Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 23, 2016 6 Mins Read
27 Comments

“ގޭއެއްވެސް މީހަކަށް ނާންގާ މީހަކާ އިނދެފަ އަހަރެން މާލެ ދާ އިރު އޭނަ ދައްކާފަ މީ އަންހެނުންނޭ ބުނީމަ އެމީހުން ގަބޫލު ކުރާނެތަ؟ ގަބޫލު ކުރިޔަސް އެކަކުވެސް މިކައިވެންޏަކާ ނުރުހޭނެ. އަހަރެންގެ އަންހެނުންގެ ގޮތުގަ އެމީހުން ނުވެސް ދަންނަ އަންހެން ކުއްޖެއް ބަލައެއް ނުގަންނާނެ. އަހަރެންގެ މަންމައަކީ ފާޑެއްގެ މީހެއް، ބައްޕަވެސް… އެހެން ނޫނަސް އަހަރެންވެސް ބޭނުމެއް ނޫން މާލެ ދާއިރު އޭނަ ގެންދާކަށް. އަހަރެން ބޭނުމެއް ނޫން އިނދެގެން އުޅޭކަށްވެސް. ބުނެފީމެއްނު ފުރަތަމަ އޭނަޔާ އިން ސަބަބުވެސް…” ރާހިލް އެހެން ބުނެލި އިރު ހިތް ނުތަނަވަސް ވީ ނަމަވެސް ހަގީގަތުގައިވެސް ރާހިލް މީރާއާ އެކު އެކައިވެނީގައި ދެމި ހުންނާކަށް ބޭނުމެއް ނޫނެވެ.

“އަހަރެން ހިތަށް އަރާ ރާހިލް ކީއްވެ ބާއޭ ތިކައިވެނި ކުރީ… އަނތްބަކު ބޭނުން ނުވާއިރު ކީއްކުރަން…؟ ނީނަކަސް…” ނަވީން ޖުމްލަ ފުރިހަމަ ނުކޮށް ދެފަރާތަށް ބޯހަލުވާލިއެވެ.

ރާހިލް އެއްޗެއް ނުބުނެ ހިހޫވެފައި ހުރި ކޮފީތަށި އެއްނޭވައިން ހުސްކޮށްލާފައި ތެދުވެގެން ގޮސް އަލުން ކޮފީއެއް ހަދާލިއެވެ.

“ދެން ބުނެބަލަ… ކޮން ކުއްޖެއްތަ އެއީ؟ ކޮން ނަމެއްތަ ކިޔަނީ؟ އިން އިރުވެސް އަންގާވެސް ނުލާ، މާލެ ދިޔުމުގެ ކުރިން ދައްކާވެސް ނުލާނަންތަ ހަމަ؟” ނަވީން އަހާލިއެވެ.

“ކީއްކުރަން އޭނަ ބަލަނީ؟ މީ ނުވާ ކަމެއް ކަމަށް އަހަރެން މިބަލަނީ” ފަރުވާ ކުޑަ ގޮތަކަށް ރާހިލް ބުންޏެވެ.

ދޭއް ޖެހިތަނާ ތަޅުދަނޑިން ތަޅު ހުޅުވާފައި ރާހިލް ގެޔަށް ވަދެ ދޮރު ތަޅުލިއެވެ. ގޭތެރެ އޮތީ ދިއްލާފައެވެ. ކާމޭޒުމަތީ މީރާ ކާން ތައްޔާރު ކުރި ގޮތަށް ހުއްޓެވެ. ރާހިލް ގޮސް އެއްކޮށް ނުލެއްޕި ހުރި ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލާފައި އެތެރެއަށް ވަނެވެ.

އެނދުގައި މީރާ ނިދާ ފަރާތުގައި ކޮޓަރީގެ ދޮރު ނުފެންނަ ގޮތަށް މީރާ އޮތެވެ. މީރާ އޮތީ ހޭލާ ބާއޭ ހިތަށް އަރަމުން ރާހިލް ލައިގެން ހުރި ޓީޝާޓު ބާލަމުން ފާހާނާއާ ދިމާއަށް ދިޔައެވެ. ދޮރާ ހަމަވެފައި ރާހިލް މީރާއަށް ބަލާލިއެވެ. ނިދާ ބޮކީގެ މަޑު ފެހި ކުލައިގެ އަލީގައި މީރާ ފެންނަން އޮތް އިރު، އޭނައަށް ނިދުނީ ރޯން އޮވެކަން ރާހިލްއަށް އެނގުނެވެ.

