އެގުޅުން ވަކިނުވާނެ 8 ފަހުބައި
“ސާހިބާ މިއަދު އަޅުގަނޑުގެ ރިކުއެއްސްޓެއް އެބައޮތް. އަޅުގަނޑުގެ މިގާޑިޔަލުން ހަދާފަ މިވާ އަނބު މަޖާ އިން އެތިކޮޅެއް ކޭންބައްލަވާ އެހެންނޫނީ އަޅުގަނޑު ވަރަށް ދެރަވާނެ.”
“ނޫނޭ މިހާރަކު ނޫން” ޔޫނުސް ބުނެލިއެވެ.
“ނޫނޭ އަޅުގަނޑު ކާނަން. “އުނައިސް ހިނިތުންވެލާފަ ބުނެލިއެވެ.
“ބައްޕާ ކޭންބައްލަވާ މިއަދާ ހަމަޔަށް ބައްޕަ އެއްވެސް މީހަކު ދެރައެއް ނުކުރޭ ވީއިރު ކީއްވެ މިއާދަންބެ ދެރަ ތިކުރައްވަނީ.އޭނާ ނުހަނު ލޯބިން އެދިނީ އެޭތި ކޮޅު.”
އެވަގުތު އާދަނު ދެތައްޓަށް އަނބު މަޖާ އަޅައިގެން އައިސް ދެބަފައިންނަށް ދިއްކޮށްލިއެވެ. އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި އުނައިސް މުޅި އަނބު މަޖާ އެތި ހުސްކޮށްލިއެވެ. ޔޫނުސް ހައިރާންވެއިނެވެ. މޫނުމަތީ އެތަށް ސުވާލު މާކް ތިބި ހާލުގައެވެ.
“ދަރިފުޅު މިހާކުޅިގަދަކޮށް ކާންދަސްކުރީ ކޮންއިރަކު؟”
“ބައްޕަ ޔޯގަޓް ކާންދަސްކުރެއްވި ދުވަހު. ބައްޕާ އަޅުގަނޑު ހަނދާންވޭ ބައްޕަ އަޅުގަނޑާއެކު އޯކާ ދެމި ދެމި ޔޯގަޓް ކާ ހަނދާން ބައްޕަ އަޅުގަޑަށްޓަކާ ޔޯގަޓް ކާން ދަަސްކުރެއްވި ގޮތަށް އަޅުގަނޑު ކުޅި އެއްޗެތި ކާންދަސްކުރީ”
އުނައިސްގެ މިވާހަކަޔަށް ދެބަފައިން ބާރަކަށް ހުނެވެ. އާދަނުވެސް މިހުނުމުގައި ބައިވެރި ވިއެވެ. އެމީހުންގެ ލޮލުން ވިދަމުން ދިޔައީ އުފާވެރި ކަމުގެ ފެނެވެ. ބައްޕަޔަކާ ފިރިހެންދަރިޔެއްގެ މިގުޅުމަކީ ކިހާމާތް ގުޅުމެއްހެއްޔެވެ. ސަލީމް އާހެދި މި ގުޅުމަށް ވެސް ވަނީ ހިރަފުސް ބުރާފައެވެ. އާދަނު ހިތާހިތުން ސަލީމް އަށް ބަދުދުޢާ ކުރިއެެވެ.
“ބައްޕާ ކުޑައިރު އަޅުގަނޑު ތަނަކަށް ވެއްޓުނީމާ ތެދުކޮށް ދާންވާ މަގު ދައްކާ ހެއްދެވީ ބައްޕަ އެއްނު ވީއިރު މިއަދު އަޅުގަނޑު ބައްޕަގެ އަތުގައި ހިފައިގެން މަގުން ހިގުމަށް ހިތްހަމަނުޖެހެނީ ކީއްވެތޯ؟ ބައްޕާ އަޅުގަނޑަކީ ބައްޕަގެ ދޮށީ ދަރިފުޅު އުނައިސް އަޅުގަނޑާއެކު އާދޭ ބައްޕާ އަޅުގަނޑު ބައްޕަޔަށް ދާންވާ މަގު ކޮށާދޭނަން ބައްޕަ އަހަރެންނަށް މަގު ކޮށާދެއްވި ފަދައިން”
ބައްޕަގެ ކާރީ އިށީދެފަ ބައްޕަގެ ކޮނޑުގައި އުނައިސް ބޯއަޅާލިއެވެ. ޔޫނުސް ވެސް އޭނާގެ ބޮލުގައި ފިރުމާލާފަ ބޮލަށް ބޮސްދިނެވެ. އުނައިސް ބައްޕަގައިގަ ބައްދާލިއެވެ. ޔޫނުސް މަޑުމަޑުން އުނައިސްގެ ބުރަކަށީ ފިރުމާލިއެވެ. ހީވީ ހުރިހާ ހިތާމަޔަކާ ޝަކުވާއެއްއެއްފަހަރާ ދެބަފައިންގެވެސް ފޮހެވިގެން ދިޔަހެނެވެ.
ހަވީރު އުނައިސް ގެޔަށް ދިޔައެވެ. ގެއިން އޭނާއަށް އިސްތިގުބާލު ކުރީ ފަޅު ކަމާއި ވީރާނާ ކަމެވެ. ހީނާ ނެތެވެ. އެހެންނާ އޭނާގެ ސައިކަލް އަޑުއިވޭއިރަށް ފަރިވެފައިވާ މަލެއް ހެން ފަރިވެގެން ގޭދޮރުކާރިން ހީނާ އުނައިސް އާބައްދަލު ކުރާނެއެވެ. މިއަދު އޭނާއަށް ފެނުނީ ފާރުގަ އެލުވާފައިވާ އޭނާގެ ކާވެނީގެ ފޮޓޯއެވެ. އުދާސް ކަމާއެކު އޭނާ އެފޮޓޯއާއި ދިމާލުން ބިންމަތީ އިށީނެވެ. އަދި އުނައިސްގެ ހިތުގެ އަޑު ލަފްޒު ތަކެއްގެ ސިފައިގަ އަންނަން ފެށިއެވެ.
“އަހަރެންގެ ލޮލުން ކަރުނަ މިއަދު އަންނަނީ ކަލާގެ ހަނދާނުގައެވެ.
އަހަރެންގެ ހުރިހާ ހުވަފެންތަށް ކަލާ ވިއްސިވި ހާލި ކޮއްލީމުއެވެ.
އަހަރެންގެ ލޮލުންކަރުނަ މިއަދު އަންނަނީ ކަލާގެ ހަނދާނުގައެވެ
އަހަރެންގެ ހިތުގެ ތެޅުން ގުޅިފައިވަނީ ކަލާއާއި ކަމުގަ ނުވޭހެއްޔެވެ.
މިއަނދިރި ރޭތަށް ކަލާޔާ ވަކިން އަހަރެން ހެދަ ކުރާނީ ފަހެ ކިހިނެއްހެއްޔެވެ
މިއަދު އަހަރެންނަށް ހުރިހާ ދިމާލެއް ގައި ފެންނަނީ އަނދިރި ކަމާ ފަޅު ކަމާއެކުގައެވެ.
ކަލާ އަހަރެންގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ. ދެމީހުން އެކުގަ މަރުވަންދެން އުޅެން ކުރިވައުދު ކޮބާހެއްޔެވެ
އެހަނދާންތަށް އެއްވެސް އަސަރެއް ނެތީ ހެއްޔެވެ. އަހަރެން ރޮއްވާލީ ކީއްވެ ހެއްޔެވެ.”
އުނައިސް ތެދުވެގެން ކޮޓަރިޔަށް ގޮސް އެނދުމަށްޗަށް ވެއްޓުނެވެ. އަދި ލޯމަރާލިއެވެ. މަޑު ގިސްލުމެއްގެ އަޑު އިވެމުންދިޔއެވެ.
ހީނާ ވެސް ބޮޑާ ހޭކުމަށްފަހު ބައްޕަގެޔަށް ދިޔައީއެވެ. އެހެނަސް ހަމަޖެހުމެއް އޭނާއަށްވެސް ނުލިބުނެވެ. ކައިވެނީގެ އަލްބަމްގެ ގަނޑުތަށް އުކާލެވުނު އަދަދެއް ވެސް ނޭނގެއެވެ. އެތަށް ޝަކުވާއެއް އެއަލްބަމްގަވާ ދިރުމެއް ނެތް ފޮޓޯތަކާ އޭނާކުރަމުން ދިޔައެވެ. އެވަގުތު އުނައިސް ދޮރު ހުޅުވާލާފަ އޭނާ އޮތް ކޮޓަރިއަށް ވަނެވެ. އޭނާއާއި ދިމާލަށް ހިނިތުންވެހުރެއެވެ. ކަރުނައިގެ މުތީތަކުން އޭނާގެ ލޯވެސް ވިދަމުން ދިޔައެވެ. ހީނާ ފުންމާފަ ތެދުވިއެވެ. އަދި އުނައިސް ގެ އަތުގެ ތެރެއަށް ވަނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ މޫނުގައި ބޮސްދެމުންދިޔައެވެ.
“ހީނާ ކަލާ އަހަރެން ދޫކޮށް އައީ ކީއްވެ؟” އުނައިސް ޝަކުވާ ކުރަމުން ދިޔައެވެ.
“ލޯބިވާ އުނައިސް އަހަރެންނަށް މާފްކުރޭ ކަލާގެ ހީނާއަށް މާފް ކުރޭ ދެންދުވަހަކުވެސް މިފަދަ ކަމެއް އަހަރެންނުކުރާނަން އަހަރެންނަށް މާފް ކުރޭ އެއްވެސް ކަމަކާ ނުލާއަހަރެން ކަންތަށް ބޮޑުކޮށްލީއަހަރެންނަށް މާފްކުރޭ” ރޮމުން ރޮމުން ގޮސް ހީނާ ވަރުބަލިވިއެވެ.
“އައިލަވްޔޫ ހީނާ….”
އައިލަވްޔޫ އުނައިސް” އެދެމީހުން ވެސް ބުނަމުން ދިޔައީ އެހެންނެވެ. އެވަގުތު ބާރަކަށް މީހަކު ދޮރުގަ ޓަކިޖެހިއަޑަށް ސިއްސައިގެންގޮސް ހީނާ ލޯހުޅުވިއެވެ. ތެދެކެވެ. އޭނާއަށް އެފެނުނީ ހުވަފެނެކެވެ އެއީ ހުވަފެނެކެވެ.އުނައިސް ނުއެއްއާދެއެވެ.އެއީ ހުވަފެނެކެވެ.އޭނާގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ. އަލްބަމްތަށްހިފަހައްޓައިގެން އިންދާ ނިދި ޖެހުނިއެވެ. އަސްލު އުނައިސް ނާދެއެވެ. ހީނާ ވަރަށް ހިތުގަ ޖެހުނެވެ.ކޮޓަރިޔަށް ވަން ބައްޕަ ހައިރާން ވެފަ އެއްފަހަރު ހޭވިފައިވާ ހީނާ ގެ އެނދާ ދިމާލަށް އަނެއްފަހަރު ހީނާއާއި ދިމާލަށް ބަލަން ހުއްޓުން އަރާފަ ހުއްޓެވެ. ހީނާގެ މުޅިއެނދުގައި އޮތީ ހުސް ކަރުދާސްތަކާ ފޮޓޯތަކެވެ. ހީނާވެސް ހިނީ ރޫޖެހިފައިވާ ފިނިފެންމާ ކުލައިގެ ކުރުތާއެއްލައިގެންނެވެ ދިގު އިސްތަށިގަނޑުވަނީއެއްވެސް ތަރުތީބެއް ނެތްގޮތުގާ ހޭވިފައެވެ.ލޮލުން ކަރުނަ އޮހެމުން ދަނީއެވެ ޝާހިދުއަށް އެވަގުތު އެއްޗެކޭ ބުނުން މުނާސަބު ކަމެއްގެ ގޮތުގައެއް ނުވިއެވެ އެހެންވެ މަޑުމަޑުން ދޮރުލަށްޕާލާފަ ދިއައީއެވެ. ހީނާ ހީނާގެ ހާލުގެ މައްޗަށް ދޫކޮށްފަ ދިޔައީއެވެ.
ނީލާ ވަރަށް ރީތިވެގެން ދެތިންހަތަރު ޕާރުސަލްތަކެއް ހިފައިގެން ބޭރަށް ދާން ދިއައެވެ އެވަގުތު ސަލީމް ވެސް ބޭރުގަ ހުރެފަ އައިވަގުތެވެ.
“ކޮންތާކަށް ޝާހީ ކަމަނާ. އަނެއްކާ ހާދަ ހަދިޔާއެއް. ހާއި ކާކަށް ޖާދޫއެއް ހަދަން ތިދަނީ. މަށަށް ވެސް ހަދިޔާއެއްނެތްތަ؟” ސަލީމް މާގަތްގޮތަކަށް އައިސް ނީލާއާއި ކައިރިވެލިއެވެ.
“ކަލެއަށް ހުކުރާ ހައްޖާ އީދާ ނެތަސް އަހަރެންނަށް އެދުވަސްވަތަށް ބަރާބަރަަށް އޮވޭ މިއަދަކީ އީދު ދުވަސް އެއީ ކަލޭ ޤަބޫލް ދުވަހެއްނޫނެއްނު މަމިދަނީ ހަދިޔާ ހިފައިގެން މަންމަ މެންގެޔަށް ޙާއްސަ ކޮށް ދޮންބެއަށް ދޭން ހަދިޔާއެއް ހިފައިގެން މަމިދަނީ”
“ހަދިޔާ އޭ އުނހު ނުދެވޭނެ އަހަރެންގެ ގައިގަ ޖަހާފަ ހުރި މީހަކަށް ހަދިޔާ ހިފައިގެން މިހިރަ މަންޖެ މިދަނީ މަޖަލެއް ނުންތަ؟” ސަލީމް ހީނާގެ އަތުން އެއްޗިހި އަތުލަން އުޅުނެވެ.
“އޭ ކަލޭ ކިތަންމެ ބުންޏަސް އަހަރެން އެގެޔަށް ދާން ނެގި ފިޔަވަޅު ފަހަތަށް އަޅާކަށް ނެތިން. އަދި ކަލޭ ކިތަންމެ ކެހި ދިނަސް އެމީހުންނާ އަހަރެންގެ އޮންނަ ގުޅުމަކަށް ކުޑަނަމަވެސް ހިރަފުހެއް ނުބުރާނެ އަދި މިގުޅުން ނުވެސް ކެޑޭނެ.” ނީލާ އޭނާގެ އަތްދަށުން ސަލާމަތްވެގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ.
“އެކަމަކު ކަލެއަކަށް ނެނގޭތަ އުނައިސް ޖެހީ ކަލޭގެ ފިރިމީހާގައިގަ ކަމެއް؟”
ހީނާ ހުއްޓިލާފަ ވަރަށް މައުނަވީގޮތަކަށް ސަލީމް އާއި ދިމާލަށް ބަލާލިއެވެ
“ކުށް ރަނގަޅު ކޮށްލާ ސަލީމް އޭނާޖެހީ އަހަރެންގެ ފިރިމީހާގަޔަކު ނޫން އަހަރެމެންގެއިން ވައްކަން ކުރި ވަގުކަލޭގެ ގައިގަ”
“ނީލާ…..” ސަލީމްއަޑުގެ ކޮޅަށް ގޮވާލަމުން ނީލާއަށް ހަމަލަ ދިނެވެ އަދި އޭނާގެ އަތުގަ ހުރި ހަދިޔާތަށްބިން މަށްޗަށް ބުރައިގެންދިޔައެވެ.”
“އައްދޯއި” ނީލާގެ ކަރުން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ.
“މަށާ ދިމާލަށް ވަގެކޭ ދޯތިކިޔަނީ އަހަރެންމިއަދު ކަލޭ މަރާލާނަން. ހުރޭ ބަލަން. އަދި އޭނާ ނުހަނު އަނިޔާވެރި ގޮތަކަށް ނީލާ ކޮއްޕާލިއެވެ. ނީލާ އެނބުރެމުން ގޮސް ޖެހުނީ ސިޓިންރޫމްގަ ހުރި ވަކަރު ގޮޑިއެއްގައެވެ. އެވަގުތު މީހަކު ދޮރުގައި ޓަކިޖެހިއެވެ.
ސަލީމް ދޮރު ހުޅުވިއެވެ. ކުރިމަތިން އުނައިސް ފެނުމުން އެނާދިޔައީ ބިރުން ރޫރޫ އަޅައިގެންނެވެ.
އުނައިސް ނީލާއަށް ބަލާލިއެވެ ނީލާ ހޭވިފައިވާ އިސްތަށިރަނގަޅު ކުރަމުން އުނައިސް ކާރިޔަށް އައެވެ. ސަލީމް ބާރަށް ކޮޓަރިއަށް ގޮސް ޕޮލިހަށް ގުޅިއެވެ ހިނދު ކޮޅެއްގެ ތެރޭ ޕޮލިސް އެގެޔަށް އައެވެ.
“އުނައިސް އަނެއްކާ މިގެޔަށް ތިއައީ ކީއްކުރަން ” ޕޮލިސް މީހާ ސުވާލު ކުރިއެވެ.
“އަހަރެން މިގެއަށް އައީ އީދުދުވަސް ވީމާ ޢީދު ނަމާދުކޮށްލައިގެން އަހަރެންގެ ކޮއްކޮެއަށް ދޭން ހަދިޔާ އެއް ހިފައިގެން. އައިތަނުން ފެނުނީ މީނާ އަނިޔާވެރިގޮތަކަށް އަހަރެންގެ ކޮއްކޮ އަށް އަނިޔާ ކޮށްފަ ވާތަން ބަލާބަލަ ކޮއްކޮ ހުރި ހާލު”
“އެބުނާހެން މިއަދަކީ އީދު ދުވަސް ކަމެއް މިހިރަ މަރުމޯލަކަށް ނެނގޭތަ؟ މިއަދަކީ ދުޝްމަނުން ވެސް އެކުވެރިވާ ދުވަސް ވީއިރު ކަލޭ ކީއްވެ މިދެބެއިން ދުރުކުރަން ތިމަސައްކަތް ކުރަނީ؟” ޕޮލިސް މީހާ ސަލީމް އާއި ދިމާލަށް ބަވާލިއެވެ.
