ްައަހަރެންގެ ވާހަކަ (ސަތުތިރީސް ވަނަ ބައި)
” ޝާޔަލް މިތަނަށް މިގެނައީ ވަރަށް މުޙިއްމު ވާހަކައެއް ދައްކަން ވެގެން.. އަހަރެން ދައްކާ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ޝާޔަލް ބޭނުން ކޮންމެ ޖަވާބެއްދިނަސް އަހަންނަށް އެންމެ ރަނގަޅު.. އަހަންނަށް އިނގޭ ޝާޔަލް އަހަރެންނާއި ކައިވެނިކުރަން ބޭނުންވާކަން.. އެކަމަކާ އަހަރެންވެސް ދެކޮޅެއްނޫން.. އަހަރެންވެސް ބޭނުންވަނީ ކައިވެއްޏެއްކޮށް އުފާވެރި ދިރިއުޅުމެއް ހޯދަން.. ޝާޔަލްވެސް އިނގޭނެ މިހާރު އަހަރެން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އިތުރުވެއްޖެކަން.. މީގެކުރިން އާއިލާގެ ހުރިހާ ކަމެއް ދޮންބެ ބަލަހައްޓަމުންދިޔަސް މިހާރު އަހަރެންކަން އެ ޒިންމާތައް އަދާކުރަންޖެހޭނީ.. ބުނަން މިއުޅެނީ މިހާރު ނޫރުއަކީވެސް އަހަރެންގެ ޒިންމާއެކޭ.. ކައިވެއްޏަށްފަހުވެސް ނޫރުވާނީ އަހަރެންގެ ޒިންމާއަށް.. އެކަމެއް ބަދަލެއް ނުވާނެ.. މިހާރު އެނގިފަކަންނޭނގެ އޮންނާނީ ނޫރުއަކީ ޒައިކްގެ ދަރިއެއްކަން.. އެހެންވީމަ ޝާޔަލްއަށް ފަސޭހައެއްނުވާނެ ކޮންމެ ދުވަހަކު ނޫރު ޝާޔަލްގެ ކުރިމަތިން އޭނަ ފެންނާކަށް.. ކޮންމެ ގޮތަށްވިޔަސް ނޫރުއަކީ ޝާޔަންގެ ޤާތިލުގެ ލޭ ހިނގާ ކުއްޖެއް.. އޭނަ ފެންނަ ކޮންމެ ފަހަރަކު ޝާޔަންގެ މަތިން ހަނދާންވާނެ.. އެކަންއެހެންވިޔަސް އަހަންނަކަށްނެތް ނޫރު އަހަރެންނާއި ވަކިކުރެވޭކަށް.. ދޮންބެއަށްޓަކައިވެސް.. ޝާޔަންއަށްޓަކައިވެސް..” ވާހަކަ ދައްކަމުންދިޔައިރު އަހަރެންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓާލެވެއެވެ. އޭރު އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުން އޭނަގެ ކޯތާފަތްތެތްމަމުންދިޔައެވެ. އޭނަގެ މޫނުމަތިން އޭނަގެ ޖަވާބު ލިބުނުފަދައެވެ. އަހަރެން މާޔޫސްކަމާއެކު ކަރުއެލުވާލެވުނެވެ. ދާންވެގެން އަނެއްފަރާތަށް އެނބުރުނުއިރު އަހަރެންގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.
” ޝާޔަލްގެ ޖަވާބު އަހަންނަށް ލިބިއްޖެ.. އަހަރެން ބުނަންބޭނުންވަނީ ދުވަހަކުވެސް އަހަރެންނަށްޓަކައި ތިހިތުގަ ކުޑަނަމަވެސް ލޯތްބެއްވީނަމަ ޝާޔަލްގެ މައިންބަފައިންނަށް މާފުކޮށްފަ އެމީހުންނާއެކީގަ ވާށޭ.. ކުށްކުރެވޭނީ އިންސާނުންނަށް.. އަބަދު އެކަންތައްތައް ހިތުގަ އަޅައިގެން ނަފްރަތު ހިތުތެރޭގައި ބާއްވައިގެން އުޅުނީމަ ދިރިއުޅުމުގަ ކުރިއަކަށް ނުދެވޭނެ..” ޝަހާދައިނގިލިން ދެލޯ ފޮހެލަމުން އަހަރެން ހިގައިގަތީ ސައިކަލާއިދިމާލަށެވެ.
” ޝިމާލް..” ރޮވިފައިވާ އަޑަކުން އަހަރެންނަށް ގޮވާލިއެވެ. ލަސްލަހުން އެނބުރިލިއިރު ޝާޔަލް ކުރިންވެސް ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. އިރުކޮޅަކުން އޭނަ އައިސް އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
” އައި ލަވް ޔޫ އެންޑް އައި ލަވް ޔޫ.. މިރޭ އަހަރެންގެ ހިތުން ޝިމާލްއަށް ދެވިފައިވާ ޤަދަރު އިތުރުވެގެން ހިނގައްޖެ.. އަހަރެން ބޭނުން ޝިމާލްއާއި މެރީކުރަން… ޝިމާލް ހީކުރީ އަހަރެން ނޫރުދެކެ ލޯތްބެއް ނުވާނެކަމަށްތަ؟ އައި ލަވް ހާރ.. ކިހިނެއް އެނގެނީ އަހަރުމެން މެރީކޮށްގެން ދަރިއެއް ލިބޭނެކަމެއްވެސް… ކިތައް މީހުން އެއުޅެނީ ދަރިން ނުލިބިގެން… އަހަރެންވެސް ބޭނުމެއްނޫން ނޫރު އެހެންމީހަކާއި ހަވާލުކުރާކަށް.. ޝީ ވިލް ބީ އަވަރ ފަސްޓް ޑޯޓަރ އޯލްވޭސް..” ޝާޔަލްގެ ވާހަކައިން އަހަރެންގެ ހިތް އުފަލުން ފުރުނެވެ. އޭނަ ގެނެސް މެޔާލާބޮޑިކޮށްލެވުނެވެ.
