Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ…

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 1, 2016 6 Mins Read
26 Comments

 

“އަނބިގަބޫލްކޮށްފިން…” ސުހައިލް  ބުނެލިއެވެ. އަދި ކައިރި އިން ސާނިޔާގެ އަތަށް ފިތާލިއެވެ.

އޭގެ އިރުކޮޅެއްފަހުން ސަނީމް ގެ އަޑުއިވުނެވެ. “އަނބި ގަބޫލްކޮށްފިން.”. ހިނިތުންވުމަކާއި އެކު ސަނީމް ޝާޒްއަށް ބަލާލިއެވެ.

ކައިވެންޏަކީ ހަމައެކަނި ދެމީހަކު ގުޅުމެއްނޫނެވެ. ދެއާއިލާވެސް ގުޅުމެވެ. ސުހައިލް  އާއި ސަނީމްއަކީ އެއްބަނޑުއެއްބަފާދެކުދިންނެވެ. ހަމައެހެންމެ ސާނިޔާ އަދި ޝާޒް އަކީވެސް އެއްބަނޑުއެއްބަފާ ދެކުދިންނެވެ. ދެއާއިލާގެ ރަހުމަތްތެރިކަން އިތުރުވެގެން ދިޔައީ ދެގޭގެ ދެކުދިންވެސް އެއްގެޔަކާއި ގުޅިލާމެހުމުންނެވެ. ދެއާއިލާ އެއްއާއިލާއަކަށްވެ ނިމިގެން ދިޔުމުންނެވެ. ދުވަސްވީ ރަހުމަތްތެރިންގެ ގުޅުން އިތުރަށް ބަދަހިވިއެވެ.

…………………

— ދެއަހަރު ފަސް —

“ދޮން…ދޮންބެ…. ހެޔޮނުވާނެ…… އަހަރެންގެ ދިރިއުޅުން…  ހަލާކުވާނެ ދޮންބޭ… އަހަރެން ގަބޫލްކުރަން އަހަރެންގެ ކުށެއްކަން ދެން މިފަދަ ކުށެއް ތަކުރާރެއްނުކުރާނަން.. އެކަމް އެންމެންގެ ކުރިމަތީ މިކަން… ދޮންބޭ…. އަހަރެންނަށް މާފްކޮށްދީ… އަހަރެންނަށް އެހީވެދީ… ޕްލީސް ދޮންބޭ… އަހަރެންގެ ކުށް އެންމެންކުރިމަތީ ގަބޫލުކުރާނެހާ ހިތްވަރެއްނެތް… މިކުއްޖާ… ދޮންބޭ!!! ޕްލީސް….”

 

“އަމަލު ހިންގިއިރު ނޭނގުނު ދޯ ދިރިއުޅުން ހަލާކުވާނެކަމެއް…އޭގެ ނަތީޖާ ހިތިވީމަ އިނގުނީ؟ އެނީވޭ މިއަދަށްފަހު މީ އަހަރެންގެ ދަރިއެއް… އަދި ބުނަން މިއަކާއި ކަލެއަކާއި  އެއްވެސް ގުޅުމެއްނެތް މިއަދަށްފަހު… އަދި އަހަރެންނާއިވެސް އެއްވެސް ގުޅުމެއްނެތްކަން ހަނދާންބަހައްޓާތި… ތި ކަހަލަ މީހަކާއި އަހަރެން އެއްވެސް ގުޅުމެއް ބާއްވާކަށްވެސް ބޭނުމެއްނޫން…. އަދި މި ދަރިއަށް ކަލޭގެ ހިޔަނިވެސް އެޅޭކަށް ބޭނުމެއްނޫން… ދެންވެސް ރަނގަޅު މީހަކަށްވެގެން އުޅޭ.. ދެނެއް އަހަރެންނެއް ނުހުންނާނެ މިކަހަލަ ވިޔާނުދަ ހަރަކާތްތަކެއް ފޮރުވާކަށް…. މާދަމާ އަހަރެން ފުރާނަން… މިކުއްޖާ ގޮވައިގެން….. އަހަރެންވެސް ބޭނުމެއްނުވޭ މިކަހަލަ ވިޔާނުދާ ކަމެއް އެންމެންނަށް އެނގިގެން ކަލޭ އެމީހުންނާއި ދުރުވާކަށް.. ދެންވެސް ވިސްނައިގެން އުޅޭތި… އަދި.. މިކުއްޖާއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް.. ހަމައެކަނި އަހަރެންގެ… މި ކުއްޖާގެ އެއްވެސް މައުލޫމާތެއް ހޯދައިގެން ނުވާނެ އިނގިއްޖެ؟.”