” ދަޮންބޭ، ދޮންބެ ތިޔައައީ ކޮއްކޮއަށް ހަދިޔާއެއް ހިފައިގެނެއްނު މިއަދު ކޮއްކޮ ބުނި ހަދިޔާއެއް ކޮއްކޮއަށް ދޭނަންތަ؟”
އެވަގުތު ނީލާ އުނައިސް އަތުގައި ހިފަހައްޓައިގެން ހުރެ ވަރަށް އަސަރު ގަދަ ގޮތަކަށް ބުންޏެވެ.
“ކޮއްްކޮ ބިރެއްނެތި އެދިބަލަ ދޮންބެގެ ފުރާނަޔަށް އެދުނު ކަމުގާވިޔަސް މިވަގުތު ދޭނަން”
ސިފައިންގެ މީހުންވެސް ހައިރާންކަމާއެކު މިދެބެއިންނަށް ބަލަން ތިއްބެވެ.
“ދޮންބޭ އަހަރެން މިނަރަކައެއްކަހަލަ ގެއިން ގެންދޭ އަހަރެން ހުންނަން ބެނުމީ މަންމަ ކާރީ ޕުލީސް ދޮންބޭ މިގެޔަށް މިވަގުކަލޭގެ ކާރިޔަށް އަހަރެން ދޫކޮށްފަ ނުދޭ ދޮންބޭ” ނީލާ އުނައިސް ގައިގަ ބައްދައިގެން ހުރެ ރޮމުން ދިޔައެވެ.
އުނައިސް ވަގުތުން ނީލާ އޭނަގެ މޭޔާލާ ބޮނޑި ކޮށްލިއެވެ.އަދި އެއްވެސް ވާހަކައެއް ނުދައްކާ ދެބެއިން އެކުގަ އެގެއިން ނިކުތެވެ އެއްވެސް އެއްޗެއް އެމީހުން ނުގެންދިޔައެވެ. ބަސްހުއްޓިފައި ހުރެވުނީ ސަލީމް އަށެވެ. ފަހަރެއްގަވެސް ނީލާ އެފަދަ ކަމެއް ނިންމާނެޔޭ އޭނާގެ ހިތެއް ނުބުންޏެވެ އެކަމަކު އެކަންވެސް އެވީތާއެވެ. ޕޮލިހުންވެސްތިބީ ބަލަންށެވެ.
ނީލާ އާއި އުނައިސް އައިސް ގެޔަށް ވަންއިރު ވަހީދާ ބަދިގޭގަ މީރު އެއްޗެއްކައްކަނީއެވެ އެދެބެއިން ދެބެއިންނަށް ބަލާފަ ހީލިއެވެ އަދިއެތެރެއަށް ދިޔައެވެ ނީލާ ފެނުމުން ވަހީދާ ވަރަށް އުފާވިއެވެ
“ތިއީ މާރަނގަޅު ސަޕްރައިޒެއް ވަހިދާ ހިނިތުން ވެލަމުން ދޮރާދިމާލަށް ބަލާލަމުން ބުނެލިއެވެ. އަދި ފުންކޮށް ދޮރާއިދިމާލަށް ބަލާލަމުން ބޮލުގެ އިޝާރަތުން ސަލީމް ކޮބާތޯ އަހާލިއެވެ ނީލާ ނެތޭ ބުނެ ބޯހޫރާލިއެވެ. އެވަގުުތު ޔޫނުސް ވެސް އައިސް ހުރިހާ ކުދިން އެތަނުގަ ތިބިތަން ފެނިފަ ހިނިތުން ވެލިއެވެ.
“އައްދެ ކޮންކަމެއް އެންމެން ގުރޫޕް ހަދާލާފަ ބަދިގެ ތެރޭ”
” ބައްޕާ އަޅުގަޑަަށް މާފްކުރޭ. އަޅުގަނޑު މިއައީ އެކެހިދިންމީހާ ދޫކޮށް ބައްޕަމެން ކާރިޔަށް އަޅުގަޑަށް މާފް ކުރޭ” ނީލާ ޔޫނުސްގެ ފައިގައި ހިފައިގެން މާފަށް އެދެމުން ދިޔައެވެ.
ޔޫނުސް ނީލާ ތެދުކުރިއެވެ.އަދި މެޔާލާ ފިއްތާލިއެވެ.
“ނޫނޭ މިއީދަރިފުޅު ގެ މައްސަލައެއްނޫން ދަރިފުޅުގެ ކުށެއް ނެތް މިކަމުގަ. ބައްޕަ މެންނަށްވެސް އޭނާ ދެނެގަތުމުގަ ކުށެއްކުރެވުނީ.ވަންހަނާވެފައިވާ ކަންތަކެއް ވީމާ ނޫނީ ނޭނގޭނެ.ﷲ އެއްވެސް ބަޔަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.އޭނާގެ ކާރިން ދަރިފުޅު ސަލާމަތްވީތީ ބައްޕަ އުފާކުރަން. ދެންއޮތީ ގުޅުމުގެ ވާހަކަ އަހަރެމެންނަށް ބައެއްފަހަރު ގުޅެވޭ ގުޅުން ތަކުންވެސް މުޅިން ކަންތަށް ފަނާވެގެންދޭ މިދިމާވީ އެކަހަލަ ގޮތެއް.އެކަމަކު އާއިލާ އެކަތި ގަޑަކަށް ވެތިބިއްޔާ މިކަހަލަ މައްސަލައަކީ އެއްވެސް ކަމަކަަށް ނުވާނެ.އަދި މިފަދަ ހިޔާނާތް ތެރިންނަށް ކުރިއެއް ނުލިބޭނެ.”
“މައިންބަފައިން އެންމެ ހިތްހަމަޖެހޭނީ އޭނާގެ ދަރިން އެކަތިގަޑަކަށްވެ އުޅޭތަން ދެކެން މިއަދު މަންމަ މެންނަށް މފެންނަނީ އެފަދަ މަންޒަރެއް. މިކަމުގަވެސް ތިކުދިންގެ އެކުވެރި ކަމާއި އެއްބާރުލުން ލިބެމުންދާތީ ވަރަށް ހިތްހަމަޖެހޭ. އަހަރެންނަށް ވުރެ ވަކި ނަސީބު ރަނގަޅު އަންހެނެއްކޮބާ؟”
ވަހީދާ ނީލާއާއި އެހެންކުދިން އޭނާއާއި ކާރި ކޮށްލަމުން ބުނެލިއެވެ.
“އެކަމަކު މަންމާ މިފަދަ ވަގުތުގަވެސް ކޮންމެވެސް އުނިކަމެއް ފާހަގަ ނުވޭތަ” ނީލާ އުނައިސް އާއ ދިމާލަށް އެނބުރެމުން ބުނެލިއެވެ.
“އާނ އެނބުނާހެން ކޮބާތަ މަގޭ ހީނާ؟” ވަހީދާ އުނައިސްގެ ކަންފަތުގައި ލޯބިން ހިފާލިއެެވެ.
“ދޮންބެ ދޭ ގޮސް ހީނާ ދައްތަ ގޮވައިގެން އާދޭ.” އައިޝާ ވެސް ބުނެލިއެވެ.
“އޭނާ ބޭނުން ވަނީ އަރާމު ކުރަން އޭނާ އަރާމު ކުރިޔަދީ”
އުނައިސް ބުނެލިއެެވެ.
“މިގޭގަވެސް އެނާއަށްއަރާމު ކުރެވިދާނެ ދޭގޮސް ގޮވައިގެން އަންނަން.”
ވަހިދާ ތަންކޮޅެއް ބާރަށް ހަރުކަށި ކަމާއެކު ބުނެލިއެވެ.
“އަނެއްކޮޅުން މިގޭގަ ޕާޓިއެއްވެސް ނުބާއްވާތާ ލައްކަ ޒަމާންވެއްޖެނު އެހެންވެ މޮޅުކަމެއް ނޫންތަ ހީނާ ބަލިވެއިނީތީ އެކަމުގެ އުފަލުގަ ޕާޓީ އެއް ބާއްވާލުން” ތާނިޔާވެސް ބުނެލިއެވެ އަބަދުވެސް ގޭތެރޭގައި ފަންކުޝަންތައް އޮގަނައިޒް ކުރަނީ ތާނިޔާއެވެ.
“ޕާޓީ އެއްކޮންމެ އިރަކުވެސް ބޭއްވިދާނެ މިހާރު ވިސްނަންވީ މިގެއާއި ފެކްްޓަރީ ސަލާމަތް ކުރެވޭނެ ގޮތެއް ނޫންތަ؟” ޕޭޕަރު ތަށް އަތަށް ނަގަމުން އުނައިސް ބުނެލިއެވެ.
“ނޫނޭ އަހަރެމެން ޕާޓީ ބާއްވާނަން އީދު ކުޅިވަރުވެސް ކުޅޭނަން ދޭގޮސް ހީނާ ގޮވައިގެން އާދޭ” ޔޫނުސް އަމުރު ކޮށްލިއެވެ. އުނައިސް ހިނިތުން ވެލަމުން ނިކުމެގެން ދިއައީއެވެ. އުނަައިސް ހީނާ މެންގެޔަށް ދިޔައިރު ޝާހިދު ރުޅިގަދަވެފަ އިނެވެ.
