ތި ލޯބި އެދިގެން… 7
އައިދަން ޒީޝަން ދުރަށް ލާން މަސައްކަތްކޮށްލިއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކު އޭނާގެ ގައިގާ ޒީޝަން އިތުރަށް ހިފަހައްޓާލައެވެ. “ޒީޝީ.. އޮންނަންވީއޭ…” އައިދަން ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ޒީޝަންގެ މޫނު ބަލާލަންބޭނުންވީއެވެ. ޒީޝަން އޭނާގެ ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ލަދުން ރަތްވެފައި އިން އިރު މޫނުމަތި ވަނީ އުޖާލާވެފައެވެ. ޒީޝަން “ނޯ” އޭ ބުނެލިއެވެ. “ހީނުކުރައްޗޭ ދުރަށް ނުލެވޭނެއޭ…” އައިދަން ބުނެލިއެވެ. ޒީޝަން އޭނާގެ މޫނު އައިދަންގެ ކޮނޑުގައި ފޮރުވާލީ ގަދަހަދަމުންނެވެ. އައިދަން ޒީޝަންގެ އުނަގަނޑުގައި އިނގިލިޖައްސާލީ ހީނގިލިކަރުވާލަންށެވެ. ޒީޝަން ތެޅިލިއެވެ. އައިދަން ހޭންފެށިއެވެ. އަދި އަނެއްކާވެސް ޒީޝަންގެ ބަނޑުގައި އިނގިލިޖައްސާލިއެވެ. ޒީޝަން ކަށްޓެއް ހެރުނުހެން އައިދަންގެ ގައިން ވަކިވިއެވެ. “ދެންން…” ޒީޝަން ބުނެލިއެވެ. “ބުނީމެއްނު…” އައިދަން ބުނެލީ ޒީޝަންގެ މޫނަށް ބަލާލަމުންނެވެ. ޒީޝަން ލަދުން އިސްޖަހާލީ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތްކޮށްލަމުންނެވެ.
އައިދަން ލުއި ހިނިތުންވުމަކާއި އެކު ޒީޝަންގެ ދަތްދޮޅީގައި ހިފާލަމުން އޭނާގެ މޫނާއި އައިދަންގެ މޫނާއި އެއްވަރުކޮށްލިއެވެ. “ޒީޝީ ލަދުވެސް ގަނޭތަ؟” އައިދަން އަހާލަމުން ނިތްއަރުވާލިއެވެ. “ދެންން..” ޒީޝަން އައިދަންގެ ގައިގާ މަޑުމަޑުން ޖަހާލިއެވެ. އޭނާ އިނީ ރަނގަޅަށްވެސް ލަދުގަނެފައެވެ. އައިދަންއަށް ޒީޝަން ބިރު ފިލުވާލެވުކަން އިނގުނެވެ. ގިނަވަގުތުން ޒީޝަން ކައިރި ހޭދަކުރަން އޭނާ ހިތާހިތުން ނިންމީ އެ ލަދުގަނެފައި އިން ޒީޝަންގެ މޫނަށް ބަލަން އިނދެއެވެ. ވީގޮތްވެސް ފަހަރެއްގައި ޒީޝަން ކިޔައިދީފާނެއެވެ. “ދެންން ދެންން… ޒީޝީ ދޯ ލޯމެރީ” އައިދަން ބުނެލިއެވެ. “ސްޓިލް ލޯ މެރިޔަސް އިދީ ދޯ އެހެން ކަން ކުރީ..” ޒީޝަން ބުނެލިއެވެ. އައިދަން ޒީޝަންގެ ކޮނޑުގައި ހިފާލަމުން ބާއްވަން އުޅުނެވެ. ޒީޝަން ގަދަ ނުހަދާ އޮށޯވެލިއެވެ. ޒީޝަންއާއި ދާދި ކައިރީ އައިދަން އިށީނދެލީ ބާލިސް އެނދާއި އޭނާގެ ބުރަކަށިއާއި ދޭތެރެއަށް ލަމުންނެވެ.
“އިދީ ކޮންހެން ކަން ކުރީ؟” އައިދަން އަހާލީ ޒީޝަންގެ ނިތްކުރިމަތީ ހުރި އިސްތަށިތަށް ރަނގަޅުކޮށްލަމުން ބޮލުގައި ފިރުމާލަމުންނެވެ. ޒީޝަން ދެލޯ ހަނިކޮށްލިއެވެ. އައިދަން ނިތްއަރުވާލިއެވެ. “ޒީޝީ އެއް ނޫންތަ ކައިރިވެސްވީ.. ފިރިހެންކުދިންނާއި ތިހާ ރީތިކުދިން ކައިރިވަންޏާ ވާނެ އެހެން….” އައިދަން ބުނެލީ އެއްމިޔަކަނިން ހީލަމުންނެވެ. ޒީޝަން ތުންފަތުގައި ދަތްއަޅާލިއެވެ. “ހިއެއްނުކުރަމޭ އިދީއަކީ އެކަހަލަ ފިރިހެންކުއްޖެއް ކަމަކަށް..” ޒީޝަން ބުނެލިއެވެ. އޭނާގެ ހިތުންނާއި ސިކުނޑިން ހިސާބަކަށް ކުރިން ހިނގައިދިޔަ ކަންތަށް ފިލައިގެން ދިޔަކަހަލައެވެ. އެހާ ހަމަޖެހިފައި ހުރެވުނީ އެހެންވެއެވެ. “އިދީ އެކަހަލަ ކޮން ކަހަލަ ފިރިހެންކުއްޖެއް؟” އައިދަން އަހާލިއެވެ. “ހަޑި ފިރިހެންކުއްޖެއް.” ޒީޝަން ޅަވެލާފައި ބުނެލިއެވެ. “ހަޑި؟؟ ހަހަހަ ޒީޝީޝީޝީ….. ވައިފީއާއި ކައިރިވުމާއި ކިސްކޮށްލުމަކީ ހަޑިކަމެއްނޫނޭ.. ހަޑި ފިރިހެންކުއްޖަކަށް ވާކަހަލަ ކަމެއްވެސް ނުނޭ..” އައިދަން ބުނެލީ ހިތާހިތުން ޒީޝަންގެ ޅަކަމާއި މެދު އެތަކެއް ފަހަރު ހެމުން ހެމުންނެވެ. ޒީޝަން އަނެއްކާވެސް ލަދުގަތެވެ. އެހެންކަމުން ދުރަށް ނަޒަރު ހިންގާލިއެވެ. “ހަޑިކުއްޖަކަށް ވާނަމަ ޒީޝީވެސް ވާނެ ދޯ.. އެހެން ވީ ޒީޝީއާއި ހެދި..” އައިދަން ބުނެލިއެވެ. “ދެން ނުވާނެ…. އިދީ އެހެންހެދީވެސް..” ޒީޝަން ބުނެލިއެވެ.
