ސިއްރު 11
“ކަލޭ ތިދިޔައީ މަގޭއަތުގާ ކަލޭގެ ބޯޑިން ޕާސް ބާއްވާފަ ނޫންތަ؟ އަން. މިއޮތީ. ދެން ބުނެބަލާށެވެ. ކަލޭގެ ކުރީގައި ހުރެގެން އެދިޔައީ ކޮން ގޮލައެއްތަ؟ ދެމީހުން ވާހަކަ ދެއްކިތަންވެސް މަދެކުނިން ޔަޤީން. އެއީ މިހާރު އަތު އަޅުވައިގެން އުޅޭ ބިޓް ދޯއެވެ؟ ކަލޭ ރީތި ކަމުގެ ފައިދާ ތިނަގަނީ ހާދަ ރަނގަޅަށޭ.. އެކުއްޖާގެ ހާލު ހިތަށް އަރާފަ ހަމްދަރްދީވެވޭ”
ދެރަހްމަތްތެރިންގެ މިވާހަކަ ވަރަށް ސާފުކޮށް ކިޔޫގަ ހުރި މުރާދަށް އަޑުއިވުނެވެ. މުރާދު އެނބުރި ބަލާވެސް ނުލިއެވެ. އެކަމަކު އެދިމާކުރަނީ އޭނާއާއި ކަން ރަނގަޅަށް އޭނާއަށް އެނގުނެވެ.
” ސާބަސް. ސިފާނާ. މިތަނުން ފުރައިގެން ދާއިރުވެސް ބޮޑު ބަދުނާމެއްގަ އަޅުވާފަ ދިޔަ ދޭތި. ދެން އެމީހާ ހީކުރާނީ ކީކޭ މަގޭ އިޒަތާއި އަބުރު ވެއްޔާ މޮޑެވިއްޖެ”
ސިފާނާ ހެމުން ހެމުން މީރާ އަތަށް އޭނާގެ ބޯޑިން ޕާސް ދިނެވެ. އަދި ދެމީހުން ސަލާން ކޮށްލުމަށްފަހު ވަކިވިއެވެ. ދެމީހުން ދިޔައީ ދެފުލައިޓަށް އަރާށެވެ. ސިފާނާ ދިޔައީ ލަންކާ އަށެވެ. މީރާ ދަނީ އިންޑިޔާއަށެވެ. ސިފާނާ އަކީ މީރާގެ ތިމާގެ ކުއްޖެކެވެ. ދެކޮނޑުގައި ދެދަބަސް އަޅުވައިގެން އަތުންވެސް ވަރަށް ބަރުކޮށްލައިގެން އެއްޗިހި އުފުލައިގެން މީރާ އެންމެންގެ ފަހަތުގަ ހުރެގެން ގޮސް ފުލައިޓަށް އެރިއެވެ. އެއަރ ހޮސްޓުން މީރާ އަށް އެތަކެތި މަތީ ކޮންޕައުންޑަށް ލާން އެހީވިއެވެ. މީރާ ހަމަޖެހިލައިގެން އިށީނެވެ. އަދިބެލްޓް އަޅުވާލިއެވެ. ޖެހިގެން ހުރި ގޮޑި ހުރީ ހުހަށް ކަމުން މީރާ ހިތްހަމަ ޖެހުނެވެ. އަދި މީރާ ވިސްނާލިއެވެ. އެމީހާ ކޮބާ ބާވައެވެ. ގައިމު މީގެ ތެރޭ ކޮންމެވެސް ތާކު ވާނެއެވެ. ކުއްލިއަކަށް މީހަކު ސަލާމް ގޮވާލިއަޑަށް މީރާ ލޯހުޅުވާލިއެވެ.
“ކަލާ ތިއިންނެވީ އަޅުގަނޑުގެ ސީޓްގައެވެ.”
މުރާދު ކޮޅަށް މީރާ އަށް ބަލަހައްޓައިގެން ހެވިފަ ހުއްޓެވެ. އެވަގުތު ހޮސްޓެސް އައިސް މީރާ އަށް ގޮޑި ބަދަލު ކުރަން އެދުނެވެ.
މީރާ މަޑުމަޑުން ކުޑަދޮރު ހުރި ގޮޑިޔަށް ޖެހިލިއެވެ. އަދި ޖެހިގެން ހުރި ގޮޑީގައި މުރާދު އިށީނެވެ.
