Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (12 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 8, 2016 8 Mins Read
29 Comments

ވިޝާން އަދި ނާދެޔޭ ހިތަށް އެރުމާއެކު އަންޖޫދާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ފޯނަށް ބަލާލިއެވެ. އޭރު ނުވައެއް ޖަހައި 1 މިނެޓު ހިނގައިފިއެވެ.

“ގަޑިއަށް އަންނަން ނޭނގެނީތަ؟” އަންޖޫދާ ސިހުނީ އޭނާގެ ފަހަތުން އިވިގެން ދިޔަ ވިޝާންގެ އަޑަށެވެ. ސިހިފައި އޭނާ ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރި ވިޝާންގެ ސޫރައަށް ބަލާލީ ޖެހިލުންނެ ހުރެއެވެ.

“ވިޝް…” އަންޖޫދާގެ އަނގައިން ވިޝާން ގެ ނަން ބޭރުވިއިރު އެ އަޑުގައި މަޑު ތުރުތުރެއް ވެއެވެ.

ވިޝާން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި އައިސް އަންޖޫދާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ފުން ނަޒަރަކުން އަންޖޫދާ އާ ދިމާއަށް ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އައިސް އަންޖޫދާގެ މޫނަށް އެޅިފައިވާ އަލީގެ ސަބަބުން މޭކަޕްކޮށްފައިވާ އެ މޫނު ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. ލާފައި ހުރި ގަޔަަށް ބާރު ހުދު ހެދުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ރީތި ބައްޓަން ފުރިހަމައަށް ހާމަވެފައި ހުއްޓެވެ.

ވިޝާން ތިރިވެ އަންޖޫދާގެ ކައިރީގައި އިށީނެވެ. އަދި އަންޖޫދާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ނަގައި އެއްފަރާތްކޮށްލިއެވެ. އަދި އެ ދޮން ކަނދުރާގައި މަޑުމަޑުން ފިރުމާލިއެވެ.

“އައި ލަވް ޔޫ އަންޖޫ…” އަންޖޫދާގެ ކަނދުރާއިން ވަސްގަންނަމުން ވިޝާން އެހެން ބުނެލުމުން އަންޖޫދާއަށް ކުޑަ ހައިރާންކަމެއް ލިބުނެެވެ. ދެންމެ އެހާ ރުޅިގަދަވެފައި ހުރި މީހާ އެހާ މަޑުމައިތިރިކޮށް ވާހަކަ ދެެއްކުމުން އަންޖޫދާ އަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ.

“އަންޖޫ އަށް އިނގޭތަ؟ އަހަރެން އަންޖޫ ދެކެ ކިތަންމެ ރުޅިއައިސްފަ ހުއްޓަސް އަންޖޫ އަހަރެން ގާތަށް އަންނަ އިރަށް އެ ރުޅި ދާތަނެއް ވެސް ނޭނގެ..” އަންޖޫދާގެ ހަށިގަނޑުގައި މަޑުމަޑުން ބައްދާލަމުން ވިޝާން ބުނެލިއެވެ. އެއަށްފަހު އޭނާ ކުއްލި ހަރަކާތަކާއެކު އަންޖޫދާގެ ތުންފަތައް ބޮސްދިނެވެ. އެ އަންހެންވަންތަ ހަށިގަނޑުގައި އެގޮތް މިގޮތަށް ބީހެމުން ދިޔައިރު ވިޝާންގެ ހިއްސުތައް ހޭލަމުން ދިއައެވެ. އޭނާ މަޑުމަޑުން އަންޖޫދާގެ ހެދުން އަޑިން އަތް ގެންދަން ފެށުމުން އަންޖޫދާ ތެޅިގަނެފައި ދުރަށްޖެހެލިއެވެ.

“ކަމް އޯން އަންޖޫ… ދުރަށް ދަނީ ކީއްވެތަ؟” ވިޝާން ކުޑަކޮށް ނުރުހިފައި ބުނެލިއެވެ. އެވަގުތު އަންޖޫދާ އަނެއްކާވެސް ވިޝާން އާ ދުރަށް ޖެހެލިއެވެ.

“އަންޖޫ…” ވިޝާން އައިސް އަންޖޫދާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނަމަވެސް އަންޖޫދާ އެެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ވިޝާންގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ.

“ވިޝް… އަަހަރެން މި ވަގުތު ބޭނުން ވާހަކަ ދައްކާލަން..” ސީދާ ވިޝާންގެ ލޮލަށް ބަލާލަމުން އަންޖޫދާ ބުނެލިއެވެ. އެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ.

“ދެން ފަހުންވެސް ވާހަކަ ދެއްކޭނެއެއްނު؟” ވިޝާން އަދިވެސް ބެލީ އަންޖޫދާ އާ ގާތް ވެވޭތޯއެވެ. މި ފަހަރުވެސް އަންޖޫދާ އޭނާ ދުރަށް ކޮށްޕާލީއެވެ. އެވަގުތު ވިޝާންގެ ރުޅި ގަަދަވެގެން ދިއައެވެ. މިއަންހެން ކުއްޖާއަށް އޭނާ ބޭނުންވާ ވަގުތު ބޭނުން އެއްޗެއް ދެވެނީކީ ނޫންވިއްޔާއެވެ. ނަމަވެސް ރުޅި މަޑުކޮށްފައި އޭނާ އަންޖޫދާ އާ ރީތިކޮށް ވާހަކަދެއްކީ ރުޅި އިސްކޮށްފިނަމަ އޭނާއަށް އަންޖޫދާގެ ފަރާތުން ބޭނުންވެގެން އުޅޭ ކަންތައް ނުލިބިދާނެތީއެވެ.

“ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް…” ވިޝާން ރުޅި މަޑުކޮށްލަމުން ބުނެލިއެވެ. އަންޖޫދާ ހަރަން ބަަނދެލަމުން ވިޝާން އާ ދިމާއަށް ލޯ އަޅާލިއެވެ.

“ވިޝް… ރިލޭޝަން އެއްގެ އުޅޭއިރު ވިސްނަން ޖެހޭނެ ދޯ ދެމީހުންވެސް ބޭނުންވާނެ ކަންކަން ހުންނާނެކަން… ރިލޭޝަން އެއްގެ އުޅެވޭނީ އެކަކު އަނެކަކުގެ ފީލީންގްސްއަށް އިހުތިރާމުކޮށްގެން… އެކަކު އަނެކަކު ބޭނުންވާ ކަންކަން ކޮށްދީގެން…” އަންޖޫދާ ވިޝާން އާ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ. ކުރިން ދުވަހަކުވެސް އަންޖޫދާ އެފަދަ ވާހަކައެއް ދައްކާފައި ނުވުމުން ވިޝާން ހުރީ ކުޑަކޮށް ހައިރާންވެފައެވެ.

“ތި ބުނީ ކީކޭ؟ ނޭނގުނު ތި ކިޔާ އެއްޗެއް…” ވިޝާން ދަތްދޮޅީގައި ޝަހާދަތް އިނގިިލި ޖައްސާލަމުން ބުނެލިއެވެ. އަންޖޫދާ ދެލޯ ހަނިކޮށްލަމުން ވިޝާން އަށް ބަލާލިއެވެ. ވިޝާން އަށް ދުވަހަކުވެސް ވިސްނޭނެ ހެއްޔެވެ؟

“މި ބުނީ އަބަދުވެސް ވިޝާން ބުނާ ކަންތައްކޮށްދެނީ އަހަންނޭ… ވިޝާން ދުވަހަކުވެސް އަހަރެން ބުނާ ކަމެއް ކޮށްދެންހޭ؟” އަންޖޫދާ އެހެން ބުނެލިއިރު އެއަޑުގައި ރުޅިވެރިކަން ވިއެވެ. އަންޖޫދާ އެ ގޮތަށް ވާހަކަ ދެއްކުމުން ވިޝާން ޖަހާލީ ހިނިގަނޑެކެވެ.

“އަންޖޫ… އަހަރެންވެސް ކޮށްދެމެއްނު އަންޖޫ ބުނާ ކަންކަން… އެހެންނޫނަސް އަންޖޫއަށް ވެސް އިނގޭނެ އަހަރެން މީ ރުޅިގަދަ މީހެއްކަން… ބައެއް ފަހަރު އަހަންނަށް ރުޅި އާދެވެނީއޭ..” ވިޝާން ވަރަށް ހަމަޖެހިފައި ބުނެލިއެވެ. އަންޖޫދާގެ ރުޅި އިތުރަށް ގަދަވިއެވެ.

“މިހާރު ވިޝާން ބޭނުންހާ ގޮތެއް ހަދައިގެން އަހަންނަށް އުޅެވިއްޖެ… ” އަންޖޫދާ ވިޝާން އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލިއިރު އޭނާގެ ދެބުމަ ގޮށްޖެހިފައި ހުއްޓެވެ.

“ދެން ތިބުނީ މަށާ އެކީ އުޅެން ބޭނުން ނުވަނީއޭތަ؟” ވިޝާން ރުޅިގަދަވީ ވަރުން އެހެން ބުނެލީ ދަތްކުނޑި ވިކާފައެވެ.

“އެހެން އަހަރެން އެއްފަހަރުވެސް ބުނެފިންތަ؟” އަންޖޫދާ ބުނެލިއެވެ. އޭނާ މިރޭ އެ ހުރީ ވިޝާން އަށް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ” އަަހަރެން މި ބުނީ ވިޝާން ތި ގެންގުޅޭ ގޮތްގަނޑު ރަނގަޅުކުރަންވެއްޖޭ…” އަންޖޫދާ ހަރުކަށިކަމާއެކު އެހެން ބުނެލުމުން ވިޝާންގެ ރުޅި ހައްތަހާ ގަދަވިއެވެ.

