Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 30, 2016 7 Mins Read
25 Comments

އެންމެ ވަގުތުކޮޅަކަށްވެސް މީރާ އެކަނި ކޮށްނުލާ ކޮންމެވެސް މީހަކު އަބަދުވެސް މީރާ ކައިރީ ހުރެއެވެ. ތާނިޔާ ކޮލެޖަށް ގޮސް އެތަނުގައި ކޮންމެހެން ހޭދަ ކުރަން ޖެހޭ ވަގުތު ފިޔަވާ އިތުރު ވަގުތު މަޑު ނުކޮށް ގެޔަށް އާދެއެވެ. ލައިބްރަރީއަށް ދިޔުން ހުއްޓާލާފައި ފޮތްތައް ހިފައިގެން ގެޔަށް އައިސް ފިލާވަޅުތައް ހަދަން އިންނަނީވެސް މީރާގެ ކޮޓަރީގައެވެ. ރޭގަނޑުވެސް އަމިއްލަ ކޮޓަރިއަށް ނިދަން ދިޔުމުގެ ބަދަލުގައި ނިދަނީ މީރާ ކައިރީއެވެ.

އަމިއްލަ ހާލާމެދު މީރާ ޝަކުވާއެއް ނުކުރެއެވެ. ރާހިލް ހޯދާކަށް މީރާ އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އުމުރުން އެންމެ ފަސް އަހަރުގައި ބައްޕަ ނިޔާ ވުމުން މީރާ ޝަކުވާ ނުކުރީ އެޅަ ސިކުނޑިއަށް ވީ ގޮތް ނޭނގޭތީއެވެ. އޭރު މީރާ ކިތަންމެ ކުޑަ ނަމަވެސް، އަދި އެއުމުރަކީ ގިނަ ކަންތައްތައް ހަނދާން ނުހުންނަ އުމުރެއް ނަމަވެސް ބައްޕަގެ އެތައް ހަނދާނެއް މީރާގެ ހިތުގައި ވެއެވެ. އެއީ މީރާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށް ވުމުން ކަންނޭނގެއެވެ.

އޭގެ ތިން އަހަރު ފަހުން މީރާގެ މަންމަ ނަހާރު ދެވަނަ ކައިވެންޏެއް ކުރީ އަމިއްލަ އުފަލަށް ވުރެ ބޮޑަށް މީރާގެ މުސްތަގުބަލަށް ވިސްނާފައެވެ. ނަމަވެސް ނައީމުއާ ކައިވެނި ކުރުން ވީ ނަހާރުގެވެސް އަދި މީރާގެވެސް ހަޔާތަށް އިތުރު ވޭނާ ހިތްދަތިކަން ލިބުނު ކަމަކަށެވެ.

ކައިވެނީގެ ކުރިން ނަހާރު ދެކެ ލޯބިން އުޅެ، މީރާއަށް ހެޔޮކޮށް ކަންތައް ކޮށްދިން ނައީމު، ކައިވެންޏަށް ފަހު އެދެމައިންނަށް ދެއްކީ މުޅިން އެހެން މޫނެކެވެ. މީރާއަށް ފެނުނީ މަންމައަށް އަނިޔާ ކުރާ ދޮންބައްޕައެކެވެ. ދައްތައަކާ ބޭބެއެއް ލިބުމުން އުފަލުން ފޮލުނު މީރާއަށް އެ ދައްތައާ ބޭބެގެ ފަރާތުން އަނިޔާއާ މަލާމާތް ނޫނީ ނުލިބެއެވެ.

ދެއަހަރު ވަންދެން ނައީމުއާ ނައީމުގެ ދެކުދިންގެ ފަރާތުން ލިބެމުން އައި ހިތްދަތިކަމުގެ ބަދަލުގައި ޝަކުވާއެއް ނެތި ކެތްކޮށްގެން މީރާއަށްޓަކާ ތުންފަތަށް ހިނިތުންވުން ވެރިކޮށްގެން ނަހާރު އުޅުނު ތަން ފެނި، އެހާ ޅަ އުމުރުގައި މީރާއަށްވެސް ވަނީ އެގޮތް ދަސްވެފައެވެ.

ނަހާރު ނިޔާވުން ވެގެން ދިޔައީ މުޅި އުމުރުގައިވެސް މީރާއަށް ލިބުނު އެންމެ ބޮޑު ހިތާމަ ކަމުގައެވެ. ނަމަވެސް އެންމެ ދިހަ އަހަރުގެ މީރާއަށް އޭރު ވަނީ ކެތްތެރި ވާން ދަސްވެފައެވެ. ހިތާމަތައް ހިތުގައި ފޮރުވަން ދަސްވެފައެވެ. ވަށައިގެންވާ އެންމެންނަށް ހިތުގެ ހާލު ސިއްރު ކުރަން ދަސްވެފައެވެ.

