ފޯނުނަގާ އަޒީމްގެ ނަންބަަރަށް ރިޔާޒް ގުޅާލީ އެވަގުތެވެ. މަންޝާމެން ރަށު މީހަކަށްވުމުން އެއީ މަންޝާ ދަންނަ މީހެއްތޯ އޮޅުން ފިލުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޯނުގެ ރިންގް ކެނޑުނު އިރުވެސް އަޒީމްގެ ޖަވާބެއް ނުލިބުމުން ރިޔާޒް އޮފީހަށް ދާން ނުކުތީ ގަޑިއަށް ބަލާލަމުންނެވެ. އޭރު ކޮޓަރި ދޮރުން ބޭރަށް ބޯ ދިއްކޮށްގެން މީރާ ހުއްޓެވެ. މީރާ ފެނުމާއެކީ ޟިރާރު ގޮވާލިއެވެ. “ދަރިފުޅާ… ތިހޭލެވުނީދޯ.. އާދޭ ސައިބޯން…”
ސޯފާއިން ތެދުވެގެން މީރާ ކައިރިއަށް އާމިނަ ދިޔައެވެ. “މިހާރު ކިހިނެއް… ގައިގަ ރިއްސާތަ…. ދޭ ފާޚާނާއަށް ވަދެލަން… ސައިބޮއެގެން ބޭސްކައި އެތަންތަނުގަ ބޭސް އުނގުޅަން ޖެހޭނެއްނުދޯ….” އާމިނަގެ އޯގާތެރި ބަސްތަކުން މީރާގެ ހިތް ފުރުނެވެ. މިއަންނަނީއޭ ބުނެ މީރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
މީރާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ކުއްލިއަކަށް މީރާގެ ފިޔަވަޅު މަޑުކޮށްލެވުނެވެ. ފާޚާނާއަށް ވަނުމުގެ ކުރިން މީރާގެ އަތް ޖައްސާލެވުނީ އޭނާގެ އަތުގައެވެ. ތަވީދު އޮތްތޯ ޔަގީން ކުރާށެވެ. އަތުގައި ތަވީދު އޮތުމުން މީރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ފާޚާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ފާޚާނާކޮށްލުމަށްފަހު ތަށިމަތިން މީރާ ތެދުވެ ފްލަޝް ކޮށްލިއެވެ. އަދި މޫނު ދޮންނަ އިސްކުރާ ކައިރިވެ ލޯގަނޑުން މީރާގެ މޫނަށްް ބަލާލިއެވެ. މީރާގެ މޫނުވަނީ މިލާ މޯޅިވެފައެވެ. މީރާގެ ލޯކައިރި ވަޅުވަދެފައިވާ ކަން މީރާއަށް ފާހަގަ ވިއެވެ. މޫނު ދޮވެލަން ދެލޯ މަރާލިވަގުތު ފާޚާނާ ދޮރުގައި މީހަކު ޓަކިޖަހާލިހެން ހީވިއެވެ.
އިސްކުރުދަށުން އަތް ދުރުކޮށްލަމުން އިސްކުރު ބާރުކޮށްލިއެވެ. އަދި އަތުގައި ހުރި ފެންތައް ފޮޅާލަމުން ފާޚާނާގެ ދޮރު ހުޅުވާލިއެވެ. މީރާ ސައިބޯން ނުގޮސް ލަސްވާތީ މީރާއަށް ގޮވަން އާމިނަ އައީ ކަމަށް ހީކުރެވުނެވެ. ނަމަވެސް ދޮރުމަތީ މީހަކު ފެންނާކަށް ނެތެވެ. މަންމަ ކޮޓަަރިއަށް ވަދެފަ ދިޔައީކަމަށް ނިންމާ މީރާ މޫނު ދޮވެ ދަތް އުނގުޅަން އަވަސްވެގަތެވެ.
ހެދުން ބަދަަލުކޮށްގެން މީރާ ނުކުތް އިރު އާމިނަ އިނީ ކާމޭޒު ކައިރީގައެވެ. މީރާއަށް ކަމުދާ ގޮތަށް އާމިނަ ސޭންޑްވިޗެއް ތައްޔާރުކޮށްފަ އޮތުމުން މީރާ ވަރަށް ހިތްހަމަޖެހުނެވެ. ހެވި ދިލިފައި އަައިސް މީރާ ކާމޭޒުކައިރީ ހުރި ހުސް ގޮނޑީގައި އިށީނެވެ. އަދި މޭޒުމަތީހުރި ޖަގުން ޖޫސްތައްޓެއް އަޅާލުމަށްފަހު ޖޫސްފޮދަކުން އަރުތެރެ ތެއްމާލިއެވެ. “މަންމަ ލަސްވެގެން ގޮވިން ދޯ!…” ސޭންޑްވިޗް އަނގަޔާ ގާތް ކޮށްލަމުން އާމިނައާ މުޚާތަބުކޮށް މީރާ ވާހަކަ ދެއްކިއެވެ.
“ނޫން.. ނުގޮވަން… ކިހިނެއްވީ ދަރިފުޅާ…” ސޭންޑްވިޗްގައި ދަތް އަޅަން އަނގަހުޅުވާލި މީރާ ހުއްޓުން އެރިއެވެ. މީރާއަށް ވީ ގޮތުން ސޯފާގައި ޓީވީ ބަލަން އިން ޟިރާރަށް ކާމޭޒާ ދިމާއަށް ބަލާލެވުނެވެ.
“ކީކޭ…” މީރާ ދުލުން އެބަސް ނުކުތީ ބޭއިޚްތިޔާރުގައެވެ. މީރާ ހާސްވެ ކަންބޮޑުވާ ގޮތް ވިއެވެ. ނަމަވެސް އެކަން މީރާ ފޮރުވަން މަސައްކަތް ކުރިއެވެ. މީރާއަށް އެ ފެނުނު ޝައިތޯނާގެ އުނދަަގުލުން ސަލާމަތް ނުވެވޭކަން އެނގުމުން މީރާއަށް ހިން ދިރުވާލެވުނެވެ. ސިޑިކައިރިން އޭނައަށް ފެނުނު މަޚްލޫގުގެ މަތިން އޭނާ ހަނދާން އެބަހުއްޓެވެ. އޭތި ބެލީ ސިދާ މީރާގެ ބަނޑަށެވެ. އަދި މީރާ މަރާލަން އޭނާ މަސައްކަތް ކުރަން އުޅުނުކަންވެސް އޭނާއަށް އެނގުނެވެ. ނަމަވެސް ސިޑިމަތިން މަންޝާ ފެނުމުން އެކަމާ މީރާ އަޖައިބުވިއެވެ. މަންޝާ ފެންނަންވީީ ސަބަބެއް މީރާއަކަށް ނޭނގުނެވެ. އެހެންކަމުން މަންޝާއަށް ގުޅާ ހާލުބަލަން މީރާ ބޭނުންވިއެވެ.
ގޮނޑިން ފޫ ހިއްލާލި ވަގުތު މީރާގެ ކަންފަަތުގައި ޖެހުނީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑެވެ. މީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ދެންމެ ފާޚާނާގައި ހުއްޓާވެސް މީރާއަށް އިވުނު އަޑެވެ. ޓަކިޖެހި އަޑު އެ އައީ ހަމަ އެގޮތަށެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލި އަޑަށް މީރާ ދެލޯ ބޮޑުކޮށްލިއެވެ. އެވަގުތު ސޯފާގައި އިން ޟިރާރު ދޮރު ހުޅުވަން ދިއުމަށް ސޯފާއިން ތެދުވެއްޖެއެވެ.
