މާގިނަ އިރެއްނުވެ ދޮންބެ ގެއަށް އައެވެ. ދޮންބެ ފެނުމުން އަހަރެން ކުޑަކޮށް ހިތްހަމަޖެހުނެވެ. ދޮންބެއާއި އެކު އެތެރެއަށް ވަދެގެން އައި ޖައިޝް ފެނުމުން އަހަރެން ހީލީމެވެ. “އާސީން.. ކޮބާ ކިހިނެއްވަނީ” ޖައިޝް އަހަރެން ފެނުމާއި އެކު ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން އަޑު އަހައިފިން އަހަރެންގެ ކުރީގެ އެކުވެރިޔާ އާއި އެކު ދަތުރެއް ކޮށްލި ވާހަކަ.. ކިހިނެއްވަނީ” ކުރީގެ އެކުވެރިޔާއޭ ބުނެ ޖައިޝް އެބުނީ ބަންޝީލްގެ ވާހަކަ ކަން އަހަރެންނަށް ނަގައިގަނެވުނެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “އެނގޭތަ.. އަހްޝަމް ބުނީ އަހަރުމެންނަށް ރަނގަޅު ކޭސްއެއް އޯޕެން ކޮށްލެވޭނެއޯ” ޖައިޝް ބުނެލިއެވެ. އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލިމެވެ. “އެނގޭދޯ އެއީ ކާކުކަން.. އަހްޝަމް.. އަހަރެންގެ ލޯޔަރު” ޖައިޝް އެހެން ބުނެލީ އަހަރެން ބަލާލި ގޮތުންނެވެ. “ސާބަސް އަހަރެންނަށް އަހްޝަމް އެނގޭނެ ނޫންތަ” އަހަރެން ޖައިޝްގެ ސަމާސާގައި ބައިވެރިވެލީމެވެ. “ގުޑް.. އަހަރެން އޭނައަށް ރޭގައި އެއްކަލަ ވީޑިއޯ ދެއްކީ.. އެކަމަކު އޭނަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ލަތީފް ކަންތައް ކުރި ގޮތުން.. އޭނައަށް ވުރެއް ބޮޑަށް އަހަރެން.. އަހަރެން ބޭނުންވަނީ އޭނަގެ ދުވަސް ދުއްވާލަން” ޖައިޝްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
އަހަރެންނާއި ދޭތެރޭގައި ވިސްނާ ހާދަ ގިނަމީހުންނެއް އެބަ ތިއްބެވެ. އެކަމަކު އޭގެން އަހަރެންނަށް އެއްވެސް އުފަލެއް ނެތެވެ. އަހަރެން އެންމެ ބޭނުންވާ މީހާ އަހަރެންނާއި ދޭތެރޭގައި ވިސްނާ ނުލައެވެ. އައިރް އަހަރެންނަށް ހަދަނީ ހަދާނެ ގޮތެކެވެ. “ލުކް.. ޑޯންޓް ވޮރީ އިނގޭ.. އަހްޝަމް ބުނި މިއަދު އެކަންތަކާއި ވާހަކަ ދައްކާނަމޭ.. އެހެންވީމަ އަހަރެންނަށް ޔަގީން އަހްޝަމް ކޮންމެވެސް ރަނގަޅު ގޮތެއް ހަނދާދޭނެ ކަން.. އެހެން ނޫނަސް އާސީންއަށް ކުރެވޭނެ އެންމެ ބޮޑު ވަރު ތިކުރީ.. އާސީން ލަތީޕް ލައްވާ އެއްބަސް ކުރުފައިވި އޭނަ ކަން ލާރިދީގެން ޔަޝްފާގެ ކޭސް ހުއްޓުވާލީ.. އޭނަގެ ދަރި އެކަމުގައި ހިމެނޭތީ… އެހުރިހާ އެއްޗެއް އެވީޑީއޯގައި އެބަހުރި އެގެން.. އެހެންވީމަ މިއީ ވަރަށް ސްޓްރޯންގް ކޭސްއެއް އަހަރުމެންނަށް” ޖައިޝް ބުނެލިއެވެ. ޖައިޝް ހީކުރަނީ އަހަރެން މި ވިސްނަނީ އެކަމާއި ކަމަށެވެ. “ކޮބާ ތި ވާހަކަ ބާއްވަމާ.. ސައިތައްޓެއް ކަހަލަ އެއްޗެއް ނުލިބޭނެތަ” ޖައިޝް އޭނަގެ ވާހަކަ އެހެން ދިމާލަކަށް އަބުރާލިއެވެ. އޭރު ދޮންބެ ބަދިގެއިން ދެ ކޮފީތަށި ހިފައިގެން އައިސް ހުއްޓެނީއެވެ.
ސޯފާކައިރީގައި ހުރި ކުޑަ މޭޒު ކައިރީގައި ތަށި ބަހައްޓަމުން އަހަރުމެން ކައިރީގައި ދޮންބެވެސް އިށީދެލިއެވެ. “އަހަރެންނަށް ދޯ.. ތެންކްސް” އޭގެން ތައްޓެއް ނަގަމުން ޖައިޝް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީމެވެ. “އާސީން..” ޖައިޝް ގޮވާލުމުން އަހަރެން ޖައިޝްގެ މޫނަށް ބަލާލީމެވެ. ޖައިޝް އެއްފަހަރު ދޮންބެގެ މޫނަށް ބަލާލިއެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލުމާއި އެކު ދޮންބެ ކޮފީ ތަށިން ކޯވަރެއް ބޯލީ އޭނަ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ގޮތަށެވެ. އަހަރެން އަނެއްކާވެސް ޖައިޝްގެ މޫނަށް ބަލާލީމެވެ. “ބުނަން އުޅޭ އެއްޗެއް ބުނަންވީނުން ދޯ” އަހަރެން ބުނެލީމެވެ. “ރީހާން ބުނަނީ.. ބަންޝީލްގެ ފަރާތުން އާސީން ސަލާމަތް ކުރެވޭނީ.. އެހެން ރަށަކަށް ގޮސްގެންނޯ.. މިހާރު އަހަރުމެން ވިސްނައިފިން.. ފަޅު ރަށަކަށް ދާން.. އެކަމަކު.. މިކަމުގައި އާސީން އެއްބަސް ނުވާ ކަމަށްވާނަމަ.. ރީހާންއަށް ވަރަށް އުދަގޫވާނެ އެކަން ކުރަން” ޖައިޝް ބުނެލިއެވެ.
އަހަރެން އެތަނުން ތެދުވީމެވެ. އެމީހުންނާއި ކުޑަކޮށް އަހަރެން ދުރައްޖެހިލީ އަހަރެންނަށް ބުނެވޭ އެއްޗަކުން އެމީހުން ހިތްހަމަ ނުޖެހޭނެކަން އަހަރެންނަށް އެނގޭތީއެވެ. “އަހަރެން ބޭނުމެއް ނުވޭ ދާކަށް” ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. “ވަޓް” ދޮންބެއާއި ޖައިޝްގެ އަޑު އެކު އެކީގައި އިވިގެން ދިޔައެވެ. އަހަރެން އެދެމީހުންގެ މޫނަށް ބަލާލީމެވެ. “އަހަރެން ބޭނުމެއް ނުވޭ އެއްވެސް ތާކަށް ދާކަށް” އަހަރެން އެދެމީހުންގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލީމެވެ. “އެކަމަކު ކީއްވެ.. އާސީން.. މިއީ މިކަމުން އާސީން ސަލާމަތްވާން ލިބޭ ފުރުސަތެއް ނުން..” ޖައިޝް ތެދުވެ އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އަހަރެން ޖައިޝްގެ މޫނަށް ވަކިން ބަލާލީމެވެ. ޖައިޝްގެ މޫނުމަތިން އަހަރެންނަށްޓަކައި ހަމްދަރުދީ ފާޅުވާން ހުއްޓެވެ. އެކަމަކު އަހަރެން އެ ހަމްދަރުދީއެއް ބޭނުމެއް ނޫނެކެވެ. މިހާރު އަހަރެން އޭގެން އެއްވެސް މީހެއްގެ ބަސް އަހާކަށް ބޭނުމެއް ނޫނެކެވެ. އަހަރެން ބަންޝީލްއާއި ދުރަށްދާކަށް ބޭނުމެއް ނޫނެކެވެ. “ކާކު ކައިރިން ސަލާމަތްވާންތަ” އަހަރެން އަހާލީމެވެ. “ބަންޝީލް.. އޭތި ކައިރިން..” ޖައިޝް ބުނެލިއެވެ. “ބުނަން ޖައިޝް rxcare.net/.. އެއީ އެއްޗެއް ނޫން.. ބަންޝީލް އޭނައަށް ކިޔަނީ https://erektilemed.de/.. އެންޑް ބައި ދަ ވޭ.. މަ ކީއްކުރަން ބަންޝީލްއާއި ދުރައްދާންވީ.. ބުނެބަލަ.. އޭނަ އަހަރެން ހުރިހާ ކަމަކުން ސަލާމަތްކޮށްދެނީ.. އޭނަ އަހަރެންނަށް އެހީވަނީ.. ހުރިހާ ކަމެއްގައި.. އޭނަގެ ފަރާތުން އަހަރެންނަށް ގެއްލުމެއް ނުލިބޭ.. ލިބެނީ ހުސްފައިދާ.. ދެން ކީއްކުރަން” އަހަރެން ހިތްހަމަނުޖެހުނެވެ. އެމީހުންނަކީ އަހަރެންނަށް ގޮތް ކިޔައިދޭން ކޮންބައެއް ހެއްޔެވެ.
