Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސާޅީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 25, 2016 11 Mins Read
57 Comments

ކަޅި ޖަހާނުލާ މީރާ ހުރީ އެ ފެންނަ މަޚްލޫގާ ދިމާއަށް ބަލާށެވެ. ދެން ފެނުނީ އެ އަަންހެން ކުއްޖާގެ ކުދި ބުޅި އިސްތަށިތައް ފޯލި ފޯއްޔަށް ވައިގެތެރޭ ވިހުރެން ފެށިތަނެވެ. އޭނާގެ އިސްތަށިގަނޑެކޭ ބޯވަ ފައިތަކެކޭ ތަފާތެއް ނެތެވެ. ގައިގެ ހަންގަނޑު ހުދުވެގެން ދިޔައެވެ. މުޅިގައިގަ ހުޅުނބު ފަޅަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. މީރާ ހާސްވެ ދެލޯ ބޮޑުވީ އެ މަޚްލޫގު މީރާއާ ދިމާއަށް ކުރިއަށް ޖެހުމުންނެވެ. އޭރު އެ މަޚްލޫގު ހުރީ އުޑަކު ބިމަކު ނުޖެހިއެވެ. މީރާ ގައިން ހީބި ހިލުވާލިއެވެ. މީރާގެ ގައިގައި އޭތީގެ އަތް ޖައްސާލުމާއެކީ ރޯމަހެއްހެން މީރާ ތެޅެން ފެށިއެވެ.

ދެއަތުން ތަޅަމުން މީރާ ހަޅޭއްލަވާ ރޯން ފެށިއެވެ. “ނޫން.. ނޫން… އަހަރެން ގައިގަ އަތް ނުލާތި… މިތަނުން ދޭ… ނޫން… އަތްނުލާށޭ…. ކަލޭ ތިއުޅެނީ އަހަރެން ކޮށްޕާލަން… އަހަރެން މަރާލަން… އަހަރެންގެ ކުއްޖާވެސް މަރާލަން… ނޫން.. ނޫން…”

“އޭއި މީރާ…. ހަމަ ޖެހިބަލަ މީ މަށޭ….” މީރާގެ ދެއަތުގައި ހިފާ ރިޔާޒް ތަޅުވާލިއެވެ. ދެލޯ މަރައިގެން ހުރެ ދެއަތް ތެޅިފޮޅެމުން ހަޅޭއްލަވަމުން ދިޔަ މީރާގެ ކަންފަތުގައި ރިޔާޒްގެ އަޑު ޖެހުމާއި އެކީ ގަޔަށް އަރުވަމުން ދިޔަ ވަރުގަނޑު މުޅިންހެން މަޑު ވެއްޖެއެވެ.

“ކީކޭތަ ތި ކިޔަނީ؟… ކާކު މަރާލަން އުޅެނީތަ؟… ކިހނެއްވީތަ؟…މީރާ ވާހަކަ ދައްކަބަލަ…” ރިޔާޒް ހުރީ އިންތިހާއަށް ހާސްވެފައެވެ. މީރާގެ އަނގައިން ބޭރުވި ބަސްތަކުން މީރާއަށް މީހަކު އުނދަގޫ ކުރާކަށް ރިޔާޒަށް ނަގައިގަނެވުނެވެ.

“ތިވާހަކަ ދައްކާނީ އެތެރެއަށް ގޮސް…. އާދޭ އެތެރެއަށް…” ޟިރާރު ލިފްޓުން ފައިބަމުން މީރާގެ އަތުގައި ހިފަމުން އެތެރެއަށް ހިނގައިގަތެވެ. އެޕާޓްމަންޓްގެ ދޮރާ ހަމައަށް ދިޔަ އިރުވެސް މީރާގެ ނަޒަރު ހުއްޓިފައިވަނީ ސިިޑިއާ ދިމާއަށެވެ. އޭރު މީރާ ބިރުން ރޫރޫ އަޅަނީއެވެ. އަނގައިން ބަހެއް ނުބުނެވުނެވެ.

ސޯފާގައި މީރާ ބޭންދުމަށްފަހު ރިޔާޒް އަވަސްވެގަތީ ފެންތައްޓެއް އަޅާށެވެ. ފެންފޮދެއް ހިފައިގެން މީރާ ގާތަށް ޖެހުނުއިރު މީރާގެ މޫނަށް އަރާފައިވާ ކުލަވަރުން ރިޔާޒް ހުއްޓުން އެރިއެވެ. އަދިި މަޑުމަޑުން މީރާގެ ނިތްކުރީގައި ރިޔާޒްގެ އަތުގެ ކަޅުހަން ޖައްސާލިއެވެ. މީރާ އިނީ ހުން އައިސްފައެވެ. ޑޮކްޓަރ ދިން ބޭސްތައް ނަގާ މީރާއަށް ފަހަރަކު ގުޅައެއް ރިޔާޒް ދިއްކުރިއެވެ. ބޭސްތަކާއި އެކީ ފެންތަށި ބޮއި ހުސްކޮށްލުމަށްފަހު މީރާ ބޭނުންވީ އަރާމު ކޮށްލަން ކޮޓަަރިއަށް ދާށެވެ.

“އަހަރެންނަށް އަހަރެން ސިޑިން ކައްސާލި މަންޒަރު ފެންނަ ކަހަލަ… ހޮސްޕިޓަލުގަ އޮއްވާ ފެނުނު ބިރުވެރި ހުވަފެން އަދިވެސް ލޯމައްޗަށް ސިފަވާ ކަހަލަ… އަހަރެން ބޭނުންވަނީ ނިދާލަން… ރިޔާ… އަހަރެން މިދަނީ ކޮޓަރިއަށް…” މީރާއަށް ވީގޮތުން ރިޔާޒް އެތައް ސުވާލެއް ކުރާނެކަން މީރާއަށް އެނގުނެވެ. ނަމަވެސް މީރާ ބޭނުންވީ އެކަން ސިއްރު ކުރާށެވެ. އަވަހަށް ކޮޓަރިއަށް ވަދެ އަތުގައި ތަވީދު އެޅުމުން އޭތީގެ އުނދަގުލެއް ނުޖެހޭނެކަން މީރާއަށް އެނގުނެވެ. އާއިލާ އެންމެން ހާސްކުރުވަން މީރާ ބޭނުން ނުވާތީ އެ ވާހަކަ އޮޅުވާލިއެވެ.

ސޯފާއިން ތެދުވެގެން ކޮޓަރިއަށް ދިއުމަށް މީރާ އަވަސްވެގަތެވެ. ބިއްލޫރި ހުސް ތަށި ކާ މޭޒުމަތީ ބެހެއްޓުމަށްފަހު ރިޔާޒް އެނބުރުނީ މީރާ ކައިރީ ދެންމެ ވީ ކަންތައް އޮޅުން ފިލުވާށެވެ. ނަމަވެސް އޭރު މީރާ ގޮސް ކޮޓަަރިއަށް ވަންނަަނީއެވެ. އެހެންކަމުން ރިޔާޒްވެސް ބެނުންވީ ކޮޓަރިއަށް ދާށެވެ. މިއަދު އޮފީހަށް ދިޔައީތީ މީރާއާ ދުރުގަ ގިނަވަގުތު އުޅެން ޖެހުމުން ރިޔާޒް ބޭނުންވީ މީރާއާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް ރިޔާޒްގެ ފިޔަވަޅު ހުއްޓުމަކަށް އައީ ޟިރާރު ގޮވާލުމުންނެވެ. ސޯފާގައި އިށީނދެގެން އިން ޟިރާރު ކަމަކާ ވިސްނަމުންދާ ކަން ރިޔާޒަށް ނަގައިގަނެވުނެވެ. އަވަހަށް ބައްޕައަށް ޖަވާބުދާރީ ވަމުން އައިސް ސޯފާ ކައިރިއަށް ހުއްޓިލީ ބައްޕަ ބުނަން އުޅޭ ވާހަކައެއް އަޑު އެހުމަށެވެ.

“އެކާލޯ… މަންޝާ އެނގެއި؟…” (ދަަރިފުޅާ… މަންޝާ ދަންނަންތަ؟…) ދެބުމަ ގޮށް ޖަހައިގެން އިން ޟިރާރު ކުރި ސުވާލުން ރިޔާޒް ހައިރާންވިއެވެ.

