Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 24

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
July 11, 2016 7 Mins Read
52 Comments

“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އަށް އެހެން ބުނެވުނީ ވަރަށް ވެސް އުނދަގުލުންނެވެ. ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލާފައިވިއެވެ.

#~#~#~#

ތާމިން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުރިމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު އޭނާގެ ދެލޮލުން ވަނީ ރޮނގަކަށް ކަރުނަ ފައިބައިފައެވެ. އަވަސް އަވަހަށް ކަރުނަތަށް ފުހެލުމަށްފަހު ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ.

*****

އަނެއްދުވަހު ހެނދުނު ހޭލެވުނު އިރު ޝިކާގެ ދެލޯ ވަނީ ދުޅަ އަރާފައެވެ. ލޯގަނޑު ކުރިމައްޗަށް އަރައި އޭނާ ދެލޯ ކައިރީގައި އަތް ހާކާލިއެވެ. ރޭގައި އެވަރަށް ރުއީމައި ވީގޮތެއްކަން އޭނާއަށް އެނގުނެވެ. މިއީ ހައްތަހާވެސް ތާމިން އާ ހަދައިގެން ވާ ކަންތަކެވެ. އޭނާގެ ދިރިއުޅުމަށް އަލުން އެބޭވަފާތެރިޔާ ވައްދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ދަތް އުނގުޅާ ހަދައިގެން ސައިބޯން ނިކުތްތަނާ އޭނާގެ ބައްޕަ ދިއްކޮއްލީ ހުދު ކުލައިގެ ސިޓީ އުރައެކެެވެ. އެ ސިޓީ އުރައިގެ ބޭރުގައި އާމިނަތު ޝިކާ ސަމީރު، ފަހި/ނ.މަނަދޫ ޖަހާފައި އޮތުމުން އޭނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ސަމީރު އާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު އޭނާ އެސިޓީ ހިފައިގެން އެނބުރި ކޮޓަރިއަށް ދިއައީ އޭގެ ތެރޭގައި އޮތީ ކޮން އެއްޗެއްތޯ ބަލާލުމުގެ ބޭނުމުގައެވެ. އިރުކޮޅެއް ފަހުން އޭނާ ތެޅެމުން ފޮޅެމުން ކޮޓަރިން ނިކުމެގެން އައި އިރު އެމޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ.

“ކޮންގްރާ ދޮންތާ…” ޝިނާން އައިސް ޝިކާގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. އޭނާއަށް ހަމަ އަސްލުވެސް ވަޒީފާ ހަމަޖެހުނީއެވެ. މާލެ އައުމުގެ ކުރިން އޭނާ ވަނީ އޭނާގެ ބައްޕަ ގާތު ވަޒީފާ ހޯދުމަށް ސިޓީލުމަށް ބުނެފައެވެ. ނަމަވެސް މިކަން މިހާ އަވަހަށް ހަމަޖެހޭނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

“ކޮންއިރަކުން ނިކުންނަން ޖެހެނީ؟” ސަމީރު ހެވިފައި ޝިކާ ގާތު އަހާލިއެވެ.

“މާދަމާ ގެ ތާރީޚު މީގައި މިއޮތީ….” ޝިކާ ހެވި ދިއްލިފައި ހުރެގެން ބުނެލިއެވެ. އޭނާ އަނެއްކާވެސް އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “މާދަމާ ދާން ވާއިރަށް ލާނެ ހެދުމެއް ވެސް ނޯންނާނެ…” އެހެން ކިޔަމުން ގޮސް ޝިކާ ކޮޓާރިއަށް ވަނުމާއެކު ޝިނާން ޗުސް ތަޅާލިއެވެ.

