Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 22, 2016 7 Mins Read
36 Comments

“ވިދާ އުޅެނީ ރާހިލްއާ އިންނަން. މީރާ، އަހަރެން އަސްލު ބޭނުމެއް ނޫން ވިދާ އޭނަޔާ އިންނާކަށް” ޔަމާން ބުންޏެވެ.

އެއަޑު އިވުމުން މީރާގެ މެޔަށް ގޮތެއް ވެގެން ދިޔައެވެ. ހިތުގެ ތެޅުން މަޑުޖެހިލުމަށް ފަހު ބާރުވެލިއެވެ. ފިހާރައިން ރާހިލްއާ ވިދާދް ފެނުނު ވަގުތުން ފެށިގެން ހިތުގައިވި ޝައްކު ޔަގީނަށް ބަދަލުވީ ޔަމާން އެހެން ބުނުމުންނެވެ.

“ކީއްވެ އެދެމީހުން އިންނަން ޔަމާން ބޭނުން ނުވަނީ؟” ހަމަޖެހިލަން މަސައްކަތް ކުރަމުން މީރާ އަހާލިއެވެ.

“ރާހިލްގެ ފަރާތުން ވިދާއަށް ދެރައެއް ލިބުން އަހަރެން ނޭދޭތީ” ޔަމާން ބުންޏެވެ.

“ރާހިލް… އަހަންނާ މެރީކޮށްފަ ކަންތައް ކުރި ގޮތް ވިދާދްއަށް އެނގޭތަ؟” މީރާ އެހިއެވެ.

“މިއަދު ރާހިލް ކިޔާދިނޯ ހުރިހާ އެއްޗެއް. އެކަމަކުވެސް ވިދާ އޭނައާ އިންނަން ރެޑީ” ޔަމާން ބުންޏެވެ.

“ދެން އަހަރުމެން ކީއް ކުރާނީ؟ ހުރިހާ ކަމެއް އެނގޭ އިރުވެސް އޭނަ ރާހިލްއާ އިންނަން ބޭނުމިއްޔާ އިތުރު މީހަކަށް އެއްޗެއް ނުބުނެވޭނެ ދޯ؟ ވެދާނެއެއްނު ރާހިލް އޭނައަށް ރަނގަޅި ކަމަށް، އޭނަ ދެކެ ރާހިލް އަސްލުވެސް ލޯބި ވަނީ ކަމަށް؟ އިރާދަ ކުރެއްވިއްޔާ ވިދާދްއަކަށް ދެރައެއް ނުލިބޭނެ، ހުރިހާ ކަމެއް ރަނގަޅު ވާނެ. ޔަމާން ދެން ނުވިސްނާ” މީރާ ބުންޏެވެ.

ޔަމާން ބޯޖަހާލިއެވެ. ހިތާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކާ ދުރު ވެލުމަށް ބޭނުން ވެފައި ހުރުމުން ޔަމާން މީރާގެ އަތުގައި ހިފާ ޔަމާންގެ ގައި މައްޗަށް މީރާ ވައްޓާލިއެވެ. އެއްއަތުން މީރާގެ ކަނދުރާގައި ހިފާލަމުން މީރާގެ މޫނު ޔަމާންއާ ކައިރިކޮށްލިއެވެ.

އަނެއް ދުވަހު ހެނދުނު ނަދީމާ ގުޅާފައި ޖެހިގެން އަންނަ ހަފްތާގައި ނަދީމާއާ ޝާފީގުއާ ރިޔާން މާލެ އަންނަ ވާހަކަ ބުނުމުން އެންމެން މަސައްކަތް ފެށީ ގެޔަށް ނުހޯދާ ހުރި އެއްޗެހި ހޯދާ ނަދީމާމެން އަންނަން ވާ އިރަށް އެމީހުންނަށް މަރުހަބާ ކިޔަން ތައްޔާރު ވާށެވެ.

މީރާ އޮފީހުގައި އާދައިގެ މަތިން މަސައްކަތުގައި އިނެވެ. އެހެން ދުވަސްތަކަށް ވުރެ މަސައްކަތް ގިނަ ވުމުން މީރާ އިނީ މެންދުރު ގެޔަށްވެސް ނުގޮސް މަސައްކަތް ނިންމާށެވެ. މީރާ ބޭނުންވީ މެންދުރު މަޑުކޮށްގެން ވިޔަސް މަސަސއްކަތް ނިންމާފައި ހަވީރުން އަވަހަށް ގެޔަށް ދާށެވެ.

ބާރަގަޑި ބައިހާ އިރު ރާހިލް ކެބިންއިން ނިކުތް އިރު މީރާ އަދިވެސް މޭޒު ކައިރީ އިނުމުން ރާހިލް މަޑުކޮށްލިއެވެ.

“މިއަދު ލަންޗަށް ގެޔަކަށް ނުދަންތަ؟” ރާހިލް އަހާލިއެވެ.

“މިކަންތައް ނިންމާލެވޭތޯ މިއުޅެނީ” މަސައްކަތް މެދުކަނޑާލުމެއް ނެތި މީރާ ބުންޏެވެ.