ނުތަނަވަސްކަން ރާހިލްގެ ހިތަށް ވެރިވެގަތުމާއެކު ދެފަރާތަށް ބޯހަލުވާލަމުން އަވަސްއަވަހަށް ފާހާނާގެ ބޮކި ދިއްލާލާފައި ރާހިލް ވަދެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

ފަތިހު ފޯން އެލާމް ވުމުން ދެމީހުންނަށް ހޭލެވުނީ އެކުއެކީގައެވެ. ދެމީހުންވެސް ތެދުވެ ނަމާދު ކުރިއެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމެއް ނެތި ރާހިލް މީރާއަށް ވުރެ ކުރިން ގޮސް އަނެއްކާވެސް އެނދުގައި އޮށޯތެވެ. މީރާވެސް އޮށޯވެ، އެއްއަތް ނިތްކުރި މަތީ ބާއްވައިގެން އޮތް ރާހިލްއަށް ބަލަން އިރުކޮޅަކު އޮތީ ރާހިލް އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ރާހިލް ވާހަކަ ނުދެއްކުމުން މީރާ މަގަތަށް އެނބުރި ލޯމަރާލިއެވެ.

މީރާ އަނެއް ފަރާތަށް އެނބުރުމުން ރާހިލް މީރާއަށް ބަލާލިއެވެ. އެވަގުތު ރާހިލްގެ ހިތާ ހަށިގަނޑު މީރާއަށް ބޭނުންވީ ކީއްވެ ކަމެއް ރާހިލްއަކަށްވެސް ނޭނގެއެވެ. އެނދުގެ މެދަށް ޖެހިލުމާއެކު ރާހިލް މީރާގެ ކޮނޑުގައި ހިފާ މަޑުމަޑުން އޭނައާ ވީ ފަރާތަށް އަނބުރާލިއެވެ. އަދި މީރާގެ މޫނުގައި އަތް ޖައްސާލުމާއެކު މީރާގެ ގައިގައި ބައްދާލަމުން ރާހިލްގެ އަތުތެރެއަށް މީރާ ގެނައެވެ.

އެއްވެސް ބަހެއް ބުނުމެއް ނެތި އެކަކު އަނެކަކުގެ އަތުތެރޭގައި އެތައް ވަގުތެއް ހޭދަ ކުރުމަށް ފަހު ހަތެއް ޖެހިތަނާ މީރާއަށް ނިދުނީ ރާހިލްގެ މޭގައި ބޯޖައްސާލައިގެން އޮވެއެވެ. ގިނައިރެއް ނުވެ ރާހިލްއަށްވެސް ނިދުނެވެ.

ނުވައެއް ޖެހިފަހުން ދެމީހުންނަށްވެސް ހޭލެވުނެވެ. ދެންވެސް ރާހިލް ވާހަކަ ނުދައްކާތީ މީރާއަށްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފެން ވަރައިގެން މީރާ ނިކުތީ ސައި ހަދާށެވެ.

މޭޒުމަތި ތައްޔާރުކޮށްލާފައި ރާހިލްއަށް ސައިބޯން ގޮވަން ވެގެން މީރާ ކޮޓަރިއަށް ވަން އިރު ރާހިލް ހުރީ އެނދުމަތީ ހުރި ފޮއްޓަކަށް އެއްޗެހި އަޅާށެވެ.

“ތަނަކަށް ދާންތަ ތިއުޅެނީ؟” އިރުކޮޅަކު ބަލަން ހުރެފައި މީރާ އެހިއެވެ.

މީރާގެ އަޑު އިވުމުން ރާހިލް ބަލާލިއެވެ. ޖަވާބެއް ނުދީ، ކުރަން ހުރި މަސައްކަތް ރާހިލް ނިންމާލީ ހަރަކާތް އަވަސް ކޮށްލަމުންނެވެ. ފޮށީގެ ޒިބު އަޅުވާލާފައި ރާހިލް އެނދުގައި އިށީނެވެ.

“މީރާ، މިތާ އިށީނދެބަލަ…” އެނދުގައި އަތް ޖައްސާލަމުން ރާހިލް މީރާއަށް ގޮވާލިއެވެ.

މީރާގެ ހިތް ބާރަށް ތެޅިގަތެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެނީއޭ ހިތަށް އަރަމުން ދިޔައެވެ. ކަންބޮޑުވެފައި ހުރެ މީރާ ގޮސް ރާހިލް ކައިރީ އިށީނެވެ.

