Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 1, 2016 7 Mins Read
33 Comments

…މި ކުއްޖާއެއްނު މައްސަލައަކީ؟ އަހަންނަށް މިކުއްޖާ ބެލޭނެ، އަހަންނާ އެކީ އަހަރެންގެ އާއިލާ ވާހާ ހިނދަކު އަހަރެން އިތުރު މީހެއް ބޭނުމެއް ނޫން… މި ކުއްޖާގެ ބައްޕައަކީ ރާހިލް… އެކަމަކު ނަމުގެ ފަހަތަށް އެނަން އައުން ފިޔަވާ މީކީ ރާހިލްއަކާ އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫން… ދެން އޭނަ އަހަރެން ހޯދަން އަޔަސް ނުދާނަން އޭނަ ކައިރިއަކަށް… ދުވަހެއްގެ ކޮޅުންވެސް ދެން އަހަރެން އޭނަ ހޯދާކަށް ނޫޅޭނަން، މާލެއަށް ދިޔަޔަސް އަހަރެން ނުދާނަން ރާހިލް ހޯދާކަށް. ނިމުނީ މިހިސާބުން. ތާނީ މަންމަމެންވެސް ދެން އެކަން ހުއްޓާލާ. މީ އަހަރުމެންގެ އަމިއްލަ ކަމެއް ދެން. މިހިސާބުން އަހަރެންގެ ހަޔާތުން ރާހިލްގެ ނަން މި ފޮހެލީ!” މީރާ އެދުވަހު އެންމެންގެ ތެރޭ އޭނަގެ ނިންމުން އިއްވިއެވެ.

އެންމެންވެސް މީރާގެ އެ ނިންމުމަށް ތާއީދު ކުރިއެވެ. ދެން ރާހިލް ހޯދަން ނޫޅޭނެ ކަމަށް އެންމެންވެސް މީރާއަށް ވަޢުދުވިއެވެ.

*****

“މީރާ… ހުއްޓާލާފަ ކިޔާދީބަލަ… ކިހިނެއްތަ ރާހިލްއަށް އެނގުނީ…؟ ކޮންތާކުން އޭނައާ ދިމާވީ…؟” އެކަންތައް ވިގޮތެއް ނުވިސްނިފައި ހުރި ޔަމާން ސުވާލު ކޮށްލީ މީރާ ހަމައަކަށް އެޅުމުންނެވެ.

“”ރާހިލްއަށް އެނގިއްޖެ ޔަމާން… އޭނައަށް އެނގިއްޖެ އޭނަގެ ކުއްޖަކު ހުރިކަން…” ބޯހިއްލާ ޔަމާންގެ މޫނަށް ބަލާލަމުން މީރާ ބުންޏެވެ.

“އެނގުނީ…؟ ކިހިނެއް؟ ކިހިނެއް އޭނައަށް އެނގުނީ؟ މަލާކް ފެނުނީތަ؟ ކޮން އިރަކު މީރާއާ ރާހިލް ދިމާވީ؟” އެކަން ވީ ގޮތެއް ޔަމާންއަކަށް އެއްގޮތަކަށްވެސް ނުވިންނުނެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. މާލެއަށް އައިސް މީރާއަށް ވަޒީފާ ލިބުނީ ރާހިލް އުޅޭ އޮފީހުން ކަމެއް ޔަމާންއަކަށް ނޭނގެއެވެ. އެވާހަކައެއް މީރާވެސް ތާނިޔާވެސް ނުބުނެއެވެ. އަދި އެކަމެއް ނަދީމާމެންނަކަށްވެސް ނޭނގެއެވެ.

އެވަގުތު އަނެއްކާވެސް މީރާގެ ދިރިއުޅުމާ ބެހެ މުހިންމު ކަމެއް ޔަމާންއަށް ސިއްރު ކުރެވުނީތީ މީރާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޔަމާން ކުރި ސުވާލަށް ޖަވާބު ދޭނެ ގޮތެއް ނުވިސްނިފައި މީރާ އެއްޗެއް ނުބުނެ ހުއްޓެވެ.

“ތާނީއަށް އެނގޭތަ؟” މީރާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޔަމާން ތާނިޔާއާ ސުވާލުކޮށްލިއެވެ.

“މީރާ… ދެން ދޮންބެއަށް ކިޔާދީބަލަ…” މީރާގެ ކޮނޑުގައި އަތް ޖައްސާލަމުން ތާނިޔާ ބުންޏެވެ. އަދި ޒައިކްއާ މަލާކް ގޮވައިގެން ކޮޓަރިއަށް ވަނީ މީރާއާ ޔަމާންއަށް އެކަނި ތިބެ ވާހަކަ ދައްކާލާނެ ފުރުސަތު ދެމުންނެވެ.

ޔަމާން މީރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ.

