ލޯބިވަން ޔާރާ އޭ 3
ލޯބިވަން ޔާރާ އޭ 3
“ޔޫ؟؟؟” އީތަން ހައިރާން ވީ ވަރުން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. އިރުކޮޅެއްގެ ހަމަ ހިމޭން ކަމަށް ފަހު އީތަން ގެެ ތުންފަތައްެް މަލާމާތު ގެ ހިނިތުން ވުމެއް ވެރިވިއެވެ.
“ސޯ މިސް މިޝެލް، ވަޓް އަ ސްމޯލް ވޯލްޑް. ކުރީ ދުވަހަކު އަހަރެން ލަދު ގަންނަ ވަރު ކޮއްލާފަ މިއަދު ތީނީ އަހަރެންގެ ގާތަށް ޖޮބަކަށް އެދި އައިސް. ނޮޓް ބޭޑް.” އީތަން މަލާމާތުގެ ރާގަކަށް ބުނެލި އެވެ. މިޝެލް އިނީ ހަދާނެ ގޮތް ހުސް ވެފަ އެވެ. ހިތުގައި ވާ ހުރިހައި އެއްޗެއް ގޮވައިލަން ހިތަށް އަރައިފައި ވެސް މަޑުން އިނީ ވަޒީފާ ގެ މުހިންމު ކަން ހިތަށް އަރާފަ އެވެ.
“ހަގީގަތުގަ މި ޖޮބަށް މިސް މިޝެލް އަށް ވުރެ މޮޅު ކުދިން ލާފައި އެބަ ތިބި. ސޯ ޓެލް މީ މިސް، މި ޖޮބް ތި ކުއްޖާ އަށް ލިބެން ވީ ކޮން ސަބަބެއް އޮވެގެން؟” އީތަން މިޝެލްގެ މޫނަށް ބަލާ ވަރުން މިޝެލް އަށް ކުޑަ ކޮށް އުނދަގޫ ވެސް ވިއެވެ.
“އަޅުގަނޑު މި ޖޮބަށް ކުރިމަތި ލީ ފެމިލީ އަށް ޑިޕެންޑް ވެގެން އުޅެން ބޭނުން ނުވާތީ. އަދި ސެލެރީ ރަނގަޅު ވީމަ.” މިޝެލް ހިތްވަރު ކޮށްފައި ވާހަކަ ދެއްކި އެވެ.
“މިސް މިޝެލް، މި ލިއުމުގައި ސޮއި ކޮށްފައި ދިޔަސް އޯކޭ. ޖަވާބެއް ދޭން މާދަން ގުޅާލާނަން.” އީތަން މިޝެލް އަތަށް އެ ލިޔުން ދިނުމާއި އެކު އެއީ ކޯއްޗެއްތޯ ވެސް ނުބަލައި ސޮއި ކޮށްފައި އަވަސް އަވަހަށް މިޝެލް ގޮނޑިން ތެދުވި އެވެ. އީތަން މިޝެލް އަށް މަލާމާތުން ފުރިގެން ވި ހިނިތުން ވުމެއް ހަދިޔާ ކޮށްލުމަށް ފަހު ދޮރަށް އަތުން އިޝާރާތް ކޮށްލިއެވެ.
ކެބިން އިން ނުކުމެވުމާއި އެކު މިޝެލް ހިންދެމިލި އެވެ. ހާދަ ނުލަފާ ގޮތެއް ހުންނަ ފިރިހެނެކެވެ. އެކަމު ހާދަ ރީއްޗޭ މިޝެލް ގެ ހިތަށް އެރިއެވެ. ދެފަރާތަށް ބޯ ހޫރައިލުމާއި އެކު މިޝެލް ފޯން ނަގައި ދާއިން އަށް ގުޅައިލީ ގެއަށްލަިިއި ދޭން އައުމަށެވެ.
