ކޭކުގެ ބާކީ އޮތް ބައި ރާހުލް އަށް ހުސް ނުވާނެކަން އެނގުމުން އަންޖޫދާ އެ ބައި ހިފައިގެން ފަރި ހިނގުމެއްގައި އެ ކޮޓަރިން ނިކުމެގެން ދިއައިރު ރާހުލް ހައިރާން ކަމާއެކު އެ ދިމާ ބަލަން ހުއްޓެވެ.
އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުން މޭގައި އަތް އަޅާލަމުން ރާހުލް ހަމަޖެހެން މަސައްކަތްކުރިއެވެ. އަންޖޫދާ އޭނާއަށް ޖައްސާފައި އެވަނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް ދެންމެ އެ ފެނުނީ ހުވަފެނެއް ނޫން ބާވައެވެ؟ ނިދިން ހޭނުލެވިގެން އުޅޭ މީހެއް ފަދައިން ރާހުލް ދެތިން ފަހަރު އޭނާގެ ކޮލުގައި ޖަހާލިއެވެ. ހަމަ ހަޤީޤަތުގައިވެސް އަންޖޫދާ އޭނާ އާ އެފަދަ ގޮތަކަށް ކަންތައްކޮށްފާނެ ބާވައެވެ؟
ރާހުލް ފަތްޖެހިއެނދުގައި އޮށޯވެލިއެވެ. ނަމަވެސް ނިދި ވަނީ އޭނާ އާ މާދުރުގައެވެ. އަންޖޫދާގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރިފައިވީއިރު އެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އަންޖޫދާ އަކީ އޭނާގެ މިލްކަކަށް ހެދިދާނެކަމުގެ އުންމީދު އެ ހިތުގައި އާވެގެން ދިއައެވެ.
***
އަންޖޫދާ ކޭކު ހިފައިގެން ގޮސް ސިއްރުސިއްރުން ގޭތެރެއަށް ވަނެވެ. މި ވަގުތު އާމިނާ އާއި ސައްތާރު ވެސް އޮންނާނީ ނިދާފައި ކަން އެނގުމުން އޭނާ ބެލީ އެއްވެސް އަޑެއް ނުލައްވާ އުޅެވޭތޯއެވެ. މަޑު ފިޔަވަޅު ތަކެއްގައި އޭނާ ގޮސް ބަދިގެއަށް ވަނެވެ. އަދި އެ ކޭކުން ދެތިން ފޮތި ކައިލުމަށްފަހު ދެން އޮތް ބައި އަތުން މޮޑެ ޗިސްޗިސްކޮށްލުމަށްފަހު ޑަސްބިނަށް އަޅާލިއިރު އެ މޫނުމަތީގައި ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގައި އެއިން ފެންފޮދެއް ބޯލުމަށްފަހު އޭނާ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ނިވި ދިއްލެމުން ވައިބްރޭޓް ވަމުން ދިޔަ އޭނާގެ ފޯނެވެ. އެ ގުޅަނީ ވިޝާންކަން އެނގޭތީވެ އޭނާ އަވަސް އަވަހަށް ގޮސް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ކޮން އިރެއްތަ މިހާރު ގުޅާތާ؟ ކިހިނެއް ވެގެންތަ ފޯނު ނުނަގަނީ؟” އަންޖޫދާ ފޯނު ނެގުމާއެކީ ވިޝާން ބާރުބާރަށް އަހާލިއެވެ. އެއަޑުގައި ވަނީ ރުޅިވެރިކަމެވެ. އެއީ އަބަދުވެސް ވާގޮތެވެ. ވިޝާން ބޭނުންވާ ވަގުތެއްގައި ބޭނުންކަމެއް އަންޖޫދާއަށް ނުކޮށްދެވިއްޖެނަމަ ވިޝާން ގާތައް އަބަދުވެސް ރުޅިއާދެއެވެ. އަންޖޫދާ ވެސް ވިޝާން ބުނިހާ ކަމެއް ކޮށްދީގެން އުޅެނީ އޭނާ ވިޝާން ދެެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.
“އަހަންނަށް ނިދުނީއޭ ލޯބްސް..” އަންޖޫދާ ނިދި އަޑަކުން ވާހަކަ ދައްކަން މަސައްކަތްކުރަމުން ބުނެލިއެވެ.
“އަބަދުވެސް ވާގޮތެއްނު ތީ! ތި ނޫން ވަރެއް އަންޖޫދާއަށް ވޭތަ؟ ނޭނގެނީތަ މަ ވާހަކަ ދައްކަން ބޭނުން އިރަކު އަންޖޫދާ މަށާ ވާހަކަ ދައްކަން ހުންނަން ޖެހޭނެ ކަމެއް!” ހިނދެއް ހިނދަކަށް ވިޝާންގެ އަޑު ދިއައީ ބާރުވަމުންނެވެ. އަންޖޫދާ ދެލޯ މަރައި ބާރުކޮށްލިއެވެ. އޭނާ އެއުޅެނީ ވިޝާން ބުނިހާ ކަމެއް ކޮށްދީގެން އޭނާގެ އަޅަކަށް ވެގެންނެވެ. އެވަރުންވެސް ވިޝާން ކުޑަކަމެއް ވާއިރަށް އޭނާ ދެެކެ ރުޅިއާދެއެވެ.
