Skip to content
އެސްފިޔަ

ދޭނަން ހިތާ ޖާނާ (23)

(ފަނަރަ ގަޑި އިރު ފަސް)

އައި.ސީ.ޔޫ ބޭރުގައި އިން ޒޭން އިނީ އައިފާ އެތަނަށް ގެނައިރުވެސް ލައިގެން އިން ގަމީހުގައެވެ. އޭރު ލުތުފީ ދުރުގައި ހުރި ގޮނޑިއެއްގައި އިންއިރު އޭނާގެ ނަޒަރަ ވަނީ ޒޭންއަށް ހުއްޓިފައެވެ. “ޒޭން!!” ލޫތްގެ ހަރުކަށި އަޑު މުޅި ހިސާބުގައި ހިފާލުމާއިއެކު ލުތުފީ ސިހިފައި އިންތަނުން ތެދުވިއެވެ.

އޭރު ލޫތް ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އައިރު ފަހަތުން ނާއިލް އާއި ސައިލަމްގެ އިތުރުން ފުލުސް އޮފިސަރަކު ވެސް އާދެއެވެ. “ލޫތް! މަޑުކޮށްބަލަ..” ނާއިލް މިހެން ބުނި ނަމަވެސް ލޫތްއަށް އަޑު އިވޭ ކަމަކަށް ނުވިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ޒޭންގެ ގިރުވާނުގައި ހިފައި ކޮޅަށް ނެގުމާއި އެކީ ފާރުގައި ޖެއްސިއެވެ.

“ކަލޭ މޮޔަވެގެންތަ ތިއުޅެނީ!! ކީއްވެ އެހެން ހެދީ.. ބުނޭ!! މިއޮށް ހުރިހާއިރު އަހަރެން ތެޅި ފޮޅުނު އިރު އަނގައިން ވެސް ނުބުނެހުރީ ކީއްވެ.. ހުރި ނުބައި ނުލަފާކަން!!” ލޫތް މިހެން ބުނެ ގޮށް މުއްކަވާފައި ޒޭންގެ އަނގަމަތީ ޖެހީނުން އަނގަމަތި ފަޅައިގެން ގޮސް ލޭތަށް ފައިބައިގެތެވެ.

ބިއްމައްޗަށް ތިރިވި ޒޭންގެ އަނގަމަތީގައި ލޭ ވީއިރު އެނާ އިނީ ހެވިފައެވެ. “ނުލިބޭނެ! އައިފާ އިޒް މައިން!” ޒޭން ހެމުން މިހެން ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނާ އަނެއްކާވެސް އަތުގައި ހުރި ބާރެއް ލާފައި ޒޭންގެ އަނގަމަތީގައި ޖެހި ޖެހީނުން ޓައިލް މައްޗަށް ލޭތަށް ބުރައިގެން ދިޔައެވެ.

 

(ފަނަރަ ގަޑިއިރު ކުރި)

އައިފާ ސާޖަރީއަށް ވެއްދީން ސުރެ ލޫތް ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ތަނެއްގައި އިށީންނަށް ބޭނުން ނުވިއިރު އޭނާ ހުރީ ފުލުހުން ނައިސް ލަސްވެފައެވެ. “ކޮބާތަ އެމީހުން!” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ލޫތް ހަމަޖެހިބަލަ.. އަންނާނެއޭ.. އެއްޗެއް ކައިފިންތަ؟” ލުތުފީ މަސައްކަތް ކުރީ ލޫތް ހަމައަކަށް އެޅުވޭތޯއެވެ.

“ހަމައެއް ނުޖެހެވޭނެ ބައްޕާ! ފުލުހުންނަށް ގުޅިތާ ކޮންއިރެއް އަދިވެސް އަންނާކަށް ނޫޅޭ.. ޒޭން އެއިނީ އަގައިން ބަހެއް ވެސް ނުބުނެ.. އޭނަ ގައިގައި އެ ލޭ އެހުރީ ކީއްވެގެން ކަމެއް ނޭނގެ.. އައިފާ ސާޖަރީއަށް ވެއްދިފަހުން ވެސް މިހާރު ތިން ގަޑިއިރު މިވީ.. ވާނުވާއެއް އިނގެނީ ކީ ނޫން! އައި ކާންޓް ކާމް ޑައުން!!” ލޫތްގެ އަޑުގައިވީ ހަރުކަށި ކަމެވެ.

ގަޑިން ނުވަގަޑި ބައިވިއިރު އަޒުރާ އިރުއިރުކޮޅާއި ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ނަޒަރު ހުއްޓާލައެވެ. ލޮލުން ކަރުނަ ނުހިކޭ އިރު ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަމުން އޭނާ ދިޔައީ އައިފާ ސަލާމަތް ކުރައްވާތޯ ދުޢާ ކުރަމުންނެވެ. އޭރު ޒުލޭހާ އިނީ އަޒުރާ ކައިރީގައި އޭނައަށް ހިތްވަރު ދޭށެވެ. ދަރިއަކަށް އެފަދަ ގޮތެއް ވުމުން ކުރާނެ އަސަރު ޒުލޭހާއަށް ހަމަ ރަނގަޅަށް އިނގެއެވެ.

ދުރުން ހިނގާފައި ސައިލަމް އެތަނަށް އައިރު ފަހަތުން ދެތިން ފުލުސް އޮފިސަރުން އަންނަތަން ފެނި ލައިޝާ އެދިމާއަށް ދިޔައެވެ. “އައްސަލާމް އަލައިކުމް.. އަލީ ޝިފާޢު. މި އެކްސިޑެންޓް ތަހުޤީޤު ކުރުމުގައި އިސްކޮން އުޅޭނީ އަޅުގަނޑު. ކޮބާތޯ އެކްސިޑެންޓްވީ ފަރާތް؟” ފުލުސް އޮފިސަރު ޝިފާޢު ތަޢާރަފް ވެލަމުން ވާހަކަދެއްކީ ލޫތްއާއިއެވެ.

“ސާޖަރީގައި. އައި ވޯންޓް ޓު ނޯ ވަޓް ހެޕަންޑް.. ވީ އެންމެ އަވަހަކަށް މިކަން ހޯދަދީ!” ލޫތް ހުރީ ހިތްހަމަނުޖެހިފައެވެ. “މިސްޓަރ ލޫތް.. އައި އަންޑަސްޓޭންޑް.. އަޅުގަނޑުމެންނަށް ވީ އެންމެ އަވަހަކަށް މިކަންތައް ވީ ކިހިނެތްތޯ ބަލާނަން.. ސޯ އައިފާ ދެއްތޯ އެކްސިޑެންޓްވީ.. މިތަނަށް ގެނެވުނީ ކިހިނެތް؟” ޝިފާޢު މިހެން އެހުމުން ލޫތް ދުރުގައި އިން ޑްރައިވަރަށް އިޝާރަތް ކުރިއެވެ.

ޑްރައިވަރު އެތަނުގައި މަޑު ކޮށްގެން އިނީ ލޫތްގެ އެދުމަށް ފުލުހުންނަށް ބަޔާން ދިނުމަށްށެވެ. އޭނާ އިންތަނުން ތެދުވެގެން ފުލުހުން ކައިރިއަށް ގޮސް ހުއްޓެލިއެވެ. “ކޮން ނަމެއްތޯ ކިޔަނީ؟” ޝިފާޢު އަހާލިއެވެ. “އާދަމް ނަޝީދު.” ޑްރައިވަރު ޖަވާބުދިނެވެ. “ނަޝީދު. ކިހިނެތް ވީ ކަމެއްތޯ މިއީ؟” ޝިފާޢުގެ ސުވާލަށް ޑްރައިވަރު ޖަވާބުގައި ކިޔާދިނީ ހަމަ ލޫތްއަށް ކިޔައިދިން ގޮތަށެވެ.

