ދޭނަން ހިތާ ޖާނާ (25)
ސާދަ ވިލޭރެގެ ހަނދުވަރު ކުޑަދޮރުން އެޅިފައި ވީއިރު ލޫތްގެ ނަޒަރު ވަނީ ނިދިފައި އޮތް އައިފާއަށް ހުއްޓިފައެވެ. ސޯފާގައި ލެނގިލައިގެން އިން އިރު އެ ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ޑޮކްޓަރު ދެއްކި ވާހަކަ ޤަބޫލުކުރަން އެހިތް ދެކޮޅު ހެދިއެވެ. އެކަން އަދި ސިއްރު ކޮށްދިނުމަށް އެދުނީ ވެސް އައިފާ ގާތު އެވާހަކަ ބުނާނެ ގޮތެއް ނޭނގުމުންނެވެ. ދެން ދުވަހަކަވެސް އެލޮލަށް އަލިކަމެއް ލިބުމުގެ އުއްމީދު ނެތްކަން ހާމަ ކުރާނެހައި ހިތްވަރެއް ލޫތް ކިބަޔަކު ނެތެވެ.
ފާރުގައި އިން ގަޑިއަށް ނަޒަރު ހުއްޓާލި އިރު ދަންވަރު ތިނެއް ޖަހަނީއެވެ. ނަމަވެސް އެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. ލޫތް ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި މަޑު ކޮށްލަމުން އެ ދޮރު ހުޅުވާލިއެވެ. ފަސްވަނަ ފަންގިފިލާ އިން ފެންނަމުން ދިޔައީ ހިމޭންވެފައި އޮތް މާލެއެވެ.
ތެތްފިނި ވައިރޯޅިތައް އައިސް ބީހިލާ އިރު ގައިން ހީބިހި ނަގައިގެން ދެއެވެ. ކުރިމަތީގައި ހުރި ގަހުގެ ފަތްތަކަށް ހަނދުގެ އަލި އެޅިފައިވީ އިރު އެހާމެ ހިތްގައިމެވެ. ދަންވަރުގެ މި ހިމޭން މަންޒަރު އައިފާއަށް ދެކިލަން ލިބޭނެ ނަމައޭ ލޫތް ހިތަށް އެރިއެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އޭނާ ހަށިފުރައި ނޭވާއެއް ލިއެވެ.
“ލޫތް.. ލޫތް.” އެވަގުތު އިވުނު އައިފާގެ އަޑުން ލޫތްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އޭރު ނިދީގައި އޮތް އައިފާ އޭނާއަށް ގޮވަމުން ދިޔައިރު އެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. ދެބުމަ ގޮށްޖެހިފައި ވީއިރު ނިތްކުރީގައި ހިއްލާފައިވީ ދަލުން ދަޅަ އަޅަމުން ދިޔައެވެ. ލޫތް ހިނދުކޮޅެއްގެ ތެރޭގައި ގޮސް އައިފާގެ އެނދު ކައިރީގައި މަޑުކޮށްލިއެވެ.
“އައިފާ.. އޭ. ހޭލަބަ.. ބޭބް.” އައިފާ ކޮނޑުގައި ހިފައި ކުޑަކޮން ތަޅުވާލަމުން ލޫތް އޭނާ ހޭލައްވަން މަސައްކަތް ކުރިއެވެ. ނަމަވެސް އައިފާއަށް ހޭވެރިކަން ނުވިއިރު އަތްފައިން ލޫތް ދުރުކުރަން އުޅުނެވެ. “ނޫން! ނޫން ތިހެން ނަހަދާ ޒޭން!!” އައިފާއަށް ނިދީގައި ރޮވެމުން ދިޔައިރު އޭނާގެ ބަސްތަކުން ލޫތްއަށް އަސަރު ކުރިއެވެ.
“މިއީ ލޫތްއޭ… ހޭލަބަލަ. އައިފާ!!” ލޫތް ތަންކޮޅެއް ބާރަށް ގޮވާލުމުން އޭނާގެ މެރިފައި އޮތް ލޯ ތަންމިނަށް ހުޅުވުނެވެ. އައިފާގެ ކަޅި އެކި ކޮޅުކޮޅަށް ދަތުރު ކުރިއިރު އޭނާ ލޫތްގެ އަތް ދުރުކުރަން ތެޅިފޮޅުނެވެ. “ދޫކުރޭ! ނޫން.. ދޫކުރޭ!!” އައިފާއަށް ހީވީ އަދިވެސް ކަޅު އަނދިރި ހުވަފެނެއްގައި އުޅެވޭ ހެންނެވެ.
ކިތަންމެ ވަރަކަށް ލޯ ލައްޕާ ހުޅުވިއަސް ފެންނަނީ ހަމަ އެ ކަނު އަނދިރި ކަމެވެ. “ޝޫޝް.. ކާމް ޑައުން.. އިޓްސް މީ. އެއީ ހުވަފެނެކޭ. އައިފާ..” ލޫތްގެ އަޑު ޖެހުމާއި އެކީ އައިފާގެ ހަރަކާތްތަށް ހުއްޓުނެވެ. އައިފާ އޭނާގެ އަތުން ލޫތްގެ ކޮނޑުގައި ހިފަމުން ޔަޤީން ކުރަން މަސައްކަތް ކުރިއެވެ.
“ލޫތް؟ ލޫތް ތަ..” އައިފާ ރޮވިފައި އިނދެ އަހާލިއެވެ. “ޔެސް. ހުއްޓާލައި..” ލޫތް މިހެން ބުނުމުން އައިފާ އޭނާ ގައިގައި އޮޅުލައިގަނެ ރޯން ފެށިއެވެ. ސިކުންތުތަށް މިނެޓުތަކަށް ބަދަލު ވެގެން ދިޔައިރު ވެސް އައިފާ ދޫކޮށްނުލައި ރޯން އިނެވެ. މަޑުމަޑުން އެ ރުއިން ގިސްލުމަށް ބަދަލުވެގެން ދިޔައިރު ލޫތް އޭނާގެ ބޮލުގައި ފިރުމާލިއެވެ.