“ވިޝާން ބޭނުން އިރެއްގަ ބޭނުން ކަމެއް އަހަރެން ކޮށްދެމެއްނު…؟ ދެން ކީއްވެތަ ތިހެން ތި ހަދަނީ؟ އަހަންނަށް ނިދުނީއޭ…” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ. މިރޭ އޭނާ ނިދުނޭ ކިޔާފައި އެހެދީ ދޮގެއް ނަމަވެސް އެހެން ބައެއް ރޭރޭ ވިޝާން ގުޅަން ވާއިރަށް އޭނާއަށް ނިދިފައި އޮވެއެވެ. އޭނާ އަކީ ފުދޭ ވަރަކަށް ނިދި ގަދަ މީހެއް ކަމުން ދެން ހޭލެވެނީ ވިޝާން ދެތިން ފަހަރު ގުޅާ ފަހުންނެވެ. އޭރަށް ވާއިރަށް ވިޝާން ހުންނާނީ ރުޅި ގަދަ ވެފައެވެ.
“ބޭނުން އިރެއްގަ ބޭނުން ކަމެއް ކޮށްދެމޭ؟؟ ނުކޮށްދެ! ނުކޮށްދޭތީނު ތިހެން ތި އުޅެނީ؟؟ މިހާރުވެސް ކިތައް ފަހަރު ގުޅައިފިންތަ؟؟ ” އަންޖޫދާ އެހެން ބުނުމުން ވިޝާންގެ ރުޅި ހައްތަހާ ގަދަވީއެެވެ. އަންޖޫދާ ގެ ލޮލަށް އެވަގުތު ކަރުނަ ޖަމާވިއެވެ. އޭނާ ވިޝާން އަށް ކިތަންމެ ކަމެއް ކޮށްދޭއިރުވެސް އޭނާ ކަމެއް ކޮށްދޭ ކަމަކަށް ނުވާނެއެވެ.
“އަހަންނަށް ނިދުނީއޭ ވިޝް…” އަންޖޫދާ އަނެއްކާ ވެސް އެހެން ބުނެލިއެވެ. އެ ދެލޮލުގައިވާ ކަރުނަތައް ދެ ކޯތާފަތް މައްޗަށް ފައިބައިގަތެވެ.
“ބިޗް!” ވިޝާން ބާރަކަށް އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އަންޖޫދާ ދެތިން ފަހަރު ވިޝާންގެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. ދެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އޭނާއަށް މިރޭ ވިޝާންއަށް ނުގުޅޭނެކަން އެނގެއެވެ. ދެބުމަ ގޮށް ޖަހާލަމުން އޭނާ އެނދުމައްޗަށް ފޯނު ހޫރާލިއެވެ. އަދި މޫނަށް ރުޅިވެރިކަން ގެންނަމުން ދެލޮލުން ފޭބި ކަރުނަތައް ފުހެލިއެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ހިތްދަތިވާ، ނުވަތަ ދެރަވާ ކަމެއް ދިމާވެއްޖެނަމަ އޭނާ އެ ދެރަވުމުގެ މައްޗަށް ރުޅިވެރިކަން ގެނެއެވެ. އެ ގޮތައް ހެދުުމުން އޭނާއަށް ‘ދެރަ’ އިހުސާސްކުރަންޖެހޭ މިންވަރު މަދުވެއެވެ.
***
އަންޖޫދާގެ ހިޔާލުތަކުގައި އޮއްވައި ރާހުލްއަށް ނިދުނީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. އޭނާއަށް ހޭލެވުނީ އާމިނާ އައިސް އެ ކޮޓަރީގެ ޓިނު ދޮރުފަތުގައި ބާރުބާރަށް ތަޅާ އަޑަށެވެ. އަވަސް އަވަސްކޮށްލައިގެން ތެދުވެ ތުވާއްޔާއި ދަތް އުނގުޅާ ބުރުސް ހިފައިގެން ގިފިއްޔަަށް ދާން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ރުޅި މޫނަކާ އެކު ހުރި އާމިނާ ފެނި ރާހުލްގެ ފިޔަވަޅުތަކަށް މަޑުޖެހުނެވެ.
“އަދިވެސް އަވަހޭ ތެދުވަން! ދޭ… ގޮސް އެނދަށް އަރާ ނިދާ… ކަލެއަށް ނޭނގެނީތަ ކަލޭ މިގެއަށް ގެނެވުނީ މަސައްކަތްކުރަންކަން؟ މި މީހުންގެ ވައްތަރޭ! ” އާމިނާ ރުޅިއައިސްފައި ރާހުލް އާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ. އާމިނާ އެހެން ކިޔުމުން ރާހުލް ދެރަވިއެވެ. މިގެއަށް އައިސް މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ ލަހުން ތެދުވީ އަދިކިރިޔާއެވެ. އެންމެ ދުވަހަކު ލަހުން ތެދުވެވުނު ކަމަށްޓަކައި އޭނާއާ ދިމާއަށް އެ ގޮތަށް އެއްޗެހި ކިޔަން ޖެހޭ ހެއްޔެވެ؟ ރާހުލް އެއްޗެކޭ ނުބުނެ ގިފިއްޔާ ދިމާއަށް ހިނގައިގަތެވެ.
