Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އެއްތިރީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
July 21, 2016 7 Mins Read
51 Comments

އެމީހުން ގެއިން ނުކުމެގެން ދިޔައިރުވެސް މަންޝާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ވީ ފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންޝާގެ އަތަށް ބަލާލިއެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާ ފެނުމުން ބޭރަށްނުކުތް އަސްލު މަގްސަދު ހަނދާންވިއެވެ. އެވަގުތު އެގެއާ ޖެހިގެން އޮތް ގޯޅިތެރެއަށް މަޖުދީ ހިނގާފައި ދާ މަންޒަރު ފެނުމުން އޭނާ ކައިރިއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޯޅިތެރެއިން މަޖުދީ އާ އަރާ ހަމަވީ އެ ގޯޅީގެ މެދެއްހާ ހިސާބުންނެވެ. ސަތޭކަ ރުފިޔާ ދިއްކޮށްލަމުން މަންޝާގެ ފޯނު ނަންބަރު ދިނުމަށްފަހު އެ ނަންބަރަށް ރީލޯޑެއް ކޮށްދިނުމަށް މަންޝާ އެދުމުން މަޖުދީ އާއެކޭ ބުނެ ކުރިޔަށް ހިނގައިގަތެވެ.

މަޖުދީ ގޮސް ލޮލުކޮޅަށް ގެއްލުމުން މަންޝާ ގެއަށް ދާން ހިނގައިގަތެވެ. ވަގުތުގެ ގޮތުން މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. މުޅި ހިސާބުގަނޑު ވަނީ ފަޅުވެފައެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވާނީ ދަނޑަށް ގޮހެވެ. ހަވީރު އޮތް ފައިނަލް މެޗު ބަލަން ރަށު އެންމެން އެއްވާނެކަން ޔަގީނެވެ. ފަހަތުން މީހަކު ގޮވާލިއަޑަށް މަންޝާ އެނބުރި ބަލާލިއެވެ. ކަކުލު ހުޅުން ވާގި ދޫ ނުވީ ހަމަ ކިރިޔާއެވެ.

މަންޝާއަށް އެ ގޮވަނީ ޒިބާނެވެ. ދެލޯ އަޅާލަމުން މަންޝާ އެނބުރުނީ ގެއަށް ދާށެވެ. ނަމަވެސް ގެއާ ދިމާއަށް ދާން އެނބުރު ވަގުތު ޒިބާން އައިސް މަންޝާގެ ކުރިމައްޗަށް އެރިއެވެ. ޒިބާނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އެހާ އަވަހަށް ގެއްލިފައި ކުރިމައްޗަށް އައުމަކީ ކުރެވިދާނެ ކަމެއްކަން މަންޝާއަށް އިނގުނެވެ. އެހެންނަމަވެސް ޒިބާންދެކެ ބިރުގަނެ ޖެހިލުންވާ ގޮތެއް ނުވާ ކަހަލައެވެ.

“މަންޝާ…އަހަރެންނަށް މާފު ކުރޭ… ޕްލީސް…” މަންޝާއާ ދިމާއަށް ބަލަން ހުރުމަށްފަހު ޒިބާން ވާހަކަ ދެއްކިއެވެ.

އެ އާދޭހުގެ އަޑުތައް އަހަން މަންޝާ ބޭނުންނުވާ ފަދައެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީ ޒިބާނާ ގާތްވާން ބޭނުން ނުވާތީއެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އެތައްހާސް ސުވާލެއް ކުރަން ބޭނުންވި ނަމަވެސް އެއިން އެއްވެސް ސުވާލެއް ނުކޮށް މަންޝާ އިސްޖަހާލިއެވެ. ހަމަހިމޭންކަން ވެރިވެފައިވާ އެ މާހައުލުން މަންޝާގެ ކަންފަތުގައި ޖެހުނީ ދެމީހަކު ދައްކަމުން ދިޔަ ވާހަކައިގެ އަޑެވެ. މަންޝާމެން ގޭގެ ކޮޓަރިތަކުގެ ކުޑަދޮރުތަކާ ދިމާލުން ދޮރެއް ހުޅުވިފައި ހުއްޓެވެ. އެކުޑަދޮރާ މަންޝާ ގާތްވެލީ އެތެރެއިން ދައްކަމުންދާ ވާހަކަ ސާފުކޮށް އަޑުއިވޭތޯއެވެ.

އެއީ އަފްނާނުގެ ކޮޓަރިއެވެ. ކުޑަދޮރު ހުޅުވިފަ ހުރި ހިސާބުން މަންޝާއަށް ފެންނަނީ ހަސަނެވެ. ހަމައެކަނި ޝޯޓު ބުރިއެއް ލައިގެން ހަސަނު ހުރި އިރު އޭނާގެ މުޅިގައިގާ ތެޔޮ ވަށާފަ ހުރިކަން އެނގެނީ ހަންގަނޑުގައި ހުރި އޮފް ދަޅައިންނެވެ. ފާޚނާއާ ދިމާއަށް ބަލަންހުރެ ހަސަނު ވާހަކަ ދައްކަމުން ދިޔައެވެ. ވާހަކަ ހުރި ގޮތުން އޭނަ އެ މުޚާތަބުކުރަނީ އޭނާގެ ދަރިފުޅަށް ކަން އެނގުނެވެ.

“އަފޫ…. އެވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ދެން ބޮޑާ ނުހާކާ އާދޭ….” އަމުރުވެރިކަމެއް ހަސަނުގެ އަޑުގައި ހުރިހެން މަންޝާއަށް ފާހަގަވިއެވެ.