ނަހާރު ބަލިވެ އުޅުނު މަހެއްހާ ދުވަހު މަންމަގެ ހާލާމެދު ދެރަވެގެން ގޮސް ހިތް ފޮތިފޮތިވެ އެ ހިތުން ލޭގެ ކަރުނަ އޮހެމުން ދިޔަ ނަމަވެސް މީރާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނު ތަން މީހުންނަށް ފެނުނީ ނަހާރު ނިޔާވި ދުވަހު އެކަންޏެވެ. ކެތްތެރިކަމުގެ ނަމޫނާއެއް ފަދަ މީރާ އެދުވަހުގެ ފަހުން ހިނގަމުން އައީ ނަހާރުގެ ފިޔަވަޅުތަކުގެ މަތިންނެވެ.

ވީ އިރު މިއަދު ވަކި މީރާ ރޯންވީ ކީއްވެ ހެއްޔެވެ؟ މަންމަ ވަކިވި ދުވަހު ނުރޮވުނު ވަރަކަށް ރާހިލް ފަދަ ހިތް ހަރު ފިރިއަކު ގެއްލުމުން މީރާ ރޯންވީ ކީއްކުރަން ހެއްޔެވެ؟ އެފަދަ ހިތެއް ނެތް މީހަކަށްޓަކާ އެވަރަށް ރުއީތީ މީރާ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. ނަމަވެސް ދެން މީރާއެއް ނުރޯނެއެވެ. މަންމަ ވަކިވި ދުވަހު މީރާއަކީ އެކަނިވެރިއަކަށް ވީ ނަމަވެސް މިއަދު މީރާއަކީ އެކަނިވެރިއެއް ނޫނެވެ. މިއަދު މީރާއާ އެކު މީރާއަށް ހެޔޮ އެދޭ މީރާ ދެކެ ލޯބިވާ ބަޔަކު އެބަ ތިއްބެވެ. އެމީހުން މީރާއާ އެކު ތިބިހާ ހިނދެއްގައި ދެން މީރާއެއް ނުރޯނެއެވެ.

ނަމަވެސް އެދުވަހަށް ފަހު މީރާ ދިރިއުޅުން މަތިން ފޫހި ވިއެވެ. މީރާ ދެކުނު ގޮތުގައި މީރާ ދުނިޔޭގައި ހުރުމަށް އެއްވެސް ސަބަބެއް ނެތެވެ. މީހަކާ އނގައިން ބުނުމެއް ނެތި، ކާ ވަގުތުގައި ކިރިޔާ ބަނޑަށް އެނގޭ ވަރުގެ އެތިކޮޅެއް ކާލައިގެން މީރާ ހުންނަނީ ލަމުންދާ ނޭވާ ހުސްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރާހިލް ދިޔަ ދުވަހުން ފެށިގެން މީރާ ކޮލެޖަކަށް ނުދެއެވެ. ގޭ މީހަކުވެސް މީރާއަށް ކޮލެޖަށް ދިޔުމަށް ބާރު ނާޅަނީ މީރާގެ ހާލު ހުރި ގޮތުންނެވެ.

އޭގެ މަހެއްހާ ދުވަސް ފަހެވެ. ދެދުވަހެއް ވަންދެން ބޯއަނބުރާތީ އުޅުނު މީރާ އެދުވަހު ހޭލީ ތަންކޮޅެއް ލަހުންނެވެ. އޭރު ތާނިޔާ ކޮލެޖަށް ހިނގައްޖެއެވެ. އެނދުން ތެދުވުމާއެކު މީރާއަށް ހީވީ މުޅިތަން އެނބުރިގަތް ހެންނެވެ. ނިތްކުރިމަތީ ދެއަތްތިލަ ޖައްސާލައިގެން އިރުކޮޅަކު އިނދެފައި މީރާ މަޑުމަޑން ތެދުވިއެވެ. އަދިވެސް ބޯ އެނބުރުން ޖުޅިން ރަނގަޅުނުވި ނަމަވެސް އެވަގުތު މީރާ ތެދުވީ ހޮޑުލަވާހެން ހީވުމުން ފާހާނާއަށް ދާށެވެ.

ތެދުވުމާއެކު މޫނުމައްޗަށް އަނދިރި ވުމުން މީރާއަށް ދެއަތް ކުރިމައްޗަށް ދިއްކޮށްލެވުނެވެ. ނަމަވެސް ތަނެއްގައި އަތް ޖެހުމުގެ ކުރިން މީރާ އަނބުރައިގަނެގެން ވެއްޓުނެވެ. އެވަގުތު ސައިޑްޓެބަލް މަތީ ހުރި މާވަށިގަނޑުގައި މީރާގެ އަތުން ޖެހިފައި ވެއްޓި ތަޅައިގެން ދިޔައެވެ.

