ތި ލޯބި އެދިގެން… 10
އަތުގައި އޮތް ޒީދަންއަށް ބަލައިލިއެވެ. ލީޝާއަށް ވެސް ވީ އެވަރެވެ. އޭނާއަށް އިހްތިޔާރަކާއި ނުލާ ސޯފާގައި އިށީނދެލެވުނެވެ. ޒީޝަން ދޮރާއި ދިމާލަށް ގޮސް އައިމަންއާއި ޒާރާ ގެ އަތުގައި ހިފާލާފައި އެތެރެއަށް ވެއްދިއެވެ. ޒާރާ ނޫނެކޭ ބުނެލި ނަމަވެސް ޒީޝަން އަޅައެއްނުލައެވެ.
“މަންމާ ތީ މިގޭއަށްވެސް އަދި އެގެއަށްވެސް އެންމެ ފުރަތަމަ އުފާވެރިކަންގެނައި ކުޑަ ކުޑަ ބޭބީ… މަންމާ އިންސާނުންނަށް ކުށްކުރެވޭނެ… އެކަމް އެ ކުށުގެ މާފުވެސް އޮންނާނެ… މަންމަ ޕްލީސް.. ދެ މަންމަވެސް.. ޕްލީސް އެދެމީހުންނަށް މާފް ކޮށްބަ.. އަޅުގަނޑު.. މަންމަމެންނަށްވެސް އިނގޭނެ އެންމެ ދެރަވެގެން އުޅުނީ ހަމަ އަޅުގަނޑު… 5 މަސްވަންދެން އުޅުނިން އެކަމުގައި އެކަމް ވެ ނިމިފަ އޮތް ކަމެއް ބަދަލެއްނުކުރެވޭނެ.. ކިތަންމެ ރުޅިއަޔަސް ފޫހިވިޔަސް އެދެމީހުން ހައްޤު އަދި މި ކުޑަ ކުޑަ ޒީދަންގެ ހައްޤު ނިގުޅައެއް ނުގަނެވޭނެ..” ޒީޝަން ބުނެލީ ސަމީމާ ކައިރިއަށް އެދެމީހުން ގެންނަމުންނެވެ. ސަމީމާ އެއްޗެއް ނުބުނެ އެދެމީހުންނަށް ބަލަން ހުއްޓެވެ.
“އެކަމް އެދެމީހުންނެއްނޫންތަ ދިޔައީ ހުރިހާ ގުޅުމެއް ކަނޑާލާފަ ޒީޝަން ހަނދާން ނެތުނީތަ؟” ލީޝާ ބުނެލީ އެދެމީހުންގެ މޫނުން ނަޒަރު ވަކިކޮށްލަމުންނެވެ. “މަންމާ…. ކޮންމެ ގޮތެއްވިޔަސް ޒާރާ އެއީ މަންމަ ދަރިއެއްކަން މަންމަ ހަނދާންނެތުނީތަ؟” ޒީޝަން ބުނެލި އެއްޗަކުން ލީޝާ އިސްއުފުލާލިއެވެ. ޒާރާ އޭރު ހުރީ ފެންކަޅިވެފައެވެ. “ޒާރާ އެއްނު ހަނދާންނެތުނީ މަންމައެއް ހުންނަކަން..” ލީޝާ ބުނެލިއިރު އޭނައަށް ރޮވުނެވެ. “ނޫން މަންމާ ނޫން…” ޒާރާ ލީޝާގެ ގައިގާ އޮޅުލައިގަންނަމުން ބުނެލިއެވެ. ލީޝާ އަށް ވެސް ރޮވުނެވެ. ސަމީމާ އައިމަންއަށް ބަލައިލިއެވެ. އަދި ޒީދަންއަށް ބަލައިލިއެވެ. އައިމަން ހުރީ ކުރާނެކަމެއް ނޭނގިފައެވެ. “މަންމަ ސޮރީ ވަރަށް ބޮޑަށް.. އިނގޭ މާފުނުކުރެވޭނެކަން އެކަމް ޒީދަންއަށް.. ޒީދަންއަށް ދެ މާމަގެ ގެވެސް ދެ އާއިލާ ވެސް ބޭނުންވާނެ… މަންމާ ޕްލީސް އަމް ސޮރީ..” ލިޝާގެ ގައިގާ ބައްދާލައިގެން ހުރެ ޒާރާ ކިޔަމުން ދިޔައެވެ. “މަންމާ….. ދަރިން ކުރާ ކުށްތަކަށް މާފްކުރުމަކީ މައިންބަފައިންގެ ޒިންމާއެއް….. މަންމާ…. މަންމަމެން ބޭނުމެއްނުވޭތަ އަލުން އެކީ އުޅެން.. ޒީދަންއަށް އުފާވެރި ދިރިއުޅުމެއްދޭން..؟” ޒީޝަން ބުނެލުމުން ލީޝާ ބޯޖަހާލިއެވެ. އަދި ޒާރާގައިގާ ބައްދާގަތެވެ. ސަމީމާ އައިމަންއަށް ބަލަން ހުރުމުން އައިމަން ސަމީމާގެ ގައިގާ ބައްދާލީ ކަރުނުން ފުރިފައި ހުރެއެވެ. “މަންމާ ސޮރީ… ވަރަށް ބޮޑަށް ސޮރީ…” އައިމަން ބުނެލިއެވެ. ސަމީމާ އައިމަންގެ ބޮލުގައި ފިރުމާލިއެވެ.