އަތް ހަނާ އަޅަމުން އަފްނާނާ ދިމާއަށް އިޝާރާތް ކުރަމުން ހަސަނު އެދެމުން ދިޔައީ އޭނާ ގާތަށް އައުމަށެވެ. މަންޝާއަށް އެގަޑީގަ ވިސްނާލެވުނެވެ. އަފްނާން ގާތުގައި ހަސަނު ނުބުނާށޭ ކިޔާފައި މި އަމުރުކުރަނީ ކޮން ވާހަކައެއް ހެއްޔެވެ. މަންޝާގެ ހަނދާނަށް އައީ މަންޝާގެ ކޮޓަރިއަށް ހަސަން ވައިން ރެއެވެ. އެރޭ  އެ ނުލަފާ ބޭގަނޑުގެ ކިބައިން މަންޝާ ސަލާމަތްވީ ކޮޓަރިއަށް އަފްނާން އައީތީއެވެ.

ކުރިއަށް މަންޝާ ޖެހިލީ ހަސަނަށް އެތާ އޭނަ ހުރިކަން އަންގާލާށެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ. އަތުގެ މުލައްދަނޑިއަށް މަންޝާ ބަލާލީ ދެ ބުމަ ގޮށްޖަހާލަމުންނެވެ. މަންޝާ ހުއްޓުވަން މަސައްކަތް ކުރަނީ މަންޝާގެ އެއްފަރާތުގައި ހުރި ޒިބާންކަން އެނގުނީ އޭނާ ދެއަތަށް ބޯ ހޫރާލުމުންނެވެ. އަނެއްކާވެސް ކޮޓަރިއާ ދިމާއަށް މަންޝާ ބަލާލީ ދެން ވާން އުޅޭ ގޮތެއް ބަލަން ބޭނުންވެފައި ހުރެއެވެ.

ކުރިއަށް ނާންނަން ހުރި އަފްނާނު މަޑުމަޑުން ކުރިއަށް ޖެހުނެވެ. މަންޝާ ހުރީ ރަނގަޅަށް ބަލާށެވެ. މަންޝާ ހުރި ދިމާލުން އަފްނާނުގެ އަތުން ތަންކޮޅެއް ފެންނަނީ ކިރިޔާއެވެ. ހަސަނު އެވަގުތު ކުރިއަށް ޖެހި އަފްނާނުގެ އަތުގައި ހިފާ ހަސަނުގެ ގަޔާ ދިމާއަށް ދަމައިގަތެވެ. ފެނުނު މަންޒަރުން މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އަފްނާނުގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. އޭނާގެ ދޮން ހަށިގަނޑުގައި ހަސަނު ބައްދާލުމުން މަންޝާގެ އަތުގެ އިނގިލިތައް ބާރުކޮށްލަމުން މުށްކަވާލެވުނެވެ. ހަސަނުގެ އެ ކުޅިގަނޑު ހުއްޓުވަން މަންޝާ ބޭނުން ވިއެވެ. ނަމަވެސް މަންޝާއަކަށް އޭނާގެ ދެފައި ގުޑުވާވެސް ނުލެވުނެވެ. ބިމަށް ފައި ހަރުލާފައިވާ ކަހަލައެވެ. ދެލޯ އަޅާލަމުން ޒިބާނާ ދިމާއަށް މަންޝާ ބަލާލީ މީ ޒިބާން ކުރާ ކަމެއްކަން މަންޝާއަށް އެނގޭތީއެވެ. ޒިބާނާ ދިމާއަށް އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް ދޫ ހަރަކާތެއް ނުކުރެވުނެވެ.

މަންޝާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެތަނުން އަފްނާނު ސަލާމަތް ކުރަން ބޭނުންވިއެވެ. މަންޝާއަށް ލިބުނު ކަހަލަ ދެރައެއް އަފްނާނަށް ލިބޭކަށް މަންޝާގެ ހިތެއް ނޭދެއެވެ. ކުޑަދޮރުން ހުޅުވިފައިވާ ދޭތެރެއަށް މަންޝާ ބަލާލިއެވެ. މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފޭބިއެވެ. ހިތާހިތުން ޒިބާނާ ދިމާއަށްވެސް އެއްޗިހި ކިޔަން ފެށުނެވެ. ޒިބާން އޭނާ ހުއްޓުވި ސަބަބު އެނގެން ބޭނުންވިއެވެ.

އެނދުގައި ހަސަނު ހަމަޖެހިލަމުން އަފްނާނު ގެނެސް އުނގުތެރޭ ބޭންދިއެވެ. މަންޝާއަށް އެމަންޒަރު ބަލާކަށް ނުކެރުނެވެ. ދެލޯ މަރާލަމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަފްނާނު ސަލާމަތްކުރަން ހަދާނެ ގޮތަކާ ދޭތެރޭ މަންޝާ ވިސްނަމުން ދިޔަ ނަމަވެސް މަންޝާގެ ސިކުނޑިއަށް އިތުރު ހިޔާލެއް އަންނަ ގޮތެއް ނުވިއެވެ.

“ބައްޕާ…. އަހަރެން ކުރިންވެސް ބުނަން ދޮނާއާ ދިމާއަށް ބައްޕަ ބަލަނީ ކީއްކުރަންހޭ… ދޮނާ އާ ކައިރިވާންޏާ އަފޫ ރުޅި….” އަފްނާންގެ އަޑު މަންޝާގެ ކަންފަތުގައި ޖެހުމާއި އެކީ ނިތައް ރޫ ގިނަކޮށްލަމުން މަންޝާގެ ދެލޯ ހުޅުވާލިއެވެ. އޭރު ހަސަނުގެ މޫނަށް ބޮސްދެމުން އަފްނާނު ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކުރިންވެސް ދޮނާއާ ހެދި އުޅެނީ… އެކަމު ބައްޕަ ބުނި ދޮނާ މެރީކޮށްގެން ދިޔަ ހިސާބުން ބައްޕަ އެންމެ ލޯބިވަނީ އަފޫ ދެކެޔޭ…. ދެން މިހާރު ކީއްކުރަން ދޮނާ ކައިރިއަށް ދަނީ…” އަފޫ ވާހަކަ ދެއްކީ ބޮޑާ ހާކަމުންނެވެ.

