Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން 6

ino Level 110 Stories
October 10, 2016 3 Mins Read
27 Comments

ލޯބީގެ ބާރުގަ އޮޔާ ބެހިގެން މިހާ ދުރަށް ދެވޭއިރު ނޫމާވަނީ  އާކިންގެ އަމަލުތައް ހުއްޓުވަން ނުކުޅެދިފައެވެ. ކުއްލިއަކަށް ދެމީހުން ސިހިގެން ދިޔައީ…………

އާކިންގެ ފޯނު ރިންގު ވާން ފެށުމުންނެވެ. އޭރު އާކިންގެ މޫނުން މަސްތުކަން ކެނޑި ފެންނަމުން ދަނީ ހާސްކަމެވެ.

” އޯހް….ޝިޓް…ތޭންކް ގޯޑް” ފަހުން ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނުވިކަމަށްޓަކާ އާކިން ހިތަށް ހަމަޖެހުން ލިބުނެވެ. ޓީޝާޓް ލުމަށްފަހު ނޫމާ އުރާލަމުން ފޯނަށް ބަލާލިއެވެ.

” ކާކު ގުޅީ؟…ޔަގީން އެއްކަލަ މަންޖެކަން!…އަދިވެސް ގުޅާތަ..! ވަރަށް ފޫހިވޭ! މީސްމީހުންގެ ބިޓުންނަށް ގުޅަންޖެހޭތަ؟ އާކިން އަތުން ފޯނު އަތުލަމުން ނޫމާ ފޯނަށް ބަލާލިއެވެ.

“ޑޯންޓް އެންގްރީ މައި ސްވީޓް ހާޓް….އެގޮއްޔަށް ފިލާވަޅެއް ދޭން ހިނގާބަ….އެގޮތައް މީހުންގެ ލޯބިވެރިން ފަހަތުއަޅުވާލާގެން އުޅެންޏަ” ނޫމާ ގެ ކޯތާފަތުގައި ހިފާލަމުން އާކިން ފޯނުނެގިއިރު ބުނަން އުޅޭއެއްޗެއްގެ އިނތިޒާރުގަ ނޫމާ ހުއްޓެވެ.

” ކީކޭ ސްވިޓީ….އާއެހެންޏަ ޑާލިން މިހުރީ ސްވިޓީ ބުނާ ތާކަށް ދާން ރެޑީގަ…..ޓްވެލްގަ ކެފޭ ގާޑަންގެ ފަސްޓް މޭޒްގަ ވައިޓް ކުލައިގެ ގަމީހެއްގަ ޑާލިން ހުންނާނަން…..އޯކޭ މިނައްޓާލަނީ …އެކަމަކު….ހޮޓް ކިސްއެއް ފަސްޓް ފެނުމާއެކު” އާކިންގެ ވާހަކަ ހުރިގޮތުން ނޫމާ ރުޅިއައިސްގެން ފަޅަފަޅައިގެން ދިޔައިރުވެސް ހިނިއައިސްގެން ނުހުރެވުނެވެ…

“އާކް ވަޓް އަ ޖޯކް….ކީއްކުރަން ތިއުޅެނީ….” ނޫމާހިނިތުން ވެގެންހުރުމުން އާކިން އަވަހަށް ތައްޔާރު ވެލިއެވެ. ކަންތައް ކުރާގޮތް ބަލަން ހުންނާށޭ ބުނެލީ ހެވިފަ ހުރެއެވެ.

ނޫމާގޮވައިގެން ރެސްޓޯރެންޓައް ދިޔައީ ހިނގާލާފަ ބާރަ ޖަހަން ވަގުތު ކޮޅެއް އޮތުމާއެކު ރެސްޓޯރެންޓް އެހާ ދުރު ނޫން ވީމައެވެ. ދިޔަ މަގުމަތީ އެހެން ކަމެއް ރާވާލިކަން އާކިންގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އެނގުނެވެ.

