Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކަޅި (ހަވަނަ ބައި)

Ummu Level 1
July 23, 2016 8 Mins Read
13 Comments

އަހަރެން ތެދުވީމެވެ. އަދި ދުވެފައި ބޭރަށް ދިޔައީމެވެ. މިތާ މަސައްކަތް ކުރަން އުޅޭ ދައްތައެއް ފެނޭތޯއެވެ. ދުވެ ދުވެ ވާޅުވިއިރުވެސް އެއްވެސް ދައްތައެއް ނުފެނުނެވެ. އެހެން ގޮތެއް ނެތުމުން، އަހަރެން އަވަހަށް ކުލާހަށް މިސްރާބު ޖެހީމެވެ. ކުލާސް އެހެން ކުއްޖަކަށް، ޝަޒްލާ. ރަމްލާ އާއި ދުރުނުކުރެވުނަސް، މިފަހަރު އަހަރެން ދުރު ކުރާނަމެވެ. ބެސްޓްފްރެންޑް ކިޔަނީވެސް ކަމެއްވެގެނެވެއެވެ.

އަހަރެން ކުލާހަށް ވަދެ ބަލައިލިއިރު ޝަޒްލާއެއް ނެތެވެ. ރަމްލާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭރު ލުބުނާ ރަމްލާ ކައިރިގައި އިނދެގެން ‘ރޫސީ’ އޭ ކިޔާފައި ގޮވައެވެ. އަހަރެން އަވަސްއަވަހަށް އަހަރެންގެ ދަބަހުން ފެންފުޅި ނަގައިގެން ރަމްލާ މޫނަށް ފެން ޖެހީމެވެ. އިރުކޮޅެއް ފަހުން ރަމްލާ ކެއްސާގަތެވެ. ‘ރޫސީ! މަރެއްނުވޭ ދޯ!” ލުބުނާ އުފަލުން ގޮސް ރަމްލާ ގައިގައި ބައްދާގަތެވެ. “އެއީ ކޮންކަހަލަ ކުއްޖެއްތަ؟ އަލަށް އަދި ސުކޫލަށްވެސް އެއައީ! އެހެންނޫނަސް އަންހެންކުދިން އުޅޭ ވައްތަރުތަ އެއީ؟ މީހުންގެ ކަރުގައި ހިފާ، ދެން ނޭނގެ! އަދި ވަރަށް މަޑުންނޭ އިންނަނީވެސް، މަހީކުރީ ވަރަށް މޮޅު، ވަރަށް ބަސްއަހާ ކުއްޖެއް ކަމަށް!” ތަންކޮޅެއް ދުރުގައި އާރިޔާ ހުރެގެން ކިޔަމުން ދެއެވެ. އާރިޔާ އަކީ ދޮން، ކުރު އިސްތަށިގަނޑެއްގެ ވެރިއެކެވެ. އާރިޔާ ހުންނަނީ ފަލަކޮށެވެ. ނަމަވެސް، ފަލަވެގެން ގޮސް ހުތުރުވާ ވަރަކަށް ނޫނެވެ. އާރިޔާ އިށީންދެގެން އިންނަނީ ކުލާހުގެ މެދު ސަފުގެ ކަނާއަތް ފަރާތުގައެވެ. “ކޮބާތަ ޝަޒްލާ؟” އަހަރެންނާއި އެންމެ ގާތުގައި ހުރި ރުވެއިޝާ ގާތު އެހީމެވެ. “ނޭނގެ، ރަމްލާ ބިންމައްޗަށް ވައްޓާލާފައި ދަބަސްކޮނޑުގައި އަޅުވައިގެން ނައްޓާލައިފި!” ރުވައިޝާ ޖަވާބު ދިނެވެ. އަހަރެން ގުދު ވެލައިފައި ރަމްލާ ކޮޅަށް ނެނގީމެވެ. “ހިނގާ ހެލްތު ރޫމަށް ދާން!” އަހަރެން ބުނީމެވެ. އޭރު ރަމްލާ ވަރަށް ބާރު ބާރަށް އުދަނގުލުން ނޭވާ ލައެވެ. “ނޫން، ސިމީ އެއް ނޫން، މަ ދާނީ ރުސީ ގޮވައިގެން!” ލުބުނާ ރުޅިމޫނު ހަދާފައި ބުންޏެވެ. “އަދި އެކަތި! އެކަކުވެސް މިތާގައި އުޅޭ އަނގަގަދަ މިތުރުންނާއި މިތާ ޓީޗަރުންނާއި މުވައްޒަފުން އަދި ރަށަށް ފެތުރޭގޮތަށް މިވާހަކަ ދައްކާގެން ނުވާނެ!” އަހަރެން މުޅި ކުލާހަށް އެންގީމެވެ. “އަނގަގަދަ މިތުރުންނޭ؟” އާރިޔާ އާއި ޖެހިގެން އިން ވިޝާމާ ބުންޏެވެ. “އާން، ފިރިހެނުން އެއީ!” އަހަރެން ބުނީމެވެ. “ބަލަ އަހަރުންނެއް ނުކުރަން ދޯ އަނގަގަދަ އެއް ޖައްރެ މެން ހެނެއް! އެހެންވީމާ އޭގައި ހުރިހާ ފިރިހެންކުދިން، އެކެއްނުވާނެ، އަހަރުން އިސްތިސްނާ ވާނެ!!” އެންމެ ފަހަތު ބަރީ ކަނާތްފަރާތުގެ އެންމެ މަގަތުގައި އިން ޝައުކަތު ބުންޏެވެ. ފިރިހެން ކުދިން ތިބިކަން އަހަރެން ހަދާންވީ ދެނެވެ. ބިރުން ގޮސް ދެފައި ވާގި ދޫވެގެން ނުވެއްޓުނުކަން ނަސީބެވެ.