“އަންޖޫދާ ކީކޭ ހިތައިގެންތަ ތި އުޅެނީ؟ ކީކޭ؟ މަގޭ ގޮތްގަނޑޭ؟ ބަދަލުކުރާށޭ؟ ނުވާނެ ތިކަމެއް…!” ވިޝާން އަންޖޫދާ އާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއިރު އެ ދެލޮލުން އެކަނި ވެސް އޭނާ ރުޅި އައިސްފައި ހުރި މިންވަރު ހާމަވެއެވެ. އޭނާ އަންޖޫދާ ގާތަށް ޖެހިލުމަށްފަހު ބާރަކަށް އަންޖޫދާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

“އައްދޯތް ވިޝާނޫ…!” ތަދުވިވަރުން އަންޖޫދާއަށް ގޮވާލެވުނެވެ. ނަމަވެސް ވިޝާން އޭނާގެ އަތުން ދޫކުރާކަށް ނޫޅުނެވެ. އަންޖޫދާ އޭނާގެ އަތުން ވިޝާންގެ އަތް ނައްޓުވަން މަސައްކަތްކުރި ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. ވިޝާން މާ ބާރު ގަދައެވެ.

“ވިޝާން… ދޫކޮށްބަލަ…! ކީއްވެގެންތަ ތިއުޅެނީ؟” އަންޖޫދާ އަޑަށް ބާރުލާފައި ބުނެލިއެވެ. އޭރުވެސް އޭނާ ގެންދިއައީ ވިޝާންގެ އަތްދަށުން ސަލާމަތްވެވޭތޯ މަސައްކަތްކުރަމުންނެވެ. ވިޝާން އަންޖޫދާ އަތުގައި ހިފައި ބާރަކަށް އޭނާ ހޫރާލިއެވެ. އެއާއެކު އަންޖޫދާ ގޮސް ޖެހުނީ ކައިރީގައި ހުރި ގަހެއްގެ ބުޑަށެވެ. އޭނާގެ ނިތްކުރިމަތި ގަހުގެ ގޮތްޕެއްގައި ޖެހި މަށައިގެން ދިއައެވެ. އަންޖޫދާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެންމެ ލޯބިވި މީހާ އޭނާއަށް މިހާރު އަނިޔާކުރަންވެސް ފެށީއެވެ.

“ވިޝާން ކީއްވެ؟ ކީއްވެ ތިހެން ތި ހަދަނީ؟ ވިޝާން އަަހަރެން ދެކެ ކުޑަކޮށްވެސް ލޯބި ނުވަނީތަ؟” އަންޖޫދާ ގިސްލުމުގެ ތެރެއިން އަހާލިއެވެ. އޭނާ މަޑުމަޑުން ތެދުވެ ވިޝާންގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ ރުޅިވެރިކަމެވެ. ވިޝާން ރުޅިއައިސްގެން މޫނު އަނެއް ފަރާތައް އަނބުރާލިއެވެ. އަންޖޫދާ އެ ހުރިި ފިޔަވަޅު މަތީގައި ވިޝާން އާ ދިމާއަށް ބަލަން ހުއްޓެވެ.

“ވަރަށް ރަނގަޅަށް އަޑު އަހާތި… މަ ނުވެ އަންޖޫދާ ދެކެ އެއްވެސް  އިރެއްގައި ލޯތްބެއް… އިނގެއްޖެތަ؟ ކަލެއާ އެކު އުޅުނީ ކަލޭ ރީތިކަމުން..” ވިޝާން ފަހަތައް އެނބުރި ހުރެ އެހެން ބުނުމުން އަންޖޫދާ ވަކިން ބޮޑަށް ދެރަވިއެވެ. ނަމަވެސް އޭނާ ހުރީ މިރޭ ވިޝާން އަށް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ހިތްވަރުލާފައި އޭނާ ވިޝާންއާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަށް ހެޔޮ ވިޝާން އަހަރެން ދެކެ ލޯބި ނުވިޔަސް… އަހަންނަށް އަދި ލިބޭނެ ތިޔަށް ވުރެ މާ ރަނގަޅު ފިރިހެނެއް..” އަންޖޫދާ ކަރުނަތައް ފުހެލަމުން އެހެން ބުނެލީ ހަރުކަށިކަމާއެކުގައެވެ. އެއާއެކު ވިޝާންގެ ދެއަތް މުއްކެވިގެން ދިއައެވެ. އަންޖޫދާ އޭނާ އާ އެހާ ޖެހިލުން ކުޑަ ކަމާއެކީ ވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟

“އަހަރެން ދަނީ.. ދެން އަހަރެން ފެންނަ ހިސާބަށް ވެސް ތި ވިޝާން އައިސްގެން ނުވާނެ…” އަންޖޫދާ ސާބިތުކަމާއެކު އެހެން ބުނެލުމަށްފަހު  ގަސްތަކުގެ ތެރެއިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ވިޝާންގެ ބާރުގަދަ ދެއަތް އައިސް އޭނާގެ ހަށިގަނޑު ވަށާލިއެވެ.

“ތިހެން ދެވޭނެ ކަމަށްތަ ހީކުރީ… މަގޭ މަގުސަދު ފުރިހަމަވީމަ ދެވޭނީ!” ރުޅިވެރިކަމާއެކު ވިޝާން އެހެން ބުނެ އަންޖޫދާ ބިންމައްޗަށް ވައްޓާލިއެވެ. އަދި ތިރިވެ އަންޖޫދާ ލައިގެން ހުރި ހެދުމުގެ ޒިބުގައި ހިފައި ތިރިކޮށްލިއެވެ. ލިބުނު ސިހުމާއެކު އަންޖޫދާއަށް ހަޅޭއްލަވައިގަނެވުނީ މި ވާން އުޅެނީ ކީއްކަން ފަހުމްވާ ހާލުގައެވެ.

