Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ(10)

leem Level 110 Stories100 Comments
July 28, 2016 4 Mins Read
34 Comments

ހައިރާން ނުވާންވީ ކީއްވެހެއްޔެވެ؟ އެއިވެނީ ހާދީބެ ލަވަކިޔާ އަޑުވިއްޔާއެވެ. “ތިޔަފަރި ރީތި ނަޒަރްފެނިފާ.. މި ނޭވާ ހުއްޓުނޭ.. ހިތްވެ ދީވާނަ… އަ..އަ.. ހަލޯ..ހަލޯ..؟ ” އެކޮޅުން ލަވަ މެދު ކަނޑާލައި ވާހަކަ ދައްކަންފެށިއެވެ.. “ހަލޯ؟ ހާދީބޭ؟ ” އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.. “ހާދީބެ އޭ؟އާނ! ބައްޕަދޯ؟ ބައްޕަވީ ގޭން ބޭރުގައި.. ފޯނު މިއޮތީ އަހަރެން އަތުގައި.” އެކޮޅުން ޖަވާބުދިނެވެ. “އެހެންތަ؟ ހާދީބެ ގެއަށް ދުރުވީމަ ނަންގަނެދެއްވައްޗޭ އަޅުގަނޑު ގުޅިވާހަކަ.” އަހަރެން ބުނީމެވެ. “އަޅުގަނޑު ގުޅިވާހަކަ ބުނީމަ ބައްޕައަށް އެނގޭނެތަ ތީ ކޮން އަޅުގަނޑެއްކަމެއް؟” އެކޮޅުން ވާހަކަދެއްކީ ސަމާސާ ރާގަކަށެވެ.އަހަރެންނަށްވެސް ހެވިއްޖެއެވެ.ހާދަ މަޖާ މީހެކޭ ހިތަށްއެރިއެވެ. “ނޫނޭ. އަޅުގަނޑޭ ބުނާށޭ މިބުނީ..މީ..މީ.. ކާާށިދޫ ރަޝާގާ އޭބުނީމަ އެނގޭނެ.” އަހަރެން ބުނީމެވެ. “ކާށިދޫ ރަޝާގާ؟ ތީ އެއްކަލަ ކުޑަކުޑަ ރަޝާގާ ދޯ؟” އެކޮޅުން ބުންޏެވެ.އަހަރެން ހައިރާންކަމާއިއެކު ވިސްނަން ހުރީމެވެ.މި މީހަކަށް އަހަރެން އެނގެނީ ކިހިނެއްބާއެވެ؟ “ތީ ކާކު؟ އަހަރެން އެނގެނީ ކިހިނެއް؟” އެއްފަށްޗަކަށް ސުވާލުފަތި އޮއްސާލެވުނެވެ. ހައިރާންވި ވަރުންވެސް ކަންނޭންގެވެ. “ރަޝާ ހަނދާންވޭތަ އަހަރެން އުޅެމޭ ވަރަށް ގިނައިން ރަޝާ އުރައިގެންވެސް.އަހަރެން ހުންނާނީ ވަރަށް ހިކިކޮށް އޭރު.ރަޝާ ހުންނާނީ ވަރަށް ޗަބީކޮށް.ދެން އެހެން އުޅެނިކޮށް އަހަރެން އަތުން ރަޝާ ވެއްޓި ނިތްކުރިމަތިވެސް ފަޅައިގެންދިޔަ.ލަކުނު އިންނާނެ ކަންނޭންގެ އަދިވެސް. މިހާރު އެނގިއްޖެތަ ކާކުކަން؟” އޭނާ ބުންޏެވެ. “އެހާ ކުޑައިރުގެ ހެނދާން ހުންނާނެތަ އެކަކުވެސް؟” އަހަރެން ބުނީމެވެ. “އެހެންދޯވީ؟އޭރު ރަޝާއަށް ވާނީ 4އަހަރު.އަހަރެންނަށް 7އަހަރު. އޯހް.އަދި ނަންވެސް ނުބުނެވޭދޯ މިވަރަށް އަނގަތަޅާއިރުގަވެސް.؟ހެހެ.ބައިދަވޭ މިއީ ފަޒްލޫން.” އެކޮޅުން ބުންޏެވެ. “ރަޝާ އޭރު އަހަރެންނާއިދިމާއަށް ކިޔާނީ ފަޓުލޫން.” ފަޒްލޫން ހީލިއަޑު އިވުނެވެ. “އާނ..މަންމަ ކިޔާނެ ފަޓްލޫނު ނުކިޔާށޭވެސް.ރަޝާ މިހާރު އެބަ ހަނދާންވޭ.. ހެހެ.ތިއީ ހާދީބެގެ ދަރިއެއްތަ؟” އަހަރެން އެހީމެވެ. “އާނ! މިއީ ބައްޕަގެ ހަގު ދަރިކަލުން ފަޒްލޫން.” އެނާ ބުންޏެވެ. “ހެހެ..އޯކޭ.އެހެންވީމަ އަދި ދިމާވާނެދޯ؟ ދެން ހާދީބެ ދުރުވީމަ ނަންގަނެދެއްވާތި ހަނދާންކޮށް. ވަރަށް މުހިންމު ކަމަކު.” އަހަރެން ބުނީމެވެ. އެދުވަހުގެ ކޯލް ނިންމާލީ ފަޒްލޫން އާއި ދެމީހުންގެ ގާތް ރަހްމަތްތެރި ގުޅުމުގެ ފެށުމުންނެވެ.އެކަކު އަނެކަކާއި ނަމްބަރު ހިއްސާކޮށް ހެދުމުންނެވެ.

އަހަރެންނަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ.ގުޅަނީ ހާދީބެއެވެ.އޭރު ގަޑިން 12 ޖަހަނީއެވެ.އަވަސް އަވަހަށް ފޯނު ނެގީމެވެ. “އައްސަލާމް އަލައިކުމް”. އަހަރެން ބުނީމެވެ.”ވައަލައިކުމުއްސަލާމް.ކޮއެފުޅާ ކިހިނެއްވީ؟” އެކޮޅުން ހާދީބެ ބުންޏެވެ. އަހަރެން މިއަދުގެ ހާދިސާާ ކިޔައިދިނީމެވެ. އަދި  މިރޭ  ދިމާވި  ކަންތައްވެސް ކިޔައިދިނީމެވެ. “ތީވަރަށްގޯސްވެފައިތިއޮތީ!އެހެންވީމަ ބޭބެ ތިކަމާއި މިއުޅެނީމިހާރު.” އެހެންބުނުމަށްފަހު އަހަރެން އެއްޗެއްބުނާނޭ ފުރުސަތެއްވެސްނުދީ ފޯނުކަނޑައިލައިފިއެވެ. ހައިރާންކަމާއިއެކު ފޯނަށްބަލަން އޮވެވުނެވެ. އެއަށްފަހު ތެދުވެގެންގޮސް ފާހާނާއަށް ވަދެލުމަށްފަހު ނިުކުމެ ނިދާހެދުމަށް ބަދަލުކޮށްލީމެވެ. އެއަށްފަހު އެނދަށްއަރާ ހަމަޖެހިލިތަނާ ހާދީބެ ގުޅަންފެށިއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނެގީމެވެ. “ކޮއެފުޅާ!ކަންތައްތައް އޮތީ ވަރަށް ގޯސްކޮށް. ބޭބެއަށް ތިކޮޅުގައި މިރޭ ނުހުރެވުނީތީ ވަރަށް ދެރަވެއްޖެ.އެޖިންނިތަކުގެ ކިބައިން ސަލާމަތްވެވެން އޮތްކަމެއްވިއްޔާ ކުރެވޭނީ ތިރަށު ފަސްގަނޑުގައި ހުރެގެން. އޭއްޗެހި މިރޭ އިންޒާރު ދިނީ ބޭބެއަށް.” ހާދީބެ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. “ދެން އަޅުގަނޑު ކިހިނެއްތޯ ހަދާނީވެސް؟” އަހަރެން ހާސްކަމާއިއެކު އެހީމެވެ. “ބޭބެ ތިގޭގައި ނިދިކޮޓަރީގައި ހުރި މޭޒުމަތީގައި ހުންނާނެ ފޮތްތަކެއް.އެއީ ހަމަ ތިކަމާއި ގުޅުންހުރި ފޮތްތަކެއް.މިކަހަލަކަމެއް ވެދާނެހެން ހީވާތީ ބޭބެ އެފޮތްތައް ތިކޮޅުގައި ބަހައްޓާފައި މިއައީވެސް. އެތަނުން ކަޅުކުލައިގެ ބޭރުގަނޑެއްލާފައި އެއޮތް ފޮތް ބަލާ. އޭގައި އޮންނާނެ *ފަސްގަނޑުގައި ނެތްމީހުނަށް ސަލާމަތް* މިހެން ޖަހާފައިއޮތް ސަފްހާއެއް. އޭގައިވާގޮތަށް ކަންތައްކުރޭ. އެކޮއެ ޖެހޭނީ މިކަންތައްކުރަން.އިސްކޮށްހުރެ. ދެން އިތުބާރުކުރެވޭ ދެފިރެހެނުން ބޭނުންވާނެ. ހާދީބެ އުއްމީދުކުރަން އެކޮއެ މިކަން ކޮށްދޭނެކަމަށް.ނޫނީ އިރުއަރަންވާއިރު ފެންނާނީ ބޭބެގެ ފުރާނަނެތް މަސްގަނޑު” ހާދީބެގެ އެޖުމްލަތަކުން އަހަރެންގެ ކަންފަތަށް ހީވީ ހޮނުއެޅިހެންނެވެ.ހާދީބެގެ އަޑުންވެސް ކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ހާމަވެއެވެ.