“މަންމަ.. މަންމަގެ ކަމެއް އެއީ ދެން ބައްޕައާއި އެންމެން އޯކޭ ކުރުން..” ސަމީމާ ކައިރި ޒީޝަން ބުނެލުމުން ސަމީމާ ބޯ ޖަހާލިއެވެ. ލުހާ އައިސް ޒީދަންއާއި ކުޅެންފެށިއެވެ. ސަމީމާއާއި ލީޝާ ހެޔޮހިތުން ދެމީހުންވެ ގަބޫލުކޮށް މާފްކުރިއެވެ. ޒީޝަން ވަރަށް އުފާވިއެވެ. އައިމަން އެމީހުންގެ ފޮށިތަށް ހިފައިގެން ގޭތެރެއަށް ވަނެވެ. ޒާރާ ޒީޝަންގެ ގައިގާ ބައްދާލިއެވެ. “ތެންކިޔު ދޮންތީ…” ޒާރާ ބުނެލިއެވެ. ޒީޝަން ހިނިތުންވެލިއެވެ. ސަމީމާ ޒީދަން ލީޝާގެ އަތަށް ދިނެވެ. ލީޝާގެ ލޮލުގައި ވަނީ ކަރުނައެވެ. މާމައަކަށްވުމުގެ އުފާ ބަޔާންކުރަންވެސް އޭނާއަށް ދައްޗެވެ. “ހީވަނީ ހަމަ ކުޑަ ކުޑަ އައިމަން ހެން ދޯ ސަމީ..” ލީޝާ ބުނެލިއެވެ. ސަމީމާ އާއެކޭ ބުނެލިއެވެ.
ޒީޝަން ކޮޓަރިއަށް ދިޔައީ އެމީހުން އެގޮތަށް ތިއްބައެވެ. އެއަށް ފަހު ފޮށި ހިފައިގެން ތިރިއަށް ފައިބައިގެން އައެވެ. އެންމެންނަށް ޒީޝަން ފެނި ހައިރާންވިއެވެ. “ޒީ.. ކޮންތާކަށް ދާން..؟” ސަމިމާ އަހާލިއެވެ. ޒީޝަން ހިނިތުންވެލިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. “ދޮންތި ކޮންތާކަށް..؟” ޒާރާ ބުނެލީ ޒީޝަން ކައިރިއަށް ގޮއްސައެވެ. “ދޮންތި އަމިއްލަ ނަފްސަށް ޕްރޮމިސްއެއްކޮށްފަ އިންނާނީ އެކަން ފުއްދަންވެގެން…” ޒީޝަން އެހެން ބުނެލިއެވެ. އެއަށްފަހު ލީޝާ އަށް ބަލައިލިއެވެ. “މަންމާ އާދޭ ދާން…” ޒީޝަން އެހެން ބުނެލުމަށްފަހު ހިނގައިގަތެވެ. ލީޝާ މެން މީހަކު އެއްޗެއް ބުނުމުގެ ކުރިން ޒީޝަން ނިކުމެލިއެވެ. އޭނަގެ ދެލޯ ފުރިގެން ބަނޑުންވީ ތާޒާ ކަރުނައެވެ. “ދޮންތީ…” ޒާރާ ގޮވާލުމުންވެސް ޒީޝަން މަޑުނުކުރިއެވެ. “ސަމީ ދަނީއޭ އަންނާނަން ފަހުން.. މި ޒީ މި ކުރިކަމެއްވެސް އެބަ ޖެހޭ ބަލަން..” ލިޝާ ތެދުވެލަމުން އަތުގައި އޮތް ޒީދަން ސަމީމާއާއި ހަވާލުކޮށްލިއެވެ. “އާނ… އޭނާ ކިހިނެއްތަ އެވީ؟ އަންގާލައްޗޭ..” ސަމީމާ ބުނެލީ ދޮރާއިދިމާލަށް ބަލަންހުރެފައެވެ. އެނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. “މަންމަ ބުނައްޗޭ ވީ ގޮތް..” ލީޝާ ގައިގަ ފަހު ފަހަރަށް ބައްދާލަމުން ޒާރާ އެހެން ބުނެލިއެވެ. “މަންމަ ބައްޕަ.. ބައްޕަ ކައިރި ބުނައްޗޭ..ބައްޕަ ގެންނައްޗޭ ނޫނީ އަޅުގަނޑު އައިމްއާއި އެކު ގޮސްދާނަން އެއްދުވަހަކުން … ދޮންތިގެވެސް ހަބަރެއް ބަލާލާތި……” ޒަރާ ބުނެލުމުން ލީޝާ ބޯޖަހާލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.