ދެމީހުންގެ ދޭތެރޭގައި ވަރުގަދަ ހިމޭން ކަމެއް ވެރިވިއެވެ. މީރާ އަކީ މާގިނަ ވަގުތު ހިމޭނުން އިނދެވޭ ކުއްޖަކަށް ނުވާތީ ވާހަކަ ފެށިއެވެ.
“އަޅުގަނޑު ގެ ނަމަކީ މީރާ އަބުދުލް ޤައްޔޫމް. މުޅި ދަތުރު ހިމޭނުން އަޅުގަޑަށް ނުއިނދެވޭނެ. ކަލާ ރުހިލައްވާކަމަކަށްވާނަމަ ވަގުތީ ގޮތަކަށް ރަހްމަތްތެެރި ވެލަމާ. ހަމަ ގައިމު ގެއްލުމެއްނުވާނެ.”
ސަލާން ކުރަން އަތްދިއްކުރަމުން މީރާ ވާހަކަ ފެށިއެވެ.
“އަހަރެންގެ ނަމަކީ މުރާދު. މުރާދު އަބުދުލް ކަރީމު”
މީރާ ދިއްކުރި އަތުގައި ހިފާ ސަލާން ކޮށްލަމުން މުރާދު ބުނެލިއެވެ.
“ހީވާގޮތުން މިއީ ކަލާ އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރު ދޮގެއްތޯ؟”
މީރާ މުރާދުއާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
“ތިޔަ ހީކުރީ ހަމަ ރަނގަޅަށް މިއީ އަހަރެންގެ ފުރަތަމަ ދަތުރު”
މުރާދު ގޮނޑީގައި ލެނގިލަމުން ބުނެލިއެވެ.
“މިހާރު ހޮޓާ ހަމަޖައްސައިފިން ހެއްޔެވެ؟”
މީރާ ހުއްޓާނުލާ ވާހަކަ ދެއްކިއެވެ. އަސްލުގަ ބުނާނަމަ މިކަމުން މުރާދަށް އުނދަގޫވެސް ވެއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އެއަންހެން ކުއްޖާގެ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދިނެވެ. އޭގެ ސަބަބުން ކޮންމެ ވެސް ވަރަކަށް އޭނާގެ މާޒީޔާ ދުރަށް ދެވޭތީ ވެސް މެއެވެ.
“ނޫނެެ. އަދި ހޮޓާ ހަމަ ނުޖައްސަން. ދެން ގޮއްސަ ވެސް އެކަން ހަަމަޖެހޭނެ ދޯ. އިންޑިޔާއަކީ ހޮޓާތަކުން ފުރިފައިވާ ތަނެއް.”
މުރާދު ކުޑަކޮށް ތެދުވެލަމުން ބުނެލިއެވެ. އެވަގުތު ބޯޓްގެ ސަލާމަތީ ކަންތަކާ ބެހޭގޮތުން ހޮސްޓެސް ކުއެްޖާ ކިޔާދިނެވެ. ނަސީބަކުން އެވަގުތު މީރާ ވެސް އިނީ ހިމޭނުން އަޑު އަހަންށެވެ.
” އަސްލުގަ އެކަނި ދަތުރު ކުރަން އަހަރެން ވެސް ވަރަށް ފޫހިވެ ބިރު ގަނޭ އެކަމަކު މިދަތުރު އަންނަަން ޖެހުނީ އެކަނި. އަހަރެންގެ ދައްތަ އެދިޔައީ ލަންކާ އަށް ދެދުވަހެއްގެ ތެރޭ އަންނާނެ އިންޑިޔާއަށް”
މީރާ އަމިއްލަޔަކަށް އޭނާގެ ވާހަކަ މުރާދަށް ކިޔާދެމުން ދިޔައެވެ. މުރާދު ވެސް މާޝައުޤު ވެރިކަމެއް ނެތަސް އަހަން އިނެވެ.އިރުކޮޅަކުން ކާއެއްޗެތި ގެނައެވެ. މީރާ މުރާދުގެ މޭޒު ހުޅުވާދިނެވެ. މުރާދު ޝުކުރު އަދާކުރުމުގެ ގޮތުން ހީލިއެވެ. ދެވެރިން ވަރަށް މަޖާވެފަ ކައި ނިންމިއެވެ. މީރާ ހުއްޓުމެއްނެތި ވާހަކަ ދެއްކިއެވެ. ބައެއްވާހަކަ މުރާދަށްނީވެއެެވެ. އެންމެ ފަހުން ލޯމަރާފަ ނިދާކަމަށް ހަދާލިއެވެ. މީރާވެސް ހިމޭންވިއެވެ.
