- ރޭގަނޑުގެ އެދަންވަރު ކާށިދޫގެ އެގަސްބޯ ވަލުތެރެ ފެންނަނީ ވަރަށް ނާމާންކޮށެވެ. އެކި ދިމަދިމާއިން ސޫފިސޫފާސޫފީގެ އަޑު އިވިލައެވެ.މިތަނުން ބިރުވެރި ކަމަކާއި ދިމާނުވެ ސަލާމަތުން ކުއްޅަވަށްފަލާއި ހަމައަށް ދެވުނަސް އެއީ ހާދަބޮޑުވަރެކެވެ. ގަސްބޯ ޖަންގަލީގައި ހަދާފައިވާ ހަނިމަގުތަކުން ސައިކަލުދުއްވަމުން ދިޔައީ އެއްވެސް ދަތިކަމެއްނެތިއެވެ. ނަމަވެސް ވަކިހިސާބަކުން މަގުއޮތީ ބަންދުވެފައެވެ. ސައިކަލުގައި ކުއްޅަވަށްފަލާއި ހަމައަށް ދެވޭކަށްނެތެވެ. “ދެންނެތް ސައިކުގަ ދެވޭކަށް. ފައިބަންޖެހޭނީ. ހިނގާފަ ދާން ހިނގާ. މިހިސާބުން ދެން ހިނގަންޖެހޭނީ ވަރަށް ކުޑަތަންކޮޅަކަށް. އެހެންވީމަ އަވަސްކުރަމާ.މިހާރު ދޭއްޖަހާ ބޮޑުވިެދާނެ”.. ކޮއްކޮ ބުންޏެވެ. “އާނ. އަވަސްކުރޭ. ލައިޓުތައްނަގާ.”. ޝަހުދުވެސް ސައިކަލުން ފައިބަމުން ބުންޏެވެ. ފެންފުޅި ނަގާ ކޮނޑަށްލައިގެން ޝަހުދު ހިނގައިގަތީ ލައިޓް ޖައްސައިގެން ހުރެއެވެ. އަހަރެންނާއި ކޮއްކޮވެސް ލައިޓް ޖައްސާލީމެވެ.ފުދޭވަރަކަށް އަލިވެއެވެ.
ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓްތެރޭގައި އަހަރެމެނަށް އެހިސާާބަށް ދެވިއްޖެއެވެ. އެހިސާބުގައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް ހީކުރިހާ އަނދިރިއެއްނޫނެވެ. ކުއްޅަވަށްފަލަށް ވަންނަ ދިމާގައި ހާމަކަންބޮޑު ހުސް ސަރަހައްދެއް އޮވެއެވެ. އެހެންކަމުން ހަނދުވަރުގެ އަލިން އެސަރަހައްދުވަނީ އެއްކޮށް އަލިކޮއްލާފައެވެ. “ކޮބާ ކިހިނެއް ހަދަންވީ؟” ޝަހުދު އަހާލިއެވެ. އަހަރެން ދަބަހުން ފޮތެއްނެގީމެވެ. އެއީ ކޮއްކޮއާއި އަހަރެންނާއި ދެމީހުންވެގެން ކުރަހާފައިވާ، ކުއްޅަވަށްފަލުގެ ހިޔާލީ ޗާޓެކެވެ. އޭގައި އެހުސްބިން ފާހަގަކޮއްފައި ވާނެއެވެ.އަދި ހަތަރު ސަރަހައްދެއްވެސް ފާހަގަކޮއްފައި ވާނެއެވެ. “މިހާރު އަހަރެމެން މިތިބީ މިތަނުގައި.” ޗާޓުން ފެންނަންހުރި ހުސްޖާގައިގައި އިނގިލި ޖައްސާފެލަމުން އަހަރަން ބުނީމެވެ. “ދެން..؟” ޝަހުދު އަހާލިއެވެ. “ދެން ފުރަތަމަ ދާންވީ އިރަށް.. އެތަނަށް ދާނީ ތިންމީހުން