އާވާރާކަން…. (ދެވަނަބައި)
ގޮތެއްހުހެއް ނުވާނެ އެވެ. ލޯބި ޙާސިލްކުރުން ފަހަށް ބާއްވާށެވެ. މިވަގުތު ބޭނުންވަނީ އޭނަގެ މައުލޫމާތު ހޯދުމެވެ. ވަރަށް ވިސްނި ފަހުން ޖައްސާނެ ސްޓަންޓެއް ހިތައް އެރިއެވެ. ކޮންމެވެސް ގޮތަކުން ޕޮލިސް ސްޓޭޝަނަށް ދާންވީއެވެ. ކުށެއް ކޮށްގެންވިޔަސް ވަރިހަމަތާއެވެ. ބައެއް ފަހަރު ޤުރުބާންވުންވުންވެސް އޮންނާނެއެވެ.
ރޭގަނޑުގެ އަށެއް ޖަހާލާކަށް ހާއިރު ދައްތަގެ ދޮށީފިރިހެން ދަރި ޢާއިދު ބޮލަށް ސަވާރުވެގެން ސައިކަލް ބުރެއް ޖަހާލަން ނުކުތީމެވެ. މީހުން މަދު ހިސާބަކަށް ގޮސް އަހަރެން ސައިކަލް ދުއްވަން ދަސްކޮށްދޭން އެދުނީމެވެ. ވަރަށް އާދޭސްކުރި ފަހުން “މިޝަން ޕޮސިބަލް” ފެށިއްޖެއެވެ. ބައެއް ފަހަރު ފައި ޖައްސަމުން އެހެން މިހެން ދުއްވަމުން ދިޔަ އިރު އަހަންނަށް އިންތިޒާރުކުރެވެނީ ޕޮލިހުން އަންނާނެ އިރަކަށެވެ. އުޅެ އުޅެ ޕޮލިހެއްގެ ޙަބަރެއް ނުވިއެވެ. ދެންވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. މަގުގެ އެއްކޮޅުން ދުއްވާފައި އައި ދެބައި އުމުރުގެ ފިރިހެނެއް އައި ސައިކަލަކަށް ގޮސް އަރުވާލީއެވެ. ވެއްޓި އަތާއި ތަންތަން އޮތީ މެށިފައެވެ. އެމީހާވެސް އޭނަގެ ކަކޫމަތީގައި އަތް އަޅައިގެން ހުރެ ހެއްދެވި ނެހެއްދެވިއަށް އަހަރުމެންނާއި ދިމާލަށް ގޮވަންފެށިއެވެ. ” އަހަރެންގެ ދުވަސް މިޔައީ” އާއިދު ހިތާމަވެރި ރާގެއްގައި ބުނެލިއެވެ. “ހާސް ނުވޭ ދަރިއާ.. މަމިހުރީނު” އޭރު އަނެއްމީހާ ފުލުހުންނަށްވެސް ގުޅައިފިއެވެ.
މާގިނައިރުތަކެއްނުވެ އަންހެން ފުލުހަކާއި ފިރިހެން ދެފުލުހުން ވެހިކަލް އެއްގައި އައިސް އަހަރުމެން ޕޮލިސް ޖިޕްގައި ހޮސްޕިޓަލަށް ގެންދިޔައެވެ. ބޭސްއަޅާ ނިމުމުން ގެންދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.
“މިހިރީ މީހެއް.. ބަލަ ،މަންޖެ ސައިކަލަކީ ކޮން އެއްޗެއް ކަމެއް ނޭގި ޖެހޭތަ އެއަށް އަރަން ، ނަސީބެއްނު މަގޭ ފުރާނަ ހުރިކަން” އެމީހާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އަހަރެން ހެވިލާފައި ހުރީއެވެ. “މިޝަން ކޮންމްޕްލީޓް” ވީމައެވެ. އިރުކޮޅަކުން ފުލުހެއް އެތަނަށް އައިސް އެމީހާގޮވައިގެން އެތަނުގައި ހުރި ކުޑަރޫމަކަށް ވަދެއްޖެއެވެ. އަހަރެންނާއި ޢާއިދުއާއި ދެމީހުންތިބީ ގޮޑިއެއްގައި ބައިތިއްބާފައެވެ. މަޢުލޫމާތު ނެގުމަށްފަހު ޢާއިދުގެ ސައިކަލެއް ނޫންކަން އެގުމުން ޢާއިދު ފޮނުވާލީ ޢާޢިދުގެ ބައްޕަގެ މަޢުލޫމާތު ނެގުމަށް ފަހު އަހަންނަކީ އަށާރައަހަރުވެފައިވާ މީހެއްކަން އެގުމުންނެވެ.