ސާރާ ނުހަނު ހަލުއިކަމާއެކު ސާހިލްގެ ކޮޓަރިޔަށް ދެމިގަތެވެ. ވިއާމާ ވެސް ވީ ބޭރަށް ގޮއްސައެވެ. ސާހިލް ވެސް ވީ ބަގީޗާ ގައެވެ. އެއިން އެކަކު ވެސް ނައަންނާނެކަން ގައިމު ކޮށްފަ ސާރާ ސާހިލްގެ ކޮޓަރީ ދޮރު ލައްޕާ ތަންޑު އެޅިއެޅިއެވެ. ސާރާޔަށް ބޭނުންވާ ކޮންމެ ވެސް އެއްޗެއް މިކޮޓަރީގައިވެޔޭ އޭނާގެ ހިތްބުނާތާ ކިތަންމެ ދުވަހެކެވެ. ޗުއްޓީ ނިމިގެން މާލެ ދާންވެސް ކާރި ވަނީއެވެ. ސާރާ އަށް ފެށުނީއްސުރެ ވެސް ސާހިލް ކޮންމެވެސް ކަމެއްސިއްރު ކުރަން އުޅޭހެން ހީވިއެވެ. އަދި އަމުދުން ކުރީދުވަހު އިރުއަރާ މަންޒަރު ބަލަން ތިބެފަ ދެކެވުނު ވާހަކަތަކުންވެސް ސާހިލް އާއި މެދު ސާރާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ސާރާ އަލަމާރި ހުޅުވާލިއެވެ. އެވަގުތު ކޮޓަރީ ދޮރުހުޅުވާލާފަ ސާހިލް ވަނެވެ. ސާރާ އަވަހަށް އަލަމާރީ ދޮރުމަޑުމަޑުން ލައްޕާލާފަ އަލަމާރީގެ ބިއްދޮށަށް ޖެހިލިއެވެ.
މިކޮޓަރިއަށް ކޮންމެވެސް މީހަކު ވަންހެން އަހަރެންނަށް އިހްސާސްވަނީ ކީއްވެބާވައެވެ. ސާހިލް ކޮޓަރީގެ އެތަންމިތަނުގައި ހިގާލިއެވެ. އަދި އަލަމާރި ކަރިޔަށް އައެވެ. ތަންކޮޅެއް އެތެރެއިން ރީތިކޮށް ގަނޑުލާފަވާ ފޮތެއް ނެގިއެވެ. އަދި އެނދުމަތީ އިށީނެވެ. އަދި އެފޮތް ހުޅުވާލުމަށްފަހު އޭގެން ފޮޓޯއެއްނެގިއެވެ. އަދި ފޮޓޯއާއި މުހާތަބު ކޮށް ވާހަކަ ދެއްކިއެވެ.
“ސާރާ. ކަލާއަހަރެންގެ ކާރީ ވާކަން އަހަރެންނަށް އިހްސާސް ކުރެވެނީ ކީއްވެގެންތަ؟”
ސާހިލްގެ މިޖުމްލަ އިން އަލަމާރިކާރީ ފިލާ ހުރި ސާރާޔަށް ސިހުމެއް ލިބުނެވެ. އޭނާގެ ސާރާ މިނަން ސާހިލް އަށް އެނގުނީ ކިހިނެއް ހެއްޔެވެ. ސާރާގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ ޝައްކު ޔަގީން ކަމަށް ބަދަލުވީއެވެ. އާނއެކެވެ. އެއީ އޭނާގެ ސޫރަޖް ނޫންދެވަނަ މީހެއްނޫނެވެ. ސާރާ ދުވެފައިގޮސް ކާރިގަ އިން ސާހިލްގެ ގައިގާ އޮޅުލައިގެންފާނަމޭ ހިތަށް އެރިއެވެ. އެހެނަސް އޭނާ ހިމޭނުން ހުއްޓެވެ. ސާހިލް ވަރަށް ގިނަ ޝަކުވާ އެފޮޓޯޔާ ކުރިއެވެ. އަދި ވަރަށް ލޯބިން އެފޮޓޯގައި ބޮސްދިނެވެ. ފޮޓޯ އެނދުމަތީ ބާއްވާފަ ސާހިލް ކުޑަދޮރު ކާރިޔަށް ދިޔައެވެ. އަދި