Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 25, 2016 7 Mins Read
44 Comments

“ތާނީ…” ޔަމާން ތާނިޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. މީރާއާ މެދު ޔަމާންގެ ހިތުގައިވި ހާސްކަން އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ. ނަމަވެސް މީރާއާ ބެހޭ ގޮތުން ސުވާލެއް ކުރަންވެސް ޔަމާން ޖެހިލުންވިއެވެ.

“ތާނީ، ކުރިންވެސް މިހެން ވޭތަ؟ މީރާ ގެޔަށް ނައިސް ފޯން ނުނަގާ ހުރޭތަ؟” ޔަމާން އަވަސްއަވަހަށް އަހާލިއެވެ.

ޖަވާބުގައި ތާނިޔާ ދެފަރާތަށް ބޯހަލުވާލިއެވެ.

“މީރާގެ… މީރާގެ ހަޒްބަންޑް… އޭނައަކީ ކޮން ކަހަލަ މީހެއް؟ މިބުނީ… އަނިޔާ ކުރާ ކަހަލަ މީހެއްތަ އެއީ؟” ހިތުގައިވި ސުވާލު ޔަމާންއަށް ކޮށްލެވުނީ ޖެހިލުންވެ ހުރެއެވެ.

“ނޫން، އެކަހަލަ މީހެއް ނޫން ރާހިލްއަކީ… މީރާ ދުވަހަކުވެސް ނުބުނޭ އެކަހަލަ އެއްޗެއް” ތާނިޔާ ޖަވާބު ދިނެވެ.

ޔަމާން އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ. އެއް އަތް އިސްތަށިގަނޑުގައި ނިތްކުރިމަތިން ފެށިގެން ކަނދުރާއާ ހަމައަށް ހިންގާލެވުނީ ހާސްވެފައި ހުރެއެވެ. އެއާއެކު ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ މީރާއަށް ކަމެއް ވެދާނެތީ ކަންބޮޑު ވީ ވަރުންނެވެ.

“ތާނީއަށް އެނގޭ ދޯ އެގެ؟” ޔަމާން އަހާލިއެވެ. ތާނިޔާ ބޯޖަހާލުމާއެކު ޔަމާން ބާރަށް ހިނގާފައި ގޮސް ކާމޭޒުމަތީ އޮތް ފޯނު ނަގައިގެން ތާނިޔާ ގާތަށް ދިޔައެވެ.

“މަންމާ، އަހަރެން މިދަނީ ތާނީ ގޮވައިގެން ވީގޮތެއް ބަލާލަން މީރާމެން ގެޔަށް. އެހިސާބަށް ދެވުނުހާ އަވަހަކަށް ގުޅާނަން” ޔަމާން ނަދީމާއަށް ގޮވާލަމުން ބުންޏެވެ. އަދި ނަދީމާ ބޯޖަހާލުމުން ތާނިޔާއާ އެކީ ނިކުތެވެ.

ޓެކްސީއެއްގައި މީރާމެންގެ އެޕާޓްމެންޓްއާ ހަމައަށް ދިޔަ މަގުމަތީގައި ޔަމާންގެ ހަނދާނަށް އަންނަމުން ދިޔައީ މީރާއާ ޔަމާންއާ ދިމާވި ގޮތެވެ. އެދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދުނު ގޮތެވެ. ޔަމާންގެ ހިތުގައި މީރާއަށް ލޯބި އުފެދުނު ގޮތެވެ.

*****

ހައަހަރު ކުރިން ޔަމާން ކިޔަވަން ބޭރަށް ދިޔަތަނާ، ކުރިން ޔަމާންމެން ގޭގައި ކުއްޔަށް އުޅުނު ނަހާރުގެ ދަރިފުޅު ގެޔަށް ގެނައި ވާހަކަ ޔަމާންގެ މަންމަ ވަނީ ޔަމާން ގާތު ބުނެފައެވެ. އޭގެ ފަހުން ނަދީމާމެން އިންޑިޔާއަށް ދިރިއުޅުން ބަދަލު ކުރި އިރު ދިޔައީ މީރާވެސް ގޮވައިގެންނެވެ. ނަދީމާއާ ޝަފީގު މީރާގެ ހުރިހާ ކަމެއް ބަލަހައްޓައިދީ، ހުރިހާ ޚަރަދެއް ކޮށްދިނީ މީރާއަކީ އެދެމަފިރިންގެ އަމިއްލަ ދަރިއެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް އޭރުން ފެށިގެންވެސް އަމިއްލަ ޚަރަދު އަމިއްލައަށް ކުރަން މީރާ ބޭނުން ވީ އިތުރު ބަޔަކަށް މީރާގެ ފަރާތުން އިތުރު ބުރައެއް ޖެއްސުމަށް ނޭދޭތީއެވެ.

ކިޔެވުމާ، ކެއުމާ، ހުރުމުގެ ހުރިހާ ކަމެއް ޝަފީގުއާ ނަދީމާ ބެލެހެއްޓި ނަމަވެސް އޭގެ އިތުރުން ބޭނުންވާ ރީތިވާ ސާމާނާ، ހެދުމާ، ފައިވާނާ އަދިވެސް އެފަދަ އެހެން ކުދިކުދި ޚަރަދު މީރާ ބެލީ އަމިއްލައަށް ކުރެވޭތޯއެވެ. މާލޭގައި މީރާގެ ބައްޕަ އަމީންގެ ގެއިން އަމީންއަށް ލިބުނު ދެ ކޮޓަރީގެ އެޕާޓްމެންޓް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.