“ނޫން ބައްޕާ… ދޮރު ނުހުޅުވާތި.. އެއީ އޭތި.. އޭނަ އެ އަންނަނީ އަހަރެންނާ މި ދަރިފުޅު މަރާލަން… ޕްލީސް ބައްޕާ ދޮރު ނުހުޅުވާތި….” މީރާގެ އަޑު އައި ދިމާއަށް ޟިރާރު ބަލާލިއެވެ. އޭރު މީރާ ދެފައި ތަޅާ ރޮނީއެވެ. ބިރެއްފެނިފައިވާ މީހެކޭ ތަފާތެއް ނެތެވެ. އާމިނަ މީރާއާ ގާތްވެލީ އޭނާ ހަމައަކަށް އަޅުވާށެވެ. މީރާ ބާރު ބާރަށް އާމިނަ ގައިގާ ބައްދާލިއެވެ. އާމިނަގެ ކޮނޑުގައި ބޯއަޅައިގެން މޫނު ފޮރުވަމުން ދިޔަ އިރު އޭނާގެ ޝަކުވާއެއް ނުހުއްޓެއެވެ. “ޕްލީސް ބައްޕާ ދޮރު ނުހުޅުވާތި… އެ ބިރުވެރި އެތި އެ އުޅެނީ އަންނަން.. އޭނަ އަހަރެން ސިޑިން ކޮއްޕާލީވެސް… ދެންމެ ފާޚާނާގަ ހުއްޓާވެސް އޭނަ ޓަކި ޖެހި… ނޫން ބައްޕާ ދޮރު ނުހުޅުވާތި…”
މީރާ އުޅުނު ގޮތުން ޟިރާރު ޖެހިލުން ވިއެވެ. ނަމަވެސް އެނާގެ ހަށިގަނޑުގައި ތަވީދުއޮތްކަން ހަނދާންވުުމުން އޭނާ ގަސްތުކުރީ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވަން ޟިރާރުގޮސް ތަޅުއަނބުރާލި އަޑަށް އާމިނަގެ ކޮނޑުމަތިން މީރާ ބޯ ހިއްލާލާ ބަލާލިއެވެ. ދޮރުފަތް ހުޅުވެން ފެށުމުން އެނާގެ މޫނު އަނބުރާ އާމިނަގެ ކޮނޑުގައި އަޅަމުން ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އާމިނަ ދޮރާ ދިމާއަށް ބަލާލިއެވެ. ޟިރާރަށް ދޮރުމަތިން މީހަކު ފެންނަން ނެތުމުން ބޭރަށް ބޯދިއްކޮށްލީ ޖެހިލުންވެހުރެެވެ. ސިޑިކައިރީ ހުއްޓިގެން ހުރީ ސްޓެލްކޯގެ މުވައްޒަފެކެވެ.
ޟިރާރު އަތަށް އޭނާގެ ފައިލުން ކަނޑާލި ބިލް ދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ. “ރިޔާޒް އެބައުޅުއްވާތޯ…”
ބިލްގައި ހިފަމުން ޟިރާރު އެ ފިރިހެން ކުއްޖަގެ މޫނަށް ބަލާލިއެވެ. “ރިޔާޒް… އޭނަ ވީ އޮފީހަށް ގޮސް… ކިހިނެއްތޯވީ؟…” ޟީރާރު ސުވާލުކޮށްލީ ވާނުވާ ނޭނގޭތީއެވެ. “އަޅުގަނޑަކީ ރިޔާޒްގެ ރައްޓެއްސެއް.. ރިޔާޒަށް ބައްދަަލުކޮށްލަން ބޭނުންވެފަ ހުރީމަ އަހާލީ… މައްސަލައެއްނެތް.. އަޅުގަނޑު ގޮސްލަނީ….” ޟިރާރަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ސިޑިން މައްޗަށް އެޒުވާނާ ހިނގައިގަތެވެ. އޭނާ އެދިޔައީ އެގޭ މަތީ ބުރިއަށްކަން ޟިރާރަށް އެނގުނެވެ.
“ސާބަސް މީރާ.. އެއައީ ސްޓެލްކޯއިން ބިލް ހިފައިގެން… ދަރިފުޅާ މިއޮތީ ބިލްވެސް…” މިރާއަށް ބިލް ދައްކަމުން ޟިރާރު ވާހަކަ ދެއްކިއެވެ. އާމިނަގެ ހަށިގަނޑުން މީރާ ދޫކޮށްލިއެވެ. އޭރު އާމިނަ ހުރީ ވަރުބަލިވެފައެވެ.
މީރާ ގޮނޑީގައި ބޭންދުމަށްފަހު މީރާއަށް ޖޫސްދެވޭތޯ އާމިނަ އުޅުނެވެ. މީރާ ގާތުގައި ހުރި ގޮނޑި ދަމާލަމުން ޟީރާރު އިށީނީ މީރާއަށް ސިޑިމަތިން ފެނުނު އެއްޗެއް އޮޅުން ފިލުވާށެވެ.
“މީރާއަށް ފެނުނު އެއްޗެއް ބައްޕައަށް ކިޔައިދީބަލަ… މީރާއަަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން… ދަރިފުޅާ ބިރު ނުގަނޭ… މި އާއިލާއާ ޖައްސާލައިގެން އުޅޭ އެއްޗަކުން އަހަރެމެންނަށް ސަލާމަތް ވެވޭނީ ދަރިފުޅަށް ފެނުނު އެއްޗެއްވެސް ކިޔައިދިނީމަ… އަހަރެން އަލިބެއާ ވާހަކަ ދައްކައިގެން މިހާރުވެސް މިއުޅެނީ ތިކަމާ…” ޟިރާރުގެ މޫނަށް ބަލަން ނުކެރި އިސްޖަހައިގެން އިން މީރާ އިސް އުފުލާ ޟިރާރާ ދިމާއަށް ބަލާލިއެވެ.
އެވާހަކަ ފޮރުވައިގެން އަބަދަކު ނޫޅެވޭނެކަން އެނގޭތީ މީރާއަށް ވިސްނުނު އެންމެ ބުއްދިވެރިގޮތަކީ އެފެނުނު އެއްޗެއް ތެދުތެދަށް ޟިރާރަށް ކިޔައިދިނުމެވެ.
*** *** *** *** *** ***
އިންޑިޔާގެ ދަނޑަކަށް ޒިބާން ފޭބިއެވެ. އެތަނަކީ ހާއްސަކޮށް ކަޅުދިރި ހައްދާ ދަނޑެއް ކަން ޒިބާނަށް އިނގެއެވެ. ވަގުތުގެ ގޮތުން އެ ދަނޑުގައި މިވަގުތު އެއްވެސް އިންސާނަކު ފެންނާކަށް ނެތެވެ. ދޮޅު ފޫޓަށް ހެދިފައިވާ ގަސްތަކު ތެރޭގައި ޒިބާން ހިނގަމުން ދިޔަ އިރު އޭނާއަށް ތަފާތުކަމެއް ފާހަގަ ވިއެވެ. ގަސްތަކުގައި ބީހެމުން ކުރިއަށް ހިނގަމުން ގޮސް ޒިބާން ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. ވައި ރޯޅިއެއްހާ ބާރުމިނުގައި ކުރިން އައި ދިމާއަށް ޒިބާން މިސްރާބު ޖެހިއެވެ. ގަސްތަކުގެ ތެރޭގައި ފިލާ މީހަކު ހުރިކަން އެނގުނެވެ. އެއީވެސް ޒިބާންކަހަލަ ބާރު ލިބިފައިވާ މަޚްލޫގެއްކަން އޭނާއަށް އިހްސާސް ވިއެވެ.
“މިތެއި ކެންކެރަނީ؟.. މަށް ފާރަލަނިއްޔާ” (މިތާ ކީއްކުރަނީ؟.. އަހަރެންނަށް ފާރަލަނީތަ؟…) އެއީ ކާކުކަން ޒިބާނަށް އެނގުނެވެ. ގަސްތަކުގެ ތެރެއިން އޭނަ ނުކުތެވެ. ކަޅުދިރި ގަސްތަކުގެ ތެރެއިން ނުކުތް އިރު އޭނާ ވަރަށް ފުރިހަމައެވެ. އެ ގަސްތަކުގައި އަޅާފައިވާ ހުދު ކުލައިގެ މާތަކުގެ ތެރޭގައި ތަޒްކިޔާ ހުރި އިރު އެ މަންޒަރު ވަރަށްވެސް ޗާލެވެ. ހުދުކުލައިގެ ހެދުމެއްގައި ހުރި ތަޒްކިޔާއަށް ލިބިފައިވަނީ ފުންނާބާ ހަމައަށް އަރާ މަޑު މުށިކުލައިގެ ފަން އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ ދޮންވެފައި ރީއްޗެވެ. ލޮލުގައި ވަނީ އިސްތަށިގަނޑުގައިވާ ކަހަލަ މުށި ކުލައެކެވެ. އޭނާގެ ފުރިހަމަކަމަށް ޒިބާނަށް ބަލަން ހުރެވުނެވެ.
