Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަގު...... ހަމަ ޔަގީނުންވެސް އަހަރެންގެ އުއްމީދަކަށް ދުވަހަކުވެސް ބަދަލެއް ނުގެންނަމެވެ. ހެޔޮލަފާ ދިރިއުޅުމެއް އުޅުމަކީ އަހަރެންގެ އަޒުމެވެ. އަދި އަހަރެންނަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކޮއްކޮއް އަހަރެން ފޫއްސެއްވެސް އަދި ވަރުބަލި ވުމެއްވެސް ނެތެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ހެޔޮ މިންވަރަށް އީމާންވާ ފަދައިން ނުބައި މިންވަރަށްވެސް އީމާންވެގެން ނޫނީ ފުރިހަމަ ނުވާނެ ކަމެކެވެ. އެނޫން ގޮތެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ވެރި އިލާހް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާށެވެ. އަހަރެންނާއި ފައިސަލް ދިމާވީ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރުއެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އެއާ ޕޯޓުގައެވެ. އަހަރެންގެ ޖީ.ސީ ހަމަ ނިމުމާއި އެކު އޭނާއާއި ކައިވެނި ކުރީ ވަރަށް ފޮނި އަދި އަބަދުގެ އަބަދަށް އޭނާއާއި އެކު ދިރި އުޅޭށެވެ. ފައިސަލް އަކީވެސް އަހަރެން ފަދައިން ރާއްޖެތެރޭ މީހެކެވެ. އެކަމަކު އޭނާ އަކީ އަހަންނަށް ވުރެ ތައުލީމީ މީހެކެވެ. ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއްގައި ހުރި މީހެކެވެ. އަހަރެން ވިސްނީ އަހަރެން ގޮވައިގެން ދިރިއުޅެވޭނެ ފެންވަރު ހުރި މީހަކަށްވުމެވެ. ކުރިން އޭނާ ކުރި ކައިވެނި ރޫޅުނީ ކޮންސަބަބަކާއި ހުރިތޯ ކޮނެކޮނެގެން އަހަރެން ނުބަލަމެވެ. އަދި އޭނާ ކުރިން ކުރި ކައިވެންޏަށް ދަރިއެއް ލިބިފައިވުމަކީވެސް އަހަރެންނަށްވެސް އަދި އަހަރެންގެ މައިންބަފައިންނަށްވެސް މައްސަލައެއް ނޫނެވެ. ކައިވެނި ކުރީ އަހަރެންގެ އުމުރުން 18 އަހަރުގައެވެ. އޭރު ފައިސަލްގެ އުމުރުން 26 އަހަރެވެ. ފައިސަލްވީ އަހަރެން ހީކުރި ވަރަށް ވުރެވެސް ރަނގަޅު މީހަކަށެވެ. އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އަޅާލިއެވެ. އޭނާ ކުރިން ކުރި ކައިވެންޏަށް ލިބުނު ދަރިފުޅަށްވެސް އޭނާ ބަރާބަރަށް ކަންތައްތައް ކޮއްދެމުން ދިޔައެވެ. އަހަރެންގެ ކައިވެންޏަށް ދެއަހަރު ވީއިރު އަހަރެންގެ ބަނޑު ބޮޑުވިއެވެ. ފައިސަލްގެ ފަރާތުން ލިބެމުން އައި ލޯބި އިތުރުވިއެވެ. އިތުރަށް އާމްދަނީ ހޯދުމަށްޓަކައި އޮފީހުގައި އިތުރުގަޑީގައިވެސް މަސައްކަތް ކުރަންފެށިއެވެ. އަހަރެންނާއި އެކު ހޭދަ ކުރެވޭ ވަގުތު މަދުވިއަސް ޝަކުވާއެއް ނުކުރަމެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ދިރިއުޅުމަށްޓަކައި ކަމަށްވީތީ އުފާކުރީމެވެ. ދިގު އިންތިޒާރަކަށް ފަހު އަހަރެންނަށް އައިޝާ ލިބުނު ރެއަކީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަހަރެމެންގެ ތިންވަނަ ދަރިފުޅު ހައިލަމްއަށް 2 އަހަރު ވީތަނާ އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ ލޭގައި ޖަރާސީމެއް ހުރިކަމެވެ. ވީއެންމެ އަވަހަކަށް އިންޑިއާއަށް ފައިސަލް އާއި އަހަރެން ފުރީ މަންމަމެން މާލެ ގެނެސް ދަރިން ކޮޅު ބަލަން ހަވާލު ކޮއްފައެވެ. އަހަރެންގެ ހަށިގަނޑު ހިކި އަނަރޫފަ ވެގެން ދިޔަ ގޮތެއް ބުނެދޭންވެސް ނޭގެއެވެ. އަހަރެންގެ ގައިގައި އެޅި ވޭނަކީ ދިލަ ވޭނެކެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަކީ އެދިލައިގެ ވޭނެއްނޫނެވެ. އެކަމަކު އަހަރެންގެ ދަރިންނާއި ދުރަށް ފުރައިގެން ދާންޖެހޭތީ ދަރިންނާއި މެދު ކުރެވިފައިވާ އުއްމީދުތަކުން އައި ކަރުނަތަކެކެވެ. ފައިސަލް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އަހަރެން ކެތްކުރީމެވެ. ޝަކުވާގެ އެންމެ ލަފުޒެއްވެސް ނުބުނަމެވެ. ﷲއަށް ވަކީލު ކުރީމެވެ. އަހަރެން އިންޑިއާއަށް ގެންދިޔަ ގޮތަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. ފައިސަލް އާއި ޑޮކްޓަރުން ވާހަކަ ދައްކަމުން ގެންދިޔަ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. އަހަރެން ބާއްވާފައި އޮތީ ފަރުދާއް ދަމާފައެވެ. ކުއްލިއަކަށް މާޔޫސްވީ ބޭސްކައިގެން ބަލި ރަނގަޅު ވުމުގެ ފުރުސަތު ނެތްވާހަކަ ޑޮކްޓަރު ބުނީމައެވެ. އަހަރެންގެ ހަށިގަނޑުގައިވާ ލޭތައް ބަދަލުކޮށް އޮޕްރޭޝަން ކުރަންޖެހޭ ވާހަކަ ބުނުމުން ގައިން ހީބިހި ނަގައިގަތެވެ. ރާއްޖެން ބޭރުން ހަށިގަނޑަށް ލޭ އަޅަންޖެހުމުން ވަރަށް ބިރު ގަތެވެ. އަހަރެންގެ ދަރިންގެ މަތިން ހަނދާންވެ ހިފެހެއްޓުމެއްނެތް ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ފައިސަލް ފަރުދާ ކަހާލުމަށްފަހު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންނަށް ހުރިހައިކަމެއް އޮޅުން ފިލައިފިކަން އޭނާއަށް އިގުމުން އިސްޖަހާލިއެވެ. އަހަރެން ދެތުންފަތަށް ބާރުލަމުން ލޯމަރާމީލެވެ. ފައިސަލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ހިތްވަރު ދިނެވެ. އަހަރެންގެ އެދުމަށް ބީ-ނެގެޓިވް ލޭ ހުރި ދިވެހިން ލިބޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަހަރެން އިންޑިއާ މީހުން ގައިން ލޭ އެޅީމެވެ. ހުރިހައި ކަމެއް ﷲ ވަކީލު ކޮއްގެން ކުރީމެވެ. އަލްހަމްދު ﷲ އެވެ. އޮޕަރޭޝަންވެސް ކާމިޔާބު ވިއެވެ. އަވަސްއަވަހަށް އަހަރެންގެ ދަރިންނަށް ގުޅީމެވެ. އެކުދިންނާއި ވާހަކަ ދައްކާލައި ހިތްހަމަ ޖެހުން ހޯދީމެވެ. އޮޕަރޭޝަނަށް ފަހު މަސްދުވަހު އިންޑިއާގައި މަޑު ކުރުމަށްފަހު ރާއްޖެ އައިސް ދަރިން ކޮޅު ފެނުމުން އުފަލުން ރޮވުނެވެ. އަހަރެންގެ ފިރިމީހާއަށް ޝުކުރު އަދާ ކުރީމެވެ. މަޑުމަޑުން އަނެއްކާވެސް ދިރިއުޅުން ހަމަޔަކަށް އެޅެމުން ދިޔައެވެ. އޮޕަރޭޝަން ކުރިތާ 1 އަހަރު ވީއިރު އަހަރެން ހުރީ މުޅިން ރަނގަޅު ވެފައެވެ. ނަމަވެސް އުމުރު ދުވަހަށް ކާންޖެހޭ ބޭހެއް ހުއްޓެވެ. އަހަރެންގެ އެންމެ ކުޑަ ދަރިފުޅު ހައިފާ ލިބުނީ ދޮށީ ދަރިފުޅަށް 14އަހަރު ފުރުނު ފަހުންނެވެ. އޭރު ފައިސަލް ވެސް މާލޭގެ ކުލިތައް ބޮޑުކަމުން އިތުރު އާމްދަނީ ހޯދުމަށް ކުދިކުދި ވިޔަފާރި ކުރަން ފެށިއެވެ.. މިގޮތުން ލަންކާއަށް ހިކި ކަނޑުމަހާއި، ލޮނުމަސް ބޭރު ކުރަމުން ދިޔައެވެ. މަސް ހިފައިގެން ކޮންމެ ބަންދު ދެދުވަހު އޭނާ ލަންކާއަށް ދާނެއެވެ. މިގޮތައް ވިޔަފާރި ކުރަމުން ވިޔަފާރި ބޮޑުކުރަމުން ދިޔައީ އަހަރެންގެ ވެސް ލަފާ ހޯދަމުންނެވެ. މީހަކަށް ނުދަރައި ފައިސަލް ވިޔަފާރި ކުރިއަރުވަމުން ދިޔައެވެ. މަސްގެންނަ ބޯޓު ފަހަރުގެ ހިސާބު ކިތާބުގެ ކަންކަން ނިންމާފައި ނޫނީ ނުވެސް ނިދާނެއެވެ. ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ނިންމާނެއެވެ. ވިޔަފާރި ފުޅާވެ އަތްމަތި ތަނަވަސް ވަމުން ދިޔައެވެ. ފައިސަލް ލަންކާގައި އެތަނުގެ މީހަކާއި ގުޅިގެން 4ބުރީގެ ހޮޓަލެއް އަޅަން އުޅޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން އެހީމެވެ. އެހާ ފައިސާ ކޮންތާކުން ހެއްޔެވެ؟ ފައިސަލް ނިންމާފައި ވަނީ ލޯނެއްނަގައިގެން އެކަން ކުރާށެވެ. އޭރު އަހަރެންނަކަށް އިންޓަރެސްޓް ލޯނު ތަކާއި ބެހޭގޮތުން ދީނީ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އެހެން ކަމުން އެކަމަށް އިންކާރެއް ނުކުރަމެވެ. އިސްލާމް ދީނުގައި އިންޓްރެސް ލޯނުގެ ހުކުމް އަކީ ހަރާމް ކަމެއްކަން ކުރިން އެގުނުނަމަ އެކަން ފައިސަލް ކުރުމުގެ ކުރިން އަހަރެން ހުއްޓުވީމުހެވެ. އެކަމަކު އެކަން އަހަރެންނަށް އެގުނީ މާލަސްވި ފަހުންނެވެ. ލަންކާގައި ހަދާ ހޮޓެލް ހަދަން ފެށިފަހުން ފައިސަލް ލަންކާއަށް ގޮސް ހަފުތާ ދެހަފްތާ ވަންދެން ދެފަހަރަކު މަޑުކުރިއެވެ. އޮފީހުގެ އަހަރީ ޗުއްޓީ މިގޮތައް ހުސްކޮއްލިއެވެ. އަހަރެންގެ ކަންބޮޑުވުން ފެށުނީ މިހިސާބުންނެވެ. ފައިސަލް އަކީ އޮފީސް އެންމެ މުހިއްމު ތަންކަމުގައި ދެކިގެން އުޅުނު މީހެކެވެ. ނަމަވެސް މަސްދުވަސް ފަހުން ފައިސަލް ވަޒީފާއިން ކެޑޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން ދެކޮޅު ހެދީމެވެ. ނަމަވެސް ފައިސަލް އަހަންނަށް ވިސްނައިދިނީ ލަންކާގައި އެޕާޓްމަންޓް ހަދައިގެން އެކޮޅަށް ބަދަލުވެގެން ދިރިއުޅުނީމަ މާ ހަރަދު ކުޑަވާނެކެމެވެ. އަދި ދަރިންގެ ކިޔެވުމަށްވެސް އެގޮތްމާ ރަނގަޅު ވާނެކަމަށެވެ. އަހަރެމް ގަބޫލް ކުރީމެވެ. އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ....
ހަޤީޤީ

