ސިއްރު 12
“ނޫން. ވިއާމާ. އަދި މިވާހަކަ ސިއްރު ކުރޭ ﷲ އަށްޓަކައި. އާދޭސް ކުރަން.”
ސާރާ ދެއަތްޖޯޑު ކޮށްފަ ރޮމުން ވިއާމާ ގެ ފައިބުޑަށް ތިރިވެފަ ވިއާމާ ފައިގައި ހިފަމުން ބުނެލިއެވެ.
“މަލް. ކަލޭ ހިތުގައިވާ އެއްޗެއް އަހަރެންނަށް ނޭގެ އެކަމަކު އަހަރެންވަނީ ކަލެޔާއެކުގަ އެންމެ ރަނގަޅު ނުބުނާނަން”
ހިނިތުންވެލަމުން ވިއާމާ ސާރާޔާ ކަރާކަރު ޖައްސާ ސަލާމް ކުރިއެވެ.. އަދި ދެއެކުވެރިން އެކަކު އަނެކެއްގެ ކަރުނަ ފޮހެދިނެވެ. އެއީ ހިތާމަޔާ އުފާއެކުލެވިގެންވާ މަންޒަރެކެވެ. ލޯތްބާއި އެކުވެރިކަން ފެނިގެން ދިޔަ މަންޒަރެކެވެ. ޢަހްދާއި ވައުދުގެ ފަލްސަފާއެކެވެ. ދެން އަޅުގަނޑު މެންގެ މުރާދު ކޮބާތޯ ބަލަމާ ހިނގާށެވެ. ހައްޖާ އެވެ. މިވާހަކަ ކިޔުމުގައި ހައްޖަ ތިހޭދަ ކުރާވަގުތަށް އަޅުގަނޑު ޝުކުރު ވެރިވަމެވެ. އަދި ހުރިހާ ކުދިންނަށް މިވާހަކަޔަށް ސަޕޯޓް ކުރާތީ ވަރަށް ބޮަޑަށް ޝުކުރިއްޔާއެވެ.
މުރާދު ސައިކަލުން ދިޔައީ ކުލާހުން ނިމިގެން ގެޔަށް ދާށެވެ. ދުވަހަކީ ހޯމަދުވަސް ކަމަށް ވުމާއެކު މަގުމަތީ ވަރަށް ދުއްވާ އެއްޗެތި ގިނައެވެ. އެއީ އިންޑިޔާގެ އާދައެވެ.އެވަގުތު އަންހެން ކުއްޖަކު މަގު ހުރަސް ކުރުމަށްޓަކާ އެއްކޮޅުގަ ހުރެފަ ދުއްވައިގަތެވެ. މުރާދު ދިޔައީ ވަރަށް މަޑުން ކާރިން ދުއްވާފަދިޔަ އެއްޗިއްސައް ބަލަމުންނެވެ. އެވަގުތު ކުއްލިޔަކަށް މީހަކު މުރާދު ސައިކަލްގައި ޖެހިގަތީމާ ސިއްސައިގެން ގޮސް މުރާދު ސައިކަލްގެ ބުރެކް ޖެއްސިއެވެ. ނަސީބަކުން އެކުއްޖާވެސް ނުވެއްޓި ސަލާމަތްވިއެވެ. އަދި މުރާދު ސައިކަލް ކޮންޓުރޯލް ކުރިއެވެ. އަދި އިސްއުފުލާލާފަ އެކުއްޖާއާދިމާލަށް ބަލާލިއެވެ.
