Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން.. 8

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 11, 2016 7 Mins Read
12 Comments

“އެކަމް އެ ހުރިހާ ކަމެއް ޒީޝީ ކީއްވެތަ…. ގޯޑް ޒީޝީ ހިތަށް އަރާ ޒީޝީ މޮޔަކަމުން ގޮސް….” އައިދަން ބުނެލީ ގޮށްމުއްކަވާލަމުންނެވެ. ޒީޝަން އައިދަންއާއި ދުރަށްޖެހިލާ އައިދަންގެ މޫނަށް ބަލައިލިއެވެ. “މޮ..މޮޔަކަމުން ގޮސް؟” ޒީޝަން ބުނެލީ ކަރުނަފޮހެލަމުންނެވެ. ރީތި މޫނުމަތީގައިވަނީ ކަރުނައިގެ ރޮނގެވެ. ނޭފަތްކައިރި ރަތްވެފައެވެ. އައިދަން އަށް ޒީޝަން ގެ މޮޔަކަމާއި މެދު ހިނިއަންނަގޮތްވިއެވެ. “މޮޔަކަމުން ގޮސް…..” އައިދަން ބުނެލިއެވެ. “މޮޔަކަމުން ގޮސް..؟؟” އަނެއްކާވެސް ޒީޝަން ބުނެލިއެވެ. “މޮޔަކަމުން ގޮސް..” އައިދަން އެހެން ބުނެލުމަށްފަހު ޒީޝަންގެ މޫނާއި ކުއްލިއަކަށް ކައިރިވެލާ ތުންފަތުގައި ބޮސްދިނެވެ. އިރުކޮޅަކަށް ދެމިގެންދިޔަ އެ ވަގުތުކޮޅު މެދުކަނޑާލީ ޒީޝަންއެވެ. ޒީޝަން މޫނުފޮހެލަމުން އައިދަންއަށް ފަސްދިނެވެ. “ދެން މޮޔަނުވައްޗޭ އެހެންނޫނީ އެހެން ހަދާނަން..” ޒީޝަންގެ އަތުގައި ހިފާލަމުން އައިދަން ބުނެލިއެވެ. ޒީޝަން ހިނިތުންވެލިއެވެ. “އެކަމްވެސް އިދީ..” ޒީޝަން އެހެން ބުނެލުމަށްފަހު އައިދަންގެ ގައިގާ ބައްދާލިއެވެ. “ދެން ކަމެއްވިޔަސް ބުނާނީ.. ކިތަންމެ ބިރުދެއްކިޔަސް ބުނާތި އިނގޭ… އެންމެންވެސް އިދީވެސް ދެރަވާނެ ދޯ އެހެން ކަންތަށް ވަންޏާ އަދި އިދީ އެންމެ ލޯ……….” އައިދަން ހުއްޓާލިއެވެ. އަދި އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. “އިދީ އޭނާ އަންނާނެތަ އަދި؟” ޒީޝަން ބުނެލިއެވެ. ޒީޝަން ގެ ހިތުން އަދިވެސް ބިރުނުފިލައެވެ.

“ދެން އަޔަސް ކަމެއްނުކުރެވޭނެ އިނގޭ…. ޒީޝީ ދެން ބިރުނުގަންނާތި… ބިރުގަންނަންޏާ ކުރިމަތީ ބިރުދައްކަންހުރި މީހާއަށް ލިބޭނީ ހިތްވަރެއް…” އައިދަން ބުނެލިއެވެ. ޒީޝަން ބޯޖަހާލަމުން އައިދަންއާއި ދުރަށްޖެހިލިއެވެ. “އޭނަ… ކަމެއް ކުރި….” ނާހަންއިނދެފައިވެސް އައިދަން އަހާލިއެވެ. ޒީޝަން އިސްޖަހާލިއެވެ. އައިދަން އަނެއްކާވެސް ސުވާލުތަކުރާރުކޮށްލުމުން ޒީޝަން ވީ ހުރިހާ ކަންތަށް ކިޔައިދިނެވެ. އެ އަޑުއަހާފައި އަނެއްކާވެސް އައިދަން ޒީޝަންގެ ގައިގާ ބައްދާލިއެވެ.

“ދެން ޕްރޮމިސް އެއްވެސް ކަމެއްވިޔަސް ނުފޮރުވަން؟” އައިދަން ބުނެލުމުން ޒީޝަން ޕްރޮމިސް އޭ ބުނެލިއެވެ. ސަމީމާ މީހަކު ގޮވައިގެން އައިސް ދޮރު ހަދަން އުޅުމުން އައިދަންމެން ނިކުތީ ބެލްކަނިއަށެވެ. “އިދީ… އިދީ އެކަމް ހާފިޒްއަށް މާ ޓްރަސްޓްކުރަމެއްނު” ޒީޝަން ބުނެލީ ކުރިމަތިން ފެންނަންހުރި އިމާރާތްތަކަށް ބަލާލަމުންނެވެ. “ނޮޓް މޯރ ދެން ޔޫ… ޒީޝީ އެންމެ ފަހަރަކުވެސް ބުނެލިނަމަ އެވަގުތުން އެވަގުތު މިތަނުން ނެރެލިސް.. ސުވާލެއް ޖަވާބެއްވެސް އެއްވެސް އެއްޗެއްނާހަ..” އައިދަން ބުނެލުމުން ޒީޝަން ހިނިތުންވެލިއެވެ. އައިދަން ޒީޝަންއާއި ކައިރިވެލައިގެން ޒީޝަން ހިތްހަމަޖައްސުވަން ފެށިއެވެ.

