Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (2)

Aaran Level 110 Stories
October 5, 2016 10 Mins Read
14 Comments

“މަންމާ…” ދެކަންފަތުގައި އަތްއަލާއި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ.

“ރޫބީ.. ކޮންތާކުހޭ ފިލާ ތިއިނީ؟…  ” ފަހަތުން އެއަޑު އުވުގެން ދިއުމުން ރަޔާލް ދުއްވައި ގަނެއްޖެއެވެ. ނަމަވެސް މިތަނުން ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ. މިކޮޓަރީގައި ދޮރެއްވެސް ހުރީކީ ނޫނެވެ. ރަޔާލަށް ފެންނަމުން ދިޔައީ ހަތަރު ފާރު އެކަންޏެވެ. ރޫބީއަކީ ކާކުކަމެއްވެސް ރަޔާލަށް އެނގެނީކީ ނޫނެވެ. ނަމަވެސް އެނަމަކާއި ހެދި ރަޔާލްގެ ހަމަޖެހުން ގެއްލިއްޖެއެވެ.

ޒުހައިރާއަށް ރަޔާލްގެ ހަޅޭކުގެ އަޑު އިވުމުން އަވަހަށް ފާހާއިން ނުކުންނަށް ވެގެން އެއްޗެހި ލާން ފަށައިފިއެވެ. އައިއިރު  ގޭތެރެއިން ރަޔާލް ފެންނަން ނެތުމުން ކޮޓަރިތައް ބަލަން ފަށައިފިއެވެ. ޔާސީން އަދިވެސް ހުރީ ރަޔާލް އުޅޭގޮތުން ހަދާނެ ގޮތް ހުސްވެފައެވެ. ރަޔާލަށް ޔާސީން ނުފެންނަ ކަމަށް ހެދެނީ ހެއްޔެވެ. ޔާސީން ހިތް ނުތަނަވަސް ވާންފެށީ ރަޔާލް ފާރުގައި އަތް ހާކަން ފެށުމުންނެވެ. އެހެން ހުރެލާފައި ރަޔާލްގެ އަތުގައި ހިފާލަމުން އޭނާއާއި ދިމާލަށް އަނބުރާލައިފިއެވެ. އަދި އެމޫނުގައި ހިފާލަމުން ޔާސީން ވަރަށް ޝައުޤުން ފުރިގެންވި ގޮތަކަށް ބަލާލައިފިއެވެ. އަދި ލޮލުގެ ކައިރިން ދެކޮޅަށް އިނގިލި ގެން ދިއުމުންވެސް އޭގެއަށް ރަޔާލް ބަލައެއް ނުލިއެވެ.

“ރަޔާ…” ރަޔާލަށް ހަމަ ރަނގަޅަށްވެސް އޭނާ ނުފެންނަނީ ކަން ޔަޤީން ވުމުން ޔާސީން ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ. ކޮޓަރީގެ ތެރޭގައި މީހަރު އެހެން އަޑެއް ހަރުލާފައި ވާކަހަލަ އިހުސާސެއް ވުމުން ރަޔާލް ވަށައިގެން ހޯދަން ފަށައިފިއެވެ. ކުއްލިއަކަށް އަތަށް ވާންވިހެން އޭނާ އެއަތަށް ނަޒަރު ހިންގާ ލައިފިއެވެ. އޭނާގެ އަތުގައި ވަނީ ރަތްކުލައިގެ އެންމެ ފަލަ ރިބަން  ޖަހައި އައްސާފައެވެ.

ޔާސީން ރަޔާލްގެ އަތުން ދޫކޮއްލީ އަތަށް ދަމަން ފެށުމުންނެވެ. އުޅޭ ގޮތުން ހީވަނީ އަތުގައި ހިފުމުން ތަދުވެގެން އުޅޭހެންނެވެ. ރަޔާލްގެ އަތުން އަމިއްލައަށް އެރިބަންތައް މުހޭތަން ފެނުމުން އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އަނދިރިކަން ސާފުވަމުންގޮސް ކުރިމަތީގައި ހުއްޓިގެން ހުރި ޔާސީން ފެނުމުން ރަޔާލްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެ އެވެ. ނަމަވެސް ޔާސީންގެ ފަހަތުގައި ހުއްޓިގެންހުރި ފިރިހެން މީހާ ފެނުމުން އެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައި ގަނެއްޖެއެވެ.

“ސޭވް މީ…” ރަޔާލްގެ ދުލުން ނިކުތް އެޖުމްލައާއި އެކު އެއްވެސް ރުލެއްނެތި އޭނާ ވެއްޓުނީ ޔާސީންގެ އަތްމައްޗަށެވެ. ޒުހައިރާވެސް އައިސް ޔާސީންގެ ކޮޓަރިއަށްވަނީ އެތަނުގައި އަދިވެސް ރަޔާލް އިނދެދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެތަނަށް ވަދެވުމުން ޒުހައިރާ ދެލޯ ބޮޑު ކޮއްލައިފިއެވެ. ޔާސީންގެ އަތްމަތީގައި އޮތް ރަޔާލް ފެނުމުން ދުވެފައި އައިސް ވީ ކިއްތޯ އަހާލައިފިއެވެ. ފަހަތުގައި ހުރި ފައިސަލް ފެނުމުން ޒުހައިރާ އަވަހާއި އެމްބިއުލައިންސްއަކަށް ގުޅުމަށް ބުނެލައިފިއެވެ. އާމިރާއާއި އެހެން މިހުން އެތަނަށް އައިއިރުވެސް ރަޔާލް ހެއެއް ނާރައެވެ. ފައިސަލް ދުރުގައި ބަލަހައްޓައިގެން ހުރީ އެކުއްޖާ އޭނާ ފެނުމުން އެހެން ވުމުންނެވެ. ޔާސީން އެންމެން ކައިރީގައި ބުނެފައިވަނީ ކުރަތްޕެއް ފެނި ބިރުން ރަޔާލް ފެއިންޓް ވީ ކަމުގައެވެ. ކުޑަ އިރުއްސުރެވެސް ރަޔާލަކީ ކުރަފި ދެކެ ބިރު ގަންނަ ކުއްޖަކަށް ވުމުން އެންމެނަށްވެސް އެކަން ޤަބޫލު ކުރެވިއްޖެއެވެ.

