Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަވާމެންދުރު 4

Rozy Level 210 Stories
September 14, 2016 4 Mins Read
14 Comments

އެދެމީހުންގެ ލޮލުންވެސް ކަރުނަ ފާއްދާލަފަ ހުއްޓެވެ. އަނެއްކާވެސް އެމީހުންގެ ލޯބިވާ ދަރިފުޅު އެމީހުންނާ ވަކިން މާދުރަށް ފުރަނީ އެވެ.

“ދަރިފުޅާ ތިޔަދަނީ އަނެއްކާ ވަރަށް ދުރަށް މަންމަޔާ ވަކިން. ތިޔަދަނީ މުޅިންވެސް އާކަމަކަށް ހަޔާތުގަ ގިނަ އާކަންތައް ދިމާވާނެ އެހެންނޫނަސް މަންމަގެ ސިންމިއަކީ ބުއްދިވެރި ކުއްޖެއް މަންމަން ސިންމިއަށް އިތުބާރު ކުރަން”

ސިމްރަންގެ މަންމަ ނުހަނު ލޯތްބާއެކު ސިމްރަންގެ ގައިގާ ބައްދާލާފަ ބުނެލި އެވެ.

ބައްޕަ ސިމްރަން އާއިއެކު ދަތުރު ކުރިއެވެ. ޕޫނޭއަށް އެމީހުންނަށް ދެވުނީ ރޭގަނޑު އެވެ. އެރޭ ހޮޓަލުގަ ތިބެފައި ޖެހިގެން އައިދުވަހު އެމީހުން ގެއެއް ހޯދި އެވެ. ޕޫނޭއިން ގެހޯދާކަށް މާއުނދަގުލެއް ނުވިއެވެ. ޝަކޫރް އޭނާގެ ދަރިފުޅަށް ތިންކޮޓަރީގެ ގެއެއް ރެންޓު ކޮށްދިނެވެ. އަދި ދަރިފުޅަށް ކާރެއް ގަނެދިނެވެ. އެމަކަކު އެކާރު ދުއްވަނީ އެރަށުގެ މީހެކެވެ. ހަމައެކަނި ސިމްރަން އޮފީހަށްދާން ނޫނީ ތަނަކަށް ދާން ބޭނުންވީމާ އެމީހާ ގެންނަގޮތަށް މުސާރަދީފަ މީހަކު ބެހެއްޓި އެވެ. ޖެހިގެން އައިދުހު ޝަކޫރް ފުރައިގެން ދިޔައީ އެވެ.

އެއްމަސް ފާއިތުވި އެވެ. ސިމްރަން އޭނާ ވަޒީފާއަދާ ކުރާ ކޮމްޕެނީގަ މަސައްކަތް ކުރާގޮތުން ކޮންޕެނީގެ ހުރިހާ މީހުން ސިމްރަންއާއި ވަރަށް ގުޅެ އެވެ. އެއީ ސޮފްޓުވެއަރ ހަދާ ކޮމްޕެނީ އެކެވެ.

ދުވާލުގެ މަސައްކަތަށް ފަހު ރޭނގަށޑު ސިމްރަންއަށް ހުސްވަގުު އޮވެ އެވެ. ހުރިހާ ޓައިމެއް ސިމްރަން އޮންލައިންގަ ޔާނިޝްއާއި އެކު ވާހަކަ ދެއްކުމުގަ ހޭދަ ކޮށްލަ އެވެ. އެކަމަކު ދުވާލު ވަގުތު ނުދެވޭތީއާއި އަދި ދެވޭވަގުތު މާމަދު ކަމުން އަބަދުވެެސް އޭނާ ޝަކުވާ ކުރެ އެވެ.

އެއީ 16 އޮގަސްޓެވެ. ސިމްރަންގެ އުފަން ދުވަހެވެ. ގިނަޢަދަދެއްގެ ފޯނުކޯލުތަކާއި މެސެޖްތައް ސިމްރަންއަށް އޮހެމުން ދިޔައެވެ. އަދި އެއާއެކު ގިނަ ހަދިޔާތައްވެސް ލިބެމުން ދިޔައެވެ. އޭނާ ހީކުރީ އާތަނަކަށް އައިމަ އުފަންދުވަސް ވަރަށް ފެން ވާނެކަމަށެވެ. އެހެނަސް އެހެނަކުން ނުވިއެވެ. މިއަދު އޭނާއަށް 28 އަހަރުވީ އެވެ. އަބަދުވެސް ސަޕުރައިޒެއް ލިބިއްޖެއްޔާ ސިމްރަން ވަރަށް އުފާވެ އެވެ.