ދަތް އުނގުޅާ ހަދައިގެން އޭނާ ނިކުތް އިރު އާމިނާ ހުރީ ގޯތިތެރޭގައި ކާށި ބިންނާށެވެ. ރާހުލް އެދިމާއަށް ދިއުމުން އޭނާ ރާހުލްގެ އަތައް ކާށިކިބަ ލައިދިނެވެ.
“މަށަކަށްނު މި ޖެހުނީ ކާށި ބިންނަން ވެސް… ގާނާ.. އަވަސް ކުރޭ… ހެނދުނު ސައި ވެސް ނޭނގެ ދެން ގަޑިއަށް ހެދޭނެކަމެއް!” ތުން އަނބުރާލަމުން އާމިނާ އެހެން ބުނެލިއެވެ. ރާހުލް ގޮސް އެގޭގެ ގޯތިތެރޭގައި ހިޔާކޮށްފައި ހުންނަ ބައިގައި ބަހައްޓާފައި ހުރި ހުނި ގޮނޑި ނަގައި އެ ކާށި ކިބަ ގާނަން ފެށިއެވެ. އާމިނާ އިތުރު ދެ ކާށި ބިނދެލުމަށްފަހު ރާހުލްގެ ކައިރީ ބޭއްވިއެވެ. އަދި އަވަސްކުރާށޭ ކިޔާފައި ގޭތެރެއަށް ވަދެގެން ދިއައެވެ.
ރާހުލް އަވަސް އަވަސްކޮށްލާފައި ހުނި ގާނަމުން ދިއައެވެ. އިރުކޮޅެއް ފަހުން ބާރު ފިޔަވަޅު ތަކެއްގައި ގޭތެރެއިން ނިކުތް އަންޖޫދާ ފެނި ރާހުލް އަށް އެ ދިމާ ބަލާލެވުނެވެ. އަންޖޫދާގެ ރީތި މޫނު މަތިން ރުޅި ވެރިކަން ފާޅުވަމުން ދިޔައިރު އޭނާގެ ދެލޯ ރަތް ވެފައިވާތަން ރާހުލް އަށް ފެނުނެވެ. އަނެއްކާ އަންޖޫދާ ރޮއީ ބާވައެވެ؟ ރާހުލް ސިހުނީ އޭނާގެ އަތް ހުނިގޮނޑީގެ ތިލައިގައި އެޅުމުންނެވެ. އަތް ތިލައިގެ ބޮޑު ބައެއް މެށިގެން ދިޔައިރު އެތަނުން ނެގި ދިލައާއެކު އޭނާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިއައެވެ. އަވަސްކޮށްލާފައި އަތައް ފުމެލަމުން އޭނާ އަންޖޫދާ ކޮބައިތޯ ބަލާލިއިރު އޭނާ ދޮރާށި ހުޅުވާލުމަށްފަހު ގެއިން ނިކުމެގެން ދަނީއެވެ. ރާހުލް ދެފަރާތައް ބޯ ހޫރާލީ އަންޖޫދާގެ ހިޔާލުތަކުން އޭނާގެ ސިކުނޑި މިންޖުކުރަން ބޭނުންވާ ހާލުގައެވެ. އަދި ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިއައެވެ.
ގެއިން ނިކުމެ އަންޖޫދާ ގޭ ބޭރުގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. އަތުން ހިފައިގެން ހުރިފޯނުގެ ސްކްރީނަށް އިރުއިރުކޮޅާ އޭނާއަށް ބަލާލެވެނީ ބޭއިޚްތިޔާރުގައެވެ. ވިޝާން ގެ ފޯނެއްގެ އިންތިޒާރުގައި އޭނާ ހުންނަތާ މިހާރު ކޮން އިރެއް ހެއްޔެެވެ؟ ގިނަ އިރުވި ވަރަކަށް އަންޖޫދާ ގެ ހިތުގައި ޖެހެމުންދިއައެވެ. ހަމަ އެ ބާރުގައި ރުޅިވެސް ގަދަވަމުން ދިއައެވެ. އޭނާ ދެބުމަ ގޮށް ޖަހައިގެން އިނދެ ފޯނާ ދިމާއަށް ބަލަމުން ގެންދިއައެވެ.
ފޯނު ރިންގުވާން ފެށި އިރަށް އަންޖޫދާ ދިއައީ ސިހިގެންނެވެ. ސްކްރީނަށް ވިޝާންގެ ނަން އަރާފައި އިނުމުން އޭނާ އަވަސްއަވަސް ކޮށްލާފައި ފޯނު ނެގިއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ.
“ހަލޯ…” އަންޖޫދާ ހިންދިރުވާލަމުން ބުނެލިއެވެ. ވިޝާން އޭނާ އާ ދެން ވެސް ވާހަކަ ދައްކާނެ ގޮތެއް ނޭނގޭތީވެ، އޭނާ އިނީ ފުދޭވަރަކަށް ޖެހިލުންވެފައެވެ.