ޝާޔަލްގެއަށްލުމަށްފަހު އަހަރެން ގެއަށް އައިއިރު އެންމެން ސޯފާގައި ތިއްބެވެ. އަދްހަމްއާއި އޭނަގެ މަންމަވެސް އިނެވެ. ހީވަނީ އަހަރެންގެ އިންތިޒާރުގައި ތިބިހެންނެވެ. ނުވެސް އިނގޭކަމަށް ހަދާފައި އަހަރެން ކިހިނެއްވީތޯ ސުވާލުކޮށްލީމެވެ.
” ތިއްތީ ދެންވެސް ބުނެބަލަ ކިހިނެއްތަ ވީ؟” ޝާލީ އައިސް އަހަރެންގެ އަތު މުލައްދަނޑީގައި ހިފާ ތަޅުވައިގަތެވެ.
” އައި އެމް ގެޓިން މެރިޑް..” އިސްޖަހާލަމުން އެހެންބުނެލިއިރު އެންމެންގެ ހަޅޭކުގެ އަޑުއިވިގެންދިޔައެވެ.
“އަލްހަމްދުލިއްލާހި.. ކޮންދުވަހެއް މިދުވަސް ފެންނާނެކަމަށް އުންމީދުކުރާތާ..” މަންމަ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދްހަމްގެ މަންމަވެސް އައިސް މަރުޙަބާ ކިޔެއެވެ. ޝިއުޒްއާއި އަދްހަމްއާއިވެގެން ދިމާކުރަންފެށިއެވެ.
” އަދޫ ދެން އޮތީ އަދޫގެ ފަހަރު..” އަދްހަމްގެ މަންމަގެ ޖުމްލަ އަޑުއިވުމުން އޭނަ ހިމޭންވިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.
” އަހަރެން ނުވިސްނަން އެހާ ބޮޑަށް ސެލެބްރޭޓްކުރާކަށް.. ޖަސްޓް ސިންޕަލް ކޯޓު މެރިޖުއެއް..” އެންމެންގެ ސަމާލުކަމަށް އެކަންގެނައީމެވެ. އެހެންނޫނީ މިމީހުން ހީވާނީ ބޯމައްޗަށް ގެވެއްޓިގެން އުޅޭހެންނެވެ. އެޖުމްލައާއެކު އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަހަލައެވެ. އަދްހަމްމެން ސީރިޔަސްވެ ޝާލީ ރުޅިވެރި ގޮތަކަށް ތުންކޮޅު ދަމާލިއެވެ.
” ހުރިހާ ޕްލޭންއެއް ތި ފްލޮޕްކޮށްލީ..” ދެއަތްއުރާލަމުން އޭނަ ސޯފާއަށް ވެއްޓިގަތެވެ.
” އިރާދަކުރެއްވިއްޔާ ޝާލްގެ ވެޑިންގަ ހުރިހާކަމެއް ފުރިހަމަކޮށްދޭނަން.. ހެޕީ..” އޭނަގެ މޫނުމައްޗަކަށް އުފާވެރިކަމެއްވެރިއެއްނުވިއެވެ.
” އައި ޑްރީމް ސޯ މަޗް ފޯރ ޔުއަރ ވެޑިން ނޮޓް މައިން..” އޭނަ ކުޝަންއެއްނަގާ އަހަރެންނާއި ދިމާލަށް އެއްލިއެވެ.
” ތެދެއް ތިއްތީ އެހެން ކަމަކުނުދާނެ.. އެޓްލީސްޓް ޕާރޓީއެއް އޮންނަންވާނެ..” ޝިއުޒްވެސް މިފަހަރު ޝާލީ އާއި އެއްކޮޅަށް ހިފާލިއެވެ.
” ފައިން.. އެކަމަކު މަ އެއްވެސް ކަމަކަށް ޒިންމާއެއް ނުނަގާނަން.. އެންޑް ރެމެންބަރ ވަރަށް ސިންޕަލްކޮށް ހުރިހާކަމެއްވެސް..” ކޮޓަރިއާއި ދިމާލަށް ދާން އެނބުރިލަމުންވެސް އެމީހުންނަށް ހަނދާންކޮށްދިނީމެވެ. ކޮޓަރިއަށްވަދެ އަހަރެން ތައްޔާރުވެލީ މުޙިއްމު ބައްދަލުވުމަކަށް ދާން އޮތީމައެވެ. ތައްޔާރުވެލައިގެން ނިކުތްއިރު މީހުންތައް ބައިބަޔަށް ބެހިލައިގެން ކަންކަމާއި މަޝްވަރާކުރަން ތިއްބެވެ. އަދްހަމްއާއި ޝިއުޒް އެއްފަރާތެއްގައި ތިބިއިރު ޝާލީއާއި ކިއާރާ ގަނޑުތަކެއް ހިފައިގެން އުޅެއެވެ. މަންމައާއި އަދްހަމްމަންމައާއި ވެގެން ކޮންމެވެސް ކަމަކާއި މަޝްވަރާކުރަމުންދެއެވެ. ނިކުންނަން ދޮރާއިހަމައަށް ދިޔައިރު ނޫރު ރޮއިގަތްއަޑު އިވުނެވެ. ދުވެފައިގޮސް ކޮޓަރިއަށްވަތްއިރު އޭނަ ނިދީގައި އޮވެގެން ރޮމުންދަނީއެވެ.