ޖައިޝްގެ މޫނުމަތިން ހައިރާންކަން ފާޅުވާން ފެށިއެވެ. އަހަރެން އެހެން ވާހަކަ ދައްކަށް ފެށީމަ ކަންނޭނގެއެވެ. އޭނަ ދޮންބެގެ މޫނަށް ބަލާލިއެވެ. ދޮންބެގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވަމުން ދިޔައެވެ. “ކޮއްކޯ.. ކީކޭތަ ކޮއްކޮ ތި ކިޔަނީ” ދޮންބެ ހައިރާންކަމާއި އެކު އަހާލިއެވެ. “ރަނގަޅަށް މިކިޔަނީ.. އަހަރެންނަށް އޭނަގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭ.. އަނެއްކާ އޭނަ އެބަ ބުނޭ އަހަރެންދެކެ ވަރަށް ލޯބިވެއޭ.. އަހަރެން ކީއްކުރަން އެކަހަލަ މީހަކާއި ދުރައްދާންވީ.. އަހަރެން ނުދާނަން ތި މީހުން ތިބުނާ ތާކަށް.. ނުދާނަން” ދޮންބެއާއި ދިމާލަށް ބަލާލަމުން އަހަރެން އެހެން ބުނީމެވެ. ހަގީގަތުގައިވެސް ކުރިން އަހަރެން ދެކެމުން އައި ގޮތްވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބަންޝީލްއާއި ދޭތެރޭގައި އަހަރެން ކިތައްމެ ކުރިން ހިންހަމަނުޖެހުނު ނަމަވެސް ރެއިން ފެށިގެން އޭނައަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވެއްޖެއެވެ. އޭނަގެ ރަނގަޅު ކަން އަހަރެންނަށް ފެނިއްޖެއެވެ. “އަހަރެން ނޫޅެން ދާކަށް.. ނުވެސް ދާނަން.. ނުވެސް ގެއްދެވޭނެ..” އެހެން ކިޔަމުން އަހަރެން އެތަނުގައި މަޑުނުކޮށް ވަނީ ކޮޓަރިއަށެވެ.
އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ބަންޝީލް ހުރި ތަނަކަށް ދާށެވެ. އެކޮޓަރި ތެރޭގައިވެސް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކޮޓަރިތެރޭގައި އަހަރެންނަށް ހީވީ ނޭވާ ހާސްވަމުން ދިޔައެވެ. އެހެންކަމުން ހިތުން އަހަރެންނަށް ބަންޝީލްއަށް ގޮވާލެވުނެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރުން އައީ އަހަރެން އެމީހަކަށް އެންމެ ނަފްރަތު ކުރާ މީހާއެވެ. އައިރްއެވެ. އޭނަގެ ސިފަ ފެނުމުންވެސް އަހަރެން ފޫހިވެއެވެ. “އާސީން.. ތި ކުރަނީ ރަނގަޅު ކަމެއް ނޫން” އައިރް އަހަރެންނަށް ހުރަސް އަޅަމުން ބުނެލިއެވެ. “އަހަރެން ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް ބުނެދެން ކަލޭ ތިއީ ކާކު.. ދުރައްދޭ.. އަހަރެން ބޭނުންވަނީ ބަންޝީލް ކައިރިއަށްދާން..” އަހަރެންނަށް ވެފަ ހުރި ގޮތެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ހިތްކިޔަމުން ދިޔައީ ބަންޝީލް ކައިރިއަށް ގޮސްގެން ނޫނީ އަހަރެންނަށް ހަމަވެސް ނުޖެހެވޭނެ ކަމެވެ. “އާސީން ތިހެން ތި ވާހަކަ ދައްކަނީ ބަންޝީލްގެ ބާރު ހިގާތީ.. ޕްލީޒް.. އޭނަ ދުރުކޮށްލާ.. އާސީންގެ އެބާރު އެބަހުރި” އައިރް އަހަރެންނަށް ވިސްނައިދޭ ގޮތަށް ވާހަކަ ދެއްކިއެވެ. އަހަރެންނަށް އައިރްގެ ވާހަކަ ތަކުން އުދަގޫވަމުން ދިޔައެވެ. އޭނަގެ މޫނުވެސް ދެކެން ބޭނުން ނުވާއިރު ކުރިމަތީގައި ހުރެގެން ބްލާ ބްލާ ކިޔަން ޖެހޭ ހެއްޔެވެ. “އާސީން.. ބަންޝީލް އަކީ ނުލަފާ ޖިންނިއެއް.. އޭނަގެ ބާރު ކެނޑުވޭނީވެސް އާސީންއަށް.. ޕްލީޒް” އައިރް ބުނެލިއެވެ. އެވަގުތު އަހަރެންނަށް ކޮޓަރީގައި ހުރި ކުޑަދޮރުގެ ބޭރުން ބަންޝީލް ފެނުނެވެ. އޭނާ ހުރީ ކުޑަ ދޮރާއި ތަންކޮޅެއް ދުރުގައެވެ. ހުރި ގޮތުން އަހަރެންނަށް އޭނަގެ ބޮލުން ފެށިގެން ފައިފެނެއެވެ. ބަންޝީލް ހިނިތުންވެލިއެވެ. އަދި އަތުން އަހަރެންނަށް އޭނަ ކައިރިއަށް އައުމަށް ގޮވާލިއެވެ. އަހަރެން އެދިމާލަށް ދިއުމަށް ކުއްލިއަކަށް ދުއްވައިގަތީމެވެ. އެވަގުތު އައިރް އަހަރެންގެ ގައިގައި ބާރަށް ހިފެހެއްޓިއެވެ. ދެން އަހަރެންނަށް ވީ ގޮތެއް ނޭނގުނެވެ.
އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އޭރު އަހަރެން އޮތީ ހަދާފައިވާ ޓެންޓްއެއްގެ ތެރޭގައެވެ. ހައިރާންކަމާއި އެކު އަހަރެންނަށް މުޅި ސަރަހައްދަށް ބަލާލެވުނެވެ. ހާސްކަމާއި އެކު އެތަނުން އަވަހަށް ނިކުތީމެވެ. “އޭ” ސިއްސައިގެން ދިޔައީ އައިރްގެ ގައިގައި ކުއްލިއަކަށް ޖެހުމުންނެވެ. “އަހަރެން މިތާ ކީއްކުރަނީ.. ކިހިނެއް އަހަރެން މިތާ..” އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. “އަހަރެން އާސީންއަށް ހުރިހާ އެއްޗެއް ކިޔައިދޭނަން.. އެކަމަކު ހިގާ ޓެންޓް ތެރެއަށްދާން” އައިރް ބުނެލިއެވެ. އަހަރެން މުޅި ސަރަހައްދަށް ބަލާލީމެވެ. މުޅި ސަރަހައްދުގައި ވަނީ އަދިރިކަމެވެ. ތަންކޮޅެއް ދުރުގައި ވަނީ އަލިފާންގަނޑެއް ޖަހާފައެވެ. ވަކި ހިސާބަކުން ރާޅުޖަހާ އަޑު އިވެމުން ދިޔައެވެ. އަނެއް ދިމާލުން ފެންނަން އޮތީ ގަސްތަކެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. “ހިގާ އެތެރެއަށްދާން” އައިރް ބުނެލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެންގެ އަތުގައި ހިފައިގެން ޓެންޓް ތެރެއަށް ވެއްދިއެވެ. އަދި އެތަނުގައި ބޭންދިއެވެ. އަހަރެން ބަލާލީ އައިރް އާއި ދިމާލަށެވެ. “އާ.. އަހަރުމެން އާސީން އަންނަން ބޭނުން ނުވެ ހުއްޓަ މިތަނަށް މިގެންނައީ.. ފަޅު ރަށަކަށް.. އާސީން ހަނދާން ހުރީ ކޮންކަމެއް” އައިރް އަހާލިއެވެ. އަހަރެން ވަގުތުން ހިންހަމަނުޖެހުނެވެ. އަދި ހުރިހާ ކަމެއް ކޮށްފައި ހަނދާން ހުރީ ކޮންކަމެއްތޯ އަހައިފިއެވެ.
އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީމެވެ. “އާސީންއަށް އެނގޭދޯ އާސީން ވާހަކަ ނުދެއްކިޔަސް އަހަރެންނަށް ތި ސިކުނޑީގައި އެބުރޭ އެއްޗެއް އެނގޭކަން.. ލުކް.. އަހަރުމެންނަށް މިހެން ހަދަން މަޖްބޫރުވީ.. އާސީން ހުރީ އާސީންގެ އަމިއްލަ ބާރު ދަށުގައެއް ނޫން.. އެހެންވެ” އައިރް ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު އައިރްއާއި ދިމާލަށް ބަލާލީމެވެ. އަހަރެން ބޭނުންވީ އައިރްގެ މޫނުމަތީގައި ތަޅައިގަންނާށެވެ. އެރީތި މޫނުމަތީގެ ހަންކޮޅު ނޮޅާލާށެވެ. ވާހަކަ ދައްކާލެއްވެސް ރީއްޗެއް ނޫން ހެއްޔެވެ. އޭނައަކީ އަހަރެންނާއި އެހެން ވާހަކަ ދައްކަން ކާކު ހެއްޔެވެ. އަނެއްކާ އޭނަ ގެންނައީ އަހަރެން އެކަނި ހެއްޔެވެ. ދޮންބެއާއި ޖައިޝް މެން ކޮބާ ހެއްޔެވެ. އެމީހުން ހަމަގައިމުވެސް އަހަރެން މިގޮތަށް ފަޅު ރަށަކަށް ގެންނާކަށް އެއްބަހެއް ނުވާނެއެވެ. “އަހަރެން ކީއްކުރަން އާސީން އެކަނި މިތަނަށް ގެންނަންވީ.. އާސީންގެ ދޮންބެ އަދި ޖައިޝްވެސް އެބަ އުޅޭ.. އެމީހުން އުޅެނީ އަނެއް ފަރާތުގައި” އައިރްއަށް އަހަރެންގެ ސިކުނޑީގައި ހުރި އެއްޗެއް އިވުނު ކަން އަންގާލިއެވެ.
އަހަރެން ހައިރާންވިއެވެ. އެހެންވީމަ އަހަރެން މިތަނަށް މިގެންނައީ ދޮންބެމެންނަށްވެސް އެގިގެންތާއެވެ. އެހާ ރީއްޗަށް އަހަރެން ބޭނުން ނޫން ވާހަކަ ބުނީމަވެސް އެމީހުންވެސް އަހަރެންގެ ބަސް ގަބޫލެއް ނުކުރިއެވެ. އަހަރެންނަށް ހެޔޮ އެދޭ މީހަކަށް އުޅެނީ ބަންޝީލްއެވެ. އޭނަ ކޮބާ ހެއްޔެވެ. އޭނަ ފެނުމުން ނޫނީ އަހަރެންގެ ހިތަށް ފިނިކަމެއް ނުލިބޭނެއެވެ. އަހަރެން ވަގުތުން އެތަނުން ތެދުވީމެވެ. އަދި ބޭރަށް ނިކުތުމަށްޓަކައި ހިގައިގަތީމެވެ. އެވަގުތު އައިރް އަހަރެންގެ ކުރިމައްޗަށް އެރިއެވެ. “އައި އޭމް ސޮރީ.. އަހަރެން ކައިރީގައި ބުނެފައި އޮތީ އާސީން މިޓެންޓް އިން ނިކުތަ ނުދޭށޭ” އައިރް ބުނެލިއެވެ. އޭނަ ލައިގެން ހުރި ފެހި ކުލައިގެ ޓީޝާޓް ގަޔަށް ބާރުވެފައިވާއިރު ޒުވާކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކުރިން އަހަރެން އެރީތި ސޫރަ ކިތައްމެ ދެކެން ބޭނުންވިޔަސް އަހަރެން މިހާރު އެސޫރަ ދެކެ ފޫހިވެއެވެ. ރުޅިއާދެއެވެ. “ކަލޭ ތީ ކާކު އަހަރެން ހިފަހައްޓަން ދުރައްދޭ” އައިރް އާއި ދުރައްޖެހިލާ އެއްފަރާތަށް ޖެހިލަމުން އެތަނުން ނިކުންނަން މަސައްކަތް ކުރަމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް އައިރް އަނެއްކާވެސް އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އެވަގުތު އަނެއްކާވެސް އަނެއްފަރާތަށް އަހަރެން ޖެހިލީމެވެ. އައިރް ހުޝިޔާރުކަމާއި އެކު އަހަރެންގެ ކުރި ބެއްދިއެވެ. “އަހަރެން އާސީންއަށް ދެރައެއްދޭކަށް ބޭނުމެއް ނުވޭ އާސީން” އައިރް ބުނެލިއެވެ. “ތިހެން ބުނަން އަވަހެއް ނޫންތަ..” އަހަރެން ފޫހިކަމާއި އެކު ބުނެލީމެވެ. “ދުރައްދޭ” އައިރްގެ މޭމަތީގައި އަތްއަޅާ ވަރަށް ބާރަށް ދުރައްކޮށްޕާލަމުން އަހަރެން އެހެން ބުނެލީމެއެވެ. އެވަގުތު ކުއްލިއަކަށް އައިރް އަހަރެންގެ އަތުގައި ހިފާ އޭނަގެ ގަޔާލާ އަހަރެން ފިއްތާލިއެވެ.
އެބާރުގަދަ އަތްދަށުން އަހަރެން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައީމެއެވެ. އައިރްގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެމުން ދިޔައިރު އަހަރެންގެ ހިތް އެދެމުން ދިޔައީ ކޮންމެހެނެއް ހަދާފަވެސް އޭނަގެ އަތްދަށުން އަހަރެން ސަލާމަތް ވެގެން އެތަނުން ދިއުމަށެވެ. “އޯހް އާސީން” އައިރް ގޮވާލިއެވެ. “ދޫކުރޭ.. މި ބުނީ ނުން ދޫކުރާށޭ” އަހަރެން ދެއަތުން އޭނަގެ މޭމަތީގައި ތަޅަމުން ދިޔައިރު އައިރްގެ އަތްވަނީ އަހަރެންގެ ވަށާލާފައެވެ. ނަމަވެސް ކުއްލިއަކަށް އައިރް އަހަރެން ދުރައް ޖައްސާލިއެވެ. އަހަރެން އައިރްގެ މޫނަށް އެވަގުތު ބަލާލެވުނު އިރު އޭނަގެ ލޮލުން ކަރުނައިގެ އަސަރު ފެނުނުހެން އަހަރެންނަށް ހީވިއެވެ. އަދި އަހަރެންނަށްޓަކައި އެދެލޮލުން ލޯބި ފެނިގެން ދިޔައެވެ. “އާސީން.. ޕްލީޒް.. ލިޒިން” އައިރް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އަހަރެން ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އައިރް ކުޅެން ގެންގުޅޭ އެއްޗަކާއި މެދު ކަންތައް ކުރާ އުސޫލުން އަހަރެންނާއި މެދު ކަންތައް ކުރަމުން ގެންދާތީ އަހަރެން ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ. ބޭނުންވީމަ ކައިރިކޮށްފަ ބޭނުން ނިމުނީމަ އެއްލާލާ އުސޫލެވެ.