……………………………………………

-5 އަހަރު ފަސް-

“ބުނޭ؟؟؟؟؟ ބުނޭ މީ ކާކުގެ ދަރިއެއް؟؟؟ ބުނޭ ސުހައިލް ؟؟؟ މިހުރިހާ ދުވަހު އަހަރެން މިކުއްޖާ މިބެލީ ޔަތީމްކުއްޖެކޭ ހިތާ.. ހަމަ އަހަރެންގެ ދަރިއެއްގެ ގޮތުގައި….. އެކަމް ސުހައިލް  ބަލާބަލަ މިކުއްޖާގެ މި ދެލޯ.. މިކުއްޖާގެ އުޅުން….. އަހަރެންނާއި އަހަރެންގެ އެކުވެރިން ސުވާލިކޮށްފިއޭ މިއަދުވެސް.. މިއީ ސުހައިލް ގެ……… ސުހައިލް  އަހަރެން ބޭނުންވަނީ ތެދު ޖަވާބު…… ހަމަ މިހާރު ބުނޭ…… މިއީ ސުހައިލް ގެ ދަރިއެއްތަ؟؟؟؟”

 

“ސާނިޔާ….. އަހަރެން ކުރިންވެސް ބުނިން ދޯ… ތިއީ އަހަރެންގެ ދަރިއެއް.. ހަމައެކަނި އަހަރެންގެ… އެކަމް މި ކުއްޖަކީ އަހަރެންގެ ފަރާތުން މިދުނިޔެއަށް އައި ކުއްޖެއް ނޫން… އިތުރު އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއްނޫން.. ސާނިޔާވެސް އިތުރު ވާހަކައެއް ނުދައްކާތި… މިހުރިހާ ދުވަހުވެސް ބެލީނު. އަދި ބުނަން މި ކުއްޖާއާއި އިސްރާއާއި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ.. މިކުއްޖާގެ ގައިގާ ހިނގަނީ ހަމަ އަހަރެންގެ ލޭ….. ސާނިޔާއަށް ނުބެލެންޏާ އަހަރެން ބަލާފާނަން.”

…………………………………………

— 4 އަހަރު ފަސް-

“ސުހައިލް … ހަމަ މިހާރު މީނަ މިގެއިން ނެރޭ… ސުހައިލް  މީނަ ބަލަންޏާ ބަލާ އެހެން ގެއެއްގަ ބަހައްޓައިގެން… އަހަރެން ބޭނުމެއްނުވޭ ސުހައިލް ގެ ނަހަލާލު ދަރިން ގެއަށް ވައްދައިގެން ބަލާކަށް..  އަދި އަހަރެންގެ އިސްރާއަށް އެއިން ނޭދެވޭ އަސަރެއްވާކަށް.. މާދަމާވެސް ނޭނގެ އަނެއްކާ އަނެއްދަރިއެއް ގޮވައިގެން ނާންނާނެކަމެއް..ވަރަށް ކެތްކޮށްފިން.. އެކަމް ދެނެއް ނުވާނެ….. މީނަ މިއަދުވެސް ފެނުނީ އަހަރެން އިސްރާއަށް ހެދި ޖޫސްތަށި ބޮނިކޮން… މިއީ ހަމަ ސުހައިލް ގެ އުޅުން.. ވަގުވަގަށް ކަންތަށް ކުރުން.. އަދި އުޅުނޭ ނުވާކަމަށް ހެދިގެން ފޮރުވަން…. ހަމަ މިހާރު މިގެއިން ނެރޭ މީނަ.. އެހެންނޫނީ އަހަރެން ނިކުންނާނަން އިސްރާ ގޮވައިގެން ހަނދާންބަހައްޓާތި… މިކަހަލަ ނުލަފާ އެއްޗެހިން ގެއަށް ވައްދައިގެން އަހަރެމެން ފަލީހަތްވާނީ…. އަހަރެމެންގެ ދިރިއުޅުން ހަލާކުވާނީ…. ސުހައިލް ގެ ދަރިއެއްނު މީ.. .ސުހައިލް  ބަލާ…. އެކަމް މާދަން އިރުއަރާއިރު މީނަ މިގެއަކު ނުވާނެ ހުރެގެނެއް…. އަހަރެންނަށް ހެޔޮ ކޮންމެތާކަށް ވެއްދިޔަސް.. މީނަ ނެރުނު ތާކަށް ގޮސް ކޮށްޕިޔަސް………………………”

“ސާނިޔާ!!!!!!!!!!!!!!!!!!!!!!!!!!!!!”

“އަހަރެންނަށް ހެޔޮ އަހަރެން މީ ކިތަންމެ ނުލަފާ މީހަކަށްވިޔަސް ހަމަގައިމުވެސް ސުހައިލް  ކުރިކަހަލަ ނުބައި އަމަލެއްނުކުރަން.. އަދި ބުނެއެއްނު މީ އަހަރެންގެ ދަރިއެކޭ އެކަމް އަހަރެންގެ ފަރާތުންނެއްނޫނޭ އައީކީ………… ހަމަ މިހާރު ނެރޭ މީނަ….”

“ދަރިފުޅާ… އާދޭ ދާން ބައްޕަ އާއި އެކު……….”

……………………………………

.