އެހެން ބުނުމާއި އެކު އައިދަން ޒީޝަންގެ ތުންފަތުގައި އަނެއްކާވެސް ބޮސްދިނެވެ. ޒީޝަން ވަގުތުން އައިދަން ކޮށްޕާލިއެވެ. “އެހެރީނު..” ޒީޝަން ލަދުން މޫނުމަތީ އަތްއަޅާލަމުން ބުނެލިއެވެ. އައިދަން ހޭންފެށިއެވެ. ކައިވެންޏަށް އަހަރެއްވާން އުޅެނިކޮށް ދެމީހުންނަށް މިހާބޮޑަށް ކައިރި ވެވުނުވެސް މީފުރަތަމަ ފަހަރެވެ. ކައިވެނި ކުރިއަށް ގެންދެވޭނެކަމުގެ ނިޝާނެއްކަމަށް އައިދަން ނިންމިއެވެ. އޭނާގެ ހިތަށް އެތަކެއް ކަމަކުން ހިތްހަމަޖެހުންލިބެމުން ދިޔައެވެ.
އައިދަން ޒީޝަންގެ މޫނުމަތިން އަތްނެގިއެވެ. “ޒީޝީ އަށް ނޭނގުނަސް ޒީޝީ ނިދީމަ ކޮންމެދުވަހަކު ކިސްކުރަމޭ…” އައިދަން ބުނެލިއެވެ. ޒީޝަން އަދިވެސް ރަކިކޮށްލަންށެވެ. “ވަޓްޓް… ކިހިނެއް؟؟؟” ޒީޝަން ސިހފައި ބުނެލީ އޭނާގެ ދެއަތް ޖޯޑުކޮށްލަމުންނެވެ. “ލޯމެރިމަ ބުނާނަން..” އައިދަން ބުނެލިއެވެ. ޒީޝަން އައިދަންއަށް ބަލައިލުމަށްފަހު ލޯމަރައިލިއެވެ. އައިދަން ޒީޝަންގެ ތުންފަތާއި ކައިރިވެލިއެވެ. ނަމަވެސް ނިތްކުރިމައްޗަށް ބޮސްދިނެވެ. ޒީޝަންއަށް ލޯހުޅުވާލެވުނެވެ. އައިދަން ޒީޝަންގެ ލޮލަށް ބަލައިލިއެވެ. “އެހެން..” އައިދަން އެއްލޯމަރާލަމުން ބުނެލިއެވެ. ޒީޝަން ފުންނޭވައެއް ދޫކޮށްލިއެވެ. އައިދަން ކުރިން އިންގޮތަށް އިށިނދެލިއެވެ. އަދި ފޯނު ބަލައިލީ ފޯނަށް މެސެޖެއްއައުމުންނެވެ. ޒީޝަން އައިދަންގެ މޫނަށް ބަލަންއޮތެވެ. އޭނާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އޭނާއަށް ނޭނގި ހިތުގައި އައިދަންއާއި މެދު ތަފާތު އިހްސާސްއެއް އާލާވަމުންދިޔައެވެ. އައިދަންގެ ނަން ހިތުގައި ލިޔެވެމުން ދިޔައެވެ. އައިދަން ޒީޝަންއަށް ބަލައިލަމުން ފޯނު ބާއްވާލިއެވެ. “ކިހިނެއްވީ؟” ޒީޝަން އަހާލިއެވެ. އޭނާ ހިތަށް ހަމަޖެހިކަން ލިބިފައިވާކަން އިނގުނީ އެ ސުވާލުކުރި އިރުވެސް ތުންފަތްމަތީ ހުރި ހިނިތުންވުމުގެ ސަބަބުންނެވެ. “އަމްމް ހާފިޒް ކޮންމެވެސް ކަމެއްކުރަން ހުޅުމާލެދާ ވާހަކަ އަންގާލަންވެގެން..” ޒީޝަން ކައިރި އައިދަން ބުނެލިއެވެ. ޒީޝަންގެ ހިނިތުންވުން ފަނޑުވިއެވެ. ހިތަށް ލިބުނު ހަމަޖެހުން ނެތުނެވެ. ހާފިޒްގެ ނަން އިވުމާއި އެކު އޭނާގެ ހަށިގަނޑަށް ލޮޅުންގަނޑެއް އެރިފަދައެވެ.
