Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 32

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
July 29, 2016 7 Mins Read
45 Comments

ފަސްދުވަސް ފަސް….

ކްލިނިކުގެ މަސައްކަތްތައް ނިމުމާއެކު ޝިކާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިއައެވެ. އޭނާ ދަބަހުން ފޯނު ނެގުމަށްފަހު ރައުލްގެ ނަންބަރަށް ގުޅާލުމަށްފަހު މިޔަދު ނިމެނީ ތަންކޮޅެއް ލަހުން ކަމާއި ބަލާ އަންނަންވީމަ ގުޅާނެ ކަމަށް ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފިޔަވަޅުތަކަށް ބާރު ލަމުން އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ކުރަން އެއުޅޭ ކަންތައް އެއްގޮތަކަށްވެސް ރައުލްއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ޝިކާ ގޮސް ހުއްޓުނީ އަށް ބުރީގެ އިމާރާތެއް ކައިރީގައެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާ ސިޑިތައް ގިރާކުރަމުން ދާން ބޭނުންވި ފްލޯއަށް އަރަން ފެށިއެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އޭނާ ކުރަން މިއުޅޭ ކަންތައް ކާމިޔާބު ވާނެ ބާވައެވެ؟

7 ވަނަ ފްލޯ އަށް އެރުމަށްފަހު އޭނާ ޑޯރބެލް އަށް އޮބާލިއެވެ. ތިން ފަހަރަކު ރަނގަބީލު ޖެހި ތަނާ އަމީން އައިސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝިކާ ފެނުމުން އަމީން ކުޑަކޮށް ހައިރާންވި ނަމަވެސް އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ޝިކާ ވެސް އިތުރު ވާހަކައެއް ނުދައްކާ އެތެރެއަށް ވަނެވެ.

“ޝިކާ؟ ކިހިނެއްވީ؟ ހާދަ ނުގަޑިއެއްގަ؟” ޝިކާ އަށް ސޯފާގައި އިށީނުމަށް އިށާރާތް ކޮއްލަމުން އަމީން އަހާލިއެވެ. ޝިކާ އަމީން އަށް ބަލާލިއެވެ. ލައިލާ ނިޔާވިތާ ފަސް ދުވަސް ވެފައިވީ ނަމަވެސް އަދިވެސް އަމީންގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު އެއްވެސް ތަރުތީބެއްނެތި އެކި ގޮތްގޮތަށް ހޭވިފައިވީއިރު ދެލޯ ކައިރި ކަޅުވެފައި ވިއެވެ.

“ކޮބާ ލައިލާ ބައްޕަ؟” ރަޝީދު ފެންނަން ނެތުމުން ޝިކާ ސުވާލުކޮށްލިއެވެ.

“ރަށަށް ހިނގައްޖެ… ބުނީ ދެން އަހަރެމެންގެ ޚަރަދުގައި މިތާ ހުރުމުގެ ބޭނުމެއް ނެތޯ….” އަމީން އަނެއްފަރާތުގައި ހުރި ސޯފާގައި އިށީންނަމުން ބުނެލިއެވެ. އޭނާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް އެދެލޮލުގައިވާ ރިހުން ޝިކާއަށް ރަނގަޅަށް ވެސް ދެނެގަނެވުނެވެ.

“އެހެންދޯ؟ އަމީން ދެން އެހެން ކައިވެއްޏެއް ކުރާކަށް ގަސްދެއް ނުކުރަންތަ؟” ޝިކާ ދުރުދުރުން އޭނާ ބޭނުންވެގެން އުޅޭ ވާހަކަައިގެ ތެރެއަށް ވަންނަން މަސައްކަތްކުރިއެވެ.

“ބައްޕަމެން ގުޅާފަ އެހި ތިހެން… އަހަރެން ބުނިން ނޭނގެއޭ…” އަމީން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

“އަމީން….ވަރަށް ބޮޑު ވާހަކައެއް ދައްކަން އަސްލު މިއައީ…” ޝިކާ ދަބަހުން އޭނާގެ ފޯނު ނަގަމުން ބުނެލިއެވެ. “އެނގޭ އެންމެ ރަނގަޅުނޫން ވަގުތެއްކަން ވެސް މިއީ… ލައި ނިޔާވިފަހުން އަދި އެންމެ 5 ދުވަސް ވީ…. އެކަމަކުވެސް………..” މިހާ ހިސާބަށް ބުނުމަށްފަހު ޝިކާ އޭނާގެ ފޯނު ނަގައި އަމީން އަށް ދައްކާލީ ރޭޝަމްގެ ފޮޓޯއެކެވެ. އެއީ ރޭޝަމް ހެނދުނު ސްކޫލަށް ދަމުން ބުއްތަށި ބޯން އައި ގަޑީގައި ރޭޝަމްއަށް ނޭނގި އޭނާ ނެގި ފޮޓޯއެކެވެ.

“މިއީ ކާކު ކަން އިނގޭތަ؟” ޝިކާ އަމީން ގަތު އަހާލިއެވެ. އަމީން ހިނދުކޮޅަކު އެފޮޓޯއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަސް އަވަހަށް ސޯފާއިން ތެދުވުމަށްފަހު ވައިސޫރިއެއްހެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޝިކާ ހައިރާންކަމާއެކު އަމީންއަށް ބަލަން ހުއްޓެވެ.

