އަތުން ބޮޑު ދެ ކޮތަޅު ހިފައިގެން އައި ޒުލޭހާގެ މޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ އެއަންނަނީ މިޔަދު އޭނާގެ ދައްތަމެން މާލެއިން ފޮނުވި ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ. ހީކުރިވަރަށް ވުރެ ވެސް އެއެއްޗެހި ބަރުވުމުން އޭނާ އުޅުނީ އެއެއްޗެހި ނުހިފިގެންނެވެ. މާ ބޮޑަށް ބަރުވާން ފެށުމުން އޭނާ ކައިރީގައި ހުރި ގޭގެ ތިރިކޮށް ރާނާފައިވާ ވަށާފާރު މަތީގައި އެދެކޮތަޅު ބަހައްޓާލަމުން ހިންދެެމެލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލަމުން އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް އަތްކޮށްޕާލަމުން ބިލަތްގަނޑަކާ ދެތިން ފޯށް ފޮތި ނެގިއެވެ. އަނގައަަށް ލުމަށްފަހު އެ ހަފަމުން އޭނާ ފާރަށް ލެނގިލި ހިނދު ފެނުނު މަންޒަރަކުން އޭނާއަށް އެމަގުގެ ކޮޅާ ދިމާއަށް ބަލަން ހުރެވުނީ ޝަޢުޤުވެރިކަމާއެކުގައެވެ. އެ ދިމާ އަތިރިމައްޗާ ދިމާއަށް އަންޖޫދާއާއި ރާހުލް އަދި ނަޝްފާ ދާތަން ފެނުމުން އޭނާ ދަތްދޮޅީގައި އަތް ހާކާލިއެވެ. އަދި ރޭ ފަތިހު އޭނާއަށް ފެނުނު މަންޒަރު އަނެއްކާވެސް ސިކުނޑީގައި އާވެގެން ދިއައެވެ. ސިއްރުސިއްރުން އަންޖޫދާ އެމަގުގެ ދެކޮޅު ހޯދާލުމަށްފަހު އެގޭ ފާރުމަތިން ފުންމާލުމާއި އޭގެ ފަހުން ރާހުލް އެ ފާރުމަތިން ބޯ ދިއްކޮށް ބެލުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ނުލަފާ ހިނިތުންވުމަކާއެކު އޭނާ ރާހުލްމެން އެމަގުން ގޮސް އަތިރިއަށް ފައިބަންދެން ބަލަހައްޓައިގެން ހުއްޓެވެ. އަދި އެއަށްފަހު ފާރުމަތީގައި ހުރި ދެކޮތަޅު ނަގައިގެން އޭނާ މިސްރާބުޖެހީ ގެއާ ދިމާއަށެވެ.
***
އަތިރިމަތީގައި އޮންނަ ލަކުޑި ބުރިއެއްގެ މަތީގައި އިން ނަޝްފާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ އޭނާއަށް ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ. ރާޅު ޖަހާ ހިސާބުގައި، ލައިގެން ހުރި ސްކިނީގެ ފައިކުރި ކުޑަކޮށް އޮޅާލައިގެން ހުރި އަންޖޫދާ އާ އެކު ރާހުލް ސަކަރާތް ޖަހަމުން ދިޔައިރު އެކަމުން ނަޝްފާގެ ހިތަށް ލިބިގެން ދަނީ ކިހާ ބޮޑު ވޭނެއް ކަން ރާހުލްއަށް ނޭނގެއެވެ. އިރުއިރުކޮޅާ ނަޝްފާ އިން ދިމާއަށް ބަލާލުމަށްފަހު ރާހުލް ހީލާއިރު ނަޝްފާވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލަނީ ހިތާއި ދެކޮޅަށެވެ.
އެއްއަތުން ދޮންވެލިގަނޑާ ކުޅެމުން ދިޔަ ނަޝްފާ ސިހުނީ މީހަކު އައިސް އޭނާގެ ކައިރީގައި އިށީނުމުންނެވެ. ކައިރީގައި ހިތްހެޔޮ ގޮތަކަށް ހީލައިގެން އިން އަންޖޫދާ ފެނުމުން ނަޝްފާ ފާޑަކަށް އެދިމާ ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާ އަންޖޫދާ މިއުޅެނީ ކޮން ޑްރާމާއެއް ކުޅެން ބާއޭ އެހިތަށް އެރިއެވެ. އޭނާ ދެން ބަލާލީ މޫދުކައިރީގައި ރާހުލް ހުރިތޯއެވެ. ރާހުލް އަދިވެސް ދޮންވެލިގަނޑުގައި ބީއްސަމުން ދިޔަ ރާޅުތަކާ ފައިން ކުޅޭތަން ފެނުމުން ނަޝްފާ އަނެއްކާ ވެސް އަންޖޫދާއާ ދިމާ ބަލާލިއެވެ. ރާހުލް އަންޖޫދާ އާއެކު އެތަނަށް ނައީ ކީއްވެބާއޭ އެހިތަށް އެރިއެވެ.