އެއްކޮއް. ދެން ދާނީ އުތުރަށް.. ޝަހުދު މަޑުކޮށްފައި އަހަރެންނާއި ކޮއްކޮ.. ފެން އެޅުމުގެ ކުރިން ގުޅާނަން ޝަހުދުއަށް. ވަޅުލިކަން ޔަގީންކޮށްފައި ފެންއަޅާނީ. ދެން ގާ ވަޅުލާފައި ޝަހުދު އެތާ މަޑުކުރާނީ. ކޮއްކޮދާނެ ޝަހުދުބަލާ.. ދެން ކޮއްކޮއާއި އެކު ގޮސް ފަހުން ފެންއެޅިތާ ޖެހޭނީ ގާ ވަޅުލަން.އެތަން ފާހަގަވާގޮތަށް އިންނާނެ ހުދު ދިދައެއް ޖަހާފަ.ދިދަ ކައިރީ ވަށައިގެން ގާޖަހާފަ ބުރެއް އިންނާނެ.އެއީ ގާ ވަޅުލަންވާތަން. އޭރު އަހަރެން ނައްޓާލާނަން ދެކުނަށް. ކޮއްކޮއަށް އެނގޭނެ ދެކުނުން އަހަރެން މަޑުކުރާނެތަން. ދެން ޝަހުދު އާއި ދެމީހުން އެތަނަށްވެސް އަންނާނީ.. އެތަނުން އިންނާނެ ގުރާފެހިކުލައިގެ ދިދައެއްޖަހާފައި. ދިދަކައިރީ ވަށައިގެން ގާޖަހާފައި ހުންނާނީ ގާވަޅުލަންވީ ތަން. ” އަހަރެން އަވަސް އަވަހަށް ކިޔައިދިނީމެވެ. “ތިންމީހުން އެއްކޮށްގޮސް ހަމަ ވަގުތުން ފެންއަޅާފައި ގާ ވަޅުލީމައި މާ ފަސޭހަވާނެއެއްނު؟” ޝަހުދު ބުންޏެވެ. “ތިއެއްނު އަސްލު މައްސަލައަކީ؟ އެނގޭ މިއީ ވަރަށް އުނދަގޫ ގޮތެއްކަންވެސް. އެކަމަކު ފެން އަޅާމީހަާ ޖެހޭނެ ގާ ވަޅުލާތާ ގިނައިރުނުކޮށް ދެން ފެންއަޅަންވާތަނަށް އަޅަން. އެހެންވީމަ. ދެން އެންމެފަހުން ހުޅަނގަށް ދާނަން އަހަރެން. އަދި ގާވަޅުލާފައި ގުޅީމަ ފަހު ޕޮއިންޓަށް ފެންއަޅާނަން.. އެތަންވެސް އެނގޭނެ ކޮއްކޮއަށް. އަހަރެން އެތާ މަޑުކުރާނަން.” އަހަރެން ވަރަށް ތަފްސީލުކޮށް ކަންކުރަންވީގޮތް ކިޔައިދިނީމެވެ. “ދެން އެއަށްފަހު ކިހިނެއް ހަދަންޖެހޭނީ؟ އެހިސާބުން އެނިމުނީތަ؟” ޝަހުދު އަހާލިއެވެ. “އެހިސާބުން ކަންތައްވާނެގޮތެއް އަހަރެންނަކަށްވެސް ނޭންގެ..އިތުރަށް ފޮތް ކިޔަންޖެހޭނީ. އެކަމަކު ކުރިންކުރަންޖެހޭ ކަންތައް ކުރިންކޮށް ނިންމާލާފަ އެހެންކަމަކާއި އުޅެވެން އޮތީ.” އަހަރެން ފުންނޭވާއެއްލަމުން ބުނީމެވެ. “ހާދީބެއަށް ގުޅާ ފުރަތަމަ.” ޝަހުދު ހަނދާންކޮށްދިނެވެ. އަހަރެން ފޯނުނަގާ ހާދީބެއަށް ގުޅީމެވެ. ފޯނަށް ޖަވާބެއް ނުދެއެވެ. އަވަހަށް ފަޒްލޫންއަށް ގުޅީމެވެ. ނަސީބަކުން ވަރަށް އަވަހަށް ފޯނު ނަގައިފިއެވެ. “ހަލޯ.. ފަޒްލޫން. ކޮބާ ބައްޕަ” “ބައްޕަ އޮތީ ނިދިފައި.