މަގު(4)

lyn Level 110 Stories
August 22, 2016 4 Mins Read
10 Comments

އަހަރެން އިނީ މޭޒުކައިރީ ފަހާށެވެ. ހައިލަމް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވައިލިއެވެ. އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އޭނާ އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. އަވަހަށް އައިޝާއަށް ގުޅީމެވެ. ހޮސްޕިޓަލުގެ އިމަޖިންސީ ބަޔަށް ހައިލަމް ވެއްދިއިރު އަހަރެންގެ ލޯފުސްވަމުން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ގެއްލެމުން ދިޔައެވެ. އަހަރެންހޭއެރިއިރު އޮތީ ހޮސްޕިޓަލްގެ އެދެއްގައި ބާއްވާފައެވެ. ހައިލަމް ގޮވާލި އަޑު އަހަރެންނަށް ތަކުރާރު ވަމުންދިޔައެވެ. އަހަރެން ބާއްވާފައި އޮތް އެދުން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމަކު ކައިރީގައި ތިބި މީހުން އަހަރެން ހިފެހެއްޓިއެވެ. އަހަރެންގާތުގައި ދޮށީ ފިރިހެން ދަރިފުޅު ނާއިލް އިނެވެ. ” ކޮ، ކޮ، ބޮބަ، ހައި، ހައިލަމް” ވަރަށް އުދަގުލުން އަހަރެންނަށް އެހީމެވެ. “އެކްސްރޭ ނަގަން ގެންގޮސްފި ހަމަދެންމެ” ނާއިލް ބުންޏެވެ. އަހަރެން ބައިވަރު ވާހަކަތައް އަހަންބޭނުންވިއެވެ، އަދި އެދުން ތެދުވެގެން ދާންބޭނުންވިއެވެ. އެކަމަކު އެހަކަތައެއް ނެތެވެ.

އަހަރެން ޑިސްޗާޖް ކުރީ އެއްދުވަސް ފަހުންނެވެ. ހައިލަމް ބާއްވާފައި އޮތީ އައިސީޔޫގައެވެ. އަހަރެން ދުވެފައިގޮސް ބައްދާލަން އުޅުނީމެވެ. ނާއިލް އަހަރެން ހަމައަކަށް އެޅުވިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިގެން ގޮސް ހައިލަމް ބާއްވާފައިއޮތް އެދު ކައިރީ އަހަރެން ބެއިންދިއެވެ. އައިޝާ އެނދުގެ އަނެއްފަރާތުގައި އިނެވެ. އަހަރެންނަށް ބަލާލާފައި ހީލިއެވެ. އެކަމަކު އޭނަގެ މޫނުމަތިން އެހެންކަމެއް ފޮރުވިފައިވާކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ނިދިފައިއޮތް ހައިލަމްގެ މޫނަށް އެތައްފަހަރަކު އަހަރެން ބޮސްދިނޭމެވެ. ލޮލުން ކަރުނަ އަންނަން ފެށުމުން ނާއިލް އަހަރެން އެތަނުން ނެރުނެވެ. ނާއިލް އަހަރެން ގޮވައިގެން ދިޔައީ ހޮސްޕިޓަލް ކެންޓީނަށެވެ. އިރުކޮޅަކުން އައިޝާވެސް އައެވެ.

ހައިލަމްގެ މައިބަދައިގެ ނާރެއް ފިތިފައިވާ ވާހަކަ އައިޝާ ބުނީ ވަރަށް ހިތްވަރު ކޮއްފައެވެ. އޭރު އޭނަގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ފެންކަޅިވެފައިވާ އަހަރެންގެ ލޮލަށް އޭނާބަލާލީ ފުންބެލުމަކުންނެވެ. ލޮއެއްބާއި ހިތްވަރު ދިނުމާއި އެކުއެވެ. ހައިލަމް ވަގުތުން ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ވާހަކަ ބުންޏެވެ. އާސަންދައިން ދެވޭނެގޮތް އޮތީ ހަމަޖެހިފައެވެ. އަހަރެންގެ މައިންބަފައިންނާއި އާއިލާގެ މީހުންނަށް ގުޅައިގެން ކޮންމެވެސް ވަރަކަށް ފައިސާގެ ކަންކަންވެސް ނާއިލްއާއި އައިޝާވަނީ ހަމަޖައްސާފައެވެ. އެކަމަކު ލިބުނުފައިސާ މަދުކަމުން އިތުރަށް ފައިސާ ބޭނުންވާ ވާހަކަ އައިޝާ ބުންޏެވެ.

