Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 28

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
July 23, 2016 7 Mins Read
29 Comments

ތާމިން އޭނާގެ ޖީބުން ކުޑަ ފޮޓޮއެއް ނެގިއެވެ. އެއީ ކުރިން ޝިކާ އޭނާއަށް ދިން ފޮޓޮއެކެވެ. އެޖީބުގައި އެ ކުއްޖާގެ އެ ފޮޓޯ ނޯންނަ އިރެއް ނުދާނެއެވެ.  ކަމަކާ ހާސްވެ ހިތްދަތިވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީ އެފޮޓޮއަށް ބަލާލުމުންނެވެ. ނަމަވެސް މިޔަދު އެފޮޓޮއަށް ބެލުމުން އެހިތުގައި އަޅަމުން ދަނީ ވޭނެވެ. “ޝިކް.. ވައި ކުޑުންޓް ޔޫ ވެއިޓް ފޯ މީ؟” ފެންކަޅިވެފައިވާ ދެލޮލާއެކު ތާމިން ވާހަކަ ދެއްކީ އެފޮޓޯގަނޑާއެވެ.  އެ ފޮޓޯގައިވާ ސޫރައަށް ބަލަހައްޓައިގެން އޭނައަށް އިނދެވުނީ ކިހާއިރަކު ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ.

****

އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް އިރު ޝިކާގެ ދެލޮލުން ހޯސްލާފައި ހޫނު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަމުން ގެންދިއައެވެ. ބޮލުގައި ބާލީސް އަޅައިގެން އޭނާ ބާރުބާރަށް ރޮމުން ގެންދިއައީ އެހިތަށް ވީ ތަދެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟ އެ ކެހިވެރިޔާ ފެނުމުން އެހިތަށް ތަދުވަނީ ކީއްވެގެން ހެއްޔެވެ؟ ވިސްނާ ވިސްނާ ވެސް އެސުވާލުގެ ޖަވާބު ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ތާމިން ގެ ސޫރަ ފެންނައިރަށް އޭނާއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ އަތް ފައި ފިނިވެ ނިތްކުރިމަތިން ދާހިއްލަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ލޯބިވަނީ އަހުސަން ދެކެ އެއް ނޫން ހެއްޔެވެ؟ އޭނާ މިއޮއް ހުރިހާ ދުވަހަކު ވެސް އުޅުނީ އަހުސަން އާ އެކުގައެވެ. އެ ކެހިވެރިޔާ ފެނުމުން އޭނާގެ ހިތަށް އެއްވެސް އެއްޗެކޭ އަރާކަށް ނުޖެހެއެވެ. ނަމަވެސް އޭނާ ފެނުމުން އެހިތަށް ކެއް ނުކުރެވޭ ވަރަށް ތަދުވެއެވެ. އޭނާ އަނެއްކާ ތާމިން ދެކެ އަދިވެސް ލޯބިވަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ ލޯބިވަނީ އަހުސަން ދެކެއެވެ. އަހުސަން ދެކެ ހެއްޔެވެ؟ ނޫނީ ތާމިން ދެކެ ހެއްޔެވެ؟ ޝިކާ ތެދުވެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

“ވަޓް ދަ ހެލް! ތާމިން އިޒް އަ ޗީޓާރ!” ޝިކާއަށް އެހެން ބުނެލެވުނީ އަޑަށް ބާރުލާފައެވެ. “ވަޓް އިޒް ރޯންގް ވިތް މީ؟؟؟” އޭނާ ތެދުވެ ބޮލުގެ އިސްތަށިގަނޑަށް ދަމަން ފެށިއެވެ. އެ ސުވާލުގެ ޖަވާބަކީ ކޮބާހެއްޔެވެ؟ އޭނާ އަސްލުވެސް ލޯބިވަނީ ތާމިން ދެކެ ހެއްޔެވެ؟ ދެން އަހުސަން؟ އަހުސަން އެއީ ކާކު ހެއްޔެވެ؟ ވިސްނާވިސްނާ ބޮލުގައި ރިހެން ފެށުމުން އެންމެ ފަހުން އޭނާ ގެ ރުއިން މައިތިރިވިއެވެ. ވެފައި ހުރި ވަރުބައްޔާއެކު އެވަގުތު އޭނާ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިއައެވެ.