އައިދަންއަށް އެކަން ފާހަގަވިއެވެ. “ކި..ކިހިނެއްވީ؟؟” އައިދަން އަހާލިއެވެ. ޒީޝަން އައިދަންއާއި ދިމާ ނުބަލަން އަނެއްފަޅިއަށް ބަލައިލިއެވެ. އައިދަން ބުނި އެއްޗެހި ހަނދާންވަމުން ދިޔައެވެ. ހާފިޒްއަށް ބަރޯސާކުރަމުން ބުނި ޖުމްލަ ކަންފަތުގައި ގުގުމާލިއެވެ. އައިދަން ކައިރި ހާފިޒްގެ ވާހަކަ ބުންޏަސް ގަބޫލުނުކުރާނޭ ޒީޝަންއަށް ހީވިއެވެ. އައިދަން ޒީޝަންގެ ބޮލުގައި ފިރުމަލާ ގޮވާލަން އުޅުނު ވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހިއަޑެވެ. ޒީޝަންއަށް ތެޅިގަންނަމުން ކައިރި އިން އައިދަންގެ ގަޔާއި ދިމާލަށް ދިޔައެވެ. އަނެއްކާވެސް ޒީޝަން ބިރުގަންނަންފެށީކަން އައިދަންއަށް ނަގައިގަނެވުނެވެ. އައިދަން ޒީޝަންގެ އިސްތަށިގަނޑުގައި ފިރުމާލީ ހަމްދަރުދީވާ ހާލުގައެވެ. “ޒީޝީ ކިހިނެއްވީ؟ ކީއްވެ ބިރުގަތީ؟” އައިދަން އަހާލިއެވެ. ޒީޝަން ތަންކޮޅެއް ބޮޑަށް އައިދަންގެ ގައިގާ ބައްދާލިއެވެ.
ދޮރު ނުހުޅުވުމުން ސަމީމާ ދޮރުހުޅުވާލިއެވެ. ޒީޝަން އޮތްގޮތުން ސަމީމާގެ ހިތުގައި ސުވާލު އުފެދުނެވެ. “ޒީޝީ ބަލާބަ އެއީ މަންމައޭ.. ތިހާ ބިރުނުގަނެބަ.. މަންމައޭ އެއީ ބަލާބަ އަމިއްލައަށްވެސް..”ޒީޝަން އެ އޮތްގޮތަށް އޮވެ ދޮރާއި ދިމާ ބަލައިލިއެވެ. “ބަލާ މަންމައެއައީ ޒީޝީއަށް ސައި ހިފައިގެންނޭ ދޯ މަންމާ.. އުޅޭ އަވަހަށް ކާލަން..” ޒީޝަން ދުރަށްލަމުން އައިދަން ބުނެލީ އޯގާތެރިކަމާއި އެކުގައެވެ. ޒީޝަން ލައްގަނެލިއެވެ. ސަމީމާ ޒީޝަންއަށް ހިނިތުންވެލަމުން އެތެރެއަށް ވަދެލިއެވެ. “ޒީ މަންމަމިއައީ ރޮށިމޮޑެދީގެން ދެކުދިންނަށް. ނުވެސް ކައެއްނު ތިއުޅެނީ ދޯ… ދެކުދިން ކާންފަށާ މަންމައަންނާނަން ތަށި ބަލައި އިރުކޮޅަކުން..” ސަމީމާ ގެނައި ޓްރޭ ކަބަޑް މަތީ ބައިންދަމުން ބުނެލިއެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ. އައިދަން އޭނާއަށް ގެނައި ތަށި ނެގިއެވެ. ނަމަވެސް ޒީޝަން އިންގޮތަށް އިނީއެވެ.
“ޒީޝީ އަވަހަށް ނަގައިގެން ކާންފަށާ…” އައިދަން ބުނެލީ އުލުން ރޮށިކޮޅެއް ނަގައި ކާލަމުންނެވެ. ޒީޝަން ނޫނެކޭ ބުނެލިއެވެ. އައިދަން ލޯ ހަނިކޮށްލަމުން ޒީޝަން އަށް ބަލައިލިއެވެ. އަދި އޭނާގެ ތަށިން ޒީޝަންއަށް ރޮށިކޮޅެއް ދިއްކޮށްލިއެވެ. ޒީޝަން އައިދަން އަށް ބަލައިލުމަށްފަހު އެ ކާލިއެވެ. “ގުޑް ގާލް.. އެކަމް މި މަދުވާނެނު ދެމީހުން ކަންޏާ.. ޒީޝީ ތީ ބަނޑެއްނޫން ކަނޑެއް އޮންނަ ކުއްޖެއްވިއްޔަ” އައިދަން ބުނެލިއެވެ. ޒީޝަން ގެ މޫނުމަތިން މިފަހަރަ އެއްވެސް ހިނިތުންވުމެއްވެސް ނުފެނުނެވެ. އޭނާ އިށީނދެ އިނދެ ދެއަތާއި ކުޅެން އިން އިރު އެއަޑުވެސް ނީވުނުފަދައެވެ. “ޒީޝީ..” އައިދަން ގޮވައިލީ ތަންކޮޅެއް ބާރަށެވެ. ޒީޝަން ގެ އެ ހިމޭންކަން ފިލުވާލަން އެ އަޑު އިއްވާލަންށެވެ. ޒީޝަން ވަރަށް ބޮޑަށް ސިހިފައި އައިދަންއަށް ބަލައިލިއެވެ. “ކާކުހޭ ކާންދޭނީ..” އައިދަން ބުނެލީ އަނގަ ކުޑަކޮށް ހުޅުވާލަމުންނެވެ. ޒީޝަން ކޮނޑުއަރުވާލިއެވެ.