ބޭރަށް ނަޒަރު ހުއްޓާލިއެވެ. ސާރާ އެނދުކާރިޔަށް އައިސް އެފޮޓޯނަގާ ބަލާލިއެވެ. އާނއެކެވެ. އެއީ ހަމަ އޭނާގެ ކުރީގެ ފޮޓޯއެކެވެ. މީގެ 10 އަހަރު ކުރީގެ ސާރާއެވެ. އެފޮޓޯ ކާރީ ވަރަށް ރީތި ގަޑެއްލާފަވާ މަހުމާ ފޮތެއް އޮތެވެ. އެވަގުތު ސާހިލް އެނބުރިލިއެވެ. އަނެއްކާވެސް ސާރާ ކުރީގަ ހުރިތަނަށް ދިޔައެވެ. ސާހިލް އެފޮތް ނަގާ އެފޮޓޯ ފޮތްތެރެއަށްލިއެވެ. އަދި އެފޮތް ކަބަޑު ތެރެއަށްލާފަ ދޮރުލައްޕާލިއެވެ. މަޑު ހިނގުމެއްގައި ސާހިލް ކޮޓަރިން ނިކުތެވެ. ލިބުނު ރަނުގެ ފުރުސަތު ސާރާ ވަރަށް ރަނގަޅަށް ބޭނުންކުރިއެވެ. ސާރާ ސާހިލްގެ އަލަމާރިތެރެއިން އެފޮތް ނެގިއެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ބޭރަށް ނިކުމެ ހަލުއިކޮށް ހިގާފަ ގޮސް އޭނާގެ ކޮޓަރިޔަށް ވަދެ ހަމަޖެހިލައިގެން އިށީނެވެ. އަދި މަޑުމަޑުން ފޮތް ހުޅުވާލިއެވެ.
ސާރާގެ ކުރިމަތީ ހާމަވެގެން ދިޔައީ އެމީހުން ކުޑައިރު ހިގާފައިވާ ތަފާތު ހާދިސާތަކެވެ. މަޖާ ކަންތަކެވެ. ސޫރަޖް އާއި ދެމީހުން ކުޅެން އުޅުނު ދުވަސްތަކެވެ.
އަަހަރެން ސާރާމެންގެޔަށް ދިޔައީ ސާރާ ދެކިލާހިތުންނެވެ. ހިތް އެދި އެކަމަށް ގޮވާތީއެވެ. ކަރީމްބެ މެން ސާރާ ގޮވައިގެން ހޮސްޕިޓަލަށްދިޔައިރު އަހަރެންވެސް ދިޔައީމެވެ. ޑރ ސަލީމު ސާރާޔަށް ލޮލެއްލިބުމުން ލޯރަނގަޅުވާނެ ވާހަކަ ބުންޏެވެ. އެދުވަހު އަހަރެން ސާރާޔަށް އަހަރެންގެ ލޯ ހަދިޔާ ކުރަން ނިންމީމެވެ. މިއޮތް ހުރިހާ ދުވަހު ސާރާ ބަލަމުން ދިޔައީ އަހަރެންގެ ލޮލުންނެވެ. ވީއިރު މިއީ ސާރާގެ އެއްޗެކެވެ. އަހަރެންގެ އަތުގައިވާ ސާރާގެ އަމާނާތެކެވެ…
ސާރާ އެފޮތްއޭނާގެ މޭގައި ޖައްސާލިއެވެ. އެންމެ ފަހުން އޭނާޔަށް ލޮލުގެ ފެނުން ލިބުމަށް މެދުވެރިވި އިންސާނާ އޭނާޔަށް ފެނުނީއެވެ.
ޑރ ސަލީމު ކާރީ އަހަރެންގެ ލޯނެގާފަ ސާރާޔަށް ދިނުމަށް އެދުނީމެވެ.ނަމަވެސް ޑރ ސަލީމު ކަނޑައެޅިގެން މިކަމާ ދެކޮޅު ހެދިޔެވެ. އެކަމަކު އަހަރެން އުއްމީދު ކަޑައެއްނުލަމެވެ. ޑރ. އަނޫޕަމާ ކާރީ ވާހަކަ ދެއްްކީމެވެ. …ތަފާތު އެތަށް ވާހަކަޔަށް ފަހު ޑރ އަނޫޕަމް އެއްބަސް ވިއެވެ. އަދި ކަންތަށް ކުރަންވާގޮތް ކިޔާދިނެވެ.