އޮފީހުގެ އެތެރެއަށް ވަންއިރު އާދަޔާ ޚިލާފުކަން ސިމްރަން އަށް އިހްސާސް ވިއެވެ. އޭނާގެ އޮފީސް ދޮރު ހުޅުވާލުމާއެކު މަތިން މާތަކެއް އޭނާއަށް އޮހިގެން ދިޔައެވެ. އެކުގައި ވަޒީފާ އަދާކުރާ ކުދިން އެއްފަހަރާ އޭނާގެ ނަމުން ހެޕީބާތުޑޭ ކިޔާފަ ނަޢުރާ ކުރިއެވެ. ހުރިހާ މީހުން ވެގެން އޭނާއަށް ސަޕްރައިޒް ޕާރޓީއެއް ތައްޔާރު ކޮށްފަ އޮތެވެ. ސިމްރަން ވަރަށް އުފާވި އެވެ.

ވަޒީފާ ނިންމާފަ ސިމްރަން ގެޔަށްއައީ ހައެއްޖަހަން އުޅެނި ކޮށެވެ. ގެޔަށް ވަދެ އޭނާގެ ބޫޓްބަލާފަ ޓައީގެ ގޮތް މޮހާލާ ކޮޓަރިޔަށް އޭނާ ދިޔަ އެވެ. އޭނާގެ ނޫކުލައިގެ ނައިކް ޓީޝާރޓް ލުމަށްފަހު އޭނާގޮސް ސިޓިންރޫމްގަ ޓީވީ ހުޅުވައިގެން އިށީނެވެ. އޭނާގެ މޫނުމަތިން މިލާފައިވާ ކަމުގެ އަސަރު ހުއްޓެވެ. ނޫނީ އޭނާއިނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. ޓީވީގެ އެކިޗެނެލް ތަކުންވެސް އޭނާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ޔާނިޝް އަދި އޭނާއަށް ވިޝްކުރަން ނުގުޅަ އެވެ. މީގެ ކުރީ އަހަރު ތަކުގަ އޭނާއަށް އެންމެ ފުރަތަމަ ކޯލް އަންނާނީ ޔާނިޝް ގެއެވެ. އެއްވެސް މީހަކަށް ޔާނިޝްއަށް ވުރެ ކުރި ނުހޯދޭނެ އެވެ. ދުރުގައި ހުއްޓަސް ކައިރީގައި ހުއްޓަސް މެއެވެ. ކުއްލިއަކަށް ދޮރުގެ ބެލްޖަހާ އަޑުއިވުނެވެ. އޭނާ ތެދުވެގެން ދާހިތެއް ނުވިއެވެ. އެމީހަކުވެސް ބެލްޖަހަމުން ދިޔަ އެވެ. ބޮލަށް އުނދަގޫ ވެގެން މޫނު ކުނިކޮށްގެން ގޮސްއޭނާ ދޮރު ހުޅުވި އެވެ. ކުރިމަތީ ހެވިފަ ދިލިފަ ރަތް ފިނިފެންމަލުގެ ބުކޭއެއް ހިފައިގެންހުރި ޔާނިޝް ފެނުމާއެކު އޭނާއަށް އުފަލުން ހަޅޭ ލަވައިގަނެވުނެވެ.

“ކޮބާ ކަމަނާ ސަޕްރައިޒް ކަމުދިޔަތަ؟” ފިނިފެންމަލުގެ ބުކޭ މޫނުގެ އަނެއްފަރާތަށް ލަމުން ޔާނިޝް އަހާލި އެވެ. ޔާނިޝް އައީ ގިނަލަގެޖްވެސް ހިފައިގެންނެވެ. ސިމްރަން އުފަލުން ހީވަނީ އެހެން ކަމެއްހެންނެވެ. ޔާނިޝް ގައިގަ ތަތްވިގޮތަށް ދުރަށްވެސް ނުދިޔަ އެވެ. އެންމެފަހުން ޔާނިޝް އަށްޖެހުނީ އޭނާ އުފުއްލާ ލައިގެން ގޮސްގޮނޑީގަ ބައިންދާށެވެ.

އެދެމީހުންވެސް އެކުގަ ކޮޓަރިޔަށް ދިޔައެވެ. އެނދުގައި ޔާނިޝް ދިގުދެމިލި އެވެ.