އަހަރެން މީނީ ނައްޕަކައިރީގައި.” އޭނާ ބުންޏެވެ. “އާނ..އޯކެޭ.. ދުރަށްނުދާތި. ބައްޕައަށް އިތުރު އުނދަގުލެއްވާނަމަ އަވަހަށް އަހަރެންނަށް ގުޅާތި.” އަހަރެން ބުނީމެވެ. “އާނ..އެކަމަކު މިވެގެންއުޅޭގޮތެއް ބުނެބަލަ”.. ފަޒްލޫން ހީވަނީ ކެތްމަދުވެފައި ހުރިހެންނެވެ. “ހާދީބެއަށް ގެއްލުންދޭން އެއުޅެނީ އަހަރެންނާއި އަހަރެންގެ އާއިލާއާއި ދިމާކޮށްގެންއުޅޭ ޖިންނީން.ދެން ތަފްސީލު ފަހުން. އޯކޭ.ބާއްވަނީ.” އަވަހަށް އަހަރެން ފޯނުބޭއްވީ އިތުރަށް ކިޓަޔައިދޭން ހުންނަން ވަގުތުނެތީތީއެވެ. “އެހެންވީމަ ލަސްނުކޮށް ހިނގާ އިރަށް..” ކޮއްކޯޮ ފެންފުޅިހިފައިގަން ހިނގައިގަތެވެ.
ކުއްޅަވަށްފަލުގެ އެޗަކަ ބިމުގައި ހިނގަމުން އަހަރެމެން ދިޔައީމެވެ.ފައިގެ ކަކުލާއި ހިސާބަށްވެސް ބައެއްފަހަރު ގަނބައިގަނެއެވެ. ކުއްލިއަކަށް ޗަކަގަނޑުގެ ތެރެއަށް އަހަރެން ގަނބައިގެންފިއެވެ.އެއްވެސް ހިފެހެއްޓުމެއްނެތި އުނަގަނޑާއި ހިސާބަށް ގަނބައިގެން ދިޔައެވެ. އަހަރެން ބާރަކަށް ހަޅޭއްލަވައިގަތީމެވެ.ފަހަރަކަށްވުރެ ފަހަރެއް އަޑިއަށް ދަމުންދިޔައެވެ.އަހަރެންގެ ކުރިން ހިނގަމުންދިޔަ ކޮއްކޮއާއި ޝަހުދު އަހަރަންގެ އަބަށް ބަލާލިއެވެ.އަދި އަވަސްއަވަހަށް އައިސް އަހަރެންގެ ދެއަތުގައި ހިފާ މައްޗަށް ނެގޭތޯ މަސައްކަތްކުރިއެވެ.ނަމަވެސް އެދެމީހުންވެސް ޗަކަގަނބުތެރެއަށް އަޑިޔަށްދާންފެށިއެވެ.އަހަރެން ބިރުން ރޯންފެށީމެވެ. ތިންމީހުންނަށްވެސް އެމީހެއްގެ ސަލާމަތާއިގެން އުޅެންފެށުނެވެ.ނަމަވެސް ސަލާމަތްވުމުގައި ނާކާމިޔާބުވަމުން ދިޔައެވެ. ހަދާނެގޮތެއް ކުރާނެކަމެއްނެތެވެ. ކިތަންމެވަރަކަށް ސަލާމަތަށްއެދި ގޮވިޔަސް މިދަންވަރު މިތަނަށް އަންނާނީ ކާކުހެއްޔެވެ؟ މިއީ އަހަރެމެން ތިންމީހުންގެވެސް ނިމުންހުރިގޮތްކަމަށް ނިންމުންނޫން ގޮތެއް ދެން އެބައޮތްހެއްޔެވެ..؟އިތުރު މީހަކަށް މިކަންކުރަންއުޅޭކަން އަންގާފައި “އާދެވުނުނަމައެވެ. އޭރުން ކޮންމެވެސް ވަރެއްގެ އުއްމީދެއްވެސް އޮތީހެވެ..
