Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 4

shooty Level 310 Stories100 Comments
October 1, 2016 5 Mins Read
27 Comments

ލޯބި ވަން ޔާރާ އޭ 4

1 އަހަރު ކުރި

ޔޫލީ އަކީ ރަޝިޔާގެ ކޮލެޖެއްގައި މެޑިސިން ކިޔަވަމުން ދާ ދަރިވަރެކެވެ. އެގޮތުގައި އުޅޭ އިރު ދަސް ކުރަމުން ދާ ދަރިވަރަކަށް ވާތީ އާއްމު ބަލިތަކުގެ ޕޭޝެންޓުން ޗެކް ކުރަން ޖެހެއެވެ.

އޮފީހުގެ ފަރާތުން ލިބުނު 4 މަހުގެ ކޯހެއްގައި ދާއިން ހުރީ ރާޝިޔާ ގައެވެ. އެތަނުގައި ފިނި ގަދަ ވުމުގެ ސަބަބުން ދާއިން ރޯގާ ޖެހިގެން ހޮސްޕިޓަލަކަށް ދައްކަން ދިޔައެވެ.

“އިޓްސް ސޯ ކޯލްޑް ހިޔަރ. މައި ކަންޓްރީ އިސް ސޯ ހޮޓް” ދާއިން ޗެކް ކުރަމުން ދިޔަ ޑޮކްޓަރު ޔޫލީ އާއި އިނގިރޭސިން ވާހަކަ ދެއްކީ ޔޫލީ އަކީ ރާއްަޖެ ކުއްޖެއްކަން ނޭނގި ހުރެ އެވެ.

“އޯހް. ވެއާ އާރ ޔޫ ފްރޮމް؟” ޔޫލީ ގާތަށް ކުޑަ ކޮށް ހިނި އައީ ޕޭޝެންޓް ގެ މައުލޫމާތު ގައި މޯލްޑިވިއަން ޖަހައިފައި އިން ތަން ފެނުމުން ނެވެ.

“މޯލްޑިވްސް” ދާއިން ހިނިތުން ވެލަމުން ޖަވާބު ދިނެވެ.

“ވަރަށް އުފާ ވެއްޖެ ރާއްޖެ ޕޭޝަންޓަކާ ދިމާ ވީމަ” ޔޫލީ ރަކި ގޮތަކަށް ހީލި އެވެ. ހަގީގަތުގައި ޔޫލީ އަށް ވެސް ޕޭޝެންޓް ގެ މައުލޫމާތު ނެތް ނަމަ ދާއިން އަކީ ރާއްޖެ މީހެއްކަން ނޭނގުނީހެވެ. އެއަށްވުރެ ދާއިން ވައްތަރީ ބޭރު މީހަކާ އެވެ. ޔޫލީ ގެ ޖުމްލަ އަށް ދާއިން ހިނިތުންވެލީ އުފާވެފައި އިނދެއެވެ.

އޭގެ ފަހުން އެތައް ތާކުން ދިމާވެ އެކުވެރިކަން ބަދަހި ވަމުން ދިޔައީ ނުހަނު އަވަހަށެވެ.

ޝޮޕިން މޯލެއްގެ ކައިރީ ހުންނަ ޕާކެއްގެ ވިނަގަނޑު މަތީ ދެމީހުން އޮށޯވެލައިގެން ތިބި އިރު ވަގުތުގެ ގޮތުން އެތާ ތިބޭނީ ހައެއްކަ މީހުން ނެވެ.އެހެން ނޫނަސް އެއީކީ އެހެން މީހުން ކުރާ ކަންތަކަށް ސަމާލުވާނެ ބައެއް ނޫނެވެ.

“އަސްލު ފުރަތަމަ ޔޫލީ ފެނުނީމަ ހިއެއް ނުކުރަން ރާއްޖެ ކުއްޖެއް ކަމަކަށް.” ދާއިން ޔޫލީގެ މޫނަށް ބަލައިލި އިރު އެތުންފަތުގައިވާ ހިނިތުންވުން ފެނި ހިތައް ގޮތެއްވެލިއެވެ.