ދޮރުމަތީ ހުރި ސަމީމާގެ މޫނުމަތީވަނީ ހިނިތުންވުމެވެ. ތަޤުދީރުގައި އޮތްކަމެއް ބަދަލެއްނުވާނެއެވެ. ހަމައެހެންމެ ސަމީމާމެން ކިތަންމެ ރޭވިއެއްކަމަކު ތަޤުދީރުގައި ރޭވިފައިވާ ގޮތަށް އެމީހުން އެ ގުޅުނީއެވެ. އިރާދަކުރެއްވިއްޔާ އެދެމީހުން ދުވަހަކުވެސް ވަތްކެއްނުވާނެއެވެ.

……..

ރޭގަނޑެވެ.

ޒީޝަން ފޯނުން އޭނަގެ މަންމައާއި ވާހަކަދައްކަންއިނެވެ. ހިނގި ހުރިހާ ކަމެއް ސިއްރުކުރަމުން ޒީޝަން ވާހަކަދެއްކީ ހިނިތުންވުމަކާއިއެކުގައެވެ. ކުއްލިއަކަށް ދޮރުހުޅުވުމުން ޒީޝަން ސިހުނެއްކަމަކު އެތެރެއަށްވަދެ ތަޅުލި އައިދަން ފެނި ހަމަޖެހެވުނެވެ. ޒީޝަން ހިތްހަމަޖެހިފައި އިނަސް އަދިވެސް ބިރުގަނެއެވެ. އެބިރު އޭނާގެ ހިތުން ނެރެލަންޖެހެއެވެ. އައިދަން ގޮސް އެނދުމަތީ އިށީނދެލިއެވެ. ޒީޝަން ފޯނު ކުރުކޮށްލަމުން ފޯނު ބޭއްވީ ބާއްޖަވެރި ރެއަކަށް އެދެމުންނެވެ. ޒީޝަން އަވަސް އަވަހަށް ނިދަން އޮވެލިއެވެ. އައިދަން ފެނުމާއި އެކު އައިދަންއާއި އެކު ހޭދަވި އެ ކުޑަ ކުޑަ ވަގުތުކޮޅު ހަނދާންވެ ޒީޝަން ލަދުގަތީއެވެ. “ޒީޝީ….” އައިދަން ވެސް އޮށޯވެލަމުން ގޮވާލިއެވެ. މެދުގައި އޮތް ބެއަރ އާއި އައިދަން ކުޅެލިއެވެ. “މިރޭވެސް ހުވަފެނެއް ފެންނާތި އިނގޭ.. އޭރުން ކައިރި އޮވެވޭނީ…” އައިދަން ބުނެލިއެވެ. ޒީޝަން ލޯ ހަނިކޮށްލިއެވެ. “ހާދަ ގޯހޭ..” ޒީޝަން ބުނެލިއެވެ.

އައިދަން ހޭންފެށިއެވެ. “އަސްލުވެސް އޭ.. ރޭ ވަރަށް ސަޅިކޮށް ނިދުނު ދެން…” އައިދަން ބުނެލިއެވެ. ޒީޝަން އައިދަންއާއި ދިމާލަށް އެނބުރި އޮވެ އޭނާގެ ޓެޑީބެއަރ ނަގައި އެއްފަޅިއަކަށް އެއްލާލިއެވެ. އަދި މެދުގައި އޮތް ބާލިސްވެސް އެނދުގެ އެއްފަޅިއަކަށް ލާފައި އައިދަންއާއި ދިމާލަށް ޖެހިލިއެވެ. އައިދަން ހިނިތުންވެލަމުން ޒީޝަންގެ އިސްތަށިކޮޅު މޫނުމަތިން އެއްފަރާތްކޮށްލިއެވެ.
“ހިތަށްއަރާ މިތަންކޮޅު ބުރިކޮށްލަންވިއްޔޭ…” އެ އިސްތަށިކޮޅާކުޅެމުން އައިދަން ބުނެލިއެވެ. “ދެން އިދީ..އަސްލުވެސް ނޫޅެން ދެން” ޒީޝަން އެހެން ބުނެލުމަށްފަހު އަނެއްފަޅިއަށް އެނބުރެންއުޅުނެވެ. ނަމަވެސް އައިދަން ޒީޝަންގެ ހަށިގަނޑުގައި ހިފަހައްޓާލައިފައި އޭނާއާއި އިތުރަށް ކައިރިކޮށްލިއެވެ. “ދެން ދާންއުޅުނަސް ނުކެރޭނެ ދާކަށް..” އައިދަން ބުނެލީ ޒީޝަންގެނެސް މެޔާއިލާ ބޮނޑިކޮށްލަމުންނެވެ. އެ ތަނަވަސްމޭގައި ޒީޝަން މޫނުފޮރުވާލިއެވެ. “ނޫޅެން ދާކަށްވެސް…” ޒީޝަން ބުނެލިއެވެ. އޭނާގެ ހޫނުނޭވައި އައިދަންގެ މެޔަށް އެޅެމުން ދިޔައިރު އޭނާއަށް ކުރީ ތަފާތު އިހްސާސްއެކެވެ. “ނުވެސް ދެވޭނެ..” އައިދަން ބުނެލިއެވެ.