“މީރާ… ދެން ކިޔާދީބަލަ…” މީރާގެ ދެއަތްތިލައިގައި ހިފާލަމުން ޔަމާން އެދުނެވެ.

“ޔަމާން، ރުޅި ނާންނައްޗޭ އިނގޭ…” ޔަމާންގެ އަތަށް ފިއްތާލަމުން މީރާ ބުންޏެވެ.

“މީރާ…” ޔަމާންއަށް މީރާގެ ނަމުން ގޮވާލެވުނެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެވެނީސް މީރާ ވާހަކަ ދައްކަން ފެށިއެވެ.

މާލެއަށް އައިސް ވަޒިފާ ލިބުނު ގޮތާ، ވަޒީފާއަށް ދާން ފެށި ދުވަހުން ފެށިގެން އެދުވަހު ވީ ކަންތަކާ ހަމައަށް މީރާ ޔަމާންއަށް ކިޔާދިނެވެ.

“ރަނގަޅަށް ކަންނޭނގެ ތިވީ. އޭނަ އެތާ މަސައްކަތް ކުރާތީއޭ ކިޔާފަ މީރާ ނުޖެހޭނެ ކެނޑޭކަށް. ދެން… މަލާ… އޭނަގެ ދަރިއެއް ހުރިކަން އޭނައަށް އެނގެން ޖެހޭނެ… އެކަމަކު އޭނައާ މީރާ ދިމާ ވިޔަކަސް މީރާ މިއަދު ނުޖެހޭ އޭނަގެ ދަރިއެއް ހުރެޔޭ ބުނާކަށް… އެންމެ ރަނގަޅަށް ތިވީ… މީރާ ނުބުނެ އޭނައަށް އަމިއްލައަށް އެނގުނީމަ… އޭނަ މީރާއަށް އޮޅުވާލާފަ އެގޮތަށް ދިޔުމަށް ފަހު އަހަރުތަކެއް ފަހުން އަދި ފެނުނަކަސް މީރާ ގޮސް ބުނާކަށް ނުޖެހޭ ދޯ ރާހިލްގެ ދަރިފުޅޭ މީ؟” މީރާގެ ވާހަކަ އަޑު އެހުމަށް ފަހު އިރުކޮޅަކު ވިސްނަން އިނދެފައި ޔަމާން ވާހަކަ ދެއްކީ މީރާއާ އެއްކޮޅަށެވެ.

“ޔަމާން… ރުޅިއެއް ނާދޭތަ؟” މީރާއަށް އަހާލެވުނެވެ.

ޔަމާން މީރާގެ މޫނަށް ބަލާލިއެވެ. އޭރުވެސް ލޮލުން ކަރުނަ ނުހިކި އިން މީރާ ފެނުމުން ހިތުގައި ޝަކުވާއެއް ވިނަމަ އެޝަކުވާއެއްވެސް ފިލާ ޔަމާންގެ ހިތް ސާފުވިއެވެ.

“އަސްލު ފުރަތަމަ ކުޑަކޮށް ހިތްހަމަ ނުޖެހުނު… އެކަމަކު އެނގޭ މީރާއަށް އެ ހުރިހާ ވާހަކައެއް ފޯނުން ދައްކަން އުނދަގޫ ވާނެކަން… އައި އަންޑަރސްޓޭންޑް… ނާދޭ ރުޅިއެއް…” މީރާގެ މޫނުގައި އަތް ޖައްސާލަމުން ޔަމާން ހީލާފައި ބުންޏެވެ.

“ޔަމާން… ރާހިލް މަލާކް ހޯދަން އުޅެފިއްޔާ ކިހިނެއް ހަދާނީ…؟ އޭނަ މަލާކް ދެކެން ބޭނުން ވެއްޖެއްޔާ…؟ އަދި… އަދި… އެކަންތައް… އަހަރެން ކިހިނެއް އެވާހަކަ ބުނާނީ…؟” އެހަނދާން ވުމާއެކު މީރާގެ ލޮލުން ކަރުނަ އައެވެ.

މީރާ އެދައްކާ ވާހަކަ ވިސްނުމާ އެކު ޔަމާޏް މީރާ ގައިގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ. އެހަނދާން ވުމުން ޔަމާންގެ ލޯވެސް ފެންކަޅިވިއެވެ.

“ޝްޝްޝް މީރާ…” ޔަމާން މީރާގެ ބޮލުގައި ފިރުމާލިއެވެ.

އިރުކޮޅަކު ދެމީހުން އެހެން ތިއްބެވެ.

“އަހަރެން ޖޮބް ދޫކޮށްލަން ވީތަ؟” މީރާ އަހާލިއެވެ.