އެރޭ ގެއަށް އައިސް އަހަރެން ފައިސަލްގެ ކޮއްކޮއަކަށް ގުޅުމަށްފަހު ވެގެންއުޅޫގޮތް ކިޔައިދިނީމެވެ. އަދި މިކަމުގައި އެއާއިލާގެ އެހީތެރިކަމަށް އެދުނީމެވެ. އަދި ފައިސަލް ކައިރީގައި މިވާހަކަ ބުނެދޭން އެދުނީމެވެ. އަދި މާދަމާ ހައިލަމް ގޮވައިގެން ލަންކާއަށް ދާން ޓިކެޓްހަމަޖެހިފައިވާ ވާހަކަ ބުނީމެވެ. ފައިސަލްގެ ކޮއްކޮ އަހަރެން ގުޅިތާ ގަނޑިއެއްހާއިރު ފަހުން ގުޅިއެވެ. ފައިސަލްއަށް އަހަރެން ބުނެދޭން ބުނި ވާހަކަތައް ބުނެދިން ވާހަކަ ބުންޏެވެ. އަހަރެން ހީކުރީ ފައިސަލް ގުޅާނެކަމަށެވެ. ދަރިއެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެހީވާނެކަމަށް އުއްމީދު ކުރީމެވެ. އެކަމަކު އޭނާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. ފައިސަލްގެ ކޮއްކޮ އަހަންނަށް ޑޮލަރު ކޮޅެއް ދިނެވެ.

އަހަރެން ލަންކާއަށް ދިޔައީ ނާއިލްއާއި އައިޝާއާއި އެކުގައެވެ. މަންމަމެން ގެނެސް ކުޑަ ދަރިފުޅު ގާތު ބައިތިއްބާފައެވެ.  ކިރިޔާ ފުދޭވަރެއްގެ ފައިސާކޮޅެއް ﷲގެ ތަނަވެސް ރަހުމަތުން ލިބުނެވެ. ހައިލަމްގެ ބައްޔަށް ޝިފާ ދެއްވާތޯ ބޯޓުމަތީ އިދެގެންވެސް އަހަރެން ދުއާކުރަމުން ދިޔައީމެވެ. ﷲއަށް ހަމްދުކުރީމެވެ. އައިޝާއާއި ނާއިލް ދަތުރުގެ ހުރިހައިކަމެއް އެހާ ރަނގަޅަށް ކުރީމައެވެ. ލަންކާއަށް ގޮސް ވަގުތުން ފަރުވާ ހޯދުމުގެ ކަންކަން ފެށުނެވެ. ފައިސަލްގެ ކޮއްކޮއަތުން ފައިސަލްގެ ނަންބަރު ހޯދައިގެން ނާއިލް ގުޅިއެވެ. ތިބި ހޮސްޕިޓަލާއި ތަންތަން ބުނެދިނެވެ. އެކަމަކު ފައިސަލްއެއް ނައެވެ. އެދަރިންނަށްވެސް ޔަގީންވިއެވެ. ފައިސަލްއަކީ އެކުދިންނާމެދުވެސް ވިސްނާ މީހެއްނޫންކަމެވެ. އޭނާއަކީ އޭނަގެ އަމިއްލަ ދިރިއުޅުން ޒީނަތްތެރި ކުރާ މީހެއްކަމެވެ. ކުރަންޖެހުނު އޮޕަރޭޝަންވެސް ﷲގެ ހެޔޮ ރަހްމަތުން ދިޔައީ ރަނގަޅަށެވެ. މާގިނަ ދުވަހު އެކޮޅުގައި ތިބެންނުޖެހި ނަސީބަކުން ރާއްޖެ އާދެވުނެވެ.