މެންދުރު ގެ ކެއުމަށް އިންސާފު ކުރަން އިން އިރު ޔޫލީ އަށް ވިސްނެމުން ދިޔައީ ދާއިން އާއި ދޭތެރޭ އެވެ. މިހާރު ދާއިން އޭނާގެ މަތިން ހަނދާން ހުންނާނެ ބާއެވެ. އެފަދަ ހިޔާލު ތަކެއްގައި ވަނިކޮށް ސޫޒަން ޔޫލީ އަށް ގޮވައިލި އެވެ.
“ދަރިފުޅު މާ މަޑުން ތި އިންނަނީ އަނެއްކާ ބަލީތަ؟” ސޫޒަން ގެ އަޑުގައިވާ ކަންބޮޑުވުން އިހުސާސް ވުމާއި އެކު ޔޫލީ ދަތްތައް ފެންނަވަރަށް ހީލިއެވެ.
“ނޫނޭ މޮމް. މި ވިސްނަނީ އަދި ޖޮބަށް ނުކުންނަން ތިން ދުވަސް އޮތީމަ، ކުރާނެ ކަމެއް.” ޔޫލީ ހިނިތުންވެލި އެވެ.
“ދަރިފުޅު އަދި ކައިލީ ގާތަކަށް ވެސް ނުދަމެއްނު.” ސޫޒަން ކައިލީގެ ނަން ގަތުމާއި އެކު ޔޫލީ ‘އޯ ނޯ’ އޭ ބުނެލި އެވެ.
ސޫޒަން ހައިރާން ކަމާއި އެކު ޔޫލީ އަށް ބަލައިލީ ކިހިނެތް ވީ ހޭ އަހައިލާ ފަދަ ގޮތަކަށެވެ.
[ އަޅުގަނޑު އައި ކަން ވެސް ކެލީ އަކަށް ނޭނގޭނެ. މިހިރީ ކައިލީ މަތިން ހަނދާން ނެތިފަ. މޮމް އަޅުގަނޑު ހަވީރު ކެލީ ގާތަށް ދާނަން އިނގޭ” ޔޫލީ ގެ އެދުމަކަށް ނޫނެކޭ ނުބުނާ ސޫޒަން މިފަހަރުވެސް ހިނިތުން ވެލަމުން ބޯ ޖަހައިލި އެވެ.
ދާއިން އޭނާގެ ކެބިންގައި އިން އިރު ބޯ ހީވަނީ ފަޅައިގެން ގޮސް ދާނެ ހެނެވެ. ޔޫލީ ފެނުން ފަހުން ދާއިން އަކަށް ނުނިދެ އެވެ. އެ ލޯބި ހިތުން ފިލުވައިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެއީ ދުވަހެއްގެ ކޮޅުން ވާނެ ކަމެއް ހެނެއް ހިއެއްނުވެއެވެ. އެއަށް ވުރެ އޭނާ އަށް ވަނީ ޔޫލީ އާއި ގާތް ވެވިފައެވެ. އެ ޒުވާންކަމުގެ ފޮނި މީރުކަން ދާއިން ނޫން މީހަކަށް ލިބިފައެއް ނެތެވެ. ކުއްލި އަކަށް ޔޫލީ އާއި ވަކިވާން މަޖުބޫރުވުމުން ދާއިން އަށް ކުރި އަސަރު ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ.
“އޭ ޑޭން! ކޮން ހިޔާލެއްގަ؟” ދާއިން ސިހިގެން ދިޔައީ އޭނާ އާއި އެކު މަސައްކަތް ކުރާ ގާތް ރަހުމަތްތެރި އެއް ކަމަށްވާ ޒެނިލް އޭނާގެ މޫނާއި ދިމާލުގައި ފުއްޓަތްކެއް ޖަހައިލުމުން ނެވެ.
“ހެހެ ހިޔާލެއްގަ އެއް ނޫން. ކުޑަކޮށް ބޮލުގައި ރިއްސާތީ. ކިހިނެތްވީ؟ ކަމަކުތަ؟” ދާއިން މޫނުގެ ކުލަވަރު ބަދަލު ކޮށްލަމުން ހިނިތުން ވެލި އެވެ.