ޒީޝަން ހިނިތުންވެލިއެވެ. “މިހާރުވެސް ދެވިދާނެ ދާންބޭނުންނަމަ..” އައިދަން ކައިރި ޒީޝަން ބުނެލިއެވެ. “ދެވިދާނެ އެކަމް ދެންމެވެސް ވީގޮތަށް އަނބުރާ އަންނަންޖެހޭނީ ހަމަ މިތަނަށް..” އައިދަން ބުނެލިއެވެ. އަދި ޒީޝަންގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

2 ހަފްތާ ފަސް…

ދުވަސްތަށް ދަނީ އެގޮތަށެވެ. ދެމީހުންގެ މެދުގައި އެކަކު އަނެކަކަށްޓަކައި ލޯބި އުފެދިގެން ދިޔައެވެ. ނަމަވެސް އެކަކުވެސް އެވާހަކައެއްނުބުނެއެވެ. އަމަލުން އެކަން ދައްކަމުން ދިޔައެއްކަމަކު އެކަން އަނެކާ ކުރިމަތީ ބުނާކަށް ބޭނުމެއްނުވެއެވެ. ކައިވެންޏަށް އަހަރެއްވީ ފަހުން ދެމީހުންވެސް ކައިވެނީގެ ފުރަތަމަ ހަރުފަތް ގިރާކޮށްލިއެވެ.

އެއްރެއެކެވެ. އައިދަން ބޭރަށް ގޮއްސަ އާއިރު ޒީޝަން އަށް އޮތީ ނިދިފައެވެ. އޮތްގޮތުން އެ ނިދުނީ އައިދަން އަންނަންދެން އޮއްވާކަން އެނގި އައިދަންއަށް ހިނިތުންވެލެވުނެވެ. ފެންވަރާލައިގެން ހަމައެކަނި ސޯޓެއް ލައިގެން އައިސް ޒީޝަން އަށް ގޮވާލިއެވެ. ޒީޝަން ދެލޯ ހުޅުވާލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ. ކުރިމަތީ ހުރި އައިދަން ފެނި ހިނިތުންވެލިއެވެ. އައިދަންވެސް ހިނިތުންވެލަމުން ޒީޝަން ކައިރިއަށް އަރާ އިށީނދެލިއެވެ. “ޒީޝީ… ވާހަކައެއް ބުނަންވެއްޖޭ…” އައިދަން ބުނެލީ ޒީޝަންގެ އަތުގައި ހިފާލަމުންނެވެ. ޒީޝަންވެސް އެނދުގައި ލައްގަނެލަމުން އޭނާގެ ސަމާލުކަން އައިދަންއަށް ދިނެވެ. ނަމަވެސް ސިހިފައި ކަބަޑުމަތީ އޮތް ފޯނަށް ބަލައިލެވުނީ ރިންގް ވާތީއެވެ. ޒީޝަން ފޯނު ބަލާލި އިރު އެއީ ނުދަންނަ ނަމްބަރެކެވެ. މިގަޑީގައި އެ ގުޅީ ކާކުބާއޭ ހިތާ ޒީޝަން ފޯނު ނެގިއެވެ.

“ހަ..ހަލޯ… ޒީ..” އެކޮޅުން ބުނެލިއެވެ. އެއަޑު އިވި ޒީޝަން އަށް ހިންދިރުވާލެވުނެވެ. ގަނޑުވެފައި އޭނާއަށް އިނދެވުނެވެ. އޭނާގެ ހިތްވެސް ތެޅެމުން ދިޔައީ އިންތިހާއަށެވެ. އެއީ ހަމަ އެއަޑުކަން އޭނާއަށް ޔަޤީނެވެ. “އަ…އަ..އައިމް…..”ޒީޝަންއަށް ބުނެލެވުނީ އަނގަމަތީ އަތްއަޅާލަމުންނެވެ. އޭރު ދެލޯ ފުރިގެން ކަރުނަތަށް އަންނަންފެށިއެވެ. އެ ނަން އިވުމާއި އެކު ޒީޝަންއާއި ދިމާލަށް އައިދަން ބަލައިލީ ގަބޫލުކުރަން އުނދަގޫވެފައި ހުރެއެވެ. ޒީޝަންއަށް ވީގޮތް ފެނި އައިދަންއަށް އުނދަގޫވިއެވެ. ޒީޝަންގެ ހިތުގައި އައިމަންއަށް އޮތްޖާގައިގެ ބޮޑުކަން އަދިވެސް އިހްސާސްކޮށްލެވުނެވެ.