“ޒިބާން… އިންސާނުން ދިރިވޭނޑޭ ހިސާބޮތަަކަށް އޭކޯ ޖެހިލުމަށް ނިވެއި؟… މަ ދުވަހަކިސް ނިއެން.. އެއިން މީހަކާ އަފިރިން ފެނިގޭފެހޭ ވޭނެގޮތަށް ނިއެނގެނިއްޔާ… އަފިރިންގެ ނަސްލު ހަލާހިކިވެގެން މިއެނީ މިތަނަށް އޭހެދިކަން ޒިބާނަށް ނިއެނގެނިއްޔާ… މަ ވަރަށް ބިރިގަނި…” (ޒިބާން… އިންސާނުން ދިރިއުޅޭ ހިސާބުތަކަށް އަންނަ އިރު ޖެހިލުމެއް ނުވޭތަ؟… އަހަރެން ދުވަހަކުވެސް ނާންނަން… އެއިން މީހަކަށް އަހަރެމެންް ފެނިއްޖިއްޔާ ވެދާނެގޮތެއް ނޭނގެނީތަ؟… އަހަރެމެންގެ ނަސްލު ހަލާކުވެގެން މި ދަނީ މިތަނަށް އަންނާތީ ކަން ޒިބާނަށް ނޭނގެނީތަ؟… އަހަރެން ވަރަށް ބިރުގަނޭ….) ތަޒްކިޔާގެ ވާހަކަ ދެއްކުމުގައި ހުރީ މަޑުމައިތިރި ކަމެވެ. ތަޒްކިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އެކަމުން ޒިބާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
“ދެން ތެހެއި ބިރިގަންނަކޯ ތެއައިއްޔޯ… އަލަށްދީ ދުނިޔެއަށް މީހުން ވޭނޑޭތާން ތެ އަައީ…” (ދެންް ތިހާ ބިރުގަންނަ އިރު ތި އައީޔޯ… އަލަށް ދޯ ދުނިޔެއަށް މީހުންގެ ތެރެއަށް ތި ނުކުތީ….) ތަޒްކިޔާއަށް މަލާމާތް ކުރަމުން ޒިބާން ހިނގައިގަތީ އެންމެ ތާޒާ ކަޅުދިރި ހުރި ދިމާއަށެވެ. އެގަހުގައި ހުރި ތޮޅިތަކެއް ބިންދެލުމަށްފަހު ހިކިފައި ވާ ތޮޅިތައް ހުޅުވާލިއެވެ. އަދި އަތުގައިވާ ބިއްލޫރި ފުޅި މަތި ނަގާލިއެވެ. ތަޒްކިޔާވެސް އެތަނުން ހިކިފައިވާ ތޮޅިތައް ނަގާ ޒިބާން އަތުގައިވާ ބިއްލޫރި ފުޅިއަށް ދިރިތައް އަޅައިދިނެވެ. ފުޅި ފުރިއްޖެއެވެ. އެހިސާބުން ޒިބާން ގަސްތު ކުރީ އެނބުރި ސަކޭރާ ގާތަށް ދާށެވެ.
“ތޭ ޒިބާން ބޮޑޮދައިތައަށް ގިނިގޮސްދޭ އެއްތަށް ދީ… އަވާސް އޭށުން…” (ތީ ޒިބާން ބޮޑު ދައިތައަށް ގެންގޮސްދޭ އެއްޗެއް ދޯ… އަހަރެންވެސް ދާނަން…) ޒިބާން މައްޗަށް އަރަމުން ކަޅުދިރިގަހުން ދެތިން މަލެއްވެސް ބިނދެލިއެވެ. އެއީ މިއަދު ބޭސް ހެދިއިރު ބޭހުގައި ސަކޭރާ ބޭނުންކުރި މާކަން ޒިބާނަށް އެނގޭތީއެވެ.
“ކޮންކަހަލެއި ބޭހަށް ހަދާށް ތެހިނގަނީ..” (ކޮންކަހަލަ ބޭހެއް ހަދަން ތިއުޅެނީ….) ޒިބާންގެ ފަހަތުން ބިމުން މައްޗަށް އޭނާގެ ހަށިގަނޑު އުފުއްލާލަމުން އަހާލިއެވެ. ޒިބާންގެ ފަރާތުން އެ ސުވާލަށް ޖަވާބެއް ނުލިބުނެވެ. ދެމީހުން ދެ އަލިކޮޅުގެ ސިފައިގައި މައްޗަށް އަރައިގެން ދިޔައެވެ.
ގެއާ ހަމައަށް ދެވުމުން ޒިބާން އެގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދޮރާ ހަމައިން އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. އެގޭތެރޭގައި މިވަގުތު ހުރީ ސަކޭރާ އެކަނި ނޫންކަން އޭނާއަަށް އެނގުނެވެ. ބާރުގަދަ އެހެން ޖިންނިއެއް އެތާ ހުރިކަން ޒިބާނަށް އިހްސާސް ވިއެވެ. ޒިބާން އެތެރެއަށް ވަންނަން ފިޔަވަޅު އަޅާލި ނަމަވެސް ތަޒްކިޔާ ގަސްތު ކުރީ ބޭރުގައި މަޑުކުރާށެވެ.
ބިއްލޫރި މޭޒު ކައިރީގައި ސަކޭރާ ބޭސްހަދަން ހުރި އިރު ސަކޭރާ ކުރިިމަތީގައި ވާހަކަ ދައްކަން ހުރީ ސައިބްރޯތެވެ. ” ޒިބާނަށް ސަކޭރާ ވިސްނައި ދެރެފެލަ… މާސް ބޭނުމަށް ނިވެއި ޒިބާނަށް ދެރަގޮތަށް މެދުވެރިވޭކަށް… ޒިބާން އެއޮއް ހާލާހިކިވެނީ… އެމީހުންގެ ފަންޑިތާއި ޖެހި އެއަ މަރޮވޭކަށް މަ ބޭނުމަށް ނިވެއި…” (ޒިބާނަށް ސަކޭރާ ވިސްނައިދީބަލަ.. އަހަރެންވެސް ބޭނުމެއް ނުވޭ ޒިބާނަށް ދެރަ ގޮތެއް މެދުވެރިވާކަށް…. ޒިބާން އެހެރަ ހަލާކުވަނީ.. އެމީހުންގެ ފަންޑިތައިގައި ޖެހި އޭނާ މަރުވާކަށް އަހަރެން ބޭނުމެއް ނުވޭ….)
” ބޭބޭ… މާސް ބޭނުމަށް ނިވެއި ޒިބާނަށް ދެރާ….” (ބޭބޭ… އަހަރެންވެސް ބޭނުމެއް ނޫން ޒިބާނަށް ދެރައެއް….) ސަކޭރާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސްް އޭނާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ސައިބްރޯތުގެ ފަަހަތުގައި ހުއްޓިހުރި ޒިބާން ފެނުމުން ސަކޭރާއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
“ކެހެނަކަށް ވީ؟…” (ކިިހިނެއްވީ؟…) ޒިބާން ދެބުމަ ގޮށް ޖަހާލަމުން ކުރިއަށް ޖެހުނެވެ.
“ޒިބާން.. އެމީހުން ޒިބާން ހޯދާށް ކިއެވެލި ކިޔަވާށް ފަށަގަ…. މަ ބޭނުމެއް ނިވެއި ޒިބާން އިންސާނުން އެކަހާ އޭކަށް…. އެހިސާބަށް ނިގޮސް ތިންވަރަކަށް ދުވަސް ވޭތިކޮށް މަޑޮކޮށްލަ…” (ޒިބާން… އެމީހުން ޒިބާން ހޯދަން ކިއެވެލި ކިޔަވަން ފަށައިފި… އަަހަރެން ބޭނުމެއް ނޫން ޒިބާން އިންސާނުން ގާތަށް ދާކަށް… އެހިސާބަށް ނުގޮސް ތިން ވަރަކަށް ދުވަހު މިކޮޅުގަ މަޑުކޮށްލާ….) ސައިބްރޯތު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ. ޒިބާނަށް ކަމެއް ވިސްނައިދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
“ތިން ދުވަހީ… ނޫން… މަ ޖެހޭހެއް މަންޝާ އެކަހާ އޭއް… އެއަ ހިމާޔާތްކެރާށް ޖެހޭހެއް… އެހެން ނޫންފެހޭ… ޒޭބާ އެއަށް ހަމަލާއަށް ދެރެފޭހެއް…” (ތިން ދުވަހޭ… ނޫން… އަހަރެން ޖެހޭނެ މަންޝާ ގާތަށް ދާން.. އޭނަ ހިމާޔަތްކުރަން ޖެހޭނެ… އެހެން ނޫނީ.. ޒޭބާ އޭނައަށް ހަމަލާއެއް ދީފާނެ…) ޒިބާން ނުބުނަން ހުރި ވާހަކަތައް ސައިބްރޯތުގެ ކުރިމައްޗަށް ބަނޑުން ކޮށްލެވުނީ އޭނާއަށް ނޭނގިހުރެއެވެ.