…

-11 އަހަރު ފަސް-

“ލައްބަ ޑޭޑް.. އޯކޭއޭ.. ދެން އަޅުގަނޑުގެ ސަބަބުން ދަތުރު މޫޑް ސަކަރާތްވެދާނެ… މިހާރު ފުރަންދޯ ތި އުޅެނީ….؟… އޯހް…. ހެހެ އިސްކޮ ކައިރި ބުނާތި ހަބަރެއް ވެލަންޗޭ ގޮސް… ދައްތަ.. ދައްތައަށް ސަލާމް ބުނެދޭތި…. ލައްބައޭ ޑެޑީ އަޅުގަނޑު އޯކޭއޭ މިތާނގަ.. ޑޭޑް ޑޭޑް.. މަޑުކޮށްބަ އިހަށް އަޑުއަހާބަ.. އަޅުގަނޑު ރާއްޖެ ދާހިތެއް ނެތް.. އޯކޭ؟؟ ލަންކާ މާ މަޖާ… އެހެންނޫނަސް އަޅުގަނޑު އަދި އަދަށްދާންވެސް ނުދަން ރާއްޖެއަކަށް.. ނުވެސް އިނގޭނެއެއްނު ރާއްޖޭގައި އުޅޭކަށް.. ހެހެ ޑޭޑްވެސް ހެޕީވެބަ އެން ދޭބަ… ޑޭޑްވެސް ނުދާތާ ކިތަށް އަހަރުމިވަނީ… 20 އިޔާސް ޑޭޑް. 20… އެ މަދުތަ؟؟ ކަމޯން ޑޭޑް މިއަދު ދެން ހިތްހަމަޖެހިގެން ދޭބަ…. މާމައާއި ކާފަވެސް ބޭނުންވާނެނު އިސްކޮއާއި އެކު މާލޭގައި އުޅެލަން… މިކޮޅުގައިވެސް މަހެއްވާއިރަށް ޖެހެނީ ދާން.. މާމަމެންވެސް ހިތްހަމަޖެހޭނީ އޭރުން.. ކޫބެމެންވެސް ދެރަވާނެއެއްނު.. މާމަމެން އަޔަސް ކޫބެމެން އެންމެ ފަހަރަކުވެސް ނާދޭ….ދެން ދޭ ޑޭޑް އަނެއްކާ ދައްތަ ރުޅިދުރުވެދާނެ… ހެހެ… ލައްބަ ޑޭޑްވެސް ބަލައިގެން އުޅޭތި… ބާއްޖަވެރި ދަތުރަކަށް އެދެން… އަދި ކޫބެ އަށާއި ކޫބެއްތަ އެން މާމަ ކާފައަށްވެސް.. އެންމެންނަށްވެސް ސަލާމް.. ބައި ޑޭޑް.. ”

އާޝާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. އަދި މަޑު ހިނގުމެއްގައި އައިސް ކްރޮސިންގައި މަޑުކޮށްލިއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ހިންދާލުމަށްފަހު އަނެއްކާވެސް ފޯނަށް ބަލައިލިއެވެ. އޭގެ ވޯލްޕޭޕަރ އަކަށް އިނީ ބައްޕައާއި ދައްތަ އަދި އިސްރާއެވެ. އާޝާއެއް ނެތެވެ. ނަމަވެސް އެ ފޮޓޯ ފެންނަލެއް ރީތިވެފައި ހިތްގައިމެވެ. އާޝާވެސް އެމީހުންނާއި އެކު ފޮޓޮއެއް ނޭނގޭނެނަމައޭ ހިތަށްއަރައެވެ. އެންމެން އެއްކޮށެވެ. ފެހި ސިގްނަލްގެ އިންތިޒާރުގައި އާޝާ ހުރީ ފުންވިސްނުމެއްގައެވެ. އިރު އިރުކޮޅާ ހިފަހައްޓައިގެން ހުރި ފޮތަށް ބާރުކޮށްލައެވެ. އޭނާގެ ހިތަށް އަރަމުންދާ ކަންތަކަށް ސިކުނޑި އިޖާބަ ދޭނެ އިރަކަށް އާޝާ އިންތިޒާރުކުރާފަދައެވެ. ކާރުތަކާއި ސައިކަލުތަށް ވުސްލާފައި އޭނާގެ ކުރިމަތިން ދާއިރު އެއިން އެއްޗެއް ދަށުވާނެނަމައެވެ.

އާޝާ އޭނާގެ ފޮތް ގެނެސް މެއާއިލާ ބޮނޑިކޮށްލިއިރު އޭނާގެ ލޮލުގައި ވާ ކަރުނަތަށް ކޯތާފަތް ހުރަސްކޮށް ފައިބައިގެންދެއެވެ. އޭނާއަށް ނުލިބޭ މިނިވަންކަން އެ ކަރުނަތިކިތަކަށް ދިންފަދައެވެ.