އަމީން އެނބުރި އައި އިރު އޭނާގެ އަތުގައި ފުދޭ ވަރެއްގެ ބޮޑު ފޮޓޯ އަލްބަމެއް އޮތެވެ. އޭނާ އައިސް އިށީންދެ ހަމަޖެހިލުމަށްފަހު ދެތިން ގަނޑެއް އެއްލައި އޭނާ ބޭނުންވި ފޮޓޯ ހޯދާލިއެވެ.

“ބަލާބަލަ…” އަމީން ދައްކާލި ފޮޓޯގައި ރޭޝަމް އެކޭ އެއް އުމުރުގެ ކުއްޖަކު ހުއްޓެވެ. އެއީ ހަމަ ރޭޝަމްގެ ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ވައްތަރެވެ. ނަމަވެސް އެކުއްޖާ ހުރީ ޕާކިސްތާނު ހެދުމެއްގައެވެ. އަދި އެފޮޓޯގެ ކުލަ ފުދޭ ވަރަކަށް ފަނޑުވެފައި ވުމުން އެއީ ވަރަށް ދުވަސް ވެފައިވާ ފޮޓޯއެއްގަން ދޭހަވެއެވެ. ސިކުނޑީގައި ސުވާލުމާކެއް ޖަހައިގެން އިނދެ ޝިކާ އަމީންއަށް ބަލާލިއެވެ.

“މީ އަހަރެންގެ މާމަ… މާމަ ކުޑައިރު ނަގާފަ އިން ފޮޓޯއެއް.. ޝިކް ފޯނުގައި ތީ ކޮން ކުއްޖެއްތަ؟ އަހަރެންގެ މާމައާ އެކަމް ހާދަ ވައްތަރޭ ދޯ….” އަމީން އެއްފަހަރު ޝިކާގެ ފޯނަށް އަނެއްފަހަރު އެ އަލްބަމުގައިވާ ފޮޓޯއަށް ބަލާމުން އަހާލިއެވެ.

“ތީ ހަމަ އަމީންގެ މާމަތަ؟” ޝިކާ ވަރަށް ރަނގަޅަށް އެ ފޮޓޯއަށް ބަލާލަމުން އަހާލިއެވެ. “އަމީން އެހެންވީމަ ވައްތަރީ އަމީންގެ މާމައާ ދޯ؟” އެއާއެކު އަމީން ހެވިފައި ބޯޖަހާލިއެވެ.

“އަމީން… އިނގޭތަ؟ މީ ރޭޝަމް.. ރީނާގެ ދަރިފުޅު….” ޝިކާ ފޯނުގައި އިން ފޮޓޯއަށް ބަލަމުން ބުނެލިއެވެ.

“އޭނ؟ ކީކޭ؟” އަމީން ހާސްވެފައި އަހާލިއެވެ. “ރީ ގެ އެހާ ބޮޑު ކުއްޖަކު…..” މިހާ ހިސާބަށް ބުނެވުނުތަނާ އަމީން ހުއްޓުން އެރިއެވެ. އޭރު ރީނާ އުޅެން ޖެހުނު ގޮތް އޭނާ ހަނދާންވިއެވެ.

“އާ…. އޭރު ޕޮލޮސްޓޭޝަން އަށް ގެންދިއަ އިރު ވެސް ރީނާ ބަނޑުބޮޑު… އަހަންނަށް ވަރަށް ހީވެ މީ އަމީންގެ ދަރިއެއްހެން…. އަމީން އާ ހާދަހާ އޭ ވައްތަރީ….. އަމީން .. ރޭޝަމް އުޅޭ ގޮތުން އަަހަރެން ހާދަ ދެރަވެއޭ….” ޝިކާ އެހެން ބުނުމަށްފަހު ރީނާ ރޭޝަމް އާ މެދު ކަންތައްކުރާ ގޮތުގެ ވާހަކަ އަމީންއަށް ކިޔައިދިނެވެ.

“ދެން އަަހަރެން ކިހިނެއް ހަދަންވީ؟” އަމީން ދެރަވެފައި އަހާލިއެވެ.

“އަމީން ރީ އާ ގުޅެންވީނު؟ ރޭޝަމް އަށް ވެސް ބައްޕައެއްގެ ލޯބި ވަރަށް ބޭނުންވާނެ…” ޝިކާ ބުނެލިއެވެ.

“އެކަމަކު….. ރީ ޤަބޫލުކުރާނެތަ އަހަރެންމީ އެކުއްޖާގެ ބައްޕަ ކަމަށް…؟ އަހަންނަށް ވެސް ޔަޤީނެއްނޫން…” އަމީން އިސްޖަހާލާފައި ބުނެލިއެވެ. އަމީން އެހެން ބުނުމުން ޝިކާ ގާތަށް އައީ ރުޅިއެވެ.

