އިންތިޒާރު 49
އިންތިޒާރު 49
ޒާޔާ ސައިކަލަށް އަރާ ހަމަޖެހުމުން ރާއިން ދުއްވާލިއެވެ. ވަކި ތަނަކަށް ދާން ނޫޅެ ރާއިން މާލެ ވަށާބުރެއްޖަހާލިއެވެ.
ޒާޔާ އެއްޗެކޭބުނޭތޯ އިނދެއިނދެ ނުބުނުމުން އެންމެފަހުން ރާއިން ހުޅުމާލޭ ފެރީޓާރމިނަލް އާ ދިމާއަށް މިޝްރާބު ބަދަލުކޮށްލިއެވެ.
“ހުޅުމާލެއަށްތަ ދަނީ” ޓާރމިނަލް ކައިރިއަށް ސައިކަލުމަޑުކޮށްލުމުން ޒާޔާ ނާހަންއިނދެފައިވެސް އަހާލިއެވެ. ރާއިން މަޑުމަޑުން ހޫމް އަޅުވާލިއެވެ.
*******************************
ހުޅުމާލެއަށް އާދެވުމުން ރާއިން މީހަކަށް ގުޅާލިއެވެ. އިރުކޮޅަކުން ދެމީހަކު ސައިކަލުގައި އައިސް ޓާރމިނަލް ކައިރީ މަޑުކޮށްލިއެވެ. އެތަނުން އެކަކު ރާއިންއަށް ސައިކަލުދީފައި ލާނެތް އެއްޗެއް ބުނެލާފައި ދިޔައެވެ.
“ނުދާނަންތަ؟” ރާއިން ސައިކަލަށް އެރުމަށްފަހު ޒާޔާއަށް ބަލާލަމުން އަހާލިއެވެ. އެއްޗެކޭ ނުބުނެ ޒާޔާ ސައިކަލަށް އެރުމުން ރާއިން ދުއްވާލިއެވެ. ޒާޔާ ރާއިންގައިގައި ކުޑަކޮށް ބައްދާލައިގެން އިނީ ރާއިން މާބާރަށް ސައިކަލު ދުއްވުމުންނެވެ. ދެލޯމަރާލައިގެން އިންޒާޔާ ސައިކަލުގެ ދުވެލިމަޑުވެލުމުން ލޯހުޅުވާލިއެވެ. އޭރު ރާއިން ގެއެއްގެ ކައިރިއަށް ސައިކަލު މަޑުކުރަނީއެވެ. ވަށާފާރު ރާނާފައި ހުރިނަމަވެސް އެގޭގައި މީހުން ނޫޅެއޭ ޒާޔާގެ ހިތްބުނެލީ އެއްވެސް އަލިކަމެއް ފެންނަންނެތުމުންނެވެ. ރާއިން އަނެއްކާ މިއުޅެނީ ކީއްކުރަންބާއޭ ހިތާހިތުން ކިޔާލިއެވެ. ސައިކަލު ޕާރކްކޮށްލުމުން ޒާޔާ ސައިކަލުން ފައިބާ އެގެއަށް ބަލާލިއެވެ. ދެބުރިއަށްނަގާފައިވާ އާދައިގެ ވަރެއްގެ ގެއެކެވެ. ނުހަނު ރީތިކޮށް ހަދާފައިވާ މިގެފެނުމުން ހިތުގައި ހުވަފެނެއްހެން އެކުރެހުނުފަދައެވެ. ރާއިން އަންނާށޭބުނުމުން ކުރިއަށް ހިނގައިގަނެފައިވެސް ގޭޓާހަމައަށް ގޮސްފައި އޭނާހުއްޓުނެވެ. ރާއިން ދޮރުގެ ތަޅުހުޅުވާލާފައި އެތެރެއަށްވަތް އިރު ޒާޔާހުރީ ބޭރުގައެވެ. ފަހަތުން ޒާޔާ ނާންނަހެން ހީވުމުން ރާއިން ފަހަތްއެނބުރި ބަލާލިއިރު ޒާޔާ އަދިވެސް ހުރީ ބޭރުގައެވެ. ކަންތައްވީގޮތް އޭނައަށް އޮޅުންފިލީކަންނޭނގެއެވެ.