“ހާން…. އެއި އަޒީމްގެ އަންހެނުން…. ބައްޕާ އިނގެއިނުން އަޒީމް… އަލިތައްކާނާ އިބްޒީމާގެ ދާރަށް އެއް..” (އާން… އެއީ އަޒީމްގެ އަންހެނުން… ބައްޕައަށް އިނގެއެއްނު އަޒީމް… އަލިތައްކާނާ އިބްޒީމާގެ ދަރި….) ރިޔާޒަށް މަންޝާ އެނގުނުގޮތް ކިޔައިދޭން ފެށީ ޟިރާރުގެ މަގަތުން ސޯފާގައި އިށީންނަމުންނެވެ.

“ހާން… ތެކަން އިނގެއި… މީރާ އެކޮއްޔާ ދެނީ؟… މަންޝާ އެއީ ކޮން ރަށަކު ކޫދަށް؟…” (އާން…ތިކަން އިނގޭ… މީރާ އެ މަންޖެ ދަނޭތަ؟… މަންޝާ އެއީ ކޮން ރަށަކު ކުއްޖެއްތަ؟…) ޟިރާރު އިތުރު ސުވާލުތައް ކުރަމުން ރިޔާޒާ ދިމާއަށް އެނބުރިލިއެވެ.

“މީރާ މަންޝާއިއެކީ ވޭނޑެނެއި ކިޔަވާ.. މާލޭގަ ފެކަލްޓީއެ ދެވެރިން އެކީ ކޯސް ހަދާށް ވޭނޑެނެއި… އެކޯކަދުން މީރާއި މާންޝާއި ވަރަށް ގާއްވޭހެ… މަންޝާއީ ކާށިދޫ ކޫދަށް…. ކެހެނެކަށްވީ ބައްޕާ؟…” (މީރާއާ މަންޝާއާ އެކީ އުޅުނީ ކިޔަވަން… މާލޭގަ ފެކަލްޓީއިން ދެމީހުން އެކީގަ ކޯސް ހަދަން އުޅުނީ.. އޭރުން ފެށިގެން މަންޝާއާ މީރާއަ ވަރަށް ގާތްވާނެ.. މަންޝާ އެއީ ކާށިދޫ ކުއްޖެއް… ކިހިނެއްވީ ބައްޕާ؟…) ރިޔާޒް ސޯފާއިން ތެދުވަމުން ބައްޕަ އެހާވަރަށް މަންޝާއާ ބެހޭގޮތުން ސުވާލުކުރީ ކީއްވެތޯ އަހާލިއެވެ.

“ކަމަށް ނިވެއި؟… ބަލަ މިއޮއް ޚަަަބަރަށް… އަދޮ މަޖްލިސް ކުރިއަށް ނިގެނެވިގެން ހުއްޓަލީއްޔޯ… މިއޮތީވާ ކަމަށް ވާ…” (ކަމެއް ނުވޭ؟… ބަލަ މިއޮއް ޚަބަރެއް… މިއަދު މަޖްލިސް ކުރިއަށް ނުގެންދެވިގެން ހުއްޓާލީޔޯ.. މިއޮތީ ވާކަމެއް!…) ޓީވީގެ ރިމޯޓް ނަގާ އަޑުބާރުކޮށްލަމުން ޟިރާރު ވާހަކަ އޮޅުވާލަން މަސައްކަތް ކުރިއެވެ. އެވަގުތު ޓީވީން ދައްކަމުން ދިޔަ ޚަބަރަށް ރިޔާޒްގެ ސަމާލްކަން ހުސްވިއެވެ. އަނބުރާ ސޯފާގައި އިށީންދެ ހަމަޖެހިލިއެވެ.

*** *** *** *** *** ***

ފަތިހު މާލެ ފަޅަށް ބޯޓު އައިސް ވަނުމާއި އެކީ މަންޝާ ތެދުވެ ހިންދެމިލިއެވެ. އަތްދަބަހަށް ހުރިހާ ސާމާނެއްލާ ހަމަކޮށްލުމަށްފަހު ބިއްދަށަށް އެނބުރިގެން އޮތް އަފްނާނުގެ ގައިގާ ކޮއްޓާލިއެވެ. އޭރު މުނީރާއާ މަދީހާއާ ވެގެން ތަންމަތި ބަންނަނީއެވެ. ސިހިފައި އަފްނާނު ތެދުވެ އޭނަ ބޯ އަޅައިގެން އޮތް ބާލިސް މުނީރާއަތަށް ދިއްކޮށްލިއެވެ. ބާލީހުގައި މުނީރާ ނުހިފައި އޭނާ ކުރަމުން ދިޔަ މަސައްކަތައިގެން އަވަދި ނެތި އުޅުނެވެ. އަފްނާނު ކަރުއެލުވާލިއެވެ. އޭނާގެ މަންމަގެ ފަރާތުން އަޅާލުން ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެންމެ ފަހުން އަފްނާނުގެ އަތުގައި އޮތް ބާލީހުގައި ހިފީ މަދީހާއެވެ. ބެޑްޝީޓާ އެކީ ބާލީސްތައް ބަނދެލުމަށްފަހު ބޯޓުން ފޭބުމަށް އެންމެން އަވަސްވެގަތެވެ.

“ދަރިފުޅާ… މަންމައަށް އަޒީމް ދައްކަށްޗޭ!… މަންމައަށް ނޭނގޭނެ ފެނުނަސް…” މަދީހާ ހުރީ އަޒީމާ ބައްދަލުކުރާ ހިތުން ކެތްމަދުވެފައެވެ.

އަޒީމްގެ ނަން ހިތަށް އެރުމުން މަންޝާގެ މޫނުގެ ކުލަވަރު އޮއްސުނު ކަހަލައެވެ. ބޯޓުން ފައިބަމުން ތޮށިގަނޑު ކައިރިއަށް އައިސްފައިވާ ޕިކަޕުތަކާއި ޓެކްސީތަކާއި މީހުންތަކާ ދިމާއަށް ބަލާލެވުނެވެ. ދުރުން މީހަކު އަތް ހަނާއަޅާލިތަން ފެނުމުން މަންޝާއަށް އެދިމާއަށް ބަލާލިއެވެ. މަދީހާގެ އުޅަނބޮށީގައި ކޮއްޓާލަމުން މަަންމައަށް މަންމަގެ ދަނބިދަރި ދައްކާލަން އިނގިލިން އަޒީމާ ދިމާއަށް މަންޝާ އިޝާރާތްކޮށްލިއެވެ. މަދީހާމެން ތިބި ދިމާއަށް އަޒީމް އައިސް ހުއްޓެމުން މަދީހާއާ ސަލާމްކޮށްލިއެވެ.

“އަހާ… ކޮންކަހަލަ ސަޕްރައިޒެއް ތިދިނީ… މަންޝާ ނުވެސް ބުނޭ މަންމަ އަންނަ ވާހަކައެއް… ހިނގާ އެއްޗިހި އަރުވަން… ޕިކަޕެއްތަ ނޫނީ ކާރެއްތަ ހޯދަންވީ….” އަޒީމް އެންމެންނަށް ބަލާލަމުން ވާހަކަ ދެއްކީ ހިނިތުން ވަމުންނެވެ.

“އަޒީމް ދަރިފުޅާ… ބޯޓުން ފޮށިތައް ބާލަ ދޭންވީނުން.. ޕިކަޕެއް ހޯދިއްޔާ ފަސޭހަވާނީ… ވަރަށް ފޮށިތައް ގިނަވާނެ….” އަޒީމާ ދިމާއަށް އަތް ހަނާއަޅަމުން މުނީރާ ވާހަކަ ދެއްކިއެވެ. އަޒީމާއެކީ ނަވާފްވެސް ހުއްޓެެވެ. މަންޝާއާ ސަލާމް ކޮށްލަމުން އަޒީމާ އެކީ ބޯޓުން ފޮށިތައް ބާލަން ނަވާފް އެހީތެރިވިއެވެ.

“އާދޭ ޕިކަޕަށް އަރަން…” ފޮށިތައް ޕިކަޕަށް އަރުވާ ނިންމާލުމަށްފަހު އަޒީމް އެންމެނަށް ގޮވާލިއެވެ. “ކޮބާ ހަސަންބެ؟… ހަސަންބެ ދިވެހިބޭސްގަނޑެއް އަޅާވާހަކަ ބުނި… އެކަން ނުނިމެނީތަ؟…” މުނީރާ ކައިރިއަށް ހުއްޓެމުން އަޒީމް އަހާލިއެވެ. ލުއި ހިނިތުންވުމަކާއި އެކީ މުނީރާ ހޫން އަޅުވާލި އިރު އެންމެންނަށްވެސް ތިބެވުނީ މުނީރާ ދޭނެ ޖަވާބަކަށް ބަލާށެވެ.