“މަންމަ ނިދީމަ އަފޫ ކައިރިއަށް އާދެބަލަ…  މާލޭގަ އުޅޭ އިރުވެސް އަންނަމެންނު… އައި މިސްޔޫ…” ދެއަތް ހަސަނުގެ ކަނދުރާ ވަށާލަމުން ހަސަނު ގައިގާ އަފްނާނު ބައްދާލިއެވެ. ދެމީހުން އެކީ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު މަންޝާ ފަހަތަށް ޖެހެން ނެގި ފިޔަވަޅު ބިމުން ހިއްލާލެވުނެވެ. ފަސް ފަހަތަށް މަންޝާ ޖެހެމުންދިޔަ އިރު އެ ކޮޓަރިން ބޭރަށް އަފްނާނުގެ ހިނިގަނޑުގެ އަޑު ގުގުމާލިއެވެ. ކުރިމަތިން ފެނިގެން ދިޔަ ކަންތައްގަނޑުގެ ނުބައިކަން މަންޝާގެ ސިކުންޑީގައި ތަކުރާރުވޭވޭ ހުއްޓެވެ.

ހަސަނުގެ ހުރި ނުބައިކަން މަންޝާގެ ހިތަށް އެރިއެވެ. އޭނާ މިހާރު ރޮލާ ހަފާ އެކަނީ އޭނާގެ އަމިއްލަ ދަރިއެވެ. އަފްނާނުވެސް އެވަރުގެ ކަމަކަށް އެއްބަސްވެ ހުރެ މިހިންގާ ނުބައި ގުޅުން ފެނުމުން މަންޝާ ހުރީ ހައިރާންވެފައެވެ. އަފްނާނަކީވެސް ހަސަނުގެ ލެޔެވެ. އެހެނަސް އެފަދަ ނުބައިކަމެއް ކޮށްފާނެ ކަމަކަށް މަންޝާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

ނިތްކުރިމަތީ ހިއްލާފައިވާ ދާތައް ފޮހެލި ވަގުތުގައި މަންޝާ އޯކާ ދެމިގަތެވެ. ގޭގެ ފާރު ބުޑާ ދިމާއަށް މަންޝާ ގުދުވެލިއެވެ. ހޮޑުލާ ނިމުމުން މަންޝާ ދުވެފައިގޮސް ވަނީ ގޭތެރެއަށެވެ. މަންޝާގެ ކޮޓަރިއާ ހަމައަށް އެރި އިރު އަފްނާނުގެ ކޮޓަރިން ބޭރަށް އިވެމުންދިޔަ އަޑުން އެމީހުންގެ ކުޅިގަނޑު ހުރި ހިސާބު މަންޝާއަށް ދެނެގަންނަން އެނގުނެވެ.

ކޮޓަރިއަށް ވަދެ ދޮރުފަތް ބާރަށް ޖަހާލީ އެމީހުން އެކަންތައްގަނޑު ހުއްޓާލާތޯއެވެ. ދުވެފައިގޮސް އެނދުމައްޗަށް ވެއްޓި މަންޝާ ރޯން ފެށިއެވެ. ބާރަށް ރޮވިދާނެތީ މަންޝާގެ މޫނު ބާލީހުގެ ތެރެއަށް ވައްދާ ފިއްތާލިއެވެ. އަފްނާނު ދެއްކި ވާހަކަތައް މަންޝާގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ. އެހެންކަމުން ހަސަނާ މަންޝާއާ ދެމެދުގަ އޮތް ގުޅުން އަފްނާނަށް އެނގޭކަން މަންޝާއަށް ޔަގީންވިއެވެ. އެއީ ކިހިނެއް ހެއްޔެވެ. އަނެއްކާ ހަސަނު ދޮގު ވާހަކަ ދައްކައިގެން އަފްނާނުގެ ބޮލަށް އެރުނީ ހެއްޔެވެ.

އެހެން އޮއްވާ މަންޝާއަށް އިވުނީ މަދީހާގެ އަޑެވެ. މެޗުބަލާ ނިންމާފަ އެންމެން ގެއަށް އަތުވެއްޖެކަން މަންޝާއަށް އެނގުނެވެ. މަންޝާގެ ކޮޓަރީގައި މަދީހާ ޓަކި ޖެހިކަންވެސް އެނގުނެވެ. މަންޝާ ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ހިމޭނުން އޮތީއެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ ފެނުމުން މަދީހާގެ ސުވާލުތައް ނުހުއްޓޭނެކަން އެނގޭތީއެވެ. އެތައް އިރެއްވަންދެން މަންޝާ އެހެން އޮތެވެ. ކޮންމެވެސް ވަރަކަށް ނިދުނުވެސް މެއެވެ.

ބަނޑުހައިވެގެން ނިދިފައި އޮތް މަންޝާއަށް ހޭލެވުމާއި އެކީ ބާލީސް މަތިން ބޯ ހިއްލާލި އިރު މަންޝާ ދިޔައީ ސިއްސައިގެންނެވެ. މަންޝާގެ މަގަތުގައި މީހަކު ހުރުމުންނެވެ. މުޅި ކޮޓަރިތެރޭގައި ވަނީ އަނދިރިކަމެވެ. ކައިރީ ހުރި މީހަކީ ކާކުކަން ނޭނގޭހާ ކޮޓަރިތެރެ އަނދިރިއެވެ. “ކާކު…” ބިރުން ހުރެ މަންޝާ އަހާލީ ބާލިސް ދަށުގައި އޮތް ފޯނު އަތު ޖެހޭތޯ އެނދުމަތީ އަތް ހާކަމުންނެވެ.