“ރާހުލް ކައިރީ އަހަރެން ބުނީ ނާންނާށޭ…” ރާހުލް އާ ދިމާ ބަލާލުމަށްފަހު ހީލަމުން އަންޖޫދާ އެހެން ބުނެލީ ނަޝްފާ ރާހުލްއާ ދިމާ ބަލާލިތަން ފެނުމުންނެވެ.
“ކީއްވެ؟” ނަޝްފާ ދުރު ބަލާލަމުން އަހާލިއެވެ. އަންޖޫދާގެ މޫނުވެސް ދެެކެން އޭނާ ބޭނުންނުވާ ކަހަލައެވެ.
“އެއީ އަހަރެން ނަޝްފާ ގާތު ދައްކަން ވެފަ އޮތް ވާހަކައެއް އޮތީމަ…” އަންޖޫދާ ބުނެލިއެވެ. ނަޝްފާ ތުންފިއްތާލަމުން އަންޖޫދާއާ ދިމާއަށް ބަލާލިއެވެ.
“އަސްލު އަހަންނަށް ނަޝްފާ އާ މެދު ކުރިން ވަރަށް ގޯސްކޮށް ކަންތައް ކުރެވުނީ… މާފަށް އެދެން ބޭނުން…މާފު ކުރާނަން ދޯ..؟” އަންޖޫދާ އިސްޖަހާލަމުން އެހެން ބުނެލުމުން ނަޝްފާ ދުރު ބަލާލިއެވެ. ސްކޫލު ދައުރުއްސުރެ އަންޖޫދާ އޭނާއަށް ހެދި ގޮތް އެހާ ފަސޭހައިން އެ ސިކުނޑިން ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ އެ ދުވަސްތައް ހަނދާންވުމުންވެސް އެހިތް ރޫރޫ އަޅައިގެން ދިއައެވެ. އަންޖޫދާ އާ ހެދި ނޫންނަމަ އެ ދުވަސްތަކަކަކީ އޭނާގެ ހަޔާތުގައި އައި އެންމެ އަނދިރި، އެންމެ ހިތްދަތި ދުވަސްތަކަކަށް ނުވީހެވެ.
“ނަޝް…” ނަޝްފާ އެއްޗެކޭ ނުބުނުމުން އަންޖޫދާ މަޑުމަޑުން ގޮވާލިއެވެ. އެއާއެކު ނަޝްފާ ހުރި ތަނުން ކޮޅަށް ތެދުވިއެވެ. އޭނާގެ ދެބުމަ ގޮށްޖަހިގެން ދިޔައިރު ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
“މަށާ ދިމާއަށް ނަޝް ނުކިޔާތި..” ތުރުތުރު އަޅާ އަޑަކުން ނަޝްފާ އެހެން ބުނެލުމަށްފަހު އެއްގަމާ ދިމާއަށް ދާން ހިނގައިގަތެވެ. ނަމަވެސް އަންޖޫދާ ފަހަތުން އައިސް އޭނާގެ އަތުގައި ހިފެހެއްޓުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެެެވެ.
“ނަޝްފާ… އޯކޭ… ނަޝްއެއް ނުކިޔާނަމޭ ދެނެއް… އެކަމު ޕްލީސް… އަހަންނަށް މާފުކޮށްދީ… އައި ވިލް ޑޫ އެނީތިންގް ޓު މޭކް އިޓް އަޕް ފޯ ޔޫ… ޕްލީސް… އަހަރެން ދެން އެހެ..” އަންޖޫދާއަށް އޭނާ ބުނަން އުޅުނު އެތި ފުރިހަމަނުވަނީސް ނަޝްފާ އޭނާގެ އަތް ފޮޅުވާލިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް އެއްގަމަށް އަރައިގެން ދިޔައެވެ. މަންޒަރު ބަލަން ހުރި އަންޖޫދާ ދެރަވިއެވެ. ކުރިން އޭނާ ނަޝްފާއަށް ދިން އަނިޔާތަކާ މެދު މިޔަދު ދެރަވެއްޖެއެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭނީ ނަޝްފާގެ މާފު ލިބިގެންނެވެ. ނަމަވެސް މިޔަދު ކަންތައް މިވީ ގޮތުން ނަޝްފާ ދުވަހަކުވެސް އޭނާ ކުރި ކަންތަކަށް މާފުކުރާނެހެނެއް ހިޔެއް ނުވެއެވެ.