އިތުރު އެއްޗެއް ނުބުނެ ރާހިލް ބޭރަށް ނިކުތް އިރު ލުބްނާއާ ބަސްމާއާ ހަމްނާގެ އިތުރުން ޝެރީންއާ ސަލަފްއާ ނާއިޒްވެސް ކާން ނުގޮސް ތިއްބެވެ.

“މިއަދު ގެޔަށް ނުދާން އެއްބަސް ވެގެންތަ އެންމެން ތިއުޅެނީ؟” ރާހިލް އަހާލިއެވެ.

“ނޫން ސަރ، އެހެންނެއް ނޫން. މަސައްކަތް ގިނަވީމަ ހަވީރުން މަޑުނުކޮށް ދާން ވެގެން މިގަޑީގަ މަޑުކޮށްލީ” ރާހިލްގެ ސުވާލަށް ޖަވާބު ދިނީ ލުބްނާއެވެ.

“އެހެން ވިއްޔާ އެންމެންނަށް ލަންޗް ގެންނަން ވީނު؟” ރާހިލް ޚިޔާލެއް ދިނެވެ.

“ރާހިލް ސަރތޯ ލަންޗް ދެނީ؟” ބަސްމާ ސަމާސާ ރާގަކަށް އަހާލިއެވެ.

“އޮފްކޯސް. އެމީހަކު ބޭނުން އެއްޗެއް ގެނޭ އިނގޭ” ހީލަމުން ރާހިލް ބުންޏެވެ. އަދި ރާހިލްއަށް ގެންނަންވީ ކޯޗެއް ކަން ބުނެފައި އަނެއްކާ ގޮސް ކެބިންއަށް ވަނެވެ.

ދާން ނިކުމެފައި ރާހިލް އަނެއްކާ ވަނުމުން ސުވާލު އުފެދިފައި ބަލާލި ނަމަވެސް މީރާ އެއްޗެއް ނުބުނެއެވެ. ވީ ގޮތް އެނގުނީ ބަސްމާ އައިސް މީރާ ބޭނުން ވަނީ ކޯޗެއްތޯ ސުވާލު ކޮށްފައި ވީ ކިހިނެއްކަން ބުނެދިނުމުންނެވެ.

ކާ އެއްޗެހި ގެނައުމުން ލުބްނާއާ ބަސްމާ ސައިކޮޓަރީގެ މޭޒު ތައްޔާރު ކޮށްފައި އައިސް އެންމެންމަށް ގޮވިއެވެ. މީރާއަށާ ރާހިލްއަށް ގޮވުމުން މީރާއަށް ވުރެ ކުރިން ދާން ނިކުތީ ރާހިލްއެވެ. އޭރުވެސް މީރާ މަސައްކަތުގައި އިން ތަން ފެނުމުން ރާހިލް މީރާގެ މޭޒުކައިރީ މަޑުކޮށްލިއެވެ.

“އިހަށް ކާން ދާންވީނު؟” ރާހިލް ބުންޏެވެ.

“މި ފައިލް ނިންމާލާފަ މިދަނީ” މީރާ ހުއްޓާނުލާ ޓައިޕް ކުރަމުން ބުންޏެވެ.

މީރާ ހިތްހަމަ ނުޖެހޭނެކަން އެނގިހުރެވެސް ރާހިލް މީރާގެ ކުރިމަތީ އޮތް ފައިލް ލައްޕާލާފައޮ ކޮމްޕިއުޓަރއިން ކުރަން އިން މަސައްކަތް ސޭވްކޮށްފައި ފައިލް ކްލޯޒް ކޮށްލިއެވެ.

“ކައިގެން އައިސްވެސް ތި ނިންމާލެވިދާނެ. ހަވީރު އަވަހަށް ދާން ބޭނުމިއްޔާ އެހާ އިރަށް ކުރެވުނު ވަރެއް ކޮށްލާފަ ދިޔައިމަ ރަނގަޅު ވާނެ. މަޖުބޫރެއް ނޫނެއްނު މަޑުކޮށްގެން ތިބުމެއް؟” ރާހިލް ބުންޏެވެ.

މީރާ އެނބުރި ރާހިލްއަށް ބަލާލިއެވެ. މީރާ ރުޅިއައިސްގެން ކޮންމެވެސް އެއްޗެއް ބުނާނެ ކަމަށް ހީކޮށްގެން ހުރި ރާހިލް ހައިރާން ވީ ރާހިލްއާ ދިމާއަށް ހިނިތުންވެލަމުން މީރާ ތެދުވުމުންނެވެ.

“ހިނގާ…” ދެތިން ފިޔަވަޅު އަޅާފައި ރާހިލް ނާންނާތީ މީރާ އެނބުރި ބަލާލާފައި ރާހިލް މަޑުކޮށްގެން ހުރުމުން ބުންޏެވެ.

މީރާގެ ފަހަތުން ރާހިލް ގޮސް ސައިކޮޓަރިއަށް ވަން އިރު އެންމެން ތިބީ އެދެމީހުންގެ އިންތިޒާރުގައެވެ. މުޅި މޭޒަށް ބަލާލާފައި ހުހަށް ހުރި ހަމައެކަނި ދެގޮނޑިއާ ދިމާއަށް ރާހިލްގެ ފަހަތުން މީރާ ހިނގައިގަތީ އެހެން ގޮތެއް ނެތުމުންނެވެ. ރާހިލް އިށީނުމުން ޖެހިގެން ހުރި ގޮނޑި ރާހިލްއާ ވީހާވެސް ދުރަށް ޖައްސާލާފައި މީރާ އިށީނެވެ.