އަދި އައިރް އެހެން ކަންތައް ކުރުމުން އަހަރެންނަށް ސިފަވެގެން ދިޔައީ ލަތީފްއެވެ. އޭނަ އަހަރެންނާއި ދޭތެރޭގައި ކަންތައް ކުރި ގޮތެވެ. އެކުޑަ ވަގުތު ކޮޅުގެ ތެރޭގައި އަހަރެންގެ ކުރިމަތީގައި އެގޭގައި ވީ ހުރިހާ ކަމެއް ސިފަވެގެން ދިޔައެވެ. އައި ރުޅީގައި އަހަރެންގެ އަތުން އައިރްގެ މޫނުމަތީގައި ޖެހީމެވެ. މި ބުނެވުނީ ރަނގަޅަކަށް ނޫނެވެ. ޖަހަންވެގެން އަތް ހިއްލާލި ވަގުތު އައިރް އަހަރެންގެ އަތުގައި ހިފާ ކުއްލިއަކަށް އަބުރާލާ ފުރަގަހުން ވާގޮތަށް އަހަރެންގެ ގައިގައި ބައްދާލާ އޭނަގެ ދެއަތުން އަހަރެންގެ ދެއަތުގައި ހިފެހެއްޓިއެވެ. “ލުކް އާސީން.. އަހަރެންނަށް އެނގޭ އާސީން އަހަރެން ދެކެ ވަރަށް ރުޅި އަންނަކަން.. އެންޑް އައި ނޯ އައި ޑިޒާވް ދެޓް.. އެކަމަކު އާސީން.. ޕްލީޒް ވިސްނާލަބަލަ.. އަހަރެން ދެކެ އެއްވެސް އިރެއްގައި އާސީން ލޯބިވި ނަމަ ވިސްނާލަބަލަ.. ޕްލީޒް.. އާސީން ތީ ސްްޓްރޯންގް ކުއްޖެއް.. ޑޯންޓް ބީ ވީކް.. އާސީންގެ ދޮންބެ އަދި އާސީންގެ އާއިލާ.. އެމީހުން އާސީންއަށް ބޭނުންވޭ.. އާސީން އެމީހުންނަށް ބޭނުންވޭ.. ޕްލީޒް.. ޖަސްޓް ތިންކް.. އެބައުޓް ދެމް.. އަބަދުވެސް އާސީން ތިއީ އިންޑެޕެންޑެންޓް ކަމަށް ލޯބި ކުރާ ކުއްޖެއް.. ސޯ މިވަގުތު އެހެން އެއްޗެއްގެ އަޅަކަށް ނުވޭ.. އާސީންއަށް އަދިވެސް މިކަން ކުރެވޭނެ.. އެންމެން އެތިބީ.. އާސީންގެ އިންތިޒާރުގައި.. އެކަމަކު އާސީން ބޭނުން ނުވެއްޖެނަމަ މިކަމެއް ނުކުރެވޭނެ..” އައިރް މަޑުމަޑުން އަހަރެންގެ ކަންފަތް ކައިރީގައި ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެން ދެކެ ރުޅި އައުން އޯކޭ.. އެކަމަކު ދޮންބެމެން އެކަނި ކޮށްނުލާ.. އާސީން މިއަދު އެ ޖިންނީގެ ބަސް އަހައިފިނަމަ.. އެމީހުން އަބަދުގެ އަބަދަށް ގެއްލޭނެ.. އެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކައާއި މެދުގައި ވިސްނާލާ.. އާސީންގެ އަހަރެންނަށް އެންމެ ކަމުދާ ސިފައަކީވެސް އެއީ.. އާސީން އަމިއްލައަށް ބޭނުންވެގެން ކަންތައް ކުރާތީ.. ޕްލީޒް.. ޖަސްޓް ޑޫ ދިސް އާސީން” އައިރްގެ ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ ހޫނު ނޭވާތައް އަހަރެންގެ ކަރުމައްޗަށް އެޅެމުން ދިޔައެވެ.
އެ އިހްސާސް ކުރެވުމާއި އެކު އަހަރެންނަށް ދެލޯ މަރާލެވުނެވެ. އެވަގުތު ސިކުނޑި ތެރޭގައި ހީވީ ބޮޑު ތޫފާނެއް އުފެދުނު ހެންނެވެ. އަހަރެން އައިލާއާއި އެކު ހޭދަކޮށްފައިވާ އުފާވެރި ދުވަސްތައް ސިކުނޑި ތެރޭގައި ދުވެގަތެވެ. އައިރް އެންމެ ފުރަތަމަ ފެނުނު ދުވަސް އަހަރެންގެ ސިކުނޑި ތެރޭގައި އެބުރިގަތެވެ. ގޭތެރޭގައި ދޮންބެއާއި އެކު ޖަހާފައިވާ ސަކަރާތާއި ކޮއްކޮއާއި ޖަހާފައިވާ ސަކަރާތުގެ މަންޒަރުތައް ސިކުޑީގައިވާ ފޮޓޯ އަލްބަމް އިން ދައްކާލިއެވެ. އެންމެން ހެމުން ދިޔަ މަންޒަރެވެ. އެމަންޒަރުގައި އަހަރެން ހުރީ ނުލާހިކު ބޮޑަށް އުފާވެފައެވެ. އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ހީވީ މީހާގެ ގައިން ބޮޑު އެތިގަނޑެއް ކަނޑާ ވައްޓާލި ހެންނެވެ. އެހާ ވެސް ހިތަށާއި ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. އެވަގުތު އައިރް އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އަދި އައިރް އާއި ދިމާލަށް އެބުރުނީމެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަހަރެން ހިންދިރުވާލީމެވެ. އަހަރެން އައިރް އާއި ދިމާލަށް ކީ ހުރިހާ އެއްޗެއް ހަދާނުގައި އެބަ ހުއްޓެވެ. ގޭތެރެއިން ދޮންބެއާއި ޖައިޝްއާއި ދިމާލަށް ކީ ހުރިހާ އެއްޗެއްވެސް ހަނދާނުގައި އެބަ ހުއްޓެވެ. އެއީ ހަމަ އަހަރެންބާއޭ އަހަރެންގެ ހިތައް އެރިއެވެ. އެހާ ބޮޑަށް ބަންޝީލްއަށް އަހަރެންނަށް ބާރު ފޯރުވެވި ދާނެ ހެއްޔެވެ. “އާ.. އޭނައަށް އާސީންއަށް ވަރަށް ބޮޑަށް ބާރުފޯރުވޭނެ.. އެއީ ކީއްވެކަން ރީހާން ބުނެދޭނެ..” އައިރް ބުނެލިއެވެ.