“އަަވަ ބެނިންނު ތެ ދުވަސް އޭށިއައު… ކައޭޝާއަކީ ކާފަރަކާވިޔަސް އެއަށް ދިމާވި ގޮންޖެހުންތަކުން މަ އެއަ ސަލާމަށް ކޮށްގެން ކައިވެނި ކެރީ އެއަ މުސްލިމްކޮށްގެން…އެކަމަކި ފަހި ވަގުތެއަސް އެއަކަށް އަފިރިންގެ ގަވާއިދަކާއި އެއްގޮތަށް ނިވޭނޑެނެ…. ޒޭބާ ގައި އެހިންނެއި އެއަގެ އަމާ ގޮށްގަނޑު…” (އަަހަރެން ބުނީމެއްނު ތިދުވަސް އައިސްދާނޭ… ކައޭޝާއަކީ ކާފަރެއް ކަމުގައިވީ ނަމަވެސް އޭނައަށް ދިމާވި ގޮން ޖެހުންތަކުން އަހަރެން އޭނަ ސަލާމަތްކޮށްގެން ކައިވެނި ކުރީ އޭނާ މުސްލިމް ކޮށްގެން…. އެކަމަކު ފަހުވަގުތުވެސް އޭނާއަކަށް އަހަަރެމެންގެ ގަވާއިދުތަކާ އެއްގޮތަށް ނޫޅެވުނު… ޒޭބާ ގައިގަ އެ ހުންނަނީ އޭނާގެ މަންމަގެ ގޮތްގަނޑު…) ސައިބްރޯތުގެ ދެލޯ ރަތްކުލައިން ދިއްލުނެވެ. މާޒީ ހަނދާންވުމުން އޭނާ ރުޅިގަދަވެއެވެ. ކައޭޝާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ހިތިނަތީޖާ އޭނާއަށް މިއަދު އެބަ ފެނެއެވެ. ނަމަވެސް ސައިބްރޯތު އުންމީދު ކަނޑައެއް ނުލައެވެ. ޒިބާންއަކީ ރަނގަޅު ފިރިހެން ދަަރިއަކަށް ވާނެކަމަށް އެނާ އުންމީދު ކުރެއެވެ.
“އެހެންދީ ވޭނެއިއަސް… އެކަމާއި ޒޭބާ ކުށްވެރި ކެރާނެކަމަށް ނެތް…. އެންމެ ތުއްތު ވޭލެއިއަސް ޒޭބާ ގިނިވޭނޑެނެއި ކައޭޝާގެ އާއިލާ… އެއީ އެޔަ މި އާއިލާއި ގިނިވޭނޑޭން ސައިބްރޯތު އެއްބަސް ނިވީމެއި ވީގޮށް… ސައިބްރޯތުގެ ތެ ރިޑިގަނޑަކާހެދި މިކޯ އެކާލޯ މާއި ކަހާށް ނިއަސް އެއި…” (އެހެންދޯ ވާނީވެސްް… އެކަމާ ޒޭބާ ކުށްވެރި ކުރާނެކަމެއް ނެތް… އެންމެ ތުއްތުއިރު އޭނަ ގެންގުޅުނީވެސް ކަައޭޝާގެ އާއިލާ… އެއީ އޭނަ މިއާއިލާގައި ގެންގުޅެން ސައިބްރޯތު އެއްބަސް ނުވީމަ ވީގޮތް… ސައިބްރޯތުގެ ތި ރުޅިގަނޑަަކާ ހުރެ މިހާރު އެމަންޖެ އަހަރެން ކައިރިއަށްވެސް ނާދޭ…) ސަކޭރާއަކަށް ހިމޭނަކުން ނުހުރެވުނެވެ. ޒީބާނާ ޒޭބާ ދެކެ އިންތިހާއަށް ސަކޭރާ ލޯބިވެއެވެ.
“މަންޝާގެ ހިށި ވަރަކަސް އިނގޭނެއި ޒިބާން ނިގޮސް މަޑޮކޮށްލީމެއި… ތެ މަންޝާގެ ހިށި ވަފާތެރިކަމަކަސް އެކަލަކި އެނގިއޭއްހެއް ދީ… އިންސާނުންނަކީ ތަފާތު ބާކިއަ… ޒިބާން ނިފެނި ދުވަސްކެޑަށް ވޭތަނުން ޒިބާން މަތިން ފޫހިވެ އެހެން ލޯބިވެރިއަކާ ގުޅޭހެއް… ތެ މަންޝާއަށް ވުރެ ތަޒްކިޔާ މާ ރަނގަޅޮ ވޭހެއް… އެކަލޯއަށް ދެރަގޮތަށް ނިއެދޭހެތި ބައްޕާގެ ނިންމުން މިބެނީ… ޒިބާން ކައިވެނި ކެރާށްވީ ތަޒްކިޔާއާ…. ބައްޕާ މި ބެނަނީ ޒިބާން މިތެއި މަޑޮކެރާށް… މީ އެދުމަށް ނޫން.. މީ އަމުރަށް…” (މަންޝާގެ ހުރި ވަރެއްވެސް އިނގޭނީ ޒިބާން ނުގޮސް މަޑުކޮށްލީމަ… ތި މަންޝާގެ ހުރި ވަފާތެރިކަމެއްވެސް އޭރުން އެނގިދާނެދޯ… އިންސާނުންނަކީ ތަފާތު ބައެއް… ޒިބާން ނުފެނި ދުވަސްކޮޅެއް ވާއިރަށް ޒިބާން މަތިންފޫހިވެ އެހެން ލޯބިވެރިއަކާ ގުޅޭނެ… ތި މަންޝާއަށް ވުރެ ތަޒްކިޔާ މާ ރަނގަޅުވާނެ… ދަރިފުޅަށް ދެރަގޮތެއް ވާން ނޭދޭތީ ބައްޕަގެ ނިންމުން މި ބުނަނީ… ޒިބާން ކައިވެނި ކުރަންވާނީ ތަޒްކިޔާއާ… ބައްޕަ މި ބުނަނީ ޒިބާން މިތާ މަޑުކުރަން… މީ އެދުމެއް ނޫން… މީ އަމުރެއް…) ދޮރުން ބޭރަށް ނުކުންނަމުން ދޮރުކަނީގައި އަތް ވިއްދާލަމުން ސައިބްރޯތު ގޭތެރެއަށް ފުމެލިއެވެ. ދޮރުވަށާ އަތް ކާއްތާލުމަށްފަހު ސައިބްރޯތު އެތަނުން ގެއްލުނެވެ.
“ބޮޑޮދައިތާ… ބައްޕައަށް ކެހެނަކަށް ވީ؟..” (ބޮޑުދައިތާ…. ބައްޕައަށް ކިހިނެއްތަވީ…) ޒިބާން ކަރުއެލުވާލިއެވެ. ބައްޕަ ރުޅިއައުމުން ޒިބާން ވަނީ އިންތިހާއަށް ދެރަވެފައެވެ.
“އެކަލޯ ހެޔޮނިވޭހެއް… ތިންދުވަސް ވޭތިކޮށް މަޑޮކޮށްލާ… އެވެރިން ޒިބާން ހޯދާށް ފަށަގަ…” (ދަރިފުޅާ ހެޔޮނުވާނެ ތިން ދުވަސް ވަންދެން މަޑުކޮށްލާ… އެމީހުން ދަރިފުޅު ހޯދަން ފަށައިފި…) ސަކޭރާ އާދޭހުގެ ރާގަކަށް ބުނެލީ ޒިބާން މަޑުނުކުރާނެކަން ވިސްނޭތީއެވެ.