އެދުވަހު އަހަރެން ގެއަށް ދިޔައީ ބޯހާސްވުމެއްގެ ތެރޭއިނދެއެވެ. އެކުއްޖާއަކީ އިންސާނެއްބާވައެވެ؟ ނޫނީ ސިފަބަދަލުކުރެވޭ، ޖިންނިއެއް ބާވައެވެ؟ ޝަޒްލާގެ އަމަލުތަކުން އަހަރެންނަށް އެކަން ޝައްކުވެފައިވެއެވެ. ޝަޒްލާ އަހަރެންނާއި އެކަނި ބައްދަލުކުރަން އެދިފައިވެއެވެ. ޝަޒްލާ އަހަރެންގެ ހުވަފެނުގައި ފެނިފައިވެއެވެ. ޝަޒްލާ ރަމްލާގެ ކަރުގައި ހިފާ ނޭވާ ހާސްކުރުވިއެވެ. އަހަރެންނަށް ފެންނަ ހިޔަންޏާއި، އަހަރެންނަށް އިވޭ އަޑުތަކާއި ޝަޒްލާއާއި ގުޅުމެއް ވޭބާވައެވެ؟

“ކޮބާ ސުކޫލު ކިހިނެތް މިއަދު؟” ގެއަށް އައިސް ވަނުމާއެކު ހަފިއްތަ އެހިއެވެ. “ގޯހެއްނޫން!” އަހަރެން ބުނެލީމެވެ. “ފެންވަރައިގެން އަވަހަށް އާދޭ ކާން، ބަނޑުހައިވެފައި ހުންނާނީ މިވަގުތު!” ހަފިއްތަ ބުނެލިއެވެ. އަހަރެން ފާހަނައަށް ވަދެ ފެންވަރައިގެން ގައިން ތާހިރު ވެލައިގެން ނިކުތީ ކާންށެވެ.

“ދޮންބެ އެބައުޅޭ ފުރަންވެގެން!” ހަފިއްތަ އަހަރެންނާއެކު ކެއުމުގައި ބައިވެރިވެލަމުން ބުންޏެވެ. “ކޮންތާކަށް؟” އަހަރެން އެހީމެވެ. “އޮފީހު ކަމަކު، އެކަމަކު ބުނި މިފަހަރު ވަރަށް ގިނަ ދުވަސް ނަގާނޭ!” ހަފިއްތަ މޫނުތިރިކޮށްލަމުން ބުންޏެވެ. “އަޅޭ ތުއްތު ހަމަ އަހަރެން މަތިން ހަނދާންނެތީތަ؟ ކިހާ ދުވަހެއް ވެއްޖެތަ އަހަރެން ނުދެކޭތާ؟” އަހަރެން ޝަކުވާކުރަމުން ބުނެލީމެވެ. ހަފިއްތަ ވަރަށް ދެރަވެފައި ކަހަލަ ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. “ތުއްތުއަށް ވިސްނުނީމަ، ތުއްތު އަންނާނެ!”

އެރޭ ނުވައެއް ޖެހިކަން ހާއިރު ލުބުނާ އަހަރެންނަށް ގުޅިއެވެ. “އޭ، ސިމީތަ؟” އަހަރެންގެ އަޑުޖެހުމާއެކީ ލުބުނާ އެހިއެވެ. “ކިހިނެތްވީ؟ ބިރުވެރި ކަމެއް ހިނގީތަ އަނެއްކާ؟” އަހަރެން އަހާލީމެވެ. “ރޫސީ އެބައޮތް ވަރަށް ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދެވިފައި، މިހާރު އިރުކޮޅެއް ވެދާނެ!” ލުބުނާ އަވަސްއަރުވާލަމުން ބުންޏެވެ. “ކީކޭ؟” އަހަރެންނަށް ލިބުނު ސިހުމާއެކީ އަހާލީމެވެ. “މަ މިއަންނަނީ އެނގޭ ތިގެއާ ދިމާލަށް، ތައްޔާރުވެލައިގެން ހުރޭ އެނގޭ!” އަހަރެންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ލުބުނާ ފޯނު ކަނޑާލިއެވެ. ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ، މޫނުގައި ހުރި ފެންތިކިތައް ފޮހެލީމެވެ. އަދި މޫނުގައި ފުށްކޮޅެއް ޖެހުމަށްފަހު އަވަސްއަވަހަށް އަހަރެން ގެންގުޅޭ ކަޅު ދިގު ހެދުންތަކުގެ ތެރެއިން ހެދުމެއް ގަޔަށް މަހާލައިގެން، ތިނެސްކަން ކުޑަ ބުރުގާއެއް އަވަހަށް އެޅީމެވެ. އަދި ބުރުގާގެ ކުރިމައްޗަށް ވީފަރާތުގައި އެލިފައިވާ ދެ ކަން ނެގުމަށްފަހު ވަށް ގޮށެއް ޖަހާލީމެވެ. އެއަށްފަހު އަހަރެން ސިޓިންގރޫމަށް ނިކުމެ، ހަފިއްތަ ގާތުން ހުއްދަ ހޯދީމެވެ. “އަޅޭ އެކަނި ދާން؟” ހަފިއްތަ ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. “ނޫން، ހޮސްޕިޓަލްގައި ލުބޫ ބާއްވާފައި އޮތީމަ ރަމްލާގާތަށް ގޮސްލަންވެގެން.. އެހެންވެ!” އަހަރެން އަވަސްއަވަހަށް ކިޔަން ހަދައިގެން އަނގައޮޅުނެވެ. “ކީކޭ؟” ހަފިއްތަ އަހާލިއެވެ. “ރަމްލާ ހޮސްޕިޓަލްގައި ބާއްވާފައި އޮތީމަ، ލުބޫ އާއެކީ ގައި ރަމްލާ ގާތަށް ގޮސްލަން ވެގެން!” އަހަރެން ބުނީމެވެ. “އެންމެ ލަސްވެގެން ދިހައެއް ޖެހުމުގެ ކުރިން ގެއަށް އަންނަންވާނެ!” ހަފިއްތަ ޝަހާދަތް އިނގިލި އަހަރެންނާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