ޔާސީންއާއި މައުވާއާއި ދެމީހުންނަކީވެސް ދެޑޮކްޓަރުންކަމަށް ވުމުން ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހެއްގެ ހޮސްޕިޓަލްގައެވެ. ކެންޓީނުގައި ތިބިއިރު އެހެންނާ ވާހަކަ ދައްކާ ޔާސީން މިއަދު އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ. އޭނާއަށް ފެންނަމުން ދިޔައީ ރަޔާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެވެ. ބޯހޫރާލުމަށްފަހު ޔާސީން ނަޒަރު ހިންގާލީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. އެކަމަށް ހަފްތާއެއް ވެގެން ދިޔައިރުވެސް ރަޔާލްގެ ދުލުން އިވުނު ލަފްޒުތައް އެހިތުން ފިލައިގެން ދާގޮތެއް ނުވިއެވެ.

“ބަލަ.. ކޮންކަމަކާ ތިވިސްނަނީ؟” މައުވާ މޭޒުމަތީގައި ތަންކޮޅެއް ބާރަށް ޖަހާލުމުން ޔާސީން ދިޔައީ ސިއްސައިގެންނެވެ.

“ރަޔާލް..” ޔާސީނަށް ދެންވެސް ބުނެވުނީ އެހެންނެވެ.

“ކޮކީ އާ ލައިކް ވަނީތަ؟” މައުވާ ހީގަތުމުން ޔާސީން ހިޔާލުގެ ދުނިޔެއިން އަނބުރައި އާދެވިއްޖެއެވެ.

“ނޫން.. އަހަރެން ފޫހިވެ އެކަހަލަ ކުދިންދެކެ.. އެކަމް ކުރިން ދުވަހު ފެއިންޓް ވި ގަޑީގަ އޭނަ ބުނި ސޭވްމީ އޭ.. އަނެއްކާ އެހެން އަންހެން ކުދިންނާއި ވަރަށް ތަފާތު.. ދެން ނޭނގެ” ޔާސީން ފައްޗަކަށް އަމުނާލުމުން މައުވާ ކުރީގެ ހަނދާންތައް އާވާން ފަށައިފިއެވެ.

“ހޫމް…” އެހެން ބުނެލަމުން އޭނާވެސް އިސްދަށަށް ޖަހަލައިގެން އިނީ ޔާސީނަށް ކިޔައި ދޭންވީ ބާވައޭ ހިތައް އަރާފައެވެ.

“އަހަންނަށް ކީއްވެ ހިވަނީ ރަޔާގެ ސިކްރެޓްސް ތަކެއް އެބަހުއްޓޭ…” މައުވާއަށް ވީގޮތް ފެނިފައި ޔާސީންގެ ޝައްކު ޔަޤީނާއި ކައިރި ވެއްޖެއެވެ.

ތުނބުގައި ޖަހާލި ކޮފީތަށިން އެތިކޮޅެއް ބޮއެ ލުމަށްފަހު މައުވާ އިސްޖަހާލައިފިއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުޑަ ރަޔާލް އެންމެ ފުރަތަން ފެނުނު ދުވަހެވެ.

 

 

#    #     #     #     #

ގޭގެ ދެވަނަ ބުރީގައި މައުވާ އިނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އޭނާ ބޭރަށް ނިކުތީ އަޑުގަދަވާން ފެށުމުންނެވެ. ސާދަ އަހަރުގެ މައުވާ އޭރު އުޅެމުން އައީ ގްރޭޑް ނުވައެއްގައެވެ. ގޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމުން އޭނާ އަބަދުވެސް ހުންނަނީ ވަރަށް އުފަލުންނެވެ. މައުވާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލީ ބޭރުގައި އަޑު ބާރު ކަމުންނެވެ. ރިޔާޒްގެ އަޑުބާރު ކަމުން ހީވަނީ ގެވެސް ވައްޓާލަ ފާނެ ހެންނެވެ. ސިޑިން ފައިބައިގެން އައި މައުވާއަށް ގޭގެ ދޮރުމަތީގައި ހުއްޓިގެން ތިބި ދެޕޮލިސް މީހުން ފެނުމުން މަންމަ ކޮބައިތޯ ބަލާލައިފިއެވެ. އާމިރާ ފާރުކައިރީގައި ހުރޮ ގޮތުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން މައުވާއަށް ހީވާން ފަށައިފިއެވެ.

ތިރިއަށް ފައިބައިގެން ގޮސް އާމިރާގެ ކައިރިއަށް ހުއްޓުނު ތަނާހެން ފޮލިސް މީހާގެ ކައިރީގައި ހުރި ކުޑަ އަންހެން ކުއްޖާ މައިވާގެ ލޮލުގައި އަޅައިގަނެފިއެވެ. ބޮލުގައި ބެންޑޭޖް ކޮއްފައި ވާއިރު މޫނުމަތި ވަނީ ސިފަ ނުވާވަރަށް ދުޅަވެ އަރާފައެވެ. އަނގައި ކައިރީގައި އަދިވެސް ލޭނުހިކި ހުއްޓެވެ.

“ރިޔާޒް.. އަހަރެންނަށް މިވަރު ބޮޑުކަމެއް އޮޅުވާލީ ކީއްވެ؟.” އާމިރާ ދިޔަގޮތަށް ރިޔާޒުގެ ގަމީހުގައި ހިފާލަމުން ބުނެލައިފިއެވެ.

“އަހަރެން މީހަކާ އިނަސް މިކަން ސިއްރު ކުރީ އާމިދެކެ ލޯބިވާތީ.. އެކަން ވިސްނުނީމަ އަހަރެން އައީ އޭރު އަހަންނަށް ނުވެސް އިނގޭ މި..” ކުރިމަތިގައި ހުރި 8އަހަރަށްދާ ކުއްޖާއަށް އަތް ދިއްކޮއްލަމުން ރިޔާޒް ބުނެލައިފިއެވެ. އިސްޖަހާލައިގެން އިން އެކުއްޖާ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ.

“އާމި އަހަންނަށް ނޭނގެ އޭނައަށް ކިޔާ ނަމެއްވެސް..” ރިޔާޒް އެހެން ބުނަމުން އަދިވެސް އެއްފަހަރު އެކުއްޖާގެ މޫނަށް ބަލާލައިފިއެވެ.