****

“ގްރީން ބަބުލް ޝޮޕިންގް މޯލް” ބޭރުގައި އަހުސަން މަޑުކޮށްލައިގެން އިނީ އޭނާގެ ސައިކަލު މަތީގައެވެ. އޭނާގެ ކަޅި އެކި ކޮޅުކޮޅު ހޯދަމުން ދިޔަ ގޮތުންނާއި ކަރުގައި އަޅުވާލާފައި އޮތް ކެމެރާގެ ސަބަބުން ހީވަނީ ޖާސޫސްކުރާ މީހެއް ހެނެވެ. އެންމެ ފަހުން އޭނާ އެތާ އިނދެ އިނދެ ބުރަކައްޓަށް ތަދުވަން ފެށުމުން ސައިކަލު އިސްޓާޓުކޮށްލީ އަމިއްލަ ނަފްސަށް ދެން މިކަމެއް ނުވާނެއޭ ބުނަމުންނެވެ. އެހުރިހާ އިރެއް ވަންދެން އޭނާގެ ދެލޯ ހޯދަމުން އެދިއައީ މިޔަދު އެ ރެސްޓޯރެންޓުގައި އިން މީހާއެވެ. ޝިކާއާ އެމީހާ އާ ހުރީ ކޮން ގުޅުމެއްކަން ހޯދަން އަހުސަން އެހުރީ އަތުކުރި އޮޅާލައިގެންނެވެ. އޭނާ މިތަނަށް އެއައީ ކުރިން ފަހަރު އެމީހާ ފެނުނީ މި ޝޮޕިންގްމޯލް އިން ކަމަށް ވާތީއެވެ. އޭނާ ހީކޮށްގެން ހުރީ އެމީހާ އަކީ މިތަނުގައި މަސައްކަތްކުރާ މީހެއް ކަމަށެވެ.

ސައިކަލު އިސްޓާޓްކޮށްލިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ބާރު ދުވެއްޔެއްގައި އައިސް އެތަނަށް މަޑުކޮށްލި ރަތް ކުލައިގެ ކާރެވެ. އޭނާ އިރުކޮޅަކު ސައިކަލު ދުއްވާ ނުލައި މަޑުކޮށްލީ އެކާރުން ފައިބަނީ ކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ. އަޅި ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނެއްގައި އެކާރުން އެ ފޭބީ އޭނާ ހޯދަން އުޅޭ މީހާ ނޫން ދެވަނަ މީހެއް ނޫނެވެ. ގަދަ ނޫކުލައިގެ ޓައީ އެއް އަޅާފައިވާއިރު އޭނާގެ ޝަޚްސިއްޔަތުގެ ފުރިހަމަކަން ހާމަވެއެވެ. އެއާއެކު އަހުސަން އުޅުނުގޮތުން ހީވީ މީހަކު އައިސް ފޫކޮޅަށް ކައްޓެއް ހަރާލީހެންނެވެ. ތެޅިގަނެފައި އޭނާ ކަރުގައި އޮތް ކެމެރާއިން އެމީހާގެ ދެތިން ފޮޓޯއެއް ނަގާލިއެވެ. ފިރިހެންވަންތަ ހިނގުމެއްގައި އޭނާ ގޮސް ޝޮޕިންގމޯލް ތެރެއަށް ވަނުމާއެކު އަހުސަން ވެސް ސައިކަލުން ފުންމާލައިގެން އަވަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގައިގަތެވެ.

ތާމިން ގޮސް އޭނާގެ ޝޮޕިންގމޯލް ތެރެއަށް ވަނުމާއެކު ދޮރާއި އެންމެ ކައިރީގައި ހުރި ސޭލްސް ގާލް ބޯތިރިކޮށްލީ ވެރިމީހާއަށް އިޙުތިރާމް ކުރުމުގެ ގޮތުންނެވެ. މިމަންޒަރު ފެނުނު އަހުސަން އެވަގުތު ހުރީ ހައިރާންވެފައެވެ. ތާމިން ގޮސް ދެވަނަ ސޭލްސް ގާލް އާ އަރާ ހަމަވުމުން އެކުއްޖާ ވެސް ހަމަ ކަންތައްކުރީ ކުރީ ކުއްޖާއެކޭ އެއްފަދައިންނެވެ. ހައިރާންވެހުރެ އަހުސަން ތާމިންގެ ފަހަރުން ވަރަށް ނޫންކަމަށް ހެދިގެން ދިއައެވެ. ތާމިން ގޮސް ހުއްޓިލީ އެތަނުގެ މެއިން ކައުންޓަރު ކައިރީގައެވެ.

“ކޮބާ މިޔަދު ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” އޭނާ ވާހަކަ ދެއްކީ ކައުންޓަރު ކައިރީގައި އިން އަންހެންކުއްޖާ އާ އެވެ.

“އާދެ.. ސާރ ދުރުވާނަމޭ ބުނުއްވީމެއް ނޫންތޯ އެއްކަލަ ރިޕޯޓުތަށް ބަލާ؟” އެކުއްޖާ ތާމިން އަށް ‘ސާރ’ އޭ ކިޔައި މުޚާތަބުކުރުމުން އަހުސަންގެ ހިތުގައި ސުވާލަކަށްފަހު ސުވާލެއް ފުނިޖެހެމުން ދިއައެވެ. އެއީ އަނެއްކާ “ގްރީން ބަބުލް” ބްރާންޗް ގެ ބޮޑު މީހާ ބާވައެވެ؟

އެތަނުގެ ކަންތައްތައް ބަލާލުމަށްފަހު ތާމިން ބޭރަށް ދިއުމައްޓަކާ މިސްރާބު ޖެހިއެވެ. އަހުސަން ވެސް ތާމިންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އެތަނުން ނިކުތެވެ. ތާމިން ގޮސް ކާރަށް އެރުމާއެކު އަހުސަން ގޮސް ކާރުގެ ބިއްލޫރިގަނޑުގައި ދެތިންފަހަރަކު ޖަހާލިއެވެ. މިޔަދު ކޮންމެ ގޮތެއް ހަދާފައި ވެސް ޝިކާ އާއި އެމީހާ އާއި އޮންނަ ގުޅުން ހޯދާނަމޭ ހިތާހިތުން ކިޔާލިއެވެ.