” މާ ބޮޑު ކަމަކު ނޫން. ހިނގާބަ ކޮފީ އަކަށް، ތި ބޮލުގެ ރިހުން ވެސް ފިލައި ހިނގައިދާނެ.” ދާއިން ވެސް ބޯ ޖަހައިލަމުން ތެދުވީ މިވަގުތަށް އެންމެ މުހިންމީ ކޮފީ އެއް ބޯލުން ކަމަށް ވާތީ އެވެ.
މިޝެލް ނެހާ އަށް ގުޅައިގެން ގެނައީ ރަހުމަތްތެރިޔާ އަށް މިއަދު ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދޭށެވެ. ދެ ޒުވާނުން ވާހަކައިގައި ތިބީ މިޝެލް އާއި މާއިރާ ނިދާ ކޮޓަރީގަ އެވެ.
” އަޅެ ނެހާ އަހަރެން ނަށް ޖޮބް ނުލިބޭނީ ކަންނޭނގެ. އެ ދުވަހު ހިނގި އެކްސިޑެންޓް ގެ ސަބަބުން އެ ފިރިހެނާ ހުންނާނީ އަހަރެން ގެ ކިބައިން ބަދަލު ނުހިފިފަ.” މިޝެލް ކަންބޮޑު ވެފައި ވާ ކަން އެ އަޑުން ވެސް ހެކި ދެއެވެ.
“ދެން އެވަރަށް އެކަމާ ނުވިސްނަބަލަ. ޖޮބް ނުދޭނަމެކޭ ނުބުނެ އެއްނު. ސޯ ރިލޭކްސް” ނެހާ މިޝެލް އަށް ހިތްވަރު ދިނެވެ.
” އާނ ނުބުނެ. އަދި ކޮންމެސް ލިޔުމެއްގަ ސޮއި ވެސް ކުރުވި. ބިރުން އިން ވަރުން ނުވެސް ކިޔަން ކޯއްޗެއް ތޯ ވެސް.” މިޝެލް ގެ ޖުމްލައިން ނެހާ ކުޑަކޮށް ހައިރާން ވިއެއް ކަމަކު އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެގެން ރަހުމަތްތެރިޔާ ހާސް ކުރާކަށް ބޭނުމެއް ނުވިއެވެ.
” ދެން ތިކަމާ ބޯ ނުގޮއްވަ ހިނގާބަ މަށާ އެކީ ބޭރަށް ޖޫގޯ ބޯން، އިޓް ވިލް ބީ މައި ޓްރީޓް” މިޝެލް ނެހާ އަށް ބަލައިލަމުން ބޯ ޖަހައިލި އެވެ.
ޔޫލީ އީތަން އާއި އެކު ކައިލީ ގެ އެޕާޓްމެންޓަށް ދިޔައީ ބޮޑު މަލުގެ ބުކޭ އެއް ހިފައިގެނެ ނެވެ. ބެލް ޖަހައިލުމާއި އެކު ހުޅުވީ ކައިލީ ގެ ފިރިމީހާ ނައިކް އެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ނައިކް އަހައިލީ އެއީ ޔޫލީ ތޯއެވެ. ޔޫލީ ބޯ ޖަހައިލުމުން ނައިކް ކައިލީ އަށް ގޮވައިލީ ޔޫލީ މެނަށް އެތެރެ އަށް ވަންނަން ދައުވަތު ދެމުން ނެވެ.
“ކެލީ، ކުއްޖަކު ހޯދަން އައިއްސި” ނައިކް ގޮވާލިތާ އިރުކޮޅެއް ނުވެ، ކައިލީ އައީ ބޮޑު ޕޮޕްކޯން ތައްޓެއް އަތަށްލައިގެން ކަމުން ކަމުން ނެވެ. ނުކުމެފައި އިން ކުޑަ ކުޑަ ބަނޑުކޮޅުގެ ސަބަބުން ކައިލީ ފެންނަނީ ވަރަށް ލޯބިކޮށެވެ.
“އޯ މައި ގޯޑް ޔޫލީ!!!!” ކައިލީ ހަޅޭއް ލަވައި ގަންނަމުން ޕޮޕްކޯން ތަށި ނައިކް ގެ އަތަށް ދެމުން ޔޫލީ ގެ ގައިގަ ބައްދާލި އެވެ.