އަންޖޫދާ މާޔޫސްކަމާއެކު މޫނުގައި ދެއަތް ހާކާލިއެވެ. އަދި ތިރިބަލާލަމުން ހިންދިރުވާލީ ސްކޫލު ދައުރުގައި އޭނާ ނަޝްފާއަށް ހެދި ގޮތް ހަނދާންވުމުންނެވެ. އެވަގުތު ނަޝްފާގެ މާފު ދުވަހަކުވެސް އޭނާއަށް ހައްޤު ނުވާނެއޭ އަންޖޫދާގެ ހިތަށް އެރިއެވެ. ފަހަތުން އައި ރާހުލް އަންޖޫދާގެ ކޮނޑުގައި އަތް އަޅާލުމުން އޭނާ އެނބުރި ބަލާލިއެވެ. އަދި ރާހުލް ގައިގައި ބާރަކަށް ބައްދާލިއެވެ. ވަރަށް ދެރަވެފައި ހުރެ ނަޝްފާ އޭނާއަށް މާފު ނުކުރިކަމުގައި އަންޖޫދާ ބުނެލިއެވެ. ރާހުލް އަންޖޫދާގެ ބުރަކަށީގައި ފިރުމާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނުމުން އަންޖޫދާ ރާހުލްއާ ދުރުވެލުމަށްފަހު ހީލީ ހުރިހާކަމެއް އަދި އެހާއަވަހަށް ރަނގަޅު ނުވާނެކަން އެނގޭ ހާލުގައެވެ.
***
ރޭގަނޑުގެ ވަގުތު ގޭގެ ސިޓިންގރޫމު ތެރޭގައި ޓީވީ ބަލަން އިން އާމިނާ އިރުއިރުކޮޅާ ރިމޯޓަށް ފިތަމުން ދިއައީ އެއްވެސް ޗެނަލަކުން ކަމުދާ އެއްޗެއް ނުދައްކާތީއެވެ. ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިން އަންޖޫދާއަށް އާމިނާ އިރުއިރުކޮޅާ ޗެނަލް ބަދަލުކުރާވަރުން އުނދަގޫވިއެވެ.
“މަންމާ… ތި ބަހައްޓާ އެއް ޗެނަލެއްގަ ބަހައްޓަ ބަލަ…” އަންޖޫދާ ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ. އާމިނާ ތުން އަނބުރާލަމުން އަންޖޫދާއާ ދިމާއަށް ކަޅިއަޅާލިއެވެ.
“ރަނގަޅު އެއްޗެއް ނުދައްކަ އެއް ޗެނަލަކުންވެސް…” އާމިނާ ރުންކުުރު ގޮތަކަށް ބުނެލިއެވެ. އޭރުވެސް އޭނާ ހަލުވި ކަމާއެކު ފަރަކު ޗެނަލަކަށް ލަމުން ގެންދިއައެވެ.
“އާމީ..! އާމީ!! އާމިނާ!!” ގޭ ބޭރުން އާމިނާއަށް ގޮވަމުން އެދިމާއަށް އެއަންނަނީ ޒުލޭހާކަން އާމިނާއާ އަންޖޫދާ އާ ދެމީހުންނަށްވެސް ޔަޤީންވިއެވެ. އެވަގުތު އަންޖޫދާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. އަބަދުވެސް އޭނާގެ މަންމަ ކައިރިއަށް އައިސް ޒުލޭހާ ދައްކާ މޮޅެތި ވާހަކަތަކަކީ އަންޖޫދާ އެއްވެސް ވަރަކަށް ގަޔާވާ ވާހަކަ ތަކެއް ނޫނެވެ. އަބަދުވެސް ދައްކާނީ ކޮންމެވެސް މީހެއްގެ ނުބައި ވާހަކައެވެ. އަންޖޫދާ އަވަސް އަވަހަށް ސޯފާއިން ތެދުވީ ޒުލޭހާ އަންނަން ވާއިރަށް އެތަނުން ދެވޭތޯއެވެ.