ކެއުމުގެ ކަންތައް ނިމުމުން އެތަނުން އެންމެ އަވަހަށް ނިކުތީ މީރާއެވެ. އެދުވަހުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމާފައި މީރާ ގަޑި ބަލާލި އިރު ހަތަރެއް ޖަހަނީއެވެ. ފައިލްތައް ހިފައިގެން ރާހިލްގެ ކެބިންއަށް ވަދެ ކެބިނެޓްގައި ފައިލްތައް އަތުރާލާފައި މީރާ އެނބުރުނު އިރު ރާހިލް ގޮނޑީގައި ލެނގިލައިގެން މީރާއަށް ބަލަން އިނެވެ.

މީރާ އެނބުރުމުން ރާހިލް އަވަސް އަވަހަށް ދުރު ބަލާލިއެވެ. އެއްޗެއް ނުބުނެ ދާން އެނބުރިފައިވެސް މީރާ އަނެއްކާ ރާހިލްއާ ދިމާއަށް ބަލާލީ ކުރީރޭ ޔަމާން ދެއްކި ވާހަކަ ހަނދާން ވުމުންނެވެ.

“ރާހިލް ތިއުޅެނީ ވިދާދްއާ އިންނަންތަ؟” މީރާ އަހާލިއެވެ.

ރާހިލްގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މީރާ އެ ސުވާލު އެކުރީ ކީއްވެ ހެއްޔެވެ؟ އެ ކައިވެންޏާ މެދު މީރާ ނުރުހެނީ ހެއްޔެވެ؟ އެހެން ނަމަ މީރާ ނުރުހެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟

ހިތުގެ މައްޗަށް ބާޜު ފޯރުވަން މަސައްކަތް ކުރަމުން ރާހިލް ބޯޖަހާލިއެވެ.

“ވިދާދްއާ އިންނަންޏާ ރާހިލް އޭނައަށް އެއްވެސް ކަމެއް އޮޅުވާ ނުލާތި… އަހަންނަށް ހެދި ކަހަލަ ގޮތެއް އޭނައަށް ނަހަދާތި… އުމުރަށް އެކީގަ އުޅެން ނޫނީ ނީންނާތި… އަހަންނަށް އެނގޭ އެކަހަލަ ކަމެއް ދިމާވީމަ ހިތަށް ކުރާ އަސަރު… ދިރިއުޅުން ދެކެ ފޫހިވެގެން މަރުވާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދުވަސްތައް ގުނުމަކީ ކޮންކަހަލަ ކަމެއް ކަމެއް ރާހިލްއަކަށް ނޭނގޭނެ… އެހެން މީހުންގެ ތެރޭ ހުންނަ އިރުވެސް އެކަނިވެރިކަން އިހުސާސް ކުރެވި އެކަންތައް ނިމޭތޯ ދުއާ ކުރެވެނީ ކިހާ ވަރަކަށް ކަމެއް ނޭނގޭނެ… އަހަރެން ނޭދެން އަހަންނަށް ވި ގޮތް އެހެން މީހަކަށް ވާކަށް… އެހެންވެ މިހެން މިބުނީ… ރާހިލް ވިދާދްއަށް ދެރައެއް ދޭން ހިތުގަ އޮތިއްޔާ އޭނަޔާ ނީނދެ ދޫކޮށްލާ… އޭރުން ފަހުން އެ ހިތާމަ ކުރުމަށް ވުރެ ރަނގަޅު ވާނެ” ރާހިލްގެ މޭޒާ ހަމައަށް އައިސް ހުއްޓިފައި މީރާ ބުންޏެވެ.

މީރާ ބުނި ކޮންމެ ޖުމްލައެއް ރާހިލްގެ ހިތަށް ތޫނި ވަޅިތަކެއް ހެން ވަންނަމުން ދިޔައެވެ. ހިތަށް ތަދުވަމުން ދިޔައީ ރާހިލް ހެދި ގޮތުން މީރާގެ ހިތަށް ކުރި އަސަރު ކޮންމެ ޖުމްލައަކުން ރާހިލްއަށް އިހުސާސް ކުރެވުނީތީއެވެ. ރާހިލްގެ ސަބަބުން މީރާ ކުރި ހިތާމައިގެ އިހުސާސް އެވަގުތު ރާހިލްއަށް ކުރެވުނު ކަހަލައެވެ.

“އަހަރެން ދެން ނަހަދާނަން އެހެންނެއް… އެނގޭ އޭރު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން… ގަބޫލު ކުރޭ މީރާ…” ގޮނޑިން ތެދުވެގެން އައިސް މީރާ ކައިރީ ހުއްޓެމުން ރާހިލް ބުންޏެވެ.

“އަހަރެން ކައިރިއަކު ނޫން ތިހެން ބުނަން ވީ… ވިދާދްއަށް ޔަގީން ކޮށްދީ” މަޑުމަޑުން މީރާ ބުންޏެވެ.

