Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާވާރާކަން….. (ފަސްވަނަ ބައި)

Shaam Level 110 Stories
August 13, 2016 5 Mins Read
30 Comments

އަހަންނަށް އަދި ތީނަ އެގުނަސް ނަމެއްވެސް ނޭގޭ.. މަންމަމެން ކައިރީ ކީކޭ ބުނާނީ.. ކިހިނެތް ދިމާވި ރައްޓެއްސެކޭ” އަހަރެން އޭނަގެ މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. ” މަށަށް ކިޔަނީ ޒުލްފާ.. ދެން މަ އަނެއްބައި ތިގެއަށް ދާވަގުތު ހަމަޖައްސާލާނަން ޝައްފަ ހުންނާނި މަބުނާ އެއްޗިއްސަށް އާއެކޭ ބުނަން.. އޯކޭ” އޭނަ ފޯނު ބާއްވަމުން ހިނިގަނޑެއް ޖަހާލިއެވެ. ތެދެކެވެ. ރަގަޅަށްވެސް އޭނަ ވަނީ އަހަރެންގެ ރައްޓެއްސަކަށް ވެފައެވެ.

***********

ދުވަހަކީ އާޔާޒް، ޝައްފަ އަށް ލޯބި ހުށަހެޅުމަށް ހުރައަށް ދާންޖެހޭ ދުވަހެވެ. ހެނދުނު ހޭލިގޮތައް އަޔާޒް ގުޅީ ޒުލްފާއަށެވެ. ” ކޮބާ ޒުލް .. ކިހިނެތް ވާންވީ، މިހާރު ތިއީ މިކަމުގެ އެދުރަކީ އިގޭ” އަޔާޒްގެ އަޑުގައި ވަނީ ކިޔަމަންތެރިކަމެވެ. ” އަހަރެން ހަމަ ހައިރާންވަން އަޔާޒްއަށް އައި ބަދަލްފެނިފަ.. އަހަރެންވެސް މިއުޅެނީ މީހަކާ ރައްޓެހިވެގެން ހަމަ ލޯބިން، އެކަމަކު އަހަންނަށް އެއްވެސް ބަދަލެއް އައިހެނެއް ހިއެއް ނުވޭ.. އަޔާޒް ތިއީ ނުލާހިކު މަޖާ މިޒާޖެއްގެ ޖޯކް މީހާގަނޑެއް، މިހާރު ތިހިރީ .. ދެން ނޭގެ މަށަކަށް ބުނާކަށްވެސް.. އަޅެ ތިދެމީހުންގެ ލޯބި ހަމަ އެހާ ވަރުގަދައީތަ.. ދެމީހުންވެސް ހުންއައިސްގެން ތިއުޅެނީ” ޒުލްފާ ހުރީ އަޔާޒް އާއި ޝައްފަ އެމީހުންގެ ލޯބި ހޯދުމަށް ކުރަމުންދާ މަސައްކަތް ފެނިފަ ހައިރާންވެފައެވެ. ” ޒުލް އަކަށް ނޭނގޭނޭ ވާގޮތެއް.. ނުވެސް ބުނާނަން.. އަހަރެން ބޭނުން ޝައްފައާއި މީޓްކުރަން.. އޭނަ ދެކިލަން ..ފެނިލަން.. ބައިވަރު ވާހަކަ ދައްކަން.. އެވާހަކަތަށް ހިތުގަ ބަހައްޓައިގެން އޭނަ ނުފެނި މިދާ ކޮންމެ ހިނދުކޮޅަކީވެސް އަހަންނަށް އެއްއަހަރު ފަދަ ވަގުތުކޮޅެއް” މިހާހިސާބަށް ދިޔަތަނާ ޒުލްފާ އަޔާޒްގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ދައްކަން ފެށިއެވެ. “އޯކޭ..އޯކޭ.. އަހަންނަށް އެގިއްޖެ ތިއީ އަދި އާދައިގެ ލޯތްބެއް ނޫންކަން.. ދެން އަޔާ އަންނަންވީ ހަވީރު.. އަންނަގޮތަށް އަންނާނީ ސްޓޭޝަނަށް.. އައީމަ ދެން ހަދަންވީގޮތް ބުނާނަން އޯކޭ” ޒުލްފާ ހުރީ އަޔާޒްގެ ހިތުގައި އުފެދިފައިވާ ލޯބީގެ ތޫފާން ފެނި ފެންކަޅިވެފައެވެ. ހަމަ އަސްލުވެސް އެލޯބި އެހާތަފާތީބާއޭ ހިތަށް އެރިއެވެ. “ކީއްކުރަން ހަވީރު ހެނދުނު ދިޔަޔަސް އޯކޭނު” އަޔާޒް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ޒުލްފާއަށް އަންގާލިއެވެ. ” ނޯވޭ.. ތިއުޅެނީ ފަނިކުރަން.. މިހާ ކުލަ ގަދަކުރަން އުޅޭ އިރުވެސް ތިގޮތް ކަމަކު ނުދާނެ އިގޭ ދެން މިބުނާގޮތް ހަދާ” ޒުލްފާ މިހެން ބުނުމުން އަޔާޒް މޯޅި ރާގަކަށް އާއެކޭ އާއެކޭ ބުނެ ފޯން ބޭއްވިއެވެ.