“ހައްހައްހާ…” އެކޮޅުން ވިޝާން ޖަހާލި ނުލަފާ ހިނިގަނޑު އިވިފައި އަންޖޫދާ އިތުރަށް ޖެހިލުންވާ ގޮތް ވިއެވެ.
“ހެލޯ ބިޗް..” ވިޝާން އޭނާ އާ އެގޮތަށް މުޚާތަބު ކުރުމުން އޭނާ ދެރަވިއެވެ. އެތައް ފަހަރަކު ވިޝާން އޭނާ އާ ދިމާއަށް އެހެން ކިޔާފައި ވީނަމަވެސް އެހެން ކިޔާ ކޮންމެ ފަހަރަކުވެސް އެ ހިތުގައި ވޭން އަޅައެވެ. އޭނާ އެހާ ވަރުން ވިޝާން އާ ހެދި އުޅޭއިރުވެސް ވިޝާން އޭނާއަށް ހަދަނީ ބޭނުން ގޮތެކެެވެ.
“ވިޝް…” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ.
“އާދެވޭނެތަ މިރޭ 9 ހާއިރު އެއްކަލަ ތަނަށް؟” ވިޝާން ރުންކުރު ގޮތަކަށް އަހާލިއެވެ.
“ދެވިދާނެ.. އެކަމު…” އަންޖޫދާ ގެ ޖުމްލަ ފުރިހަމަނުކުރެވެނީސް ވިޝާން ވާހަކަ ދައްކަން ފެށިއެވެ.
“ފައިން.. އެންޑް އޮފް ދަ ސްޓޯރީ.. ދެން ކައެ މަށާ ނުގުޅައްޗޭ އެގަޑީގަ އެތަނުން ބައްދަލުވުމުގެ ކުރިން… ބައިބާއިީ..” ވިޝާން ރުޅިވެރި ރާގަކަށް އެހެން ބުނެލުމަށްފަހު ފޯނު ބޭއްވީ އަންޖޫދާ އަށް އެއްޗެއް ބުނާނެ އެއްވެސް ފުރުސަތެއް ނުދީއެވެ. ފޯނު ބޭއްވުމާއެކު އަންޖޫދާ ރުޅި ގަދަވެފައި ފޯނު ހޫރާލިއެވެ. އެއާއެކު އެގޭގެ އަނެއްފަރާތުގައި ހުންނަ ގޭގެ ފާރުގައި ޖެހި ފޯނުގެ ބައިތައް ވަކިވަކި ވެގެން ވެއްޓުނެވެ. ހަމަ އެވަގުތު ގެއިން ނިކުތް ސައްތާރަށް މިމަންޒަރު ފެނި ނުރުހިފައި އަންޖޫދާ އާ ދިމާއަށް ބަލާލިއެވެ.
“ދަރިފުޅާ.. ރުޅިއަޔަސް ފޯނު އުކާކަށް ނުވާނެއްނު؟” ސައްތާރު އަންޖޫދާ އާ ދިމާއަށް ބުނެލިއެވެ.
“ރުޅި ގަދަ ވާނެ.. ފޯނު ސްލޯ ކަމުން… ބައްޕަ ވެސް ކީއް ވާނީ އާ ފޯނެއް ގަނެ ދިނިއްޔާ؟” އަންޖޫދާ އެހެން ބުނެލަމުން ޖޯލިން ތެދުވެގެން ގޮސް ފޯނުގެ ބައިތައް ނަގައިގެން ގޭ ދޮރާށިން ވަނެވެ. އެއާއެކު ސައްތާރު ޗުސް ތަޅާލަމުން ދެ ފަރާތައް ބޯ ހޫރާލިއެވެ. އަންޖޫދާ އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ހޯސް ލާފައި އެ ދެލޮލުން ކަރުނަތައް ފައިބައި ގަތެވެ. ވިޝާން އޭނާ އަށް އެހެން އެ ހަދަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟
“ވައި އަރ ޔޫ ޑުއިންގ ދިސް ވިޝް؟” އަންޖޫދާ އަށް މަޑުމަޑުން ބުނެލެވުނެވެ. އެ ހިތުގައި ވަނީ ހުސް ޝަކުވާއެވެ. ނަމަވެސް އޭނާ އަކީ ފިރިހެނަކާ ހެދި އެގޮތަށް ރޮއިގެން ވާނެ މީހެއް ނޫންކަން ހަނދާންވީ ވަގުތު އަވަސް އަވަސްކޮށްލާފައި ކަރުނަތައް ފުހެލައި ހަމަޖެހެލިއެވެ. އަދި ދެބުމަ ގޮށް ޖަހައިގެން ހުރެ ބާލީހުގައި ބައްދާލިއެވެ. މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ޖެހޭނީ ވިޝާން އާ ބައްދަލުކުރަން ދާށެވެ. އެހެން ނޫންނަމަ ވިޝާން ރުޅިއައިސްގެން އޭނާއާ ދިމާއަށް ކިޔާނެ އެއްޗެއް ވެސް ނޭނގެއެވެ. ނަމަވެސް މިޔަދު އޭނާ ކޮޓަރިން ނިކުންނައިރަށް މިރޭ ގާތްތިމާގެ މީހެއްގެ ކައިވެނި ޕާޓީއެއް އޮންނަ ކަމަށާއި، ކޮންމެ ގޮތެއް ހަދާފައިވެސް އެ ޕާޓީއަށް ދާން ޖެހޭނެކަމަށް އާމިނާ ވަނީ އަންޖޫދާ ގާތު ބުނެފައެެވެ. އޭނާ އެ ޕާޓީއަށް ނުގޮސް އެހެން ތާކަށް ގޮސްފި ނަމަ އާމިނާ ހިތްހަމަ ނުޖެހޭނެކަން އެނގުމުން އެ ބޮލުގައި ކުޑަކޮށް ރިއްސާލިއެވެ. އޭނާ ހިތަށްއެރިއެވެ. ބޮލުގައި ރިއްސަނީ އޭ ކިޔައި ކޮންމެވެސް ބަހަނާއެއް ދައްކާފައި ޕާޓީއަށް ނުދާނީއެވެ. ދެން މަންމަމެން ޕާޓީއަށް ދިއުމުން އޭނާ ވިޝާން އާ ބައްދަލުކުރަން ދާނީއެވެ. ޕާޓީއަށް ގޮސްފައި އާމިނާ އާއި ސައްތާރު އަވަހަށް ގެއަށް ނާންނާނެކަން އޭނާއަށް އެނގެއެވެ.