“ޑެޑީ..” ގިސްލުމުގެ ތެރެއިން އޭނަގެ ދުލުން ބޭރުވިއެވެ. ހިތަށް އަސަރުކުރިލެއްބޮޑުކަމުން ލޮލުން ކަރުނަ ފާއްދާލިއެވެ. އަދިވެސް އެބިރުވެރި ދުވަހުގެ ހަނދާންތައް އޭނަގެ ސިކުނޑީގައި ވަނީކަން ޔަޤީނެވެ. އޭނަ ނަގާ ކޮޑުމަތީގައި ބާއްވާލައިގެން ދެފަރާތަކަށް ހިނގާލުމުން ރުއިން ހުއްޓާލިއެވެ. ގަޑިޖެހެން އުޅޭތީ މަންމަ އަތަށް ނޫރު ދިނުމަށްފަހު އަހަރެން ނިކުތީމެވެ.
ބައްދަލުވުން ނިންމާލާފައި ގެއަށް އާދެވުނުލެއް ވަރަށް ލަސްވެއްޖެއެވެ. މަންމަ ގާތުގައި ނޫރު ނިދިފައި އޮތުމުން އަހަރެންވެސް ކޮޓަރިއާއި ދިމާލަށް ހިގައިގަތީ ހެނދުނު ޑިއުޓީއަށް ދާންޖެހޭތީ އަވަހަށް ނިދާލާށެވެ. ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން އަހަރެން އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިވަނީ ލޮލާއި ބީރައްޓެހިވެފައެވެ. އަހަރެންގެ ކައިވެނި ކުރެވެން އުޅެނީއެވެ. އެހެންނަމަވެސް އުފާވެރިކަމުގެ އިހްސާސެއް ނުކުރެވެއެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ޝާޔަލްދެކެ ލޯބިނުވާތީ ހެއްޔެވެ؟ ޝާޔަލްގެ މަޤާމުގައި ޝާޔަން ހުރިނަމަ އަހަރެން ކިހާ އުފާވީސް ހެއްޔެވެ؟ އޭރުން އަހަރެން ކައިވެނީގެ ހުރިހާ ކަމެއް ކުރާނީ ވަރަށް ފޯރިއާއިއެކީކަން ޔަޤީނެވެ. ނަމަވެސް ތަޤުދީރުގައި އެހެންވާކަން ނެތެވެ. ޝާޔަންގެ ބަދަލުގައި އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ލިޔެވިފައިވަނީ ޝާޔަލްއެވެ. އަނެއްކާ އަހަރެންނަށް ކުރެވެން މިއުޅެވެނީ ރަނގަޅުކަމެއް ހެއްޔެވެ؟ އަހަރެން ޝާޔަލްދެކެ ލޯބިނުވާއިރު މިކައިވެނިކުރުމަކީ އޭނައަށް ލިބޭނެ އަނިޔާއަކަށް ނުވާނެ ހެއްޔެވެ؟ އަހަރެންގެ ފަރާތުން ލިބެންޖެހޭ ޒިންމާތަކާއި އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރެވިގެން އޭނައާއިމެދު ނާއިންސާފުން އަމަލުކުރެވިއްޖެނަމަ… އެއީ އޭނައަށް ލިބޭ އަނިޔާއަކަށް ނޫނީ ނުވާނެއެވެ.
އޭނަގެ ހަޔާތުގައި ތަހައްމަލުކުރަމުން އެދަނީ ވޭނާއި ހިތްދަތިކަމެވެ. އެލޯތްބަކަށް އޭނަ އެންމެ ބޭނުންވި އެންމެ މުޙިއްމު ލޯބިންވެސް އޭނަ އެވަނީ މަޙްރޫމުވެފައެވެ. އަހަރެންގެ ސަބަބުން އޭނަގެ ހިތަށް އިތުރު އަނިޔާތަކެއް ދެވިއްޖެނަމަ އޭނައަށް ހާދަ ދެރަވާނެއެވެ. އަހަރެންގެ ފަރާތުން އޭނައަށް ކުޑަ ނަމަވެސް އުފަލެއް ހޯދައިދެވެން އޮތްނަމަ އެކަމެއް އުފަލާއެކު ކޮށްދޭން އަހަރެން މިހިރީ ތައްޔާރަށެވެ.
ފަތިސްނަމާދަށްފަހު އަހަރެން ބޭރަށް ނިކުތީ ސިކުނޑިއަށް ކުޑަނަމަވެސް ހަމަޖެހުމެއް ހޯދުމަށެވެ. ރޭގަނޑުގެ ނިދިން މަޙުރޫމުވުމުގެ ސަބަބުން ބޮލަށާއި ހަށިގަނޑަށް ވެރިފައިވަނީ ލޮޑުކަމެވެ.
” އޭތް..” ސައިކަލަށް އަރާ ދުއްވާލަން އުޅެނިކޮށް މިއުވާން އައިސް އަރާހަމަކުރިއެވެ. އޭނައާއި ބައްދަލުވީ ގިނަ ދުވަސްތަކެއްގެފަހުން ކަމުން ދެމީހުންވެސް ބެލީ ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނެ ތަނަކަށް ދެވޭތޯއެވެ. ފިހާރައަކުން ފިނި އެއްޗެއް ގަނެލައިގެން މިސްރާބުޖެހީ ސުނާމީބިނާ ކައިރިއަށެވެ. އޭނަގެ ވާހަކައިން އޭނަ އައީ ރާއްޖޭން ބޭރުގައި އާއިލާގެ މީހަކު ބަލިވެގެން ބޭސްފަރުވާއަށް ގޮސްފައިކަން އެނގުނެވެ. ބައްޔަށް ޝިފާއެއް ނުލިބި އޭނަވެސް ވަކިވެގެންދިޔައީއެވެ.