“އޯކޭ އެހެންވިއްޔާ ދެން ޒީޝީވެސް އެކަނި ކައި.. އައި ވިލް ނޮޓް ގިވް..” އައިދަން ބުނެލަމުން އޭނާ ކާންފެށިއެވެ. ޒީޝަންވެސް އޭނާގެ ތަށި ނަގައި ކާންފެށި ބަނޑުހައިވެފައި އިނުމުންނެވެ. އައިދަން މަޑުމަޑުން ކާން އިން ޒީޝަންއަށް އިރު އިރުކޮޅާ ބަލައިލައެވެ. “ދެން މިހެން ތިބެގެން ދޯ ކާނީވެސް ފެންވަރާނީވެސް.. މަންމަކައިރި ބުނަންވީ ދެމީހުންނަށް ފެންބާލިދީއެއް ގެނެސްދޭށޭ..” އައިދަން ބުނެލިއެވެ. ޒީޝަންއަށް ހެވިގެން އަނގަމަތީ އަތްއަޅަމުން ކެއްސާލިއެވެ. އަދި އައިދަން އަށް ބަލައިލިއެވެ. “މަންމަ ކައިރި ވެސް ބުނެބަލަ އިދީއަށް ކެއުމުގެ ރަނގަޅު… ރަނގަޅު…ރަނ..ގަޅު.. ރަ..ނގަޅު… ރަ..ރަނގަޅު…..” ޒީޝަން ބުނަން އުޅުނު އެތި އެތަކެއްފަހަރު ބުނަމުން މެދުކެނޑުނީ އޭނާއަށް ހާފިޒް ސިފަވުމުންނެވެ. ބެލްކަނީ ގެ ދޮރުން ހާފިޒް ފުންވާލިހެން ސިފަވެގެންނެވެ.. ޒީޝަން ތެޅިގަތެވެ. އައިދަން ސުވާލެއްގެ ތެރޭ އިނދެ ޒީޝަންގެ އަތުގައި އަތްލަމުން ބެލްކަނީއަށް ބަލައިލިއެވެ. ނަމަވެސް އެކަކުވެސް ނެތެވެ. “ޒީޝީ!!” އައިދަން ގޮވާލިއެވެ. ޒީޝަން ސިހިފައި އައިދަންއަށް ބަލައިލިއެވެ. “ކިހިނެއްވީ؟” އައިދަން އަހާލިއެވެ. ޒީޝަން އިސްޖަހާލަމުން ކާންފެށިއެވެ.
“ޒީޝީއަށް އިނގޭތަ ކިތަށް ފަހަރުކަން މިއަދު ކިހިނެއްވީހޭ މިއެހެނީ؟؟؟؟؟؟ ޒީޝީ ތިހެން އިސްޖަހާލީމަ އެ ނިމުނީކީ ނޫނޭ… ޕްލީސް ބުނެބަ ވީ ގޮތެއް…. ވަރަށް ވަރަށް ވަރަށް އުނދަގޫވެ ޒީޝީ ތިހެން އިންނަތީ ޖަވާބު ނުދޭތީ… އެންމެންވެސް އެން ސްޕެޝަލީ އައި ވޯންޓް ނޯ ވަޓްސް ހެޕަނިންގ… ކޮންމެ ކަމެއްވިޔަސް އިނގޭ ވަރަށް ބޮޑު ކަމެއްކަން ވަނީ.” ހިތްހަމަނުޖެހިފައި އިނދެ އައިދަން ބުނެލިއެވެ. ޒީޝަން އެއްވެސް އެއްޗެއްނުބުނެ އިންގޮތަށް އިނދެ ތަށި ބައިންދާލިއެވެ. އަދި ފެން ފޮދެއް ބޯލުމަށްފަހު ޓްރޭ މަތީ އޮތް ޓިޝޫ އިން ތުން ފޮހެލާ އެނދުގައި އޮށޯވެލަން އުޅުނެވެ.
“ޒީޝީ… ނުވާނެ އޮށޯވެގެން ރީއްޗަށް އިނދޭ..” އައިދަން ޒީޝަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޒީޝަން އެންމެ ފަހުން އިނުމުން އައިދަން ރުޅިމޫނު ހަދައިގެން އިނދެ ޒީޝަންއަށް އޭނާ ތަށިން ރޮށިކޮޅެއްނަގައި ދިއްކޮށްލިއެވެ. ޒީޝަން ނުކާން އަނެއްފަޅިއަށް އެނބުރިލުމުން އައިދަން ޒީޝަންގެ ތުންފަތުގައި އޫ ޖައްސާލިއެވެ. ޒީޝަން އެންމެ ފަހުން އެ ކާލިއެވެ. އައިދަން ޒީޝަންގެ އަނގަޔަށް ލަވަމުން ދިޔައިރު ޒީޝަން ކަމުން ދިޔައީ އިސްޖަހާލައިގެން އިނދެއެވެ. އޭގެ ފަހުން އެންމެ ފަހަރަކުވެސް އައިދަން ނުކައެވެ.