“މިކަމަށް ބަޔާންދޭ ނަޝީދު އަޅުގަނޑުމެންނާއި އެކު ފުލުސް އޮފީހަށް ދާން ޖެހޭނީ.. އެންޑް ލޫތް އައި ވިލް ކީޕް ޔޫ އިންފޯމްޑް..” ޝިފާޢު މިހެން ބުނުމަށްފަހު އެތަނުން ދިއުމުން ލައިޝާ އެމީހުންނާއި ކައިރިވެލިއެވެ.

“ކީއްވެ ޒޭންގެ ވާހަކަ ނުބުނީ؟” ލައިޝާގެ ސުވާލުން ލޫތްގެ ނަޒަރު ހުއްޓުނީ ދުރުގައި އިން ޒޭންއަށްށެވެ. އޭނާ ހަރު ފިޔަވަޅު ތަކެއްގައި ގޮސް ޒޭން ކައިރީގައި އިށީނދެލިއެވެ. “ޒޭން! ބުނޭ ވީގޮތެއް.. އަހަރެން ބޭނުންވި ނަމަ ޒޭން ފުލުހުންނާއި ހަވާލު ކުރެވުނީސް.. ބަޓް ޔޫ އާ މައި ބްރަދާ.. ކިޔައިދީ ވީގޮތް..” ލޫތްގެ އަޑުގައިވީ ރުޅިވެރި ކަމެވެ.

ނަމަވެސް ޒޭންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެއަތުން ބޮލުގައި ހިފައްޓާލިއެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލަމުން އަނެއްކާ ވެސް ތެދުވެ އެތަނުން ދުރަށް ދިޔައެވެ. އޭރު ނާއިލް ވެސް ހުރީ ލޫތްގެ ހާލު ފެނި ކަންބޮޑުވެފައެވެ. “ބައްޕަ ކީއްވެތަ ޒޭން ވާހަކަ ނުދައްކަނީ! ކިތަށްފަހަރު އެހިއްޖެ!!” ލޫތް އައި ރުޅީގައި ގޮށް މުއްކަވާފައި ފާރުގައި ޖެހިއެވެ.

މިތަން ފެނި ދުރުގައި ހުރި ނާއިލް އައިސް ލޫތްގެ ގައިގައި ހިފައްޓާލިއެވެ. “ލޫތް ކާމް ޑައުން.. ހިނގާ ބޭރަށް..” ނާއިލް މިހެން ބުނުމުން ލޫތް އަތް ފޮޅުވާލިއެވެ. “ނުދާނަން! ދޫކުރޭ..” ލޫތް ވާހަކަ ދެއްކިއިރު އޭނާގެ އަޑު ކުރެހުނެވެ. “މާދުރަކަށް ނޫނޭ ދާނީ.. އާދެ..” ނާއިލް މިފަހަރު ލޫތްގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

ދުރުގައި އިން އާޒިމާ އިނީ ލޫތްގެ ހާލުފެނި ފެންކަޅި ވެފައެވެ. އޭނާ އެއްޗެކޭ ނުބުނެ އިނީ ކޮންމެހެން ލޫތްއަށް އަޅާނުލާތީކީ ނޫނެވެ. ލޫތް އެހައި ހަމަނުޖެހިފައި ހުއްޓައި އެއްޗެކޭ ބުނެވިގެން އަނެއްކާ ބޮޑުވަރު ވެދާނެތީއެވެ. އޭނާ އައިފާދެކެ ރުޅި އައިކަމަކު މިވަގުތު އައިފާގެ ހާލާއި މެދު އޭނާ ވެސް ހަމްދަރުދީ ވިއެވެ.

****

މެންދަމު ބާރަ ޖެހިއިރު ލުތުފީ ހޮސްޕިޓަލްގެ ކެފެޓީރިއާގައި ކޮފީއެއް ބޯން އިނެވެ. އެކަނިމައި އެކަނި އިން އިރު އޭނާ އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އާޒިމާއާއި ޒުލޭހާ ގެއަށް ދިޔައިރު އެމީހުންނާއި އެކީ ލައިޝާއާއި ސައިލަމް ވެސް ދިޔައީއެވެ. މިވަގުތު އެތަނުގައި ތިބީ ލުތުފީއާއި ލޫތްއާއި ނާއިލްގެ އިތުރުން އަޒުރާއާއި އާލިމްއެވެ.

އަޒުރާ ގެއަށް ނުދާން އިންއިރު އޭނާގެ ލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ޒޭން ޖެހިބުދެއްހެން އިންއިރު އަދިވެސް އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ލެއިން ފޯވެފައި އިން ގަމީސް މިހާރު ހިކިފައި ވީއިރު އެ ފެންނައިރަށް ގައިން ހީބިހި ނަގުވާލައެވެ. ލުތުފީ ސިހުނީ ކައިރީގައި އައިސް އާލިމް އިށީދެލުމުންނެވެ.

އެވަގުތު ލުތުފީއަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. “އައިފާ ނުނެރޭތަ؟” ލުތުފީ އަހާލިއެވެ. “އާނ. ޑޮކްޓަރ ބުނީ އަދި ދެތިން ގަޑިއިރު ވާނެކަމަށް..” އާލިމްގެ އަޑުގައިވީ މާޔޫސް ކަމެވެ. ލުތުފީ އާލިމްއަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެ ޒުވާން މޫނުން ސިފަވީ ރިޔާޒެވެ. އޭނާ އެވަގުތު ކޮޅު ކުރެވުނު ކަންތަކާއި މެދު ދެރަވިއެވެ.

“އާލިމް.. އަހަންނަށް މަޢާފް ކުރޭ..” ލުތުފީ މިހެން ބުނީ އޭނާ އާލިމްގެ ކިބައިން މަޢާފަށް އެދެން ޖެހޭކަމަށް ޤަބޫލު ކުރެވުމުންނެވެ. އޭނާގެ ސަބަބުން އާލިމްގެ މައިންބަފައިން ދުރުވި އިރު ޅައުމުރުގައި އެހާލު ޖެހުމުން ލުތުފީ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ.

“އެވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތް.. އެއީ ބޭބެ ވެސް ޅަ އުމުރުގައި ކުރެވުނު ކުށެއް.” އާލިމް ހިތްހެޔޮ ކަމާއިއެކު މިހެން ބުނުމުން ލުތުފީ އޭނާގެ ކޮނޑުގައި ކުޑަކޮން ޖަހާލިއެވެ.

“އަޒުރާއަކީ ވަރަށް ހިތްވަރުގަދަ މައެއް.. އާލިމް ވެސް ކެތްކުރަންވާނެ. އިރާދަކުރެއްވިއްޔާ އައިފާއަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.” ލުތުފީ މިހެން ބުނުމުން އާލިމްގެ ލޯ ކަރުނުން ފުސްވިއެވެ. އޭނަގެ ލޯބިވާ ކޮއްކޮ ފުރާނައާއި ހަނގުރާމަ ކުރަމުން ދިޔައިރު އޭނައަށް އެހީތެރިވެދޭވެކަށް ނެތެވެ.