އާޝާ އިރުކޮޅަކު އެހެން ހުރުމަށްފަހު ލޯމަރާލާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ހިތަށް އެރިކަންތަށް ކޮށްލަން ބޭނުންވެގެންނެވެ. ނަމަވެސް ހަމަ އެ ސިކުންތުކޮޅު އާޝާ ގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނަ ފަހަތަށް ދަމާލިއެވެ. ހަމަ ކުއްލިއަކަށެވެ. އާޝާ ކުޑަކޮށް ހަޅޭލަވައިގަތެވެ. އޭނާގެ އަތުގައި އޮތް ފޮތް އަތުން ވެއްޓި އާޝާ ގޮސް ޖެހުނީ އެމީހެއްގެ މޭމަތީގައެވެ. އެވަގުތުކޮޅު ދިގުކުރަން ބޭނުންނުވާތީ އާޝާ ވަގުތުން ފަހަތަށް ޖެހިލިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ މަގުމަތީގައި އޭނާއަށް ބަލަހައްޓައިގެން ތިބި މީހުންނަށެވެ. އާޝާ ބަލައިލުމާއި އެކު އެމީހުން އިސްޖަހާލުމަށްފަހު އެމީހުން ކުރަން ތިބި ކަންތަކަށް ރުޖޫޢަވެއެވެ. އާޝާ އެ ޒުވާނާއައި ދިމާލަށް ބަލައިލިއެވެ. އެ ޒުވާނާގެ މޫނުމަތިން ފެންނަނީ ނުރުހުމެވެ. ދެބުމަ ގޮށްޖަހާލެވިފައި ވާއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އާޝާއަށެވެ. އާޝާއަށް އެ ޒުވާނާވީ ނުދަންނަ ނޭނގޭ ޒުވާނަކަށެވެ. އޭނާގެ ގައިގާ ރީތި އެތަށް ސިފަތަކެއްވެއެވެ. ރީތި އިސްކޮޅެއް ލިބިގެންވާ ދޮން ޒުވާނެކެވެ. ރޭގަނޑުކަމުން އަލިކޮށްފާ ހުރި މަގުމަތީ ލައިޓްތަކުގެ އަލީގައި ފެންނަލެއް ވަރަށް ހިތްގައިމެވެ. ރީތި އިސްތަށިގަނޑެކެވެ. އާޝާގެ ހިތް މިއަދު ސަލާމަތުން އޮތްނަމަ އެ ޒުވާނާއަށްޓަކައި އޭނާގެ ހިތްކަތިލީސްކަން ޔަޤީނެވެ. އާޝާ އިރުކޮޅަކު އެހެން ހުރުމަށްފަހު ފޮތްނަގާ އެތަނުން ދާން ހިނގައިގަތީ ބޮލުގައި ރިއްސައިގަތުމުންނެވެ.

އިތުރަށް އެތަނުގައި ހުންނަ ހިތްވެސް އޭނާ ނެތީއެވެ. ނަމަވެސް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ އަތުގައި އެ ޒުވާނަ ހިފަހައްޓާލުމުންނެވެ. އާޝާ ފަހަތަށް ފިޔަވަޅެއް އަޅާލާ އެ ޒުވާނާއައި އެއްވަރުކޮށްލިއެވެ.

“ބޮޑު މޮޔައެއްތަ ތިއީ؟؟؟ ހަމަގައިމުވެސް ތި ދެލޮލެއް ކަނެއްނޫންކަންނޭގެ ފެހި ސިގްނަލް އާއި ރަތް ސިގްނަލް ނޭނގޭކަށް… ދެންމެ ދަމައި ނުގަނެވުނު ނަމަ ގޮސް ކާރުގަ ޖެހުނީހޭ.. އޯ ގޯޑް!!! މި ދިވެހިން ކީއްވެތަ މިހާ މޮޔައީ؟ ދިވެހިންނޭ ކިޔަނީވެސް މޮޔަވުމުގެ ޝަރުތު ހަމަވެގެން ކަންނޭނގެ…. ގޯޑް…” އެ ޒުވާނާ ރުޅިވެރި ނަޒަރަކުން އާޝާއާއި ދިމާލަށް ބަލަންހުރެ އެހެންބުނެލިއެވެ.  ކައިރީގައި މީހުން ތިބިކަމުގައި ވިޔަސް ޖެހިލުމެއް ނެތިއެވެ. އެ ޒުވާނާ އަކީ ދިވެއްސެއްކަމުން އާޝާ ކުޑަކޮށް ހައިރާންވިއެވެ. ލަންކާގައި ދިވެހިން އުޅުނެއްކަމަކު ފެނިލުމުން ހިނިތުންވެސް ވެލަނީ މަދުފަހަރަކުއެވެ. ވާހަކަދެއްކުމަކީ ދުރުކަމެއްތާއެވެ.

އާޝާ އަށް ހުރެވުނީ ރޮވޭނުރޮވޭގައެވެ. އެހެނީ އޭނާއާއި ހެދި މަގުމަތީ މީހަކަށް ހިނގާލެވެންވެސް ނޯވެވެނީއެވެ. އޭނާގެ ސަބަބުން އެ އެންމެންނަށްވެސް އުނދަގޫވަނީއެވެ. އޭނާގެ ސިކުނޑި އަނެއްކާވެސް ތަފާތު ހިޔާލުތަކުން ފުނިބާރުވަމުން ދިޔައެވެ. އޭރުވެސް އެ ޒުވާނާގެ ނަޒަރު ހުރީ އާޝާއަށެވެ. އާޝާ ތުންފަތުގައި ދަތްއަޅާލުމަށްފަހު އެ ޒުވާނާގެ އަތުން އޭނާގެ އަތްދަމައިގަތެވެ. އަދި ދާން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ދެވުނީ ހިސާބަކަށެވެ. ބޮލަށް އެނބުރުން އަރައިގަނެގެން އާޝާ ވެއްޓުނީ ހުރި ފިޔަވަޅު މައްޗަށެވެ.

……………..

