ތި ލޯބި އެދިގެން… 3
“އިދީ… ވިލް ޔޫ… ވިލް ޔޫ މެރީ މީ….” އުނދަގުލަކުން ނަމަވެސް ޒީޝަންއޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. އައިދަންއަށް ޝޮކެއް ޖެހުނުފަދައެވެ. ޒީޝަންގެ އަތުން އޭނާގެ އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ. އަދި ޒީޝަންގެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. ޒީޝަން އަވަސް ނޭވައިތަކެއް ލާންފެށިއެވެ. އޭނާއަށް ނުބައި އެއްޗެއް ބުނެވުނީ ބާއޭ ހިތަށް އަރަންފެށިއެވެ. ނަމަވެސް އައިދަންވެސް ޒާރާ ނެތްނަމަ ޒީޝަންއާއި އިންނާނެ ވާހަކަ ބުނިއެވެ. ދެން ކިހިނެއްވީހެއްޔެވެ؟ ޒީޝަންއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނަނީބާއެވެ؟ “އިދީ ޕްލީސް ޖަވާބެއް….” އަނެއްކާވެސް އައިދަންގެ އަތުގައި ހިފައިލަމުން ޒީޝަން ބުނެލިއެވެ. އައިދަން ޒީޝަންއާއި ދިމާ ބަލައިލިއެވެ. އަދި ދެއަތުން ޒީޝަންގެ މޫނުގައި ހިފައިލިއެވެ. “ޒީޝީ އުފަލުގައި އުޅޭނަންތަ؟؟ ލޯބި ނުވާނެކަން އިނގިހުރެވެސް؟؟ އަދި ޒީޝީ ލޯބިނުވާއިރުވެސް؟؟” އައިދަން ޒީޝަންގެ ފެންކަޅިވެފައިވާ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. “އިދީ… އިދީ ނޫން މީހަކާއި އެކު ދެން އުފަލަކު ނޫޅެވޭނެ.. ލޯބި ނުލިބުނަސް ލޯބި ނުވެވުނަސް އިދީއަކީ މިހާރު ހުރި މީހަކީ….. އައި ވިލް ބީ ހެޕީ…” ޒީޝަން އައިދަން ގެ އަތުގައި ހިފާލަމުން ފިތާލިއެވެ. “ޒީޝީ ހެޕީކޮށް އުޅެންޏާ އައި ކޭން ޑޫ އެނީތިންގް… ތި ލޯބި ލޯބި ސްމައިލްއަށް ޓަކައި…. އައި ވިލް މެރީ ޔޫ ޒީޝީ..” ޒީޝަންގެ ކޮލުގައި ފިރުމާލަމުން އައިދަން ބުނެލިއެވެ. ޒީޝަން ރޮމުން ރޮމުން ހިނިތުންވެލިއެވެ. އައިދަން ވެސް ހިނިތުންވެލިއެވެ. އަދި ޒީޝަން ނަގައި އެނދުމަތީ ބޭންދުމަށްފަހު ބައްދާލިއެވެ. “އިދީ އުފާވާނެތަ؟” ޒީޝަން އެއިންގޮތަށް އިނދެ ބުނެލިއެވެ. އައިދަން ބޯޖަހާލިއެވެ. “ޕްރޮމިސް؟؟” ޒީޝަން އަނެއްކާވެސް އަހާލިއެވެ. “ޕްރޮމިސް..” އައިދަން ބުނެލިއެވެ.
………
4 މަސް ފަސް..
“އަނބިގަބޫލުކޮށްފިން…” ލޯ މަރާލައިގެން އިން ޒީޝަން ލޯ ހުޅުވާލުމަށްފަހު އައިދަންއާއި ދިމާ ބަލައިލިއެވެ. އައިދަން ހިނިތުންވެލިއެވެ. “ބެސްޓީސް ގަބޫލުކޮށްފިން..” ވައި އަޑުން ޒީޝަންގެ ކަންފަތުގައި އައިދަން ބުނެލުމުން ޒީޝަން ހޭންފެށިއެވެ.
………………..