ހައިލަމްވެސް މަޑުމަޑުން ރަނގަޅުވަމުންގޮސް ހައެއްކަ މަސްތެރޭ ރަނގަޅުވިއެވެ. އެއަހަރަކީ އޭނަގެ އޯލެވެލް އަހަރެވެ. އަހަރެންގެ ކުދިންގެ ތެރެއިން އެންމެ ހިތްއަލި ވެފައި މޮޅުކުއްޖަކީ އޭނާއެވެ. އޭނާގެ އަޒުމަކީ ރާއްޖެއިން އެއްވަނަ ހޯދުމެވެ. އެކަން އޭނާ ކާމިޔާބު ކުރިއެވެ. ހައިލަމް އޭނާގެ ބައްޕައަށް ކާމިޔާބީ ހިއްސާކުރަން ބޭނުންވިއެވެ. އަހަރެން ހައިލަމް އެކަން ބޭނުންވެފައި ހުރިވަރުން އެވާހަކަ ފައިސަލްއަށް އެސްއެމްއެސް ކުރީމެވެ. ހަބަރެއް ނުވިއެވެ. ޓީވީ އިން ޓޮޕް ޓެން އެޗީވާރސް އެވޯޑްއާއި އޭގެ ހަބަރުތައް ގެނެސްދިނެވެ. ރާއްޖޭގެ ހުރިހައި އޮންލައިން ނޫސްތަކެއްގައިވެސް ހައިލަމްގެ ފޮޓޯތަކާއި އެއްޗިހި ފެންނަންހުއްޓެވެ. އެކަމަކު ފައިސަލްއަކަށް މުޅިރާއްޖޭ އެންމެން މިކާމިޔާބީއަށް މަރުހަބާ ކީއިރުވެސް ކަހާތަން ހިރުވާހެންވެސް ހީނުވިއެވެ.

ހައިފާ ގްރޭޑް އެކަކަށް ވަންއަހަރެވެ. އެއްދުވަހަކު ސުކޫލަށް ބަލާދިޔައިރު ހުރީ ފެންކަޅިވެފައެވެ. މައްސަލަ ސާފުކޮއްލީމެވެ. ފެމެލީ ޓްރީ ކުރަހަން ޖެހުނީއެވެ. އޭނާ ބައްޕަ މަތިން މާބޮޑަށް ހަނދާންވީއެވެ. ޖެހިގެން އައި ދުވަހު ބައްޕަގެ ފޮޓޯއެއްވެސް ގެންނަން އޮތީ ބުނެފައެވެ. އަހަރެން ހައިފާއަށް ވިސްނައި ދިނީމެވެ. ބައްޕަ ފޮޓޯ ނުނަގައޭ ބުނީމެވެ. ނަސީބަކުން ގަބޫލު ކުރިއެވެ. އަދި ކްލާސް މިސްކައިރީވެސް އަހަރެން ކުޑަކޮށް ކަންކަން ހިއްސާކޮއްލީމެވެ.

ބައެއްކުދިން ބަލާ އެކުދިންގެ ބައްޕަ އަންނަ އިރު ހައިފާގެ ބައްޕަ ނާންނާތީ އެކަމުގެ ޝަކުވާވެސް ކުރަންފެށިއެވެ. އެއްފަހަރަކު ހޮސްޕިޓަލުގައި ހުންއައިސްގެން ހައިފާ އެޑްމިޓް ކުރަންޖެހުނެވެ. ކައިރީގައި އޮތްއެދުގައި ބާއްވާފައި އޮތްކުއްޖާގެ ބައްޕަ އަބަދު އެކުއްޖާގާތު ހުންނާތީ ހައިފާވެސް އެކަންބޭނުންވިއެވެ. އަދި ހައިފާ ބަލިވެގެން ބޭއްވި ވާހަކަ ބައްޕަ ކައިރީގައި ބުނެދޭށޭ ކިޔައި ރޮއި ހަދަންފެށިއެވެ. އަހަރެން ފައިސަލްއަށް ގުޅީމެވެ. އޭނަގެ ފޯންނެގީ އެހެންމީހެކެވެ. އަހަރެން ފައިސަލްގެ ކޮއްކޮއަށް ގުޅީމެވެ. އޭނާ ބުނީ ފައިސަލް މާލޭގައި އުޅޭވާހަކައެވެ. އަހަރެން ފައިސަލް ގެންގުޅުނު ނަންބަރަށް ގުޅީމެވެ. އަދި ހައިފާއަތަށް ފޯންދިނީމެވެ. ހައިފާ ފައިސަލްގާތު ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ފައިސަލް ނައުމުން ހައިފާ ރޮމުން ރޮމުން ބުންޏެވެ. ” ބައްޕަ ހައިފާ ދެކެ ލޯބި ނުވޭ ދޯ މަންމާ،، އެހެންވީމަ އެއްނު ކޮއްކޮ ބަލިވެގެން ގުޅީމަވެސް ނާންނަނީ” އަހަރެންނަށް ބޯޖަހާލެވުނެވެ. އޭގެ ފަހުން ހައިފާވެސް ފައިސަލްގެ ވާހަކަ އަހަރެން ގާތުނުދައްކައެވެ.