“ޝީ އިޒް ފައިން ނައު.. ބަޓް އައި ތިންކް އިޓްސް ޔުއަރ ކޭސް…. ހޮޕް ޔޫ ނޯ ވަޓް އައި މީން… އޮންލީ ޔޫ ކޭން ހޭންޑްލް ދީސް ޕޭޝެންޓްސް.. އޯކޭ. އިޓްސް ޓޫ ލޭޓް ނައު.. އަމް ގޮއިން… ބައި ޓޭކް ކެއަރ…” ޑޮކްޓަރ އާޝާ ބެއްލެވުމަށްފަހު ދަމުން އެ ޒުވާނާގާތު ބުނެލިއެވެ. ޑޮކްޓަރ އެ ބުނި އެއްޗެއް ރަނގަޅަށްވެސް އެ ޒުވާނާއަށް އިނގުނެވެ. އާޝާ ފެނިފައިވެސް އޭނާގެ ސިކުނޑިއަށް އެ ސިގްނަލް ލިބުނެވެ. އަދި ހާއްސަކޮށް އާޝާ ކުރަންއުޅުނު ކަންތަކުގެ ސަބަބުންނެވެ. އާޝާއާއި ދިމާލަށް ބަލަންހުރުމަށްފަހު އޭނާ ބޭރަށް ނިކުމެލީ ޑޮކްޓަރ ބޭރަށް ލައިދިނުމުގެ ބޭނުމުގައެވެ.

……

އާޝާގެ ލޯ މަޑުމަޑުން ތަޅުވާލިއެވެ. އަދި ދެލޯ ހުޅުވާލިއެވެ. ނަމަވެސް ހަމަ ހުޅުވާލުމާއި އެކު އޭނާ ލޯ މަރާލީ ލޮލަށް ފުސްވެފައި ހުރުމުންނެވެ. އާޝާ އިރުކޮޅެއްފަހުން ލޯ ހުޅުވާލިއެވެ. ލޮލަށް އުނދަގޫވިއެއް ކަމަކު އޭނާ ލޯ ހުޅުވާލައިގެން އިރުކޮޅަކު އޮތެވެ. އެއަށްފަހު ތެދުވެލިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ އޭނާ އޮވެވުނު އެނދަށެވެ. ބޮޑު އަދި މަޑު އެނދެކެވެ. ގައިގާ އަޅާފައިވަނީ މަޑު ރަޖާގަނޑެކެވެ. އޮވެވުނީ ބޮޑު ކޮޓަރިއެއްގައެވެ. އެންމެ ފަހުގެ ރީތި ފަރނީޗަރތަކެކެވެ. ތަރުތީބު ކުރެވިފައިވާ ކޮޓަރިއެކެވެ.

އާޝާ ހިނގާދިޔަ ކަންތަށް ހަނދާންކޮށްލުމުގެ ގޮތުން ސިކުނޑިއަށް ތަންކޮޅެއް ބޮޑަށް ބާރުލިއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް އެރީ ނުބައި ތަދެކެވެ. އެ ތަދަށް ކެތްނުވުމާއި އެކު އާޝާ ބޮލުގައި އަތްލިއެވެ. އަދި ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އެތަދު އިތުރުވަމުން ދިޔައެވެ. އާޝާގެ އަނގައިން މަޑު އާހެއް ނިކުތީ އިތުރަށް ކެތްނުވެގެންނެވެ.

“ހޭ ގާލް… ކާމް ޑައުން…. ޕްލީސް… މިވަގުތު އެހާ ބޮޑަށް ނުވިސްނަބަ… ހޭ…!!! ސީ ލޯ ހުޅުވާލާފަ ބަލާބަ އެވްރީތިން އިޒް ކޭ އޭ… ކަމޯން….” އެ ޒުވާނާ އައިސް އާޝާ ކައިރި އިށީނދެލަމުން ބުނެލިއެވެ. އާޝާއަށް އެއަޑު އިނގުނެއްކަމަކު ފާހަގަނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑިއަށް ދިޔައީ ބާރުބޮޑުވަމުންނެވެ.

އާޝާ ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. ލޯނުހުޅުވިއެއްކަމަކު އެ މެރިފައިވާ ދެލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. އާޝާ އަވަސް ނޭވާތަކެއް ލާންފެށިއެވެ. އެ ޒުވާނާ އާޝާ ކައިރި ލޯ ހުޅުވާ ހަމަޖެހިލުމަށް ބުނަމުން ދިޔައެވެ. ނަމަވެސް އާޝާއަށް އެއިން އެއްވެސް އެއްޗެއް ނީވޭކަހަލައެވެ.

