Skip to content
އެސްފިޔަ

ނުހައްޤު ލޯބި (15 ވަނަ ބައި)

އެ ނިކުތީ އާމިނާކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. ހާސްކަމާއެކު އޭނާ ކައިރީގައި ހުއްޓި ހުރި އަންޖޫދާއާ ދިމާއަށް ބަލާލިއެވެ. އެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ. ދެމީހުން ވެސް ބުދެއްހެން ހުއްޓިގެން ހުރިއިރު ބާރު ފިޔަވަޅުތަކެއްގައި އާމިނާ އެދިމާއަށް އަންނަ އަޑު އިވެމުން ދިއައެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ރާހުލްގެ އަތުގައި އަންޖޫދާ ހިފާލީ ދެލޯ މަރާލަމުންނެވެ. އާމިނާ އަށް އޭނާ އާ ރާހުލް އާ ދެމެދު މި ފަދަ ގުޅުމެއް އޮތް ކަން އެނގިއްޖެ ނަމަ ރާހުލް މިގެއިން ވެސް ނެރެލާނެކަން އޭނާއަށް އެނގެއެވެ. ރާހުލްގެ ހާލާއި މެދު ކަންބޮޑުވެފައި ހުރެ އޭނާ ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ.

އަންޖޫދާ ކުއްލިއަަކަށް ރާހުލްގެ އަތުން ދޫކޮށްލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެދިމާ ތިރީގައި ބާއްވާފައި އޮތް ހަރުގަނޑު ނަގައި ފާރުގައި ލަންގާލަން އުޅުނެވެ. އަންޖޫދާ ހަދަން އުޅޭ ގޮތް ވިސްނިގެން ރާހުލް ގޮސް އަންޖޫދާއަށް އެހީވެދޭން ފެށިއެވެ. ރަނގަޅަށް ހަމަޖެހޭ ގޮތަށް ހަރުގަނޑު ބެހެއްޓުމުން އަންޖޫދާ އަަވަސް އަވަހަށް އެއަށް އެރިއިރު ރާހުލް ހުށިޔާރު ކަމާއެކު ހަރުގަނޑުގައި ހިފަހައްޓައިގެން ހުއްޓެވެ. އަންޖޫދާއަށް ފާރުމަތިން ލާފައި އެ ގޭގެ މަގުމައްޗަށް ފުންމާލެވުނީ ކިރިޔާއެވެ. ރާހުލް އަށް އެ ހަރުގަނޑު ބިންމަތީގައި ނުބެހެއްޓެނީސް އާމިނާ އެހިސާބަށް އަތުވެއްޖެއެވެ. އަދި ހަރުގަނޑު ހިފަހައްޓައިގެން ހުރި ރާހުލް އާ ދިމާއަށް ލޯއަޅާލިއެވެ.

“ކީއްކުރަން ހަރުގަނޑު ނަގައިގެން ތިޔަ އުޅެނީ؟” އާމިނާ ދެބުމަ ގޮށް ޖަހާލަމުން އަހާލިއެވެ. ރާހުލް ދޭނެ ޖަވާބަކާމެދު ވިސްނަމުން ދިޔަ ނަމަވެސް ބުނާނެ އެއްވެސް އެއްޗެއް އެ ހިތަކަށް ނައެވެ. ނަސީބަކުން އެ ގަޑީގައި އާމިނާގެ ލޮލުގައި އަޅައިގަތީ އޭނާ އެޔޮށް ލޯބިން ހެއްދި ގަހުގައި އިން ފިނިފެންމަލުގެ ފިޔަތައް މުޅި އެގަސްކައިރިއަށް އުކާފައިވާ ތަނެެވެ. ވަގުތުން އޭނާ ރާހުލްއާ ކުރި ސުވާލުމަތިން ހަނދާން ނެތި އެގަސް ކައިރީގައި ދެކަކޫ ޖަހައިގެން އިށީނީ މާޔޫސްވެފައިވާ މީހެއް ފަަދައިންނެވެ.

“މަގޭ ފިނިފެންމާ ހަލާކުކޮށްލީ ކަލޭ ދޯ؟” ރުޅިއައިސް ރަތް ވެފައި ހުރެ އާމިނާ ރާހުލް އަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ރާހުލް މަޑުމަޑުން ބޯ ޖަހާލިއެވެ.