“އަމީން އާ އެކުއްޖާ ވައްތަރުކަން ނިކަން ބަލާބަލަ…! އަމީންގެ މާމަގެ ކޮޕީއެއް އެއީ ހަމަ… އަދިވެސް ތި ބުނަނީ ޔަޤީނެއް ނޫނޭ….! ރޭޝަމް އުޅޭ ހާލު ފެނިފައި ދެރަވެގެން އަހަރެން އަންނަން މިޖެހުނީ ވެސް….! އަހަރެން ހިޔެއް ނުކުރަން އަމީން ތިހެން ބުނާނެކަމަކަށް…!” ޝިކާ ނުރުހިފައި އެހެން ބުނެލިއެވެ. އަދި އިތުރު އެހެން އެއްވެސް އެއްޗެކޭ ނުބުނެ ބޭރަށް ދިއުމަށް ހިނގައިގަތެވެ. އަމީން އޭނާގެ އަތުގައި އޮތް ފޮޓޯ އަލްބަމަށް ބަލާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ.

****

ރުޅިއައިސްފައި ހުރިވަރުން ޝިކާ ގެއަށް ދިއައީ ވެސް ހިނގާފައެވެ. ރައުލްއަށް ގުޅާކަށް ވެސް ހަނދާނެއް ނުވިއެވެ. ފިޔަވަޅުތަކަށް ބާރު ލަމުން އޭނާ ގެއާ ހަމައަށް ދިއައިރު ގޭދޮރުމަތީގައި ސައިކަލު ޕާކުކޮށްލައިގެން ރައުލް އިނެވެ. ޝިކާ އަށް ފުރަގަސް ދީގެން ރައުލް އިން އިރު އޭނާ ހުރީ ކަންފަތުގައި ފޯނު ޖަހައިގެންނެވެ. ފަރުވާތެރި ކަމާއެކު ވާހަކަ ދައްކަމުން ދިއުމުން އެއީ ވަރަށް މުހިންމު ކޯލެއް ކަން ދޭހަވެއެވެ.

“އާނ.. އޯކޭ…. އެހެންވީމަ މާދަމާ ރެއަށް ހުރިހާ ކަމެއް ރެޑީ ކުރޭ އިނގޭ…..”ޝިކާ އެހިސާބަށް އަރާ ހަމަވުމާއެކު ރައުލް ބުނާއަޑު އިވުނެވެ.

“ކޮން ކަމެއް؟” ޝިކާ އެހިސާބަށް އަރައި އަހާލިއެވެ. އެއާއެކު ރައުލް ދިއައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ.

“މީ….މީ….މާދަމާ ރޭ ކާފަ ނިޔާވިތާ އެއް އަހަރު ވާތީ ބޮޑު ކެއުންގަނޑެއް ބާއްވަން ވެގެން އުޅެނީ….. މަންމަ ނުބުނޭތަ؟” ރައުލް ގަދަކަމުން ހީލަމުން ބުނެލިއެވެ. އެއާއެކު ޝިކާއަށް އޭނާ އެހަދަނީ ކަނޑައެޅިގެން ދޮގުކަން އެނގުނެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮއްލީ އޭނާ ރައުލްގެ އަމިއްލަ ކަންކަމާ ބެހެން ބޭނުންނުވާތީއެވެ.

“ކީއްވެ ހިނގާފަ ތިއައީ؟ ކީއްވެ ނުގުޅީ؟” ރައުލް ސައިކަލުން ފައިބަމުން އަހާލިއެވެ.

“ދެން ހަމަ ހިނގާލާ ހިތްވީ…” ޝިކާ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފަހަތުން ރައުލް ވެސް ވަނެވެ.

ގެއަށް ވަނުމާއެކު އެންމެ ފުރަތަމަވެސް ޝިކާއަށް ފާޙަގަވީ ގޭތެރޭގައި އަޑުގަދަކޮށްލައިގެން އުޅޭކަމެވެ. އަވަސް ފިޔަވަޅުތަކެއްގަިއ އޭނާ ގެއަށް ވަތް އިރު ސާރާ އާއި އަލީގެ އިތުރުން އެމީހުންގެ އާއިލާ ބައެއް މީހުންވެސް އައިސް ތިއްބެވެ. ޝިކާ އައިސް ވަނުމާއެކު ސާރާ ގޮވާލިއެވެ.

“ޝިކާ ދަރިފުޅާ…. ރައުލްމެންގެ ކާފަ ނިޔާވިތާ އެއް އަހަރު ފުރޭތީ ކެއުމެއް ދޭން ވެގެން މާދަމާ ރޭ މިއުޅެނީ… ކައްކާނެ އެެއްޗަކާ މެދު މި މަޝްވަރާކުރަނީ… އާދޭ އިށީންނަން މިތާ…” ސާރާ ހިނިތުންވުމަކާއެކު އެހެން ބުނުމުން ޝިކާވެސް އެތާންގައި ތިބި އެހެން މީހުންނަށް ލުއި ހިނތުންވުމެއް ރައްދުކުރަމުން ސާރާ ގާތަށް ގޮސް އިށީނެވެ. އަދި އޭނާއަށް އެވަގުތު ރައުލް އެހަދަނީ ތެދުކަމުގައި ޤަބޫލުކުރެވުނެވެ. ނަމަވެސް ރައުލްގެ މޫނުގެ ކުލަވަރަށް ބަލާލުމުން އަދި މިނޫން އިތުރު ކަމެއް ވެސް އެބައުޅޭކަން ދޭހަވެއެވެ. ރައުލް އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟

****

އާދައިގެ މަތިން ރޭޝަމް ސްކޫލުން ގެއަށް އައީ ޝިނާން އާ އެކީ ހިނގާލާފައެވެ. ވޭތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި އޭނާގެ ހިތުގައި ޝިނާންއަށްޓަކައި ޚާއްސަ މަޤާމެއް ވަނީ އުފެދިފައެވެ. ޝިނާންއަށް ވެސް ރޭޝަމްގެ ހަރަކާތްތައް ހުންނަ ގޮތުން ރޭޝަމްވެސް އޭނާއާ ގަޔާވާހެން ހީވެއެވެ. ނަމަވެސް ރޭޝަމް އޭނާގެ ހިތުގައިވާ އެއްޗެއް ޝިނާންއަކަށް ހާމައެއް ނުކުރެއެވެ. މިހާރު ރޭޝަމް ޝިނާން ދައްކާ ކޮންމެ ވާހަކައެއްވެސް ކަނުލާ އަޑުއަހާ ހިތްވެއެވެ. ޝިނާން އޭނާއަށް އަޅާލާ ގޮތާއި އޭނާއަށް ކަަމެއް ވުމުން ކަންބޮޑުވާ ގޮތް އޭނާއަށް ވަރަށް ކަމުދެއެވެ.

ރޭޝަމްގެ ގެއާ އަރާ ހަމަވުމާއެކު އޭނާ ސިހުނީ އަވަސް އަރުވާލާފައި ގެއިން ނިކުތް ރައުލް ފެނުމުންނެވެ. ރައުލް އެއްފަހަރު ރޭޝަމްއަށް އަނެއްފަހަރު ޝިނާންއަށް ބަލާލިއެވެ. އެއާއެކު ރޭޝަމް ލަދުން ދުވެފައި ގޮސް ގޭތެރެއަށް ވަދެއްޖެވެ. ރައުލް ޝިނާންއަށް ބަލާލިއެވެ. އެހިނދު ޝިނާން ތުންފަތުގައި ދަތްއަޅާލަމުން ތިރި ބަލާލިއެވެ.

“ޝިނާން؟ ކީއްކުރަނީ މިތާ؟ ދޮންތަ ހޯދަންތަ؟” ރައުލް ޝިނާންގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ.

“ނޫ..ނޫން..” ޝިނާން އަށް އެހެން ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. އޭނާ ހީކުރީ ރޭޝަމްއާއެކު އޭނާ ފެނުމުން ރައުލް ރުޅިއަންނާނެ ކަމަށެވެ.

“އޭތް! ތިއޮއް މޫނު ރަތް ވަނީނު؟ ރޭޝަމް އާ ދެމީހުން ކީއްކޮއްގެން ތިއުޅެނީ؟” ރައުލް ރުޅިއަންނަ ކަމަށް ހަދާފައި އަހާލިއެވެ. އެއާއެކު ޝިނާންއަށް ހިންދިރުވާލެވުނެވެ.

“އަ..އަހަރެން… އަހަރެން… ނުކުރަން ކަމެއް…” ޝިނާން އިސްޖަހައިގެން ހުރެ އެެހެން ބުނެލީ ކުށްވެރިއެއް ފަދައިންނެވެ. ޝިނާންގެ މިއަމަލުން ރައުލް ގާތަށް ހިނިއައެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ރައުލް ހޭން ފެށުމުން ހައިރާންވެފައި ޝިނާން ރައުލްއަށް ބަލަން ހުއްޓެވެ.

“ހެހެހެ… އަހަރެން ވަރަށް ގިނައިން ދެކެމޭ ރޭޝަމްއާ އެކު ޝިނާން އަންނަތަން…. ބުނެބަލަ… ޔޫ ލައިކް ހާރ؟” ރައުލް މަޖާވެފައި އަހާލިއެވެ. އެއާއެކު ޝިނާން އަވަސް އަވަަހަށް ބޯ ޖަހާލިއެވެ.

“އެހެންވަނީ ދޯ؟ އަހަންނަށް ހީވޭ ރޭޝަމް ވެސް ޝިނާން ދެކެ ލައިކް ވާހެން….. ޝިނާން ކައިރީގައި ހުންނައިރު އެމޫނުން ފާޅުވޭ އެކަން…” ރައުލް ވަރަށް ސީރިައަސްކަމާއެކު ޝިނާން ގާތު ބުނެލިއެެވެ. އެއާއެކު ޝިނާން ހީލިއެވެ.

“އެކަމް ބުނަން… ރޭޝަމްއަށް ދެރައެއް ދީފިއްޔާ ނިމުނީ އިނގޭ…. ޝިނާންއާ އެކު އުޅޭ ގަޑީގައި ރޭޝަމްގެ މޫނުމަތިން ހިނިތުންވުން ފެންނާތީ އަަހަރެން އަސްލު އަޅާނުލާވެސް މިހުންނަނީ…” ރައުލް ބުނެލިއެވެ. ރޭޝަމް ދުވަހަކު އޭނާ އާ ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އޭނާ ބަރާބަރަށް ރޭޝަމް އުޅޭ ނޫޅޭ ގޮތް ބަލައެވެ. ރޭޝަމްއަށް ކަމެއް ވެދާނެތީ އޭނާ އަބަދުވެސް ކަންބޮޑުވެއެވެ.