“އެއްވެސް ކަމެއްނުކުރާނަން، ޕްރޮމިސް، އާދެބަ އެތެރެއަށް، އައި ޖަސް ވޯންޓް ޝޯޔޫ ސަމްތިންގ”
ކައިރިއަށް އައިސްފައި ރާއިން ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
މިފަހަރުވެސް އެއްޗެއް ނުބުނެ ޒާޔާހިނގައިގަތެވެ. ގޭތެރެއަށްވަދެ ލައިޓްތައް ޖައްސާލަމުން ރާއިން ހުރިހާދިމާއަކަށް ވަށައިގެން ބަލާލިއެވެ. ހިތްގައިމު ގެއެކޭ ޒާޔާހިތަށް އެރިއެވެ.
“ވެލް ދިސް އިޒް އިޓް، ޒާއަށް މަމް ދިން ގިފްޓް” ރާއިން އެހެންބުނުމުން ޒާޔާ ހުރީ އަނގަހުޅުވިފައެވެ. އަތްދިއްކޮށްލަމުން ރާއިން މައްޗަށް އެރުމަށް ބުންޏެވެ. ގޭގެ އެހެން ހުރިހާތަނެއް ބަލާލުމަށްފަހު ރާއިން އެންމެފަހުން ކޮޓަރިއެއްގެ ދޮރުހުޅުވާލިއެވެ.
“ވަދެބަ” ޒާޔާ ނުވަންނަން ހުއްޓަ މިފަހަރުވެސްނުހަނު ލޯބިން ބުނެލުމުން ދެކޮޅުހަދާކަށް ނުކެރުނެވެ.
ސޯފާކައިރިއަށް ގޮސްފައި ރާއިން ޒާޔާގާތު އިށިއިނުމަށް ބުނެލިއެވެ. ރާއިންގެ މޫނުމަތިން ހިތާމައިގެ އަސްރުފާޅުވާން ހުރުމުން ޒާޔާ ދެރަވިއެވެ. “އަހަރެން ޒާޔާމިގެނަނީ ވަރަށް ބޮޑުވާހަކައެއް ދައްކަންވެގެން…” ކުޑަދޮރުކައިރީ މަޑުކޮށްލަމުން ރާއިން އެހެން ބުނެލިއިރު އެއަޑުގައި އެތައް އަސަރެއް އެކުލެވިގެން ވިއެވެ.
“އަހަންނަށް ވަރަށް ބޮޑުކަމެއް ކޮށްދެން ވެއްޖެ…….” ހިންދިރުވާލަމުން ރާއިން ބުނެލިއެވެ. މިހާރު އެދެލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ. މޫނުމަތީގައިވަނީ މާޔޫސްކަމެވެ. ފުންނޭވައެއް ދޫކޮށްލަމުން ޒާޔާއަށް ގޮވާލަމުން އެނބުރުނެވެ. އެކަމަކު ދެންވެސް ވާހަކަ ނުދެއްކިފަ ހުރީއެވެ.
…………..
“ޒާ ….” ރާއިން އަނެއްކާވެސް ޒާޔާއަށް މަޑުމަޑުން ގޮވާލިއެވެ. ސޯފާ ކައިރީ ތިރީގައި ދެކަކޫޖަހާއިށިއިންނަމުން އުނގުމަތީގައި ބާއްވާފައި ޒާޔާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި އެއަތް ނަގައި ކޯތާފަތުގައި ޖައްސާލިއެވެ. ރާއިން ހީވަނީ އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދާއިރުވެސް ނުބުނެވިގެން އުޅޭހެނެވެ. ޒާޔާއަށް އެއަތް ދުރުކޮށްނުލެވުނީ ރާއިންގެ މޫނުމަތިން ފލުވާން ހުރިއަސަރުތަކުންނެވެ.