” ކެލީ، އާ ޔޫ ޕްރެގްނެންޓް؟” ޔޫލީ ދެބުމަ ގޮށް ޖަހައިލަމުން އަހައިލީ ކައިލީ އެ ވާހަކަ އޭނާ އަށް ނޭނގީތީ ރުޅި އަންނަ ކަމަށް ހެދެމުން ނެވެ.
“ސޮރީ ޔޫލް، އެންޑް ޔެސް!!” ކައިލީ ކުޑަކުއްޖެއް ފަދައިން ތުންދަމާލި އެވެ. ޔޫލީ މޫނުގެ ކުލަވަރު ބަދަލު ކޮށްލަމުން ކައިލީ ގެ ގައިގާ ބައްދާލީ ރަހުމަތްތެރިޔާ އަށް ޓަކައި އުފާވެފައި ހުރެއެވެ.
ދާއިން އޮތީ އޭނާގެ ކޮޓަރީގަ އެވެ. އެއް ގޮތަކަށް ވެސް ނިދި ނައުމުން އޭނާ ފޯން ނަގައި ގެލެރީ ބައިގައި އިން ‘މީ އެންޑް މައި ލަވް’ ކިޔާ ފޯލްޑާ އެއް ހުޅުވައިލި އެވެ. އެ ފޯލްޑާ ގައި ވަނީ ޔޫލީ އާއި ދާއިން އެކުގައި ތިބި ފޮޓޯ ތަކެކެވެ. ސްކްރީނަށް އިރުކޮޅަކު ބަލަން އިނުމަށް ފަހު ފޯން މޭގައި ޖައްސާލަމުން ދާއިން ލޯ މަރައިލިއެވެ.
” ފޮގިވް މީ ޔޫލީ. އަހަރެން ކުރި ކަމެއް ކުރީ ޔޫލީ ދެކެ ލޯބި ނުވާތީ އެއް ނޫން. މަޖުބޫރު ވެގެން.” ދާއިން ހިތާހިތުން ކިޔައިލި އެވެ. އެއާއި އެކު ދާއިން ޔޫލީ އާއި އެކު އުޅުން އުފާވެރި ދުވަސް ތައް ހަނދާނުގެ ލޯގަނޑު ކުރިމަތީ ސިފަ ވެގެން ދިޔައެވެ.
ނުނިމޭ
24 Comments
Comments are closed.
varah reethi
and im 1st yaaaaaaa
V salhi… Kn irakun nxt part…?
V reethi. Ekamu haadha kurey
Wowwww.. Awesome.. ???? waiting for the next part. . ???❤
daily koh up kuraathy thankolheh kury. ekm nextpart dhigu kohllanan ingey. thank you for your support guys.
V kiyaahithun hutta mi nimuni thankolhen dhigu knlahchey dhn
Haadha kurey?… Kiyaa hithun indha nimuny…. Vaahaka v salhi ekm next part dhigukollahchey
Your are always good at this☺ love it keep it up…☺
V intresting… ahavahah up kurey. ….?❤❤
V reethi bt haadha kurey
v v salhi mi vaahaka
next part digukohllaanan Insha allah. happy dhw.
this is a nice story.. keep up the good work.. next part dhigu kohlaane kamah umeedh kuran..
Maa kuree ekam v reethi??
Vvvvv nice???????
ekam haadha kurey plx thankolheh dhigu konladheebala
V v v salhi..next part Avahah up kuraaty….nd best of luck
?. It’s the best story.
Maa myhun Gina v ma olhey
myhun gina tha me? noalhey gothah genesdheyn I will try my best. mihaaru innaany ehn part wh ves submit kohffa. iraadha kurevviyya kiyaalan libeyne avahah.
Mi part ves v salhi…. You are the best dear… ???
konme dhuvahaku up vaathy varah ufaa vey. mi vaahaka varah salhi. I just love it..
Wow v reethi mibaivess good luck shooty enehbai avahah up kohladheeba ?????
Why a CEO would be conducting interviews for lower level posts
That doesnt make any sense