ތަށި ހުސްވަންދެން ޒީޝަންއަށް ކާންދިނުމަށްފަހު އައިދަން ތެދުވެލީ ތަށި ޓްރޭއަށް ލުމަށްފަހު އެ ގެންދާށެވެ. އެ ނަގައިފައި ޒީޝަން އާއި ދިމާ ބަލައިލި އިރު ޒީޝަން އޮތީ އައިދަންއާއި ދިމާ މައުސޫމްގޮތަކަށް ބަލާށެވެ. އައިދަންއަށް އެވީގޮތް އިނގުނެވެ. އެހެންކަމުން ޓްރޭ ބަހައްޓާފައި އަނެއްކާވެސް އައިސް އެ އިންތަނުގައި އިށީނދެލައި ފޯނާއި ކުޅެންފެށިއެވެ. ސަމީމާ އައިސް މަޑުމަޑުން ދޮރުހުޅުވާލީ ޒީޝަން ސިއްސައިގެން ގޮސްދާނެތީއެވެ. ކަންވީވެސް އެހެންނެވެ. ޒީޝަން ދިޔައީ ތެޅިގަނެގެންނެވެ. އަދި ތެދުވެލާފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. އައިދަންއަށް ޒީޝަންއާއި ދިމާ ބަލައިލިއެވެ. “ޒީޝީ… މީހަކު އެއްނާންނާނޭ… ތިހެން ނުސިހިބަ… މަންމައޭ އެއީ..” އައިދަން ޒީޝަންގެ ކޮނޑުގައި ހިފާލަމުން ބުނެލީ ދެރަވެލާފައެވެ. ސަމީމާ ހިނިތުންވެލަމުން އައިސް ޓްރޭ ހިފައިގެން ދިޔައީ ޒީޝަންއަށް އަވަސް ސިފާއަކަށް އެދި ދުއާ ކުރަމުންނެވެ.
ޒީޝަން އައިދަންއަށް ބަލައިލިއެވެ. “ޒީޝީ ކިހިނެއްތަ މިވަނީ؟؟ މީހަކު ނާދެޔޭ ކީއްވެތަ ތި ބިރުގަންނަނީ؟؟” އައިދަން އަހާލިއެވެ. ޒީޝަން އައިދަންއާއި ކައިރިވެލާ އައިދަންގެ ގައިގާ ބައްދާލައިގެން އޮވެލިއެވެ. އައިދަން ޒީޝަންގެ ބޮލުގައި ފިރުމާލިއެވެ.
އެތަށްއިރަކު އައިދަންގެ ހަށިގަނޑުގައި ބައްދާލައިގެން އަނގައިން ނުބުނެ ޒީޝަން އޮތެވެ. އޭނާ ދިޔައީ ވިސްނަމުންނެވެ. އައިދަން ކައިރި ބުނާނީބާއެވެ. އެކަމަކު ހާފިޒް ދިން އިންޒާރުގެ ސަބަބުން ޒީޝަން ބިރުގަނެއެވެ. އެހެންނޫނަސް އައިދަން ހާފިޒްއަށް ވަރަށް ބަރޯސާކުރެއެވެ. އެކަހަލަ މުޑުދާރު އަމަލެއްކުރި ކަމަށް ބުނަންޏާ އައިދަން ވަކިން ޤަބޫލުނުކުރާނެ ކަންނޭނގެއެވެ. އައިދަންވެސް މަޑުން އިނެވެ. ކުއްލިއަކަށް އަނެއްކާވެސް މީހަކު ދޮރުގައި ޓަކިޖެހިއަޑުއިވުނެވެ. ޒީޝަން އައިދަންގެ ގައިގާ ހިފަހައްޓާލެވުނީ ވަރަށް ބާރަށެވެ. އައިދަން ވަންނާށޭ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެތެރެއަށް ވަދެގެން އައި ހާފިޒް ފެނި ޒީޝަން ތުރު ތުރުއަޅައިގަތެވެ. އައިދަންއަށް އެކަން އިހްސާސްވެ ޒީޝަންއަށް ބަލައިލެވުނެވެ. ޒީޝަން އައިދަންގެ ގައިގާ ބާރަކަށް ހިފަހައްޓަންފެށިއެވެ. ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ.
“ކޮބާ ހުޅުމާލެ ދާން ބުނެފަ؟” އައިދަން އަހާލީ ހާސްކަން ފިލުވާލަމުންނެވެ. “ނުދެވުނީއޭ… ކޮބާ ޒީ ކިހިނެއްތަ؟” ހާފިޒް އެނދުކައިރި ހުއްޓިލަމުން އަހާލިއެވެ. އައިދަން ޒީޝަންއަށް ބަލައިލިއެވެ. އޭނާ އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. އައިދަން މިކަން ބަލަން ބޭނުންވިއެވެ. މިވާގޮތް އިނގެންބޭނުންވިއެވެ. ހާފިޒްއަށް އައިދަންބަލައިލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. “ކުޑަކޮށް ރަނގަޅު އެކަމް ސިހޭ…” އައިދަން ބުނެލިއެވެ. “މޭން ދެން ފަހުން ޗެކް ކޮށްލާނަމޭ… އިހަށް ތިހެން އޮތްއިރު ބާއްވާ އިނގޭ..” ޒީޝަން އާއި ދިމާ ބަލައިލަމުން ހާފިޒް އެހެން ބުނެފައި ނިކުތެވެ.