“ޒާ…. މިއަދު އަހަރެން ވަރަށް ބޮޑު ކަމަކުއެދެން…. ޒާ އަށް ނުކޮށްދެވެންޏާ އެއީ މައްސަލައެއްނޫން….. ބަޓް ….. ދުވަހެއްގެ ކޮޅުންވެސް އަހަރެން ހަމައެކަނި އެދޭނެ އެދުން މިއީ، އަހަރެން މިހާރު ގަބޫލުކޮށްފިން ޒާ އަހަންނާ މެރީކުރީ ހަމައެކަނި މަންމަގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައިކަން، އެން ޒާ މިހާރު އަހަރެންދެކެ ފޫހިވާކަންވެސް، އެކަމަކު…… އަހަރެން ބޭނުމެއްނޫން ޒާ ދޫކޮށްލާކަށް…… ޒާއާ ވަކިން އުޅޭނެ ހިތްވަރެއް އަހަރެންގެ ނެތް، ޒާ ދޫކޮށްލާކަށް އަހަރެން ބޭނުމެއްނޫން، ޒާއާ ޒުވާބުކުރާކަށްވެސް ބޭނުމެއްނޫން، މުޅި އުމަރަށް ޒާދޭ ޕަނިޝްމެންޓް ގަބޫލުކުރަން މިހުރީ، އައި ޑޯންޓް ރިގްރެޓް އިޓް، އައިނޯވ ޒާ ބޭނުންވާގޮތަށް ކަންތައްކޮށްދޭން އަހަރެން ޓްރައި ކުރިންކަން، ޒާބޭނުންވާ ޑިސްޓެންސް އަހަރެން ދިނިންކަން” ކޯތާފަތުގައި ޖައްސާލެވިފައިވާ ޒާޔާގެ ދެއަތުގައި ބޮސްދެމުން ރާއިން ވާހާކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް ވާހަކަ މެދުކަނޑާލީ ކުރިއަށް ގެންދަން އުނދަގޫވުމުންނެވެ. ޒާޔާއިނީ ރާއިން ބުނަންއުޅޭވާހަކައެއް ނުވިސްނިފައެވެ.
“އެކަމް އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އަހަރެންގެ މަންމައާއި ބައްޕައާ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހޭކަށް……. އެމީހުންގެ ދިރިއުޅުން މިހާހިސާބަށް ދިޔައީމަ ކުންޏެއް ޖެހޭކަށް…… ޒާ އަހަންނަށް މާފު ކޮށްދީ، އަހަންނަށް އެންމެ ފަހަރަކު އިތބާރުކޮށްދީ، އައި ލަވްޔޫ އަލޮޓް ބޭބީ، އައި ބެގް އޮފްޔޫ….. އަހަންނަށްޓަކާ މިކަމާ އެއްބަސްވޭ….. ނޫނީ މިކައިވެނި މަންމައަށްޓަކައި ކުރިހެން މިކަންތައްވެސް މަންމައަށްޓަކާ ކޮށްދީ، އަހަންނަށްޓަކާ މަންމަ އެގޮތަށް ކަންތައް ކުރާކަށް އަހަރެން ބޭނުމެއް ނޫން….. ޒާ މިގެއަށް ޗޭންޖްވާންވީނުން، އައި މީން އަހަރެމެން ދެމީހުން، ޒާ ބޭނުންވާ ޕްރައިވެސީވެސް އޭރުން ލިބޭނެ، އަހަރެން ދެރަވޭ ޒާ ސޯފާގަ ނިދާތީ، ބަޓް އައިނޯ އަހަންނާ އެއްކޮޓަރިއެއްގަ އުޅެންޏާ ޒާ ދުވަހަކުވެސް