“ރިޔާޒް 8 އަހަރު ވަންދެން މިކުއްޖާ ފުޅު ކައިރިއަށް ނުވެސް ދެވުނުތަ؟ ” އާމިރާ ވީ އަމަށަކު ފޫއްސެއް ނޫނެވެ.

“އަހަރެން ދެންވެސް ބޭނުމީ އާމިރާ އަހަރެންގެ ދެކުދިން…” ރިޔާޒްހެ އެޖުމްލައިން އާމިރާއަށް ބަލާލެވުނީ އެމައުސޫމާއި ދިމާއަށެވެ. އެކުއްޖާފުޅު އިން ގޮތުން ހީވަނީ ކޮއްޅަށް އިންނަން އުނދަގޫ ވެގެން އުޅޭ ހެންނެވެ.

“އަހަރެން ދެން ބޭނުމީ މިކުއްޖާ.. މާތް ﷲ އަހަންނަނށް އަންހެން ކުއްޖެއް ނުދެއްވީ މިކުއްޖާ އަހަރެންގެ ނަސީބުގައި އޮތީމަ ކަންނޭނގެ…  ކޮން ކަމެއްތަ މިކުޑަ ފުރާނައަށް ކިޔަނީ؟” ހަމްދު ކިޔަމުން އާމިރާ ޕޮލިސްމީހާއާއި ސުވާލު ކޮއްލައިފިއެވެ. އަދި އެކުޑަ އަންހެން ކުއްޖާދެ ބޮލުގައި ފިރުމާލަމުން އެކުއްޖާ މެޔާލައި ބޮނޑިކޮއްލީ ވަރަށްވެސް ލޯބިންނެވެ.

“ހަމަ މިހާރު..” ރިޔާޒުގެ އަޑާއި ހެދި ޕޮލިސް މީހާ ބުނި ނަމެއްވެސް މައުވާ އަކަށް ނޭނގުނެވެ.

#   #   #   #

ސިޑިން ފައިބައިގެން ދިޔަ ފައިސަލަށް ކައިރިން ލާފައި މައްޗަށްއެރި ޔާސީނެއް ނުވެސް ފެނުނެވެ. ކާރަށް އަރައި ފައިސަލް މިސްރާބު ޖެހީ ގަލޮޅަށެވެ. ގަލޮޅު ސަހަރާ ކައިރީގައި ކާރު ޕާކު ކޮއްލުމަށްފަހު ހިމަ ގޯޅިއަކުން ވަދެގެން އައިސް ގެއަކަށް ވަދެއްޖެއެވެ. ޒަމާނީ ފެންވަރަށް އެގެ ހަދާފައި ނެތަސް އެތެރޭގައިވާ ފަރު ނީޗަރަކީ ވަރަށް ޒަމާނީ ތަކެއްޗެވެ. ފައިސަލް ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އައި ކުރިމަތީގައި ހުރި އަންހެން މީހާގެ މެދު ހަށީގައި ބައްދާލައިފިއެވެ. އެއަންހެން މީހާވެސް ހީލަމުން އެނބުރިލައިފިއެވެ. ފައިސަލް އެއަންހެން މީހާގެ ދެލޮލަށް ބަލާލީ އޭނާގެ އަޅި ކުލައިގެ ކަޅިން އެހިތަށް ހަމަޖެހުން ކެނޑުނީމައެވެ. ފައިސަލަށް ވީގޮތް ފެނުމުން އަނގައަށް ގޮތެއް ހަދާލަމުން އަތުން ވީ ކިހިނެއްތޯ އޭނާ އަހާލައިފިއެވެ،

“ރާބި އަހަރެން ވާހަކައެއް އަހާލަންތަ؟” ފައިސަލް އޭނާގެ ގައިން ދޫކޮއްލަމުން ބަލާލައިފިއެވެ.

“ކިހިނެއް ވީ؟” އުނދުނުގެ ކައިރިން ދުރަށް ގެހިލަމުން ރާބިޔާ ފައިސަލްގެ ކައިރީގައި ހުރި ގޮނޑީއެއްގައި އިށީނދެއްޖެއެވެ.

“މީގެ ދުވަސް ކޮޅެއް ކުރިން އަހަންނަށް ފެނުން ކުއްޖެއް.. އޭނަގެ ދެލޯ ހީވަނީ ހަމަ ރާބިގެ ލޯހެން” ނިއްކުރީގައި އިނގިލި ޖައްސާލަމުން ފައިސަލް ގޮނޑިން ތެދިވެއްޖެއެވެ.

“މިހާ އަވަހަށް ކޮޓަރިއަށް ދާންވީތަ؟ މިރޭ އަހަންނަށް ގިނައިން ލާރި ދޭންވާނެ” ނުބައި ފާޑަކަށް ރާބިޔާ ހީ ގަންނަމުން ބުނެލައިފިއެވެ.

” ކޮބާ ރޫބީ؟” ފައިސަލް ދުރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އޭނާގެ ހިތުގައިވަނީ އެކުޑަ ކުއްޖާގެ މޫނެވެ.

“ނޭނގެ އަހަންނަކަށް.. އެހެން ނޫނަސް ފައިސަލް އެއްނު އޭނާ ބޭނުން ވެގެން އުޅުނީ” ނުބައި ފާޑަށް ހީގަންނަމުން ރާބިޔާ އައިސް ފައިސަލްގެ އުނގުތެރެއަށް ވެއްޓި ގަނެއްޖެއެވެ.

“އާނ… އެކަމް އެ ރީތިކަން ލިބުމުގެ ކުރިން އެކުއްޖާ ފިލައިފި ވިއްޔަ..” ރާބިޔާގެ އަތުގައި ހިފާލަމުން ކޮޓަރިއާއި ދިމާލަށް ފައިސަލް ހިނގައިގަނެއްޖެއެވެ.

