Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 25, 2016 8 Mins Read
22 Comments

“މަނާލް…” މީރާއަށް ގޮވާލެވުނެވެ. މަޑުމަޑުންނެވެ. އެއާއެކު މުޅި ގައިން ވާގި ދޫވެގެން ދިޔައެވެ. ނަމަވެސް ތަނެއްގައި ހިފަހައްޓާލާނެ ހިތްވަރެއް މީރާއަކަށް ނުކުރެވުނެވެ.

ވެއްޓެން ދިޔަ މީރާ ގައިގައި ހިފާފައި ރާހިލް މީރާ ގެނެސް މޭގައި ޖައްސާލަމުން ދެއަތުން މީރާގެ ހަށިގަނޑުގައި ބައްދާލިއެވެ.

“މީރާ…” ރާހިލް މަޑުމަޑުން މީރާގެ ނަން ކިޔާލިއެވެ.

މީރާ އިސް އުފުލާ ރާހިލްގެ މޫނަށް ބަލާލިއެވެ. ނަފްރަތު ކުރަން ބޭނުންވި ނަމަވެސް މީރާއަށް ރާހިލް ދެކެ ނަފްރަތެއް ނުކުރެވުނެވެ. ހިތުގައި ރާހިލްއަށް ޓަކާ ވި ލޯބި ފޮހެލަން މަސައްކަތް ކުރި ނަމަވެސް އެކަމެއްވެސް މީރާއަކަށް ކާމިޔާބެއް ނުވިއެވެ. ހަމަ އެހެން އެ ވަގުތު މީރާއަށް ރާހލްއާ ދުރެއްވެސް ނުވެވުނެވެ.

ރާހިލް ބައްދާލުމުން މީރާގެ ފަރާތުން ދެކޮޅޫހެދުމެއް ނުފެނުމުން ރާހިލް ހިތް އެދުނު ގޮތަށް ކަންތައް ކުރިއެވެ، ބޯ ތިރި ކޮށްލަމުން ރާހިލް ފުރަތަމަ މީރާގެ ލޮލުން އައިސްފައި ހުރި ކަރުނައިގައި ތުންފަތް ޖައްސާލިއެވެ. މީރާއަށް ލޯ މަރާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ރާހިލްގެ ނޭވާގެ ހޫނުކަން އިހުސާސް ކުރެވުނާއެކު މީރާއަށް ދެއަތް އުފުލާ ރާހިލްގެ ކޮނޑުގައި ހިފަހައްޓާލެވުނީވެސް ގަސްތަކު ނޫނެވެ. މުޅި ހަށިގަނޑު އެކީ ރާހިލްގެ އަތްމައްޗަށް މީރާއަށް ދޫކޮށްލެވުނީ އަމިއްލަ ބާރުގައެއް ނޫނެވެ.

ހިތަށް ހަމަޖެހުން ލިބިގެން ދިޔަ ފަދަ އިހުސާސަކާއެކު ރާހިލް މީރާގެ މޫނުގައި އެއްއަތުން ހިފާލާފައި މީރާގެ ތުންފަތުގައި ބޮސްދިނެވެ. ވަމުންދާ ގޮތާމެދު ހައިރާންވެ ގަބޫލު ކުރަން ދަތިވެފައި ހުރެ ރާހިލް އެއް އަތުން މީރާގެ ބުރަކށީގައި ހިފާ އަދިވެސް ބޮޑަށް މީރާ ރާހިލްއާ ކައިރިކޮށްލިއެވެ.

ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު މީރާ ދެއަތުން ރާހިލްގެ މޭގައި އަޅާ ކޮއްޕާލިއެވެ. ރާހިލްއާ ދިމާއަށް ބަލަހައްޓައިގެން މީރާ ހުރިއިރު ވެދިޔަ ކަންތަކުގައި ކުށްވެރިއަކީ ރާހިލްއޭ ބުނާ ކަހަލައެވެ. ޔަމާންގެ ހަނދާން ހިތުގައި އާވުމާއެކު މީރާއަށް ރޮވުނީ ޔަމާންއަށް ބޭވަފާތެރި ވެވިއްޖެއޭ ހިތަށް އެރުމުންނެވެ. އެއްޗެއް ނުބުނެ މީރާ ކެބިންއިން ނިކުންނަން އެނބުރުނެވެ.

އެއާއެކު ރާހިލް ފަހަތުން އައިސް މީރާ ގައިގައި ބައްދާލިއެވެ.

“މީރާ، އިހަށް ނުދޭބަލަ…” ރާހިލް ބުންޏެވެ.

މީރާ އެއްޗެއް ނުބުނެ ރާހިލްގެ އަތުތެރޭން ސަލާމަތްވާން އުޅުނެވެ.

“އަހަންނަށް އަދި ޗާންސެއް ދީ، ޕްލީޒް މީރާ…އަހަންނަށް މާފުކޮށްދީފަ އަހަންނަށް އަދި ޗާންސެއް ދީ… އަހަރެން އަދިވެސް މީރާ ދެކެ ލޯބިވޭ… އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުނެތެޔޭ މީރާ.. ޕްލީޒް… އައި ލަވް ޔޫ…” ރާހިލް ބުނަމުން ދިޔައެވެ.