މީރާގެ ކާފަގެ ހަ ކުދިންގެ ތެރެއިން އަމީންއަކީ އެންމެ ހަގު ދަރިފުޅެވެ. އަމީންގެ މަންމައަކީ އަނެއް ފަސް ކުދިންގެ ދޮންމަންމައަށް ވުމުން، އެކުދިންގެ މަންމައާ އެކުދިން، ދޮންމަންމަ ދެކެ ކުރި ނަފްރަތު އަމީންއަށްވެސް ރައްދުވީއެވެ. އަމީންގެ އާއިލާއާ، އަމީންއާ އަދި މީރާގެ މަންމައާ މީރާއާވެސް އެއްވެސް ގުޅުމެއް ނޯވެއެވެ. އަމީން ނިޔާ ވިއިރުވެސް މީރާއަށް އެނގެނީ ދެ ބޮޑު ބޭބެއިންނާ، ތިން ބޮޑުދައިތައިން ތިބޭކަމެވެ. ނަމަވެސް ދުވަހަކުވެސް އެމީހުންނާ ވާހަކަ ދެއްކި ހަނދާނެއް މީރާ ނުވެއެވެ.

އެންމެ ދޮށީ ބޮޑުބޭބެ ކޮންމެ މަހަކުވެސް މީރާގެ އެޕާޓްމެންޓްގެ ކުލި މީރާގެ އެކައުންޓަށް ޖަމާކޮށްދެއެވެ. އެނޫނީ ދުވަހަކުވެސް އެހެން ކަމެއް ބައްޕަގެ އާއިލާގެ އެކަކުވެސް މީރާއަށް ކޮށްދީފައެއް ނެތެވެ. އަމީން ނިޔާވި ދުވަހު އެމީހުން އައި ނަމަވެސް އެކަކުވެސް ގިނަ އިރަކު ނުހުރެއެވެ. ނަހާރުއާ މީރާއާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއްބަފާ ކޮއްކޮގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލާފައި ދިޔައީއެވެ. އެމީހުން ފާހަގަ ކުރަން މީރާއަށް އެނގެނީވެސް އެދުވަހު އެމީހުން ފެނުމުންނެވެ.

މެލޭޝިޔާގައި ކިޔަވަން ހުރި ޔަމާން ކޮންމެ އަހަރެއްގެ ބަންދުގައި މަންމަމެން ގާތަށް އިންޑިޔާއަށް އައިސް ހުންނަ ދެމަހެއްހާ ދުވަސް ތެރޭ މީރާއާ ޔަމާންގެ މެދުގައި އުފެދުނީ ވަރަށް ގާތް ރަހުމަތްތެރި ކަމެކެވެ. ތާނިޔާ ފިޔަވާ މީރާގެ ދިރިއުޅުމުގެ ގިނަ ސިއްރުތަކެއް ހިއްސާކޮށް، ހިތުގައިވާ އެއްޗެއް ފަސްޖެހުމެއް ނެތި ކިޔައިދެވޭ ފަރާތެއް ކަމުގައި ޔަމާން ވިއެވެ.

ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖަކާ މެދު ތަފާތު ނަޒަރަކުން މީރާއަށް ދެކެވުނު ފަރާތަކަށް ވީ ޔަމާންއެވެ. އެއީ މީރާ ތާނިޔާއަށްވެސް ސިއްރު ކުރި ކަމެކެވެ.

ހަމަ އެގޮތަށް ޔަމާންގެ ހިތްވެސް މީރާއާ މެދު ބަދަލުވެގެން ދިޔައީ ޔަމާންވެސް ހީކޮށްފައި ނުވާފަދަ ގޮތަކަށެވެ. މެލޭޝިޔާއަށް ކިޔަވަން ދިޔަތާ ހަތަރު އަހަރު ފަހުން ކިޔަވާ ނިމިގެން، މަންމަމެން ގާތަށް ދާން ތައްޔާރުވަމުން ދިޔަ ޔަމާންއަށް، އެކުގައި ކިޔަވަން އުޅުނު މެލޭޝިޔާގެ މުސްލިމް ކުއްޖެއް ކަމަށްވާ ޝަރަފް ހޯދައިދިން ފުރުސަތުގެ ވާހަކަ ޔަމާން މަންމަމެން ގާތު ދައްކަން ނިންމީ އެމީހުން ގާތަށް ގޮސްފައެވެ.

ޝަރަފްއާ އެކު މެލޭޝިޔާގައި ވިޔަފާރިއެއް ފެށުމަށް ލިބުނު ފުރުސަތު ޔަމާން ބޭނުން ކުރީ އާއިލާގެ ހުއްދަ އާ އެކުއެވެ. މަންމަމެންނާ ދުރުގައި އިތުރަށް ހުރުމަށް ހިތް ނޭދުނު ނަމަވެސް އަނެއްކާވެސް މެލޭޝިޔާއަށް ދިޔައީ ވިޔަފާރީގައި ޝަރަފްއަށް އެހީވުމަށެވެ.