“އަހަރެން މިއުޅެނީ ފުރަން… މާލެއަށް ދާން…” ރާހިލް ބުންޏެވެ.

މީރާ އެއްޗެއް ނުބުނެ އިނެވެ.

“މީރާ—” ރާހިލް އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް މީރާ ކުއްލިއަކަށް ރާހިލްގެ ވާހަކަ މެދުކަނޑާލިއެވެ.

“ހިނގާ ސައިބޯން، ހިހޫ ވެދާނެ” އިން ތަނުން ތެދުވަމުން މީރާ ބުންޏެވެ. އަދި ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް މީރާއަށް ނުނިކުމެވެނީސް ރާހިލް މީރާގެ އަތުގައި ހިފެހެއްޓިއެވެ.

“މީރާ… އަހަރެން ދެން މިކޮޅަކަށް ނާންނާނަން” ރާހިލް މީރާގެ ދެކޮނޑުގައި ހިފާ ރާހިލްއާ ދިމާއަށް އަނބުރާލާފައި ބުންޏެވެ.

ދެންވެސް މީރާ އެއްޗެއް ނުބުނެއެވެ. އިސްޖަހާލައިގެން ހުރީއެވެ. ރާހިލް ބުނި އެއްޗެއް މީރާއަށް އަޑު ނީވޭ ކަހަލައެވެ.

“އަޑު އިވިއްޖެތަ؟” ރާހިލް އަހާލިއެވެ. މީރާގެ ފަރާތުން ޖަވާބެއް ނުލިބުމުން ރާހިލް މީރާ ގައިން ދޫކޮށްލާފައި ގޮސް ފޮށި ނަގާ ތިރީގައި ބެހެއްޓިއެވެ. އަދި ރާހިލްގެ ލެޕްޓޮޕްއާ އޭގެ ޗާޖަރ ލެޕްޓޮޕް ލާ ދަބަހަށް ލާފައި ފޯންގެ ޗާޖަރވެސް ނަގާ ދަބަހަށް ލިއެވެ.

“އަހަރެން ބަލައެއްވެސް ނާންނާނަންތަ؟ ނޫނީ އަހަރެން އެކަނިތަ މާލެއަށް ދާން ޖެހޭނީ؟ އެހެން ވިޔަސް އެންމެ ރަނގަޅު، އެކަމަކު ކޮން އިރަކުން އަހަރެން ދާންވީ؟” މަޑުމަޑުން މީރާ އަހާލިއެވެ.

މީރާގެ އެސުވާލުތައް އަޑު އިވުމާއެކީ ރާހިލްގެ ހަރަކާތް ހުއްޓުނެވެ. އިރުކޮޅަކު އަތުގައި އޮތް ފޯނަށް ބަލަން ހުރެފައި ރާހިލް މީރާއާ ދިމާއަށް އެނބުރުނެވެ. ރާހިލްއާ ދިމާއަށް ބަލަހައްޓައިގެން ހެވިފައި ހުރި ނަމަވެސް މީރާގެ ލޮލާ ހަމައަކަށް އެ ހިނިތުންވުމެއް ނުފޯރައެވެ. އެލޮލުގައި ވަނީ ހިތާމައެވެ. ރީތި ރީތި އެއަންހެން ކުއްޖާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކުންވެސް ފާޅުވަނީ ހިތާމައެވެ. ވާން އުޅޭ ގޮތް މީރާއަށް އެނގޭ ކަހަލައެވެ.

ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާއޭ އެވަގުތު ރާހިލްގެ ހިތަށް އެރިއެވެ. މީރާއާ މެދު އެގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް އެނޫން ގޮތަކަށް ކަންތައް ކުރެވޭކަށް ނެތެވެ. ރާހިލް އެކައިވެނި ކުރީ އުމުރު ދުވަހު މީރާއާ އެކީ އުޅޭކަށް ނޫނެވެ. ރާހިލް މީރާއާ އެކީ އުޅެން ބޭނުން ނުވާއިރު މީ އެންމެ ރަނގަޅު ގޮތެވެ.

“އަހަރެން ބޭނުމެއް ނޫން މީރާއާ އެކީ އުޅޭކަށް… އަހަރުމެންގެ ގުޅުން މިހިސާބުން މި ނިމުނީ” ރާހިލް މޫނު އަނބުރާލަމުން ބުނެލިއެވެ.

“ރާހިލް!” މީރާއަށް ގޮވާލެވުނެވެ.