އެ ޖުމްލަ އަޑު އިވުމާއެކީ މީރާ ރުޅި އައީ ކުއްލިއަކަށެވެ. ރާހިލް އަދިވެސް ބަދަލެއް ނުވެއެވެ. އެއީ ހަމަ ކުރީގެ ރާހިލްއެވެ. ވަގުތީ ހިތްހަމަ ޖެހުމަށް މީރާ ދެކެ ލޯބިވާ ކަމަށް ދަޢުވާ ކުރި ރާހިލްއެވެ. މީރާގެ އިހުސާސްތަކާ މެދު ނުވިސްނި ރާހިލްއެވެ. މިއަދުވެސް ރާހިލް މީރާ ބޭނުންވަނީ އޭރުވެސް ބޭނުންވި ގޮތަށެވެ. މީރާ ހާސިލް ކުރަން ބުނެލީ ހަމަ އެ ޖުމްލައެވެ.

ކުއްލިއަކަށް ރާހިލްގެ އަތް ނައްޓުވާލާފައި އެނބުރިލުމާއެކު މީރާ ރާހިލްގެ ކޯމަތީ ޖެހިއެވެ.

އެއާއެކު ހައިރާން ވެފައި ރާހިލް މީރާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އޭރު ތިހެން ބުނެގެން އަހަރެން ހެއްލުނަކަސް ދެން ނުހެއްލޭނެ. ރާހިލް ހީކުރީތަ ލޯބި ވެޔޭ ބުނެގެން މިއަދުވެސް އަހަރެން ހާސިލް ކުރެވިދާނެ ކަމަށް؟ އޭރުގަ ތިހެން ބުނެގެން އަހަރެން ހެއްލުނު ގޮތަށް މިއަދުވެސް ރާހިލްއަށް ކާމިޔާބު ވާނެ ކަމަށްތަ ލޯބިވެޔޭ ތިބުނަނީ؟ ތިހުރިހާ ދޮގުތަކެއް ނަހަދާ ރާހިލް ބުނެބަލަ ތެދަށް، ރާހިލް ބޭނުން ވަނީ ވަގުތީ ހިތްހަމަ ޖެހުމަށް އަހަރެންގެ ހަށިގަނޑޭ… ކީއްވެތަ އެހެން ބުނަން ނުކެރިގެން ތިއުޅެނީ؟ އެއީއެއްނު ރާހިލް އަބަދުވެސް ބޭނުންވި ކަމަކީ؟

އަހަންނަށް މިހާރު އެނގެޔޭ ރާހިލް އަހަރެން ބޭނުން ވީ ކޮން ގޮތަކަށް ކަން. އަހަރެން މޮޔަ ކަމުން ރާހިލް މަތިން ހަނދާން ނައްތާނުލެވިގެން މިއުޅެނީ… ދެންމެވެސް ރާހިލްގެ މަޅީގަ ޖެހުނީ އަހަރެން މޮޔަ ކަމުން…

ކޮން ކަމަކަށްތަ ރާހިލް އަހަރެން ކައިރިން މާފަށް ތި އެދެނީ؟ އަހަންނަށް ރާހިލް ހެދި ގޮތުންތަ؟ އެކަމާ ރާހިލް ދެރަވާތީތަ؟ ނޫނީ ނޭނގިގެން ވިޔަސް އަހަންނަށް ރާހިލްގެ ދަރިން ލިބުނީތީ އެކަމާތަ؟ ރާހިލް ރޭވި ގޮތާ ހިލާފަށް އެކަން ވީމަތަ؟ އަހަރެން ގަންތަކު ނޫނޭ ރާހިލްގެ ދަރިންނަށް ބަލިވެ އިނީކީ؟”

އެވަރަށް ބުނެފައި މީރާ ކުއްލިއަކަށް ހުއްޓާލާފައި ދެލޯ ބޮޑުކޮށްލަމުން ބިރުގެންފައި ރާހިލްއަށް ބަލަން ހުއްޓެވެ. ބުނެވުނު އެއްޗެއް އިހުސާސް ކުރެވުމުންނެވެ.

“އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ރާހިލްއަށް މާފު ކުރާކަށް” މަނާލްގެ ސޫރަ ހިތަށް ގެންނަމުން އަޑަށް ލެވުނު ބާރެއް ލާފައި މީރާ ބުނެލިއެވެ. އެއާއެކު ބާރަށް ހިނގާފައި ކެބިންއިން ނިކުމެގެން ދަބަސް ހިފައިގެން އޮފީހުން ނިކުމެގެން ދިޔައީ އެއްވެސް މީހެއް ގާތު ބުނެވެސް ނުލައެވެ.

ހިނގާފައި ގެޔަށް ދިޔަ މަގުމަތީގައި މީރާއަށް ނުރޮއެ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ގެޔާ ހަމައަށް ދާން ނެގި ފަނަރަ ވަރަކަށް މިނަޓްގައި ކުރެވުނު ކަންތަކާ މީރާއަށް އަމިއްލަ ނަފްސު ކުށްވެރިކޮށް އެއްޗެހި ކިޔެނީއެވެ.