އެކަމަކު އެކަން ކުރަން އަހަރެންނަށް މަޖުބޫރެވެ.ސަބަބަކީ މީހެއްގެ ފުރާނައެވެ. ފުރާނައެއް ސަލާމަތްކުރެވެންއޮތް ކޮންމެގޮތަކަށް ސަލާމަތްކޮށްދިނަސް ހާދަބޮޑު ދަރުމައެއް ލިބޭނެއެވެ. “ބޭބޭ.އިރާދަކުރެއްވިއްޔާ އަހަރެން..އަޅުގަނޑު މިއުޅެނީ ތިކަމާ. ފޮތްބަލާފައި އަދި ގުޅާނަން.”ހިތްއަވަސްވެފައި ވާވަރުން ހާދީބެއާއިވެސް ވާހަކަދެއްކުނީ އަހަރެންނޭ ކިޔައިގެނެވެ.ފޯނު ބޭއްވުމަށްފަހު އަވަސްފިޔަވަޅުތަކެއް އަޅަމުންގޮސް ހާދީބެ އުޅުނު ކޮޓަރިއަށް ވަނީމެވެ.އަދި ކޮޓަރީގައި ލައިޓްތައް ޖައްސާ އަލިކޮށްލީމެވެ.ފަންކާ ޖަހާލުމަށްފަހު އަވަހަށްގޮސް މޭޒުމަތީގައިހުރި ފޮތްތައް ހާވާލީމެވެ.ކަޅުކުލައިގެ ބޭރުގަނޑެއް ލާފައިއޮތް ފޮތްނަގާ އަވަސްއަވަހަށް ގަނޑުތައް އުކަންފެށީމެވެ.އަހަރެންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ގެނައީވެސް ހާދީބެ ބުނި ސަފްހާ ފެނުމުންނެވެ. އަދި އަވަސް އަވަހަށް ކިޔަންފެށީމެވެ. “ޖިންނީންގެ އިންޒާރަކީ ވަރަށް ނުރައްކާތެރި އެއްޗެއް.އެބައި މީހުންނަކީ ބުނެފި ބަހެއްގައި ހިފަހައްޓާބައެއް.ރަސްދަރިކޮޅަކުން އައިސްފައިވާ ޖިންނީންނަމަ ނައްތާލެވޭނީ އެ އެއްޗެހިން ދިރިއުޅޭތަން ފަނާކޮށްލެވިގެން.އެއީ ވަރަށްވެސް ނުރައްކާތެރި އަދި އެހާމެ އުނދަގޫކަމެއް.ރަށު ފަސްގަނޑުން ބޭރުގައިހުރި މީހަކަށް މިފަދަ ޖިންނީންދޭ އިންޒާރެއްނަމަ ދަންވަރު3:30ގެ ކުރިން ތަންފީޒުކުރާނެ.އެ އެއްޗެހިންގެ ކިބައިން ސަލާމަތްވުމަށް މި އަންނަނިވިގޮތަށް މި އާޔަތްތައް ފެންފުޅިއަކަށް ކިޔަވާފައި އެ އެއްޗެހިން ދިރިއުޅޭތަނެއްގެ ބިމަށް އަޅާށެވެ. ފެންއަޅާނީ ފުރަތަމަ އިރަށް،އުތުރަށް،ދެކުނަށް އަދި އިެންމެފަހުން ހުޅަނގަށް.މިގޮތަށް ހުޅަނގަށް އެންމެފަހުން އަޅަންޖެހެނީ އެއީ އިރު އޮއްސޭ ދިމާއަށްވީތީއެވެ.އެއަށްފަހު ހަތަރު ހިރިގަލުގައި މި ބުނާބަސްތައްލިޔެ ވަޅުލާށެވެ.އެއްދިމާލަށްއަށް ފެންއެޅުމަށްފަހު އަނެއްދިމާލަށް ފެންއެޅުމުގެކުރިން އެގާ ފެންއެޅިތަނުގައި ވަޅުލަންވާނެއެވެ.އެގޮތައަށް ބިންގަނޑުގައި ހަތަރުގާ ވަޅުލާށެވެ. އެ އެއްޗެހިން ބިރުގަންނާނެއެވެ. އެމީހަކު ދޫކޮށްލުމަށްފަހު ދާނެއެވެ. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެކެވެ.އެކަންކުރާ މީހަކީ ވަރަށް ހިތްވަރުގަދަ އަދި ވިސްނުންތޫނު މީހަކަށްވާންވާނެއެވެ. 