ޒީޝަން ސިހިފައި ހިޔާލުން ބޭރުވީ ދޮރު ހުޅުވުނުއަޑަށެވެ. ވަދެގެން އައި އައިދަންއަށް ރޮވިފައި ހުރި ޒީޝަން ފެނި ހުރިތަނަށް ގަނޑުވިއެވެ. އޭނާއަށް ކުރެވުނު ކުށް ޤަބޫލުކުރެވުނުފަދައެވެ. ޒީޝަން ދެރަކޮށްލާފައި އޭނާއަށް ދެވުނީއެވެ. އައިދަން ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޒީޝަން ކައިރި ގޮސް އިށީނދެލިއެވެ. “ޒީޝީ…..” އައިދަން ޒީޝަންގެ ކޮނޑުގައި ހިފައިލިއެވެ. ޒީޝަން އޭނާގެ ކޮނޑުން އައިދަން ގެ އަތް ނެގުމަށްފަހު ތެދުވެލިއެވެ. އަދި ކޮޓަރިއާއި ގުޅާލެވިފައިވާ ބެލްކަނީއަށް ދިޔައީ އައިދަންއާއި ދިމާ ބަލައިލުމެއްނެތިއެވެ. “ޒީޝީ ސޮރީއޭ ދެން…” ޒީޝަން ކައިރިއަށް ދަމުން އައިދަން ބުނެލިއެވެ. ޒީޝަން ހޫމް އަޅުވާލިއެވެ. އޭނާގެ ނަޒަރު އޭރު ހުއްޓިފައި ވަނީ ހަލަބޮލި މަގުމައްޗަށެވެ. “ހުމްމް އެއްނޫނޭ ޒީޝީ…. ޕްލީސް….” އައިދަން ޒީޝަންގެ އަތުގައި ހިފާލަމުން އޭނާއާއި ދިމާލަށް އަނބުރާލިއެވެ. “އިދީ…. ލީވް މީ އަލޯން ޕްލީސް…” ޒީޝަން އައިދަންގެ އަތް ފޮޅާލިއެވެ. “ނޯ އައި ވިލް ނޮޓް އޯކޭ…. ޒީޝަންއަށް ހީވަނީތަ ތިހެން ބުނީމާ ދާނޭ؟؟ ޒީޝަން ތީ ދެން ކުޑަކުއްޖެއްނޫނޭ….” އައިދަން ޒީޝަންގެ ދެކޮނޑުގައި ހިފާލަމުން ބުނެލިއެވެ. މިފަހަރު އަޑުގައިވަނީ ނުރުހުމެވެ.
“ޔެސް އިދީ.. މީ އަދި ތީވެސް ކުޑަކުއްޖެއްނޫނޭ…… ވީ އަރ ޑޭމް މެރިޑް އިދީ.. ވީ އަރ މެރިޑް.. އެކަމް އެންމެ ފަހަރަކުވެސް…… އިދީ މަންމަމެން ހާދަ އުއްމީދެއް އެބަ ކުރޭ މި ރިލޭޝަންއަށް… ފޯރ މީ އިޓްސް ނޮޓް ލައިކް މެރީ ކުރުން އޯރ ސަމްތިންގް.. އެން އިދީއަށްވެސް…. މެރީ ކުރިއަސް ވީ ޑޯންޓް އެން ވީ ކާންޓް މޭކް އިޓް މޯރ ދެން ދިސް…. މޯރ ދެން ބެސްޓީސް…. މިއީ މި ރިލޭޝަން އޮންނަންޖެހޭނެ ލިމިޓްއަކީ…” ފެންކަޅިވެފައި ހުރި ޒީޝަން ކަރުނަތަށް ހިންދަމުން ވާހަކަދައްކަމުންދިޔައެވެ. އައިދަން ޒީޝަންގެ ކޮނޑުން އޭނާގެ އަތް ނައްޓުވާލިއެވެ. އަދި ނިތްކުރިމަތީ އަތް އަޅާލައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ރެއިލިންގައި އަތްއަޅުވާލަމުން ބޭރަށް ނަޒަރު ހިންގާލައިގެން ހުއްޓެވެ.
“އެހެންވިއްޔާ ވަރިވޭ….”