“ޝޫޝް. ދެން ހުއްޓާލަ. އިނަފް ނައު.” އައިފާ ގަޔާއި ދުރުކޮށްލާއި އެ ކޯތާފަތުގައިވީ ކަރުނަތައް ފޮހެލަދެމުން ލޫތް ބުނެލިއެވެ. “ޒޭން ފެނުނީ.. ހީ ވޮޒް ހާޓިން މީ..” އައިފާ ނޭފަތް ދަމާލަމުން ބުނެލިއެވެ. “ލޫތް.. ވަރަށް ބިރުގަނޭ އެބަ.. ދެން ނުފެންނާނެތަ؟” އައިފާއަށް އެހެން އެހެނީ އިޚުތިޔާރަކާއި ނުލައެވެ. “ސޮރީ އަބަދު މިހެން އެހޭތީ.. ” އޭނާ އިސްޖަހާލަމުން މިހެން ބުނިއިރު ލޫތް އިނީ ހަޤީޤަތް ހާމަ ކުރަން ނުކެރިފައެވެ.
“ފެންނާނެ އިރާދުކުރެއްވިއްޔާ… އިޓްސް އޯކޭ..” ލޫތް ހިތްވަރުކޮށްފައި ބުނެލިއެވެ. “ނޫން ލޫތް.. އިޓްސް ނޮޓް އޯކޭ.. ނިދީގައި ވެސް ފެންނަނީ އަނދިރިކަން.. ލޯ ހުޅުވީމަ ވެސް އަނދިރިކަން.. ހީވަނީ މިއުޅެވެނީ ނުހޭލެވޭ ނިންޖެއްގަ ހެން.. ލޫތް އަކަށް އިހުސާސެއް ނުވާނެ. ލޮލަށް ފެނިފައި ދެން ލޯ ހުޅުވާލާ އިރު ކަނު އަނދިރިކަން ވަށާލީމަ ވާގޮތެއް.. މީހުން ދައްކާ ވާހަކަ އަޑު އިވުނަސް އެމީހުން ނުފެނުނީމަ ވާގޮތެއް…” އައިފާ އިސްޖެހިފައި އިން އިރު ލޮލުން ހުއްޓުމެއް ނެތި ކަރުނައައެވެ.
“އާދެބަ..” އައިފާގެ އަތުގައި ހިފަމުން ލޫތް އެނދުން ތެދުވިއެވެ. “ނޫން ލޫތް.. ނުކެރޭނެ.” އައިފާ ތެދުވަން ބިރުގަތެވެ. އޭނާ އަދި ހޭއެރިފަހުން ތެދުވެއެއް ނޫޅެއެވެ. “ޓްރަސްޓް މީ.” ލޫތް މިހެން ބުނެ އައިފާ އެނދުން ފައިބަން އެހީތެރިވެދިނެވެ. ބިންމަތީގައި ފައި ޖެހުމާއި އެކީ އޭނާ ލޫތްގެ އަތުގައި ބާރަށް ހިފައްޓާލިއެވެ.
ލޫތް މަޑުމަޑުން އައިފާ ގޮވައިގެން ހިނގަން ފެށިއެވެ. އޭނާ ގޮސް ހުއްޓުނީ ހުޅުވާލެވިފައި ހުރި ކުޑަދޮރު ކުރިމަތީގައެވެ. އައިފާގެ ފަހަތުގައި މަޑުކޮށްލަމުން އޭނާ ދެއަތުން އައިފާގެ އުނގަނޑުގައި ހިފައްޓާލިއެވެ. ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅިތައް އައިސް އައިފާގެ މޫނުގައި ބީހިލުމުން އެދެލޯ މެރުނެވެ.
ގަސްތަކުގެ ފަތްތަށް ހެލޭ އަޑާއި ދުރުދުރުން މަދުން ނަމަވެސް ދުއްވާއެއްޗެހީގެ އަޑު އޭނާއަށް އިވެމުން ދިޔައެވެ. “ފީލް ދެޓް” ލޫތް ވައިއަޑަކުން ބުނެލިއެވެ. “އައިފާގެ ލޮލަށް އަދި ނުފެނުނަސް އެބަ އިހުސާސް ވެއެއްނުން.. ކިހައި ހަމަހިމޭން.. ކިހައި އަރާމު ވައެއް އެޖެހެނީ.” ލޫތްގެ ބަސްތަކުން އައިފާގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ.
“އެންޑް އައި އެމް ހިއާ.. ލަވައެއް ކިޔާ ދެންތަ؟” ލޫތް މިހެން ބުނުމުން އައިފާ އޭނާގެ އަތުގައި ބާރަށް ހިފާލިއެވެ. “ދޭނަން ހިތާ ޖާނާ.. އާދެ ނުދޭ ލޯބިވާ..” ލޫތް ލަވަ ކިޔަން ފެށުމުން އައިފާ ގާތަށް ހިނިއައެވެ. އޭނާ ފަހަތަށް ލެނިގިލައި ލޫތްގެ މޭގައި ބޯ އަޅާލިއެވެ. “ދުވަހަކުވެސް ނުދައްޗޭ..” އައިފާ މިހެން ބުނިއިރު އޭނާގެ އަޑު ކުރެހުނެވެ. “ނުދާނަން.. ދުވަހަކުވެސް ނުދާނަން..” ލޫތް މިހެން ބުނެ އައިފާގެ ބޮލުގައި ބޮސްދިނެވެ.