“ހެހެ، ޔޫލީ ވެސް ހީކުރީ ތީ ހޮލީވުޑް ފިލްމް ސްޓާރެއް ކަމަށް. ޔޫ އާ ސޯ ހޭންޑްސަމް ވިއްޔަ” ޔޫލީގެ ޖުމްލަ އާއި އެކު ދާއިންގެ ހިނިތުން ވުން ފުން ވެގެން ދިޔައެވެ.

“އަހަރެން ނަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެ!” ދާއިން ގެ ޖުމްލަ އާއިއެކު އޮށޯވެގެން އޮތް ޔޫލީ އަށް ތެދުވެވުނީ ކުއްލިއަކަށެވެ.

“ކިހިނެތް ވީ؟” ދާއިން ހައިރާން ވެފައި އަހައިލި އެވެ.

“އަ..މީ ކަ ކާކު ދެކެ ތަ ލޮ.. ލޯބި ވެވުނީ؟ އައި އެމް ކިއުރިއަސް” ޔޫލީ ހިނިތުން ވާން މަސައްކަތް ކުރީ ދާއިން އަށް ބޭޒާރު ވެދާނެތީ އެވެ.

“ނަން ދޯ؟ ހެހެ އަނެއްކާ ނަން ބުނީމަ ޔޫލީ ރުޅިއެއް ނާންނާނަން ތަ؟” ދާއިން ވެސް ތެދުވެ ޔޫލީ ގެ މޫނު ފެންނާނެ ހެން އިށީނެވެ. ޔޫލީ ގަދަކަމުން ހިނިތުން ވެލަމުން ބޯޖަހައިލި އެވެ. ދާއިން އިރުކޮޅަކު ޔޫލީގެ ލޮލަށް ބަލަން އިނެވެ. އެ ލޮލުން ދާއިން އަށް ޓަކައި ލޯބި ފެނޭ ތޯ އެވެ. އެ ލޮލަށް ބެލި ބެލި ހެން ދާއިން އަށް ފެނުނީ އެ ލޮލަށް ޖަމާވަމުން އަންނަ ކަރުނަ އެވެ. އެއާއި އެކު ދާއިން އަށް ފޮނި ކަމެއް އިހުސާސްވެގެން ދިޔައެވެ.

“ޔޫލީ؟؟ ވަޓްސް ރޯންގް؟” ދާއިން ބޭނުން ވީ ޔޫލީ ގެ ދުލުން އިގުރާރު ކުރުވާށެވެ.

“ހެހެ. އައި އެމް ހެޕީ އެންޑް ސޭޑް، ޔޫލީ އަށް ނުވެސް އަންގާ ދާއިން ކުއްޖެއް ދެކެ ލައިކް ވާ ވާހަކަ ވެސް. ކުއްލިއަކަށް ލޯބި ވާ ވާހަކަ ބުނީމަ އައިމް ޝޮކްޑް. ޔޫލީ ހީކުރީ ޑޭން ޔޫލީ އާމެދު ދެކެނީ ވަރަށް ގާތް ކޮށް ކަމަށް. އެހެން ނޫނީ..” ޔޫލީ އަށް ބުނެވެން އުޅުނު ޖުމްލަ ހުއްޓާލި އެވެ. އެ ބުނެވުނީ ކީކޭ ހެއްޔެވެ. އަމިއްލަ އަށް ބޭޒާރު ނުވެވުނީ ހަމަ ކިރިޔާ އެވެ.

“އެހެން ނޫނީ ކިހިނެތް ވީ؟” ދާއިން ހައިރާން ކަން އަޑުން ފާޅު ކުރިޔަސް އެތެރެ އެތެރެ އިން ހެވުނެވެ.