****

ދެތިން ގަޑިއިރު ވޭތުވެގެން ދިޔައިރު ގޮނޑިގައި ލެނގިލައިގެން އިން ލޫތް އިނީ ލޯ މެރިފައެވެ. މެރިފައިވާ އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ވީއިރު އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ލައިގެން އިން ގަމީހުގެ އަތްކުރި އޮޅާލެވިފައި ވީއިރު ޖަހައިގެން ހުރި ބެގީވަނީ ނެއްޓިފައެވެ. “އައިފާ.. އައިފާ” ލޫތް މަޑުމަޑުން މިހެން ކިޔަމުން ދިޔައިރު އޭނާ ނިދީގައި އޮތް އިރު ދެބުމަ ގޮށް ޖެހިފައި ވެއެވެ.

ދުރުގައި އިން ނާއިލްއަށް މިތަން ފެނި ލޫތް ކައިރިއަށް ޖެހިލަމުން ކޮނޑުގައި ކޮއްޓާލިއެވެ. ނަމަވެސް ލޫތްއަށް ހޭވެރިކަމެއް ނުވިއެވެ. އެވަގުތު ލުތުފީ ވެސް ގޮނޑިން ތެދުވެގެން އެދިމާއަށް ދިޔައިރު އާލިމްގެ ކޮނޑުގައި ބޯ އަޅައިގެން އަޒުރާއަށް އޮތީ ނިދިފައެވެ.

“ދަރިފުޅާ.. ލޫތް. އޭތް ހޭލަބަލަ..” ލޫތްގެ ކޮނޑުގައި ހިފައި ކުޑަކޮން ތަޅުވާލުމުން އޭނާ ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ. “އައިފާ! ކޮބާ އައިފާ..” ލޫތް ތެޅިގަނެފައި ލުތުފީގެ އަތުގައި ހިފިއެވެ. “އަދި ނުނެރޭ.. ހަމަޖެހިބަލަ.. ނާއިލް ދޭބަލަ ފެންފުޅިއެއް ގަނެގެން އަންނަން.” ލޫތްގެ ކޮނޑުގައި ހިފައްޓާލަމުން ލުތުފީ ބުނެލިއެވެ.

އޭރު ލޫތް ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. “ހިތްވަރުކުރޭ ދަރިފުޅާ.. މިހާ އިރުވަން ދެން ވެސް ހަމަ ހިތްވަރުކުރީނުން.. އަދި ވާނެ.” ލުތުފީ އޭނާގެ ދަރިފުޅާއި ދޭތެރޭ ހަމްދަރުދީ ވިއެވެ. އޭރުވެސް ޒޭން ހަމަ އިންތަނުގައި ގުޑި ވެސް ނުލައި އިނެވެ.

“ކީއްވެ ޑޭޑް.. އަޅުގަނޑަށް ކޮން ކުށެއް ކުރެވިގެން މިހެން މިވަނީ.. ވައި ކާންޓް އައި ބީ ހެޕީ ފޯ ވަންސް..” ލޫތް ދެރަވެފައި އިނދެ ބުނެލިއެވެ. “އެއީ ދަރިފުޅުގެ ކުށެއް ނޫނޭ.. ދިރިއުޅުމުގައި މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ.. އެއީ ހަމަ އިމްތިހާނެތް. ކީޕް ފެއިތް.” ލުތުފީ މިހެން ބުނި ތަނާ އޮޕްރޭޝަން ތިއޭޓަރުން ޑޮކްޓަރު ނިކުއިން ތަން ފެނި އެންމެން ކަހަލަ ގޮތަކަށް އެދިމާއަށް ދިޔައެވެ.

އާލިމް ވެސް އަޒުރާއަށް ގޮވާލަމުން އެތަނަށް ދިޔައީ އައިފާގެ ހާލު ދެނެގަތުމަށްށެވެ. “ޑޮކްޓަރ.. ހައު އިޒް ޝީ؟” ލޫތްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. “ޝީ އިޒް ސްޓޭބަލް ފޯ ނައު.. ބްރެއިން ބްލީޑް ހުއްޓުވުން ނަމަވެސް ބައެއް ކޮމްޕްލިކޭޝަންތައް ދިމާވި.. މިހާރު އައި.ސީ.ޔޫއަށް ބަދަލު ކުރުމަށްފަހު ވަރަށް ކައިރިން މޮނީޓާ ކުރެވޭނެ. ހޭއެރީމަ ދެން އިތުރު އެއްޗެއް ބުނަން އިނގޭނީ..” ޑޮކްޓާރ މިހެން ބުނުމުން ލޫތް ހިފައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ.

އައިފާ ދުނިޔޭގައި އޮތްކަމުން ވެސް ލޫތްގެ ހިތް އުފާކުރިއެވެ. “ކޮންއިރަކުންތޯ ހޭ އަރާނީ.” އާލިމް މިހެން އެހުމުން ހޭއަރާނެ ވަކި ވަގުތެއް ނޭނގޭ ކަމަށް ޑޮކްޓަރ ބުނުމުން އަނެއްކާވެސް ލޫތް މާޔޫސްވިއެވެ. އިތުރު ދެތިން ވާހަކައެއް ބުނުމަށްފަހު ޑޮކްޓާރ އެތަނުން ދިއުމުން ލޫތް ފާރުގައި ލެނގިލިއެވެ.

އަޒުރާ ލޮލުން ކަރުނަ ނިރާލި އިރު އައިފާ ސަލާމަތް ކުރެއްވީތީ ހަމްދު ކުރިއެވެ. އޭރު އެތަނަށް ފެންފުޅިއެއް ހިފައިގެން އައި ނާއިލްއަށް ވެގެން އުޅޭގޮތް ލުތުފީ ކިޔައިދިނެވެ. އައިފާގެ އެނދު ބޭރަށް ނެރުނު ވަގުތު ލޫތް އޭނައާއި ކައިރިވެލިއެވެ.

އައިފާގެ ބޮލުގައި ބެންޑޭޖެއް އޮޅާފައި އޮތްއިރު އެ ރީތި ފަން އިސްތަށިކޮޅެއް މިހާރަކު ނެތެވެ. ދެލޯ ވަޅުވަދެފައި ވީއިރު އެތުންފަތް ވަނީ ހިކިފައެވެ. ލޫތް މަޑުމަޑުން އައިފާގެ ކޮލުގައި ފިރުމާލި އިރު އެލޯ ކަރުނުން ފުސްވިއެވެ. “ބޭބީ.. އިޓްސް އޯކޭ. އައި އެމް ހިއާ ނައު.” ލޫތް މިހެން ބުނުއިރު އަޑު ބެދުނެވެ.

****

ހެނދުނު ހަތެއް ޖެހިއިރު ލޫތް އިނީ އައި.ސީ.ޔޫގައި އައިފާގެ ކައިރީގައެވެ. އެމަޑު އަތް ތިލައިގައި ހިފައްޓައިގެން އިންއިރު ލޫތްގެ ޚިޔާލުގައިވީ އައިފާއާއި އެކީ ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކެވެ. އެ ހިނިތުންވުމާއި އެ ސޫރަ ލޯމައްޗަށް ސިފަވާ ކޮންމެ ފަހަރަކު ހިތަށް ތަދުވެއެވެ.

ނަމަވެސް އައިފާ އަދިވެސް ހެއެއް ނާރައެވެ. ކައިރީގައި ގުޅާފައި ހުރި މެޝިނުތަކުން އަޑު ކިޔަމުން ދިޔައިރު ހިތުގެ ވިންދު ފެންނަމުން ދިޔައެވެ. “އެސްކިއުޒް.. ފުލުހުން ބައްދަލުކޮށްލަން އައިސް އެބަތިބި..” އެތަނަށް އައި ނަރުސް ކުއްޖާ މިހެން ބުނުމުން ލޫތް ތެދުވެ އައިފާގެ ނިއްކުރީގައި ބޮސްދިނުމަށްފަހު އެތަނުން ނިކުތެވެ.