“އަދިވެސް އެހެން ސަޕްރައިޒެއް އެބައޮތް” ޔާނިޝް ސިމްރަން އޭނާއާއި ދިމާލަށް ދަމާލަމުން ބުނެލި އެވެ.

“އެއީ ކޮންކަމެއް އަނެއްކާ” އުފަލުން ސިމްރަން ޖަވާބު ދިނެވެ.

“ލޯބީ އަހަރެންނަށް ދުރުގަ ނުހުރެވޭނެ. ދިއްލީން ޕޫނޭއަށް އަހަރެންގެ ކޯސް ބަދަލު ކުރެވެން އެބައޮތް. އެކަމަކު ވަޒީފާ ހޯދަން ޖެހޭނެ އެހެންނޫނީ ކިޔަވާނީ ހިހިނެއް. އަހަރެން މިއައީ އަހަރެންގެ ހުރިހާ އެއްޗިސެއްވެސް ހިފައިގެން. އަހަރެން ބޭނުންވަނީ ކަމަނާގެ އަޑު ފޯރާހިސާބުގަ ހުންނަން.”

“އަސްތާ ތިޔައީ ހާދަ ރަނގަޅު ނިންމުމެކޭ. އަހަރެން ތިކަމާ ވަރަށް އުފާވެއްޖެ. ޔާންއަށް ވަޒީފާ ހޯދުމަށް އަހަރެން މާދަމާ ބޮސްކާރީ ބުނާނަން އޯކޭ. ފަހަރެއްގަ އެއްތަނަކުން ހަމަޖެހުނަސް ގަދަވާނެނު.” އެމީހުން އެކަކު އަނެކަށް ބައްދާލި އެވެ. ޔާނިޝް ލައިޓް އޮފްކޮށްލި އެވެ. ދެންވެގެންދިޔަ ކޮންމެ ކަމަކީ ސިމްރަންގެ ހަޔާތުގެ މުޅިން އާކަންތަކެވެ. ފޮނި ތަދެއް ޢިހްސާސް ވިއެވެ އެހެނަސް ހިނދުކޮޅެއްގެ ތެރޭ އެވޭންވެސް ފިލާއޭނާވެސް ޔާނިޝް ބޭނުންގޮތަށް ކަންތަށް ވާންދޫކުރި އެވެ.

ދެމީހުންތިބީ ވަރަށްބޮޑަށް ބަނޑުހައިވެ ފެން ބޮވައިގެންފަ އެވެ. ސިމްރަން ޕިއްޒާ ހަޓްއަށްގުޅާ ލާރޖް ޕިއްޒާ އަކަށާއި ޕާރސްތާއަށް އޯޑަރު ދިނެވެ. ދެމީހުން ފުރެޝް ވެލުމަށް ފާހާނާއަށް ވަނީވެސް އެކުގައި އެވެ. ހީވަނީ މިހާރު އެއީ ދެމަފިރިހެންނެވެ. ހިނދުކޮޅެއްގެ ތެރޭ އޯޑަރު ކުރި ކާއެއްޗެތި ލިބުނެވެ. ކާމޭޒް ކައިރިގަވެސް ޔާނިޝް ވަރަށް ސަމާސަ ކުރިއެވެ. އޭގެ ކޮންމެ ސަމާސާއަކުން ސިމްރަންއަށް މީރުކަމެއް ލިބިގެންދިޔަ އެވެ.