“ކަލެއަށްވާ ސާބަސް..! މިހާރު މަ ހައްދާ ގަސްތައް ވެސް ހަލާކުކުރަން ފެށީއޭ ދޯ…؟” އާމިނާ އެއިން ތަނުން ތެދުވެ ހަޅޭއްލަވައިގަތެވެ. އެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނި ރާހުލް އަށް އިސްޖަހާލެވުނެވެ. އާމިނާ ރާހުލް ހިފަހައްޓައިގެން ހުރި ހަރުގަނޑާ ދިމާއަށް ލޯއަޅާލިއެވެ.

“ތި ހަރުގަނޑު ނަގަން އުޅެގެން ތީގެއިން ޖެހިގެން ދޯ އެ މާ ހަލާކުވީ.؟” އާމިނާ ރާހުލް އާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އަހާލިއެވެ. ރާހުލް އެއްޗެކޭ ނުބުނެއެވެ. މަޑުމަޑުން ބޯ ޖަހާލީއެވެ.

“ވަރުގަދަ އިންސާނެކޭ މީ… މިހާރު މަގޭ ގަސްތައް ވެސް ހަލާކު ކުރަން ފެށީ… ދުވަސްކޮޅަކުން ގޭގައި ގެންގުޅޭ ފަރުނީޗަރުތައް ކަންނޭނގެ ހަލާކު ކުރާނީ… މަގޭ ބޯ ހަލާކު މީނަ އާ ހެދި…” އާމިނާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން އެއްޗެހި ކިޔައިގަތެވެ. އަދި ބާރުބާރަށް ހިނގާފައި އެ ތަނުން ދިޔައެވެ.

އާމިނާ ދިއުމާއެކު ރާހުލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އާމިނާ އަށް އޭނާ އާ އަންޖޫދާގެ ގުޅުން ފަޅާ ނޭރި ކަމީ ހަމަ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ މިޔަދު އޭނާ އޮންނަން ޖެހޭނީ އެގޭ ހަތަރު ފާރުން ބޭރުގައިކަން ކަށަވަރެވެ. ހަތަރު ފާރޭ ހިތަށް އެރުމުން އޭނާ އަންޖޫދާ މިހާރު ކޮބައިބާވައޭ ހިތަށް އެރިއެވެ. އަވަސް އަވަހަށް ހަރުގަނޑަށް އަރައި ބޭރު ބަލާލިއިރު އަންޖޫދާ ފެންނަން ނެތުމުން ރާހުލް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަންޖޫދާ މިހާރު ގޮސް ދޮރާށިން ގެއަށް ވަދެދާނެކަން އޭނާއަށް އެނގުނެވެ.

ހަރުގަނޑުން ފައިބައިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އެމަގުގެ އަނެއް  ފަރާތުގައި އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒުލޭހާއެވެ. އަނގައަށް ނޭޅޭ ވަރަށް ފޯށް އަޅައިގެން އަނގަ ހަލުވަމުން ދިޔައިރު އޭނާ ހުރީ ރާހުލް އާ ދިމާއަށް ފާޑަކަށް ބަލަަހައްޓައިގެންނެވެ. ރާހުލް އަވަސް އަަވަހަށް ހަރުގަނޑުން ފޭބީ ޒުލޭހާގެ މޫނު ފެނުމުން އެ ހިތަށް ވެރިވި ފޫއްސެއްގެ ބޮޑުކަމުންނެވެ. ފޭބިއިރު އަނެއްކާ އަންޖޫދާ ފާރުމަތިން ފުންމާލިތަން ޒުލޭހާއަށް ފެނިދާނެބާވައޭ އެހިތަށް އެރިއެވެ.

ހަރުގަނޑުން ފޭބުމަށްފަހު ކުރިންވެސް އޮތް ތަނުގައި ހަރުގަނޑު މަޑުމަޑުން ބޭއްވުމަށްފަހު ހިނގައިގަތީ ގިފިއްޔާ ދިމާއަށެވެ. މަސައްކަތްތައް ފެށުމުގެ ކުރިން އޭނާ ބޭނުންވީ ވުޟޫކޮށް ނަމާދުކޮށްލާށެވެ. ދަމުން ދަމުން އޭނާ ބިންމައްޗަށް ވެރިފައި ހުރި ފިޔަތަކުގެ ތެރެއިން ފިޔައެއް ނަގައި ވަސްބަލާލިއެވެ. އެވަގުތު އެ މޫނުމައްޗަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ.