އިރުކޮޅެއް ފަހުން ގޭ ދޮރުގައި މީހަކު ޓަކިޖެހިއެވެ. އަހަރެން އަވަސްއަވަހަށް ދޮރުހުޅުވީމެވެ. “އަވަސްކޮށްބަލަ!” ދޮރުހުޅުވުމާއެކީ ލުބުނާ އަހަރެންގެ އަތުގައި ހިފާ ދަމާގަތެވެ. ލުބުނާ އަހަރެންގެ އަތުގައި ހިފާ ދަމަމުން ގެންދިޔައީ ދުވެފައެވެ. އަހަރެން ވެއްޓި ނުވެއްޓި ހަސްފަތާލަށް ދެވުނީ ހަމަ ކިރިޔާއެވެ. ހަސްފަތާލުގައި ހުރި އެކިއެކި މަގުތަކުން ހުރަސްކުރަމުން ގޮސް، އެމެޖެންސީ ރޫމާއި ހިސާބަށް ދެވުނެވެ. އެތާ ދޮރުކުރިމަތީގައި ހުދު ޔުނިފޯރމްގައި، ހުދު ތޮތްޕެއް އަޅާގެން، ހުދު މާސްކެއް އަޅައިގެން ހުރި ނަރުސް އަންހެންކުއްޖެއް ހުއްޓެވެ. “މޭ އައި އެންޓަރ ހިއަރ ޕްލީސް!” ނަރުސްކުއްޖަކީ ބޭރު ކުއްޖެއްކަމުން ލުބުނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. “ނޯ، ޔޫހޭވްޓު ވެއިޓް އަންޓިލް ދި ޕާޝެންޓް، ކަމްސް އައުޓް!” އެކުއްޖާ ޖަވާބުދިނެވެ. “ބަޓް، ދި ޕާޝެންޓް ވިލް ނެވަރ ކަމް އައުޓް ސޫން!” ލުބުނާ ބިންމަތީގައި ދެފައިން ތަޅާލިއެވެ. “ޕްލީސް ޓޭކް އަ ސީޓް، އެންޑް ޑޯންޓް ޓްރައި ޓު އިގްނޯރ މީ، އެންޑް ބީ ޕޭޝަންޓް!” އެކުއްޖާ އެތާ ހުރި ގޮނޑިބަރިއަކަށް އިޝާރާތްކޮށްފައި ބުންޏެވެ. ލުބުނާ އެކުއްޖާ ކޮށްޕާލިއެވެ. އަދި ގަދަކަމުން އެރޫމަށް އެތެރެވެ ގަތެވެ. “ސޮރީ!” ލުބުނާ ބުންޏެވެ.

އެމެޖެންސީ ރޫމުގައި ރަމްލާ އެއް ނެތެވެ. އެތާގައި ތިބީ ހާލު ބޮޑުވެގެން ގެނެވިފައި ތިބި މުސްކުޅިންނާއި، އެފަދަ މީހުނެވެ. އަހަރެން ލުބުނާގެ އަތުގައި ހިފާ ފިތާލީމެވެ. “ނުބައި ތަނަކަށް ތިވަނީ!” އަހަރެން ލުބުނާގެ ކަންފަތާއި އަނގަ ކައިރިކޮށްލުމަށްފަހު ބުނެލީމެވެ. “ޔޫ ޓޫ! ކަމް ހިޔަރ! ޔޫއާރ ނޮޓް ސަޕޯސް ޓު ބީ އިން ދެއަރ! ގެޓް އައުޓް!” އެއްކަލަ ނަރުސްކުއްޖާ އެމެޖެންސީ ރޫމް ދޮރުހުޅުވާލުމަށްފަހު ބުނެލިއެވެ. ލުބުނާ އާއި އަހަރެން ނިކުތީމެވެ. “ވީއާރ ސޮރީ މިސް!” ލުބުނާ މާފަށް އެދުނެވެ. ލުބުނާ ހާދަހާ ހަލަންޏެވެ.