“ރަޝާ..އާނ.. މީގައި ހިފާ.. ” މީހަކު އެހެންގޮވާލުމުން ސިހިފައި އަހަރެންނާއި ކޮއްކޮއާއި ޝަހުދުވެސް އެދިމާއަށް ބަލާލެވުނެވެ.އަދި އަތުގައިއޮތް ލައިޓުން އެދިމާއަށް އަލިކޮށްލީމެވެ.އޭރު ބޮޑު ދަނޑިގަނޑެއް އަހަރެންނާއި ދިމާއަށް ދިއްކޮއްގެން މޫސަ ހުއްޓެވެ.ލިބުނު ހައިރާން ކަމާއިއެކު މޫސްައަށް ބަލާލަމުންވެސް އެދަނޑިގަނޑުގައި ހިފީ އެނޫންގޮތެއް ނެތީތީއެވެ.ވަރަށް މަސައްކަތުން އަހަރެމެން ތިންމީހުންވެސް އެ ޗަކަގަނޑުން ސަލާމަތްވެގެން އެރީމެވެ.އޭރު އަހަރެމެން ތިންމީހުންވެސް ތިބީ ޗަކައިން “ތަތްތެޅިފަ”އެވެ. އެހެންނަމަވެސް ފަރުވާލެއްނެތެވެ. ފުރާނަ ސަލާމަތްވެއްޖެ ނޫންހެއްޔެވެ؟ “މޫސާ..ކަލޭ ކީއްކުރަނީ މިތާ؟އަހަރެމެން މިތާއުޅޭކަމެއް އެނގުނީ ކިހިނެއް؟” ކޮއްކޮ ސުވާލުކޮށްލިއެވެ.” އެއީ ވަރަށް ދިގުވާހަކައެ”އް.އެވާހަކަ ފަހަށް ބާއްވާފައި އެހަށް ތިކުރަންއުޅޭކަމެއް ކުރެވޭތޯ ބަލަމާ ހިނގާ! މޫސަ ބުންޏެވެ.”އަހަރެމެން މޫސައަށް އިތުބާރުކުރަންވީތަ ހަމަ؟” ޝަހުދު މަޑުމަޑުން އަހަރެން ކަންފަތްދޮށުގައި އަހާލިއެވެ.””އާނ.. މިވަގުތު އޮތީ އިތުބާރުކުރުން.”. އަހަރެންބުނީމެވެ. “އެހެނުްވީމަ ހިނގާ ނައްޓާލަން.ފުރަތަމަ ޕޮއިންޓް ވަރަށްކައިރީގައި އިންނާނީ”. ކޮއްކޮ ބުންޏެވެ. އިރުން އަހަރެމެން ފާހަގަކޮށްފައިވާ ޕޮއިންޓަށް ދިޔައީމެވެ. އަދި ފެންފުޅިން އެތަނަށް ފެން އެޅުމަށްފަހު ހިނގައިގަތީމެވެ.. “އުތުރުން ކޮން ޕޮއިންޓެއް ފާހަގަކުރީ؟” މޫސަ އެހިއެވެ. “ކުއްޅަވަށްފަލުގެ އުތުރުގައި އޭނދަ މިދިލިގަސް ކައިރި”. ކޮއްކޮ ބުންޏެވެ”. އާނ..އޯކޭ. އަހަރެމެންދާނަން އެހެންވީމަ އެތަނަށް””. މޫސަ ބުންޏެވެ. މޫސައަށް އެނގޭނެތަ އެތަން؟ އަހަރެން ކޮއްކޮގާތު އެހީމެވެ. އާނ؟ އެނގޭނެ.އެމީހުން ގުރޫޕް ވަރަށްގިނައިން މިހިސާބުގަނޑުގައި އުޅޭނެ. އެހެންވީމައި އެމީހުން ވަރަށް ފަރިތަވާނެ މިހިސާބުގަނޑަށް އަހަރެން ނޫނަކަސް. ކޮއްކޮ ހީލަމުން ބުންޏެވެ. “އާނ.. ކޮއްކޮ އަބަދު މިހިސާބުގަނޑަށް އަންނަކަން ހަމަ ނަސީބެކޭ ހިތަށްއަރާއެބަ. އެހެންނޫންނަމަ ކިހިނެއް މިކަން މިގޮތަށް ކުރާނީ.”އަހަރެން ބުނީމެވެ.. އަހަރެން އުތުރުން ފާހަގަކުރި ތަނަށްގޮސް ޝަހުދުއަށް ގުޅީމެވެ.