ހަދީޖާ ޕިކަޕުގެ ކުރީ ސީޓަށް އަރުވައިދިނީ އަޒީމެވެ. އަޒީމްގެ އަތުގައި ހަދީޖާ ފިރުމާލަމުން ހިނިތުންވިއެވެ. ” ތީ މަންޝަގެ މާމަ؟…” މަދީހާ ޕިކަޕު ފަހަތުގައި ހުރެ އަޒީމާ ދިމާއަށް ގުދުވެލަމުން ބުނެލިއެވެ. އޭރު މަންޝާވެސް އިނީ އެ ޕިކަޕުގެ ފަހަތުގައެވެ. އަފްނާނާ އެކީގައެވެ. އަޒީމަށް އިތުރުއެއްޗެއް ބުނާކަށް ނުކެރުނެވެ. ޕިކަޕު ނައްޓާލީ މުނީރާމެން ދިރިއުޅޭ ގެއާ ދިމާއަށެވެ. އެހެންކަމުން ނަވާފާ އަޒީމާ ދެމީހުން ސައިކަލުގައި ޕިކަޕު ފަހަތުން ދުއްވާލިއެވެ.

“ކީއްވެތަ މަންޝާ ކައިރީ ސައިކަލަށް އަރާށޭ ނުބުނީ؟…”  ސައިކަލު ދުއްވަމުން ނަވާފް ވާހަކަ ދެއްކީ އަޒީމާއެވެ. އަޒީމާ ނަވާފާ ދެމީހުން އައީ ދެ ސައިކަލެއްގައެވެ.

“އެއްޗެކޭ ބުނާނެ ވަގުތެއް ނުވިއެއްނު… ދެން މަ ބަލާލި އިރު އޭނީީ ޕިކަޕަށް އަރާ… ޔަގީން އަދިވެސް އެ ހުރީ ނައްޓާފަަ….” އަޒީމް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކަޅި އަމާޒްވެފައިވަނީ މަންޝާއާ ދިމާއަށެވެ. ދޭތެރެއަކުން މަންޝާ ފަހަތަށް ބަލާލައެވެ. ނަމަަވެސް އަޒީމާ ދިމާއަށް ބަލާވެސް ނުލައެވެ.

“މަންޝާ ވަރަށް ހިކިދޯ… އަޒީމް ތި ގޮލައާ ހެދި އޭނަ ހިތާމަ ކޮށްކޮށް އެހެރީ ހިކިފަ… އެހެންހަދަން ހެޔޮވެސް ނުވާނެ…” ޕިކަޕު މަޑުކޮށްލުމުން ނަވާފް އެގޭ ކައިރީ ހުރި ޕާކިންޒޯންގެ ހުސް ޖާގައަށް ސައިކަލު ޕާކްކޮށްލަމުން އަޒީމާ ވާހަކަ ދެއްކިއެވެ. މުނީރާމެން ގެއަށް ގެނައި ފޮށިތައް ބޭލުމަށްފަހު މަންޝާގެ ފޮށިތަކާއިއެކީ ޕިކަޕު ދުއްވާލީ އަޒީމްގެ އެދުމަށް އަޒީމްމެން ގެއާ ދިމާއަށެވެ. މަދީހާމެން ދޮރުމަތީ ތިއްބާ ސައިކަލަށް އަރަން އަންނަން އަޒީމް އެދުމުން މަންޝާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެހެންކަމުން އައިސް އަޒީމްގެ ސައިކަލު ފަހަތަށް އަރާ އިށީނެވެ. މަންޝާ އިނީ އެހެންޏާ އިށީނދެ އިންނަ ހިސާބަށްވުރެ ދުރުގައެވެ.

ގެއަށް އާދެވުމުން މަންޝާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އަޒީމާއެކީ ނަވާފް އުޅުނީ ފޮށިތައް އަރުވާށެވެ. ގޭތެރެއަށް ފޮށިތައް ވެއްދުމަށްފަހު ނަވާފް ސޯފާގައި ޖައްސާލިއެވެ. އައިސް އަލަމާރިން ފެން ފުޅިއެއް ނެގުމަށްފަހު އަޒީމް ފެންފޮދެއް ބޯލިއެވެ. އަދި ނަވާފާ ދިމާއަށް އެފެންފުޅި ދިއްކޮށްލިއެވެ.

“ސައެއް ބޮއިގެންދޯ ދާނީ… މަ އެބަ އަންނަން މަންޝާ ގޮވައިގެން….” ނަވާފް ހުސްކޮށްލާފަ ދިން ފެންފުޅި މޭޒުމަތީ ބަހައްޓަމުން އަޒީމް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“ނޫނޭ… މަ ދެން މި ގޮސްލަނީ… ސަޔަކަށް ވުރެ… ތި ދެކުދިން އެއްގަލަށް އެރޭތޯ ބަލާ… އޯކޭ ދެން މަ ކަނޑާލީ… މަންޝާއާ ވާހަކަ ދައްކާއިރު ވަރަށް ވިސްނާތީ؟… ސީޒް ޕްރެގް… ވަރަށް ފަސޭހައިން ނައްޓާނެ… މި ދުވަސްކޮޅު ހޯމޯންސް ވަރަށް ހައިވާނެ… ގުޑްލަކް ބަޑީ…” އަޒީމަށް ހިތްވަރުދެމުން ނަވާފް އެގެއިން ނުކުތީ އޭނާ ގެއަށް ދާށެވެ.

ކޮޓަރިއަށް އަޒީމް ވަނީ ބޮލުގައި ފިރުމަމުންނެވެ. އޭރު ދޮރަށް ފުރަގަސްދީގެން މަންޝާ ހުރީ ބެލްކަނީގައެވެ. ހީވަނީ މީހަކާ ވާހަކަ ދައްކަނީހެންނެވެ. ކުއްލިއަކަށް ކޮޓަރިތެރެއަށް މަންޝާ ބަލާލިއެވެ. އަޒީމް ހުރިކަން އޭނާއަށް އެނގުނު ކަހަލައެވެ. ބެލްކަނީގެ ރޭލިން ދަގަނޑު ގަނޑުގައި ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު މަންޝާ ކޮޓަރި ތެރެއަށް ވަނެވެ. އަދި ބެލްކަނީގެ ދޮރު ލައްޕާލިއެވެ.

“މަން ހާދަ ހިކިއްޖޭ… ރަނގަޅަށް ނުކަނީތަ؟…” ދައްކާނެ ވާހަކައެއް އަޒީމަކަށް ނޭނގުނެވެ. ވާހަކަ ފައްޓަންވީ ކޮން ހިސާބަކުން ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އަޅައަޅައި ގަންނަމުން އަޒީމް ވާހަކަ ދެއްކީ މަންޝާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ.

“ދެން ކަން… ބަޓް އެހާވަރަކަށް ނުކެވޭ….”  ފޫހި ގޮތަކަށް ޖަވާބުދެމުން މަންޝާ އައިސް އެނދުގައި އިށީނެވެ.

“އަދިވެސް ތިހުރީ ރުޅި އައިއްސަދޯ…. ޕްލީސް ފޮގިވްމީ.. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން… ލުކް އައި ހޭވް ޗޭންޖްޑް…” ދެއަތް ފުޅާ ކުރަމުން އައިސް މަންޝާ ކައިރީގައި އަޒީމް އިށީނެވެ. އަޒީމް މަންޝާއާ ގާތްވާތީ މަންޝާގެ ހަށިގަނޑަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އާދަޔާ ޚިލާފަށް ހޫނު ވަނީއެވެ. މުޅި މީހާ ގައިން ދާ ހިތްލަނީއެވެ. ބޮލުގައިވެސް ރިއްސާހެން ހީވެއެވެ.

“އަޒީމް… ޕްލީސް… ނޮޓް ނައު.. އަހަރެން ވަރަށް ވަރުބަލި… ބޭނުން ނިދާލަން….” އެނދުގައި އޮށޯންނަމުން މަންޝާ އެހެން ބުނެލީ އަޒީމާ ގާތްވާން ބޭނުން ނުވާތީއެވެ. އެނދުމަތީގައި އޮތް އޭ.ސީ ރިމޯޓް ނަގާ އޭ.ސީ ޖައްސާލީ މަންޝާއަށް ވަމުންދާ އުނދަގޫތަކަށް ލިޔެއް ލިބޭތޯއެވެ. އޭ.ސީ ސޯޅައަށް ލައިގެން މަންޝާ ހަމަޖެހިލީ އެއް އަރިއަކަށް އޮވެ ބާލީހެއް ގައި ބައްދާލަމުންނެވެ. މަންޝާއާ ދިމާއަށް ބަލަން އިނުމަށްފަހު ކޮޓަރިން ބޭރަށް އަޒީމް ނުކުތެވެ. އަދި ސިޓިންގް ރޫމް ސޯފާގައި އޮށޯވެ ފޯނުން ގޭމެއް އަޅުވާލިއެވެ.