ކޮޓަރިއަށް ވަދެ އަލަމާރި ތެރެ ހާވަނިކޮށް ޝިކާގެ ލޮލުގައި އަޅައިގަތީ އަލަމާރިން ވެއްޓުނު އޭފޯ ސައިޒްގެ ސިޓީ އުރައެކެވެ. އެއާއެކު އެ އުފާވެފައިވާ މޫނު މިލައިގެން ދިއައެވެ. އެތެރޭގައި ހުރީ ކޮން އެއްޗެއްކަންވެސް އެނގޭ ހިނދު އޭނާ ބޭނުންވީ އަދިވެސް އެ ހަނދާންތަށް އިތުރަށް އާ ކޮއްލާށެވެ. އާއެކެވެ. އެއީ މީގެ ބާރަ އަހަރުކުރިން އޭނާ ފުލުސް އޮފީހަށް ގެންދެވުނު ހިނދު އެތަނުން އޭނާގެ ކުށެއް ނެތްކަން ހާމަކޮށް ލިޔެފައި ދިން ލިޔުމެކެވެ. އެވަތުގު އޭނާގެ ސިކުނޑި ފީނައިގަތީ އެހާދިސާއަށް ފަހު ދެން ކަންތަވީ ގޮތުގެ ތެރެއަށެވެ.

#~#~#~#~#

ޕޮލިސްޓޭޝަން އަށް ގެންދިއުމަށްފަހު އެކުދިން ބޭތިއްބީ ކުޑަ ވަރެއްގެ ކޮޓަރިއެއް ތެރޭގައެވެ. އަންހެން ކުދިން އެއް ކޮޓަރީގައި ބޭތިއްބިއިރު ފިރިހެން ކުދިން ބޭތިއްބީ ވަކިން އެހެން ކޮޓަރިއެއްގައެވެ. ޝިކާ އިން ތަނުގައި ތިބީ އޭނާ އާ ރީނާގެ އިތުރުން އެރޭ އެގޭތެރޭގައި އުޅުނު އަށެއްކަ އަންހެން ކުދިންނެވެ. ފުލުހުން އެގޭތެރެ ބަލާ ފާސްކުރުމުގައި އެކުދިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

ޝިކާ އެއްވެސް ވާހަކައެއް ނުދައްކާ އިސްޖަހައިގެން އިން އިރު ރީނާ އިރުކޮޅުކޮޅާ އޭނާއަށް ލޯއަޅާލަނީ ރުޅިން ފޯވެފައި ހުރެއެވެ. ރީނާގެ މިޢަމަލުން ޝިކާއަށް އެއްވެސް އަސަރެއްކުރި ހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ މާބޮޑަށް އޭނާ އިނީ ވަރުބަލިވެ ލޮޑުވެފައެވެ. އިރުކޮޅެއް ކުރިން ހިނގާދިޔަ މާރާމާރީ މިހާރުވެސް އޭނާގެ ލޯ ކުރިމަތީގައި ސިފަވަމުން ދާކަހަލައެވެ.

“ކަލޭ ދޯ ޕޮލިހަށް ގުޅީ؟ ޖަވާބު ދޭށޭ!” އިރުކޮޅަކުން ރީނާ ބާރަކަށް އެހެން ބުނީ ދަތްކުނޑި ވިކާފައެވެ. ޝިކާ އެސުވާލަށް ޖަވާބު ނުދީ މަޑުމަޑުން އިނުމުން  ރީނާގެ ރުޅި އިތުރަށް ގަދަވިއެވެ. އެންމެ ފަހުން އޭނާ ޝިކާއާ ދިމާއަށް ނުބައި އެއްޗިއްސަށް ދާންދެން ކިޔަމުން ގެންދިއައެވެ.

“އަހަންނެއް ނުގުޅަން ޕޮލިހަކަށް ރީ..” ޝިކާ އެންމެފަހުން އެހެން ބުނެލީ ރީނާ ކިޔާ އެއްޗެހި ކަންފަތަށް އަހަން އުނދަގޫ ވެގެންނެވެ.

“ކޮން ދޮގެއް ހަދާކަށްތަ؟ ކަލޭ ޕޮލިހަށް ގުޅީ.. ކަލެއަށް މިކަމުގެ ތެރެއިން ފަސޭހައިން ނިކުމެވޭނެތީވެ…” ރީނާ އަދިވެސް ޝިކާގެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހިތާއި ސިކުނޑިވެސް ބުނަމުން ގެންދިއައީ އެއީ ޝިކާ ކުރި ކަމެއް ކަމުގައެވެ. ރީނާ ޤަބޫލުނުކުރުމުން ޝިކާ އިތުރަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އެއަށް ވުރެ މާބޮޑަށް އޭނާގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ.