“ކޮބާތަ ރޫސީ؟” އަހަރެން ސިއްރުސިއްރުން ބުނީމެވެ. “އާން، އަދިކިރިޔާ މިހަނދާންވީ! ރޫސީ ވީ އައިސީޔޫގައި!” ލުބުނާ އެހެންބުނެފައި ދުއްވާގަތެވެ. އަހަރެންނަށް އެތާގައި ގިނަ މީހުން ތިބީމާ ދުވާކަށް ނުކެރުނެވެ. އެހެންވެ އަހަރެން ދިޔައީ މަޑުމަޑުން ހިނގާލާފައެވެ. “ސިމީ! އޭ މަޑުކޮށްބަލަ!” މީހަކު ގޮވައިލި އަޑަށް އަހަރެން ފަހަތަށް ބަލައިލީމެވެ. ނަމަވެސް އަހަރެންނަށް އެމީހަކު ނުފެނުނެވެ. އަހަރެން އަޅާނުލާ ކުރިއަށް ދަނިކޮށް، ހިޔަންޏެއް ހަސްފަތާލުގެ މަގު ތަކުގެ ތެރެއިން މަގަކަށް ލަބާލި ތަން ފެނުނެވެ. އެއީ ލުބުނާއެވެ! އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ވަރަށް ބާރަށް ހިނގައިފައި ގޮސް އެ މަގުން ލަބާލީމެވެ. އެ މަގު ވަރަށް އަނދިރިއެވެ. އެއީ ބޭރަށް ނިކުމެވޭ މަގެއްކަން އެނގުނީ އެތާ ހުޅުވައިފައި ހުރި ދޮރުގެ ސަބަބުންނެވެ. ހީވިހީވުމެއް ކަމަށް ނިންމާފައި އަހަރެން އައިސީޔޫ އާއި ދިމާއަށް މިސްރާބުޖެހީމެވެ.

އައިސީޔޫ އެތެރެއަށް ވަދެގެން ދަނިކޮށް އަހަރެންނަށް ރަމްލާ ފެނުނެވެ. އަދި ރަމްލާ ގާތު ލުބުނާ އިށީންދެލައިގެން އިންތަން ފެނުނެވެ. ރަމްލާ އޮތީ އޮކްސިޖަން ގުޅާފައެވެ. “ކިހިނެތް މިތަނަށް ވަނީ؟ ފަހަރަކު މީހަކަށް ނޫންތަ ވަދެވެނީ؟” ލުބުނާ އަހަރެންނާއި ދިމާއަށް ބަލައިލައިފައި ބުންޏެވެ. “ނަރުސް ކުއްޖެއް ނެތް ބޭރަކު! އެވެސް ނަސީބެއް! ކިހިނެތްތަ ރޫސީ؟” އަހަރެން ރަމްލާ ގާތު އިށީންދެލަމުން ބުނީމެވެ. “ރޫސީއަށް އޮތީ ނިދިފައި!” ލުބުނާ ރަމްލާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ދެން ކޮބާ މިތަނަށް ރުސީ ގެނައި މީހުން؟” އަހަރެން ލުބުނާ ގާތު އަހާލީމެވެ. “ނޭނގެ!” ލުބުނާ ޖަވާބުދިނެވެ.

ކުއްލިއަކަށް ރަމްލާ ހަޅޭއްލަވައިގަނެފައި، ފުންމައިގެން ތެދުވެއްޖެއެވެ. ރަމްލާގެ އަތަށް ޖަހާފައިވާ އިންޖެކްޝަނާއި، އަނގަމަތީގައި އޮތް އޮކްސިޖަން މާކްސް ދިޔައީ، އެއްޗެހި ގުޅާފައިވާ ނަރުން ކަނޑައިގެންގޮސް ވިއްސައިގެނެވެ. އަދި ރަމްލާ ތޫނު ނަޒަރަކުން އަހަރެމެންނާއި ދިމާއަށް ބަލައިލިއެވެ. އޭރު ރަމްލާވަނީ ދާހިއްލާ ފޯވެފައިއެވެ. ދެންމެ އައިސް ވަންނަ މީހަކު ބުނާނީ، ރަމްލާ ފެންވަރައިގެން ނިކުމެ ފެން ނުފޮހެ ހުރިކަމަށެވެ. “ކިހިނެތް އަހަރެން މިތަނަށް އައީ؟ ކާކު އަހަރެން އެތަނުން ނެރުނީ؟ ކޮބާ އެކުއްޖާ؟ އެއީ ކޮންކޮޓަރިއެއް؟” މިނާފުށްތަކެއް ރޮނދިފައްޗަކަށް އަމުނާލާ ފަދައިން، ސުވާލަކަށްފަހު ސުވާލެއް، ރަމްލާ ކުރިއެވެ. “ކީކޭ ތިކިޔަނީ؟ ކޮން ކޮޓަރިއެއްގެ ވާހަކައެއް ތިދައްކަނީ؟” ލުބުނާ ދެލޯ ހަނިކޮށްލަމުން އެހިއެވެ. “އަހަރެންނަށް ފެނުނީ އަނދިރި ކޮޓަރިއެއް، ދެން ފެނުނީ އެކޮޓަރީ ދޮރު ހުޅުވުނުތަން، އެކަމަކު އެކަކުވެސް އެތެރެއަށް ވަތްތަނެއް ނުފެނުނު.. ދެން އިވުނީ މީހަކު ހިނގާ އަޑު، ވަރަށް ތަފާތުކޮށް.. ދެން އަހަރެންނަށް ފެނުނީ ހިޔަންޏެއް އަހަރެންނަށް ގޯނާ ކުރިތަން.. އަހަރެން އިސްތަށިގަނޑަށް ދަމާ އަހަރެން ގައިގައި ތެޅިތަން.. އެކަމަކު މީހަކު ނުފެނޭ، ވަރަށް ތަދުވި ހަމަ ހީވީ މީހަކު އަސްލު ކުރިކަމެއްހެން.. ދެން އަހަރެން ވަރަށް ބާރަށް މިގޮވީ ކާކުހޭ، ކާކުހޭ؟ އެކަމަކު ޖަވާބެއް ނައިސް އިވެނީ މީހަކު ހޭ އަޑު… ދެން ފެނުނީ އަހަރެންގެ ފުރަގަހުން މީހެއް! ބޯ ބުޅިކޮށް، ހުރީ ކަޅިއެއްވެސް ނެތް.. ދެ ކަންފަތް އިނީ ނުކުމެފަ އެ ބޯ އިސްތަށިގަނޑުން، ހަންގަނޑު ކުރެކި އެންދެރިގަނޑެއް ފަދައިން ކަޅު، ދެލި ކުލައިގައި ހުރި ކުއްޖެއް… ދެން އަހަރެން ބިރުން މިހަޅޭއްލަވައިގަތީ.. ދެން ސުވާލަކީ ހާދަހާ އަވަހަކަށްށޭ ތިމީހުން އަހަރެން އެކޮޓަރިން ތިނެރުނީ، ދެކުނިންތަ އެކުއްޖާ؟” ރަމްލާ އަށް ދިމާވިކަންތަކުގެ ވާހަކަ ކިޔާދިނުމުން، އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އަހަރެނަށްވެސް ވިކަންތަކެވެ. ނަމަވެސް އެކުއްޖާގެ ގައިން އަހަރެންނަށް ނުފެނުނު ބައެއް ސިފަތައް ރަމްލާއަށް ފެނިފައިވެއެވެ. “ކޮން ކޮޓަރިއެއްތަ.. ރޫސީ ނެރުނީ ގެއިން… އަދި ރޫސީ މަންމައެއްނު ރޫސީ ހޮސްޕިޓަލަށް ގެނައީ! އެމްބިޔުލޭންސް ގައި! އެގަޑީ އަހަރެން ހުރީ ރޫސީމެން ގޭ ކައިރީގައި.. ދެން އަހަރެންނަށް ފެނުނީ ރޫސީ އެއުޅަނދަށް އެރުވި ތަން.. ދެން މަ ގޮސް މިއަހާލީ ރޫސީ މަންމަ ގާތު، ކިހިނެތްވީހޭ؟ ބުނީމަ، ބުނީ ރަމްލާ ވަރަށް ހާލުބޮޑުވެގެން ގެންދަނިއޭ ހޮސްޕިޓަލަށް… ގޭގައި ގޭމްކުޅެން އިންދާ ކުއްލިއަކަށް ވެއްޓުނިއްޔޯ..” ލުބުނާ ބުންޏެވެ. “މަންމައޭ؟ ތިވާނީ ބޮޑުދައިތަކަމަށް!” ރަމްލާ ބުނެލިއެވެ. “މަ ރަނގަޅޭ! ކުއްލިއަކަށް ވެއްޓުނީމަ ހާލު ސީރިއަސް ވޭތަ؟ އެނީވޭ.. މާދަމާ ސުކޫލަށް ދާނަން!” ރަމްލާ އަތްދަމާލަމުން ބުނެލިއެވެ.