ޝަރަފްއާ އެކުގައި އުޅުނު ދުވަހެއްގައި ޔަމާން ޝަރަފްއަށް މީރާގެ ފޮޓޯއެއް ދައްކާލިއެވެ. އެދުވަހުގެ ފަހުން ޝަރަފް އަބަދު ކަހަލަ ގޮތަކަށް ޔަމާން ގާތު މީރާގެ ވާހަކަ ދައްކައެވެ. ހަމަ އެގޮތަށް ޔަމާންވެސް މީރާއާ ޔަމާންގެ މެދުގައި ދެކެވޭ ބައެއް ވާހަކަތަކާއި ދެމީހުން އެކުގައި ކުރާ ކަންތައްތައް ޝަރަފްއަށް ކިޔާދެއެވެ. ޝަރަފް މީރާގެ ވާހަކަ ނުދެއްކިޔަސް ޔަމާންއަށް މީރާގެ ވާހަކަ ޝަރަފްއާ ހިއްސާ ކުރެވެއެވެ.

“ޔޫ އާރ އިން ލަވް ވިތް ހަރ ދޯ؟ މީރާ ދެކެ ޔަމާން ލޯބިވޭ ދޯ؟” ދިވެހި ބަހުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން އެނގޭ ޝަރަފް، އެދުވަހު މީރާގެ ވާހަކަ ޔަމާން ދައްކަން ފެށުމުން ކުއްލިއަކަށް އަހާލިއެވެ.

ހިތުގައި މީރާއަށް ޓަކާ ވާ އިހުސާސްތައް ޔަމާންއަށް އެނގުނީ އެދުވަހުއެވެ. ޝަރަފް އެ ސުވާލު ކުރުމާއެކު އެއީ ތެދެއްކަން ޔަމާންއަށް ޔަގީންވިއެވެ.

ގެޔަށް ދެވުމާއެކު އެދުވަހު ޔަމާން ތާނިޔާއަށް ގުޅިއެވެ. އެ ހާއްސަ ހަބަރު ފުރަތަމަވެސް ހިއްސާ ކުރީ ތާނިޔާއާއެވެ. ތާނިޔާވެސް އެކަމާ ވަރަށް އުފާވިއެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ މަގާމް ފަހަރިއަށް ބަދަލު ވެދާނެޔޭ ހިތަށް އެރުމުން ތާނިޔާއަށް ލިބުނު އުފަލުގެ ކޮޅެއް ނެތް ފަދައެވެ.

ތާނިޔާ ބޭނުންވީ ވަގުތުން މީރާއަށް އެކަން އަންގާށެވެ. އަދި ދުވަސްތަކެއް ވަންދެން ކުރެވެމުން އައި ޝައްކުވެސް ތާނިޔާ އެދުވަހު ޔަމާންއާ ހިއްސާ ކުރިއެވެ.

“ދޮންބޭ… އަހަންނަށް ހީވަނީ މީރާވެސް ދޮންބެއާ ލައިކް ވާހެން” ބުނަން ނުބުނަން ހުރެފައިވެސް ތާނިޔާއަށް އިތުރަށް އެކަން ހިތުތެރޭ ނުބޭއްވިގެން ބުނެލިއެވެ.

“ރިއަލީ؟” ޔަމާންއަށް އަހާލެވުނެވެ.

“ވަރަށް ބޮޑަށް ހީވޭ. އެކަމަކު މީރާ ދުވަހަކުވެސް އެހެންނެއް ނުބުނޭ އިނގޭ އަހަރެން ކައިރިއަކު” ތާނިޔާ ބުންޏެވެ.

އެދުވަހު ޔަމާން އެދުނީ ޔަމާންއަށް މަންމަމެން ގާތަށް ދެވެން ދެން ތާނިޔާ އެކަން ސިއްރެއްގެ ގޮތުގައި ބާއްވައިދިނުމަށެވެ. މީރާއާ މެދު ތާނިޔާ އެބުނި އެއްޗަކުން ޔަމާންއާ މީރާ ގުޅުމަށް އެއްވެސް ހުރަހެއް މެދުވެރި ނުވާނެ ކަމަށް ޔަމާންއަށް ޔަގީން ކުރެވުނެވެ.

އޭގެ ފަހުން އިންޑިޔާއަށް އައި ޗުއްޓީގައި ޔަމާން ބެލީ މީރާގެ ފަރާތުން ޔަމާން އެދޭ ފަދަ ކޮންމެވެސް އިޝާރާތެއް ވޭތޯއެވެ. ތާނިޔާ ދެއްކީ ތެދު ވާހަކައެއް ކަން ޔަމާންއަށް ޔަގީން ކުރެވުނެވެ. މީރާގެ ފަރާތުން އެފަދަ އެތައް ކަމެއް ފެނުމުންނެވެ.

އެންމެންނަށް ސިއްރުން މީރާ ޔަމާންއަށް ބަލައެވެ. ޔަމާންގެ ކަންތައްތައް ކޮށްދޭއިރު މީރާ އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އެފަދަ އެތައް ކަމެއް ޔަމާންއަށް ފާހަގަ ކުރެވުނެވެ.