“މަންމާ ޒީ ކިހިނެއްއެވީ؟” ކަންބޮޑުވެފައި ހުރި ލުހާ ބުނެލިއެވެ. “ލުހާ އަށްވެސް އިނގޭނު އަހަރެމެންގެ ޒީ އަކީ ކޮންކަހަލަ ކުއްޖެއްކަން… އޭނާ… އޭނާ އެ ކުރި ކަމެއްނޭނގުނަސް މިއަދު މަންމައަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފި…. ހުރިހާ ޝުކުރެއް ހަމަ ޒީޝަންއަށް…” ސަމީމާ ބުނެލީ އަތުގައި އޮތް ޒީދަންގެ ނިތުގައި ތުންފަތް ޖައްސާލަމުންނެވެ. ދެން އެމީހުންގެ ކަމަކަށް އޮތީ ޝިފާންމެންނާއި ކުރިމަތި ލުންކަން އިނގުނެވެ.. “ގުޅަންވީނު ބައްޕައަށް؟” ލުހާ ބުނެލިއެވެ. “އުހުން… އެމީހުންނަށް އެކަކުވެސް ނުގުޅާތި އޮފީހުން އައީމަ އިނގިދާނެއެއްނު… އެކަމް މިހާރު އެންމެ ކަންބޮޑުވާންވީ ޒީޝަންއަށް މިވީގޮތެއް… އާނ ދެން ލުހާ ދޭ އެމީހުންގެ ކޮޓަރި ކުޑަކޮށް ސާފްކޮށްލަން މަންމަވެސް އެބަ ދަން….. ޒާރާ އާދޭ މަންމަ ކޮޓަރިއަށް.. ޒީދަން ބާއްވަން….” ސަމީމާ އެހެން ބުނެލުމަށްފަހު ހިނގައިގަތެވެ. ލުހާވެސް ބޯ ޖަހާލުމަށްފަހު ހިނގައިގަތެވެ. އައިމަން ސޯފާގައި އިށީނދެލި އިރު އޭނާ ވިސްނަމުން ދިޔައީ ގޭ ތެންތިބި މީހުންނާއި ކުރިމަތި ލާނެގޮތެކެވެ. ހަމަގައިމުވެސް އައިދަން އާއި ކުރިމަތިލާނެ ހިތްވަރެއް އައިމަންގެ ގަޔަކު ނެތެވެ. ޒާރާ ގޮވައިގެން ފިލައި ކައިވެނި ކުރުމުގެ ރުޅިއަށްވުރެ ޒީޝަން ދެރަކޮށްލި ކަމުގެ ރުޅި މާ ގަދަ ވާނެކަން އައިމަންއަށް އިނގެއެވެ. އޭނާއަށް ޒާރާއަށް ވުރެ ބޮޑަށް ޒީޝަން މުހިންމުކަންވެސް އައިމަންއަށް އިނގެއެވެ.
…..