ސައިގެ ކަންތައް ނިންމާފައި ޒުލްފާ އޭނަގެ “ބޯއި ފްރެންޑް” ޝިނާނަށް ގުޅާލިއެވެ. ” ޝިނާން ވަރަށް ބޮޑުކަމެއް ކޮށްދޭން ވެއްޖެ” ޒުލްފާ ޝިނާން ފޯނު ނެގުމާއި އެކު ބުންޏެވެ. ” ޒުލް ބުނެގެން އަހަރެން ކުރާނެ ބޮޑުކަމެއް ނޯންނާނެ، ކިހިނެތްވީ” ޝިނާން ބުނެލިއެވެ. ” މިއުޅެނީ ވަރަށް ކްލޯސް ކުއްޖަކު ލޯބި ހުށަހަޅަން ހަފްލާ.. މިބުނީ ލޯބި ހުށަހެޅުމަށް ދާނެ ތަނެއް ބަލާފަ އެތަން ރެޑީކުރަން.. އަހަރެން މިބަލަނީ މިރެއަށް ރެޑީކުރަން” ޒުލްފާ ޝިނާނަށް ތަފްސީލްދިނީ ގިނަ މީހުން މިކަމުގައި ބައިވެރި ނުކުރުމަށެވެ. ” ކީކޭ.. އަނެއްކާ ކާކު އެހާ ކްލޯސް މީހަކީ” ޝިނާ ސުވާލުކޮށްލިއެވެ. ” ދިމާވީމަ ބުނާނަން .. ދެން ވާނެތަ މިބުނި ކަންތައް، ހާދަ ސުވާލެއް ތިއަންނަނީ ލޯބްސް” ޒުލްފާ ހީވީ ޝިނާން ރުއްސަން މަސައްކަތް ކުރިހެންނެވެ. ” ވާނެ..ހިގާ ނުކުންނަން މިދަނީ ބަލާ އިނގޭ” ޝިނާން ފޯނު ބޭއްވިތާ މާގިނަ އިރެއްނުވެ ޝިނާން ޒުލްފާ ބަލާ އެގެއަށް އައެވެ. އަދި ޒުލްފާ ގޮވައިގެން ސައިކަލް ގައި ނައްޓާލިއެވެ. “އޫނ.. އަދި އެހެން ތަނަކަށް ޖައްސާލާފައޭ ދެވެން އިނީ ހަނދާންވެސް ނެތިފަ މިހުންނަނީ ހިގާބަލަ “ޕްލަސްވަންފިހާރަ ކައިރިއަށް، އެތާ އިންގެއަކަށް ވަދެފަ ދާނީ” ޒުލް ފާ އެދުނީ ޝައްފަ ދިރިއުޅޭ ގެއަށް ދިއުމަށެވެ.