ފައިސަލަކީ އަބަދުވެސް  އެހެން އަންހެނުން ކައިރިން އުފާ ހޯދަމުން ދުވާ މީހެކެވެ. އަމިއްލަ އަންހެނުންނާއި ކައިރި ނުވާތާވެސް ތިންމަސްވަރު ވެދާނެއެވެ. ޒުހައިރާ ކިތަންމެ އާދޭސް ކުރިއަސް ފައިސަލް އޭނާއަކާއެއް ކައިރިއެއް ނުވެއެވެ. ޒުހައިރާ މެނަށް ނޭނގޭ އެތައް ކަމެއް ކުރަމުން ގެންދިޔަ ފައިސަލް އަބަދުވެސް ބޭނުން ވަމުން ދިޔައީ ރާބިޔާގެ ދަރި ރޫބީއެވެ. ރާބިޔާ ފަދައިން އެކުއްޖާވެސް ބޮޑުވަމުންއައީ އެރީތި ކަމުގައެވެ. ރޫބީގެ ބައްޕަގެ ވާހަކަ ދުވަހަކުވެސް ދައްކާފައި ނުވުމުން ފައިސަލަށް އަހާކަށްވެސް ނުކެރެއެވެ. ނަމަވެސް ދެން އޭނާ އަހާނެއެވެ. އެރީތިކަން އޭނާއަށް އެހެން ތަނަކުން ފެނުއްޖެއެވެ.އެފަދަ ދެލޮލާއި އެރީތި ހަށިގަނޑު އެހާ ކުޑައިރުވެސް ފާހަގަ ވާން ހުއްޓެވެ. އެނދުން ތެދުވެ ވޮލެޓުން ތިންހާސް ރުފިޔާ ނަގައި ނިދާފައި އޮތް އަމާރާގެ ކައިރީގައި ބާއްވާފައި ފައިސަލް އެތަނުން ނިކުނެއްޖެއެވެ.

ގަޔަށް ދޫ ޓީޝާޓެއް ލައިގެން އިން ރަޔާލް އިނީ ކާޓޫން ބަލާށެވެ. ދުރުގައި ރިފާއުވެސް ރަޔާލް އާއި އެއްބައި ވެލައިގެން އެތާނގައި ހުއްޓެވެ. ދެފައި ވައްކޮށް ލައިގެން ރަޔާލްގެ ދެކޮލުގައިވަނީ ފުރާ ޕޮޕްކޯން އަޅާފައެވެ.  ދެކޯ ފުއްޕާލައިގެން އިން ގޮތުން ވަރަށްވެސް ލޯތްބެވެ. ހެމުން އައިސް ގެއަށްވަން މައުވާއާއި ޔާސީނަށް ދުރުގައި ތިބި ދެމީހުން ފެނުމުން ހާލައިފިއެވެ. ދެކޯ ފުއްޕާލައިގެން ރަޔާލް ފެނުމުން ޔާސީންގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ނުހަނު ރީތި ހިނިތުން ވުމެކެވެ. މައުވާ އެއްޗެހި ބަދަލު ކުރަން ދިއުމުން ޔާސީން އައިސް އިށީނީ ކައިރީގައި ހުރި ސޯފާގައެވެ. ކުރިމަތިން ޔާސީން ފެނުމުން ރަޔާލް އަވަހަކާއި އަނގައި ހުރި އެއްޗެހި ދިރުވާލަމުން ޓީ.ވީއަށް ނަޒަރު ހުއްޓާލައިފިއެވެ.

“ޔާނު.. ޗޮކްލެޓް ބޭނުން..” ޕޮޕްކޯން ތަށި ކައިރީގައި ހުރި ޗޮކްލެޓް ތަކުން އެއްޗެއް ނަގާފައި ޔާސީނަށް ދިއްކޮއްލަމުން ރިފާއު ބުނެލައިފިއެވެ. ނަމަވެސް ރަޔާލްގެ މޫނަށް ބަލަހައްޓައިގެން ހުރި ޔާސީނަށް ރިފާއު ވާހަކަ ދައްކާކަމެއްވެސް ނޭނގުނެވެ.

“އަން…” ލާނެތް ފާޑަކަށް ހީގަންނަމުން ރިފާއު ޗޮކްލެޓުން އެއްލައި ޔާސީންގައި ޖަހާލައިފިއެވެ.

“ކިހިނެއްވީ؟؟” ނޭނގޭ ކަމަށް ހަދާލަމުން ޔާސީންވެސް ޓީ.ވީއަށް ނަޒަރު ހުއްޓާލައިފިއެވެ.

“ރަޔާ…” ދުރުން މީހަކު ގޮވާލުމުން ތިންމީހުން އެއްފަހަރާހެން ބަލާލައިފިއެވެ. ދޮރުމަތީގައި ބޮޑު ޓެޑި ބެއަރ އެއް ހިފައިގެން ހުރި ރިޔާޒް ފެނުމުން އެދިމާއަށް ދުއްވައި ގަނެއްޖެއެވެ. ހިނދު ކޮޅަކަށް ނަމަވެސް އެތަނުގައި ހުރި ޔާސީން މައްޗަކުން ރަޔާލް ހަނދާނެއް ނެތެވެ. ދެއަތް ހުޅުވާލައިގެން އިން ރިޔާޒްގެ އަތުން ޓެޑީ ބެއަރ އަތުލަމުން ރަޔާލް ހީލީއެވެ. ބައްޕައާއި ސަލާމްވެސް ކޮށްނުލިއެވެ.

“ރިޔާޒް އަނެއްކާވެސް ގެނައީއޭ..” މަތިންފައިބައިގެން އައި އާމިރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“ދޮންބެ ކޮބާ މައުގެ؟” މައުވާ އައިސް ތުން ފިއްތަން ފެށުމުން ރިޔާޒު ދުރުން ވަދެގެން އަންނަ ޑްރައިވަރ މީހާ ދައްކާލައިފިއެވެ.

“ރިޔާޒް ބަލަ އެމަންޖެ އެއީ ކުޑަ ކުއްޖެއް ނޫނޭ.. އެހެން ނޫނަސް ނަމާދު ކުރާނެ ކޮޓަރީގަ” އާމިރާ އެހެން ބުނުމުން ރިޔާޒް ބޯޖަހާލަމުން ހެވިލާފައި ހުރި ރަޔާލާއި ދިމާލަށް ބަލާލައިފިއެވެ.