އޭރު އެކުއްޖާ އެސްފިޔަ ޖަހާވެސްނުލާ މުރާދަށް ބަލަން ހުއްޓެވެ. ހާސްކަމުން ފުރިފަިވާ އަދި ހައިރާންކަން އެކުލެވިފައިވާ ބޮޑު ދެލޮލެވެ. މޫނުމަށްޗަށް ވިހުރުވިފައިވާ ކުދި އިސްތަށިތަށް އަދި ހޭވިފައިވާ ރީތި ދިގު އިސްތަށިގަނޑެކެވެ. ރަތް ކުލައިގެ ހެދުމުގައި ހުދުކުލައިގެ ދޯޕައްޓާ ވެސް އޮތީ ކޮނޑުމަތިން ތިރިޔަށް ވެއްޓިފައެވެ. އެދެމީހުން ދެމީހުންނަށް ބަލަހައްޓައިގެން ގެއްލިފައި ތިއްބާ ހިސާބުގަނޑުގެ މީހުން އެތަނަށް ޖަމާވަމުން ދިޔައެވެ. އަދި ކާރުތަކާ ސައިކަލް ތަކުން ބަރުގޮނު އަޅަމުން ދިޔައެވެ. އެވަގުތު މުރާދު އޭނާއަށް ބަލަމުން ގެންދިޔައެވެ.
“މީރާ …ކިހިނެތްތޯ ތިހެއްދެވީ؟” މުރާދު އަހާލިއެވެ. އެއީ ކުރީދުވަހު ފުލައިޓުން ދިމާވި އަންހެންކުއްޖާ މީރާ އެވެ. އެެދުވަހު މީރާ އާއި މުރާދު ތިބީ ވަރަށް ރައްޓެހިވެފައެވެ. އެކަމަކު އެއަރޕޯޓުން ދިމާވި ފަހުން ގެއްލުނީއެވެ.
“އަޅުގަޑު މިތާކާރީ ތަނަކަށް ގެންގޮސްދީފާނަންތަ؟”
އެއަންހެން ކުއްޖާ މުރާދު ކާރިން އެދުނެވެ.
“ސައިކަލަށް އަރާ.”
މުރާދު ބުނެލިއެވެ. އެކުއްޖާވެސް އިތުރު ސުވާލެއް ނުކޮށް ސައިކަލަށް އެރިއެވެ. އަދި އެތަނުގަ ތިބިމީހުންނާ ދިމާލަށް ދެމީހުން ލަދުގެންފައިވާ ގޮތަކަށް ހީލިއެވެ. އެމީހުންވެސް އެކަކު އަނެކަކަށް ބަލަމުން އަތް ހޫރުވަމުން އެތަނުން ދުރަށް ދިޔައެވެ.
“ކޮންތާކަށް ދާން ބޭނުންވެގެން އެހާ އަވަސްއަރުވާލައިގެން ތިޔައުޅެނީ”
މުރާދު ސައިކަލް ދުއްވާލަމުން އިގިރޭސި ބަހުން އަހާލިއެވެ.
މުރާދު ސައިކަލްގެ ކުޑަލޯގަޑުން އެކުއްޖާގެ މޫނަށް ބަލާލިއެވެ. ތެދެކެވެ.
“ގެންގޮސްދޭންވީ ކޮންތާކަށް؟”
މުރާދު ސުވާލު ކުރިއެވެ.
” އަޅުގަނޑުގެ ގެޔަށް. ގެހުންނަނީ ކަލާކޮމަދި ރޯޑުގަ. އެއީ މެޑިކަލް ކޮލެޖް”
މީރާ ގެހުންނަތަން މުރާދަށް ކިޔާލަދިނެވެ.
“އެހެންތަ؟. އަހަރެންގެގެ ވެސް ހުންނަނީ ތިހިސާބުގަ. އަވިއްޓަމް ރޯޑުގަ.”
މުރާދު ހިނިތުންވެލަމުން ބުނެލިއެވެ.
“މީހަމަ އިއްތިފާގެއް.. ނަސީބެއްނު ފެނުނު ކަންވެސް ކުރީދުވަހު އެއަރޕޯޓުން ދިޔަގޮތަށް މިތިބީ ތިބޭ ތަންވެސް ނޭގި.. މިއަދު ދިމާނުވިނަމަ ކިހިނެއް ހޯދާނީ ދޯ މިއަދު ނަމްބަރު ދޭންވާނެ އިނގޭ ” މުރާދު ހިނިތުން ވެލާފަ ބުނެލިއެވެ.