އެތަކެއް އަނގައެއް ތަޅުވާފައި އަހަރެންނާއި ލުބުނާ އާއި އައިސީޔޫއިން ނިކުތީމެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅާގަތީ ތަންކޮޅެއް ދުރުގައި، ކޮނޑުގައި ދަބަހެއް އަޅުވާގެން ހުރިކުއްޖެކެވެ. އެ ބުޅި ބޮލުންވެސް އަހަރެންނަށް އެއީ ޝަޒްލާ ކަން ޔަޤީންވިއެވެ. ލުބުނާ ގައިގައި ކޮއްޓާލުމަށްފަހު އަހަރެން ޝަޒްލާ ދައްކާލީމެވެ. “މިފަހަރު ކުޅިދައްކާލާނަން!” ލުބުނާ ގޮށްމުއްކަވާފައި ހިނގައިގަތީ އަހަރެންގެ އަތްވެސް ފޮޅާލާފައެވެ. އަހަރެން މަޑުމަޑުން ލުބުނާގެ ފަހަތުން ހިނގާފައި ޝަޒްލާ އާއި ހަމަ ކުރީމެވެ. “ޝަޒްލާ!” ލުބުނާ ގޮވާލިއެވެ. ޝަޒްލާ ބޯ ކުޑަކޮށް އަރިކޮށްލާފައި ބަލާލިގޮތުން ހީވަނީ ކާކުކަން ނޭނގިގެން އުޅޭހެނެވެ. “މިއަދު ކުރި ކަންތައް އެބަހުރިތަ ހަނދާނުގައި؟” ލުބުނާ ބުންޏެވެ. “އެކްސް ކިއުސް މީ! ތީ ކޮންކުދިންނެއް؟” ޝަޒްލާ ބުންޏެވެ. “ނޭނގޭތަ، ނޫނީ ނޭނގޭކަމަށް ހަދަނީތަ؟” ލުބުނާ ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ. “ސުކޫލަށް އަލަށް އައީ ތީނައެއް ނޫންތަ މިއަދު؟ ޝަޒްލާ އެއް ނޫންތަ ނަމަކީވެސް!” އަހަރެން ކުރިއަށް ޖެހިލަމުން ބުނީމެވެ. “މިއަދޭ؟ އަޅުގަނޑު މާދަމާ ސުކޫލަށް ދާން މިއުޅެނީ! އިއްޔަ މިރަށަށް މޫވް ކުރީ! މިއަދަކު ނުދަން ސުކޫލަކަށް، އަދި ތިމީހުންވެސް ނުދެކެން، ޝަޒްލާ ކިޔަނީ.. ދެން ކިހިނެތް އަޅުގަނޑުގެ ނަން އެނގުނީ؟” ޝަޒްލާގެ މައުސޫމްކަން އަމިއްލައަށް ދައްކުވާދެން އުޅޭ ކަހަލައެވެ. “އަޅުގަނޑު މަންމަ ގާތުވެސް އަހާބަ! އަޅުގަނޑު އެއްކަމެއްވެސް ނުކުރަން އެއްވެސް ކުއްޖަކަށް..” ޝަޒްލާ ފެންކަޅިވަމުން ދެއެވެ. “އެހެންދޯ! މިއަދު ދިއައީ އަލަށް ސުކޫލަށް! ގޮސް އެންމެން ކުރިމަތީ އަމިއްލަ އަށް ފަޟީޙަތް ވީ… ކުއްޖެއްގެ ކަރުގައި ހިފާ ނޭވާހާސްކޮށްލީ! މިހާރު ތިއުޅެނީ މިކަމުން ސަލާމަތްވާންތަ، ތިމަންނަ ނުކުރަމޭ ނުދަންނަމޭ، ނުވަންނަމޭ ނުދަމޭ ކިޔާފައި! ނުވާނެ ސަލާމަތެއް.. އެކަހަލަ ބޮޑުކުށެއް ކޮއްގެނެއް.. ކިރިޔާ އެކުއްޖާ ސަލާމަތްވީ، މިހާރުވެސް މިތާ އައިސީޔޫގައި އެބައޮތް..” ލުބުނާގެ ވިހަ ބަސްތަކުން ޝަޒްލާއަށް އަސަރުކުރާކަން ޝަޒްލާގެ މޫނުމަތިން ދޭހަވެއެވެ. މިހާރުވެސް ޝަޒްލާއަށް ރޮވި ނުރޮވި ހުރީ ހަމަ ކިރިޔާއެވެ. “ލުބޫ!” އަހަރެން ލުބުނާގެ ކޮނޑުގައި ފުށްޓަތްކެއް ޖަހާލީމެވެ. ލުބުނާ ހޭވެރިކަންވީ އެހިސާބުންނެވެ. “ސޮރީ!” ޝަޒްލާއަށް ރޮވެން ފެށުމުން ލުބުނާ ބުންޏެވެ. އަދި އަހަރެންގެ އަތުގައި ހިފާގެން ހޮސްޕިޓަލުން ނެރުނެވެ. “ސަމްތިންގް ސްޓްރޭންޖް އިސް ގޮއިންގް އޮން!” ލުބުނާ އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ސިމީ….ލުބޫ…” މީހަކު ގޮވާލިއެވެ. އަހަރެންގެ ގައިގައި ހުރި ލޯލިތައް ކޮޅައްޖެހުނެވެ. އެ އަޑު ބަރެވެ. ކުރަކިވެސް މެއެވެ. “ހިނގާ ދާން.. މިހިސާބު ވަރަށް އަނދިރި.. ބޮތްކެއްވެސް ނެތް… އަނެއްކާ ފެންނަ ހިސާބަކު މީހަކުވެސް ނެތް..” އަހަރެން ލުބުނާގެ އަތުގައި ހިފާ ދަމަން ފެށީމެވެ. “ގުޑް ތިންކިންގް!” ލުބުނާ ދުއްވާގަންނަމުން ބުންޏެވެ. އެހެންގޮތެއް ނެތުމުން އަހަރެންވެސް ދުއްވާގަތީމެވެ.