“ބައްޕާ… ޝުކުރިއްޔާ..” ދަތްތައް ދައްކާލަމުން ރަޔާލް ހިނިތުންވެލި ގޮތުން އެމޫނަށް އިތުރު ދިރުމެއްއައި ކަހަލައެވެ. އެދެލޮލުގެ ވިދުން ދެގުނައަށް އިތުރު ވެގެން ހިނގައްޖެއެވެ. ރަޔާލް އޭގައި ބައްދާލައިގެން އައިސް ސޯފާގައި އިށީނީ ވަރަށް އުފަލުންނެވެ. އޭރު ޔާސީން ހުރީ ސީދާ ރަޔާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“އޭއި އަތް ނުލާ…” ފަހަތުން އައިސް ރިފާއު ކޮންޑުގައި އަތް ބާއްވާލުމުން ރަޔާލް ރުޅި އައިސް ހަޅޭއްލަވައި ގަތުމުން އެންމެންވެސް ހައިރާން ވެއްޖެއެވެ. އެއީ އަބަދުވެސް ރަޔާލްގެ އާދައެވެ. އަމިއްލަ ބައްޕައާއިވެސް ސަލާމް ކޮއްނުލައެވެ.

“ކޮކީ ސޮރީ… ކުޑަ ދޮން ހަނދާން ނެތުނީ..” ދުރަށް ޖެހިލަމުން ރިފާއު އިސްޖަހާލީ އެހާ ބާރަށް ރަޔާލް ބުނުމުންނެވެ. ދެރަވެފައި ހުރި ރިފާއު ހިނގައިގަތީ ބޭރަށް ދާށެވެ. އެހެން މީހުންވެސް ދިޔައީ ރިފާއު އާއިއެކުގައެވެ.

“އަހަރެން މި ހިތަށް އަރަނީ ތިކަހަލަ ބްރައުން މީހަކާ ބްރައުން ބެއަރ ވައްތަރީވެސް..” ނިއް އަރުވާލަމުން ޔާސީން އެހެން ބުނެފައި މައުވާއާއި ދިމާލަށް ހިނގައި ގަނެފިއެވެ.

ތެދުވެގެން ދިޔަ ޔާސީނާއި ދިމާލަށް ރަޔާލް ބަލާލި އޭނާ ދަސްކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. ގެއަށް އަންނަ ދުވަހެއް ވިއްޔާ އޭނާ ހިތުގައި ޖައްސާ ލާނެއެވެ. އިސް ޖަހާލަލއިގެން އިނުމަށްފަހު ރަޔާލް މައްޗަށް ހިނގައި ގަނެފިއެވެ. އެއް އަތުން އެ ބެއަރގައި ހިފާލައިގެން ސިޑިންއެރި އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. ފަހަތަށް އެނބުރު ޔާސީނަށް އެމަންޒަރު ފެނުމުން އެއް މިޔަކަނުން ހީލައިފިއެވެ. ކޮޓައރިއަށް ވަން ރަޔާލް ބެއަރ އެނދުގައި ބާއްވާ ލުމަށްފަހު ކަރުގައިވާ ފަށް އަތަށް ނަގައިފިއެވެ. ދިގު ދިގު އެފަށުގައިވަނީ ހަނދު ފަޅިއެކެވެ. ހުދު ރަނުގެ ހިމަ ހިމަ އެދިގު ފަށުގައި ބޮޑު ފަށު ފުލެއް އިނުމުން ވަރަށްވެސް ހިތްގައިމެވެ. އެ ހަނދުފަޅީގައި ހިފަހައްޓާލައިގެން އިން ރަތާލަށް ސިފަވަމުން ދިޔައީ އޭނާގެ އުމުރުން 8 އަހަރުގައި އާމިރާ ދެއްކި ވާހަކަ ތަކެވެ. އެއީ ހަމައެކަނި ކުޑައިރުގެ ރަޔާލް ހަނދާން ހުންނަ ހަނދާނެވެ.

#   #    #    #    #

އާމިރާ ހޯދަމުން ދިޔައީ ކުޑަ ކުޑަ ރަޔާލެވެ. ގޭތެރެއިން މީހަކު ފެންނަން އިރަށް އޭނާ ފިލާނެއެވެ. އާމިރާ ކައިރިއަށް ރަޔާލް އައިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވާއިރުވެސް އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. ގެނައި އިރުގައި ބޯފަޅައިގެން ގޮސްފައިވާ ބައި މިހާރުވަނީ ﷲގެ އިރާދަ ފުޅުން އެއްކޮށް ރަނގަޅު ވެފައެވެ. ނަމަވެސް އަދިވެސް އެތަނުގައި ބާލާފައިވާ އިސްތަށިތައް ނާރައެވެ. އާމިރާ ގޭގެ އެކި ދިމަ ދިމާ ބަލަމުން ގޮސް ޓެރެހަށް އަރައިފިއެވެ. ޓެރެހުގައި ދިއްލާފައިވަ ބޮކި ތަކުގެ އަލީގައި މާގަސްތައް ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އޯކިޑް ގަސްތަކުގެ ފުރަގަހުން ކުޑަކުޑަ ރަޔާލް ފެނުމުން އާމިރާ ގޮސް އުޑުފައިން އިން ރަޔާލް ކައިރީގައި ކަކޫ ޖަހާލައިފިއެވެ.

“ރަޔާ…” އާމިރާ ވަރަށް ލޯބިން އެހެން ބުނުމުންވެސް ބަލައެއް ނުލިއެވެ. އެކުއްޖާގެ އަތް ތުރު ތުރު އަޅަމުން ދިޔައީ ބިރުންނެވެ. އާމިރާ ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އުޑާއި ދިމާލަށް ބަލާލަމުން ކޮޅަށް ތެދުވެ އާމިރާ ބޮކިތައް ނިއްވާލައިފިއެވެ. އެއާއެކު ފިޔަ ޖަހަމުން ދިޔަ ތަރިތަކާއި ހަނދު އެކަޅު ކަމުގެ ތެރެއިން ދިއްލާލައިފިއެވެ. އާމިރާ އޭނާގެ އިސްތަށިގަނޑު ހުޅިއެއް ޖަހާލަމުން އޭނާގެ  ކަރުގައިވާ ފަށް ނަގައި ރަޔާލަށް ދިއްކޮއްލައިފިއެވެ. އެއީ ހުދު ރަން ވުމުން އޭގައި ރިއްސަށްވުރެ އަލި ގޮތެއް ހުރެއެވެ. އަދި ހަނދުގެ އަލިން އެފަށްވަނީ އިހުނަށް ވުރެވެސް ބޮޑަށް ދިލިފައެވެ. ހިމަހިމަ ދިގު ފަށުގައި ވަނީ ބޮޑުކޮށް ހަދާފައިވާ ހަނދުފަޅިއެވެ. ރަޔާލް ބަހެއްވެސް ނުބުނެ ފުރަތަމަވެސް ހިފާލީ އެފަށު ހުލުގައެވެ.