އަމިއްލަ ސަލާމަތް..

ހަށިރަށްކަލަށް ކަމެއްނުކޮށް މިފަދަ ކަންކަން ކުރަން ހެޔޮނުވާނެއެވެ.

މި އާޔަތްތައް ކިޔުމަށްފަހުގައި އެކަމުގައި ބައިވެރިވާ ކޮންމެ މީހަކު އަތުގައި ރިހި އަނގޮޓިއެއް އަޅާށެވެ. އެއަށްފަހު އޭގެ ތިރީގައި އާޔަތްތަކެއް ލިޔެފައި ހުއްޓެވެ. އަދި އޭގެތިރީގައި “އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ”. މިހެންޖަހާފައި އޮތެވެ.

ފޮތް ލައްޕާފަމުން ގަޑިއަށް ބަލާލެވުނެވެ. ދަންވަރު އެކެއްޖެހީއެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލެވޭކަށް ނެތެވެ. އަވަސްއަވަހަށް ގޮސް ކޮއްކޮ ކޮޓަރިއަށް ވަނީމެވަެ.އަދި ކޮއްކޮއަށްގޮވާ އެވާހަކަތައް ކިޔައިދިނީމެވެ. “އަދި އެކަކު ބޭނުންވާނެ. ކާކުދެން ހުންނާނީވެސް މިކަމުގައި އެހީވާން.” އަހަރެން ހާސްކަމާއިއެކު ބުނީމެވެ. “ޝަހުދް.ޝަހުދަށް ގުޅަމާހިނގާ.” ކޮއްކޮ ކުއްލިއަކަށް އިނދެފައި ބުންޏެވެ. އަދި އަވަހަށް ޝަހުދުއަށް ގުޅިއެވެ. “ހަލޯ؟ ކާކު މިގަޑީގަ؟” ޝަހުދު ނިދިއަޑަކުން ބުންޏެވެ. “ހަލޯ ޝަހުދޫ.. ވަރަށް އަވަހަށް މިގެއަށް އާދެބަލަ!މިއީ ރިއްޕެއޭ”.. ކޮއްކޮ ބުންޏެވެ. “ކި..ކިހިނެއްވީ މިއޮއްދަންވަރު؟” ހައިރާންކަމާއިއެކު ޝަހުދު ބުންޏެވެ. “އާދޭ މިގެއަށް.އޭރުން ކިޔައިދޭނަން.ވަރަށް ވަރަށް އަވަހަށް އައިސްދީ ޕްލީސް. ވަގުތެއްްނެތް..” ކޮއްކޮ ބުންޏެވެ. “އާނ.. އޯކޭ މިނައްޓާލަނީ..” ޝަހުދު ފޯނު ކަނޑާލިއެވެ.ޝަހުދު އަންނަންވަންދެންވެސް އަހަރެންނާއި ކޮއްކޮ މަސައްކަތަށް ބޭނުންވާނެ ސާމާނު ހަމަކުރަމުން ދިޔައީމެވެ.ގެއިން މިވަގުތު ލިބެންނެތް އެއްޗަކީ ހިރިގަލެވެ.އެހެން ހުރިހާއެއްޗެއް ހަމަކޮއްލެވުނީ ހީނުކުރާހާ އަވަހަށެވެ. ނަސީބުވެސް އަހަރެމެންނަށް ވަރަށް އެހީތެރިވެދީފިއެވެ. ގާތްގަނޑަކަށް ދިހަމިނެޓުތެރޭގައި ޝަހުދު އަހަރެމެންގެއަށް އައިސްފިއެވެ.ކަމުގެ ބާވަތުން ޝަހުދު ގެއަށް ވެއްދުމުގެކުރިން ހާދީބެ ބުނެފައިވާގޮތަށް އަމަލު ކުރީމެވެ.އެއީ ސިފަ ބަދަލުވެގެންވެސް އެޖިންނި އަހަރެންނަށް ހުރަސް އަޅާނެކަން އެނގޭތީއެވެ.

