Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ….

Loolu Level 110 Stories100 Comments
August 27, 2016 4 Mins Read
31 Comments

ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ވިލާނެތް ސާފު އުޑުމަތީގައި ހާމައަށް އެހެރީ ފެންނާށެވެ. ހަނދުވަރުގެ ރިހި އަލިން ދުނިޔެ މިވަނީ އަލިވެފައެވެ. އެ ހަނދުގެ ފުރިހަމަ އަލިކަމުން ތަރިތަކުގެ ބެބުޅުންވެސް މިރޭ މިވަނީ ފަނޑުވެފައެވެ. އަހަރެން އޮތީ ބަދިގެ ކައިރި ބަހައްޓާފަ ހުރި ޖޯލިފަތީގައި އޮށޯވެލައިގެން ހަނދަށް ބަލާށެވެ. އަހަންނަށް އެހަނދަށް ބެލެނީ އަޖައިބުވެގެންނެވެ. އަހަންނަށް އެހަނދު ރީތީއެވެ. ގިނައިން ހަނދަށް ބެލިވަރަކަށް އެ ހަނދުގެ ބޮޑުކަން އިތުރު ވާހެން ހީވެއެވެ. އަދި ބައެއް ފަހަރު އަހަރެންގެ މޫނަށް އެ ހަނދު ވެއްޓެން އަންނަހެންވެސް ހީވެއެވެ. އަޖައިބެކެވެ. އަހަރެން މިއީ މޮޔައެކެވެ. އެ ހަނދު އަޅެ ވެއްޓިދާނެ ހެއްޔެވެ. މިދެން އަޅެ ކޮންފަދަ މޮޔަ ހިޔާލެއް ހެއްޔެވެ.

“އަދިވެސް ޝާކިރު މަހުން ނާދޭތަ ..” މޮޔަ ހިޔާލް ތަކުގަ އެހެން އޮއްވާ ކަންފަތުގަ ޖެހުނީ ސަހީމައްތަގެ އަޑެވެ. އެއީ ގޭ ދޮށު އަވައްޓެއްސެކެވެ. އަހަރެންގެ މަންމައާ ބައްޕަގެ މާ ގާތް އެކުވެރިއެކެވެ. ކޮންމެ ރެއެއްގެ އާދަ ފަދައިން މިރޭވެސް އެއައީ ރޯ މަސް ގަންނާށެވެ.

“އާން އަދި ނާދޭ..މިރޭ ހާދަ ލަސްވެސް ވެއްޖޭ ދޯ..އައީމަ ގުޅާނަން އިނގޭ..” އަހަރެން ގާތުގަ އޮތް މަންމަ ސަހީމައްތަ އާ ދިމާލަށް ބުނެލިއެވެ. އަހަރެން އަނގައިން ނުބުނެ ހިމޭނުން އެމީހުންގެ ވާހަކަތަށް އަޑު އަހަން އޮތީމެވެ. އިރުކޮޅެއްގެ ތެރޭގައި ސަހީމައްތަ ދިއުމުން އަނެއްކާވެސް ތަނަށް ވެރިވީ ހިމޭން ކަމެވެ. އަހަރެން ކެއްތެރި ވެލައިގެން އޮތީ މަންމަ އަހަންނާ އަނގައިން ބުނޭތޯއެވެ. ކިތަންމެ އިރަކު އެހެން އޮތަސް ހެޔޮ ހިތުން ވާހަކަ ނުދައްކާނެ ކަން އަހަންނަށް އެނގެއެވެ. އެކަމު އެކަމުން އަހަރެންގެ ހިތަށް ހާދަ އެބަ އުނދަގޫވެއެވެ. މަންމަ އަކާ ދަރިއަކާމެދު މީހާ ހީނަރު ގުޅުމެއް އޮތުމުން ދެން ވާންޖެހޭ ހުރިހާ އުނދަގުލެއް އަހަންނަށް ވަމުން ދިޔައެވެ.