އެއަޑު އިވުނީ ނަދީމާ ބުނެގެން މީރާ ހޭލައިފިތޯ ބަލަން މައްޗަށް އަރައަރާ ހުރި އެގޭގައި ގެންގުޅޭ އިންޑިޔާ ކުއްޖާ ޝައިލާއަށެވެ. ޝައިލާ ދުވެފައި ސިޑިން އަރާ މީރާގެ ކޮޓަރި ދޮރު ހުޅުވާ ބަލާލިއިރު އެނދު ކައިރިއަށް ވެއްޓިފައި އޮތް މީރާ ފެނުމުން މީރާ ކައިރީ އިށީނދެ މީރާގެ މޫނުގައި އަތް ޖައްސާލާފައި ދެފަހަރަކު ގޮވާލިއެވެ. މީރާ ލޯ ނުހުޅުވުމުން ޝައިލާ ކޮޓަރިން ނިކުމެ ސިޑިއާ ހަމައަށް ގޮސްފައި ނަދީމާއަށް ގޮވާލިއެވެ.

ނަދީމާއާ ޝަފީގު މީރާގެ ކޮޓަރިއަށް އައި އިރު ޝައިލާ އިނީ މީރާގެ މޫނުގައި ފެން ހާކާށެވެ. ނަމަވެސް މީރާއަކަށް ގޮތެއް ނުވިއެވެ. މީރާ ވެއްޓުނު ވަގުތު ނިތްކުރި ޖެހުނުތަން ދުޅަވެފައި ހުއްޓެވެ.

ޝަފީގު މީރާ ނަގާ އެނދުގައި ބޭއްވުމުން ނަދީމާ ޝައިލާ އަތުން ފެންތަށި އަތުލައިގެން މީރާގެ މޫނުގައި ފެންހާކަމުން މީރާއަށް ގޮވަމުން ދިޔައެވެ.

“ޝައިލާ، ދޭބަލަ އައިސް ކިޔުބް ހިފައިގެން އަންނަން” ނަދީމާ ހަރަކާތް މަޑުކޮށްލުމެއް ނެތި ބުންޏެވެ. ބޯޖަހާލަމުން ޝައިލާ އަވަހަށް ދިޔައެވެ.

“ޝަފީގު، އަހަންނަށް ހީވަނީ މީރާ ހޮސްޕިޓަލަށް ގެންދަން ވީ ހެން…” މީރާ ލޯ ނުހުޅުވުމުން ކަންބޮޑުވެފައި ނަދީމާ ޝަފީގުއަށް ބަލާލާފައި ބުންޏެވެ.

ލަސްލަހުން ލޯ ހުޅުވާލުމާއެކު މީރާއަށް ފުރަތަމަވެސް ފެނުނީ އެނދު ކައިރީ އިން ތާނިޔާއެވެ.

“މީރާ…” މީރާ ލޯހުޅުވާލުމުން އިން ގޮނޑިން ތެދުވެގެން އައިސް ތާނިޔާ މީރާ ކައިރީ އެނދުގައި އިށީނެވެ.

ނިތްކުރިމައްޗަށް ތަދުވާތީ މީރާ އަތް ހިއްލާލީ ތަދުވާ ހިސާބުގައި އަތް ޖައްސާލުމަށެވެ. އަތަށް ގުޅާފައި ހުރި އައިވީ މީރާއަށް ފެނުނީ އެވަގުތުއެވެ. އޮވެވުނީ ހޮސްޕިޓަލުގައި ކަން ވިސްނުނީ އޭގެ ފަހުންނެވެ. އެއާއެކު އެދުވަހު ކޮޓަރީގައި ވީ ކަންތައް މީރާ ހަނދާން ވިއެވެ.

“ތާނީ، ގަޑިން ކިހާ އިރެއް މިހާރު؟” މީރާ އަހާލިއެވެ.

“އެއްގަޑި ދިހައެއް” ގަޑިއަށް ބަލާލާފައި ތާނިޔާ ޖަވާބު ދިނެވެ.

“އަހަންނަށް އެނގޭ މިހާރު ރަނގަޅަށް ނުކެވޭތީ ކަން މިހެން މިވީ. ތާނީ މަންމަ ވަރަށް ކަންބޮޑު ވެފަ ދޯ ހުރީ؟” މީރާ އަހާލިއެވެ.

ޖަވާބުގައި ތާނިޔާ ބޯޖަހާލިއެވެ.

“މަންމަމެން ކޮބާ؟ ކޮން އިރަކުން އަހަރެން ގެޔަށް ފޮނުވާނީ؟ ޑޮކްޓަރ އައިސް ކީކޭ ބުނީ؟” އިރުކޮޅެއް ފަހުން މީރާ އަނެއްކާވެސް ކޮށްލީ ސުވާލުތަކެކެވެ.

“އިރުކޮޅަކުން ދޫކޮށްލާނެ. ހީވަނީ މަޑު ކުރަނީ ރިޕޯޓްތައް ލިބެންދެން ހެން. މަންމަމެން ވެއްޖެ އެ ނަގަން ގޮސް” ތާނިޔާ ބުންޏެވެ.