“ކިހިނެއް އަހަރެން ހަދަންވީ” އަހަރެން އަހާލީމެވެ. އައިރް އިސްޖަހާލަމުން ބޯޖަހާލިއެވެ. އަދި ފޯނު ނަގާ ރީހާންއަށް ގުޅިއެވެ. އަދި އަހަރެން އެއްބަސް ވެއްޖެކަމާއި ހަދަންވީ ކިހިނެއްތޯ އެހިއެވެ. އެކޮޅުން ކޮންމެވެސް އެއްޗެކޭ ބުނުމުން އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. “އަދި އިރުކޮޅަކު މިތާ މަޑު ކުރަން އެބަ ޖެހޭ.. ގަޑިން މިހާރު ނުވަގަޑި ބައިވަނީ.. އެގާރަގަޑި ސާޅީސް ފަހަކަށް އެހާ ހިސާބަށް އަންނާށޯ ބުނީ..” އައިރް ބުނެލިއެވެ. “ވަޓް.. ހާދަ އިރެކޭ” އަހަރެންނަށް ބުނެވުނެވެ. “ދެން އަހަރެން މިތާ ކީއްތަ ކުރަންވީ” ފޫހިކަމާއި އެކު ނޭވާއެއް ބޭރުކޮށްލަމުން ބުނެލީމެވެ. “މިޓެންޓްއިން ބޭރަށް އޭގެ ކުރިން އާސީން ގޮސްފިނަމަ.. ބަންޝީލް އަނެއްކާވެސް އާސީންގެ ސިކުނޑިއަށް ބާރުފޯރުވާނެ.. އެކަމަކު މިތަނުގައި ހުރެއްޖެނަމަ އޭނައަށް އެކަން ކުރަން އުދަގޫވާނެ..” އަހަރެންނަށް ފޫހިކަމާއި އެކު ތިރީގައި އަޅާފައިވާ ކުނާ މަތީގައި އިށީދެވުނެވެ. އައިރް ކުޑަކޮށް ފަހަތަށް ޖެހިލާ ޓެންޓްއަށް ވަންނަތަނާއި ދިމާލަށް ބަލަހައްޓައިގެން މަޑުކޮށްލިއެވެ.
ގަޑި ހިގަމުން ދިޔައެވެ. އަހަރެންނާއި އައިރް އެހެން ތިބޭތާ ފަނަރަ މިނެޓް ވެއްޖެއެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެތަނުން ހިވޭ ހަމައެކަނި އަޑަކީ ފަނިފަކްސާގެ އަޑު އެކަންޏެވެ. އަހަރެން ކުނާ މަތީގައި އިށީދެ ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން ވެއްޔާ ކުޅެލަ ކުޅެލާ އިނީމެވެ. އައިރް އެހުރި އެގޮތަށް އެތަނުގައި ހުރީއެވެ. އަހަރެން ޖަވާބު ބޭނުންވާ ކިތައްމެ ސުވާލެއް ހުރުމުން އެތައް ފަހަރަކު އެސުވާލުތައް ކޮށްފާނެމޭ ހިތައް އެރިއެވެ. ނަމަވެސް އެފަނަރަމިނެޓްވެސް މަޑުކުރީ އައިރް އިސްވެ ވާހަކަ ދައްކަން ފަށާތޯއެވެ. ނަމަވެސް އޭނަ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެންމެ ކުޑަމިނުން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލިއެވެ. ދެންމެ އެތަނުގައި ވީ އެއްވެސް ކަމެއްވެސް އޭނަ ހަނދާން ނެތް ފަދައެވެ. އަހަރެންނަކަށް އެހެންނެއް ނީންދެވުނެވެ. އަތް ފޮޅާލުމަށްފަހު ތެދުވީމެވެ. “އައިރް” “ލުކް އާސީން.. އައި އޭމް ސޮރީ.. އެކަމަކު އާސީން ޖަވާބު ބޭނުންވެގެން ތިއުޅޭ އެއްވެސް ސުވާލެއްގެ ޖަވާބު އަހަރެންނަކަށް ނެތް ދެވޭކަށް.. އަހަރެންނަށް ރަނގަޅީ މީގެ ފަހުން އަހަރެންނާއި އެއްވެސް ސުވާލެއް އާސީން ނުކުރިއްޔާ.. އަހަރެން މިތަނުގައި މަޑުކޮށްގެން މި ހުންނަނީވެސް އާސީންގެ ދޮންބެއަށް ވައުދެއް ވެވިފައި އޮތީމަ.. އަހަރެން ބުނިން ރީހާން ބުނާ ގަޑި ޖެހެންދެން އަހަރެން އާސީން ރަނގަޅަށް ބަލާނަމޭ.. އެކަމަކު އަހަރެންނަށް ހީވަނީ އަހަރެންނަށް މިހެދުނީ ވަރަށް ބޮޑު ގޯހެއް ހެން.. ސޮރި” އަހަރެން އަނގަ ހުޅުވާލުމާއި އެކު ކުއްލިއަކަށް އައިރް އަހަރެންނާއި ދިމާލަށް އެބުރި ވާހަކަ ދެއްކިއެވެ. އަދި އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވެނީސް އަވަސް ކަމާއި އެކު ޓެންޓް އިން ނިކުމެގެން ދިޔައެވެ. އަހަރެން ހައިރާންވެ އަނގަ ހުޅުވުނެވެ. އައިރްއަށް ގޮވާލެވުނެވެ. މަޑުން ފިޔަވަޅެއް ބޭރަށް ނިކުތުމަށްޓަކާއި އަޅާލެވުނެވެ. ނަމަވެސް އެވަގުތު އަނެއްކާވެސް އައިރް ކުރިން ދެއްކި ވާހަކަ ހަނދާންވެގެން ދިޔައެވެ. އެހެންކަމުން އަނެއްކާވެސް ކުނާ މަތީގައި އިށީދުނީމެވެ.
ފޫހިކަމާއި އެކު ވެއްޏާ ކުޅެމުން އަހަރެން ދިޔައީމެވެ. ފޫހިކަމަށް ވުރެއް ބޮޑަށް އަހަރެން ހުރީ ދެރަވެފައެވެ. އައިރް އެއީ އުޅެއުޅެވެސް އަހަރެންނަށް ދަސްނުވި މީހެކެވެ. ހިތައް އެރި ގޮތެއް އޭނަ އަހަރެންގެ ހިތައް ހަދަމުން ދިޔައެވެ. އަނެއްކާވެސް ބަންޝީލްގެ ރަނގަޅު ކަންތައް އަހަރެންގެ ސިކުނޑީގައި އެބުރެން ފެށިއެވެ . “ޕޮއް” ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ ޖައިޝްގެ އަޑަށެވެ. ހަޅޭލަވައި ނުގަނެވުނަސް ހިތް ހީވީ ކުއްލިއަކަށް އަނގައި ތެރެއިން ބޭރަށް ނިކުން ހެންނެވެ. މޭމަތީގައި އަތް އަޅައިގެން އަހަރެންނަށް ޖައިޝްއާއި ދިމާލަށް ބަލާލެވުނު އިރު އޭނަ ހުރީ ހޭށެވެ. “ލުކް އެޓް ޔުއަރ ފޭސް” ޖައިޝް ހެމުން ބުނެލިއެވެ. “ހީވަނީ ޖިންނިއެއް ފެނުނު ހެން” ޖައިޝް އަހަރެންގެ ކައިރީގައި އެތަނުގައި އިށީދެލިއެވެ. އެހެން ބުނެލުމާއި އެކު އަހަރެންނަށްވެސް ހެވުނެވެ.
“ނާވަސް” ޖައިޝް އިށީދެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ފަޑު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ޑޯންޓް ވޮރީ.. ރީހާން އިޒް ދަ ބެސްޓް.. ހީ ކޭން ޑޫ އިޓް” ޖައިޝް ބުނެލިއެވެ. އަހަރެން އިސްޖަހާލީމެވެ. ރީހާންގެ ހުންނަ ވަރެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު ބަންޝީލްގެ ހުންނަ ވަރު އަހަރެންނަށް ކޮންމެވެސް ވަރަކަށް ވަނީ ފެނިފައެވެ. އަހަރެން މިގަޑީގައި އަމިއްލަ ނަފްސު އަހަރެންގެ ބާރުގެ ދަށުގައި ހުއްޓަސް ބަންޝީލްގެ އުދަގޫ އަދިވެސް އަހަރެންނަށް ކުރަމުން ދިޔައެވެ. ނަމަވެސް ވަމުން ދިޔަ އުދަގޫ ބުނެދޭކަށް ނޭނގެއެވެ. ޖައިޝް އެކި ވާހަކަ ދައްކަމުން ދިޔައެވެ. އޭނަގެ ބޭނުމަކީ އަހަރެންގެ ހާސްކަން ފިލުމުންކަން އަހަރެންނަށް އެނގެއެވެ. “ކުރިން ކީއްވެ ޖައިޝް އަހަރެން ދެކެ އެހާ ރުޅި އަންނަނީ” އަހަރެން ޖައިޝްއާއި ސުވާލު ކުރީމެވެ. އޮފީހުގައި އޭނަ އަހަރެންނާއި ދިމާލަށް އެއްޗެހި ނުކިޔާ ދުވަހެއް ނުދާނެއެވެ. ރޮއްވާ ނުލާ ދުވަހެއް ނުދާނެއެވެ. އަހަރެން އެ ސުވާލު ކުރުމާއި އެކު ޖައިޝް އަހަރެންގެ މޫނަށް ބަލާލިއެވެ. “ވޯންޓް ނޯ ދަ ޓްރޫތް” ޖައިޝް އަހާލިއެވެ.