“އައްސަލާމް ޢަލައިކުމް” ޒުލްފާ ޝައްފަ ދިރުއުޅޭ ގޭގެ ދޮރުމައްޗަށް އަރާ ގޮވާލިއެވެ. “ވަޢަލައިކުމުއްސަލާމް.. އަހާ ޒުލްފާ. އަނެއްކާ ތިޔައީ މައްސަލައަކާއި ގުޅިގެންތަ” ޒުލްފާ އަށް ޖަވާބުދިނީ ޝައްފަގެ ދައްތަ މަދީހާއެވެ. “ނޫނޭ.. މިއައީ ޝައްފަ ދެކިލަން.. އެއީ މަގޭ ފްރެންޑެކޭ މިހާރު” ޒުލްފާ ހީގަތެވެ. “އޭނ ކިހިނެތް ޝައްފަ އާއި އެހާ ގާތްވީ.. އޭނަ އަދި މިރަށަށް އައިތާ ދެތިން ހަތަރު ދުވަހެއްނު މިވީ” މަދީހާ ސާފުކޮށްލަން ބޭނުންވިއެވެ. ” ދެން ދައްތަވެސްދޯ.. މީހަކާއި ފްރެންޑްވާން އެއް އަހަރު ބޭނުންވޭތަ.. ކޮބާތަ އެމަންޖެ” ޒުލްފާ ސަމާސާ ރާގަކަށް ބުނެލިއެވެ. “އެމަންޖެ އޮންނާނެ އެނދުގަ މީހަކު ބުނިއްޔާ ނޫނީ ނުނުކުންނާނެ ކޮޓަރިންވެސް، މަށަށް ހީވަނީ އެއްކަލަ ސައިކަލް ދުއްވި ފަހުން ނުނުކުންނަންހެން އެ އޮއްނަނީ.. މަޑުކުރޭ އެބަގޮވަން” މަދީހާ އެތެރެއަށް ވަދެ ޝައްފަ އަށް ގޮވާލިއެވެ.