އެހެން އޮއްވައި އަންޖޫދާ ސިހުނީ މީހަކު އައިސް ދޮރުގައި ޖަހާލި އަޑަށެވެ. ކަންނެތްކަމާއެކު ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހެވި ދިއްލިފައި އާމިނާ ހުއްޓެވެ. އަންޖޫދާ ފަރުވާކުޑަކަމާއެކު ވީ ކީއްތޯ އަހާލިއެެވެ.
“ދެންމެ ސާމިޔާ ދައްތަ ގުޅި…. މަންމަ ބުނީމެއްނު؟ އޭނާގެ ދަރި މީނާގެ ކައިވެނި ޕާޓީ މިރޭ އޮވެޔޭ….” އާމިނާ ހެވިފައި ހުރެ ބުނެލިއެވެ.
“ދެން ކިހިނެއް ވީޔޯ؟” މާ ބޮޑު ޝަޢުގެއް ނެތި އަންޖޫދާ އަހާލިއެވެ.
“ސާމިޔާ ބުނީ އަންޖޫދާ ފޮނުވަންވީ ނޫންހޯ ޕާޓީގައި ދޭ ގިފްޓުތައް ހިފަން ބަހައްޓަން… އެ އާއިލާގައި ވެސް ހުރީ އެ ހިފޭވަރަށް ވުރެ މާ ކުޑަ ކުދިން ވިއްޔަ…. ދެން ހުރީ އަންޖޫއޯ… އެހެންވީމަ އަންޖޫ ފޮނުވަންވީ ނޫންހޯ؟” އާމިނާ އަންޖޫދާގެ އަތުގައި ހިފާލާފައި އެހެން ބުނެލިއެވެ. “އަދި ސާމިޔާ ބުނި އަންޖޫ އަށް ރީތި ހެދުމެއްވެސް އެ މީހުންގެ ހަރަދުގަ ފަހާ ދޭނަމޯ..” އާމިނާ އިތުރަށް ބުނެލިއެވެ.
“ޕިސް މަންމާ… ކުޑަ ކުދިންނެއްނު އެހެން ހުންނާނީ.؟ އަހަރެން ނުދާނަން..” އަންޖޫދާ ހަރަން ބަނދެލަމުން ބުނެލީ ކުޑަކޮށް ނުރުހިފައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މިރޭ އޭނާ ވިޝާން ގާތައް ދާން ބޭނުންވެއެވެ.
“އެކަމަކު މަންމަ ބުނެފިން މިހާރު ސާމިޔާ ގާތު އަންޖޫ ދާނެއޭ.. އަންޖޫގެ ހެދުމެއް ވެސް ދީފަ މިއައީ ސާމިޔާ އަތައް… ހެދުން ކަނޑައިފާނެ މިހާރު…” އާމިނާ ކުޑަކޮށް ހިތްހަަމަ ނުޖެހިފައި ބުނެލިއެވެ. އަންޖޫދާ ތުން ބޮޑުކޮށްލަމުން އާމިނާ އާ ދިމާއަށް ބަލާލިއެވެ.
“ދެން އެކަމަކު މަންމާ…” އަންޖޫދާ ބޮޑާހާކާލަމުން ބުނެލިއެވެ. އެއާއެކު އާމިނާ ދެބުމަ ގޮށް ޖަހާލިއެވެ.