މީރާއަށް އެހާ ބޮޑު ހިތާމައަކާ ހިތްދަތިކަމެއް ދިން މީހާގެ އެންމެ އިޝާރާތަކަށް މީހާ ދުވަސް ފަހުން އެހާ ފަސޭހައިން މީރާ ހެއްލުނީ ކީއްވެ ހެއްޔެވެ؟ މީރާގެ ހިތްވަރު އެހާ ބަލީ ހެއްޔެވެ؟ މީރާގެ އަޒުމް އެހާ ދެރައީ ހެއްޔެވެ؟

މީރާ ދެން ޔަމާންއާ ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ؟ ޔަމާންއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މީރާއަށް ޔަމާންއަށް ވަފާތެރި ނުވެވުނީއެވެ. ޔަމާންގެ އަނތްބަކަށް ވާން ތައްޔާރު ވެގެން ހުރެ ރާހިލްގެ އަތު ތެރެއަށް އެހާ ފަސޭހައިން މީރާއަށް ދެވުނީ ކީއްވެ ހެއްޔެވެ؟ މީރާއާ ދިމާވި ކޮންމެ ހިތާމައެއްގައި، މީރާއާ ކުރިމަތިވި ކޮންމެ ހިތްދަތި ވަގުތެއްގައި މީރާއާ އެކުގައި ވި ޔަމާންއަށް ބޭވަފާތެރިވީ ކީއްވެ ހެއްޔެވެ؟

ގެޔަށް ވަދެވެންދެންވެސް މީރާ ނުރޮއެ ހިތްވަރު ކުރިއެވެ. ބެލް ޖެހި އިރު ހިތާހިތާ ދުޢާ ކުރެވުނީ އެވަގުތު ޔަމާން ގޭގެއި ނޫޅޭތޯއެވެ. އެވަގުތު ޔަމާންއާ ކުރިމަތި ލާނެ ހިތްވަރު މީރާގެ ކިބައިގައި ނެތީތީއެވެ.

ދޮރު ހުޅުވާލުމާއެކު މީރާ ޔަމާންގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ލޮލުން ކަރުނަ އޮހިގަތުމާއެކު އެތެރެއަށް ދުއްވައިގަތެވެ. ޔަމާން ދެފަހަރަކު މީރާގެ ނަމުން ގޮވާލުމުންވެސް މަޑު ނުކޮށް ބަލާވެސް ނުލާ މީރާ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަން އުޅުނު ނަމަވެސް ޔަމާން އައިސް ދޮރުގައި ހިފެހެއްޓިއެވެ.

“މީރާ… ކިހިނެއް ވީ؟” ޔަމާން ވަދެފައި އެހިއެވެ.

ޖަވާބެއް ނުދީ މީރާ ގޮސް އެނދުމަތީ ބަންޑުން އޮށޯވެ ރޯންފެށިއެވެ.

“މީރާ… ހުއްޓާލަބަލަ…” ޔަމާން ގޮސް އެނދުގައި އިށީނދެ މީރާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

ބޯ ހިއްލާ ޔަމާންއާ ދިމާއަށް ބަލާލާފައި މީރާ އޮތް ތަނުން ތެދުވެގެން އައިސް ޔަމާންގެ ފައިގައި ބޯއަޅާލިއެވެ. ސުވާލު ނުކޮށް މީރާގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ މީރާ ހުއްޓާލަން ދެން ޔަމާން އިނެވެ.

އިރުކޮޅެއް ފަހުން މީރާ ރުއިން ހުއްޓާލާފައި ތެދުވެ މޫނު ފޮހެލިއެވެ.

“ކިހިނެއް ވީ؟” މީރާގެ މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލަމުން ޔަމާން އަހާލިއެވެ.

ހުރިހާ އެއްޗެއް ކިޔާދޭން މީރާ އަނގަ ހުޅުވާލި ނަމަވެސް ފަސްޖެހުނެވެ. އިސް ޖަހާލެވުނީ ޔަމާންއާ ހަތަރުކަޅީ ހަމަކުރަން ނުކެރިގެންނެވެ.

“ހޭ، މީރާ… ޝެއަރ ކޮށްލަބަލަ” މީރާގެ އަތުގައި ހިފާލަމުން ޔަމާން އެދުނެވެ.

“އަހަރެން… އަހަރެން… އައިމް ސޮރީ ޔަމާން… އަހަރެން…” އެވަރަށް ބުނެފައި އަނެއްކާވެސް މީރާއަށް ރޮވުނެވެ.

“ކޮން ކަމަކަށްތަ މީރާ މާފަށް ތި އެދެނީ؟ މީރާއަށް އެނގެއެއްނު މީރާ އަހަރެން ކައިރިން މާފަށް އެދޭ ވަރުގެ ކަމެއް ނޯންނާނެ ކަން؟ އައި ވިލް ފޮގިވް ޔޫ ފޯރ އެނީތިންގް… ވެގެން ތިއުޅޭ ގޮތެއް އޯކޭ މިހާރު ނުބުންޏަސް، ހަމަ ޖެހލައިގެން ފަހުން ވާހަކަ ދައްކާނީ… އެކަމަކު ދެން ނުރޯތި!” މީރާ ގެނެސް މޭގައި ޖައްސާލައިގެން އިނދެ ޔަމާން ބުންޏެވެ.