ޖެހިގެންއައި އަހަރު އަހަރެމެން ދިރިއުޅެމުން ދިޔަ އެޕާޓްމަންގެ ކުލި ބޮޑުކުރިއެވެ. އަނެއްކޮޅުން އައިޝާ މީހަކާ އިންނަން ބޭނުންވިއެވެ. އަދި ނާއިލްވެސް މީހަކާ އިންނަން ވިސްނާ ވާހަކަ ބުންޏެވެ. އެހެންވެ ތިންކޮޓަރީގެ އެޕާޓްމަންޓްއެއް ހޯދަން ޖެހުނެވެ. އައިޝާ އުޅެން ގަސްދުކުރީ އަހަރެމެންނާއި އެކީއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްއެއް ހިފީމެވެ. އަދި އެއްކޮޓަރި އައިޝާއަށް އަނެއް ކޮޓަރި އަހަރެންނާއި ހައިފާ އަދި ނާއިލް އާއި ހައިލަމް އުޅޭގޮތައް ހަމަޖެއްސީމެވެ. ބާކީހުރި ކޮޓަރި ނާއިލް މީހަކާއި އިދެވެންދެން ކުއްޔަށް ދޭންނިންމީމެވެ.

ވަލީގެ ކަންކަން ހަމަޖައްސަން އައިޝާ ފައިސަލްއަށް ގުޅިއެވެ. އޭރުފައިސަލްހުރީ ބޭންކް ލޯނު ނުދައްކައިގެން ކޯޓުން އަންގައިގެން މާލެއައިހެވެ. ފައިސަލްއަށް އަންނާކަށް ނުކެރުނެވެ. ކޯޓްމެދުވެރިކޮށް ވަލީ ހަމަޖައްސައިގެން އައިޝާ ކައިވެނިކުރިއެވެ.

މާލެގެ ދިރިއުޅުމުގެ ހަރަދުތައް މާބޮޑުވިއެވެ. ތަކެތީގެ އަގުބޮޑުވިއެވެ. ހައިފާގެ ސްކޫލްކަންކަންވެސް ހަމަޖައްސަން އުދަގޫވިއެވެ. ކޯޓަށް ހައިފާގެ ހަރަދު ފައިސާ ހޯދަން އަހަރެން ފޯމްލީމެވެ. އަހަރެންނާއި ފައިސަލް ކޯޓަށް ހާޒިރު ކުރިއެވެ. ފައިސަލްއަށް މަހަކު ހައިފާގެ ދަރިންގެ ހަރަދުގެ ފައިސާއަށްވާ 2000 ރުފިޔާ އަހަރެންގެ އެކައުންޓަށް ޖަމާކޮއްދޭން ހުކުމްކުރިއެވެ. އަހަރެންގެ އިއްދައިގެ  ފައިސާ ނުދީ އޮތުމުން އެފައިސާވެސް ދޭން ކޯޓުންއެންގިއެވެ. ކޯޓުގައި އަހަރެންގެ ވަރި ސާބިތު ކުރިއިރު ފައިސަލް އެއްބަސް ވެފައި އޮތީ ކޯޓް މެދުވެރިކޮށް ހަރަދުގެ ފައިސާދޭ ގޮތަށްކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. މިވޭތުވެ ދިޔަ އަށްވަރަކަށް އަހަރަށް  ހުރިހައި ދަރިންނަށް ދޭންޖެހޭ ފައިސާއާއި އާއި އަހަރެންގެ އިއްދައިގެ ހަރދުގެ ފައިސާގެ ހިސާބުކުރުމުން ފައިސަލް ހަލައްކައެއްހާ ރުފިޔާ އަހަންނަށް ދޭންޖެހޭކަން އެނގުނެވެ. އަހަރެން އެފައިސާ ހޯދަންވެސް ކޯޓްގައި އެދުނީމެވެ. ފައިސަލްއަށް އެއްޗެއް ވިސްނައިދޭށެވެ. އެކަހަލަ ކޮންމެ މީހަކަށް އެއްޗެއް ވިސްނައިދޭށެވެ. އަހަރެން ވަރިކުރުމަށް ފަހު ދަރިންނަށް ހަރަދު ކޮއްދިންނަމަ އަހަރެން މިފައިސާ މިގޮތަށް ހޯދާކަށް ނުޖެހުނީހެވެ.