“މީރާއަށް އެނގޭނީ. މީރާގެ އެއްވެސް ޑިސިޝަން އަކާ އަހަރެން ދެކޮޅެއް ނުހަދާނަން. އެކަމަކު އަހަންނަށް ހީވަނީ ރާހިލްއާ ހެދި މީރާ ޖޮބް ދޫކޮށްލާނެ ކަމެއް ނެތް ހެން. އޭނައާ ހެދި އެއްވެސް ކަމެއްގަ މަޖުބޫރު ވެގެން ގޮތެއް ނިންމާކަށް ނުޖެހޭނެ ދޯ؟ މީރާ ބޭނުމިއްޔާ ތި އޮފީހުގަ ހަމަ ވަރކް ކުރަންވީ…” ޔަމާން ބުންޏެވެ.

“ސޮރީ ޔަމާން، މިފަހަރުވެސް ޔަމާންއަށް ނާންގާ ސިއްރު ކުރީ…” ޔަމާންއާ ދުރަށް ޖެހިލަމުން މީރާ މާފަށް އެދުނީ އަދިވެސް އެކަން ސިއްރު ކުރެވުނުކަން ހިތަށް އަރާތީއެވެ.

“ދެން އަޅާނުލާބަލަ… އެއީ މައްސަލައެއް ނޫނޭ… ކަންބޮޑު ނުވެބަލަ… އިނގޭ” ޔަމާން ބުނެލިއެވެ.

ހީލަމުން މީރާ ބޯޖަހާލިއެވެ.

“އެހާ ދުވަސް ކޮށްފަ އައިމަ އަހަރެން ހީކުރީ ވަރަށް ހޫނު ވެލްކަމްއެއް ކިޔާނެ ކަމަށް… އެކަމު މީތަ އަހަންނަށް ލިބޭނެ ވެލްކަމް އަކީ؟’ ސަމާސާ ރާގަކަށް ޔަމާން އަހާލިއެވެ.

މީރާ ހީލަމުން ޔަމާންގެ ގައިގައި ބައްދާލިއެވެ. އެއާއެކު ޔަމާން މީރާގެ މޫނުގައި ދެއަތުން ހިފާލަމުން މީރާގެ ތުންފަތުގައި ބޮސްދިނެވެ. ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު ޔަމާން ބޭނުންވީ އެންމެން އެކީ ބޭރަށް ގޮސްލާށެވެ. އެރޭ ތާނިޔާއާ ޝިހާދްއާ، މީރާއާ ޔަމާން، މަލާކްއާ ޒައިކް ގޮވައިގެން ބޭރަށް ގޮސްފައި ގެޔަށް އައީ ވަރަށް ލަސްވީ ފަހުންނެވެ.

މީރާ ދިޔުމުން ރާހިލް ވަނީ ކެބިންއަށެވެ. މޭޒު ކައިރީ ދެއަތިން ބޮލުގައި ހިފަހައްޓާލައިގެން ރާހިލްއަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. މޭޒުމަތީ އޮތް ރާހިލްގެ ފޯން ރިންގް ވާން ފެށުމުން ރާހިލް ފޯން ނަގާ ބަލާލިއެވެ. ވިދާދްގެ ނަން އަރާފައި އިނުމުން އެވަގުތު ފޯން ނަގާ ހިތެއް ނުވިއެވެ. ފޯން ބިޒީކޮށްލާފައި ރާހިލް ގޮނޑިގައި ލެނގިލިއެވެ.

“މަލާކް… އައިމިނަތު މަލާކް ރާހިލް…” ރާހިލްއަށް އެ ނަން ކިޔާލެވުނެވެ. ރާހިލްއަށް ގަބޫލު ކުރަން ދަތިވިއެވެ. ދަރިއަކު ހުރެ އެ ދަރިފުޅަށް ފަސް އަހަރު ވީ އިރު ރާހިލްއަށް އެކަން ނުވެސް އެނގެއެވެ. މިވީ ހަ އަހަރު ތެރޭ ދަރިއަކު ހުރެދާނެޔޭ ރާހިލް އެއް ފަހަރުވެސް ހިތަށްވެސް އަރާފައެއް ނުވެއެވެ. މީރާ މަތިން ހަނދާން ނުނެތި އެތައް ދުވަހެއްގެ އެތައް ވަގުތެއް މީރާ މަތިން ހަނދާން ކުރުމުގައި ހޭދަ ކުރެވުނު އިރު މީރާ ބަލިވެ އިނދެދާނެޔޭ ރާހިލްގެ ހިތަށް ނޭރީ ކީއްވެ ހެއްޔެވެ؟ އެހެން އެއް ފަހަރުވެސް ރާހިލްގެ ހިތަށް އެރި ނަމައެވެ. އެހެން ނަމަ ފަހަރެއްގައި ރާހިލް އެހާ ލަސް ނުކުރީހެވެ.