“އެކަމަކު ދެން އެ މީހުން އެ އަންޖޫއަށް އަގު ބޮޑު ހެދުން ފަހައިދޭ އިރު އަންޖޫ ޖެހޭނެ ދާން… އިނގޭ.” ކުޑަކޮށް ހަރުކަށިވެލާފައި އާމިނާ އެހެން ބުނެލުމަށްފަހު އެތަނުން ދުރަށް ދިއައެވެ. އަންޖޫދާ އެއްއަތުން ބޮލުގައި ހިފަހައްޓާލަމުން ކޮޓަރި ދޮރު ޖަހައި ތަޅުލިއެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެެވެ؟ މިރޭ ޕާޓީއަށް ނުގޮސްވެސް ވާކަށް ނެތެވެ. އާމިނާވެސް އޭނާ ގާތު ނާހައި ކަންކަން ހަމަޖައްސަން ޖެހޭ ހެއްޔެވެ؟
އަންޖޫދާ ރުޅި މޫނު ހަދައިގެން ގޮސް އެނދުގައި އިށީނެވެ. އެވަގުތު ވިޝާންއަށް ގުޅައި މިރޭ އޭނާއަށް ނުދެވޭނެ ވާހަކަ ބުނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ވިޝާން އޭނާ ގާތު ނުގުޅާށޭ ބުނެފައި އޮއްވައި ގުޅަން އޭނާ ޖެހިލުންވިއެވެ. ހިން ދިރުވާލަމުން އޭނާ ވިޝާންގެ ނަންބަރު ހޯދައި ޑައިލްކޮށްލިއެވެ. ފޯނު ރިންގުވާ އަޑު އިވެން ފެށުމުން އަންޖޫދާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އޭ! ބުނީމެއްނު ދޯ ނުގުޅާށޭ! އެތަނަށް އައިސްއޭ މަށާ ވާހަކަ ދައްކާނީ! އަޑެއް ނީވުނުތަ؟؟” ފޯނު ނެގި ގޮތަށް ވިޝާން ގަދައަޑުން އޭނާ އާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އަދި ހަމައެކަނި އެހެން ބުނެލުމަށްފަހު އޭނާ ފޯނު ބޭއްވީ އަންޖޫދާއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. އަންޖޫދާ ފުސްމޫނު ހަދާލަމުން ދެފަރާތައް ބޯހޫރާލިއެވެ. މިއީ ކީއްވެގެން އުޅޭ ފިރިހެނެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ އަބަދުވެސް ހަަދަން ޖެހެނީ ވިޝާން ބުނާ ގޮތެވެ. އެންމެ ފަހަރަކު ވެސް ވިޝާން އޭނާ ބުނާ ގޮތެއް ހަދައިފައެއް ނުވެއެވެ އަދި އޭނާގެ އެއްވެސް ހިޔާލަކަށް ތާއީދުކޮށްފައެއް ވެސް ނުވެއެވެ. އެވަރުންވެސް ކުށްވެރި ވާން މި ޖެހެނީ އޭނާއެވެ.
ރޭގަނޑުގެ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އަންޖޫދާގެ ހިތުގެ ތެޅުން ދިއައީ ބާރުވަމުންނެވެ. ވިޝާން ގާތައް ނުގޮސް ޕާޓީއަށް ހަމަ ދާންވީ ބާއޭ އެހިތަށް އަރަމުން ދިއައެވެ. ރޭގަނޑު 7 ޖެހިތަނާހެން ސާމިޔާމެން ގޭ ކުއްޖަކު އޭނާ ލާން ޖެހޭ ހެދުން ހިފައިގެން އެގެއަށް އައެވެ. އޭރު އާމިނާ ވީ ޕާޓީއަށް ކައްކާ ތަނަށް ގޮހެވެ. އަންޖޫދާ އެ ކުއްޖާ ގެނައި ކޮތަޅު ފޫހިކަމާއެިކު ހުޅުވައި އެތެރޭގައި އޮތް ހެދުން ނެގިއެވެ. ހުދުކުލައިގެ ލޭސްފޮތިން ހުރި އެހެދުމުގެ މަތީބައިގައި “ސިލްވާރ” ކުލައިގެ އެސް ތަތް ކޮށްފައި ހުރިއިރު ސިޓިންގރޫމު ތެރޭގައި ހުރި ހޮޅިބުރީގެ އަލީގައި އެ އެސްތައް ވިދަމުން ދިޔައިރު ހީވަނީ ޑައިމަންޑް ތަކެއް ހެންނެވެ. ތިރީބަޔަށް މާ ބޮޑު ގޮތެއް ހަދާފައި ނެތް ނަމަވެސް އެހެދުން ވަރަށް ޗާލުކަމަށް ދައްކައެވެ. އަންޖޫދާގެ ހިޔާލު ބަދަލުވީ އެވަގުތެވެ. އޭނާ މި ރީތި ރީތި ހެދުން ލައިގެން ދާނީ ޕާޓީއަށެވެ. ވިޝާން ގާތަކަށް ނޫނެވެ.
8.15 ގައި އަންޖޫދާ އެ ހެދުން ލައި ރީތިވެގެން ގޭ ދޮރުމައްޗަށް ނިކުތީ އާމިނާ އޭނާ ބަލާ އަންނާނެ ކަމުގައި ބުނުމުންނެވެ. އެވަގުތު ޑަސްބިން އުކާލަންވެގެން މޫދުދޮށަށް ދާން ނިކުތް ރާހުލްއަށް އަންޖޫދާ ފެނި ހުއްޓުން އެރީ އެ ލޯބި ކުއްޖާގެ ހުރި ފުރިހަމަކަމުންނެވެ.