“ބަލާބަަލަ! މީނައޭ ފުލުހަށް ގުޅީ…..” ރީނާ ރުޅިއައިސްފައި ހުރެ އެތާނގައި ތިބި އެހެން ކުދިންނަށް ޝިކާ ދައްކާލަމުން ބުނެލިއެވެ. އޭރު އެންމެންގެ ރުޅިވެރި ލޯތައް ޝިކާއަށް އަމާޒުވަމުން ދިއައެވެ. މިމަންޒަރު ފެނުމުން ޝިކާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ފުލުހުންނަށް ގުޅީ އޭނާއެއް ނޫނޭ ކިތައްފަހަރު ރީނާ ގާތު ބުނެވެއްޖެ ހެއްޔެވެ؟ ރީނާ އޭނާ ދައްކާ ވާހަކަ ޤަބޫލުނުކުރަންޏާ އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. އޭނާ އެތަނަށް ދިއައީ ހަމަ އެކަނި ރީނާއަށް އެހީތެރިވުމައްޓަކައެވެ. ރީނާއަށް އެއްވެސް ގެއްލުމެއް ދިނުމަކީ އޭނާ ދުވަހަކުވެސް ހިތުލީ ކަމެއް ނޫނެވެ.

އެންމެންގެ ލޯތައް އޭނާއަށް އަމާޒުވަމުން ދާތީވެ، އޭނާ ބުރުގަލުގެ ނިތުގައި ހިފައި ކުޑަކޮށް މޫނުމައްޗަށް ވާގޮތަށް ވައްޓާލިއެވެ. ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުންނާއި ސިކުނޑިއަށް ކޮއްފައިވާ ބާރު ގެ ސަބަބުން އެވަގުތު އޭނާއަށް ނިދޭ ގޮތް ވިއެވެ.

ޝިކާއަށް ހޭލެވުނީ މީހަކު އައިސް ގޮވަން ފެށުމުންނެވެ. އެވަގުތު އެތަން ތެރޭގައި ހުރި އަންހެން ފުލުހަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުޑަ ދޮރުގެ ބިއްލޫރިގަނޑުގެ ތެރެއިން އިރުގެ ރަން ދޯދިތައް އެޅިފައި ހުރުމުން އޭނާއަށް ފަތިސްވީކަން އެނގުނެވެ.

“އާމިނަތު ޝިކާ ސަމީރު…؟” އެ ފުލުސް މީހާ އެތާނގައި ތިބި ކުދިންގެ ތެރެއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. އެވަގުތު ޝިކާ އަތުގެ އިށާރާތުން އެއީ އޭނާ ކަމުގައި ބުނެލިއެވެ. ފުލުސްމީހާ ޝިކާ ގޮވައިގެން ބޭރަށް ދިޔައިރުވެސް ރީނާ ހުރީ ރުޅި ވެރިކަމާއެކު އެދިމާއަށް ބަލަަހައްޓައިގެންނެވެ.

ޝިކާ އެކޮޓަރިން ބޭރަށް ނިކުތުމާއެކު ބޭރުގައި ހުރި ގޮނޑިބަރީގައި އިށީންދެގެން އިން އޭނާގެ ބައްޕަ ލޮލުގައި އަޅައިގަތެވެ. ސަމީރު ފެނުމާއެކު އޭނާގެ ހިތަށް ކުޑަ ވަރެއްގެ ލުޔެއް ލިބިގެން ދިއައެވެ. ޝިކާ މިމައްސަލައިގައި ފުލުސް އޮފީހަށް ގެންދެވުނު ޚަބަރު ލިބުމާއެކު ވަގުތުން ލޯންޗެއް ހިފައިގެން ސަމީރު މަނަދޫއަށް އައީއެވެ. ޝިކާއަށް އަށާރަ އަހަރު ނުވާތީއާ އެކީ އޭނާއަަށް ބަޔާން ދޭން ޖެހުނީ ކައިރީގައި ސަމީރުވެސް ހުރެގެންނެވެ. އޭނާ ހަމަ އަކުރުން އަކުރަށް އެރޭ ވީ ހުރިހާ ކަމެއްގެ ވާހަކަ ފުލުހުންނަށް ކިޔައިދިނެވެ. އަމީން ރީނާއަށް ގުޅާފައި ކީއެއްޗެހީގެ ވާހަކައެވެ. އޭނާ ރީނާ ފަހަތުން އެގެއަށް ގޮސް އަމީން ސަލާމަތްކުރަން އުޅުނު ގޮތުގެ ވާހަކައެވެ.