“އެއޮއް އައީނު އެންމެ ފޫހިފިލާ ޗެނަލް..” އަނގަައަށް ވައްތަރެއް ޖައްސާލަމުން އަންޖޫދާ އާމިނާއާ ދިމާއަށް އެހެން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެއްޖެެވެ. އަންޖޫދާ އެހެން ބުނެލި ގޮތުން ހިނިއައިސް ހުރެ އާމިނާ ގެއަށް ވަދެވެން ހުންނަ ދޮރާ ދިމާއަށް ނަޒަރު ހިންގާލިއިރު ޒުލޭހާ އަނގަހަލުވަމުން އައިސް ވަންނަނީއެވެ.
” ޑުރާމާ ބަލަނީތަ؟” އާމިނާ ގާތު އައިސް އިށީންނަމުން ޒުލޭހާ އަހާލިއެވެ.
“ނޫން… މަ ބަލާހިތްވާ އެއްޗެއް މި ގަޑީގަ ނާދެ..” އެހެން ބުނުމަށްފަހު އާމިނާ ޓީވީ ނިވާލިއެވެ. އަންޖޫދާ ބުނެލި އެތި ހަނދާންވުމުން އަނެއްކާވެސް އޭނާއަށް ހެވެން ފެށިއެވެ. ނަމަވެސް ހިނިގަނޑު މަތަކޮށްލަމުން އޭނާ ޒުލޭހާއާ ދިމާއަށް އެނބުރުނެވެ.
“އާމިނާ… ވަރަށް ބޮޑު ވާހަކައެއް އޮޅުން ފިލުވާށޭ މިއައީ..” އެއްމިޔަކަނުން ފޭބި ރަތް ކުޅުކޮޅު އަތުގެ ނުފުށުން ފޮހެލަމުން ޒުލޭހާ ބުނެލިއެވެ. މި މަންޒަރު ފެނުނު އާމިނާ ފަކުރުން މޫނަށް ގޮތެއް ހަދާލިއެވެ.
“ހޫ… ބުނެބަލަ…” ޒުލޭހާގެ ވާހަކައަށް ވަރަށް ޝަޢުޤުވެރިވާކަމަށް ހެދިފައި އާމިނާ ބުނެލިއެވެ.
“މަށަށް މިޔަދު ހަވީރު ފެނިއްޖެ މިގޭގަ ގެންގުޅޭ ބަންގާޅިއާ އަންޖޫއާ ދެމީހުން އަތިރިމައްޗަށް ދާތަން..” ޒުލޭހާ ހަރަން ބަނދެލަމުން ބުނެލިއެވެ. އެއާއެކު އާމިނާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިއައެވެ.
“އަންޖޫ އާ ރާހުލް އާ އެކަނިތަ ދިއައީ؟” އާމިނާ އިރުކޮޅަކު އެހެން އިނުމަށްފަހު އަހާލިއެވެ.
“ނޫނޭ.. ސޯބިރާގެ ނަސްފާ ވެސް ހުރި..” ޒުލޭހާ ބުނެލިއެވެ.
“ދެން އެއީ މައްސަލައެއްތަ؟ އެ ރާހުލް ހުންނާނީ އެ ނަޝްފާއަކާ ހެދި މޮޔަވެފަ… ނަސީބެއްނު އަންޖޫދާވެސް ދިޔަކަން… މީހުން ރާހުލްއޭ ކިޔައިގެން ފާޑުފާޑު ވާހަކަ ދައްކަންޏާ ކުށްވެރިވާނީ ހަމަ އަހަރުމެން..” އާމިނާ ބުނެލިއެވެ.
“އާނ… އެކމު މަަށަށް ހީވަނީ ރާހުލް އާ އަންޖޫދާ އާ ދެމެދުގަ އެހެން ކަމެއް ވެސް އެބަ އުޅޭހެން…” ޒުލޭހާ ނުލަފާ ގޮތަކަށް ހީލަމުން ބުނެލިއެވެ. އެއާއެކު އާމިނާ ދެބުމަ ގޮށް ޖަހާލިއެވެ.