“އެހެން ނޫނީ ނަތިންގ، އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް އިޓް. ދެން އެވާހަކަ ބުނެގެން ވާނެ ފައިދާއެއް ނޯންނާނެ.” ޔޫލީ އިސްދަށަށް ޖަހައިލީ ކަރުނަތައް މިނިވަން ވުމުން ނެވެ.

“ފަހަރެއްގަ މީ އެންމެ ރަނގަޅު ވަގުތު ކަންނޭނގެ ތި ވާހަކަ ބުނަން. ޔޫލީގެ ނުރުހުމާއި އެކު އެ ގުޅުމެއް ކުރިއަށް ގެންދެވޭކަށް ނެތް.” ދާއިން ޔޫލީގެ އަތުގައި ހިފައި ފިއްތާލިއެވެ.

“ޑޭން ބޭނުމީ އަޑު އަހަން ދޯ؟ ފައިން، އަޑުއަހާ! އައި ލަވް ސަމްވަން. އެކަމު އެއީ އެހެން މީހެއްގެ ހައްގެއް. ދެން އަހރެން ހަދާނީ ކިހިނެތް؟” އެންމެ ފަހުން ޔޫލީ އަށް ރޮވިއްޖެ އެވެ.

“އެ މީހަކީ އަހަރެން ތަ؟” ދާއިން ޔޫލީގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން އެހިއެވެ. ޔޫލީ ލޯ މަރައިލަމުން ބޯ ޖަހައިލިއެވެ.

“އެހެން ވީ އިރު އަދި ލަހެއް ނުވެ. މި ނިކަމެތި އަޅާ އަށް ލޯބި ވެވުނީ ތި ނުވިސްނޭ ކުއްޖާ ދެކެ.” ދާއިންގެ ޖުމްލަ އާއި އެކު ޔޫލީގެ ރުއިން ހުއްޓުނީ ލިބުނު ޝޮކުގެ ސަބަބުން ކަމެއް އުފާވެގެން ކަމެއް ނޭނގެ އެވެ.

“ދެ.. ދެން ކީއްވެ ނުބުނީ؟” ޔޫލީ ޝަކުވާ ކޮށްލިއެވެ.

“މިއޮއް ހުރިހާ އިރު މި ފާޑު ފާޑު ގެ އެއްޗިސް ކީ ތި ކުއްޖާ އަށް ވިސްނޭތޯ. އެކަމު ތި ވިސްނީ އެންމެ ނެގެޓިވް ކޮށް. ބީ ސްޓްރޯންގް. ނޫނީ ޑޭން އެނބުރި ދާ ދުވަހު އެޑްމިޓް ކުރަން ޖެހިދާނެ.” ދާއިން ސަމާސާ ކޮށްލިއެވެ.

“ޔޫ.. އައި ވިލް ކިލް ޔޫ” ޔޫލީ ދާއިން ގެ ގައިގައި ގޮށްމުށުން ތަޅައިގަތީ ރުޅި އައި ވަރުން ނެވެ. އެއާއި އެކު ދެ ޒުވާނުން ގެ އަޑު ފަޒާގައި ގުގުމާލި އެވެ.

************

ދާއިން އަށް ހޭވެރިކަމެއް ވީ މާއިރާ ފެން ޖަގު ހިފައިގެން އެ ކޮޓަރި އަށް ވަނުމުންނެވެ.

” ދަރިފުޅު ނުނިދާ ތި އޮތީ، އަނެއްކާ ބަލީތަ؟ ލޯ ވެސް ހާދަ ރަތޭ” މާއިރާ ގެ އަޑުގައި ވަނީ ނުތަނަވަސް ކަމެވެ. އެކަން އިހުސާސް ވުމާއި އެކު ދާއިން ކުޑަކޮށް ހިނިތުން ވެލަމުން މާއިރާ ގެ އަތުގައި ހިފައިލަމުން ތެދުވެ އިށީނެވެ.