އެ ދެ ލޮލުގައި އައިލައިނަރ އެޅިފައިވާއިރު އެ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލާފައި ވުމުން އެ ރީތި ދެލޮލުގެ ތޫނުކަން އެތަށް ގުނައަކަށް އިތުރުވެފައި ވެއެވެ. އެ ރީތި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލެވިފައިވީރު ރާހުލްގެ ހިތް އެދެމުން ދިއައީ އެ ލޯބި ތުންފަތުގައި ބީހިލުމަށެވެ. މަޑު މުށި ކުލައިގެ އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާފައި ވީއިރު އެ ދޮން ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. ލައިގެން ހުރި ކަކުލާ ހަމައަށް އަރާވަރުގެ ހުދު ހެދުމުގައި އޭނާ ފެންނައިރު ހީވަނީ ހަމަ ޕަރީއެއް ހެންނެވެ.
ރާހުލް ބަލާތަން ފެނުމުން އަންޖޫދާ ނުލަފާ ގޮތަކަށް ހީލިއެވެ. އަދިވެސް އޭނާ ނަޝްފާއަށް ލަނޑުދިނުމުގެ ކަންތައް ކުރިއަށް ގެންދާނެއެވެ. ނަމަވެސް އެކަންވެސް ކުރެވެން އޮތީ ވިޝާންގެ ކަންތައް ހައްލުވުމުންނެވެ. އެވަގުތު އެމަގުގެ ކޮޅުން ހިނގާފައި އަންނަ އާމިނާ ފެނި ރާހުލް އަވަސް އަވަހަށް ޑަސްބިން ހިފައިގެން އަތިރިމައްޗާ ދިމާއަށް ހިނގައިގަތެވެ.
ކައިވެނި ޕާޓީ އޮތީ އެރަށު ސްކޫލުގައި ކަމުން އަންޖޫދާ އާމިނާ އާ އެކު މިސްރާބު ޖެހީ އެދިމާއަށެވެ. ފަރި ހިނގުމެއްގައި އަންޖޫދާ ސްކޫލު ތެރެއަށް ވަދެގެން އައިއިރު އެންމެންެގެ ނަަޒަރު އޭނާއަށް ހުއްޓުނުތަން ފެނުމުން އޭނާ ކުޑަކޮށް ފޮނިވެލިއެވެ. އަދި ތުއިކޮށް ހިނގާފައި ގޮސް ހުދުކުލައިގެ ވެޑިންގ ޑްރެސްއެއް ލައިގެން ހުރި މީނާ ގާތު ހުއްޓުނެވެ. މީނާއާ ކުޑަކޮށް ވާހަކަ ދައްކަން ހުރުމަށްފަހު އޭނާ ތަންކޮޅެއް ދުރަށް ޖެހެލީ ޕާޓީއަށް މީހުން އަންނަން ފެށުމުންނެވެ. މީނާމެންނަށް ލިބޭ ޕާރިސަލުތައް އޭނާ އެތާ ހުރި ބޮޑު މޭޒެއްގެ މަތީ ބަހައްޓަމުން ދިޔައިއީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އެހެން އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ފިރިހެން ގުރޫޕަކާ އެކު މީނާމެންނާ ސަލާމް ކުރަން އައި ވިޝާންއެވެ. އެވަގުތު އަންޖޫދާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އޭނާ އާ ވިޝާންގެ ހަތަރު ކަޅި ބައްދަލުވެގެން ދިއަހިނދު ވިޝާން ދެބުމަ ގޮށް ޖަހާލިއެވެ. ވިޝާން މެން ދިން ޕާރުސަލް މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ އަޅުވައިގެން ހުރި ހޭންޑްބޭގް އިން ފޯނު ނަގައި ގަޑި ބަލާލިއެވެ. ނުވައެއް ޖަހަން ދިހަ މިނެޓަށް ވެފައި އިން ތަން ފެނުމުން އޭނާއަށް ހިން ދިރުވާލެވުނެވެ. ޕާޓީ ދޫކޮށްފައި ވިޝާން އާ ބައްދަލުކުރަން ދާންވީބާއޭ އެ ހިތަށް އެރިއެވެ.
އޭގެ ފަހުން ހިނގަމުން ދިޔަ ކޮންމެ ސިކުންތަކާއެކު އަންޖޫދާ ދިއައީ އިތުރަށް ހާސްވަމުންނެވެ. އެންމެ ފަހުން ނުވައެއް ޖަހަން ފަސް މިނެޓަށް ވެފައި ހުއްޓާ އޭނާ ސަލާމްކުރަން އަންނަ މީހުން މަދުވީ ވަގުތު ބަލާފައި ނިކަން ސިއްރުން ގޮސް ސްކޫލުން ބޭރަށް ނިކުތެވެ. ހަމަ ނިކުމެވުމާއެކު ދެފަޔަށް ބާރު ލަމުން އޭނާ ދުއްވައިގަތީ އަބަދުވެސް ވިޝާން އާ ބައްދަލުކުރަން ދާ ދިމާއަށެވެ. އެ ހިސާބަށް ދެވުނު އިރު އޭނާ ހުރީ މައިނޭވާ ލެވޭ ވަރުވެފައެވެ. މޭގައި އަތް އަޅާލަމުން އޭނާ ކުރިން ވެސް އައިސް ވަންނަ ގަސްތަކުގެ ތެރެއަށް ވަދެ އެތާ ހުރި ލަކުޑި ބުރި މަތީގައި އިށީނެވެ. ވިޝާން އަދި ނާދެޔޭ ހިތަށް އެރުމާއެކު އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ފޯނަށް ބަލާލިއެވެ. އޭރު ނުވައެއް ޖަހައި 1 މިނެޓު ހިނގައިފިއެވެ.