އޭރު ބޭރުގައި ދެ ފުލުސް އޮފިސަރުން ތިބިއިރު ސައިލަމްއާއި ލައިޝާ ވެސް އެތަނަށް އައިސް ތިއްބެވެ. “އަޅުގަނޑުމެން މިހާރު މިދަނީ އެތާ ކައިރީގައި ހުރި ސީ.ސީ.ޓީވީ ކެމެރާތަށް ބަލަމުން.. އެކަމަކު އަދިވެސް އެ މަންޒަރު ރަނގަޅަށް ފެންނަ ގޮތެއް ނުވޭ. އައިފާ މަގުމައްޗަށް ދުއްވައި ގައިންތަން ރެކޯޑް ވެފައި ހުރި ނަމަވެސް އޭގެ ކުރިން ހިނގި ކަންތައް އެ ކެމެރާއަކަށް ނާރާ.. ވީ އާ ލުކިން އިން ޓު އިޓް.” ޝިފާޢު ދިން ޚަބަރުން ލޫތް މާޔޫސް ވިއެވެ.

“އަދި އެތަނުގައި އިތުރު މީހަކު ހުރި ކަމަށް ޑްރައިވަރު އަޅުގަނޑުމެންނަށް މަޢުލޫމާތު ދިން.. ލޫތް އެވާހަކަ ކުރިން ނުބުނީ ކީއްވެތޯ.” ޝީފާޢު ކުރި ސުވާލުން ލޫތް މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. “އާނ.. އެވާހަކަ ނުބުނީ އެއީ އަހަރެންގެ ކޮއްކޮއަށް ވީމަ.. އޭނި އޭނަ.. ދޭ ވާހަކަދައްކަން. އިއްޔެސުރެ އެއިންނަނީ މީހަކާއި އަނގައިން ނުބުނެ..” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

ދެ ފުލުސް އޮފިސަރުން ގޮސް ޒޭންއާއި ވާހަކަ ދެއްކުމުން ވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެމީހުން ބޭނުންވީ ޒޭން ގެންގޮސް ބަޔާން ނަގުވާ އޭނާ ލައިގެން ހުރި ގަމީހުގެ ލޭ ޓެސްޓު ކުރުވާށެވެ. އެމީހުން މިކަން މިއީ ޒޭންގެ ސަބަބުން ވީކަމަށް ވުން އެކަށީގެން ވެއޭ ބުނުމުން ލުތުފީ ރުޅިއައެވެ.

“އެއްވެސް ހެއްކަކާއި ނުލައި ޒޭންގެ ބޮލުގައި ތިކަހަލަ އިލްޒާމެއް ނޭޅުވޭނެ! އޭނަ ގެންގޮސްގެން ވެސް ނުވާނެ.. އޭނަ ގަމީހުގައި ލޭ ހުރުމަކުން އަދި އެއީ ޒޭން ކުރި ކަމަކަށް ނުވާނެ! އެހެން ނޫނަސް އައިފާ އެކަނި މަގުމައްޗަށް ނިކުތީ.. ސޯ ޑޯންޓް ބްލޭމް މައި ސަން ވިތައުޓް އަ ޕްރޫފް!” ލުތުފީ މިހެން ބުނުމުން ދެފުލުހުން އެކަކު އަނެކަކަށް ބަލައިލިއެވެ.

“އެކަމަކު ބަޔާން ނަގަން ގެންދަން ޖެހޭނީ..” ޝިފާޢު މިހެން ބުނުމުން ލުތުފީ އިތުރަށް ރުޅިގަދަ ވިއެވެ. “ނުގެންދެވޭނެޔޭ! ހެކި ގެނޭ.. އޭގަފަހުން މަށަށް ހެޔޮ ގެންދިޔަސް..” ލުތުފީ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ޝިފާޢު ދެފަރާތަށް ބޯ ހޫރުވާލިއެވެ. “މައްސަލައެއް ނެތް.. އަޅުގަނޑުމެން ދެން އަންނާނީ ހެއްކާއި އެކު.” މިހެން ބުނެ ދެ ފުލުހުން އެތަނުން ދިޔައެވެ.

ލުތުފީމެން ކަހަލަ ބޮޑެތި ވިޔަފާރި ވެރިން ބާރުގެ ބޭނުންކޮށްގެން އެމީހުން ބޭނުން ގޮތަކަށް ކަންތައް ގެންދެވިދާނެއެވެ. ފުލުހުން ވެސް އިތުރަށް އެއްޗެކޭ ނުބުނީ ލުތުފީގެ ނުރުހުމުގައި ޒޭން ނުގެންދެވޭނެތީއާއި އެތަނުގައި މައްސަލަގަނޑެއް އުފައްދަން ބޭނުން ނުވާތީއެވެ.

“ލޫތް ދޭ ގެއަށް ގޮސް ފެންވަރާލައިގެން އަންނަން..” ލައިޝާ އައިސް ލޫތް ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ. ނަމަވެސް އައިފާ ދޫކޮށްފައި ދާކަށް ލޫތް ބޭނުމެއް ނުވިއެވެ. “އައިފާ ހޭއަރައިފިއްޔާ ގުޅާނަމޭ.. ޕްލީޒް.. އިއްޔެ ސުރެ އެއްވެސް އެއްޗެއް ނުކައި ތި އުޅެނީ.. ދޭން ފެންވަރައިގެން ސައިބޮއެގެން އަންނަން..” ލައިޝާ ވިސްނައި ދިނުމުން ލޫތް ގެއަށް ދާން ހިނގައިގަތީ ހިތާއި ދެކޮޅަށްށެވެ.

***

ގަޑިން އަށްގަޑި ބައިވިއިރު ލޫތް ސައިބޮއެގެން ގެއިން ނިކުތީ ހޮސްޕިޓަލަށް ދިއުމަށްށެވެ. އޭރު ޒުލޭހާ ވެސް އޭނައާއި އެކީ ދާން ނިކުތީ ޒޭން ގޮވައިގެން އައުމުގެ ބޭނުމުގައެވެ. އޭނާއަށް ވެސް ޒޭންއަށް ވެފައި އެއިންގޮތެއް ނޭނގުނެވެ. ދެމީހުން ހޮސްޕިޓަލަށް ވައިން އިރު އަޒުރާ ގެއަށް ގޮސްފައި އައިސް އިނެވެ.

އޭރު ނާއިލް ގެއަށް ދިޔައިރު ލައިޝާ އައި.ސީ.ޔޫ އިން ނިކުތުމުން އަޒުރާ ވަންނަނީއެވެ. “ހައު އިޒް ޝީ؟” ލޫތް އައިސް ލައިޝާ ކައިރި އަހާލިއެވެ. “ހެއެއްނާރާ.. އެކަމަކު ސްޓޭބަލް ކަމަށް ޑޮކްޓަރ ބުނަނީ.. އައިފާ މަންމަ އެވަނީ އެތެރެއަށް.. އެކަކަށްނުން މަޑު ކުރެވޭނީ ދޯ.” ލައިޝާ ހިތްވަރު ދެމުން ބުނެލިއެވެ.

ޒުލޭހާ މިސްރާބުޖެހީ ޒޭންއާއި ދިމާއަށްށެވެ. އޭރު ޒޭން އިނީ އޭނާ އިން ގޮނޑީގައި ނިދި ތާއްޔާ ޖެހިފައެވެ. “ޒޭން.. ދަރިފުޅާ.” ޒުލޭހާ ގޮވާލުމުން ޒޭން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. “ހިނގާ ގެއަށް ދާން.. ތި ގަމީސް ވެސް ބަދަލު ކުރަން ވާނުން..” ޒުލޭހާ ވާހަކަދެއްކީ ލޯބިންނެވެ.