އޭގެ އަނެއް ދުވަހު އަހަރެން މަދަރުސާއަށް ދިޔައީ ލުބުނާއާއި އެކީ ހިނގާފައި ތަންކޮޅެއް އަވަހަށްށެވެ. ރަމްލާ ގާތުވެސް މަދަރުސާއަށް އަވަހަށް އައުމަށް އެދިފައެވެ. އެހެންދުވަސްތަކެކޭ ޚިލާފަށް މިއަދު ސުކޫލްތެރެ ފަޅެވެ. އެއީ ތަންކޮޅެއް އަވަހަށް އާދެވުނީމަ ހީވާގޮތެކެވެ. އަހަރެން ކުލާހަށް ވަތްއިރު ރަމްލާ އިނީ ކުލާހުގައެވެ. “ކޮން އިރަކު އައީ؟” އަހަރެން އެހީމެވެ. “އިރުކޮޅެއް ވެދާނެ!” ރަމްލާ ގޮނޑިން ތެދުވަމުން ބުންޏެވެ. “ރޫސީއަށް އެނގޭތަ…!” ލުބުނާ ރޭހިނގައިދިޔަ ކަންތައް ރަމްލާއަށް ކިޔާދިނީ ހިނދުކޮޅެއްގެ ތެރޭގައެވެ. “އޭން؟ އޭނަ ބުންޏޭ ތިމަންނައެއް ނޫނޭ؟” ރަމްލާ ހުރީ ހައިރާންވެފައިއެވެ. “ޔާ، އިޓް މޭބީ ޓްރޫ! އޭނަ މަގޭ ކަރުގައި ބައްދައިގަންތައް އިނީ ނޫފައި ގެންފައި!” ރަމްލާގެ ރީތި އިސްތަށިގަނޑުން ކުޑަ އިސްތަށިކޮޅެއް އަތަށް އޮޅާލަމުން ބުންޏެވެ. “ރޫސީ، ހޮސްޕިޓަލުން އެހާ އަވަހަށް ދޫކޮށްލީތަ؟” ލުބުނާ ރަމްލާގެ ކަރުގައި ފިރުމާލަމުން ބުންޏެވެ. “ޑޮކްޓަރ އައިސް އަހަރެން ހާރޓްބީޓާއި އެއްޗެހި ބަލާފައި ބުނީ، ނެތޯ މައްސަލައެއް! އެކަމަކު ސުކޫލަށް މިއައީ ފިލައިގެން ބޮޑުދައިތައަށް! ބޮޑުދައިތަ ބުނީ އަހަރެން އަނެއްކާ ވެއްޓިދާނޭ ސުކޫލުގައި އިންދާ! އެކަމަކުވެސް ހަމަ އައީ!” ރަމްލާ ތިރި ބަލަހައްޓާގެން އިނދެ ބުންޏެވެ.