އެ އަހަރު ޗުއްޓީއަށް ފަހު މެލޭޝިޔާއަށް ދިއުމުގެ ކުރިން މަންމައާ ބައްޕަ ގާތު ޔަމާން މީރާގެ ވާހަކަ ބުންޏެވެ. އެ އާއިލާއަކީ އެކަކު އަނެކަކާ ގާތް، ޚާއްސަ ގުޅުމެއް އޮންނަ އާއިލާއެކެވެ. ކުދިން ކުޑަ އިރުން ފެށިގެންވެސް އެކުދިންނަށް ދިމާވާ ކަންތައްތައް މަންމައާ ބައްޕައާ އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާވެސް ހިއްސާ ކުރުމަކީ އެކުދިންގެ އާދައެކެވެ.

“މަންމާ، ބައްޕާ، އަހަރެން ވަރަށް ބޭނުން މީރާއާ ކައިވެނި ކުރަން” ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު، މަންމައާ ބައްޕަގެ ކޮޓަރިއަށް ޔަމާން ދިޔައީ ބޮޑު ވާހަކައެއް ދައްކަން އެބައޮތް ކަމަށް ބުނަމުންނެވެ.

ޔަމާން އެހެން ބުނުމާއެކު ދެމަފިރިންގެ މޫނު އުޖާލާ ވެގެން ދިޔައެވެ. ޔަމާން އެހެން ބުނުމުގެ މާކުރިން، އޭގެ އަހަރުތަކެއް ކުރިން ފެށިގެންވެސް ޝަފީގުއާ ނަދީމާގެ ހިތުގައިވާ އުންމީދަކީ އެއީއެވެ. ޔަމާންއާ މީރާގެ ކައިވެނި ކުރެވުމެވެ.

ޝަފީގުއާ ނަދީމާ، ވަކިން ޚާއްސަ ކޮށް ނަދީމާ މީރާ ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ތާނިޔާއާ މީރާގެ މެދުގައި އޮތް ހަމަ އެކަނި ތަފާތަކީ ނަދީމާގެ ބަނޑުން މީރާ އުފަން ނުވި ކަމެވެ. މީރާގެ އުމުރުން ފަނަރަ އަހަރު ވީ ދުވަހުން ފެށިގެން ހިތުގައި އުފަންވި ޚިޔާލު ނަދީމާ ހިއްސާ ކުރީ ހަމައެކަނި ޝަފީގުއާއެވެ. އެޚިޔާލު ވީ ޝަފީގުއަށްވެސް ވަރަށް ކަމުދިޔަ ޚީޔާލަކަށެވެ.

ދަރިއެއް ހެން ގެންގުޅުނު ނަމަވެސް އަމިއްލަ ދަރިއަކަށް ނުވާ އިރު، ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ޅީދަރިއަކަށް ހެދުން ކަމުގައި ނަދީމާއާ ޝަފީގު ދެކުނެވެ.

ނަމަވެސް މިހާ ދުވަސް ވަންދެން އެދެމަފިރިން އެފަދަ ވާހަކައެއް ނުދައްކާ ތިބީ މީރާ ނުރުހިދާނެ ފަދަ ކަމަކަށް މީރާގެ ފަރާތުން ނޭދެން ވެގެންނެވެ. ޔަމާން އާ މީރާގެ ކައިވެނި ކުރެވޭނެ ނަމަ އެކަން ވާނީ މީރާ އަމިއްލައަށް، ހިތުގެ އަޑިން އެކަމަށް އެދޭ ނަމައެވެ. މީރާއަށް އެދެމަފިރިން ކޮށްދިން ކަންތަކުގެ ބަދަލުގައި ކުރަން ޖެހޭ ކަމެއް ހެން މީރާއަށް ހީވެދާނެ ފަދަ އެއްވެސް ކަމެއް ނަދީމާއާ ޝަފީގު ނުކުރާނެއެވެ. މިއަދު ޔަމާން ބޭނުން ވެގެން އެދުނު ނަމަވެސް އެކަން އޮތީ ހަމަ އެގޮތަށެވެ.

“ތިއަށް ވުރެން މަންމަމެން ވަކި އުފާވާނެ ކަމެއް ނޯންނާނެ. މަންމައާ ބައްޕަ ދެކޭ ގޮތުގަ ޔަމާންގެ އަނތްބަކަށް ވާން މީރާއަކީ އެންމެ އެކަށީގެންވާ އަންހެން ކުއްޖާ. މަންމަމެން ވަރަށް ރުހެން. ދަރިފުޅު މީރާއާ ވަހަކަ ދެއްކީތަ؟ ތީ މީރާވެސް އެދޭ ގޮތްތަ؟” އުފަލުން އިނދެ ނަދީމާ ވާހަކަ ދެއްކި އިރު ހީވަނީ ދެންމެދެންމެ ނަށަން ފަށާފާނެ ހެންނެވެ.