“ޔެސް؟” ތާމިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ކުރިމަތީގައި ހުރި މީހާއާ ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ލިބުނީ ޝޮކެކެވެ. އެއީ ޝިކާ އާ އެކު ކުރިން ދެދުވަހު ވެސް އުޅުނު ފިރިހެން މީހާ އެވެ. އަނެއްކާ އޭނާ ތާމިން ގާތަށް އެއައީ ކީއްކުރަންބާވައެވެ؟ ތާމިން ވެސް އެވަގުތު ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު އަރާށޭ ބުނެލީ އެހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމުގެ ބޭނުމުގައެވެ. އަހުސަން ކުޑަ އިރުކޮޅަކު ވިސްނާލުމަށްފަހު އެތެރެއަށް ވަދެ ތާމިން އާ ޖެހިގެން އިން ސީޓުގައި އިށީނެވެ.

****

“ޝިކާ…!” ޝިކާއަށް ހޭލެވުނީ ރަހީމާ އޭނާއަށް ގޮވަމުން ދޮރުގައި ތަޅާ އަޑަށެވެ. ވަރުބަލި ގޮތަކަށް ތެދުވުމަށްފަހު ދެލޯ ފުހެލި ހިނދު އެދެލޮލަށް ވީތަދުން ޝިކާގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިއައެވެ. އެއީ ރޭގައި އެވަރަށް ރުއީމައި ކަން އޭނާއަށް ވިސްނުނެވެ. ކަންނެތް ކަމާއެކު ތެދުވެ އޭނާ ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ރަހީމާ ހުއްޓެވެ. އެ މޫނުމަތީގައިވާ ހިނިތުންވުން އޭނާއަށް ފާހަގަކުރެވުނެވެ.

“ބައްޕަ ބުނީ ތައްޔާރުވާށޯ ދާން އަލީމެން ގެއަށް….” ރަހީމާ ހެވިފައި ހުރެ ބުނެލިއެވެ.

“ކޮން އަލީ އެއް ތަ؟” ޝިކާ ލޯއުނގުޅަމުން އަހާލިއެވެ.

“ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް އެއީ… ހޮޅުދޫ އަލީ…” ރަހީމާ ބުނެދިނެވެ.

“ދެން މަންމަމެން ގޮސްލަބަލަ… އަހަރެން ވަރަށް ބޮލުގައި ރިއްސާވަރުން މިއުޅެނީ…” ޝިކާ ބަހަނާއެއް ދައްކާލިއެވެ. އޭނާ މިވަގުތު އެއްވެސް ތަނަކަށް ދާހިތެއް ނެތެވެ.

“ދަރިފުޅު އެކަމަކު ދާން ވާނެއެއްނު؟ ދަރިފުޅުގެ ކައިވެނީގެ ވާހަކަ ދައްކަން ވެގެންނޭ ދާން މިއުޅެނީ…. އެގޭ ރައުލް އާ ދަރިފުޅުގެ ކައިވެނި އޮތީ ކުރީއްސުރެ ހަމަޖައްސާފައޭ ބުނީމެއްނު…” ރަހީމާ އެހެން ބުނުމާއެކު ޝިކާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އޭނާ އެހުރީ ކުރިން ދުވަހު މަންމަމެންް ދެއްކި ވާހަކަ ރަނގަޅަށް ވެސް ހަނދާންނެތިފައެެވެ. އަހުސަން ގާތު އެވާހަކަ ބުނާނެ ފުރުސަތެއްވެސް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް މަންމަގެ އެދުމުގައި ދެކޮޅުނުހަދާން ވެގެން އޭނާ ކޮޓަރިއަށް ވަދެ ތައްޔާރުވެލިއެވެ.