ޝަހުދުއަށް ކުރުގޮތަކަށް ވެގެންއުޅޭގޮތް ކިޔައިދިނީމެވެ.އަދި ކޮއްކޮއާއި އަހަރެން ރާވާފައިވާގޮތްވެސް ކިޔައިދިނީމެވެ. “އެހެންވީމަ ލަސްކުރެވޭކަށްނެތް.ފުރަތަމަ ހާދީބެއަށް ގުޅާބަލަ.އަހަރެން ފެނަށް ކިޔަވަން ފަށަނީމި.” ޝަހުދު ބުންޏެވެ.އަހަރެން ހާދީބެއަށް ގުޅީމެވެ.ފޯނަށް ޖަވާބެއްނުދެއެވެ.އަހަރެންގެ ހިތް ބާރަކަށް ތެޅެންފެށިއެވެ.އަނެއްކާ ހާދީބެއަށް ކަމެއް ދިމާވީބާއެވެ؟ ހަދާނެގޮތެއް ނޭންގިގެން ދެކޮޅަށް ހިނގަންފެށުނެވެ. ފަޒްލޫންމަތިން ހަނދާންވީ ކުއްލިއަކަށެވެ. އަވަހަށް އޭނާގެ ނަމްބަރު ހޯދާލުމަށްފަހު ގުޅީމެވެ. ދެފަހަރަކު ގރިންގްވިތަނާ ފޯން ނަގައިފިއެވެ. “ހަލޯ..ރަޝާ މިއީ ދެން ކޮންގަޑިއެއްތަ ގުޅަން؟ނަމްބަރު ދިނީމަވެސް ފުރަތަމަވެސް ތިގުޅީ ދަންވަރު.”. އޭނާގެ އަޑުގައި ނިދީގެ އަސަރެއްވެސް ނެތެވެ. “ފަޒްލޫން.ސަކަރާތްޖަހާކަށް ވަގުތެއްނެތް.ބައްޕަކޮބާ؟ އަވަހަށް ބަލާނަލަ ބައްޕަކޮބައިތޯ؟” އަހަރެންނަށް ރޮވުނެވެ.ހާސްވިވަރުންނެވެ. “ރަޝާ ކިހިނެއްތަވީ؟ ވީގޮތެއްނު ބުނަންވީ. ބުނެބަލަ ފުރަތަމަ ވީގޮތް” .އޭނާ ބުންޏެވެ”.ވީގޮތެއް ނުބަލާ ފުރަތަމެ ހާދީބެނެ ސަލާމަތުންހުރިތޯ ބަލާބަލަ.ޕުލީޒް.” އަހަރެންނަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށްށެވެ.” އޯކޭ..މަޑުކުރޭ.. މިދަނީ ބައްޕަ ރޫމަށް” . އެހެންބުނެފައި އިރުކޮޅަކުން ބައްޕާއޭކިޔާ ދެފަހަރަކު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ.އަދި ދޮރުހުޅުވާލި އަޑުއިވުނެވެ. “ބައްޕާ.. ” އެވަގުތު އިވުނީ ފަޒްލޫން ބާރަކަށް ބައްޕާއޭކިޔާ ހަޅޭއްލަވައިގަތް އަޑެވެ.އެއާއިއެކު ފޯނު ކެނޑިއްޖެއެވެ. ބާރުބާރަށް ހިތްތެޅެމުންދިޔައެވެ.ހާތީބެއަށް ކޮންމެވެސް ކަމެއްވެއްޖެކަން ގައިމެވެ. އަހަރެން އަނެއްކާވެސް އެނަމްބަރަށް ގުޅީމެވެ.ވީގޮތެއް ސާފުވެގެންނޫނީ އިތުރަކަށް ކުރިއަށް ނުދެވޭނެކަން އެނގޭތީއެވެ. ދެތިން ހަތަރުފަހަރަށް ގުޅިފަހުން ފަޒްލޫން ފޯނުނެގިއެވެ.”ހަލޯ.. ރަޝާ.. ބައްޕަ..ބައްޕަ..އޮތީ ވެއްޓިފަ. އެނދުކައިރީ. އަހަރެން ވަތްއިރުގަވެސް ނޭވާނުލެވިގެން ތެޅިފޮޅެނީ.އެކަމަކު މިހާރު ހަމައަކަށް އެޅިއްޖެ.. ކޮންމެ މީވެސް ނުބައެއް އެބައުޅޭ.ކޮބާތަ މައްސަލައަކީ؟” ފަޒްލޫންގެ އަޑުގައި މިހާރުވަނީ ސީރިޔަސްކަމެވެ. “މިވަގުތު ކިޔައިދެވޭކަށްނެތް.