އަންޖޫދާ އަށް ފާރުމަތިން ފުންމާލައިގެން ގޮސް ގޭގެ ދޮރާށިން ވަދެ ސިޓިންގރޫމުގައި ހުރި ސޯފާގައި ޖައްސާލެވުނީ ކިރިޔާއެވެ. އާމިނާ ބާރު ފިޔަވަޅުތަކެއްގައި އައިސް ގޭތެރެއަށް ވަދެއްޖެއެވެ. އާމިނާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފެނި އަންޖޫދާ އިނީ ކުޑަކޮށް ޖެހިލުންވެފައެވެ. އަނެއްކާ އެކަންތައް އާމިނާ އަށް ފަޅާއެރީބާވައެވެ؟ އޭނާ ފާރުމަތިން ފުންމާލިތަން އާމިނާ އަށް ފެނުނީބާވައެވެ؟

ރުޅިއައިސްގެން އައިސް ގޭތެރެއަށް ވަތް އާމިނާއަށް ސޯފާގައި އިން އަންޖޫދާ ފެނި ހައިރާންވިއެވެ. ވާނީވެސް އެހެންތާއެވެ. އަންޖޫދާ އަކީ މީގެ ކުރިން މިހާ އަވަހަށް ނިދައި ތެދުވާ މީހެއް ނޫންވިއްޔާއެވެ. ހިނދުކޮޅަކަށް އޭނާ ރާހުލް ދެކެ އައިސްފައިވާ ރުޅި ހަނދާންނެތުނެވެ.

“އަންޖޫ؟ ހާދަ ހެނދުނަކާ ހޭލައިގެން؟ އަނެއްކާ މިޔަދު އިރުއެރީ އަނެއް ކޮޅުންތަ؟” ލިބުނު ހައިރާންކަމާއެކު އާމިނާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން އަހާލިއެވެ. އަންޖޫދާއަށް މާކުރިންވެސް މަންމަގެ އެ ސުވާލު އަންނާނެކަން އެނގޭ ކަހަލައެވެ. އެއްވެސް ހާސްކަމެއް ނެތި އޭނާ ޖަވާބު ދިނެވެ.

“އެއީ މިޔަދު ކަސްރަތައް ދުވަން ދާން ވެގެން ހޭލީ… އެކަމަކު މާ ކަންނެތް ވެފަ މިއިނދެވެނީ..” އަންޖޫދާ ހީލަމުން ބުނެލިއެވެ.

“މަންމަ ކީއްވެތަ މާ ރުޅިއައިސްގެން ތި އުޅެނީ؟” އާމިނާ ގޭތެރެއަށް ވަތް އިރު ހުރި ގޮތުން އަންޖޫދާ އަހާލިއެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އޭނާ ބޭނުމެވެ.

“އެނގޭތަ…؟ އެއްކަލަ ރާހުލް މަންމަ އެއޮށް ލޯބިން ހެއްދި ގަހުގައި އެޅި ފިނިފެންމާ ހަލާކުކޮށްލީ… ރުޅި ނާންނަވަރުތަ؟ އަބަދުވެސް ކޮންމެވެސް އުނދަގުލެއް ކޮއްލަ..” އާމިނާ ރުޅި މޫނާއެކު އެހެން ބުނެލުމަށްފަހު ގޭތެރެއަށް ވަދެގެން ދިއައެވެ. އާމިނާ އަށް އެއްވެސް އެއްޗެއް ނޭނގުމުން އަންޖޫދާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ކަކުލުގައި ފިރުމާލިއެވެ. ފާރުމަތިން ފުންމާލި ގަޑީގައި އޭނާގެ ކަކުލަށް ކުޑަކޮށް ތަދުވިއެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ ކޮޓަރިއަށް ވަދެ ޑްރެސިންގް ޓޭބަލް މަތީގައި ހުރި ތެޔޮ ފުޅި ނަގައި ފައިގައި އުނގުޅާލިއެވެ. އޭރު އެމޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. ރާހުލްގެ ލޯބި ލިބުމުން އެ ހިތަށް ލިބިފައި ވަނީ ބުނެދެން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ.

އެނދުގައި އޮށޯވެލި ތަނާހެން އަންޖޫދާ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިއައީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. އޭރުވެސް އެ މޫނުމަތީގައި ވާ ހިނިތުންވުން ނުފޮހެވި ހުއްޓެވެ.

އަންޖޫދާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. މޯޅިއަކަށް ދެމެލަމުން ތެދުވެ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއިރު ގުޅަނީ އާޔާއެވެ. ދެލޯ ރަނގަޅަށް ނުހުޅުވި ހުރެ އޭނާ ފޯނު ނަގައި ހެލޯ އޭ ބުނެލީ ނިދި އަޑަކުންނެވެ.