“ޕްލީޒް މީރާ، އަހަރެންގެ ހިޔާލު ބަދަލު ކުރަން އިތުރު ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ” ހަރުކަށި ރާގަކަށް ރާހިލް ބުނެލީ މީރާއާ ދިމާއަށް ބަލާލުމަކާ ނުލައެވެ.

“އަހަންނަށް ކޮން ކަމެއް ގޯސްކޮށް ކުރެވުނީ؟ ރާހިލް ނުރުހޭ ގޮތަކަށް އަހަންނަށް އުޅެވުނީތަ؟” މީރާ އަހާލިއެވެ.

“ސުވާލު ނުކުރޭ، ޕްލީޒް… އަހަންނަކަށް ދެން ނެތް މީރާއާ އެކީ އުޅެވޭކަށް، މީރާއަށް އެނގެން ޖެހެނީ ހަމައެކަނި އެކަން. އަހަރެން ފުރަތަމަ މީރާއާ އިނީވެސް އަބަދަށް އުޅޭކަށް ނޫން. އެއްވެސް ދުވަހެއްގަ އަހަންނާ އެކީ މީރާ މާލެ ގެންދާކަށް އަހަރެން ނުވިސްނަން. އަހަރެން މީރާއަށް ދެއްކީ އަސްލު އަހަންނެއް ނޫން… ސޯ ޕްލީޒް… އިތުރު ސުވާލު ނުކޮށް އަހަރެން ދިޔަދީ” ރާހިލްގެ އަޑުގައި މަޑުމައިތިރިކަން ވީ ނަމަވެސް އެއަޑުގައި މީރާއަށް އެއްވެސް ލޯތްބެއް ނެތެވެ.

އަލަމާރީގެ ވަތްގަނޑުން ޓިކެޓާ ޕާސްފޯޓް ނަގައިގެން، ފޮށި ހިފައިގެން ރާހިލް ކޮޓަރިން ނިކުތެވެ.

މީރާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. ރާހިލް ދެއްކި ވާހަކަ ގަބޫލު ކުރަން ދަތި ވެފައެވެ. ރޮއެ އާދޭސް ކޮށްގެން ވިޔަސް ރާހިލް ހުއްޓުވަން ބޭނުން ވެފައެވެ. ނަމަވެސް ރާހިލް ދެން މަޑު ނުކުރާނެކަން މީރާއަށް ޔަގީން ވެއެވެ.

ގަބޫލު ކުރަން ދަތިވި ނަމަވެސް ރާހިލް ދެއްކި ވާހަކައަކީ ތެދުކަން މީރާއަށް ވިސްނުނެވެ. ކިހިނެއް ކަމެއް ނޭނގެއެވެ. ކިތަންމެ ވަރަކަށް ރާހިލް މަޑުކުރުވަން ބޭނުންވި ނަމަވެސް އެއްޗެއް ނުބުނެ ހުރީ އެހެން ވެއެވެ.

ދޮރު ހުޅުވާލި އަޑު އިވުމާއެކު މީރާ ދުވެފައި ކޮޓަރިން ނިކުތެވެ. ފޮށި ބޭރުގައި ބަހައްޓާފައި ރާހިލް އެނބުރި ބަލާލިއެވެ. ކޮޓަރި ދޮރުމަތީ ހުރި މީރާ ފެނުމުން އިރުކޮޅަކު އެމޫނަށް ބަލަން ހުރެފައި ރާހިލް އަނެއްކާވެސް ދޮރާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“މިއަދުން ފެށިގެން ތީ އަހަރެންގެ އަނތްބެއް ނޫން… މީރާ ވަރިކޮށްފިން” މީރާއަށް ފުރަގަސް ދީގެން ހުރެ ރާހިލް ބުނެލިއެވެ.

އެއަޑު އިވުމާއެކު މީރާ ހިފަހައްޓައިގެން ހުރި ކަރުނަތައް ލޮލުގައި ގިނަވެގަތެވެ. ލޯމަރާލެވުނީ މަޑު އާހަކާއެކުއެވެ. އެއާއެކު މީރާގެ ލޮލުން އެކަރުނަތައް ފައިބަން ފެށިއެވެ. ދެފައިން ވާގި ދޫވެގެން ހުރި ތަނަށް މީރާ ވެއްޓުނެވެ. އެންމެ ހަރު ހިތްތަކަށްވެސް އަސަރު ނުކޮށް ނުދާނެ ފަދަ ރުއިމެއްގެ އަޑުން ތަނުގައި ވި ހިމޭންކަން ނަގާލިއެވެ.