ހާދީބެ ސަލާމަތްކުރެވޭތޯ ކުރެވެންހުރި ހުރިހާކަމެއް އަހަރެންކުރާނަން. އެކަމަކު ފަޒްލޫން ޖެހޭނެ އަހަރެން ބުނަންދެން ހާދީބެ ގާތުގައި ހުންނަން. ހަށިރައްކަލަށް މަމިބުނާ ކަންތައްކުރޭ ދެބަފައިންވެސް.އެއަށްފަހު ތިތިބި ކޮޓަރިން ނުނިކުންނާތި ފަތިސްނުވަނީސް.ފެނާ ކާނޭތަކެތިވެސް ބޭނުމިއްޔާ ވައްދާފަ މިކަންތަންކުރާނީ.ފާހާނާ ހުރި ރަނގަޅަށް ފިނިވާ ތަނެއްގައި ތިބޭނީ. އަސްލު އެހެންމިބުނީ ގިނަވަގުތު ތިތަނުގައި ތިބެން ޖެހޭނެތީ ވީހާވެސް ކޮންފޮޓަބަލްކޮށް ތިބެވޭނީ މިގޮތުންވީމަ. އޯކޭ ބާއި” އަވަހަށް ފޯނު ކަނޑާލީމެވެ.އޭރު ޝަހުދު ފެންކިޔަވަން އިނެވެ. އަހަރެން ކޮއްކޮ އާއި މަޝްވަރާކުރީ ހިރިގާ ހޯދާނޭ ގޮތަކާއި ބެހޭގޮތަކުންނެވެ. އިރުކޮޅަކުން ޝަހުދުވެސް ކިޔަވާނިމިގެން އަހަރެމެންގާތަށް އައިސްފިއެވެ. “ހިރިގާ ހުންނާނެ އަހަރެމެންގެއާއި ޖެހިގެންއެހެރަ ސައްތާރުބޭމެންގޭ ގޯތިތެރޭގައި. ހިނގާ މަށާއެކު.” ޝަހުދު އެހެންބުނެ ކޮއްކޮއާއި އެކު ހިނގައިގަތެވެ. “މަޑުކޮށްބަލަ.ތީ އެހާ ފަސޭހަކަމަކަށް ނުވާނެ. ހަށިރައްކަލަށް ކުރަންޖެހޭ ކަންތައް ކޮށްގެންނޫނީ ބޭރަށް ނިކުތުން ރަނގަޅެއްނުވާނެ.” އަހަރެން ބުނީމެވެ. “މިއޮތީ ރިހި ތިން އަނގޮޓި.. ކޮންމެމީހަކުވެސް މިތަންކިޔާފައި އަނގޮޓިއަށް ފުމެލާފައި ވާތު ކަށިއިނގިލީގައި އަޅާ..” ފޮތުން ކިޔަންވީތަން ދައްކަމުން އަހަރެން ބުނީމެވެ.އަނގޮޓި އެޅުމަށްފަހު ތިންމީހުން އެކަކު އަނެކަކަށް ބަލާލެވުނެވެ. ކޮންމެމީހަކުވެސް އެއްޗެއް ބުނަން ބޭނުންވެފައި ތިބިހެންހީވިއެވެ.އަހަރެން އެދެމީހުންގެ އަތުގައިހިފާ ހިތްވަރު ދިނުމުގެ ގޮތުން ހިނިތުންވެލީމެވެ.ކޮއްކޮ އަހަރެންނާއި ޝަހުދުގެ އަތުގައިހިފާލަމުން ތިންމީހުން ވަށްބުރަކަށްވާގޮތަށް ބޭތިއްބިއެވެ. “މިހާރުމިއީ ގުރޫޕެއް.ކޮންމެފަދަ ހާލަތެއްގައިވެސް އެކަކު އަނެކަކަށް އެހީވާތި.އަބަދުވެސް އަތުގައި އޮންނަންޖެހޭނީ ކޮންއެއްޗެއް؟” ކޮއްކޮ އަހާލިއެވެ. “އަނގޮޓިއާއި ލައިޓް.” އަހަރެންނާއި ޝަހުދު އެއް އަޑަކުން ބުނީމެވެ. “ޔެސް.ގުޑް.” އެހެންވީމަ “އަހަރެމެން މި ނައްޓާލީ.އެ ހިފައިގެން އަންނަންވާއިރު ދޮންތަ ޖެހޭނީ ރެޑީގައި ހުންނަން.އިތުރު ސައިކެއްވެސް ނަގައިގެން އަންނާނީ.” އެހެން ބުނުމަށްފަހު ކޮއްކޮމެން ނައްޓާލިއެވެ..