“ކަލާ އުޅުއްވަނީ ކޮންބަޔަކާ އެކުތޯއެވެ؟”
މީރާ ސުވާލު ކުރިއެވެ.
“އަހަރެން އުޅެނީ އެކަނި.”
މުރާދު ޖަވާބުދިނެވެ. މީރާ މެންނަށް ގެޔާ ހިސާބަށް ދެވުމުން މީރާ ގެދައްކާލިއެވެ.
“މިހިރީ އަހަރެން އުޅޭގެ”
މީރާ ގެޔަށް އިޝާރާތް ކޮށް ބުނެލިއެވެ. އެވަގުތު ގެއިން ނިކުތް އަންހެނަކު ގޭޓް ކުރިމަށްޗަށް ނުކުތެވެ.
“އައްދެ ކަލޭ އައީތަ؟. ކަލޭ ހީކުރަނީ މިގޭގައި ކަލޭގެ ނޯކަރުން އުޅޭ ކަމަށްތަ؟ އަހަރެން އެހެރީ ކަލޭގެ ފޮށިވެސް ބޭރަށް ލާފަ. ކަލޭ މިގެޔަށް ވައްދާކަށް އަހަރެން ބޭނުމެއްނޫން”
އެއައި އަންހެން މީހާ މީރާއާއި ދިމާލަށް އެއްޗިތި ކިޔާގަތެވެ. މީރާ ރޮއިރޮއި ހުރީއެވެ. އެވަރުން ނުފުދިގެން އެއަނހެންމީހާ އެތެރެޔަށް ވަދެ މީރާގެ ފޮށި ގެނެސް މަގުމަށްޗަށް ވެސް އުކާލިއެވެ.
“ކަލޭގެ ބަފާ ކާރީ ބުނޭ ހެދިހާ ގޮތެއް ހެދިގެން މަށެއްނުހުންނާނެޔޭ ކަލޭ މިގޭގަ ހުރިތަނަށް ނަގުދު ފައިސާ ފޮނުވާށޭ. އަޑު އިވިއްޖެތަ މިހިރަ އަންހެން ކުއްޖާ”
މުރާދުވެސް ހަދަން ވޯގޮތެއް ނޭނގިފަ ހުއްޓެވެ. ދާންވެސް އޭނާއަކަށް ނުކެރުނެވެ. އެއްކޮޅުން އޭނާގެ އެކުވެރި ކުއްޖާއެވެ. އަމެއް ކޮޅުން މި ނުދަންނަ އަންހެން މީހާއެވެ. ކޮންމެ ގޮތެއް ވިޔަސް މުރާދު މިއޮތީ މި ކަމުގައި ހަދާނެއްގޮތެއް ނޭނގި ތާށިވެފައެވެ.
އެވަގުތު ވިދާލާފަ ބޯކޮށް ވާރޭވެހެން ފެށިއެވެ. މީރާ ރޮމުން ރޮމުން އޭނާގެ ފޮށިން ބިންމަށްޗަށް ވެރިފައިވާ އެއްޗިހި އެއްކޮޮށްލިއެވެ. އަދި ފޮށި ނަގައިގެން ހިނގަން ފަށައިފިއެވެ. މުރާދު ހަދާނެގޮތް ހުސްވެފަ އެއްފަހަރު އެގެޔަށް އަނެއްފަހަރު މީރާޔާ ދިމާލަށް ބަލަން ހުއްޓެވެ. މީރާ ކުރިޔަށް ހިގައިގަމުން ދިޔައެވެ..މުރާދު އާއި ދިމާލަށެވެ. މުރާދު ސައިކަލް ސުޓާޓް ކޮށްލިއެވެ. މީރާ ފޮށި ހިފައިގެން ކަރުނަ ފޮހެމުން ކުރިއަށް ދިޔައެވެ. މުރާދު ފަސްދީފަވެސް ކުރިޔަށް ދިޔައެވެ.އަހަރެން ހަދަންވީ ކިހިނެއްބާވައެވެ. އެއަންހެން ކުއްޖާ އެކަނި ދޫކޮށެއްވެސް ނުލެވޭނެއެވެ.މުރާދު ވިސްނަމުން މަޑުމަޑުން ސައިކަލް މީރާގެ ފަހަތުން ދުއްވަމުން ދިޔައެވެ.