“މީރާ… އަހަރެން ކިހިނެއް ހެދިއްޔާ މީރާ އަހަންނަށް މާފު ކުރާނީ؟” މީރާގެ މާފު ބޭނުން ވެފައިވާ ވަރުން އާދޭސް ކުރާ ފަދަ ގޮތަކަށް ރާހިލް އަހާލިއެވެ.

އިސް އުފުލާ މީރާ ރާހިލްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

މާޒީގެ ހަނދާންތައް ހިތަށް ގެންނަމުން މީރާ އެ ދުވަސް މަތިން ހަނދާން ކޮށްލިއެވެ. އެ ސޫރަ ހިތަށް ގެންނަމުން ހިތުން އެ ނަން ކިޔާލިއެވެ. އެއާއެކު ލޮލަށް ޖަމާވި ކަރުނަ މީރާ އަތުން ފޮހެލިއެވެ.

“އަހަރެން ބޭނުން ކަމެއް ރާހިލްއަކަށް ކޮށެއް ނުދެވޭނެ. އެއްވެސް މީހަކަށް އެކަމެއް ނުވާނެ… އެކަކަށްވެސް ނުވާނެ… ދުވަހަކުވެސް ނުވާނެ. އެހެން ވީމަ ރާހިލް ތިހެން މާފަށް ނޭދުނިއްޔާ ރަނގަޅު ވާނީ” ދެފަރާތަށް ބޯ ހަލުވާލަމުން މީރާ ބުނެލި އިރު އެ އަޑުގައި ވި ހިތްދަތިކަން ރާހިލްއަށް އިހުސާސް ކުރެވުނެވެ.

“މީރާ… ޕްލީޒް…” ކުރިއަށް ފިޔަވަޅެއް އަޅާލަމުން ރާހިލް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މީރާ އެފުރުސަތެއް ރާހިލްއަކަށް ނުދިނެވެ.

“މިބުނީނު އަހަރެން ކައިރިން މާފަށް ނޭދޭށޭ… އަހަރެން ބޭނުމެއް ނޫން ރާހިލްއަށް މާފު ކުރާކަށް” ރާހިލްއާ ދިމާއަށް ބަލާލަމުން އަޑަށް ބާރު ލާފައި މީރާ ބުންޏެވެ. އަދި މަޑުނުކޮށް އެތަނުން ނިކުތެވެ.

އަމިއްލަ ނަފްސަށް އައި ރުޅި އެވަގުތު ރާހިލްއަށް އަމާޒު ކުރެވުނީ މޭޒަށެވެ. ދެއަތުން މުށްކަވާފައި ޖެހުނުހާ ބާރަކަށް މޭޒުމަތީ ޖެހި ނަމަވެސް ހިތަށް ފިނިކަމެއް ނުލިބުނެވެ. އަތަށް ވީ ތަދުން ލޯ މަރާލެވުނު ނަމަވެސް ދެވަނަ ފަހަރަށްވެސް އެގޮތަށް ޖެހީ އަމިއްލަ ނަފްސަށް އަނިޔާއެއް ދީގެން ނަމަވެސް ހިތަށް ލިޔެއް ލިބޭތޯއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

އޭގެ ފަހުން އަނެއްކާވެސް ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ވޭތޯ ބަލަން ފެށިއެވެ. އޮފީހުގައި ކުރަން ޖެހޭ ކަންތަކުގައި ކޮންމެހެން ނުބުނެ ނުވެގެން ނޫނީ ރާހިލް މީރާ ގާތު އެއްޗެއް ނުބުނެއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ފަހެއް ޖަހާއިރަށް ރާހިލް މީރާމެން ގޭ ކައިރިއަށް ގޮސް ގަޑިއެއްހާ އިރު މަލާކްއާ އެކީ ހޭދަ ކުރެއެވެ. ކުރިން މީރާ މަލާކް ގޮވައިގެން ފޭބި ނަމަވެސް އޭގެ ފަހުން މީރާ ނުގޮސް މަލާކްއާ އެކު ފޮނުވަނީ ތާނިޔާއެވެ.

ދެދުވަސް ވަންދެން އެހެން އުޅެފައި ދެން އައީ އެފަދަ ކަމެއް ވެދާނެ ކަމަށް މީރާ ދުވަހަކުވެސް ހީކޮށްފައި ނުވާ ކަމެއް ވީ ދުވަހެކެވެ.

ހެނދުނު އޮފީހަށް އައި ގޮތަށް ތިންގަޑިއިރު ވަންދެން މީރާއަށް ޖެހުނީ ރާހިލްއާ އެކުގައި މަސައްކަތް ކުރާށެވެ. އެއްމޭޒު ދޮށިގައި ތިބެގެން ދެމީހުން އެކުގައި މަސައްކަތް ކުރީ އެދުވަހު މެންދުރު ފަހަށް ކުއްލިއަކަށް ހަމަޖެހުނު މީޓީންގްއަކަށް ތައްޔާރު ކުރަން ޖެހޭ ޕްރެޒެންޓޭޝަންއެއް ނިންމާށެވެ.