މަންޝާގެ ހިތް ބިރުގަތީ ކޮޓަރީގައި ހުރި މީހަކު ނޭނގޭތީއެވެ. ކުއްލިއަކަށް ދިއްލުނު އަލިކަމުން މަންޝާ އިސް އުފުލާ ބަލާލިއެވެ. ޒިބާން ހުރީ މަންޝާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަންޝާއާ ދިމާއަށް ދިއްކޮށްގެން ހުރި އަތު ތެރޭގައި ހުޅުކޮޅެއް ފެންނަން ހުއްޓެވެ. ކޮޓަރީގައި ހުރީ ޒިބާން ކަން އެނގުމުން މަންޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

“ސޮރީ މަން… އަހަރެން މަންޝާއަށް އެ މަންޒަރު ދައްކަން ބޭނުންވީ އަސްލު އެކަމުގެ ހަގީގަތް ހާމަކުރަން… އަހަންނަށް އެނގުނު މަންޝާއަށް އޭރު ގޯސްވީ ހަސަނުކަން… އެކަމު އެއީ އަފްނާނުވެސް ރުހިގެން ކުރާ ކަމެއް….” ޒިބާންގެ އަތް މުއްކަވާލުމާ އެކީ ކުރިންވެސް ހުރި އަނދިރިކަން ކޮޓަރިތެރެއަށް ވެރިވިއެވެ.

މަންޝާ އެނދުން ތެދުވިއެވެ. އަދި ޒިބާންގެ ގައިގާ އޮޅުލައިގަތެވެ. “އަސްލުވެސް… އަހަރެން ހީކުރީ އަހަންނާ ބެހެމުން ދިޔަ ގޮތަށް ހަސަންބެ  އަފޫއާވެސް ބެހެނީކަމަށް…. ޒިބާން ބުނީ ރަނގަޅަށް… މި ދުނީޔޭގައި މިތާ މި އުޅޭ ނުލަފާ މީހުންނަށް ވުރެ ޒިބާންވެސް މާ ރަނގަޅު…  ސޮރީ އަހަންނަށް ޒިބާންދެކެ ވަރަށް ރުޅި އާދެވިއްޖެ… އެކަމަކު މި ހަސަންބެގެ މުސީބާތުން….” ޒިބާންގެ މޭމަތީ ބޯ ޖައްސައިގެން ހުރި މަންޝާގެ ވާހަކަ މެދުކެނޑުނީ މަންޝާގެ ކޮނޑުގައި ޒިބާން ހިފާ ދުރަށް ޖައްސާލުމުންނެވެ.

“މަން… ހާސް ނުވޭ.. ދެން ލާހިކެއް ނޫން އޭނައަށް މަންގެ ގައިގަ އިނގިލި ކުރިވެސް ޖައްސާލަން… އެހިސާބުން އެވާނީ އޭނާގެ ފަހު ދުވަހަށް…. މަގޭ ޒޯއީ ކިހިނެއްތަ؟…” ވާހަކަ އޮޅުވާލަން ޒިބާން އަހާލީ މަންޝާގެ ބަނޑުގައިވާ ދަރިފުޅުގެ ވާހަކައެވެ. ބަނޑުގައި އަތް ޖައްސާލަމުން އެތުއްތު ކުއްޖާ ރަނގަޅުކަމަށް މަންޝާ ބުންޏެވެ.

މަންޝާގެ މޫނުގައި ހިފާ ޒިބާން ގާތްވެލީ މަންޝާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކައިރިވަމުން ގޮސް ޒިބާންގެ ނޭވާ އިހްސާސްވާހާ ކައިރިއަށް ދެވުމުން މަންޝާގެ ދެލޯ މަރާލިއެވެ.

*** *** *** *** *** ***

ވޯޑް ތެރެއަށް ވަދެގެން އައި ރިޔާޒް ފެނުމާއި އެކީ ނަވާފް ގޮނޑިން ތެދުވިއެވެ. އޭރު އަޒީމް އޮތީ ނިދާފައިކަމުން އެދެމީހުން އެކީގައި ބޭރަށް ނުކުތެވެ ބޭރުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގަ އިށީންނަމުން ރިޔާޒް ވާހަކަ ދައްކަން ފެށިއެވެ. “މީރާ ހުން އައިސްގެންނޭ މަ ދިޔައީ… މަ ބިރުން ހަލާކު ނުވީ ކިރިޔާ.. މަ ހީކުރީ އޭނައަށްވެސް ޑެންގޫ ޖެހުނީކަމަށް….”

“އަޅެ.. ޑޮކްޓަރަށް ދައްކައިފިންތަ؟…” ހާސްވެފައި ހުރެ ނަވާފް އަހާލިއެވެ.

“އާން.. އަހަރެން ދުމެއް ޖަހާފަ ގެއަށް ދިޔައީ މަންމަ ގުޅާފަ ބުނީމަ… ގެއަށް ވަދެ އަހަރެން އަތް ޖައްސާލި އިރު މީރާ ހެސް ކިޔާފަ ހޫނު.. ދެން ހޮސްޕިޓަލަށް ދިޔައީ… ހުން ބެލި އިރު 37.7.. އަހަރެން ބުނިން ތިހެން ނުވާނޭ… އަހަރެން އަތްލި އިރު ހުމާ ފިހެނީއޭ…. އަސްލު މަގޭ އަތް ފައި ހުރީ ބިރުން ފިނި ވެފަ… އެކަމާ މިހާރު މީރާ އެބަ ދިމާ ކުރޭ….”