“މުރާދު ދޭ. އަހަރެންގެ ހާލު މަށްޗަށް އަހަރެން ހިނގައިދާނަން”
ކަރުނަ ފޮހެމުން މީރާ ބުނެލިއެވެ.
“މީރާ. ސައިކަލަށް އަރާ. އަހަރެންގެ ގެޔަށްދާން ހިގާ. ވަކި ތަނެއް ހަމަޖެހެންދެން އަހަރެންގެ ގޭގައި މީރާއަށް އުޅެވޭނެ. އިތުރު ކޮޓަރިތަށް ހުންނާނެ މީރާއަށް ގެއްލުމެއް ނުލިބޭނެ”
އާދޭހުގެ ރާގުގައި މުރާދު ބުނެލިއެވެ. ދެތިންފަހަރު ބުނުމާއެކު މީރާވެސް ސައިކަލަށް އެރިޔެވެ. މުރާދުވެސް އޭރު ހުރީ ވާރެޔާ ތެމިފޯވެފައެެވެ.
ދެމީހުން މުރާދު ގެގެޔަށް ދިޔައެވެ. އެގެޔަކީ ވަރަށް ރީތިކޮށް ހަދާފައިވާ ގެޔެކެވެ. ބޭރުގަ ރީތި ބަގީޗާ އެކެވެ. އޭގެފަހުގައި ސައިކަލް ޕާކް ކުރާ ތަނުގައި މުރާދު ސައިކަލް ޕާކް ކުރިއެވެ. އެވަގުތު މުސްކުޅި ފުރައިގެ ދައިތަޔަކާ ހަމަ އެވަރުގެ މުސްކުޅި ފިރިހެނެއް ވެސް އެގޭގޯތި ތެރޭ ވަކިން ހުރި ގެޔަކުން ނިކުމެގެން އައެވެ. މީރާ ސުވާލުގެ ބެލުމަކުން މުރާދާ ދިމާލަށް ބަލާލިއެވެ.
“އެއީ މިގޭގަ ބަގީޗާ ބަލަހައްޓާ މީހާޔާ މިގޭގަ ކައްކާ މީހާ.”
މުރާދު މިހެންބުނެފަ އެމީހުންނާ ދިމާލަށް އެނބުރުނެވެ. އަދި ބުނެލިއެެވެ.
” މިސްޓަރ ޕީޓަރ އެވެ. މި މޭމްސާހިބާ އަށް ކަންތަށް ރަނގަޅަށް ކޮށްދެއްޗެ؟ މިއީ ދުވަސްކޮޅެއްގެ މެހްމާނެއް”
އެމީހުންކާރީ އިގިރޭސިން އެހެން ބުނެލުމަށްފަހު މީރާ އާއި ދިމާލަށް ބަލާލާފަ އެތެރެޔަށް އަންނާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. އެވަގުތު މިސިޒް ޕީޓަރ ވެސް އެމީހުންގެ ފަހަތުން އެގޭތެރެޔަށް ވަނެވެ. މިސިޒް ޕީޓަރ ދިޔަގޮތަށް ދިޔައީ މެންދުރުގެ ކެއުން ރެޑީކުރާށެވެ. މުރާދު މީރާޔަށް ކޮރިޑޯގެ އެއްފަރާތެއްގަ ހުރި ކޮޓަރިއެއް ހުޅުވާލަދިނެވެ.