މީރާއާ މެދު ރާހިލްގެ ހިތް އޮތް ގޮތް ރާހިލްއަށްވެސް ނޭނގުނީއެވެ. އެކަން އިހުސާސް ވުމާއެކު ރާހިލް ބޭނުން ވީ މީރާ ކައިރިން މާފަށް އެދޭށެވެ. ނަމަވެސް އެކަން ކުރަން ނުކެރިފައި ހުރެވުނީ ކުރެވުނު ކުށުގެ ސަބަބުންނެވެ. މީރާއަށް އޮޅުވާލާ މަކަރު ހަދާ، މީރާ ދޫކޮށްލާފައި އައި ގޮތުންނެވެ. ރާހިލް ކަންތައް ކުރި ގޮތުން މީރާ ރާހިލްއަށް މާފު ނުކުރާނެއޭ ހީވި ވަރުންނެވެ. ނަމަވެސް އެންމެ ފަހުން ރާހިލްގެ ހިތަށް ކެތް ނުވާ ވަރު ވުމުން ރާހިލް އިންޑިޔާއަށް ދިޔައީ އާދޭސް ކޮށްގެން ވިޔަސް މީރާ ގެ މާފު ހޯދަން ނިންމައިގެންނެވެ.

ނަމަވެސް ރާހިލް ތަންކޮޅެއް ލަސް ވީއެވެ. މީރާމެން އޭރު އުޅުނު ގެ ދޫކޮށް އެހެން ގެޔަކަށް ބަދަލު ވެއްޖެއެވެ. އެމީހުން ދިޔައީ އެ ހިސާބުވެސް ދޫކޮށްފައެވެ. ކޮލެޖް މެދުވެރިކޮށް އެޑްރެސް ލިބޭތޯވެސް ރާހިލް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު މީރާ ވަނީ ކިޔެވުން ދޫކޮށް ކޮލެޖުން ވަކިވެފައެވެ. ތާނިޔާ ވަނީ ބަދަލުވި ގެޔާ ކައިރި ކޮލެޖަކަށް ބަދަލު ވެފައެވެ.

ރާހިލް މާލެ އައީ އެހިސާބުން ދެން މީރާއާ ނުގުޅޭނެ ކަމަށް ނިންމައިގެންނެވެ. މީރާ ގެ ބަދަލު ކުރުމުން ރާހިލް ޔަގީން ކުރީ މީރާ ދެން ރާހިލްއަށް މާފު ނުކުރާނެ ކަމުގައެވެ. އެ ހިސާބުން ރާހިލްވެސް މީރާ މަތިން ހަނދާން ނައްތާލަން އަޒުމް ކަނޑައެޅިއެވެ. މާލެއަށް އައިސް އެއްވެސް އަންހެން ކުއްޖަކާ ނުގުޅު އަހަރެން ހާ ދުވަހަށް ފަހު ރާހިލް މީރާގެ ހަނދާންތަކާ ދުރުވުމަށް އެހީއަކަށް ވާނެ ކަމަށް އެކި ފަހަރު އެކި އަންހެން ކުދިންނާ ގުޅެން ފެށިއެވެ. ނަމަވެސް އެކަމުގައި ރާހިލްއަކަށް ކާމިޔާބެއް ނުވިއެވެ.

އެންމެ ފަހުން ރާހިލް ކައިވެނި ކުރަން ނިންމީ މަންމައާ ބައްޕަ އެވާހަކަ ދައްކަން ފެށުމުންނެވެ. އޭރު ރާހިލްގެ ބައިވެރިއަކަށް ހުރީ ވިދާދްއެވެ. ވިދާދްއަކީ ރަނގަޅު އަންހެން ކުއްޖެކެވެ. މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ކުއްޖެއެވެ. ރާހިލްގެ މަންމައަށް ވިދާދް އެންމެ ކަމުދިޔަ ސަބަބަކަށް ވިދާދްގެ އުޅުމާ އަޚްލާގް ވިއެވެ. ވިދާދްއާ ކައިވެނި ކުރަން ރާހިލް ނިންމީ އަމިއްލަ ހިތުގެ އަޑަށް ވުރެ ބޮޑަށް މަންމަގެ ނަސޭހަތުގެ އަޑު އަހާފައެވެ. މަންމައަށް ވިދާދް އެހާ ކަމުދިޔައީތީއެވެ.

“މަލާކް… މަލާކް… އަހަރެންގެ ދަރިފުޅު… އައިމިނަތު މަލާކް ރާހިލް…” ރާހިލްއަށް އަނެއްކާވެސް ދަރިފުޅުގެ ނަން ކިޔާލެވުނެވެ. އެކުއްޖާއާ މެދު ވިސްނުނެވެ. މީރާއާ މެދުވެސް ވިސްނުނެވެ. ނަމަވެސް ވިސްނި ވަރަކަށް ރާހިލްއަށް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. މީރާ ބުނީ ތެދެކެވެ. މީރާ އެކަން ރާހިލްއަށް އަންގާނީ ކިހިނެއް ހެއްޔެވެ؟ މީރާއަށް ރާހިލްއާ ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އެހެން ނަމަވެސް މާލެއަށް އައިސް ރާހިލްއާ ދިމާވިތާ މިވީ ތިންމަސް ތެރޭ މީރާއަށް ބުނެވުނީހެވެ. ދެމީހުން އެއް އޮފީހެއްގައި މަސައްކަތް ކުރަމުން ދިޔައިރު މީރާ ނުބުނީ ކީއްވެ ހެއްޔެވެ؟

އެސުވާލުގެ ޖަވާބުވެސް ރާހިލްއަށް ވިސްނުނެވެ.