****
މެންދުރުގެ ރަތް އަވި ދިއްލާފައި ވީ ވަގުތުން ނިތްކުރިން ދާތިކިތަށް ފޮހެލަމުން ލުތުފީ ހޮސްޕިޓަލަށް ވަދެގެން އައެވެ. ކާރު ހަލާކުވުމުން ލުތުފީ ހިނގާލާފައި ހޮސްޕިޓަލަށްއައީ ހޮޓެލްއާއި އެހައި ދުރު ނުވީމައެވެ. އޭނާ ގޮސް އައިފާގެ ކޮޓަރިއާއި އަރައި ހަމަވި އިރު ބޭރުގައި އިން އަޒުރާ ފެނި ފިޔަވަޅުތައް ލަސްކޮށްލިއެވެ.
ލުތުފީ ގޮސް އަޒުރާއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލި އިރު އަޒުރާ އަނގައިން ވެސް ނުބުނެއެވެ. ހިނދުކޮޅަކަށް ހިމޭންކަން ދެމިގެން ދިއުމުން ލުތުފީ ވާހަކަ ދައްކަން ފެށިއެވެ. “އައިފާ ކިހިނެތް މިއަދު؟” ލުތުފީ އަހާލިއެވެ. “ބޮލުން ބެންޑޭޖް ނައްޓާލައިފި ދެންމެ.. ލޫތް އެބަހުރި ޑޮކްޓަރާއި އެކު އެތެރޭގައި.” ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އަޒުރާ އިރުކޮޅަކު އިނުމަށްފަހު ޖަވާބުދިނެވެ.
“ދެން އަޒުރާ ކީއްވެ މިތާ ތިއިނީ..” ލުތުފީ އަހާލިއެވެ. އަޒުރާ ފުންނޭވާއެއް ލަމުން ލުތުފީއަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެ ލޮލުގައި ވީ ކަރުނަތަށް ފެނި ލުތުފީ ހިމޭންވިއެވެ.
“އަހަރެންގެ ދަރިފުޅުގެ އެ ރީތި އިސްތަށިގަނޑެއް މިހާރަކު ނެތް.. އޭނަގެ ދެލޮލަކަށް ނުފެނޭ.. ދެލޯ ވަޅުވަދެފައި ވީއިރު އެމޫނުމަތި ވަނީ މިލާފައި.. މަދުފަހަރެއްގައި އަނގައިން ވެސް ބުނެލަނީ.. އެއް އިރެއްގައި ހެވިފައި ހުރި ދަރިފުޅުގެ މިއަދު އެއްވެސް ދިރުމެއް ނެތް.. އެމަންޒަރު ބަލަން އަހަރެން އެތެރޭގައި މަޑުކުރާނެހައި ހިތްވަރެއް ނެތީމަ މިތަނުގައި މިއިނީ..” އަޒުރާ ވާހަކަދެއްކި އިރު އެ އަޑުވަނީ ކުރަކި ވެފައެވެ.
އަޒުރާއަށް ކުރާނެ އަސަރު ލުތުފީއަށް އިހުސާސް ވުމުން އޭނާ ހަމްދަރުދީވިއެވެ. ނަމަވެސް އޭނާ ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. ލުތުފީ އެއްޗެކޭ ބުނުމުގެ ކުރިން ކޮޓަރިން ޑޮކްޓަރާއި އެކު ލޫތް ނިކުއިންތަން ފެނުމުން ލުތުފީ ތެދުވެ އެދިމާއަށް ޖެހިލިއެވެ. އޭރު އަޒުރާ ވެސް އެމީހުންގެ ވާހަކަ އަޑުއެހުމަށް އެތަނަށް ދިޔައެވެ.
“ޑޮކްޓަރ.. ރިޕޯޓް ލިބިއްޖެ ތޯ؟” ލުތުފީގެ ސުވާލުން ޑޮކްޓަރުގެ ނަޒަރު ހުއްޓުނީ ލޫތްއަށްށެވެ. ލޫތްގެ އިޝާރާތުން އެޚަބަރު ހާމަކުރުމަށް ބުނުމުން އޭނާ ވާހަކަފެށިއެވެ. “އަޅުގަނޑު މިހާރު ބެންޑޭޖް ނައްޓާލައިފިން.. ސާޖަރީގެ ލަކުނު އެއްކޮންނެއް ނުފިލާނެ.. އެކަމަކު އިސްތަށި ފެޅުމުން ދެން އެތަން ފޮރުވިގެން ދާނެ..” ޑޮކްޓަރުގެ ވާހަކަ އަޑުއެހުމުގައި އަޒުރާ ވެސް ހުއްޓެވެ.
ރިޕޯޓްތަކުގައި ވީކަންތައް އޮޅުން ފިލުވައިދިން އިރު އަޒުރާ ހުރީ ނޭވާ ހިފައްޓާލައިގެންނެވެ. ޑޮކްޓަރުގެ ވާހަކަ ނިމުމުން އަޒުރާއަށް އިތުރަށް ކެތެއް ނުވިއެވެ. “ނޫން.. ކޮންމެ ވެސް ގޮތެއް އޮންނާނުން.. އަޅުގަނޑުގެ ދަރިފުޅަށް ތިހެން ނަހަދާ..” އަޒުރާ ރޮވިފައި ހުރެ ބުނެލިއެވެ. “އާ ޔޫ ޝުއާ؟” ލުތުފީ ވެސް މާޔޫސްވެފައި ހުރެ އަހާލިއެވެ.
“އައި އެމް ސޮރީ.. އެކަމަކު ލިބިފައި ހުރި ގެއްލުމުގެ ބޮޑުކަމުން މިކަން ޓްރީޓް ކުރެވޭކަށް ނެތް..” ޑޮކްޓަރު މިހެން ބުނުމުން ލޫތް ރުޅިއައެވެ. “އައި ޑޯންޓް ބިލީވް ޔޫ.. އަހަރެން އައިފާ ބޭރަށް ގެންގޮސްގެން ވެސް މިކަން ރަނގަޅު ކުރާނަން.” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.