“މިކޮޓަރި މީރާ ބޭނުން ކުރާނީ. އަހަރެންގެ ކޮޓަރި އެހެރީ މިކޮރިޑޯގެ އަނެއްފަރާތުގަ. ކަމެއް ބޭނުން ވެއްޖެއްޔާ ގޮވާލާ. ހަމަ އަމިއްލަ ގެއެއްހެން ފީލް ކުރަންވީ އަދި ހެޕިލީ އުޅެންވީ” ހިނިތުންވެލާފަ މުރާދު ބުނެލިއެވެ
މުރާދު މީރާގެ ސާމާނު އެކޮޓަރިޔަށް ވައްދަ ދިނެވެ. މީރާވެސް ހިމޭންކަމާއެކު ކޮޓަރިޔަށް ވަނެވެ. މުރާދު އިތުރުވާހަކައެއްނުދައްކާ އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. އެދިޔަ މަގުމަތީ އޭނާޔަށް މިސިޒް ޕީޓަރ ކާންތައްޔާރު ކުރަނިކޮށް ފެނުނެވެ.
“މިސިޒް ޕީޓަރ. އެމޭމް ސާހިބާ ޔަށް ބޭނުންވާ ކަންތަށް ފުރިހަމަ ކުރުމަށް ސަމާލު ވާތި އިނގޭ. ދޭ. ގޮސްކަމެއް ބޭނުންތޯ ސުވާލު ކުރޭ”
މިހެން ބުނެލުމަށްފަހު މުރާދު ދިޔައީ ސީދާ އޭނާގެ ކޮޓަރިއަށެވެ. އަދި ހެދުން ބަދަލު ކުރުމަށްފަހު އޮށޯވެލިއެވެ. މިހިގާ ދިޔަ ކަންތަކާ މެދު އެންމެ ފަހަރަކު ވެސް އޭނާޔަށް ހަމަ ޖެހުމެއް ނުލިބުނެވެ. މީރާޔަށް އެދިމާވީ ކޮންކަހަލަ ކަމެއްބާެވައެވެ. އޭނާޔާ ދިމާލަށް ހަޅޭއްލެވީ އެއީކާކު ބާވައެވެ. މުރާދު ތެދުވެ ޓީޝާޓް ލިއެވެ. އަދި ކުރު ސޯޓް ބުރިޔެއް ލިއެވެ. ގޭތެރޭގައި އާންމުކޮށް އޭނާ އުޅެނީ ވަރަށް އާދައިގެ ހެދުމުގައެވެ.
ކެއުމަށް އިންސާފު ކުރަން އިށީދެފަ އޭނާ ވަށައިގެން ހޯދާލިއެވެ. މީރާ ހުރިތޯ ބަލާލީއެވެ. އެހެނަސް ފެންނަން ނެތުމުން މުރާދު ތެދުވެ މީރާގެ ކޮޓަރިޔާ ދިމާލަށް ހިގައިގަތެވެ. މީރާ އެނދުގައި މޫނު ބާލީހުގައި ޖަހައިގެން އޮވެ ރޮނީއެވެ.
“މީރާ އަހަރެންނަކީ އެކުވެރިޔެއްކަމަށް ދެކޭނަމަ ތިޔަގޮތަށް ނުރޯނެ ހިނގާ ކާން ދާން މިހާރު މިއޮތް ބަނޑަށް މަރުވަނީ.”
މުރާދު ހިމޭންކަމާއެކު މީރާޔަށް ގޮވާލިއެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. މީރާ ރުއިން ހުއްޓާލުމަށްފަހު މޫނު އުފުލާލާފަ މުރާދު އަށް ބަލާލިއެވެ.
“އަހަރެން ވަރަށް ބަނޑުހައި ވެއްޖެއޭ މިހާރު ބުނެފިން ކާން ހިގާ ޕުލީސް. އަސްލު އަހަރެންނަކީ ބަނޑަށް ވަރަށް ދެރަމީހެއް މާނަޔަކީ ވަރަށް ބަނޑު ހައިވާނެ މީހެކޭ ބަނޑު ހައިވެއްޖެއްޔާ އެއްގޮތަކަށްވެސް އެޓައިމް ކޮމްޕުރޮމައިޒް ނުކުރެވޭނެއޭ. ވީމާ ކަމަނާ މިގޭގެ ފުރަތަމަ ގަވާއިދު ދަސްކުރައްވާ އެއީ އަޅުގަޑާއެކު ގަވާއިދުން ކާން ގަޑި ނުޖެހި މެސްއަށް އައުން”
މުރާދު ކުޑަކުއްޖެއްހެން ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“ތައްޔާރުވެގެން މިދަނީ.”