އަޒީމް ބޭރަށް ނުކުތުމުން ބެލްކަންޏާ ދިމާއަށް މަންޝާ އެނބުރިލިއެވެ. އޭރު ކޮޓަރިތެރޭ މިހުރީ ޒިބާނެވެ. ޒިބާން އައިސް މަންޝާ ގާތުގައި އިށީނެވެ. އަދި މަންޝާގެ ބަނޑުގައި ފިރުމާލިއެވެ. “ހެއި…. ޔޫ ލުކް ޓަޔަޑް…” މަންޝާގެ ކޮލުގައި ހިފާލަމުން ޒިބާން ވާހަކަ ދެއްކިއެވެ.

“އާން… މި… ނޭނގެ ދެންމެ އަޒީމް ކައިރިވީމަ އަހަރެންނަށް ވަރަށް އުނދަގޫވި… ނޭނގެ މިވާ ގޮތެއް… ބޮލަށްވެސް އުނދަގޫވޭ.. އެހެންވެ މި އޮށޯތީ…” މަންޝާއަށް ވަމުންދިޔަ އުނދަގޫތަކުގެ ވާހަކަ ޒިބާނަށް ކިޔައިދިނެވެ.

“އަސްލު އަޒީމް އަތުގަ އެބައޮތް ތަވީދެއް.. ތީ އެ ތަވީދުގެ ސަބަބުން ވާ އުނދަަގޫތައް… އަހަރެންނަށްވެސް އަޒީމް ވަދެއްޖިއްޔާ ޖެހޭނީ ދާން…. މަންޝާއަށް އުނދަގޫވަނީ ޒޯއީއަށް އުނދަގޫ ވާތީ…” މަންޝާގެ ބަނޑުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާން އެބުނި ތަވީދެއް ހޯދަން މަންޝާ ބޭނުންވިއެވެ. ނަމަވެސް އެވަގުތު މަންޝާ ހުއްޓުވީ ޒިބާނެވެ.

“ދެން މިގަޑީގަ ކީއްކުރަން ތި ދަނީ…. އަޒީމަށް އެހެން އޮވެ މިހާރު އެ ނިދެނީ… އޭނަ އެތާ ބާއްވާ…” އެނދުން ތެދުވަން އުޅުނު މަންޝާގެ އަތުގައި ހިފަހައްޓަމުން މަންޝާގެ މަގަތުގައި ޒިބާންވެސް އޮށޯތެވެ. ޒިބާންގެ އަތު ތެރޭގައި މަންޝާ ފޮރުވާލިއެވެ. ބެލްކަނީގެ ދޮރުން އެތެރެއަށް ވަންނަމުން ދިޔަ އިރުގެ އަލިކަމުން އުނދަގޫވާތީ ޒިބާންގެ އަތުގެ އިޝާރާތަށް އެ ދޮރުގައި ވާ ފަރުދާ ދަމާލިއެވެ.

*** *** *** *** *** ***

ގެއަށް އައިފަހުން އަފްނާން ކޮޓަރިން ނުނިކުމެ އެހެން އޮންނަތާ ކިތަންމެ އިރެއް ވީއެވެ. އޭނާ ހުރީ ކޮޓަަރީގައި ހުރި މޭޒު ކައިރީ އިށީންދެގެން އޭނާގެ ޑައިރީގައި ވާހަކަތައް ލިޔާށެވެ. ހިތުގައި އުތުރި އަރަމުން ދާ ހުރިހާ ވާހަކައެއް އޭނާ އަބަދުވެސް ހިއްސާ ކުރަނީ އެ ޑައިރީގައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަަފްނާން ލިޔަން އިން ފޮތް ލައްޕާލިއެވެ. އަދި ދޮރާ ދިމާއަށް ބަލާލިއެވެ. މަދީހާކަން އެނގުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ގެނައެވެ. މަދީހާ ކޮޓަރި ތެރެއަށް ވަދެގެން އައިސް އަފްނާނާ ވާހަކަ ދައްކަން ފެށިއެވެ.

“ކީއްވެތަ ނުކައި ތިހުންނަނީ… ނުކައި ހުންނާކަށް ނުވާނެ… ރޭގަ ބޯޓަށް އެރިފަހުން އެއްވެސް އެއްޗެއް ނުކަމެއްނު… މިއަދު ހެނދުނުވެސް ސައިހަދާފަ ގޮވީމަ ކޮޓަރިން ނުނިކުމެ ތި އިންނަނީ… ތިހެން އުޅޭކަށް ނުވާނެ… މަންމަގެ ރުޅިގަނޑު މައިތިރިވާން ދުވަސްކޮޅެއް ނަގާނެ… ހިނގާ ކޮންމެސް އެއްޗެއް ކާލަން ދާން… އަފޫއަށް ނޫޑްލްސް ކޮޅެއް ހަދައިދެންތަ؟…” މަދީހާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ލޯބިންނެވެ. އަފްނާނަށް ބޮޑާ ހާކާފަ އެހެން އިންނާކަށް ނުކެރުނެވެ. އަފްނާން އިނީ އިންތިހާއަށް ބަނޑުހައި ވެފައެވެ.

ގޮނޑިން އަފްނާނު ތެދުވެ އޭނާގެ ދިގު އިސްތަށިގަނޑު އެއްކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. އެހެންޏާ ގޭތެރޭގައި ކުރު ސޯޓްބުރިލާ އަފްނާނު ހުރީ ބޮޑު ހެދުމުގައެވެ. ގަޔަށްދޫ ޖިލްބާބެއްގައެވެ. މަދީހާ އުފަލުން ކާންދާން ހިނގާށޭބުުނެ އަފްނާނުގެ ގައިގާ ފިރުމާލިއެވެ. ކޮޓަރިން ދެމީހުން ނުކުތް އިރު ސިޓިންގް ރޫމުގައި އަމަނާ އީމާނު ޓީވީބަލަން ހުރީ ހަދީޖާއާ އެކީގައެވެ. ބަދިގެއަށް ވަދެ އަފްނާން ކާމޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު ބަދިގޭގައި މުނީރާވެސް ހުއްޓެވެ. ތައްޓަކަށް ބަތާ ރިހައާ އަޅަމުން މަދީހާ ވާހަކަ ދެއްކިއެވެ. “ތިހެން ނުކައި ހުންނަން ހެޔޮވެސް ނުވާނެ މިހާރު އެއޮއް ހަވީރުވީ.. ބަނޑުގަ ގޭސް ހެދި މީހާ ބަލިވެދާނެ…”

މުނީރާ ދެލޯ އަޅާލަމުން އަފްނާނާ ދިމާއަށް ބަލާލިއެވެ. އަފްނާނު އިސްޖަހައިގެން އިނީ އޭނާގެ މަންމަ ބަދިގެތެރޭގައި ހުރީމައެވެ. “ކާން ނޫޅޭ މީހެއް ކައިރީ އާދޭސްކޮށްގެން ކީއްކުރާކަށްތަ ކާންދެނީކީ؟… ނުކައި އޮވެ މަރުވެދާނެއްނު… މަށަށް ހެޔޮ އޭނަ ކެއަސް ނުކެއަސް… މަގޭ ހިތަކަށް އަސަރެއްވެސް ނުކުރާނެ… ލަދުކުޑަކަމުން އަދި ކާން އަންނަން ކެރިއްޖެއްނު… މަގޭ ހިތަށް އަރާ އަޅެ މި ދުވަސް ދެއްކެވުމުގެ ކުރިން އަހަރެން މަރުވިނަމަ ކިހާ ރަނގަޅުހޭ….” ސިންކުތެރޭ ހުރި ތަށިތައް ދޮންނަމުން މުނީރާގެ ބަސްތައް އަމާޒް ކުރަމުން ދިޔައީ އަފްނާނާ ދިމާއަށެވެ.

“މުނީރާ… ތިހެން ނުބުނޭ….” މަދީހާ އެޅި ބަތްތަށި އަަފްނާނު ކުރިމަތީ ބެހެއްޓުމަށްފަަހު މުނީރާއަށް ނަސޭހަތް ދެވޭތޯ މަދީހާ މަސައްކަތް ކުރިއެވެ.