ރިޔާޒް ހޮސްޕިޓަލަށް އައުމުން ނަވާފް ނުކުތީ އޭނަ ގެއަށް ގޮސްލާފަ އަންނާށެވެ. އިރުއޮއްސެމުން އައި ވަގުތު ކަމުން ހޮސްޕިޓަލް ތެރޭ ފުދޭ ވަރަކަށް މީހުން ގިނައެވެ. ލިފްޓަށް އަރާ ނަވާފް ތިރިއަށް ދާން ފިތަކަށް ފިތާލިއެވެ. އެވަގުތު ލިފްޓުގައި ހުރި ބޮކި ދެބުރަކަށް ނިވި ދިއްލުނެވެ. ނަވާފްގެ ފަހަތުގައި ހުރި އަންހެން ކުއްޖާ ނަވާފަށް ގޮވާލިއެވެ. “އޭއި..”

ފަސްއެނބުރި ނަވާފް ބަލާލިއެވެ. އެއީ އަޒީމްގެ ޒޭބާކަން ނަވާފަށް އެނގުނެވެ. ބަހެއް ނުބުނެ ހުރުމުން ދެންވެސް ވާހަކަ ދެއްކީ ޒޭބާއެވެ. “ކޮބާ އަޒީމްގެ އަންހެނުން…” ނަވާފް ޖަވާބު ނުދޭން ހުރުމުން އަނެއްކާވެސް ޒޭބާ ވާހަކަ ދެއްކިއެވެ. “އަހަރެން ދެކެ ބިރު ގަންނަނީތަ؟.. އަހަރެން ނޫޅެން އަޒީމަށް ގޮތެއް ހަދާކަށް… އަދި އެކަހަލަ ބޭވަފާތެރިޔަކާ ދެން ވައި އެޅޭކަށްވެސް ނެތިން…”

“އަހަރެން ކީއްކުރަން ޒޭބާ ދެކެ ބިރު ގަންނަންވީކީ… މަންޝާ ވީ ރަށުގަ… އޭނަ އަންނާނެ ދެ ދުވަސް ފަހުން…” ލިފްޓު ތިރިއަށް އައިސް ދޮރު ހުޅުވުމާއެކު ނަވާފް ލިފްޓުން ފޭބިއެވެ. އަދި ހަލުވި ހިނގުމެއްގައި ހޮސްޕިޓަލުން ނުކުމެ ޕާކް ކޮށްފައިވާ ސައިކަލާ ދިމާއަށް ހިނގައިގަތެވެ.

*** *** *** *** *** ***

ރޭގަނޑުގެ ވަގުތެއް ކަމުން މަގުމަތީ ފުދޭ ވަރަކަށް މީހުން މަދެވެ. ރޭގަނޑުގެ ކެއުމަށްފަހު މަންޝާ ގެއިން ނުކުތީ ޒިބާންގެ އެދުމަކަށެވެ. ޒިބާންގެ ފަސްފަހަތުން މަންޝާގޮސް ވަނީ ވަލަށެވެ. ވަލުތެރެއިން ހިނގަމުން އެތެރެއަށް ދިޔައިރު މަންޝާގެ ޖެހިލުންކުޑަކަން ޒިބާނަށް ފާހަގަވިއެވެ.

ގަސްތަކުގެ ތެރެއަށް ވަންނަން އުނދަގޫވެދާނެތީ ޒިބާން ދިޔައީ މަންޝާއަށް މަގު ހަދައިދެމުންނެވެ. ޒިބާންގެ އިޝާރާތަށް ގަސްތަކުގެ ގޮފިކޮޅުތަކާ ފަތްތަކާ އެހެނިހެން ކުނިބުނިތައް އެއް ފަރާތަކަށް ޖައްސަމުންނެވެ. ދެމީހުންނަށް ހިނގަމުން ގޮސް ނުކުމެވުނީ އެރަށުގެ ފުއްޓަރަށެވެ. އެހިސާބުން އިވެމުން ދިޔައީ ރާޅު ޖަހާ އަޑެވެ.

ދެލޯ މަރާލުމަށްފަހު މަންޝާ ހަށިފުރާ ނޭވާއެއް ދަމާލިއެވެ. ދުވި މީރުވަހުން ދެވަނަ ފަހަރަށް ނޭވާ ދަމާލަމުން ކުރިމަތިން ފެންނަން ހުރި ގަސްތަކުގެ ތެރެއަށް މަންޝާ ހިނގައިގަތެވެ. ޒިބާން ހުރީ މަންޝާގެ ފަހަތުގައެވެ. މަންޝާ ދާ ދިމާލެއް ބަލަމުން ޒިބާން ކުރިއަށް ޖެހިލިއެވެ. ގަސްތަކުގެ ތެރެއިން މަންޝާއަށް ނުކުމެވުނީ ބިޔަކޮށް ހެދިފައިވާ ބޮޑު ބެރެބެދި ގަހެއްގެ ކައިރިއަށެވެ. ކުރިއަށް މަންޝާ އެޅި ފިޔަވަޅު ޒިބާން ހުއްޓުވިއެވެ.

އެއީ ވަރަށް ބިޔަކޮށް ހެދިފައިވާ ގަހެކެވެ. އެގަހުގައި ހުރި ފަތްތަކަށްވުރެ ގިނައީ އަޅާފައިވާ ރަތް މާތަކެވެ. އެ ގަހަކީ ބެރެބެދި ގަސްތަކުގެ ތެރެއިން ކަށި ފަޅާފައި ހުންނަ ބާވަތެވެ.