“ކުޑަކޮށް ބޮލުގަ ރިއްސަނީ. އެކަމު ބޭސް ކައިފިން. މަންމަ ދޭ އަވަހަށް ނިދަން. ވަރުބަލި ވެފަ އެއްނު ހުންނާނީ.” ދާއިން ގެ ބަހަށް ހިނިތުން ވެލަމުން މާއިރާ ތެދުވެ ދަރިފުޅުގެ ބޮލުގައި ފިރުމައިލިމުން ނުކުތީ ނިދާ ބޮކި ވެސް ނިވައިލާފައެވެ.

އަރާމުކޮށް ނިދާލައިފައި އޮތް މިޝެލް އަށް ހޭލެވުނީ ފޯން ރިންގު ވާ އަޑަށެވެ. މިއޮައް ހެނދުނާ އުނދަގޫ ކުރަނީ ކާކު ބާއޭ ހިތައް އަރަމުން މިޝެލް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

“ހެލޯ” މިޝެލް ނިދި އަޑަކުން ވާހަކަ ދެއްކި އެވެ.

” މިސް މިޝެލް” އެ އިވުނީ އެ ފިރިހެނާ ގެ އަޑެވެ. މިޝެލް ފުންމައިގެން ތެދުވި އިރު ވަނީ ނިދިވެސް ފިލައި ގޮއްސައެވެ.

“ކި..ކީ ކޭ ތޯ؟” މިޝެލް އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކި އެވެ.

” މި ގުޅައިލީ ދަ ސީ.އީ.އޯ އޮފް ޑްރީމް ޕްރައިވެޓް ލިމިޓެޑްގެ ޕީ.އޭ ކަމުގެ މަޤާމަށް މިސް މިޝެލް މުހަންމަދު ހޮވުނު ވާހަކަ ބުނެލަން. މިއަދުގެ 9:00 ޖަހާ އިރު މިކޮޅަށް ދުރުވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެ. އެންޑް، ވެއާ ސަމްތިންގ ސެކްސީ” މިޝެލް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އެކޮޅުން ފޯން ކަނޑައިލައިފިއެވެ. ‘ވެއާ ސަމްތިންގ ސެކްސީ’ އެ ތަންކޮޅު މިޝެލް ގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެ ފިރިހެނާ ހިތައް އަރަނީ ކީކޭ ހެއްޔެވެ؟ ބޭނުންހާ ގޮތެއް ނެހެދޭނެ އެވެ. މިޝެލް ދަތްކުނޑި ވިކައި ގަންނަމުން ތެދުވީ އޮފީހަށް ދާން ތައްޔާރު ވާށެވެ.

ބަރާބަރު 8:59 ގަ މިޝެލް ހުރީ އީތަން ގެ ކެބިން ގެ ދޮރުމަތީ އެވެ. ޓަކި ޖަހަން އުޅެފައި ވެސް އީތަން މިޝެލް އާ ޖެހިގަނެގެން އުޅޭ ކަން ހިތައް އަރައި މިޝެލް ވެސް އޭނާ އަކީ ފިނޑި ކުއްޖެއް ނޫން ކަން އަންގަން ދޮރު ހުޅުވައިލި އިރު ފެނުން މަންޒަރުން ލަދުން މަރު ވާވަރު ވިއެވެ. އޮފީހުގައި އުޅޭ ރީތި އަންހެން ކުއްޖެއް އީތަން ގެ އުނގުގައި އިން އިރު ދެމީހުން ގެ ތުންފަތް ވަނީ ގުޅިލައި މެހިފައެވެ. މިޝެލް އެނބުރި ދާން އުޅެނިކޮށް އީތަން ގޮވައިލި އެވެ.