“ސޫރަޖް. ކަލޭ ލޯ ތިޔަ ހަދިޔާ ކުރަނީ އެމީހުންނަށް ތިޔަޤުރުބާނީ އެގޭތަ؟”
ޑރ އަނޫޕަމް ސޫރަޖް އާއި ސުވާލު ކުރިއެވެ.
” ނޫން. ޑރ އެވެ. މިއީ ސިއްރެއް ޕުލީސް . މިކަމުގައި ކޮންމެ ފަދަ ގޮތެއްވިޔަސް މިކަންތަށް ކުރީ އަހަރެންކަން އެގިގެން ނުވާނެ. ވަޢުދުވޭ. ސާރާގެ ލޮލަށް އަލިކަން ލިބުމަކީ އަހަރެންގެ މަޤުސަދެވެ. ސާރާޔަކީ އަހަރެންގެ ދިރިހުރުން. ޑރ.އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ..
އަހަރެން އިންޑިޔާ އަށް އައިގޮތަށް މަންމަ މެނާ ބައްދަލު ކުރީމެވެ. އަހަރެން ނިންމާފަވާ ގޮތް މަންމަ މެން ކާރީ ބުނުމާއެކު މުޅި ގޭތެރެ ބަނަވިއެވެ. އެއްވެސް މީހަކު ތިމާގެ ދަރީގެ ދުނިޔެ ބަނަކޮށްފަ އަނެކަކުގެ ގޭގެ ހުޅުކޮޅު ދިއްލާކަށް ނުރުހޭނެއެވެ.
“ސޫރަޖް. ދަރިފުޅާ ތިޔަކަހަލަ މޮޔަ ވާހަކަ ނުދައްކާ. ދަރިފުޅުގެ ތިޔަ ޤުރުބާނީއަކާ މަންމަ މެންނަށް ނުރުހެވޭނެއެވެ. ތިޔައީ މޮޔަކަމެކެވެ ދަރިފުޅުގެ ދުނިޔެ އަނދިކުރާކަށް މަންމަމެންނަށް ނުރުހެވޭނެ”
ޙާލިދާ ގިސްލާ ރޮމުން ދިޔައެވެ. ސޫރަޖް ގެ ބައްޕަ އެއްވެސް އެއްޗެކޭ ނުބުނެ ސޯފާގަ އިށީދެގެން އިނެވެ.
“ބައްލަވާ. ކަލާ ސޫރަޖް އަށް ވިސްނާނުދީ ތިޔަ އިނީ ކީއްވެގެންތޯ. މީނަ މިކުރަނީ ކޮންފަދަ މޮޔަ ތާކުން ތާކު ނުޖެހޭ ޙިޔާލެއް؟. މިކަން އަޑުއިވުމުގެ ކުރިން އަހަރެން މަރުނުވީ ކީއްވެބާ؟.”
ޙާލިދާ ނަސީމުގެ ކާރީ އިށީންނަމުން ޝަކުވާ ކުރިއެވެ.
“ޙާލިދާ.ފުރަތަމަ މިކަން ހުރިގޮތް ބަލަން އަހަރެމެން ދެމީހުން މަދުރާއީއަށް ދާން ހިގާށެވެ.ޑރ. އަނޫޕަމް ރަނގަޅު ޙިޔާލެއް ދީފާނެ ތޯއްޗެއްނު.ފަހަރެއްގަ ސާރާޔަށް އެހެން ލޮލެއް ލިބުންވެސް އެކަށީގެންވޭ ނޫން ތަ؟ ދޯ ދަރިފުޅާ”
ބައްޕަގެ ވާހަކަޔާ މަންމަ ވެސް އެއްބަސް ވިއެވެ. ހަމަވަގުތުން މަދުރާއީއަށް ދާން މަންމަ އާއި ބައްޕަ ފުރިއެވެ. ކޮލެޖްގެ އޮރިޔަންޓޭޝަން ދުވަހަށް ވާތީ އަހަރެންނަށް ނުދެވުނެވެ. އެކަމަކު އެދުވަސްވީ އެމީހުންގެ ހަޔާތުގެ ސަފުހާގެ ފަހުދުވަހަށެވެ. މަދުރާއީއަށް ދިޔަ ބަސް ފުރޮޅާލީއެވެ. އަދި އެހިތާމަވެރި ހާދިސާގައި އަހަރެންގެ ލޮބުވެތި މަންމަޔާ ބައްޕަ ނިޔާވީއެވެ.