” އަޑުއެހިން ދޮންބެ.. ވަރަށް ދެރަވި.. ގުޅަންވެސް ގުޅިން އެކަމަކު ޝިމާލްގެ ނަންބަރ އޮންނަނީ ނިއްވާލާފަ.. ޝާލްއަށް ގުޅާކަށް ނުކެރުނު..” އޭނަ އިސްޖަހާލީ އެމޫނަށް ވެރިވި ހިތާމައިގެ ކުލަވަރު ނުދައްކަންވެގެން ވެދާނެއެވެ.
” އަހަރެން މިއުޅެނީ މެރީ ކުރަން.. ޝާޔަލްއާ..” އަހަރެންގެ ޖުމްލަ ނިމުމާއެކީ އޭނަ ކޮޅަށްތެދުވެއްޖެއެވެ. އޭނަގެ މޫނަމަތީގައިވާ އެއްޗެއް ދެނެގަނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.
” ބަޓް ޔޫ ޑޯންޓް ލަވް ހާރ ރައިޓް.. ޝިމާލް ކީއްވެ ތިގޮތަށް ތިކަންތައްކުރަނީ؟ ޝާޔަންއަށްޓަކައި؟” އޭނަގެ އަޑުގައި ނުރުހުމާއި ރިހުންވެސްވިއެވެ.
” އަހަރެން ޝާޔަންދެކެ ކިތަންމެ ލޯބިވިޔަސް ލިބޭކަށް ނެތެއްނު.. އިންތިޒާރު ކުރިޔަސް އޭނަ އަލަކުން އެނބުރިއެއް ނާންނާނެ.. އަހަރުމެން މީހުންދެކެ ލޯބިވުމުގެ މާނައަކީ އެމީހުންގެ ހަނދާނުގައި މުޅި ދިރިއުޅުން ވޭތުކުރުމެއްނޫނެއްނު.. އެމީހުންނަށްޓަކައިވެސް އަހަރުމެން އެބަޖެހޭ މޫވް އޮން ކުރަން..” އަހަރެން ބެލީ އޭނައަށް ވިސްނާދެވޭތޯއެވެ.
” އަހަރެން ތިނޫން ވާހަކައެއް ނުބުނަން.. އެކަމަކު ޝިމާލްއަކަށް ހިޔެއް ނުވޭތަ ޝައްނުއަށް ތިދެވެނީ އަނިޔާހެނެއް.. އޭނަދެކެ ލޯބިނުވާއިރު ތިދެމީހުންނަށް އުފަލުގަ އުޅެވޭނެހެން ހީވޭތަ؟ އޭނަ ކޮންމެ ފަހަރަކު ޝިމާލްގެ ހަނދާނަށް އަންނާނީ ޝާޔަން.. އޭނަގެ ސޫރަ.. އެހަނދާންތައް ޝައްނު އާއިއެކީ ޝިމާލް އުފަލުގަ އުޅުނަދޭނެތަ؟ އެއްފަހަރުވެސް ވިސްނާލިންތަ އޭނައަށް ޙަޤީޤަތް އެނގުނީމަ ވާނެގޮތް.. އޭނަގެ ހިތަށް ކުރާނެ އަސަރު.. ކުށެއްނެތް މަޢުސޫމު ކުއްޖެއްގެ ހިތް ފުޑުފުޑުވެގެންދާނެ.. ފަހަރެއްގައި އޭނަ ޝިމާލްއަށް މާފުކުރިޔަސް އޭނަ އަމިއްލަ ނަފުސަކަށް މާފެއްނުކުރެވޭނެ.. އަހަރެން ބޭނުމެއް ނޫން ޝައްނުގެ ދިރިއުޅުންވެސް ޝިމާލްގެ ދިރިއުޅުންވެސް ހަލާކުވެގެން ދާކަން..” އޭނަ އަނެއްފަރާތަށް އެނބުރުނެވެ.
” އަހަރެން ވަރަށް ވިސްނާފަ ނެގި ޑިސިޝަންއެއް މީ.. ޝާޔަންގެ ހަނދާންތަކާއި ދުރަށްދާން އެންމެ ރަނގަޅުގޮތް ކަމަށް އަހަރެންނަށް ފެނުނީ ޝާޔަލްއާއި މެރީކުރުން.. ފަހަރެއްގައި ކައިވެއްޏަށްފަހު އޭނަދެކެ ލޯބިވެސް ވެވިދާނެއްނު.. މާތްﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. މިވަގުތު އަހަރެން ބޭނުންވަނީ ތިއެންމެންގެ އެއްބާރުލުން..” އެކުވެރިންގެ އެއްބާރުލުން އެހީތެރިކަން މިހާރު އަހަރެން ނުހަނު ބޭނުމެވެ.
” ޝިމާލްގެ ނިންމުމަކީ ތީކަމުގަ ވަންޏާ އަހަރެން މިހިރީ އެހީވާން.. އަހަރެންވެސް ބޭނުންވަނީ ޝިމާލްއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް..” އޭނަގެ ދެލޮލުން ފެނުނީ ޔަޤީންކަމެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އަހަރެން ގެއަށް އައީ ހެނދުނު ޑިއުޓީއަށް ދާން ޖެހޭތީއެވެ.
ގޭތެރޭގައި އެންމެން ހަރަކާތްތެރިވަމުންދިޔައެވެ. އެންމެންގެ ފަރާތުންވެސް ފެންނަމުންދަނީ ޖޯޝާއި ފޯރިއެވެ. ފެންވަރާ ތައްޔާރުވެލައިގެން ނިކުތްއިރު ނޫރު އައިސް އަތުގައި ހިފާލިއެވެ. އެވަގުތު ފޯން ރިންގުވާންފެށިއެވެ. ގުޅަނީ ޝާޔަލްއެވެ. އޭނަ އެދުނީ އޭނައާއި ބައްދަލުކުރުމަށް މެންދުރު އައުމަށެވެ. އެއްބަސްވަމުން އަހަރެން ހިގައިގަތީ ބަދިގެއާއިދިމާލަށެވެ.