“ކަމޯން… މިބުނާ ގޮތަށް ހަދާބަ… ހަމަޖެހިފަ ލޯ ހުލުވާލަބަ.. ޕްލީސް ގާލް… ޕްލީސް…. އިހަށް ކާމްވެބަ.. އޯ ގޯޑް… ޝީ އިޒް..!! ޕްލީސް ހަމަޖެހިބަ… ޔާ ކަމޯން… ކަމޯން.. ގާލް…. ގާލްއަށް އެކަނި އިނގޭ މިކަން ވާނީ.. ޕްލީސް ޕްލީސް.. އޯކޭ އޯކޭ…. ފުންކޮށް ނޭވައިލާފަ… ލޯހުޅުވާލާ..” އެ ޒުވާނާ ބުނަމުން ދިޔައެވެ. އާޝާ އޭނާ ބުނިފަދައިން ކަންތަށް ކުރުމަށްޓަކައި ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. އާޝާ ހަމަޖެހެންފެށުނެވެ. ލަމުން ދިޔަ އަވަސް ނޭވައި ލަސްވަމުން ދިޔައެވެ. ހިތުގެ ތެޅުން ލަސްވެ ހަށިގަނޑު ކުރިން ހުރި ހާލަށް ރުޖޫއަ ވިއެވެ. އާޝާ ލޯ ހުޅުވާލާ ބަލައިލިއެވެ. ނަމަވެސް ސިހި އެތެރެއަށް ލީ ނޭވައި ބޭރުކުރަން ނޭނގިފައި އިނދެވުނީއެވެ. އޭނާގެ މޫނާއި ދާދި ކައިރީގައި އެ ޒުވާނާގެ މޫނު ފެނިފައެވެ. އާޝާ އަށް ދެން އިހްސާސްވީ އޭނާގެ މޫނުމަތީ ހިފަހައްޓާލައިގެން އެ ޒުވާނާ ހުރިކަމެވެ. މީގެ ކުރިއަކުން އެ އިހްސާސްއެއް ނުވިއެވެ. އާޝާގެ އެ ބެލުމުގެ ސަބަބުން އެ ޒުވާނާ އަށް ވީގޮތް ނަގައިގަނެވުނެވެ. އަދި ލަސްލަހުން އޭނާގެ އަތް އާޝާގެ މޫނާއި ދުރުކޮށްލާ އެނދުން ތެދުވެލިއެވެ. “ސޮރީ..” އެ ޒުވާނާ މަޑުމަޑުން ބުނެލިއެވެ. އާޝާ ހިފަހައްޓާލައިގެން އިން ނޭވާ ބޭރުކޮށްލިއެވެ. އަދި ހަމަޖެހިލިއެވެ. މިހާރަކަށް އައިސް އޭނާއަށް ވަރަށް ގިނައިން އެގޮތަށްވެއެވެ. ގިނަފަހަރު އަމިއްލަ ނަފްސް ކޮންޓްރޯލްވެސް ކުރެވެނީ ވަރަށް އުނދަގުލުންނެވެ.

“ގާލް.. ސީ… އެއްވެސް ކަމަކާ މާ ބޮޑަށް ވިސްނާކަށް ނުވާނެ…. އިނގޭ ވިސްނާނެ ކަންތަށް ހުންނާނެކަން.. ދެރަކަންތަށްވާނެކަން.. އެކަމް ސިކުނޑިއަށްވެސް ރެސްޓެއް ދޭންޖެހޭނެ. މާ ބޮޑަށް ވިސްނުމަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ނުރައްކާތެރި ކަމެއް.. އެން ޔެސް ޔަންގް ކުއްޖަކަށް ސްޕެސަލީ.. ޔޫ ހޭވް އަ ލައިފް ވެއިޓިން ފޯރ ޔޫ… އަދި ކަމެއް ވާއިރަކަށް މަރުވުން އިޒް ނޮޓް ފެއަރ… މިހެންބުނީމަ ހީކޮށްފާނެ ކިހިނެއްބާއޭ އިނގުނީ… ހެހެ އައި އެމް އަ ސައިކާޓްރީސްޓް… ތި ލޮލަށް ބަލައިލާފަވެސް އިނގޭ ދޯ ދެން ފިއު ތިންގްސް… އައި މީން…..!!

ސޯ ބެކް ޓު ދިސް… މަރުވުމަކީ ހައްލެއްނޫން… ކޮންމެ ކަމެއް ދިމާވިޔަސް.. އެގޮތަށް ފީލްކުރާ ކޮންމެ ފަހަރަކު ފެމިލީއާއި ލޯބިވާމީހުންނާއި މެދު ވިސްނާލީމަ ކުޑަކޮށްވެސް ފަހަތަށް ޖެހެވޭނެ..” އެ ޒުވާނާ އާޝާއާއި ދިމާލަށް ބަލަން ހުރެ އެހެން ބުނެލީ ނަސޭހަތެއްދޭފަދަ ގޮތަކަށެވެ. އާޝާ އެ ޒުވާނާއާއި ދިމާލަށް ބަލައިލިއެވެ. ފެމިލީ؟؟؟ އާއިލާ؟؟ ލޯބިވާމީހުން؟؟ އެއީ އާޝާ ނުދަންނަ އެއްޗެކެވެ. ވިސްނޭނީވެސް ބަޔަކު ތިބިއްޔާމުންނޫންހެއްޔެވެ؟ އޭނާ މަރުވިޔަސް ދެރަވާނެ މީހެއްނެތެވެ.