ޒިބާން ފުއްޓައްކެއް ޖަހާލުމާއި އެކީ އެ ގަސް ދަށުން އެތައް ހާސް އަލިފާން ކޮކާތަކެއް ނުކުތެވެ. މިއީ އަނދިރީގައި ރެދަންލާ ދިއްލިފައި ހުންނަ ސޫތްޕެކެވެ. އެ ކޮކާތައް އުދުހެމުން މުޅި ގަސް ވަށާލިއެވެ. އެ ސަރަހައްދަށް ހީވަނީ އެތައްހާސް ތަރިތަކެއް ފައިބާފައިވާ ހެންނެވެ. އަތުގެ އިޝާރާތުން ބިންމަތީގައި ހުރިފަތްތައް ޒިބާން އެއްފަރާތަކަށް ކަހާލީ ގަސްދަށަށް ވެއްޓިފައި ހުރި އެ ގަހުގެ ކަށިތަކުން މަންޝާއަށް ހާނީއްކައެއް ވެދާނެތީއެވެ. ހަމަ އެއާ އެކު ގަހުގައި ހުރި މާތަށް މަޑު މަޑުން ބިންމައްޗަށް ފޭބިއެވެ. ގަސްދަށަށް ހިނގާފައި ދިޔަ އިރު މަންޝާގެ ބޯމަތިން މަލުގެ ވާރޭހެން މާތައް ފައިބަމުން ދިޔައެވެ. އުފަލުން މަންޝާ އެނބުރިލީ ދެއަތް ފުޅާކޮށްލަމުން ވެހެމުން ދިޔަ މާ ތަކާ ދިމާލަށް މޫނު ދިއްކޮށް ލޯ މަރާލަމުންނެވެ.

ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ޒިބާނާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި މަންޝާ އަތް އަޅުވާލިއެވެ. ޒިބާނާ ދިމާލަށް ބަލަން ހުރުމަށްފަހު ޒިބާންގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަމުގެ އިހްސާސް ވުމުންނެވެ. އޭރުވެސް ޒިބާން ހުރީ މަންޝާ އުރާލައިގެންނެވެ. އެހެންކަމުން މަންޝާއަކަށް މިވާނުވާއެއް ނޭނގުނެވެ. ވަށައިގެން ފެންނަމުން ދިޔައީ ތަރިތަކެވެ.

ރޭގަނޑުގެ އަނދިރިކަމުން ފުރިފައިވާ އުޑުމަތީގައި ވާ ހުރިހާ ތަރިތަކެއް އެހާ ސާފުކޮށް މަންޝާއަށް ފެންނާތީ އަޖައިބުވިއެވެ. ތިރިއަށް ފޭބުމަށް މަންޝާ ތިރިއަށް ބަލާލިއެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ. އެމީހުން އެތިބީ ކާށިދޫ މަތިން ދަތުރު ކުރަމުން ދިޔަ ވިލާ ކޮޅެއްގެ މަތީގައެވެ. ބިރުންހުރެ މަންޝާ ޒިބާންގެ ގައިގާ ބައްދާލިއެވެ. ފައިބަން އެދުމުންވެސް މަންޝާ ދެކޮޅު ހެދިއެވެ. ޒިބާނަށް އިތުބާރު ކުރުމަށް އެދުމުން މަންޝާ ޒިބާންގެ އަތްމަތިން ފޭބިއެވެ. ނަމަވެސް އަތުން ދޫ ނުކުރުމަށް ޒިބާން ގާތު މަންޝާ އެދުނެވެ. އޭރުވެސް އެވިލާކޮޅު މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އަހަރެންގެ ވާހަކަ (އެއްތިރީސްވަނަ ބައި)

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 4 ވަނަ ބައި

Next
July 22, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 4 ވަނަ ބައި

Previews
July 21, 2016

އަހަރެންގެ ވާހަކަ (އެއްތިރީސްވަނަ ބައި)

51 Comments!

  1. bad boy ? says:
    July 21, 2016 at 11:46 pm

    wow…. vilaa mathy dhuniye vashaa bureh jahaalaneee… v fakkaa… ????

    1. Bad girl says:
      July 22, 2016 at 10:51 am

      Vilaamathee dhen dhuniye vashaa bureh jahaalevuneema mann kihaa ufaavaane alheyy ???
      Mi hasanu hama muneeraatha fenuneema nuvey eh kameh ves but mann ah mann ge mom ah fenairah vaa goi goi

    2. bad girl?? says:
      July 23, 2016 at 3:22 am

      Hii bad girl???kihinehh thr?hehe?

    3. bad girl?? says:
      July 23, 2016 at 3:27 am

      Anehhkkaa bad grl ge bappa thyna fenunyma ehnn vany tha??abadhu hasanuge vaahaka dhahkany dhw??anehhkaa kihinehh vegen???thy anehhkaa 18 ge kuhhjehhtha??dhahkaa galhi vaaahaka thakunn heevany kuda kuhhjehh hen

    4. Bad girl says:
      July 23, 2016 at 10:34 am

      Oh shut up u idiot kihinei vegen tha thena thi ulhenee i think ur dad ehen vanee bad girl fenuneema am i right ????
      Dhalu beyrun nugehibala u stupid crow
      Bi***

    5. Bad girl says:
      July 23, 2016 at 10:38 am

      And i dont think i hve to tell u my age or any of my personal things who are u anyways