***

“އައްސަލާމް އަލައިކުމް!” ‘ހ.ބިލަތްގެ’ ބޮޑު ދޮރާށި ކައިރީ ހުއްޓި ހުރެ ސަމީރު ސަލާމް ގޮވާލި އިރު ފަހަތުގައި ރަހީމާ އާއި ޝިކާ ވެސް ހުއްޓެވެ. ޝިކާ އަތުގެ އިނގިލިތަކާ ކުޅެލަ ކުޅެލަ ހުރި އިރު އެ މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. ދެން އޭނާ އަންނަންޖެހޭނީ މިގެއަށް ހެއްޔެވެ؟ ނުވެސް ދަންނަ މީހެއްގެ އަންބަކަށް ވެގެން ނުވެސް ދަންނަ ބައެއްގެ ގާތަށް ހެއްޔެވެ؟

އިރުކޮޅަކުން މީހަކު އައިސް ދޮރުހުޅުވާލުމުން ޝިކާ ސިހިފައި ރަހީމާގެ އަތުގައި ހިފާލިއެވެ. އޭނާ ހާސްވެފައި ހުރިތަން ފެނުމުން ރަހީމާ އަތުގެ އިށާރާތުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ ބުނެލިއެވެ. އެވަގުތު ޝިކާ ގަދަކަމުން ހިނިތުންވެލިއެވެ.

“އަނހާ… ބޭބޭ… އަންނަނަީ.. އެތެރެ އަންނަނީ…. މިގޭ ބޭބެ ހުންނަނީ އެތެރޭގަ…” އެމީހާ ވާހަކަ ދެއްކި ގޮތުން އެއީ އެގޭގައި ގެންގުޅޭ ބޭރު މީހެއްކަން ޝިކާއަށް އެނގުނެވެ.

އެމީހާގެ ފަހަތުން ތިން މީހުން އެތެރެއަށް ވަދެގެން ދިޔައިރު ޝިކާގެ ނަޒަރު ވަނީ އެ ބޮޑު ގޯއްޗަށް ހުއްޓިފައެވެ. އެ ބޮޑު ގޯތީގައި ތަފާތު ގަސްތަށް އިންދާފައިވީ ހިނދު އެޤުދުރަތީ ރީތިކަމުން މީހުންގެ ހިތްތަކާ ކުޅެލާހާ ވަރުވެއެވެ. ގޭތެރެއަށް ވަދެވުމާއެކު ޝިކާގެ ލޮލުގައި އަޅައިގަތީ ސިޓިންގރޫމް ސޯފާގައި ޓީވީ އަޅުވައިލައިގެން އިން މެދުއުމުރުގެ މީހެކެވެ. މިއީ އަނެއްކާ އޭނާގެ ވާން އުޅޭ ބަފައިބެ ބާވައެވެ؟ އެހެން ހިތަށް އެރުމާއެކު އޭނާގެ ހިތަށް ފާޑެއްގެ ފޫހިކަމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެމީހާ ބަލާލުމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ސަމީރު… ތިއައީ ދޯ..؟ އާދޭ އިށީއްނަން….” އެމީހާ ވަރަށް ހިތްހެޔޮ ގޮތަކަށް ބުނެލިއެވެ. އެއާއެކު ސަމީރު ގޮސް އެމީހާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ރަހީމާ ވެސް ޝިކާގެ އަތުގައި ހިފައިގެން ގޮސް އެތަނުން ގޮނޑިއެއްގައި އިށީނެވެ.

“ސާރާ! ސާރާ!  މިއޮއް އައީނު އެމީހުން… އަވަހަށް ޖޫސް ގެނޭ!” އެމީހާ އަޑުގެ ކޮޅަށް ގޮވާލިއެވެ. އެއާއެކު އެތެރެއިން އަންހެނަކު އާއެކޭ ގޮވާލި އަޑު އިވިގެން ދިޔައެވެ.

“ދަރިފުޅާ… މީ އަލީ.. ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް…” ސަމީރު ޝިކާއަށް އަލީ ތަޢާރަފުކޮށްދިނެވެ. އޭރު އަލީ އިނީ ޝަޢުޤުވެރިކަމާއެކު ޝިކާއަށް ބަލަަހައްޓައިގެންނެވެ. ޝިކާ ވެސް ޕްލާސްޓިކް ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލައިގެން އަލީ އާ ދިމާއަށް ބަލާލިއެވެ. “މިއީ އަހަރެންގެ ދަރިފުޅު ، ޝިކާ..” ސަމީރު އަލީ ގާތު ބުނެލިއެވެ.

“އަހަރެމެންގެ ރައުލް އާ ވަރަށް ގުޅޭ….” އަލީ އެހުރިގޮތަށް ހުރެ ބުނެލިއެވެ. ޝިކާ އަށް އެވަގުތު ހިންދިރުވާލެވުނެވެ. ކޮން ރައުލްއެކޭ ކިޔާކަށް ހެއްޔެވެ؟ ތި ރައުލް އެއް އޭނާއަށް ވެސް ދައްކަބަލާށެވެ. އެވަގުތު އަންހެނަކު ތަބަކަކަށް ތިން ޖޫސްތަށި ލައިގެން އައިސް އެމީހުންގެ ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ބަހައްޓައިފިއެވެ.

“މީތަ އެ މަންޖެއަކީ؟” ކުޑަކޮށް ޝިކާގެ ގައިގައި އޮޅުލައިގަންނަމުން އެއަންހެންމީހާ ބުނެލިއެވެ. އެވަގުތު ޝިކާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިއީ އަނެއްކާ އޭނާގެ ވާން އުޅޭ މައިދައިތަ ހެއްޔެވެ؟

“އާނ ސާރާ… ކޮބާތަ ރައުލް؟” އަލީ ސާރާއާ ސުވާލުކުރިއެވެ.

