ލޯބިވެރިޔާގެ މާފް 1
މުސައްނިފާ ރޯޒީ
އަހަރެން ނަކީ ވަރަށް ސަކަ މިޒާޖެއްގެ އަންހެން ކުއްޖަކީމެވެ. ހިނިތުން ވުމާ އެކުވެރިންނާއެކު މަޖާ ކުރުމަކީ އަހަރެން ކިޔެވުމަށް ވުރެ އިސްކަން ދޭ އެއްކަމެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް އާއި އެކު ގޮޑުދޮށައް ދާން ދިޔައީމެވެ.
“ފިޔާއެވެ. އަހަރެން މިއައީ ކަލޭއަށް ހަދިޔާއެއްހިފައިގެން.” ނާޒިމު އަހަރެން ކާރީ މިހެން ބުނެލަމުން ހިނިތުން ވެލިއެވެ.
“ކޮބާ ދައްކަބަލަ” އަހަރެން މާނޫން ގޮތް ދައްކަމުން ބުނެލީމެވެ.
“ފިޔާ ނިކަން އެފަރާތް ބަލާލަބަލާ.” ނާޒިމު އަހަރެންގެ ކޮނޑުގައި ހިފާ އަނބުރާލަމުން ބުނެލިއެވެ. އަހަރެން ކާންހިފަހައްޓައިގެން އިން އަނބު އަނގަޔަށް ލަމުން އެނބުރިލީމެވެ. އަހރެންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ދައުރުކުރަމުން ދިޔަ ވިލާތަށްވެސް އެއްފަހަރާ ހުއްޓުން އެރިއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. އަހަރެންގެ ކުރިމަތީ ހެވި ދިއްލިފަ މިހިރީ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ރަސްގެފާނެވެ. އަވަށުގެ ގިނަ އަންހެން ކުދިންގެ ހިތުގެ ތެޅުމެވެ. އެމީހަކަށްޓަކާ އަހަރެންގެ ހިތުން ޖާގަ ހުސްކޮށްފައިވި ރަސްގެފާނެވެ. ރިސާލާ އާއި ސޯދިގާ ކާރީ އަހަރެންވަނީ މިލޯބިވެރިޔާ އާއި ބެހޭގޮތުން ތަފާތު ފޮނި ކަޑާފައެވެ. އަހަރެން އުޅެނީ އޭނާ އާއި ރައްޓިހިވެގެންނޭ ކިޔާގެންނެވެ. އެކަމަކު އޭރު އަހަރެންނާ ދުވަހަކުވެސް އޭނާ ވަހަކައެއް ނުދައްކަ އެވެ. މާކާމިޔާބު މީހަކަށް ވެގެން މިއުޅުނީ މަތިން ބައިން ޖެހިގެން ވެސް ހަމަ އަހަރެންނެވެ. އަހަރެން ދެނެހުރިގޮތުން މިކަމެއް އޭނާއަކަށް ނޭނގޭނެއެވެ.
“އޭއި މިހާރު ބައްޔެއް ޖެހިފަހެން ތިހިރީ ކިހިނެއްވީ. ބުނީމެއްނު މީ ކަލޭގެ ބިޓެކޭ. މަމިޔައީ ގޮވައިގެން އެހެންވެ” ހެމުން ނާޒިމު ޖޯކް ޖެހިއެވެ. އަހަރެން ނާޒިމު އާއި ދިމާލަށް އެނބުރިލީމެވެ.
“ކަލޭ ރަނގަޅު، ކީއްކުރަން މިޖޯކަރު މިތަނަށް ގެނައީ”
އަހަރެން އެހެން ބުނުމުން ނާޒިމް ހެމުން ގޮއްސިއެވެ، ގުޑިލަން ވެސްނޭނގިފައި ހުރީ އަހަރެންނަށެވެ. ރިޔާސް އަހަރެންގެ ކުރިމަށްޗަށް އެރިއެވެ.