“މިސް މިޝެލް. ކީއްވެ ތި ދަނީ؟ ކަމް އިން” މިޝެލް އީތަން އާއި ދިމާއަށް އެނބުރުނު އިރު އެ އންހެން ކުއްޖާ ތެދުވެއްޖެއެވެ. އަދި ރުޅިވެރި ނަޒަރަކުން މިޝެލް އަށް ބަލައިލުމަށް ފަހު ނުކުމެގެން ގޮއްސި އެވެ. އީތަން ގޮނޑި އަށް އިޝާރާތް ކުރުމުން މިޝެލް އިށީނެވެ.

” ސޯ، މިސް މިޝެލް. އހަރެންގެ ނަމަކީ އީތަން. މިޝެލް ގެ ޖޮބަކީ އަހަރެންގެ ހުރިހައި ކަމެއް ބެލެހެއްޓުން!” އީތަން ވާހަކަ ދެއްކި އިރު އިނީ ނުލަފާ ގޮތަކަށް ހީގަނެގެން ނެވެ.

” ހުރިހައި ކަމެކޭތޯ؟” މިޝެލްގެ ސުވާލާއި އެކު މުޅި ތަނަށް ފެތުރިގެން ދިޔައީ އީތަންގެ ހިނިގަނޑުގެ އަޑެވެ.

“އޯހް މިސް މިޝެލް، ހާދަހައިވާ ޑާޓީ މައިންޑެޑް ކުއްޖެކޭ ދޯ. މި ބުނަނީ އަހަރެންގެ މީޓިން ޝެޑިއުލް ތަކާ، ކޮފީ އާ، ތަން ތަނަށް ކުރަން ޖެހޭ ދަތުރުތައް، އަދި މި ކެބިން އަބަދުވެސް ރީތިކޮށް ބޭއްވުން އެއީ މިޝެލް ގެ ޒިންމާ އެކޭ.” އީތަން ގެ ވާހަކަ ދެއްކުން ހުރި ގޮތުން މިޝެލް އިނީ ރުޅި އައިސްގެން އަނދަ އަނދަ އެވެ.ނަމަވެސް ހިނިތުންވެލިއެވެ.

“އެހެން ވީމަ މިއަދު ތޯ ފަށަނީ؟” މިޝެލް ސުވާލު ކޮށްލީ ޔަގީން ކޮށްލުމަށެވެ.އީތަން ބޯ ޖަހައިލި އެވެ.

“މޭކް މީ އަ ކޮފީ!” އެއާއި އެކު މިޝެލް އަވަސް ވެ ގަތީ ކޮފީ ހެދުމަށެވެ.

މަސައްކަތުގައި ހަވީރުވަންދެން މިޝެލް އުޅުނެވެ. ނަސީބަކުން އީތަން ގެ އުނދަގުލެއް ނުފޯރައެވެ. އޮފީސް ހުސްވަމުން ވަމުން ގޮސް އެންމެ ފަހުން މިޝެލް އާއި އީތަން އެކަނިވި އެވެ.އެފަދަ ވަގުތަކަށް ބަލަ ބަލައި ހުރި އީތަން މިޝެލް އަށް ގޮވައިލިއެވެ.

“ޔެސް ސަރ” މިޝެލް އީތަން ގެ ކުރިމަތީ އައިސް ހުއްޓިލިއެވެ.

“ޕްލީސް. އޮންލީ އީތަން. އެހެން ނޫނަސް މަގޭް ގެ ވާން އުޅޭ ވައިފް މަށަށް ސަރ ކީމަ ކިހައި އޮޑް!!!” އީތަންގެ ޖުމްލައިން މިޝެލް ހައިރާން ވީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.

“ކީކޭ ތޯ؟؟” އީތަން މިޝެލް އަށް ފުން ކޮށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ތި އިވުނީ ރަނގަޅަށް! ތީ މަގޭ ވާން އުޅޭ ވައިފް.” އީތަން ދެވަނަ ފަހަރަށް ވެސް އިއްވާލިއެވެ.