އައިދަންގޭ ކުރިމަތީ ޕާރކޮ ކޮށްފައި އޮތް އެމީހުންގެ ކާރަށް ޒީޝަން އަރައި އިނީ ލީޝާ އަންނަންދެންނެވެ. ލީޝާ ވަނުމާއި ޑްރައިވަރ ކާރު ދުއްވާލީ ޒީޝަން ގެއަށް ދާށޭ ބުނުމުންނެވެ. އޭރު އޭނާ ހުރީ ރޮވޭނުރޮވޭގައެވެ. ލީޝާ ޒީޝަންއަށް ބަލައިލިއެވެ. “ދަރިފުޅާ ކިހިނެއްވީ؟ ގެއަށް ތިދަނީ….” ޒީޝަން ގެ އިސްތަށިގަނޑުގައި ފިރުމާލަމުން ލީޝާ ބުނެލިއެވެ. އެއާއިއެކު ޒީޝަން ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައެވެ. ލީޝާގެ ހިތަށް ނުބައި ވަސްވާސްތަކެއް ވަންނަންފެށިއެވެ. އައިމަންއާއި ޒާރާ ވަނުމުން އޭނާއަށް އުނދަގޫވަނީބާއޭ ހިތަށް އަރަންފެށިއެވެ. ލީޝާ އޭނާގެ ކޮނޑުމަތީ ޒީޝަންގެ ބޯ ބައިންދާލަމުން ފިރުމާލިއެވެ. “ދަރިފުޅާ…މަންމަ ކައިރި ބުނެބަލަ ވީ ގޮތް.. އައިމަން މެން އައީމަތަ؟ ދެން އައިދަން؟؟” ލީޝާ އަހާލިއެވެ. “މަ..ންމާ އެއްވެސް ސުވާލެއްގެ ޖަވާބެއް ދޭކަށް އަޅުގަނޑު ބޭނުމެއްނޫން… އެކަމް ދެން އެގެއަކަށް ނުދާނަން…. އައިމަންމެން އައީމަކައެއްނޫން.. އަޅުގަނޑެއްނު އެމީހުން މި ގެނައީވެސް… މިހެން މިހެދީ އަމިއްލައަކަށް ކުރެވުނު ކަމެއްގެ ސަބަބުން…. މަންމާ.. އަޅުގަނޑު ކައިރި އެގެއަށް ދާން ދެން ނުބުނާތި އަޅުގަނޑެއް ނުދާނަން….” ޒީޝަން ބުނެލިއެވެ. “އެކަމް ދަރިފުޅާ ދެން ކިހިނެއްވީތަ؟ މަންމަ ކައިރި ބުނެބަލަ އޭރުންނު އިނގޭނީ.. އައިދަން އެއްޗެއް ބުނީތަ އައިދަން އަށް އިނގޭތަ އަންނާނެކަން..؟” ލީޝާ ބުނެލީ ހާސްވެފައެވެ. ޒީޝަން ކަމެއްދަމެއް ދިމާވިޔަސް ލީޝާ ކައިރިއަކު ނުބުނާނެއެވެ. އޭނާ ބުނާނީވެސް އައިދަން ކައިރި އެކަންޏެވެ. “މަންމާ…. އައިދަން… ޕްލީސް މަންމަ އައިދަން ގެ ވާހަކަ އަޅުގަނޑު ކައިރި ނުދައްކާތި.. އައިދަން އެއްޗެއް ބުނެގެނެއްނޫނޭ ….. މިބުނީނު.. އަޅުގަނޑު އަމިއްލަ ކަމެކޭ މީ….” ޒީޝަން އެހެން ބުނެލީ ވީކަންތަށް ފޮރުވަންށެވެ. އައިދަން ކުށްވެރިވާ ކަހަލަ އެއްޗެއް ބުނާކަށް އޭނާ ބޭނުމެއްނުވެއެވެ.
“އެން އައިދަން .. އައިދަންއަށް އިނގޭނެނު އޮފީހުން އައީމަ.. އެހެންނޫނަސް މި އުއްމީދެއް ނެތް ގުޅުން ކުރިއަށް ގެންގޮސްގެން ވާނެ ފައިދާއެއް ނެތޭ މަންމާ…. އެއަށްވުރެ ރަނގަޅެއްނު ވަކިވުން.. ދެމީހުން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުން…” ޒީޝަން އިތުރުކޮށްލިއެވެ. ލީޝާ ދެލޯބޮޑުކޮށްލާފައި ޒީޝަންގެ ބޯ އޭނަގެ ކޮނޑުމަތިން ނެގިއެވެ. އަދި އެ މޫނަށް ބަލައިލިއެވެ. މޫނުމަތީވާ މައުސޫމްކަމާއި ހިތާމަ ރަނގަޅަށްވެސް ފާހަގަވާންހުއްޓެވެ. “ވަ..ވަރިވަނީތަ؟” ލީޝާ ބުނެލީ ޒީޝަންގެ މޫނުމަތީ ހިފަހައްޓާލަމުންނެވެ. ޒީޝަން ބޯޖަހާލިއެވެ. ލީޝާ ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ދެއަތް ޒީޝަންގެ މޫނުމަތިން ނަގައި އޭނާ އަނެއްފަޅި ބަލައިލިއެވެ. ފުންނޭވައެއް ދޫކޮށްލެވުނީ އޭނާއަށްވެސް ވަކި ކުރާނެކަމެއް ނޭނގުނީމައެވެ. “އެންމެންވެސް އޯކޭ ވީ ޒީޝަން މެން އުފަލުގައި އުޅޭނަމޭ އެކީ އުޅޭނަމޭ ބުނީމަ… ޒީޝަން މެންނެއްނު ކައިވެނިކުރަން ނިންމީ އެކަކުވެސް މަޖުބޫރެއްނުކުރެ..” ލީޝާ ކާރުގެ ލޯގަނޑުން ބޭރުބަލަން އިނދެ ބުނެލިއެވެ.