    6. bad girl?? says:
      July 23, 2016 at 3:26 pm

      hehe..haadha avahakahh singu rulhi anehhkaa musskulhi vedhaane..ehnnnoonas aharenn naahan kaley ge age aky kobaa hey eh right??ehinn tha?aharenn noolhemey mathin bainn jehi geneh ehnnoonas thy kanneynge idiot aky idiot ge maana ingey na ma thihen nubunaane mashaa dhimaalakah?hehe anyways aharenn nujehey kaley gaathu aharen my kihaa varehh ge kuhhjeh kameh bunaakah..u s******

    7. Bad girl says:
      July 23, 2016 at 3:54 pm

      Oow really crow stupid ge maana ingeythee nu mi kiyanee just go to hell amilayah cmmnt kuran nameh neyngigen ehen meehun use kuraa name thi use kuranee adhives bunaane mathin bain jehinlgen ulhenee thimana eh noonei amilayah name eh hoodhabala ehen meehun use kuraa name use kuranee keehkurantha
      U have such a middle class mentality ehen vaanee neynge middle class family yakun aais huri meehaikamehves…. kiriyaa ehchei liben fashaairah ohnaanee ehen meehun dheythere jahsan dhuhvaigen fa
      And u better not reply to me cmmnts ok bitch mee theena ge bappa site rh noonehnu dw

    8. bad girl?? says:
      July 23, 2016 at 9:44 pm

      Hehe u mean mee kaley ge bappa ge site ekey tha?aharen dhaane thanehh ingeh nii kaleyahkahh noon..eyii aharennge wish nd gaamu vx hell akahh nudhaannan iraadhafulhaa eku mi buny..u go to hell thihaa dhaahithunn ulhenyaaa..aharenn bad grl jehumaky kaleyahh mahhsala akahh vannya amihlla nan badhalu kurann v nu..masheh noon badhalu kuran jeheyny u bitch.idiot kaley ekani yehh noon bad grl aky..that means aharenn nah vss beynun kureveyne aharenn beynun kurann beynun vaa nameh..u don’t tell me what to do..thy maa molhu meehakahh vegennn thi ulheny hehe…bad girl or whatever aharenn my maa meehunnaa zuvaabu kuraa meeheh noon u just shut ur bloody mouth nd don’t ever reply to my commments..u get that..hh u f***

    9. bad girl?? says:
      July 23, 2016 at 9:52 pm

      Nd komme meehakaaa behunass mashah heyo but mihaaru family yaa vs beheny dhoo..this is not fair Aharenn vx kaley ge family yaa ku nubehemennu..u don’t knw komme meehakahh vs e meeheh ge family muhinmmu vaane dhoo..nd i think kaley ge family yehh nuhunnany kanneynge..ehnn noon nama aharenn ge family yey kiyaagenn ehhchihi kiyaaa iru aharenn ge ihusaasthakaa dheythere visnaalaafa dhoo bunaany..whatever aharenn maa fahh edhnn furathama comment ahh reply kurii aharenn dhoo..dhn nukuraanan thyna ge comment akahh reply eh..mashahh thy ehaa selfish kuhhjehh kann ingunu nama thyna yaa dheythere samaasaa ehh nukurymuss..but sorrry for what i said to u..aharenn dhannan komme meeheh ge vss feelings thakehh vaanekann nd thyna ge vss vaane dhoo?sorrry?

    10. aleesha says:
      July 23, 2016 at 9:55 pm

      Dhnn aharenn e name beynumehh nukuraanan..now okay dhw..??

    11. aleesha says:
      July 23, 2016 at 9:57 pm

      Now that name is all yours..once again sorry..thyna yahh vissneynne kamahh heekurann?

    12. Bad girl says:
      July 23, 2016 at 10:54 pm

      Im not selfish but aleesha bad girl ge bappa yai keema rulhi aei hithah eree mifaharu dhulehnukuraanamei im not rude to others i respect others feelings but my respect and my love for dad or my family is above all
      Aanmukoh meehunge standard or meehunge family yakai nukiyan bad girl eh im not that rude bad girl ge vess thibeyne hama poor and middle class friends im not among those spoiled brats who take standard only as a thing but u even told family is special and samaasa ya kas i didnt kniw that ryt so i had the right to get angry
      Even um sory 4 behaving so rudely ☺☺☺☺
      And aslu bunan majaavess vi bad girl aai fight kohlan i mean ehen meehakaa fight nukuraathaa varah gina dhuvas vehje bad girl ah cmmnt eh kohfa beleyne reply kuritw vess crippy huh hehehe ???
      Hope u will see this and our differences will sort

    13. aleesha says:
      July 23, 2016 at 11:32 pm

      hehe its okay..ehnnoonass aharenn dhoo sorry bunan jeheyny first aharenn bad girl aa samaasa ehh kohhlaa hithunn reply kohhly..nd sorry bad girl aa dhimaakahh selfish ey bunevunyma..?but majaa kohhliyass okay vaane dho?aharenn vss kuhhjakaa anga thalhaalaahithunn reply ehh kohlevuny???mey dhubaaraa eysaa nehi karoongi hehe anyways gud nyt..sweet drms sleep tight..hehe dhnn bad girl rulhi annanyaa reply ehh nukuraanan ingey?

  2. riffu says:
    July 21, 2016 at 11:48 pm

    Aww romantic ?

  3. Chapii says:
    July 21, 2016 at 11:54 pm

    Wow

  4. blakbeuty says:
    July 21, 2016 at 11:59 pm

    awwwnn… so romantic.. and i hate tht hassanbe.. he does tht with his daughter.. disgusting

  5. Twinkle says:
    July 22, 2016 at 12:02 am

    Omg.. Zibaan haada romantic eyy
    Thanx alot Shaz
    For the cool story 🙂

  6. mooon says:
    July 22, 2016 at 12:08 am

    Alhe haadha nice ey

  7. Sijaa says:
    July 22, 2016 at 12:13 am

    Alhe haadha kurey kiyaa hithun indha thi ninmaaly

  8. Nish says:
    July 22, 2016 at 12:15 am

    ??nice❤??