“ތިބޭފުޅުން ބޭނުންގޮތެއް ހަދަންވީ.. އެކަމަކު ހަމަ އެއްޖަވާބެއް ކޮންމެ ތާކަށް ދިޔަޔަސް ލިބޭނީ.. އިޓްސް ނިއާލީ އިމްޕޮސިބަލް” ޑޮކްޓަރ މިހެން ބުނުމުން ލޫތްއައި ރުޅީގައި އޭނާގެ ކޯޓުގެ ގިރުވާނުގައި ހިފިއެވެ. “އައި ޑޯންޓް ކެއާ!! ޝަޓް އަޕް!!” ލޫތްގެ ހަރަކާތްތަކުން ލުތުފީ އަވަހަށް އޭނާ ދުރުކުރަން އުޅުނެވެ.
“ލޫތް ހަމަޖެހިބަލަ.. އައި އެމް ސޯ ސޮރީ.” ލޫތް ދުރަށް ލުމަށްފަހު ލުތުފީ މަޢާފަށް އެދުނެވެ. “އިޓްސް ފައިން.. އައި އަންޑަސްޓޭންޑް.. މިކަން އައިފާއަށް އެންގުން ވަރަށް މުހިއްމު. ޓުޑޭ އޯ ޓުމޯރޯ.. ޝީ ހެޒް ޓު ނޯ..” ޑޮކްޓަރ މިހެން ބުނެފައި އެތަނުން ދިޔައެވެ. އޭރު ލޫތް ދުރުގައި ހުރި ފާރުގައި އަތް އަޅާލައިގެން އިސްޖެހިފައި ހުއްޓެވެ.
“ތި ރުޅިގަނޑު މަޑުކޮށްބަލަ ލޫތް.. އަތުން ފައިން ގޯހެއް ހެދިއްޖެއްޔާ އަނެއްކާ ލޯ ސޫޓެއް އައިސްދާނެ. ހީ އިޒް އަ ޑޮކްޓަރ..” ލުތުފީ ވިސްނައިދެމުން ބުނެލިއެވެ. އޭރު އަޒުރާ އެތަނުގައި އިން ގޮނޑިއެއްގައި އިށީނދެ ދެއަތުން ބޮލުގައި ހިފައްޓައިގެން އިނެވެ.
“އައިފާ ބޭރަށް ގެންގޮސް ދައްކާނީ.. ޑޯންޓް ލޫޒް ހޯޕް.. ދަރިފުޅު ތިގޮތަށް ރުޅި އިސްކުރަންޏާ ކިހިނެތް ކަންތައްތައް ހަމަޖެހޭނީ.. ކީޕް އިޓް ޓުގެދާ ލޫތް” ލުތުފީގެ ބަސްތަކުން ލޫތް މާޔޫސް ވިއެވެ.
“އައި އެމް ޓަރައިން ޑޭޑް.. އެކަމަކު.. ކިހިނެތް އައިފާ ކައިރި މިވާހަކަ ބުނާނީ. އައި ކާންޓް.” ލޫތް ކަރު އެލުވާލަމުން ބުނެލިއެވެ. “ބުނެވޭނެ.. ހިތްވަރުކޮށްފައި ބުނަން ޖެހޭނީ.. ހިނގާ. ޔޫ ހެވް ޓު ފޭސް އިޓް.. އާދެ.” ލޫތްއަށް ހިތްވަރު ދެމުން ލުތުފީ އޭނާގެ އަތުގައި ހިފައިން އެތެރެއަށް ވަނެވެ.
****
އެނދުގައި ދެފައި ވަށްކޮށްލައިގެން އިން އައިފާގެ ނަޒަރު ވަނީ ފާރަށް ހުއްޓިފައެވެ. އަތުން އިނގިލީގެ ނިޔަފެތި ތަކާއި ކުޅެމުން ދިޔައިރު ބޮލުގައި އެންމެ އިސްތައްޓެއް ވެސް ނެތެވެ. ބޮލުގެ ފަހަތުން އަރިއެއްގައި ބޭސް ގަނޑެއް އަޅާފައި ވީއިރު ކައިރީގައި ކުދި ޒަޚަމްތަކުގެ ލަކުނު ވިއެވެ.
ހޮސްޕިޓަލްގެ ހެދުން އަޅައިގެން އިންއިރު ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އޭނާ ވަނީ ހިކި އަނަރޫފަވެފައެވެ. އައިފާގެ މިހާލުފެނި ލުތުފީގެ ހިތަށް ވެސް އަސަރު ކުރިއެވެ. “ދަރިފުޅާ އައިފާ..” އައިފާގެ ކޮނޑުގައި މަޑުމަޑުން އަތްލަމުން ލުތުފީ ގޮވާލިއެވެ. އައިފާގެ ނަޒަރު ވަގުތުން އަޑުއައި ދިމާއަށް ހުއްޓުނެވެ.
އޭނާއަށް އެއީ ލުތުފީގެ އަޑުކަމެއް ނޯޅުނެވެ. “ބައްޕާ..” އައިފާ ކުރަކިވެފައިވީ އަޑުން ބުނެލިއެވެ. “މިއައީ ދަރިފުޅުގެ ހާލު ބަލައިލަން.. މިހާރު ބެންޑޭޖް ނައްޓާލީ ދޯ.. ދެން މާގިން ދުވަހު މިތާ ހުންނާކަށް ނުޖެހޭނެ.” ލުތުފީ އޯގާތެރި ކަމާއިއެކު ވާހަކަދެއްކިއެވެ.
“ދަރިފުޅުގެ ރިޕޯޓް ލިބިއްޖެ.. އެވާހަކަ ދައްކާލަން މިއުޅެނީ.. ލޫތް.” ލުތުފީ މިހެން ބުނުމުން އައިފާގެ މިލާފައިވާ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. “ލޫތް.. ކީކޭ ޑޮކްޓަރ ބުނީ..” އައިފާ އުއްމީދުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އައިފާގެ އަޑުއިވި ލޫތްގެ ހިތަށް އިތުރަށް އަސަރުކުރިއެވެ.