ދެމީހުން ސިއްސައިގެން ގޮސް ފަހަތަށް ބަލައިލެވުނީ ސަމީމާގެ އަޑަށެވެ. ދެމީހުންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަކު އަނެކަކަށް ނަޒަރު ހިންގާލެވުނެވެ. “ނޫން މަންމާ…” ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ސަމީމާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ދެމީހުންނާއި ކައިރިވެލިއެވެ. “އަނބި ފިރީގެ ގުޅުމަކީ ތިއެއްނޫނޭ ޒީޝަން އައިދަން…. އެއަށްވުރެ މާތްގުޅުމެއްތީ… މާތް ﷲ ނޫން ފަރާތަކަށް ސަޖިދަ ޖަހަން އަންގަވާފައި އޮތްނަމަވެސް ސަޖިދަޖެހުން ހައްޤުވާނީ ފިރިމީހާއަށް… އެހާވެސް މާތްމީހުން އެއީ.. ހަމަ އެގޮތަށް އަނބިމީހާވެސް… އެކަކު އަނެކަކު ފިރިއާއި އަނބިއާއި ގޮތުން ނުދެކެންޏާ ދެން ކޮބާ ބޭނުން މި ގުޅުމުގެ.. ކޮން އުއްމީދެއް އޮތީ މި ކައިވެންޏަށް..؟ ދެމީހުން އެކީ އުޅޭކަށް އެކަންޏެއްނޫނޭ ކައިވެނި ކުރަނީކީ…. ދެމީހުންގެވެސް އެދުންތަކެއް އޮންނާނެ.. ހަމައެހެންމެ ކައިވެނިކޮށްގެން ދެން އަންނަ ޖީލަށް ރަނގަޅު ދަރިން ތަރުބިއްޔަތު ކުރުން އެއީވެސް ކައިވެނީގެ މަގްސަދެކޭ…. މި ގުޅުމަށް މަންމަ ކުރި އުއްމީދެއް މިހާރަކު ނުކުރަން… ހީކުރިން އެކީ އުޅުނީމަ ދެކުދިންނަށް ލޯބިވެވޭނޭ… އެހެންވެ ފަސޭހައިން… ހަމަ ތިދެކުދިންގެ ނިންމުމަކަށް އާއެކޭ ބުނީ… އެކަމް މިހާރު އިނގިއްޖެ ނުވާނެކަން… ދެން ދެކުދިންގެ ދިރިއުޅުން ހަލާކުވޫން ކަމެއްނުވާނެ… އެހެންވީމަ ހަމަ ރަނގަޅުވާނީ ވަރިވުމެއްނު..” ވިސްނައިދޭ ފަދަ ގޮތަކަށް ސަމީމާ ވާހަކަދެއްކިއެވެ. ޒީޝަން އާއި އައިދަން ސިހިފައި އެ ތިބިގޮތަށް ތިބީ ސަމީމާއާއި ދިމާ ބަލަންށެވެ. އެއީ ދެމީހުންނަށްވެސް އަޑުއަހަން އުނދަގޫ ބަހަކަށްވިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވަނެވެ. “ވީހާވެސް އަވަހަށް ދެކުދިން މަޝްވަރާކޮށްފައި މިކަންތަށް ނިންމާލާ.. މަންމަގެ އެއްވެސް މައްސަލައެއްނެތް ދެނެއް.. އާދޭ ދެކުދިން ސައިބޯން ދެން…” ސަމީމާ އެހިސާބަށް ބުނެލުމަށްފަހު ފަސްދީ ހިނގައިގަތެވެ. ދަމުން ދަމުން އޭނާ ދޮރުވެސް ލެއްޕިއެވެ.
ދޮރުމަތީ ހުރި ލުހާ ހިނިތުންވުމާއި އެކު ސަމީމާގައިގާ ބައްދާލިއެވެ. “މަންމާ… ވަރަށް މޮޅު އިނގޭ.. ދެން އެމީހުން އިރާދަކުރެއްވިއްޔާ ވިސްނާނެ އެކަކު އަނެކަކާއި މެދު… މަންމައަށްޓަކައި އެކަންވެސްކޮށްދީފާނެ… އެކަމް ލޯބީގެ އިހްސާސްވާނީ ދުރުވާކަމުގެ އިހްސާސްވުމުން…” ލުހާ ބުނެލިއެވެ. ދެމީހުންވެސް އެކީގައި ހިނގާފައި ދިޔައީ އިތުރަށް އެމީހުންގެ ރޭވުމާއި މެދު ވާހަކަދައްކަމުންނެވެ.
ސަމީމާ ލައްޕާފައި ދިޔަ ދޮރާއި ދިމާލަށް ބަލަންހުރެލުމަށްފަހު އައިދަން އަނެއްކާވެސް އޭނާގެ ނަޒަރު ބޭރަށް ހިންގައިލިއެވެ. ޒީޝަންއޭނާގެ ފަން އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. އެއަށްފަހު އައިދަންއާއި ދިމާ ބަލައިލިއެވެ. އައިދަން އޭނާ ވަރިކުރަން ވިސްނަނީބާއެވެ؟ އައިދަންއަށްވެސް މިގުޅުމަށް ކުޑަ އުއްމީދެއް ނެތްކަން ޔަޤީނެވެ. އެކަމް ވަރިވާން…………
ޒީޝަން ދެފަރާތަށް ބޯ ހަރަކާތްކޮށްލުމަށްފަހު އެތެރެއަށް ވަދެ އެނދުމަތީ އިށީނދެލިއެވެ. އެއަށްފަހު މޫނުމަތީ އަތްއަޅާލިއެވެ. “އިދީ…… އާރ ޔޫ ގޮއިންގް ޓު ލީވްމީ…” ޒީޝަން ހިތާ ހިތުން ބުނެލިއެވެ.