  9. Reen says:
    July 22, 2016 at 12:25 am

    Wow wow. V nice.

  10. Jamy says:
    July 22, 2016 at 12:28 am

    Hadhanbe kulhadhaana ingey varah reethi story

  11. nabee jiyaa says:
    July 22, 2016 at 12:50 am

    Wooow so romantic.. vvvv furihama… waiting for next part…❤❤❤❤

  12. Purplish says:
    July 22, 2016 at 1:27 am

    Hasanbe brynumee lhakudhin noa
    Muneera kamaku nudheyoa mihaaraku

    1. bad boy ? says:
      July 22, 2016 at 2:11 am

      thibunee mabunuhen ??muneeraa naa muskulhivymayoala

  13. Suzan says:
    July 22, 2016 at 1:51 am

    Miothee vaa kameh..hehe..shaax gadha ey ????

    1. lol says:
      July 23, 2016 at 3:30 am

      Emme nahh vss ingeyey shaxx gadha kann

  14. bad girl?? says:
    July 22, 2016 at 5:38 am

    vrahhh reethi..rey up veytho balabala ovva nidhun?seriously mi stwry varahh reethi

  15. bad girl?? says:
    July 22, 2016 at 5:49 am

    Shax hasannbeyahh gothehh hadhaalabala..nd that afnaan chiii

    1. Bad girl says:
      July 23, 2016 at 10:36 am

      Hassanbe thyna gaathah fonuvan vee tha gothei hadhaalan
      Varah expert vaanehen heevanee ☺☺☺

    2. bad girl?? says:
      July 23, 2016 at 3:36 pm

      Anehhkaa eyii kaley dhanna meeheh tha??heevany ehn..hehe am i right?anyways kaley eyna gaathah dhaan v nu dhaahithunn ulhenyaaaa..heevany dhn aharenn gaatahahh fonuvann hey buni iru eyii meena ge meeheh hen ??not bad eyna eyii kaley ge meeheh nu dho?dhnn kaley eyna kaariyahh laagenn oveba mashehh nooolen

    3. Bad girl says:
      July 23, 2016 at 3:56 pm

      Ooh really

  16. 23 says:
    July 22, 2016 at 7:52 am

    Aladdin and Jasmine.

  17. Same says:
    July 22, 2016 at 8:56 am

    v reethi

  18. naby says:
    July 22, 2016 at 9:08 am

    woooooow ….. nice story i just lv it 😉

  19. Siha says:
    July 22, 2016 at 9:27 am

    Shaz haadha molhey… v salhi mi part ves.. cheedi afnaan bappa yaa ehkoh ganna gadu.. asluves mi hama hingaa kanthan..mi hen ulhey bappamn hama eba ulhey.. ahrnge relative kujjakahves hama mihen dhimaavi. E kujjaaves bappa dheke v ishqi loabi v.. evves meeheh kairee nubune.. emme fahun mamma yah falhaa eree mi kulhi kandu. Bappa hukum koffa jalan lee..

  20. a says:
    July 22, 2016 at 10:18 am

    Vilaa mathy phhhhhhh. …haadha majaa vaaney lolxxx. …..

  21. Nyna says:
    July 22, 2016 at 10:33 am

    Wow nice love this story

  22. alishiya says:
    July 22, 2016 at 11:08 am

    nice.. waiting for the next part

  23. ajjahila says:
    July 22, 2016 at 12:01 pm

    keep up the good work

  24. Twinkle says:
    July 22, 2016 at 12:23 pm

    Week aku 3 parts genes dhevey kahala gotheh nuvaane tha??
    Jxt luv this story.. 🙂

  25. ken? says:
    July 22, 2016 at 12:37 pm

    i wish at de end mann n zibaan gulheyne kamah..n hasnu n afnaan ge kanthah hithi gothakah bust vaane nama?

  26. Smilebuddy says:
    July 22, 2016 at 1:10 pm

    Wow vvv rythi story eh …..ham habeys ……keep it up shax…….

  27. nunnu says:
    July 22, 2016 at 2:29 pm

    Alheyyyy maa kuru hen heevany mi bai.kiyaa hithuhn indha nimuny.hassanbe jahsaalaba ma athuga.kulhi dhakkaalaanan.

  28. paree says:
    July 22, 2016 at 3:25 pm

    Alhey v romantic..shax plx mi hasanbe a kame kohbala…Eynaya kame kureveyny hama ekani shax ah..xibaan lavva eynaya molhu gothe hadhaalbw

  29. mary says:
    July 22, 2016 at 6:06 pm

    mivaru dhenboduvaru bafain darinnaabehey vaahaka aduahan ekam Darin bafaimeyhaa yea hedimivaruvaakan miiguny alan Miranda vaahahaka kurin varah reethi mihaaru heevany mivaahakaige hero aky hassanubey and afnaan chiiiiiiiiiii

  30. Farey says:
    July 23, 2016 at 12:38 am

    Haadha kurukoh. .. v habeys

  31. lol says:
    July 23, 2016 at 1:07 am

    varah nice mi part…. hithah araa mi story ge end eh naannaane namaey…

  32. aan says:
    July 23, 2016 at 8:41 am

    wow nice ingey . Keep it up

  33. zeee says:
    July 24, 2016 at 10:34 am

    alhe shaz when next partoooo…. avahah up kobba.. thivarah thalhuvan heyoves nuvaaane

Comments are closed.

Next Episodeމަންޝާ (ބައްތިރީސްވަނަ ބައި)←


All Right Reserved!