އަހަރެން ބޯޖަހާލީމެވެ. ޖައިޝް އިސްޖާހާލިއެވެ. އޭނަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ލަދުވެތިކަން އަހަރެންނަށް ފެނިގެން ދިޔައެވެ. “ބިކޯޒް އައި ލައިކް ޔޫ” ޖައިޝް އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ސިހިފައި ބަލާލީމެވެ. “އާ.. އެންމެ ފުރތަމަ ދުވަހު ފެނުމުންވެސް އަހަރެން އާސީންއަށް ލައިކް ވި.. އެކަމަކު.. އަހަރެންނަކީ ވަރަށް އެހެން ކަހަލަ މީހެއް. އައި މީން.. އަހަރެން ބޭނުން ނުވީ އަންހެން ކުއްޖަކާ ހުރެ އަހަރެންނަށް ބަދަލެއް އަންނަން.. ޔޫ ނޯ.. މީހުން ބުނާ އަޑު އިވޭ.. ލޯބި ވީމަ ދެން އެމީހަކު ވަރަށް ވީކް ވާނެއޭ.. އަންހެން ކުއްޖާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެއޭ.. އަހަރެން ބޭނުންނުވީ އަހަރެން އެފަދަ ކަމެއް ކުރަން..” ޖައިޝް ވާހަކަ ދައްކަމުން ދިޔައިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންނަށް އެސުވާލު އެހުނީތީ މޮޔަ ހީވެފައެވެ. “އަސްލު މީހުން ބުނަނީ ތެދެއް.. ލޯބި ވީމަ ހުރިހާ ކަމެއްވެސް ބަދަލުވޭ.. ދެކޭ ގޮތްވެސް.. ވިސްނާ ވިސްނުންވެސް..” ޖައިޝް ހީލިއެވެ. “އަހަރެން ހީކުރީ އަންހެން ކުއްޖަކަށްޓަކައި އަހަރެން ބަދަލު ނުވާނެ ކަމަށް.. އެކަމަކު.. ލުކް އެޓް މީ ނައު..” ޖައިޝް ބުނެލިއެވެ. “ޖައިޝް. އައި.. އަހަރެން” “އަހަރެންނަށް އެނގޭ.. އާސީން ބުނާކަށް ނުޖެހޭނެ ދޯ.. އަހަރެން މިހެން މިބުނީ އާސީންއަށް އިތުރު އުދަގުލެއް ކުރާކަށް ނޫން.. އެކަމަކު.. އަޅާނުލާ.. އަހަރެންނަކަށް ނޭނގޭ ކީއްވެ ކަމެއް އަހަރެން އެހެން މި ބުނީކީވެސް” އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ޖައިޝް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ.
ދެމީހުން ސިހުނީ ދޮންބެ އައިސް އެތަނަށް ވަނުމުންނެވެ. “ހިނގާ ދާން ކޮއްކޯ” ލޯތްބާއި އެކު ދޮންބެ ބުނެލިއެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ޖައިޝް އަހަރެންގެ ވާތް ފަރާތުގައި ހުރި އިރު ދޮންބެ އައިސް މަޑުކޮށްލީ އަހަރެންގެ ކަނާތް ފަރާތުގައެވެ. ބޭރަށް ނިކުތުމުގެ ކުރިން ދޮންބެ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔާލިހެން އަހަރެންނަށް ހީވިއެވެ. ބޭރަށް ނިކުންނަމުން ދޮންބެ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އަހަރެން ބޭރަށް ނިކުތުމާއި އެކު ހީވީ މުޅި ދުނިޔެ އެބުރި ގަތް ހެންނެވެ. ބޮލަށް އެބުރުން އަރައިގެން ނުވެއްޓުނީ ކިރިޔާއެވެ. ޖައިޝް އަހަރެންގެ ގައިގައި ނުހިފެހެއްޓިނަމަ ރަނގަޅަށްވެސް ވެއްޓުނީހެވެ. މަޑުމަޑުން އަހަރެންނަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އެވަގުތު ދޮންބެ އަދި ޖައިޝް ދެމީހުން އަހަރެންގެ ގައިގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އަހަރެން ގޮވައިގެން ހިގައިގަތީ ގޮނޑު ދޮށާއި ދިމާލަށެވެ.
މަޑުމަޑުން އެމީހުން އަހަރެން ގޮވައިގެން އެހާ ހިސާބަށް ދިޔަ އިރު އަހަރެންނަށް ރަނގަޅަށް ތަންތަށްވެސް ސާފު ނުވެއެވެ. “މިތަނުގައި އޭނަ ބާއްވާ” އަހަރެންނަށް ރީހާންގެ އަޑު އިވުނެވެ. ދެލޯ މަރާލައިގެން ހުރުމަށްފަހު އަހަރެން ދެލޯ ހުޅުވާލި ވަގުތު ނުސާފުކޮށް ރީހާން ފެނުނެވެ. އަދި އޭނަ ކައިރީގައި ރޯކޮށްފައިވާ އަލިފާންގަނޑެއް ކަހަލަ އެއްޗެއް ފެނުނެވެ. “ކޮއްކޮގެ ބޮލަށް އެބުރުން އަރަނީޔޯ” ދޮންބެ ބުނެލިއެވެ. ދޮންބެގެ އެހީގައި އަހަރެން އޮށޯތީ ކުނަލެއްގެ މަތީގައެވެ. “ދޭ.. އަހަރެން ބުނި ގޮތަށް ކަންތައް ކުރަންދޭ” ރީހާން ބުނެލިއެވެ. “އާސީން.. ހަމަޖެހިލާ” ރީހާން އަހަރެންނާއި ވާހަކަ ދެއްކިއެވެ. އަހަރެން ހަމަޖެހިވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ނަމަވެސް ބޮލަށް ވެފައިވާ ބަރު، ރިހުމަކަށް ބަދަލު ވަމުން ދިޔައެވެ. ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. ދުރުން އަހަރެންނަށް ގުރުއާން ކިޔަވާ އަޑު އިވެން ފެށިއެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އަހަރެން އޮތީ ވަމުން ދިޔަ ތަދުންނެވެ. ޖެހެމުން ދިޔަ ވައި ގަދަވަމުން ދިޔަ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. ރާޅުގެ އަޑުވެސް ގަދަވަމުން ދިޔައެވެ. އިރުކޮޅަކު އެ އަޑު ހުރުމަށްފަހު ކުއްލިއަކަށް އިވެމުން ދިޔަ ހުރިހާ އަޑެއް ކެނޑިގެން ދިޔައެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އެވަގުތު ކައިރީގައި ހުރި ބަންޝީލް ފެނިގެން ދިޔައެވެ.