މަސައްކަތްތައް ކުރިއަށްދިޔަ ގޮތުން މެންދުރު ބުރޭކަށް ދާންވެސް އަހަރެންހުރީ ހަނދާން ނެތިފައެވެ. ޝާޔަލްއާއި ބައްދަލުކުރަން ދާން އޮތްކަން ހަނދާންވީވެސް އޭނަ ގުޅާފައި ބުނުމުންނެވެ. މަސައްކަތްތައް ބެހެއްޓުމަށްފަހު އޭނަ ބުނި ރެސްޓޯރެންޓަށް ދިޔައިރު ޝާޔަލް އިންތިޒާރުގައި އިނެވެ.
” ސޯ ސޮރީ.. ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ލަސްވީ…” ގޮނޑީގައި އިށީންނަމުން އަހަރެން މާފަށް އެދުނީމެވެ.
” ބައްޕަ ޝިމާލްއާއި ބައްދަލުކުރަން ބޭނުންވެގެން..” އޭނަ އިޝާރާތުން ދައްކާލީ ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި އޭނަގެ ބައްޕައެވެ. އަހަރެން ފެނުމުން އޭނަ އަންނަންފެށިއެވެ.
” މިހާރު ޝިމާލް ބޭނުންވަނީ ކޮންއިރަކުން ކައިވެނި ކުރަން؟” ގޮނޑީގައި ހަމަޖެހިލަމުން އޭނަ އެހިއެވެ.
“ޝާޔަލް ބޭނުން ދުވަހެއް ބުނޭ.. އަހަރެން ގަސްތެއް ނުކުރަން އެހާ ބޮޑަށް ސެލެބްރޭޓް ކުރާކަށް.. ހޯޕް ޔޫ އަންޑަސްޓޭންޑް..” ޝާޔަލްއަށް ނަޒަރެއް ދިނީމެވެ. އޭނަ ބޯޖަހާލިއެވެ. ކައިވެނިކުރަން އޭނަ ބުނީ ޖެހިގެން އަންނަމަހުގެ ފަނަރައެވެ. ކޮންމެ އަންހެންކުއްޖަކުވެސް އަލަތު ކައިވެއްޏާއި ދޭތެރޭ ފޮނި އުންމީދުތަކެއްކޮށް އެތައް ހުވަފެންތަކެއް ދެކޭނެކަން ޔަޤީނެވެ. އެކަމަކު ޝާޔަލްގެ އެހުވަފެންތަކުގައި ކުލަޖައްސައިދެވެން މިވަގުތު އަހަންނަކަށްނެތެވެ.
” އެކަމަކު އަހަރުމެންގެ އާއިލާއިން ބޭނުންވޭ ގްރޭންޑް ސެލެބްރޭޝަންއެއް.. ޝާންގެ ވެޑިންގ ވެސް އެމީހުން ބޭނުންވާ ފެންވަރަކަށް ނުހެދުނު.. އެހެންވީމަ މިފަހަރު ދަޢުވަތުދޭންޖެހޭ އެތައް ބަޔަކުވެސް އެބަތިބި.. އެހާ ސިންޕަލްކޮށް ހެދީމަ އެމީހުން ކީކޭ ހީކުރާނީ؟ އެއެންމެންގެ ކުރިމަތީގަ އަހަރުމެންގެ އަގެއްނު ވެއްޓޭނީ..” ޝާޔަލްގެ ބައްޕަގެ ވާހަކަ ހުރި ގޮތުން އަހަރެން ފޫހިވިއެވެ. ކޮންމެކަމެއްގައިވެސް ދެއްކުންތެރިކަމެވެ. ފައިސާއާއި ތަނަވަސްކަން ލިބިފައިވިޔަސް އެއީދެން ބޮޑުވަރެވެ.
” ކައިވެއްޏަކީ ދެއާއިލާގެވެސް ގުޅުމަކަށްވާއިރު އެހެންމީހުންގެ އިޙްސާސްތަކާއި ދޭތެރޭވެސް ވިސްނަންވާނެ ކަންނޭނގެ..” ހިތްހަމަނުޖެހުނުވަރުން އަތުން މޭޒުގައި ޖަހާލެވުނެވެ.
“ޝިމާލްވެސް އެބުނީ ތެދެއް.. އަހަރެންވެސް ބޭނުމެއްނޫން އެހާ ބޮޑުކޮށް ޕާރޓީ ބާއްވާކަށް.. ވީހާވެސް ސިންޕަލްކޮށް..” ޝާޔަލް އޭނަގެ ބައްޕައަށް އެއްޗެއް ބުނާނެ ފުރުސަތެއްނުދިނެވެ.
” ތޭންކްސް ދެންހުރި ކަންކަމާއި މަޝްވަރާކުރާނީ ފަހުން..” އިތުރަށް އެތާގައި އިންނަންބޭނުންނުވެގެން އަހަރެން ތެދުވީމެވެ. ޝާޔަލް ގޮވާލުމަށްފަހު މަޑުކޮށްދިނުމަށް އެދުނެވެ. އޭނަގެ ބައްޕަ ބޭރަށް ނިކުތެވެ.