ކޯޓުން ނިންމީ ފައިސަލް އެފައިސާ އަހަރެންގެ އެކައުންޓަށް ޖަމާކުރާށެވެ. އަހަރެން ވަރިކުރި ފަހުން މާލެއިން ފައިސލް 3 ފްލޯގެ އިމާރާތެއް ގަނެފައި ހުއްޓެވެ. އެއިމާރާތުގައި އުޅޭ ފަރާތްތަކަށް ކޯޓުން އެންގީ ކުލި ފައިސަލްގެ ބޭންކް އެކައުންޓަށް ޖަމާކުރާށެވެ. ފައިސަލްގެ އެކައުންޓަށް ޖަމާކުރާ ފައިސާގެ 20ޕަސެންޓް މިހާރު އަހަރެންގެ އެކައުންޓަށް ޓްރާންސްފަރ ކުރެއެވެ.  ފައިސަލް އަހަންނަށް ދޭންޖެހޭ ފައިސާ ހަމަވަންދެން ކޯޓުން އޮތީ މިގޮތަށް ހަދަން އަމުރުކޮއްފައެވެ.

އަހަރެންގެ ހަޔާތުގެ މިދަތުރަކީ އަޑިގުޑަން ގިނަ ދަތުރެކެވެ. ދިމާވާ އެއްވެސް ކަމަކަށް އަހަރެން ޝަކުވާ ކުރާކަށް މަޑެއްނުކުރަމެވެ. ލެވެނު ހިތްވަރެއް ލާފައި އަހަރެން ކުރިއަށް ދާން ކުރިމަސައްކަތަކީ އަހަރެންގެ ދިރިއުޅުމުގެ ކާމިޔާބީއެވެ. ދިރިއުޅުން ކާމިޔާބު ވުމަކީ ހަމައެކަނި ފައިސާ ގިނަވެގެން ވާނެކަމެއް ނޫނެވެ. ދިމާވާ ކަންކަމަށް ކެތްކުރުމަކީ ކާމިޔާބު ލިބުމެވެ. ލިބޭ އެއްޗަކުން ފުއްދަން އެގުމަކީ މުއްސަދި ކަމެވެ.(ނިމުނީ)

 

 

 

 

 

 

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

އިންތިޒާރު 47

Next

ނުހައްޤު ލޯބި (6 ވަނަ ބައި)

Next
August 22, 2016

ނުހައްޤު ލޯބި (6 ވަނަ ބައި)

Previews
August 22, 2016

އިންތިޒާރު 47

10 Comments!

  1. a₩mm says:
    August 22, 2016 at 9:44 am

    iburathun furigenvaa vaahakaeh

  2. sabeeha says:
    August 22, 2016 at 9:46 am

    v reethi..??

  3. Reesham says:
    August 22, 2016 at 9:49 am

    V rythi story ehh.. i love it

  4. FearAllah says:
    August 22, 2016 at 10:01 am

    The best story ever.Some labeled this story as old but this is the best way to educate and open the minds of people in the society instead of writing fantasy stories which is full of unnecessary ideas and contents that are not suitable for Muslims to read and even write.

    1. roassy says:
      August 22, 2016 at 12:25 pm

      u r totally rite

    2. Xaaa says:
      August 22, 2016 at 7:24 pm

      True

  5. rose says:
    August 22, 2016 at 10:04 am

    vr intresting… vr dheravi mi vaahaka kiyaafa… vr ibraitheri…

  6. Shuhy says:
    August 22, 2016 at 10:06 am

    Hama aslu koh vs rovijjeh.. mi kahala life eh ga ulhey haadha baivaru meehun ulheyneh ey dhww..

  7. Shely says:
    August 22, 2016 at 11:12 am

    Alhamdhulillaahii..thi family ah rangalhu gotheh medhuverikurehveethii..baajaveri faagathi dhuvasthakakah edhen?Hihvarugadha kehtheri dharin dheke loabivaa laamaseelu mamma eh..saabas hama thi libuvethi mamma ah..lyn v bodah thanks thikahala iburaihtheri vaahakaeh mujuthama ah hissaakurythyy??

  8. love love says:
    August 22, 2016 at 5:29 pm

    Varah reethi

Comments are closed.



All Right Reserved!