އެވަގުތު އަހަރެންގެ ހިތަށް އައީ ވަރަށް މޮޅު ބުއްދިއެކެވެ. ސޫރަޖް ގެ ނަންވެސް ގެއްލުނު މީހުންގެ ލިސްޓުގައި ޖެއްސީމެވެ.
“މިދެމީހުންނާ އެކު މިމީހުންގެ ފިރިހެން ކުއްޖެއް ހުންނާނެ. އޭނާ ކޮބާ؟” ސިފައިންގެ މީހުން ކާރީ އަހަރެން އަހަމުން ދިޔައީމެވެ. ނަތީޖާއަކަށްވީ ސޫރަޖް ގެއްލުމެވެ. މަންމަ މެން ކާރީ ކަށުކަމާ ކެމީ ކަންތަކުގަ އަހަރެން އުޅޭތީ އޮފިސަރުން ސުވާލު ކުރިއެވެ.
ނިޔާވެފައިވާ ދެމީހުންގެ ރައްޓެއްސެކޭ ބުނެ އޮޅުވާލީމެވެ. ނަސީބަކުން އޮފިސަރު ވެސް ސޫރަޖް ގެއްލުނީކަމަށް ނިންމިއެވެ. އަދި ހަމަ އެދުވަހު މަންމަ މެންގެ ކަށުކަމާ ކެމީގެ ކަންތަކަށްފަހު ކުއްޔަށް ހިފައިގެންހުރި ގެ ދޫކޮށްލީމެވެ. އަދި މަދުރާއީއަށް ބަދަލުވީމެވެ.
ސާރާ ގިސްލަ ގިސްލާފަ ރޯން ފެށިއެވެ.ފޮތް ކިޔަން އުނދަގޫވެގެންނެވެ. އަދި އެފޮތް އަނެއްކާވެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި އެފޮތް ކިޔަންފެށިއެވެ.
ނަސީބު ގެޔަށްވެސް ސީދާ އަހަރެން ނުގުޅަމެވެ. މަންމަ މެންނިޔާވި ޙަބަރު ލިބުމާ އެކު އަހަރެން ހޯދާނެކަން އެގޭތީ އަހަރެން ގެއްލުނުވާހަކަ އެންބަސީއަށްވެސް އެހެންމީހެއްގެ ނަމުގައި ގުޅާފަ ޙަބަރު ކުރީމެވެ.އަހަރެންގެ ޕުލޭން ވަރަށް ކާމިޔާބެވެ. މާދަމާ ޔަކީ އަހަރެންގެ ލޯ އޮޕަރޭޝަން ކުރެވޭ ދުވަހެވެ. އަދި މިފޮތުގައި އަހަރެންގެ އަތުން ލިޔެވޭނެ ފަހުދުވަހެވެ.
ދެންބާކީ ބައިއިނީ އިގިރޭސި ބަހުން ލިޔެފައެވެ. އަދި އެލިޔުމަކީ ސޫރަޖް ބުނެގެން ކޮންމެވެސް މީހކު ލިޔެފަވާ އެއްޗެއްކަން އެގެއެވެ.
ދެދުވަހެވެގެ ތެރޭގައި އަހަރެންގެ އޮޕަރޭޝަން ކުރެވުނެވެ. އަދި އަހަރެންގެ ސާރާޔަށް އަހަރެންގެ ލޯ ފޮނުވާލެވުނެެވެ. އޭގެ ފަހުން ދުވެސްކޮޅެއްތެރޭ ސާރާގެ ލޯއޮޕަރޭޝަން ކުރެވި ސާރާގެ ލޮލުގެ ފެނުން ލިބުނު އުފާވެރި ޙަބަރު ޑރ. އަނޫޕަމް އަހަރެންނަށް ދިނެވެ. އަހަރެންގެ އުންމީދު ފުރިހަމަަ ވިއެވެ. އަހަރެން އެކަނިވިޔަސް ހިތާމަޔެއް ނުކުރަމެވެ. ގެޔަށް ކައްކާ މީހަކު ލީމެވެ. ކޮންމެ ދުވަހަކު ކައްކާފަ ކާންހަދާފަ އޭނާ ދަނީއެވެ. އަނދިރި ކަމުގެ ހަޔާތެއް ސާރާ ވެއަތު ކުރީ ހާދަ ހިތާމައިގެ ޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެނަސް އަހަރެން މިއަދު ވަނީ އުފަލެވެ. އަމާނާތުގެ ވެރިޔާއަށް އަމާނާތް ދެވުނީމައެވެ. އެއީ އަހަރެންގެ ލޯބީގެ ހަދިޔާއެވެ.