“އާސީން.. އަހަރެންގެ އަޑު އިވޭތަ” ރީހާން ނުފެނު ކަމުގައި ވިޔަސް އޭނަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ބަންޝީލްއަށް ބަލާލުމުން އާއެކޭ ބުނުމަށް އޭނަ ބުނެލިއެވެ. އަހަރެންނަށް މަޑުމަޑުން އާއެކޭ ބުނެލެވުނެވެ. “ބަންޝީލް އަތު ވެއްޖެތަ” ރީހާންގެ އަޑު އަނެއްކާވެސް އިވުނެވެ. އަހަރެން ބަންޝީލްއަށް ބަލާލުމާއި އެކު އަނެއްކާވެސް އާ ބަސް އަހަރެންގެ ކަރުބުޑުން ނިކުތެވެ. ހަމަގައިމުވެސް އަހަރެން ބުނަން ބޭނުންވެގެނެއް ނޫނެކެވެ. “އާސީން.. އަހަރެން ބުނިން އެންމެ ފުރަތަމަ ދުވަހުވެސް އާސީންއަށް އަނިޔާއެއް ދޭކަށް އަހަރެން ބޭނުމެއް ނުވެއޭ.. ދެން ކީއްވެ އެމީހުން ބުނާ ހުރިހާ ކަމެއް އާސީން ތި ކުރަނީ” ބަންޝީލްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނު އިރު އެއަޑުގައި ބަރުކަމެއް ވާކަށް އަހަރެންނަށް އެނގުނެވެ.
އަހަރެން ކިތައްމެ ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ބަންޝީލް އަހަރެންގެ ކުރިމަތީގައި ހުއްޓެވެ. “އަހަރެންނަށް އާސީން ފުރަތަމަ ފެނުން ދުވަހުން ފެށިގެން، އަހަރެން މި ހުންނަނީ އާސީންގެ ހިދުމަތުގައި.. އާސީންއަށް އެއްވެސް އުދަގުލެއް.. އެއްވެސް ގެއްލުމެއް ވޭތޯ ބަލަބަލާ.. އަހަރެން އަބަދުވެސް އާސީންއަށް އެހީވިން.. އެކަމަކު..” މަޑުމަޑުން ބަންޝީލްގެ ސިފަ ބަދަލުވާން ފެށިއެވެ. އޭނަގެ އަތް މަޑުމަޑުން ދިގުވަމުން ދިޔައެވެ. އިނގިލިތައް ދިގުވެ، ނިޔަފަތި ތައްވެސް ދިގުވެ ތޫނުވަމުން ދިޔައެވެ. މަޑުމަޑުން ބަންޝީލްގެ މޫނުގެ ސިފަވެސް ބަދަލުވާން ފެށިއެވެ. މޫނުގެ މަސްތައް މަޑުމަޑުން އެއްވެ، ދެލޮލުގެ ބަދަލުގައި އެއްލޯ ނިއްކުރިން ކަހަލަ ގޮތަކަށް ފެޅިއެވެ. ނޭފަތް ހުރި ހިސާބުގައި ވަނީ ތިނެސް ކަހަލަ ގޮތަކަށް ހުސް ހޮއިވަޅެކެވެ. އެންމެ ބޮޑަށް ވައްތަރީ މަރުވެފައިވާ މީހެއްގެ ބޮލުގެ ނާށިގަނޑުގައި އިންނަ ކަހަލަ ނޭފަތަކާއެވެ. އަނގަ ބޮޑުވެ ދެ ފަރާތުން ފޭރާ ދަތް ބޭރަށް ނިކުންނަން ފެށިއެވެ. ތިރީފަރާތުންނާއި މަތީ ފަރާތުން މުޅި ޖުމްލަ ހަތަރު ދަތް ނިކުންއިރު އެހެން ދަތްތައްވެސް ފެންނަން ހުރީ ތިނެސްކަން ކުދި ‘ޕިރަމިޑް’ ތަކެއް ހެންނެވެ. އޭނާ ހުރީ އާދައިގެ އިންސާނެއްގެ ދިގުމިނުގައެވެ. އަހަރެން ބޭނުންވި ހަޅޭލަވައިގަންނާށެވެ. އެބިރުވެރި އެތީގެ ކުރިމަތިން ދުރައްދާށެވެ. ނަމަވެސް އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ އޭތިއާއި ދިމާލަށް ބަލަހައްޓައިގެން އޮތުމެވެ.
“ކަލޭމެން.. ޝުކުރުވެރިނުވާ އިންސާނުން.. ހީވަނީ ކީކޭ ކަމަށްތަ… އަހަރެން ކަލެއަށްޓަކައި އަހަރެންގެ އަސްލުވެސް ދޫކޮށްލަން ހުރީ ތައްޔާރަށް.. އެކަމަކު.. އެންމެ ފަހު ވަގުތުވެސް ކަލޭ އަޑުއެހީ އެ އައިރްގެ ބަސް.. އޭނަ އަހަރެންނަށް ވުރެއް ރީތީ ކޮންތަނެއްތަ.. ޖަވާބުދީބަލަ” ބަންޝީލްގެ ބަރު އަޑުން އަހަރެންގެ ކަންފަތް ބައްވި ކަހަލައެވެ. “އޭނައާއި އަހަރެންނާއި ދެމީހުންގެ ދޭތެރެއިން ކޮންމެ ފަހަރަކުވެސް އާސީން ބޭނުންވަނީ އޭނަ.. ކީއްވެތަ.. އޭނައަކީ ކާކުތަ.. އާދައިގެ އިންސާނަކާއި ޖިންނިއަކަށް ލިބިފައިވާ ބާރެއް އާރެއް ނެތް އެއްޗެއް.. އޭނައަށް ކުރެވޭހާވެސް ކަމަކީ ތިގެއަށް ފާރައިލައިގެން އޭނަގެ ހުރިއްޔާ ހުރި ބާރެއްލައިގެން ތި ގެ ރައްކާތެރިކުރުން.. އޭނައަކަށް ނޭނގޭ.. އަހަރެން އޭނައަށް ވުރެއް އެތައް ތަނެއް ބާރުގަދަ ކަމެއް.. އޭނައަކަށް ނޭނގޭ އޭނަ ގެއަށް ރައްކާތެރިކަން ދިނަސް.. އަހަރެންނަށް ގޭގައި އުޅޭ މީހުންނަށް ބާރުފޯރުވޭ ކަމެއް.. އޭނަގެ ކޮންމެރެއަކު އާސީންގެ ގެ ހިމާޔަތް ކުރުމަށްޓަކައި އޭނަގެ ގައިން އެތައް ބާރެއްގެ ބޭނުން ކުރޭ.. އަދި އަމުދުން އަހަރެން ތިގޭގައި އުޅޭ މީހަކަށް ބާރުފޯރުވާނަމަ.. އޭނަގެ އެބާރުތަކާއި ހުރެވެސް އޭނަ ހުންނާނީ މަރުވަން ކައިރިވެފައި.. އެނގޭތަ އެއީ ކީއްވެ ކަން.. އެއީ އޭނައަކީ އަހަރެން ކަހަލަ ޖިންނިއަކަށް ނުވާތީ.. އަޑު އިވިއްޖެ” ބަންޝީލް ހަޅޭލަވައިގަތްވަގުތު ލޮލުން އަލިފާންކަނި ބުރައިގެން ދިޔައެވެ.
“އޭނަ ކަލެއަށް ކޮށްދިން ކަމެއް ބުނެބަލަ.. ކަލޭ އޭނަ ފަހަތުން ތި ދުވަނީ.. އޭނައަށް ނުކުރެވޭ ކިތައްމެ ކަމެއް އަހަރެން ކަލެއަށް ކޮށްދޭނަން.. ކޮށްދެމުން މިހުރިހާ ދުވަހު އައީވެސް.. މިރޭ އަހަރެންގެ ބަސް އަހައިގެން އެ ޓެންޓް ގަނޑުން ބޭރަށް ނިކުންނަމަ.. އެކަމަކު ނޫން.. އައިރް ބުނެފިނަމަ ކަލެއަށް ހީވާނެ މިއީ ދުވާލޭވެސް..” ބަންޝީލް ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ އަނގައިން ފޮނުތަކެއް ނިކުންނަމުން ދިޔައެވެ. އަހަރެން ފަކުރު ގަންނަން ފެށިއެވެ. ހޮޑުލަވާގޮތްވެ ބޮލަށް ބަރުވާ ކަހަލަ އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. “މިރޭ ތީގެން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ.. އާސީންއަކަށްވެސް.. އަދި އައިރްގެ އެކުވެރި.. ރީހާންއަކަށްވެސް.. ރީހާންގެ ދުވަސް ދުއްވާލާފައި އަހަރެން ޖައިޝް، އާސީންގެ ދޮންބެގެ ދުވަސް ވެސް ދުއްވާލާނަން.. އަދި ރަށަށް ދިޔަ އާސީންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮވެސް މަރާލާނަން.. އަހަރެންގެ ހިތުގައި ޖެއްސުން އެއީ އާސީންއަށް މިދުނިޔެމަތީގައި ކުރެވުނު އެންމެ ބޮޑު އެއް ކުށް.. އެކަން ހަނދާންކުރާތި” އެހެން ބުނެ ކުއްލިއަކަށް ބަންޝީލް ގެއްލުނެވެ. ނޫނެކެވެ. ގެއްލުނީކީ ނޫނެކެވެ. ދުންކޮޅަކަށް ބަދަލުވިއެވެ.