“އަދިވެސް ނިދިކުރައްވަނީ ދޯ..” އެކޮޅުން އާޔާ ޖެއްސުމުގެ ރާގަކަށް ބުނެލި އަޑު އިވުނެވެ.

“ކީކޭ؟” އަންޖޫދާ ގެ އަޑުގައި އަދިވެސް ވަނީ ނިދީގެ އަސަރެވެ.

“އާދެބަލަ މިގެއަށް.. ވަރަށް ފައްކާ ފަޅޯތަކެއް ގެނެސްގެން މިއުޅެނީ… ރިހާކުރުވެސް އެބަހުރި… މަޖާ ހަދައިގެން ވަރަށް މީރު ވާނެ..” އާޔާ ފޯރިއާއެކު ބުނެލިއެވެ. ނަމަވެސް އަންޖޫދާ ހުރީ ދާހިތަކުން ނޫނެވެ. އޭނާ ބޭންވީ އަދިވެސް ނިދާލާށެވެ. އެންމެފަހުން އާޔާ ކުރުނުކޮށްގެން އަންޖޫދާ މިދަނީ އޭ ކިޔައި ފޯނު ބޭއްވިއެވެ.

ގަޑި ބަލާލިއިރު މެންދުރު 2.30 ވެފައި ވީތަން ފެނުމުން އަންޖޫދާގެ ނިދިވީ އިތުރަށް ގަދައެވެ. މިއީ ނިދާލަން އެންމެ ފަސޭހަ ގަޑިކަމުގައި އޭނާ ދެކެއެވެ. ނަމަވެސް އޭނާ ނުގޮސްފިނަމަ އަނެއްކާވެސް އާޔާ ގުޅާނެކަން އެނގޭތީވެ ތެދުވެ ފާހާނާއަށް ވަދެ ފެންވަރައި ހަދާލައިގެން ނިކުތެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ އޭނާ އަމިއްލަ ސޫރައަށް ބަލާލިހިނދު އޭނާގެ ހަނދާނަށް އައީ ރޭގައި ރާހުލް އޭނާގެ ހަށިގަނޑުގައި ބައްދާލި ގޮތެވެ. އެ މަތިން ހަނދާން ވުމުން އެ މޫނު މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.

އަންޖޫދާ އާޔާމެން ގެއަށް ދާން ވެގެން ގެއިން ނިކުންނަން ދިޔައިރު ރާހުލް ކޮންމެވެސް މަސައްކަތެއްގައި އުޅޭތަން ފެނުނެވެ. އޭނާ ފެނުމުން ރާހުލް ވެސް އެ ދިމާ ބަލާލަމުން ހިނިތުންވެލިއެވެ. އަންޖޫދާ އެވަގުތު ބޭނުންވީ ގޮސް ރާހުލް އާ ވާހަަކަ ދައްކާށެވެ. ނަމަވެސް އާމިނާ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނާލަމުން އޭނާ ގޭ ދޮރާށިން ނިކުމެގެން ދިއައީ ހިތާ ދެކޮޅަށެވެ.

އާޔާމެން ގެއަށް ދިޔައިރު އާޔާ އާއި އޭނާގެ ދެ ދައްތައާ ވެގެން މަޖާ ހަދައި ނިންމާލާފިއެވެ. އަންޖޫދާ އައިސް އެ ގެއަށް ވަނުމާއެކު އާޔާ މަޖާ އަޅާފައި ހުރި ތައްޓެއް އޭނާ އާ ދިމާއަށް ދިއްކޮށްލިއެވެ. އަންޖޫދާ އޭގައި ހިފައިގެން ގޮސް އެ ގޭ ބޭރުގައި ހުންނަ ޖޯލިފަތީގައި އިށީނީ ވިސްނުމެއްގައި ހުރެއެވެ. ސަމުސަލުން އެތިކޮޅެއް ނަގައި އަނގައަށް ލީ ހިނދު ކުޅިކަމުން އޭނާއަށް އަނގައަށް ލީ އެތިކޮޅު ވެސް ބޭރަށް އުކާލެވުނެވެ. އެވަގުތު އާޔާ ވެސް ހެމުން ހެމުން އައިސް އޭނާ ގާތުގައި އިށީނީ މަޖާ އަޅާފައި ހުރި އެހެން ތައްޓެއް ހިފައިގެންނެވެ.

“ހާދަ ކުޅިއޭ…” އަންޖޫދާ އަނގައިން އެތެރެއަށް ނޭވާ ދަމަމުން ބުނެލިއެވެ.