ޒީޝަން އެއްޗެއް ނުބުނެ އަނގަމަތީ އަތްއަޅައިގެން އިނދެރޮމުން ދިޔައެވެ. އެކޮޅުން އެއްޗެއް ނުބުނެއެވެ. “ދޮ..ދޮންތީ…..” އިރުކޮޅަކުން އިވިގެން ދިޔައީ ޒާރާގެ އަޑެވެ. އެއާއި އެކު ޒީޝަންއަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. އައިދަންއަށް އުނދަގޫވެގެން ފޯނު ޒީޝަންގެ އަތުން ނެގިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. “ދޮން..ދޮންތީ…” ޒާރާ އަނެއްކާވެސް ގޮވާލިއެވެ. އޭނާގެ އަޑުގައިވަނީ ތުރުތުރެކެވެ. ޒާރާވެސް ރޮނީ ކަންނޭނގެއެވެ. އައިދަންއަށް އެއަޑުއިވުމާއި އެކު ޒީޝަންއަށް ބަލައިލެވުނެވެ. ކުރިން ކިތަންމެ އެއަޑުއަހާ ހިތްވިއެއްކަމަކު މިއަދު އެ އަޑު އިވުމުން އައިދަން އަށް އާދެވުނީ ރުޅިއެވެ. “މިއަދު…. މިއަދު ކުއްލިއަކަށް ދޮންތިއެއް ހުރިކަން ހަނދާންވީ ކިހިނެއް؟” އައިދަން ބުނެލިއެވެ. “އައިދަން.. އައިމް!!! އައިދަން…” އެކޮޅުން ބުނެލި އަޑުއިވުނެވެ. އައިދަން ދެބުމަ ގޮށްޖަހާލިއެވެ.

“އައިދަން….؟” އައިމަން ގޮވާލިއަޑުއިވުނެވެ. އައިދަންއަށް އެ އަޑުން އުނދަގޫވިއެވެ. މޫނު ފޮރުވާލައިގެން ރޯން އިން ޒީޝަންއަށް ބަލައިލެވުނެވެ.

“ޕްލީސް އައިމް.. އައިމަން.. މިހާރު ކޯޗެއް ހަނދާންވެގެން ތިގުޅީ؟ ކޮންޓެކްޓެއް ބާއްވަން އުޅެނީ؟ ކުރިންވެސް އެންމެ ފަހަރަކު ބުނެލިނަމަ ތި ދެމީހުން އުފަލާއި އެކު ގުޅުވައިދިނީމުސް.. އޭރުންވެސް ކިހާ ގުޅިގެން އުޅެވުނިސް.. އެކަމް ތިމީހުންނެއްނޫންތަ ދިޔައީ ހުރިހާ ގުޅުމެއް ކަނޑާލާފަ.. މި އެންމެން އެއްވެސް ބަޔަކަށް ނުހަދަ… ސޯ ޕްލީސް މިއަދު ދެން ގުޅާނެކަމެއްނެތް…” އައިދަން އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލީ އެކޮޅުން ބުނާ އެއްޗެއް އަޑުވެސް ނާހައެވެ. އައިދަން ފުން ނޭވައެއް ދޫކޮށްލާ އިސްޖަހާލިއެވެ. ޒީޝަން ރޯން އިންތަން ފެނުމުން އައިދަންއަށް އުނދަގޫވިއެވެ. އައިދަންއަށް ޒީޝަން ދެކެ ލޯބިވެވުނަސް ޒާރާ މަތިން ހަނދާންނައްތާލެވުނަސް ޒީޝަންއަށް އެކަން ނުވާކަމެވެ. އަދިވެސް ހިތުގައި ދެގޮތެއް ނުވެ ވަނީ އައިމަންގެ ލޯތްބި ކަންނޭނގެއެވެ.

“ޒީޝީ؟؟” އައިދަން ޒީޝަންގެ ކޮނޑުގައި ހިފާލަމުން ކުޑަކޮށް ގާތްކޮށްލާ ބުނެލިއެވެ. ކުއްލިއަކަށް އަނެއްކާވެސް ޒީޝަންގެ ފޯނަށް ބަލައިލެވުނީ މެސެޖެއް އައިސްގެންނެވެ. އެއީ ވައިބާއަށް އައި މެސެޖެއްކަމުން އައިދަން އެ ހުޅުވާލިއެވެ. އެއީ ޒާރާމެން ގުޅި ނަމްބަރެވެ. ޒީޝަން އަށް ބަލާލަމުން މެސެޖް ހުޅުވާލި އިރު އެއީ ފޮޓޮއެކެވެ. އެ ފޮޓޯ ލޯޑް ވުމާއި އެކު އައިދަން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެ ފޮޓޯގަނޑަުގައި އިން ނަމަށް އައިދަން ބަލައިލިއެވެ. “ޒީ…ޒީދަން..” އައިދަން ބުނެލިއެވެ. ޒީޝަން އައިދަން އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. “އައިދަން… ދޮންތީ.. މީޓް ޒީދަން… 7 ދުވަސް ވީ ކިރިޔާ.. އެން ހިއިޒް ނޭމް އިޒް ޒީދަން…. (ޒީޝަން ޕްލަސް އައިދަން).. ކޮޒް ޔޫ ބޯތް އާރ ވެރީ ސްޕެޝަލް ފޯރ އަސް… ކަންތަށް ކިތަންމެ ގޯސްކޮށް ވެގެން ދިޔަޔަސް…. ކިތަންމެ ގޯސް ނިންމުމެއް ނިންމުނަސް ޔޫ ބޯތް އާރ ސްޕެޝަލް އެން ވިލް އޯސްވޭސް ރިމެއިން..  ސޮރީ ދޮންތީ.. އައިދަން….” އައިދަން އެ މެސެޖް ކިޔާލިއެވެ. ޒީޝަން އައިދަން އަށް ބަލައިލިއެވެ. އެ ބެލުމުގައި ވާ މާނަ އައިދަންއަށް ނަގައިގަނެވުނެވެ.