“އަހަރެންނަށް އެނގޭ ކަލޭ ތިޔައައީ ހީނާ ބަލާ ކަން ޔޫނުސް ބުނެގެން އެކަމަކު އަހަރެންގެ ޝަރުތު ތަކެއް އެބައޮތް މިކަމުގަ މަބޭނުމެއް ނޫން ދެން ކަލޭ އޭނާގެ ފިރިޔަކަށް ވާކަށް ތިޔަ ކުޅިވަރު ނިމިގެން މިފޯމުގަަ ސޮއިކޮށްގެން ހީނާ ގެންނާތި”
“ތީ ކޮންފޯމެއް؟”
“މިއީ ވަރިޔަށް އެދޭ ފޯމު”
“އޯކޭ ތިޔައީ ހީނާ އެދޭކަމަކަށް ވާނަމަ އަހަރެން ހީނާ އީދު ގެ ކުޅިވަރަށްް ފަހު ގެންނާނީ މިފޯމުގަ ސޮއި ކޮށްގެން”
އެވަގުތު ހީނާވެސް ކޮޓަރިން ނިކުމެގެން އައެވެ. އަވި އައިނެއް އަޅާފަ ހުރުމުން އޭނާގެ ރޮއި ރޮއި ދުޅަވެފަ ހުރިލޯ އެއްވެސް މީހަކަށް ނުފެނުނެވެ. ކާރަށް އެރުމާއެކު އުނައިސް ބުނަންފެށިއެވެ
“ހީނާ އަހަރެމެންގެ ކަންތަށް ކިތަންމެ ކަޑަކޮށް އޮތަސް ގެމީހުންނަށް މިކަން އެނގުނަ ދީގެން ނުވާނެ ޕުލީސް އަހަރެންގެ އެންމެން ތިބީ ހީނާއާއި މެދު ވަރަށް ގަޔާވެގެން”
ހީނާ ޖަވާބެއް ނުދެއެވެ އެކަމަކު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
އަނެއްކާވެސް އެގޭތެރެ ހީވަނީ އާކަވަނީގެ ތައްޔާރީތައް ވަމުން ދާގެޔެއެއް ހެނެވެ. މިޔުޒިކާ ލަވަޔާ އުފަލުގެ ފައްވާރާއެއް މުޅިގެ އަށް ވެރިވެފައިވެއެވެ. އީދުގެ ކުޅިވަރާއި ހީނާގެޔަށް އައުމުގެ އުފަލުގަ އެގޭގެ ކޮންމެ މީހަކު ވަނީ އުފަލުން ފޮޅިފައެވެ. އުފާވެރިކަމުގެ ކަރުނަ މުތީތަކެއްހެން ކޮންމެ މީހެއްގެ ލޮލުން ވިދަމުން ދިޔައެވެ. އެވަގުތު ތާނިޔާ ލަވަޖަހަންފެށިއެވެ. އެއީ ހީނާއަށްޓަކާ އޭނާ އެތަށް ދުވަހަކުއްސުރެ ތައްޔާރު ކުރި ލަވައެކެވެ. އުނައިސް ދުރުގަ ހީނާއަށް ބަލަން ހުއްޓެވެ.
“ކަލާ އައުމުން މިގެޔަށް ބަހާރު މޫސުމް އައިސްފިއެވެ.
މިގޭގޭ ކޮންމެ މެމްބަރެއްވަނީ ކަލާގެ އިންތިޒާރުގައެވެ
އަހަރެން އުފާވެއްޖެއެވެ ޝުކުރީއްޔާއެވެ.
ކަލާއާއި ނުލާ އަހަރެންގެ ރޭތަށް ހާދަ އަނދިރި ކޮންނެވެ.
އަދި ފަޅުކަން އެކުލެވެިފައިވާ ދުވާތަށް އަހަރެން ހޭދަ ކުރިގޮތް ކިޔާ ދޭނީ ފަހެ ކިހިނެއް ހެއްޔެވެ.
ކަލާ އައުމުން އަހަރެންގެ ހަޔާތަށް ބަހާރު މޫސުމް އައިސްފިއެވެ. ޝުކުރީއްޔާއެވެ.”
އަންހެންއަޑުވެސް އެލަވައިގަ ހުއްޓެވެ. ހީނާ ތެދުވެގެން ގޮސް އުނައިސް ކާރިޔަށް ހުއްޓުނެވެ. އަދި އެލަވަ ކިޔަންފަށައެވެ
“ކަލާއެދުނީތީ އަހަރެން މިއައިއެވެ.
އަހަރެންގެ ދުވަސްތަކާ ރޭތަށް ވަނީ ކަލާޔާ ނުލާ އަނދިރި ވެފައެވެ.
އަހަރެންނަށް ކަލާ މިލްކު ވުމަށްފަހު އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ވެއްޖެއެވެ.
އަހަރެންގެ އަމިއްލަ ގެޔަށް އާދެވުނީމާ އަހަރެން ހާދަ އުފާވެއްޖެއެވެ.”
ހީނާގެ ލަވަ ނިމުމާއެކު ޔޫނުސްވެސް ލަވަ ފެށިއެވެ.ހުރިހާ ކުދިން އަޖާބު ވިއެެވެ
“އަހަރެން މިއަދު ވަރަށް އުފާވެއްޖެއެވެ.
ލޮލުން މިއަދު ކަރުނަ އެބައާދެއެވެ. އެކަމަކު މިއީއުފަލުގެ މޯތީ ތަކެވެ.
އަހަރެންގެ ދަރިންގެ ހިނިތުން ވުމުން ގެޔަށް ބަހާރު މޫސުމް އައިސްފިއެވެ”
ހުރިހާ މީހުން ކާރިވެލިއެވެ. އެކަކު އަނެކަކާ ކަރާކަރުޖައްސާ ސަލާމް ކުރަމުން އެކުގައި ލަވައިގާ ބައިވެރި ވިއެވެ އަދި ޕާޓީ ނިންމާލާފަ އެންމެން އެކުގައި ކެއީއެވެ.
ހީނާ ހިމޭންކަމާއެކު ވިސްނަމުންދިޔައެވެ. އަހަރެންދެކެ މިހާލޯބިވާ ބަޔަކާ ގުޅުން އަހަރެން ކަޑާލާނީ ފަހެ ކިހިނަކުން ބާވައެވެ. މިއީ މައިވަންތަ ކަމުގެ ގުޅުމެވެ.އެއްބަޑު އެއްބަފާ ކަމުގެ ގުޅުމެވެ. ލޯބިވާ ބައިވެރިޔާ އާއިއެކު ވާގުޅުމެވެ. އުނައިސް ގެ އެންމެ ސޮޔަކުން މިހުރިހާ ގުޅުން ކެޑިދާނެއެވެ. އާއެކެވެ މިއީ ގޯހެކެވެ މިއިން އެއްވެސް ގުޅުމަކީ ކެޑެން ޖެހޭ ގުޅުމެއް ނޫނެވެ.އަހަރެން އަނބުރާ ގެޔަކަށް ނުދާނަމެވެ. ވަރިވާކަށްވެސް ބޭނުމެއް ނޫނެވެ. ގޯސް ހެދުނީ އަހަރެންނަށެވެ އެކަމަކު ބުނާނީ ކިހިނެއްބާއެވެ.
އޭރު އެފޯމުތަށް ހިފައިގެން މޭޒު ކާރީ ގަލަންވެސް ހިފައިގެން ހީނާއަށް ބަލަހައްޓައިގެން އުނައިސް އިނެވެ އުނައިސް ހީކުރީ އުނައިސް ސޮއި ނުކޮށްގެން ހީނާ ހިތްހަމަ ނުޖެހިފައި ހުރިހެންނެވެ.
“އަހަރެންް މިއަދު ކަމަކަށް އެދެން ބޭނުން” ހީނާ އުނައިސް ކާރިޔަށް އައިސް ކަރުނަ ފޮހެލަމުން ބުނެލިއެވެ.
“އަހަރެންނަށް އެނގޭ ކަމަނާ ބޭނުން ވަނީ އަހަރެން މިފޯމުގަ އަވަހަށް ސޮއި ކުރަން” އުނައިސް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ހީނާ ހިމޭނުން އިނެވެ ހާދަ ބޮޑާ މީހެކެވެ. ހިތާ ހިތާ ހީނާ ކިޔާލިއެވެ.
“ކަމަނާ ގެ ބައްޕަ ބުނި ފަދައިން އަހަރެން މިއޮތީ މިފޯމުގަ ސޮއި ކޮށްފަ” އުނައިސް ފޯމު މައްޗަށް ހިއްލާލަމުން ބުނެލިއެވެ. އެވަގުތަކީ ހީނާގެ ބައްޕަ ގެޔަށް އައިސް ވަން ވަގުތެވެ.
“ހީނާ ރޮމުންގޮސް ބައްޕަގެ ނޭގައި ލައްވެލިއެވެ. ހީނާގެ ބައްޕަ އޭނާ ގޮވައިގެން އެެގެއިން ނިކުތެވެ. އެމީހުން ދިޔަތަނާ އުނައިސް ގެ ވަކީލް އައިސް ސަލާމް ގޮވާލިއެވެ. އުނައިސް ސަލާމް ގޮވާލުމަށްފަހު އޭނަޔާ އެކު ސިޓިން ރޫމްގަ އިށީނެވެ. އެގޭގެ އެންމެ ތިބީ ވާނުވާ ނޭނގިފައެވެ.