“ޒީޝީ ހަމަ ދުރުވާންތަ ބޭނުމީ؟؟ ޒީޝީ ބޭނުންނަމަ އެކަންވެސް ކޮށްދޭނަން.. އެކަމް ޒީޝީ އައި ނީޑް ޔޫ… ވަޓް.. ނޯ… ކިހިނެއްތަ މި ވަނީ…..” އައިދަން އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ގޮސް ފުން ނޭވައެއްދޫކޮށްލީ އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަންށެވެ. އެ އުފެދުނު ގޮތް ނޭނގޭ އިހްސާސް ފޮރުވާލަންށެވެ.
ޒީޝަން އެނދުން ތެދުވެލައި އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލިއެވެ. “އިދީ އާދޭ ސައިބޯންދާން…” ޒީޝަން ނުބުނަން ހުރެފައިވެސް އެހެން ބުނެލިއެވެ. އައިދަން އެއްޗެއް ނުބުނެ ހިނގައިގަތެވެ.
ދުވަހަކީ ޗުއްޓީ ދުވަހެއްކަމުން އެންމެންވެސް ސައިބޯން ހާޒިރުވެގެން ތިއްބެވެ. މާ ގިނަ ވާހަކަތަކެއް އެކަކު އަނެކަކާއި ނުދެއްކިނަމަވެސް މުހިންމު ވާހަކަތަށް ހިއްސާކުރަމުން ދިޔައެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު ޒީޝަންއާއި އައިދަން ތިބީ މަޑުންނެވެ. ސަކަރާތެއް ނެތި ބަސްހުއްޓިފައެވެ. އެންމެންނަށްވެސް އެކަން ފާހަގަވީ އެދެމީހުންނަކީ ދުވަހަކުވެސް އެ ގޮތަށް މަޑުން ސައިބުއި ބައެއްނޫންކަން އިނގޭތީއެވެ. ލުހާއާއި ސަމީމާ ގެ ނަޒަރު ހުއްޓިފައިވަނީ ހަމައެކަނި އެމީހުންނަށެވެ. މަޑުމައިތިރިކަމާއި އެކު ނިމިގެން ދިޔަ ސައިބުއިން ވެގެން ދިޔައީ އީމާންއާއި އެމީހުންގެ ބައްޕަ ޝިފާން ގެ ހިތުގައި ސުވާލުތަކެއް އުފެއްދި ވަގުތުކޮޅަކަށެވެ. އެ ސުވާލުތަކުގެ ޖަވާބުވެސް ވީ ލުހާއާއި ސަމީމާ އަތުގައެވެ.
ޒީޝަން ބަދިގޭގައި މަޑުކުރުމެއްނެތި ކޮޓަރިއަށް ދިޔައެވެ. އައިދަންވެސް އިތުރު ބަހެއްބުނެ ނުލާ ގެއިން ބޭރަށް ނިކުމެގެން ދިޔައެވެ. “ސަމީ…. ކިހިނެއްވީ މިގެން؟؟؟” އެސުވާލު އަހާލާނެ ވަގުތަކަށް ބަލަ ބަލަ އިން ޝިފާން އަހާލީ އައިދަން ނިކުމެގެން ދިޔަ ތަން ބަލަން އިނދެފައެވެ. އީމާންވެސް އިނީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައެވެ. ސަމީމާ ލުހާއާއި ދިމާ ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އަދި އެމީހުން ރޭވި ރޭވުންތަށް ހިއްސާކޮށްލިއެވެ. “ދެން ތިހެން ހަދައިގެން އަސްލައްވެސް އެމީހުން ވަރިވިއްޔާއޯ؟؟؟ ސަމީއަށްވެސް އިނގެއެއްނު އެމީހުން ލޯބި ނުވާކަން އެކަކު އަނެކަކު ދެކެ… އެހެންވީމަ ފަސޭހަވާނޭ ވަރިވާން…” ޝިފާން ބުނެލީ ހިތްހަމަނުޖެހިފައެވެ. “އޭރުންވެސް މައްސަލައެއްނެތޭ… މިކަމުގަ ޖެހޭނެ އެއްކޮޅުގައި ޖެހެން… ވަރިވަންޏާ ވަރިވުން ވަރި ނުވަންޏާ އެކީގައި ލޯބިން އުޅުން… އެމީހުން ވަރި ނުވިއްޔާ އޭގެ މާނައަކީ ލޯބިވެވޭނެޔޭ ނޫނީ ވެޔޭ.. ނޫންތަ އީމާން؟؟ ވަރިވެއްޖެއްޔާ ދެން ދެމީހުންވެސް އެކަކު އަނެކަކު ކައިރިން ސަލާމަތްވީނުންތަ އެގެން.. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެއެއްނު.. އެމީހުން އެ އުޅޭގޮތް ރަނގަޅަށް ފެނިގެންނޭ މިހެން މިބުނީ.. އެމީހުންނަށް މި ކައިވެންޏަކީ އެއްވެސް އެއްޗެއްނޫނޭ ޝިފާން…. އެހެންވީމަ ވަރިވުން ރަނގަޅެއްނު… ވަރިނުވިއްޔާ އެކީ ލޯބިން އުޅެވޭނެކަން ޔަޤީންވީތާ ދެކުދިންނަށް..” ސަމީމާ ބުނެލީ ޝިފާންއާއި އީމާންއަށް ބަލައިލަމުންނެވެ.