ހަ އަހަރު ފަހުން މީރާއަށް ރާހިލް ފެނުނީ ކުއްލިއަކަށެވެ. އޭގެ ފަހުން އެކުގައި މަސައްކަތް ކުރި ނަމަވެސް ރާހިލްގެ ދަރިއަކު މީރާގެ ހުރި ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ވާހަކައެއް ހަމަ ހުރެފައި ބުނަން މީރާއަށް ކެރޭނެ ހެއްޔެވެ؟ އެދެމީހުންގެ މާޒީއާ ބެހޭ ގޮތުން، އަދި ރާހިލް މީރާ ދޫކޮށްލުމަށް ފަހު ދެން ކަންތައް ވީ ގޮތާ ބެހޭ ގޮތުން ރާހލް މީރާއަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ވީ އިރު މީރާއަށް ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟

“މަލާކް… މަލާކް…” ރާހިލްއަށް އަނެއްކާވެސް އެނަން ކިޔާލެވުނެވެ. ދަރިފުޅު ދެކެލުމަށް ހިތް އެދެން ފެށިއެވެ. އެ ދަރިފުޅު ވައްތަރީ ކާކާ ހެއްޔެވެ؟ މީރާއާ ހެއްޔެވެ؟ ނޫނީ ރާހިލްއާ ހެއްޔެވެ؟ އެ ކުޑަކުޑަ އަންހެން ކުއްޖާއަށް މީރާގެ ރީތިކަން ލިބިފައި ވާނެކަން ޔަގީނެވެ.

އެދަރިފުޅުގެ ސޫރަ ސިފަ ކުރުމުގައި އިން ރާހިލް އަނެއްކާވެސް ފޯނުގެ އަޑަށް ސިހުނެވެ.

މިފަހަރުވެސް ގުޅަނީ ވިދާދްއެވެ. ރާހިލް ފޯން ބިޒީ ކޮށްލާފައި ވައިބްރޭޓްއަށް ލާފައި ބޭއްވިއެވެ. އެވަގުތު ރާހިލްގެ ހިތާ ސިކުނޑި ފުރިގެންވީ ޚިޔާލުތަކާ އެކު ވިދާދްއާ ވާހަކައެއް ނުދެއްކޭނެއެވެ.

އޭގެ ފަހުންވެސް ދެފަހަރަށް ވިދާދް ގުޅިއެވެ. ނަމަވެސް ރާހިލް ފޯނެއް ނުނެގިއެވެ. ރާހިލް އެހެން އިންދާ ކެބިން ތެރެ އަނދިރި ވާން ފެށުމުން ރާހިލް ފޯން ނަގާ ގަޑި ބަލާލިއެވެ. ހައެއް ޖަހަނީއެވެ.

ފޯނާ ދަބަހާ ހިފައިގެން ރާހިލް ތެދުވީ ގެޔަށް ދާށެވެ. އެވަގުތު ފޯން ރިންގް ވާން ފެށުމުން ރާހިލް ބަލާލި އިރު ގުޅަނީ ރާހިލްގެ މަންމައެވެ.

“ރާހިލް، މިއަދު މާ ބުރައީތަ؟ ކިހާ އިރަކު ގެޔަށް އާދެވޭނީ ކިހާ އިރަކު؟” ރާހިލް ފޯން ނެގުމާއެކު ހާފިޒާ ސުވާލު ކޮށްލިއެވެ.

“މި ނިކުންނަނީ އޮފީހުން މަންމާ. ކިހިނެއްވީ؟ ގޭގަ ކަމެއް އޮތީތަ؟” ރާހިލް ޖަވާބު ދީފައި ސުވާލެއް ކޮށްލިއެވެ.

“ނޫން، ވިދާދް އެބަ އުޅޭ ރާހިލްއާ ނުގުޅީގެން، އެހެންވެ މަންމަ އަހާލީ. ހީކުރީ މާ ބުރަ ވީމަ ކަމަށް ރާހިލް ފޯން ނުނަގާ ތިއުޅެނީ” ހާފިޒާ ބުންޏެވެ.

“މިދަނީ ގެޔަށް، އަހަރެން ވިދާދްއާ ގުޅާނަން” ރާހިލް ބުންޏެވެ.

ގެޔަށް ގޮސް ކޮޓަރިއަށް ވަން ތަނުން ރާހުލްގެ ފޯނަށް ވިދާދް އަނެއްކާވެސް ގުޅިއެވެ. ފޯން ކަނޑާލަން އިޅެފައިވެސް ރާހިލް ފޯން ނެގިއެވެ.