“ކުޅި އަކަސް ކައި…” އާޔާ މަލާމާތުގެ ރާގަކަށް ބުނެލީ އޭނާ އަތުގައި އޮތް ތަށިން ބޮޑު ސަމުސަލެއް އަނގައަށް ލަމުންނެވެ. “މި އަންޖޫ އަކަށް ކުޅިއްޔަކާ އެއްޗެއް ކެވޭ ކަމަކަށް ނުވޭ….”

ދެމީހުން ތަފާތު ވާހަކައިގައި ހުުރިއިރު އަންޖޫދާ ގެންދިއައީ މަޑުމަޑުން ތަށީގައި އޮތް ސަމުސަލުން ތަށި ހާވަމުންނެވެ. އެހާ ކުޅިއިރު ވެސް އާޔާ ފަހަރަކު ސަމުސަލެއް ކަމުން ގެންދާތީ އޭނާ ހުރީ އަނގައަށް ގޮތެއް ހަދާލައިގެންނެވެ.

“އަންޖޫ.. އަންޖޫ..” ކުއްލިއަކަށް އާޔާ އަންޖޫދާގެ ކޮނޑުގައި ޖެހެގަންނަމުން ވައިއަޑުން ގޮވާލީ އެ ދިމާ މަގުގެ ކޮޅަށް އިޝާރާތް ކޮށްލަމުންނެވެ. އަންޖޫދާ އެ ދިމާ ބަލާލިއިރު ތަންކޮޅެއް ދުރުން ނަޝްފާ އަންނަ ތަން ފެނުނެވެ. އުރައިގެން ހުރި ކުޑަކުއްޖަކާ ސަމާސާ ކުރަމުން ގެންދިއައިރު ނަޝްފާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ.

“ހިނގާބަ އޭނަ އާ ބެހިލަން ދާން…” މަޖާ ތަށީގެ އެންމެ ފަހު އެތިކޮޅު ހުސްކޮށްލަމުން އާޔާ ފޯރިޔާއެކު ބުނެލިއެވެ. އެވަގުތު އަންޖޫދާގެ ހިތަށް އައީ ރާހުލްއެވެ. ނަޝްފާ އާ ބެހި ދިމާ ކުރާ ނަމަ ރާހުލް އޭނާ ދެކެ ވަރަށް ހިތްހަމަ ނުޖެހޭނެކަން އޭނާއަށް އެނގެއެވެ. ދުވަހަކުވެސް ރާހުލް ހިތްހަަމަ ނުޖެހޭ ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ހިނގާބަ..” އާޔާ ތެދުވަމުން އަންޖޫދާގެ އަތުގައި ހިފައި ޖޯލިން ނަގަން އުޅުނެވެ. ނަމަވެސް އަންޖޫދާ އާޔާގެ އަތް ފޮޅުވާލީއެވެ.

“ނޫން އާޔާ… ނަޝްފާ އަށް އެހެން ހަދާކަށް ނުވާނެ..” އަންޖޫދާ އެހެން ބުނެލުމުން އާޔާ އޭނާ އާ ދިމާއަށް ދެބުމައަރުވައިގެން ހުރެ ފާޑަކަށް ބަލާލިއެވެ. އަދި އެ މޫނުމަތީގައި ހުރި ހުރިހާ ފޯރިއެއް ގެއްލިގެން ދިއައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާ އަނެއްކާ ވެސް ޖޯލީގައި އިށީންދެ އަންޖޫދާ އާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުނެވެ.

“ވަޓް؟ ހޭވް ޔޫ ލޮސްޓް ޔުއާ މައިންޑް؟ ތީ… ތީ އަބަދުވެސް މިކަހަލަ ކަންތަކުގައި އެންމެ ބޮޑުކޮށް އުޅޭ މީހާ… ކުއްލިއަކަށް ކިހިނެއްތިވީ؟” އަންޖޫދާގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނި އާޔާ އަށް އަހާލެވުނެވެ. އަންޖޫދާ ދުރުގައި ހުރި ނަޝްފާއަށް ބަލާލަމުން ދެލޯ މަރާލިއެވެ. ނަޝްފާ އާ މެދު އޭނާއަށް ކަންތައް ކުރެވިފައި ވަނީ ރަނގަޅަށް ނޫންކަން މިޔަދު އެ ހިތަށް ވިސްނިއްޖެއެވެ.