********************

ރޭގެ ފަތިހު ހެލީއްސުރެން އަހަރެން މިއޮންނަނީ ފޯނު ކައިރީގައި ބާއްވައިގެން ޒުލްފާގެ ކޯލެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ދައްތަ ގޮވާލި އަޑަށެވެ. ” ކޮއްކޯ.. ޝައްފަ ހޯދަން އެބަހުރި މީހަކު އައިއްސަ.. އާދެބަލަ” ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ދައްތަ ބުނެލިއެވެ. އަވަސް އަވަސްކޮށް އަތުގައި ޖެހުނު ބުރުގާއެއް އަޅައިގެން ރީތިކުރަމުން އަހަރެން ނުކުތް އިރު ޒުލް ހިނިތުން ވެފައި ހުއްޓެވެ. “ކޮބާ އެބައޮތޭ ވާހަކައެއް އާދެބަލަ މިތާ މަގަށް ” އަހަރެން ކައިރީ ޒުލްފާ އެދުނީ އޭގޭ ބޭރު މަގުމައްޗަށް ނުކުތުމަށެވެ. ” ރީއްޗަށް ތައްޔާރުވެގެން މިރޭ ހަތްގަނޑި ބަޔަށް އާދޭ ޕޮލިސް ސްޓޭޝަން ކައިރިއަށް.. އެހެން.. އައިސް މަށަށް ގުޅާ” އަހަރެން އަދި އެއްޗެކޭ ނުބުނަނީސް ޒުލްފާ ބައިއޭ ބުނެފަ ސައިކަލެއްގެ ފަހަތުގައި ނައްޓާލިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެތެރެއަށް ވަންނަން ހިގައިގަތްތަނާ ދައްތަ ސުވާލުކުރަންފަށައިފިއެވެ. ” ކޮއްކޮ ކިހިނެތް ޒުލްފާ ދަންނަނީ..” ދައްތަ ސުވާލަށް އަހަރެން ހުއްޓުން އެރި ނަމަވެސް އަހަރެން އެސުވާލަށް ޖަވާބު ދޭން ނިންމީމެވެ. ” އެއީ ދެން ޢާއިދު އާއި އެކު ފިހާރަޔަކަށް ދަނިކޮށް ދިމާވި ޕޮލިހެއް.. ދައްތަ އަށް އެގޭނެ ނު އަހަރެން ޕޮލިސް އަށް އިންޓްރެސްޓް ހުންނަކަން .. ދެން އޭނައާއި ވާހަކަ ދައްކާފަ އޮއްވާ އަނެއްކާ އެއްކަލަދުވަހު ސައިކަލް މައްސަލައިގަވެސް ވާހަކަ ދައްކާ އޭނަ އާއި ފްރެންޑްވީ” އަހަރެން ހުރީ ދައްތަ ޤަބޫލް ނުކޮށްފާނެކަމަށް ބިރުންނެވެ. ” އެހެންތަ.. ރަގަޅު ޒުލްފާ އެއީ އަސްލު ވަރަށް ރަގަޅުކުއްޖެއް ހެން ދައްތަ އަށް ހީވަނީ..ކޮއްކޮއަށް ރަގަޅު ރަޙްމަތްތެރިއެއް ލިބިއްޖެ އެއްނު މިރަށަށް އައީމަ” ދައްތަ މިހެން ބުނެލާފައި ދައްތަގެ މަސައްކަތްތަށް ރުޖޫޢަވުމުން އަހަރެން އަވަހަށް ކޮޓަރިއަށްގޮސް ހެދުންތައް ހާވަން ފެށީމެވެ. އުޅެ އުޅެ ރީތި ހެދުމެއް ނޭގުމުން ޢާއިދު ގެނެސްގެން އޭނައަށް ކަމުދާ ހެދުމަކާއި ދިމާވޭތޯވެސް ބަލަންފެށީމެވެ.