“އަހަރެން މައްސަލައެއްނެތް އެހެންވިއްޔާ.. ސަމީއަށާއި އީމާންއަށާއި ލުހާއަށް މިކަން ރަނގަޅުނަމަ ކުރަންވީ…. އެކަމް އަހަރެން ނޭދެން އެމީހުން ވަރިވާކަށް… މިހެން ބުންޏަސް ކައިވެނިކޮށްގެން އުޅޭއިރު ހީވަނީ ދެމީހުން އެކަކު އަނެކަކުގެ ދިރިއުޅުމުގައި ތާށިވެފައި ތިބިހެން އެހެންވީމަ ނޭނގެ ދެން ހަދަންވީގޮތެއް… އިރާދަކުރެއްވިއްޔާ އެދެކުދިންނަށްވެސް އެކަކު އަނެކަކު ދެކެ ލޯބިވެވޭނެ..” ޝިފާން އެހެން ބުނެ ހިނިތުންވެލިއެވެ. އެންމެންގެ ދުއާ އަކީވެސް އެއީއެވެ.
ޒީޝަން ކޮޓަރިއަށް ވަތްގޮތަށް ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އެނދުމަތީ ގޮސް އޮށޯވެލިއެވެ. ސިކުންތެއް ނުވަނިސް ދެލޯފުރިގެން ކަރުނަތަށް ފައިބަންފެށިއެވެ. އެ މޫނުމަތި މިލާ މޯޅިވިއެވެ. ބަނޑުމަތީ އަތް އަޅައިގެން އެއް އަރިއަކަށް އޮވެ ޒީޝަން ވިސްނަމުން ދިޔައެވެ. އައިދަން ނެތް ނަމަ އޭނާގެ ދިރިއުޅުމަށް ވާނެގޮތެވެ. އައިދަން ހުރުމުން ވާގޮތްގޮތެވެ. އައިދަންއާއި ނުލާ އޭނާއަކަށް ދެނެއް ނޫޅެވޭނެއެވެ. ލޯބިނުވެވުނަސް އައިދަން އަކީ މިހާރު އޭނާގެ ދިރިއުޅުމަކަށް ވަނީ ވެ ނިމިފައެވެ. އެ ހިނިތުންވުމުގެ ސަބަބަކަށްވަނީ ވެފައެވެ. ދިރިއުޅުން އަލިކޮށްދިން ހުޅުކޮޅަކަށް ވެނިމިފައެވެ. އެ ހުޅުކޮޅު ނިންވާލެވިއްޖެނަމަ އެއްވެސް އަލިކަމެއް ޒީޝަންގެ ދިރިއުޅުމަކު ނުވާނެއެވެ. އެކަމަކު އެ ހުޅުކޮޅު އަމިއްލަ އަށް އެދިގެން ނިވެން ބޭނުންނަމަ ޒީޝަން ކުރާނީ ކީއްހެއްޔެވެ؟ އެ ހުޅުކޮޅު ނިވެންދެން ބަލަންހުރުންނޫން ކަމެއްނުވާނެއެވެ. އެންމެފަހުން ގިސްލެވޭ ހަމާލަށް ދިޔައެވެ. ޒީޝަން އޭނާގެ ޓެޑީ ބެއަރ ގެނެސް އޭގައި ބައްދާލައިގެން އޮތީ ކުޑަވެސް ހިތްހަމަޖެހުމެއްލިބޭތޯއެވެ. “އިދީ ޕްލީސް ޕްލީސް ޑިވޯސް ނުދޭތި… އައި ކާންޓް ލިވް ވިތައުޓް ޔޫ” ޒީޝަން ބުނެލީ ކަރުނަ ނުހިކޭ އެ ދެލޯ މަރާ ތަގުޅިކޮށްލަމުންނެވެ. އެތަކެއް އިރުފަހުން ޒީޝަން އެހެންއޮއްވާ ނިދުނީ ލިބިފައިވާ ވަރުބަލިކަމެއްގެ ސަބަބުންނެވެ.