“ނޫން… މައޭއް ޖެހޭހެ… ތެބޭސް ތައްޔާރު ކެރެވެނެމެއި މާންޝާއަށް ދޭށަސް ޖެހޭހެއް… މަ ނިގޮސް ކެހެނަކަށް އެކަން ކެރާނެއި…” (ނޫން އަހަރެން ދާން ޖެހޭނެ… ތިބޭސް ތައްޔާރު ކުރެވުނީމަ މަންޝާއަށް ދޭންވެސް ޖެހޭނެ… އަހަރެން ނުގޮސް ކިހިނެއް އެކަން ކުރާނީ….) ޒިބާން އެތަނުން ނުކުންނަން ހިނގައިގަތެވެ. ސަކޭރާ ޒިބާން ހިފަހައްޓާކަށް ނޫޅުނެވެ. ޒިބާނަށް އެތަނުން ނުދެވޭނެކަން ސަކޭރާއަށް އެނގުނެވެ.
ބޭރަށް ނުކުންނަން ޒިބާން ދިޔައީ ވަރަށް ބާރަށެވެ. ނަމަވެސް ދޮރާހަމައަށް ގޮސް އެއްޗެއްގައި ޖެހިގެން ބުރައިގެން އަންނަ ފަދައިން ޒިބާން އެތެރެއަށް އައިސް ވެއްޓުނެވެ. ސަކޭރާއާ ދިމާއަށް ޒިބާން ބަލާލީ އެވީ ކިހިނެއްހޭ އަހާފަދަ ގޮތަކަށެވެ. ޒިބާން އަނެއްކާވެސް ތެދުވެ ދޮރާދިމާއަށް ދިޔައެވެ. މިފަހަރުވެސް ވީ އެހެންނެވެ. ޒިބާން އެދޮރުގައި އަތް ޖައްސާލިއެވެ. ޒިބާނަށް ނުނިކުމެވޭ ގޮތަށް އެ ދޮރުގައި ފަށަލައެއް ލެވިފައިވެއެވެ.
“ސައިބްރޯތު އެގެއި ޒިބާން މިތެއި ބަންދު ކޮށްފެއި… ޒިބާން ގޮށްދޫ ނިކެރާހެއްކަން އެނގޭހެދި… ބައްޕަ ބެނާބަސް ގަބޫލުކޮށްފެލަ… މަންޝާއަށް ދެރަގޮތެއް ނިވޭހެއް… ތިންދުވަސް ވޭތިކޯ މަޑުކެރަ…” (ސައިބްރޯތު އެދިޔައީ ޒިބާން މިތާ ބަަންދުކޮށްފަ… ޒިބާން ގޮތްދޫނުކުރާނެކަން އެނގޭތީ… ބައްޕަ ބުނާ ބަސް ގަބޫލުކޮށްބަލަ.. މަންޝާއަށް ދެރަގޮތެއް ނުވާނެ… ތިންދުވަސް ވަންދެން މަޑުކުރޭ…) ޒިބާނަށް ވިސްނައިދޭން ސަކޭރާ މަސައްކަތް ކުރިއެވެ.
“ދެން ބޮޑޮދައިތަ އޭއްވީނުން މަންޝާއަށް ބޭސް ދޭން… މަށް ހައުދަހައި އުނދަގުލަށް ތެބެވެއިއޭ… މަންޝާއަށް އެވޭ އުނދަގޫތައް މަށް އިހުސާސްވެއި….” (ދެން ބޮޑުދައިތަ ދާންވީނު މަންޝާއަށް ބޭސްދޭން… އަަހަރެންނަށް ހާދަ އުނދަގުލެއް އެބަ ވެޔޭ… މަންޝާއަށް އެވާ އުނދަގޫތައް އަހަންނަށް އެބަ އިހްސާސްވޭ…) ޒިބާން ހިތާ ދިމާލުގައި އަތުން ފިރުމާލަމުން ވާހަކަ ދެއްކީ ސަކޭރާގެ މޫނަށް ބަަލަމުންނެވެ. ސަކޭރާ އިސްޖަހާލިއެވެ. ޚުދު ސަކޭރާއަށްވެސް އިންސާނުން ގާތަށް ދިޔުން ވަނީ މަނާކޮށްފައެވެ. ޒިބާން އެ އެދޭ ކަންތައް ކުރާކަށް ސަކޭރާއަކަށް ނުކެރޭނެއެވެ.
އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ އެތެރެއަށް ވަތް ތަޒްކިޔާގެ އަޑެވެ. “އަވަ ތެކަން ކޮށްދެރަފޭށުން” (އަހަރެން ތިކަން ކޮށްދީފާނަން…) ސަކޭރާއާ ޒިބާނަށް ބަލާލެވުނީ އެތަނަށް ވަންނަ ދޮރާ ދިމާއަށެވެ. ދޮން ޕަރީއެއް ފަދަ ރީތި ތަޒްކިޔާ ހުރީ ޒިބާނާ ދިމާއަށް ބަލާށެވެ. ތަޒްކިޔާ އެތެރެއަށް ވަނުމުން ޒިބާން ގާތްވެލީ ދޮރު ކައިރިއަށެވެ. އޭނާ އަނެއްކާވެސް ނުކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ޒިބާނަކަށް އެތަނުން ނުކުމެވޭ ގޮތެއް ނުވިއެވެ.
“ތަޒްކީ ނިލާހިކި ބިރިގަނިނު… އަދި ދުވަހަކިއަސް އިންސާނުންނެކަހާ ނިއޭކޯ ތަޒްކީ މިކަން ކެރަން ތެ ވޭނޑެނީ ކެއަންވީ…” (ތަޒްކީ ނުލާހިކު ބިރުގަނެއެއްނު.. އަދި ދުވަހަކުވެސް އިންސާނުން ކައިރިއަށް ނުދާއިރު ތަޒްކީ މިކަން ކުރަން ތިއުޅެނީ ކީއްވެ…) ޒިބާން ސުވާލުކޮށްލީ އޭނާއަށްޓަކައި ތަޒްކީ ގުރުބާންވާން ތައްޔާރަށް ހުރުމުންނެވެ.
“ޒިބާން… އަަވަ ޒިބާނައްޓަކައި ކޮންމެކަމަކަސް ކޮށްދެރަފޭށުން… މަށް އިނގެއި ޒިބާން ހިނގަނީ އިންސަނަކާދެކެ ލޯބި ވެވިގެންކަން… ދެނަކަށް މިތެއި ދެކެވެނެ ހުށުހެއި ވާހަކައަށް އަޑޮއިވެނެ… މަ ހިށީ ބޭރެ އަޑޮއަހާށް…” (ޒިބާން… އަހަރެން ޒިބާނަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްދޭނަން… އަަހަރެންނަށް އިނގޭ ޒިބާން އުޅެނީ އިންސާނަކު ދެކެ ލޯބިވެގެންކަން.. ދެންމެ މިތާ ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނު.. އަހަރެން ހުރީ ބޭރުގަ އަޑުއަހަން…) ތަޒްކިޔާގެ ފަރާތުން އެހީތެރިކަމެއް ލިބޭތީ އެކަމާ ޒިބާން އުފާވިއެވެ. ނަމަވެސް އިންސާނުންގެ ތަންދޮރު ނޭނގޭ ތަޒްކިޔާއަށް ދިމާވެދާނެ ގެއްލުމަކާ ދޭތެރޭ ވިސްނާލުމުން ޒިބާންގެ ހިތް ބިރުގަތެވެ.
*** *** *** *** *** ***
އިރުއޮއްސުނު ވަގުތު ކަމުން އަޒީމް އަވަސްވެގަތީ ފާޚާނާއަށް ވަދެ ފެންވަރާލާށެވެ. ފެންވަރަން ހުރި އަޒީމަށް ތަފާތުކަމެއް ފާހަގަ ވިއެވެ. މާގަނޑު ދަށުގައި ހުރި އިރު އޭނާގެ ހަށިގަނޑުން ދިލަ ނަގާކަމެވެ. ހާއްސަކޮށް ބުރަކަށިންނެވެ. އެކަމުގެ ސަބަބުން އަޒީމްގެ ހަނދާނަށް އައީ ޒޭބާއެވެ. ޒޭބާއާ އެކީ އުޅުނު އިރު އޭނާގެ ބުރަކަށީގައި ޒޭބާ ވަކި އެޅި ހަނދާނެވެ.