“އުނައިސް މާފް ކުރޭ ބޭންކު މައްސަލަ ގަނޑު މާބޮޑު ވެއްޖެ ތަފާތު މީހުން މިކުންފުންޏާ ބެހޭ ގޮތުުން ވަރަށް ވާހަކަ ދައްކާ އެބަ.”
“ދެނޯ ދެން އޮތްގޮތަކީ ކޮބާ؟” އުނައިސް އަހާލިއެވެ
އެވަގުތު ޔޫނުސް ވެސް އައިސް އެމީހުންނާ ބައްދަލު ކުރިއެވެ.
“ބައްޕާ ބޭންކު މައްސަލަ ގަނޑުގަ ވަކީލް އައިސް އެއިނީ”
“ތީމާއަވަހަށް ހާސްތިވަނީ އަހަރެންގެ އަނެއްޕާރޓުނަރު އަދުޝަން ވެސް އެބައާދޭ މާދަމާގެ ފުލައިޓުން ޑުބާއީގަ ހުރެފަ އަހަރެން އަދި ދަރިފުޅު ކާރީ ނުބުނަންތާ އޭނާގެ ވާހަކަ”
“އެކަމަކު ބައްޕާ އަދުޝަން ވަގުތަށް ނާދެވުނީޔާ މަޅިޔަކަށޭ ވާނީ”
“އަޅުގަނޑަށް ހީވަނީ މިވަގުތު ދާންވީ ބޭރުގަ ޖަމާވެފަ އެތިބަ މުވައްޒަފުން ކޮޅާ ބައްދަލު ކުރަން ހެން” ވަކީލް ތެދުވަމުން ބުނެލިއެވެ.
ޔޫނުސް ތެދުވެ ބޭރަށް ނިކުމެ މީހުންނާ ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެމެން ވަރަށް މަސައްކަތް ކޮށްފިން ފެކްޓަރީ އާއި ގެ ސަލާމަތް ކުރެވޭތޯ އެކަމަކު މިކަންތަށް ހައްލު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަ. ކަލޭމެންނާ އެކު އަހަރެމެން މަސައްކަތް ނުކުރިޔަސް މިގުޅުން ނުކެނޑޭނެ. ފާއިިތުވި ތަކުގަ ކަލޭމެންވަނީ ދާއޮހޮރުވައިގެން މަސައްކަތް ކޮށްފަ. މިއީ އެންމެ މުހިންމު ވަގުތަކީ ކަލޭމެންނަށް ޝުކުރު އަދާކުރަން.”
ޔޫނުސްގެ އަސަރުގަދަ ވާހަކަޔަށްފަހު އުނައިސް ވެސް ވާހަކަ ދެއްކިއެވެ. ކޮންމެ މިހެއްގެ ލޮލުން ކަރުނަ ފާއްދާލާފަ ވާހާލު އިސްދަށަށް ޖަހަައިގެން އެންމެން އެކަކަށް ފަހު އަނެކަކު ދަމުން ގޮސް ހުސްވިއެވެ.
“ދޮންބޭ އަދިވެސް އަދުޝަންގެ ހަބަރެއް ނުވޭތަ؟” އައިޝާ އާއި އުނައިސް ބަގީޗާގައި ހިނގާލަން ދަމުން އަހާލިއެވެ. މި ބަގިޗާއަކީ އެކުދިންގެ މަންމަ އަމިއްލަ އަތުން ހައްދާފައިވާ ރީތި ހިއްފަސޭހަ ތަނެކެވެ.
“އާނ އޭނާވީ ޑުބާގައޭނު ބައްޕަ ބުނުއްވީ. އަހަރެން ހަނދާން އެބަހުރި އޭނާ ޑުބާއީ އަށް ދިޔައީ އަނބުރާ އަންނާކަށް ނޫން އެކަމަކު ބައްޕަގެ މިކަންތަކާ އޭނާ އެއަންނަނީ. މިމައްސަލާގަ އަދުޝަން އަކީ ބައްޕަގެ އެންމެ ފަހުގެ އުއްމީދު މިކަންތަށް ފެއިލް ވެއްޖެއްޔާ ވާނެ ގޮތެއްވެސް ނޭގޭނު” އުނައިސް ބުންޏެވެ.
“ދެންވާނީ ކިހިނެތް؟” އައިޝާ އައިސް އުނައިސް ގައިގަ ބައްދާލަމުން ރޯންފެށިއެވެ.
“ދެރަނުވޭ ކޮއްކޯ ހުރިހާ ކަމެއް ރަނގަޅުވެދާނެ” ދެބެއިން ރޮމުން އެކަކު އަނެކަކުގެ ކަރުނަ ފޮހެދެމުން ދިޔައެވެ. މިއީ ހިތްދަތި މަންޒަރެކެވެ.
އެވަގުތު އުނައިސް މެންނަށް ފެނުނީ ބަގީޗާއާއި މާދުރު ނޫން ހިސާބެއްގައި ބަޔަކު އެއްވެތިބެ މީހަކަށް ތަޅާއަނިޔާ ކުރާ މަންޒަރެވެ. އުނައިސް ވަގުތުން އެތަނަށް ދިޔައެވެ.
” އަހަރެމެންގެ މަސައްކަތް ހުއްޓުނީ މިމީހާގެ ސަބަބުން މިމީހާވީ މަރާލަން” އެއްވެތިބި މީހުން ގޮވަމުން ދިޔައެވެ އުނައިސް ދޭތެރެއަށް ވަދެ ބަލާލިއެވެ.ވަރަށް ރަހުމު ކުޑަގޮތެއްގަ އަނިޔާލިބެމުން ދަނީ ދެނެފަރިތަ މީހަކަށެވެ އާއެކެވެ ދެވަނަ މީހަކަށް ނޫނެވެ އެއީ އަސްލަމް އެވެ.
“އޭއި ހުއްޓާލާ ކިހިނެއްވެގެންތަ މިއުޅެނީ ނުތަޅާ އޭނާގައިގަ”
އުނައިސް އެމީހުންގެ ކިބައިން އަސްލަމް ސަލާމަތް ކުރިއެވެ.
“ކަލާ އަޅުގަނޑު ސަލާމަތް ކުރީ ކީއްވެ؟މިއީ އަޅުގަނޑަށް ހައްގު އަދަބު އަޅުގަނޑަކީ ކުށްވެރިއެއް”
އަސްލަމް މޫނުގަ އަތްއަޅާ ރޮމުން ރޮމުން ބުނެލިއެވެ.
“ކަލެއަށް ކުށެއް ކުރެވުނުކަން ކަލެއަށް އެނގުން މިއީ ވަރަށް ބޮޑު ހެޔޮކަމެއް. ކަލޭ ތައުބާ ވޭ އަދިކަލެއަށް ކުރެވުނު ކުށުގެ އަދަބު ކަލެއަށް ދޭނީ ﷲ މިމީހުނެއް ނޫން”
“ކަލާ ހާދަ ހެޔޮފުޅޭ. ކަލާއަށް ނޭނގޭނެ މިފެކްޓަރީ ބަރުބާދު ވުމުގަ އަޅުގަނޑުގެ އަތެއްވެސް ވޭ. މިމީހުންނަށް މިއަދު ޖެހިފަ މިވާހާލަކީ އަޅުގަނޑުގެ ސަބަބުން ޖެހުނު ހާލު. ނުލާހިކު ރަނގަޅަށް ކައިގެން ބޮއިގެން މަސައްކަތް ކޮށްގެން ތިބެފަ ކުޑަފައިސާކޮޅެއްގެ ދަހިވެތިކަމުގަ ސަލީމްގެ ދަލުގަ އަހަރެންވެސް ޖެހުނީ އަދި އަހަރެމެންގެ އޯގާތެރި ވެރިޔާއަށް ހަރާމްކޯރު ވެވުނީ. އެވެރިޔާއަކީ އޭނާގެ ސުފުރާގަ ވާ ކޮންމެ އެއްޗެކަން އަހަރެމެންގެ ސުފުރާ ތަނަވަސް ކޮށްދިން އޯގާތެރިޔާ އަހަރެން ދަތްއެޅީ އަހަރެންނަށް ކާންދިން އަތުގަ”
އަސްލަމް ރޮމުން ވާހަކަ ދައްކަމުން ބިންމަތީގަ އިށީނެވެ.
“ނޫނެ އަސްލަމް ތެދުވޭ ތެދުވެ އަތްފަޔާ މުނުދޮވޭ ހުރިހާކަމެއް ވާނީ ރަނގަޅަށް”
އުނައިސް އަސްލަމް ދެކޮޑުގައި ހިފާ ބިންމަތިން ނެގިއެވެ. އަދި ދާން ހިގައިގަތެވެ.
“އުނައިސް ސާ މަޑުކޮށްލަބައްލަވާ. އަޅުގަނޑަށް މިކުރެވުނު ކުށުގެ ބަދަލުގަ އަޅުގަނޑު ބޭނުން ވެރިޔާއަށް އެހީވާން”
“ނޫނޭ އަސްލަމް މިހާރު މާލަސްވެއްޖެ މާދަމާ ފެކްޓަރީވެސް އަދި ގެވެސް ސަރުކާރަށް ނަގާނެ.” އުނައިސް ހުއްޓިލާފަ ބުނެލިއެވެ.