ނަމަވެސް އެއަޑު އަހާކަށް ރާހިލްއެއް ނެތެވެ. އެދުލުން މީރާއަށް ބުނެލި ފަހު ބަހާއެކު ދޮރު ލައްޕާލާފައި ރާހިލް ދިޔައީއެވެ. މީރާއާ ދުރަށެވެ. މުޅި އުމުރަށެވެ.

މެންދުރުފަސް ވީއިރުވެސް މީރާ އޮތީ ކޮޓަރި ދޮރުމަތީގައެވެ. ރޮއެރޮއެ ވަރުބަލި ވެފައެވެ. ކުރީރޭއްސުރެން އެއްޗެއް ނުކައި ހުރުމާއެކު ސިކުނޑިއަށް ލިބިފައިވާ ވަރުބަލި ކަމާއެކު އެހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތްފަދައެވެ. ލޯހުޅުވާލައިގެން އެޕާޓްމެންޓްއަށް ވަންނަ ދޮރާ ދިމާއަށް ބަލަން އޮތް އިރު ހިމޭންކަމާއެކު އެދެލޮލުން ފައިބަމުން ދިޔަ ކަރުނަ ފިޔަވާ އެހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ.

އެރޭގެ ކެއުމަށް މީރާއާ ރާހިލްއަށް ދައުވަތު ދީފައި ވާތީ ނަދީމާއާ ތާނިޔާ ހަވީރުން ފެށިގެން އުޅުނީ ބަދިގޭގައެވެ. އެއީ އަބަދުވެސް ހަފްތާގައި މީރާގެ ދެމަފިރިން އެގެޔަށް އަންނަ ދުވަހަށް ވެފައި، އަންނަނީ ހަވީރު ފަހެއް ޖަހާ އެހާކަންހާއިރު ކަމަށް ވުމުން އެހާ އަވަހަށް ތާނިޔާއާ ނަދީމާ ބަދިގެއަށް ވަންނަނީ ހަވީރު ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. ސަޔަށް ފަހު ކެއްކުމުގައި މީރާވެސް އެދެމައިންނަށް އެހީވާށާ އެކި ވާހަކަތައް ހިއްސާކޮށްލުމަށް ބަދިގޭގައި އުޅޭނެއެވެ.

ފަހެއް ޖެހުމުން ތާނިޔާ ކޮޓަރިއަށް ގޮސް ފެންވަރައިގެން ތިރިއަށް ފޭބިއިރުވެސް މީރާމެން ފެންނަން ނެތުމުން ތާނިޔާ ނަދީމާއާ ސުވާލުކޮށްލީ އެމީހުން އަދިވެސް ނާދޭތޯއެވެ.

“އަދިއެއް ނާދޭ. އަނެއްކާ ހަނދާން ނެތުނީތަ؟” ނަދީމާވެސް ކުޑަދޮރުން ބޭރު ބަލާލަމުން ތާނިޔާއަށް ޖަވާބު ދީފައި ކޮށްލީ ސުވާލެކެވެ.

“ހަނދާނެއް ނުނެތޭނެއެއްނު؟ އިއްޔެ ހަވީރު އަހަރެން މީރާއަށް ގުޅާފަ ހަނދާންވެސް ކޮށްދިނިން، ބުނި އަންނާނަމޭ” ތާނިޔާ ބުންޏެވެ.

ހައެއްޖެހިއިރުވެސް މީރާގެ ހަބަރެއް ނުވުމުން ތާނިޔާ ފޫހިވެފައި ކަހަލަ ގޮތަކަށް ސޯފާގައި އޮތެވެ. އޭރު، މީރާމެންނާ އެކީ ސައިބޯން މަޑުކޮށްގެން ހުރި ޝަފީގުއަށް ލަސް ވާތީ އެންމެ ފަހުން ސައި ހަދާފައި ނަދީމާ ޝަފީގުއާ އެކު ކާމޭޒު ދޮށުގައި އިނެވެ.

ގޭގެ ބެލް ޖަހާލި އަޑާއެކު ސޯފާގައި އޮތް ތާނިޔާއާ ކާމޭޒު ދޮށުގައި އިން ނަދީމާ އެކުގައި ތެދުވިއެވެ. ނަމަވެސް ނަދީމާއަށް ވުރެ ކުރިން ދުވެފައި ގޮސް ދޮރު ހުޅުވީ ތާނިޔާއެވެ. އެއާއެކު ދޮރުމަތީ ތިބި ދެމީހުން ފެނިފައި ތާނިޔާއަށް ބާރަކަށް ހަޅޭލަވައިގަނެވުނެވެ.