“އަހަރެން ބޭނުން ނަޝްފާގެ ކިބައިން މާފަށް އެދެން… އޭނާ އާ ދޭތެރޭ އަހަރުން ކަންތައް ކުރީ ރަނގަޅަކަށް ނޫން…” އަންޖޫދާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އަންޖޫދާ އެ ދައްކާ ވާހަކައެއްގެ ސަބަބުން އާޔާ ހުރީ ހައިރާންވެ އަނގަ ހުޅުވިފައެވެ. ކުރިން ދުވަހަކުވެސް މީހެއް ގާތުން މާފަށް އެދެން ހިތަށް ވެސް ނާރާ އަންޖޫދާ މިޔަދު ކިޔާ އެއްޗެހި ނިކަން ދެކިބަލާށެވެ.

“ޔޫ އާ ޖޯކިން، ދޯ؟” އާޔާ ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ. ނަމަވެސް އަންޖޫދާ އޭނާއާ ދިމާއަށް ލޯއަޅާލީ ސީރިއަސްކަމާއެކުގައެވެ. އެމޫނުމަތިން އެއްވެސް ސަމާސާ ގޮތެއް ނުފެނުނެވެ.

“އާޔާ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން… އާޔާ ނުކިޔައްޗޭ އެއްވެސް މީހެއް ގާތު އިނގޭ..” އަންޖޫދާ އިރުކޮޅެއް ފަހުން ބުނެލިއެވެ. އޭނާ އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގޭ ހާލު އާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އާޔާއަށް މި ވާހަކަ ޤަބޫލުކުރަން އުނދަގޫވެސް ވެދާނެ.. އެކަމު ހަގީގަތް ވާނީ ހަގީގަތައް….” އަންޖޫދާ ސީދާ އާޔާގެ ލޮލަށް ބަލާލަމުން އެެެހެން ބުނެލި ގޮތުން އާޔާ ކުޑަކޮށް ޖެހިލުން ވިއެވެ. އަނެއްކާ އަންޖޫދާ ކިޔަން މިއުޅެނީ ކޮންފަދަ އެއްޗެއް ބާވައެވެ؟

“އައި ލަވް ރާހުލް..” މޭގައި އަތް އަޅާލަމުން އަންޖޫދާ އެހެން ބުނެލީ ދެލޯ މަރާލުމަށްފަހުގައެވެ. އާޔާގެ އަތުގައި އޮތް މަޖާ ހުސްކުރި ތަށި ބިންމައްޗަށް ވެއްޓުނު އަޑަށް އޭނާ ލޯ ހުޅުވައި އެ ދިމާ ބަލާލިއިރު އާޔާ އޭނާ އާ ދިމާ ބަލަން ހުރި ހައިރާންވެ އަންތަރީސްވެފައެވެ. “ވަޓް؟” ހައިރާންވި ވަރުން އާޔާގެ ދުލުން ނިކުތީ ހަމައެކަނި އެބަސްތަކެވެ.

“އާނ.. އަހަރެން ރާހުލް ދެކެ ލޯބިވޭ… ވަރަށް ލޯބިވޭ…” އަންޖޫދާ އަނެއްކާ ވެސް ބުނެލިއެވެ. އޭނާ އާޔާ އާ ދިމާ ބަލަހައްޓައިގެން ހުރީ އާޔާ ބުނާނެ އެއްޗެއް ބަލާލުމަށެވެ. ނަމަވެސް އާޔާ ޖަހާލީ ހިނިގަނޑެކެވެ.

“މަ ހައްދަން ދޯ ތި އުޅެނީ؟ ތި ގޭގައި ގެންގުޅޭ ބަންގާޅި ރާހުލް އެއް ނޫން ދޯ؟ އެހެން ރާހުލް އެއް ދެެކެ ދޯ ތިއުޅެނީ ލޯބިވެގެން؟” އާޔާ ހުރިހާ ސުވާލެއް އެއްފައްޗަކަށް އަމުނާލިއެވެ. އެގޭގައި ގެންގުޅޭ ބަންގާޅި މީހާ ދެކެ އަންޖޫދާ  ލޯބި ވެދާނެ ކަމަކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވެއެވެ.

“ނޫން އާޔާ.. އަހަރުން ގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހާ އެއީ،.. އެ ރާހުލް ދެކެ އަހަންނަށް ލޯބި ވެވިއްޖެ…” އަންޖޫދާ ސީރިއަސްކަމާއެކު އެހެން ބުނެލުމުން އާޔާއަށް ވެސް ޖެހުނީ އެކަން ޤަބޫލުކުރާށެވެ.