“ނޫނޭ ސާހިބާ އަހަރެމެން އެންމެހާ އަންހެން ވެރިންގެ ގަހަނާތަށް ގެންދޭ އަދި ދަރަނި އަދާކޮށްފަ އަޅުގަނޑުމެންނަށް ފެކްޓަރީ ސަލާމަތް ކޮށްދެއްވާ” އަސްލަމްގެ އަނބި ފާތުމަ ކުރިއަށް ޖެހިލާފަ ބުނެލިއެވެ. ހަމަ އެވަގުތު މަސައްކަތް ކުރާ އެހެންމީހުންތަކުގެ އަނބިންވެސް އެމިހުންގެ ހުރިހާ ގަހަނާއެެއް ހިފައިގެން އައިސް ބޮޑު ދަބަހަކަށް އަޅާފަ އުނައިސް އަތަށް ދިއްކޮށްލިއެވެ.
“އަހަރެން ކަލޭމެންގެ ތިލޯތްބަށް ގަދަރު ކޮށް އިހްތިރާމް ކުރަން. އެކަމަކު ތިހާ ގަހަނާއަކުން ވެސް މިހާކުޑަވަގުތު ކޮޅެއްގެ ތެރޭ ހީނުވޭ އެއްވެސް ކަމެއް ވަނެހެން” އުނައިސް ދެރަވެލާފަ ބުނެލިއެވެ.
“އެހެން ވެއްޖެއްޔާ އަހަރެމެންގެ ގޯތީގެ ރަޖިސްޓުރީ ބެންކުގަ ބާއްވާފަ ފައިސާ ނަގާ މިގެތަކަކީ އަހަރެމެންނަށް ޔޫނުސް ސާހަބުގެ ހެޔޮފުޅުކަމުން ލިބުނު ގެތަކެއް ވިއިރު މިއަދު މިގެތަކުގެ އަސްލު ވެރިޔަކީ އޭނާ. ” އަސްލަމް ބުނެލިއެވެ
ހުރިހާ މަސައްކަތު މިހުންނަކީ ޔޫނުސްގެ ފުރިހަމަ އެހީއައި މަދަދު ލިބިފަ ތިބި މީހުންނެވެ. އަސްލަމް އާއި އެކު އެހެންމީހުން އުނައިސް އަށް ބައިއަތު ހިފިއެވެ. އެއީ 400 ދިވެހިންނެވެ.
މިޙަބަރު ސަލީމް ލިބުމުން ސަލީމް އުނައިސްއަށް މަލާމާތް ކުރިއެވެ. ޖެއްސުންކޮށް ތަފާތު އެސްއެމްއެސްތަށް ފޮނުވިއެވެ. އަދި އޭެނާގެ ކާމިޔާބު ފާހަގަ ކުރުމަށް ރެސްޓޯރަންޓު ތަކުގަ ހަފްލާތަށް ބޭއްވިއެވެ.
އަސްލަމްއާއި އުނައިސް ވަރަށް ބުރަކޮށް މަސައްކަތް ފެށިއެވެ. ބޭންކުންވެސް އިތުރަށް ދެދުވަހުގެ މުހުލަތެއް ދިނެވެ. މިދެދުވަސްވީ އެމީހުންނަށް ލިބުނު އަނީމާއަކަށެވެ.
ވަހީދާ ހުރީ ވާނުވާ ނޭގިފައެވެ. ކޮންމެ ގަޑިޔަކީ ހާސްކަން އެކުލެވިފައިވާ ގަޑިއެކެވެ. އެކަމަކު އޭނާ ފުރިހަމަޔަށް އުނައިސް އަށް އިތުބާރު ކުރެއެވެ. ކޮންމެވެސް ގޮތަކުން އުނައިސް މިކަންތަށް ރަނގަޅު ކުރާނެޔޭ އޭނާގެ ހިތްބުނެއެވެ.
ޖެހިގެން އައިދުވަހުގެ ރޭގަނޑެވެ ހީނާބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް ދިޔައެވެ. ދުވަސްނުފުރާ ދަރިފުޅު ވިހެއީއެވެ. މައިމީހާއަށް ގެއްލުންވެދާނެތީ ސިޒޭރިޔަން ހަދާފަ ދަރިފުޅު ނެގީއެވެ. ﷲ އިރާދަ ކުރެއްވީތި ދެމައިންގެ ހާލުވެސް ރަނގަޅެވެ. އޭނާ ވިހޭހަބަރު އުނައިސް އަށް އަންގާކަށް އޭނާވެސް ޝާހިދު ވެސް ބޭނުމެއްނުވިއެވެ. ނަމަވެސް ހޮސްޕިޓަލް ނަރުސް ކުއްޖާއަކީ ކުރިންވެސް އުނައިސް ދަންނަ ކުއްޖަކަށް ވާތީ އޭނާ އުނައިސްއަށް ގުޅިއެވެ.
“ހަލޯ އުނައިސް… ކަލާ ބައްޕައަށް ވެއްޖެ. ހީނާވިހައިފި މިރޭ”
“ނާހަމަ ރަނގަޅަށް މައެބަދަން” އުނައިސް ވަރަށް އުފަލުން ބުންޏެވެ.
މިހެން ބުނެލާފަ އުނައިސް ވަގުތުން ހޮސްޕިޓަލަށް ދިއައެވެ. ނަރުސް ކުއްޖާ އުނައިސް ގޮވައިގެން ގޮސް ހީނާއާއި ދަރިފުޅު އޮތް ކޮޓަރިއަށް ވެއްދިއެވެ ވަގުތަކީ ހީނާބައްޕަ ވެސް ބޭރަށް ދިޔަ ވަގުތެވެ. ހީނާވެސް އޮތީ ފާޑަކަށް ނިދިފައެވެ. ބަޔަކު ދޮރު ހުޅުވާފަ ވަންއަޑަށް ހީނާހޭލެވުނެވެ އެވަގުތު އޭނާއަށް ފެނުނު މަންޒަރުން އޭނާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ.
އުނައިސް ދަރިފުޅު އުރާލައިގެން ދަރިފުޅުގެ މޫނުގައި ބޮސްދެނިއެވެ.
“ބާއްވާ ހަމަ މިހާރު ބާއްވާ ތިޔައީ މަގޭއެކަނި ދަރިއެއް” ހީނާ ރޮއިގަނެފަ ބުނެލިއެވެ.
“އެހެންތަ؟ އެކިހިނެއް؟ ހީނާގެ އެކަނި ދަރިޔަކަށް ވާނީ ހާދަ މޮޔައޭދޯ” އުނައިސް މަލާމާތުގެ ގޮތަކަށް ހިނިތުން ވެލިއެވެ.
“ކަލޭ އެއްވެސް ކަމަކާ ނުލާ އަހަރެން ނުލާހިކު ބުރަހާލުގަ ހުއްޓާ ވަރިކުރީ އަދި އަޅާވެސް ނުލީ އެހެންވެ ތިއީ ހަމައެކަނި މަގޭ ކުއްޖެއް”
“އެހެންތަ ކަމަކާ ނުލައޭ ބަލަ ވަރިކުރީ ކަލެއާއި ކަލޭގެ ބައްޕަ އެދިގެން ފޯމު ގެނެސްދިނީމަ ނޫންތަ؟ ކަލޭގެ ބައްޕަ ޝަރުތު ކަނޑައަޅާފަ އޮތީ އީދު ކުޅިވަރަށް އަހަރެމެންގެޔަށް އެދިޔަދުވަހު. ނުބުނޭތަ ވަރިކޮށްފަ ގެޔަށް ފޮނުވަދޭށޭ. އަދިވެސް މަ ދޯމިގޯސްވީ ނަސީބެއްނު މައެހެންމީހަކާ ނުއިންކަން؟”
“ތިޔައީ ދޮގެއް މަގޭބައްޕަ އެވަރުގެ ޝަރުތެއް ކަނޑައެއްނާޅާނެ”
ހީނާ ކަންފަތުގައި އަތްއަޅާފަ ބުނެލިއެވެ.
“ހަގީގަތަކީ ކޮބާކަން ހީނާއަށް ނޭނގޭނަމަ އަމިއްލަ ބައްޕަ ކާރިން އަހާ އަދި ހީނާ ދަރިފުޅާއެކު އުޅެން ބޭނުންނަމަ އަހަރެންގެ ގޭގެ ދޮރުވާނީ މިދަރިފުޅުގެ މަންމަޔަށް ހުޅުވިފަ ގެޔަށް އާދޭ. މަންމަޔާ ދަރިއެއްގެ ގުޅުން އަހަރެން ކަޑައެއްނުލާނަން ހަމައެހެންމެ ބައްޕަޔާ ދަރިފުޅުގެ ގުޅުންވެސް ނުކެނޑޭނެ. އެހެންވެ އަހަރެންމިދަނީ މިދަރިފުޅު ގޮވައިގެން.މިއީ މަގޭ ގޭގެ މެމްބަރެއް. އެމީހަކު އުޅޭނީ އެމީހެއްގެ ގޭގައި”
“ނޫން އެހެންނަހަދާ އުނައިސް މަގޭދަރިފުޅު ނުގެންދޭ. ”
ހިނާ ވަރަށް އުނދަގުލުން ތެދުވިއެވެ އަދި ވެއްޓެމުން ކަހަލަ ގޮތަކަށް އުނައިސް ކާރިޔަށް އައެެވެ. އެހެނަސް އުނައިސް ހީނާ ދުރުކޮށްލާފަ ނިކުންނަން ދިޔައެވެ.