އެއްދުވަހު ގޭގަ އުޅޭ ކައްކާ މީހާ އާއި އެކު ކ. ގުރާދޫ ބަޔަކު އަހަރެންގެ ގެޔަށް އައެވެ. ފުރަތަމަ އެމީހުންނަށް އަހަރެންގެ ސިއްރު ފަޅާ އަރާފާނެތީ ބިރުގަތެވެ. އެހެނަސް އެއީވަރަށް މާތްބައެކެވެ. މަދުރާއީގައި ހަފްތާއަކު މަޑުކޮށްލާނެ ތަނެއްބޭނުން ވީއެވެ. ހޮޓަލުން ތަނެއް ނުލިބިގެންނެވެ. އަހަރެން އެމީހުންނަށް ހިޔާވަހިކަން ދިނީމެވެ.އަހަރެންގެ އެކަނިވެރިކަން ފެނިފަޔާ އަހަރެން އެމީހުންނާ މެދު ކަންތަށް ކުރި ގޮތުން އެމީހުން އަހަރެންދެކެ ފިސާރި ލޯބިވާކަން އެނގުނެވެ. އަދި އަހަރެން އެމީހުންގެ ރަށް ކ. ގުރާދޫއަށް ގެނެސް އެމީހުންގެ ހިޔާވަހިކަން އަހަރެންނަށް ދިނެވެ. ސާރާޔާ ބެހޭގޮތުން މީހެއް ކާރީ އަހާލާކަށް ވެސް އަހަރެންނަށް ނުކެރުނެވެ. އަހަރެންގެ ލަދުވެތިކަން މިކަމަށް ހުރަސް އަޅަނީއެވެ….
މިއީ މިފޮތުގައި އިގިރޭސިންވެސް ވާފަހު ބައެވެ. އެއީ އެދުވަސްކޮޅު ސޫރަޖް ކ. ގުރާދޫއަށް ބަދަލުވީމާ އެހެންމީހަކު ލައްވާ ލިޔުއްވަން ސޫރަޖް ބޭނުން ނުވީއެވެ. އެއީ އެފޮތުގެ ފަހުސޮފްހާއެވެ. އެއީ ސިއްރުތަކުގެ ޙަޒާނާއެވެ.
ސާރާ އޭނާގެ އުނގުމަތީގައިވާ ފޮތުގައިވާ އަކުރުތަށް ފަނޑުވާވަރަށް އޭނާގެ ލޮލުން ކަރުނަ އޮހޮރުނެވެ.އަދި ގިސްލަން ފެށިއެވެ. އެވަގުތު ވިއާމާ މަލްހާ އޭކިޔާފަ ގޮވަމުން ދޮރުގަ ޓަކިތަޅަނީއެވެ. އެވަގުތު އޭނާޔަށް ރޮވުނީ ފިސާރި ބާރަށް ކަން އޭނާޔަށް އިހުސާސް ވިއެވެ.ސާރާ ދޮރު ހުޅުވިއެވެ. އޭރުވެސް އޭނާގެ އަތުގައި ސޫރަޖް ގެ ފޮތް އޮތެވެ. ވިއާމާ އެތެރަށް ވަނެވެ.
“މަލް. ވީކީއްތަ؟ ތިރޮނީ ކީއްވެތަ؟”
ސާރާ އޭނާގެ އަތުގައިވާ ފޮތް ވިއާމާ އަތަށް ދިއްކޮށްލިއެވެ. ވިއާމާ ސުވާލުގެ ބެލުމަކުން ސާރާ އާއިދިމާލަށް ބަލާލިއެވެ. އަދި ސާރާ ދިއްކޮށްލި ފޮތުގައިހިފައިގެން އިތުރު ސުވާލެއްނުކޮށް އެނދުގައި އިށީނެވެ. ކޮންމެ ގަޑެއްކިޔުމަށް ފަހު ހައިރާންކަން ފުރިފައިވާ ގޮތަށް އޭނާ ސާރާޔާ ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުންވެސް އެވަގުތު ހޯސްލާފަ ކަރުނަ ފައިބައެވެ.
“މާނަޔަކީ…. ތިޔަ..އީ އެސާރާ…ޔޭތަ؟”
ސާރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ވިއާމާގެ ހިތާ ސިކުޑި އޭނާޔާ އެކު ނުވާކަހަލައެވެ. ތަފާތު ދުވަސް މަތިން ސާހިލް ބުނެފައިވާ ޖުމްލަތަށް ވިއާމާ ހަނދާނަށް އަންނަމުންދިޔައެވެ.
