީ ޒެފަން އަށް ގޮވާލާށޭ….ހެނދުނު މޫދަށް ގޮސް ބޮޖިން އެއްތޯ! ގޮޖިން އަކަށް ދާވާހަކަ ބުނި އެހެންވެ ގޮވާލީ” ކަންތައް ވީގޮތުން ބިރުން ހުރިނަމަވެސް އާޒިމާ ބުނިބަހަކުން  ޒެފަންގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. ޖޮގިން އަށް ދާވާހަކަ ބުނެލަމުން ހިނިތުން ވެލީ ޒޯރާ އަށް ރަނގަޅު ފިލާވަޅެއް ދިނުމަށް ހިތައް އަރުވަމުންނެވެ. އަވަހަށް ފާހާނާއަށް ވަދެލީ އަޒީމާ ގޭން ނުކުންނަން ދިއުމުންނެވެ.

ފާހާނާ އަށްވަދެ މޫނު ދޮންނަން ހުރިއިރުވެސް ޒެފަން ބަނޑަށް ހެމުން ދިޔައެވެ. ބިރުން ހުއްޓަ ޒޯރާގެ މަންމަ ކީއެއްޗަކުން ހިތަށްއަރާ ކޮންމެ ފަހަރަކު އިތުރަށް ހުނުމަށް މަޖުބޫރުވެއެވެ. އަވަހަށް ތައްޔާރުވެލައިގެން ޖޮގިންއަށްދާ އެއްޗިހި ލައިގެން ބަދިގެ ބަޔަށް ދާން ހިނގައިގަތީ އަތުން ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅާލަމުންނެވެ.

ރޮށި ފިހަން ތައްޔާރު ކޮށްގެން ޒޯރާ ހުރިއިރު ޒެފަން ހަމަ ފެނުމާއެކު އެއޮތްހުރިހާއިރަކު ހިފަހައްޓައިގެން ހުރި ހިނިގަނޑު ބޭރަށް ފަޅައިގެންގޮއްސިއެވެ. ޒޯރާ ހޭތަން ބަލަން ޒެފަންވެސް ހުރީ އެތެރެއިން ހިނިގަނޑު ހިފަހައްޓާލައިގެނެވެ.

ޒެފަން ދިޔަގޮތައްގޮސް ޒޯރާގެ ކައިރިއަށް ހުއްޓިލިއެވެ. ޒޯރާ ވަގުތުން ހުނުން ހުއްޓާލިއިރު ހީވީ ޒެފަން ރުޅިއައީކަމަށެވެ. ޒެފަން ކައިރިވި ވަރަކަށް ޒޯރާ ފަހަތަށް ޖެހެމުން ގޮސް ބަދިގެ ކަބަޑުސެޓް ގައި ޖެހި ހުއްޓުނެވެ.

ޒެފަން ކުރަން އުޅޭކަމެއް ނޭގޭތީ ޒޯރާ ލޯމަރާލީ އިތުރަށް ޒެފަން އަށް ބަލަން ނުކެރިގެނެވެ. ޒޯރާ ސިހުނީ ރޮށިފިހަން ހުރި ފުށްކޮޅު ބޮލުން ފައިބަން ފެށުމުންނެވެ. އައިރުޅިން ޒެފަން ފަހަތުން ދުއްވައިގަތީ ބަދިގޭގައި ހުރި ރަތްކުލައިގެ ކާކުލަ ފުޅިއެއް ހިފައިގެނެވެ.

ދިޔަގޮތަށްގޮސް ޒެފަންގެ ގަޔަށް ކުލަފުޅި އެއްކޮށް  އަޅާލިއިރު ޒޯރާގެ ގައިގަވެސް ހުސް ކުލައެވެ. ޒޯރާ ދުރަށް ދުއްވައިގަން އިރު ޒެފަން ފަހަތުން އާދެއެވެ. ވިނަގަނޑުމަތީ ހުސްފަޔާ ދުވެލާފަ، ހީނާމާގަހުގެ ފުރަގަހަށް ވަނެވެ.

” ދެން ސަލާމަތެއް ނުވާނެ އިނގޭ!…މިއަދު ޖެހޭނީ މަށާއެކު ފެންވަރަން އެނޫން ގޮތެއް ނޯންނާނެ….” ފެންހޮޅިން ޒޯރާގަޔަށް ފެން ޖަހަން ހުރިއިރު ޒޯރާގެ ރީތިކަމަށް ތައުރީފް ކުރެވެއެވެ. ޒޯރާ ހުރީ ޒެފަންގެ މި ލާނެއް މަޖާ މިޒާޖު އަލަށް ފެނި ލަދު ގަނެފައެވެ.