“އުނައިސް ﷲއަށްޓަކާ މަޑުކުރޭ. އަޅޭ ކީއްވެތަ އެކަކުވެސް އޭނާ މަޑުނުކުރުވަނީ. އުނައިސް ތިޔައީ ބޮޑު ފާފައެއް މަގޭ ދަރިފުޅު މަށާ ވަކިނުކުރޭ. ތިއައީ އަނިޔާއެއް. އަހަރެންގެ ދަރިފުޅާ ވަކިން އެންމެ ދުވަހަކު ވެސް އަހަރެންނަށް ދިރިއެއް ނުހުރެވޭނެ.އަހަރެން މަރުވެދާނެ”
ހީނާ ރޮމުން އުނައިސް ފަހަތުން އާދޭސް ކުރަމުން ހިގަމުން ދިޔައެވެ.”
އުނައިސް އެނބުރިލިއެވެ. ރުޅިވެރި ކަމާއެކު ހީނާއާއި ދިމާލަށް ބަލާލިއެވެ.
“މަރުވެދާނެޔޭ. ބޮޑު ފާފައެކޭ. މިދަރިފުޅު ކަލެއާއި ދުރަށް ގެންދާތީތަ؟. އެކަމަކު މިއީ ހަމައެކަނި އެންމެ ދުވަހެއް ވީ ކުއްޖެއް. ކަލޭ އަހަރެންގެ މައިންބަފައިންނާ މެދު ވިސްނާލިންތަ؟ އެމީހުންގެ 31 އަހަރުވީ ހަމައެކަނި ފިރިހެން ދަރިފުޅު އެމީހުންނާ ވަކިކޮށްގެން ގެންގުޅެން ކަލޭ ހުވާކޮށްގެން އުޅޭއިރު އެމީހުން މަރެއްނުވާނެތަ؟”
އުނައިސްގެ މިއަސަރުގަދަ ވާހަކަ ކޮޅަށްފަހު ދަރިފުޅު ނަރުސްކުއްޖާއަތަށް ދިނުމަށްފަހު ހޮސްޕިޓަލުން ނިކުމެގެން ދިޔައީއެވެ. ހީނާ ރޯލަރޯލާ ދަރިފުޅު އުރައިގެން ހުރީއެވެ.
ޔޫނުސް ވަރަށް ހައިބަވެތި ގޮތަކަށް އޭނާގެ އޮފިހުގަ އިނެވެ. އެވަގުތު ސަލީމް ދުވަމުން ދުވަމުން އައިސް އެއޮފީހަށް ވަދެ މޭޒު މަތީގައި އަތްއަޅާ ޔޫނުސް އާއި ދިމާލަށް ދެއަތް ޖޯޑުކޮށް ރޯންފެށިއެވެ.
“ބައްޕާ އެމީހުން ހުއްޓުވަދީ. އެމީހުން އަޅުގަނޑު މަރާލަފާނެ. އަޅުގަނޑަކީ އަދިވެސް ބައްޕަގެ ދަރިއެއްގެ ފިރިމީހާ މިގުޅުމަށްޓަކާ ނަމަވެސް އެއަންނަ މީހުން ހުއްޓުވަދީ.” ސަލީމް ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
“އާއިލީ ގުޅުމޭ. އުހުނ އަހަރެން ކަލެއާއި އެއްވެސް ގުޅުމެއްބާއްވަން ބޭނުމެއްނޫން. މަށައްފުދި އިތުރު ވެއްޖެ. ކަލޭ މިގެޔާ މިއާއިލާ އާއި ގުޅުނީ އާއިލީ މާތްގުޅުމަށްޓަކައެއް ނޫން ކަލޭއައީ ބިޒްނަސް ކުރަން. އެކަމަކު ކަލެއަކަށް ނޭނގެޔޭ ހަގީގީ ބިޒްނަސް އަކީ ކޮބާކަމެއް ތިހެން މީހެއްގެ މުދާފޭރިގަނެވުން އެއަށްބިޒްނަސް އެކޭ ނުކިޔޭނެ. އެއަށް ކިޔާނީ ވަށްކަމޭ. ފުރިހަމަ އީމާންތެރި ކަމާއެކު ވަގުތާއި ހުނަރު އަދި ތިމާގެ ގާބިލްކަން ބެނުންކޮށްގެން ބިޒްނަސް ކުރެވޭނީ. އެއާއި ޙިލާފަށް ކަލޭތީ ދަނޑިވަޅަކަށް ފާރަލާލާ ހުރި ރަތްލާޖެހި ވަގެއް. މަށަށް އޮޅުވާ މަކަރު ހަދާތަފާތު މީހުންނަށް ވެސް ޙިޔާނާތްވެ ތިމާގެ ކަމުގެ ގުޅުން ފަރުދާއަކަށް ހަދައިގެން އިން ދައްޖާލެއް ކަލޭތީ. ކަލެއަށް އަހަރެންނާ ކުޅެވުނީ އަހަރެންކަލެއަށް މިނަށްވުރެ ބޮޑަށް އިތުބާރު ކުރިކަމުން. ކަލޭ އަހަރެންނަށް ދުނިޔަވީ ރަނގަޅު ފިލާވަޅެެެެއ ދަސްކޮށްދީފީމު. ކަލޭ އަހަރެން ކުރި އިތުބާރަށް ޒަހަރު ލާފީމު. އަހަރެންނަށް ކަލޭ ސިފަކުރެވެނީ އަހަރެންގެ މިދެއަތުން ކިރުބޯންދީގެން ގެންގުޅުނު ހަރުފަޔަކާ. ކަލޭ ހަނދާން ނެތުނީތަ އަހަރެންގެ ފެކްޓަރީގެ މަސައްކަތްކުރާ މީހުންނާ އަހަރެންގެ އޮތް ގުޅުން. ކަލެއަކީ ކިޔަވައިގެން ހުރި އެއްޗެއްނުދަންނަ މީހަކާ ކަލެއާ ހުރީ ކޮންތަފާތެއް.އަހަރެން މިއަދު ކަލެއާއި އެކު ބިޒްނަސް ކުރަން މިނީ ތައްޔާރަށް މިއޮތީ ހުރިހާ ލިޔެކިޔުންތައް. ސަލީމް ކަލޭ މިހާރު ބުނޭ ކަލޭގެ ފުރާނައިގެ އަގަކީ ކޮބާ؟ އަހަރެންގެ އެންމެ އިޝާރަތަކުން އެތިބަ މީހުން އައިސް ކަލޭ އަބަދަށްޓަކާ މިތަނަށް ނިންދަވާލާނެ ބުނޭ ކަލޭގެ ފުރާނައިގެ އަގަކީ ކޮބާ؟ ލައްކަތަ؟ ދެލައްކަ ތަ؟ ދެކޮރޯޑުތަ ބުނޭ. ”
“ނޫންބައްޕާ އަޅުގަޑު ބައްޕަމެންގެ ހުރިހާ މުދާ ދޫކުރަން ތައްޔާރު އަޅުގަޑަށް ކުރެވުނު ކުށަށް މާފު ކުރައްވާ”
ހިމޭންކަމާއެކު ސަލީމް ހުރިހާ ޑޮކިޔުމެންޓެއްގަ ސޮއި ކުރިއެވެ.މަސައްކަތު މީހުން އޭނާ ކޮއްޕަމުން ނެރެގެންގޮސް ބޭރަށްލިއެވެ. ޔޫނުސްގެ ހުރިހާ މުދާތަށް އަނބުރާ ޔޫނުސް އަށްލިބުނެވެ. ފެކްޓަރީއާއި ގެ ސަލާމަތްވިއެވެ. އާއެކެވެ. ފެކްޓަރީގައި މަސައްކަތް ކުރި މުވައްޒަފުންގެ ހިންމަތުންނެވެ.
ޖެހިގެންއައިދުވަހަކީ ހުރިހާ މީހުންނަށް އުފާވެރިކަމުގެ ދުވަހެއްކަހަލައެވެ. ހީނާވެސް ދަރިފުޅު ގޮަވައިގެން ސީދާ އައީ އުނައިސް މެންގެޔަށެވެ. އަދި ވަހީދާއަތަށް ކުޑަދަރިފުޅު ދިނެވެ.
” މަންމާ އަޅުގަނޑަށް މާފުކުރޭ. އަޅުގަނޑު ބޮޑުވީ މަންމަ ޔަކާ ނުލާ އެހެންވެ މަންމަ ގެ މުހިއްމު ކަން ނޭގުނީ. ދަރިއެއްކަމަށް ހީކޮށްފަ މިހީނާއަށް މާފު ކުރޭ މަންމާ. މަންމަމެންގެ ލޯބީގެ ބަގީޗާއިން ހީނާ ނެރެނުލައްވާ.. މިދަރިފުޅާއެކު ހީނާވެސް މަންމަގެ ދަރިޔަކަށް ހަދާ ދެއްވާ.. މަންމާ ” ހީނާ ދެއަތް ޖޯޑު ކޮށްފަ މާފަށް އެދުނެވެ.