“ނޯ ޒީޝީ… ޑޯންޓް އިވެން ޑެއަރ ތިހެން ވިސްނަންވެސް…އަސްލުވެސް ޒީޝީ އެމީހުންނާއި ގުޅުން ބާއްވައިފިއްޔާ ޑޫ ތިންކް އަބައުޓް އަސް.. ކޮޒް ސީރިއަސްކޮން މިބުނީ މި ގުޅުމަށް އެފެކްޓް ކުރާ ވަރު ކަމެއް އެއީ…ޒީޝީ އަށް އެދެމީހުން ހެދި ގޮތް ރަނގަޅެއްނޫން… ޒީޝީއަށް އިނގޭތަ އަދިވެސް ސިފަވޭ ޒީޝީއަށް ވީ ވަރު.. ޒީޝީ އެ ދުވަސްކޮޅު މަތިން އެންމެ މެސެޖްއެއް ފެނިގެން ހަނދާން ނެތުނަސް އައި ކާންޓް ކޯޒް ޔޫ ސަފަރޑް އިންފްރޮންޓް އޮފް މީ.. އެހެންނޫނަސް ދެން ކުއްލިއަކަށް އައިސް އެހެން ކިޔާފަ ކީއްކުރަން؟ ތިކަން ހަނދާން ނައްތާލާ އަދި ބުނަން ޒީޝީ އެމީހުން މާފުކުރިޔަސް  އެހެން މީހެއް ނުކުރާނެ… ސޯ ޕްލީސް ރަނގަޅީ އެކަން ޒީޝީ ގެވެސް ސިކުނޑިއަށް ލާފަ ބޭންދިއްޔާ އެން ސިކުނޑިން ތި ހިޔާލުވެސް ނެރެލިއްޔާ.” އައިދަން އެހެން ބުނެލުމަށްފަހު އެނދުގައި އޮށޯވެލާ ޒީޝަންއާއި ދުރަށް ވާގޮތަށް އެނބުރި އޮތެވެ. އޭނާވެސް އެމީހުންނާއި ވާހަކަދައްކަން ބޭނުންވެއެވެ. ކިތަންމެ ކަމެއްވިޔަސް އެއީ އޭނާގެ ބޭބެއާއި ބޭބެގެ އަންހެނުންނެވެ. އަދި އޭނަގެ މަންމައަށާއި ބައްޕައަށް އެންމެ ފުރަތަމަ މާމައާއި ކާފަ ކީ ކުއްޖާއެވެ. އާއިލާގެ ދަރިއެކެވެ. ނަމަވެސް އެމީހުންގެ ނަން އަޑުއިވުނަސް އައިދަންގެ ލޮލުކުރިމައްޗަށް ފެންނަނީ ޒީޝަން ރުއި ވަރެވެ. އޭނާ ބަރުދާސްތުކުރި ހިތްދަތި ދިރިއުޅުމެވެ. ކައިވެންޏަށްފަހުވެސް ފުރަތަމަ 5 މަސް ޒީޝަން ޑިޕްރެސް ވާތީވެ އުޅުނު ގޮތެވެ.

ޒީޝަން އޭނާގެ ފޯނަށް ބަލައިލުމަށްފަހު އެނބުރި އޮތް އައިދަންއަށް ބަލައިލިއެވެ. “އިދީ… މި ގުޅުން ކެނޑުނަސް… އެ ދެމީހުންގެ ހައްޤު ހޯދައިދެން ބޭނުންވޭ.. އެން ސްޕެޝަލީ ބޭބީ… އޭނާގެ ދެފަރާތު މާމަ ކާފަ ތިއްބަސް ނުއެއް ލިބޭނެ… އައި ވޯންޓް ގިވް ހިމް އެ ހުރިހާ އުފާ.. މިގޭ ކުއްޖަކަށް ލިބެންޖެހޭ.. އެން ޒީދަން އަކީ މިގޭ ކުއްޖެއް.. މިގެއަށް ލިބުނު ފުރަތަމަ ބޭބީ.. މާމަކާފަ ކީ ބޭބީ…. ކޮޒް އޮފް މީ ޔޫ ކާންޓް ލީވް ދެމް…އައި ވިލް ޑޫ ދެޓް އިދީ… މި ގުޅުމަށްވުރެ އެމީހުން މުހިންމު.. ދޭ ހޭވް އަ  ބޭބީ.. އެން ދޭ ލަވް އީޗް އަދަރ.. އެން ވީ…ވީ ޑޯންޓް ލަވް….. ވީ ޑޯންޓް ހޭވް އަ ލައިފް ޓުގެދަރ ސޯ ބެޓަރ ޓު އެންޑް ދިސް..” ޒީޝަން ހިތާހިތުން އެހެން ބުނެލިއެވެ.