“އަހަރެން ރޭޝަމް އަށް ދެރައެއް ނުދޭނަން…. ހުވާކޮއްފަ މިބުނީ…” ޝިނާން އެހެން ބުނެލި ގޮތުން ރައުލްއަށް އަނެއްކާވެސް ހެވުނެވެ. އަދި ޝިނާން ގާތު އޭނާއާ އެކީ ފިހާރައަށް ދާން އައުމަށް ބުނުމުން ޝިނާން ވެސް އޭނާއާ އެކު ދާން ހިނގައިގަތެވެ.

*****

ރޭގަނޑުގެ ހިތްގައިމު ވަގުތު ޝިކާ އިނީ ގޯތިތެރޭގައި ހުންނަ ބޮޑު އުނދޯލީގައެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ރަނާވެސް އެތާނގައި އިނެވެ. ދެމީހުން ވެސް ދައްކަމުން ދިއައީ މާދަމާ ރޭ އެގޭގައި ބާއްވަން ހަމަޖެހިފައިވާ ކެއުންގަނޑާ ބެހޭ ގޮތުންންވެ.

“ޝިކްމެންގޭ ހުރިހާ އެންމެނަށް އިންވައިޓްކުރާށޯ މަންމަ ބުނީ..” ރަނާ ބުނެލިއެވެ.

“އާ…. ބުނެފިން މިހާރު… ބުނި އަންނާނަމޯ…” ޝިކާ ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަވަސްއަރުވާލާފައި އޭނާ ފޯނު ނަގައި ބަލާލިއެވެ. އަމީންގެ ނަން ފޯނު ސްކްރީނަށް އަރާފައި އޮތުމުން ޝިކާ ތެދުވެ ތަންކޮޅެއް ދުރަށް ޖެހެލީ ރަނާއަށް އޭނާ ދައްކާ ވާހަކަ އަޑު އިވިދާނެތީއވެެ.

“ހަލޯ..ޝިކް… އަހަރެން ވަރަށް ވިސްނައިފިން… އަހަރެން ބޭނުން ރޭޝަމްއަށް ބައްޕައެއްގެ ލޯބި ދޭން…. އެކަމު،…..” ފޯނު ނެގުމުން އަމީން އެހިސާބަށް ބުނެފައި ހުއްޓުނެވެ.

“އެކަމަކު ކިހިނެއްތަވީ؟” ޝިކާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.

“އަހަރެން ބޭނުން އެއީ އަހަރެންގެ ދަރިއެއްތޯ ޔަޤީންކުރަން….” އަމީން އެހެން ބުނުމުން ޝިނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

“ޔަޤީންކުރާށޭ؟ އަދިވެސް ޔަގީނެއް ނުވޭތަ އޭނާ ވައްތަރުވީމަ؟ އެކަމަކު ވެސް އަހަރެން އިތުރަށް ޔަގީންކޮށްދީފާނަން…. މިރޭ 9 ގަ އާދޭ ކްލިނިކަށް…. ޑީ އެން އޭ ޓެސްޓު ހަދަން… އަހަރެން ދާނަން ކޮންމެވެސް ގޮތަކުން ރޭޝަމް ވެސް ގޮވައިގެން…” ޝިކާ އެހެން ބުނުމުން އަމީން އޯކޭ އޭ ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު ޝިކާ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. އުނދޯލީގައި މިހާރު ރަނާގެ އިތުރުން ސާރާވެސް އެބައިނެވެ. އޭނާއާ އެކު ރޭޝަމް ގެންދާނެ ގޮތެއް ވިސްނާލަމުން އޭނާ ގޮސް ގޭތެރެއަށް ވަނެވެ.

ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާވަރުގެ ހެދުމަކާއި ހުދު ކުލައިގެ ޖީންސެއް ލައިގެން އެނދުމަތީގައި ފޮތެއް ހިފައިގެން ކުރަހަން އޮތް ރޭޝަމްގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. މިހާރަކަށް އައިސް އޭނާއަށް ޝިނާން އާ މެދު ވިސްނެނީ މާ ވަރަކަށެވެ. އަނެއްކާ އޭނާއަށް ޝިނާން ދެކެ ލޯބި ވެވުނީ ބާވައެވެ؟ އެހެން ހިތަށް އެރުމާއެކު އެމޫނަށް ޖަންބު ކުލަ އަރައިގެން ދިއައެވެ. ފަންސުރު އަތަށް ހެޔޮވަރުކޮށްލުމަށްފަހު އޭނާ ކުރަހަމުން ދިއައީ އެހިތުގައި ކަނޑާ ނެގިފައިވާ ޝިނާންގެ ތަސްވީރެވެ. އޭނާ ބޭނުންވީ އެ ކުރެހުމަށްފަހު އެ ތަސްވީރު ޝިނާންއަށް ދޭށެވެ. އަނެއްކާ މީތި ޝިނާންއަށް ކަމުދާނެ ބާއޭ އެހިތަށް އަރަމުން ދިއައެވެ.

ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަތް ޝިކާ ފެނުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. އަދި އަވަސް އަވަހަށް ބާލީސް އަޅައި ކުރަހަން އިން ތަސްވީރު ފޮރުވާލިއެވެ. ޝިކާ އަށް އޭނައާ ޝިނާންއާ މެދު ގުޅުމެއް އޮންނަކަން އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ރޭޝަމް….” ޝިކާ އައިސް ރޭޝަމް ގެ ކައިރީ އިށީންނަމުން ގޮވާލިއެވެ. ރޭޝަމް ބޯ ޖަހާލި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ކުރިން އޭނާ ޝިކާއަށް ދައްކާ ރުޅި މޫނު މިހާރަކު ނުދައްކައެވެ. ޝިކާ އަކީ ޝިނާންގެ ދައްތައަށް ވީހިނދު އޭނާ ޝިކާއަށް އިހުތިރާމްކުރަން ބޭނުމެވެ.