އިރުކޮޅަކު އެހެން އިނދެފައި އައިދަން ޒީޝަންއަށް ބަލާލި އިރު އޭނާ އޮތީ ނިދާފައެވެ. އެހެންކަމުން މަޑު މަޑުން ތެދުވެލައިފައި ޒީޝަން ރަނގަޅަށް ބާއްވާލިއެވެ. އައިދަން ކޮޓަރިން މަޑުމަޑުން ނިކުމެލުމަށްފަހު ތިރިއަށް ފައިބައިގެން ދިޔައީ ސަމީމާ ކައިރިއަށެވެ. އޭރު ސިޓިންގް ރޫމްގައި ހާފިޒް އިން ކަމެއް އައިދަންއަކަށް ނޭނގެއެވެ. އައިދަން ފެނިފައި ހާފިޒް މައްޗަށް ނަޒަރު ހިންގާލިއެވެ. އަދި މައްޗަށް އަރަން ދިޔައީ ފޯނާއި ކުޅެމުންނެވެ.
ސަމީމާއަށް އައިދަން ފެނިފައި ޒީޝަން ކޮބައިތޯ ސުވާލުކޮށްލިއެވެ. “ނިދިއްޖެ.. މަންމާ ޒީޝީ…. ނޭނގެ ކިހިނެއްކަމެއް މިހެން ބުނާނީ އެކަމް ހާފިޒް….. ނޭނގެ ދެން ކޮންމެވެސް ނުބައެއް އެބައުޅޭ ހާފިޒް ފެނިފަ ޒީޝީ އަށް ގޮތެއްވޭ…… މަންމާ މިހެން ވިސްނުން މީ ރަނގަޅު ކަމެއްނޫން ކަންނޭނގެ.. އެކަމްވެސް…” އައިދަން ބުނެލިއެވެ. ސަމީމާ ވިސްނާލިއެވެ. “ދަރިފުޅާ ވާހަކައެއްބުނަން… އެއްވެސް މީހަކަށް އަދި ހާއްސަކޮށް ތިކަހަލަ ކަމަކު އެހެންމީހުންނަށް ބަރޯސާ ކުރާކަށްނުވާނެ.. ހާފިޒް ވެދާނެ ރަނގަޅުމީހަކަށް ކަމަށްވެސް އެކަމް މަންމަ ބުނަން ޒީއަށް ބަދަލު އަންނަންފެށީ އޭގެފަހުން… ފެނުނެއްނު ސިޑި… ސިޑިއަށް އެރިއިރުވެސް ޒީޝީއަށް ވީގޮތް… އައިދަން ހަނދާންކޮށްބަލަ..” ސަމީމާ ބުނެލިއެވެ. އައިދަން ހަނދާންކޮށްލިއެވެ. “އެހަށް އެކަމް ކާންއިނދޭ މަންމައަށް އިނގޭ އައިދަން ނުކާކަން..” ސަމީމާ ބުނެލަމުން އޭނާ ރޮށިތަށި ގާތްކޮށްދިނެވެ. އައިދަން ކާން އިށީނދެލިއެވެ.
….
ހާފިޒް ކޮޓަރިއަށް ވަދެ ތަޅުލާފައި ނިދާފައި އޮތް ޒީޝަންއަށް ބަލައިލިއެވެ. ޒީޝަން އޮތީ ރީތިގޮތަކަށް ނިދާފައެވެ. އެނދާއި ކައިރިވެލަމުން ހާފިޒް ޒީޝަންގެ ކައިރި އިށީނދެލިއެވެ. “ޒީޝަންންން… ޒީޝަންން…” ހާފިޒް ގޮވާލުމާއި އެކު ޒީޝަންއަށް ތެދުވެވުނީ ސިހިފައެވެ. ކުރިމަތީ އިން ހާފިޒް ފެނިފައި އޭނާއަށް ދެލޯ ބޮޑުކޮށްލާ ފަހަތަށް ޖެހެވުނެވެ. ހާފިޒް ވިހަ ހިނިތުންވުމެއް ދެމުން ޒީޝަންއާއި ކައިރިވެލިއެވެ. ނަމަވެސް އޭނާ ދުރަށް ޖެހެމުން ދިޔައެވެ. ހާފިޒް ޒީޝަންގެ އަތުގައި ހިފައި އޭނާއާއި ވީ ފަޅިއަށް ދަމައިގަތުމުން ޒީޝަން ކުއްލިއަކަށް އައިސް ޖެހުނީ ހާފިޒްގެ ގައިގައެވެ. ހާފިޒް އޭނާގެ ދެއަތުން ޒީޝަންގެ ގައިގާ ހިފަހައްޓާލައިގެން އިނެވެ. ޒީޝަން ރޮއެގަންނަމުން ދުރަށް ޖެހެން އުޅުނެވެ.
ހާފިޒް ޒީޝަންގެ އުނަގަނޑުން ފަށައިގެން ބަނޑުގައި އަތްއަޅާލިއެވެ. ޒީޝަންއަށް އުނދަގޫވިއެވެ. ހާފިޒްގެ އަތްއެތަކެއް ފަހަރު ދުރަށްލިއެވެ. “ޒީޝަން ބޭނުންވޭތަ އައިދަންއަށް ކަމެއްވާން..” ހާފިޒް ޒީޝަންގެ ކޮނޑުގައި ހިފައިފާ ދުރަށްލަމުން ބުނެލިއެވެ. ޒީޝަން ނޫނެކޭ ބުނެލިއެވެ. “އެހެންވިއްޔާ ކޯޕްރޭޓް..” ހާފިޒް އެހެން ބުނެލުމަށްފަހު ޒީޝަންގެ ހަށިގަނޑަށް ދަހިވެތި ނަޒަރެއް ދިނެވެ. ޒީޝަން ތުރު ތުރުއަޅައިގަތެވެ. “ހާފިޒް… ޕް..ޕްލީސް..” ޒީޝަން ބުނެލިއެވެ. ހާފިޒް ޒީޝަން އެނދުމަތީ ބޭއްވީގަދަކަމުންނެވެ. ލައިގެން ހުރި ގަމިހުގެ ގޮށްތަށް ނައްޓުވަމުން ދިޔަ ހާފިޒް ގެ ނަޒަރު ވަނީ ޒީޝަންގެ ހަށިގަނޑަށެވެ. އެންމެފަހަރަކުވެސް ކަރުނަ ނުހިކޭ އެ ލޮލަކަށް ބަލައެއްނުލައެވެ.