“ގަޑިއަށް އަންނަން ނޭނގެނީތަ؟” އަންޖޫދާ ސިހުނީ އޭނާގެ ފަހަތުން އިވިގެން ދިޔަ ވިޝާންގެ އަޑަށެވެ. ސިހިފައި އޭނާ ފަހަތް ބަލާލަމުން ގަސްތަކުގެ ތެރޭގައި ހުރި ވިޝާންގެ ސޫރައަށް ބަލާލީ ޖެހިލުންވެ އިނދެއެވެ.
#ނުނިމޭ#
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.







vv reethi..??
Thankyw aik 🙂
Hey guyyss… Sorryy fr the late update… kurin ves buni fadhain Liaa ge Lap massala jehigen lasvee… Now lap hedhijje..
Heekuran hurihaa kudhinnah ves mi bai reethi vaane kamah… feel free to leave ur commentz ingey 🙂
And mi balaniii next part maadhamaa upload koh dheveythw …
LOVES <3
Varah varah reethi
Nyceee
Wow varah reethi
Thankyw sama, Sherr and Shiyaa 🙂
Perfect n creative storiiii eh meee.writer u are amazing
dhn anneibaa las kuran kn bahanaa ei dhahkaanyy mi meehun hama waahaka las kuran vegen dhahkaa bahanaathakekey mee awax kuraathi
h… bahanaa eh nudhakkan… And mi part las vee hama aslu ves laptop halaak veema 🙁 V dhera vejje thihen buniima…
Anyways next part maadhamaa up kuraanamey 🙂
Dhen abadhu konmes firihenaku dheke maa birun anhenkujjaku miulheneee hurihaa vaahakaeh gaves.Nikan anhenunna ves kantha vaakan anganvejje eh nun. Hurihaa kudhin ves Jennifer Lopez ge ain’t your mama lava aduahaalabala
Thankss feminist for ur opinion… 🙂 Dhen liyaa vaahaka eh ga thikan himeneythw balaanan… but mi story change eh nuwaane… eiy maa kurin ves mi story gai vaane goi decide koffa innaanii 🙂
Dhen (feminist) hiyhama jehey gothah amihlayah vaahakaeh liyan fashan v nu dhw.
M dheybala abcd ge rest of the words hoadhan. Adhi feminist aa eba beheyey meena
I can write anything.but I don’t wanna read what I write.just because I expressed my views doesn’t mean I’m personally m ocking the writers or anyone.M or N or P or watever I don’t give a damn.I will say wat I want.freedom of expression is every one’s right.
Ey M. Vaahaka liyanee kiyan.kiyaameehun comment kurane. Comment ah reply kuranee writer. Writer ehen nan namuga reply nukuraane.
HoarNaachni 🙁 I dont comment by using other people’s names… Its some other person
Reaaaaaaallllly.I apologize.??
I like the story. ☺but earlier my comment was based on all the stories in this site.Almost all the stories have the same thing I mentioned. Xoxoxo??
Thankyw Feminist 🙂 I think u also shld write a story based on ur idea… Who knows? U may get many fans 🙂
kon zuvaabehtha thi meehun thikuranee… pispis… story hama habyes 🙂 😀
Thankyw 🙂
Haada rulhigadha sorekeydw……reethi story e…….
Thankyw ny 🙂
Varah reethi story. Alhey thimeehun nah hadi veema nukiyaa bala. Keehvetha xuvaabu kurani. Story varah reethi.
wow ..v rythi mi bai vx …..eynaage dhari mynaa dhw hehe. ….
Kon thimeehunnekey kiyanka.nubeheykanthakaa nubehibala.kaemen na Kon kame bayaku echekey kiyas
Ebunaahen dhen hama bayaku loabin echekey bunaairah kaemen Kon theena meena ekey kiyanka.Ehekey bunaaira hajam kobala. Zuvaabukureveyne.that’s human right.kaemen dhaanveenun aburuge dawa kuran.
Storryyy v v reethi???????????????????????
Liaa… meehun kiyaa ehchessah alhaa nulaathi…stoorryy hama v v v v v v salhi?❤❤
Reethi. Keep it up
Sorry liaa… mihaaru busy koh ulheythy story nukiyenii.. nw hurihaa baeh ves kiyaafin… v v v furihama. Habeys. Keep it up girrl??????
Nice ♥♡♥
Thankyw aall fr the lovelyy comments 🙂
vv reethi..??