ވިއްސަކަށް މިނެޓް ފަހުން އަންހެން ޑޮކްޓަރަކާ ނަރުހަކާ އެކު ނަދީމާއާ ޝަފީގު މީރާ އޮތް ވޯޑަށް އައެވެ. ނަރުސް އަތުގައި މީރާގެ ރިޕޯޓްތައް ހުރި ފައިލް އޮތެވެ. ޑޮކްޓަރ މީރާ ކައިރިއަށް އައިސް މީރާގެ އަތުގައި ހިފާ ވިންދު ބަލާލިއެވެ. އަދި ނަރުސް ކުއްޖާއަށް އިޝާރާތް ކޮށްލުމުން އޭނަ މީރާގެ ބްލަޑް ޕްރެޝަރ ބަލާލިއެވެ. އެ އެއްޗެހި ފައިލްގައި ނޯޓް ކޮށްލާފައި ނަރުސް ރިޕޯޓްތައް ދިނުމުން ޑޮކްޓަރ އެ ބަލާލާފައި ނަދީމާއަތަށް ފައިލް ދިނެވެ. އަދި މީރާއަށް ހީލަމުން ކިހިނެއްތޯ އަހާލިއެވެ.

ޖަވާބުގައި މީރާ ރަނގަޅު ކަމަށް ބުނަމުން ނަދީމާމެންގެ މޫނަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. ކޮންމެވެސް ކަމެއް ވެއްޖެޔޭ ހިތަށް އެރުމާ އެކު މީރާ ނަދީމާއާ ސުވާލުކޮށްލަން އުޅުނެވެ. ނަމަވެސް ހަމަ އެވަގުތު ޑޮކްޓަރ ވާހަކަ ދެއްކިއެވެ.

“ކޮންގްރެޗުލޭޝަންސް މީރާ! ޔޫ އާރ ޕްރެގްނަންޓް!”

ޑޮކްޓަރގެ އެ ޖުމްލައާ އެކު މީރާގެ ބަސް ހުއްޓުނެވެ. ލޯ ބޮޑުކޮށްލާފައި ޑޮކްޓަރާ ދިމާއަށް ބަލާލާފައި މީރާ ނަދީމާއާ ޝަފީގުއަށް ބަލާލީ ޑޮކްޓްރ އެބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ. ނަމަވެސް އެދެމީހުންގެ މޫނަށް ބަލާލުމުން އެއީ ދޮގެއް ނޫން ކަން މީރާއަށް ޔަގީންވިއެވެ.

ދެން މީރާ ބަލާލީ ތާނިޔާއަށެވެ. މީރާ ފަދައިން ތާނިޔާވެސް ހުރީ އެކަން ގަބޫލު ނުކުރެވިފައެވެ.

މީރާމެންނަށް ގެޔަށް ދެވުނު އިރު ތިނެއް ޖަހަނީއެވެ. މީރާ ގޮވައިގެން އެންމެން ހޮސްޕިޓަލަށް ދިޔައީ މެންދުރު ނުކައެވެ. އެހެންވެ އޭރު ޝައިލާ ހުރީ ކާންހަދާފައެވެ. ބަނޑުހައި ވެފައި ހުރި ނަމަވެސް މީރާ ބޭނުންވީ ފުރަތަމަ ފެންވަރާލާށެވެ. މީރާ ފެންވަރައިގެން އައި އިރު އެންމެން މަޑުކޮށްގެން ތިބީ މީރާގެ އިންތިޒާރުގައެވެ.

ކާން ތިބި އިރު އެންމެންވެސް ބެލީ މީރާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. އެކިއެކި ވާހަކަ ދައްކަމުން އެވާހަކައިގައި މީރާ ބައިވެރި ކުރަން އެންމެން މަސައްކަތް ކުރި ނަމަވެސް މީރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކާހިތް ނުވި ނަމަވެސް ބަނޑުހައި ވެފައި ހުރުމުން މީރާ ކެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު ނުވުމުން އެންމެ ފަހުން މީރާ ބަތްތަށި ދުރަށް ޖައްސާލިއެވެ.

“މީރާ… ކޮންމެސް ވަރަކަށް ކެވޭތޯ ބަލާބަލަ ދަރިފުޅާ… ތިހެން ކިހިނެއް ކަމުދާނީ؟” މީރާ ތަށި ދުރަށް ޖައްސާލުމުން ނަދީމާ ބުންޏެވެ.

“ކާހިތެއް ނުވޭ…” އިސްޖަހައިގެން އިނދެ ނުރޯން މަސައްކަތް ކުރަމުން މީރާ ބުންޏެވެ.

“އެހެން އެއްޗެއް ހަދައިދެންތަ؟” ނަދީމާ މީރާގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ.