***

މޫދަށް ޑަސްބިން އަޅާލުމަށްފަހު ރާހުލް ދެފައިކުރި ތަންކޮޅެއް މައްޗަށް އަރުވާލުމަށްފަހު މޫދުގެ ލޮނު އޭނާގެ ތަނބިކަށްޓާ ހަމައަށް އަރާ ހިސާބަށް ދިއައެވެ. އަދި ޑަސްބިން ރީތިކޮށް ދޮވެ ސާފުކޮށްލުމަށްފަހު މޫދުން އެރިއެވެ. އެތަނުގައި ހުރި ގަސްގަނޑެއް މަތީގައި ޑަސްބިން ބަންޑުން ބާއްވާލުމަށްފަހު އޭނާ ދޮންވެލިގަނޑު މަތީގައި ދެފައި ވަށް ކޮށްގެން އިށީނެވެ. ފުން ހިޔާލެއްގައި އިނދެ އޭނާ އެއްއަތުން ހިމުން ދޮންވެލިގަނޑާ ކުޅެމުން ގެންދިއައެވެ.

އެ ގަޑީގައި އެތަނުން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީވެ، މުޅި ތަނަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ގޮނޑު ދޮށަށް ރާޅު ބީއްސާލާ އަޑާއެކު މަޑުމަޑު ވައި ރޯޅިތައް އައިސް ގަސްތަކުގެ ފަތް ތަކުގައި ބީހިލުމުން އެ ހެލޭ އަޑާ އެއްވެފައި ވީއިރު އެ މާހައުލު ވަރަށް ވެސް ހިތް ގައިމެވެ.

ރާހުލްގެ ސިކުނޑީގައި ވަނީ އަންޖޫދާއެވެ. ރޭގައި އަންޖޫދާ އޭނާ ކައިރިއަށް އައިސް އުޅުނު ގޮތް ހިތަށް އެރުމާއެކު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިއައެވެ. އެ ލޯބި ހަށިގަނޑުގައި އެއްފަހަރު ނަމަވެސް ބީހިލުމަށް އޭނާގެ ހިތް އެދި ގޮވަމުން ދަނީއެވެ. ނަމަވެސް މިޔަދު އަންޖޫދާ އެއްފަހަރުވެސް އޭނާ އާ އަނގައިން ނުބުނުމުން އެ ހިތުގައި ޖެހުނެވެ. އަނެއްކާ އަންޖޫދާ ހަމަ އަސްލުވެސް އޭނާ އާ ސަމާސާއެއް ކުރަނީ ހެއްޔެވެ؟ ނުވަތަ ލަނޑެއް ދޭން އުޅެނީ ހެއްޔެވެ؟

ރާހުލް އެހެން އިންދައި ސިހިގެން ދިއައީ އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑަށެވެ. ސިހިފައި އޭނާ ކޮޅަށް ތެދުވެ ހަތަރު ފަރާތް ހޯދާ ބަލާލި އިރު އެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނާ މާހައުލަށް ކަންފަތް ދީގެން ހިނދުކޮޅަކު މަޑުކުރި ނަމަވެސް އިތުރަށް އެއަޑެއް ނީވުނެވެ. އެހެންކަމުން އޭނާ ޔަޤީންކުރީ އެއީ އޭނާއަށް ހީވި ހީވުމެއް ކަމުގައެވެ. ބަންޑުން ޖަހާފައި އޮތް ޑަސްބިން ނަގައި، އެ ހިފައިގެން އޭނާ އެއްގަމާ ދިމާއަށް މިސްްރާބު ޖެހިއެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާވެސް އޭނާއަށް އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު އިވިގެން ދިއައެވެ. އެއަޑު އަންނަނީ ގަސްތަކުގެ ތެރެއިން ކަމުން އޭނާ ބާރަކަށް ޑަސްބިނުގައި ހިފަހައްޓާލަމުން އެ ދިމާއަށް މިސްރާބު ޖެހީ ޖެހިލުންވެ ހުރެއެވެ.

ގަސްތަކުގެ ތެރެއިން ލާފައި ވަކި ހިސާބަކަށް ދެވުނުތަނާ ރާހުލް އަށް ފެނުނު މަންޒަރަކުން އޭނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ރޮއި ހޭރެމުން ދިޔަ އަންޖޫދާގެ ގައިމަތީގައި މިނިކާވަގެއްހެން އޮތް ވިޝާން އެ ކުރަން އުޅޭ ކަންތައް ރާހުލްއަށް ވިސްނުމާއެކު އޭނާ ކޮޅުކޮޅު ހޯދާލީ ވިޝާން އަށް ހަމަލާ ދޭނެ އެއްޗެއް ފެނޭތޯއެވެ. ހޯދާ ހޯދާވެސް ރަނގަޅު އެއްޗެއް ނުފެނުމުން އޭނާ އަތުގައި އޮތް ޑަސްބިނުން ވިޝާންގެ ބޮލުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އެއާއެކު ޑަސްބިން ފަޅައިގެން ދިއައެވެ. ވިޝާން ތެދުވެ ރާހުލް އާ ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. ވިޝާން ރާހުލް އާ ދިމާއަށް މިސްރާބު ޖެހުމުން ރާހުލް އަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.