މީރާ ތެދުވަމުން ބުނެލިއެވެ. މީރާ ކޮޓަރިން ނިކުތީ 10 ވަރަކަށް މިނެޓް ފަހުންނެވެ.
މީރާ އިށީނުމާއެކު މިސިޒް ޕީޓަރ ކާއެއްޗެތި އަޅާދިނެވެ. މީރާ ހިނިތުންވެލިއެވެ.
މިއަންހެން ކުއްޖާ ކިހާރީތި ހެއްޔެވެ. ހުދުކުލައިގެ ކުރުތާ އަކާ ކަޅުކުލައިގެ ބެލްސެއްލާފަ ބޮލުގެ އިސްތަށިގަނޑު ފަހަތަށް އައްސާލާފަ އޮތްއިރު އެދިގު އިސްތަށިގަނޑުން މުޅި ބުރަކަށި ފޮރުވެއެވެ. ކަންހުޅިން ކުޑައިސްތަށިކޮޅެއް މޫނުމަށްޗަށް އެޅިފައޮތެވެ. އަދި ނިންމަތިންވެސް އަދަބުކުޑަ ދެއިސްތަށި އެއަންހެން ކުއްޖާޔާ ސަމާސަ ކުރަމުން ދިޔައެވެ. ފިނފެންމާ ކުލައިގެ ކޯތާފަތެކެވެ. ރަތް ކުލައިގެ ދެތުންފަތެވެ. އެވަގުތު މުރާދުބަލާވަރުން ލަދުން މީރާ ކަރުކެހިލިއެވެ.
“ކަލާޔަށް އަޅުގަޑުގެ ފަރާތުން އުނދަގޫ ކުރެވުނީ ދޮގެއްތޯ”
ތަނުގަވާ ހިމޭންކަން މީރާ ފޫދުއްވާލިއެވެ.
“ނޫނެ. އެއީ އަހަރެންގެ މަށްޗަށްވާ ދަރަންޏެކެވެ. މިއަދު އެކަންތަށް މެދުވެރިނުވިނަމަ ކަލާ މިގެޔަށްއަންނާނެކަމެއްވެސް ނޭގޭނޫންތަ؟”
ހިނިތުންވެލަމުން މުރާދު ބުނެލިއެވެ. ކައިނިމެންދެންދެމީހުންވެސް ހިގާދިޔަ ހާދިސާއާއި ބެހޭގޮތުން ވާހަކައެއްނުދައްކައެވެ. ވަރަށް އެކުވެރި މާހައުލެއްގައި އާދައިގެ ޓޮޕިކްތަކަށް ވާހަކަ ދެއްކިއެވެ. މުޅިންވެސް މުރާދު ދެއްކީ ކާއެއްޗިހީގެ ވާހަކަ އެވެ. ހީވަނީ ބޮޑު ޝެފެއް ހެންނެވެ. ސިއްރު ސިއްރުން މީރާހީވެސް ހެދިއެވެ. ކައިނިމިގެން ދެމީހުންވެސް ތެދުވިއެވެ. އަދި ބަގީޗާއާއި ދިމާލަށް ދިޔައެވެ. އަދި ބަގީޗާގައިވާ ހިލަގޮޑި ފޮހެލާފައި އިށީދެލިއެވެ. އެވަގުތު ބަގީޗާ އޮތީ ވެހުނު ވާރެއިން ތެމިފައެވެ. ތެއްފަތްތަކުން މުޅިތަނުގައި ކޮންމެވެސް ވަހެއްހިފާލާފަ ހުއްޓެވެ. މުރާދު މީރާއާއި ވާހަކަ ދައްކަން ފެށިއެވެ.