ޒޯރާގެ އެރީތިކަން މިލްކުކުރަން ކިތަންމެ ވަރަކަށް ހިތް ބޭނުން ވިޔަސް އަދި އެދުވަސް އަންނާނެކަން ހަނދާންކޮށްލަމުން ހިތްހަމަޖައްސާލިއެވެ. ފެނުގެ އަސަރުގެ ސަބަބުން ތެމިފަވާ ޒޯރާގެ ހަށިގަނޑުގައި ވަނީ އެތުނި ހެދުން ތައްލާފައެވެ. ޒޯރާގެ މައުސޫމު ކަމާ ރީތި ކަމުގެ ސަބަބުން ޒެފަން ހުރީ އާޝޯޙު ވެފައެވެ. ޒޯރާ ދެއަތުން ފެންތަކުން ސަލާމަށް ވާން ކުރާ ބޭކާރު މަސައްކަތް ފެނުނުއިރު ޒެފަންގެ މޫނުމަތިން ފެނުނީ ކާމިޔާބުގެ ހިނިތުން ވުމެވެ.

” ޕްލީޒް…ސްޓޮޕް އިޓް….އައި ބެގް ޔޫ…” ޒޯރާ ވަރަށް މަސައްކަތުން ފެން ހޮޅިއަތުލުމަށްފަހު ޒެފަން ގަޔަށް ފެން ޖަހާލަމުން މޫދަށް ދާށޭ ބުނެލީ ގެއަށްވަދެ އަވަހަށް ގައި ހިއްކާލުމުގެ ބޭނުމުގައެވެ.

ޒެފަން ޝަރުތު ކުރުވީ މިރޭ ޒެފަންގެ ބައްޕަޔާ ވާހަކަ ދައްކަން އެއްބަސް ވުމުން ދާނެކަމުގައެވެ. އެހެންނޫނީ ނުގޮސް ހުންނާނެ ކަމުގަ ބުނުމުން ޒޯރާ އަވަސްއަވަހަށް އެއްބަސް ވީ އެހެން ގޮތެއް ނެތުމުންނެވެ.

ޒެފަން ކަސްރަތު ކުރަން ދިއުމުން ޒޯރާ ބަދިގެ ސާފު ކޮށްލުމަށްފަހު މެޝިނުން އެއްޗިހި ހިއްކާލަމުން ތައްޔާރު ވެލައިގެން ސައި ހަދަން ދިޔައެވެ.

****************************

އާކިން ނޫމާއާއި ވާހަކަ ދައްކަމުން ދިޔައީ ދުވަހަކުވެސް ވަކިނުވުމަށް އެތައް ވައުދު ތަކަކާއި އަހުދު ތަކެއް ވަމުންނެވެ. އަދި ކޯސް ނިމުނުހާ އަހަވަކަށް އައިސް ކައިވެނި ކުރާނެކަމަށް ބުނަމުން ނޫމާގެ އެކުވެރިޔާ ކައިރީ ނޫމާ ބަލަން ބުނެލީ ދެވަނަ ފަހަރަށް ނޫމާ ގެއްލިދާނެތީއެވެ.

އެދުވަހަކުން މައިންބަފައިންނަށް ދެމީހުން ކުޑައިރުއްސުރެ ރައްޓެހިވެގެން އުޅޭވާހަކަ ބުނެދޭނެކަން ގައިމެވެ. އަދި މައިންބަފައިން ބުނެގެން ޒެފަން ކުރަން އުޅުނު ކައިވެންޏާ ނޫމާ ދެކޮޅުވީ އާކިން ދެކެ އިންތިހާއަށް ލޯބިވާތީކަމަށް އެދުވަހުން ނޫމާވެސް އެއްބަސް ވާނެކަން ގައިމެވެ.