“ދެންމެ ގުޅީމަ ބުނި އެބަ އަންނަމޯ..” ޝިކާގެ ގާތުގައި އިށީންނަމުން ސާރާ ބުނެލިއެވެ. އަދި ޝިކާގެ އަތުގައި މަޑުމަޑުން ހިފާލުމަށްފަހު ތަފާތު ސުވާލުތަށް ކުރަން ފެށިއެވެ. އެމޫނުމަތިން ޝިކާއަށް ފެނުނީ ދެގޮތެއް ނުވާފަދަ ހިތްހެޔޮކަމެވެ. އޭނާ އައިސްފައިވާ ރުޅިވެސް އެވަގުތު ފިނިވެގެން ދިއައީ ކީއްވެކަން ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.

ފޫހިކަމާއެކު ގޭގެ ދޮރުން ވަދެގެން އައި ރައުލް އެންމެ ފުރަތަމަ ވެސް ގެއަށް ވަދެ ހޯދާލީ އޭނާގެ ވާން އުޅޭ އަނބިމީހާއެވެ. ސާރާ އާއި ރަހީމާގެ ދެމެދުގައި އިން އަންހެން ކުއްޖާ ފެނުމުން އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެކުއްޖާގެ ބޮލުން ފެށިގެން ފަޔާ ދިމާއަށް އޭނާ ނަޒަރު ހިންގާލިއެވެ. އެއީ ކިތަންމެހާ ވެސް ރީތި ކުއްޖެކެވެ. ދެރައީ އެކުއްޖާއަށް ވެސް ރައުލް ގެ ހިތާއި ކުޅެވޭ ކަހަލަ ސިފަތަކެއް ނެތީމައެވެ.

“ދަރިފުޅާ ރައުލް… އާދޭ އަވަހަށް މިތަނުގައި އިށީންނަން…” އަލީ ރައުލް އަށް ބަލާލަމުން އަވަސް އަވަހަށް ބުނެލިއެވެ. ކިޔަމަންތެރި ކަމާއެކު އޭނާ ގޮސް އަލީއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ދެން އެއަށްފަހު ދެކެވެން ފެށީ ކައިވެނީގެ ވާހަކައެވެ. އެވާހަކަ ތަކަށް ޝިކާގެ މާބޮޑު ޝަޢުޤުވެރި ކަމެއް ނެތް ނަމަވެސް އޭނާ މަންމަމެން ކީ އެއްވެސް އެއްޗަކާ ދެކޮޅެއް ނަހަދައެވެ. ރައުލްގެ ހާލަކީ ވެސް މިއީ އެވެ. އޭނާ ވެސް ހުރީ ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ބޯ ސަކަރާތް ވާވަރު ވެފައެވެ. އަލީ އާއި ސަމީރު މަޝްވަރާކުރުމަށްފަހު ހަފްތާއެއް ފަހުން ކައިވެނިކުރުމަށް ނިންމިއެވެ. މަންމަމެން އެފަދަ ކަމެއް އޭނާގެ އެއްވެސް މަޝްވަރާއަކާ ނުލައި ނިންމުމުން ޝިކާގެ ހިތަށް ތަދުވި ނަމަވެސް ދެކޮޅަށް އެންމެ ބަހެއް ވެސް ނުބުނެ އިނެވެ. އެއްކޮޅުން ދެޢާއިލާގެ ގުޅުން ބަދަހި ވާތީ އަލީ އާއި ސަމީރު ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އަނެއްކޮޅުން ޝިކާ އާ ރައުލް އަށް ހީވަނީ އެދެމީހުންގެ ހަޔާތަށް ކަޅު އަނދިރި ވިލާގަނޑެއް އެޅުނުހެންނެވެ.