“ނޫން މަންމާ. އަހަރެން އަދި މިކަހަލަ ވާހަކައެއް މީރާއަކާ ނުދައްކަން. އަހަންނަށް ވަރަށް ބޮޑަށް ހީވޭ މީ މީރާވެސް އެދޭ ގޮތްހެން. އަހަރެން ފުރަތަމަ ބޭނުންވީ މަންމަ ބުނާ އެއްޗެއް ބަލާލަން” ލާނެތް ހިނިތުންވުމަކާ އެކު ޔަމާން މަންމަގެ އަތުގައި ހިފާލަމުން ބުންޏެވެ.

“މަންމަ ގަބޫލު ވާނެކަން އެނގޭތީ ޔަމާން ތިވާހަކަ ތިދެއްކީ، މަންމައަށް އެނގެޔޭ… ދެން ކޮން އިރަކުން ޔަމާން މީރާއާ ވާހަކަ ދައްކާނީ؟ ކިހިނެއް ޔަމާންއަށް އެނގެނީ މީރާވެސް ބޭނުންވަނީ މިގޮތް ކަމެއް؟” ނަދީމާ ޔަމާންގެ ބޮލުގައި ލޯބިން ފިރުމާލަމުން ސުވާލު ކޮށްލީ އޮޅުން ފިލުވަން ބޭނުންވެފައި އިން ކަންތަކާ ބެހޭ ގޮތުންނެވެ.

“ދެން އެނގުނީ… އަހަރެން މީރާއާ ވާހަކަ ދައްކާނަން މިކޮޅަށް އެއްކޮށް ބަދަލު ވެފަ، އެހާ ގިނަ ދުވަސް ނުކޮށް ކައިވެނި ކުރަން އަހަރެން ބޭނުމީ، އެއީ ދެން އެގޮތަށް މީރާވެސް ގަބޫލިއްޔާ… ދެން އެހާ ގިނަ ދުވަހަކު މަންމަމެންނާ ދުރުގައެއް ނުހުރެވޭނެ… އަބަދަކު ނޫޅެވޭނެއެއްނު މިހެންނެއް؟ ދޯ މަންމާ؟” ޔަމާން ބުންޏެވެ.

“އާނ، ޔަމާން މިހާރު ތިހެން އުޅޭތާ މާ ގިނަ ދުވަސްވެސް ވެއްޖެ، ދެން އަންނަން އުޅޭ މަންމަމެން ކައިރިއަށް… އަވަހަށް ތި ކައިވެނިވެސް ކުރެވުނިއްޔާ އަވަހަށް ޔަމާންއަށް އާދެވޭނީވެސް… ތީ ހަމަ ވަރަށް ރަނގަޅު ގޮތެއް” ޝަފީގު ޔަމާންގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ.

“ތީ މުޅިންވެސް ރަނގަޅު ވާހަކަ… އެކަމަކު މަންމަ ބުނަންތަ ވާހަކައެއް ދަރިފުޅާ؟ އެއްވެސް ގޮތަކުން މީރާއަށް މަޖުބޫރު ވާ ކަހަލަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްޗޭ. މަންމަ މިބުނަނީ މީރާ ނުގަބޫލު ވެދާނެޔެކޭ ނޫން… މަންމަ ނޭދެން ޔަމާންއާ ކައިވެނި ކުރުމަކީ އެއްވެސް ކަހަލަ މަޖުބޫރެއް ވެގެން މީރާއަށް ކުރަން ޖެހޭ ކަމެއް ހެން އޭނައަށް ހީވާކަށް. ޔަމާން އެދިއްޖެއްޔާ އޭނަ ވަގުތުން އެއްބަސް ވާނެ އޭނަ ހިތުގަ އެކަހަލަ އެއްޗެއް ދުވަހަކު ނެތަސް، އެއީ އަހަރުމެންނަށް ޓަކާ… އެހެން ވާން މަންމަ ނޭދެނީ… މަންމަ ބޭނުން ވަނީ ޔަމާން ދެކެ ލޯބިން މީރާ ޔަމާންއާ ކައިވެނިކުރުން” ނަދީމާ ޔަމާންގެ ބޮލުގައި ފިރުމާލިއެވެ.

“މަންމައަށް ހީވޭތަ އަހަރެން ތިކަމާ ނުވިސްނާނެހެން؟ މީރާ ނޭދެންޏާ އަހަރެން މިވާހަކަ ނުވެސް ދައްކާނަން… އަހަންނަށް މީރާގެ ހިތުގަ އޮތް އެއްޗެއް ނޭނގޭނަމަ މަންމަމެން ކައިރީ މިކަހަލަ ވާހަކައެއް ނުވެސް ދައްކާނެއެއްނު؟” ޔަމާން ދެއަތުން ނަދީމާގެ އަތުގައި ހިފާލާފައި ހީލަމުން ބުންޏެވެ.

އެފަހަރު ޔަމާން އަލުން މެލޭޝިޔާއަށް ދިޔައީ އުންމީދުން ފުރިގެން ވީ ހިތަކާއިގެންނެވެ. ނަމަވެސް ޔަމާންގެ ހުރިހާ އުންމީދެއް އަދި ދެކުނު ހުރިހާ ހުވަފެނެއް ވަޔަށް ބުރައިގެން ދިޔައީ އެކަމަށް ތައްޔާރު ނުވެ ހުއްޓައެވެ. ހީވެސް ނުކުރާ ގޮތަކަށެވެ.