“މަންމާ.. ހީކުރީމޭ އުފަލުގައި އުޅެވޭނެކަމަށް… އެކަމް އެންމެންވެސް މާބޮޑަށް މި ކައިވެންޏަށް އުއްމީދުކުރަނީ އަޅުގަނޑުމެން ކައިވެނިކުރީކީ ކޮންމެހެން އެ ހުރިހާ އުއްމީދުތަކެއް ކުރުވާކަށް ނޫނޭ.. ހަމައެކަނި އެކީ އުޅެ ދެމީހުންނަށް ސަޕޯޓް ދިނުމުގެ ގޮތުން.. ކައިވެނި ކުރިޔަސް ދެމީހުންގެ މެދުގައި ހަމައޮތީ މި ވޭތުވެދިޔަ އަހަރުތަކުގައި އޮންނަ ގުޅުމޭ.. އެއްވެސް ތަފާތެއް ނުވެ ކައިވެންޏަށް ފަހުވެސް.. އެކަމް މަންމަމެން އެންމެން އުއްމީދުކުރަނީ މާ ބޮޑަށް… މި ކައިވެންޏަކީ އެކަހަލަ އުއްމީދުތަކެއް ފުރިހަމަ ކުރަން އިދީއާއި އަޅުގަނޑު ކުރި ކައިވެންޏޭއް ނޫނޭ..” ޒީޝަން ބުނެލިއެވެ. ލީޝާ ގެ ނޭވާ ހުއްޓުނުކަހަލައެވެ. އެ ބުނި އެއްޗަކުން އޭނާގެ ހިތްހުއްޓުނުފަދައެވެ. ގަބޫލުކުރަން ދަތިވިއެވެ.
“ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނުނޭ ޒީޝަން… އެވަގުތުގެ ހާލަތުގެ ސަބަބުން ކައިވެނި ކުރަން ދެމީހުން ނިންމިއެއްކަމަކު އެ ވާނީ ހަމަ ކައިވެންޏަށޭ.. އަނބި ފިރިކަމަށޭ.. ދެ ރަހުމަތްތެރިކަމަކަށް ނޫނޭ… ތިގޮތަށް ދެމީހުން ވިސްނާފަ އޮތްނަމަ ދެން ކައިވެނި ނުކުރިނަމަ… އޯކޭ ޒީޝަން… ދެން ދެމީހުން ރަނގަޅުވާނީވެސް ހަމަ ވަރިވިއްޔާ.. މި ކައިވެނި ފެށީވެސް ރަނގަޅު މަގުސަދެއްގައި ނޫންވިއްޔަ.. ކައިވެނީގެ ވެސް މަގްސަދެއްގައެއްނޫން… ދެމީހުން ހަމަ އެކީ އުޅެލަން.. އެހެން އުޅެވުނީހެއްނު ކައިވެނި ނުކޮށްވެސް.. މަންމަމެން ނުހުއްޓުވަމެއްނު.. ކައިވެނި ކުރީ ކީއްވެތަ؟؟ ކުރިން އިނގުނު ނަމަ މިކަން ވިޔަވެސް ނުދިނިސް..” ލީޝާ ބުނެލީ ޒީޝަންއާއި ދިމާ ބަލައިލަމުން ނުރުހިފައެވެ.