“ދޮންބެދައްތަ އެއްޗެއް އަހާލަންތަ؟” ޝިކާ އޯގާތެރިކަމާއެކު އެހެން އެހުމުން ރޭޝަމް އަނެއްކާވެސް ބޯ ޖަހާލިއެވެ.

“ރޭޝަމް ގެ ބައްޕަ ހޯދަން ބޭނުންތަ؟” ޝިކާ އުނދަގުލާއެކު އެހެން އަހާލުމުން ރޭޝަމް އޭނާއަށް ދެލޯ ބޮޑުކޮށްފައި ބަލާލިއެވެ. އޭނާގެ ބައްޕައަކީ ކާކުކަން ޝިކާއަށް އެނގެނީ ހެއްޔެވެ؟

“ރޭޝަމް…. ދޮންބެދައްތަ އެހީވާނަމޭ ރޭޝަމްގެ ބައްޕަ ހޯދަން….. ބޭނުންތަ؟” ޝިކާ އަނެއްކާވެސް އަހާލިއެވެ. ރޭޝަމްގެ ހިތުގައި ތަފާތު ސުވާލުތަށް ފުނި ޖެހެމުން ދިއައެވެ. މިއޮއް ހުރިހާ ދުވަހު އޭނާެ ބައްޕަ އަކީ ކާކުކަމެއް ނޭނގިފައި މިހާރު ވަކިން އެނގޭނެ ހެއްޔެވެ؟

“ބައްޕައޭ؟ އަހަރެންގެ ބައްޕައެއް ނުހުރޭ…” ރޭޝަމްއަށް ބޭއިޚްތިޔާރުގައި މަޑުމަޑުން އެހެން ބުނެލެވުނެވެ.

“ރޭޝަމް ބޭނުންނެތީޔާ އޯކޭ…. ދޮންބެ ދައްތަ މިހާރު މިދަނީ ރޭޝަމްގެ ބައްޕައާ ބައްދަލުކުރަން…” ޝިކާ ތެދުވެލަމުން ބުނެލިއެވެ.

“ނޫން… މަޑުކޮއްބަލަ… އަހަރެންވެސް ދާނަން” ރޭޝަމް އަށް ގޮވާލެވުނެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. ބައްޕަ އޭނާ އަށް ރަނގަޅުނަމަ ބައްޕަ ގާތު އޭނާ މިގެއިން ގެންދިއުމަށް އެދޭނީއެވެ. އޭރުން އޭނާ ކޮންމެ ދުވަހަކު ރީނާގެ ނުރުހުމަކާ ކުރިމަތިލާކަށް ނުޖެހޭނެއެެވެ. ފުނައަކުން ބޯ އޮމާންކޮށްލަމުން ރޭޝަމް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޝިކާގެ ގާތު ހުއްޓުނެވެ. ޝިކާ ހިނިތުންވެލަމުން ރޭޝަމްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ގެއިން ބޭރަށް ނިކުންނަން ދިމާކޮށްލިތަނާ އެމީހުންނަށް އެރުނީ ރީނާގެ ކުރިމައްޗަށެވެ.

“ކޮންތާކަށް ތި ދަނީ މި އަންހެނާ އާ އަތުގުޅާލައިގެން؟؟” ރީނާ ބާރަކަށް ހަޅޭއްލަވައިގަތެވެ. ރޭޝަމް ޝިކާގެ ގާތުގައި ހުރުމުން އޭނާ އިތުރަށް ރުޅިގަދަވިއެވެ. ރީނާގެ ފަަހަތުގައި ސާރާ ވެސް ހުއްޓެވެ.

“މި ދަނީ ރޭޝަމް އާ އެކީ އައިސްކްރީމް ބޯން….ދޯ ރޭޝަމް؟” ޝިކާ އެހެން ބުނެލުމުން ރޭޝަމް ބޯ ޖަހާލިއެވެ. ރީނާ ރުޅިގަދަ ވެފައި ބަަލަން ހުރި އިރު ސާރާވެސް އެއްޗެކޭ ނުބުންޏެވެ.

“އާނ… ދޭ ރޭޝަމް ގޮވައިގެން… ރޭޝް އަބަދު ފޫހިވެފައި ގޭގައި ބައިންދާކަށް ނުވާނެއްނު، ދޯ މަންމާ!” އެވަގުތު ގެއަށް ވަތް ރައުލް އަށް އެމަންޒަރު ފެނުމުން އަވަސް އަވަހަށް ބުނެލިއެވެ. ރޭޝަމް ރައުލް އާ ވާހަކަ ނުދެއްކި ނަމަވެސް އޭނާ ރޭޝަމް ދެކެ ބޭބެއެއް ފަދައިން ލޯބިވެއެވެ. ރޭޝަމް އަބަދުވެސް އުފަލުގައި ހުރުމަކީ އޭނާ އެދޭ ގޮތެވެ.