“ތިހެން ނުބުނާށޭ… ދައްތައަށް އިނގޭނީ މިކަހަލަ މުސީބާތަކާ ދައްތައަށް ކުރިމަތިވީނަމަ..” މުނީރާގެ ވާހަކަ މެދުކެނޑުނީ މަދީހާގެ ހައުސްކޯޓު ޖީބުގައި އޮތް ފޯނު ރިންގްވާ އަޑަށެވެ. ފޯނު ނަގާ މަދީހާ ބަލާލިއެވެ. އެ ގުޅަނީ ރަށުން މަޖުދީއެވެ.

“ހަލޯ ކީކޭ؟…” މަދީހާ ފޯނަށް ޖަވާބު ދިނެވެ.

“މަދީހައްތާ… ކޮންތާކު ތިހުރީ… ވާހަކައެއް ދައްކަން ވެގެން މިގުޅީ….” މަޖުދީގެ އަޑުގައި ހުރީ ސީރިއަސް ކަމެވެ.

“އަނެއްކާ ކިހިނެއްވީ؟.. ރޭގަ ގެ ތަޅުލާފަ ފުރީމަ ރަށުގަ އުޅޭ ޕާޓެންތައް ގެއަށް ވަނީތަ؟…” މަދީހާ ރާގުލާފަ ވާހަކަ ދައްކަމުން ކާމޭޒާ ދުރަށް ޖެހިލިއެވެ. މަޖުދީ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި މަދީހާގެ ދެލޯ ބޮޑު ވިއެވެ. މުނީރާއަށް މަދީހާގެ މޫނު ރަނގަޅަށް ފެނެއެވެ. މަދީހާ މޫނުގެ ކުލަވަރު ބަދަލުވުމުން މުނީރާ ސިންކުން އަތް ދޮވެގެން މަދީހާ ގާތަށް ލެފިގަތެވެ. އެވަގުތު މަދީހާގެ ކަންފަތުގައި ޖަހާފައިވާ ފޯނު އަތުން ދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިމުގައި ޖެހުނު ނޮކިއާ ބައްތި ފޯނުގެ އެކި ބައިތައް ވަކިވެ ދިމަދިމާލަށް ބުރައިގެން ދިޔައެވެ.

“ދައްތާ… ކިހިިނެއްތަ ވީ؟… ގެއަށް ބަޔަކުވަނީތަ؟… ދައްތާ ވާހަކަ ދައްކަބަލަ…” މަދީހާގެ ކޮނޑުގައި ހިފާ މުނީރާ ތަޅުވަމުން ވާހަކަ ދެއްކީ މަދީހާ ގަބުއަރާފައި ހުރުމުންނެވެ.

*** *** *** *** *** ***

މަންޝާއަށް ނިދިފައި އޮވެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ. މަންޝާއަށް އުނދަގޫވާތީ ހޭލެވުނުއިރު އަޒީމް ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަނީނެއެވެ. މަންޝާ އެނދުން ތެދުވިތަން ފެނުމުން އަޒީމްގެ ފިޔަވަޅު މަޑުކޮށްލިއެވެ. “ސޮރީ.. އަހަންނަށްވެސް ސޯފާގަ އޮވެ ނިދުނީ… ދެންމެ މިހޭލެވުނީ… މަންޝާ ކާން އެއްޗަކަށް އޯޑަރު ދޭންވީނުން… އަހަރެން ޑިއުޓީއަށް ދާން ގަޑި ޖެހޭތީ މިއުޅެނީ… ޔުނީފޯމްވެސް އިސްތިރި ކޮށްފިން… މަންޝާ ރެސްޓް ކުރޭ….” އަަވަހަށް ފާޚާނާއަށް ވަދެ އަޒީމް ދޮރު ލައްޕާލިއެވެ.

މަންޝާގެ ނިޔަފަތިތަކުން ދެއަތުގެ މުލައްދަނޑި ކަހަން ފެށިއެވެ. އިރުކޮޅެއް ނުވެ އިސްތަށިގަނޑު ތެރެ ދާހިއްލާތީ ބޮލުތެރެވެސް ކަހަންފެށިއެވެ. އޭ.ސީ ހުރީ ނިއްވާލާފައެވެ. ކޮޓަރިތެރެ ވަރަށް ފިންޏެވެ. ނަމަވެސް މަންޝާއަށް އުނދަގޫވަމުންދާތީ މިވަނީ ކީއްކަން އޭނާއަށް އެނގުނެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕައިގެން ކަހަމުން ދިޔައިރު ހީވަނީ އިސްތަށިތައް ވީދާލަން އުޅޭހެންނެވެ. އިރު އިރުކޮޅާ މަންޝާއަށް ބަލާލެވެނީ އަޒީމް ބާލާފަ ދޮރު ބިއްދަށުގައި އަޅުވާފައިން ޖިންސާ ދިމާއަށެވެ. އެނދުމަތިން މަންޝާ ތެދުވީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. އަލަމާރިން ކޮނޑެއް ނަގައިގެން އެ ޖިންސާ ކައިރިއަށް ޖެހެމުންދިޔައިރު މަންޝާގެ ބަނޑަށްވެސް ތޫނު ތަދެއް ވަމުން ދިޔައެވެ.

ބަނޑުގެ އެއްފަޅީގައި އަތް އަޅައިގެން މަންޝާ ކުރިއަށް ޖެހުނީ އަނގައިން އަޑެއް ނުލައްވާ ވޭތޯއެވެ. ޖިންސުގެ ޖީބުގައި އަތް ޖައްސާލިއިރު ވޮލެޓް އޮތް ފަރާތާ އަތް ގާތްވުމުން މަންޝާއަށް ބޮޑަށް އުނދަގޫވާ ކަން ފާހަގަ ވިއެވެ. ވޮލެޓް ނަގާ ހުޅުވާލި އިރު އޭގެ ތެރޭގައި ކަޅު ރޮއްޖެއް އޮޅާފަ އޮތް ކަރުދާސްކޮޅެއް އޮތެވެ. ތަވީދުގައިވާ ރޮދިކޮޅުގައި އަތުގައި އޮތް ކޮނޑުން ތަންކޮޅެއް އަޅުވާލަމުން އެތަވީދު ނެގިއެވެ. އަދި އެ ހިފައިގެން ބެލްކަނިން ބޭރަށް ނުކުމެ ޖެހިގެންހުރި ގޭގެ ފުރާޅާ ދިމާއަށް ކޮނޑާ އެކީ އެ ތަވީދު ހޫރާލިއެވެ. އެ ތަވީދު އެގެއިން ބޭރުވުމުން މަންޝާގެ ހަށިގަނޑަށް ލުއެއް ލިބުނެވެ. ދެން މަންޝާ އަވަހަށް އެތެރެއަށް ވަދެ އެ ޖިންސު ކުރިން ހުރި ގޮތަށް އެތަނުގައި އަޅުވާލިއެވެ. އަދި ވޮލެޓްވެސް އެ ޖިންސުގެ ޖީބަށް ލިއެވެ.

އަޒީމް ފެންވަރައިގެން ނުކުތް އިރު މަންޝާ ފެންނާކަށް ނެތެވެ. އެހެންކަމުން ޔުނީފޯރމްލައިގެން ރީތިވާ މޭޒުދޮށާ ކައިރިވީ ފުނާ އަޅާ ރީތިވާށެވެ. ކުއްލިއަކަށް އަޒީމްގެ ކަންފަތުގައި ޖެހުނީ މަންޝާ ވާހަކަ ދައްކާ އަޑެވެ. ސިޓިންގް ރޫމުގައި ހުރެ މަންޝާ ވާހަކަ ދައްކަނީ ކާކާ ހެއްޔެވެ؟ އަޒީމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އަވަހަށް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު މަންޝާއާ އެކީ ސޯފާގައި އެއްވެސް މީހަކު ނެތެވެ. މަންޝާ އިނީ ގުޅަދަޅެއް ހިފައިގެން ޓީވީ ބަލާށެވެ.