އާޝާގެ ލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. އެނާ އިސްޖަހާލިއެވެ. އަދި ދެއަތް ދެއަތާއި މޮޑެންފެށިއެވެ. އެ ޒުވާނާ އާޝާއައި ދިމާބަލަން ހުއްޓެވެ. “ގެއަށް ދާން….” އާޝާ ބުނެލީ މަޑުމަޑުންނެވެ. ” އޯ..ކޭ.. ހިނގާ… އެއޮތީ ބޭގް… އެން ޔާ ފޮތްވެސް އޮންނާނެ ބޭގް ތެރޭގަ….. ބަޓް…!.” އެ ޒުވާނާ ސޯފާ މަތީއޮތް ދަބަހަށް އިޝާރާތްކޮށްލިއެވެ. އަދި ނިކުތެވެ. އެ ޒުވާނާ އެއްޗެއް ބުނަން އުޅުނަސް އެވާހަކަ ނުބުނެ ދިޔުމުން އާޝާ އޭނާއާއި ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އާޝާ ތެދުވެލިއެވެ. އޭރުވެސް ބޮލަށް ތަދުވާން ފެށިއެވެ. ނަމަވެސް ކެތްކޮށްލައިގެން ހިނގާލާފައި ގޮސް ދަބަސް ނެގިއެވެ. އަދި ކޮޓަރި ދޮރުމަތީ މަޑުކޮށްލަމުން ދޮރު ޖަހާ ގޭގެތެރެއަށް ބަލައިލިއެވެ. ކޮޓަރި ނޫނަސް ގެއަކީވެސް ބޮޑު އަދި ރީތި ގެއެކެވެ. އާޝާ އެ ޒުވާނާ ކޮބައިތޯ ބަލާލިއިރު އޭނާ ހުރީ ސިޑީން ތިރީގައި ކަމުން އާޝާ އެދިމާލަށް ހިނގައިގަތީ އިސްޖަހާލައިގެން ހުރެއެވެ.  އާޝާ ފޭބުމާއި އެކު އެ ޒުވާނަ ނިކުމެގެން ދިޔައެވެ. އާޝާ އޭނާގެ ފަހަތުން ދިޔައެވެ. އެ ޒުވާނާ ގޮސް މަޑުކޮށްލީ ކާރެއްކައިރިއެވެ. އޭނާ އާޝާއަށް ކުރީ ސީޓްގެ ދޮރު ހުޅުވައިދިނެވެ. އާޝާ ސީޓްގައި ހަމަޖެހިލިއެވެ. އަދި ދަބަސް ފަހަތު ސީޓަށް ލިއެވެ. އެއާއިއެކު އެ ޒުވާނާ  އެތެރެއަށްވަނެވެ. އަދި ހަމަޖެހިލިއެވެ.

“ކޮންތަނެއް؟؟” އެ ޒުވާނާ ކާރު ސްޓާރޓްކޮށްލިއެވެ. “ދެހިވަލަ (ލަންކާގެ އަވަށެއް)…..” އާޝާ މަޑުމަޑުން ބުނެލިއެވެ. “ވޯވް… ނޮޓް ކްލޯސް އިނަފް… މަގު އިނގޭނެނު ބުނެލަންޗޭ…” އެ ޒުވާނާ ހިނިތުންވެލަމުން ބުނެލިއެވެ. އާޝާ މަގުމައްޗަށް ބަލަން އިނެވެ.

ނުނިމޭ….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަންޝާ (ތެއްތިރީސް ވަނަ ބައި)

Next

ހުރީ ވެވިފާ ބާކީ 

Next
August 2, 2016

ހުރީ ވެވިފާ ބާކީ 

Previews
August 1, 2016

މަންޝާ (ތެއްތިރީސް ވަނަ ބައި)

26 Comments!

  1. Ryn says:
    August 1, 2016 at 9:09 am

    yo enmn!! new story is here.. hykuran like vaane kamah n ehn hurihaa story thakah support libunu gwthah mi story ah vx libeyne kamah… next part up vaane vaki dhuvaheh i cant say.. but i wont b late.. n yeah 2 or 3 parts up khlyma bunan ingeyny up kuraane days.. 😉 btw thankxx for readin.. n do tell me how the start is.. 😉 thnkxx enjoy 😉

  2. Akki says:
    August 1, 2016 at 9:18 am

    It’s good but 1 year fas 2 year fas 4 year fas 11 year fas ……. meechihi aissa hureema thankolheh undhagu. But nice???

  3. Tia says:
    August 1, 2016 at 9:30 am

    Reethi

  4. Nafys says:
    August 1, 2016 at 9:34 am

    Shauguveri kamaaeku nimmaalaifiyyaa, ekahala feshimeh.. Habeyssss

  5. Elena says:
    August 1, 2016 at 9:43 am

    V nice..as all ways..n hope next part vx nice vaane kmh…..???

  6. Shaa xee says:
    August 1, 2016 at 9:51 am

    V reethi keep it up. Next part avahah up koh dhehchey please. Ryn ge story thah v habeys hama. ?

  7. aff says:
    August 1, 2016 at 10:59 am

    years vaki vaki genesdheefa huttas oddeh nun .. eigen vex e ingeny aashaa ah kanthah dhimaavi goi .. saaniyaa ekuhjaa ah kanthah kuri goiy .. reethi .. hama habeys feshumeh .. Ryn Ur Great .. Am so Happy ur back..keep goin ☺☺☺☺

  8. Thaany says:
    August 1, 2016 at 11:50 am

    V reethi maazy haama vamu dhiya v kah reethi waane wareh dhn ngeynee dw..hope kuran dhigu nulaa mazy awahah egemun dhaane kamah

  9. Rian says:
    August 1, 2016 at 12:40 pm

    V v nice ryn… As always next part avahah up koh dheh chey☺️☺️

  10. shimaaa says:
    August 1, 2016 at 1:03 pm

    Ryn is back… 🙂 let’s see how this story goes…

  11. ken? says:
    August 1, 2016 at 1:14 pm

    omg…..ryn is back tha…. ? alhey v miss vi ingey… ? n yeah will support yu as usual…?✌???gdlck gal….?