އަހަރެން ތެދުވެގެން ގޮސް އައީ ގޭތެރޭގަ ހުރި ރޭޑިއޯ ހިފައިގެންނެވެ. އޭގެން ދިވެހި އެފްއެމް އަށް ޖައްސާލާފަ ކައިރީގަ ހުރި އެޅިގާ މަތީ ރޭޑިއޯ ބައިދާފައި އަނެއްކާވެސް އައިސް ޖޯލީގަ ޖައްސާލީމެވެ. ގަޑިން ރޭގަނޑު ދިހައެއް ޖަހައިފިކަން ޕްރެޒެންޓް ކުރަން އިން ކުއްޖާ އިއުލާން ކޮށްލިއެވެ. އަހަންނަށް މާޔޫސް ކަމުގަ ފުން ނޭވާއެއް ލެވުނެވެ. މިރޭ އަހަންނަށް ނިދޭނީ ވަރަށް ލަހުން ކަން އެނގޭތީއެވެ. އޭރުވެސް އަހަރެން ހުރީ ދުވާލު ހަތަރުދަމު އެހެން ތެޅިތެޅި ވަރުބަލިވެފައެވެ. އޮށޯވެލާ ނިދާލަން ބޭނުންވެފައެވެ. ރޭގަ ވެސް އަހަންނަށް މަސްކައްކާ ހުރިހާ ކަމެއް ކޮށްފަ އޮށޯވެވުނީ ދަންވަރު ދޭއް ޖަހާ ބޮޑުވިފަހުންނެވެ. އަނެއްކޮޅުން އެހާ ފަތިހާ ތެދުވަން ޖެހެއެވެ. މިރޭ ބައްޕަ އެހާ ލަހުން އައީޔާ އަދި މަސްކައްކަން ފެށޭނީ ކޮން އިރަކުން ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް ނިދޭނީ މަންމައާ އެކު އެކަން ކޮށްފައެވެ.

އެހެން އޮއްވާ މާ ގިނައިރު ތަކެއް ނުވެ ބައްޕަ އައިސްފިއެވެ. ދެ ބަރޯ ފުރާ މަސް ގެނައެވެ. މަންމައާ ބައްޕަ އަވަސް ވެގަތީ މަސްތަށް ކެނޑުމަށެވެ. “ހީރާ…މިއަށް ފެން އަޅައިގެން ގެނެބަލަ ތިހެން ނުހުރެ..” މަންމަ ކުޑަކޮށް ނުރުހުން ވެލާފައި އަހަންނާ ދިމާލަށް ބުނެލިއެވެ. އަހަރެން އަވަސް ވެގަތީ ބޮޑެތި ބާލިދީތަކަށް ފެން އަޅާފައި މަސް ކަނޑާ ތަނަށް ގެންގޮސް ދޭށެވެ. ފެން އުފުލާ ނިމުން އިރުވެސް އަހަރެންގެ ނާޒުކު ދެއަތުގަ ރިއްސައި ގަނެއްޖެއެވެ. އަދި މަސް ކައްކާ ދުމަށްޓަށް ނެގުން ކުރިއަށް އޮތީއެވެ. އޭރު މާ ހައުލު ތާޒާ މަހުގެ ލޭ ވަހުން ވަނީ އެއްވަސް ވެފައެވެ.