އެއަށްފަހު އޭނާވެސް ނިދަން އޮވެލީ ހިތުން އެތަކެއް އަޒުމްތަކެއް ކަނޑައަޅައިގެންނެވެ.

ހެނދުނު އައިދަން އޮފީހަށް ދާން ތެދުވިއެވެ. އާދައިގެ މަތިން އޭނާ ތެދުވާންވާއިރަށް ޒީޝަން ތެދުވެގެން އައިދަން ލާނެ އެއްޗެހި ނަގައިދީފައި ބަދިގެއަށް ދިޔައެވެ. ސައިހެދުމައިގެން ޒީޝަން އުޅެނިކޮށް ސަމީމާއައެވެ. އަދި އޭނާވެސް ޒީޝަންއަށް އެހީވެދިނުމުގައި އުޅުނެވެ.

އައިދަން ސައިބޯން ފޭބިއިރު ޒީޝަން އުޅެނީ ބަދިގޭގައެވެ. މާ ބޮޑުއެއްޗެކޭ ނުބުނެ އޭނާވެސް ކާންއެރިއެވެ. ޝިފާންއާއި އީމާންވެސް އަދި ލުހާވެސް އައިސް އިށީނދެލިއެވެ.

“ޒީ ދަރިފުޅާ އާދޭ ސައިބޯން…” ސަމީމާ އިށީނދެލަމުންބުނެލިއެވެ. “ނޫން މަންމާ އަޅުގަނޑު ފަހުން ކާނަން..” ޒީޝަން ބުނެލީ ބަދިގެތެރޭ ހުރެ ތަންކޮޅެއް ބާރަށެވެ. “މިއަދު ކީއްކުރަނީ ޒީ ކާން ނައިސް؟ މާ ބޮޑު އެއްޗެއް ކައްކަނީތަ؟” ޝިފާން އަހާލީ ސަމީމާ ކައިރިއެވެ. “ނޫން އާއިރު އޭނާ ހަމަ އެތާ ހުރީ… ޒީ… ކޯޗެއް ހަދަނީ ތި؟ ކައިގެންވެސް ހެދޭނޭ..” ސަމީމާ ޝިފާންއަށް ޖަވާބު ދެމުން ޒީޝަން އާއި މުހާތަބުކޮށް ބާރަށް ބުނެލިއެވެ. “މަންމާ އަޅުގަނޑު ފަހުން ކާނަން..” ޒީޝަން ބަދިގެއިން ނިކުންނަމުން އެހެން ބުނެލާ އަވަސް ހިނގުމެއްގައި ސިޑިއާއި ދިމާލަށް ދިޔައީ އެއްވެސް މީހަކަށް ބަލައިލުމެއްނެތިއެވެ. “އައިދަން އޭނާއަށް ކިހިނެއްވީ؟” ސަމީމާ ބުނެލިއެވެ. އައިދަން ކޮނޑުހިއްލާލުމަށްފަހު ކެއުމައިގެން އުޅުނީ ފުން ވިސްނުމެއްގައި އިނދެއެވެ. ޒީޝަން އަށް އެ ބަދަލު އައީ ރޭގެ އެ ކޯލަށްފަހުގައެވެ. އޭނާ އަދިވެސް…………. އައިދަން ފުން ނޭވައެއް ދޫކޮށްލިއެވެ.

ޒީޝަން ކޮޓަރިއަށް ވަދެލުމަށްފަހު އޭނާގެ ފޯނު ނަގައިލިއެވެ. އަދި ދޮރާއި ދިމާލަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ނަމްބަރަކަށް ގުޅާލިއެވެ. އެކޮޅުން ރިންގްވީއަޑު އިވި ޒީޝަންގެ ހިތުގެ ވިންދުއަވަސްވިއެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ދޮށުގައި ހިފަހައްޓައިގެން ހުރި ފޯނު ފަހަތުން މީހަކު ދަމައިގަތުމުންނެވެ. ޒީޝަން ފަހަތަށް އެނބުރިލީ ސިހިފައެވެ. އެއާއި އެކު ދެލޯ ބޮޑުވިއެވެ. އައިދަން ދެބުމަ ގޮށްޖަހާލަމުން ފޯނަށް ބަލައިލާ އެ ފޯނު ކަނޑާލިއެވެ. އަދި ސްވިޗް އޮފް ކޮށްލުމަށްފަހު އެނދުމައްޗަށް ލީ ޒީޝަންއާއި ދިމާ ބަލަންހުރެފައެވެ. “އެހެންވީމަ ޒީޝީ އަށް މިގުޅުން އެއްވެސް މުހިންމެއްނޫން ދޯ؟” އައިދަން ބުނެލީ އެދެމީހުން މެދުގައި އޮތް ދުރުމިނަށް އިޝާރާތްކޮށްލަމުންނެވެ. ޒީޝަން އެއްޗެކޭ ނުބުނެ މައުސޫމްގޮތަކަށް އައިދަންއަށް ބަލަން ހުރީ ކުށްވެރިއެއް ފަދައިންނެވެ. އޭނާ އެކަން ކުރަން އުޅުނީ ސިއްރުންނެވެ. އެހާ އަވަހަށް އައިދަންއަށް އަންގާކަށް ބޭނުމެއްނުވިއެވެ. ޒީޝަން ޖަވާބެއް ނުދީ ހުރުމުން އައިދަން ޒީޝަންގެ ކޮނޑުގައި ހިފާލަމުން އެނދުމަތީ ބައިންދާލިއެވެ.