އަލީ އާއި ސަމީރު މޮޅު ވާހަކައިގައި ތިއްބާ ގެއަށް އައިސް ވަތް އަންހެން ކުއްޖާ ފެނި އަލީގެ މޫނު ގެ ކުލަވަރު މުޅިން ބަދަލުވެގެން ދިއައެވެ. މިކަން ޝިކާ އަށް ފާހަގަވުމާއެކު އޭނާ އެއަންހެންކުއްޖާއަށް ރަނގަޅަށް ބަލާލިއެވެ. އެ ދޮން ހަތަރެސްކަން މޫނުމަތީގައި ރުޅިވެރިކަން އެކުލެވިގެންވެއެވެ. ދެބުމަ ގޮށް ޖެހިފައިވާއިރު ހީވަނީ ކަމަކާ ވަރަށް ބޮޑަށް ނުރުހުންވެފައި ހުރިހެންނެވެ. ބަލާބެލުމަށް ހީވަނީ 12 13 އަހަރުގެ ކުއްޖެއްހެންނެވެ. އެކުއްޖާ ހުދު ޔުނީފޯމުގައި ހުރި އިރު ކޮނޑުގައި ފިޔާތޮށިކުލައިގެ ދަބަހެއް އަޅުވާލާފައިވެއެވެ. އިސްތަށިގަނޑު ގަތާލުމަށްފަހު އެއްބައި ކުރިމައްޗަށް ވައްޓާލާފައި ވެއެވެ. ޝިކާއަށް އެކުއްޖާ ކޮންމެވެސް މީހަކާ ވައްތަރުވި ނަމަވެސް ކާކާ ކަމެއް އުޅެ އުޅެ ވެސް ހަނދާނެއް ނުވިއެވެ. އެކުއްޖާ ރުޅިވެރިކަމާއެކު އަލީ އާއި ސާރާއަށް ބަލާލުމަށްފަހު ވައިސޫރިއެއްހެން އެތެރެއަށް ވަދެގެން ހިނގައްޖެވެ.

އިރުކޮޅެއްފަހުން މައިނޭވާ ލަމުން ދުވެފައި އެގެއަށް ވަތް ކުއްޖާ ފެނި ޝިކާއަށް ކޮޅަށް ތެދުވެވުނެވެ.

“ރަނާ؟” ޝިކާއަށް ބޭއިޚްތިޔާރުގަައި ގޮވާލެވުނެވެ. ރަނާ ހިނދުކޮޅަކު ޝިކާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެވަނަ ސިކުންތުގައި އޭނާ އައިސް ޝިކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ގެންދިއައިރު ހީވަނީ ދުވަސްވީ ދެ ރަހުމަތްތެރިންހެނެވެ. އެތަނުގައި ތިބި އެހެން މީހުން ވާނުވާ ނޭނގިހުރެ އެދެމީހުންނަށް ބަލަން ފެށުމުން އޭނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޝިކާއަކީ އޭނާ އާ އެކީ މަނަދޫގައި އެއްގެއެއްގައި ކިޔަވަން ހުރި ކުއްޖެއް ކަމުގައި ބުނެދިނެވެ. ރަ ނާ އަކީ ރައުލްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްކަން އެނގުމުން ޝިކާގެ ހިތަށް ބުނެދެން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބުނެވެ. ރަނާ މިގޭގައި އުޅޭ ހިނދަކު އޭނާއަށް އެއްވެސް ދަތިކަމެއް ނެތި އުޅޭވޭނެކަން އޭނާއަށް ވިސްނުނެވެ.

“އަޅޭ.. ޝިކާ ތަ ތީ މަގޭ ވާން އުޅޭ ފަހަރި އަކީ؟ ހާދަ ބަދަލުވެއްޖޭ މިހާރު؟” ރަނާ އުފާވެފައި ހުރިވަރުން ބައްތިރީސް ދަތް ފެނެއެވެ. ރަނާ އެހެން ބުނުމުން ރައުލް އޭނާގެ ތުން އޫ ކޮށްލިއެވެ. ފަހަރި އޯލައެވެ. ރަނާގެ ވާން އުޅޭ ފަހަރި އަށް ވުރެ ކުރިން އެއީ އޭނާގެ ވާން އުޅޭ އަނބިމީހާ ވިއްޔާއެވެ. އޭނާ ނޫނީ އެންމެން މިކައިވެނި ކުރަން ބޭނުންވެފައި ހުރި ވަރު ހާމަވުމުން އެމޫނުމައްޗަށް ވެރިވީ މާޔޫސްކަމެވެ.

“ދޮންބެ އަކަށް އެ އަންހެނާ އާ ކައިވެންޏެއް ނުކުރެވޭނެ.!” ރުޅިވެރިކަމާ އެކު މީހަކު އެހެން ބުނެލި އަޑަށް އެންމެންނާ އެއްފަހަރާ އެދިމާ ބަލާލެވުނެވެ. ދޮރުމަތީގައި ރުޅިވެރި މޫނު ހަދައިގެން ހުރި ރީނާ ފެނި ޝިކާ އަށް ލިބުނީ ހައިރާންކަމެވެ. ރީނާ އަދިވެސް އޭނާ ދެކެ ރުޅި އާދޭ ހެއްޔެވެ؟

“ދަރިފުޅާ ރީނާ…. މިއީ މެހެމާނުންތަކެކޭ…. ރީތިކޮށް ވާހަކަ ދައްކަބަލަ….” އަލީ ހަރުކަށިކަމާއެކު ރީނާ އާ ދިމާއަށް އެހެން ބުނުމުނެލިއެވެ. އެއާއެކު ރީނާ ޝިކާއާ ދިމާއަށް ލޯއަޅާލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ އެތެރެެއަށް ހިނގައިގަތެވެ.