މަސްކެއްކުމަށް ހާއްސަ ކޮށް ގެއާ ދުރުގަ އަޅާފަ ހުރި ބަދިގެއަށް އަހަރެން ގޮސް ވަނީމެވެ. މަސް ކައްކަން ގެންގުޅޭ ބޮޑު ދެލޯގަނޑު ރީތި ކޮށް ދޮވެލާފައި ގެންގޮސް ދަރު އުދުން މަތީގައި ބެހެއްޓީމެވެ. ބާލިދީ ތަކުގަ ސާފު ފެން ގެނެސް އެދެލޯގަނޑަށް އަޅާ ފުރާލެވުން އިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. ފަލަ ދަރުގަނޑުތަށް ގެނެސް އުނދުން ރޯކޮށްލާ ފެން އެތި ހޫނު ކުރަން ޖައްސާފަ އެ ކުޑަ ބަދިގެތެރޭގައި އަހަރެން އިނީމެވެ. އޭރު އަލިފާނުގެ ހޫނުން ބަދިގެ ވަނީ އުދާސް ވެފައެވެ. މީ ކޮންމެ ރެއެއްގަވެސް އަހަރެން އުޅޭ ގޮތެވެ. މި ބުރަ މަސައްކަތް ކުރަނީ އަހަންނާ މަންމަ އެކަންޏެވެ. މިވަރުން އުޅެ އިރުވެސް އަހަރެން ކޮށްދޭ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. މަންމަވެސް އެއްޗެހިކިޔާ ކޮންމެ ފަހަރެއްގާވެސް އަހަރެން ފަރާތުން ވާ ފަސޭހައެއް ނޯވެއޭ ބުނާނެއެވެ. ނަމަވެސް މިއަދުވެސް އަހަރެން މަރު ވެއްޖާ މަންމައަށް އަހަރެންގެ މުހިންމު ކަން އިހުސާސް ކޮށްލެވޭނެކަން ޔަގީނެވެ. ހަމައެކަނި މަންމައަކަށް ނޫނެވެ. އަހަރެންގެ އެއްބަޑު އެއްބަފާ މީހުންނަށްވެސް މެއެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ޒުވާން ތިން އަންހެން ކުދިން އެބަ ތިއްބެވެ. އެ އެންމެންވެސް އުޅެނީ މީހުނާ އިނދެގެން  ފިރިންގެ ގޭގައެވެ. އޭގެން ކޮންމެ މީހެއްގެވެސް ތިން އަހަރު ނުފުރޭ ދަރިއަކު އެބަ ހުއްޓެވެ. ދުވާލު ވެއްޖާ އެ އެންމެންވެސް އައިސް ވަގުތު ހޭދަ ކުރަނީ މިގޭގައެވެ. އެހެންކަމުން އަހަންނަށް އަބަދުވެސް އުޅެން ޖެހިފަ އޮންނަނީ އޭގެން ކޮންމެސް އެކެއްގެ ދަރިއެއް ފަހަތުލައިގެންނެވެ. އަހަރެން އެކުދިން ދެކެ ވަރަށް ލޯބިވަމެވެ. ދައްތަމެން ބުނާ ކަންތަށް އަހަރެން ކޮށްދެނީ ޝަކުވާއެއް ނެތި ކޮށްދޭ ހިތުންނެވެ. އެކަމަކު ދުވަހަކުވެސް އެމީހުން އެވަރެއް ނުދަނެއެވެ. ކިރިޔާވެސް އަހަންނަށް ގޯސް ކޮށް ކަމެއް ކުރެވިއްޖާ އެ އެންމެން ވެގެން އެއްޗެހިކިޔާ އަހަރެން ރޮއްވާލަ ދުވަސް ދުވަސް މަދެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި އަހަރެންގެ ނަފްސުގަ އެއްވެސް އަގެއް ނެތެވެ. ކޮންމެ އެއްޗެއް ވެސް އަހަންނާ ދިމާލަށް ބުނެލާކަށް އެމީހުން ފަހެއް ނުޖެހޭނެއެވެ. މި ހުރިހާ ހިތްދަތިކަމެއް އަހަންނަށް ލިބެމުން މިދަނީ ކުރެވުނު ހަމަ އެއްކަމެއްގެ ސަބަބުންނެވެ. ތެދުވެރި ހިތަކުން މީހަކު ދެކެ ލޯބި ވުމަކީ ހަމަ އެހާ ބޮޑު ކުށަކީ ހެއްޔެވެ؟

އެކި އެކި ހިޔާލްތަކުގަ އެހެން އިންދާ ފެނުނީ ބާލިދީ އަކަށް ކަނޑާފަ ހުރި މަސްތަށް އަޅައިގެން މަންމަ އައިސް ވަތްތަނެވެ. އޭރު ފެން އެތިވެސް ހުރީ ހޫނު ވެ ރެޑީ ވެފައެވެ. ދޮވެފަ ހުރި މަސްތަށް މަންމަ ގެނެސް ދޭ ވަރަކަށް އެ ބޮޑު ލޯގަނޑުތަކަށް އަހަރެން މަސް އަޅަމުން ގެންދިޔައީމެވެ. އެ ހުރިހާ ކަމެއް ކުރަން އެކީގަ އުޅުން އިރުވެސް މަންމަ އަހަންނާ އަނގަޔަކުން ނުބުނެއެވެ.

ހުރިހާ މަހެއް ކަނޑާ ނިމުމުން  ބޭރުގަ ހުރި ގިފިލިން ފެންވަރައިގެން ބައްޕަ ގޮސް ވަނީ ގެއަށެވެ. ބައްޕަ އެދިޔައީ ނިދާށެވެ. އަނެއްކާވެސް މަހަށް ދިއުމަށް ފަތިހާ ތެދުވާނެއެވެ. މީ އާމްދަނީ ހޯދަން މި އާއިލައިން ކުރާ ބުރަ މަސައްކަތެވެ. މިކަމުން ވަރަށް ބޮޑު އާމްދަނީއެއް ލިބެންވެސް ލިބެއެވެ. ރޯ މަހާ ވަޅޯ މަހާ ރިހާކުރަކީ މިގެއިން ހުސް ނުވެ ގަންނަން ލިބޭ އެއްޗެއްސެވެ.

