ވަށައިގެންވާ މާހައުލުން ފެންނަނީ ހަލަބޮލިކަމެވެ. ދުވަހަކީ އިރުވައި މޫސުމުގެ ހިތްގައިމު ދުވަހެއްކަން އުޑުމަތި ބަލާލުމުން ސާފުވެގެންދެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން، އެތައްބަޔެއްގެ ތެރެއިން ނުކުމެގެން އަންނަ ފުރިހަމަ، ރީތި ފިރެހެންވަންތަ ހިނގުމެއްގައި ގޮސް ލޯންޗަށް އެރީ، ހދ.ކުރިނބީ ހެލްތު ސެންޓަރަށް ހަމަޖެހިފައިވާ ޑޮކްޓަރ މުހައްމަދު ޒެފަން އެވެ. ދިގު އިސްކޮޅެއް ލިބިފައިވާ މިޒުވާނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހެޔޮވަރު ވަރަކަށް ކޮށާލެވިފައެވެ. ހަމުގެ ކުލަ ދޮންކަމުން ބަލާލާ ކޮންމެމީހަކަށް މިއީ ބޭރު ޑޮކްޓަރ އެއްކަން ފާހަގަނުވެއެއް ނުދާނެކަން ގައިމެވެ. 29 ވީހަކަށް އުމުރުގެ މިޒުވާނާ ހީލުމުން މޫނުމަތިން އެފެންނަ އަސަރަކުން، އަންހެން ކުދިންގެ ހިތްތައް ކަތިލެވޭނެކަން ގައިމެވެ. ބަލާލާ ބެލުމަށް ވަރަށް ސީރިއަސް، ސިއްރުވެރި ޒުވާނަކާ ވައްތަރެވެ.
ލޯންޗް އޭގެ ހަލުވިމިނުގައި ދުއްވަމުން ދާއިރު، ލޯންޗްގެ ކައްޕި ވަރަށްވެސް ހުށިޔާރެވެ. ޒެފަން އަތުގައިވާ ސުމާޓް ފޯނަށް ނަޒަރު ދީގެން ހުއްޓަސް، ވިސްނުމުގައިވަނީ އަލަށް ދެވޭ މާހައުލާ މެދުގައެވެ. ރާއްޖޭން ބޭރުގައި، އަދި މާލޭގައި އެތައްދުވަހަކު އުޅުމުގެ ސަބަބުން މާހައުލު ބަދަލުކޮއްލުމަށްޓަކާ މިކަހަލަ އާދައިގެ ކުޑަ ރަށެއް ހިޔާރު ކުރުމުން، ބައެއްފަހަރު ޒެފަންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެނިގެންދެއެވެ. ޒެފަންގެ މިލްކިއްޔާތުގައި އެތައް މިލިއަން ރުފިޔާއެއް ވުމާއެކުވެސް، ބޭނުންވަނީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުމަށެވެ. މިކަހަލަ އެތައް ހިޔާލު ތަކެއްގަ ހުއްޓަ ސިހިގެން ދިޔައީ އަތުގަ އޮތް ފޯނު ރިންގުވާއަޑެވެ. ” މޯނިން ޑޭޑް….ޝުއާ…އައިއޭމް ފައިން، މޯމް އަށް ސަލާން ބުނާތި…ޔާ….، ރަށަށް ގޮސް ހަމަޖެހިލައިގެން ގުޅާލާނަން…ބާއި” ޒެފަންގެ ބައްޕަ ނައީމް އާ ވާހަކަ ދައްކާލުމުން ހިތްހަމަޖެހުން ލިބުނެވެ.
ފޯނުން ނިމި، ރިސީވް ކުރަން އައިސް ލޯންޗުގައި ހުރި ބޭބެއަށް ނަޒަރެއް ދިންއިރު، ދެލޯ ބޮޑުވެ ހައިރާންވެފައިވާ މަންޒަރު ފެނުނެވެ. ” ވަޓް…އޯ، ސޮރީ…ކިހިނެއްތަ ބޭބެ؟…” އޭރު ޒެފަންގެ ތުންފަތައް ވެރިވެފައި ވަނީ ލާނެއް ހިނިތުންވުމެވެ. “ތީ ދިވެއްސެއްތަ؟…އެކަމަކު ސިއްހީމަރުކަޒުން ބުނީ ރަޝިޔާ ޑރ. އެކޭ މިފަހަރު އަންނަނީ ” މުހައްމަދުބެ އަމިއްލަޔަށް ތައާރަފް ވެލަމުން ސުވާލް ކުރިއިރު ހުރީ ހައިރާން ވެފައިކަން ބަލާލުމުން އިނގެއެވެ.