ބޫޓަށް އަރަމުން އަޒީމް އެންމެފަހުން ސުވާލުކުރީ އެއީ އޭނާއަށް ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ. “ދެންމެ މަން ކާކާތަ ވާހަކަ ދެއްކީ؟…”

ސޯފާ މަތީ އޮތް ފޯނު ދަައްކާލަމުން މަންޝާ ވާހަކަ ދެއްކީ ޒުހާއާ ކަމަށް ބުންޏެވެ. “އޯކޭ… އައިމް ގޮއިން… މިއަދު އެއްވެސް އެއްޗެއް ނުކަމެއްނު… ކޮންމެހެން ކައްކާނެ ކަމެއް ނެތް؟… ޖަސްޓް ބައި ސަމްތިންގް… އަން މީގަ ހިފާ…” އަޒީމްގެ  ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާ މަންޝާއަށް ދިއްކޮށްލަމުން އަޒީމް ބުނެލިއެވެ. މަންޝާ ހުރީ ހާސްވެފައެވެ. އަޒީމަށް އެވޮލެޓުން އެއްޗެއް މަދުކަން ފާހަގަ ވެދާނެތީއެވެ. ނަމަވެސް އަޒީމަށް ކަމެއް ފާހަގަ ވީހެނެއް ހިއެއް ނުވެއެވެ. އަޒީމް ނުކުތުމުން މަންޝާ ގަޑިއަށް ބަލާލިއެވެ. އޭރު އިރުއޮއްސެނީއެވެ.

“މަން… ޒުހާ އެބަ އާދޭ… މަންޝާ ޒުހާއާ އެކީ ހުންނަ ކަމަށްވަންޏާ އައި ކާންޓްބީ ހިއަރ… ބަނޑު ބޮޑުވާ ކަމަށް ވަންޏާ ޒުހާއަށް ނުފެނި ދުރަށް ދާތި.. އަދި މި ބޭސް ފުޅިން އެތިފޮދެއް ބޯލާ.. އޭރުން އޯކޭ ވާނެ… އިނގޭ… ނައު ޝީޒް ހިއަރ….”  ކުއްލިއަކަށް ޒިބާންއައިސް ދިއްކޮށްލި ބިއްލޫރި ފުޅީގައި މަންޝާ ހިފިއެވެ. އެ ފުޅީގައި ހުރީ ފެހިކުލައިގެ ދިޔާ އޮލަ ބޭހެކެވެ.

ގޭގެ ދޮރުގައި މީހަަކު ޓަކި ޖަހާލި އަޑު އިވުނެވެ. މަންޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ދޮރުހުޅުވަން ދާށޭ ޒިބާން ބުނެލިއެވެ. މަންޝާ ދޮރު ހުޅުވާލި އިރު ދޮރު މަތީ ހުރީ ޒުހާއެވެ. ޒުހާ ހުރީ ބުރުގާ އަޅާފައެވެ. މަންޝާ ގޭތެރެއަށް ބަލާލިއެވެ. ނަަމަވެސް ގޭތެރެއިން ޒިބާން ފެންނާކަށް ނެތެވެ. ޒިބާން ދިޔައީކަން މަންޝާއަށް ޔަގީނެވެ.

“ހެއި… މަންޝާ…ކިހިނެއްތަ ދޫނިގަނޑާ…. އަޅެ މަން… ހާދަ ހިކިއްޖޭ…. ވަރަށް ގަދައަށް ހޮޑުލެވޭތަ؟…” އެއް ފައްޗަކަށް އެތައް ވާހަކައެއް ޒުހާ އަހާލީ މަންޝާގެ ގައިގާ ބައްދާލަމުންނެވެ. ހެމުން މަންޝާ ގޭތެރެއަށް ވަންނަމުން ޒުހާ ގާތު ސޯފާގައި އިށީންނަން އެދުނެވެ. ރަށުން ގެނައި ފޮށިގަނޑުތައް ހާވާލަމުން އޭގެތެރެއިން މަންޝާ ދަޅުތަކެއް ނަގާ ބޮޑު ކޮތަޅަކަށް ލިއެވެ. އަދި ޒުހާ އަތަށް އެ ކޮތަޅު ދެމުން މީ ޒުހާއަށް ގެނައި ހަދިޔާކަމަށް ބުންޏެވެ.

ދެމީހުން ވާހަކައިގަ ތިބޭތާ އިރުކޮޅެއް ވީފަހުން މަންޝާގެ ބަނޑަށް އުނދަގޫވާން ފަށައިފިއެވެ. މަންޝާ ގަޑިއަށް ބަލާލިއެވެ. އިޝާ ނަމާދުވަގުތު ޖެހުނީކަން މަންޝާއަށް އެނގުނެވެ. ކުރިން ދުވަހުވެސް މަންޝާގެ ބަނޑަށް އުނދަގޫވީ އެވަގުތުގައެވެ. “މަންޝާ ކިހިނެއްވީ؟….” މަންޝާ ހުއްޓުން އަރާފަ އިންގޮތުން ޒުހާ ސުވާލުކޮށްލި އެވެ. ބަލާކަށް ނުހުރެ މަންޝާ ސޯފާއިން ތެދުވެ ކޮޓަރިއަށް ވަނުމަށް އަވަސްވެގަތެވެ. ޒިބާން ދިން ބޭސް ފުޅި ބެހެއްޓިފައި ހުރީ މޭޒުމަތީގައެވެ. ކާ މޭޒުމަތިން އެފުޅި ނަގައިގެން މަންޝާ ގޮސް ފާޚާނާއަށް ވަނެވެ.

ފާޚާނާއަށް ވަދެ ދޮރު ލައްޕާލިތަނާ މަންޝާގެ ބަނޑު ބޮޑުވާން ފަށައިފިއެވެ. ގަޔާދުރަށް ބަނޑު ފުއްޕަމުން ދިޔަ އިރު މަންޝާގެ ހަށިގަނޑަށް ވަރަށް ތަދުވިއެވެ. އެއް އަތް ދޮރުފަތުގަ ވިއްދައިގެން، އަނެއްއަތް މޫނު ދޮންނަ ސިންކުގަ ވިއްދައިގެން ހުރި މަންޝާ އިރުކޮޅަކު މަޑުކޮށްލިއެވެ. އަޑެއް ބަޑެއް ނުލައްވަން ދަތްކުނޑި ވިކައިގެން ހުރުމަށްފަހު އަތުގައި އޮތް ބޭސްފުޅީގެ މަތިނަގާ އޭގެ އެތިކޮޅެއް މަންޝާ އަނގަޔަށް އަޅާލީ ޒިބާން ބުނި ބަސް ސިކުނޑީގައި ތަކުރާރު ވުމުންނެވެ.

އޭގެންލީ ހިތި ރަހައެކެވެ. ހީވަނީ ކޮންމެވެސް ހަކަލަ ފަތެއްގެ ރަހަ ޖެހުނު ހެންނެވެ. އެ ބޯލިތާ އިރުކޮޅެއް ފަހުން މަންޝާގެ ހަށިގަނޑަށް ލުއިވެއްޖެއެވެ. ފުއްޕާފަ ހުރި ބަނޑުވެސް ކުޑަވެ ބަނޑަށް ދޫވެއްޖެއެވެ. ބަނޑުގައި ފިރުމަމުން ފުންނޭވާތަކެއް ބޭރުކޮށްލިއެވެ. މޫނުދޮންނަ ތައްޓާ ގާތްވެލުމަށްފަހު ލޯގަނޑުން މަންޝާގެ މޫނަށް ބަލާލަމުން އިސްކުރު ދޫކޮށްލުއެވެ. ފެންފޮދަކުން މޫނު ދޮވެލުމަށްފަހު ފާޚާނާ ތެރޭގައި ހުރި ހަރުމަތީ ބޭސްފުޅި ބެހެއްޓަމުން މަންޝާ ފާޚާނާއިންް ނުކުތެވެ.

“މަން ކިހިނެއްވީ؟… ނުބައި ވަހެއް ދުވީތަ؟.. ހޮޑު ލެވުނީތަ؟…” ފާޚާނާ ދޮރު ކުރިމަތީ ޒުހާ ހުރީ ވަރަށް ހާސްވެފައެވެ.

“ނޫނޭ.. ނުބައި ވަހެއް ދުވީކީ ނޫން… އަސްލު ދަތުރުކޮށްފަ އައި ފަހުން ބޯ އަނބުރާފަ މި ހުރީ… އިރުކޮޅަކުން އޯކޭ ވެދާނެ…” މަންޝާ ބޭރަށް ނުކުމެ ސޯފާގައި ހަމަޖެހިލިއެވެ. ޒުހާ ވެސް އައިސް މަންޝާ ގާތުގައި އިށީނެވެ.