*****************

“އެއީ ކޮންކުއްޖެއް .. ކުރިއަކުން ނުދަންނަ ކުއްޖެއް އެއީ..” ޝިނާން ސައިކަލްގައި ނައްޓާލަމުން ޒުލްފާ އާއި ސުވާލްކޮށްލިއެވެ. އަދި ޝިނާންގެ ޖަވާބަށް ޒުލްވާ ވެދިޔަ ކަންތައްތައް ޝިނާނަށް ކިޔައި ދިނެވެ.”އޯހ.. ހާދަ ވަރުގަދަ ކަމެއް ތިއީ..އޭ ތިކަން ވާނެ ވަރަށް ސަޅިކުރަން.. ތިހާ ސަޅިކޮށް ދިމާވި ދެމީހުންނަށް ޖެހޭނެ ސަޕްރައިޒެއް ދޭން” ޝިނާންވެސް އެލޯބީގެ ވާހަކަ އަޑު އަހާފައި އެކަމާއި ގަޔާވިއެވެ. ” މަށަށް ފެންނަނީ މިރޭ އިރު އޮއްސޭއިރަށް ދިޔަވަރު ހިކެން ފަށާނެ.. އަށެއް ޖަހާކަށް ހާއިރަށް ކުޅީގައި އޮންނާނެ ވަރަށް ސަޅި ދޮންވެލިގަނޑެއް ހިކިފަ އެތަން ރެޑީކުރަން..” ޝިނާން މިހެން ބުނުމުން ޒުލްފާއަށްވެސް އެގޮތް ކަމުދިޔައެވެ. އަދި އެތަނަށް ގޮސް އެތަން ސާފުކޮށް އެތާ މެދުގައި ރުކުގެ ދެފަން ވިޔެފަ ކުޑަ ހުރަހެއްހެން ޖަހާ ކަނދުފައްޗެއް ގޮތަށް ލަކުޑިން އެއްޗެއް މީހަކު ލައްވާ ތައްޔާރުކޮށް ރަށު މީހެއްގެ އަތުން ފައްޔެއްވެސް ގެނެސް އެއްގަމުން އެތަނަށް ނުތެމި ދެވޭނެހެން ހަދާ ތައްޔާރީތައް ނިންމާލިއެވެ. އިރު އޮއްސި ހަގަޑިބައިވީއިރު އަޔާޒް ހުރީ ހުރައިގައެވެ. ޕޮލިސް ސްޓޭޝަނަށް އައިސް އަޔާޒް ގުޅީ ޒުލްފާ އަށެވެ. ޒުލްފާ އައިއިރު ހުރީ ދާހިއްލާ ފޯވެފައެވެ. ވާނީވެސް އެހެންނެވެ. އޭނަ އެއައީ ތަން ތައްޔާރުކުރުމުގައި އަވަދި ނެތި އުޅެފައެވެ. ” އަޔާދޭ ކޮފީއެއް ބޯލަން.. މަވެސް މިއަންނަނީ ކުޑަކޮށް ފެންވަރައިގެން.. މިއައީ އަޔާޒް ދެކިލަން އިގޭ .. މޫނުގެ ކުލަވަރު ބަލާލަން ” ޒުލްފާ ނިންމާލީ ހިނިގަނޑަކުންނެވެ. ޒުލްފާ ޕޮލިސް ސްޓޭޝަނަށް އައި އިރު ހަތެއް ޖަހައި ދިހަ މިނެޓް ހިގީއެވެ. އަޔާޒް އިނީ ކޮފީއެއް ބޯން ޝަމީމާއި އެކު ޖޯލީގައެވެ. “އަޔާ ދާންވީނު ފެންވަރާ ތައްޔާރުވާން.. އަށެއްޖަހާއިރު ޖެހޭނެ ޝައްފަ އާއި މީޓްކުރަން ދާން” ޒުލްފާ މިހެން ބުނުމުން އަޔާޒް ކޮފީތަށި ބަހައްޓާފައި ތެދުވިއެވެ. “ކޮންތާކަށް މަގެންދަން ތިއުޅެނީ” އަޔާޒް ސުވާލުކޮށްލިއެވެ. ” ދެން ކޮންމެވެސްތާކަށް .. ދޭ އަވަހަށް ރެޑީވާން.. ވަރަށް ރީތިވައްޗޭ.. އެއްފަހަރުން ޝައްފަ އާއެކޭ ބުނާވަރު ކުރަން ވާނެ” ޒުލްފާގެ ވާހަކަތަކަށް ހެމުން އަޔާޒް ސްޓޭޝަން މުވައްޒަފުން ނިދުމަށް ބޭނުންކުރާ ރޫމަށް ވަދެ ދަބަސް ބަހައްޓާފައި ފެންވަރަށް ނައްޓާލިއެވެ. “އެއްޗެއް އިސްތިރި ކުރަންޏާ ގެނޭ.. މަ ހެލްޕެއް ވެދީފާނަން” ޒުލްފާ މިހެން ބުނުމުން އަޔާޒް އޭނަގެ ދަބަހުން ހުދު ގަމީހަކާއި ކަޅު ޖީންސެއް ނަގާ ދިއްކޮއްލިއެވެ. ” ތޭންކްސް ޒުލް.. އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ ތިކޮއްދޭ ކަންތައްތައް” އަޔާޒް ސީރިއަސް ވިއެވެ. “ހުމް.. ދެން ދޭ އަވަސްކުރަން” ޒުލްފާ އަވަހަށް ދިޔައެވެ.