“ނޫން… މިހާރު ބުނަން ބޭނުމީ…” މީރާ ބޯހިއްލާލިއެވެ.

“އޯކޭ، އަޑު އަހަން މިހިރީ” ހީލަމުން ޔަމާން ބުންޏެވެ.

އިސް ޖަހައިގެން އިނދެ އެދުވަހު އޮފީހުގައި ވީ ކަންތައް މީރާ ޔަމާންއަށް ކިޔާދިނެވެ. މީރާ ހުރިހާ އެއްޗެއް ކިޔާދީ ނިމުމުން ޔަމާންގެ މޫނަށް ބަލާލިއެވެ. ޔަމާން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހިތް ތެޅިތެޅި މީރާ އިނެވެ.

މީރާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޔަމާންއަށް ކުށްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. ހިތުގައި ހަސަދައިގެ ހޫނު ކަމެއް އުފެދުނު ނަމަވެސް ޔަމާންއަށް މީރާ ދެކެ އެއްވެސް ވަތަކަށް ރުޅިއެއް ނާދެވެއެވެ. އެއާ ޚިލާފަށް ހިތާހިތުން މީރާއަށް ތަޢުރީފް ކޮށްލެވުނީ ޔަމާންއާ ޚިލާފަށް ސިއްރު ކުރުމެއް ނެތި މީރާ އެފަދަ ކަމެއްގެ ވާހަކަ ބުނުމުންނެވެ.

ޔަމާންގެ މޫނުމަތިން މީރާއަށް ފެނުނީ މީރާ ދެއްކި ވާހަކ ގަބޫލު ނުކުރެވިގެން އުޅޭ ފަދަ ކުލައެކެވެ. ހައިރާންވެފައި މީރާގެ މޫނަށް ބަލަން އިން އިރު ޔަމާން ރުޅިއައިސްފައި ހުރިހެން މީރާއަށް ހީވިއެވެ. މީރާއަށް ނޭނގުނީ ޔަމާން ރުޅި އައީ އަމިއްލަ ނަފްސު ދެކެ ކަމެވެ.

“އަހަރެން ހީކުރީ… އަހަރެން އެކަނި ކަމަށް…” ދުރު ބަލަހައްޓައިގެން އިނދެ ޔަމާން ބުނަން ފެށިއެވެ. ނަމަވެސް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް މީރާގެ އަތުން ދޫކޮށްލާފައި ޔަމާން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަނެއްކާވެސް މީރާއަށް ރޮވުނެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ހިތާހިތާ އެއްޗެހި ކިޔަމުންނެވެ. މީރާއަށް މިކުރެވުނީ ކީއް ހެއްޔެވެ؟ ޔަމާންގެ ހިތަށް ތަދުކޮށްލެވުނީއެވެ. މީރާ އެވަގުތުވެސް ޔަމާން މަތިން ހަނދާންކޮށްލި ނަމައެވެ. ރާހިލްއާ ހެދި މީރާއާ ޔަމާންގެ ދިރިއުޅުން ހަލާކު ވެގެން ނުދާނެ ބާއެވެ؟ މީރާއާ ޔަމާންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ނުދާނެ ބާއެވެ؟ އެދެމެދުގައި ވާ ގުޅުން ކިލަނބު ވެގެން ނުދާނެ ބާއެވެ؟ މިއަދުގެ ފަހުން ޔަމާންގެ ހިތުގައި މީރާގެ ލޯތްބާ މެދު ޝައްކު ނުވާނެ ބާއެވެ؟

ނޫނެކެވެ. ޔަމާން އެހާ ފަސޭހައިން މީރާއާ ދުރުވިޔަ ނުދޭނަން ކަމަށް އަޒުމް ކަނޑައަޅަމުން މީރާ ލޯ ފޮހެލިއެވެ. މިއަދު މީރާއަށް އެހެން ވިޔަސް ދެން ނުވާނެއެވެ. އެއީ މިއަދު މީރާގެ ހުރިހާވެސް މީހަކީ ޔަމާންއެވެ. މީރާގެ ލޯތްބަކީވެސް އެއީއެވެ. މަލާކްއަކީ ޔަމާގެ އުފަން ދަރިއަކަށް ނުވިޔަސް މަލާކްއަށް ބައްޕައެއްގެ ލޯބި ދިނީ ޔަމާންއެވެ. މީރާ ދިރިއުޅުން މަތިން ފޫހި ވެފައި ވަނިކޮށް އަލުން ދިރިއުޅެން ދަސްކޮށްދިނީ ޔަމާންއެވެ. ރާހިލްގެ ހަނދާންތައް ހިތުން ފޮހެލެވުނީ ޔަމާންގެ އެހީގައެވެ. ރާހިލްއަކީ މީރާއަށް ފެނުނު ހުވަފެނެކެވެ. މީރާގެ ދިރިއުޅުމުގެ ހަގީގަތަކީ ޔަމާންއެވެ.