“ތިއީ މިރަށުކުއްޖެއް ނޫންދޯ” އަހަރެން ކައިރީގައި އިން އަންހެން ފުލުސްމީހާ ސުވާލުކޮށްލިއެވެ. “އާނ.. އަހަންނަކީ މިރަށުކުއްޖެއް ނޫން”. އަހަރެން އިނީ ވަރަށް ހަމަޖެހިލާފައެވެ. ކަންބޮޑުވުމަކީ ޢާއިދުއަށް އެގޭ މީހުން ކުރާނެވަރާއި، މަންމަމެން ކަންބޮޑުވެ މިތަނަށް އަންނާނެތީއެވެ.
“ކީއްވެ ލައިސަންސް ނުނަގާ ސައިކަލް ދުއްވީ.. ކިހާ ބޮޑު ޚަރަދެއް ދާނެ މިކަމަށް” އެއަންހެން ފުލުސް މީހާ ސުވާލުކޮށްލިއެވެ. ” އަދި ކުރަން އޮތް ޚަރަދު އޮތީ ނު.. ” އަހަރެން މަޢުޟޫޢުއަށް ދާން މަސައްކަތް ފެށީމެވެ. ” ތިބުނި އެއްޗެއް ނުވިސްނުނު” އޭނހުރީ ހައިރާންވެފައެވެ. ” ތީނަގެ ނަމްބަރ ލިބިދާނެތަ.. އޭރުން އަހަރެން ކިޔައިދޭނަން” އަހަންނަށް ވަގުތު ނުލިބިދާނެކަން އިޙްސާސް ވާންފެށިއެވެ. “ނޫނޭ.. މިތަނަށް ގުޅީމަ ދިމާވާނެ ، މިތަނުގެ ނަމްބަރ ދެންތަ” އޭނަ ހީވީ ފިރިހަކަށް މަ ނަމްބަރ ބަހަށް އުޅެނީ ތޯޗެކެވެ. ” ޕްލީސް.. އަހަރެންގެ މަންމަމެން މިހާރު އަންނާނެ.. ދެން އަހަންނަށް ވަގުތެއް ނުވާނެ.. އަހަރެން ކިޔައިދޭން ބޭނުން ވަރަށް މުޙިއްމު ވާހަކަތަކެއް އެބަހުރި.. ޕްލީސް ދުވަހަކުވެސް ކަމެއް ކޮއްދެންޏާ” މިހިސާބަށް ދިޔައިރު އަހަރެންގެ ބަޔާން ނަގަން އެތެރެއަށް ވަންނަން ޖެހިއްޖެއެވެ. ބަޔާން ދީ ނިމުނު އިރު އެއްހާސް ރުފިޔާވެސް ދައްކަން ޖެހިއްޖެއެވެ. އަދި އަނިޔާ ލިބުނު މީހާއާއި އޭނާގެ ސައިކަލަށް ދޭންޖެހޭ ވަރެއްވެސް ނޭގެއެވެ. އެކަމަށް އަނެއްދުވަހު ހާޟިރުވާންޖެޙޭ ކަމަށް ބުނެ ފޮނުވާލުމުން ނުކުތް އިރު ހުރީ އިރު މެދުޖެހިފައެވެ. ބައްޕައާއި މަންމައާއި، ދައްތަ، އަދި ބޭބެ ވެސް ހުރީ އައިހެވެ. މަންމަ ހުރީ ވަރަށް ރުޅިގަދަވެފައެވެ. ” ކިހިނެތް ވެފާތަ ތިހުރީ.. ހިތްހަމަޖެހިއްޖެ އެއްނު.. ނަސީބެއްނު މީހެއްގެ ފުރާނަ ނުދިޔަކަން” މަންމަ އެވަރަށް އެއްޗިހި ގޮވާނެކަންވެސް އެގެއެވެ. ” ހިނގާ އެމަންޖެ ގެއަށް ގެންގޮސް ދެންތިކަމާ ވާހަކަ ދައްކާނީ” އަހަރެންގެ ބައްޕަ އެއީ ބެސްޓެވެ. އަހަރެންދެކެ ލޯބި ވާވަރުން އަހަރެން ގޯސްކޮށް ކަމެއް ކުރިޔަސް ނުފެންނަ ކަހަލައެވެ. އެކަމަކު މަންމައާއި ޚިލާފަށް ބައްޕަ ދުވަހަކުވެސް އަހަންނާއި ދިމާލަށް ބާރަށް އެއްޗެއް ބުނި އަޑެއް ނާހަމެވެ. ބޭރަށް ނުކުންނަން ހިގާލި ވަގުތު އަހަރެން އެނބުރި ހޯދަންފެށީ އަހަރެން ވާހަކަ ދެއްކި އަންހެން ފުލުސްމީހާ ފެނޭތޯ އެވެ. އެކަމަކު އެމަންޖެއެއް ފެންނާކަށް ނެތެވެ. އަހަރެންގެ އަދޭސްތަކަށް ރަޙުމެއް ނެތީ ހާދަ ކުލުނެއް އަގަލެއް ނެތް ކުއްޖެކޭ ތާއޭ ހިތައް އެރިއެވެ.