ސިމްރަންއާއި ޔާނިޝް، އޭނާއަށް ލިބިފައިވާ ގިނަ ހަދިޔާތައް ހުޅުވަމުން ދިޔައެވެ. ކޮންމެ އެއްޗެއްބަލަމުން ދެމީހުން ހެމުން ސަމާސާ ކުރަމުންދިޔައެވެ. ބަލާލިއިރު އެންމެ އަގުބޮޑު ހަދިޔާތައް ގެނެސްފައި ހުރީ ޔާނިޝް އެވެ. އޭނާއަށް އެންމެ ރީތިވީ ޔާނިޝް ގެނެސް ދިން ހެދުމެކެވެ. އެކަހަލަ ހެދުމެއް ދުވަހަކުވެސް އޭނާގެ މަންމަމެން ހޯދާދީފަ ނެތެވެ އަދިނުވެސް ދޭނެ ކަންނޭގެއެވެ. އެވަގުތު އޭނާގެ ހަނދާނަށް އަންނަމުންދިޔައީ އޭނާގެ ބައްޕަގެ ޖުމްލަ ތެކެވެ.
“ދަރިފުޅާ! ޖަވާހިރު ހުންނަނީ ކޮންތާކު؟”
“ބައްޕާ! އެހުންނަނީ ބިމުގެ އަޑީގަ”
“މުތީ ހުންނަނީ ކޮންތާކު؟”
“ބައްޕާ! ކަނޑުގެ އަޑީގަ”
“އެހެންވެއްޖެއްﷲ އެހުރިހާ އެއްޗެއް އެހާ އަޑީގައި ލައްވާފަވަނީ ކީއްވެގެން ކަން ދަރިފުޅަށް އެނގޭތަ؟”
“ނޫން ބައްޕާ ނޭނގޭ”
“އާން ދަރިފުޅާ! އެއީ އެއްޗެތި އަގުބޮޑު ކަމުން ވީއިރު ދަރިފުޅަކީ ބައްޕަޔާ މަންގެ އެންމެ އަގު ބޮޑު ޖައުހަރު އެހެންވެ ބޭނުންވަނީ ފޮރުވާފައި ބަހައްޓަން”
“އެކަމަކު ބައްޕާ އަޅުގަނޑު ސުކޫލަށް ދާންޖެހޭނެ. ބުރުގާ އެޅީމާ މާކަޓް ގޮތެއްޖަހަނީ.” ސިމްރަން ތުން އޫކޮށްފަ ބުންޏެވެ.
“ދަރިފުޅާ ބައްޕަ މިބުނަނީ ދަރިފުޅު ނިވާކަން ބޮޑު ހެދުން ލުމާއި ބުރުގާ އަޅާ އިއްފަތްތެރި ކޮށް އުޅުމުގެ ވާހަކަ”
“އޭއި ހެދުން ސަކަރާތީތަ؟” ކުއްލިޔަކަށް ސިމްރަން ހިމޭންވިތަން ފެނިފަ ޔާނިޝް ސިމްރަންގެ ކޮނޑުގައި ހިފާ ތަޅުވާލާފައި ބުނެލިއެވެ.
“އެކަމަކު މީތި ލައިގެން ބޭރަށް ދާކަށް ނުކެރޭނެ އޯކޭތަ” މައުސޫމް ގޮތަކަށް ސިމްރަން ބުނެލިއެވެ.
އޭނާގެ ބައްޕަގެ ނަސީހަތްވެސް އޭނާގެ ހިތުތެރޭ އެނބުރެއެވެ އެހެނަސް ކުރިމަތީ މިއިނީ މިވަގުުތު އޭނާ އެންމެ ލޯބިވާ ލޯބިވެރިޔާއެވެ. އެލޯބިވެރިޔާއަށްޓަކައި އޭނާގެ ހުރިހާ އެއްޗެއް އޭނާ ގުރުބާން ކުރަންބޭނުމެވެ. ހަމައެކަނި އޭނާ ލޯބިވާކަން ބުނެދީ ޔަޤީންކަން ދިނުމަށެވެ. އޭނާގެ ހިތްއުފާކޮށް ދިނުމަށެވެ.
ޔާނިޝް ކޮޓަރިޔަށް ދިޔައެވެ. ސިމްރަންވަނީ ހެދުންހިފައިގެން ފާޙާނާއަށެވެ. ގާތްގަޑަކަށް ބައިގަޑިއިރު ވިއެވެ އެންމެފަހުން ލަސްވެގެން ޔާނިޝް ދޮރުގައި ޓަކި ޖަހަން ފެށިއެވެ.
‘ސިމޫ!ނިދީތަ ފާހާނާގަ؟” ލޯބިން އޭނާ ސިމްރަން އަށް ކިޔަނީ “ސިމޫއެވެ. ސިމްރަން އޭނާއަށް ކިޔަނީ “ޔާންއެވެ”
“ޔާން! ބޮކި ނިއްވާ އޭރުން އަހަރެން ބޭރަށް ނިކުންނާނަން”
“މިއޮތީ ބޮޑު ކަމެއްޖެހިފައިތާ”
ޔާނިޝް ބޮކި ނިއްވާލިއެވެ. އަދި ރޭގަނޑު ދިއްލާ ބޮކިޖެއްސިއެެވެ އޭގެ ފަނޑު އަލިން ކޮޓަރި މަޑުފެހި ކުލަޔަކަށް ބަދަލުވިއެވެ. އެއާއެކު އޭނާގެ ފޯނުން އަސަރުގަދަ މިޔުޒިކެއް އަޅުވާލިއެވެ. ސިމްރަން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކޮނޑުމަތީ ތުވާލި އަޅާލައިގެންނެވެ. ޔާނިޝް ޗޮކެއް ކަނޑާފައި އެތުވާލި ދަމާލިއެވެ. އެވަގުތު ޕަރީއެއް ފަދަ އެރީތި ކުއްޖާ ދެބައިކޮށްފައި އެއްބަޔަށް ނިވާކަން ކުޑަގޮތަަކަށް ހުއްޓެވެ. ލައިގެން އިން ހެދުމުން ނިވާވާއެއްވެސް ތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހެދުމުގައި އަތެއް ނުވެސް ނެތެވެ. ހަށިގަނޑުގެ ހުރިހާ ވަނާތަކެއް ރީތިކޮށް އެހެދުމުން ފެންނަން ހުއްޓެވެ. ގަޔަށް ބާރު އުރައެއް ލައްވާފައި ހުރުމެކޭ އެއްފަދައެވެ.
ޔާނިޝް ވަރަށް މަސްތީ ގޮތަކަށް މިރީތި ކުއްޖާއަށް ބަލަމުންދިޔައެވެ. އޭނާގެ ބެލުމުގައިވާ ދަހިވެތިކަން ސިމްރަން ދެނެގަތެވެ އަދި ލަދުން މޫނުގައި އަތް އެޅިއެވެ. އެހާ ހާމަކަން ބޮޑު ގޮތެއްގާ އޭނާ ފިރިހެނެއްގެ ކުރިމަށްޗަށް އެރި މިއީ ފުރަތަމަ ފަހަރެވެ.. ޔާނިޝް އަތް ދިއްކޮށްލިއެވެެ. ފޭސްބުކްއިން ފެނުނު ރީތި ޕަރީި މިހާރު އެހެރީ އެއްވެސް ފަރުދާއެއްނެތި އޭނާގެ ކުރިމަތީގައެވެ. އެއީ އޭނާ ބޭނުންވިގޮތެވެ. ކާމިޔާބުގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އަވާމެންދުރު 3