ވީ އިރު މީރާ އަލުން ޔަމާންގެ އިތުބާރު ހޯދާނެއެވެ. މީރާއަކީ ހަމައެކަނި ޔަމާންގެ މީހެއް ކަން ޔަގީން ކޮށްދޭނެއެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް މީރާ ފަހެއް ނުޖެހޭނެއެވެ.

ގަޑި ބަލާލާފައި ފާހާނާއަށް ވަދެ ފެން ވަރައިގެން މީރާ އަވަހަށް ދިޔައީ މަލާކް ބަލައެވެ. އެރެއަށް ހިތުގައި ކަންތައްތަކެއް ރާވާލަމުންނެވެ.

ކޮޓަރިއަށް ވަން ގޮތަށް ޔަމާން ބޭރަށް ނުނިކުމެ އިނީ މީރާގެ ކުރިމައްޗަށް ދާން ނުކެރިފައެވެ. ކުރެވުނު ކަންތައް ހިތަށް އެރުމުން ކުށްވެރިއަކީ ޔަމާން ކަން ގަބޫލުކޮށްގެންނެވެ. މީރާ ވަގުތުން ހުރިހާ އެއްޗެއް ޔަމާންއަށް ކިޔާދިން އިރު ޔަމާން ސިއްރު ކުރީއެވެ. މީރާ އެވާހަކަ ކިޔާ ދިނުމުން އެވަގުތު ޔަމާންއަށްވެސް ކަންތައް ކުރެވުނު ގޮތް ކިޔާދެވުނީހެވެ. ނަމަވެސް އަނެއްކާވެސް ޔަމާން ފަސް ޖެހުނީއެވެ.

އެވަގުތު ޔަމާން ބުނަން އުޅުނީ އެހެންނެވެ. ޔަމާން ހީކުރީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީ ޔަމާންއަށް އެކަނި ކަމަށެވެ. ނަމަވެސް މީރާއަށް ހީކުރެވޭނީ އެހެން ނޫންކަން އެނގޭ އިރުވެސް ޔަމާން މީރާއަށް ވިސްނައިދޭން މަސައްކަތް ނުކޮށް ނިކުތީއެވެ.

މީރާ ފަދައިން ޔަމާންވެސް އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެއެވެ. އެދެމެދުގައި އެއްވެސް ސިއްރެއް އޮވެގެން ނުވާނެއެވެ. ޔަމާން ވިސްނަން އޮވެފައި އެންމެ ފަހުން ގޮތެއް ނިންމިއެވެ. ޔަމާންއާ ވިދާދްގެ މެދުގައި ހިނގި ކަންތައް އެރޭ ޔަމާން މީރާއަށް ކިޔާދޭނެއެވެ.

އެކަކު އަނެކަކާ މެދު އެކި ގޮތަގޮތަށް ވިސްނަމުން އެރޭ މީރާއާ ޔަމާންވެސް ބެލީ އެހެން މީހުންގެ ތެރޭ ބައްދަލު ނުވޭތޯއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. މީރާ އެރޭ ކެއީ މަލާކްއާ އެކީގައެވެ. އެހެން ކަމުން ތާނިޔާމެން ކާން އެރި ވަގުތު މީރާ އޮތީ ކޮޓަރީގައެވެ.

މަލާކް ނިންދަވާފައިވެސް މީރާ ކޮޓަރިން ނުނިކުމެ އޮތީ ޔަމާން އައިސްދާނެ ކަމަށެވެ. ނަމަވެސް އެގާރަ ޖަހާ ދިޔައިރުވެސް ޔަމާން ނައެވެ. ހިތުގައި ރާވާފައި ވާގޮތަށް ކަންތައް ނިންމާލުމަށް ފަހު ބާރަ ޖެހިތަނާ މީރާ މަޑުމަޑުން ދޮރު ހުޅުވާ ބޭރު ބަލާލި އިރު އެކަކުވެސް ނެތެވެ.

ހަމަ އެވަގުތު ޔަމާންވެސް އެނދުން ތެދުވީ މީރާގެ ކޮޓަރިއަށް ދާށެވެ. ޔަމާން ތެދުވެ ދޮރާ ހަމަވިތަނާ ޓަކި ޖަހާލި އަޑު އިވުމުން އެވަގުތު އަންނާނީ ކާކުތޯ ހިތާހިތާ ސުވާލު ކުރަމުން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުރެ ޔަމާން ދޮރު ހުޅުވާލިއެވެ. އެއާއެކު މީރާ ޔަމާންގެ އަތް ދަށުން ލާފައި ވަދެ ދޮރު ލައްޕާލާފައި އެނބުރުނެވެ.

ދެމީހުންވެސް އެއްޗެއް ނުބުނެ އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިބެފައި ފުރަތަމަ ވާހަކަ ދެއްކީ މީރާއެވެ.