***********************

އަހަރެންނަށް އެންމެ ކަމުދާ ލައިޓް ރެޑް ކުލައިގެ ހެދުމުގައި ތައްޔާރުވެގެން ނުކުންނަންވެގެން ކޮޓަރި ދޮރުގައި ހިފާލީމެވެ. އެކަމަކު ހިތަށްއެރިއެވެ. މިކަން މީހަކަށް އަދި އަންގާނެ ކަމެއް ނެތެވެ. ޢާއިދުއަށް ގުޅާ އަހަރެން ގެނައީމެވެ. އަދި ސިޓިން ރޫމުން މީހުން ހުސްވި ތަންވަޅު ޢާއިދު ލައްވާ ބަލާ އޭނައާއި އެކު ޕޮލިސް ސްޓޭޝަން ކައިރިއަށް އައި އިރު ޒުލްފާ ހުރީ ދެކޮޅު ދެކޮޅަށް ހިގާލާ ސްޓޭޝަން ބޭރުގައެވެ. ” އަވަހަށް ހިގާ ދާން” ޒުލްފާ މިހެން ބުނުމުން އަހަރެން ޢާއިދު ކައިރީގައި ގުޅީމަ އަންނަން އެދި އަދި މިވާހަކަ އެއްވެސް މީހެއް ކައިރީ ނުދެއްކުމަށް އެދިފައި ފޮނުވާލާފައި ދިޔައީ ޒުލްފާ އާއި އެކުގައެވެ. ޒުލްފާ އާއި އެކު ގޮސް ވަކި ހިސާބަކުން އަނދިރިތަނަކަށް ވަންނަންޖެހިއްޖެެއެވެ. އަހަރެން ހުރީ ބިރުގެންފައެވެ. ” ހާސްނުވޭ.. ލޯބި ލިބޭނީ ބިރުވެސް ފަހަނައަޅައި ގޮސްގެން” ޒުލްފާ މަޖާ ރާގަކަށް ބުނެލިއެވެ. އެވަގުތު އަހަރެންގެ ހިތަށް ވެރިވީ އަޔާޒްގެ ހަނދާންތަކެވެ. ފަހަތް ނުބަލާ އަހަރެން ޒުލްފާއާއި އެކު ދިޔައިމެވެ. ދިމާލަކަށް ނުކުމެވިއްޖެއެވެ. ވަށައިގެން ފެން އޮތް އިރު އެތާ މެދުގައި ކުޑަވަރެއްގެ ފިނޮޅެއްކަހަލަ ދޮންވެލިގަނޑެއް އޮތެވެ. “އަހަރުމެންދާނީ އެތަނަށް” ޒުލްފާ ބުނެލިއެވެ. “އެތަނަށޭ.. ކިހިނެތް ދަނީ..” އަހަރެން ސުވާލުކޮށްލީމެވެ. “މިހިރީނު މަގޭ ލަވް ، ބޯއިފްރެންޑް ޝިނާން.. ތިންމީހުން އެކުގައި ހިނގާ ކަނދުފަތީގައި ނައްޓާލަން” އަހަރުމެން ކައިރީގައި އޮތް ކަނދުފައްޗެއްގެ މަތީގައި ޒުލްފާގެ ބޯއިފްރެންޑް ހުއްޓެވެ. ލައިގެން ހުރި ޖީންސް ކަކުލުގެ ތިރިއާއި ހަމަޔަށް އޮޅާލުމަށް ފަހު އަހަރެން އެއަށް އެރީމެވެ. އެއާއި އެކު ޝިނާން ފަލި ޖަހާފައި ނައްޓާލިއެވެ. އަދި އެތަނަށް ކައިރިކޮށްލާފައި ޒުލްފާ އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. “އޭނ އަހަރުމެން މިދަނީ .. އަޔާ އަށް ފެނުމުގެ ކުރިން އަހަރުމެން މިތަނުން ފައިބާނަން.. އެކަމަކު އަހަރެމެން ޝައްފަ ގެއްލޭ ހިސާބަކަށް ނުދާނަން.. ބިރުނުގަނެ ހުންނައްޗޭ އަޔާޒް އެ އައްނަނީ އިރުކޮޅަކުން” އަހަރެންނަށް އާއެކޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އަޔާޒްގެ ލޯބި ހޯދުމަށް އަހަރެން ކުރަން އޮތް ހުރިހާ ކަމަކަށް އާއެކޭ ބުނުމަށް މިހިތައްޔާރަށް ހުރިކަހަލައެވެ.