“އަހަރެން ބުނެފިން އޭނަ ދެކެ ލޯބިވާ ވާހަކަ… އޭނަ ވެސް އަހަރެން ދެެކެ ލޯބިވޭ…” އަންޖޫދާ އިތުރަށް ބުނެލިއެވެ. އާޔާގެ ސިކުނޑީގައި ހީވަނީ ތޫފާނެއް އުފެދިފައިވާ ހެންނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އެ ކަހަލަ ކަޓު މީހަކާ ގުޅުނީތީ އެހިތަށް ވެރިވެފައިވަނީ ފޫހިކަމެވެ.

“އަންޖޫ… އަންޖޫ އަށް އެނގޭތަ ތި ކުރެވޭ ކަމެއް…. އެއީ ބަންގާޅި އެކޭ…. އަތުގައި އެއްވެސް ފައިސާއެއް ނެތް ނިކަމެތި މީހާގަނޑެއް…” އާޔާ އަންޖޫދާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ގެންދިއައެވެ.

“އެކަމު އަހަރެން ލޯބިވެޔޭ އޭނަ ދެކެ..” އަންޖޫދާ އާޔާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އެއަޑުގައި ވަނީ ސާބިތުކަމެެވެ.

“އަންޖޫ… މޮޔަވެފަ ތި ހުރީ… ހަމަ ރަނގަޅަށް ވެސް މޮޔަ ވެފަ ތި ހުރީ!” އާޔާ ގާތަށް ރުޅިއައެވެ. އެކަހަލަ މީހަކާ ގުޅިގެން ނޫޅެވޭނެކަން އަންޖޫދާއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟

“އާނ… މިހުރީ މޮޔަވެފަ..” އަންޖޫދާ އެހެން ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އާޔާ ކޮންމެ އެއްެޗެއް ކީ ނަމަވެސް އޭނާއަކަށް ރާހުލް އެއް ދުލެއް ނުކޮށްލެވޭނެއެވެ.

“އަންޖޫ އަކަށް ނޭނގޭތަ އާމިނައްތަ މެން ރުޅިއަންނާނެ ވަރު އަންޖޫ ތި މީހާއާ ގުޅިގެން އުޅުނީމަ؟ މަށަށް އެނގޭ ދުވަހަކުވެސް އާމިނާއްތަ ތި ގުޅުމަކާ ނުރުހޭނެކަން.. ސައްތާރުބޭ ވެސް ކިހާ ލަދުގަންނާނެތަ އަންޖޫ ތިހެން އުޅުނީމަ؟” އާޔާ ރުޅިއައިސްފަ ހުރެގެން ކިޔަމުން ގެންދިއައެވެ. ނަމަވެސް އާޔާ އެކިޔާ އެއްވެސް އެއްޗަކުން އަންޖޫދާގެ ހިތަށް އަސަރުކުރާ ހެނެއް ހިޔެއް ނުވެއެވެ. އެތައް ވާހަކައެއް ދެއްކި އިރުވެސް އަންޖޫދާ ހަމަ ބުނަނީ އެންމެ ވާހަކައެކެވެ. އޭނާ ރާހުލް ދެކެ ލޯބިވާ ވާހަކައާއި ރާހުލް ދުވަހަކުވެސް ދޫކޮށް ނުލާނެ ވާހަކައެވެ. އަންޖޫދާ އުޅުނު ގޮތުން އާޔާ ހުރި ބޯ ސަކަރާތް ވާވަރުވެފައެވެ.

އިރުކޮޅެއް ފަހުން އަންޖޫދާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ދިއައެވެ. އޭރުވެސް އާޔާ ދިއައީ ޖޯލީގައި އިނދެ އަންޖޫދާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް ކުރާނެ ކަމަކާ މެދު ވިސްނަމުންނެވ. ނަމަވެސް އަންޖޫދާ ގާތު އެއްވެސް އެއްޗެއް ކިޔަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ. އަންޖޫދާގެ ބޯހަރުކަމާ ގޮތް ދޫނުކުރުން އޭނާއަށް އޮޅިފަކާ ނެތެވެ. ކުއްލިއަކަށް އެ ހިތަށް ވެރިވި މޮޅު ހިޔާލެއްގެ ސަބަބުން އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ އަންޖޫދާ އާ އެ ނިކަމެތި ބަންގާޅި މީހާ އާ ދުރު ކުރުވާނެއެވެ. އެކަހަލަ ކަޓު މީހަކާއެކީ އޭނާގެ އެކުވެރިޔެއް އުޅުނަކަ އޭނާއެއް ނުދޭނެވެ. އެއް މިޔަކުން ހިނިތުންވެ ހުރެ އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް މަޖާ ހުސްކުރި ތަށި ނަގައިގެން ގޭ ތެރެއަށް ވަންނަން ހިނގައިގަތެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (36)

  1. Liaa

    Hello 🙂 Here is the 15th part..
    Hope kuran hurihaa kudhinnah ves kamudhaane kamah 🙂
    Loves <3

  2. jee

    jee 1st…☺yey…

  3. jee

    v rythi

  4. aik

    vv reethi..??