……
އައިދަން ގެއަށް ވަދެގެން އައިސް ސިޓިންގް ރޫމްގައި ތިބި އެންމެންނަށް ނަޒަރު ހިންގާލުމަށްފަހު ސިޑިން މައްޗަށް އަރައިގެންދިޔައެވެ. މިގަޑިމީ ޒީޝަން އެންމެންނާއި އެކު ސިޓިންގް ރޫމްގައި ޓީވީ ބަލަން ތިބޭ ގަޑިއެވެ. އެންމެން ތިއްބެއްކަމަކު ޒީޝަން ނެތުމުން އައިދަންގެ ހިތުގައި ސުވާލުއުފެދުނެވެ. ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. އަދި އެތެރެއަށް ވަދެލީ ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުންނެވެ. އޭނާގެ ކަޅިގޮސް ހުއްޓުނީ ބެއަރ ގައި ބައްދާލައިގަނެގެން ދެފައި ކުރުކޮށްގެން އެއްފަޅިއަކަށް ނިދިފައި އޮތް ޒީޝަންއަށެވެ. އައިދަން އެހެން ބަލަން ހުރުމަށްފަހު ދޮރު ލައްޕާލާ އެނދާއި ދިމާލަށްދިޔައެވެ. ޒީޝަންގެ މޫނު ފެނުމާއި އެކު އޭނާ އަށް ދެލޯބޮޑުކޮށްލެވުނެވެ. އެމޫނުމަތީ ވަނީ ރަތްކަމެކެވެ. އެ ދިގެ އެސްފިޔަތަށް ވަނީ ތެމިފައެވެ. ކަރުނައިގެ ރޮނގު އަދިވެސް އެ ކޯތާފަތުން ނުފިލައެވެ. އައިދަން ދެބުމަ ގޮށްޖަހާލުމަށްފަހު ޒީޝަންއާއި ދިމާލަށް ގުދުވެލިއެވެ. އެއަށްފަހު މޫނުމަތީ ހުރި ކަރުނައިގެ ރޮނގު ފޮހެލިއެވެ. “ޒީޝީ…” އައިދަންއަށް ބުނެލެވުނެވެ. އެ ރީތި މޫނަށް އޭނާ ނަޒަރު ހިންގާލިއެވެ.
ތަފާތު ނަޒަރަކުން އެ މޫނަށް ބެލުނު މީ ފުރަތަމަ ފަހަރެވެ. އެ މޫނުމަތީގައި ވާ މައުސޫމްކަން އައިދަންއަށް ފާހަގަވިއެވެ. އައިދަން އެނދުމައްޗަށް އަރައި ޒީޝަންއާއި އެއްވަރަށް އޮށޯވެލިއެވެ. އެއް އެނދެއްގައި ދެމީހުން ނިދިއެއްކަމަކު ދުވަހަކުވެސް އައިދަން މިހާރު އޮތްހާ ގާތެއްނުވެއެވެ. ދެމެދުގައި އޮންނަ ބާލިހާ ޒީޝަންގެ ބެއަރ އަށް ވުރެ ބޮޑަކަށް އެކޮޅަކަށް ނުޖެހެއެވެ. އައިދަން އަށް ކުރީ ތަފާތު އިހްސާސްއެކެވެ. ޒީޝަންއާއި ކައިރިވެވެއެވެ. ބައްދާލެވެއެވެ. ނަމަވެސް މިއަދު އެގާތްވުމުގައި ވަނީ އެހެން މާނައެކެވެ. ހިތްތެޅޭ ކަހަލަ އިހްސާސްއެކެވެ.
ޒީޝަންގެ މޫނުމަތީ ހުރި އިސްތަށިކޮޅު އައިދަން އެއްފަޅިއަކަށް ޖައްސާލިއެވެ. އަދި ފުންނަޒަރަކުން އެ މޫނަށް ބަލަންފެށިއެވެ. ހިތުގެ ވިންދުއަވަސް ވާންފެށިއެވެ. އައިދަން އޭނާގެ ތުންފަތް ޒީޝަންގެ ނިތުގައި ޖައްސާލިއެވެ. އެއަށްފަހު ކޮލުގައި ހިފަހައްޓާލިއެވެ. އައިދަން ފުން ނޭވައެއްދޫކޮށްލުމަށްފަހު ޒީޝަންގެ ގައިގާ ބައްދާލިއެވެ. އޭނާވެސް ޒީޝަންއާއި ވަކިވާކަށް ނޭދެއެވެ. ނަމަވެސް އޭނާގެ މަންމަ އެދެއްކީ ރަނގަޅު ވާހަކައެކެވެ. އައިދަންއާއި އިނދެގެން ހަޤީޤަތުގައި އެއީ ކުރެވޭ ބޭކާރު ކަމެކެވެ. ޒީޝަން އައިދަންއާއި ވަކިވާން ބޭނުންވާނެބާއެވެ؟ ޒީޝަން ދުރަށްދާން ބޭނުންވާނެބާއެވެ.؟ އެގޮތުގައި އޮވެގެން އައިދަން އަމިއްލަ ހިތާއި އެތަކެއް ފަހަރު ސުވާލުކުރިއެވެ. ވާހަކަދެއްކިއެވެ. އިރު އިރުކޮޅާ ޒީޝަންގެ އިސްތަށިގަނޑުގައި އައިދަން ބޮސްދެއެވެ.