އައިފާގެ ހުރިހާ އުއްމީދެއް ވިއްސިވިހާލެވިގެން ދާކަށް އޭނާ ނޭދެއެވެ. އޭނާ އައިސް އައިފާ ކައިރީގައި އެނދުގައި އިށީނދެލުމުން ލުތުފީ ދުރަށް ޖެހެލިއެވެ. އޭރު އެތެރެއަށް ވައިން އަޒުރާ އެމީހުން ވާހަކަ އަޑުއެހުމަށް މަޑުކޮށްލިއެވެ. އައިފާގެ އަތުގައި ހިފާލަމުން ލޫތް ވާހަކަދައްކަން އަނގަ ހުޅުވާލި ނަމަވެސް އަޑެއް ނުނިކުތެވެ.
“ލޫތް.. ބުނެބަ.. ކީއްވެ މާ މާޑުން ތިއިނީ..” އައިފާ މޫނުމަތިން މިހާރު ފެންނަނީ މާޔޫސް ކަމެވެ. ލޫތްގެ ހަމަހިމޭން ކަމުން އޭނާއަށް ކަމެއް ގޯސްކަން ނަގައިގަނެވުނެވެ. “އައިފާ..” ލޫތްގެ ކަރު ބެދުމުން އޭނާ ހިންދިރުވާލިއެވެ. އޭރު އައިފާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާ ލޫތްގެ މޫނުގައި އަތް ކާއްތަން ފެށިއެވެ.
އެވަގުތު ލޫތްގެ ލޮލުން ފޭބި ކަރުނަތައް އިހުސާސް ވުމުން އައިފާއަށް ކެތެއް ނުކުރެވުނެވެ. “ލޫތް ތިރޮނީޔޯ؟ ޕްލީޒް ޓެލް މީ..” އައިފާއަށް ރޮވޭގޮތްވިއެވެ. “ޑޮކްޓަރ ބުނީ.. ބުނީ އައިފާގެ އޮޕްޓިކް ނާވްއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާ ކަމަށް.. އިޓްސް ވެރީ ސިވިއާ..” ލޫތްއަށް ބުނެވުނީ މިހިސާބަށްށެވެ. އޭނާއަށް އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ.
“ޓްރީޓް ނުކުރެވޭނެ ދޯ.. އެހެން ދޯ ބުނީ.. ޓެލް މީ ލޫތް!” އައިފާއަށް ބޭއިޚްތުޔާރުގައި ހަޅޭލަވައިގަނެވުނެވެ. “އައި އެމް ސޮރީ އައިފާ.. އައި ސައިޓް ފުލީ ރިކަވާ ވެދާނެ ކަމުގެ އުއްމީދެއް ނެތް..” ލޫތް ހިތުގައި ހިލގަނޑެއް ބާއްވާފައި އެންމެފަހުން މިހެން ބުނެލިއެވެ.
“ނޫން.. ނޫން. ބުނޭ ތީ ދޮގެކޭ.. މަންމާ! މަންމާ!!” އައިފާއަށް އަޑުން އަޑުނަގައި ރޮވެން ފެށުނެވެ. އޭނާ ލޫތްގެ އަތް ދުރަށް ލަމުން އެނދުގައި އިނދެ ފަހަތަށް ޖެހެން ފެށިއެވެ. ދުރުގައި ހުރި އަޒުރާ ވަގުތުން އައިސް އައިފާ އެމޭގައި ބޮނޑިކޮށްލިއެވެ. އޭރު ލޫތް ގަބުވެފައި އިނީ އައިފާގެ ހާލަތާއި މެދު ހަމްދަރުދީވެފައެވެ.
“އައިފާ ދަރިފުޅާ. ޑޯންޓް ވޮރީ.. އެމީހުން އެހެން ބުންޏަސް މިކަން ރަނގަޅު ކުރާނަން އިރާދު ކުރެއްވިއްޔާ.. ވީ ވިލް ފިކްސް ދިސް.. ހިތްވަރުކުރޭ.. ދަރިފުޅު ބޭރަށް ފޮނުވައިގެން ވެސް ކިރިޔާ ވެސް ކުރެވެން އޮތް ކަމެއް ކުރާނަން.. އެންމެ މޮޅު ޑޮކްޓަރުންނަށް ދައްކާނަން.” އައިފާގެ ބުރަކަށީގައި އަތްލަމުން ލުތުފީ ހިތްވަރު ދިނެވެ.
“އައިފާ..” ލޫތް މިހެން ބުނެ އައިފާގެ އަތުގައި ހިފާލުމުން އޭނާ އަތް ފޮޅުވާލިއެވެ. ލޫތް ވީ ދެރައިން އެތަނުގައި އިތުރަށް މަޑުކުރާނެހައި ހިތްވަރު ނެތުމުން ނިކުތެވެ. އޭރު ލުތުފީ އޭނާގެ ފަހަތުން ދިޔައެވެ. އަޒުރާ މަޑުމަޑުން އައިފާގެ ބޮލުގައި ފިރުމަމުން ދިޔައިރު އޭނާއަށް ވެސް ދަރިފުޅުގެ ހާލާއިމެދު ގިސްލެވުނެވެ.
“ޝީ ހޭޓްސް މީ ޑޭޑް..” ލޫތް ދެރަވެފައި ހުރެ ބުނެލިއެވެ. “ނޫން ދަރިފުޅާ.. އައިފާ އެހެރީ މިވަގުތު ޝޮކެއްގައި.. އޭނަ ރުޅިއައިސްގެން ނޫން އެހެން އެ ހެދީ..” ލުތުފީ ވިސްނައިދެމުން ބުނެލިއެވެ. “އަޅުގަނޑު އައިފާ ބޭރަށް ގެންދާނަން.. ލަންޑަންއަށް ދާނީ.. އެތަނުގެ އެންމެ މޮޅު ޑޮކްޓަރުންނަށް ދައްކާނަން.. އައި ވިލް ޓޭކް ކެއާ އޮފް ހާ..” ލޫތް ލޯ ފޮހެލަމުން ބުނެލިއެވެ.