މީހަކު ކަރުކެހިލި އަޑަށް އަހަރެމެން ތިން މީހުނަށް އެއްފަހަރާ ބަލާލެވުނެވެ. އެއީ ފިރިހެނެކެވެ. މަޑު ފެހި ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ބެގީ ކޮށްލައިގެން ހުރިމީހެކެވެ. ދޮން، ދިގު، މޫނުމަތި އޮމާން، އިސްތަށިގަނޑު ފަން މީހެކެވެ. އޭނަގެ ނިތްކުރިމައްޗަށް ކުޑަ އިސްތަށިކޮޅެއް ވެއްޓިފައިވެއެވެ. އަތުގައި އަހަރުމެންގެ ކުލާސް ރެކޯރޑް ފޮތާއި އަދި އެހެނިހެން ފޮތްތައް ވެސް ހުރިއެވެ. “މީތަ އެސަރ އަކީ؟” ލުބުނާ މަޑުމަޑުން އެހެން ބުނުމަށްފަހު ކޮޅަށް ތެދުވިއެވެ. އަދި އަހަރެންނާއި ރަމްލާވެސް ކޮޅަށް ތެދުވީމެވެ. އެމީހާ ހުރީ ރަމްލާ އާއި ދިމާއަށް ބަލަހައްޓައިގެނެވެ. އެ ބެލުމުން ރަނގަޅު ކަމެއް ނޫން ކަން އަހަރެންނަށް ވިސްނުނެވެ.

އެމީހާ ގޮސް ޓީޗަރުން އިށީންނަން ޚާއްސަކޮށްފައިވާ ގޮނޑީގައި އިށީންނެވެ. “މައި ނޭމް އިސް ސީޒަން! އައިމް 25 އިޔާރސް އޯލްޑް، މައި ނޭޝަނަލަޓީ އިސް އިންގްލޭންޑް!” އެމީހާ ބުންޏެވެ. “އެންޑް ހޫ ޔޫ މައިޓް ބީ؟” މޫނުގައި އަތްވިއްދާލަމުން ސީޒަން ސަރ ބުންޏެވެ. ލުބުނާ ތެދުވިއެވެ. އަދި ތައާރަފްވިއެވެ. “މައި ނޭމް އިސް، ލުބުނާ!”. “އައިމް ސަމާ!” އަހަރެންގެ އަޑު ނިކުތީ ވަރަށް މަޑުމަޑުންނެވެ. ސީޒަން ސަރ ބުމަ އަރުވާލައިފައި ބޯތަޅުވައިލިއެވެ. “ސަމާ!” އަހަރެން ކޮޅަށް ތެދުވެފައި ބުނީމެވެ. “އައިމް ރަމްލާ، ނައިސް ޓު މީޓް ޔޫ!” ރަމްލާ ތެދުވެފައި ބުންޏެވެ. “އިސް ދެއަރ އެނީ ސުޓޭންޑް އެލްސް؟” ސީޒަން ސަރ ގޮނޑިން ތެދުވަމުން ބުންޏެވެ. “އާން، ސޯޅަ ކުދިން ތިބޭ މިކުލާހު!” ލުބުނާ ދިވެހިން އެހެން ބުނުމުން، ރަމްލާގެ ހިނިގަނޑު ދިޔައީ ފަޅާގެނެވެ. “އެއްކަލަ، ހިކަނދި އަޑުލައްވަން ފެށީ ދޯ؟” ލުބުނާ ރަމްލާ އާއި ދިމާއަށް ވައްކަޅިން ބަލާލަމުން ބުންޏެވެ. “ސޮރީ! ދެއަރ 16 ސްޓޫޑެންޓްްސް!” ސީޒަން ސަރ ބަލަހައްޓައިގެން ހުރުމުން ލުބުނާ ބުންޏެވެ. ނަމަވެސް ސީޒަން ސަރ ބަލަނީ ލުބުނާ އަކަށް ނޫނެވެ. ރަމްލާ އަށެވެ.