ތެޅިތެޅި އޮތް އަންޖޫދާ ސިހުނީ ވިޝާންގެ ފަހަތުން މީހަކު އައިސް ކޮންމެވެސް އެއްޗަކުން އޭނާގެ ބޮލުގައި ޖެހުމުންނެވެ. ވިޝާން ރުޅި ގަދަ ވެފައި އެ މީހާއާ ދިމާއަށް ދިޔަ ވަގުތު އެއީ ރާހުލް ކަން އަންޖޫދާއަށް އެނގުނެވެ. ރޮމުން ގިސްލަމުން އަންޖޫދާ ގޮސް ފަހަތުގައި ހުރި ގަހުގެ ނިވަލަށް ވަދެ ވިޝާން އާ ރާހުލް އަށް ބަލަން ހުއްޓެވެ.

ވިޝާން އޭނާގެ ދެއަތް މުއްކަވާލުވަށްފަހު ރާހުލްގެ ބަނޑުގައި ބާރު އެތިފަހަރެއް ޖެހިއެވެ. އެވަގުތު ރާހުލް ކުޑަކޮށް ތިރިވެ ބަނޑުގައި އަތް އަޅާލިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ތެދުވެ ވިޝާން ކޮބައިތޯ ބަލާލިއިރު ގަހުގެ ނިވަލުގައި ހުރި އަންޖޫދާ އާ ދިމާއަށް ހިނގައިގަންނަނީއެވެ. މި މަންޒަރު ފެނުނު އަންޖޫދާއަށް ވިޝާންގެ ކިބައިން ސަލާމަތްވުމަށްޓަކައި ދުއްވައިގަނެވުނީ އަތިރިމައްޗާ ދިމާއަށެވެ. ނުލަފާ ހިނިގަނޑެއް ޖަހާލުމަށްފަހު ވިޝާން އަންޖޫދާ ދިޔަ ދިމާއަށް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރީ ފަހަތުން މީހަކު ބާރަކަށް އެއްޗަކުން ބޮލުގައި ޖެހުމުންނެވެ. ވީ ތަދުން އޭނާ ހަޅޭއްލަވައިގަނެފައި ބޮލުގައި އަތް އަޅާލިއެވެ. އޭރު ހޯސް ލާފައި އެ ބޮލުން ލޭތައް ފައިބަމުން ގެންދިއައެވެ. މުޅިތަން އެނބުރޭކަމުގެ އިހުސާސް ވިޝާން އަށް ކުރެވެމުން ދިޔަ އިރު ފަހަތުގައި ހުރި ރާހުލް އޭނާގެ އަތުގައި އޮތް ލަކުޑި ބުރިއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ރާހުލް އަނެއްކާވެސް އެ ލަކުޑި ބުރިން ވިޝާންގެ ބޮލުގައި ޖެހުމާއެކު ވިޝާން ހުރި ދިމާއަށް ވެއްޓުނެވެ.

ލަކުޑި ގަނޑު އެއްލާލުމަށްފަހު ރާހުލް ދުވެފައި އަންޖޫދާ ދިޔަ ދިމާއަށް ދިއައެވެ. ރާޅު ޖަހާ ހިސާބުގައި މަޑުކޮށްލައިގެން ހުރި އަންޖޫދާ ސިހިފައި ފަހަތް ބަލާލިއިރު ރާހުލް ފެނި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“ކޮބާ އޭނާ؟” އަންޖޫދާ ޖެހިލުންވެ ހުރެ އަހާލީ ވިޝާންގެ ވާހަކައެވެ.

“އަހަރެން ލަކުޑިން ޖެހީމަ އޭނަ ވެއްޓެނީ… ހޭނެތެނީ..” ރާހުލް އަންޖޫދާ އާ ދިމާއަށް ފުންކޮށް ބަލާލަމުން ބުނެލިއެވެ. އެ ރީތި ދެލޮލުން ކަރުނަ ފޭދިފައި ވީއިރު އެ ހަށިގަނޑުގައި މަޑުތުރުތުރެއް ވާކަން ރާހުލް އަށް ފާހަގަވިއެވެ. ރާހުލް އެހެން ބުނުމުންވެސް ބިރުގަނެފައިވާ ނަޒަރަކުން އޭނާ ގަސްތައް ތެރެއަށް ބަލާލިއެވެ. ލައިގެން ހުރި ހެދުމުގެ ކުރިމަތިން ބައެއް ވީދިފައި ވީއިރު އޭނާގެ މޭމަތިން ބައެއް ހާމަވާން ހުއްޓެވެ. އެކަން އިހުސާސްވެގެން ކަންނޭނގެއެެވެ. އޭނާ ކުއްލިއަކަށް މެއާ ދިމާލުން ދެއަތް ހުރަސްކޮށްލުމަށްފަހު ރާހުލް އަށް ބަލާލިއެވެ. ރާހުލް އަވަސް އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓާލިއެވެ.