ޒެފަން ބުނީ އޭނާއަކީ ރަޝިޔާ އަންހެނަކާ ދިވެހި ފިރެހެނަކަށް ލިބިފައިވާ ކުއްޖެއްކަމާ، ރެޖިސްޓްރީ ރަޝިޔާގައި އޮތަސް، އިސްލާމެއްކަމާ ދިވެހިބަހުން ފަރިތަކޮށް ލިޔަން ކިޔަން އެނގޭކަމެވެ. އަދި ކުރިނބީގައި ރައްޓެއްސެއް ނެތުމުން މުހައްމަދުބެއަކީ ރައްޓެއްސެއް ކަމުގަ ބަލާނެކަމެވެ. އަދި ދެންމެ ދެއްކި ވާހަކަތައް ސިއްރެއްގެ ގޮތުގާ ބޭއްވުމަށް ބުނެލީ ހިނިތުންވުމަކާ އެކުއެވެ.
ދަތުރުގެ މަންޒިލާ ހަމައަށް ދެވުމުން ނުތަނަވަސްކަން ވެރިވެފައިވެސް ހިނިތުންވެލިއެވެ. ކުޑަކުޑަ ހިތްގައިމު ރަށެކެވެ. ފެހިކަން ގަދަ ގަސްތަކުން މުޅިރަށް ފުރާލެވިފައިވާކަހަލައެވެ. ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް އާދެވިފައި ނުވާތީ ތަފާތު އިހްސާސެއް ކުރެވޭކަހަލައެވެ. ކައިރީގަ ހުރި މުހައްމަދުބެ ކިޔާދިންގޮތުންނަމަ ބަނދަރުމަތިން އެފެންނަނީ މީހުން އިށިންނަން ހަދާފަހުރި ދެ ހޮޅުގަނޑުކަމާ، އަދި ވައަތްފަރާތު ވަލުމަގުން އޮލަ ދުންގަނޑެއް އަރާތީ އެވާހަކަ ބުނުމުން އެއީ ރަށުގެ ކުނިގޮނޑު ކަމަށް ބުނެލިއެވެ.
ބަނދަރު މައްޗަށް ފޭބިއިރު ރިސީވް ކުރަން އައިސް ފުދޭވަރެއްގެ މީހުން ހުއްޓެވެ. ސިއްހީމަރުކަޒުގެ އިސްވެރިޔާ މުހައްމަދު އިމްރާންއާ ސަލާންކޮއްލުމަށްފަހު އެމްބިއުލެންސައް އެރީ، ހުންނަން ހަމަޖެހިފައިވާ ގެއަށް ދިއުމަށްޓަކައެވެ. އެމްބިއުލެންސުގައި ހުރިއިރު އިމްރާން ކިޔާދިންގޮތުންނަމަ މިރަށަކީ ކުޑަރަށެއްކަމާ ރަށުގައި މީހުންދިރި އުޅެނީ ފުދޭވަރަކަށް މަދުންކަމެވެ. ވާހަކަ ދެއްކިއިރު ދެމީހުންވެސް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ޒެފަންގެ ހަގީގަތް އަދި އިތުރުބަޔަކަށް އެނގެން ބޭނުން ނުވާކަހަލައެވެ.
ހަތަރު ވަރަކަށް މިނެޓްގެ ކުރު ދަތުރަކަށްފަހު އެމްބިއުލެންސް ހުއްޓާލީ ވަރަށް ހިއްގައިމު ހިސާބަކަށެވެ. ވަށައިގެން ވަނީ ފެހި ބޯ ގަސްތަކާއި ޖަންގައްޔެއްފަދަ ވަލެކެވެ. ޒެފަން އަކީ މުސްލިމެއްކަން އެނގުމުން، އާމިރު ބުނީ ގޭގެ ކުރިމަތިން އެފެންނަނީ ރަށުގެ އެއްމެ ބޮޑު އާމިސްކިތްކަމާއި، ހުކުރު ކުރާނީވެސް އެމިސްކިތުގައި ކަމެވެ. އަދި ވައަތްފަރާތުން އެފެންނަނީ މީހުންނަގާފައި، އަދި އިމާރާތް ނުކުރާ ހުސްގޯތިކަމެވެ. އެއާ ޖެހިގެން އެއޮތީ ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅޭ ދަނޑު ކަމެވެ. އަދި ގޭގެ ކުރިމަތީ މިވާ ފުޅާ މަގަކީ ވަރަށްފަހުން ރަށުތެރެއިން ކޮށާ، ކުޅިވަރު ކުޅޭ ބިމަށް ދާން ހަދާފައިވާ މަގެއްކަމެވެ.