ވަހީދާ ވަގުތުން ހީނާ ގެނެސް އޭނާގެ މެޔާލާ ފިއްތާލިއެވެ. އުނައިސް ދުރުގަ ހެވިފަ ބަލަން ހުއްޓެވެ. އާއެކޭ ތިޔައީ އަހަރެން އެދޭގޮތޭ ބުނާއުސޫލުންނެވެ. އެވަގުތު މީހަކު ގޭޓު ހުޅުވާލާފަ އެތެރެއަށް ވަނުމުން އެންމެން ހައިރާންވިއެވެ. ސަލީމް ވަރަށް މަޑު މަޑުން ހިނގަމުން ދެއަތްޖޯޑު ކުރަމުން އައިސް އެގޭގެ ސިިޓިންރޫމްގެ ބިންމަތީ އިށީނެވެ. އެވަގުތު ޔޫނުސް ކަރިވެލާފަ އޭނާ ތެދުކުރިއެވެ
” ހަޔާތުގެ ބައެއް ތިމާގެ ކަމަކީ، މާފު ކުރަންޖެހޭ ތިމާގެ ކަން އަހަރެން އުންމީދު ކުރާގޮތުން މިއާއިލާގެ ކޮންމެ މީހަކުވެސް ކަލެއަށް މާފު ކުރާނެ. އެއީ ތިވެސް އަހަރެމެންގެ ތިމާގެ ގުޅުން އޮތްމީހަކަށް ވާކަން”
އެވަގުތު ތާނިޔާ އައިސް ސަލީމް އަތަށް ސިޓީއެއް ދިއްކޮށްލިއެވެ. އެއީ ނީލާ ދިން ސިޓީއެކެވެ.
“އަހަރެން ގެ އާއިލާގެ އެންމެން ކަލެއަށް މާފު ކުރިޔަސް އަހަރެންނަށް ކަލެއަށް މާފުކުރުމަކީ ފަސޭހަކަމެއްނޫން. ސަބަަަބަކީ ކަލޭގެ ސަބަބުން އަހަރެންގެ އާއިލާ އުފުލަން ޖެހުނު ހިތާމަ އަހަރެންގެ ހިތުން ފޮހެވިގެން ނުދާނެ އެމީހުންގެ ލޮލުން އޮހުރުނު ކަރުނައިގެ އަގެއް އަހަރެންނަކަށް ނުދެވޭނެ ކަލެއަށް އަހަރެން މާފު ކޮށްފީޔާ ވީމާ އަހަރެން ކަލެއަށް މާފު ދިނުމަކީ ނާދިރު ކަމެއް. އަދި ކަލެއާއި އެކު އުޅެން ދިޔުމަކީވެސް ނުވާނެކަމެއް. ކަލޭ ލޯބިވީ އަހަރެންގެ މުދާދެކެ އަހަރެންދެކެއެއް ނޫން ވީމާ ﷲ ކަލޭގެ ކިބައިން އަހަރެން ސަލާމަތް ކުރައްވާނެ.. އެއްވެސް މާފެއް ކަލެއަށް ދޭވޭކަށް ނެތް.”
ސަލީމް ނީލާގެ ސިޓީ ޔޫނުސް އަތަށްދިނެވެ. އަދި މަޑުމަޑުން ހިގާފަ އެގެއިން ނިކުމެގެން ދިޔައީއެވެ.
ހަޔާތަކީ އެތަށްބައެއްގެ ގުޅިފައިވާ ގުޅުންތަކެކެވެ.މިގުޅުން މޮހާލަން އުޅޭމީހާއަކީ ކާމިޔާބު ލިބޭނެ މީހެއްނޫނެވެ. މިގުޅުން ވަކިނުވެވޭނެއެވެ.
މިވާހަކަޔަށް ތިޔަ އެންމެހާ ބޭފުޅުން ދެއްވި ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަން. މިވާހަކަ ލިޔަމުން ދިޔައިރު އަޅުގަނޑު ދިޔައީ މިފިލްމު ބަލަމުން ރޮމުން މިއީ ވަރަށް އަސަރުގަދަ ރީތި ފިލްމެއް އެހެންވެ މިފިލްމު ނަކަލަކަށް ބަލައިގެން މިވާހަކަ ލިޔުނީ..
“އޭކް ރިޝްތާ ދަ ބޮންޑު އޮފް ލަވް”
މިވާހަކަ އަޅުގަނޑު ވަނީ އައްޑޫ ލައިވް ނޫހުގައި ކުރިން ޝާއިިޢު ކޮށްފަ. މިވާހަކައިގަ ހިމަނާފައިވާ ފޮޓޯ އަކީ އައްޑޫ ލައިވްގެ ނޫސްވެރިޔާ އަދުޝަންގެ ފޮޓޯއެއް މިކަމަށްޓަކައި އަދުޝަންއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ރޯޒީ
ނިމުނީ
24 Comments!
Comments are closed.


Hindi film “ek rishtaa” ge copy eh dw mi
vv reethi..??
Varah varah salhi
Vahaka kiyan ulhe ehves gothakah nuhulhuve
Varah dheravefa mihuree
Dhonkalo vaahaka liyan neygi mees meehun kuraa bura masakatah faadu nukiyaa,mee insaanaku koffa huri masakai
Well done Roxy
Varah furihama n iburahtheri vaahakaeh me
Thikuraa bura mashah kathah hama sukurihyaa uhmeedhu kuran varah avahah new story eh kiyaalan libeyne kamah
Nice story ????
Mivaahaka iburaitheri and reethi..baeh scene thah miah vure thafseel khlinama adhi v rythivyss..gud work rozy..try to write more storys igeyy..bt alhugadu vaahaka eh bunanthr roxyy..no hard feelings igey..roxy kuriaran alhugadu edheythy heyohithun bunela vaahaka eh mee igeyy..roxy emme ragalhu gothaky negative comments thahvx balaigane aee kurierumeh kamah dhekun..v faahaga kurevey negative comments thah roxy unapprove kuraakah..alhugadakyvx mi site ge liyuntherieh..negative baeh comments vx libey..bt dhuvahakuvx unapprove eh nukuran..roxy alhugadah hyvany ragalhu vaany e comnents thah behehtyy yaahen..n ekahal comments ah rahdhu nudhy alhai nulun buhdhiverivaany..aee kithanme ragalhah kameh kuriyas baeh myhun kamunugosgen ulheyne..bt alhaalaane kameh neh ekahal kankamaa igey..ekahala negative comments thahvx delete nukh balaigathun ragalhy..insha allah mi rogun roxy ah kurierun libeyne..mi comment positive kh nagaane kamah hykuran..ok..no hard feelings igeyy
Thank you sha.. emihaka undagu vaeche abadu fenan hurumaki libe kuri erumenoon.. ekamaku hivara eku kuriya dhiun ei kuri erun ege manayaki negative comments hithun filuvumenoon situn filiyas… i have my true friends who motivate me and i love writing i take good and bad comments too..thank you
dhen vvvra foohi
Datha varubali nuvetho mi kokoya thi gotha comment koko.. datha noontha mi kokoya heyo dua miadhu kodenvi mikoko yaki datha enme lobives va mihayo buni ekamu.. ei dhoge dho
Manje kariga bunela othy insaanun kuraa mi fada bura masakai taka zaathy hasada veri vegen ulunas kuraane kame nethy,vaa gotakun manje ves jehidaane hama tigein nikunnnan,dhen itura zaathy vegen msg nukuraathy varah hadi vaane
Zaathy vegen miya comment nukurun edhen,manje huri tanakun insaafu ge kurimacha genas dheyn jehey adabe dinumatakaa Aharen mi nikythy,manje akee meehun kuraa mifada bura masakai faadu kiye varuge meehetho furathama suvaalu ves kollan eba jehey dhw,hadi vejjeya hadi vaane rozy ge difaauga teduvaanan daan jehun Konme tanaka gos kuran jehun Konme kame kuraanan inshaa allah,
Rozy akee mi daairaa in tauleem haasil kogen mi daairaaga uley kujje,adi amila diriulun binaa kurumakee konme meehege ves amila zinmaa ei kamuga vee hinduga ekamaa zaathy gothun hasada veri vegen mi fada Tan tanuga ane insaana faleeha ko ladu ganavaa hedumakee timaaya libey kuri erume kamuga nudekeythy,konme name jahaafa comment kuriyas kaaku kan hodaafa muli social media ga badunaam kurumuga kurin manje amilalaya visnaafa islaahu vanyaa vey,mee dhin furusath
This story is not much interested .Hope your next story will be better than this .Keep trying
Evves kaa echege eki mees meehun tafaathu kuraa kama vanyaa ei rahaye diny koiraku?mee insaanun faadu kiyumakee kuri erume,,ekan gaboolu ves kuran hasada veri kamakee insaanunge halaaku dhw,rozy koffa vaa bura masakatha varah ves shukuru veri Van,
Mivaahaka kiyan feshi irahves en’gijje mee ek rishtaa filmge copy ehkan… ekam vaahakaige kuri maraanulan vegen nubune hury… vaahaka v salhi… genesdheefa in goiy… ekam Rozy ah adhi miahvure ran’galhu kureveyne… best of luck Rozyge next story ah…
Wow asluves varah furihama
Thank you Saadha soon my new story will come okey?
Hadi dw
Thank you Depika… hope you will like my other stories soon?
Ya ur good
Wonderful story it is…. ur superb..☺