“އޯހް އައްޕެ މެނަށް އިނގޭތަ ؟ މިރޭ ދައްކާނަމޭ މަގޭ ޑާލިން….ވަރަށް ސަޅިވާނެ..ކައެމެން އަނެއްކާ ޖޭނުވާތި މަށަށް އެހާ ސަޅި ގޮލައެއް ލިބުނީމަ، ޖޭނުވާ ވަރެއްވެސް ނޫންތާ……ހާދަވަރަކުންނޭ އެގޮލާ ޑޭޓަކަށް އަންނަން އެއްބަސްވީ ރާއްޖެއައިސަ….މިރޭ އެގޮލާ ފެރީގަ ހުއްޓަ މަށަށް ފެނުނީ…..އެގޮލާ ކާރީ އަންހެން ގޮލައެއްވެސް ހުރި…ވަކިހަމަޔަކުން ގެއްލިއްޖެ…އެހެންވެ އެހާ ހާލުން ނަމްބަރ ހޯދާގެން ގުޅީވެސް…..” ރީމާގެ އެކުވެރިން ކައިރީ ފޮނިކަނޑަމުން ރެސްޓޯރެންޓަށް ވަނެވެ. މުޅި ރެސްޓޯރެންޓް ވަނީ ޖޯޑުޖޯޑަށް ކެއުމުގައެވެ. މަޑުމިއުޒިކެއް ޖަހާލާފައި ވާއިރު، ރެސްޓޯރެންޓްގައި ވަނީ މަޑު އޮރެންޖުކުލައެކެވެ.

” ބަލާބަ! އެހުރީ ވައިޓް ކުލައިގެ ގަމީހުގަ މިކޮޅަށް ފުރަގަސް ދީގެން މަގޭ ޑާލިން…ކައެމެން ބަލަން ހުރޭ މަގޭ ގަޓްކަން” ރީމާ ގެ އެކުވެރިން ދުރުގަ ބަލަން ބަހައްޓާފަ މޭޒާ ކާރިވިއެވެ.

” އެޓެންޝަން ….އެޓެންޝަން….ހުރިހާއެއްމެން މިކޮޅު ބަލާލުމަށް އެދެން….މަގޭ ޑާލިންއާ ފަސްޓް މީޓް ވަނީ…..ހާދަ ދުވަހަކަށް ފަހުއޭ….” ފަހަތުން އެ ފިރިހެނާ ގައިގަ ބައްދާލަމުން ލޯބިވާހަކަ ބުނެލިއިރު ރީމާ އުފަލުން ފޮޅެނީއެވެ.

” ޕްލީޒް …ކިސް މީ……” ރީމާ ލޯމަރާލަމުން ވާހަކަ ދެއްކީ ނުހަނު ބާރަށެވެ….ކާކުތޯވެސް ބެލުމެއްނެތި އެ ދައުވަތު ދިނީ ނުހަނު ކިބުރުވެރިކަމާ އެކުއެވެ. ސިކުންތު ކޮޅަކަށްފަހު އެއްމެން ހޭއަޑު އިވޭތީ ލޯހުޅުވާލެވުމާއެކު ހީވީ ގައިގަ ބިޗުލެއް ކަށިއެޅިހެނެވެ. މުސްކުޅި ކަމުން ބަލާލާބެލުމަށް 80 އަހަރުވެފާވާ ފިރިހެނެކެވެ.

“ބާސްޓެޑް…….ގޯޓު ދަ ހެލް” ލިބުނު ލަނޑާއެކު ހިތައްއެރި އެއްޗިހި ކިޔާލަމުން ރެސްޓޯރެންޓުން އެއަންހެން ކުއްޖާ ނުކުންތަން ބަލަމުން އާކިން އެމީހާ އަށް ފައްސަތޭކައިގެ ނޫޓް ތަކެއްދިނީ ކާއެއްޗެއްސަށް އޯޑަރ ދެމުންނެވެ.

” ކޮބާ ! ކިހިނެއް ވަނީ ! އެކަހަލަ ކުދިންނަށް ރީތި ފިލާވަޅެއް ދިނީމަ ނޫނީ މައިތިރިއެއް ނުވާނެ……އޯކޭ ލީވް އިޓް….ނޫ …..ހަފްތާއެއް ފަހުން ފުރަންހަމަ ޖެހިފަ ކުރިން އޮތަސް މާދަން ހެނދުނު ފްލޭޓުން ޓިކެޓް ނެގިން ކޮލެޖް ހުޅުވޭ ދުވަސް އަވަސް ވީމަ….ޑޯންޓް….ސޭޑް ބޭބީ ….އައި ލަވް ޔޫ  އޯލްވޭސް……ބޭނުން މިރޭވެސް މޯމް މެނަށް ކިޔާދޭން……ތިހެން ގޭން ނުކުމެގެން އެއްތަނުން އަނެއްތަނުން ނޫޅެވޭނެއެއްނު” އިއްޔެ އެއާޕޯޓުން ވަޒީފާ ހަމަޖެހުނުކަމާ، ވަކިން އެޕާޓްމެންޓެއްގަ ބެސްޓްފުރެންޑާއެކު އުފަލާއެކު އުޅޭކަމަށް ނޫމާ ބުނެލީ އާކިންގެ އަތުގަ ފިރުމާލަމުންނެވެ. އަދި ކޯސް ނިއްމާފަ އައިސް ގޭމީހުންނަށް ސަޕްރައިޒެއް ދޭނީކަމުގަ ނޫމާބުނުމުން އާކިން ވެސް ގަބޫލުކުރިއެވެ.