ކޮއްކޮމެން ދިޔަތާ ފަނަރަވަރަކަށް މިނެޓުފަހުން ގުޅާފައި ބޭނުންވާނެ ތަކެތި ހިފައިގެން ނިކުތުމަށް ބުންޏެވެ. ދުއާ ކިޔާލުމަށްފަހު ގެއިން ބްނުކުތީ ސައިކަލުގެ ބަރުގޮނުގެ އަޑަށެވެ.އޭރު ޝަހުދުއާއި ކޮއްކޮ ދެސައިކަލުގައި ތިއްބެވެ.ޝަހުދުގެ ސައިކަލު ވަށިގަނޑަށް ފެންފުޅި ލުމަށްފަހު ތިންމީހުން ތިންދަބަސް އަޅުވާލީމެވެ.އަދި ކޮއްކޮގެ ސައިކަލުފަހަތަށް އަހަރެން އެރުމާއިއެކު ކުއްޅަވަށްފަލާއިދިމާއަށް ދުއްވާލިއެވެ.

ނުނިމޭ..

 

 

 

(ނޯޓު:މިވާހަކައިގައި ފަންޑިތަ ފޮތެއްގައި ލިޔެފައިވީާ ކަމަށް މި ހިމަނާލި ބަޔަކީ އޭގައި އެއްވެސް އަސްލެއް ވާކަމެއް އެނގިގެން ލިޔެފައިވާ ވާހަކަތަކެއް ނޫނެވެ.އެއީ ހިޔާލީގޮތުންލިޔާ ވާހަކަތަކެކެވެ. މިއީ ހިޔާލީ ވާހަކައެކެވެ.)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leem

Level 110 Stories100 Comments

Other Articles

Previous

ހިތް ރޮއްވާލަދިން ފަރިކަމޭ 2

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި

Next
July 28, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި

Previews
July 27, 2016

ހިތް ރޮއްވާލަދިން ފަރިކަމޭ 2

34 Comments!

  1. leem says:
    July 28, 2016 at 10:37 am

    ވާހަކަ އަޕްކުރުމަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި އެސްފިޔައިގެ އެޑްމިން ކޮށްދެއްވި މަސައްކަތަށް ޝުކުރިއްޔާ..

  2. leem says:
    July 28, 2016 at 10:45 am

    އެންމެފަހުން މިކަންވެސް ކުރެވިއްޖެ ވަރަށް ހާލުން. ލަސްވިކަމަށްޓަކައި ވަރަށް ވަރަށްބޮޑަށް ސޮރީ..

  3. Jasmine says:
    July 28, 2016 at 10:47 am

    thank you vaahaka up kohdhinyma… story varah reethi

    1. leem says:
      July 28, 2016 at 1:02 pm

      Thanks jasmine

  4. shaai says:
    July 28, 2016 at 10:53 am

    Leem mi bai vs v v reethi..pls avahan up kondhenchey

    1. leem says:
      July 28, 2016 at 1:02 pm

      Thanks shaai

  5. ajjahila says:
    July 28, 2016 at 11:00 am

    Leem v habeys vaahaka…varah salhi..ekam dhn fahrakun thankolheh avaskoh up kohladhechey..