ސަރަހައްދަށްވަނީ ހަނދުގެ ފަނޑުއަލި ވެރިވެފައެވެ. ފުދޭވަރަކަށް އަޑުމަޑެވެ. ޒުުލްފާމެން ދާތަން ބަލަން އަހަރެން ހުރީ ވަރަށް ބިރުގެންފައެވެ. އަހަރެންގެ ކައިރީ އެއްވެސް މީހަކު ނެތެވެ. ވިޔެފައިވާ ތިން ފަނެއް ފިޔަވާ މި ދޮންވެލިގަނޑުމަތީގައިވެސް އެއްވެސް އެއްޗެއް ނެތެވެ.

ޒުލްފާމެން ގޮސް ފައިބާ އިރުކޮޅަކު އެތާ ތިބާ އެތަނަށް ދެމީހަކު އައެވެ. ޒުލްފާއާއި ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އެތަނުން އެކަކު ޒުލްފާމެން ދިޔަ ކަނދުފަތީގައި އެބަ އާދެއެވެ. “އަނެއްކާ އަޔާޒްތަ އެ އަންނަނީ” އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަޔާޒްގެ ކުރިމައްޗަށް އަރާ މިއީ ފުރަތަމަ ފަހަރެވެ. ވާނެ ގޮތެއް ހިޔާލަށްވެސް ގެންނާކަށް ނޭގެއެވެ. ހަނދުވަރުގެ ފަނޑުއަލީގެތެރެއިން އަހަންނާއި ކައިރިވަމުންދާ ޒުވާނާއަށް އަހަރެން ބަލަންހުރީމެވެ. އެއީ އިސްކޮޅުން ދިގު ކުލަ އަލިމީހެކެވެ. ލައިގެންހުރީ ހުދު ގަމީހަކާއި ކަޅު ޖީންސެކެވެ. ޖިންސް ކަކުލުގެ ތިރިއާއި ހަމައަށް އޮޅާލާފައިވާއިރު ހުރީ ފައިވާނަކަށް ނާރައެވެ. ކައިރިވަމުންގޮސް އަހަރެން އަޔާޒްގެ އެ ރީތި މޫނު ރަގަޅަށް ސިފަވާވަރަށް ކައިރިވުމުން އަހަންނަށް ބޭ އިޙްތިޔާރުގައި މޫނު މަތީގައި އަތް އަޅާލެވުނެވެ. އިރުކޮޅެއްވެ ހަބަރެއް ނުވުމުން އަހަރެން މޫނުމަތިން އަތްނަގާ ބެލި އިރު މީހަކު ފެންނާކަށް ނެތެވެ. ކަނދުފަތި އޮތް ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްކިއަކަށް އަހަރެން ސިއްސައިގެން އައީ އަހަރެންގެ ފަހަތުން ކޮނޑުކައިރިން ކުރިމައްޗައް އައި އަތެއް ފެނުނުމުންނެވެ. އެކަމަކު އަހަރެންގެ ހާސްކަމާއި ބިރުވެރިކަން ކެނޑުނީ އެއަތުގައިވާ އަގޮނޓިފެނިފައެވެ. ހަނދުން ދެމުންދިޔަ މިލަ ހަނދުވަރާއި އެކު އެ އަނގޮޓީގައިވާ ޖަވާހިރުން ވިދުންވާކަހަލައެވެ. “ވިލް ޔޫ ބީ މައިން” އަހަރެންގެ ކަނާތު ކަންފަތަށް ހޫނު އިޙްސާސްތަކަކާއި އެކު މަޑު މަޑުން ކަންފަތްކައިރީގައި ބުނެލި އަޑު އިވުނެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (ސަތިރީސްވަނަ ބައި)

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 3 ވަނަ ބައި )

Next
August 13, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 3 ވަނަ ބައި )

Previews
August 12, 2016

އަހަރެންގެ ވާހަކަ (ސަތިރީސްވަނަ ބައި)

30 Comments!

  1. wisha says:
    August 13, 2016 at 1:12 am

    woah… v salhi

  2. aik says:
    August 13, 2016 at 1:20 am

    Reethi…

  3. sabeeha says:
    August 13, 2016 at 4:30 am

    vv reethi…?