“މަގޭ ދަރިއޭ ކިޔައިގެން ކީކޭ ކިޔަން ތި އުޅެނީ..؟” ކުޑަކޮށް ރުޅިއައިސްފައި އާމިނާ އަހާލިއެވެ.
“ހަމަޖެހިބަލަ އާމިނާ… މަ ދައްކާ ވާހަކަ އަޑުއެހީމަ ދޯ އާމިނާއަށް ވެސް އެނގޭނީ..” އާމިނާ ރުޅިއައުމުން ޒުލޭހާ ގާތަށް ކުޑަކޮށް ހިނިއައެވެ. އާމިނާ އިތުރު އެއްޗެއް ނުބުނެ ޒުލޭހާއާ ދިމާއަށް ފާޑަކަށް ބަލަން ހުއްޓެވެ.
“މަ މިޔަދު ފަތިހާ ހޭލައިގެން ހިތަށްއެރީ ފިނިކޮށްލަން ނިކުމެލާނީއޭ… އެކަމު ނިކުތްތަނާ މަަށަށް ފެނުނު މަންޒަރަކުން މަ ހައިރާންވިއޭ އިނގޭ… މަށަށް ފެނުނީ ތިގޭ އަނެއްފަރާތު ފާރުމަތިން އަންޖޫދާ ފުންމާލިތަން… މަށަކަށް ނޭނގެ ކީއްވެކަމެއް ދޮރު ހުއްޓަ އޭނަ ފާރުމަތިން ފުންމާލީކީ… ދެން އަދި ފުންމާލާފަވެސް އޭނަ ސިއްރު ސިއްރުންނޭ އިނގޭ މަގުގެ ދެކޮޅު ބަލާލީ.. ނަސީބަކުން އޭނައަކަށް މަށެއް ނުފެނެ… ބާރުބާރަށް ދުވެފަ ގޮސް އަދި ތި ގޭ ދޮރާށިން ދެން ވަނީ.. މަ ހައިރާންވެފާ އެތާ އިރުކޮޅަކު ހުއްޓާ ދެން ފެނުނީ އަނެއްކާ ތިގޭ ފާރުމަތިން ރާހުލް ބޯ ދިއްކޮށްލި ތަން..” ޒުލޭހާ ވަރަށް ފޯރީގައި އޭނާއަށް ފެނުނު ކަންތައްތައް ކިޔައިދެމުން ދިއައެވެ. އޭނާ ޒުލޭހާއަށް ބަލަމުން ދިއައީ ޝައްކުގެ ނަޒަރަކުން ނަމަވެސް އެ ކިޔައިދިން ކަންތައްތަކުގެ ސަބަބުން އޭނާގެ ހިތުގައި ވެސް ސުވާލުތަކެއް އުފެދިގެން ދިއައެވެ. އޭނާ މިޔަދު ފަތިހު ހޭލައިގެން ގޯތިތެރެއަށް ނިކުމެގެން ދިޔަ ވަގުތު ރާހުލް ފާރުކައިރީގައި ހަރުގަނޑު ލަންގާލައިގެން ހުރި މަންޒަރު އެ ލޮލަށް ސިފަވާން ފެށިއެވެ. އަނެއްކާ އޭނާ އައުމުގެ ކުރިން އަންޖޫދާ އެ ހަރުގަނޑުން އަރައިގެން ބޭރަށް ފުންމާލީހެއްޔެވެ؟ ރާހުލްގެ މޫނުމަތީގައި އެވަގުތު ހުރި ހާސްކަން އާމިނާއަށް ނަގައިގަނެވުނީ އެވަގުތެވެ. އަދި އާމިނާ ގޭތެރެއަށް ވަތްއިރު އެހެން ނޫނީ ދުވަހަކުވެސް އެހާ ފަތިހާ ހޭނުލާ އަންޖޫދާ ސިޓިންގރޫމު ސޯފާގައި އިނެވެ. ޒުލޭހާ އެބުނި ގޮތަށް އަންޖޫދާ ހަމަ ފާރުމަތިން ފުންމާލައިގެން އައިސް އަނެއްކާ ގެއަށް ވަނީބާއޭ އެހިތަށް އަރަމުން ދިއައެވެ.