ޒީޝަން އާއި ދުރަށް ޖެހިލުމަށްފަހު އަނެއްކާވެސް އައިދަން އެ މޫނަށް ބަލައިލިއެވެ. އަދި ހިންދިރުވާލިއެވެ. ގޮތްނޭނގޭ އޮއިވަރުތަކެއް އޭނާގެ ހަށިގަނޑުގައި އެނބުރެމުން ދިޔައެވެ. އެތަކެއް އިހްސާސްތަކެއް އެއްވަމުން ދިޔައެވެ. އައިދަން އަކީވެސް މިގަޑީގައި ނިދާ މީހެއްނޫނެވެ. ނަމަވެސް އެވަގުތު އޭނާއަށް ނިދުނެވެ. ލޮލަށް ނިދިބަރުވެ ފުންނިންޖަކަށް ގެނބުނެވެ.
ޒީޝަން ދެތިންފަހަރު ތެޅިލިއެވެ. އަދި ބެއަރ އެއްފަޅިއަކަށް ލިއެވެ. އޭނާގެ އަތް ގޮސް އައިދަންގެ ގައިގާ ޖެހުމުން ޒީޝަން އިތުރަށް އައިދަންއާއި ކައިރިވެލާ އައިދަންގެ މޭ ތެރޭ ބޮނޑިވެލިއެވެ. އެއިން އެންމެފަހަރަކުވެސް ލޯ ހުޅުވާލާ ޒީޝަން ބަލައެއްނުލައެވެ. ނިދިގަދައީކަންނޭނގެއެވެ. ނިދާފައި އޮތް ކަމަކަ ޒީޝަންއަށް ތަފާތު އިހްސާސެއްކުރެވެމުން ދިޔައެވެ. ހިތްހަމަޖެހުމެއްލިބެމުން ދިޔައެވެ. އައިދަން ކައިރި އޮތް ޒީޝަން އިތުރަށް ގާތްކޮށްލީ އޭނާގެ އަތް ޒީޝަންގެ އުނަގަނޑުގައި އަޅުވާލަމުންނެވެ.
………..
ދެތިންފަހަރު ޒީޝަން ލޯ ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ހިތްތެޅިގެންދިޔައެވެ. އައިދަންގެ މޫނު ނުފެނުނުކަމުގައި ވިޔަސް އެއީ އައިދަންކަން ޒީޝަންއަށް އިނގުނެވެ. ޒީޝަން އައިދަންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތީ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ނަމަވެސް ވަރަށް ހިތްގައިމުގޮތެއް އެބަހުއްޓެވެ. އެ ކަޅުކަން ހަދަ ބޯ ބުމަ އާއި އެ މަރާލެވިފައިވާ ލޮލަށް ޒީޝަން ބަލައިލިއެވެ. ޒީޝަން ހިނިތުންވެލިއެވެ. އައިދަންއާއި އެހާ ގާތްވެވުނީ ކިހިނެއް ކޮން އިރަކު ކަމެއް ނޭނގުނުކަމުގައިވިޔަސް އޭނާ ގެ ހިތަށްވަނީ ގޮތްނޭނގޭ ހަމަޖެހުމެއްލިބެމުންނެވެ. ޒީޝަން އައިދަންގެ މޭތެރޭ އިތުރަށް ބޮނޑިވެލިއެވެ. އިތުރަށް އޭނާ އައިދަންއާއި ކައިރިވެލިއެވެ. އަދި އަތް ނަގައި އައިދަންގެ ގައިގާ ބައްދާލިއެވެ. އެ ލިބުނު ކުއްލިއަކާއި އެކު އައިދަންއަށް ދެލޯ ހުޅުވުނީ ސިހިފައެވެ. އެއާއެކު ޒީޝަންއަށް ވެސް ބަލައިލެވުނީ ހަމަ އެ ސިހުމުގައެވެ. އައިދަން އަށް އެވީގޮތެއް ނޭނގުނެވެ. ޒީޝަންއާއި އެހާ ކައިރިވެވުނީ ކޮންއިރަކުހެއްޔެވެ؟ އައިދަން ޒީޝަންގެ އުނަގަނޑުގައި ވަށާލެވިފައިވާ އޭނާގެ އަތަށް ބަލައިލެވުނެވެ. އަދި ޒީޝަންގެ އަތަށްވެސް ބަލައިލެވުނެވެ.