މަސްތަށް ކެކެން ފެށުމުން އުނދުން ކައިރީގައި އަހަރެން އިނީ އުނދުން ނިވިޔަ ނުދީ ދަރު ޖައްސާށެވެ. އަލިފާނުގެ ރަތް އޮރެންޖް ކުލަ އިން ވަނީ އެ ކުޑަ ބަދިގެ ހުޅުދާން ކޮށްފައެވެ. އަލިފާނުން އަހަރެންގެ ހަށިގަނޑަށް ވަމުންދިޔަ ހޫނެއް ވަކި ކުޑައެއް ނޫނެވެ. ކޮންމެ ރެއަކު މިހެން ތެޅިތެޅި ގޮސް އަހަރެންގެ ނަވާރަ އަހަރުގެ ޒުވާން ހަންގަނޑު މިވަނީ އަނދާފައެވެ. އެގޮތުގަ އިންނަތާ ކިތަންމެ އިރެއް ފަނުން މަސްތަށް ރޯފިލައިފިއެވެ. ފަހަރަކު މަސް ކިބައެއް ނަގާ އަހަރެން ދުމަށި މަތީގައި އަތުރަން ފަށައިފީމެވެ. މަންމަވެސް އައިސް އަނެއް ލޯގަނޑުގަ ހުރި މަސްތަށް ނަގަން ފަށައިފިއެވެ. ނަމަވެސް މަންމައަށް މަސް ނެގުނީ އެ ލޯގަނޑުގެ މެދާކަށް ހަމައަށެވެ. މާ ބުރަކޮށް މަސައްކަތް ކުރަންޔާ މަންމަގެ އަތުގެ ކުޑަހުޅުގެ އަބަދުވެސް ރިއްސައެވެ. އެހެން ކަމުން މަންމަ އެތަނުން ފޮނުވާލަފައި އަހަރެން އެ ހުރިހާ މަހެއް ނަގާ ދުމަށީގަ އެތުރީމެވެ. އެކަން ކޮށް ނިންމާފައި ދަރުތަށް ނެރެ އަލިފާންގަނޑު މައިތިރިކޮށްފަ ގަރުދިޔަ އެތީގަ ސަރަފޯސް ޖަހާފައި އަހަރެން އަވަސް ވެގަތީ ބަދިގެ ތެރެ ތަރުތީބު ކޮށް ރީތި ކޮށްލާށެވެ. އެއީ މާދަމާ ރިހާކުރަށް އޮލަ ކުރަން ވެފަ އިން ގަރުދިޔަ ގަނޑެވެ. އެކަން ކޮށް ނިމުން އިރު އަހަރެންގެ ހަށިގަނޑުގަ ކުޑަވެސް ވަރެއް ނެތެވެ. އެ ކުޑަ ބަދިގެއިން ނިކުތުމާއެކު ހަށިގަނޑުގަ އައިސް ބީހިލީ ދަންވަރުގެ ހިމޭން ފިނި ވައިރޯޅިތަކެވެ. ހަށިގަނޑަށް އަރާމް ވެލިއެވެ. އަހަރެން ބަލައިލި އިރު މަންމައަށް އޮތީ ޖޯލީގަ ނިދިފައެވެ. އަހަރެން އައިސް ގޮވާލުމުން މަންމަ ތެދުވެގެން އައިސް އެ ބަދިގެ ތަޅުލާފަ ދެމީހުން ހިނގައިގަތީ ގެއަށް ވަންނާށެވެ. މަންމަ ގެއަށް ވަދެފަ ގޭގެ ހުރިހާ ދޮރެއް ތަޅުލާފައި އަހަރެންގެ މޫނަށް ބަލައިލުމެއް ނެތި ގޮސް ވަނީ މަންމަގެ ކޮޓަރިއަށެވެ. އޭރު ގަޑިން ވަނީ މެންދަމުން އަލިވެ ތިނެއް ޖަހާފައެވެ.