“ޒީޝީ އަށް މިގުޅުން އެއްވެސް އެއްޗަކަށް ނުވަންޏާ ދޯ ނުކުރާށޭ ބުނެފަ އޮއްވާ ކުރާނީ… ފައިން ޒީޝަން…. އެމީހުން މިގެއަށް ގެންނަ ދުވަހަކީ ޒީޝަން މިގެއިން ނިކުންނާނެ ދުވަސްކަން ހަނދާންބަހައްޓާތި….” އައިދަން އެހެން ބުނެލީ ކިތަންމެ މަޑުން ކަމުގައިވިޔަސް އަޑުގައިވަނީ ނުރުހުމެވެ. ޒީޝަން ތެޅިގަނެފައި އައިދަންއަށް ބަލައިލެވުނެވެ. އޭނާ އެއްޗެއް ބުނަން އުޅެނިކޮށް އައިދަން ޒީޝަންއަށް ފަސްދީ ހިނގައިގަތީ އޭނާގެ ފަހު ބަސް އެއީކަން އަންގާލުމަށެވެ. ޒީޝަން އެނދުމަތީ އިންގޮތަށް އިނެވެ.

އައިދަން ދޮރު ލައްޕާލުމަށްފަހު ލޯ މަރާލިއެވެ. އޭނާ އެހެން ބުނީ އޭރުން ޒީޝަން އެކަން ކުރަން ފަސްޖެހޭނެތީއެވެ. ކޮންމެހެން އޭނާ ޒީޝަން ފޮނުވާލާކަށްނޫނެވެ. ޒީޝަން އެކަން ނުކޮށްފިއްޔާ އެ ނިމުނީއެވެ. އެހެންނޫންނަމަ ޖެހޭނީ އޭނާ ފޮނުވާލަންށެވެ. އެކަން އައިދަންއަކަށް ޤަބޫލެއްނޫނެވެ. އައިދަންއަކީ އޭނާގެ ބަހުގައި ހިފަހައްޓާ މީހެއްކަން އެންމެ ރަނގަޅަށް އިނގޭނީވެސް ޒީޝަންއަށެވެ. އައިދަން އެހެން ހުރެލުމަށްފަހު އޮފީހަށް ދާން ލަސްވާތީ ހިނގައިގަތެވެ.

ޒީޝަން އޭނާގެ ފޯނަށް ބަލައިލިއެވެ. “އި..އިދީ…. އެއީ ފަހު ދުވަހަށް ވިޔަސް…. އެމީހުން މިގެއަށް ގެންނާނަން…!!” ޒީޝަން ބުނެލުމަށްފަހު ފުން ނޭވައެއް ދޫކޮށްލާ ފޯނު ނެގިއެވެ. އަދި އެ ހުޅުވައިފާ ފޯނުން އެ ނަމްބަރަށް ޑައިލްކޮށްލިއެވެ. “ހަލޯ….” އެކޮޅުން ފޯނު ނެގި ޒާރާ ބުނެލި ގޮތުންވެސް ހުރީ ޤަބޫލުނުކުރެވިފައިކަން ޒީޝަންއަށް އިނގުނެވެ. “ހަ..ހަލޯ” ޒީޝަންއަށް ރޮއެގަނެވުނެވެ. “ދޮންތީ……” ޒާރާއަށްވެސް ވީ އެވަރެވެ.