ކުއްލިއަކަށް އޭނާ ސިހުނީ މީހަކު ދޮރުގައި ހިފައިލި އަޑަށެވެ. ޒީޝަން ދެލޯބޮޑުކޮށްލާފައި ދޮރާއި ދިމާލަށް ބަލައިލުމަށްފަހު ހަޅޭލަވައިގަންނަން އުޅުނެއްކަމަކު ހާފިޒް ޒީޝަންގެ އަނގަމަތީ އަތްއަޅާލިއެވެ. ޒީޝަން ހާފިޒް ގެ ގައިގާ ޖަހައިލިއެވެ. އޭނާ ދުރަށްލާންއުޅުނެވެ. ތެދުވަން އުޅުނެވެ. އެއާއި އެކު ބާރު އަޑުފައްގަނޑާއި އެކު ދޮރު ހުޅުވިގެން ދިޔައެވެ. ދެމީހުންނަށްވެސް ސިއްސައިގެން ދެވުނެވެ. ދޮރުމަތީ ދެލޯބޮޑުކޮށްލައިގެން ހުރި އައިދަންއަށް ހާފިޒްއަށް ބަލައިލެވުނެވެ. އޭނާ ރުޅިއައިސް ރަތްވެގެން ދިޔައެވެ. އައި ގޮތަށް އައިސް ކަރުގައި ހިފާލަމުން އޭނާ ނެގިއެވެ. ޒީޝަން ރޮއެގަތެވެ. ސަމީމާއެތެރެއަށް ވަނީއެވަގުތުއެވެ. އެއާއި އެކު ވީގޮތް އިނގި ބިރުން ފިއްކަނޑައިގެން ގޮސްފައި އިން ޒީޝަންއާއި ދިމާލަށް އައެވެ.
އައިދަން ޒީޝަންއަށް ބަލައިލުމަށްފަހު ހާފިޒް ގޮވައިގެން ނިކުމެލިއެވެ. “ތީތަ؟ އެކުވެރިއަކަށް ވީތިވެ ކުރަން އިނގުނު ކަމަކީ..؟” ހަފިޒް ގެ ގައިގާ ބޮނޑިއެއް އަޅާލަމުން އައިދަން އެހެން ބުނެފައި އޭނާ އެ ކޮޓަރިން ނެރެލީ އެ ދެމުދުގައި ހިނގާނެ ހަމަނުޖެހުން ޒީޝަންއަށް ނުދައްކަންވެގެންނެވެ. އައިދަން އޭނާ ދުރަށް ކޮށްޕާލާފައި އަނެއްކާވެސް ނަގާ ގޮށް މުށުން މޫނުމަތީ ޖެހިއެވެ. “ސައިކޮލަޖީ ކިޔަވާއިރު، އަނެކާގެ އިހްސާސްތަށް އިނގޭއިރު… އިންސާނަކަށް އަނެއް އިންސާނެއްގެ ފަރާތުން ތިހާ ނުބައި ވަހުޝީ އަމަލުތަށް ފެނުނީމަ ވާނެ ގޮތްވެސް އިނގޭނެއެއްނު؟ އަނެއްކާ ޒީޝީ އަށް ވާ ގޮތްވެސް އިނގޭ.. ތީތަ ތި ކިޔަވާ އެއްޗެއް ކިޔެވުމުގެ ބޭނުމަކީ؟” އައިދަން ގެ ރުޅި ކޮންޓްރޯލް އިން ނެއްޓިއެވެ. އެތަކެއް ފަހަރު ހާފިޒް ގެ ގައިގާ ޖަހާފައި ވައްޓާލައެވެ. ” ހަމަ މިހާރު… މި އެއްޗެހި ހިފައިގެން ނިކުމޭ… ދެން ނުވާނެ މިގެއަށް ބަލައިލައިގެންވެސް… ވައި އެޅިގެންވެސް.. އަދި ބުނަން މި ދޫކޮށްލީކީ ޕޮލިހަށް އަންގަންނުކެރޭތީކީނޫން.. ހަމަ މިހާރުވެސް ކަރުގައި ހިފައިފާ މަރާލިސް… ނިކުމޭ!!!” އައިދަން އެހެން ބުނެލުމަށްފަހު އޭނާ ހާފިޒް ގެ ކޮޓަރިއަށް ވަދެ ހާފިޒް ގެ ދަބަސްނެގިއެވެ. އެއަށްފަހު ހާފިޒްގެ ގަމިހުގައި ހިފަހައްޓައިގެން ހުރެ ބޮޑު ދޮރާއި ހަމާލަށް ދިޔައެވެ. ދޮރުން ބޭރަށް އެ އެއްލާލަމުން ހާފިޒްވެސް ކޮށްޕާލިއެވެ. ހާފިޒް ވިހަހިނިތުންވުމަކާއި އެކު ދަބަސް ނަގައިފާ ހިނގައިގަންނަން އުޅުނެވެ. “އައިދަން… އަސްލު އަހަރެމެން މައްސަލައެއްނޫން… ކައެގެ އަންހެނުން މާ ހޮޓީ..” ދަމުން ހާފިޒް އެހެން ބުނެލިއެވެ. އައިދަން ރުޅި ކޮންޓްރޯލް ކުރަމުން ގޭގެ ދޮރުލައްޕާލިއެވެ. އަދި އަވަހަށް ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އޭރު ޒީޝަން ސަމީމާގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. އައިދަން އައުމާއި އެކު ސަމީމާ ތެދުވެލީ އައިދަން ހަމަޖައްސާށޭ ބުނަމުންނެވެ.