އެސެމްބްލީ ނޯންނަ ދުވަހެއްކަމުން ހުރިހާ ކުދިންގެވެސް މިސްރާބަކަށް ވެފައިވަނީ އެކުއްޖަކު ނިސްބަތްވާ ކުލާހަށް ވަނުމެވެ. އަހަރެންގެ ކުލާހަށް އެންމެފަހުން ވަނީ ޝަޒްލާއެވެ. ޝަޒްލާވަދެ ކުލާސްތެރެއަށް ލޯ ހިންގާލިއެވެ. ބޮޑަށް ބެލެވެނީ ހުސްގޮނޑިއެއް ހޯދަން އުޅޭހެނެވެ. އެހެންއުޅެމުން، ޝަޒްލާ ގޮސް އިށީންނީ ރުވެއިޝާ ގާތު އިން ގޮނޑިގައެވެ. އެއީ އިއްޔަވެސް ޝަޒްލާ އިށީން ގޮނޑިއެވެ. “ނޫން މަގޭ ގާތު އިށީންދެގެން ނުވާނެ!” ޝަޒްލާ އިށީންނުމާއެކު ރުވެއިޝާ ދުރަށް ޖެހުނެވެ. “ޝަޒްލާ މޫނުގައި ކުރެހިފައިވަނީ ސުވާލުމާރކުތަކެކެވެ. “އިއްޔަވެސް ކިރިޔާ ކުއްޖަކު މަރާނުލީ! އަނެއްކާ މަ މަރާލަންތަ ތިއުޅެނީ؟” ދެބުމަ ގޮށްޖަހާލަމުން ރުވެއިޝާ، ޝަޒްލާ އާއި ދިމާއަށް ބުންޏެވެ. ސީޒަން ސަރ ކުލާހުގައި ނެތުމުން، ރުވެއިޝާ ބާރަށް ބުންޏެވެ. “އެހެންތާކަށް ދޭ!”

“ކީކޭ ތަ އެންމެން މިކިޔަނީ؟ އަހަރެން މީހަކުގެ ކަރުގައި ހިފިއްޔޭ! އިއްޔަވެސް ކުއްޖަކު ހަޅޭއްލަވައިގަތް އަހަރެންނާއި ދިމާއަށް އެހެން ކިޔާފަ.. އަޅުގަނޑު އަދި އަލަށް މިކުލާހަށް މިއައީ! އޮޅިގެން ތިއުޅެނީ! އަޅުގަނޑާއި ވައްތަރުމީހެއް ތިފެނުނީ!” ޝަޒްލާ ވަރަށް އަސަރާއެކު ބުންޏެވެ. “މިހާރުދޯ އަލަށް އައީ! އިއްޔަވެސް އައި! ހަމަ ތި ޝަޒްލާ، ހަމަ ތިހެން ހުރީވެސް! ދެން ބުނޭ ތިމަންނައެއް ނޫނޭ!” ވިޝާމާ ދުރުގައި އިނދެ ޝަޒްލާ އާއި ދިމާކޮށްލިއެވެ.

ޝަޒްލާ މޫނުމަތީގައި އަތްއަޅާގެން ބޭރަށް ދުއްވާގަތެވެ.. ހުރިހާ ކުދިން ޝަޒްލާ އާއި ދިމާކުރާން ފެށުމުން އެންމެ ފަހުން ކެތްނުކުރެވުނީއެވެ. ޝަޒްލާގެ ބަޑިފަޅައިގެން ދިޔައީއެވެ. ނުކުރާ ބޮޑުކުށެއްގެ އިލްޒާމް ބޮލުގައި އެޅުނީއެވެ. އެންމެ ފުރަތަމަ ދުވަހުވެސް އެއްކޮށް ބޭޒާރު ވީއެވެ. އެހެން ކުދިން ޝަޒްލާ އާއި މެދު ނުރުހުމުގެ ލޮލަކުން ބަލަން ފެށީއެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް، މީގެ ދަށުގައި ފޮރުވިފައިވަނީ ކޯއްޗެއް ކަމެއް ނޭނގެއެވެ…….

Share Article

Follow Me Written By

Ummu

Level 1

Other Articles

Previous

އަސަރު 28

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 5 ވަނަ ބައި

Next
July 23, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 5 ވަނަ ބައި

Previews
July 23, 2016

އަސަރު 28

13 Comments!

  1. ifaa says:
    July 23, 2016 at 5:12 pm

    so kuree part ga a aii shazlaage sifaiga huri jinni eh dhw?????????????vvvvvvvvvvvvv reethi waiting 4 nxt part vvvv kiyaahithun mi story eba kiyey i luv this story keep it up ummu

    1. Ummu says:
      July 23, 2016 at 8:00 pm

      Thankx ifaa, kuri ah oyi bai keeima engeynee dhen vaagotheh..

  2. ~minty~ says:
    July 23, 2016 at 8:28 pm

    Story vrh vrh nyc…next part kn irakn up vrnee???

  3. Faathee says:
    July 23, 2016 at 8:40 pm

    Hei ummu.. story v salhi ingey. Ekam baeh than thanuga maa boda beykaaru baa dhigu vefa hunna hen heevanee. Misaalakah hospital ge emargenaee room kaarin nurse aa dhimaa vegen dhen e thaa e dhevunu vaahaka tha.

    1. Ummu says:
      July 23, 2016 at 8:43 pm

      Thankx 4 your instructions… Faathee

  4. naby says:
    July 23, 2016 at 9:46 pm

    nt bad 😉

  5. sampii says:
    July 23, 2016 at 10:02 pm

    varah salhi….

  6. Sheny says:
    July 31, 2016 at 12:21 am

    Mi vaahakaige new episode avahah update kohlahvaa.v salhi v intersting keep it up

  7. Hello says:
    August 2, 2016 at 4:12 pm

    Koba vaahaka??

  8. riff says:
    August 5, 2016 at 12:21 am

    vvv reehti story eh.. waiting for next part

  9. ayya says:
    November 23, 2016 at 11:53 am

    ummu.. kon irakun mivaahakaige dhen oi part release kuranee nd minoon thanehga mivaahakaige dhen oi part release koifaivaanetha?

  10. Saudaa says:
    March 11, 2017 at 11:18 am

    Nice I appreciate your talent of writing story

  11. Nahu says:
    March 28, 2018 at 12:29 am

    Ummu Kobaa 7 vana bai 6 ah hama ahtha innany ?

Comments are closed.



All Right Reserved!