މީރާއާ ރާހިލްގެ ކައިވެނީގެ ވާހަކަ އެއްވެސް މީހަކު ކުރިން ޔަމާންއަކަށް ނާންގައެވެ. މީރާއަށް ލިބެމުން ދިޔަ އުފަލުގައި އެކުވެރިޔާ މަތިން ހަނދާން ނެތަ ކަހަލައެވެ. ރާހިލް ނޫން އެހެން އެއްވެސް މީހެއްގެ ޚިޔާލެއް މީރާގެ ހިތަކަށް ނާދެއެވެ. އެހެން ނޫނަސް ނަދީމާމެން އެކަން ޔަމާންއަށް ނާންގަފާނެއޭ މީރާގެ ހިތަށް ނުވެސް އަރައެވެ. އެހެން ވެދާނެ ސަބަބެއްވެސް މީރާއަށް ނޭނގޭތީއެވެ. ޔަމާންގެ ހިތުގެ ހާލެއް މީރާއަކަށް ކުޑަކޮށްވެސް ނޭނގެއެވެ. ކައިވެންޏަށް ޔަމާން ނައުމުން އެކަމާ ސުވާލު ކޮށްލަންވެސް އެރޭ މީރާ ހަނދާނެއް ނުވެއެވެ.

ޔަމާންއަށް އެކަން އެނގުނީ އެކައިވެނި ކުރެވުނު ރޭގައެވެ. އެކަން ވެ ނިމުނު ފަހުންނެވެ. އެރޭ މަންމަމެންނަށް ފޯން ކުރުމުންނެވެ.

ޔަމާން ފޯން ކުރީ އެންމެން ކައިވެނި ކުރި ތަނުގައި ތިއްބައެވެ. ނަދީމާ ފޯން ހިފައިގެން އެތެރެއަށް ވަދެ މީރާ ކޮބާތޯ ޔަމާން ކުރި ސުވާލަށް ޖަވާބު ދިނީ ޔަމާން އެސުވާލު ދެތިން ފަހަރު ކުރުމުންނެވެ.

“ދަރިފުޅާ… މީރާގެ ކައިވެނި ދެންމެ ކުރެވިއްޖެ!” ނަދީމާ ލަސްލަހުން ބުންޏެވެ.

“ކީކޭ މަންމާ؟” ޔަމާންއަށް ހީވީ އޭނައަށް އަޑު އިވުނީ ގޯސްކޮށް ކަމަށެވެ.

“ދެންމެގަ މީރާގެ ކައިވެނި ކުރެވިއްޖެޔޭ ރާހިލް ކިޔާ ކުއްޖަކާ” ނަދީމާ ތަކުރާރު ކޮށްލިއެވެ.

ކުއްލިއަކަށް ޔަމާންއަށް ފޯން ކަނޑާލެވުނި މަންމަ އެކުރީ ސަމާސާއެއް ނޫންކަން ޔަގީން ވުމުންނެވެ. އެފަދަ ސަމާސާއެއް މަންމަ ޔަމާންއަކާ ނުކުރާނެއެވެ. ޔަމާންގެ ހިތުގެ ހާލު އެނގި ހުރެ އެ ކަހަލަ ދޮގެއް މަންމަ ނަހަދާނެއެވެ. އެވަގުތު ޔަމާންގެ ހިތަށް ކުރި އަސަރު މަންމައަށް އެނގިދާނެތީ ވާހަކަ ދައްކަން ޔަމާން ބޭނުން ނުވީއެވެ.

ފޯން ކަނޑާލާފައި ޔަމާންއަށް މޭގައި އަތް ޖައްސާލެވުނެވެ. މަންމަގެ ޖުމްލަ ހިތުތެރޭ ތަކުރާރު ވަމުން ދިޔައެވެ. އެއާއެކު މެއަށް ވީ ތަދުން ޔަމާންއަށް ހުރި ތަނަށް ތިރި ވެވުނެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރެއް ނެތިއެވެ. ދެލޯ މަރާލަމުން ޔަމާންއަށް މަޑު މަޑުން މީރާގެ ނަން ކިޔާލެވުނެވެ.

އެރޭ ނަދީމާއާ ޝަފީގުއާ ތާނިޔާއާ ރިޔާން އަދި މީރާގެ ކޯލަކަށްވެސް ޔަމާން ޖަވާބެއް ނުދެއެވެ. މުޅި ރޭ ހަތަރުދަމު ނުނިދާ އެނދުގެ ފައިލާ ކޮޅުގައި ލެނގިލައިގެން ކާޕެޓްމަތީ ޔަމާން އިނީ ސައިލެންޓަށް ލާފައި އޮތް ފޯން ދިއްލެމުން ދިޔަތަން ބަލާށެވެ.

ފަތިސް ވުމުން އިންތަނުން ޔަމާން ތެދުވީ ނަމާދު ކޮށްލާށެވެ. އެއަށް ފަހު އޮފީހަށް ދާން ޖެހޭތީ ފޯން ޗާޖް ކުރަން ޖެހީ ބެޓެރި ހުސްވެގެން ފޯން ނިވުމުންނެވެ.