ނަމަވެސް ޒޭންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. ދުރުގައި ހުރި ލުތުފީ އެތަނަށް އައީ ޒުލޭހާއަށް ރޮވޭގޮތް ވުމުންނެވެ. “ލުތުފީ.. ކިހިނެތް ވެފައިތަ އޭނަ އެއިންނަނީ؟ ކީއްވެތަ ވާހަކަ ނުދައްކަނީ؟” ޒުލޭހާ ދެރަވެފައި ހުރެ ބުނެލިއެވެ. “އޭނަ އެގޮތަށް ބައިންދާ.. ވެގެން އުޅޭ ގޮތެއް އަހަންނަކަށް ވެސް ނޭނގެ.. ގަދަކަމުން ވާހަކަ ދައްކުވަން އުޅެންޏާ ގޯސް ވެދާނެ..” ލުތުފީ ވިސްނައިދެމުން ބުނެލިއެވެ.

އެވަގުތު ދުރުގައި ހުރި ލޫތްގެ ފޯނު ރިންގުވިއެވެ. އެކޮޅުން ވާހަކަދެއްކި ޝިފާޢު އެދުނީ ލޫތް ފުލުސް އޮފީހަށް އައުމަށްށެވެ. އޭނާ ވަގުތުން އެތަނުން ދާން ހިނގައިގަތީ ސައިލަމްއާއި ވެސް އެކުއެވެ.

****

ފުލުސް އޮފީހަށް ކާރު ކައިރި ކުރުމަށްފަހު ފޭބި ލޫތްގެ ފޯނަށް އެވަގުތު ނާއިލް ގުޅުމުން އެމީހުން މިތިބީ ފުލުސް އޮފީހުގައި ކަމަށް ބުންޏެވެ. ނާއިލް ވެސް އެތަނަށް މިދަނީ ކަމަށް ބުނުމުން ލޫތް ފޯނު ބޭއްވުމަށްފަހު ސައިލަމްއާއި އެކު އެތެރެއަށް ވަނެވެ.

“އަޅުގަނޑުމެންނަށް އެތަނުގައި ހަރުކޮށްފައި އިން އެހެން ކެމެރާއަކުން ވީގޮތް ރަނގަޅަށް ސާފުވެއްޖެ.. ލޫތް މިގެނައީ އެމަންޒަރު ދައްކާލުމަށް.. އޭރުން އިތުރު ޝައްކުތަކެއް ނޯއްނާނެއެއް ނޫންތޯ.” ޝިފާޢު މިހެން ބުނެފައި ލޫތްމެން ވަކި ކޮޓަރިއަކަށް ގެންގޮސް ޓީ.ވީ ސްކްރީނަކުން އެ މަންޒަރު އަޅުވާދިނެވެ.

އެންމެ ފުރަތަމަ ފެންނަނީ އައިފާ ދުރުން އެ ގޯޅިއަށް އެޅި މަންޒަރެވެ. އޭނާ އަތުގައި ކުޑަ އޮތް އިރު އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި އާދެއެވެ. އެވަގުތު އޭނާގެ ފަހަތުން ތަންކޮޅެއް ދުރުގައި ހުރި ޒޭން ލޫތްގެ ލޮލުގައި އަޅައިގަތެވެ.

އެވަގުތު ސައިލަމް ވެސް ހައިރާން ވިއެވެ. ޒޭން އައިފާގެ ފަހަތުން ހިނގަމުން އައިސް ކުއްލިއަކަށް އޭނާގެ އަތުގައި ހިފައި އަނބުރާލުމުން ލޫތްގެ އަތް މުށްކެވުނެވެ.

އެހައި ބާރަށް އައިފާގެ އަތުގައި ހިފައްޓައިގެން ހުރި އިރު އައިފާ ދުރަށް ދާން ގަދަ ހަދަމުން ދިޔައެވެ. އައިފާގެ ކުޑަ ވަޔާއި ދިއުމުން ޒޭން އަދި އިތުރަށް އައިފާ ގަޔާއި ކައިރި ކޮށްލުމުން އައިފާ ތެޅިގަތެވެ.

އިރުކޮޅަކަށްފަހު ޒޭން ކޮށްޕާލުމަށްފަހު އައިފާ މަގުމައްޗާއި ވީ ފަޅިއަށް ދުއްވައިގަތެވެ. އެވަގުތު އެމަގަށް އެޅި ކާރުގައި އައިސް އައިފާ ޖެހުމާއި އެކީ އޭނާ ވިއްސައިގެން ގޮސް ދުރަށް ވެއްޓުނު މަންޒަރު ފެނިގެން ދިޔައެވެ.

މި މަންޒަރުފެނި ލޫތް ދެލޯ މަރާލިއެވެ. އައިފާ ވިއްސައިގެން ދިޔަތަން ފެނި އެހިތް ފުނޑުފުނޑުވި ކަހަލައެވެ. ދެން ފެނިގެން ދިޔައީ އެތަނަށް މީހުން އެއްވެ ޒޭން އުޅުނު ގޮތެވެ. ޓީ.ވީ ސްކްރީން ނިއްވާލުމުން ލޫތް ހަމަ ހިރިލަން ވެސް ނޭގިފައި ހުއްޓެވެ.

“ލޫތް އައި އެމް ސޮރީ.. އެކަމަކު މި ހާދިސާ ހިނގުމުގައި ލޫތްގެ ކޮއްކޮގެ ހިއްސާ ވެސް އެބައޮތް.. އޭނާ އެގޮތަށް އައިފާ ނުރުހުމުގައި ހިފެއްޓުމުން މިހެން މިވީ.. ޑްރައިވަރަށް މި މައްސަލާގައި އެއްވެސް ދަޢުވާއެއް ނުއުފުލޭނެ. ސަބަބަކީ އޭނާ ދުއްވީ ގަވާއިދާއި އެއްގޮތަށް އަދި އެވަގުތު ކުއްލިއަކަށް މީހަކު ކާރު ކުރިމައްޗަށް އެރުމުން ކޮންޓްރޯލް ނުވީ..” ޝިފާޢު ވާހަކަދައްކަމުން ދިޔައިރު ލޫތް އެއްވެސް ބަހެއް ނުބުނެއެވެ.

އޭރު ސައިލަމް ވެސް ހުރީ ފެނުނު މަންޒަރުތަކުން ސިހިފައެވެ. އެވަގުތު އެތަނަށް އިތުރު ފުލުހަކާއި އެކު ނާއިލް ވަނެވެ. ނާއިލްއަށް ވެގެން އުޅޭގޮތް އޮޅުން ފިލުވާދިނުމަށްފަހު އޭނާގެ އެދުމަށް އަނެއްކާ ވެސް އެ ވީޑިއޯ އެޅުވިއެވެ. މިފަހަރު ލޫތް ދުރަށްޖެހެލީ އިތުރަށް އެ މަންޒަރު ނުބެލުމަށްށެވެ.