އެދުވަހުގެ ހަވީރުވީ ފަހުން އެމީހުން ޝިކާ ގެއަށް ފޮނުވާލިއެވެ. އޭނާ އާއި އެކު އަހުސަން އާއި ލިވާން ވެސް ދޫކޮށްލީ އެދެމީހުންގެ ވެސް ކުށެއް ނެތް ކަމަށް ހާމަވުމުންނެވެ. އޭރުވެސް ރީނާ އާއި އަމީން ފުލުސް އޮފީހުގައި އިތުރަށް ތަހުޤީޤު ކުރުމައްޓަކައި ބައިތިއްބައިފައި ހުއްޓެވެ.

ސަމީރު އާ އެކީ ޝިކާ ހަލީމާގެ ގެއަށް ދިއައިރު ހަލީމާ އާއި ރަނާ ހާސްވެފައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ސަމީރު ޝިކާއަށް އެންގީ ވަގުތުން އޭނާގެ ފޮށިތައް ޕެކް ކުރުމަށެވެ. އިތުރު ސުވާލެއް ނުކޮށް ޝިކާ އޭނާގެ ބައްޕަގެ ބަހަށް ފުރިހަމައަށް ކިޔަމަންވިއެވެ. އޭނާ ހީކޮށްގެން ހުރީ މިކަންތައް ވުމުގެ ސަބަބުން ބައްޕަ އޭނާ ދުވަސްކޮޅަކަށް ރަށަށް ގެންދަނީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެއާ މުޅިން އިދިކޮޅަށެވެ. ސަމީރު ޝިކާ ގޮވައިގެން ފުރީ މާލެ ދިއުމަށެވެ.

“މިހާރު މިރަށުގައި ރޭގައި ހިނގި ކަންތަކުގެ ވާހަކަ ނޫނީ ނުދެކެވޭނެ… ދަރިފުޅުގެ ކުށެއް ނެތަސް އެމީހުން ދަރިފުޅޭ ކިޔައިގެން ހަދަހަދައިގެން ފާޑު ފާޑުގެ ވާހަކަ ދައްކާނެ…. އެހެންވީމަ ބައްޕަ ބޭނުމެއް ނުވެ ދެން އިތުރަށް އެންމެ ދުވަހަކުވެސް ދަރިފުޅު މިރަށުގަ ބަހައްޓާކަށް…. މާލެ ގޮސްފަ އެހެން ސްކޫލަކަށް ވަންނާނީ…..” މާލެ ދިޔަ ބޯޓަށް އަރަމުން ސަމީރު ޝިކާ ގާތު ބުނެލިއެވެ. ޝިކާވެސް މަޑުމަޑުން ބޯ ޖަހާލީ ދެން އިތުރަށް އެކަންތަކާ ވިސްނަން ބޭނުން ނުވާތީއެވެ. ރަނާ އާއި އަމީން އަށް ކަންތައް ވެގެން ދިޔަ ގޮތުގެ އެއްވެސް މަޢުލޫމާތެއް އޭނާ އަކަށް ނުލިބެއެެވެ.