“ސާހިލް ގެ ކޮންމެ ލަވައެއް ކޮންމެވެސް މީހަކަށް އިޝާރާތް ކުރާކަހަލަ. އަނެއްކާ މިއީ ކުށް ހީއެއްތަ؟”
ވިއާމާ އެއްދުވަހު ލަވަ ލިޔަން އިނދެފަ އަހާލިއެވެ.
“ނޫން . ތިޔައީ ކުށް ހީއެއްނޫން. އަހަރެންގެ ޅެން، ލަވަ އަހަރެން ހަގީގަތުގަވެސް އިޝާރާތް ކުރަނީ ހަމަ ކޮންމެވެސް ފަރާތަކަށް ވަރަށް ދުރުގައި އެހެނަސް ވަރަށް ކާރިގަ ވާފަރާތަކަށް.”
ސޫރަޖް މިހެން ބުނުމުން ވިއާމާ ލަދުން މޯޅިވެލިއެވެ. ވިއާމާ ހީކުރީ އެއީ ވިއާމާޔަށް އިޝާރާތް ކޮށްފަ ބުނި އެއްޗަކަށެވެ. ނަމަވެސް ހަގީގަތަކީ ސާހިލް ގެ ކޮންމެ އަދާއެއްވެސް،ބުނެލި ކޮންމެ ބަހެއްވެސް އިޝާރާތް ކުރީ މަލްހާ، އުފް ސާރާޔަށެވެ.
“ވިއާމާ މިކަން ސިއްރު ކޮށްދޭތި ﷲ އަށްޓަކާއި. އަަަހަރެންނަކީ ސާރާކަން އެކަކަށްވެސް ޙާއްސަ ކޮށް ސޫރަޖް އަށް އެގުނަ ނުދޭތި . ވަޢުދު ވޭ.”
ސާރާ ރިހުމުން ފުރިފާވާ އަޑަކުން ވިއާމާ ކާރީ ބުންޏެވެ.
ދެމީހުން އެކަކު އަނެކަކުގެ ގައިގާ ބައްދާފަ ރޮމުން ކަރުނަ އޮހޮރިއެވެ. މިރުއިމަކީ އުފަލުން ރޮވުނު ރުއިމެއް ކަމެއް ނޫނީ ހިތްދަތިވެގެން ރޮވުނު ރުއިމެއް ކަމެއް ނޭނގެއެެވެ.
“މަލް.ކަލޭ އަދިވެސް ސިއްރު ކުރަނީތަ؟ އޭނާއަށް މިއަދު ކަލޭގެ އެހީ ބޭނުންވޭ ނޫންތަ؟. ތިޔައީ ސާރާކަން އެގުނީމާ އޭނާ ވަރަށް އުފާވާނެ އަހަރެން ތިކަން ސިއްރެއް ނުކުރާނަން މަ މިދަނީ އޭނާ ކާރީ ބުނަން.”
ވިއާމާ އެނދުން ތެދުވެ ހިގައިގަންނަމުން ބުނެލިއެވެ.
“ނޫން. ވިއާމާ. އަދި މިވާހަކަ ސިއްރު ކުރޭ ﷲ އަށްޓަކައި. އާދޭސް ކުރަން.”
ސާރާ ދެއަތްޖޯޑު ކޮށްފަ ރޮމުން ވިއާމާ ގެ ފައިބުޑަށް ތިރިވެފަ ވިއާމާ ފައިގައި ހިފަމުން ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Vara salhi. Idea hama habeys. Kondhuvahakun ane part. Ummeedh kurani ma first ♡♡♡♡♡.☆MEEKAIL☆
♡♡♡♡♡
Thank you Meekael first time i saw your comment. have you read all the parts of this story?
Woooow vvvvv reeeeethi ….. kn duvahkun anehbai ……
Really nice story. I like it. Keep it .
Nice
Alhey v touching… Next part kon irakun???? Varah kiyaa hithun mi hiry????
Go on?
Go on
Its really exciting now☺
I encourage you to continue?
Kalaa kalaa kiyaathy varah urrrgggghhhhhhhhh…
Nice….
V v v salhi mihaaru .keep it up
Wow….. waiting for the next part. …
Rozy Please avahah upkoh dhehchey…
V nice. Can’t wait.