“ވީ ހެވް ޓު ޓޭކް ޒޭން އިން.. ބަޔާން ނަގައި އިތުރު ތަހުޤީޤް ކުރަން އެބަޖެހޭ..” ޝީފާޢު މިހެން ބުނުމުން އެމީހުންނާއި އެކު ލޫތްމެން ހޮސްޕިޓަލަށް ދާން ނިކުތެވެ. އޭނާ ޒޭންއާއި ދޭތެރޭ ދެކެމުން އައިގޮތް މުޅިންހެން ބަދަލުވިއެވެ. ކާރު ދުއްވަން އިންއިރު ހުންގާނުގައި ބާރަށް ހިފާލިއިރު އޭނާގެ އެތެރެ ހަށީގައި ރުޅިގަނޑު ކެކިގަތެވެ. ޒޭންއާއި ހެދި އައިފާ މިއަދު އެއޮތީ އެހާލުގައެވެ.

ކައިރީގައި އިން ނާއިލްއަށް ވެސް ލޫތް އައިސްފައި ހުރި ރުޅި އަންދާޒާ ކޮށްލެވުނެވެ. އޭނާ ހުރީ ލޫތް އަތުން ފައިން ގޯހެއް ހަދާފާނެތީ ކަންބޮޑުވެފައެވެ. ހަޤީޤަތުގައި ޒޭން އެފަދަ ކަމެއް ކުރީ ކީއްވެގެން ކަމެއް އޭނާއަކަށް ވެސް ނޭނގުނެވެ.

****

އައި.ސީ.ޔޫ ބޭރުގައި އިން ޒޭން އިނީ އައިފާ އެތަނަށް ގެނައިރުވެސް ލައިގެން އިން ގަމީހުގައެވެ. އޭރު ލުތުފީ ދުރުގައި ހުރި ގޮނޑިއެއްގައި އިންއިރު އޭނާގެ ނަޒަރަ ވަނީ ޒޭންއަށް ހުއްޓިފައެވެ. “ޒޭން!!” ލޫތްގެ ހަރުކަށި އަޑު މުޅި ހިސާބުގައި ހިފާލުމާއިއެކު ލުތުފީ ސިހިފައި އިންތަނުން ތެދުވިއެވެ.

އޭރު ލޫތް ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އައިރު ފަހަތުން ނާއިލް އާއި ސައިލަމްގެ އިތުރުން ފުލުސް އޮފިސަރަކު ވެސް އާދެއެވެ. “ލޫތް! މަޑުކޮށްބަލަ..” ނާއިލް މިހެން ބުނި ނަމަވެސް ލޫތްއަށް އަޑު އިވޭ ކަމަކަށް ނުވިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ޒޭންގެ ގިރުވާނުގައި ހިފައި ކޮޅަށް ނެގުމާއި އެކީ ފާރުގައި ޖެއްސިއެވެ.

“ކަލޭ މޮޔަވެގެންތަ ތިއުޅެނީ!! ކީއްވެ އެހެން ހެދީ.. ބުނޭ!! މިއޮށް ހުރިހާއިރު އަހަރެން ތެޅި ފޮޅުނު އިރު އަނގައިން ވެސް ނުބުނެހުރީ ކީއްވެ.. ހުރި ނުބައި ނުލަފާކަން!!” ލޫތް މިހެން ބުނެ ގޮށް މުއްކަވާފައި ޒޭންގެ އަނގަމަތީ ޖެހީނުން އަނގަމަތި ފަޅައިގެން ގޮސް ލޭތަށް ފައިބައިގެތެވެ.

ބިއްމައްޗަށް ތިރިވި ޒޭންގެ އަނގަމަތީގައި ލޭ ވީއިރު އެނާ އިނީ ހެވިފައެވެ. “ނުލިބޭނެ! އައިފާ އިޒް މައިން!” ޒޭން ހެމުން މިހެން ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނާ އަނެއްކާވެސް އަތުގައި ހުރި ބާރެއް ލާފައި ޒޭންގެ އަނގަމަތީގައި ޖެހި ޖެހީނުން ޓައިލް މައްޗަށް ލޭތަށް ބުރައިގެން ދިޔައެވެ.

ފަހަތުން އައި ޒޭންއާއި ސައިލަމް ވެގެން ލޫތް ހިފެއްޓިއެވެ. “ލޫތް! އޭތް!! ހުއްޓާލާ..” ސައިލަމްގެ އަޑަށް ލޫތް ހަމަ ހޭވެރިކަންވިއެވެ. އޭރު ބިންމަތީގައި ހެވިފައި އޮތް ޒޭން އަނގަމަތިން ލޭތަށް ފޮހެލިއެވެ. އޭރު ލުތުފީ އައިސް އެތަނަށް ހުއްޓެލި އިރު ދެ ފުލުހުން ވެގެން ޒޭން ނަގަނީއެވެ.

ލައިޝާ ވެސް ހުރި މި މަންޒަރު ފެނި ސިހިފައެވެ. ހޮސްޕިޓަލުގައި ތިބި މީހުން އެތަނަށް އެއްވި އިރު އެ އެންމެން ތިބީ ވާނުވައި ނޭނގިފައެވެ. “ލޫތް ކިހިނެތް ވެގެންތަ ތިއުޅެނީ؟” ލުތުފީ ސުވާލު ކުރީ ލޫތްއާއިއެވެ. “ޒޭން! ބައްޕާ ޒޭންއާއި ހެދި އައިފާ އެކްސިޑެންޓްވީ.. ކަލޭ!” ލޫތް އަނެއްކާ ވެސް ޒޭންއާއި ދިމާއަށް ދިއުމުން ލުތުފީ ހުރަސް އެޅިއެވެ.

އެވަގުތު ފުލުސް އޮފިސަރު ޝިފާޢު ވެގެން އުޅޭގޮތް ލުތުފީއަށް ކިޔާ ދިނުމުން އޭނާ ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. “ޝީ އިޒް މައިން.. ހެހެހެހެ..” ޒޭން ހެމުން މިހެން ބުނެލި އިރު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒޭންގެ ހާލު ފެނި ދުރުގައި ހުރި ލައިޝާ ފެންކަޅިވިއެވެ.

“ވީ ހެވް ޓު ޓޭކް ހިމް..” ޝިފާޢު މިހެން ބުނެ ޒޭން އެތަނުން ގެންދިއުމުން ލުތުފީ ވެސް ދާނެކަމަށް ބުންޏެވެ. “ލޫތް ދަރިފުޅާ..” ލުތުފީ އައިސް ލޫތްގެ ކޮނޑުގައި އަތްލުމުން އޭނާގެ ލޮލަށް ޖަމާވި ކަރުނަތަށް ކޯތާފަތަށް ފޭބިއެވެ.

****

ދެ ހަފްތާ ވޭތުވެގެން ދިޔައިރު ވެސް އައިފާ ހެއެއް ނާރައެވެ. އޭނަގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ވުމުން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރި ނަމަވެސް ވަރަށް ގާތުން އޭނާގެ ހާލު ބެލެމުން ދިޔައެވެ. ޒޭން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގިއިރު ވެސް ހަމަޖެހޭ ވާހަކައެއް ނުދައްކައެވެ.

އެންމެފަހުން ޑޮކްޓަރެއްގެ ލަފާ ހޯދުމުން އިނގުނީ އޭނާގެ މިހާރު މެންޓަލް މައްސަލައެއް ހުންނަކަމާއި އެކަމަށް ފަރުވާ ކުރަން ޖެހޭނެ ކަމަށެވެ. މިޚަބަރު ލިބުމުން ޒުލޭހާ ރުއި އިރު ލުތުފީ ހިތްވަރުދިނުމުގައި ކެތްތެރިވިއެވެ. ފުލުހުންގެ ބެލުމުގެ ދަށުން ޒޭން ލަންކާއަށް ފޮނުވަން ލުތުފީ ނިންމީ ޑޮކްޓަރުގެ ލަފައާއި އެކުއެވެ.