ޕޮލިސް ސްޓޭޝަން ދޮރުން ނުކުމެ ހިނގައި ގަތީ އުއްމީދުގެ ހުޅުކޮޅު ކިރިޔާ ނިވޭ، ނުނިވޭ ހިސާބުގައެވެ. ” އެސްކިއުސް .. ” އަސްތާއެވެ. ފަހަތް ބަލާލިއިރު އެހެރީ އެއަންހެން ކުއްޖާއެވެ. ” އަޅުގަނޑުމެން ޝައްޕައާއި އަދި އެއްވާހަކަ ދައްކާލަން ބޭނުންވާތީވެ” އެހިސާބަށް ބުނި އިރު އަހަރެންހުރީ މަންމަގެ އަތުތެރެއިން ދެމިގެން ގޮސް ޕޮލިސް ސްޓޭޝަން ތެރޭގައެވެ. ބަޔާން ނަގަން ވަތް ރޫމަށް އަހަންނާއި އެކު ވަދެ އޭނަ ދިނީ އަހަރެންގެ އަތަށް ގަނޑުކޮޅެކެވެ. އޭގައި އޭނަގެ ނަމްބަރ ޖަހާފައި އިނެވެ. ” ތެންކިއޫއޫ…” އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ” އެކަމް ޕްލީސް.. އަހަރެން ޓްރަސްޓް ކޮށްފައި މިދިނީ” އޭނާ “ސީރިއަސް” ވެލިއެވެ. “ޑޯންޓް ވޮރީ… އައި ވޯން ޑޫ އެނީތިންގ ރޯންގ.. އަދިވެސް އެއްފަހަރު ތޭންކްސް” އަވަހަށް އަހަރެން ނުކުމެގެން ބޭރަށް ނުކުމެ މަންމަމެން ކައިރިއަށް ދިޔައީމެވެ. އަހަރެންގެ މޫނު މަތިން ފެންނަމުންދިޔަ އުފާވެރިކަމުން މަންމަމެންވެސް ތިބީ ހައިރާންވެފައެވެ. ” ހާދަ އުޖާލާ މޫނެކޭ.. އަނެއްކާ ކޮން ހަދިޔާއެއް އެތެރެއިން ދިނީ.. އެއްހާސްރުފިޔާ ދޭންވެފެ މިތިބީ.. ނަސީބެއްނު ނަސީރަކީ ގާތް މީހަކަށް ވީކަން އެހެންނޫންނަމަ އޭނަގެ ސައިކަލަށްވެސް ލައްކަ ލާރިއެއް ދާނެ” މަންމަ “ސްޓާރޓް” ބަޓަނައް ފިއްތާލިއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ވާނުވާއެއް ނޭގޭތާއެވެ.