އެއާއެކު މީރާއަކަށް އިތުރަކަށް ކަރުނައެއް ނުހުއްޓުވުނެވެ.

“އަހަރެން ބޭނުމެއް ނޫން ކާކަށް… ބޭނުމެއް ނޫން އެއްވެސް ކަމެއް ކުރާކަށް… ތާނީ މަންމާ، އަހަރެން ބޭނުމެއް ނޫން މިހެން އުޅޭކަށް… އަހަރެން ބޭނުމީ މަރުވާން… ހިތަށް އަރާ މަންމަ މަރުވި ދުވަހު އަހަރެންވެސް މަރުވި ނަމައޭ… އަހަރެން ދިރި ހުންނާކަށް ބޭނުމެއް ނޫން… މިކުއްޖާއެއްވެސް ބޭނުމެއް ނޫން… ރާހިލްއެއްވެސް ބޭނުމެއް ނޫން… އަހަރެން ބޭނުމީ މަރުވާން… މަރުވާން…” މީރާއަށް ރޮވެން ފެށުމުން މޫނުގައި އަތް އަޅައިގެން އިނދެ ރުއިމުގެ ތެރޭން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން ނަދީމާއަށްވެސް ރޮވުނެވެ.

“ދަރިފުޅާ، ތިހެން ބުނާކަށް ނުވާނެ… ތިކަހަލަ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ… ރާހިލް މީރާ ދޫކޮށްލާފަ ދިޔުމަކީ މަރުވާން ވާވަރުގެ ކަމެއް ނޫނެއްނު…؟ މީ ހިތްވަރު ކުރަން ޖެހޭ ވަގުތު… އެކަހަލަ މީހަކަށް ޓަކާ މީރާ ދިރިއުޅުން މަތިން ފޫހިވެ މަރުތަ ވާންވީ؟ ކުއްޖާވެސް ބޭނުމެއް ނޫނޭ ބުނާ އިރު ދަރިފުޅު ވިސްނާލަބަލަ… ދަރިންނަކީ ﷲ ދެއްވާ ނިއުމަތެއް… ތިކުއްޖާ ވާނީ އިރާދަ ކުރެއްވިއްޔާ މީރާގެ ދިރިއުޅުމުގެ މަގްސަދަކަށް… ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާ ސަބަބެއް އޮންނާނެ… މީރާގެ މަންމައާ މެދުވެސް ވިސްނަބަލަ… މީރާއަށް ޓަކާ ނޫންތަ މަންމަ އެހުރިހާ ދުވަހު ކެތްކުރީ؟ މަންމަ ނަމޫނާއަކަށް ބަލައިގެން މީރާވެސް ވާނީ ދިރިއުޅެން ދަސް ކުރަން… ދަރިންނަކީ މައިންބަފައިންގެ ހުރިހާވެސް އެއްޗަކީ… ނަހާރު ހުރި ނަމަ މީރާ ތި ދެއްކި ވާހަކަ އަޑު އަހާފަ ކިހާ ދެރަ ވާނެ؟” ނަދީމާ މީރާގެ ގައިގައި ބައްދާލައިގެން އިނދެ މީރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

ދެންވެސް މީރާއަށް ހުއްޓައެއް ނުލެވުނެވެ. ނަމަވެސް ނަދީމާގެ ވާހަކަ އަޑު އަހާފައި މީރާގެ ވިސްނުން ހުރީ ރަނގަޅަށް ނޫންކަން ވިސްނުނެވެ. ނަދީމާ އެދެއްކީ ތެދު ވާހަކައެވެ. އެދަރިފުޅަކީ މީރާގެ ނަސީބެވެ. މީރާ ދިރިހުރުމަށް ހިތްވަރެކެވެ. މީރާ ކެތްތެރި ވާނެއެވެ. ދަރިފުޅަށް ޓަކައެވެ.

“މީރާ… ދެން ނުބުނައްޗޭ ތިކަހަލަ އެއްޗެއް… ރާހިލްތަ މީރާގެ ހުރިހާ އެއްޗަކީ؟ އަހަރުމެން މީ އެއްވެސް ބައެއް ނޫންތަ؟ އަހަރުމެންމާ ދޭތެރޭ މީރާ ނުވިސްނަންތަ؟ ރާހިލް މީރާ ދޫކޮށްލާފަ ދިޔައިމަ އަހަރުމެންވެސް ދެރަވޭ… އެނގޭ މީރާ ދެރަ ވާނެ ވަރު… އެކަމަކު އަހަރުމެން މިތިބީ މީރާއަށް ހިތްވަރު ދޭން… އިރާދަ ކުރެއްވިއްޔާ އަބަދުވެސް އަހަރުމެން ތިބޭނަން މިހެން… ތީ ހަމަ އެކަނި އަހަރެންގެ ބެސްޓް ފްރެންޑެއް ނޫނޭ… ތީ އަހަރެންގެ ސިސްޓަރ… އެއްބަނޑު އެއްބަފާ ނުވިޔަސް ހެވޭ… މީރާ ތިކަހަލަ ވާހަކަ ދެއްކީމަ އަހަރުމެން ދެރަ ވާނެ ކަމެއް މީރާއަކަށް ނޭނގޭތަ؟” ތާނިޔާވެސް ތެދުވެގެން އައިސް މީރާ ކައިރީ އިށީނދެ މީރާއަށް ހިތްވަރުދޭން މަސައްކަތް ކުރިއެވެ.