“ރަޔާއަށް އިނގޭތަ ހަނދުވެސް އަބަދު ނީންނާނެ އެހެނެއް.. ފުރިހަމަ ކޮށެއް.. ދަރިފުޅު ބަލާބަ.. މިހާރު އެހެން އަލި އަލިކޮށް ވައްކޮށް އިނަސް އެވެސް މަޑުމަޑުން އެހެން ބައްޓަމަށް ބަދަލުވާނެ.. މަންމައަށް އެންމެ ކަމުދަނީ މިކަހަލަ ހަނދު.. ކްރެސެންޓް..” އާމިރާ ރަޔާލްގެ މޫނުގައި ފިރުމާލަމުން އެމޫނަށް ބަލާލައިފި އޭނާގެ އަތުގައި އޮތް ހަނދުފަޅި ދައްކާލައިފިއެވެ.

“ހަނދު އެހެން އިނަސް އަދި ކުޑަކޮށް އިނަސް ހަމަ އަލިވާނެ.. ފުރިހަމަ ހަނދުން އެކަންޏެއް ނޫން އަލިވާނީ.. ކޮންމެ ބައްޓަމަކަށް ހުއްޓަސް ހަމަ އަލިވާނެ.. އެހަނދުހެން އެންމެން އެގޮތް ވާކަށްވެސް ނުޖެހޭނެ ދަރިފުޅާ.. ރަޔާ މަންމަގެ ކޮރެސެންޓަށް ވާންވީނު..” ކިތަންމެ މާނަ ފުންކޮށް ބުނި ނަމަވެސް އެޅަސިކުނޑިއަށް އެގުނު ކަހަލައެވެ. ފުރަތަމަ ފަހަރަށް އެކުއްޖާ ހީލައިފިއެވެ. ތުންފަތުގައިވި ހިނިތުންވުމަށްވުރެ ބޮޑަށް އާމިރާ ސިހުނީ އެލޮލުން ކަރުނަ ފައިބާ މަންޒަރު ފެނުމުންނެވެ. ކަރުނައިގެ ތެރެއިން އެހިނިތުންވުން އާމިރާގެ ހިތުގައި ބިންވަޅު ނަގައިފިއެވެ. އާމިރާ އެހެން ބުނެފައި އެ އަގުބޮޑުފަށް ރަޔާލްގެ ކަރުގައި އަޅުވާލައިފިއެވެ.

#    #    #    #    #

އެހެން އެތަށް އިރަކު އިނުމަށްފަހު ރަޔާލް ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން ސިޑިން ފައިބައިގެން ތިރިއަށް އޭނާ ދިޔައީ މަންމަ ފެނޭތޯ ބަލާލާށެވެ. ރަޔާލް ތިރިއަށް އާދޭތޯ އޭރުވެސް ޔާސީން ހުރީ ބަލަ ބަލައެވެ. މިކުއްޖާގެ މިޒާޖު ހުންނަ ގޮތުން އެންމެ ކަންބޮޑުވަނީ އޭނާއެވެ. ދުވަހަކުވެސް އަނެހްނ ކުއްޖަކު އުޅޭ ގޮތުން އޭނާ މިހާ ހިތް އަވަހެއް ނުވެއެވެ. ތިރިއަށް ފައިބައިގެން އަންނަ ރަޔާލް ފެނުމުން ޔާސީން ހީލައިފިއެވެ.ނަމަވެސް އެމޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.

“ބްރައިން ބެއަރ..” މަލާމަތް ކޮއްލާ ރާގަކަށް ހީލަމުން ޔާސީން ގޮވާލައިފިއެވެ. ތިރިއަށް ބަލަހައްޓައިގެން އިން ރަޔާލް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްއުފުލާ ވަށައިގެން ބަލައިލީ ރިފާއު އެތަނުގައި ހުރިތޯއެވެ. އޭނައާއި ހެދި ކުޑަ ދޮންބެވެސް އެދިޔައީ ދެރަވެގެންނެވެ.

“ލައިޓް ޖައްސަން ވީތަ؟ ރަޔާލް ކަޅު ކަމުން ނުވެސް ފެނޭ ވިއްޔަ…” މިފަހަރު ޔާސީން ބުނި އެއްޗަކުން ރަޔާލް ކުއްލިއަކަށް ބަލާލައިފިއެވެ. މިވީހައި ތަނަށް އޭނާއާއި ދިމާލަށް ބަލާވެސް ނުލައި ހުރި ކުއްޖާ މިވަގުތު އެހުރީ ދެލޯ ބޮޑުކޮއްލައިގެން ބަލާށެވެ. އޭނާ ކަޅުވި ކަމުގައި ވިޔަސް އެއްވެސް މިހަކު އެފަދަ އެއްޗެކޭއެއް ނުބުނެއެވެ. އެބޮޑުބޮޑު ދެލޮލަށް ކަރުނަ ޖަމާވިތަން ފެނުމުން ޔާސީން ހިތަށްވީ ބުނެދޭން ނޭނގޭ ކަހަލަ ގޮތެކެވެ.

“އައި ހޭޓް ޔޫ..” ވާހަކަ ނުދައްކައިގެން އުޅުނު އަންހެން ކުއްޖާ އެންމެ ފުރަތަމަ އޭނާއާއި ވާހަކަ ދެއްކުމުގެ ކުރިން ރޮއެފިއެވެ. އެހެން ބުނިއިރު އެލޮލުން ކަރުނަ ގަނޑު ފައިބައި ގަނެއްޖެއެވެ. ރިފާއުއަށް އެހެން ހެދުނީމައާއި ޔާސީން އެހެން ބުނުމުން ރަޔާލް ހަމަ އަސްލުކޮށްވެސް ދެރަވެއްޖެއެވެ.