“ކީކޭ ވިދާ؟” ރާހިލް އަހާލިއެވެ.

“ކީއްވެތަ ފޯން ނުނަގާ ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ” ވިދާދް ބުންޏެވެ.

“ފުރަތަމަވެސް ޝަކުވާތަ ކުރަނީ؟ އަހަރެން ހަމަ ބިޒީވެސް ވެދާނެއެއްނު؟ ނޫނީ ކަމެއް ދިމާ ވެގެންވެސް އުޅެފާނެއެއްނު؟ ކީއްވެތަ ވިދާ އަބަދު ޝަކުވާ ކުރަނީ މިހާރު؟” ވިދާދްގެ ސުވާލު އަޑު އިވުމާއެކު ރާހިލް ރުޅިއައެވެ.

“ރާހިލް! އަހަރެން ޝަކުވާއެއް ނުކުރަމޭ… އެވަރަށް ގުޅި އިރު ރާހިލް ފޯން ނުނެގީމަ އަހަރެން ކަންބޮޑެއް ނުވާނެތަ؟ ބިޒީ ވިޔަސް މެސެޖެއް ކޮށްލާފަ އެހެންވެސް ބުނެލިނަމައެއްނު… ދެން އަޅާނުލާ… ރާހިލް ފްރީ ވީމަ ގުޅާލާ…” ރާހިލް ރުޅި އައުމުން ވިދާދް ދެރަވިއެވެ. އެކަން ރާހިލްއަށް ވިދާދްގެ އަޑުން ވިސްނުނެވެ.

ރާހިލް ލޯމަރާލަމުން ހަމަޖެހިލިއެވެ.

“ސޮރީ ވިދާ… އޭރު ތަންކޮޅެއް ބިޒީ ވީމަ… ގެޔަށް އައިސް ގުޅަން ހުރީ، އެކަމު ކޮޓަރިއަށް އައިސް ވަން އިރަށް ވިދާ ތިގުޅީ… ބުނެބަލަ، ކަމަކުތަ އެހާ ވަރަށް ގުޅީ؟” ރާހިލް މަޑުމަޑުން އަހާލިއެވެ. ވިދާދް ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ނެތް ކަން އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. އެއްވެސް ކަމެއްގައި ވިދާދްގެ ކުށެއް ނެތެވެ.

“ކީއްވެތަ ރާހިލް ތިހާ ވަރަށް ޗޭންޖް ވެގެން ތިއުޅެނީ؟ ކީއްވެތަ ތިހާ ވަރަށް އަހަންނާ ދުރުވީ؟ ރާހިލް އަހަންނާ މެދު ހިތްހަމަ ނުޖެހެންޏާވެސް ބުނެބަލަ… އަހަރެން ޝަކުވާ ކުރަނީއެއް ނޫން، އެކަމަކު ރާހިލްއަށްވެސް އެނގޭނެ ރާހިލްއަށް ބަދަލުތަކެއް އަތުވެއްޖެ ކަން… ކިހިނެއްތަ މިވަނީ؟” ވިދާދް ބޭނުންވީ ރާހިލްއަށް ވެގެން އުޅޭ ގޮތެއް ބަލާށެވެ. ރާހިލްއަށް ބަދަލެއް އައިސްފިކަން ވިދާދްއަށް އެނގެއެވެ. ނަމަވެސް އޭގެ ސަބަބެއް ވިދާދްއަކަށް ނުވިސްނުނެވެ.

“އައިމް ސޮރީ ވިދާ… ވިދާ ދެކެ ހިތްހަމަ ނުޖެހިގެނެއް ނޫނޭ… ކުޑަ ކަމެއް ދިމާ ވެގެން މިއުޅެނީ… އެހެން ވެ ވާ ގޮތް މީ… އަހަންނަށް އެނގޭ މިކަމާ ހެދި އަހަރުމެންގެ ގުޅުމަށް އެފެކްޓް ކުރާކަން، އެކަމަކު އައި ވިލް ޓްރައި ދެން އެހެން ނުވޭތޯ… އިނގޭ. އަހަރެން ދާނަން މިރޭ… އޯކޭތަ؟” ވިދާދްގެ އެއްވެސް ކުށެއް ނެތި އޭނަ ދެރަވުމުން ރާހިލްވެސް ދެރަވިއެވެ.

“އަންނާނަމޭ ބުނެފަ ފަހުން ބިޒީއެއް ނުވާނެތަ؟” ވިދާދް އަހާލީ އެއީ ފަހަކަށް އައިސް ރާހިލް ހަދާގޮތް ކަމަށް ވާތީއެވެ.

“ނޫން، މިރޭ ދާނަން، ޕްރޮމިސް” ރާހިލް ބުންޏެވެ.