މީރާ ބޯހިއްލާ ތާނިޔާއަށް ބަލާލިއެވެ.

“އައިމް ސޮރީ… ސޮރީ ތާނީ މަންމާ… ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް އެކަހަލަ ވާހަކަ ދެއްކުނީކީ…” ނަދީމާއަށް ބަލާލަމުން މީރާ ބުންޏެވެ.

“މިއަދުން ފެށިގެން މީރާ ދެން އަލުން ހުރިހާ ކަމެއް ފަށަންވީ… ވިސްނަންވީ ލިބެން ތިއުޅޭ ދަރިފުޅާ މެދު. ބައްޕައަށްވެސް އެނގޭ ދެރަ ވާނެކަން… އެކަމަކު ދެންވެސް ތިކަހަލަ އެއްޗެއް ހިތަށް އަރައިފިއްޔާ ހެއްދެވި ފަރާތް މަތިން ހަނދާން ކޮށްލާ. އޭރުން ރަނގަޅު ވާނެ… ވެދިޔަ ކަންތައް އެއީ މާޒީ ކަމަށް ބަލާފަ ދެން ކުރިއަށް އޮތް ތަނާމެދު ވިސްނަންވީ… ފަސޭހައެއް ނުވާނެ… އެކަމަކު ބައްޕަމެން ކިތިބީ ކޮންމެ ކަމެއްގަވެސް މީރާއަށް އެހީވާން… އިނގޭ!” ޝަފީގުވެސް މީރާއަށް ނަސޭހަތް ދިނެވެ.

“ދެން އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ކުޑަ އިރު ހަދާހެން ގިލިގިލި ކޮއްޓާ ކޮއްޓާ ނޭވާ ނުލެވޭ ވަރު ކޮށްލާނަން އިނގޭ! ހަނދާން ކުރާތި!” ތާނިޔާ މީރާގެ އިސްތަށިގަނޑަށް ދަމާލަމުން ސަމާސާ ކޮށްލިއެވެ.

މީރާ ލޯ ފޮހެލަމުން ހީލިއެވެ.

“ދެން ދޭ ކޮޓަރިއަށް ގޮސް އޮށޯވެލަން. ތާނީވެސް ދޭ މީރާއާ އެކީ. އިރުކޮޅަކުން މަންމަ ކޮންމެސް އެއްޗެއް ހަދައިގެން ގެންގޮސްދޭނަން، މީރާ ބަލާތި ކުޑަކޮށް ވިޔަސް ކެވޭތޯ” ނަދީމާ ބުންޏެވެ.

މީރާ ބޯޖަހާލަމުން ތެދުވެ ތާނިޔާއާ އެކީ މައްޗަށް ދިޔައެވެ.

“ތާނީ، އަހަރެން ބޭނުން ރާހިލްއާ ގުޅޭތޯ ބަލަން، އަހަރެން ޕްރެގް ކަން އޭނައަށް އަންގަން. އަހަރެން ހުރީ ދެން އަހަރެންގެ ލައިފްގަ މިދިޔަ ދުވަސްތައް ހަނދާން ނައްތާލަން، އެކަމަކު މިހާރު… އޭނަ ބޭނުން ވިޔަސް ނުވިޔަސް އޭނައަށް ކުއްޖަކު ލިބެން އުޅޭކަން އަންގަން ބޭނުން. ހެޔޮ އޭގެ ފަހުން އޭނަ އަހަންނަށް އެހީ ނުވިޔަސް، ދަރިފުޅާ ގުޅުމެއް ނުބޭއްވިޔަސް ހެޔޮ. އެކަމަކު އެނގެން ޖެހޭނެ، އޭރުން ފަހުން އަހަރެން މިކަން ސިއްރު ކުރީއޭ ބުނާނެ ޗާންސެއް އޭނައަކަށް ނޯންނާނެ… ތާނީ، ހެޕްލް ވާނަން ދޯ؟” މީރާ އެހީއަށް އެދި ރަހުމަތްތެރިޔާގެ އަތުގައި ހިފިއެވެ.

ތާނިޔާ ބޯޖަހާލިއެވެ. މީރާއަށް އެހީ ވުމަށް ތާނިޔާއަށް ކުރެވުނު ކޮންމެ ކަމެއް ތާނިޔާ ކޮށްދޭނެއެވެ.