ގާވަޅުލިކަން ޔަގީންކުރުމަށްފަހު ފެންއެޅީމެވެ.އެއަށްފަހު ދެކުނަށްގޮސްވެސް އެގޮތަށް އަމަލުކުރީމެވެ. އަދި ހުޅަނގަށް ދިއުމަށްޓަކައި ނައްޓާލީމެވެ. ޗަކަގަނޑުތަކުން ނެއްޓެމުން އަހަރެންނާއި ކޮއްކޮ ކުރިއަށްދިޔައީމެވެ.ކުއްލިއަކަށް އަހަރެމެންގެ ކުރިމައްޗަށް އެވެއްޓުނީ ބޮޑު ކުއްޅަވަށް ގަހެކެވެ.އޭގެ އަފިގަނޑަކުން ޖެހިފައި ކޮއްކޮ އަތަށް ވަރަށް ތަދުވެއްޖެއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ކުރިއަށް ދިޔައީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާންފެށިއެވެ. ގުޅަނީ ފަޒްލޫންއެވެ. އަވަހަށް އެކޯލަށް ޖަވާބުދިނީމެވެ. “ހަލޯ.. ރަޝާ.. ބައްޕަ ތެޅިފޮޅެނީ. އަހަރެންނަށް ނުވެސް ހިފެހެއްޓޭ.. މިހާރުއޮތީ އަމިއްލައަށް ކަރުގައި ހިފައިގެން. ހެޔޮނުވާނެ. ބައްޕަ ސަލާމަތްކޮށްދީ.”. އަހަރެންނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ފަޒްލޫން ވާހަކަދެއްކިއެވެ.އޭރު އޭނާއަށްހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. ބައްޕަ އަތް ކަރުން ނެއްޓުވޭތޯބަލާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.”. އަހަރެން އެހެންބުނުމަށްފަހު ފޯން ކަނޑާލީމެވެ. ލޮލުންކަރުނަ ހިލެންފެށިއެވެ. ހާދީބެއަށް އެހެން އެވަނީ އަހަރެންގެ ސަބަބުންނޭ ހިތަށް އެރިއެވެ. ކޮއްކޯ.. އަދވެސް މިމަށްވުރެ އަވަސްކުރަންވީ ނޫނީ ހާދީބެ.. އަހަރެންގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަޑުބެދިއްޖެއެވެ. ކުއްލިއަކަށް އައިނައިދިމާއެއް ނޭންގި ވައު ތަކެއްއައިސް ބޯމަތީ އެނބުރެންފެށިއެވެ.. އަހަރެން ބިރުން ކޮއްކޮ އަތުގައި ބައްދައިގަނެވުނެވެ.. ވާނުވާއެއް ނޭންގޭ ހާލު އަހަރެމެންދެބެނުް ހުއްޓިތިއްބައި ކުއްލިއަކަށްފެނުނީ ކުއްޅަވަށް ގަސްތަކުގެތެރެއިން އެކިކުލަކުލައިގެ އަލިގުޅަތަކެއް އަހަރެމެންނާއި ދިމާއަށް އަންނަތަނެވެ..ބަލާކަށްނުތިބެ އަހަރެމެން ބޭނުންވާ މަންޒިލާއިދިމާއަށް ދުއްވައިގަތީމެވެ. ޗަކަބިމާއި އެތަނުގައިވާ ގޮންގަނޑުތަކުން ނެއްޓެމުން އަހަރެމެން ދުވީމެވެ.ނަމަވެސް އަހަރެމެންނަށް އޭރުވަނީ މަގު އޮޅިފައެވެ.ކޮއްކޮ ހުއްޓުނެވެ.