” މީރާ. މީރާގެ ހަޔާތާ ބެހޭގޮތުން އަހަރެންނަށް ކިޔާދީބަލާ އެއީ ކޮންކަންތަށް ގަޑެއް. އަހަރެން ވަރަށް ދެރަވެސްވި”
މީރާ ވަރަށް މާނަވީ ގޮތަކަށް މުރާދާ ދިމާލަށް ބަލާލިއެވެ.
“މުރާދު. އަސްލު ބުނާނަމަ އަހަރެންނަކީ ވަރަށް ނަސީބު ދެރަ އަންހެންކުއްޖަކީމު. އަހަރެންގެ ބައްޕަ އަހަރެން ކިޔަވަން އިންޑިޔާއަށް ފޮނުވީ ދެންމެ ތިޔަދިޔަގެއަށް. އެގޭގައި އުޅެނީ އަހަރެންގެ ދޮންމަންމަ އެއީ އިންޑިޔާ މީހެއް ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދައްކާނެ އެއްޗިހި ކިޔަންވެސް އެނގޭނެ. ދޮންމަންމަގެ 2 ކުދިން ތިބޭ ފިރިހެން ކުއްޖަކާ އަންހެން ކުއްޖެއް. ފިރިހެންކުއްޖާ އަަބަދު ހުންނަނީ ރާބޮއިގެން. ގޭގައި މީހުން ނޫޅޭވަގުތު އޭނާ އަހަރެންނަށް އުދަގޫ ކޮށްހަދާ. އަހަރެންގެ އިއްޒަތް ލޫޓުވާލަން ފުރުސަތަކަށް ބަލަ ބަލާހުރޭ ރޭގަވެސް ދިމާވީ އެގޮތް. މަންމަ ޔާ ދައްތަ ދިޔައީ ޕާޓީއަށް. އަހަރެން ގޭގައި ބަހައްޓާފަ އަހަރެން އިނީ ފިލާވަޅު ދަސްކުރަން. އެވަގުތު ނިމާލް ގެޔަށް އައީ މަސްތުގެ ހާލަތުގަ. އަދި އަހަރެންނަށް އުދަގޫ ކުރަން ފެށި އޭނާގެ ބަހުރުވައިން. އަހަރެން ބިރުގަތް. އަހަރެން ސިފައިންގެ ޔަށް ގުޅީން. ސިފައިން އައިސް އޭނާ ގެންދިޔައީ އޭގެ ސަބަބުން އަހަރެންދެކެ މަންމަ ރުޅިއައީ.
އަހަރެން މިއަދުވެސް ދިޔައީ އަހަރެންގެ ރަހްމަތްތެރި ޢާމިރާ މެންގެ ގެޔަށް އެގޭގައި ހުރުމުގެ ޖާގަ ލިބޭތޯ.އާމިރާ އަކީވެސް އަހަރެންނާ އެއްކުލާހެއްގައި ކިޔަވާ ކުއްޖެއް އެކުގަ ކުލާހަށް ދެވޭނެތީ އެގޭގައި ހުރެގެން ފަސޭހަވެސް ވާނެ ނަމަވެސް އެގެވެސް އޮތީ ފުލްކޮށް. އެކަމާ ވީދެރައިން ދަނިކޮށް މުރާދުގެ ސައިކަލްގަ ލައިގަތީ”
މީރާ ރޯންފެށިއެވެ. މޫނުގައި ދެއަތްއަޅާފައެވެ. މުރާދު މީރާޔާދިމާލަށް އެނބުރިލިއެވެ
“ހުއްޓާލާ.މީރާ، އަދި ނުބުނަމެއްނު ރޯކަށް. މީރާގެ މައްސަލައެއްނެތީޔާ މިގޭގައި މީރާ ކިޔަވާ ނިމެންދެންދެންވެސް ހުރެވިދާނެ.”