“އައި އެމް ސޯ ޕްރައުޑް އޮފް ޔޫ ސަން.. އިނގޭ ލޫތްއަށް އަބަދުވެސް މިކަހަލަ ކަމެއްކަން މި ދިމާވަނީ.. އައި ނޯ އިޓްސް ނޮޓް ފެއާ.. އެކަމަކު ހިތްވަރު ކުރޭ. އަދި ރަނގަޅުވާނެ.” ލޫތްގެ ކޮނޑުގައި ޖަހާލަމުން ލުތުފީ ހިތްވަރު ދިނެވެ.
****
އައިފާއަށް ކަންތައްވީ ގޮތުގެ ޚަބަރު އެންމެންނަށް އިނގުމުން އެމީހުން އެކަމާއި ހަމްދަރުދީ ވިއެވެ. ލައިޝާ ވެސް ލޫތްއަށް ހިތްވަރުދީ ލަންޑަންގެ ދަތުރު ހަމަޖައްސަން ފެށިއެވެ. ދެތިން ދުވަސް ވޭތުވެގެން ދިޔައިރު ވެސް އައިފާ އެކަކާވެސް ވާހަކައެއް ނުދައްކައެވެ. ހާއްސަކޮން ލޫތްއާއެވެ.
ހަވީރުގެ ވަގުތެވެ. އަޒުރާ އައިފާ ކައިރި ބުނެފައި ބޭރަށް ޖެހެލީ އާލިމް އައިސްފައި ހުރުމުން އޭނައާއި އެއްޗެއް ހަވާލު ކުރުމަށްށެވެ. ލޫތް ވެސް މެންދުރު ގެއަށް ދިޔަ ގޮތަށް އަދި ނާންނާތީ އައިފާ ކޮޓަރީގައި އެކަނިވީއެވެ. އެނދުގައި އިން އައިފާ އިރުއިރުކޮޅާއި ބޮލުގައި އަތްލައެވެ. ކުރިން ފަން އިސްތަށިގަނޑުގައި އަތް ލެވުނު ނަމަވެސް މިހާރު އެބޯ ވަނީ އޮމާންކޮށެވެ.
ރޮއެރޮއެ ދެލޯ ރަތްވެ ދުޅަވެފައި ވީއިރު މިހާރު އެލޮލުގައި ރޯނެ ކަރުނައެއް ނެތްކަހަލައެވެ. އިރުކޮޅަކު މިހެން އިނުމަށްފަހު އައިފާ ބޭނުންވީ ކުރީރޭ ލޫތް އޭނާ ގޮވައިގެން ގެންދިޔަ ކުޑަދޮރު ކައިރިއަށް ގޮސްލުމަށްށެވެ. މިހާރު ދޭތެރެ ދޭތެރެއިން މީހެއްގެ އެހީގައި ތެދުވެ އުޅުމުން އައިފާއަށް ހިނގާނެހައި ހިތްވަރު ލިބިފައި ވާކަމަށް އޭނާ ހީކުރިއެވެ.
އެކަނިމައި އެކަނި އެދުން ފޭބުމަށްފަހު އެއް އަތުން އެނދުގައި ހިފައްޓަމުން ހިނގަން ފެށިއެވެ. ލަސް ފިޔަޅުތަކެއް އަޅަމުން ދިޔައީ ވެސް އެއްޗެގައި ޖެހިދާނެތީއެވެ. މިގޮތަށް ބަލައިގެން ހިނގެން ފެށުމުން އައިފާ އެނދުން އަތް ދޫކޮށްލީ ލޫތް އެރޭ ގެންދިޔަ ދިމާއަށްށެވެ. ނަމަވެސް ދެތިން ފިޔަވަޅު އެޅުނު ތަނާއި ކައިރީގައި ހުރި ކުޑަ ކަބަޑުގައި ފައިޖެހި އަނގަވަތަށް ވެއްޓެން ދިޔައެވެ.
އޭނާ އެއްޗެގައި ހިފައްޓަން އަތް ހޫރުވާލިތަނާ ކަބަޑު މަތީގައި އިން މާ ޓުކުރީގައި އަތް ޖެހި އެއާއިއެކު ޓައިލްތަކުގެ މައްޗަށް ވެއްޓުނެވެ. މާޓުކުރި ތަޅައިގެން ދިޔައަޑު މުޅި ކޮޓަރީގައި ހިފާލި ވަގުތު ލޫތްއަށް އައިސް އެކޮޓަރިއަށް ވަދެވުނިއްޔެވެ. ވެއްޓިފައި އޮތް އައިފާ ފެނި ލޫތަށް ހީވީ ހިތް ހުއްޓުނު ހެންނެވެ.
“އައިފާ!” ލޫތް ދުމެއް ޖަހާފައި އެދިޔަ ގޮތަށް ގޮސް އަނގަވަތަށް ވެއްޓިފައި އޮތް އައިފާ އަނބުރާލިއެވެ. އޭރު އައިފާގެ ތުންފަތް ކައިރި ކަނޑައިގެން ގޮސްފައި ވީއިރު އޭނާގެ މޫނުމަތިން ވޭނީ އަސަރެއް ފާޅުވިއެވެ. ލޫތް އަވަހަށް އައިފާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ.
“ބޯ ޖެހުނުތަ؟ ކޮންތާކަށް ތަދުވަނީ؟” ލޫތް އަވަސް އަވަހަށް އައިފާ ނިތްކުރި ފަޅައިގެން ގޮސް ކަމެއް ވެފައި ހުރިތޯ ބަލަން ފެށިއެވެ. “ނޫން.. އަނގަމަތި..” އައިފާ އަނގަމަތީގައި އަތް އަޅަމުން ބުނެލިއެވެ. އޭރު އަނގައިން ލޭ އަންނަމުން ދިޔައިރު ތުންފަތްވަނީ ފަޅައިގެން ގޮސްފައެވެ.