ދެމީހުންވެސް ކައިގެން ނޫމާ ގެއަށްލާފަ އާކިން މާލެ ދިޔައީ ހެނދުނުން ކާރިއަށް އަންނާނެ ވާހަކަ ބުނެފައެވެ.

ފަތިހުގެ ވަގުތެވެ. އާކިން މަންމަމެނާ ސަލާން ކޮށްލުމަށް ފަހު ދަބަސް ހިފައިގެން ހުޅުމާލެއަށް ދާންވެގެން އަވަސްކޮށްލިއެވެ. އެއްމެ ފަހު ވަގުތުވެސް ލޯބިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ހުޅުމާލެއަށް ލެފުމާއެކު ފަސްވަރަކަށް މިނެޓުގެ ކުރު ދަތުރަކަށްފަހު ނޫމާ އުޅޭ އެޕާޓްމެންޓަށް އާކިން ވަނެވެ.

” މޯނިންގް….ބޭބީ…ކޮފީއެއްދީބަލަ! ” ނޫމާ ފަހަތުން އާކިން ބަދިގެ ބަޔަށް ވަންއިރު އުނދަގޫ ކޮށްލަމުން ދިޔައެވެ.

*****************************

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ވަށައިގެންވާ ހިމޭން މާހައުލުން ކާޅުގޮވާލާ އަޑު ދޭތެރެއަކުން އިވެމުންދެއެވެ. ފެންނަމުން ދިޔަ ރީތި ހުވަފެނުން ޒެފަންއަށް ހޭލެވުނީ ދޮރުގާ ޓަކިދޭ އަޑަށެވެ. ބޮކީގެ އެއްވެސް އަލިކަމެއް ނުވާއިރުވެސް ކޮޓަރި ތެރެއަށް ވަނީ ދޮރު ފޮތިތަކުން އިރުގެ އަލި މަޑުމަޑުން ފޭދިފައެވެ. ހުވަފެނުން ހޭލެވުމުން ކުޑަކޮށް ހިތްހަމަ ނުޖެހުނަސް ގޮވަނީ ކާކުކަން އެނގުމުން ވަގުތުން ހިނިއައެވެ. އަދި ދޮރު ހުޅުވާލަމުން ޒޯރާއަށް ގޯނާއެއް ކޮށްލުމަށް ވިސްނާލަމުން އެނދުން ތެދުވިއެވެ.

ޓަކިޖަހަޖަހާ ހުއްޓަ ކުއްލިއަކަށް ޒެފަން ދޮރު ހުޅުވާލަމުން އަތުގާ ހިފާ ކޮޓަރިތެރެއަށް ދަމާގަތެވެ.

އޭރު ނިދީގެ އަސަރު ކުޑަކޮށް ހުރުމާއެކު ލޯހުޅުވާލެވުނީ ކުޑަ ހިނދުކޮޅެއް ފަހުންނެވެ.

ލޯހުޅުވާލެވުމާއެކު ވަގުތުން ނިދި ފިލާ ދިޔަތަނެއްވެސް ނޭނގުނެވެ. ހިފަހައްޓައިގެން ހުރި އަތުން ވަގުތުން ދޫކޮށްލެވުނެވެ. ކައިރީގަ ހުރި ފާރުން ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ލަދުވެތި ކަމާއެކު އިސްޖަހާލިއެވެ.

” ސޮރީ…އަޅުގަ….އަޅުގަނޑު ހި….ހީކުރީ ވަގެއްކަމަށް……ނިދީގަ ހުރެގެން އަތުގަ ހިފުނީ…” ކުރިމަތީ ހުރި އާޒިމާ ފެނުމުން ޒެފަން ބިރުން ގަނޑުވި ކަހަލައެވެ. ހީކުރި ގޮތައް ކަންތައް ނުވުމުން ލަދުން އިސްޖެހީ އާޒިމާ ދޭނެ އަދަބެއްގެ އިންތިޒާރުގައެވެ.