“ދަރިފުޅާ ޝިކާ … އަޅާނުލާ…. އެއީ އެ ރީނާގެ ވައްތަރު…” ސާރާ ލޯބިވެތިކަމާ އެކު އެހެން ބުނެލީ ޝިކާގެ ބޮލުގައި ފިރުމާލުމަށްފަހުގައެވެ. ސާރާ ‘ދަރިފުޅާ’ އޭ ކިޔައި އޭނާއަށް މުޚާތަބު ކުރުމުން އެ މޫނުމައްޗަށް ޖަންބު ކުލަ ވެރިވެގެން ދިއައެވެ.

****

ރޭގަނޑުގެ ވަގުތެވެ. ޝިކާމެންގޭ ކައިރީގައި އަހުސަން ސައިކަލު ޕާކު ކޮށްލައިގެން އޭގެ މަތީގައި އިނެވެ. އޭނާ އެއިނީ ޝިކާގެ އިންތިޒާރުގައެވެ. އޭނާ އެއިނީ ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ބޮޑު ވެފައިކަން އެމޫނުމަތިން ދޭހަވެއެވެ. ބައެއް ފަހަރު އޭނާގެ އަތުން މޭގެ ވާއަތް ފަޅީގައި ދެލޯ މަރާލުމަށްފަހު ފިރުމާލައެވެ. އޭނާ މާގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. ޝިކާ ފަރިހިނގުމެއްގައި އެގެއިން ނިކުމެގެން އެދިމާއަށް އަންނަން ފެށިއެވެ. ކުރިން އެލޯބިވެތި ސޫރަ ފެނުމުން އެހިތަށް ބުނެދެން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މިޔަދު އެހިތުގައި އަޅަނީ ވޭނެވެ. ޝިކާ އައިސް ސައިކަލަށް އެރުމާއެކު އޭނާ ދުއްވާލިއެވެ.

ސައިކަލުމަތީގައި އިންއިރު ޝިކާ ވިސްނަމުން ދިއައީ އޭނާގެ ކައިވެނީގެ ވާހަކަ އަހުސަން ގާތު ބުނާނެ ގޮތަކާ މެދުގައެެވެ. ނަމަވެސް އޭނާ އެވާހަކަ ބުނުމުން އަހުސަން ވާނެ ދެރަ ހިތަށް އެރުމާއެކު ވަގުތުން އޭނާގެ ޚިޔާލު ބަދަލުވިއެވެ. އޭނާ ހިތަށް އެރިއެވެ. އެވާހަކަ ބުނާނީ މިޔަދަކު ނޫނެވެ. މާދަމާއެވެ.

އަހުސަން ސައިކަލު ހުއްޓާލީ ސެންޓްރަލް ޕާކް ކުރިމައްޗަށެވެ. ޝިކާއަށް ބަލާލުމެއް ނެތި އޭނާ ހިނގަމުން ގޮސް ޕާކު ތެރޭގައި ހުރި ބެންޗެއްގައި އިށީނެވެ. އަހުސަންގެ މި ބަދަލުވެފައިވާ މިޒާޖު ޝިކާއަށް ފާހަގަވި ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އޭނާ އަހުސަންގެ ފަހަތުން ގޮސް ކައިރީގައި އިށީނެވެ. އިރުކޮޅެއް ވަންދެން އެދެމެދަށް ވެރިވެފައި ހުރީ ހަމަހިމޭންކަމެވެ.

އިރުކޮޅެއްފަހުން އަހުސަން އޭނާގެ ޖީބުން ކުޑަ ކެމެރާއެއްް ނެގިއެވެ. ކުޑަކޮށް އެއާ ކުޅެލުމަށްފަހު އޭގެއިން އޭނާ ބޭނުންވާ ފޮޓޯ ހޯދާލިއެވެ.

“ޝިކް… މިއީ ކާކުކަން ބުނެދީފާނަންތަ؟” އަހުސަން އެފޮޓޯ ޝިކާއަށް ދައްކާލަމުން އެހެން އަހާލުމާއެކު ޝިކާގެ ދެލޯ ބޮޑުވެގެން ދިއައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

To the readers of my story

Next

ކަޅި (ހަވަނަ ބައި)

Next
July 23, 2016

ކަޅި (ހަވަނަ ބައި)

Previews
July 23, 2016

To the readers of my story

29 Comments!

  1. Liaa says:
    July 23, 2016 at 9:06 am

    Hii .. mibai ves kamudhaane kamah ummeedhu kuran 🙂

  2. Appy says:
    July 23, 2016 at 9:16 am

    Woww …alhe kihineh tha vaan miulheny? ????Raul aa innaaneheneh hiyehh nuvey yy.!!!thaamin ahusan ah hurihaa ehcheh kiyaadhineetha??????liaa next part vx avahahh up kohdhehchey v v v kiyaahiyyvey

    1. Appy says:
      July 23, 2016 at 9:17 am

      Ohh mee 1st yeyyy!!!!hehe

  3. Aimsithu says:
    July 23, 2016 at 9:23 am

    Alhey.. varah reethi.