ބެޑްގަ ނުނިދާނެކަން،……. ރާއިންއަށް އޯކޭ ޒާ ބޭނުންވަންޏާ ވަކިން ރޫމެއްގަ އުޅުނަސް،އޭރުން އެކަން އެނގޭނެ މީހަކު ނުހުންނާނެ، …… ޒާ….. މަމް އަށް އެނގޭ އެބައުޓް އަސް…. މަމްއަށް އެނގޭ ޒާއަދިވެސް އަހަންނަށް ފޮގިވް ނުކުރާކަން….. ހުރިހާކަމަކަށް މަމް އަމިއްލައަށް ބްލޭމްކުރަނީ މަމްގެ ނަފްސަށް، މަމް އުޅެނީ ގެދޫކޮށްފަ ދާން، މަމް ބުނަނީ މަމްގެ އެއްވެސް ހައްގެއް ނެތޯ މިހާރު އެގޭގަ ހުރުމުގެ، މަމްއާހެދިއޯ ބައްޕައަށް ބައްޕަގެ ލޯބިވެސް ގެއްލުނީ، އަހަރެންގެވެސް ދިރިއުޅުން ހަލާކުމިވަނީ މަންމައާ ހެދިގެނޯ، މަމް ދުރުގަހުރެގެން އަހަރެމެންގަ ކައިވެނި އާބާދުވަންޏާ މަމް އެކަންވެސް ކުރަން އެހުރީ………. ދެހަފްތާއެއްހާ ދުވަސްފަހުން މަންމަމެން ފުރާނެ ދޮންދައްތަ ކައިރިއަށް، ޒާ އަށްވެސް އަޑިއިވިފަ އޮންނާނީ މަމް ޑޮކަށް ދައްކަންދަނީއޭ ކިޔާފަ، ބަޓް ޝީއިޒް ނޮޓް ކަމިންގބެކް، ޑޭޑް ކިހިނެތް އެކޮޅުގަ އަބަދު މަޑުކުރަނީ، އަހަރެންނަކަށް ނޭގުނު ޑޭޑް ކޮންވިންސް ކުރާނެ ގޮތެއް، ޑޭޑް ބޭނުމެއްނުވޭ އަހަރެން މިވާހަކަ މަމް ގާތު ދައްކާކަށެއްވެސް…….. ޒާ އައި އައި ލަވް ޔޫ، ޕްލީޒް އަހަންނަށްޓަކާ މިކަމަށް އެއްބަސްވެދީ ޕްލީޒް، ޕްލީޒް، ފޮގިވްމީ ޕްލީޒް،” ރާއިން އެންމެފަހުން ޒާޔާގެ އުނގުގައި ބޯއަޅާލިއެވެ. އޭރުވެސް އޭނަ އެދެމުން ދިޔައީ އެގެއަށް ބަދަލުވުމަށެވެ.
“އަހަރެން މަމް އަށް މުހިންމުކަން ދެނީކީނޫނޭ ޒާ، އަހަރެން ބޭނުމެއްނޫން ޒާ ގެއްލޭކަށް، އަހަރެން ބޭނުމެއް ނޫން ޒާ ގިލްޓީފީލް ވާކަށް، ޕްލީޒް ބޭބީ، އިތުރު އެއްވެސް ކަމަކަށް ޒާގާތުން ނޭދޭނަން، މުޅި އުމުރުދުވަހު އެއްވެސް އުފަލެއް ނުލިބިހުރެދާނަން، ޒާ ދޭ ކޮންމެ އަދަބަކަށް އެއްބަސްވާނަން، އައި ޑޯންޓް ވޯންޓް ލޫޒްޔޫ އެގެއިން، މިކަމަށް އެއްބަސްވެދީ، ޕްލީޒް އައި ބެގްއޮފްޔޫ” ޒާޔާގެ މޫނާ އެއްވަރަށް ތެދުވެ ރާއިން ވާހަކަ ދެއްކިއެވެ. ޒާޔާ އިސްއޮބާލައިގެން އިންނަމަވެސް އެލޮލުގައިވި ކަރުނަތައް ރާއިންއަށް ފެނުނުވެ. އެތަންފެނި ރާއިން އަނެއްކާ މާބޮޑަށް މާޔޫސްވާގޮތް ވިއެވެ.