މުރާދު މީރާޔާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“އެކަމަކު މިގޭގައި…” މިހެން ބުނެފަ މީރާ ހުއްޓާލިއެވެ
” މިގޭގައުޅެން ބިރުގަތީ ދޯ އެހެންތާ ވާނީ އަދި މީރާއަށް ނޭގޭނެ އަހަރެންނަކީ ކާކު ކަމެއްވެސް. ހޫން އަހަރެންނަކީ ޤަދަރު ވެރި މަންމަޔަކާ ބައްޕަ އެއްގެ ފިރިހެން ދަރިޔަކީމު. އަންހެން ކޮއްކޮއެއް ވެސް ހުންނާނެ.. މިކޮޅުގައި ކިޔަވަނީ އަދި އަމިއްލަ މަސައްކަތް ކުރަނީ.. މިއީ އަހަރެންގެ އަމިއްލަ ގެ.. ކުލި ދޭން ޖެހޭ މަހުން މަހަށް އެގޮތުން އަމިއްލަ ވީ…ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއްނޯންނާނެ.” މުރާދު ހިނިތުން ވެލިއެވެ
މުރާދުގެ މިވާހަކައިން މީރާވެސް ހީލިއެވެ.
“ޝުކުރީއްޔާ. ތިޔަ ހެޔޮކަމުގެ ބަދަލު އަހަރެން އަދާކުރާނީ ކިހިނެއް؟”
މީރާ ލަދުވެތިކަމާއެކު އަހާލިއެވެ.
“ހޫނނ” މުރާދު ދިގުކޮށް ނޭވާދަލާމިއެވެ.ކޮންމެ ހެޔޮކަމެއްގެ ބަދަލު ދޭންޖެހޭނެދޯ. އަހަރެންގެ ކާގަޑި އެއްވެސް މީހަކަށް ނުދެވޭނެ މާލޭގަވެސް މަންމަޔާ ކޮއްކޮ ކާގަޑީގައި ކިތަންމެ ބޮޑު ކަމެއް އޮތަސް އަންނާނެ.އަހަރެމެން ކާނީ އެކުގަ އެހެންވެ ކަލާ ކޭންބައްލަވާ ކޮންމެ ގަޑިޔެއްގަ ބޮޑާ ނަހާކާ ކާން އަންނަންވާނެ. އެކަނި ހުރެ ކެއުމަކީ އަޅުގަނޑުގެ އާދައެއް ނޫން މިކަން ފުރިހަމަ ކޮށްދެއްވީޔާ އަޅުގަނޑު ބަލާނީ އަގު އަދާކުރެވުނީ ކަމުގައެވެ.”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


vv reethi..
Haadhs kurey… Saaraa n sooraj ge part emme kiya hiyvany. Story v reethi??
V reethi mibaivess ????????avahah up kohladheeba
V reethi ainthizaarukuran
Khajja ge special vima surprise nuvetha??
Wow masha allah v rythi n thanks rozy waiting keep it up
To be honest, Mi story ehaa reehcheh noon. Hieh nuve mivahaka liyaa kujaa ehaa dhivessah molhu heneh. Mlhu ehen story thah kiyan vaane. Dhivehi nama Yashfa ge stories. Addu Aisha ge stories. English nama Sidney Sheldon. Discription ves varah reethi vaan vaane.
Kai’aa thiya comment ves balaiganan.. fas ingili evareves nuvane.. Kai ‘aa reethi thivi vahakatha vara rangalhu.. huriha mihun moluvegen kihine vani..?
V reeethi v kiyaa hithun mithibee kamu nudhaa kudhun nukiyaa
Mee adduonline ga kanneynge liefa oiy vaahakaeh mivaahaka kieen reethi hama
Thank you Rifa and huriha kudhina.. next part up kurumuga lasvithi mafa eden 🙁
thank you
Rozy
Beautiful
Haadha love vaahaka ekey….??????hehe …super…dhen up vaany kn iraku