ލޫތް ވަގުތުން ނަރުސް ކުއްޖަކަށް ގޮވައި ގެނެސް އައިފާ ޗެކް ކުރުވިއެވެ. ނަސީބަކުން މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް އަނގަމަތި ޖެހުމުން ހިރުގަނޑުން ލޭއައީއެވެ. އޭރު އަޒުރާ އެކޮޓަރިއަށް އައިސް ވަންނަނީއެވެ. އައިފާގެ އަނގަމަތީގައި އައިސް ޕެކެއް ޖައްސައިގެން އިންތަން ފެނުމުން އޭނާ ސިހުނެވެ. “އަހާ! ކިހިނެތްވީ ދަރިފުޅާ؟” އަޒުރާ އައިސް އައިފާ ކައިރީގައި އިށީންނަމުން ބުނެލިއެވެ.
ލޫތް އޭނާއަށް ފެނުނު ކަންތައް ކިޔައި ދިންއިރު ނަރުސް ކުއްޖަކު ތަޅައިގެން ގޮސްފައި އޮތް މާޓުކުރި ހޮވަމުން ދިޔައެވެ. “ސޮރީ މަންމާ.. އަޅުގަނޑު ކުޑަދޮރު ކައިރިއަށް ގޮސްލަން ތެދުވީ.. ހީކުރީ އެކަނި ދެވޭނެ ކަމަށް. އެޓްލީސްޓް ޓަރައި ކޮށްލީ.. އެކަމަކު އެއްޗެގައި އަޅައިގަތީ.. ދެން އުމުރު ދުވަހު މިހެން އުޅެން ވީމަ އެކަނި ކަންތައް ކުރަން ދަސްކުރަން ވާނުން..” އައިފާ ދެރަވެފައި އިނދެ ބުނެލިއެވެ.
“ދެން ނުބުނައްޗޭ ތިހެން.. އަބަދު މިހެން އުޅޭކަށް ނުޖެހޭނެ.. ނަސީބެއްނުން ބޯ ނުޖެހުނު ކަން. ދެން އެކަނި ނުތެދުވައްޗޭ އިނގޭ ލަވް” އައިފާގެ އަތުގައި ހިފާލަމުން ލޫތް ނިކަން ލޯބިން ބުނެލިއެވެ. އައިފާ މި ދެތިން ދުވަހު ވާހަކަ ނުދެއްކުމުން ވެސް ލޫތް ހިތްވަރު އެލުވައެއްނުލިއެވެ. އޭނައާއި ވާހަކަދައްކައި ބޭރަށް ގެންދިއުމުގެ ކަންތައް ހަމަޖައްސާ ވާހަކަ ވެސް ބުންޏެވެ.
ލޫތްގެ އޯގާތެރިކަމުން އައިފާ ކުރެވުނު ކަންތަކާއި މެދު ދެރަވިއެވެ. މިކަމުގައި ލޫތްގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ “ލޫތް.. އަހަރެން.” އައިފާ ވާހަކަ ފެށުމުން އަޒުރާ އެތަނުން ދިޔައީ އެމީހުން އެކަނި ވާހަކަދެއްކުމަށް ފުރުސަތު ދެމުންނެވެ.
“ސޮރީ ރުޅި އާދެވުނީމަ.. ލޫތް ތިހާ ކެއާ ކުރާ އިރު އަހަރެން ކިހައި ގޯސް.. އައި ކާންޓް ބްލޭމް ޔޫ ފޯ ވަޓް ހެޕަންޑް..” އައިފާ ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.
“އެއީ މައްސަލައެއް ނޫނޭ.. އައި އަންޑަސްޓޭންޑް.. އެކަހަލަ ނިއުސްއަކަށް ފަހުން ތިހެންވުން އެއީ ނޯމަލް ކަމެއް..” ލޫތް މިހެން ބުނުމުން އައިފާ ލޯ ކަރުނުން ފުސްވިއެވެ. މިހާރު ރުއިމުން ލޮލުން ދިލަ ނަގަނީ ވެސް ހުއްޓުމެއްނެތި ރޮވޭތީއެވެ. “އަހާ ނުރޮއެ ހުއްޓާލަ..” އައިފާ ގެނެސް މޭގައި ބޮނޑި ކޮށްލަމުން ލޫތް ބުނެލިއެވެ.
އިރުކޮޅެއް ފަހުން އައިފާގެ އިނގިލީގައި އަނގޮއްޓިއެއް އެޅުވުނު އިހުސާސް ވުމުން އޭނާ ދުރަށް ޖެހިލިއެވެ. “މިއީ ހަމަ ކުރިން ވެސް ދިން އަނގޮއްޓި.. އައިފާ އެކްސިޑެންޓް ވީއިރު އަޅައިގެން ހުރި އެއްޗެހި ދިންއިރު މި ވެސް ދިނީ.. ނައު އައި އެމް ގޮއިން ޓު އާސްކް ޔޫ އަގައިން.. މެރީ މީ ޕްލީޒް.” ލޫތް މިހެން ބުނުމުން އައިފާ އުފަލުން އެ އަނގޮއްޓީގައި ބޮސްދިނެވެ.
“އެކަމަކު ލޫތް ކިހިނެތް މިހާރު ދެން މެރީ ކުރާނީ؟ ހައު ކެން ޔޫ ލިވް ވިތް މީ؟ ލުކް އެޓް މީ..” އައިފާ ތުންފަތުގައި ދަތް އަޅާލަމުން ބުނެލިއެވެ. “އައި އެމް ލުކިން އެޓް ޔޫ. އައިފާ ކޮންމެ ގޮތަކަށް ހުއްޓަސް އިޓް ޑަޒަންޓް ބޯދާ މީ. ތީ ހަމަ އަހަރެންގެ ހިތާއި ޖާނު ދިން ކުއްޖާ..” އައިފާގެ ކޮލުގައި ފިރުމާލަމުން ލޫތް ބުނެލިއެވެ.