“މަށަށް ހަމަ ހީވޭ އެބަ ކޮންމެވެސް ކަންތައްގަނޑެއް އުޅޭހެން..” ޒުލޭހާ އެއްމިޔަކުން ހީލަމުން އެހެން ބުނެލީ އާމިނާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރަށް ބަލަން ހުރެއެވެ. އާމިނާއަށް އެވަގުތު ރުޅި އާދެވުނީ ޒުލޭހާ ދެކެއެވެ. ޒުލޭހޭ އެދެއްކި ވާހަކަ ތަކަކީ ޤަބޫލުކުރެވޭ ފަދަ ވާހަކަތަކެއް ނަމަވެސް އާމިނާ އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
“ހުއްޓާލާ ޒުލޭ…! ޒުލޭހާ ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ…؟ ތި ދައްކާ ފޮނި ވާހަކަތައް އެހެން މީހެއް ގާތު ދައްކަން ދޭ… މަ ކައިރީ މަގޭ ދަރިއޭ ކިޔައިގެން ތިޔަހެން ކިޔާނެކަމެއް ނެތް…” އާމިނާ ދެބުމަ ގޮށްޖަހާލަމުން ޒުލޭހާއާ ވާހަކަ ދެއްކިއެވެ. އެވަގުތު ޒުލޭހާގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެެެވެ. އާމިނާ ދެންމެ އުޅުނު ގޮތުން އޭނާއަށް މިހީވަނީ ރަނގަޅު އެއްޗެއްކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ.
“އެންމެ ރަނގަޅު… މަ މި ދަނީ… އެކަމު ހަނދާންކުރާތި… ރާހުލް އާ އަންޖޫދާގެ ގުޅުން މާ މައްޗަށް ނުދަނީސް ހުއްޓުވަން އުޅޭ… މާ ރަނގަޅެއް ނުވާނެ މުޅި ރަށުގަ އެވާހަކަ ފެތުރެއްޖިއްޔަކާ..” ޒުލޭހާ ތެދުވަމުން އެދިނީ އިންޒާރެއްހެން އާމިނާއަށް ހީވިއެވެ. ދެދަތްޕިލަ ބާރަށް ޖައްސައިގެން އާމިނާ ޒުލޭހާ ނިކުމެގެން ދާތަން ބަލަން ހުއްޓެވެ.
***
ރަތް ކުލައިގެ ހޮންޑާ ސައިކަލު އަންޖޫދާމެންގޭ ކައިރިއަށް މަޑުކޮށްލުމާއެކު އޭގެ ފަހަތުގައި އިން އާޔާ އަވަސް އަވަހަށް ފޭބިއެވެ. ސައިކަލުގެ ހުންގާނުގައި ހިފައިގެން ހުރި ނަވީންގެ ކޮލަށް ބޮސް ދިނުމުން އޭނާވެސް ސައިކަލު އިސްޓާޓުކޮށްލަމުން އެހެން ދިމާއަކަށް މިސްރާބު ޖެހިއެވެ. އާޔާ އިރުކޮޅެއް ވަންދެން އެގޭ ދޮރާއްޓާ ދިމާއަށް ބަލަން ހުރެ މިރޭ ކަންތައް ކުރާނެ ގޮތް އެހިތުތެރޭގައި ރާވަމުން ދިއައެވެ. އެތެރެއަށް ވަންނަން އަޅާލި ފިޔަވަޅުމަތީގައި އޭނާ މަޑުޖެހުނީ އެގެއިން ނިކުތް ޒުލޭހާ ފެނިފައެވެ.
“އާޔާ … ؟ އަންޖޫ ހޯދަން ދޯ ތިއައީ؟” ޒުލޭހާ ހީލަމުން އެހެން އަހާލުމުން އާޔާ ބޯ ޖަހާލިއެވެ. ޒުލޭހާ ދެފަރާތަށް ބޯ އަރިކޮށްލަމުން އާޔާ ލައިގެން ހުރި ގަޔަށް ބާރު ހުދު ޓޮޕާއި ކަޅު ސްކިނީއަށް ނަޒަރު ހިންގާލަމުން ދަތްދޮޅީގައި އަތް ހާކާލިއެވެ. މަންޒަރު ފެނުނު އާޔާ ދެލޯ ހަނިކޮށްލަމުން މިއީ ކީއްވެގެން އުޅޭ އަންހެނެއްބާއޭ ހިތާހިތުން ކިޔާލިއެވެ.