ތާނިޔާގެ އަޑަށް ދޮރާ ދިމާއަށް ގޮސްގޮސް ހުރި ނަދީމާ ސިހުނެވެ. އަދި ސައިބޯން އިން ޝަފީގުވެސް ކުއްލިއަކަށް ގޮނޑިން ތެދުވެގެން ދޮރާ ދިމާއަށް ދާންފެށީ ބާރު ހިނގުމެއްގައެވެ. އެދެމަފިރިންނަށްވެސް ހީވީ މީރާ ނޫނީ ރާހިލްއަށް ކަމެއް ވީކަމަށެވެ.

“ދަރިފުޅުމެން ދެކުދިންތަ؟” ދޮރުމަތީ ތިބި ދެމީހުން ފެނުމާއެކު ހައިރާން ވީ ނަމަވެސް ނަދީމާގެ މޫނު އުފަލުން ފޮޅުނެވެ. ނަދީމާގެ ފަހަތުން އައި ޝަފީގުގެ މޫނުމަތިންވެސް ހިނިތުންވުމެއް ފާޅުވިއެވެ.

“ސާބަސް ތާނީ! މަންމަ ކިރިޔާ ބިރުން ހަލާކު ނުވީ. މަންމަ ހީކުރީ… މިކުއްޖާއަށް އެނގޭނެ ކަންތައް ބޮޑުކޮށްލަން…” ނަދީމާ ހިނިއައިސްފައި ތާނިޔާ ކައިރިން ލާފައި ނިކުންނަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ތާނިޔާ ކުރިއަށް ދެތިން ފިޔަވަޅު އަޅާލާފައި އޭނަގެ އެއްބަނޑު އެއްބަފާ ބޭބެއާއި ކޮއްކޮ ގައިގައި ބައްދައިގަތެވެ.

“ޔަމާން، ރިޔާން…” ޝަފީގު އޭނަގެ ދެ ފިރިހެން ދަރިންނަށް ގޮވާލިއެވެ.

ތާނިޔާ ޔަމާންއާ ރިޔާންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ.

“ހިނގާ ދަރިފުޅުމެން ސައިބޯން” ނަދީމާ ޔަމާންއާ ރިޔާންގެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއެކު ބުންޏެވެ. އެންމެން އެކީގައި ކަހަލަ ގޮތަކަށް ގޮސް ކާމޭޒުދޮށުގައި އިށީނެވެ.

“ބަޔަކު އަންނަނީތަ މިގެޔަށް؟” ސައި ތައްޔާރުކޮށްފައި ހުރިގޮތް ފެނުމުން ޔަމާން އަހާލިއެވެ.

“އިހަށް ދަރިފުޅުމެން ސައިބޮއެ. ދެން ބުނެބަލަ! ކީއްވެތަ ދެކުދިންވެސް އަންގާނުލާ ތިއައީ؟” ނަދީމާ ގަސްތުގައި ޔަމާންގެ ސުވާލަށް ޖަވާބު ނުދީ ވާހަކަ ބަދަލުކޮށްލިއެވެ.

“ހަމަ ހިތަށް އެރީ މަންމަމެންނަށް ސަޕްރައިޒްއެއް ދޭން” ޔަމާން ޖަވާބު ދިނީ ވަށައިގެން ގޭތެރެއަށް ބަލާލަމުންނެވެ.

“ރިޔާން ކިހިނެއް ހެދީ؟ މަންމަ ހީކުރީ އަންނަ ހަފްތާގަ ކަމަށް ދަރިފުޅު އަންނާނީ” ނަދީމާ އޭނަގެ ހަގު ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ސުވާލުކުރިއެވެ.

“ދޮންބެ ހޮސްޓެލްއަށް އައިސް ބުނީ ގެޔަށް ދާވާހަކަ، ހުއްދަ ލިބުނީމަ އަހަރެންވެސް އަންނަ ހިތްވީ” ރިޔާން ބުންޏެވެ.

“މަންމާ، ހަތެއް ޖަހައިފި…” އެކި ވާހަކައިގައި ތިބި އިރުވެސް އިރުއިރުކޮޅާ ގަޑިއަށް ބަލާލަ ބަލާލާ އިން ތާނިޔާ ނަދީމާއަށް ގޮވާލާފައި ބުންޏެވެ.