“އައިފާ ޑިސްޗާޖު ކޮށްލިހައި އަވަހަކަށް މެރީ ކުރާނަން.. ބޭނުމެއްނޫން އެއްވެސް ޕާޓީއެއް ބާއްވާކަށް.. ދެޓްސް ނޮޓް އިމްޕޯޓަންޓް. މެރީ ކުރެވުނުހައި އަވަހަކަށް ލަންޑަންއަށް ދާނީ.. އެތަނުން އައިފާގެ އައި ސައިޓް ރަނގަޅު ވުމުން ނޫނީ ދެން އިރާދުކުރެއްވިއްޔާ އެނބުރިއެއް ނާންނާނަން… އައި ވިލް ޓޭކް ކެއާ އޮފް ޔޫ” ލޫތްގެ ބަސްތަކުން އައިފާގެ މަރުވެފައި އޮތް ހިތަށް ދިރުމެއް ލިބުނެވެ.
އައިފާ އުފަލުން ލޫތްގެ މޭތެރޭ ބޮނޑިވެގެން އިރު އޭނާ ހުރީ ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް ލޫތް އޭނާ ކައިރީގައި ވާނެކަން އިނގުމުން ހިތްހަމަޖެހިފައެވެ. އެނޫން ކަމެއް އޭނާ ބޭނުމެއް ނޫނެވެ. ކޮޓަރީގެ ދޮރު ކުރިމަތީގައި ހުރި ލީނާއަށް ލޫތްގެ އެ ވާހަކަތަކާއި އެމީހުން ތިބިގޮތް ފެނުމުން ދެލޯ އަޅާލިއެވެ.
“އޯ ލޫތް.. ޔޫ ކާންޓް ލީވް ސޯ ސޫން މައި ޑިއާ.. އައި އެމް ބެކް.” ލީނާ އަމިއްލަ ނަފްސަށް މިހެން ބުނެލި އިރު ރަތް ކުލައިން ފަވާލެވިފައިވާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.



V nice story…
hey guys. next part on Thursday in sha allah. let me know how it is.
Love ❤️
Aifa ge description hama vvv salhi. eyna huri goi hama sifavey.??????. Layaa hama rovaali thi. the best ever ❤️
thanks ?
ehkala leena gadu maa ragalhu kama hedhihen ulhefa! but lov the story dear. Aifa ragalhu kurachey
nice story…:-)
thanks
Vvvv cute…. i love it…..
woah..mi vaahaka v reethi..but leena dhw..i seriously dont like her
thanks ?
Leena again.. huhh.. n plx aifa ragalhu kohbba.. dont do this to looth.. keep looth happy
thanks
Aifaa rangalhu kuryma story salhi vaany…varh rythi vahaka
Vahaka varah reethi.but plz i dont want leena ge malheega anehka looth halaku vakah.ehen nahadahche
thanks ?
salhi. keep it up layaa ❤️
Eyruves ingye leena mithanah fani vattaalaaane kan… dhen adhi looth mamma ves mi kamuga leenaa baiverivaane dho..
Story varah reethi.. sifa kurun hama obiness.. film eh fenna kahala…
Thanks ??
Wow v reethi
sidakurun hama layaa vare neh! vvvb salhi. anekaa azimaa and leena team hadhaani baaaa???
V shalhi story
???????leena gandu aee….haadha foohsey…ekam mfaharu emeehunah kaamiyaabu libuna nudhehchey…pls pls aifa rangalhu kohdhee…looth ah ehen nahadhaa
..???vaahaka vvv reethi…sifa kurun haadha molhey…layaa u r the best..???
thanks ?
Layal u are best vvvvvvvvvvvvv nice mi story
Oh Leena dhoa dhen haadha foohsey ?????????
thanks ?
V reethi as always. But pls ehves meehe e 2 meehun dhemedha fani hedhiya nudhechey. Eyrun vaanee hindi draama akah.
Layaa alhe Leena kehvetha thi genaey. Aifa n loothge dhemedhah Leena nuvahdhahche.
Aifa n looth aa dhemedhah leena genaima kada vaane anekkaaves
Looth n Aifa marry kuruvaafa avahah London ah fonuvaala
Luth is so damn sweet. Awesome chapter yet again.
Koba mabuniothah vaanyy loth mom and leena deythere jahsaane varah foohi dhn mhen vahnaa
leenagudu vara foohivey anekaa aey……nice igey layaaa…keep it up
Layaa aifaa ah dhera gotheh nahadhahcheyy…stry vvvv reethi
Aharenn mi dhuvahakuves vaahaka kiyaa hihvaa kuhjehnoon ekamu mivaahaka varah kiyaahihvey… hama nukiyaa madhuves nukohlevey varah reethi ….
Mivaahaka kurin varah reethi. Ekam mihaaru midhanee aammu koh mihunna vaahaka thah gothah. Typical. Ehnve I started kinda disliking this story. But still I am just hoping it doesn’t go that way. Good luck layaal
Leenaage kulhivaru feshuny
Nice
Zalheh looth and aifaa dheytherey ah leena nuvahdhba plx varah reethi vaahaka ek leena aee ma varah dhera vehjeh loothu aifaa eh nugehli aifaa avahah dhookohlaafa marry kohba… waiting for the nxt part… leena beyru kohlaa plx
Leema dhw again.nooooooooooooooooooooo.
Leena
dhw again.nooooooooooooooooooooo.
Mihaaru mi wahaka khiyaa hih kedihje gina dhuwas nagaathy up waan
alhey…. dhen haadha dhigu inthizaarekey
Koba Story?? Dhen Up Kohdheeba Plz.. ?????????