” ބައްޕަގެ ފަރާތުން އަހަރެން މާފަށް އެދެން.. ވިސްނޭ މިވަގުތު ޝިމާލް ބޭނުންނުވާނެކަން އެހާ ކުލަގަދަކޮށް ފާހަގަކުރަން.. އަހަރެންވެސް ބޭނުމެއްނުވޭ ދޮންތައަށްޓަކައިވެސް އެހާވަރަށް އުފާފާޅުކުރާކަށް…” ޝާޔަލް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
” އައި އެމް ސޮރީ.. އަހަންނަށް އިނގޭ ޝާޔަލްވެސް ކައިވެއްޏާއި ދޭތެރޭ ވަރަށް ގިނަ އުންމީދުތަކެއް ކުރާނެކަން.. ވަރަށް ގިނަ ޕްލޭންތަކެއް ކޮށްފައި ހުންނާނެކަންވެސް.. އެކަމަކު ވަގުތުގެ ގޮތުން އަހަންނަކަށްނެތް ޝާޔަލްގެ އުންމީދުތައް ފުރިހަމަކޮށްދެވޭކަށް.. ދޮންބެއާއި ޝާޔަން ދުނިޔޭގައި ހުރިނަމަ އަހަރެމެން މިކަން ކުރާނީ ވަރަށް އުފަލުން ތިބެ.. އެކަމަކު މިއަދު.. އައި އެމް ރިއަލީ ސޯ ސޮރީ..” އިތުރު އެއްޗެއް ބުނާނެ ފުރުސަތުނުދީ އަހަރެން ހިގައިގަތީ ދެލޯ ފެންކަޅިވާނެފެށުމުންނެވެ. ހަޔާތަށް ކުޑަނަމަވެސް އުންމީދުގެ އަލިކަމެއް ލިބެން އުޅޭކަމުގެ އިޙްސާސްމިކުރެވުނީ އަހަރެންގެ ހުރިހާ އުފަލެއްގައި ޙިއްސާކުރަން ބޭނުންވާ ދެފަރާތާއި ވަކިންނެވެ. ދޮންބެއާއިނުލާ އެއްވެސްކަމެއްގައި ފުރިހަމަކަމެއްނުވެއެވެ. އެއްވެސް އުފަލެއް ފުރިހަމައެއް ނުވެއެވެ. ކައިވެނިކުރަން އެންމެ ބާރު އެޅީ ދޮންބެއެވެ. އަހަރެންގެ ކައިވެއްޏަށްޓަކައި ދޮންބެ ކިހާ އިންތިޒާރުކުރި ހެއްޔެވެ؟ ދެންހުރީ ޝާޔަންއެވެ. އަހަރެންނަށް ހެޔޮ މަގު ދައްކައިދީ ކަންތައްތައް އޮޅުންފިލުވައިދިނީ އޭނައެވެ. ބޮއްސުންލާފައިވާ ޝިމާލްގެ ބަދަލުގައި މުޅިން އައު ޝިމާލްއެއް އޭނަގެ ސަބަބުން އުފަންވިކަހަލައެވެ.
އެޙިޔާލުތަކާއި ދުރަށްދާން ކިތަންމެ މަސައްކަތްކުރި ނަމަވެސް އަބަދާއިއަބަދު ސިކުނޑީގައި އެނބުރެމުންދަނީ އެހަނދާންތަކެވެ. އޮފީހުގެ ހަލަބޮލި މާޙައުލަށް ދެވުމުން ބޮލަށް ތަންކޮޅެއް ފަސޭހަވިއެވެ. ބޭކާރު ޙިޔާލުތަކާއި ދުރަށްދެވި މަސައްކަތުގެ ތެރެއަށްވަދެވުނެވެ.
ދުވަސްތައް ފާއިތުވަމުންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ބާކީ އޮތީ އެންމެ ހަފްތާއެކެވެ. ދެއާއިލާއިންވެސް ވަރަށް ފޯރީގައި ތައްޔާރީތައް ވަމުންދިޔައެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ބުނެދޭން ނޭނގޭ ބިރުވެރިކަމަކުން ހިތާއި ސިކުނޑި ހާސްކުރުވާފައިވެއެވެ. ނިދި ނާންނާތީ އަހަރެން އިނީ ބޭރަށް ނިކުމެ ސޯފާގައެވެ. މަންމަ ކޮޓަރިން ނިކުމެގެން އައި ތަނެއް އަހަންނަކަށް ނުވެސް ފެނުނެވެ.
” ދަރިފުޅާ ޝިމާލް..” މަންމަގެ އަޑަށް ބަލާލިއިރު މަންމަ ހުރީ އަހަރެންގެ ދާދި ގާތުގައެވެ. އަހަރެން ހިނިތުންވެލީމެވެ.
” ދަރިފުޅު ކައިވެނި ކުރަން ތި އުޅެނީ ހަމަ ބޭނުންވެގެންތަ؟” މަންމަގެ މޫނަށް އަހަރެން ނަޒަރު ހުއްޓާލީމެވެ.
” ކީއްވެ މަންމަ ތިހެން ބުނީ؟” އަހަރެންނަށްވެސް ކުރެވުނީ ސުވާލެކެވެ.