“ދޮގެއް ނޫން، މިރޭ ހާދަ ލަސްވެއްޖެއޭ ދޯ؟ ކިހިނެއްބާ ވީ! ތާނީ، ގުޅާލަބަލަ…” ނަދީމާވެސް ގަޑިއަށް ބަލާލާފައި ކަންބޮޑު ވެފައިވާ އަޑަކުން ބުންޏެވެ.

ޔަމާންއަށް ބަލާލާފައި ތާނިޔާ ތެދުވެގެން ގޮސް ބަދިގެއަށް ވަދެ މީރާއަށް ގުޅާލިއެވެ. ދެފަހަރު ރިންގް ވެފައި ކެނޑުނު އިރުވެސް މީރާ ފޯނެއް ނުނެގިއެވެ. ތާނިޔާ ރާހިލްގެ ނަމްބަރަށް ގުޅާލިއެވެ. ރާހިލްގެ ފޯނު އޮތީ ނިއްވާލާފައެވެ. އަނެއްކާވެސް ދެފަހަރަށް މީރާއަށް ގުޅި އިރުވެސް ފޯނަށް ޖަވާބު ނުދިނުމުން ތާނިޔާ އަދިވެސް ރާހިލްއަށް ގުޅިއެވެ. ނަމަވެސް އެފޯނު އޮތީ ހަމަ ނިއްވާލާފައެވެ. އެކަކާވެސް ނުގުޅުމުން ތާނިޔާ ބޭރަށް ނިކުތެވެ.

“މަންމާ، ފޯނެއް ނުނަގާ…” ތާނިޔާގެ އަޑުގައި ހާސްކަން އެކުލެވިގެން ދިޔައެވެ.

“އެކަކުވެސް ނުނަގާތަ؟” ނަދީމާ ތެދުވެގެން ތާނިޔާ ގާތަށް ދަމުން އަހާލިއެވެ. ޖަވާބުގައި ތާނިޔާ ބޯޖަހާލިއެވެ.

“ކާކުތަ؟” އެއްފަހަރު ތާނިޔާއަށް، އަނެއް ފަހަރު ނަދީމާއަށް ބަލާލަމުން ޔަމާން ސުވާލު ކޮށްލިއެވެ.

ނަދީމާއާ ތާނިޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ނަދީމާ ސިޓިންގްރޫމް ސޯފާ ކައިރީ ހުރި ކުޑަމޭޒުމަތީ ހުރި ފޯނާ ދިމާއަށް ދިޔައީ ޔަމާންއަށް ޖަވާބެއް ނުދީއެވެ.

“ތާނީ، ކަމެއް ވެގެންތަ ތިއުޅެނީ؟” މަންމައާ ކޮއްކޮގެ ހަރަކާތް ހުރި ގޮތުން އެމީހުން ހާސް ވެގެން އެއުޅެނީ ކާކާމެދު ކަން ޔަމާންއަށް ވިސްނުނެވެ.

“ކޮންމެ ވީކްއަކުވެސް މިރޭ މީރާ މިގެޔަށް އަންނާނެ. ހަވީރު އަންނާނީ. އެކަމަކު މިއަދަކު ނާދޭ… ފޯނެއްވެސް ނުނަގާ…” ތާނިޔާ ޔަމާންއަށް ވެގެން އުޅޭ ގޮތް ބުނެދިނެވެ.

“އޭނަގެ ފިރިމީހާއަށް ގުޅާބަލަ!” ހިތަށް ވެރިވި ހާސްކަން ފޮރުވާލަމުން ޔަމާން އެހެން ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ.

“އޭނަގެ ފޯނު އޮތީ ނިއްވާލާފަ” ތާނިޔާ ބުންޏެވެ.

“އަދިވެސް މީރާ ފޯނެއް ނުނަގާ. މީ ދުވަހަކުވެސް ވީ ގޮތެއް ނޫން. ޝަފީގު، އަހަރެން އެބަ ބިރުގަނޭ މިހާރު…” ފޯނުގެ އަތްގަނޑު ބާއްވާފައި ނަދީމާ، ކައިރިއަށް އައިސް ހުއްޓުނު ޝަފީގުގެ އަތުގައި ހިފާލިއެވެ.