ފޯން ބާއްވާފައި ރާހިލް އެނދުގައި އޮށޯވެލިއެވެ. އަދި އެ ދުވަހު ހިނގި ކަންތަކާ މެދު ވިސްނާލިއެވެ. އެ ރިޕޯޓް ފެނި އެކަން އެނގުނު ވަގުތު ރާހިލް މީރާ ދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް މީރާ ރާހިލް ދެކެ ރުޅި އަންނަން އެއްވެސް ސަބަބެއް ނެތްކަން މީރާގެ ކޮންމެ ބަހަކާއެކު ރާހިލްއަށް ވިސްނުނެވެ.

ދެން ރާހިލްގެ ރުޅި އަމާޒު ވީ އަމިއްލަ ނަފްސަށެވެ. މީރާ ބުނީ ތެދެކެވެ. އެއްވެސް ކަމެއް ރާހިލްއަށް ނޭނގުނީ ހަމަ ރާހިލްގެ އަމިއްލަ ކުށުންނެވެ. މީރާއަށް އޮޅުވާލީ ރާހިލްއެވެ. މީރާ ދޫކޮށްލާފައި އައީ ރާހިލްއެވެ. ރާހިލްގެ ނަން ފިޔަވާ އެހެން ހުރިހާ ކަމަކާ ބެހޭ ގޮތުން ދޮގު ހެދީ ރާހިލްއެވެ. ވީ އިރު ރާހިލް ހޯދަން މީރާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެމަސައްކަތް ކާމިޔާބު ވާނެ ހެއްޔެވެ؟ މީރާއަށް އެއްވެސް ކަމެއް ރާހިލްއަށް އެންގޭނެ ހެއްޔެވެ؟

އެވަގުތު ރާހިލް ބޭނުންވީ މީރާއާ ވާހަކަ ދައްކާށެވެ. ރާހިލްއާ ވާހަކަ ދައްކަން މީރާ ބޭނުން ނުވާނެ ކަން އެނގޭ އިރުވެސް މެއެވެ. ނަމަވެސް ރާހިލްއަށް މީރާއާ ގުޅޭނެ ނަމްބަރެއް ނޭނގެއެވެ. މީރާ އުޅޭ ތަނެއްވެސް ރާހިލްއަކަށް ނޭނގެއެވެ.

އަނެއް ދުވަހު އޮފީހަށް ގޮސް އެ ހުރިހާ މައުލޫމާތެއް ހޯދަން ނިންމައިގެން ރާހިލް އެނދުން ތެދުވެ ފާހާނާއަށް ވަނެވެ. އެއާއެކު މީރާ ދެން އޮފީހަށް އަންނާނެ ބާއޭ ރާހިލް ހިތަށް އެރިއެވެ. އޮއްޔެ އެ ހިނގި ކަންތަކުގެ ސަބަބުން އޮފީހުގެ ކުދިން ރާހިލްއާ މީރާއާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހާ ކަމަކަށް ފަހު މީރާ އަލުން އެ އޮފީހަށް ދާނެ ހެއްޔެވެ؟

ދެއަތުން ޟުނު ފޮހެމުން ރާހިލްއަށް އަނެއްކާވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެދެމީހުންގެ މާޒީ އެންމެންގެ ކުރިމަތީގައި އެގޮތަށް ހާމަ ކުރުމަށް ރާހިލްއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އެސުވާލުތައް އެކަހެރި ތަނެއްގައިވެސް މީރާއާ ކުރެވުނީހެވެ. ނަމަވެސް އެވަގުތު އައިސްފައި ހުރި ރުޅީގައި ރާހިލްއަށް މީރާއާ މެދު ވިސްނާނުލެވުނީއެވެ.

ރާހިލް މީރާއާ މެދު ވިސްނީ ކޮން އިރަކު ހެއްޔެވެ؟ މީރާ ދެކޭނެ ގޮތެއް، މީރާ ހިތަށް އަރާނެ އެއްޗެއް އެއީ ރާހިލްއަށް އެއްވެސް އިރެއްގައި މުހިންމު ވީ ކަންކަން ހެއްޔެވެ؟

ނަމަވެސް މިއަދު ރާހިލްއަށް މީރާ މުހިންމެވެ. މީރާ ދޫކޮށްލާފައި މާލެ އައި ފަހުން ރާހިލްގެ ހިތް މީރާއާ މެދު ބަދަލު ވެފައި ވާތީއެވެ. އެކަން އެހެން އެއްވެސް މީހަކަށް ނޭނގުނަސް މިއަދު ރާހިލް އެދެނީ މީރާގެ އުފަލެވެ. މީރާގެ ހިތްހަމަޖެހުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މާޔޫސް ވެފާ… ( 5 ވަނަ ބައި )

Next

އެލޯބި 7 ވަނަބައި

Next
September 2, 2016

އެލޯބި 7 ވަނަބައި

Previews
September 1, 2016

މާޔޫސް ވެފާ… ( 5 ވަނަ ބައި )

33 Comments!

  1. Mar Sha Marsha says:
    September 1, 2016 at 5:49 pm

    ސަލާމް ހުރިހާ ކުދިން… މިބައި މީނީ ޕާސްޓް ކުރުކޮށްލާފަ ޕްރެޒެންޓަށް ގެނެސްފަ… އެކަމު އަދި ފަހުން ޕާސްޓް އަންނާނެ… އެހެން ނޫނީ ކުރިން ވެފަ ހުރި ކަންތަކެއް ނޭނގޭނެއެއްނު ދޯ؟؟ ހީކުރަން މިބައި ކަމުދާނެ ކަމަށް… ބާރަ ވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން.