“ޝޫހ، ރާއިން ބުނީމެއްނު ރާއިންއާ ހެދި ދުވަހަކުވެސް ޒާ ރޯކަށް ރާއިން ބޭނުމެއް ނޫނޭ، ނޯވަން އިޒް ބްލޭމިނގް ޔޫ، އައި ޕްރޮމިސް، ބޭބީ ޑޯނޓް ކުރައި، ޔޫ ޑޯންޓް ހޭވްޓް ޑޫއެނީތިންގ ޔޫ ޑޯންޓް ލައިކް، ޕްލީޒް ނުރޮއިބަ، ޒާ” ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ރާއިން ތަކުރާރު ކޮށްލިއެވެ. ނިތާއި ނިތް ޖައްސާލަމުން ޒާޔާގެ ދެލޮލުގައި ބޮސްދިނެވެ. އެލޮލުން ވެއްޓުނު ފުރަތަމަ ކަރުނަތިކި ފޮހެލަދިނީ ނުހަނު ލޯބިންނެވެ.
ޒާޔާ ރާއިންގެ ލޮލަށް ބަލަހައްޓައިގެން އިންދާ ކުއްލިއަކަށް ރާއިން ތެދުވިއެވެ. “ޝިޓް” އެއްއަތުން ނިތުގައި ހިފަހައްޓާލަމުން ހިތާހިތުން ރާއިން ކިޔާލިއެވެ. ކަންތައް ވީގޮތް ޒާޔާއަށް ވިސްނުމުން އިތުރަށް އެދެލޯ ފެންކަޅިވިއެވެ. އިހުސާސްތައް ކޮންޓްރޯލް ކުރަން ތުންފަތުގައި ދަތް އަޅާލިނަމަވެސް ކަރުނަތައް އޭގެ މަގާމު ދޫކޮށްލައިފިއެވެ. އެއްފަހަރާ އެތައް އެއްޗެއް އޭނަގެ ހިތަށް އަރާފައިބަމުން ދިޔައެވެ.
“ކީކޭ ދޮންބޭ……… އާ އޯކޭ” އިވުނީ ރާއިން ފޯނުން ވާހަކަ ދެއްކިއަޑެވެ.
“އިޓްސް ގެޓިންގ ލޭޓް، ހިނގާ ދޯދާން” ފޯނު ނިމުމުން ރާއިން ޒާޔާއާ ވީފަރާތަށް އެނބުރި ބުނެލިއެވެ. އަދި ޒާޔާއަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ހިފަން މިއަދު ޒާޔާ ދެކޮޅެއް ނުހަދައެވެ.
“މިރޭ މިދެއްކިވާހަކަ އެއްވެސް މީހެއްގެ ގާތު ނުދައްކައްޗޭ ޕްލީޒް” ސައިކަލަށް އަރާ ދުއްވާލަމުން ރާއިން އެދުނެވެ.
ނަމަވެސް ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ. ފެރީތެރޭގައި އިންއިރުވެސް އަދި ގެއާ ހަމައަށް އަންނަންދަކަށްވެސް އޭނަގެ އެހަމަހިމޭން ކަމަކަށް ބަދަލެއް ނާދެއެވެ.
“ކަރަންޓް ނެތިތަ” ގޭގެ މައިދޮރު ހުޅުވާލަމުން ސިޓިންގްރޫމްގައި އެއްވެސް އަލިކަމެއް ނެތުމުން ޒާޔާއަށް ބުނެވުނެވެ. ކުރިއަށް ހިނގައި ގަންނަން ނުކެރިފައި ހުރެ ރާއިންގެ އަތުގައި ހިފާލިއެވެ.