ދަންވަރުގެ ވަގުތު ކަމުން ގޭތެރެއަށް ވެރިވެފަ އޮތީވެސް ހިމޭން ކަމެވެ. ވެފާ ހުރި ވަރުބައްޔާއެކު އެއްޗެއް ކާނުލާ ނިދަން ބޭނުން ނުވުމުން އަހަރެން ގޮސް ފުރިޖް ހުޅުވާލީމެވެ. އޭގަ އޮތް ކުރުނބާ ފަނި ފުޅިން ފަނިތަށްޓެއް އަޅައިގެން ބޯލުމުން އަހަރެންގެ އުދާސް ވެފަވާ އެތެރެ ހައްޓަށް ފިނިވިއެވެ.

އަވަސް ކޮށްލާގެން ގޮސް އަހަރެން ފާހާނައަށް ވަދެ ރީތިކޮށް ފެންވަރާލާ ގައިން މަސްވަހާ ދުންވަސް ފިލުވާލީމެވެ. ނިދަން ރެޑީވެލައިގެން އައިސް އަހަރެން އެނދުގަ އޮށޯވެލީ ވަރުބަލިވެފަވާ ހަށިގަނޑަށް އަރާމް ދޭށެވެ. އެވަގުތު ކަންފަތުގަ އައިސް ޖެހުނީ ހިމަ ފޮދު ވާރޭގެ ތިކިތަށް ހިމޭން ކަމާއެކު އައިސް ފުރާޅުގަ ބޮސްދޭ އަޑެވެ. ސިހިފާ އަހަންނަށް ލޯ ހުޅުވާލެވުނީ ހިތަށް ވީގޮތަކުން ނެވެ. ކޮޓަރި ތެރޭގައިވާ ފަނޑު ރަތް އަލި ކަމުގެ ތެރޭން އަހަންނަށް އެ ހިތްގައިމު ސޫރަ ހިނދުކޮޅަކަށް ސިފަވިއެވެ. ވަގުތުން އަހަރެންގެ ދެލޮލުގަ ކަރުނަތަށް ވިދަން ފަށައިފިއެވެ. މާ ބޮޑަށް އަހަރެން ޖުނޫމް މަތިން ހަނދާންވެ ހިތުގަ ޖެހޭގޮތް ވިއެވެ. ޖުނޫމްގެ ކޮންމެ ހަނދާނެއް ވަކިވަކިން އަހަރެންގެ ހިތަށް ހަމަލާ ދެމުން ދިޔައެވެ. ހިމަ ފޮދު ވާރޭ މިގޮތަށް ވެހެންޏާ އެ ރީތި ސޫރައިގެ ހަނދާންތަކާ އަހަރެން ވަކިވާނި ކިހިނެއް ހެއްޔެވެ. މަޑުމަޑުން ތެދުވެގެންގޮސް އަހަރެން ހުއްޓިލީ ކޮޓަރި ކުޑަދޮރު ކައިރިއަށެވެ. ކާޓޭން ކަހާލަމުން ބިއްލޫރި ދޮރުފަތުގަ އަތް ޖައްސާލީމެވެ. ބިއްލޫރި ގަނޑު ފިނިވެފަ ހުރި އިރު ދުރުން ހިމަ ފޮދުވާރޭގެ ތިކިތަށް ފެނުނީ ފުސް ވެފައިވާ ދެލޮލުން ފަނޑުގޮތަކަށެވެ. އޭރުވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހޮރި އޮހޮރި ހުރީ ވާރޭގެ އެ ތިކިތަށް ފެނުމުން ވަކިނުވެވުނު ހަނދާންތަކެއް އާވާތީއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ލޯބިވަން..1

Next

ނުހައްޤު ލޯބި (8 ވަނަ ބައި)

Next
August 27, 2016

ނުހައްޤު ލޯބި (8 ވަނަ ބައި)

Previews
August 27, 2016

ލޯބިވަން..1

31 Comments!

  1. reesham says:
    August 27, 2016 at 11:13 am

    hi alll….miothy reesham ge new storyy eh..umeedhu kuran kamudhaane kamah..

  2. Shaal says:
    August 27, 2016 at 11:19 am

    Varah reethi

    1. reesham says:
      August 27, 2016 at 11:40 am

      Thankss shaal

  3. Shaa xee says:
    August 27, 2016 at 11:31 am

    V nice first part. Next part kn irakun up koh dheynee? Waiting for next part.? avahah up koh dhehchey please

    1. reesham says:
      August 27, 2016 at 11:41 am

      Ya..thanku shaa xee..nxt part v haavx avahakah up khla dheynan

  4. Lahu says:
    August 27, 2016 at 11:36 am

    v v reethi vaanehen heevey.. ?