Next

ނޭނގޭހެ ހާދަ ލޯބިވޭ 14

Next
September 14, 2016

ނޭނގޭހެ ހާދަ ލޯބިވޭ 14

Previews
September 14, 2016

އަވާމެންދުރު 3

14 Comments!

  1. Shaxxx says:
    September 14, 2016 at 1:24 am

    Kyp it up.story v reethi vaane hn heevey.liyaa iru english wrds ge badhaluga dhivehi wrds use kohgn liyunyna bodah rythi vaane. 🙂

  2. shaho says:
    September 14, 2016 at 3:37 am

    V reethi

  3. aik says:
    September 14, 2016 at 4:58 am

    vv reethi..??

  4. Marsh says:
    September 14, 2016 at 7:09 am

    Vvv reeethi….knirakun next part up kuraanee

  5. Sabeeha says:
    September 14, 2016 at 8:44 am

    vv reethi..??

  6. Niusha says:
    September 14, 2016 at 8:46 am

    V rythi.. ekamu kudakoh hama nujehey thankolhu kolhu hurey.. liye ninmaafa check kohlan kiyaala eyrun up kurumuge kurin rangalhu kohleveyny dhww .

    1. Rozy says:
      September 14, 2016 at 1:54 pm

      Thank you niusha

  7. Reen says:
    September 14, 2016 at 11:27 am

    Eha haamakan bodugothakah firihenegge kurimahchah eri furathama faharu. Ekm eyge kurin dhemeehun ekkoh fenveryvex. Hama nujehey

  8. yaana says:
    September 14, 2016 at 1:04 pm

    Reen thibuni rangalhu vaahakaeh

  9. Madhy says:
    September 14, 2016 at 1:58 pm

    Story v salhi ?

  10. Jdhxb says:
    September 14, 2016 at 2:38 pm

    Yaanis eulheny landeh dheynvegen simoo ah

  11. Jdhxb says:
    September 14, 2016 at 2:39 pm

    Hyvany yaanish aky simooge aailaa faraathun aniyaaeh libifavaa kijehen…ehenve badhal hifan eulheny….any ways….varah habbu story

  12. Kiya says:
    September 14, 2016 at 5:23 pm

    well renowed author ekey jahaafa inyma hama hevenyy..

  13. basy says:
    September 15, 2016 at 12:35 pm

    ?????

Comments are closed.

Next Episodeއަވާމެންދުރު 5←


All Right Reserved!