” ސޯދިގާ ކާރީ ބުނީމެއްނު ފިޔާޒާ އުޅެނީ އަހަރެންނާ ރައްޓިހިވެގެންނޭ. ވީއިރު ލަދުން މޯޅިވެފައި ތިހިރީ ކީއްވެ؟.”
ލާނެއް ހިނިތުން ވުމަކާ އެކު ރިޔާސް އަހަރެންނާ ސުވާލު ކުރިއެވެ. ދެންވެސް ބޮޑަށް އަހަރެން މޫނުފޮރުވީމެވެ. ރިޔާސް އަހރެންގެ އަތުގައި ހިފާ މޫނުން އަތް ނެއްޓުވިއެވެ. އަހަރެންގެ ހިތުގައި ހީވީ މީހަކު ކަރަންޓް ޖެއްސިހެންނެވެ. ނޫނީ އަހަރެންނަށް އެހެންނާ ނުވާބައިވަރު ގޮތްތަކެއް އެހިނދު ކޮޅުގައި ވެގެންދިޔައެވެ.
“ފިޔާޒާ ދެން ހަމަ އަނގައިން ނުބުނާނަންތަ؟ އެހެންވެއްޖެއްޔާ ދަނީ؟” ދާން ހިނގައި ގަންނަމުން ރިޔާސް ބުނެލިއެވެ.
ރިޔާސް އަހަރެންގެ ފުރިހަމަ ނަން ބޭނުން ކުރުމުން ހީވީ މުޅި ކާއިނާތުގައި ހުރީ އަހަރެން އެކަނި ހެންނެވެ. އުފަލުން އުދުހެވެން އުޅުނެވެ.
“އަ…ޅު.. ގަޑަ.. ށް މާފުކުރޭ”
ތުރު ތުރު އަޅާއަޑަކުން އަހަރެންނަށް ބުނެވުނެވެ. އެވަގުތު ކުއްލިއަކަށް ވަލުތެރެއިން ދެބުޅާ ކޯޅެމުން އަހަރެމެން ދެމީހުން ތިބިތަނަށް ފުންމާލިއެވެ. ގަންނާކުރެއްވި ބިރުން އަހަރެންނަށް ރިޔާސް ގައިގާ އޮޅުލައިގަނެވުނެވެ. 14 އަހަރުގެ މިޅައަންހެން ކުއްޖާއަށް ރިޔާސް އޭނާގެ މޭގެ ހިމާޔަށް ދިނެވެ. ދެމީހުންނަށް އެގޮތަށް ތިބެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނެނގުނެވެ. ކުއްލިއަކަށް އެތަނަށް ނާޒިމް އައިސް ކަރުކެހިލި އަޑަށް ދެމީހުންވެސް ދުރުވެލީމެވެ. އަހަރެން ލަދުން ދުވަމުން ދުވަމުން އައީ ގެޔަށެވެ.
“އޭއި ކިހިނެއްވެފަތަ ފުރާޅު މައްޗަށް އަރާ ތިއިނީ” އަހަރެންގެ ބޮޑުދައިތަ ސާއިރާ ގެ އަޑުން އަހަރެން ސިހިފަ ބަލާލީމެވެ. ދޮގެއް ވާނުނެވެ. އަހަރެން މިއިނީ ގޭފުރާޅު މައްޗަށް އަރައެވެ. ހިނިތުން ވެލަމުން އަހަރެން ފައިބަން ފެށީމެވެ. އެކަމަކު ފުރާޅުން ފައިބައިން ނުކެރިގެން ބިރުން މަޑުކޮށްލީމެވެ. އެފުރާޅަށް އެރެވުނު ގޮތެއްވެސް އަހަރެން މިހާރަކު ހަނދާނެއް ނެތެވެ.
“ސާެއިރާއްތަ ޔަކަަށް ނޭނގޭތަ ވިއްސާރަ ވާން އުޅޭކަމެއް؟ އެހެންވެ އަހަރެން ފުރާޅު ސާފުކޮއްލަނީއޭ” އަހަރެން ދޮގެއް ހަދާލީމެވެ. އެކަމަކު އެދޮގު އިސާހިތަކު ބޮޑުދައިތަ ދެނެގަތެވެ. ފާޑަކަށް ހީގަތެވެ.