“ލިސެން މިސްޓަ އީތަން. އަހަރެން މަޑުން ހުރީމަ އޭގެ މާނަ އަކީ ބޭނުންހައި ގޮތެއް ހެދޭނެ އެކޭ ނޫން އިނގޭ! އަހަރެން މަރު ވެސް ވެދާނަން، އެކަމު ތިކަހަލަ ބޮޑާ މީހަކާ ނީންނާނަން. ނެވާ އެވާ” މިޝެލް އަށް ކުއްލި އަކަށް ހިތްވަރު އައި ފަދައެވެ.

“ހެހެ. މި ޒަމާނުގައި ވެސް ތިކަހަލަ މޮޔަ އަންހެން ކުދިން އުޅޭތީ ލަދު ގަނޭ. އެކަމު، މިސް މިޝެލް ޔޫ ހޭވް ނޯ ޗޮއިސް، އެކަން ޔަގީން ކުރަން ބޭނުމިއްޔާ ރީޑް އިޓް!” އީތަން މިޝެލް އަތަށް ލިއުމެއް ދިނެވެ. މިޝެލް ރުޅިވެރި ކަމާއި އެކު އީތަން އަށް ބަލައިލަމުން އޭގައި ހިފިއެވެ.

އޭގައި އޮތީ އެ ވަޒީފާ މިޝެލް އަށް ލިބޭނީ އީތަން އާއި ކައިވެނި ކުރާ މަތިން ކަމަށެވެ. އަދި ލިޔުމުގައި ސޮއި ކުރުމަށް ފަހު މީޝެލް އެކަމާއި ދެކޮޅު ހަދައިފި ނަމަ 1 ބިލިއަން ރުފިޔާ އީތަން އަށް ދޭން ޖެހޭނެ ކަމަށެވެ. އޭގައި އޮތް އެއްޗެއް ކިޔާފައި މިޝެލް ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އާނއެކެވެ. އީތަން އެކަން އޮތީ މާ ކުރިން ވެސް ރާވާފައެވެ. ވަޒީފާ އަށް ކުރިމަތި ލީ ކުދިންގެ ތެރޭގައި މިޝެލް ގެ ނަން އިނުމުން އޭނާ ވަރަށް ގޮތް ގޮތުން އެއީ ކޮން މިޝެލް އެއްތޯ ބެލިއެވެ. އަދި އިންޓަވިއު އަށް އަންނަ ދުވަހަށް އެ ލިޔުން އޭނާގެ ލޯޔަރު ލައްވައި ހެދުވިއެވެ. މިޝެލް ގެ ބަދުނަސީބު ކަމުން އެއީ ކޯޗެއްތޯ ނުބަލައި ސޮއި ކުރެވުނީ އެވެ.

” އަހަރެން މި ދެނީ7 ދުވަސް. އެ 7 ދުވަސް ތެރޭ މިޝެލް މިޝެލްގެ ފެމިލީ އޯކޭ ކުރޭ. ނޫނީ މި ލިޔުން ދައްކައިގެން ތި ކުއްޖާގެ މޮޔަ ކަން ތި ފެމިލީ އަށް ހާމަ ކޮށް ބިރު ދައްކައިގެން މެރީ ކުރަން ޖެހިދާނެ.” އީތަން ފަހުގެ ޖުމްލަ އިއްވާލަމުން ނުކުމެގެން ދިޔައީ   ލިބުނު ކާމިޔާބީ އަށް ހިތާހިތުން ހެމުން ނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ލޯބިވަން ޔާރާ އޭ 3

Next

ބައްޕާ މިދޭ އިޚްތިރާމް

Next
October 1, 2016

ބައްޕާ މިދޭ އިޚްތިރާމް

Previews
October 1, 2016

ލޯބިވަން ޔާރާ އޭ 3

27 Comments!

  1. mishka says:
    October 1, 2016 at 9:25 pm

    wow.. nice.. keep it up.. avahah uo kohdhehchey

    1. mishka says:
      October 1, 2016 at 9:26 pm

      alhugandu first dhw

  2. shooty says:
    October 1, 2016 at 9:28 pm

    hey everyone miothy new ep eh. hope you guys will love it. maadhamaa ge part faharegga up nuvun ves ekashygen vey. thankyou for your support. love you all.