  2. Beautiful girl says:
    September 1, 2016 at 6:07 pm

    I am first….story is lovely…

    1. Shama+mahil says:
      September 2, 2016 at 12:11 pm

      Varah foohivee …beautiful girl oo. Kuni girl hahaha..lol???????

  3. Shiyaa says:
    September 1, 2016 at 6:12 pm

    Wow

  4. Enaash says:
    September 1, 2016 at 6:21 pm

    V reethi… waiting

  5. Nish says:
    September 1, 2016 at 6:55 pm

    Dhen raahil nd meera nugulhuvaathi! Yamaan n meera is gud

  6. Shiny says:
    September 1, 2016 at 6:56 pm

    Wow v salhi

  7. ken? says:
    September 1, 2016 at 7:02 pm

    yeah…i wanna knw wat happnd between yamaan n meeraa…i mean hw they r in a relationship…aneikkaa married tha…hehe…raahil ves dn vidhaa aa indhebala…kn moyaeivaakah..hama vaan vee goi vefa thihuree….i support meera✌✌✌ yamaan n meera ?❤

  8. Maa says:
    September 1, 2016 at 7:08 pm

    nice…. waiting 4 next part…. sunday morning upkurahchey story…

  9. xenn says:
    September 1, 2016 at 7:13 pm

    Thank u marsha..kiyun therin beynunva gothah story genesdhiny thee…varh rythi story eh mee..mihaaru enme kiyaa hiyvaa story mee…

  10. RaM says:
    September 1, 2016 at 7:23 pm

    Ok hama v salhi

  11. Aphy says:
    September 1, 2016 at 7:45 pm

    V reethi….waitting for the nxt part

  12. Aishoo says:
    September 1, 2016 at 8:14 pm

    V salhi… Keevetha ehaa lahun up kurany..

  13. Depika says:
    September 1, 2016 at 8:15 pm

    Mi part ga abadhu eh vahakaeh thankolheh fooohi mi part

  14. Sabeeha says:
    September 1, 2016 at 8:19 pm

    v reethi..?

  15. faathun says:
    September 1, 2016 at 8:23 pm

    V V reethi…yamaan n meera..gulhuvaathi konmehenves story nimey iru..yamaan v loabivey meeraa dheke..

  16. Abhy says:
    September 1, 2016 at 8:33 pm

    Aharen ves beynumee yamaan aa meera gulhen … pls. E dhemeehun gulhuvaathi…

    1. noone says:
      September 1, 2016 at 8:44 pm

      Mee too???

    2. aff says:
      September 1, 2016 at 9:55 pm

      me 3 ?

  17. Aish says:
    September 1, 2016 at 8:51 pm

    Vrh reethi

  18. Haw says:
    September 1, 2016 at 8:58 pm

    Varah reethi

  19. ninaa says:
    September 1, 2016 at 9:42 pm

    v reethi . waiting for the next part

  20. Love says:
    September 1, 2016 at 10:03 pm

    Salhi. Besttt.❤??

  21. Maain says:
    September 1, 2016 at 10:04 pm

    ????????

  22. Maa says:
    September 2, 2016 at 4:03 am

    adhi ekanthah????? means wattt????

  23. Zaanaa says:
    September 2, 2016 at 10:30 am

    Meeraa n yamaan merid tha nangun me vee gotheh

  24. vishaa says:
    September 4, 2016 at 11:29 am

    nice..

  25. xenn says:
    September 4, 2016 at 3:54 pm

    Kobaa tha story…avahah up kohbaaaa

  26. O-T-A-K-U says:
    September 4, 2016 at 4:26 pm

    Its so beautifullll that im basically dying hereeee ????

  27. **** says:
    September 4, 2016 at 5:37 pm

    Marsha kobaatha story…

  28. maa says:
    September 4, 2016 at 6:33 pm

    kobaaaaa stoy… plzzz upload kohbala avahah

  29. Faathee says:
    September 4, 2016 at 7:03 pm

    Alhe new part kobaa

  30. xenn says:
    September 4, 2016 at 7:23 pm

    Alhe story up nukurany tha miadhu….avahah up koh baaa plzzzzz….

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 12←


All Right Reserved!