ފެންވަރައިގެން އަޒީމް ނުކުތީ ތުވާލި އޮޅާލައިގެންނެވެ. އަޒީމް ފާޚާނާއަށް ވަތް އިރު މަންޝާ އޮތީ އެނދުގައެވެ. ނަމަވެސް މިހާރު އެތާ ނެތުމުން އަޒީމްގެ ކަޅި އަމާޒްވީ ބެލްކަންޏާ ދިމާއަށެވެ. އަޒީމްގެ ދެލޯ ބޮޑުވިއެވެ. މަންޝާ އިން ގޮތުން އަޒީމް ޖެހިލުންވިއެވެ. އެއްވެސް ބިރެއް ނެތި އޭނާ އިނީ ބެލްކަނީގެ ރޭލިންގް ދަގަނޑު ގަނޑުމަތީގައި އިށީންދެގެންނެވެ. ކިރިޔާ ފަހަތަށް އަރިއަޅާލިއަސް އޭނާ ވެއްޓޭނީ މަގު މައްޗަށެވެ.
އަވަސް ފިޔަވަލުތަކެއްގައި އަޒީމް ބެލްކަންޏަށް ނުކުތެވެ. އަދި މަންޝާގެ އަތުގައި ހިފަމުން އެތަނުން ފައިބާށޭ ބުންޏެވެ.
“ވަޓްސް ރޯންގް… ހަމަޖެހިފެލަ…” މަންޝާގެ ދުލުން ނުކުތް ލަފްޒުތަކުން އަޒީމް އިތުރަށް ހައިރާން ވިއެވެ. ޒޭބާގެ ވާހަކަދެއްކުމެކޭ ތަފާތެއް ނެތެވެ. އައްޑޫބަހުން މަންޝާއަށް ވާހަކަދައްކަން އެނގޭ ހެއްޔެވެ.
“ކީކޭ…” މަންޝާ ބުނި ބަސް ދެވަނަ ފަހަރަށް އަަޑުއަހަން ބޭނުންވެގެން އަޒީމް އަހާލިއެވެ.
“ހަމަޖެހިބަލާށޭ…. މި ފައިބަނީއޭ…” މަންޝާ ރޭލިންގް ދަގަނޑުގަނޑު މަތިން ފޭބުމަށްފަހު ތުންގަނޑު ދަަމާލާފަ އެހެންބުނެލީ އަޒީމަށް ސާފުކޮށް އަޑު އިވޭނެ ވަރަށެވެ. އެއީ އަޒީމަށް ހީވިހީވުމެއް ކަމަށް ނިންމާ އަޒީމްވެސް މަންޝާގެ ފަހަތުން އެތެރެއަށް ވަނެވެ.
“މަންޝާ… އަހަރެންގެ މަންމައާ ކޮއްކޮއާ މާލެ އައިސްފި.. މިއަދު ހަވީރު އަހަރެން ބޭރުގަ އުޅެނިކޮށް ގުޅާފަ ބުނީ… މިވަގުތު އެމީހުން ތިބީ ކޮންމެވެސް ތިމާގެ ބައެއްގެ ގޭގަ.. ވަރަށް އަވަހަށް ތަނެއް ކުއްޔަށް ހިފާނެ..” ތުވާލި ބާލަމުން އަޒީމް ފަޓްލޫނު ލިއެވެ.
“އެހެންތަ.. ކިހިނެއްވީޔޯ މާލެއަައީ…” ފަރުވާ ކުޑަގޮތަކަށް މަންޝާ އަހާލިއެވެ.
“ކޮއްކޮއަށް ވަޒީފާ ހަމަޖެހުނީމަ މާލެ ބަދަަލުވީ… މިރޭ މިގެއަށް އަންނާނެެ… ބުނި މަންޝާ ދެކިލަން ބޭނުމޯވެސް… ކޯއްޗެއް ކާން ހަދާނީ…” ގަމީހުގެ ގޮށްތައް އަޅުވަމުން އަޒީމް ވާހަކަ ދެއްކިއެވެ.
“ނޭނގެ… ޕިއްޒާއެއް ގެންނަމާ…” މަންޝާ ވާހަކަ ދައްކަމުން އޭނާގެ ނިޔަފަތިތަކާ ކުޅެލިއެވެ. އަޒީމްގެ ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާ މަންޝާ އަތަށް ދިއްކޮށްލަމުން އަޒީމް ޕިއްޒާއަކަށް އޯޑަރު ދިނެވެ. ފޯނު ކަންފަތުން ދުރުކޮށްލުމަށްފަހު ޕިއްޒާ އިރުކޮޅަކުން އަންނާނޭ ބުނެ އަޒީމް ބޭރަށް ނުކުތެވެ.
މަންޝާގެ މޫނު މަތިން ފެންނަމުންދިޔައީ ފޫހިކަމެވެ. ހިތްހަމަ ނުޖެހުމެވެ. އަޒީމްގެ މަންމަ ކުއްލިއަކަށް އަންނަ ވާހަކަ ބުނުމުން އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު އިތުރަށް ބޮޑުވިއެވެ.
ބޫޓަށް އަރައަރާ ހުރި އަޒީމަށް މީހަކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރި މީހާ ފެނުމުން މަންޝާއަށް ގޮވާލިއެވެ. ކޮޓަރިން މަންޝާ ނުކުތީ ވީ ކީއްތޯ ބަލާށެވެ. އޭރު ސޯފާގައި އިށީނދެގެން ތިބި ދެ އަންހެނުންނާ ދިމާއަށް މަންޝާ ބަލާލިއެވެ.
“މަންޝާ.. މީއަހަރެންގެ މަންމަ… ދެންމީނީ އަހަރެންގެ ކޮއްކޮ ޒިމީ….” ޒިމްނާ ގޮނޑިން ތެދުވެ މަންޝާ ގާތަށް ދިޔައެވެ. އަދި މަންޝާގެ ބަނޑަށް ބަލަންހުރެ މަންޝާގެ ގައިގާ ބައްދާލިއެވެ.
“ހާއި ފަހަރީ… ކިތައް މަންތްސްތަ؟.. ބޭބެ ބުނި ފަހަރި ޕްރެގް އޭ… އޯ އައިމް ސޯ އެކްސައިޓެޑް…” ޒިމްނާ ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ. މަންޝާ ހިނިތުންވެލަމުން ބަލާލީ ސޯފާގައި އިން އަޒީމްގެ މަންމައާ ދިމާއަށެވެ. ތުންގަނޑު އެއްފަރާތަށް އަރިކޮށްގެން އޭނަ މަންޝާއާ ދިމާއަށް ބަލަން އިން ގޮތުން އެނާގެ ފޮނިކަމާ ބޮޑާކަން ދޭހަ ވެއެވެ. އިބްޒީމާގެ ކަޅި ހިންގާލީ މުޅި އެ އެޕާޓްމަންޓަށެވެ.
“މަން.. އައި ހޭވް ޓު ގޯ… އިރުކޮޅަކުން ޕިއްޒާ އަންނާނެ… ބާއި… މަންމާ މަ އޭބޭނީވާ…” (މަންމާ.. އަހަރެން ދަނީ އިނގޭ…) އަޒީމް ދޮރުން ބޭރަށް ނުކުންނަމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. މަންޝާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ޓީވީ ހުޅުވާލުމަށް ފަހު މަންޝާ ވެސް އެސޯފާގައި އިށީނެވެ. ކުއްލިއަކަށް ސޯފާއިން އިބްޒީމާ ތެދުވިއެވެ. އަދިި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ބޯ ތަށިތަކެއް ނަގައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. އެއަށް ފަހު އިބްޒީމާ ގެނައި ކޮތަޅުތަކުގެ ތެރެއިން ދަޅެއް ނެގުމަށްފަހު މޭޒުކައިރިއަށް ލެފިގަތެވެ. އޭރު މަންޝާއާ ޒިމްނާއާ ދެމީހުން ތިބީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައެވެ. އިބްޒީމާގެ ހައުސްކޯޓުގެ ޖީބުން ނެގި ކުޑަ ފުޅީގެ މަތި ނަގާލިއެވެ. އަދި އެ ދަޅުން އެއް ތައްޓަށް އެޅި ބަނބުކެޔޮ ބޮނޑިބަތް ގަނޑުގެ ތެރެއަށް އެ ފުޅީގައި ހުރި ފެންކުލައިގެ ދިޔާ އެއްޗެއް އަޅާ އެއް ކޮށްލިއެވެ.