“ރުޅި އައިއްސަތަ ތިހިރީ؟” މީރާ އެހިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ޔަމާން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އެނގޭ ޔަމާން ރުޅި އައިއްސަ ކަން ތިހިރީ. އެހެން ވީމައެއްނު އޭރުއްސުރެ ވާހަކަ ނުދައްކާ ތިހިރީ؟ ޔަމާން… އަސްލުވެސް ސޮރީއޭ… އެނގޭ މިހެން ބުންޏަސް ޔަމާންއަށް ފަސޭހައެއް ނުވާނެކަން މާފު ކުރާކަށް… އެކަމަކު ދެން ދުވަހަކުވެސް ނުވާނެ އެކަހަލަ ކަމެއް…” އިސްޖަހާލަމުން މީރާ އަނެއްކާވެސް މާފަށް އެދުނެވެ.

“މީރާ، އަހަރެން ރުޅިއެއް ނާދޭ މީރާ ދެކެއެއް… އަހަރެން ހިތުގަ ނެތް އެކަމެއް މިހާރަކު… މީރާވެސް ހަނދާން ނައްތާލާ… އަހަރެން… އަހަރެން…” އަމިއްލަ ކުށަށް އިޢުތިރާފް ވާން އުޅުނު ނަމަވެސް އެކަން ޔަމާންއަށް އެހާ އުނދަގޫ ވަނީ ކީއްވެ ބާއޭ ޔަމާން ހިތަށް އެރިއެވެ.

“އަހަންނަށް އެނގޭ މިއަދު ޔަމާންގެ ހިތުގަ އަހަންނާ މެދު ޝައްކު އުފެދޭނެ ކަން… އަހަރެން ބޭނުމެއް ނޫން ޔަމާން އަހަންނާ މެދު އެގޮތަށް ޝައްކު ކުރާކަށް… ހަ އަހަރު ކުރިން އަހަރެން ކޮންމެ ކަމެއްވެސް ކުރީމުސް އަލުން ރާހިލް ހޯދަން… އެކަމަކު މިއަދު… މިއަދު އަހަރެންގެ ހުރިހާ އެއްޗަކީވެސް ތީ… ޔަމާން އެދުނު ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން… ޔަމާން ބޭނުން ހުރިހާ ކަމެއް އަހަރެންގެ ފަރާތުން ފުރިހަމަ ވާނެ… އަހަރެން މިއަދު ލޯބި ވަނީ، ކައިވެނި ކުރަން ބޭނުން ވަނީ ޔަމާންއާ ކަން ސާބިތު ކުރަން އަހަރެން މިހިރީ ތައްޔާރަށް…” އެވަރަށް ބުނެފައި މީރާ ލައިގެން ހުރި ސެޓިން ރޯބްގެ ވާފަށުގައި ހިފާ އޭގައި ޖަހާފައި އިން ގޮށް މޮހާލިއެވެ. އެއާއެކު މީރާގެ ދެކޮނޑުމަތިން ކައްސާލައިގެން އައިސް އެ ރޯބް މީރާގެ ފައިދަށަށް ވެއްޓުނެވެ.

ކުއްލިއަކަށް އެތެރެއަށް ލެވުނު ނޭވަޔާ އެކު ޔަމާންގެ ހިތުގެ ތެޅުން އަވަސް ވެހެން ދިޔައެވެ. މީރާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު ބޭނުން ވި ނަމަވެސް ޔަމާންއަށް އެހެން ދިމާއަކަށް މޫނު އަނބުރާ ނުލެވުނީހެވެ.

ރަތް ސެޓިން ފޮތީގެ ނައިޓީ ހުރީ މީރާގެ ކަކުލަށް ވުރެ ތަންކޮޅެއް މަތީގައެވެ. ދެއަތުގެ ބަދަލުގައި މީރާގެ ކޮނޑުގައި އެ ނައިޓީ ހިފަހައްޓާލެވިފައި ވަނީ ރަތް ކުލައިގެ ހިމަހިމަ ދެފަށުންނެވެ. ގަޔަށް ހިފާފައި ނެތް ނަމަވެސް މީރާގެ ހަށިގަނޑުގެ ބައްޓަން ސާފުކޮށް ފެންނަން ހުއްޓެވެ.

ހިން ދިރުވާލަމުން ޔަމާންއަށް ދެންވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. އެފަދަ ގޮތަކަށް މީރާގެ ހަށިގަނޑު ފެނުމުން ޔަމާންއަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނުވިއެވެ. އެހާ ދުވަސް ވަންދެން އެއް ގެޔެއްގައި އުޅުނު އިރު، އަދި އެ ދެމެދުގައި އެފަދަ ގުޅުމެއް އޮންނަތާ ތިން އަހަރަށް ވުރެ ގިނަވެފައި ވީ އިރުވެސް ދުވަހަކުވެސް ޔަމާންއަށް މީރާ އެގޮތަށް ފެނިފައެއް ނުވެއެވެ.

“ޔަމާން…” މީރާ ގޮވާލިއެވެ. އެއާއެކު ޔަމާންއަށް މީރާއާ ކައިރިއަށް ދެ ފިޔަވަޅު އަޅާލެވުނެވެ. މީރާވެސް ކުރިއަށް އައިސް ޔަމާންގެ ކުރިމަތީ ހުއްޓި ޔަމާންގެ ދެއަތުގައި ހިފާ ގެނެސް މީރާގެ އުނަގަނޑުގެ ދެފަރާތުން ޔަމާންގެ އަތް ޖައްސާލިއެވެ.