“ކިހާރަނގަޅު އެއްވެސް ސާފުކުރާ ސާމަނެއް ނެތި ކަލޭ ފުރާޅު މައްޗަށް އަރާ ތިިނީ ސާފުކުރަންށޯ” ކުދިކިޔަމުން ސާއިރާއްތަ ބަދިގެ ދޮށަށް ދިޔައެވެ. ފުރާޅުމަތިން ނުފޭބިފައި އިނީ އަހަރެންނަށެވެ. އެވަގުތު ރިސާލާ އަހަރެން ހޯދަން ގެޔަށް އައެވެ. ފުރާޅު މަތިން އަހަރެން ފެނުނީމާ އޭނާ ހައިރާން ވިއެވެ. އަހަރެންވެސް އޭނާޔަށް ފޮނި ދައްކާލީމެވެ. ފުރާޅު ސާފު ކުރަނީ ކަމަށް އެކްޓު ކޮށްލީމެވެ.
“އޭ ފިޔާ ގަދަ އިނގޭ ކަލޭ ފުރާޅު ސާފުކޮށްލަނީ އެކަމަކު ނާޒިމް ބުނި ކަލޭ…” އަހަރެން ރިސާލާ ބުނަން އުޅުނު ވާހަކަ މެދު ކަނޑުވާލީމެވެ. އާއެކެވެ. ރިސާލާ އެއައީ އަހަރެން ރިޔާސް އާއި ބައްދަލު ކުރި ވާހަކަ ނާޒިމް ބުނުމުން އޭގެ ހަގީގަތް ހޯދާށެވެ. މިފިރިހެނުންވެސް ވަރަށް އަންހެނުން ތަޅާގޮތަށް އަނގަ ތަޅާނެއެވެ.
” އޭ އޭނދަ ހަރުގަޑު މިތަނަަށް ކާރިކޮށް ބަލަަ މާ އަނގަ ގަދަ ނުކޮށް މިހާރު މިތަން ސާފު ކޮށްވެސް ނިމުނީޔޭ ނަސީބެއްނު ކަލޭވެސް އައިކަން” އަހަރެން ދުރުގަ ހުރި ހަރުގަޑަށް އިޝާރަތް ކޮށްފަ ބުނެލީމެވެ. ރިސާލާ ބުނަން އުޅުނު ޖުމްލަ ބުނެވުނު ނަމަ ކާރިން އެވަގުތު ގޮސް ގޮސް ހުރި މަންމަޔަށް އަހަރެންގެ މިއަދުގެ ބޮޑު ސިއްރު ފަޅާ އެރީހެވެ. ނަސީބަކުން މަންމަވެސް އިތުރު ސުވާލެއް ނުކޮށް ބަދިގެ ފަރާތަށް ދިޔައީއެވެ.
ގޭގެ ކެއްކުމުގެ ހުރިހާ ޒިންމާއެއް މާމަ އޮންނަނީ މަންމަގެ ބޮލުގަ އަޅުވާފައެވެ. މަންމަ ހުންނާނީ އެކަންތަށް ބޮޑުދައިތަ ސާއިރާ ޔާ ހަވާލު ކޮށްފައެވެ. އެހެންވެ ބޮޑުދައިތަ އެކަންތަށް ކުރޭތޯ ސުޕަަވައިޒަރެއް ހެން މަންމަ ބަލަން ހުންނާނެއެވެ. އަހަރެމެން ގޭ މީހުން ކުރާ މަސައްކަތަކި ވަލަށް ގޮސް ދަރު ގެނައުމާއި ކާފަ މަސް ގެނައީމަ މަސް ކައްކާ މަސް ވިއްކުމެވެ. ކާފަ ކޮންމެ ދުވަހަކު ރުކުއަޅަންވެސް ދެއެވެ. މިހެން ވުމުގެ ސަބަބުން އަހަރެމެންގެ ގެޔަކީ ހިސާބުގަނޑުގެ ވަރަށް ފޯރުންތެރި ބަޔަކަށް އޮންނަނީ ވެފައެވެ.