  5. Sabeeha

    v salhi…?

    1. Liaa
      Sabeeha

      Thankyw @jee @aik @sabeeha 🙂

    2. Sabeeha
      Sabeeha

      hehe mihaar kulhu dhiyaa vehjje ??

  6. Muss Ibrahim

    Kobaatha mi vaahakaige 14 vana episode!

    1. Liaa
      Muss Ibrahim

      14th episode 16 sep ga up koffa innaane 🙂

  7. ulvy

    Me first dhw v salhi ??

    1. Liaa
      ulvy

      ulvy 🙂 srry but ur not 1st … Jee ey first.. hehe
      Thankyw fr ur comment

  8. Madhy

    Story v v salhi and v v interesting ???

  9. harry

    Liaa…liaa thee hama habeys writer eh.
    . Lov u ??❤❤❤

  10. reema

    V v v reethi vaahaka eh…. stry kiyamun dhaa iru hama sifa vey

  11. Liaa Ge Emme Bodu Fan ?

    Assalaamalaikum…. alhugadakee Liaa ga emme bodu fan eve.. Liaa ge komme vaahaka ehge komme part akee ves aharenge hih dhamsi ganna part ekeve. Abadhuvex Liaa ah kaamiyaabaa kuri erun edhemeve?❤??

  12. Khajja

    Wow v v v salhi n thanks komme dhuvahaku up kolla dheythyve nxt part kon irakun

  13. Appy

    Kihinehtha mihaaru???balikn ulhunyma ☺ vv rythi mi bai vx. .. majaa kaahithun kulhudhiyaavehje hehe ….

  14. Ushaa

    Vvvvvvvv salhi.. waitin 4 de nxt ep..

  15. uney

    kon iraku nashfa ah kujje libunee but anyway vvvvvvv habeys waiting for next part keep it up liaa

    1. xprincess
      uney

      uney .. Nashfaa ah kujje libunekey noooon ineeekkeee…. Inee nashfaa kuda kujje uraagen huri vaahaka… dharin tha hama ekani uraniiiiiii…. ajaabeh kahala meeheh mee…. rangalhah kiyaalabala

  16. xivaa

    Nufenun 14 vana episodeh Kobaitha??

    1. sallu
      xivaa

      Meeveegothey and loabi veriyaage maaf 1 ge dhemedhuga innaane nuhaggu loabi 14th bai…..

  17. ??

    Vaaaa vaaa vaa ? salhi ey bunyakas salhi… mi vaahaka mihaaru emme kiyaa hih vaniii ?

  18. yal

    Liaa kobaatha 14th episode?

    1. sallu
      yal

      Meeveegothey and loabi veriyaage maaf 1 ge dhemedhuga innaane nuhaggu loabi 14th bai…..

  19. Liaa

    Thankyw all fr the lovely comments <3
    And baeh kudhinnah 14th part nufennany keevetha… Up koffa innaaney …

  20. berezik

    Waawaa.. Mi site in Mi vrhka emme kiyaahiyy vanii??

  21. Nern..??

    Mi pic hadi.. Kuryga in pic reethyy. Kyhve e change kohlyy?? Vaahaka hama habeys.love this story. ?????????

  22. Romromromantic

    Reethi.adhi e zuleyhaa ge bai liyefavaa gothun sifavaahen heevanee.hope you will not disappoint the readers.Keep writing like this.♡

  23. HoarNaachni

    Ey Liaa.e xuleyha dattha ah bondieh dhen vaane ingey.vara entertaining eyna ge part huvaa

  24. Someone

    Stry v reethi.. its superb!! Aayaa e ulhenii fanditha hadhan thr?? Baeh stry thakuga ehn vaathii.. Bt, dnt let Aayaa succeed ingey.. Just LUV this stry.. Waitin for the next part.. <3 <3 <3

  25. ny

    V. V reethi thede mipic kadhaey……….

  26. ny

    V. V reethi thede mipic kadhaey……….

  27. reema

    Thdheh liaa… mi pic change kobbaa

  28. Lee

    When next part

  29. Liaa

    Thankyw all 🙂 Ur lovely comments are my strength 🙂 <3

Comments are closed.