“ސަޕްރައިޒް…..” ދެފިޔަވަޅު އެޅިތަނާ މުޅިތަން އަލިވެގެން ދިއުމާއެކު އިވިގެން ދިޔައީ އެބަހެވެ.
“ހެޕީ ބާރތްޑޭ ޒާ….” ޒާޔާގެ ގައިގައި ބައްދާލަމުން ސަނާ އެންމެ ފުރަތަމަ ބުނެލިއެވެ.
“އަވަހަށް ހިނގާ ކޭކު ފަޅަން” އިވިގެން ދިޔައީ ސަލްމާގެ އަޑެވެ. ސަލްމާގެ މޫނުފެނުމުން ރާއިން ދެއްކިވާހަކަތައް އަލުން ޒާޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ލޯފެންކަޅިވީ ބަސްބުނާހާ ހިނދުގައެވެ.
“އައްދެ ހާދަބޮޑަކަށް ތިއުފާވީ…… ހެހެހެހެ…، އަވަހަށް ހިނގާ ކޭކުފަޅަން” ޒާޔާގެ އަތަށް ދަމާލަމުން ސަނާ ކުރިއަށް ހިނގައިގަތެވެ. މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްގެން ޒާޔާ ހިނގައިގަތެވެ. ކޭކު ފަޅާނިމިގެން އެންމެން ހަދިޔާދި އަދި ފޮޓޯނެގިއިރުވެސް އޭނަހުރީ ނޭވާހިފަހައްޓާލައިގެނެވެ. އަމިއްލައަށް ކުށް އިހުސާސް ކުރެވެނީއެވެ.
“ތެންކިޔު މަންމާ، އެން ދޮންބެދައްތާ….” ފޮޓޯނަގާ ނިމުމުން ޒާޔާ ބުނެލިއެވެ.
“އަސްލު ތެންކިޔު ބުނަންވީ ރެންއަށޭ ދޯ ދައްތާ…. ރެން މިހުރިހާ ކަމެއް ޕްލޭން ކުރީވެސް، އެން އެހާ ޓައިމްއަށް ގެއަށް އައީމަ ތެންކްސް އިނގޭ…، ކޮބާތަ ރެންގެ ގިފްޓް” ސަނާ ފޯރީގައި ހުރެފަ ބުނެލިއެވެ.
“ދެން ރެންގެ ގިފްޓް ދައްކާނަން ފަހުން……”
ހީމަޖާ ކުރުމުމުގެ ވަގުތު ކޮޅަކަށްފަހު ރޭގަނޑުގެ ސަލާމް ކޮށްލަމުން އެމީހަކު އެމީއެއްގެ ކޮޓަރިއަށް ވަނެވެ. “އެބަދަން އިރުކޮޅަކުން” އަތުގައި އޮތް ފޯނު ދައްކާލަމުން ރާއިން ބުނެލިއެވެ. ކޮޓަރީގެ ދޮރުހުޅުވާލުމުން ޒާޔާއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ބޮޑު ޕާރްސެލް އަކާއެކު މާބޮނޑިއެއް އެނދުމަތީގައި ބާއްވާފައި އޮތެވެ. ރާއިން އޭނައާއެކު ނައީ މިހެންވެގެން ހެއްޔެވެ؟ މަޑު ހިނގުމެއްގައި ގޮސް ޒާޔާ މާބޮނޑި ނެގިއެވެ. ކައިވެންޏަށް 6 މަސް ވާން ކައިރިވެފައި ވިނަމަވެސް ޒާޔާ ދުވަހަކުވެސް ރައިން ދޭ އެއްވެސް ހަދިޔާއެއް ކަނޑާފައެއް ނުވެއެވެ. އެހެންވެ މިރޭ އޭނަ ހީކުރީ ރާއިން އޭނައަށް ހަދިޔާއެއް ނުވެސް ދޭނެކަމަށެވެ. ކޮންމެފަހަރަކުވެސް ހަދިޔާ ދޭތަނުގައި ބާއްވާފައި އޮންނަނީއެވެ. ރާއިން ފަހުން އެއަށް ހަދަނީ ކިހިނެތްކަމެއް އޭނައަކަށް ނޭނގެއެވެ. ނުވެސް އަހައެވެ.