  4. Anonymous says:
    August 13, 2016 at 6:20 am

    Omg…vvv reethi

  5. ~minty~ says:
    August 13, 2016 at 7:30 am

    Oh god…v nyc…?

  6. zoooo says:
    August 13, 2016 at 7:44 am

    Vvv nice

  7. Someone says:
    August 13, 2016 at 8:06 am

    Vv rythi ❤❤❤

  8. Lovely girl says:
    August 13, 2016 at 8:17 am

    Reethi

  9. manaar says:
    August 13, 2016 at 8:33 am

    Ayaa eh noon dhw a hodhaa boy a ky…ayaa aky dhen a ulheny kanneyge dhw….

  10. reiify says:
    August 13, 2016 at 8:55 am

    Vaaahaka feshi iru ga innany zayaange hiyaalehga…

  11. lai says:
    August 13, 2016 at 9:06 am

    Vv reethi

  12. Laal says:
    August 13, 2016 at 9:13 am

    next part avahah up kohladhyba kiyahithun huhta a nimunee Haadha reethi a

  13. lynum says:
    August 13, 2016 at 9:41 am

    Awwnn.. This ix gonna b so romantic… nxt prt kiyaahithun kehmadhuvefa.. waitinggg.. plxxx upload ASAP………

  14. Hooo says:
    August 13, 2016 at 10:29 am

    Reethie.

  15. Shaai says:
    August 13, 2016 at 10:47 am

    Wow superb

  16. Xxx says:
    August 13, 2016 at 10:59 am

    Story Kada… Maa kury… Hahahaha.

  17. RIF says:
    August 13, 2016 at 11:37 am

    Wooooooow splendid??? ……waiting 4 the nxt prt….plx avahah up kohdhehchey???

  18. dhona says:
    August 13, 2016 at 12:00 pm

    waaah waaah! so romantic.??

  19. cheeee says:
    August 13, 2016 at 12:02 pm

    Boring

    1. Loona says:
      August 13, 2016 at 1:22 pm

      Bafalo vaahaka hadiyyaa nukiyaabala

  20. Leem says:
    August 13, 2016 at 1:15 pm

    Vvv reeti kon irakun next part

  21. mash says:
    August 13, 2016 at 1:29 pm

    Wow v v rythi

  22. Haazi says:
    August 13, 2016 at 2:09 pm

    V haasaru gadu gina..ebai madhu kurima miah wure wes nice waane

  23. Love says:
    August 13, 2016 at 2:28 pm

    Varah habeys. Kiya hithun huhtaa thi nihmaaly. Nxt part avahah up kohdheh chey??

  24. Marsh says:
    August 13, 2016 at 2:57 pm

    Vvvc cute.. waiting..

  25. Aaf says:
    August 13, 2016 at 3:14 pm

    Romantic ?????? love
    V nice

  26. Girl says:
    August 13, 2016 at 4:34 pm

    ayaa aky noon dho shaffa hodha kujjaky?
    vaahaka feshunu iru innany zayan ge hiyaaluga
    ekm story v reethi

  27. shaam says:
    August 13, 2016 at 4:47 pm

    Don’t worry zayan will come ?

  28. sama says:
    August 15, 2016 at 10:41 pm

    kobaa next part

  29. jee says:
    August 31, 2016 at 11:21 am

    mivaahaka up nukuranykyve…

Comments are closed.

Next Episodeއާވާރާކަން…. (ހަވަނަބައި)←


All Right Reserved!