މަޑުމަޑުން އެދުންކޮޅު އަހަރެންގެ ކައިރިއަށް އަންނަން ފެށިއެވެ. އަހަރެންނަށް ގުޑިވެސް ނުލެވުނެވެ. އެދުންކޮޅު އައިސް އަހަރެންގެ ލޮލު ތެރެއަށް ވަނެވެ. އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނީ ދެލޮލަށް ނެގި ދިލައަކުންނެވެ. ކުއްލިއަކަށް އަހަރެންގެ ބޮލުގައި ރިއްސައިގަތެވެ. ހީވީ ބޯ ފަޅާލާފައި ބޮލުގެ ނާށިގަނޑާއި އެކު ސިކުނޑިވެސް ބޭރަށް ނިކުންހެންނެވެ. ހަށިގަނޑުގައި ހުރި ހުރިހާ ގުނަވަންތަކެއްގައި ހީވީ އެތެރެއިން ވަޅި އެޅިހެންނެވެ. “ބަންޝީލް” ރީހާންގެ އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. އަހަރެންގެ ބާރުގައެއް ނޫނެވެ. އެވަގުތު ރީހާން އަހަރެންނަށް ފެނިގެން ދިޔައެވެ. “ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ.. އަހަރެން އެހާ ފަސޭހައިން ބަލި ކުރެވޭނެ ކަމަށްތަ” އަޑު ނިކުތީ އަހަރެންގެ ކަރު ބުޑުންނެވެ. އެކަމަކު އެއީ އަހަރެންގެ އަޑެއް ނޫންކަން އަހަރެންނަށް އެނގުނެވެ. އިވުނީ ތިން ހަތަރުމީހުން އެއްފަހަރާ ވާހަކަ ދެއްކުމުން ހުންނަ ކަހަލަ އަޑެއް ކަން އަހަރެންނަށް ޔަގީނެވެ. “އަހަރެން ބަންޝީލްއަށް ފުރުސަތެއް ދޭން ބޭނުން.. ބަންޝީލްއަކީ އާސީންއަށް ގޯސް މީހެއް ނޫން.. އެކަމަކު އަހަރެންނަށް ބަންޝީލް އާސީން ކައިރީގައި ބެހެއްޓޭކަށް ނެތް.. އެހެންކަމުން އަހަރެންގެ ބާރުގެ ބޭނުން ކުރުމަށް މަޖްބޫރު ނުކުރޭ.. އަވަހަށް އާސީން ދޫކޮށްލާ” ރީހާންގެ އަޑު އިވިގެން ދިޔައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.




Haadha dhuvahehh ge fahunnayyy up thi kuryy.. thihenn hadhann nuvaaaane dhwww…. vaahaka kiyaa hithunnnn huhta up nuvayyy… kn dhuvahehhh dhwwwww
aslu ves dhoo dear 🙁 sorry igey ehaa las veema.. hama vaahaka nuliyevigen up nukurevuny.. dhen ekam ehen neh nuvaane.. mi week ga last part up koh dheynan .. thnks v bodah dear 🙂
Finally fantasy is back… Adhi vaahaka nukiyan.. Kiyaafa comment eh kohlaanan..
wow wow you are back..my fav story ?
thnks sabeeha dear bodu koh 🙂 v ufaa vejje wait koh leema igey 🙂
hurihaa kudinge kibain v bodah maafah edhen.. vaahaka liyaane vagutheh nuvegen mihaa dhuvas vi iru up nukurevuny.. ekam mi week ga mi vaahakaige fahu bai ves up koh dheynan iraadha kureviyya.. hurihaa kudin kuri inthizaarah v bodah shukuriyya 🙂 mi baives hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudinge hiyaal thakah maruhaba 🙂
V rythi… Waiting 4 another part
thnks thukko dear bodu koh 🙂 ehaa dhuvas vandhen wait kohleema ves v happy vejje 🙂 anna part mi weekga genes dheynan igey dear 🙂
Next part up vaany kn dhuvahakunn..??
reesh iraadha kureviyya thursday ga up koh dheynan igey 🙂
ohhhhh….mmmmmm am i in a fantasy world….???? good to cyu…☺
thnks ken dear 🙂 v happy vejje ken ge comment eh libunyma 🙂
finally dhw…………………….
v v v reethi………. buneveyny thikura hiyvara hama saabahey.
thnks mexxo 🙂 v bodu koh 🙂
Wow…… v reethi story dhaa goi…… v happy vehje ehaa dhuvas fahun vx vaahaka up koh dhineema. Waiting for next part.?
thanks shaa xee dear 🙂 ehaa gina dhuvas vandhen wait kohleethee v ufaa vejje 🙂
haadha dhuvaheh fahun . ekamaku v reethi n witing for next part
ya mifaharu v dhuvas vejje dhoo ninaa .. ekam dhen ehaa gina dhuvaheh nuvaane igey dear 🙂 v bodu koh ufaa vejje 🙂
Nadhuruves bunaavaruge kame..varah reethi vaahakaeh.dhen anekka next part next year ga eh noon ingey. ?
heheh maadhan iraadha kureviyya up koh dheynan igey dear 🙂 thnks v bodah ehaa dhuvas vandhen wait kuryma 🙂
Keep it up dear
thnks a lot dear 🙂
This story is very nice. It will be nice if you could upload new parts every other day.
vaahakige last part maadhan up koh dheynan igey dear 🙂 thnks v bodah 🙂
Aslu v ginain up veytho beley story eh miee. Reethi mi part vs n nimeny dhw. Good luck
thnks dear bodu koh 🙂 ehaa gina dhuvas vandhen wait kohleethee v ufaa vejje 🙂
so inthizaarah nimumeh athuvejje. v dhuvas kollaafa dho. vvv nice mi part ves .
nice
thnks dear v bodukoh ehaa dhuvas vandhen wait kohleema 🙂 adhi thihaa lobi comment eh koh leema igey 🙂
Yashfa or nashfa
Confused
Feshigen gos mihaathanahves mivaahaka mikiy kiyaa hithun.. waiting 4 next part..
thnks dear bodu koh 🙂
Fantasy is back.
yes dear 🙂
O o o o yey. Fantasy mareh nuvey. Eynaa eba vaahaka liyey. Hahahahaaaa
heheh dhoo booo 😛
FINALLY!
yes finally dhoo 🙂
Is it just me , or the writer loves to use the word “look” too much ?
Waiting for the next part
thnks dear bodu koh 🙂
Finally Got Yew..
yes dear 🙂 thnks ehaa dhuvas vandhen wait kohleema 🙂
Mi vaahaka liyuntheriya ah hama saabas dhevey varuvey. V gina vaahaka kiyan biruverives ekam mivaruge vaahaka aka dhimaleh nuvey. Konme konme thankolhehves genais dheefa huri goiy v furihama. Hates off to u Author… Best of luck
thnks dear bodu koh thihaa lobi comment eh koh leema 🙂
V interesting story eh… Adhives Kiyaa hithun hutta mi part ves e nimuny.. Mifaharu ehaa dhigu inthizaareh nukuru vaathi ingey… 🙂
ya iraadha kureviyya maadhan vaahakaige last part up kuraanan igey 🙂 thnks v bodah 🙂
Fainaly
yeh .. finally dhoo dear 🙂
ohh..you r back..wow story is awesome ingey 🙂
thnks dear bodu koh 🙂
ohh..u r back..wow story is awesome..:-)