އައިދަން ވަގުތުން ޒީޝަން އާއި ދުރަށް ޖެހިލަން އުޅުނެވެ. އެއިން ކަމެއް އިހްސާސްނުވާ ޒީޝަން އައިދަންއާއި އިތުރަށް ގާތްވެލީ ނިދީގައި އޭނާ ފޮރޮޅެނީ ކަމަށް ހިތާ އެކަން ހުއްޓުވުމަށެވެ. އައިދަންއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޒީޝަން އޮތީ ހޭލަހެއްޔެވެ؟ އައިދަން ނިދީގައި ޒީޝަންއާއި ގާތްވެވުނީ ބާއެވެ؟ އައިދަން ޒީޝަންއާއި ދިމާ ބަލަން އޮވެލުމަށްފަހު ކުޑަކޮށް ކެއްސާލިއެވެ. ސިހިފައި ޒީޝަން އައިދަންގެ މޫނަށް ބަލައިލިއެވެ. އެއާއި އެކު އޭނާގެ ނޭވާ ހިފެހެއްޓުނެވެ. އަދި ވަގުތުން އައިދަންގެ ގައިން އަތް ވަކިކޮށްލާ ދުރަށްޖެހިލިއެވެ. އައިދަންވެސް އަވަސް އަވަހަށް އެނދުނެ ތެދުވެލާ ލައިގެން ހުރި ޓީސާޓަށް ދަމާލިއެވެ. “ސޮރީ” ދެމީހުން އެއްފަހަރާ އެހެންބުނެލިއެވެ. ނަމަވެސް އެކަކު އަނެކަކަށް ބަލާލުމެއްނެތިއެވެ. “އިޓްސް އޯކޭ…” އަނެއްކާވެސް ދެމީހުންނަށް އެކީ އެހެން ބުނެވުނެވެ. މިފަހަރު ދެމީހުންގެވެސް ހަތަރު ކަޅި ހަމަވިއެވެ. ޒީޝަން އިސްޖަހާލިއެވެ. އޭނާ ކުރެވުނު ކަންތަކާ ލަދުވެތިވިއެވެ. އައިދަން އަވަސް އަވަހަށް ފާހަނައަށް ވަނެވެ. ޒީޝަން އެނދުމަތީ ޖަހާލަމުން “ޝިޓް” އޭ ބުނެލިއެވެ.
..ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Enjoy 😉
V nice
haadha kurey
Enjoyed…☺
v nice.. up kohdhehchey avahah. puhlease… varah kiyaa hithun mi huri
ryn this is just perfect <3
love this
thankolheh avhah up kohdhehchey
“hamaalah” e dhivehi bahuga onna ehcheh noony.. heyo nuvaane ryn… e than rangalhu kohbala….
nolah thuraa…. adhi bunyas ryn rangalheh vx nukurey.. coments thakah vx konmes kahala respect eh kuran jeheyne hen heevany vaahaka liyanya…. v disapoint vehje
bolah*
whaaaaatttt????????? firimeehaa akahvxxx sadhija eh nujeheyne dhw.. pis pis.. this is tooo much….
Nooney… Hama rangalhah bunefa e iny… allah S.W fiyavaa ehen faraathakah sajidha kurun huhdha vaanama firimyhaa ah sajidha kuran jeheyne kamah vrh gina dhyny books thakuga ves hurey liyefa.. Xen ah adhi neyngeny kanneynge.. Firinnaky vrh maaiiyy baeh..
Story vrh nice.. Keep it up ryn.. Pls upload next part soon..
xen dn get vebai dw
Allah fiyavaa ehen faraathakah sajidha jehun hudha nama…ehen innan jeheynee dhwww…..
haadha salhi ey I love all of your stories.
Story nimma iru aslu than kolheh asaru kudaee
Hope the ending of this story will be better
love you
Nice
“egen” ge maana aky kobaatha? Salaamaih veenun tha egen? Storii hama salhi 🙂
V reethi waiting 4 next part
Amazing
Hey Ryn!
Will update today? Waiting
Kobaa miyadu ge bai haada lahay avas kohdeeba
Ryn ge kury story ga wes hamaalah mibas beynun kuraathy undhagoo vaa Vaahaka konme part ehga wes Bunin. Kiyuntherinnah v respect nukura writer eh Ryn aky :'(