“ހިނގާ ގެއަށް…” އަންޖޫދާ ރާހުލް އަށް ވުރެ ކުރިން ހިނގައިގަންނަމުން ބުނެލިއެވެ. ރާހުލް އަންޖޫދާގެ ފަސްފަހަތުން ހިނގައިގަތް އިރު އެ ހިތުގައި އެތައް ސުވާލުތައް ފުނިޖެހެމުން ދިއައެވެ. އަންޖޫދާ ގަސްތަކުގެ ތެރޭގައި ވިޝާން އާ އެކީ ކީއްކުރަނީ ބާވައެވެ؟ އަންޖޫދާ ދިއައީ އާމިނާ އާ އެކު ޕާޓީއަށްކަން އޭނާ އަށް އެނގެއެވެ. ނަމަވެސް ޕާޓީއަށް ނުގޮސް އަންޖޫދާ މިތަނުގައި ކީއްކުރަނީ ބާވައެވެ؟

“އަންޖޫދާ ގަސްތަކު ތެރޭ ކީއްވެ؟” ރާހުލް އަހާލިއެވެ. އޭނާ ހުރީ އަންޖޫދާގެ ހާލާމެދު ކަންބޮޑު ވެފައެވެ.

“އެއީ… މިއީ… ވިޝާން އަހަރެން ގަދަކަމުން ގެނައީ…” އަންޖޫދާ ދޮގެއް ހަދާލިއެވެ. އާމިނާއަށް އޭނާ ވިޝާން އާ ރައްޓެހިވިކަން އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ރާހުލް ގާތުވެސް ދޮގު ހެދީ އެހެންވެއެވެ. އާމިނާ ގާތު ރާހުލް އެހެން ބުނެފާނެތީއެވެ.

އަންޖޫދާ އާ ރާހުލް އަށް އެއްގަމަށް ނޭރިގެން އުޅެނިކޮށް އެ ދެމީހުންގެ ކަންފަތުގައި ޖެހުނީ ވިޝާންގެ ހަޅޭކުގެ އަޑެވެ. ސިހިފައި އަންޖޫދާ ފަހަތް ބަލާލިއިރު ގަސްތަކުގެ ތެރެއިން ނިކުމެގެން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ވިޝާން އެ ދިމާއަށް އާދެއެވެ. ވިޝާން ފެނި ބިރުގަތް ވަރުން އަންޖޫދާ ރާހުލްގެ އަތުގައި ހިފާލިއެވެ. ރާހުލް ބަލާކަށް ނުހުރެ އަންޖޫދާ އާ އެކު ދުއްވައިގަތީ ގެއާ ވީ ދިމާއަށެވެ.

އެއްއަތުން ރާހުލްގެ އަތުގައި ހިފައިގެން އަނެއް އަތުން އޭނާގެ މޭމަތި ނިވާކުރަމުން އަންޖޫދާ ދުވެފައި އަންނަ މަންޒަރު ފެނުމުން ގޭ ދޮރުމަތީގައި ހުރި އާމިނާ ހައިރާންވިއެވެ. އޭގެ ފަހަތުން އައި ވިޝާން ފެނި އާމިނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ. އަންޖޫދާ އެ އައި ގޮތަށް އައިސް އާމިނާ ގެ ފުރަގަހަށް ވަނެވެ. ރާހުލް ވެސް އާމިނާ ގާތު ހުއްޓި ހުރީ ދުވެފައި އަންނަ ވިޝާން އަށް ނަޒަރު ހުއްޓާލައިގެންނެވެ.

ވިޝާން އާމިނާއާ ދާދި ގާތަށް އައިސް ހުއްޓުނެވެ. އަދި ރުޅިވެރި ނަޒަރަކުން ކައިރީގައި ހުރި ރާހުލް އަށް ބަލާލިއެވެ. އޭނާ އެއްއަތުން ބޮލުގައި ހިފަހައްޓާލައިގެން ހުރި އިރު އޭރުވެސް ބޮލުން ކުޑަކޮށް ލޭ ފައިބަމުން ދިއައެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟” އާމިނާ އޭނާގެ ޒީލަދަގަ އަޑުން އަހާލީ ތިން މީހުންގެ މޫނަށް ވަކި ވަކިން ބަލާލަމުންނެވެ.

“މަންމާ.. މީނަ އަހަންނާ ބެހެން އުޅުނީ..” އަންޖޫދާ ރޮއިގަނެފައި އަވަސް އަވަހަށް ޖަވާބުދިނީ ވިޝާން އަށް އިޝާރާތް ކޮށްލަމުންނެވެ. އާމިނާ އަލިފާނުގެ ނަޒަރަކުން ވިޝާން އަށް ބަލާލި ގޮތުން ވިޝާން ވެސް ކުޑަކޮށް ފަސްޖެހުނެވެ.