ޒޭންއަށް އެންމެ ރަނގަޅު ފަރުވާ ދޭން އެކަމުގެ ޚަރަދު ލުތުފީ ބަލަހައްޓަމުން އޭނާ ލަންކާއަށް ފޮނުވީ ހިތުގައި ހިލަގަނޑެއް ބާއްވާފައެވެ. އައިފާގެ އެނދު ކައިރީގައި ހުރި ސޯފާގައި އަޒުރާ އިނެވެ. އޭނާ އަދިވެސް ދަނީ އައިފާ ހޭ އަރާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެވަގުތު އެތަނަށް ޑޮކްޓަރާއި އެކު ލޫތް ވައިންތަން ފެނުމުން އާލިމް ގޮނޑިން ތެދުވިއެވެ.

އޭރު ލައިޝާ ވެސް އައިފާގެ ހާލު ބަލައިލުމަށް އާލާ ގޮވައިގެން އައެވެ. ޑޮކްޓަރ އައިސް އައިފާ ބެލުމަށްފަހު އެއްވެސް މައްސަލައެއް ނުފެންނަ ކަމަށް ބުންޏެވެ. “ދެން ކީއްވެތޯ ހޭ ނާރަންވީ؟” ލޫތް މާޔޫސް ކަމާއި އެކު އަހާލިއެވެ. ވޭތުވެ ދިޔަ ދެހަފްތާގައި ލޫތް ހަމަ ނިދި ނުނިދާއިރު ލޯ ކައިރި ވަނީ ކަޅުވެފައެވެ.

ތުނބުޅި ދިގުވެފައި ވީއިރު ފެންނަނީ ވަރުބަލި ކަމެވެ. އޭނާއަށް އިތުރަށް އައިފާ މިހާލުގައި އޮންނަތަން ދެކޭކަށް ކެތެއް ނުވާނެއެވެ. “ނޭނގެ.. ބޮލަށް މިގޮތަށް ގެއްލުން ލިބުމުން ހޭއަރަން ވަގުތު ނަގާނެ.. ވީ ކާންޓް ސޭ އެނީތިން.. ބަޓް ޝި އިޒް ސްޓޭބަލް..” ލޫތްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރ ހިތްވަރު ދިނެވެ.

ޑޮކްޓަރ އެތަނުން ދިއުމުން ލޫތް އައިސް އައިފާގެ މޫނުގައި ފިރުމާލިއެވެ. އޭރު އާލާ ވެސް ދުރުގައި ދެރަވެފައި ހުއްޓެވެ. އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު ލައިޝާ އާލާ ގޮވައިގެން ދާން ނިކުތެވެ.

އާލިމް ވެސް ބޭރަށް ނިކުތީ ބޯ ހަމަ ޖައްސާލަންށެވެ. ހެނދުނުގެ އަލި ފަރުދާ ކަހާލާފައި ހުރި ކުޑަ ދޮރުތަކުން އެޅިފައި ވީއިރު އައިފާ މޫނުގައި ރަނގަޅު ވަމުން ދިޔަ ޒަހަމްތައް ފެނި ލޫތްގެ ހިތަށް އަސަރު ކުރިއެވެ.

ފެންފުޅި ހުސްވެފައި ހުރުމުން ލޫތް އަޒުރާގެ އެދުމަށް ފެންފުޅިއެއް ގަތުމަށް ނިކުތެވެ. ލޫތް ނިކުއިންތާ މާ ގިނަ އިރެއް ނުވެއެވެ. މެރިފައިވައި އެސްފިޔަތަށް ދުރުކޮށްލަމުން އައިފާ ލޯ ހުޅުވަން މަސައްކަތް ކުރިއެވެ. ސޯފާގައި އިން އަޒުރާއަށް މި މަންޒަރު ފެނި އަވަހަށް އެނދު ކައިރިއަށް ޖެހިލަމުން އައިފާގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅާ.. އައިފާ” އަޒުރާގެ އަޑުގައިވީ އުފާވެރި ކަމެވެ. “މަ..މަންމާ.” އައިފާގެ އަޑު ބޭރުވީ ވަރަށް މަޑުންނެވެ. “އާނ.. މިއީ މަންމައޭ. ލޯ ހުޅުވާލަބަލަ.” އައިފާގެ ބޮލުގައި ފިރުމާލަމުން އަޒުރާ ބުނެލިއެވެ.

އައިފާ ލޯ ހުޅުވާލަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. “މަންމާ. މަންމާ ކީއްވެ އެހައި އަދިރީ.” އައިފާ ބުނި ޖުމްލައިން އަޒުރާގެ ހިތް ހިނދުކޮޅަށް ހުއްޓުނު ކަހަލައެވެ. ހުރިހާ ކުޑަދޮރުތަކުން ހެނދުނުގެ އަލި މުޅި ކޮޓަރިއަށް ވެރިވެފައި ވީއިރު އައިފާ މިދައްކަނީ ކޮން އަނދިރި ކަމެއްގެ ވާހަކަ ހެއްޔެވެ؟

“ނޫން ދަރިފުޅާ.. މިއީ ހެނދުނޭ.. މަންމަ މިހިރީ އެއްނުން..” އަޒުރާ މިހެން ބުނުމުން އައިފާ ވައިގައި އަތް ހަނާ އަޅާލިއެވެ. އޭރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފޭބިއެވެ. “ނުފެނޭ މަންމާ.. ކޮބާތަ؟ ކީއްވެތަ އަނދިރީ!! މަންމާ!!” އައިފާ ރޮއެ ގަންނަމުން މިހެން ބުނިއިރު ލޫތް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީއެވެ.

ވައިގައި އައިފާ އަތް ފުނާ އަޅަމުން ދިޔައިރު އޭނާ އެބުނި ބަސްތައް އިވި ލޫތްގެ އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ވެއްޓުނެވެ. އޭނައަށް އެބަސްތައް ހީވީ އިއްވާލި ހޮނު ގުގުރިއެއް ހެންނެވެ. ލޮލަށް ކަރުނަ ޖަމާވިއިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (80)

  1. layaal

    enjoy. let me know how it is. next part on Saturday in sha allah.

    1. Jew
      layaal

      Koba vaahaka

  2. yookko

    nice

  3. Aru

    oh my god!! no! layaa kihine thi hedhi.. zeyn dhiyaima mihaaru aifa alah nuves feney. alhey poor looth. dhera vejjee huvaa ?

  4. Eerum

    Oh layaal story is awesome..but kihineh thihedhee aifa ah pls aifa avahah rangalhu kurahchey igey.keep it up.????

    1. layaal
      Eerum

      thanks ??

  5. sheen

    Alheyyy Aifaa dhw..hama rovijje..Looth haadha dhera vaaney..Story vvv reeethi
    next part kiyaa hithun hureveny ehnoon

    1. layaal
      sheen

      thanks ??

  6. Faathun

    layaa haadha moley. Masha allah. mi story hama interesting vani. kiyaa foohi nuveyy. dhen alhe aifa.. can’t wait dhen vaagoi balan. this is the best story hama. love the twists and turns ❤️

    1. layaal
      Faathun

      Thank dear ❤️

  7. Youme

    Awesome….

    1. Youme
      Youme

      Alhey layaa…. kihinehtha thi hedhy ???

  8. ...........

    Awesome (y)

  9. fatima

    Love it

    1. layaal
      fatima

      thanks

  10. lyn

    Thedheh ehn hadhaakah nuvaane nu…aifa kihaa dhera vaane…n looth.. 🙁

  11. LOOOOlu

    Alhe nun… loooth ah ehn nuhadhaaa…. efakeeru moyawedhaane…

  12. Asma

    v rythi.. ekm aifaa rangalhu kurahcheh plx

  13. Ahmed Ammu

    Habeys ?