” ދަރިފުޅުގެ މޫނުމަތިން މަންމައަކަށް ނުފެނޭ އުފާވެރިކަމެއް.. ކައިވެނިކުރަން އުޅޭ ފިރިހެންކުއްޖެއްގެ ފަރާތުން ފެންނަ ޖޯޝެއް ފޯރިއެއް ދަރިފުޅުގެ ކިބައަކުން ނުފެނޭ..” އަހަރެން ބުނާނީވަކި ކީކޭ ހެއްޔެވެ؟ ކައިވެނިކުރަން ބޭނުންވާކަން ނޫނީ ނޫންކަން އަހަރެންގެ އަމިއްލަ ނަފުސަށްވެސް ނޭނގޭކަން ހެއްޔެވެ؟
” ދަރިފުޅާ ކައިވެއްޏަކީ ވަރަށް މަތިވެރި ގުޅުމެއް.. އެއީ ކުޅޭ ކުޅިވަރަކަށް ނުހަދާތި.. ޝާޔަލްއަކީ ވަރަށް ރަނގަޅު ކުއްޖެއް.. ހުރިހާ ގޮތަކުން ބެލިޔަސް ދަރިފުޅާ ވަރަށް ގުޅޭ ކުއްޖެއް.. ވަގުތާއެކީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” މަންމަ ދާން ހިގައިގަތެވެ. އަހަރެންނަށް އިންތަނުން ގުޑިލަންވެސް ނޭނގިފައި އިދެވުނެވެ. އަހަރެންގެ މައްސަލައަކީ ކޮބައިކަން އަމިއްލައަށްވެސް ނޭނގެއެވެ. މުޅި ރޭގަނޑު ވޭތުވަނީ ވިސްނުމާއި ފިކުރުކުރުމުގައެވެ. ރޭގަނޑުގެ އަރާމު ނިއްޖަކީ ކޮބައިކަން މިހާރު ނުވެސް އިނގޭފަދައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަހަރެން އިނީ ނާސްތާކުރާށެވެ. ގޭތެރޭގައި އެންމެން އެކި ކަންކަމުގައި ހޭލިމޭލިވަމުންދިޔައެވެ.
” ތިއްތީ ހިނގާ ދާން..” ޝާލީ އައިސް ހިފައިގަތްގޮތުން ބޯންއިން ޖޫސްތަށިވެސް ނުއޮއްސުނީ ކިރިޔާއެވެ.
” ކޮންތާކަށް؟” ތަނަކަށް ދާން ބުނެވުނުކަމެއް ހަނދާނެއްނެތެވެ.
” ސާބަސް މިހާރު ހަނދާން ނެތުނީ ދޯ.. ބުނީމެއްނު ޝައްނުގެ ވެޑިންގ ޑްރެސް ބަލާށޭ..” ޝާލީގެ ޖުމްލައިން ކޮށިއެރިއެވެ. ޝާޔަލްގެ ހެދުން ބަލަން އަހަރެން ދާންވީ ކީއްކުރަން ހެއްޔެވެ؟
” ޔު ގޯ..” ކޮށިއެރުމުގެ ސަބަބުން ރަނގަޅަކަށް ވާހަކައެއްވެސް ނުދެއްކުނެވެ.
” އިތުރު ބަހަނާއެއް ނުދައްކާ ހިނގާ ދާން..” އަހަރެން ތެދުވާއިރަށް އޭނަ އަތުގައި ހިފާ ދަމައިގަތެވެ.
” މިތަނުން ކޮން ޑިޒައިނެއް ރީތީ؟ އަވަހަށް ޗޫޒް ކުރޭ.. އޭރުން މިއަދު ކާރޑު ނިންމާލެވޭނެ..” ޝިއުޒް އައިސް އަތަށް ކޮށްޕާލީ ކާރޑްގެ ޑިޒައިންތަކެވެ.
” އިޒްއަށް ފެންނަ އެއްޗެއް ނަގާ..” ކާޑްތަކާއި ދިމާލަށް ރަނގަޅަށް ބަލާނުލެވިގެން އުޅެނިކޮށް ޝާލީ އަނެއްކާ އަތުގައި ހިފާ ދަމާލިއެވެ.
” ކޫބެ ވެއިޓް އިނގޭ.. މިގަޑި މީ ޝާލް ގަނެފައިން ވަގުތެއް…” ދޮރުން ނިކުންނަމުން ޝާލީ ގޮވާލިއެވެ. އޭނަ ހިމޭންވީ ސައިކަލު ފަހަތަށް އެރުނީމައެވެ.
” ނޫންއަށް ނުފެންނަނީސް އަވަހަށް ހިނގާ..” ކޮޑުގައި ކޮށްޓާލަމުން ދާންވީތަން ބުނެލިއެވެ.
” ޝާޔަލްގެ ޑްރެސް ބަލަން ކޮންމެހެން ތިއްތި ދާންޖެހޭތަ؟” ސައިކަލު ދުއްވާލަމުން އަހާލީމެވެ. އެއާއެކު ޝާލީގެ އަތުގެ ހަމަލާއެއް އަހަރެންގެ ކަނާއަތު ކޮޑަށް އެރިއެވެ.
” ހާދަ އަންރޮމޭންޓިކް ގްރޫމް އެކޭ ދޯ.. ކޮންމެ ގާރލްއެއްގެ ޑްރީމުއެއް ވެޑިންގ ޑްރެސް ލައިގެން ފުރަތަމަ ފެންނަ މީހަކަށް އޭނަގެ ފިއުޗަރ ހަޒްބެންޑްވުން.. ” ޝާލީ ފޯރީގައި ބުނެލިއެވެ. ވާހަކައިގައި ތިބެ އެހިސާބަށް ދެވުނުއިރު ޝާޔަލް ދޮރުމަތީގައި ހުއްޓެވެ.
“ސޮރީ ލަސްވީ ތިއްތި ބޮޑާހާކަށް ހަދައިގެން.. ” ޝާލީ ޝާޔަލްގެ އަތުގައި ހިފައިގެން އެތެރެއަށްވަނެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން އެތެރެއަށްވަނީމެވެ. ހަނި ހަނި މަގަކުން ގޮސް ވަދެވުނީ ފަހާ ތަނަކަށެވެ. އެކި ވައްތަރުގެ އެކި ޑިޒައިންތަކުގެ ހެދުންތައް އަޅުވާލެވިފައިވާއިރު އެކި ދިމަދިމާއިން ފެންނަމުންދަނީ ހެދުން ޒީނަތްތެރިކުރަން ބޭނުންކުރާ އެކު ސާމާނުތަކެވެ. މަޑުކުރުމަށް އެދެމުން އެދެމީހުން އެތެރެއަށްވަނެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ އެމީހުން ނުކުންނާނެ އިރަކަށެވެ. ފޫހިވެގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭނގުނެވެ.