ނަމަވެސް މީރާއާ ތާނިޔާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ރާހިލްއާ ގުޅޭނެ އެއްވެސް ގޮތެއް ނުވިއެވެ. އޭގެ އިތުރުން ރާހިލްއާ ބެހޭ އިތުރު މައުލޫމާތެއްވެސް ނުލިބުނެވެ. ކުރިންވެސް ބެލިހެން ކައިވެނީގެ ސެޓްފިކެޓްގައި އިން އެޑްރެސް އިންވެސް ގުޅޭތޯ ބެލިއެވެ. ނަމަވެސް އޭގައި ވަނީ ނުބައި އެޑްރެހެކެވެ. އެގޭ މީހުންނަކަށް ރާހިލް ކިޔާ މީހަކު ނޭނގެއެވެ.

މިފަހަރުވެސް ހަފްތާއެއްހާ ދުވަސް ވަންދެން މަސައްކަތް ކުރެވުނެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ނަދީމާއާ ޝަފީގުވެސް ރާހިލްގެ ޚަބަރެއް ވޭތޯ ބެލިއެވެ. ނަމަވެސް މާލޭގައި ތިބި ތިމާގެ މީހުންނާ ރައްޓެހިންނަކަށް ރާހިލްއާ ބެހޭ އެއްވެސް މައޫލޫމާތެއް ނޭނގުނެވެ. އެންމެ ފަހުން ޝަފީގު ބޭނުން ވީ ސަރުކާރު މެދުވެރިކޮށް ރާހިލް ހޯދާށެވެ. ނަމަވެސް  އޭރު މީރާ ހުރީ އަނެއްކާވެސް އެކަންތައް ހުއްޓާލަން އަޒުމް ކަނޑައަޅާއިގެންނެވެ.

“ނޫން ތާނީ ބައްޕާ. އަހަރެން ވަރި ކުރުމަށް ފަހު އެއްވެސް ކަހަލަ ގުޅުމެއް އެއްވެސް ގޮތަކުން ބާއްވަން ބޭނުން ނުވާތީ އޭނަ އެހާ ވަރުން ރާވައިގެން ހުރިހާ ކަމެއް މިގޮތަށް ކޮށްފަ ހުރީ… އޭގެ މާނައަކީ އޭނަ މިހާރު އަހަރެން މަތިން ހަނދާން ނައްތާލައިފިޔޭ… އަހަރެން މިވާހަކަ އަދި އެކަކު ކައިރީވެސް ނުބުނަން… އެނގޭތަ އެދުވަހު ދަމުން އޭނަ ބުނި އެއްޗެއް؟ އެއްވެސް އިރެއްގަ އޭނަ ނުވިސްނަމޯ އޭނައާ އެކީ އަހަރެން މާލެ ގެންދާކަށް. ދެން އެހެން ވީމަ އަހަރެންވެސް ދެން ބޭނުމެއް ނޫން އޭނަ ހޯދާކަށް…

އޭނަ އަހަންނާ އިނީ މިތަނުން ދާ އިރު އަހަރެން ވަރިކޮށްފަ ދާން ނިންމައިގެން. އެހެން ވެގެން އޭނަގެ އެއްވެސް ކަމެއް އަހަންނަށް ކިޔާ ނުދިނީ. އޭނަޔަށް އެނގޭ އަހަރެން އޭނަ ހޯދަން އުޅޭނެކަން. އެހެން ވިޔަ ނުދޭން ހުރިހާ ކަމެއް ސިއްރު ކުރީ. އަހަރެންގެވެސް ހުރި މޮޔަކަމުން އެއްވެސް ސުވާލެއް ނެތި އޭނަ ދެއްކިހާ ވާހަކައެއް ގަބޫލު ކުރެވުނީ.

އެހެން ވީއިރު މިއަދު އޭނަގެ ދަރިއަކަށް އަހަރެން ބަލިވެ އިނޭ ކިޔާފަ އޭނައަށް ވަކި ކޮން ތަފާތެއް އޮންނާނީ؟ އަހަރެން ބޭނުން ނުވާ އިރު އަހަރެންގެ ދަރިއެއްވެސް ބޭނުމެއް  ނުވާނެ.

މި ކުއްޖާއެއްނު މައްސަލައަކީ؟ އަހަންނަށް މިކުއްޖާ ބެލޭނެ، އަހަންނާ އެކީ އަހަރެންގެ އާއިލާ ވާހާ ހިނދަކު އަހަރެން އިތުރު މީހެއް ބޭނުމެއް ނޫން… މި ކުއްޖާގެ ބައްޕައަކީ ރާހިލް… އެކަމަކު ނަމުގެ ފަހަތަށް އެނަން އައުން ފިޔަވާ މީކީ ރާހިލްއަކާ އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫން… ދެން އޭނަ އަހަރެން ހޯދަން އަޔަސް ނުދާނަން އޭނަ ކައިރިއަކަށް… ދުވަހެއްގެ ކޮޅުންވެސް ދެން އަހަރެން އޭނަ ހޯދާކަށް ނޫޅޭނަން، މާލެއަށް ދިޔަޔަސް އަހަރެން ނުދާނަން ރާހިލް ހޯދާކަށް. ނިމުނީ މިހިސާބުން. ތާނީ މަންމަމެންވެސް ދެން އެކަން ހުއްޓާލާ. މީ އަހަރުމެންގެ އަމިއްލަ ކަމެއް ދެން. މިހިސާބުން އަހަރެންގެ ހަޔާތުން ރާހިލްގެ ނަން މި ފޮހެލީ!” މީރާ އެދުވަހު އެންމެންގެ ތެރޭ އޭނަގެ ނިންމުން އިއްވިއެވެ.