“އަހަރެން ލޯބި ވަނީ ޔަމާން ދެކެކަން ސާބިތު ކޮށްދޭން ޖެހޭނީ މިހެން ކަމަށް ވަންޏާ މިގޮތާވެސް އަހަރެން ރުހެން ޔަމާން… ޔަމާންގެ ހިތުގަ އަހަންނާ މެދު ޝައްކެއް ވާކަށް އަހަންނަކަށް ނުރުހެވޭނެ… ޕްލީޒް ޔަމާން…” މީރާ މަޑުމަޑުން ބުންޏެވެ.

އެ ފުރުސަތު މީރާ ޔަމާންއަށް އެ ދިނީ ޔަމާންގެ އިތުބާރު މީރާއަށް ކިހާ މުހިންމު ވާތީކަން ޔަމާންއަށް އެނގެއެވެ. އެ ވަގުތު މީރާ އެދިން ފުރުސަތުގެ ބޭނުން ކުރަން ޔަމާންގެ ހިތް އެދި ގޮވަން ފެށިއެވެ.

ޔަމާން ދެއަތް ހިއްލާ މީރާގެ ކޮނޑުމަތީ ދެއަތްތިލަ ޖައްސާލުމާއެކު މީރާ ގެނެސް ޔަމާންގެ އަތުތެރެއަށް ލާ ބާރުކޮށްލިއެވެ. އަދި ހަމަ އެހާ އަވަހަށް ދުރު ކޮށްލާފައި ތިރިވެ މުށިތައް މަތީ އޮތް ރޯބް ނަގާ އޭގެން މީރާގެ ހަށިގަނޑު ނިވާކޮށްލީ ހިތުގެ އަޑަށް ބީރު ކަންފަތެއް ދެމުންނެވެ. މީރާގެ މޫނުގައި ހިފާ ކައިރި ކޮށްލާފައި އެ ތުންފަތުގައި ބޮސްދިނުމުގައި އޭގެ ކުރިން ދުވަހަކުވެސް ހޭދަ ނުކުރާހާ ގިނަ ވަގުތު އެރޭ ހޭދަވިއެވެ. ދުރަށް ޖެހުނު އިރު ނޭވާ ކުރުވެފައި ވީ ނަމަވެސް ޔަމާންގެ ހިތެއް ނުފުރެއެވެ.

ދެއަތުން މީރާގެ ދެކޮނޑުގައި ހިފާލާފައި ގަޔާ ދުރުކޮށްގެން ޔަމާން މީރާގެ މޫނަށް ބަލަން ހުރި އިރު ހޫނުވެފައިވާ ހިއްސުތައް ހަމައަކަށް އަޅުވަން ޔަމާން ދިޔައީ މަސައްކަތް ކުރަމުންނެވެ.

“އަހަރެން މިއަދުވެސް މީރާއަކަށް ޝައްކެއް ނުކުރަން… ދުވަހަކުވެސް ނުކުރާނަން. އަހަންނަށް އެނގޭ، އަންޑަސްޓޭންޑް ވޭ އެހެން ވެދާނެކަން… ބިކޯޒް…” އެވަރަށް ބުނެފައި ޔަމާން މީރާ ގައިން ދޫކޮށްލާފައި އަނެއް ފަރާތަށް އެނބުރުނެވެ. “މީރާ، އަހަންނަށްވެސް ވީ އެހެން… އެރޭ އަހަންނާ ވިދާގް މެދުގަވެސް ވީ ހަމަ ތިހެން… އެކަމަކު މީރާހެން އަހަރެން ދުރަކަށް ނުދަން… އަހަންނަށް ވިދާ ހިތްހަމ ޖައްސައިދޭނެ އެހެން ގޮތެއް ނުވިސްނުނީ… އެކަމަކު ފަހުން އައި ފެލްޓް ގިލްޓީ… މީރާ، މާފަށް އެދެންވީ އަހަރެން… މީރާއެއް ނޫން…” ޔަމާން އެންމެ ފަހުން ހުރިހާ ކަމެއް މީރާއާ ހިއްސާ ކުރިއެވެ.

ލިބުނު ހައިރާންކަމުގައި އެއްޗެއް ނުބުނެ އިރުކޮޅަކު މީރާއަށް ހުރެވުނެވެ. ނަމަވެސް ޔަމާންގެ ހާލަތު މީރާއަށް ވިސްނުނެވެ. އެދެމީހުނަށް ދިމާވި ގޮތުގައި މާ ބޮޑު ތަފާތެއް ނެތެވެ. ވީ ގޮތެއް އަޑުވެސް ނާހާ ޔަމާން ކައިރިން މީރާ މާފަށް އެދެން ޖެހޭނެ ވަރުގެ ކަމެއް ނޯނަނާނެޔޭ ޔަމާން ބުނި އިރު މީރާއަށްވެސް ޔަމާންއަށް މާފި ނުކުރެވެންވީ ސަބަބެއް ނެތެވެ.