ކޮންމެ ދުވަހަކު ހެނދުނާ ހަވީރު އަވަށުގެ ލާނެއް ފިރިހެން ކުދިން ތާޒާ ރުކުރާ ބޯން އަހަރެމެންގެ ގެޔަށް އަންނާނެއެވެ. މިކަމާ އަހަރެމެންގެ ގެޔަކީ ވަރަށް މަޝްހޫރު ގެޔަކަށް ވަނީ ވެފައެވެ.
ޖެހިގެން އައިދުވަހެެވެ. ނާޒިމް އަހަރެމެންގެ ގޭތެރޭ ގޯތީގަ އަހަރެން ނުފެނިގެން ދެކޮޅަށް ދެކޮޅަށް ހިނގާތަން އަހަރެންނަށް ފެނިގެން އޭނާ ކާރިޔަށް ދިޔައީމެވެ. ރަސޫލެއްހެން އޭނާ އަހަރެން އަތަށް ހުދުކުލައިގެ ގަނޑެއް ދިއްކޮށްލިއެވެ. އަހަރެންނަށް ރިޔާސް ގެ ސިޓީ ލިބުނެވެ. ނާޒިމް ރުކު ރާބޯންށޭ ކިޔާފަ އަހަރެމެންގެ ގެޔަށް އައިސް އަހަރެންނާ މިހަވާލު ކުރީ ރިޔާސް ފޮނުވި ސިއްރު ސިޓީއެވެ. އަހަރެން ސިޓީ ހިފައިގެން ދެކޮޅު ހޯދާ ބަލާލުމަށް ފަހު ވަނީ ގިފިލިޔަށެވެ. ވަޅުގެ ހުންނަނީ އުޑު ހާމަޔަށެވެ. ވަށައިގެން ހުންނަަގެތަކުގެ ފުރާޅު މައްޗަށް އެރީމާ ފެންނަ ގޮތަށެވެ. އެހެންވެ އަހަރެން އެސިޓީ ކިޔަން ފުންމާލީ ވަޅަށެވެ. އެވަޅަކީ ސިޑި ތަކެއްލާފަ ހުންނަ ފައިބަން ފަސޭހަ ވަޅެއް ކަމުން އެއްވެސް ޖެހިލުމެއްނެތި އަހަރެން ވަޅުގެ ސިޑި މަތީ އިށީދެލީމެވެ. އެސިޓީ އަކީ އަހަރެންގެ ހަޔާތުން އަހަރެންނަށް ލިބުނު ފުރަތަމަ ލޯބީގެ ސިޓީއެވެ. އަހަރެން އެސިޓީ ވިއްސަކަށް ފަހަރަކު ކިޔޭތޯ މަސައްކަތް ކުރީމެވެ އެކަމަކު އެސިޓީގަ އިން އެކައްޗެއް ވެސް އަހަރެންގެ ބޮލަކަށް ނުވަނެވެ. ވާނީވެސް އެހެންނެވެ. އަހަރެންނަކީ އެހާމޮޅު މީހެއް ނޫނެވެ. ދިވެއްސަށް މޮޅުނުވިތާ އިގިރޭސިން ލިޔެފަ މިހިރަ އެއްވެސް އެއްޗެއް އަހަރެންގެ ސިކުނޑިޔަކަށް ނުވަނެވެ. ވާނީވެސް އެހެންނެވެ. މަންމަ މެން ކިޔަވަން ފޮނުވީމާ ކިޔަވަން ތިބޭ ކުދިންނަށް ޖޯކް ޖަހާފަ މަޖާކުރަނި ހަމަ އަހަރެންނެވެ. މިއަދު މިއޮތީ ލޯބިވެރިޔާގެ ސިޓީ ކިޔަން އެހެން މީހެއް ކާރިޔަށް ދާން ޖެހިފައެވެ. އަހަރެން ނާޒިމް ކާރިޔަށް ދާނަމެވެ. މިސިޓީ އަހަރެންނަށް ކިޔާދޭން ޖެހޭނީ އޭނާއެވެ.