އެއްގަޑި ބަޔަށް ދިޔަ މީޓީންގް ނިންމާފައި ރާހިލްއަށް ނިކުމެވުނީ ތިންގަޑިބައި ވީ ތަނާއެވެ. މީޓީންގްގައި އިން އިރުވެސް ފުރިހަމަ ސަމާލުކަމެއް ރާހލްއަކަށް އެކަމަކަށް ނުދެވެއެވެ. ކުރީ ދުވަހު މީރާ ދެއްކި ވާހަކަ ރާހިލްގެ ހިތުގައި އަދިވެސް ވާތީއެވެ. އެ ޚިޔާލުތައް ރާހިލްގެ ސިކުނޑިން ނުފިލާތީއެވެ.

ސައިކަލުގައި މަގުމަތިން އައި އިރުވެސް ރާހިލްއަށް ވިސްނެނީ އެކަމާ މެދުގައެވެ. މީރާ ރާހިލް މަތިން ހަނދާން ނައްތާލާފައި ޔަމާންއާ ކައިވެނި ކުރަން އުޅޭ އިރު އެކަން ކުރަން ރާހިލްއަށް އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟ ކުރިން މީރާ މަތިން ހަނދާން ނައްތާލަން މަސައްކަތް ކޮށް، މަންމަމެންގެ އެދުމަށް ވިޔަސް އަލުން ދިރިއުޅުމެއް ފަށަން ނިންމާ، ވިދާދްއާ ކައިވެނި ކުރަން ތައްޔާރު ވަމުން ދިޔަ ނަމަވެސް އަލުން މީރާ ފެނުނު ފަހުން ރާހިލްއަށް އެ ނިންމުމާ މެދު އަމިއްލަ ހިތާ ސުވާލު ކުރެވެނީ ކީއްވެ ހެއްޔެވެ؟

މީރާ ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ކުރެވުމުން އޭރު ރާހިލް މީރާ ހޯދަން ދިޔައީ މީރާ ރާހިލްއަށް މާފު ކުރާނެ ކަމުގެ އުންމީދުގައެވެ. ރާހިލް ހެދި ގޮތުން ރާހިލްއަށް މާފު ކުރުން މީރާއަށް އުނދަގޫ ވާނެކަން އެނގިހުރެވެސް އަލުން މީރާ ކައިރިއަށް ރާހިލް ދިޔައީ މީރާއާ ނުލާ ނޭވާ ލުމަކީވެސް ދަތިކަމެއް ކަން އިހުސާސް ކުރެވުމުނެނެވެ. ރާހިލް ދެކެ އެވަރަށް ލޯބި ވި މީރާއަށް ރާހިލް އެ ދިނީ ކިހާ ބޮޑު ހިތާމައެއްކަން ވިސްނުނު ނަމަވެސް ރާހިލްއަށް އޭރު ނޭނގުނީ ކަންތައް ދެން ވެދާނެ ގޮތެކެވެ.

މީރާ ބަލިވެ އިނދެދާނެ ކަން އެއީ ރާހިލްއަށް ނުވިސްނުނު ކަމެކެވެ. ކައިވެނީގެ އެ ހަމަސް ދުވަހަށް ފަހު މީރާ ބަލިވެ އިނދެދާނެއޭ އެއްފަހަރުވެސް ރާހިލް ހިތަކަށް ނާރައެވެ. އެހެން ނޫން ނަމަ އޭރު ގޮސް މީރާ ހޯދުމަށް ރާހިލް އެއަށް ވުރެ ބޮޑަށް މަސައްކަތް ކުރީހެވެ. އެހާ ފަސޭހައިން ނާކާމިޔާބު ވީ ކަމަށް ނިންމާފައި އެ ދިރުއުޅުން މަތިން ހަނދާން ނައްތާލަން ރާހިލް ނުނިންމީހެވެ.

ނަމަވެސް މީރާމެން އެހެން ހިސާބަކަށް ބަދަލު ވިކަން އެނގި ރާހިލްއަށް މީރާގެ އެޑްރެސް ލިބޭ ގޮތް ނުވުމުން ރާހިލް އަލުން މާލެއަށް އައީ، މީރާ ދެކެ ކިތަންމެ ލޯބި ވީ ނަމަވެސް ދެން މީރާއާ ނުލާ ދިރިއުޅުން ކުރިއަށް ގެންދަން ނިންމައިގެންނެވެ. އަހަރުތަކެއް ވަންދެން މީރާގެ ހަނދާނުގައި އެއްވެސް އަންހެން ކުއްޖަކާ ނުގުޅި ރާހިލް ހުއްޓެވެ. ނަމަވެސް މަންމަމެންގެ އެދުމަށް ދެކޮޅު ހަދާކަށްވެސް ރާހިލްއަކަށް ނުކެރުނެވެ. ފުރަތަމަ އެތައް އަންހެން ކުދިންނަކާ ރާހިލް ގުޅުނެވެ. ކޮންމެ އަންހެން ކުއްޖެއްގެ މޫނުންވެސް ރާހިލް ބެލީ މީރާގެ ސޫރަ ފެނޭތޯއެވެ. ކާމިޔާބު ނުވުމުން އެންމެ ފަހުން ވިދާދްއާ މެދު ރާހިލް ވިސްނަން ފަށާ، ލޯބި ނުވި ނަމަވެސް ކައިވެނި ކުރަން ނިންމި މަންމައާ ބައްޕަ ބާރު އަޅަން ފެށުމުންނެވެ.