އޭނާ ނިކުމެގެން ދިޔައީ މީހަކު ގެނެސް ދޮރުވެސް ހަދަންޖެހޭނޭ ބުނެފައެވެ. އައިދަން އައިސް ޒީޝަންގެ ގައިގާ ބައްދައިގަތެވެ. ޒީޝަން އެއަށްވުރެ ބާރަށް އައިދަންގެ ގައިގާ އޮޅުލައިގަނެ ރޮމުންދިޔައެވެ. އައިދަން ޒީޝަންގެ ބޮލުގައި ބޮސްދިނެވެ. “އިދީ.. އޭނާ…. އޭނަ ބުނީ މަރާލާނަމޯ.. އެންމެން..” ޒީޝަން ބުނެލީ އުނދަގުލަކުންނެވެ. “ޒީޝީ ޒީޝީ.. ކީއްވެތަ އެހާ ކުޑައީ އަދިވެސް.. ޒީޝީ ބަލާބަ…. މީހުން ބިރުދައްކައިގެން ނޫނީ ފައިދާއެއް ނުނެގޭނެ… އޭނާ ބިރުދައްކަން ބުނި އެއްޗެކޭ އެއީ.. ހާފިޒްއަކީ މާލޭގައި މިއާއިލާ ނޫނީ ދަންނަބައެއްވެސް ނުހުންނަ މީހެއް.. އެހެންވެއެއްނު މިގެއަށް އެއައީ… ކުރިން ވެސް ހުރީ ކުއްޔަށް ހިފައިގެން.. އޭނައުޅެނީ އިންޑިއާގައި އެހެންނޫނަސް އޭނާ އެކަހަލަ ބިރުދެއްކިއްޔޭ ކިޔާފަ އެހުރިހާ ކަމެއް ޖެހޭތަ ޒީޝީ ތަހައްމަލުކުރަން..؟” އައިދަން ބުނެލިއެވެ. އޭނާ ހުރީ ޒީޝަންއަށް ވިސްނައިދޭންވެސްބޭނުންވެފައެވެ. މާދަމާވެސް މިކަހަލަ ކަމެއްވުމުގެ ފުރުސަތު ނުދިނުމަށެވެ. “އެކަމް.. ބުނީ އިދީ މަރާ.. މަރާ..މަރާލާނިއޭ..” ޒީޝަން ބުނެލިއެވެ. އޭރުވެސް އޭނާ ދިޔައީ ހަމަ ރޮމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.






Enjoy.. Good night.. I love u all 🙂 and yes good luck to every reader who is doing gc this year.. too late to wish but still do well… Study well.. tvgc…
Alhey vvvvvv reethi mi bai ves… ❤❤❤❤❤❤❤❤❤❤
Wow… Varah reethi?
V hiy.hamajehe salhi vaahakaeh
“Baroasa” mi word beynun kuraathee varah bolah undhagoo vey… Ryn liyaa ehchihiga varah faahaga kurevey e word beynun kuraakan.. Misaalakah ehn myhunah baroasa kuraakah nuvaane ey eh noon dhw bunaanee.. Ithubaaru kuraakah nuvaane ey.. Rangalhu kohlahchey ingey ekahala kan kan.
Ehen meehunnakah baroasa vaakah nukeheyeyvxxx bunevidhaane……………
Aslu boduh reeti vaanee baroahsaa ge badaluga itubaaru beynunkureema 🙂
U did a great job by the way:]
V hot mi stry v rythi v furihama zyshaan aa aidhaan couple eh gothah gulhigen dhen ulheyne dhw zyshaan ah bodah nasey haiydhy birukanduvaathi rangalhah aidhaan lavva v inthizaaru kunan dhen oiy bayah mihaa rythivaane kamavves ummydhukuran n GUD NYT
Kn irakun next part..v v v salhi
Koba massala aky baroasaa liyumun. Hama reethi. Baroasa ge maana akee ithubaaru. Dhivehi radheef ga ves inna baheh ei. Btw vaahaka v reethi.waiting 4 the next part
vvvvvvvvv reeeeeethi…… i love this story..:-)
Vvv reethi. Love this story.
aharemn kiyanee ehen meehunnah kan kamuga baroasaa vaa vahaka. Ingireysin bunaanama depend vun. Radheef ga innanee ekam ithubaarey eyge maana akee. Idhee haafiz ah baroasa vaa vahaka buneema heevanee idhee ulheni haafiz ge thahppaahuga hen. Bahuge ekadamee aa gulhaalan v nu. E bas beynun kuraa haalai thakakee kobaathoa balan. May b baroasa vumakee kameh n ithubaarakee ihsaas eh. It sure is odd, mi gothah kiyan.
salhi