ޒީޝަން އިތުރަށް އެންމެ އެއްޗެއްވެސް ނުބުނެ އިސްޖަހާލައިގެން އިނީ ކުށްވެރިއެއްފަދައިންނެވެ. ގެއަށް ކާރު އައިސް ހުއްޓުމާއި އެކު ލީޝާ މަޑުކުރުމެއްނެތި ނިކުމެގެން ދިޔައެވެ. ޒީޝަން އެދިމާ ބަލަން އިނުމަށްފަހު އޭނާވެސް ނިކުމެލިއެވެ. ޑްރައިވަރު ޒީޝަންގެ ފޮށި އޭނާއާއި ހަވާލުކުރިއެވެ. ޒީޝަން ފޮށި ދަމާލާފައި އެތެރެއަށް ވަދެގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
ކޮޓަރި ތަޅުލުމަށްފަހު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. ހިފަހައްޓައިގެން ހުރި ކަރުނަތަށް އަނެއްކާވެސް ފައިބައިގެން ދިޔައެވެ. “އަމް ސޮރީ މޯމް… މި ކައިވެނި ކައިވެންޏަކަށް ވެ ނިމިއްޖެ… ދެމީހުންވެސް ކައިވެނީގެ މަގްސަދު ފުރިހަމަކުރިން އެކަމް… އެކަމް މަންމާ މިއައީ އިދީ ނުރުހޭ ކަމެއްކޮށްފަ.. އިދީ ބުނި ބަސްގަބޫލުނުކޮށް…. އިދީ ނިންމި ނިންމުމާއި ހިލާފްވެގެން…. އިދީ ބުނިހެން ޒާރާމެން އެގެއަށް ވަންނަ ދުވަހަކީ އަޅުގަނޑު ނިކުންނަ ދުވަސް.. އެކަން އެ އޮތީ ވެފަ.. އެކަމް ކިހިނެއް މިހެން ބުނާނީ.. އިދީ ކުށްވެރިކުރާނޭ…. އިދީ….” ޒީޝަން އޭނަގެ ހިތުގައި އުފެދެމުން އައި ވާހަކަތަށް ރޮމުން ރޮމުން ހިއްސާކުރީ އޭނާގެ އަމިއްލަ ނަފްސާއެވެ.
………
އައިދަންއާއި ޝިފާން އަދި އީމަންވެސް އެމީހުން އައި ކާރުގައި ގެއާއި ދިމާލަށް މިޝްރާބްޖެހިއެވެ. މިއަދު އެ ތިންމީހުންވެސް އޮފީހަށް ދިޔައީ އެއްކާރެއްގައެވެ. އޮފީހުގެ ބައެއް މުހިންމު ކަންތަށް ނިންމަން ޖެހިފައިވާތީ ކާރުގައި އިނދެގެން އެކަން މަޝްވަރާކޮށްލަންށެވެ. އެކަކަށްވެސް ގޭގައި ވެގެން އުޅޭކަމެއްގެ ހަބަރެއް ދަބަރެއްނުވެއެވެ. ކާރުއައިސް ޕާކްކޮށްލުމަށްފަހު ތިންމީހުން އެތެރެއަށްވަނީ އެކުއެކީގައެވެ. ސޯފާގައި ތިބި ސަމީމާއާއި ލުހާ ކޮޅަށް ތެދުވެލިއެވެ. މޫނުމަތީ ވަނީ ނުތަވަސްކަމެވެ. އައިދަން އެންމެ ފުރަތަމަވެސް ހޯދާލީ ޒީޝަންއެވެ. ޒީޝަން ސިޓިންގް ރޫމް އިން ފެންނަން ނެތުމުން ވާނީ ކޮޓަރީގަ ކަން އޭނާ ހިތާހިތުން ބުނެލިއެވެ. ސަމިމާ މެންނަށް ހިނިތުންވެލުމަށްފަހު އައިދަން މައްޗަށް އަރައިގެން ދިޔައެވެ. އީމާންވެސް ލުހާ އާއި ދިމާ ބަލައިލުމަށްފަހު ސިޑިއާއި ދިމާލަށް ދިޔައިރު ޝިފާންވެސް ކޮޓަރިއާއި ދިމަލަށް ދިޔައެވެ. “މަޑުކޮށްބަލަ ޝިފާން އައިދަން އީމާން…” ސަމީމާ ބުނެލިއެވެ. އެއާއެކު ތިންމީހުންގެ ފިޔަވަޅު ހުއްޓި ސަމީމާއާއި ދިމާ ބަލައިލިއެވެ. ސަމީމާ ބޮލުގެ އިޝާރާތުން އައުމަށް އެދެމުން އެމީހުން ސޯފާއާއި ދިމާލަށް ދިޔައެވެ.
ސަމީމާ ލުހާއާއި ދިމާ ބަލައިލިއެވެ. ލުހާ ހާސްވެފައި ދެއަތް ދެއަތާއި މޮޑެންފެށިއެވެ. އީމާން އާއި ދިމާ ލުހާ ބަލައިލުމުން އީމާން އިޝާރާތުން ކިހިނެއްވީތޯ ސުވާލުކުރުމުން ލުހާ އިސްޖަހާލިއެވެ.