” ބައި…ނޫ….ވަރަށް މިސް ވާނެ އިނގޭ…..ބަސްއަހައިގެން އުޅޭތި…ލަވް ޔޫ…” އާކިން ވަރަށް ބާރަށް ނޫމާ ގައިގަ ބައްދާލުމަށްފަހު އެއާޕޯޓަށް ދާން ބަހަށް އެރިއެވެ. އޭރު ނޫމާ ދެލޮލުން ހޫނު ކަރުނަ އާދެއެވެ. ވަރަށްވެސް އަސަރު ގަދަ މަންޒަރެކެވެ. މުސްތަގްބަލަށްޓަކާ އުފާވެރި ދުވަސްތަކެއްގެ އުންމީދުގައި ދެހިތްވެސް ބޭގަރާރުވަމުން ދަނީއެވެ.

ފްލޭޓަށް އަރާ  ހަށިގަނޑު ދަމާލީ ދަތުރުގެ މަންޒިލަށް ދެވެންދެން ހިމޭން ވެލުމަށެވެ. އެހެނަސް ބޮލަށް އުނދަގޫވީ އަންހެން ކުދިން ތަކެއްގެ ސަކަރާތުގެ އަޑަށެވެ. ހީވަނީ އަލަށް ފްލޭޓަކަށް އެރުނު ކުދިންތަކެއްހެނެވެ. އާކިން އިތުރަށް މޫނު ކުނިކޮށްލީ ޖެހިގެން ހުރި ޝީޓްގައި އެތަނުން ކުއްޖަކު ޖެއްސީމައެވެ.

އެކުއްޖާ ބަލާކަށް ނުހުރެ ލޯމަރާލައިގެން އޮތް އާކިން ގެ ތުންފަތުގައި މަޑުމަޑުން ދަތް އަޅާލުމުން ސިހިފަ ތެޅިގަތެވެ. ކުރިމަތިން ފެނުނު ސޫރައަކުން އާކިން ހާސްވިއެވެ. ނުދަނެ ހުއްޓާ މިދިމާވި ކަމަކުން ކަންތައް ކުރާނެ ގޮތެއް ނޭނގިފަ ބަލަން ހުރެވުނީ ހާސްވެގެނެވެ.

” އާރ ޔޫ ކުރޭޒީ ” އާކިން މޫނުމަތިން ފެނުނީ ލާނެއް ހިނިތުންވުމެކެވެ. އަދިވެސް އެވަގުތު ކޮޅުމަތިން އާކިން ހަނދާން ނުނެތެއެވެ. ރުޅިއަންނަން ބޭނުންވިޔަސް ކުއްލިއަކަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ލޯ މަތިން ފެނުނު އެންމެ މަޖާ ހާއްސަ އެއްކަމެވެ.

ނުނިމޭ……………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

ތި ލޯބި އެދިގެން.. 8

Next

ދީފީމޭ އޯގާވޭ ގެންްދާށޭ ލޯބިވާ

Next
October 11, 2016

ދީފީމޭ އޯގާވޭ ގެންްދާށޭ ލޯބިވާ

Previews
October 11, 2016

ތި ލޯބި އެދިގެން.. 8

12 Comments!

  1. iram says:
    October 11, 2016 at 7:27 am

    Salhi

  2. niuma says:
    October 11, 2016 at 7:29 am

    Oohh….kaakubaa e fenuny…..flate therein…..waiting next part

  3. Khajja says:
    October 11, 2016 at 7:33 am

    Rythi but flyt therey ekahala kamekkuri iru myhun thibikanves neyngun dhw n waitin

  4. jaan says:
    October 11, 2016 at 11:28 am

    Varah salhi…mibaivess….waiting waiting

  5. Hooooo. says:
    October 11, 2016 at 12:32 pm

    Waiting

  6. mishk says:
    October 11, 2016 at 9:17 pm

    fleytu nuliyeba…

  7. Ais says:
    October 12, 2016 at 4:03 pm

    Will u upload this story full or u will also end uploadingey the story…….

  8. Ais says:
    October 12, 2016 at 4:03 pm

    Will u upload this story full or u will also end uploadingey the story…….

  9. ain says:
    October 14, 2016 at 7:32 pm

    Vaahaka upload kohbala dhw. Ehkoh nugenanyan fashany kykuran????.

  10. Ais says:
    October 15, 2016 at 11:52 am

    Dhn vaahaka up nukuranee tha vary dhakaalaafa liyan fadhaaney complete kuraaka nukeryney

  11. koo says:
    November 18, 2016 at 9:48 pm

    next plx avas

  12. @l says:
    May 21, 2017 at 12:51 pm

    Kobaatha vaahaka?????dissapointed so much

Comments are closed.

Next Episodeހިނިތުންވުމުން – (8)←


All Right Reserved!