“އަންޖޫދާ މިހާރު އުޅޭ ވައްތަރެއް ދޯ..” ޒުލޭހާ ނުލަފާ ގޮތަކަށް ބުނެލުމުން އާޔާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އަނެއްކާ ޒުލޭހާއަށް އަންޖޫދާއާ ރާހުލް އާ ދެމެދު އޮންނަ ގުޅުން އެނގުނީބާވައެވެ؟ މި ޒުލޭހާއަކީ މީހަކު ކުރާހާ ކަމަކަށް ބޯ ކޮއްޕާ މީހެކޭ އެވަގުތު އާޔާ ހިތަށް އެރިއެވެ.
“ކިހިނެއްވީ؟” ހަމަޖެހެން މަސައްކަތް ކުރަމުން އާޔާ އަހާލިއެވެ. ނަމަވެސް އެ މޫނުމަތީގައިވި ނުތަނަވަސްކަން ޒުލޭހާއަކަށް ނޯޅުނެވެ. މިކަން ހޯދުމުގެ ފޯރި އެހިތުގައި އިތުރަށް ގަދަވެގެން ދިއައެވެ.
“ދޮގު ނުހަދާ ބުނޭ… މަށަށް އިނގެއޭ އެ ރާހުލް އާ އަންޖޫދާއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮންނަކަން..” ހަރަން ބަނދެލަމުން ޒުލޭހާ އެހެން ބުނެލުމުން އާޔާގެ އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ޒުލޭހާއަށް ބަލަން ހުއްޓެވެ.
#ނުނިމޭ#
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Hey..
I know this part is a little short… but Liaa mi week ga v busy vaane.. So today up kohdhiny liyevun varakah… Next part is on next week SATURDAY… And i promise e part dhigu vaane ….
Haadha kurey. Waiting for next part. V reethi vaahaka
wow liaa haadha reechey story
and me first dhw
next part sarturday ge kurin liyefa dhigukon up khohfiyyaa vvv ufaavaane by the way liaa mi site ah register kury kihineh alhugandu ulhi ulhi vas nuvi ekameh
Thankss Luyoona 🙂
Bt its v short.. 🙁
Matheega innaane “REGISTER” jahaafa.. ethanah click kollaa
liaa is the best ! ?
story varah habeys
Thankss Shaa 🙂
Zuleyhaa dhn mee haada knthabodhumeehekey dhw…….zuley j vanee dhw…….?☺☺☺☺v v v salhi
v salhi…?
Story v salhi zuleyhaa j vany raahul zuleyhaa ah balaanulyma raahul balaatho gayabbaaru tait laafa top laagen dhiyaamaves esoru nubeliviyyaa anyway story v habeys n thanks liaa
vv reethi..??
Haha…. zuley gandu ulhey gotheh ? pis pis pis….. raahul anjoo aa ulheythy jey vanii dho mi zuley… stry hama v v v habeys?
Bondhu loabi
Liaa… story mihaaru vakin reethivey eba…❤????❤???????? sorry mihaaru comment eh nukureveythy…. busy veema…. e zuleyhaacah adhi bodi eh dheyn vaane ingey liaa?????
And kobaatha now mi stry ah comment kuraa Appy aa Aff aa Thaany aa? ?
I think that this is all very unique piece of writing. among all of the writings I feel that this is the most unique writing that I have ever read. writing the author of this story has done a really good job in writing and spending quality time in writing this story. you can do it keep it up! ??????
abadhuvex writers thibunany bussy ey noonee balee ey dhen neyge balivex vaane busy vex vaane ekam gavaaidhun up kureveythoa balan vaane and story v salhi
VV reethi vaahakaeh
Waiting for next part
Wow v nice. Cannot wait. 2 days ga up kohdheyn v ehnun.
Atleast miothy amilla unique stry eh…. e rosy shareef gothah copy kuraa writer eh noon me kee… v v v reethi mi vaahaka… nimendhen up kohdheythi… nxt part ge inthisaarugaa keh madhu vefaa
Wow wowvwow… thus stry ix getting soooo intrestingg?❤❤
Interesting like always ?
Waiting for the next part ☺
Gorgeous… I jxt luv ur stwriiiiiiis… Keep it up.. Gudluk frndooooo….
Liaa ge story hama best as always 🙂 kyp up the good work ❤❤❤
OMG ? Rahul a Anjudhaa aa bust vanee tha? But plz don’t do that . But this story is awesome ????❤️?❤️❤️?????????????????
Liaa try to avoid mistakes. Anyways story v reethi