“ރަޔާ..” ގިސްލެވެން ފެށި ރަޔާލްގެ މުނަށް ބަލާލަމުން ޔާސީން އުޅުނީ އެއަތުގައި ހިފާލާށެވެ. ނަމަވެސް އެފުރުސަތު ރަޔާލެއް ނުދިނެވެ. އަނެއްކާ ސިޑިން މައްޗަށް އަރައިގެން ދުއްވައި ގަނެއްޖެއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ ހެދި އޭނާ ދެރަވެއްޖެއެވެ. މިކުއްޖާ އޭނާއަށް ހަދާފައި ހުރި ސިހުރެއްވެސް ނޭނގެއެވެ. އޭނާ ނުފެނިއްޖެނަމަ ޔާސީން ހިތަހަމައެއް ނުޖެހެއެވެ. ފަހަތުން ދާން ހިތަށް އެރި ނަމަވެސް ރަޔާލް އެކަނިދާން ދޫކޮއްލީ އެމިޒާޖު ކޮންމެވެސް ވަރަކަށް ދަސްވެފައި ވާތީއެވެ.

ދެތިން ގަޑިއިރު ފަހުން ރަޔާލް ނިކުތީ މީހަކު އުޅޭތޯ ބަލާފައެވެ. އެއްވެސް ފިރިހެނަކު ފެންނަން ނެތުމުން ރަޔާލް މަޑުމަޑުންގޮސް ދިމާކޮށްލީ ބަދިގެއަށް ވަންނާށެވެ. އެތެރެއިން ފެނުނު މީހަކުގެ ސަބަބުން ރަޔާލްގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭނާގެ ބައްޕަގެ ކައިރީގައި ހުއްޓިގެން ހުރި ފައިސަލަކީ އޭނާ ދަންނަ މީހެކޭ ހިތްބުނަނީ ކީއްވެ ހެއްޔެވެ؟ ހިތުގެ ތެޅުން އަވަސްވި ނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. ނިތައް ގިނަ ވަމުން ދިޔަ ރޫ ތަކާއެކުވެސް ރަޔާލަށް ހުރެވުނީއެވެ. އެހެން ހުއްޓައި މައުވާ އައިސް ރަޔާލްގެ އަތުގައި ހިފާ ދަމައި އެތަނުން ނެރެފިއެވެ.

ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ގޭގެ އެއްފަރާތެއްގައު ހައްދާފައިވާ ޖަނބުލޯރު ގަހެއްގެ ކައިރީގައި ބަހައްޓައިފިއެވެ. ހުއްޓުން އަރާފައި ހުރި ރަޔާލްގެ ކޮނޑުގައި ހިފާ ތަޅުވައި ގަތުމުން ނިދިން ހޭލެވުނު ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެފަރާތަށް ބޯ ހޫރަލުމަށްފަހު ބަލާލިއިރު ކުރިމަތީގައި ހުރި ޔާސީން ފެނުމުން އޭނާ ރަޔާލް ދެލޯ ބޮޑު ކޮއްލައިފިއެވެ. މިކަހަލަ ކޮންމެ ވަގުތެއްގައި މައުވާ ފެންނާތީ ރަޔާލް ބިރު ގަންނަ ގޮތްވެއެވެ. ޔާސީން އޭނާއަށް ބަލަމުން ދިޔައީ ސުވާކުގެ ނަޒަރަކުންނެވެ.

“ރަޔާލަށް އެނގޭތަ ޔާސީންގެ ބައްޕަ؟”މައުވާ އެހެން އަހާލުމުން ރަޔާލް ދެފަރާތަށް ބޭ ހޫރާލައިފިއެވެ.

“ދޮންތީ އެކަމް އެމީހާ އެއީ ދަންނަ މީހެކޭ ހިތަށް އަރަނީ..” އިރުކޮޅަކު އެހެން އިނުމަށްފަހު ރަޔާލް ބުނެލިއެވެ.

“ކޮކީ އަށް ކިހިނެއް އެމީހާ އެނގޭނީ؟” ދުރަށް ބަލަން ހުރި ރަޔާލް ބުނާނެ އެއްޗެއް ނޭނގުނެވެ.  ނަމަވެސް އެމީހާއަކީ އޭނާ ދަންނަ މީހެކޭ ހުތް ބުނަނީ ކީއްވެ ހެއްޔެވެ.

“ނޭނގެ ދޮންތީ.. އެކަމް ވަރަށް ބިރު ގަނޭ ފެނުނީމަ..” ރާޔާލް އެހެން ބުނެލަމުން އަތް ގަޔާއެކު ވަށާލިއެވެ. ހީވަނީ މީހެއްގެ ހިމާޔަތަށް އެދުނު ހެންނެވެ.

ރަޔާލް އެތެރެއަށް ފޮނުވާލުމަށްފަހު މައުވާ ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކޮޓަރިއާއި ދިމާލަށް ދަމުން ސިޓިން ރޫމްގެ ތެރެއިން ޔާސީންގެ ބައްޕަ ފެނުމުން މައުވާ ހީލައިފިއެވެ. ރަޔާލަށް ފައިސަލް ނޭނގޭނެކަން އެންމެ ރަނގަޅަށް އިނގޭ އެކަކީ މައުވާއެވެ. ނަމަވެސް ކޮއްކޮގެ ކުޑައިރުގައި ފެނުނު މީހަކާއި ވައްތަރު މީހަކަށްވެސް ވުން އެކަށީގެން ވެއެވެ. މިވީ ގޮތުން ޔާސީނައި ވާހަކަ ދައްކަން ޖެހުނީއެވެ. ޔާސީނަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. ރަޔާލްގެ އެފަދަ ކަމެއް ހުންނަކަންވެސް މައުވާއަށްވަނީ ފާހަގަ ވެފައެވެ. ނަމަވެސް ކޮއްކޮއާއި ސީދާ އެވާހަކަ ދައްކަން ނުކެރެނީއެވެ.