އެމްބިއުލެންސުން ފައިބާ، ގެއަށް ބަލާލުމުން ޒެފަންގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަބަދުވެސް ބޭނުންވާކަހަލަ އެކަނިވެރި މާހައުލެއްކަން ޔަގީނެވެ. ފަސް ފޫޓައް ރާނާ ފަރުމާ ކޮއްފައިވާ ސާފު ހުދުކުލައިގެ ފާރުން ގެއަށް ވަދެވެން ހުރި މަޑު ނޫކުލައިގެ ދޮރުއަށިން އެތެރެވުމާއިއެކު، އުފަލުން ހިތް ނަށާލިކަހަލައެވެ. ހިނގާ މަގުގައި ވަނީ ރީތި ތައްގަނޑަކުން ގާއަތުރާފައެވެ. މަގުގެ ދެފަރާތު ބިންގަނޑު ވަނީ ގަދަފެހިކުލައިގެ ކާޕެޓްއިން ފޮރުވާލެވިފައެވެ. ކުލަކުލައިގެ ޕޮޓްތަކުގައި އިންދާފައިހުރި ތަފާތު މާގަސްތަކުން ކުޑަކުޑަ މާބަގީޗާއަކާ ތަފާތެއް ނެތެވެ. ދޮރުއަށި ކާރީގައިހުރި ހީނާމާގަހުގެ މާތަކުން މުޅި ގޯތިތެރެވަނީ އެއްވަސްކޮއްލާފައެވެ. ގޭގެ ވައަތްފަރާތުގައިބޭރަށް ނުކުމެވެން ހުރި ކާގެދޮރުން، ސީދާ ފައިއެޅޭނީ، ބިމުގެ ފަސްގަނޑާ އެއްހަމައެއްގައި ހުރި ޑެގަކަށެވެ. ޑެގުން ތިން ފިޔަވަޅާއެކު ތިން މީހަކަށް ހަމަޖެހިލައިގެން ކޮފީބޯން ހުރެވޭވަރުގެ ހަޓަކަށް ވަދެވޭނެއެވެ. ނޫކުލައިގެ ރީތި މުއްޓަކުން ހަޓްގެ ތަޅުންގަނޑާއެކު ވަށައިގެން އުސްމިނުގައި ތިން ފޫޓް ހުރި ގާފޮޅު އިތުރަށް ފުރިހަމަވެގެންވާއިރު، ހުދު ފޮމަކާގެ ކޮފީ މޭޒުން މާހައުލަށް ދިރުން ގެނެސްދެއެވެ. ފަނުން ހިޔާކޮއްފައިވާ މިހަޓުން ގޭގެ ފުރިހަމަކަން ފެނިގެންދެއެވެ. ތިންކޮޓަރިއާ، ސިޓިންގރޫމް، އަދި ބަދިގެބައި ވަރަށް ފުރިހަމަވެފައި ރީއްޗެވެ. ފަންސާސް ތިން ފޫޓްގެ، ފަތިޓީވީ އާއިއެކު، މަޑުމުށިކުލައިގެ މަޑު ސޯފާސެޓުން ސިޓިންގ ރޫމްގެ ފަޅުކަން ފިލައެވެ. ބޮޑެތި ހުދުމުށިން ފަރުމާކޮއްފައިވާ ތަޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ފާރުތަކުގައި ލާފައިވާ ހުދު ކުލައިންނެވެ.
ގޭދަށް ކުނިކަހާ، ސާފުކޮށް، ކައްކަން މީހަކު ހަމަޖައްސާފައި ވާނެކަމާ، އިތުރު ކަމެއް ބޭނުން ވާނަމަ ގުޅާލުމައްބުނެ އިމްރާން އަދި މަސައްކަތު މީހާ ފޮށިއެތެރެއަށް ލީ، ފަސޭހަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދައްކަމުންނެވެ. ކޮޓަރިއަށްވަދެ ތާޒާވެލައިގެން، ހެނދުނުގެ ނާސްތާ ކުރަން ކާގެއަށް ވަނުމާއިއެކު، ޒެފަންގެ ބުމަ ގޮށްޖެހި ނިތަށް ރޫގިނަވިއެވެ. އަންހެން ކުދިންދެކެ އިންތިހާއަށް ނަފްރަތް ކުރާއިރު ތަގްދީރު ކުރާ ސަމާސާ ނިކަން ދެކިބަލާށެވެ…………
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.


vr salhi..
Adhi nukiyan .. madu kohlahcheyy kiyaalaafa comment eh kohlaanan..
vv reethi..??
Awsome..nimendhen genesdheyne kama umydhu kuran
this is my first story…..hykuran hurihaa kudhinnahvess reethivaanekamah
…..binaakuranivi faadukiumah maruhabaakiyaanan
Obiness to the maxx!!.keep it up.daily koh up kohdheyney kamah umeedhu kurah
Salhi❤.whn next part..
Furathama fahaara alhaa balaafa varah molhu eygey..varah thafaathu starting eh..varah reethi vaaaneyhn hivaniii..keep it up..Konirakun aneh part??.waiting waiting
Vvvv reethi?
Vahaka vara reethi.. ekmakau miyavure rangalhu kurevene baie sentence ebahuri.. overall its okey..
nice
rozy thi adhi kaaku tha ehn myhunah kiyan
Rozy ahvure kithanmehaavxx molhu ?
Heheh vaahaka v nice…rozy emme kurin jumla thah rangalhu koffa dhen ehn myhunna kiyaidhy …ok..
Wrh salhi ❤ can’t wait to read next part?
53 footeh noon 53 inchi. Typing mistake eh kamah lafaa kureweny
Heheh thanks shhh
wating plz up k9hdhehchey