    :*

  4. xiya says:
    July 23, 2016 at 9:25 am

    Nice stry mibaivess v v kamudhey.me first comment.

  5. ahskfvsad says:
    July 23, 2016 at 9:26 am

    Second but avas kohdhehcheyy..birueba ganey mihaaru vessss

    1. ahskfvsad says:
      July 23, 2016 at 9:27 am

      Sorry m not second lol

  6. Shaai says:
    July 23, 2016 at 9:36 am

    V kamudhey. Next part up load vaani kon irakun?

  7. ~minty~ says:
    July 23, 2016 at 10:16 am

    Alhey….vrh curious vejje next part kiyaalan…hrdha reechey mi story dhaa goi…kn irakn next part kiyaalan libeynee….???

  8. Princess? says:
    July 23, 2016 at 10:33 am

    Vvvv nice igey liaa ? I am first
    Ekam shikaa ahusan dhurunukurahchey
    Next part konirakuntha?

  9. Xaan says:
    July 23, 2016 at 11:03 am

    Wow v salhi ekamaku ahsan aa shikaa dhurunukurahchey

  10. Soabi says:
    July 23, 2016 at 11:35 am

    Omg seriously v salhi khineh baa vaaney kaakabaa sikaa marry kurany raul tamin or ahusan oh next part avahah up koahbaa v kiyaahiyvey ? ? ?

  11. Nern.. says:
    July 23, 2016 at 11:37 am

    raul ehbas nuvaane dhw kaivenyah..??kon fadha ehen vejjiya mun..shikaa aa gulhenee ahusan .. so e dhemeehun gulhuvaalaa.. ekam Nern ah heevanee shikaa aa gulhuvan thi ulhenee thaamin aahen ..dhw..??

  12. jeen says:
    July 23, 2016 at 12:24 pm

    ranaage age adhi ves 13 tha hama… mii 12 years fahehnu.. dhn keehve ehn vaanviii… anekka olhumehtha story writer.. kurin othiii garde 8 ga kiyavaa kujjekey… eyge 12 years fahun ves hama e varu??? still confusing…

    1. she says:
      July 23, 2016 at 12:32 pm

      Ekuhjjaage fahathun dhw rana aee..mabe rana orr reena ge dhariah vedhaaannu

  13. Purplish says:
    July 23, 2016 at 12:31 pm

    It’s obiness
    Waiting for the next part

  14. Mary says:
    July 23, 2016 at 1:38 pm

    Vaahaka v reethi adhi kithah part kuriyan ebaoi

  15. Anonymous says:
    July 23, 2016 at 1:44 pm

    ==Tinkerbell==
    Enme kurin e ge ah vany kaaku tha….ranaa ge kurin tha reenaa vany…noony ranaa ge fahathun tha reenaa vany….ethankolhu confuse vaavarun miulheny

    1. Liaa says:
      July 23, 2016 at 6:08 pm

      Emme kurin geyah vaniii kaakukan ingeyne kuriyah oiy bai thakuga…. Dhen vany rana… Emme fahun vany reenaa 🙂

  16. Anonymous says:
    July 23, 2016 at 1:47 pm

    ==Tinkerbell==
    Mi bai vs v reethi…waiting 4 the nxt prt

  17. Yashal says:
    July 23, 2016 at 4:07 pm

    Storyy v reethi.. Maasha allah… Shik and thaamin gulhuvabila..thaamin ah
    Shikaa libuniyyaa reethivaaneee… Anyways.. Waitin for the next parttt

  18. Liaa says:
    July 23, 2016 at 6:08 pm

    Thankyw all for the lovely comments 🙂 U guys r the best <3

  19. Nik says:
    July 23, 2016 at 7:22 pm

    Oh nooo……… Nulaahiku kiyaahithun indha thi ninmaalyyy… Vvv salhi

  20. Em kudy min says:
    July 23, 2016 at 11:26 pm

    mee vvvv foohi vaahakaeh asluves mivaahaka v hadi

    1. xprincess says:
      July 24, 2016 at 12:44 pm

      Hadiyya nukiyabala! No one is forcing u to read this…. Ur such a crazy person 😀 haha

  21. love says:
    July 23, 2016 at 11:42 pm

    Vvv reethi

  22. RHAI says:
    July 24, 2016 at 1:18 am

    Varah salhi ingey. Thanks liaa. Varah iburahtheri vaahaka eh hen heevany.

  23. xprincess says:
    July 24, 2016 at 12:42 pm

    Oh nooooooooooooooooooo? Thaamin told everything to ahusan???? Nooooooooooooooooo…..
    Story is vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv niccee <3 loved it …. MEEHAKU HADI YEY BUNYAS ALHAA NULAATHI LIAA… Aslu mii emme reethi story hama 🙂

  24. harry says:
    July 24, 2016 at 5:31 pm

    This story as interesting as always … Loved this part tooo… Next part ge inthixaar ga hama mi hunnany nw 🙂 <3 lov u

Comments are closed.

Next Episodeއަސަރު 29←


All Right Reserved!