އޮފީހަށް ދާން ޔަމާން ނުކިތީ އެއްވެސް ގޮތަކަށް ދާ ހިތަކުން ނޫނެވެ. ލިބުނު ހިތް ކުދިކުދިވެގެން ދިޔަ ޚަބަރާއެކު ރޭގެ ނިދި ނުލިބުމުން ޔަމާންގެ ސިކުނޑިއާ ހިތާއެކު ހަށިގަނޑުވެސް ވަނީ ވަރުބަލި ވެފައެވެ.

ގޭން ނިކުމެ ފޯން ހުޅުވާލުމާއެކު ޔަމާންއަށް ފޯނުގެ ސްކްރީނަށް ބަލަން އިރުކޮޅަކު ހުރެވުނީ އެވަގުތު މީރާގެ ފޯނެއް އައުމުންނެވެ.

“މީރާ…” ކަންފަތުގައި ފޯން ޖައްސާލަމުން ޔަމާން މީރާއަށް ގޮވާލި އިރު އެއަޑުގައި އެއްވެސް އަސަރެއް ނެތެވެ.

“ޔަމާން! ރޭގަ އެވަރަށް ގުޅި އިރުވެސް ފޯނެއް ނުނަގަމެއްނު؟ ކީއްވެ؟ އަހަރެން ހާދަ ވަރަކަށް ގުޅީމޭ” މީރާގެ އަޑު އިވުމުން ޔަމާންއަށް ލޯމަރާލެވުނެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ ފުރަތަމަ؟” ޔަމާން މީރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހާލިއެވެ.

“އާނ…” މީރާ އަވަހަށް ބުންޏެވެ.

“މީރާ އަބަދުވެސް ބުނާނެ އަހަންނަކީ މީރާގެ ބެސްޓް ފްރެންޑޭ، ތާނީ ނުލާ ދެން މީރާ އެންމެ ކްލޯޒް ފްރެންޑެއް ގޮތުގަ ދެކެނި އަހަރެންނޭ… ކީއްވެ އެހެން ބުނަނީ؟” ޔަމާން އަހާލިއެވެ.

ޔަމާން އެސުވާލު އެކުރީ ކީއްވެ ކަން މީރާއަށް ވިސްނުނެވެ.

“ޔަމާން…” އަމިއްލަ ދިފާޢުގައި އެއްޗެއް ބުނަން މީރާ އުޅުނެވެ. ނަމަވެސް ޔަމާން އެފުރުސަތު މީރާއަށް ނުދީ ވާހަކަ ދައްކަން ފެށިއެވެ.

“އަޅާނުލާ، އެސުވާލުގެ ޖަވާބު އަހަރެން އަސްލު ބޭނުމެއް ނޫން…. އެކަމަކު… މީރާގެ ލައިފްގަ މިވަރުގެ ކަމެއް ވީއިރު އަހަރެން ގާތު ބުނެވެސް ނުލާ… އެންމެ ކުޑަމިނުން މީރާގެ ކައިވެންޏަށް އަހަންނަށް އިންވައިޓްވެސް ނުކުރި… މިހާރު އަހަންނަށް އެނގިއްޖެ މީރާގެ ލައިފްގަ އަހަރެން މުހިންމު ވަނީ ކިހާ ވަރަކަށް ކަން… ދެން ބުނެބަލަ! ކީއްކުރަން އަހަރެން މީރާގެ ކޯލަށް އާންސަރ ކުރަންވީ؟ އަހަރެން މީރާގެ ކޯލަށް އާންސަރ ނުކޮށްގެން މީރާ އަހަންނާ ސުވާލު ކުރުމުގެ މާނައަކީ ކޮބާ؟” ޔަމާން ހިތުގައި ވާ ޝަކުވާތައް ބޭރު ކުރަން ބޭނުން ނުވި ނަމަވެސް ކޮންމެވެސް ވަރަކަށް މީރާއާ އެ ޝަކުވާ ކުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންސާފް … ފަހުބައި..

Next

މަންޝާ (ސާޅީސްވަނަ ބައި)

Next
August 25, 2016

މަންޝާ (ސާޅީސްވަނަ ބައި)

Previews
August 25, 2016

އިންސާފް … ފަހުބައި..

44 Comments!

  1. Mar Sha Marsha says:
    August 25, 2016 at 1:37 pm

    ސަލާމް… މިއޮތީ އަށްވަނަ ބައި އަޕްކުރެވިފަ އެންމެ ފަހުން… ހީކުރަން މިބައި ކަމުދާނެ ކަމަށް… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ… ނުވަވަނަ ބައި އިރާދަ ކުރެއްވިއްޔާ އާދީއްތަ ދުވަހުން ގެނެސްދޭނަން..

  2. rose says:
    August 25, 2016 at 1:48 pm

    vr salhi….

    1. Mar Sha Marsha says:
      August 27, 2016 at 5:35 pm

      Thnx rose

  3. mana says:
    August 25, 2016 at 1:49 pm

    Vvvvv nala ? ?