އޮފީހާ ކައިރި ވުމުން ރާހިލް އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން ގޯޅި އަޅާލިއެވެ. ނުވިސްނާ ހުއްޓާ އެމަގުން ކުއްލިއަކަށް ނިކުތް ސައިކަލުގައި ނުޖައްސަން ވެގެން ރާހިލް ކުއްލިއަކަށް މަޑުކޮށްލިއެވެ. ނަމަވެސް އެކޮޅުން އައި މީހާ އައި ބާރު މިނުގައި އައިސް ރާހިލްގެ ސައިކަލުގައި ޖެހުމާއެކު ސައިކަލާއެކު ކަހާލައިގެން ގޮސް ރާހިލްގެ ކަނާތު ކޮނޑު ގާތަކުގައި ގޭނިގެން ދިޔައެވެ.

އަވަސް އަވަހަށް ތެދުވެ ދެމީހުންވެސް ބެލީ އަވަހަށް މައްސަލަ ހައްލު ކުރެވޭތޯއެވެ. ފަސްވަރަކަށް މިނަޓް ތެރޭ އެކަން ހައްލުވެ ރާހިލްއަށް އެކަމުން ސަލާމަތް ވެގެން އޮފީހަށް އާދެވުނެވެ.

“ރާހިލް ސަރ… ކިހިނެއް ވެފަ…؟” އޮފީހަށް ވަން ރާހިލް ފުރަތަމަ ފެނުނު ބަސްމާއަށް އަހާލެވުނެވެ. އޭރު ރާހިލް ހުރީ ގަމީސް ގައިގައި ނުޖެހޭނެހެން އަތުން ކުޑަކޮށް ހިއްލާލައިގެންނެވެ. ރާހިލްއަށް ނޭނގުނު ނަމަވެސް މަށައިގެން ގޮސްފައި ހުރި ހިސާބުން ފޭދެމުން އައި ލެއިން ގަމީސް އޭރު އިތުރަށް ތެމެމުން ދިޔައެވެ.

“ދެންމެ މިތާ ކައިރިން ސައިކަލެއްގަ ޖެހުނީ، އެހާ ބޮޑު ކަމެއް ނޫން” ރާހިލް އެއީ މާބޮޑު ކަމަކަށް ނަހަދައެވެ.

ރާހިލް ފެނުމުން ސުވާލު ކުރި ކޮންމެ މީހަކަށް އެޖަވާބު ދީފައި އެތެރެއަށް ވަދެވުމުން ރާހިލް ގަމީހުން ދޫކޮށްލީ އެހިސާބުން ކޮނޑާ ބުރަކަށްޓަށް ތަދުވާން ފެށުމުންނެވެ. މީރާގެ މޭޒާ ހަމަވި އިރު ރާހިލް ލައިގެން ހުރި ގަމީހުގެ ކަނާތް ފަރާތް އޮތީ ލެއިން ފޯވެފައެވެ.

“ރާހިލް!” ރާހިލް މީރާގެ މޭޒު ފަސްދީ ދިޔުމުން މީރާ ބަލާލި އިރު ރާހިލްގެ ބުރަކަށި ފެނުމުން މީރާއަށް ބާރަށް ގޮވާލެވުނެވެ.

ރާހިލް އެނބުރިފައި ބަލާލި އިރު މީރާ ތެދުވެގެން ރާހިލްއާ ދިމާއަށް އަންނަނީއެވެ.

“ކިހިނެއް ވެފަ މީ…؟” ކަންބޮޑުވެ ހާސްވެފައި ހުރި މީރާ އެހެން ކަމަކާ ވިސްނުމެއް ނެތި ރާހިލްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.

“މީ އެހާ ބޮޑު ކަމެއް ނޫން…” ރާހިލްއަށް ބުނެވުނީ އެވަރަށެވެ.

“ބޮޑު ކަމެއް ނޫނޭ؟ މުޅި ގަމީހުގަ ހުސް ލޭ، އެކަމަކު ބޮޑު ކަމެއް ނޫން…” ރާހިލްގެ އަތުގައި ހިގައިގެން ކެބިންއަށް ވައްދާފައި މީރާ ރާހިލްގެ މޭޒުމަތީ ހުރި ފޯނުން ބަސްމާއަށް ގުޅާލާފައި ފަސްޓްއެއިޑް ބޮކްސް ގެނެސްދިނުމަށް އެދުނެވެ.

އެއަށް ފަހު މީރާ އައިސް ރާހިލްގެ ކުރިމަތީ ހުއްޓި ފުރަތަމަ ރާހިލްގެ ޓައީ ނެގިއެވެ. ދެން ގަމީހުގެ ގޮށްތައް ނައްޓާފައި މަޑުމަޑުން ކަނާތް ފަރާތުން ގަމީސް ބޭލުވިއެވެ. ބަސްމާ ފަސްޓްއެއިޑް ބޮކްސް ގެނެސްދިނުމުން މީރާ ރާހިލްގެ ބުރަކަށިން މަށައިގެން ގޮސްފައި ހުރި ހިސާބު ސާފުކުރަމުން ދިޔައިރު ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލުތަކާއެކު މީރާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ.