“އަހަރެން ޕާޓީގަ ހުއްޓަ އޭނަ އައިސް އަހަރެން ގަދަކަމުން ގެންދިއައީ އަތިރިމަތި ކައިރިއަށް… ދެން އަހަރެން ހަޅޭލަވާ އަޑު އިވިގެން ރާހުލް އައީ.. ރާހުލް އައިސް އަހަރެން ސަލާމަތްކުރީ..” އަންޖޫދާ އާމިނާ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ. ވިޝާން ރުޅިގަދަވެފައި އަންޖޫދާ އާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ވާހަކަ ދައްކަން އަނގަ ހުޅުވި ނަމަވެސް އާމިނާ އޭނާއަށް އެ ފުރުސަތެއް ނުދިނެވެ.

“ޚަބަރުދާރު.. ކަލޭ މިތަނުން ރައްކާވޭ! މަގޭ ދަރިއާ ބެހެން އަދި އުޅުނެއްނު… ހުރި ނުލަފާކަން!!” އާމިނާ ވިޝާން އާ ދިމާއަށް ބާރަކަށް ހަޅޭއްލަވައިގަތެވެ. ވިޝާން އާމިނާ އާ ދިމާއަށް ލޯ އަޅާލިއެވެ.

“އޭ… މަށެއް ނޫނޭ…. ކައެ ގެ ދަރި އުޅުނީ މަށާ ހެދި މޮޔަވެގެން… އަތިރިމައްޗަށް ވެސް އައީ އޭނާ އަމިއްލައަށް…” ވިޝާން ދަތްކުނޑި ވިކާފައި ބުނެލިއެވެ.

“އަދި ފޮނި ދޮގުތަކެއް އެބަ ހަދައެއްނު؟ ކަލޭގެ ވާހަކަ އޮފީހަށް އަންގާނަން… ކަލެއަށް ހައްްގު އަދަބު ލިބޭނެ!” އާމިނާ ވިޝާންއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމަށްފަހު އަންޖޫދާ ގޮވައިގެން އެތެރެއަށް ވަނެވެ. ރާހުލް ވެސް އެމީހުންގެ ފަސްފަހަތުން އެތެރެއަށް ވަނީ ވިޝާން އޭނާ އަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަންޖޫދާމެން ގެއަށް ވަނުމުން ވިޝާން ރުޅިއައިސްގެން ބިން މަތީގައި ފައިން ޖެހިއެވެ. ބޮލަށްވެފައިވާ ތަދާއެކު އޭނާ ގެއަށް ދާންވެގެން އެނބުރެލި ތަނާ އޭނާގެ ލޮލުގައި އަޅައިގަތީ އާމިނާ އާ އޭނާގެ ޒުވާބު އަޑުއަހަން ކައިރި ގެތަކުން ނިކުމެ ތިބި މީހުންތަކެވެ. އެމީހުން ފެނުމުން އޭނާ ފަހަރަކު މީހަކާ ދިމާއަށް ލޯއަޅައިލީ ދެބުމަ ގޮށްޖަހައިގެން ހުރެއެވެ.

“ކައޭމެން ކީއްކުރަން ތިބަލަނީ… ރައްކާވޭ!” ވިޝާން ބާރަކަށް އެހެން ބުނުމުން އެންމެން ވެސް އަވަސް އަވަހަށް އެމީހެއްގެ ގެއަށް ވަދެއްޖެއެވެ. އެއާއެކު އެއް އަތުން ބޮލުގައި އަތް އަޅައިގެން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ވިޝާން މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ.

***

ނިތްކުރީގެ މަށައިގެން ގޮސްފައިވާ ތަނުގައި އާމިނާ ބޭސް އަޅައިދީފައި ދިއުމުން އަންޖޫދާ އެނދުގައި އޮވެ ބާލީހުގައި ބައްދާލިއެވެ. އަދި ދެންމެ ހިނގައިދިޔަ ކަންތަކާމެދު ދެވަނަ ފަހަރަށް ވިސްނާލިއެވެ. ވިޝާން އަކީީ އެހާ ނުލަފާ މީހެއްކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ. މިރޭ ވިޝާންގެ އަތްދަށުން ސަލާމަތް ނުވި ނަމަ އޭނާގެ އިއްފަތްތެރިކަން ގެއްލުނީސްކަން ޔަޤީނެވެ. ވިޝާން ކަހަލަ ނުބައި މީހެއްގެ ކިބައިން ސަލާމަތްވީތީ އޭނާ މާތް ﷲ އަށް ޝުކުރު ކުރިއެވެ. އޭނާ ވިޝާން އަށް އެހާ ރަނގަޅަށް ކަންތައް ކޮށްދިން އިރު ވެސް ވިޝާން ހެދިގޮތް ނިކަން ދެކިބަލާށެވެ. އެވަގުތު އަންޖޫދާއަށް ސިފަވެގެން ދިއައީ ރާހުލްއެވެ. ރާހުލް އޭނާ ސަލާމަތްކުރަން ވެގެން އުޅުނު ގޮތެވެ. ރާހުލް ވެސް ވިޝާން އަށް ވުރެ ހާސްބައި ރަނގަޅޭ އެވަގުތު އޭނާގެ ހިތަށްއެރިއެވެ. ކުރިން ރާހުލް އާ ދޭތެރޭ ކަންތައްކުރެވުނު ގޮތާމެދު އޭނާ ދެރަވިއެވެ. މިޔަދު އޭނާގެ އަބުރާ ޢިއްޒަތް މި ސަލާމަތްވީ ރާހުލް ގެ ސަބަބުންނެވެ. އެންމެ ފަހަރަކު ނަމަވެސް އެ ނިކަމެތި ބަންގްލަދޭޝް މީހާ އުޅޭ ގޮތާމެދު އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މަންޝާ (ސައުރަޔާޅިސްވަނަ ބައި)