ދެ ބޮނޑިބަތް ތަށި ހިފައިގެން ގޮސް އެއްތަށި މަންޝާ އަތަށް އަނެއް ތަށި ޒިމްނާ އަތަށްް ދިއްކޮށްލިއެވެ. ހިނިތުންވެލަމުން މަންޝާ ތަށީގައި ހިފިއެވެ. އިބްޒީމާ ސޯފާގެ އެއްކޮޅުގައި އިށީންނަމުން ޓީވީއާ ދިމާއަށް ބަލާލިއެވެ. ވަށްކަޅިން މަންޝާ ބަލާލީ އިބްޒީމާއާ ދިމާއަށެވެ. އޭނަ ކުރި ހުރިހާ ކަމެއް މަންޝާއަށް އިނގެއެވެ. އެހެން މީހުންނަަށް އެއީ މަންޝާ ކަމުގަ ވިޔަސް މަންޝާގެ ހަށިގަނޑުގައި ހިނގަމުން އެދަނީ ޒޭބާގެ ބާރެވެ.
“މަންމާ.. އަހަރެންނަށް މިއެއްް ނުކެވޭނެ… އަހަރެންނަށް ފޮނި އެއްޗިސް ވަރަށް ނުބައި…” އަނގަޔަށް ވައްތަރެއް ޖައްސަމުން މަންޝާ އަތަށް ދިން ބޯތަށި އިބްޒީމާ އަތަށް މަންޝާ ދިއްކޮށްލިއެވެ. އޭރު ޒިމްނާ ކާން އިންތަށި ހުސްކޮށްލައިފިއެވެ.
“އިސްރާފް ކުރާކަށް ނުވާނެ.. މަންމަ ކާލާ…” ޒިމްނާ އެހެންބުނުމުން އިބްޒީމާ އެތައްޓަށް ބަލާލިއެވެ. މަންޝާއަށް ދޭން އޭނަ ތައްޔާރުކުރި ފުރަތަމަ ހަމަލާ ފެއިލް ވީއެވެ. އޭނާ ސޯފާގައި ވިސްނާލަން އިނެވެ. އެވަގުތު ޒިމްނާ އޭނާގެ މަންމަގެ އަތުން އެތަށި އަތުލިއެވެ. ޒިމްނާއަކީ ބޮނޑިބަތްކާން ފޯރިހުންނަ ކުއްޖެކެވެ. އިބްޒީމާއަށް ތެޅިގަނެވުނެވެ. “ނޫން ޒިމީ.. އެހާ ގިނައިން ކާނެ ކަމެއް ނެތް… ފަލަ ވެދާނެ…” އިބްޒީމާ އެތަށި އަތުލައިގެންް ބަދިގެ ތެރެއަށް ހިނގައިގަތެވެ.
މަންޒަރު ބަލަން އިން މަންްޝާ ގާތަށް ހިނިއައެވެ. ނަމަވެސް އެކަން ނުދައްކަން އޭނާގެ ކަޅި އަމާޒްކޮށްލީ ޓީވީއާ ދިމާއަށެވެ. ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަންޝާ ދޮރާ ދިމާލަށް އަވަސް ވެގަތެވެ. އަތުގައި އޮޅާލާފަ އޮތް ފައްސަތޭކަ ރުފިޔާ ނިއުޅުވާލަމުންނެވެ. ޕިއްޒާ ހިފައިގެން އެނބުރުނު އިރު މަންޝާ ކުރިމަތީގައި އިބްޒީމާ ހުއްޓެވެ.
“ދަރިފުޅު ދޭ އިށީންނަން.. މަންމަ މިއަންނަނީ ޕިއްޒާ ފޮތި ތައްޓަކަށް ލައިގެން…” މަންޝާގެ އަތުގައި އޮތް ޕިއްޒާ ފޮށިގަނޑުގައި ހިފަމުން އިބްޒީމާ ވާހަކަ ދެއްކިއެވެ.
“މި ޕިއްޒާ ފޮށިގަނޑުން ނަގާ ތަށިތައްޓަށް ލާކަށް ނުޖެހޭނެ.. ހަމަ މަތި ނަގާފަ ކާންވީ…” އިބްޒީމާގެ މޫނަށް ބަލަން ހުރެ މަންޝާ ވާހަކަ ދެއްކި އިރު އެނާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. މަންޝާގެ ލޮލުން ފާޅުވަމުން ދިޔަ ނުރުހުމުގެ ކުލަވަރު ފެނި އިބްޒީމާ އެ ޕިއްޒާ ފޮށިގަނޑުން އަތް ދޫކޮށްލިއެވެ. ޓީވީބަލަން އިން ޒިމްނާ އިނީ އެމީހުންނާ ދިމާއަށް ބަލާށެވެ. ފަހަރި މާ އަޑުބާރުކޮށް ވާހަކަ ދެއްކުމުން ޒިމްނާވެސް އިނީ ހިސާބަކަށް ހައިރާން ވެފައެވެ.
“ކިހިނެއްތަ ވީ؟…” ވީ ގޮތް އޮޅުން ފިލުވަން ޒިމްނާ ބޭނުންވިއެވެ. އެތައް ދުވަހަކަށްފަހު މަންމައާ ބޭބެގެ ގުޅުން ރަނގަޅު ވުމުން އެގުޅުމަށް ހީނަރުކަމެއް އަންނަން ބޭނުން ނުވާތީއެވެ.
“މަންމަ ކައިރީ އަހާބަލަ ބޮނޑިބަތް އެއްޗަށް ކޮން ފަންޑިތައެއްހޭ އެޅީ….” މަންޝާގެ ރުޅި ގަދަވަމުން ދިޔަކަން އެމީހުންނަށް އެނގުނެވެ. ޒިމްނާއަށް އެކަން ފާހަގަވިއެވެ. މަންމަ ވަކިން ހާއްސަކޮށް އަޅައިގެން އައި ބޮނޑިބަތްތަށި ކާން ޒިމްނާ އުޅުމުން ފަލަވެދާނޭ ކިޔާ އިބްޒީމާ ބަހަނާ ދެއްކިމަތިން ޒިމްނާ ހަނދާން ވިއެވެ. ޒިމްނާއަށް ބަލާލެވުނީ އިބްޒީމާއާ ދިމާއަށެވެ. ޝައްކުގެ ނަޒަރަކުންނެވެ. މަންމަމެންގެ އާއިލާއަކީ އެފަދަ ކަންތައްތައް މޮޅަށް ދަންނަ ބަޔަކަށް ވުމުން ޒިމްނާއަށް އޭނާގެ މަންމަ އެފަދަ ކަމެއް ކޮށްފާނެކަމާމެދު ޝައްކު ކުރެވުނެވެ.
އިބްޒީމާ އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. “ހިނގަ އެބޭ…. މީ މީހަކާ އޭއް ވަރުގެ ތާށްނޫން… އަޒީމް އެހިށީ މުވަވެފެއި… މީ މުވަ އަންހެނަށް… ހިނގަ މިތަނުން އަވަހަށް އެބޭ…” (ހިނގާ ދާން… މީ މީހަކު އަންނަ ވަރު ތަނެއް ނޫން.. އަޒީމް އެހުރީ މޮޔަވެފަ.. މީ މޮޔަ އަަންހެނެއް.. ހިނގާ މިތަނުުން އަވަހަށް ދާން…) އިބްޒީމާ އެގެއިން ނުކުމެގެން ދަމުން މަންޝާއާ ދިމާއަށް ލޯ އަޅާލިއެވެ. ޕިއްޒާ ފޮށިގަނޑު ހުުޅުވާލަމުން ޕިއްޒާ ފޮއްޗެއްނަގާ މަންޝާ އޭގަ ދަތް އެޅިއެވެ. އެމީހުން ދިޔުމުން މަންޝާގެ ލޮލުގެ އިޝާރާތަށް ދޮރުފަތް ބަންލާފަ ޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
88 Comments!
Comments are closed.