“އިށީނދެބަލަ ތިން މީހުންވެސް… އެބަ އަންނަން އިނގޭ..” ސަމީމާ އެހެން ބުނެލުމަށްފަހު ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ތިންމީހުންގެ މޫނުމަތީ ވަނީ ސުވާލުމާކެކެވެ. ހާއްސަކޮށް އައިދަންއެވެ. ސަމީމާ މައްޗަށް އަރައިގެން ދިޔުމުން ޒީޝަން އާއި މެދު ސުވާލުއުފެދުނެވެ. އޭނާ ފެންނަންވެސް ނެތެވެ. އިރުކޮޅަކުން ސަމީމާ ފައިބައިގެން އައި އަޑާއެކު އެންމެން އެދިމާލަށް ބަލައިލިއެވެ. ހަމައެއާއިއެކު ދެލޯ ބޮޑުވެފައި ސޯފާއިން ތެދުވެވުނެވެ. އެމީހުންގެ ލޮލުކުރިމައްޗަށް މި ފެންނަ މަންޒަރަކީ ހަޤީޤަތްބާއޭ ހިތަށްއަރާ ހާލުގައެވެ. އައިދަން ފަހަތަށް ޖެހެލެވުނެވެ. “ޒީޝީ… ޒީޝީ… ޑޭމް..” ހިތާހިތުން އެހެން ބުނެލިއެވެ. ޝިފާން އަށް ސަމީމާގެ އަތުގައި އޮތް ކުޑަ ކުޑަ ކުއްޖާ ފެނުނެވެ. އެއަށްފަހު ޒާރާއަށާއި އައިމަންއަށް ބަލައިލިއެވެ.
“އަ.އައިމަން….” ޝިފާންއަށް ބުނެލެވުނު އިރު ދެލޮލުގައި ވަނީ ކަރުނައެވެ. ސަމީމާ އައިމަން ކައިރި ބައްޕަ ކައިރިއަށް ދާން އެދުނެވެ. އައިމަން ނުތަވަސްވެފައި ހުރެ ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ޝިފާން ކައިރިއަށް ދިޔައެވެ. “ބައްޕާ… އަޅުގަނޑަށް.. މާފްކުރާނަންތޯ؟” އައިމަން އަހާލީ އިސްޖަހާލާފައެވެ. ޝިފާން އޭނަގެ މޫނުމައްޗަށް ނުރުހުން ވުން ގެނައެވެ. “ބައްޕަ އޭ ކިޔާއިރު… ދޫކޮށްލާފަ ދިޔައިރު އެ ބައްޕައަކަށް ވާނެގޮތެއް އައިމަން އަކަށް ނޭނގޭތަ… ބައްޕަ ހިތުން ރުހުމުން ބޭނުންވާ ކަންތަށް ކޮށްދިނީހޭ އެހެން ނުހެދިއެއްކަމަކު..” ޝިފާން ބުނެލިއެވެ. “ޝިފާން!! ކުޑައިރުވެސް އައިމަން ކުށެއްކޮށްލާއިރަށް އެންމެ ފަސޭހައިން އެކަން ހަނދާން ނައްތާލަނީ ޝިފާން… އެއީ އެމީހުންނަށް ކުރެވުނު ކުށެއްކަމަށް ބަލައި މާފްކުރަންވީނު.. އެއީ ވެ ނިމިފަ އޮތްކަމެއް ދެން އެކަން ބަދަލެއް ނުކުރެވޭނެއެއްނު… ޝިފާން ބަލާބަލަ… ޒީދަން… ކާފައަކަށް ވީ އޭ ޝިފާން..” ސަމީމާ އެމީހުންނާއި ކައިރިވެލަމުން ބުނެލިއެވެ. ޝިފާން ސަމީމާގެ އަތުގައި އޮތް ޒީދަންއަށް ބަލައިލިއެވެ. އެއަށްފަހު އައިމަންއަށް ބަލައިލާ އައިމަންގެ ގައިގާ ބައްދާލިއެވެ. “ދެން އެހެން ނުހަދައްޗޭ އައިމަން…!” ޝިފާން ބުނެލިއެވެ. އޭނާގެ ރުޅި މުޅިން ފިލައިގެން ދިޔައެވެ. ޝިފާން އޭނާގެ އަތް ދުރުގައި ހުރި ޒާރާއަށް ދިއްކޮށްލުމުން ޒާރާ ދުވެފައި އައިސް ޝިފާންގެ އަތުތެރެއަށް ވަނެވެ. ޝިފާން އެދެމީހުންގެ ގައިގާ ބައްދާލައިގެން ހުރީ ހިތުން ރުހުމުން މާފްކޮށްގެންނެވެ.