” ހޭ ތިއްތީ ކަމް..” އަތުން އިޝާރާތްކޮށްލުމާއެކު ޝާލީ އެދުނެވެ. އަހަރެން ލަސް ފިޔަވަޅުތަކެއް އަޅަމުން އެތެރެއަށްވަނީމެވެ. އޭރު އިތުރު ދެތިން ކުއްޖަކުވެސް ހަރަކާތްތެރިވަމުންދިޔައެވެ. ޝާލީގެ އިޝާރާތަށް އެކުދިން ނިކުތެވެ.
” މިހާ ލަސްވާނެކަން އެނގުނުނަމަ ނުވެސް އައީމުސް..” ޝާލީ ގާތުގައި ބުނީމެވެ. އޭނަ އިޝާރާތްކޮށްލީ ކުރިމަތީގައި ފުރަގަސްދީގެންހުރި އަންހެންކުއްޖާއަށެވެ. ލައިގެންހުރި ހުދުހެދުން ދުރަށް ފެތުރިފައި އޮތެވެ. އޭނަ މަޑުމަޑުން އެނބުރިލިއެވެ. ހިތުގެ ހިގުން ހުއްޓުނުހެން ހީވިއެވެ. ހުދުކުލައިގެ ބޮޑު ވެޑިންގ ޑްރެސްގައި އެހެރީ ޝާޔަންކަމަށް ހިތްބުނަންފެށިއެވެ. ހުދުކުލައިގެ ލޭސްފޮތީގެ ޝޯލެއްގެ ތެރެއިން އެދޮންމޫނު ވިދާބަބުޅަމުންދެއެވެ. އެމޫނުމަތިން ފެންނަމުންދަނީ ބަލާލާ ކޮންމެ މީހެއްގެ ހިތް ޒަޚަމުކޮށްލާނެވަރުގެ ރީތި ހިނިތުންވުމެކެވެ. އޭނަގެ ދެލޮލުގައިވަނީ އުފާވެރިކަމެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެމޫނުގައި އަތް ޖައްސާލުމަށްޓަކައި އަތް ހިއްލާލެވުނެވެ.
“ޝާޔަ..” ކުރަންމިއުޅެވުނީ ކީއްކަން ވިސްނާލެވުނީ އެވަގުތެވެ. ވަގުތުން އަތް ތިރިކޮށްލެވުނެވެ. ބޭރަށް ނިކުމެ ހިނގައިގަނެވުނީ އެހެން އެއްވެސް ކަމަކަށް ވިސްނާނުލައެވެ. އަހަރެން ކުރަން މިއުޅުނީ ކީއްހެއްޔެވެ؟ ޝާޔަންގެ ނަން ދުލުން ނުބުނެވުނުކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ….
(ނުނިމޭ)
43 Comments!
Comments are closed.



Wow vvv nice. Next part avahah up kohdhehchey. N me first dhw 😀
Thankss RY 😀
Varah salhi. V
Thankss Hooo 😀
Varah reethi mi bai ves.
Thankss aysha 🙂
gada ingey
Thankss dhona 🙂
V reethi. Plx upload fast…
Thankss Same 😀
haadha dhemumeh midhamanee. bore vaan fashaifi
Oh my god…finally they r getting married…???…im so happy…konnirakunn nxt prt…avas kohlahchey…cant wait…this is my favorite story in this site…??…v v v v nice mi stry
Mi part vs varra salhi avahah nxt part up koh dhehchey inge
v reethi..?
Wow v nice mi partvx..plx merry kyrahchey ?
Dhen aakameh nuhingaa haasaruthakeh,,, foohivaan fashaifi mihaaru
Koba aneh bai
hey angel.. when next prt upvany..? really missin? ..plx up it ASAP
Kobatha next part
Nimuny dho mi vaahaka… Varah salhi nimmaali goiyhjj?????
Admin plx balaala dhybala mi vaahaka liyaa kujja ah kihineh thw vy?
alhey next prt kbrtha angel ?
next part koba
Ko
Mi vaahaka thi nimmaaleetha
mysterious angel… what happened to the story… plz upload
Mivaahakaige anehba kobaatha. Konme duvahakuves inthizaarukurevey
Vahakaigeh annehbai kobaa angel… ??
Angal kyvetha vaahaka up nukurany.i really want to read this story.plx plxplx plx plx up kohbaa next part
Nxt part kobaaaa tha….mi writer vx gehluny dhw…varh fooohiveyyy
Mi vaahaka nimuneetha.
Nuvanyaa ves bunelabala
Kobaa aneh part. V kiyaa hiyva vaahaka eh mee. Plx aneh bai up kohdheeblaa
Alhey mi vaahaka liyaa kujja koba tha? Plz admin balaala dhybala mi vaahaka ah vy gotheh.
Kobaa tha mi vahakaige anneh bai?
Admin????
Yes Sim, How can I help You? Reply Directly to my phone for faster response. my number is 7997991
Admin bunedhevidhaanetha mi vaahakaige author ah kihineh vy kan?
Where is the next part of this story???
Where is next part
kobartha next part????
Admn kb thr??? aneh part up nuvanee keevve thrr???
i cant wait to c what will heppens next..
knmes ehcheh bunebala up kohdheveyney noonee nukureveyney let us knowwww
admin???
aneh part up nuvanee tha??
let us know, just give a answer. yes or no
pls pls
Next part up kohdheeba pls..