“ނެތް މާފުކުރާނެ އެއްވެސް ކަމެއް…” ފަހަތުން އައިސް ޔަމާން ގައިގައި ބައްދާލަމުން މީރާ ބުންޏެވެ.

ޔަމާން އެނބުރި މީރާ ގެނެސް މޭގައި ޖައްސާލިއެވެ.

“ހަނދާން ނައްތާލާ ދެން…” މީރާ ބުނުމުން ޔަމާން ބޯޖަހާލިއެވެ.

“މީރާ، ދުވަހަކުވެސް މީރާ އެއްވެސް ކަމެއް އަހަންނަށް ތިގޮތަށް ޕްރޫވް ކޮށްދޭކަށް ނުޖެހޭނެ. އެކަން ހަނދާން ކުރައްޗޭ… ކިތަންމެ ބޭނުމަސް، ކިތަންމެ އިންތިޒާރު ކުރަން ޖެހުނަސް މީރާ އަހަރެންގެ މީހަކަށް ވަންދެން އަހަރެން މަޑު ކުރާނަން. އިނގޭ!” މީރާގެ މޫނުގައި ދެއަތުން ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން ޔަމާން ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެގުޅުން ވަކިނުވެވޭނެ 7

Next

އެގުޅުން ވަކިނުވާނެ 8 ފަހުބައި

Next
September 25, 2016

އެގުޅުން ވަކިނުވާނެ 8 ފަހުބައި

Previews
September 25, 2016

އެގުޅުން ވަކިނުވެވޭނެ 7

22 Comments!

  1. Sabeeha says:
    September 25, 2016 at 12:25 pm

    v salhi…?

  2. Mar Sha Marsha says:
    September 25, 2016 at 12:27 pm

    Salaam hurihaa kudhin.. mi baives kamudhaane kamah hykuran.. part 20 tuesday ga genesdheynan InShaAllah…

    1. maaaaan111 says:
      September 25, 2016 at 12:53 pm

      Marshaa thy n velidhoo tha

    2. Mar Sha Marsha says:
      September 25, 2016 at 4:59 pm

      Nooney marsha velidhoo eh nooney… y do u ask?

  3. lai says:
    September 25, 2016 at 12:47 pm

    Vv reethi

  4. reeesh says:
    September 25, 2016 at 1:01 pm

    v reeethi

  5. vishaa says:
    September 25, 2016 at 1:09 pm

    woooow vara reeethi……keep it up ..:-)

  6. Shafy says:
    September 25, 2016 at 1:14 pm

    Vvv nice Masha allah… Manaal aee kaaku baaa? Very intrestn… . Need 2 knw who is that .. Keep it up… Waiting 4 nxt part… ???

    1. .... says:
      September 25, 2016 at 3:56 pm

      I think that’s typing error.. that’s malaak

  7. purplish says:
    September 25, 2016 at 1:17 pm

    Mi part feshee iru manaal iny dhen vaahakah medhaa hama dhiya iru iny malaak..olun araa thankoleh eyee..btw v nice mi part ves

  8. Manaak says:
    September 25, 2016 at 1:33 pm

    Manaal akee malaak ge twin

    1. Aana says:
      September 25, 2016 at 11:34 pm

      Manaal and malaak akee twins. Manaal died

  9. Faathee says:
    September 25, 2016 at 1:40 pm

    Manaal n malaak are twins I guess… mi part haadha kurey alhe. Kuda koh dhigu koh genesla dheebaa

  10. Shaa says:
    September 25, 2016 at 1:46 pm

    wow Marsha.. varah reethi.. kiyaa hiyy vefa indha e nimuny.. waiting for the next part ???????

  11. Aphy says:
    September 25, 2016 at 1:57 pm

    Oh wow….haadha reehchey story dhaagoiy..hama waitting for the nxt part..heekuran mivaahaka nimen dhn kiyaalan libeyne kamah?

  12. Nauher says:
    September 25, 2016 at 2:54 pm

    Who is manaal?

  13. Mar Sha Marsha says:
    September 25, 2016 at 5:02 pm

    Thnx hurihaa kudhinnn… v happy that u like the story… n manaal aa malaak aky ekakeh noon.. thats not a typing mistake… adhi kudakoh readers wait kollaa ingey… upcoming parts ga engeyne manaal aky kaaku kan… a little patience n u ll know.. ☺☺☺

  14. shiny says:
    September 25, 2016 at 5:16 pm

    V salhi

  15. Ushaa says:
    September 25, 2016 at 5:23 pm

    Vvvvvvvvvvvvv nyc..

  16. Aimee says:
    September 25, 2016 at 5:25 pm

    Nce story ?
    Marsha Why every day ga story up nukurany???
    Dts y so said
    Pls up every day

    1. Mar Sha Marsha says:
      September 25, 2016 at 6:14 pm

      Thank u Aimee… Marsha buny mi story up kuraany week aku 3 days ga ey.. sun tues n thursday… i cannot up every day… not enuf time… v sorry… but i will try to make it longer next time.. inge

  17. ken? says:
    September 25, 2016 at 9:41 pm

    i think she got twins…manaal n malaak…am i right???

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 20←


All Right Reserved!