ސަމީމާ އަތުން އޭނާގެ ފުރަތަމަ ކާފަ ދަރި ނަގައި އޭނާގެ ކޮލުގައި ފިރުމާލިއެވެ. އީމާން ކައިރިއަށް އައިމަން ޖެހިލާ އޭނަގެ ގައިގާ ބައްދާލިއެވެ. “އަމް ސޮރީ ދޮންބޭ..” އީމާން ކައިރި އައިމަން ބުނެލުމުން ހިނިތުންވުމަކާއި އެކު އޭނާ މާފްކުރިއެވެ. އައިދަން ހުރީ ގަބޫލުނުކުރެވިފައެވެ. އެހާއަވަހަށް އެމީހުން ޒީޝަންގެ ހިތާމަ ހަނދާންނެތުނީތީއެވެ. އެމީހުން ކުރިކަންތަށް ހަނދާންނެތުނީތީއެވެ. މި އެންމެން މާފްކުރިޔަސް އައިދަން ނުކުރާނެއެވެ. އީމާން އައިދަންއަށް ބަލައިލުމަށްފަހު އައިދަން ކައިރިއަށް ޖެހިލިއެވެ. އެއާއި އެކު އައިދަން ހުރިތާ ހުރުމަށް އިޝާރާތްކޮށްލިއެވެ. “މި އެންމެން މާފްކުރިޔަސް ދުވަހަކުވެސް އައިމަންއަކަށެއް މާފެއްނުކުރާނަން… ދުވަހަކުވެސް…” އައިދަން އެހެން ބުނެލުމަށްފަހު ޒާރާއަށް ބަލައިލިއެވެ. އަދި އެތަނުން ދާން ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ. “ޒީޝީ.. ޒީޝީއަށް މިގުޅުން މުހިންމު ނުންކަން މިހާރު އިނގިއްޖެ….” އައިދަން ބުނެލިއިރު އޭނާ ހުރީ ވަރަށް ރުޅިއައިއްސައެވެ. ޒީޝަން އަށް އެއްޗެހި ކިޔާލަން އޭނަ ހުރީ ބޭނުންވެފައި ކަމުން ކޮޓަރިއާއި ދިމާލަށް ދިޔައީ ވަރަށް ހަރުކޮށްހިނގާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Enjoy 🙂 tomorrow night iny last part.. 🙂 so c u tomorrow night in sha Allah.. tc 😉
hey ryn koba tha esfiya chat room? miharu login nuvevdy
Yeyy me first… It v v v nice love the story❤️❤️
Alhe haadha reehchey. Waiting n waiting for next part
wow …hadha reechey 🙂
Wow Ryn.. Sarah nice.. Alhe emme fahu part kiyaalaa hithun hurevenee kee vx noon.. Upload it soon.. Love your stories..
Ryn ge vaahaka thakuga maa drama gandu body kyve… plx improve that part… u are a wonderful writer…
Mashah ves faahaga kurevey kameh thee..
vaahaka ehga viyyaa drama vs bwduvaanethaa dhw dhn….
Nuwaane…. dramatic vegen over vaa varu v ma eyah kiyany drama body ey… plx improve ryn…
Mihaa reeti vaahakaeh haada avahakah ti nimmaalanee
Alhey can’t wait 4 tomorow night…. Plz tomorow up kolladheee
Alhey haadha kurey kiyaa hithun indhanimenyves v rythi mi stry avahah up kolladhybala
VARA REEETHI…LOVE IT..
mi vaaha adhi nimaalaaka nuvey….mi vuren digu kon genaisdheveyne adhi plxx mi haa reethi vahaka eh ehha avaha nimaanulaaa plx
Thi my akaa you akaa ss aa angamadu kohgen thibebah…drama bai bodey kiyaafa hama anga lavaehnun..amilla ah liyegen vaahaka kiyaabah…hajam pleeeex????
luv it… ryn ur the best… ryn ge hurihaa vaahaka thakeh vex varah salhi… eh faharu kiyaa fihyaa dhen next part up vandhen vex keh nukurevey ?
Kobaa tha reeeen….can’t waitttt
VVVVVVVVVVVVVVVVV reethi mibaivas….
Waiting……
Dhn puleeeeeeesh avaaaaaaasssssss