ކުރިން ކަންތައް ކުރެވިފައި ހުރިގޮތް ހަނދާންވުމުން ޒާޔާއިތުރަށް ދެރަވިއެވެ. ރޮވެން ފެށުނު ނަމަވެސް މާ ބޮނޑީގައި ވަސްގަނެލަމުން މަޑުމަޑުން ޕާރުސަލް ކަނޑާލިއެވެ. އޭގައި އޮތީ ޕީޗް ކުލައިގެ އަބާޔާ ހެދުމަކާ ރަތް ކުލައިގެ ޝޯވްލް އެކެވެ. އަދި އެހެދުމާ ގުޅޭ ފައިވާނާކާ ކްލަޗްއެކެވެ. އިރުކޮޅަކު އެއެއްޗެއްސައް ބަލަހައްޓައިގެން ހުރެފައި އަލަމާރިއަށް ލިއެވެ. އަދި މާބޮނޑި ނަގާ ވާސްއަކަށް ފެން އަޅައި ޖަހައިލިއެވެ. ދެން އަވަސްއަވަހަށް ފާޙާނައަށްވަދެ މޫނު ދޮވެލައި އެއްޗެހި ބަދަލުކޮށްގެން އައިސް ސޯފާގައި ނިދަން އޮށުއޮތެވެ. ބޭނުމަކަށްވީ ރާއިން އަންނައިރު އޭނައާ ކުރިމަތި ނުލުމެވެ.
ކޮޓަރިއަށް ވަދެފައި ރާއިން އެންމެ ފުރަތަމަވެސް ބަލާލީ އެދުމައްޗަށާ ދިމާއަށެވެ. ޕާރްސަލާއި މާބޮޑި ނެތުމުން ހަމަޖެހުމގެ ނޭވައެއް ލާފައި ސޯފާގައި އޮށުއޮވެގެންއޮތް ޒާޔާއަށް ބަލާލިއެވެ. ލޯމަރައިގެން އޮތް އިރުވެސް އެލޮލުން ކަރުނަތައް އަންނަތަން ފެނުމުން އެހިތުގައި ރިއްސާލިއެވެ.
ނިދަން އުޅުނުކަމުގައިވިނމަވެސް ޒާޔާއަށް ނުނިދުނެވެ. އެކިހިޔާލުތަކުން އެހިތް އަދިވެސް އިތުރަށް މާޔޫސްވަނީއެވެ. ރުއިމަކަށް ހުއްޓުމެއްވެސް ނައެވެ. ގިސްޖެހޭއަޑު ރާއިންއަށް އިވޭކަމެއްވެސް އޭރު ހަނދާން ނެތީކަންނޭނގެއެވެ. ޒާޔާއާ ދިމާ ބަލަހައްޓައިގެން އިންކަމުގައިވިޔަސް ރާއިންއަށް ޒާޔާ ގާތަށް ދާން ފަސްޖެހެވުނެވެ. ކައިވެނީގެ ފަހުން ޒާޔާ އެގޮތަށް ރޯ މިއީ ފުރަތަމަފަހަރެވެ. ޒާޔާ މެއާލާ ބޮޑިކޮށްލަން ބޭނުންވިނަމަވެސް ޒާޔާ ހިތްހަމަ ނުޖެހިދާނެތީ އެގޮތަށް ކަންތައް ކުރާކަށް ނުކެރުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.