ރައުލް އެހެން ބުނުމުން ރީނާއަށް ވެސް އަދި ސާރާ އަށް ވެސް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ފުރުސަތުގެ ބޭނުން ހިފައި ޝިކާ ރޭޝަމް އާ އެކު އަަވަސް އަވަހަށް ބޭރަށް ހިނގައިގަތީ ރައުލްއާ ދިމާއަށް ހީލާފައެވެ. އެއާއެކު ރީނާ ކޮޓަރިއަށް ވަދެ ބާރުބާރަށް ދޮރުޖެހިއެވެ. ސާރާ ހިތްހަމަނުޖެހިފައި ހުރެ ރައުލްއަށް ބަލާލިއެވެ.

“ކީއްކުރަންތަ އޭނަ ގާތު ރޭޝަމް ގޮވައިގެން ދާށޭ ބުނީ؟ ރޭޝަމް އެއީ ކިހިނެއް ދުނިޔެއަށް އައި ކާކުގެ ދަރިއެއްކަން އެނގެއްޖިއްޔާ މީހުން މަލާމާތް ކުރާނެ ވަރު ރައުލްއަކަށް ނޭނގޭތަ؟” ސާރާ ހިތްހަމަނުޖެހިފައި ރައުލް ގާތު ބުނެލިއެވެ.

“މަންމާ…. އަބަދަކު ރޭޝަމް ގެ ހަޤީޤަތެއް މަންމަމެންނަކަށް ނުފޮރުވޭނެ….” ރައުލް އެހެން ބުނެލުމަށްފަހު ކޮޓަރިއަށް ވަދެގެން ދިއައެވެ. ސާރާ އެއްއަތުން ބޮލުގައި ފިރުމާލިއެވެ. އެމޫނުމަތިން ހާސްކަމުގެ ކުލަވަރު ފާޅުވެއެވެ.

****

ރޭޝަމްގެ އަތުގައި ހިފައިގެން ޝިކާ މިސްރާބު ޖެހީ ‘ފްލާވާރ ކްލިނިކް’ އާ ދިމާއަށެވެ. އެއީ އޭނާ މަސައްކަތްކުރާ ތަނަށް ވުމުން އެތަނުން ޓެސްޓު ހަދަން ފަސޭހަ ވާނެކަން އޭނާއަށް އެނގޭތީއެވެ. ޝިކާއާ އެކު ހިނގަމުން ދިޔަ ރޭޝަމް ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ގެ ބައްޕަ ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ބައްޕަ އޭނާ ދެކެ ލޯބިވާނެ ބާއެެވެ؟ މަންމަ ފަދައިން ބައްޕަ ވެސް އޭނާ ދެކެ ރުޅިއަންނަ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ކްލިނިކާ ހަމައަށް އާދެވުމުން ރޭޝަމް ސުވާލުން ފުރިގެންވާ ނަޒަރަކުން އެކި ދިމަދިމާއަށް ބަލާލިއެވެ. ޝިކާ އޭނާ މިތަނަށް ގެނައީ ކީއްކުރަންބާއޭ އެހިތަށް އަރަމުން ދިއައެވެ. އެއްލިކަޅިއަަކުން އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ފޯނުން ވާހަކަ ދައްކަން ހުރި އަމީންނެވެ. ޝިކާމެން ފެނުމުން އެމީހުންނަށް ހަނައަޅާލަމުން އަމީން އެދިމާއަށް އަންނަން ފެށުމުން ރޭޝަމްއަށް ކަޅި ވެސް ޖަހާނުލާ އެދިމާއަށް ބަލަން ހުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 32 ވަނަ ބައި

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 7 ވަނަ ބައި

Next
July 30, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 7 ވަނަ ބައި

Previews
July 29, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 32 ވަނަ ބައި

45 Comments!

  1. Liaa says:
    July 29, 2016 at 3:30 pm

    Hola..! Mi bai ves kamudhaane kamah heekuran 🙂

  2. Nauher says:
    July 29, 2016 at 3:38 pm

    Nice…when nxt part???
    me first..hehe.???

    1. Liaa says:
      July 29, 2016 at 6:57 pm

      Thankyw Nauher 🙂

  3. ba c says:
    July 29, 2016 at 3:54 pm

    Vvv salhi….next part avahah up kohla dhehchey…..kehmadhuvefa mi huhnanee….

    1. Liaa says:
      July 29, 2016 at 6:57 pm

      Thankss ba c

  4. Youme says:
    July 29, 2016 at 3:56 pm

    Inthixaaruga hutta thi up kohdhiny thnxss…..btw stry hama speechless

    1. Liaa says:
      July 29, 2016 at 7:24 pm

      Thankyw Youme 🙂

  5. ahskfvsad says:
    July 29, 2016 at 4:06 pm

    Naiceeee

  6. Ivy says:
    July 29, 2016 at 4:15 pm

    Woah salhi ingey mi story next prt kon dhuvahakun

    1. Liaa says:
      July 29, 2016 at 7:27 pm

      Thankyw Ivy and ahskfvsad 🙂

  7. aysha says:
    July 29, 2016 at 4:16 pm

    Varah varah reethi mi bai ves. Mi esfiya page GA enmeh avahah upload vaa vaahaka eh mi nuni adhi nei. Varah fast. Liaa u are the best.