އެންމެންވެސް މީރާގެ އެ ނިންމުމަށް ތާއީދު ކުރިއެވެ. ދެން ރާހިލް ހޯދަން ނޫޅޭނެ ކަމަށް އެންމެންވެސް މީރާއަށް ވަޢުދުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެލޯބި 5 ވަނަބައި

Next

ދޭނަން ހިތާ ޖާނާ (26)

Next
August 30, 2016

ދޭނަން ހިތާ ޖާނާ (26)

Previews
August 30, 2016

އެލޯބި 5 ވަނަބައި

25 Comments!

  1. Mar Sha Marsha says:
    August 30, 2016 at 11:15 am

    ސަލާމް ހުރިހާ ކުދިން… މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން… އެގާރަ ވަނަ ބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން.

  2. Ssss says:
    August 30, 2016 at 11:29 am

    Varah obi

  3. Shaa says:
    August 30, 2016 at 11:30 am

    hey varah reethi marshaa.. me varah fahun mi story kiyan feshy and now hurihaa part eh kiyaa nimmaafin.. varah reethi avahah next part ves up kohdhehchey ??

  4. ⛄⛄⛄ says:
    August 30, 2016 at 11:32 am

    Sorry Marsha. Ehaa reeche noon. But adhi Kuda twist eh genaima nice vaane.

  5. Sabeeha says:
    August 30, 2016 at 11:33 am

    vv reethi..??

  6. Hajja says:
    August 30, 2016 at 11:36 am

    V reeythi

  7. "Shiyaa" says:
    August 30, 2016 at 11:40 am

    Wow vv reethi

  8. Shiny says:
    August 30, 2016 at 11:47 am

    V salhi

  9. xenn says:
    August 30, 2016 at 11:54 am

    Maaaazy avahah ninmaalabala dhn…

  10. Shaa says:
    August 30, 2016 at 12:19 pm

    Woooooow very nice

  11. Mary says:
    August 30, 2016 at 12:41 pm

    Wow nice

  12. **** says:
    August 30, 2016 at 12:43 pm

    V nice

  13. ken? says:
    August 30, 2016 at 1:13 pm

    raahil duxnt deserve meera…??

  14. zoooo says:
    August 30, 2016 at 1:46 pm

    Ebunahen mazee dhan nihmaalaa story v v habeys

  15. ninaa says:
    August 30, 2016 at 2:00 pm

    v foohi past maa dhigu v ma . dhen raahil n meera ge bai genesdheebala .

  16. Aish says:
    August 30, 2016 at 2:12 pm

    Hama ragalhah vess rovihje. vrh reethi

  17. Appy says:
    August 30, 2016 at 4:37 pm

    Good…..mi baI vx v rythi kiyaa hithun indha maa avahah nimihje

  18. Appy says:
    August 30, 2016 at 4:38 pm

    *bai*

  19. Fathimaa says:
    August 30, 2016 at 5:25 pm

    Mi vaahaka kamunudhaa kamaky maazy maa bodah genesfa huryma..dhn kurukoh maazee nimmaalaafa raahil n mira ge baithah genna nama salhi vaane..miee alhugandu view ?

  20. maireen says:
    August 30, 2016 at 8:26 pm

    Aslu vess maazeee maaa dhigee…

  21. mai says:
    August 30, 2016 at 11:39 pm

    Noon raahil aanugulhuvaathi.eheee bodukehiveriyeh vaahaka vvvvreethi

  22. Meera says:
    August 31, 2016 at 12:43 am

    readers kehkohbala pls….. maazeeves kiyaigen vaahaka reethikan engeynee…. maazee kuru kohleemaves hunnaane hama nujehey thanthan….. feeling ves kudavaane….. vvv nice story. Keep it up

  23. Aphy says:
    August 31, 2016 at 9:32 am

    V reethi mi part ves…heevanee raahil adhi annaane hen…bt dhn meera libeynee thaany ge bro ah dhw?

  24. Nish says:
    September 1, 2016 at 11:29 am

    Nice

  25. Lym says:
    September 1, 2016 at 5:43 pm

    V nice story ?

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 11←


All Right Reserved!