I m first. .. ❤ ?
dhen thi dhemeehun gulhigen ulheynee kn iraku tha??? mee kithah episode ge stry eh ???????? salhi vr… vr inthixaaru kurevey mi stry ah
This is sad!!! Come on u 2 dumbozos… esp zaaya.. raain is waiting for u to take the first step.. giv him a chance.. n raain.. she is all urs.. just if she is hesitating, u make the move… waiting for both of them to accept each other n show hw much love they hv for one another… dont wait too long.. kurin raain regret kurihen zaaya ves regret kuran jehidhaane… story is as always vvv nice.. grt work dark angel
Haadha kurey mi part. Next part kn irakun up koh dheynee? V reethi mi part vx. Waiting for next part.?
Wow.. ?
Mi dhemyhun dhen avahah gulhuvan veenun! Anekka haadha kurey mi part
Really nice
V v salhi mi story! ” ekn mi prt maa kury!! Miah vuren avahah up koh dhevey kah nehtha!!! Hama kiyaa hithun mi buny,, keep it
Alhey nimuniytha v v rythi
Best story… Thank u dark angel
wow…?? alheyy thankolheh avahah next part up koh dhybaa
Alheyy v v v nice. . Next part kn irakun??
Haadha kureyyy mi part
nxt part kn irakun tha?? cant wait for tht….vrh ufaavey mihaaru daily koh bunaa dhuvahah up kohdheythy bt thankolheh kury…i think 50 parts kanneynge dhw mivaahakaiga innaany…….stry nimen ulheythy vrh dheravey….plzz nxt part v v v dhigukoh v v v v v v v avahah up kohdhehcheyy…this is the best story in this site 🙂 🙂 🙂
story hama habeyyss…..nxt part avahah kiyaalan libeyne kamah ummeedhu kuran
V nice mi part vx…kn irakun nxt part up vaanee..?
Vvv reethi alhe avahah upkohba
Thi dhemeehun eggalah aruvaba dhen..
Aleyy nice tank u dark angel
Wow.. reethikan inthihaa……
Mihaaru dhen mi massalagandu ninmanbejjennu. Maa dhigu dhanmanee.
Zaayaa is too much.
vvvvvvvvvvvvvvvv nice mi part******reethikan,,,,,
vvvvvv reeethi…. next episod konirakuntha????
Next episode kon irak? Let us know that please darkangel
Inthizaaru ga hureemey
Wooowwww.. Really nice… Very touching ?❤
Kn irakun tha nxt part up vaany
Kobaaaaaa next part. Darkangel plz do not disappear again.
Hey guys, so sorry for a late reply, thank you everyone for reading. Will upload last part of the story on Friday insha Allah. ☺
Last part thankolheh dhigukoh genaasdhehchey… Waiting 4 it…
vv salhi
Ehaa avahah nuninmaba…varh kiya hiyvaa story ekey mee…
Ehaa avahah nuninmaba please dhen ?
Varah loabi Vaahaka eh mi
Ehaa avahah ending nugeneba, pls
Adhi last part gehna vareh nuvey.. Adhi miah vure dhigu kohla Bala..plxxxxxxxxxxxxxxxx
Why we can’t see episode 50.. is this story update upto 49 yeh.
Koba story.. Friday ga upkuraane vaahaka buneema hama inthizaaru ga mi iny
Kobaa story… waiting 4 it… Miadhu miee friday ehnu… plx avahah up kohdheebala…
Its friday ☺inthizaaruga
Waiting waiting
Waiting……waiting
Inthixaar inthixaar kuramun midhaa inthixaar nimuu me nuvaa inthixaar abadhume kurevey inthixaar foosenuvaa inthixaaru dhegothe nuvaa inthixaar
Koba koba haadha lahey.plz upload it soon
Kobaaahey vaaaaahaka… waiting waiting waiting………….
Kobaa inthixaaru ge nimun ananee kon iraku
Kn irakuntha up vaany vrhaka
Hey guys so sorry I couldn’t upload story tday, I tried to complete it tday bt since I was traveling tday n was quite bxy last week I couldn’t, bt insha Allah will upload it tmrw, it will be uploaded before 7 PM, insha Allah.
Inthixaar umura kuraa inthixaaru
Okay…. waiting waiting ..
Kobaatha
Waiting waiting