Salhi
thanks 🙂
Shax tell me ur Facebook page… I wonna contact u
( shaz ge vaahaka ) thats the facebook page….
yeah that’s my facebook page … thanks anonymous
Varah reethi mi part. Varah Varah Salhi.
thanks
Addu meehun “kaaloa” kiyany gals ah and boys ah kiyany “kaloa” 🙂 anyways story hama v.salhi
hulhudhoo meehun kiyaa goiy eii.. girls ah ekoyya… boys ah ekaaalo
You from Hulhudhu? I never heard it… koyya kiya dhebayahves.. kaanloa kiyany gals n boys ah kalo.. Addu kujjeh huriyya alhe bunedheebala yageen kohlan..
Thanks all… aslu mistake eh ei.. ethankolhu mihar inaanee rangalhu kollaafa… 🙂
Salhi…keep it up shax
thanks ayya
Dhebas beynun kuraathee maa kuru kamah faahaga vanee. Konmmes eh baheh beynun kohggen liun kihineh vaanee..
mibI kureh noon….
hi Shiu.. assu kurin episode ah vureh mi bai dhigu vane… 🙂
Varah reethi mi bai ves.
thanks
V v reethi.
thanks dear
vv reethi..??
thanks sabeeha ?
i want zibaan…. ???
No zibaan is mine
No zibaan mashah
No Ziban is mine
I want hassanbe.
Zibaan is all mine…
hehehe well I’m speechless….. ???
It’s like watching titanic movie for the first time.Hama anth are anthareeees vaahaa reethi.
Kaeshaaaaaaaaaaaa wtf hahahahaha
thanks Romromromantic… ???
V foohi mihaaru vaahaka.
Sorry… but mi part than nulaa vaahaka hamaeh nujeheyne…. anyways thanks for reading ?
Xibaan libeyne mashah
awwwn… hehehe thanks dear
Vaahaka varah reethi
thanks dear
shax dn mihaaru haadha vai gothakh midhanee…nuveynu kameives…dn ingey knme part eiga kamei vaan nujehey kanves..ekam dn next part v interesting kohlaathi…i guess 3 days fahun zibbe annan iruga mannu onnaanee azeem gaiga thailaafahen..n he might misunderstand mannu…??? waiting for Thursday ??
zibman ??
hehehe ya I know zibmange baeh naisgenkan thiulhenee… now things are getting too complicated dhw…. see whats up next…. 🙂 thanks for reading the story… hope u like it…
Habeys ingey shaxoo… Love your story
thanks Janko… 🙂 ??
ibuzeemaa ulhey vahthareh dhow.. thazkyy plx help mansha…storyy hama varah salhi kohh midhany… intrestingg.. ❤
thanks Shiff…. glad u liked it… 🙂
Mijinithaka dheefahuri nanhoadhee kihine.,?????? V v v furihama……..
then varah gina site thah belin names hoadhan.. shz ah fenunu reethi names thakeh collect koggen names dhineee…. thanks ny
Tazkiya is my daughter’s name. 🙂
hi Tazkiya’s mom…. its really a beautiful name… my love to ur daughter 🙂
Alhe manshaa dhen naahnaanetha manshaa ah goteh nahadhanchey v sad vaane
ooohhh… shes the lead… let see what happens when the story ends dhw… 🙂
vaasaree… assuves mivaahakaiga hovaalaafa vaa namesthah varah reethi… this stoey us superb… komme parteh kiyaafa dhenvaane gothakah visneneee… huthakah naaraa mihaa dhigukoh genesdhwveyne kamakah… 43 episodu genesdhin iru foohi kameh nethi mi kiyaneee…. varah molhu… hope that u will never stop writing
Thanks lol…. am glad u liked it… happy to see so many ppl supporting this…. alhamdhu lillah… insha allah I will try to write beautiful stories in future…
Zeybaaaaaaa??????? I really hate you ??????? Shax dhn vejje ehnun mi zeybaa eh manshaage gain neren.. V foohivey?????
actually i wud thank zeyba. cox zeyba ya hedhi dhw mansha ah ibuzyma dhin fanditha alhaafa huri bondibaiy nukevunee. zeyba neiy nama mansha wud have eaten that. n she might have lost her baby even. thanks zeyba fo saving mansha
ooohh… assuves varah foohi dhw zeyba ulhey gothun… ya but mifaharu zeyba helped mansha dhw… thanks reader n mary… 🙂
Wow!! This story is awesome. Proud of you Shaaz. Keep shining my dear friend. :*
Thank u Naaz gandaaa… 🙂 love to see ur comment here
Jinnives vaahaka dhakknee addoo bahuntha? A ee anehkaa addu jinni thakehtha?
hehehe ehendhw evaneee… see up coming episodes so u knw more abt whats going to happen
Varah habeys
thanks dear 🙂
oooooh zeybaa gadha ingey. maitu size ah thiri kohly dho. mi baives vvvv salhi. love u shaaz
Thanks dear maaishaahil… I hope u enjoyed reading this part
Haadha lahey up vaaley…thankolheh avas koh dheebaa..pls…?
ooohh… am really sorry dear…. shaz ah upload kureveynee week aku two episodes… three episodeves up kureveytho varah balan… but am really busy these days….
Kon irakun next part up load vaanee
next part upload vaanee thursdayga….
fifty shades of zibaan
ahahaha…. nice one… xoya.. well its zibange babyge name
it’s naice :*
thanks Nernu
Next part thankolhe dhigu kohlachey… V v v nice this story ??????
Varah reethi story… Dhen upload kolaathi thankolhe dhigukoh shax????????
Pls hus addu bahun nugennahchey i don’t know anything from that vaahaka v reethi shaz u r my favourite writer
This story is amazing.. Well done author… Keep it up… ☺???
Shaxxxxxxxxuuuuuuuuuuuuuuuuuuuuuuuu varahhhh reeeeeeeeeeeeethi
V nala mivaahaka.. Interesting varah.. jinni ulhey ehen vaahaka thakuga jinneennaa inseenge kurimathilunthakuga emme fahun jinni balive maruve vaahaka Nimenee hope kuran v thafaathu gothakah mivaahaka dhaane kamah
Hi shaz! The story is very nice and the way u bring twists to it is really amazing. But if this story goes like this, it’ll be too long! Lots of incidents are yet to come…… Manshaa viheumaa, azym ah xibaan ge kanthah egumaa, Manshaa ge mom mennah xibaan egumaa, zeybaa ge baithaka, meera ge parts thah ves kuriah eba othehnu,,,,, and manshaa ge mom mennah hassan ge reality ves full kosheh neygey adhi…….. If the parts go like this without an incident, story vvv dhigu vaane….. It’ll also reduce readers interest….. Pls think about this….☺
v reethi mi vaahaka.. I love it…….??
writer told me vaahakaiga innaanee almost 50episodes ey…. so nimumaa vaahaka gaaivaahen heevey…. shaz ge vaahakaiga vaanee hithahves nugenevey kahala gotheh kan ingey.. cox all her stories r amazing… evvaahakayah vureh aneh vaahaka molhuvefa reethi… mivaahakaiga fahun vaane gothakee manshaa maruvun henvarah heevey… noonee zibaan maruvun henves heevey… assu cant predict what will hPpen…. almost 7 mo episodes to fonish this dhw… goodluck dear… ur a nice person….
Why does everyone hates me.Everyone says I’m like mom.Nobody understands me.even the writer says I’m boring.But I also have a heart full of pain and scars.Who said I’m going to hurt mansha?I’m only protecting her plus I want to spend some time with my lover disguising as mansha.So pls don’t hate me.I did something bad to meera bcoz her family once did something bad to my mom.But now I don’t want to take revenge anymore.let me live and don’t harm me.
One thing I love about shaz is her smile.that made me stop all those crap comments.She looks like a nice person.May Allah bless her and her family and guide her the good path.Amen
Dats called love at first sight
Ehemehem don’t start okay.I will tell u what it is. It’s called your HEAD. Now don’t ruin the meaning of my comment.Go and get a life freak.
Kalhudiri kolhe hoadhan mi geydhosha ainama libunees kithame baivarakaves.India kalhudhirah vure fakkaavaane mikolhuge echhis.zeybaa ah ingeyne ekan.ekamaku emanje nufennathaamivee kithame dhuvahe.
Omg so many comments in such a short time
Shax i am a big fan by the way love this part keep it up
When next part☺☺☺☺☺
Next part koba?