ގެއަށް ގޮސް އަހަރެން ކޮޓަރިއަށް ވަނުމާއި އެކު ތަޅުލީމެވެ. އަދި އަވަހަށް ފޯނު ނަގާ އެނަމްބަރަށް ގުޅީމެވެ. “ހަލޯ، ހަލޯ ޝައްޕަ އޭމީ ބުނީމެއްނު ގުޅާނަމޭ” އަހަންނަށް ވާހަކަ ދެއްކުނީ ވަރަށް އަވަސް އަވަހަށެވެ. ” އާނ.. ޝައްޕަ ކޮބާތަ ބުނަން އުޅުނު ވާހަކަތަކަކީ؟” އޭނަ ފެށީ އިންޓަވިއު ކުރަންޓާއެވެ. ” އަސްލު ކުރުކޮށް ބުނާނަމަ އަހަރެން ތީނައަށް ގުޅަން ބޭނުންވީ އެހެން ޕޮލިސް ކުއްޖެއްގެ ނަމްބަރ ހޯދަން” އަހަރެން ކުރުކުރަން މަސައްކަތްކުރީމެވެ. “ތިބުނި އެއްޗެއް ނޭގުނު” އޭނައަށް އެގޭނީވެސް ކިހިނެތް ހެއްޔެވެ. “އާނ.. އެއީ ވަރަށް ދިގުވާހަކައެއް، ވީ ގޮތަކީ އަހަންނަށް މިއުޅެނީ ފުރަތަމަ ފަހަރަށް މީހަކު ދެކެ ލޯބި ވެވިގެން.. މިވާހަކަތައް ތީނައަށް ކިޔައިދޭން މިޖެހުނީ އިތުރު ގޮތެއް ނެތިގެން.. ޕްލީސް.. އައި ނީޑް ޔުއާ ހެލްޕް..” އަހަރެން އޭނައަށް އަހަރެންގެ އިޙްސާސްތަށް ކިޔައި ދެވޭތޯ ބެލީމެވެ. ” އޭނ ކީކޭ.. ދެން ތީގަ މަ ޝައްފައަށް ކޮށްދޭންވީ ކަމެއް ނެތްކަންނޭގެ” އޭނަ އަށް އަހަރެންގެ ޙާލު ވިސްނޭވަރު ނުވީއެވެ. ” ވީގޮތަކީ އަހަރުމެން މިރަށަށް އައި ދޯނި ކަނޑުވެގެން އަހަރުމެންނަށް އެހީތެރިވާން ދިޔަ ލޯންޗްގަ ހުރި ކުއްޖެއް ދެކެ އަހަންނަށް ލޯބި ވެވިގެން މިއުޅެނީ.. ޕްލީސް އޭނަގެ މަޢުލޫމާތެއް ލިބޭނެތަ” އަހަރެން އިތުރަށް ވަރަށް ތަފްސީލް ކޮށްދެވޭތޯ ބެލީމެވެ. ” ޝައްފާ…ތިކަމަށް ދަރިއާ ކިހިނެތް މަ އެހީވާނީ .. އެނޫނަސް ކިހިނެތް އޭނަގެ މަޢުލޫމާތު މަ ޝައްފައަށް ދޭނީ.. މަށަށް މިސާލަކަށް ތުލުސްދޫ މެއިން އަށް ގުޅައިގެން އޭނަ ހޯދިދާނެ.. އެކަމަކު ތިކަހަލަ ކަމެއްގަ ކިހިނެތް އެހީވާނީ… ހީހީ ޝައްފަވެސް ދޯ” އޭނަ ފާޑަކަށް ހީގަތެވެ. ” ދެން އޯކޭ.. އޭނަ ކައިރީގައި އަހަންނަށް މިހެންދިމާވެގެން އުޅޭ ވާހަކަ ބުނެ ދެވި ދާނެއެއްނު” އަހަރެން އެހެން މަގަކުން ކާމިޔާބު ވޭތޯ މަސައްކަތް ފެށީމެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.


Salhi
Salhi ?
Haadha kurey!!!! ekamaku nice?
Wa wa wa … Waiting for next part.. Pls upload soon
Nice I like it waiting for next part
V salhi pls up next part
haadha kurey……..haadha kurey kyvethr…. thankolheh dhigukohlabala plx……. v salhi mibai ves…..
V nice. Ekamaku shappa enan badhalu kohdhinun ehen. Kuda kohba old fashion ii
vvvv reethi…..
V different story eh.but i like it.nice.regularly update kohdheythi
V nice vaanehen hiyvany. Daily koh upload kohla dhehche inge
Kon iraku aneh prt….vvv loabi…..haadha kere A dhw saffa ah
nice…
nice story…
hama best heheheeeeeeeeeee