“މަން ބަނޑު ބޮޑުވީފަހުން އިސްތަށިގަނޑު ވަރަށް ވަރުގަދަވެފަ ހަންގަނޑުއޮމާވެ ވަރަށް ރީތި ވޭދޯ…. އަހަރެމެން ބަނޑުބޮޑުވީމަ ވީ ހުތުރު….” މަންޝާގެ އިސްތަށިގަނޑުގައި އަތް ކާއްތާލިއެވެ. ޒުހާ އެބުނީ ދޮގެއްވެސް ނޫނެވެ. މަންޝާ ބަނޑުބޮޑުވީފަހުން ހަންގަނޑު އަލިވެ މީހާ ރީތިވާކަން ފާހަގަ ވަމުން ދާކަން މަންޝާއަށް އެނގެއެވެ.

“މަންޝާ ރަށުގަ ހުއްޓާ އަޒީމްގެ ޚަބަރެއް ނުވެގެން އުޅުނީމެއްނުދޯ.. އޭރު އަޒީމް އޮތީ ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފަ.. އިނގޭތަ.. އޭނަ ހިތާ ވެގެން އުޅޭ އަންހެން ކުއްޖާ އުޅުނީ އޭނާއަށް ފަންޑިތަ ހަދައިގެން… އެންމެފަހުން ރިޔާޒްމެން ރައްޓެހި އަލިބެއެއް ގެނެސް ކިޔަވާ ތަވީދެއް އެޅިފަހުން އެ އަންހެން ކުއްޖާގެ އެއްވެސް އުނދަގުލެއް ނުޖެހޭ… ވަރަށް ޅަ ރީތިވެސް މަންޖެއެއް… ކުދި ބުޅި އިސްތަށިގަނޑެއް ލާފަ، އަދި އެހާ ދޮން… ވަރަށް ރީތި ކުއްޖެއް.. ދެން ކޮންވައްތަރެއްދޯ…. މީހުންގެ ފިރިންނާ ހެދި ހޭބަލި ވަނީކީ…މަ ވަރަށް ފޫހިވާ ކުއްޖާ ގަނޑެއް އެއީ.. ފޮނިވެސް މަންޖެއެއް އެއީ…” ޒުހާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން މަންޝާ އިންއިރު އޭނާ ދިޔައީ ބިޒީކޮށް ގުޅަ ދަޅުން ގުޅަ ކަމުންނެވެ.

ފާރުގަ ހުރި ގަޑި ފެނުމާއެކީ ޒުހާ ފުންމައިގެން ތެދުވެ އޭނާގެ އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ. “މަން… މިހާރު މާލަސްވެއްޖެ… ޒައިކްމެން ނިދާ ގަޑި ޖެހެނީ.. ނަވާފާ ދެކުދިން ހަވާލުކޮށްފަ އަަހަރެން މިއައީވެސް… ދެން ދަނީ އިނގޭ…” ޒުހާ ފޯނަށް ބަލާލަމުން އެގެއިން ނުކުތުމަށް އަވަސްވެގަތެވެ. ޒުހާ ނުކުތުުމުން ގޭގެ ދޮރު ތަޅުލުމަށްފަހު މަންޝާ ގޮސް އައިސްއަލަމާރި ހުޅުވާލީ ފެންފޮދެއް ބޯށެވެ.

ގަނޑުކުރާ ބައި ހުޅުވާލިއިރު އޭގެތެރޭގައި ހުރި އައިސްކުރި ރޯމަސްތައް މަންޝާއަށް ފެނުނެވެ. ކުޅުދިޔާވެ ބަނޑުހައިވެ ބަނޑުން އަޑުކީ ހެންވެސް ހީވިއެވެ. މަޑުމަޑުން އެތަނުން މަސްކޮތަޅެއް ނަގަން އަތް ޖައްސާލިއެވެ. ހަމައެވަގުތު މީހަކު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ.

މިގަޑީގަ ދެން އަންނާނީވެސް ކާކުބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު ސޯފާ ކައިރީ ހުރި ހަދިޔާ ކޮތަޅު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒުހާއަށް ހަވާލުކުރި ހަދިޔާ ދަޅުތަކެވެ. އެކޮތަޅު ހިފައިގެން ގޮސް ދޮރު ހުޅުވާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “މި ބަހައްޓާފަ ދެވުނީމަދޯ ތިއައީ… ސާބަ….” ދޮރު ހުޅުވާލަމުން ކޮތަޅު ދިއްކޮށްގެން ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި ޒުވާނާ ފެނުމުންނެވެ.

ހަމުގެކުލަ ދޮން ރީތި އަންހެން ކުއްޖެކެވެ. ހާވާލާފަ އޮތް ކުދިބުޅީގެ ދިގު އިސްތަށިގަނޑެކެވެ. އެއީ ދެންމެ ޒުހާ ކިޔައިދިން ސިފަތަކެވެ. އެއީ ހަމަ އެ ބުނާ އަންހެން ކުއްޖާ ހެއްޔެވެ. ގައިމުވެސް އެއީ މަންޝާ ދަންނަ މޫނެއް ނޫނެވެ. އެއީ އަޒީމް ހިތާވި އަންހެން ކުއްޖާކަން މަންޝާއަށް އެނގުނެވެ. އެ އަންހެންކުއްޖާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 8

Next

އަހަރެންވެސް ލޯބިވާނަމޭ

Next
August 25, 2016

އަހަރެންވެސް ލޯބިވާނަމޭ

Previews
August 25, 2016

ނޭނގޭހެ ހާދަ ލޯބިވޭ 8

57 Comments!

  1. aik says:
    August 25, 2016 at 2:17 pm

    vvvv nice story…???

    1. Shax Lyn says:
      August 26, 2016 at 3:05 am

      thank u for reading 🙂

  2. immu says:
    August 25, 2016 at 2:24 pm

    V v. Reethiiiiii mi bai vessd ?????

    1. Shax Lyn says:
      August 26, 2016 at 3:05 am

      thanks 🙂

  3. aik says:
    August 25, 2016 at 2:32 pm

    When next part?☺

    1. Shax Lyn says:
      August 26, 2016 at 3:05 am

      next Monday 🙂

  4. Shaa xee says:
    August 25, 2016 at 2:35 pm

    Wow v nice mi part vx. Waiting for next part.? next part avahah up koh dhehchey please please please……

    1. Shax Lyn says:
      August 26, 2016 at 3:06 am

      Thanks 🙂

  5. Adha says:
    August 25, 2016 at 2:48 pm

    Varah salhi. When is the next part?

    1. Shax Lyn says:
      August 26, 2016 at 3:06 am

      thanks .. next Monday ga

  6. Ziyaan says:
    August 25, 2016 at 3:17 pm

    Alhey!! Hassanbe’ge dhuvas dhuvvaaly tha hama?.kada eh

    1. Shax Lyn says:
      August 26, 2016 at 3:07 am

      hehehe…. dhen hassan be ah vee goiy dhw… well see what happens o him on next episode

  7. maaishahil says:
    August 25, 2016 at 3:36 pm

    vaahaka v reethi… mafaharu thankolheh kuruhen heevey. konme faharakuves hiy thalhuvaalaafa thi ninmaalany. jinni gandu e aee thaveedhu negeematha?

    1. Shax Lyn says:
      August 26, 2016 at 3:08 am

      oh kuruhen heevitha.. but it was longer than last episode.. thanks dear 🙂

  8. Raanee says:
    August 25, 2016 at 4:06 pm

    Vvv reethi… Kba tha miyah knment kuraa kudhin thah

    1. Shax Lyn says:
      August 26, 2016 at 3:08 am

      Thanks 🙂

  9. fathun says:
    August 25, 2016 at 4:52 pm

    mansha dheenveri kuranveje eh nun. zibaan dheke v,fuhi vey azeem ge eves kushe nei. dhn vvv.fuhi mansha e ulhyey gothun. meynubai kofi ro mas kaan mansha ulheythy

    1. Shax Lyn says:
      August 26, 2016 at 3:09 am

      hehehe…. mansha dhw… ya shes craving for that fish 🙂

  10. bad boy ? says:
    August 25, 2016 at 5:14 pm

    wow…. i just love all the acenes of zeybaaa…. ok just thinking what shes gona do…….. mondayga dhw next episode……

    1. Shax Lyn says:
      August 26, 2016 at 3:10 am

      ya mondayga…. 🙂 thanks deaar

    2. BadGirl says:
      August 26, 2016 at 3:16 pm

      Acenes aee koncheh tha?