“ޒާއްކޮ ކީއްވެތަ އެހެން ހެދީ؟؟ އެންމެ ފަހަރަކުވެސް ބުނެލިނަމަ ޔަޤީން އިދީވެސް ދޮންތިވެސް އެންމެންވެސް ޤަބޫލުވިކަން.. ޒާއްކޮގެ އުފަލަށް ވުރެ ބޮޑަށް ދޮންތިއަށް އެއްވެސް އެއްޗެއް މުހިންމު ނޫންކަން ޒާއްކޮއަށް ނޭނގުނީ ކީއްވެތަ؟” ޒީޝަން ޝަކުވާކުރަންފެށިއެވެ. “ސޮރީ.. ދޮންތީ… އޭރު ވިސްނުނު ގޮތަކަށް ކަންތަށްކުރެވުނީ ހިތަށް އެރީ އައިމް އާއި ގުޅުނީމަ ދޮންތި މާ ދެރަވާނޭ އަނެއްކާ އައިދަންވެސް…” ޒާރާ ބުނެލިއެވެ. “އޯ ގޯޑް ޒާއްކޮ… ނުބުނެ އެގޮތަށް ކަންކުރީމަ މާދެރަވާނެކަން ހަމަ ނޭނގުނީތަ…؟” ޒީޝަން ބުނެލިއެވެ. “ދެން ސޮރީ އޭ ދޮންތީ ޕްލީސް…. އައި މިސް ޔޫ.. އަމް ސޮރީ..” ޒާރާ ބުނެލިއެވެ. “ޑަމްބޯ… ޒާއްކޮ ސޮރީ ބުނާ ވަރުކަމެއް ނުކުރަމެއްނު.. ލޯތްބަށްޓަކައި ސްޓެޕް އެއް ނެގުމަކީ ގޯސް ކަމެއްނޫން އެކަމް އެންމެ ލޯތްބަކަށްޓަކައި އެހެން އެންމެންގެ ލޯބި ގެއްލޭ ސްޓެޕް ނެގުން އެއީ ވަރަށް ގޯސް ކަމެއް…އޮތް ދޯ ހުރިހާ ލޯތްބެއް އެކީ ލިބޭނެ ގޮތްވެސް.. އެކަމްވެސް ދެން…. އެން އައި މިސް ޔޫ މޯރ…..” ޒީޝަން ބުނެލީ ހިނިތުންވެލަމުންނެވެ. “ދޮންތި.. ކީއްވެ އެހާ އަވަހަށް ތި މާފްކުރީ…؟ ޔޫ ޝުޑް ސްކޯލްޑް މީ ކިލް މީ ދޮންތި ގެ ވާން އުޅޭ ހަޒްއާއި އެކު އޭ ފިލީ؟؟.” ޒާރާ ބުނެލީ ކުށްވެރިއެއްފަދައިންނެވެ. “މިހާރު މާ ލަސްވެއްޖެޔޭ ސްކޯލްޑް ކުރަން… ކުރިން ގުޅާލިނަމަ ސީރިއަސްކޮށް އައި ވިލް ކިލް ޔޫ ބޯތް..” ހެމުން ހެމުން ޒީޝަން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ސިއްރު 14

Next

ހިނިތުންވުމުން 7 ވަނަ ބައި

Next
October 11, 2016

ހިނިތުންވުމުން 7 ވަނަ ބައި

Previews
October 10, 2016

ސިއްރު 14

12 Comments!

  1. Ryn says:
    October 11, 2016 at 12:13 am

    Today i would like to say hbd to my fav reader…. even if u dont comment or not even say thankyw here i would love to dedicate this part is just fo u <3
    Guys hope u ppl will like it… i love u all… enjoy 🙂 n good night. i didnt check well this part so mistakes huredhaane… TC

  2. Faathee says:
    October 11, 2016 at 12:47 am

    Ryn ge favorite reader ah HBD faathee ge faraathun ves. Ryn ur the best. Thanks mi gotha khonme dhuwahaku up kohla dheythee. Vaahaka nimendhen mi gotha daily koh kiyaalan libeyne kama ummeedhu kuran..keep going

  3. Azuna says:
    October 11, 2016 at 12:51 am

    Mi bai ves v reethi? dhen koh irakun tha aidhan lobi vaa vaahaka bunany pls….keep it up

  4. Shut up! says:
    October 11, 2016 at 12:52 am

    ryn ge fav reader ah 😛 shut up 😛 ge faraathunves hbd.. vahaka vvv salhi hama ekamu idhy and zyshy dhurunukurahchhh 😉

  5. xenn says:
    October 11, 2016 at 2:43 am

    Ryn ge story thakuga maa toys vahtharu jahaa mihaaru…maa dhn lha vegen ulheny…mikan rangalhu kohlan feney

  6. Khajja says:
    October 11, 2016 at 7:25 am

    V rythi v furihama idhy aa zeeshy vakinukurah chey n waitin waitin

  7. vishaa says:
    October 11, 2016 at 9:41 am

    wwwwwwwwwwwwow vara reethi..

  8. kennukbee says:
    October 11, 2016 at 1:12 pm

    nice…. ha lyyyynuu

  9. jinni says:
    October 11, 2016 at 3:08 pm

    Wwwwwwwwwwwowwww vvv sali

  10. Anonymous says:
    October 11, 2016 at 8:37 pm

    Waiting for next part…… plsss upkohbala

  11. Faathee says:
    October 12, 2016 at 12:08 am

    Kobaa tha ryn. Story up nuvegen nu nidhifa mi iny

  12. ::A:: says:
    October 12, 2016 at 12:27 am

    Hey
    Plz Plz upkohba

Comments are closed.

Next Episodeތި ލޯބި އެދިގެން… 9←


All Right Reserved!