Next

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. (4)

Next
September 9, 2016

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. (4)

Previews
September 8, 2016

މަންޝާ (ސައުރަޔާޅިސްވަނަ ބައި)

29 Comments!

  1. Liaa says:
    September 8, 2016 at 7:39 pm

    Hey guys.. Tell me ingey how u felt about this part 🙂
    Loves <3

  2. Amko says:
    September 8, 2016 at 7:48 pm

    Vvv reethi mibaives

    1. Liaa says:
      September 9, 2016 at 2:50 pm

      Thankyw Amko 🙂

  3. rose says:
    September 8, 2016 at 7:52 pm

    vr intresging… komme dhuvahaku up kohdheythi ingey.. plx… vr inthixaaru kurevey komne dhuvahakuves…. iru iru kolhun hama beleny

    1. Liaa says:
      September 9, 2016 at 4:02 pm

      Thankss rose 🙂 komme dhuwahaku up eh nukureveyne.. Ekam Liaa balan veehaaves avahah up kureveythw 🙂

  4. Jeen says:
    September 8, 2016 at 7:53 pm

    Story hama habeys… Hiyy thelhi thelhi hama iniii vaahaka kii iru… Liaa vrh molhu kudhin hiyy thalhuvaalan.. 🙂 :-*

    1. Liaa says:
      September 9, 2016 at 4:03 pm

      thank u so much Jeen 🙂

  5. thoo says:
    September 8, 2016 at 7:54 pm

    v reethi and anju salaamaiy v ma adhi maa salhi

    1. Liaa says:
      September 9, 2016 at 4:04 pm

      Thankss Thoo 🙂

  6. aik says:
    September 8, 2016 at 8:08 pm

    vv reethi..??

    1. Liaa says:
      September 9, 2016 at 4:04 pm

      Thankss aik 🙂

  7. Niyer says:
    September 8, 2016 at 8:12 pm

    Dhen Anjoodhaa ah loabi veveynee Rahul dheke. Saahibu meeha ge dhari geyga gengulhey Noakaru dheke loabiveema iyah kiyaanee Nuhahgu Loabi ey.

    1. Liaa says:
      September 9, 2016 at 4:17 pm

      Niyer 🙂 lets see dhw wat will heppan… hama Niyer thi buni gothah ves vedhaane 🙂

  8. Same says:
    September 8, 2016 at 8:38 pm

    V reethi

  9. faathimaa says:
    September 8, 2016 at 8:46 pm

    woah….. i am speechles.. liaa your just hama great….. i love your story.. i am a big fan of u now.. liaa ge story thah kiaafa faathima ah school ga dhey story liaa activity thakh story lian vrh help libey.. thankew liaa for such wonderful story.. <3

  10. Rafa says:
    September 8, 2016 at 8:58 pm

    Hi liaaa..stry dhaa goi v v v salhiveyje nw…v v v kiyaa hithun meeny nxt partvx..good luck engey ???

  11. HoarNaachni says:
    September 8, 2016 at 9:01 pm

    Nice.

  12. Romromromantic says:
    September 8, 2016 at 9:07 pm

    Vishaan ah haadha kame nuveyey dho.Adhi vaanekanneyge fahun.story is gud.Liaaa

  13. Akki says:
    September 8, 2016 at 9:28 pm

    Hey? vrh reethi mi bai ves? when next part?

  14. Thaany says:
    September 8, 2016 at 9:29 pm

    Waahaka v reethi kon haadhisaathah mi annanee v inthizaaru kurevey fadha gothaka liaa thi nimmalee awas kohdhehchey next part…lurv this one..

  15. mee-s~♡ says:
    September 8, 2016 at 9:46 pm

    Nice.. dhen oiy bayah intixaaru kuran

  16. Madhy says:
    September 9, 2016 at 12:18 am

    Story hama v salhi. ?

  17. Munchkin ? says:
    September 9, 2016 at 2:22 am

    Hey liaa✋
    Story hama habeys☺
    Varah rythi assu es?
    Waiting for next part?

  18. Appy says:
    September 9, 2016 at 8:18 am

    Liaa the super writer …..luv u ..liaa mihaa rythi story eh genesdheythy??????????????????????????

  19. ny says:
    September 9, 2016 at 9:01 am

    V v reethi………dhn anjooge love partna akavaanee raahulthaadhoa……

  20. harry says:
    September 9, 2016 at 10:01 am

    ????????????❤❤❤❤????

  21. Sabeeha says:
    September 10, 2016 at 9:01 am

    vv reethi..??

  22. zambi says:
    September 10, 2016 at 11:48 pm

    Lisa this story is great……up kohdhecchey avahah ?

  23. zambi says:
    September 10, 2016 at 11:49 pm

    Liaa*

Comments are closed.

Next Episodeނުހައްޤު ލޯބި (13 ވަނަ ބައި)←


All Right Reserved!