  12. ina says:
    August 1, 2016 at 1:30 pm

    Rynuuu wowwww hama grt feshumeh..hehe ekm ina ah lyp thah huryma get v dhethin faharu ryd kohgn..u knw dhw dat m lill moya..hehe 😉 ..hrdha mysterious ey… *eek* ..adhivx fully undrstnd rh nuvey..hehe ekm vx vrh nyc… Nd vrh nyc asha dat name 😉 .hyvey ths stry vrh nyc vrne hn….plxxx updte soon… Luv nd miss u alt..tc 🙂

  13. Zee says:
    August 1, 2016 at 1:37 pm

    VVVVVVVV REETHI FASUMA………….
    WAITING FOR NEXT PART……………

  14. Samee says:
    August 1, 2016 at 4:30 pm

    Mi stwryy 2 faharaku kiyaaly ma getvy. . . It wxx a nyc stwryy. . . 🙂

  15. reiify says:
    August 1, 2016 at 5:14 pm

    Aaarrrgh.. Furathamavz ishaa ge bai genainama rythivees… 70 aharu Fahey nubunyakas

  16. Appy says:
    August 1, 2016 at 5:49 pm

    V rythi feshuMehh

  17. lidya says:
    August 1, 2016 at 6:23 pm

    Awlheyyyyy ryn….. avahah up kohdhyba nxt part…. kiyaalaa hithun nuvx hurevey…..?

  18. sara says:
    August 1, 2016 at 7:29 pm

    Ryn liyaa all stories hama v best.. ekam i dnt comment vaahaka kiyas.. ryn ge hurihaa stories eh kiyan baraabarah adhi.. v interesting.. keep the gud wrk up..

  19. Min says:
    August 1, 2016 at 9:52 pm

    11 aharu fas v ma mulhi eku v 16 aharru .aee 1 +4+11
    Dhen keehve 20 years v .i cant understand..ryn…

  20. RY says:
    August 2, 2016 at 1:06 am

    Aasha ge dad raajje nudhaathaa 20 years vaan v kyhve? I think it’s 11 years. Right? Coz they leave their home n dhn 11 years later genesdhyfa inyma. Am I right o not??

    1. Zee says:
      August 2, 2016 at 1:28 am

      Ehen hen heevany.. i went back and count ves kurin.. i think it shud be 11 yrs.. 20 viyya eiee kihinei kan ryn bunedheeba..

    2. shimaaa says:
      August 2, 2016 at 9:55 am

      5 years wefa again 4 years wefa 11 years weema kithah year Tha wanee??? 20 eh nuwey Tha? ? Nikan ragalhah wahaka kiyaalan feney… ?

    3. Zee says:
      August 2, 2016 at 2:55 pm

      Ok.. emme kudairu dhiyaee lanka ah kameh neyge.. heevany 4 yrs fas jahaafa in fahun dharifulha hinga dhaan kiyaafa hen lanka ah dhiyaee.. ehenve 20 yrs nuvaa kamah heevee.. ekam yrs thah egothah ineema salhi.. heevany filmeh fenna hen.. ? keep it up

  21. lym says:
    August 2, 2016 at 9:05 am

    Wow feshun varan rithi ❤❤?

  22. Ryn says:
    August 2, 2016 at 12:24 pm

    thankxx everyone.. n those who have confusion… see. it goes like this.. when she was born eyna suhail r havaal kury.. n hama eyru they wnt to lanka.. n after 5 years n thats when she is 5 right? evaguthu saaniya dhn shahku kurun n all started n blah blahs.. n 4 years later.. thats when she was 9 eyna gein nerely… n dhn here comes 11 years later… n count now.. 5 plus 4 plus 11.. it equals to 20. n 20 years suhail maldives nudhaathaa n thats aashaa ge real age too..
    n plus e year akah add khfa aneh year ge fas genehsa ehery.. ehnve confuse v… like 5 years later n dhn comes 4 years.. so 5 plus 4.. n eah anehkaa 11 years add kuran v…
    hope its clear now.. n yeah even i thought it must b difficult cx of that years … but readers ihnah get veythw balaafa explain khdheyn hury.. ok dhn enjoy.. 😉 thnkxx once again for the comments n reading this part..

  23. RY says:
    August 2, 2016 at 3:51 pm

    Hehe ryn hyvany hama kuda kujjakah explain kohdhin hen. N mihaaru get vejje.. Aslu hykury “dharifulhaa hingaa dhaan” ehisaabun kamah lanka ah dhany.. Btw thanks ryn explain kohdhinyma 😀

Comments are closed.

Next Episodeއެދުނީމޭ ލޯތްބާއި އުފާ 2←


All Right Reserved!