  5. Hajahaha says:
    August 27, 2016 at 11:40 am

    Hhadi eh nun

  6. ~minty~ says:
    August 27, 2016 at 11:43 am

    Oh…reesham is back dhw..mifaharu long story eh…i guess reethi vrne kmh mifaharu vx…waiting..?

    1. reesham says:
      August 27, 2016 at 11:48 am

      Thank u mintyy..bt mi storyy ehaa long eh nuvaane igeyy..kuriah huri part thsh kiyaalaacheyy

  7. ~minty~ says:
    August 27, 2016 at 11:56 am

    Yes of course dear….?

  8. rose says:
    August 27, 2016 at 12:46 pm

    vr vr vr salhi… vr painful stry eh… feshun ge baeh than thankolhu mine ge life aa vr gulhunu… thanx mikahala stry eh up koxhdhinytheee.??????

    1. reesham says:
      August 27, 2016 at 12:51 pm

      thank u rose…adhi kuriah huri baithah kiyaalyma egeyne aslu mi storyga vegen miulheyy goi..faharuga hama rose ge life aa v bodah gulhifa vx ovedhaanu dhw…

    2. Mexxo says:
      August 27, 2016 at 12:52 pm

      may be dhw……………….”

  9. Mexxo says:
    August 27, 2016 at 12:51 pm

    vaahakaage fesu v v v reethi.
    keep it up……………..”

    1. reesham says:
      August 27, 2016 at 1:00 pm

      thankss mexxo

  10. "Shiyaa" says:
    August 27, 2016 at 1:13 pm

    Varah reeethi…..

  11. faathi says:
    August 27, 2016 at 1:22 pm

    V v v reethi next part avaha up kodythi

  12. Azu says:
    August 27, 2016 at 1:29 pm

    Vvv reethi feshun…kuriyah huri baithakah inthizaaru kuran…??

  13. zoo xoo says:
    August 27, 2016 at 1:43 pm

    Mivaahaka ves v reethi

  14. reesham says:
    August 27, 2016 at 1:44 pm

    ޝުކުރިއްޔާ ހުރިހާ ކުދިންނަށްވެސް….ކުރިއަށް އޮތް ޕާޓް މާދަމާ ގެނެސްދޭނަން އިރާދުކުރެއްވިއްޔާ..މިހާރުވެސް ރީޝަމް މީނީ ވާހަކަ ލިޔަންް.

  15. Nern.. says:
    August 27, 2016 at 2:33 pm

    Varah reethi nxt prt thankolheh dhigu kohlahcheyy..

  16. Shaa says:
    August 27, 2016 at 3:08 pm

    salhi starting eh

  17. miny says:
    August 27, 2016 at 3:14 pm

    Nice. Next part thankolheh dhigu koh genesdhehchey

  18. Aishath says:
    August 27, 2016 at 3:38 pm

    Nice 🙂

  19. Saajidh says:
    August 27, 2016 at 3:41 pm

    WOW… V v reethi… V asarugadha… kithanme bodu kusheh kurevunas dhen ehen hadhaakah nuvaane dho… next part ah eba v inthizaaru kurevey… next part avas kollahchey…

    1. reesham says:
      August 27, 2016 at 4:26 pm

      ya..thankss saajidh..insha allah tmrw part dhigukohladheynan

  20. Thaaniya says:
    August 27, 2016 at 6:55 pm

    nice..

  21. Aisha says:
    August 28, 2016 at 12:12 am

    V salhi kon irakuntha up kohdheny. V kiyaahih vejje..

  22. Sabeeha says:
    August 28, 2016 at 10:09 am

    v reethi..??

  23. nicky says:
    August 28, 2016 at 11:30 am

    v v v nyc…….waitin 4 nxt prt….love this stry……..heevanee v nyc vaane hnn mi vaahakaige kuri ahh huri baithah…….

  24. Muny says:
    August 29, 2016 at 1:03 am

    Feshun v reethi ingey

Comments are closed.

Next Episodeމާޔޫސް ވެފާ…( 2 ވަނަ ބައި )←


All Right Reserved!