    1. Liaa says:
      July 29, 2016 at 7:36 pm

      Thankyw aysha 🙂 that means a lot to me

  8. Appy says:
    July 29, 2016 at 5:04 pm

    V v v rythi mibai vx .n thanks thihaa avahah vaahaka genesdheythy

    1. Liaa says:
      July 29, 2016 at 7:37 pm

      Thankyw Appy fr ur support 🙂

  9. NaXy says:
    July 29, 2016 at 5:48 pm

    V v v reethi mi bai ves…… ????

    1. Liaa says:
      July 29, 2016 at 7:38 pm

      Thankss NaXy 🙂

  10. muniyaa says:
    July 29, 2016 at 6:27 pm

    Habeys

    1. Liaa says:
      July 29, 2016 at 7:38 pm

      Thankyw muniyaa 🙂

  11. Sana says:
    July 29, 2016 at 7:14 pm

    V reethi

  12. Meesham says:
    July 29, 2016 at 7:17 pm

    Woww. Salhi.

  13. Axoo says:
    July 29, 2016 at 7:22 pm

    Vvvvvv reethi mibai.

    1. Liaa says:
      July 29, 2016 at 7:40 pm

      Thankyw @Sana @Meesham @Axoo 🙂

  14. Youme says:
    July 29, 2016 at 7:28 pm

    Liaaaaa…..nxt part knirakun v kiyaahiyvey eba

    1. Liaa says:
      July 29, 2016 at 7:47 pm

      Veehaaves avahakah 🙂

  15. ayya says:
    July 29, 2016 at 7:43 pm

    salhi ingey

    1. Liaa says:
      July 29, 2016 at 7:47 pm

      Thankyw ayya 🙂

  16. zee says:
    July 29, 2016 at 7:46 pm

    Vaahaka vrh interesting.. kiyaalanves hama vrh reethi.. ekam haadha kuda kujjekey ekahala loabbege thereah thivehdhee..

    1. Liaa says:
      July 29, 2016 at 7:48 pm

      zee… 🙂 kuda tha? 6,7 ga ulhey kudhin ves mihaaru ulhey kudhinnaa rattehi vegen 🙂

    2. Saajidh says:
      July 29, 2016 at 7:57 pm

      6, 7 keehkuran… mihaaru grade 1 ah vanna iru bitun thibey kudhin eba ulhey… keekey dho bunaany…

  17. Saajidh says:
    July 29, 2016 at 7:58 pm

    V furihama… Reysham ahves Ahsan eynaa aa vahtharukan faahaga kurevuny dho… next part ah eba v inthizaaru kurevey… next part avas kollahchey…

    1. Liaa says:
      July 30, 2016 at 8:05 am

      Thankyw Saajidh 🙂
      Yeah hama 1 ga ulhey kudhin ves ulhey rattehi vegen 😛 Haalath dhw ..hehe
      Veehaaves avahah up kuraanan

    2. Liaa says:
      July 30, 2016 at 8:58 am

      And saajidh .. Reysham ah AMEEN eynaa ah vatharukamennu faahaga vaany.. Why ahusan? -_-

  18. Naana says:
    July 29, 2016 at 8:27 pm

    Liaaaaaaaaaaaaaaaaaaaaaaaaaaa
    Thy 1 of my favourite writer ey bunyas dhogakah nuvaane…..episode 1 in feshigen mihaaa hisaabah stry vvvv furihama….vaahaka up kohdhinumah kohdhey masaiykathah vvvvv bodhah thnxs…mi baives hama?

    1. Liaa says:
      July 30, 2016 at 8:14 am

      Owh 🙂 Thats so sweet of u ….
      Thankyw so much 🙂

  19. Harry says:
    July 29, 2016 at 8:40 pm

    Archaa…???? v v v furihama as usual … liaa… u be my fav writer and dis story be my fav story <3 ??? loves… next part ge inthixaar ga keh madhu vefa mi iny….

    1. Liaa says:
      July 30, 2016 at 8:15 am

      Thankyw Harry fr ur support 🙂 <3

  20. Reem says:
    July 29, 2016 at 10:08 pm

    Vrh Vrh reethi ☺ ?

    1. Liaa says:
      July 30, 2016 at 8:25 am

      thankss Reem 🙂

  21. Hooo says:
    July 29, 2016 at 11:29 pm

    Varah salhi. Miyadu varah busy veema Adie mie kiyaaleyvunie.
    And I hope mivaahaka nimeynie Raul and shikaa eyveema kamah

    1. Liaa says:
      July 30, 2016 at 8:25 am

      Thankyw Hooo 🙂 lets see dhw how it is ending 🙂

  22. ha c says:
    July 30, 2016 at 12:03 am

    Wow nice story

    1. Liaa says:
      July 30, 2016 at 8:57 am

      Thankyw 🙂

  23. Twinkle says:
    July 30, 2016 at 9:37 am

    Such a awesome story..

    Yesterday i started to read and finished reading all the parts in one day

    Waitng impatietly for the next part

    1. Liaa says:
      July 30, 2016 at 10:30 am

      Thankss Twinkle 🙂

  24. angel says:
    August 1, 2016 at 12:13 am

    wow so nice liaa …superb

Comments are closed.

Next Episodeއަސަރު 33 (ފަހުބައި)←


All Right Reserved!