    1. Mar Sha Marsha says:
      August 27, 2016 at 5:35 pm

      Thnx mana

  4. shiny says:
    August 25, 2016 at 1:52 pm

    V salhi

    1. Mar Sha Marsha says:
      August 27, 2016 at 5:36 pm

      Thnx shiny

  5. sharu says:
    August 25, 2016 at 1:53 pm

    nice

    1. Mar Sha Marsha says:
      August 27, 2016 at 5:36 pm

      Thnx sharu

  6. lai says:
    August 25, 2016 at 1:58 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi

    1. Mar Sha Marsha says:
      August 27, 2016 at 5:37 pm

      Thnx lai

  7. **** says:
    August 25, 2016 at 2:00 pm

    V v v nice mi part vx…

    1. Mar Sha Marsha says:
      August 27, 2016 at 5:37 pm

      Thnx ****

  8. ninaa says:
    August 25, 2016 at 2:07 pm

    vvv reethi . alhe konme dhuvahaku mi vaahaka up kuraanama . sunday aa hamayah haadha dhigu inthizaarekey .mihaaru v raahil ge bai kiyaa hivey mihaaru .past thankolheh kurukohlaafa rahil & meera ge bai avahah genes dhechey .

  9. NAAZ says:
    August 25, 2016 at 2:10 pm

    vvvvvv reethi

    1. Mar Sha Marsha says:
      August 27, 2016 at 5:37 pm

      Thnx NAAZ

  10. ninaa says:
    August 25, 2016 at 2:11 pm

    alhe v reethi mi bai ves . konme dhuvaku mi vaahaka kiyaalan libey nama sunday aa hama yah haadha dhigu inthizaarekey . raahil &meeraa ge bai v kiyaa hivey hope past kurukohlaafa raahil ge bai avahah genes dheyne kamah.

  11. ninaa says:
    August 25, 2016 at 2:15 pm

    alhe v reeth mi bai ves . mi vaahaka konme dhuvahaku kiyan libey nama sunday aa hama yah haadha dhigu inthizaarekey .alhe past kurukohlaafa meera n raahil ge bai avaha genes dhechey . v raahil ge bai kiyaa hih vey .

    1. Mar Sha Marsha says:
      August 27, 2016 at 5:42 pm

      Ninaa haadha ginain… hehehe… past ga vaa goiy ves balan vaanenu… thnx ninaa… time vaa varakun will try inge

  12. Sweetie says:
    August 25, 2016 at 2:18 pm

    Haadha kurey…. sunday ga dhigu koh genes dheh chey igey marsh..??????????????

    1. Mar Sha Marsha says:
      August 27, 2016 at 5:38 pm

      Thnx Sweetie.. will try

  13. soabi says:
    August 25, 2016 at 2:20 pm

    V salhi v deradho mi veygoeh hadaha lahun ney ti up kurany

    1. Mar Sha Marsha says:
      August 27, 2016 at 5:38 pm

      Thnx soabi

  14. Butterfly grl says:
    August 25, 2016 at 2:29 pm

    BEAUTIFUL….

    1. Mar Sha Marsha says:
      August 27, 2016 at 5:42 pm

      Thnx butterfly grl

  15. Am says:
    August 25, 2016 at 2:30 pm

    varah Reethii

    1. Mar Sha Marsha says:
      August 27, 2016 at 5:45 pm

      Thnx Am

  16. Maa says:
    August 25, 2016 at 3:28 pm

    Nice and waiting for next part.

    1. Mar Sha Marsha says:
      August 27, 2016 at 5:45 pm

      Thnx Maa

  17. Naax says:
    August 25, 2016 at 3:49 pm

    Vvvvvv nice

    1. Mar Sha Marsha says:
      August 27, 2016 at 5:46 pm

      Thnx Naaz

  18. Mary says:
    August 25, 2016 at 5:53 pm

    V reethi vaahaka

    1. Mar Sha Marsha says:
      August 27, 2016 at 5:46 pm

      Thnx Mary

  19. Aish says:
    August 25, 2016 at 6:45 pm

    Vrh vrh reethi hama habeyss

    1. Mar Sha Marsha says:
      August 27, 2016 at 5:47 pm

      Thnx Aish

  20. Shifa says:
    August 25, 2016 at 9:31 pm

    Vvvvvvv reethi

    1. Mar Sha Marsha says:
      August 27, 2016 at 5:48 pm

      Thnx Shifa

  21. Depika says:
    August 25, 2016 at 9:35 pm

    V reeeeeeeeeeeeeeeeeeeeeeeeethi

    1. Mar Sha Marsha says:
      August 27, 2016 at 5:49 pm

      Thnx Depika

  22. Dhyna says:
    August 26, 2016 at 9:39 pm

    Fast marshooo mihaaru hama neyva vs nulevey thikahala talent kudhun liyefa hunna story kiyan good luck go up with new ideas and creations

    1. Mar Sha Marsha says:
      August 27, 2016 at 5:51 pm

      Thnk u Dhyna

  23. Thaaniya says:
    August 27, 2016 at 8:53 pm

    v nice..

  24. vishaa says:
    August 28, 2016 at 10:26 am

    vara reeethi…waiting for next part

  25. Mar Sha Marsha says:
    August 28, 2016 at 11:19 am

    Thnx thaaniyaa n vishaa… part 9 now uploaded..

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 9←


All Right Reserved!