ކްލާސް ތެރޭގައި އިން ރަޔާލް ދޭތރެއަކުން ފޯނު ބަލާލައެވެ. ހެނދުނުން ފަށައިގެން އެހެން އައިސް އިންނަން ޖެހުމުން އޭނާ ވަނީ ވަރު ބަލިވެފައެވެ. ސެމިސްޓަރ ނިމޭ ދުވަސްކޮޅު ކަމުން އަބަދުހެން އޮންނަނީ ކޮންމެވެސް ޕްރެސެންޓޭށަން އަކާއި ޖެހިފައެވެ. ދަތްދޮޅީގައި އަތްވިދެލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނުގެ ސްކިރީނަށެވެ. ފޯނު ނަގަން ނުނަގަން އިންދައި އެ ކެނޑިއްޖެއެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާ އުޅޭ ކުއްޖަކަށް ނުވުމުން ރަޔާލަށް ގިންަ ފަހަރު ފޯނު ނަގަންވެސް ވަީ މަސައްކަތަކަށެވެ. އައްފާންއާއި ރަޔާލް ގްރޭޑް ހަތަރަކުން ފަށައިގެން ކިޔަވަމުންއައީ އެއް ކުލާހެއްގައެވެ.ބޮޑުވަމުން އައި ވަރަކަށް އައްފާންއާއި ވާހަކަ ދެއްކުންވެސް ރަޔާލަށް ކަމުދާން ފެށިއެވެ. ނަމަވެސް  ޔާސީން ފެނުނު ފަހުން އޭނާއަށް އަބަދުހެން ވިސްނެނީ ޔާސިނާއި މެދުގައެވެ. ކިތަންމެ ހިތުގައި ޖެހޭ އެއްޗެކޭ ބުނި ނަމަވެސް އޭނާއަށް ޔާސީން ކަމުދެއެވެ.

ވިލާތަކުން ބައްދަމުން ދިޔަ އުޑަށް ބަލާލި އަވަހާއި އިންތަނުން ތެދުގެން ލިފްޓަށް އަރައިފިއެވެ. މެންދުރުން އަނބުރާ ދޭއްޖެހިއިރު ވާރޭ ތުނިކޮށް ވެހެން ފާސައިފިއެވެ. ފޯނު ނަގައި ރަޔާލް ޝަބީނަށް ގުޅާލީ އޭނާ ކަމެއްގައި އުޅޭތޯ ބަލާލާށެވެ. ރިފާއުއާއި ޝަބީންވެސް އޮފީހުގައި ބިޒީ ވުމުން ރަޔާލް ހުރީ މާޔޫސް ވާ ގޮތްވެފައެވެ. ވާރޭ އެހާ ބޯވުމުން އޭނާ އެއްވެސް ވަރަކަށް ބެލްކަންޏާއި ހިސާބަށް ދާހިތެއްވެސް ނުވިއެވެ. ގެއަށް ދެވުނު އިރުގައި ހަތެއްޖަހައި ބޮޑު ވެއްޖެއެވެ. ވެފައިވާ ވަރުބަލީގައި ފެންވެސް ވަރާނުލައި ރަޔާލަށް އެނދުގައި އޮށޯވެވުނީއެވެ. ލޮލަށް ނިދި ސަވާރުވި އިރެއވެސް އޭނާއަކަށް ނޭނގުނެވެ.

ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ.

“ރަޔާ..” ދެފަޔަށް ލެވޭފައި ބާރެއްލާފައި ދުއްވައިގަތް ޝަބީނަށް އެނދިރީގެ ތެރެއިން މަގުވެސް އެނގުނު ކަހަލައެވެ. ޔާސީން ހަމަޖެހިލާފައި ގޭގެ ބޮކިތައް ދިއްލާފައި އެދިމަލަށް ހިނގައިގަތީ ތަންކޮޅެއް ބާރަށެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aaran

Level 110 Stories

Other Articles

Previous

ސިއްރު 10

Next

ނޭނގޭހެ ހާދަ ލޯބިވޭ 24

Next
October 6, 2016

ނޭނގޭހެ ހާދަ ލޯބިވޭ 24

Previews
October 5, 2016

ސިއްރު 10

14 Comments!

  1. Aish says:
    October 5, 2016 at 8:33 pm

    Kon dhuvahakun next part genes dheni

  2. Aish says:
    October 5, 2016 at 8:53 pm

    Alhe kiya kiya indha e nimuny.mi site ga miharu genesdhey huriha vaahaka eh ves v reethi

  3. Maa says:
    October 5, 2016 at 9:22 pm

    Twins eh ulhey story eh mee. Rayaal ah fennanee aneh gal ulhey goiy. Just guessing…..

    1. amoo says:
      October 6, 2016 at 9:45 am

      no your guessing it wrong, rayaal is rooby, rooby kwda iru e fasial eyna ah ehnn hedhy, dhn rooby amira mn geah genaima eynage name neyngeythy name changevefa eindhee rayal ah, accident veema eyna handhaan nethifa huree dhn ehnve huvafenuga eh hurihaa ehcheh fennany rayaal ah

    2. maa says:
      October 6, 2016 at 10:15 am

      Amooge comment ah ihuthiraam kuran… bt hama mi storyga ulheynee twins. Mikahala story eh kurin kiyaaafa ineema mibunee… fahun rubee aaa dhimaavaane

  4. Girlyyy says:
    October 5, 2016 at 10:08 pm

    Avahah next part up kohdhehcheyy btw story vvvvvvvv rythi

  5. yaana says:
    October 6, 2016 at 8:09 am

    vvv reethi

  6. ~minty~ says:
    October 6, 2016 at 10:07 am

    Next part kobr thr…vrh reethi story eh mee…waiting waiting ?

  7. ~minty~ says:
    October 6, 2016 at 10:07 am

    Next part kobr thr…vrh reethi story eh mee…waiting waiting ?

  8. xenn says:
    October 6, 2016 at 11:42 am

    Vaaanuvaa neyge baeh faharu

  9. Khajja says:
    October 6, 2016 at 9:59 pm

    Rythi but v mistake hurikan faahagakurevey

  10. Khajja says:
    October 6, 2016 at 9:59 pm

    Rythi but v mistake hurikan faahagakurevey

  11. Anonymous says:
    October 9, 2016 at 2:41 pm

    Story up kuraneeee wen…. waiting for upcoming part soooooooo looooong

  12. Haly says:
    October 31, 2016 at 4:23 pm

    Mi vaahaka kobaatha mihaaru

Comments are closed.

Next Episodeހިތާ ފުރާނައިގެ ދިރުމޭ (3)←


All Right Reserved!