“ފިޔާ… ފިޔާ ހާދައިރެކޭ ފާހާނާގަ ކޮބާތަ ކަލޭ..” އަހަރެންގެ ލާނެއް އެކުވެރިން ކޮޅު އަހަރެން ހޯދަމުން ވަޅުގެ ފަރާތަށް އައީއެވެ. ހިނދުކޮޅަކަށް އަހަރެން ނުފެނުނަސް މިމީހުންނަށް ހީވާނީ އަޒާބެއް ލިބިގެން އުޅޭހެނެވެ. އެމީހުން ތަންތަނަށް ދާން ގެއިން ބޭރަށް ނެރެދެނީ އަހަރެންނެވެ. އެމީހުންގެ މަންމަ މެން އެމީހުން އަހަރެންނާ އެކު ވީޔާ މައްސަލައެއްނެތި އިތުބާރު ކޮށްފަ ފޮނުވާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


nice… love the story already
v salhi ?
Reethi … Bt vhkge name maa dhigu..!
Hahaha nice☺
V nice nxt part avahah up kolladhee
🙂 މި ވާހަކަޔަށް ތިޔަ ދެއްވާ ތަރުހީބަށް ފަށް ފަށުން ޝުކުރު ދަންނަވަން.
Vvv obi… Next part awahah up khdyba.. Nd next part miyahvurevx dhigukhlahcey…..
Varah reeti vaahakaeh weiting for 2nd episode ???
V v v reethi vaahakaeh ???
Varah reethi
Huriha kudhina v.v.v. thankx madama 2 up kuranan insha Allah
Rasooleh henney…. Saabas hama
v hadi… bolah udhagu. 非常不好
Varah reethi mivaahaka ….
Nice story hama great ???
Rasooleh henney.. A thankolhu kamaku nudhey..
Ekam overall v rythi.. Roxy ge stories thah v rythi?
Varah nicely kon bas athuraafa huri…. i like it a lot…….
Rasooleh henney jahaafa iny kamaku nudhey hama… ?
Rasool aki messeg demiha ya dhivehi bahun kiye mai name.. mauloomatha taka bunelan ei dhini eche noon
Pis pis miverin faadu kiyaairu maa molhu bayakah vegen eba ulhe eh nu. Shukurukohbala. Huh. Stry v nyc thanx rozy. Keep it up.
Story liyanee fonnuvaafaivaa rasooletha.noonee udun baavailavvafaivaa angel eh tha.eyna thihaa molhiyya storyga nuhunnaane ehaa gina mistakes.kaakubunee comment kuranee maa molhubayekey.thivara ehen meehun low koffa thimaa meehaa thee kashinuherey lemon aka vegen noolheBa
Yeah.seeni samboal hadhaa goi vaahakaige therein genesesdhechey.hahahaha
Post office-rasool office.postmen rasool.hahaha.dhivehi radheef ga konme echekey othas heyo.mikahala vaahaka ehga nugulhey ebas
Asluvx…v v fake mi myha liyaa story thah.. v hama nujehey..myhun liyaathy thimaa liyuntheri akah vyy ey hitha liya myheh thwchh mee..n yeah..v bodah binma ge vaahakathakun sentence nagaafa hurikan faahagavey..hyvythwchh binma varuge molhu myhekey thimanna mee..thy naruhakas teacharakas we dont care igeyy..mithaa mibalanyky mathy magaamuga thibey myhunneh noon..kiyuntherin beynunvaany shaugu veri gothakah story liyaa liyuntherin
Kail Shukuriyya alhuganduge story kiyathi vaguthu hus kogen.. kuriya thibi vahaka thakaves comment libne kama hikuran.. mikahala comments aki kurierun and i become motivate Thank you
Rozy
I am very sad to see such comment from denier and sherin. This story is a very nice story by Ms. Rozy Shareef. Learn to appreciate the work of other. Don’t try to mock. Thank you.