އަދި ކޮނޑުގައި އަޅުވާފައި އޮތް ދަބަސްނަގާ އޭގެން ސަމުގާއެއް ނެގިއެވެ.އެއިން ދާންވީދިމާ ފާހަގަކުރަމުން ހިނގައިގަތީމެވެ.ނަމަވެސް އިތުރު އެހެންތަނަކަށް ދެވޭހެނެއް ހިޔެއްނުވެއެވެ.އެންމެފަހުން އަހަރެން އަވަސްއަވަހަށް ހާދީބެ ބުނެދީފައިވާ އާޔަތްތައް ކިޔާލީމެވެ.އަދި ވާތް ފަރާތަށް ފުމެލީމެވެ.ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވުނުހެންނެވެ.ވަށައިގެންވީ އޮޅުންބޮޅުންތައް ފިލައި ދާންވީމަގު ފެންނަންފަށައިފިއެވެ. ވީއެންމެ ނަވަހަކަށް އެތަނަށްގޮސް ޝަހުދުއަށް ގުޅީމެވެ.އަދި ފާހަގަކޮއްފައިވާ ތަނަށް ހުއްޓުމާއިއެކު ބިސްމި ކިޔާފައި ފެންފުޅި އޮއްސާލީމެވެ. އޭގެ އިރުކޮޅެއްފަހުން ޝަހުދުއާއި މޫސަ މާނޭވައިލަމުން އަހަރެމެންތިބިތަނަށް އައިސްފިއެވެ.އަދި އަވަހަށް އެގާ ފާހަގަކޮށްފައިވާތަނުގައި ވަޅުލައިފިއެވެ. އެއާއިއެކު ހީވީ މުޅި އެސަރަހައްދަށް ބިންހަލުމެއް އައިހެންނެވެ.
ނުނިޭމ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Alhe eh kameh mi vee. Thakolheh dhigukollinama. But interesting
Vvv nice mi part vx ☺… n me first ?waiting for da nxt part… love dis story❤????
Dhigu koh Lina ma v v rythi masha allah ?
Too short…
Haadha kurey
V kuru. Ekamaku v rythi mibaives. Dhen konirakun up kohdheyni
Neyvaa hifahattaalaigen mi indhevunee… V salhi…
maa kurukn inyma …vaahaka salhi
Dhn mihaa kuru khlyma thankolheh avahah genes dhy nxt part.. vrh intresting.. haha
v cute….
Nice
Vaahaka v kuru..but very interesting..☺️?
V intresting ..neyvaa hifahahtaaligen ovegen mi kiyaali ..v nice…avahah update kohdhehcheyy…keep it up….
Varah salhi…waiting for the next part…keep it up…varah varah interestin aslu…ma sha allah
Koba update ves nukuraneetha? Waiting..
V v v v v nice… Waiting for next part ???
vvvvv interesting story eh… varah horror and vvvv habeys… luv this story… can’t wait for the next part…. Please avahah up koddheeba…
Vvvvvvvvvvvvvv nice ? love it