  11. JAMY says:
    August 25, 2016 at 5:36 pm

    WAITING FOR NEXT PART

    1. Shax Lyn says:
      August 26, 2016 at 3:10 am

      MONDAY ga 🙂

  12. Nadhuru Ali says:
    August 25, 2016 at 7:19 pm

    Next episode upload kura dhuvas bunaanama v rangalhu

    1. Shax Lyn says:
      August 26, 2016 at 3:10 am

      its on monday

  13. ken? says:
    August 25, 2016 at 7:33 pm

    awwwnnnn zibaaan…haadha ey rom ee….zibman rocksss….??? btw miadhuge part haadha kuruhen heeveyeye…anyways waiting 4next part…☺☺

    1. girl :) says:
      August 25, 2016 at 10:19 pm

      same.. m in love with xibaannn <3..he is tooo fab

    2. Shax Lyn says:
      August 26, 2016 at 3:11 am

      Thanks ken.. kuruhen heevi dhw.. but kureh nuvaane :p

  14. Reen says:
    August 25, 2016 at 8:19 pm

    Waiting

  15. waroo says:
    August 25, 2016 at 8:50 pm

    manshaa hama jeheytha azeem ge thaveedhu ellaalan, anekka e zeyba gandu aee… gotheh nei jinni thakekey….

  16. maasha says:
    August 25, 2016 at 9:22 pm

    V reethi. Shaax addu baheh bunedhevidhaane tha kiyaalan v majaa. Mibuni addu bas male’ hisaabu meehunnakah neygeyne ehnu. Ehnve thankolheh majaa koh bunevey baheh. Majaakn kiyaalevey

  17. Xaaa says:
    August 25, 2016 at 10:02 pm

    Mi mansha ah gotheh hadhan vejje…Hassanbe vyma ekani thr mahsala aky… zibaan aee dhn husband viyya… adhi azeem ryhchah ulhen ulhunas vrh foari aruvaane… thihiry hama rangalhah vx jinni moya vefa… BTW stry is awsome…

  18. raafy says:
    August 25, 2016 at 10:20 pm

    Waaattt… If I can I will kick that zibaan out of the way… Stupid… Ladhehvx nuganeyey manshaa and axeem ge dhemedhah vannaakan.. Gotheh neii jinni thakeh..

  19. Xiban ge kureege bitu says:
    August 25, 2016 at 10:50 pm

    Ziban ge evves kusheh nei

  20. Shuhy says:
    August 25, 2016 at 10:53 pm

    Hama hih thalhuvaalaafa… hassanbe ah v goii vs nubuneh..
    Mansha aslu azeem dheke rulhi annaakah nujeheyneh dhemeehunnah vs ulhevunee rangalhakah nun… dhn ok mihaaru mansha ge bandu ga othee ziban ge baby eh ehen v ma loabi vs veveynee baby ge bappa dheke dhw

  21. Soabe says:
    August 25, 2016 at 10:58 pm

    Addu language beynunkoffa huree rangalhakanun. Typin mistake kanneyge dho. Addu bahakee varah reethi bahe.?Hithadhoo meehun vaahakadhakkaairu filitha thafaathuvaane adhi feydhoo hulhudhoo maradhoo mi rah rashuge meehun speak kuraa iru ves kudako thafaathuvaane.

  22. ZaanaA says:
    August 25, 2016 at 11:59 pm

    Thedah bunanyaa vaahaka vrh vrh vrh furihama, ekm story ge lead ulhey goh ehaa kamalu nudey, dhen zibaan ves dhoa, idk why readers like ziban so much, ma varah fuhivei ziban deke, hasanbe ah vuren ves, ekm shaaz ge hushahelhun reethi kamun mi kiyani, i know no one is perfect like wise story characters ves perfect nuvaane kan, ekamaku ves den manshaa uley goh varah fuhi, merry kohgen ehen firihenakaa gulhunbaavai adi preg, azeem ves rangalhakah nun ulhuni but still mihaaru reform ves vehjee ekm mi manshaa hama faafakurumaaigen kuriah, i like azeem ehnve kaneyge mihen mivani :p i hope azeem maraanulane kamah, ? btw hasanbe maruvitha maruvitha ?

  23. shaky says:
    August 26, 2016 at 9:53 am

    Asluga azeem ah vure kurin beyvafaatheri veeves mansha. ekam azeem change veema ves mi mansha adhives kuh gabool kuraakah noolhey dhoa. Adhives meena azeem dheke foohi vaneee. Ehenbe mansha ulhey vahtharun varah foohi. ekam liyuntheriyaage husha elhun varah salhi. thanks. upkoh dheyleh maa lahee ekam. inthizaaru ehaa dhigunukoh bala.

  24. Alah comment kuri kujjaa says:
    August 26, 2016 at 11:56 am

    Abadhu vx jinni shaithaanun ulhey vaahaka eh viyyaa insaanunnah hurihaa molheh libeynee. Hithah araa hurihaa vaahkaiga keehvve baaey ehenvanee. Jinnin nah emme fahuvaguthu hurihaa dherakameh libeynee and jinni charrcter ves dhakkaanee abadhu vx goaskoh . Aslu thafaatheh mivaahakain fennaane kamah Varah ummeedhu kuran

  25. zai says:
    August 26, 2016 at 12:59 pm

    vrh reethi <3

  26. Sama says:
    August 26, 2016 at 3:21 pm

    Hi all. I am a nurse. A real nurse. YAYY!

    1. Sheyn says:
      August 26, 2016 at 7:05 pm

      Haha

    2. Samah says:
      August 26, 2016 at 9:17 pm

      Hi all I am a doctor… a real doctor…yeyyyy

  27. Aisha says:
    August 26, 2016 at 5:47 pm

    Mi story varah reethi. Shaz ge hushahelhun varah furihama.
    Tittle character ulhey goiy kamaku nudhey. Mansha dho furathama beyvafaatheri veeves. And azeem mansha aa dheytherey ehen kanthah kury jinni eh ge baarun dho. And now eyna badhalu ves vejje. Zeyba ei jinni eh kan ves azeem akah neyge. But mansha ah engey dho zibaan ei jinni eh kan. Mansha hurihaa kaneh ves engi hure faafa mathin faafa kuraathee varah foohi character eh ei. Adhi namaadheh ves kuranee eh noon.

  28. Hajam says:
    August 26, 2016 at 6:53 pm

    Mikahala vaahaka nuliyaane solih meehe.Hama bunaaira bunaane no one is perfect ey.Bala giyaamaidhuhuves bunaane ehen dho. You know the quality of a person by what he talks,behaves,andwrite.

    1. Haqq says:
      August 26, 2016 at 6:58 pm

      True.Modesty is the best thing in Islam.people might say modest ppl don’t read or comment.but it’s every one’s duty to spread good advice.So till we die we will spread the knowledge.Hama gaimuvess Qur’aan ga angavaafavey heyobahe bunefinama insaanunge therein ginameehunnakee jadhalu kurun gina baekey

    2. Sheyn says:
      August 27, 2016 at 3:18 pm

      Keehkuran dhen thi kiyanee … Kiyan nuvaairu..?????

  29. Thanks says:
    August 26, 2016 at 7:00 pm

    Rangalhu vaahakaeh. Varah dhravejje.dhen nukiyaanan Kon me Kon me echhe

  30. Imu says:
    August 26, 2016 at 7:02 pm

    Rangalhu vaahakaeh. Varah dhravejje.dhen nukiyaanan Kon me Kon me echhe

  31. Inu says:
    August 27, 2016 at 12:57 am

    Nice story..inthixaaru kuran next part ah..

  32. ainth says:
    August 27, 2016 at 12:56 pm

    V reethi mi aslu hingikametha?

    1. Sama says:
      August 29, 2016 at 2:49 am

      I’m a nurse and I can assure you that this did not happen.
      Remember, I’m a nose. I mean nurse.

    2. maaii says:
      August 29, 2016 at 3:10 am

      Sama its okay ey konme thaaku nurse ekey nujehiyas.

  33. Ainth says:
    August 29, 2016 at 10:50 am

    Vaahaka avahah genesdheeba plz plz

  34. jaaz says:
    August 29, 2016 at 1:12 pm

    kobaatha aneh part.. miadhu monday ehnun… avas kohlaaa 😀

  35. Malsha says:
    August 29, 2016 at 1:27 pm

    Koba aneh part? Miadhu monday ehnu.. avas.. waiting waiting..

    1. Sama says:
      September 1, 2016 at 1:35 am

      Nurse sama: Aneh part othee operation theater ga!

Comments are closed.

Next Episodeމަންޝާ (އެކާޅީސްވަނަ ބައި)←


All Right Reserved!