    1. layaal
      Ahmed Ammu

      Thanks ?

  14. Me

    vvv salhi layaa. ekamu haadha dhera ey. aifa ok vaane dhw.. plx plx plx

    1. layaal
      Me

      Thanks dear ❤️

  15. maiha

    alhey…. layaaa….aifa avahah rangalhu kurahchey…n a zeyn gandah hey aruvaathi… ekmvx story hama v v v fakkaa..?

    1. layaal
      maiha

      thank you ?

  16. miroo

    Hama best thi layaa! loved each and every scene.. hama plot twist gennan emme layaa vareh nonaane.. dheravejje dhen ❤️❤️ love you layaa. keep going

    1. layaal
      miroo

      Thanks ❤️

  17. aff

    alhey layaa… iifa ah thihedhy kihineh .. eyna blind vee dhw … looth fakeeru dherawaane .. story habeys ..keep giing layaaa ☺☺☺

    1. layaal
      aff

      thanks ?

  18. mooon

    Alhe plx aifa ah thihen nuhadhaa.hama hih thelhithelhi mi iny nimendhenvis…..aifaa raajjeyn beyrah gengosgennamas rangalhu kurahchey

  19. Shaai

    Layaa dhen noooooon. Aifa ah thihen nahadhaaa . V dheravehjje hama asluves

  20. xenn

    Aifaaa blind v ma kamaku nudhey…eyna rangalhu kurey avahah

  21. Maain

    Noooooo. Aifa ah thihen nuha dhaa. Eyna adhi Rangalhu kurachey. Vvvvv nice. Ekam dhera vejje

    1. layaal
      Maain

      Thank you

  22. Ayshaa

    Aslu layaa vareh hamaneh masha allhah story vvvvvv reethi v interesting next episode kiyaahih vanee hama

    1. layaal
      Ayshaa

      Thanks dear ?

  23. aimin mau

    Hama rohvaalaafa thi ninmaaly that ws awsome dhn hama buneveyny ketheh nukureveyney nxt part akah!!!!

    1. layaal
      aimin mau

      Thanks aimin ❤️

  24. NaXy

    Alhey kihineh e vee. Pls next episode avahah up koh dhee. V dhera vejje aifa ah ehen v ma. Looth haadha dhera vaaney???

  25. Waheeda

    Varah reethi vaahaka

    1. layaal
      Waheeda

      Thank you ?

  26. layaaaa.

    varah nice. keep it up

    1. layaal
      layaaaa.

      thanks

  27. Faathee

    Aaw haadha touching ey. Heebihi nagaa Lolun Karuna ves aissi. Dhen vaani kihineh baa ey hitha aranee. Lola nufenunas Aifaa ge handhaanah gothe nuviyaa rangalhu. v reethi. V furihama. Masha Allah. Saturday ge part ah v inthizaaru kuran

    1. layaal
      Faathee

      Thank you dear ❤️❤️

  28. Lilly

    Rovijje enme fahun. hama imagine kurevey e manzaru. Sifakurun hama habeyss. ❤️❤️

  29. Twinkle

    Layaa..

    Ur such a amazing writer
    Jxt love this story.. 🙂

  30. Enaash

    Alhe aifa ah dheragotheh nahadhahchey eyrun looth ge hih huhtidhaane… v nice mi part ves

  31. Dhyna

    Dhen kon irakun next part upload kurany can’t wait darling ?????????????

  32. Aimsithu

    Asluves heeviye aifa mi kahala kameg vaaney. . Ehaaa bodu accident eh v ma kameh vaane thaa dho.. anyways aifa rangalhu kohdhechey varah avahah..
    Looth and family ah keitheri kan dhevvaashi. .
    Aameen

  33. Anoo

    ????poor aifa

  34. Nysh

    Alheyy ….. looth haadha sad vaane eyy ……… curious to knw wat ll happen next….

  35. mary

    V nice

  36. shaya

    Konaa Layaa avahah vaahaka update kollaa…..dhen vaagotheh balaalaa hithun keh madhuvefa

  37. Sunny Leone

    Whn nxt part

  38. Shukoor

    Heiiii kn iraku

  39. Hynaaaa

    When is next part..

  40. vishaa

    saturday ga ey bunee kobaa

  41. layaal

    hey guys. new part tonight in sha allah. around 11 ?

  42. Shaai

    Layaa story up nuvaathi v foohivefa m
    e innany. .. dhooni avas kohbala plx.

  43. Twinkle

    Ok waitng.. for the story 🙂

  44. layaal

    hi guys. so something happened. i was writing the new episode just now and i was half way through it when my laptop got restarted and I didn’t save any of it ?. so half of the episode was just gone. and I won’t be able write again tonight. i’m really upset about it and extremely sorry. but don’t worry i’ll write it again tomorrow and in sha allah i’ll update it tomorrow as well. sorry. things like this could happen and i’m an idiot. I should have saved it ?. plx don’t be mad at me i love you guys so much ❤️. sorry again ??

    1. aff
      layaal

      its ok layaa.. dnt be sorry.. tmrw ah inthixaaru kuraanah .. ur great.. ☺

    2. ellie
      layaal

      hehe, that’s alright, these things happen.. May be you could try using Google Docs or Evernote for your writing. The document gets automatically saved so you wouldn’t have to worry about losing it. 🙂 x

  45. Ary

    alhey.. ehen ves vedhaane dhen. its ok. we will wait for tomorrow thanks for letting us know ? you are the best.

  46. Faathi

    we will wait dear ??

  47. Twinkle

    Itx ok dear .. it happens 🙂

  48. axu

    its okay dear.. ur the one of the best writter in this site.. i just love ur stry.. mi site ga in ehme reethi srty mii.. wating for the next part.. luv u layaal. keep it up 🙂

    1. layaal
      axu

      thanks axu ?

  49. Maain

    Miadhu kihaa iraku baa

  50. Faathee

    It’s ok.. but Saturday ge part miadhu up kohfa Sunday ge part Monday ga genes dhechey tho vee gothun. Hehehe don’t mind story kiyaa hiy vaa varun ehen mi bunee

  51. Asma

    hii luw i am waiting.. ur the best

  52. Asma

    hii layaa i am waiting.. ur the best

  53. vishaa

    ITS OKK WAITING FOR NEXT PART

  54. jammu

    you are one of the best writer laya in this site
    just wow ??
    noo words ❤ superb ❤
    wahaka genes huhna goi warah reethi ❤ keep it up ❤
    u knw i never cried wahakaeh kiyafa but this story was the only story it made me to cry ?
    i ususally dnt cmment
    ekm mifahru nuhurewunu cmment nukohla eyh ☺

    1. layaal
      jammu

      Thanks dear ❤️❤️

  55. jammu

    waiting for the next part ?

  56. maiha

    layaaa…kobaatha vaaahaka… hama miss vaavarun…

  57. Ayshaa

    Omg haadha dhera ey ekm ves gabool kuran kameh dhimaavedhaane kan it’s OK layaa kobaa mihaaru dhen Ava’s kohdheyhchey

  58. layaal

    Aw. you guys are so sweet ❤️❤️ i’ll update it today evening in sha allah.
    Love ??

  59. maiha

    layaaa…2 prt up kurahchey…noonee varah varah dhigukoh up kurahchey…sat n sun ge 2prts…bt if possible ingey… hama kiyaahithun mihen buneveny ngey!! sory..layaa lap ah avas shifa akah edhen…??

Comments are closed.