“ތާނީ…” ޔަމާން ތާނިޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. މީރާއާ މެދު ޔަމާންގެ ހިތުގައިވި ހާސްކަން އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ. ނަމަވެސް މީރާއާ ބެހޭ ގޮތުން ސުވާލެއް ކުރަންވެސް ޔަމާން ޖެހިލުންވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކުއްޅަވަށްފާ(14ވަނަ ބައި)

Next

އިންސާފް.. 23 ވަނަ ބައި…

Next
August 23, 2016

އިންސާފް.. 23 ވަނަ ބައި…

Previews
August 23, 2016

ކުއްޅަވަށްފާ(14ވަނަ ބައި)

27 Comments!

  1. Mar Sha Marsha says:
    August 23, 2016 at 10:25 am

    އައްސަލާމް ޢަލައިކުމް… މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން… އަނެއް ބައި އިރާދަކުރެއްވިއްޔާ ބުރާސްފަތި ދުވަހުން ގެނެސްދޭނަން…

    1. shaayan says:
      August 23, 2016 at 10:49 am

      V.v.v.vsalhi.. me first dhw ?

  2. Ayaath. says:
    August 23, 2016 at 10:39 am

    In first dhooo.

  3. Ayaath. says:
    August 23, 2016 at 10:40 am

    Varah salhii. And waiting for next part.

    1. Mexxo says:
      August 23, 2016 at 10:48 am

      hehe………… u first dhw………….

  4. Mexxo says:
    August 23, 2016 at 10:47 am

    wow………… it’s amazing

  5. Aalu says:
    August 23, 2016 at 10:57 am

    V v v nice….waiting 4 nxt part..

  6. Shiny says:
    August 23, 2016 at 11:00 am

    V v salhi

  7. Sweetie says:
    August 23, 2016 at 11:07 am

    V reethi. .. yamaan e ee meera ge first love dhw..

  8. sabeeha says:
    August 23, 2016 at 11:12 am

    reethi

  9. xenn says:
    August 23, 2016 at 11:20 am

    Daily koh up kohdhybaaa mi vahaka..plz….varh rythi story eh mee

  10. rose says:
    August 23, 2016 at 11:33 am

    vr salhi..

  11. Zaanaa says:
    August 23, 2016 at 12:49 pm

    Mehaaru v kurukoh genes day hen heevanee story v nice

  12. Marsh says:
    August 23, 2016 at 12:52 pm

    Vvvv reethi knirak next part up kuranee

  13. miny says:
    August 23, 2016 at 1:18 pm

    komme dhuvahaku genes dheynama

  14. Maa says:
    August 23, 2016 at 2:45 pm

    Too Short but nice.

  15. ninaa says:
    August 23, 2016 at 3:13 pm

    v reethi but too short .alhe konme dhuvahaku genesdheyn v nu .vaahaka reethi kamun konme dhuvahaku kiyaa hih vey .

  16. Afy says:
    August 23, 2016 at 3:17 pm

    V v v v v nice

  17. kudoo says:
    August 23, 2016 at 4:11 pm

    Vvvv salhi

  18. Meera says:
    August 23, 2016 at 7:21 pm

    aĺhey…. haadha kurukoh… but vvv nice…

  19. hamnee says:
    August 23, 2016 at 10:45 pm

    haadha dhera ey… dhn raahil vx hama ehn hadhan vaane tha meera ah.. mi part haadha kurey… next part thankolheh dhigu koh upload kohladheyn vaane.. v v v nice story

  20. Butterfly grl says:
    August 24, 2016 at 2:24 pm

    wow.. mi part vx v nice… when nxt part?

  21. Luyoon says:
    August 24, 2016 at 5:26 pm

    Mi vaahaka up vany kon dhuvad thaku ga tha

  22. Mar Sha Marsha says:
    August 24, 2016 at 6:20 pm

    Thnks lots all… konme dhuvahaku vaahaka genesdhey varakah marsha akah type eh nukurevey.. mihaaru typing nimifa huri bai e nimuny… sorry to dissappoint u.. but marsha ah time vaa varakun genesdhenan… sun, tues n thursday ga… hope u understand… n thnks again hurihaa kudhin

  23. xenn says:
    August 25, 2016 at 8:41 am

    Kobaaa tha story…avahah up kohbaaaa

  24. Sweetie says:
    August 25, 2016 at 12:14 pm

    Marsh.. adhi vx type nukurevey tha… haadha lahey miadhu… alhe pls avas koh dhyba. .. mihaaru hureveny kee nuun kiya hithun. ..

  25. lol says:
    August 25, 2016 at 12:38 pm

    Awlhey adhives up nuveytha ?

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 8←


All Right Reserved!