  3. petites says:
    October 1, 2016 at 9:31 pm

    Wowww.. interesting ??? waiting for the next parrrrt ??

  4. Afy says:
    October 1, 2016 at 9:38 pm

    V v v v v v v v salhi kiyaahithun kiyaalee aneh part avahah up kolladhee

  5. Shaya says:
    October 1, 2016 at 9:40 pm

    Wow very nice keep it up. …♡♡

  6. Ushaa says:
    October 1, 2016 at 9:41 pm

    Wow.. Vvvvvvvvv v NYC.. waitin..

  7. ninaa says:
    October 1, 2016 at 10:07 pm

    Wow v reethi pls konme dhuvahaku up kureveythi balaidhechey .

  8. Afaa says:
    October 1, 2016 at 10:23 pm

    Wow v kehmadhuvehje kiyaahithun eethan dhw v laaneh kujeh ???????interesting…. migulhun kihaavarakun dhaanebaa so hot ??????

  9. Sheeby says:
    October 1, 2016 at 10:31 pm

    Nice story… I love it…????

  10. RaM says:
    October 1, 2016 at 10:35 pm

    Alhey dhn kihineh baa dhw vaani mishel ah haaleh jassaalaane hen heevani ooh no. .Vvv salhi ????

  11. Lifoo says:
    October 1, 2016 at 10:35 pm

    V reethi ???

  12. Zesh says:
    October 1, 2016 at 10:41 pm

    V salhi story eh.. ???

  13. ully says:
    October 1, 2016 at 11:50 pm

    Obiness…. seriously can’t wait tooooo long…..
    This is the best……???????

  14. Hooooo. says:
    October 1, 2016 at 11:58 pm

    Varah salhiiiii.
    Pls vie haa ves avahakah update kohdeychey.
    I love ❤️ this story.

  15. Zupi says:
    October 2, 2016 at 2:03 am

    Michael!! ?
    Avahah next epi. Up kobba… X

  16. inaya says:
    October 2, 2016 at 4:45 am

    Varah salhi…..eethan mee haadha laaneh kujekey…emme fahun edhemyhun yageen loabi vaanekan

  17. love it says:
    October 2, 2016 at 7:44 am

    alhe shooty next part today up kohdheeba.. hama kiyaahithun obinoavey. plspls haadhahaa ey rythy.

  18. shooty fan says:
    October 2, 2016 at 7:46 am

    please alhe miadhu next pat kiyan libeyne nama. so interesting.

  19. rose says:
    October 2, 2016 at 8:11 am

    avahah up kohdheeba pls…… v v v v v v reethi mi part ves

  20. Sim says:
    October 2, 2016 at 8:26 am

    Wow shooty. Story hama v nice. Hope kuran nimendhen genesdheyne kamah.

  21. niha says:
    October 2, 2016 at 8:59 am

    vvvv obi……….

  22. sam says:
    October 2, 2016 at 12:52 pm

    Plx miadhu nxt part up khdhybala. V reethi mivarhaka

  23. shooty says:
    October 2, 2016 at 1:12 pm

    I will try to upload today. but yageen kameh nudheveyne. thaks for your support. I loveyou all..

  24. Ushaa says:
    October 2, 2016 at 4:43 pm

    Vvvvvvvvvvvvvvvvvvvvvvvv Nyc..

  25. His girl ? says:
    October 10, 2016 at 8:52 pm

    Oh my god ? kihineh e v

  26. yax says:
    November 30, 2016 at 12:41 pm

    How rude of you eethan!!!
    Shame on you!!!
    Any way the story is beautiful shooty?

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 5←


All Right Reserved!