މީރާ ރާހިލްގެ ބުރަކަށިގައި ބޭސްއަޅާ ނިންމާފައި އެއްޗެހިތައް އަލުން ފޮއްޓަށް ލާ ފޮށި ލައްޕާލި އިރުވެސް ދެއަތް ތުރުތުރު އަޅައެވެ. އެހުރިހާ އިރު މީރާ އުޅުނު ގޮތުން ހައިރާންވެ ބުނާނެ އެއްޗެއް ނުވިސްނިފައި ހުރި ރާހިލް މީރާއަށް ބަލާލި އިރު އެ މަންޒަރު ފެނުނެވެ.

ރާހިލް މީރާގެ ދެއަތްތިލައިގައި ހިފާލިއެވެ. ރާހިލްއާ ދިމާއަށް ނުބަލާ މީރާ ރާހިލްގެ އަތުތެރޭން މަޑުމަޑުން ދެއަތް ދަމައިގަތެވެ.

ރާހިލްގެ ގައިގައި މީރާގެ އަތް އެ ޖެހުނީ ހަ އަހަރު ފަހުންނެވެ. އަހަރުތަކެއް ކުރިން ދެ މީހުން އެކުގައި އުޅުނު ދުވަސްތަކުގެ ހަނދާނުން އެ ހުރިހާ އިރު މީރާގެ ހިތަށް ތަދު ކުރަމުން ދިޔައެވެ. އެވަގުތު މީރާ ބޭނުންވީ އެ ހަނދާންތަކުގެ ތެރެއަށް ގެނބިގެން ދާށެވެ. ލޯ މަރާލަމުން މީރާ އެ ހަނދާންތަކަށް މަރުހަބާ ކިޔެވެ.

އޭރު ރާހިލް މީރާ ދެކެ ކިހާ ލޯބި ވީ ހެއްޔެވެ؟ އެދެމެދުގައި އޮތީ ކޮންފަދަ ލޯބިވެތި ގުޅުމެއް ހެއްޔެވެ؟ ކޮންމެ ދުވަހެއް ނިމެނީ ކިހާ އުފަލުގައި ހެއްޔެވެ؟ ދެމީހުން އެކުގައި ހޭދަ ކުރި ކޮންމެ ހިނދުކޮޅަކީ ކިހާ ލޯބިން ފުރިގެންވީ ވަގުތުތަކެއް ހެއްޔެވެ؟

އުފަލަށް ފަހު ދެން އައީ ހިތާމައިގެ ދުވަސްތަކެވެ. ދިރިއުޅުން ދެކެ ފޫހިވެ މަރުވާނެ ދުވަހަކަށް މީރާ އިންތިޒާރު ކުރި ދުވަސްތަކެވެ. އެއަށް ފަހު ހީވެސް ނުކޮށް ހުއްޓާ މީރާއަށް ލިބުނީ ރާހިލްގެ ނިޝާނެކެވެ. ދިރި ހުރުމަށް ހިތްވަރެކެވެ. މަންމައަކަށް ވީ ދުވަހަކީ މީރާގެ ހިތުން ދުވަހަކުވެސް ނުފިލާނެ ދުވަހެކެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އަނެއްކާވެސް ހިތާމައެވެ. ހިތްދަތިކަމެވެ. ހަމަ އެކަނި އެ ހަނދާން ވުމުންވެސް މީރާގެ ހިތަށް ލިބޭ އަނިޔާ ބަޔާން ކޮށެއް ނުދެވޭނެއެވެ.

އެ ދުވަސް ހިތަށް ގެނައުމާއެކު ކުރިމަތިން މީރާއަށް އެ މަންޒަރުތައް ފެންނަން ފެށި ކަހަލައެވެ. މެއަށް ތަދުވާނެ ފެށީ އެ ދުވަހުވެސް ތަދުވި ގޮތަށެވެ. ލޮލުން ކަރުނަ އޮހިގަތުމާއެކު މީރާއަށް ކުރިއަށް އަތް ދިއްކޮށްލެވުނެވެ.

“މަނާލް…” މީރާއަށް ގޮވާލެވުނެވެ. މަޑުމަޑުންނެވެ. އެއާއެކު މުޅި ގައިން ވާގި ދޫވެގެން ދިޔައެވެ. ނަމަވެސް ތަނެއްގައި ހިފަހައްޓާލާނެ ހިތްވަރެއް މީރާއަކަށް ނުކުރެވުނެވެ.

ވެއްޓެން ދިޔަ މީރާ ގައިގައި ހިފާފައި ރާހިލް މީރާ ގެނެސް މޭގައި ޖައްސާލަމުން ދެއަތުން މީރާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެގުޅުން ވަކިނުވެވޭނެ 3

Next

މަންޝާ (އަށާޅީސްވަނަ ބައި)

Next
September 22, 2016

މަންޝާ (އަށާޅީސްވަނަ ބައި)

Previews
September 22, 2016

އެގުޅުން ވަކިނުވެވޭނެ 3

36 Comments!

  1. Mar Sha Marsha says:
    September 22, 2016 at 1:41 pm

    އައްސަލާމް ޢަލައިކުމް ހުރިހާ ކުދިން، މިއޮތީ މިއަދުގެ ބައި… ލައިކްވާނެ ކަމަށް ހީކުރަން… ކަމުދަންޏާ އަދި ކަމުނުދިޔަޔަސް އަންގާލައްޗޭ… ނަވާރަ ވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން، އިންޝާﷲ. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.