ނުނިމޭ………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

ތި ލޯބި އެދިގެން… 7

Next

މިހިތުގެ ފަސާނާ 3

Next
October 10, 2016

މިހިތުގެ ފަސާނާ 3

Previews
October 9, 2016

ތި ލޯބި އެދިގެން… 7

27 Comments!

  1. naaj says:
    October 10, 2016 at 1:29 pm

    salhi

    1. inaya says:
      October 10, 2016 at 3:14 pm

      thanks naaj

  2. ?Shue? says:
    October 10, 2016 at 1:32 pm

    Haadha kurey mibaii… V reeethii

    1. inaya says:
      October 10, 2016 at 3:15 pm

      thanks Shue ….next part dhigukoh genes dheynan

  3. princess says:
    October 10, 2016 at 1:37 pm

    Nice keep it up

  4. Zaha says:
    October 10, 2016 at 1:38 pm

    Haadha kurey. Nthankolheh avahah up kobbala

    1. inaya says:
      October 10, 2016 at 3:17 pm

      thanks Zaha …story kiyaalyma….next part tonight or today up kuranan

  5. Mai says:
    October 10, 2016 at 1:54 pm

    Thihaa dhuvas kohfa up kuraa iru keeh ve tha ehaa kurukoh up kurany.. thankolheh dhigu kohli nama. .. ekam story v reethi …

    1. inaya says:
      October 10, 2016 at 3:18 pm

      next part up kuraanan dhigukoh Mai….thanks story kiyaalyma

  6. amy says:
    October 10, 2016 at 3:06 pm

    salhi

    1. inaya says:
      October 10, 2016 at 3:18 pm

      thanks amy

  7. Rihaa says:
    October 10, 2016 at 3:10 pm

    haha…zefan ah salhi lande dhoo libuny…..dhen kihineh baa vaany….yageen aazimaa geyn beyrukohlaanykan……varah salhi mi story ….kiyaahithun kiyaalevey……inaa keep it up……next part avas kohlaba..plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

  8. inaya says:
    October 10, 2016 at 3:20 pm

    thanks Rihaa….next part today or tonight up kuraanan…..hmmm…zefan birun dhoo mihaaru ehury…hehe….

  9. ނިއުމާ says:
    October 10, 2016 at 3:39 pm

    ވޯވް…..ވަރަށް ރީތި ވާހަކަ އެއް….ޒޯރާ އާ ޒެފަން ދުރު ނުކުރަށްޗޭ ޕޮލީޒް އިނާ….އާދޭސް ކޮއްފަ މިބުނަނީ….ދެފާގަ ހިފަން…..އެދެކުދިން އެކުގައި ދިރި އުޅެވޭގޮތް ހަދާތި…..ރީމާ އަށް ކިސް ކރެވުނީ…80 އަހަރުގެ މިހަކާ….ލޮލް……ސަޅި ފޮޓޮެއަކަށޤ ވާނެ ދޯ…..ނެކްސްޓް ޕާޓް ކޮން އިރަކުން ތަ؟؟؟؟؟؟؟

    1. inaya says:
      October 10, 2016 at 9:55 pm

      thnkx niuma ……next part kiyan redy ga huryma

  10. shahee says:
    October 10, 2016 at 3:56 pm

    Akin haadha goahey, Family aha Bro ah dhoaka dheny dho

    1. inaya says:
      October 10, 2016 at 9:56 pm

      Akin ge bai kiyaa lahchey shahee adhi ehfaharu….

  11. imshaa says:
    October 10, 2016 at 5:57 pm

    Shaahee vaahaka rangalhah kiyaalyma ingeyne…aakin aa noomaa rahtehivehen sirru kohgen ulhenikoh naeem men zefange kaiveni noomaa aa hamajesikan……noomaa zefan aa eku noolhen kommevess kameh kuryma geyn beyrah ly…adhi evaahka eh naadhey kanneyge story aku…

    1. inaya says:
      October 10, 2016 at 9:59 pm

      imshaa thanks reading my story

  12. niha says:
    October 10, 2016 at 6:22 pm

    Varah reethi story eh…..next part kiyaahithun nuhurevey…….

    1. inaya says:
      October 10, 2016 at 9:54 pm

      thnkz

  13. sham says:
    October 10, 2016 at 6:40 pm

    Mi story varah thafaathu…varah reethi……nexp part plz…..

    1. inaya says:
      October 10, 2016 at 9:51 pm

      thanks sham

  14. iram says:
    October 10, 2016 at 6:53 pm

    Adhi mikiyaalevuny……haadha dhuvaheh kofaa up kury…..ekamaku story varah habbu……..waiting…next….part…..

    1. inaya says:
      October 10, 2016 at 9:50 pm

      iram kudakoh bsy vy …sory lasvyma….thanks for reading….my story

  15. ahu says:
    October 10, 2016 at 9:34 pm

    so beautiful………waiting …..waiyting…….

    1. inaya says:
      October 10, 2016 at 9:49 pm

      thanka ahu

Comments are closed.

Next Episodeހިނިތުންވުމުން 7 ވަނަ ބައި←


All Right Reserved!