    1. leem says:
      July 28, 2016 at 1:03 pm

      Thanks ajjahila

  6. Sim says:
    July 28, 2016 at 11:33 am

    Mivaahaka feshi iru bunefa othy mi hageegee haadhisaaehge mahchah bonaakah liyefa oiy vaahakaekey ekamaku mibai nimunu iru mulhivaahaka hiyaaly mivee kyve

    1. leem says:
      July 28, 2016 at 1:06 pm

      Nooney sim. Mee meege 14years kurin leem liyanfeshivaahakaekey innaany bunefa n mizamaanah fetheygothah bashalukohgeney mi genesdheny.thy olhumekkannenge.

  7. shamkko says:
    July 28, 2016 at 12:06 pm

    Mi Part Ves vrh reethi?☺
    Avahah Next Part Up kohdheh chey?

    1. leem says:
      July 28, 2016 at 1:06 pm

      Thanks shamkko

  8. nicky says:
    July 28, 2016 at 1:10 pm

    wowwww…..v v nyc……I lyk this stry

    1. leem says:
      July 28, 2016 at 1:32 pm

      Thanks nicky☺

  9. acyler says:
    July 28, 2016 at 1:37 pm

    this is awesome. good luck! vrah las dhw up kuri iru. i think mihaaru comment vx ehaa faseyhain nukureve. admin plx check it

    1. leem says:
      July 28, 2016 at 2:12 pm

      Thankx.asluves v undhagu comment kurandhw..

  10. riffu says:
    July 28, 2016 at 1:42 pm

    Awesome ? Can’t wait for next part.. ??

    1. leem says:
      July 28, 2016 at 2:14 pm

      Thankx riffu..next part v awasveythw balaanan.nt sure.alhe riffu annanamennu konme dhuvahaku baby uraidheyn. Heheheh..???

  11. Kitty says:
    July 28, 2016 at 1:43 pm

    Next part whn?

    1. leem says:
      July 28, 2016 at 2:15 pm

      Next part up kuraa dhuvaheh fahun angaalaanan.☺?

  12. Shaai says:
    July 28, 2016 at 1:52 pm

    Vaahakaige v interest hisaabakun e ninmaali. Vvvvvvvvvvvvvvvvvvvvvvvvvvv nice. Konirakun up kohdheyni

    1. leem says:
      July 28, 2016 at 2:17 pm

      Thanks shaai.up kuranveema angaalaanan.reyga hedhikahala dhogeh hadhaigennamaves..?????

  13. Axoo says:
    July 28, 2016 at 1:56 pm

    vaahaka varah reethi. dheravany mihaa lahun kiyaalan libeyiru kuruveema.but varah

  14. Axoo says:
    July 28, 2016 at 1:56 pm

    Interesting

  15. zu says:
    July 28, 2016 at 6:52 pm

    vv reethi ingeyy

    1. leem says:
      July 29, 2016 at 12:38 am

      Thanks zu

  16. Minmi says:
    July 28, 2016 at 7:42 pm

    Heehhe leemoooo haadha interesting eyy..loabi vey ingeyy

    1. leem says:
      July 29, 2016 at 12:39 am

      Thanks minmi..v loabivey hama?

  17. riffu says:
    July 28, 2016 at 11:13 pm

    Okay leem ? will try igeyy

    1. leem says:
      July 29, 2016 at 12:40 am

      Hehehe riffu.try kuryma vaane.. ???

  18. Appy says:
    July 29, 2016 at 4:51 pm

    Hey miadhu mivaahaka feshigen mi kiyaaly v interesting. .hiyaaly vaahaka eh viyas v rythi kn hurihaa baeh vx genesfa hury …..waiting……

    1. leem says:
      July 29, 2016 at 6:32 pm

      Thank u so much Appy. V v ufaavejje mivaahaka kiaalyma n thank u for the great comment.v hihhamajehijje thikahala comnenteh kurythyves.v hihvarulibey thikahala loabi comment kurathy kudhin kudhin.?????

  19. sama says:
    July 30, 2016 at 6:04 pm

    Nice aneh bayah intuxaaru kuran eba..v kulhadhaana best of luk

  20. Sahkul says:
    November 28, 2018 at 10:56 pm

    Aslu vaahaka ehh nama vrh gayaa vaane
    Ekams vrh reethi
    Thigotha vaahaka up kohdheythi vrh ufaa veyy
    Alhugandu mi vaahaka mi kiyani . Hurihaa part eh up koh nimuneema
    Date balaafa ingey
    Leem liyaa vaahaka vrh reethi
    So wrte a story which is all real
    And the incident also hv to be real
    A horror story
    thank u for the stry

Comments are closed.

Next Episodeކުއްޅަވަށްފާ (11ވަނަ ބައި)←


All Right Reserved!