  2. Mexxo says:
    September 22, 2016 at 1:41 pm

    v v v reethi

  3. asoo says:
    September 22, 2016 at 1:49 pm

    Miadhu kobaa kudhin thah ???

  4. asoo says:
    September 22, 2016 at 1:51 pm

    V v v reethi.

  5. Manaak says:
    September 22, 2016 at 1:56 pm

    So meera had twins dho n one died…

  6. Samy says:
    September 22, 2016 at 1:57 pm

    Wow v reethi

  7. ninaa says:
    September 22, 2016 at 1:58 pm

    V reethi . Heevanee meera ah twins libifa ekuhjaku maruvee kahneyge dho . Just a guess . Waiting 4 next part . V reethi mi part raahil n meera ge parts gina v ma

  8. Ainth says:
    September 22, 2016 at 2:11 pm

    wow ma sha allah v salhi

  9. Aisha says:
    September 22, 2016 at 2:29 pm

    V v reethi

    1. shaa says:
      September 22, 2016 at 4:48 pm

      Vvv nice

  10. Hooooo. says:
    September 22, 2016 at 2:50 pm

    Varah salhi.

  11. Shafy says:
    September 22, 2016 at 3:44 pm

    Vvvvvvv nice.. Masha allah..

  12. Shafy says:
    September 22, 2016 at 3:46 pm

    Manaal dw

  13. Shafy says:
    September 22, 2016 at 3:48 pm

    Waiting 4 next part ???

  14. Shaa says:
    September 22, 2016 at 3:49 pm

    ehaa bodu kameh nuvey dhw.. ekam ves ok..

  15. Khajja says:
    September 22, 2016 at 3:55 pm

    Masha allah v rythi v furihama

  16. Faathee says:
    September 22, 2016 at 4:52 pm

    Masha Allah.. reethi enme reethi ❤❤.. waiting for next part

  17. Aishaa says:
    September 22, 2016 at 5:51 pm

    V reethi

  18. ♡♡♡♡ says:
    September 22, 2016 at 6:07 pm

    Vvvvv reethi

  19. soabi says:
    September 22, 2016 at 6:28 pm

    V salhi keep it up next part avahah up koah dehchey ???

  20. abhy says:
    September 22, 2016 at 6:30 pm

    wow. varah reethi manaal akee kaaku baa?????

  21. maya says:
    September 22, 2016 at 6:31 pm

    Huvaa mibuny raahil aaa meeraa aa gulhuvaafiyaa nukiyaanan mivaahakaeh

    1. ainth says:
      September 22, 2016 at 6:37 pm

      Thikahala eche bunaaka nuvaane. Maya. Vaahaka v reethi

  22. ny says:
    September 22, 2016 at 6:42 pm

    Habeys haaadareechey…. V v v shauguverikamaaeku kiyaalevunu.v vv reethi

  23. RaM says:
    September 22, 2016 at 7:09 pm

    Vvvvvvvv salhi. Plx meera n Raahil gulhuvaba.

  24. Nash says:
    September 22, 2016 at 7:42 pm

    V reethi

  25. zaana says:
    September 22, 2016 at 8:12 pm

    Vreethi v furihama

  26. reeesh says:
    September 22, 2016 at 8:49 pm

    meeraa n raahil gulhuneema mi vaaahaka reethi vaaneee

  27. Madhy says:
    September 22, 2016 at 9:31 pm

    Woww vvv salhi ?

  28. Mikko says:
    September 22, 2016 at 10:49 pm

    Nukiyahnna nukiyabah dhw maayaaa…love this story…mikko ekani huttas mi vaahaka kiyaanan…

  29. Nisssss says:
    September 23, 2016 at 12:00 am

    V reethi

  30. Ushaa says:
    September 23, 2016 at 1:21 pm

    vvvvvvvvvvvvvvv reetii.. Manaal e ii kaakuba anekka?? Wanna knw.. Up it soon. Waitin.. Gudlk…

  31. jee says:
    September 23, 2016 at 9:05 pm

    Rahil a meera gulhunyma aslu rycheh nuvaane..ekam vaanuvaa balailan kiyanvaanun:-P

  32. Shafy says:
    September 24, 2016 at 1:14 pm

    Mikko ekani nuvaane ahrenvx hunaane ekaku nethihyaa mikko aa eky.. Mi story nimndhn ahren vx kiyaanan. Inshaa allah. Gd luck marsha up it soon

  33. Mar Sha Marsha says:
    September 24, 2016 at 11:25 pm

    Thnk u everyone… vaa gotheh balamaa dho… plz dont hate raahil… he made a mistake.. but tried to correct it… but it ll b vvv difficult for meera to 4giv him.. cos she loved him so much n suffered a lot… n dont hate vidhaadh too.. she also loved yamaan v much n he rejected her lov.. n i know everyone loves yamaan.. he has lovd myra for a very long time n had always been with her… myra will hv to think carefully dho before she makes the final decision.. part 19 will b uploaded tommorow.. thnx again all ☺☺

  34. Micky says:
    September 25, 2016 at 11:00 am

    Kobaa 19th vana part. Up kohbaa avahah. Mihaaru kiyaa hithun kehnuvegen miulheny..

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 19←


All Right Reserved!