މާލެ ދިއުމަށްފަހު ސަމީރު ޝިކާ ގޮވައިގެން ދިއައީ އޭނާ ހިފި ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އޭގެ އަނެއް ދުވަހު ރަހީމާވެސް ޝިނާން ގޮވައިގެން މާލެ އައެވެ. ސަމީރު އެތައް މަސައްކަތުން ޝިކާ އަހުމަދިއްޔާ ސްކޫލަށް ވެއްދިއެވެ. އަދި މާލޭގެ އޮފީހަކުން އޭނާއަށް ވަރަށް ފަސޭހައިން ވަޒީފާ ހަމަޖެހުނެވެ.

އަހަރުގެ މެދުތެރެއިން ސްކޫލް ބަދަލުވުމުން ފުރަތަމަކޮޅު ޝިކާއަށް ވަރަށް އުނދަގޫވި ނަމަވެސް އޭނާ މޮޅަށް ކިޔެވުމަށްޓަކާ ވަރަށް ހިތްވަރުކުރިއެވެ. އޯލެވެލް އިމްތިހާން ކައިރިވަމުން ދިޔަ ވަރަކަށް އޭނާގެ ހުރިހާ ހިޔާލުތަކެއް ކިޔެވުމަށް ހުސްކޮށްގެން އުޅުނެވެ. އަހުސަންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅައި ޝިކާގެ ހާލު ބަލައި ހަދައެވެ. އަދި އޭނާއަށް ކިޔެވުމައްޓަކައި އިތުރަށް ހިތްވަރުދީ ހަދައެވެ.

ޝިކާގެ މިންނެތް މަސައްކަތުން އޭނާއަށް އޯލެވެލް އިން ނެޝެނަލް ޓޮޕް ޓެންގެ 3 ވަނަ ލިބުނެވެ. އަދި އޭލެވެލް ގައި އިތުރަށް މަސައްކަތްކޮށްގެން ޓޮޕް ޓެން ގެ ފަޚުރު ވެރި އެއްވަނަ ލިބުމުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ސަރުކާރުގެ ސްކޯލާޝިޕް ލިބުމާއެކު ލަސްނުކޮށް އޭނާ ޖަޕާނަށް ކިޔަވަން ދިއައެވެ. 6 އަހަރުދުވަހު ސައިކޭޓްރީ ކިޔެވުމަށްފަހު އޭނާ މިކޮޅަށް އެއައީ 4 އަހަރު ގެ ޓްރެއިނިންގ ވެސް ފުރިހަމަކޮށްފައެވެ.

#~#~#~#~#~#

ޝިކާ އަވަސް އަވަހަށް އެ ގަނޑުކޮޅު ސިޓީ އުރައަށް ލައި ފޮރުވާލިއެވެ. އަދި އަލަމާރީގެ މަތީ ވަތްގަނޑަށް ލުމަށްފަހު ތެދުވެ ހިންދެމެލިއެވެ.

އޭނާ ހިތަށް އަރަމުންދިއައެވެ. މިހާރު އަމީން އާއި ރީނާ ކޮބާ ބާވައެވެ؟ އޭރު މާލެ ގޮސްފައި ކިޔެވުމުގައި މާ ބިޒީކޮށް އުޅެވުމުން އޭނާއަށް އެމީހުންގެ ޚަބަރު ނުބެލުނީއެވެ. އަދި ލިވާން ވެސް މިހާރު އުޅޭނީ ކޮންތަނެއްގައިބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އަދި އޭނާ އާ އެއްކޮޓަރީގައި އޭރު އުޅުނު ރަނާވެސް މިހާރު ހުންނާނީ ވަރަށް ބޮޑު ވެފައިތާއެވެ. އެކަހަލަ ޚިޔާލުތަކެއްގައި ހުރެ އޭނާ ގޮސް ފޯނު ނަގައި އަހުސަންއަށް ގުޅާލީ ވަޒީފާ ހަމަޖެހުނު ވާހަކަ އެންގުމަށެވެ.

“ހަލޯ… އަހޫ… އިނގޭތަ؟ އަހަރެންނަށް ޖޮބް ހަމަޖެހިއްޖެ…” އަހުސަން ފޯނު ނެގުމާއެކު ޝިކާ ހެވިފައި ހުރެ ބުނެލިއެވެ.

“އެހެންތަ؟ ކޮން ހޮސްޕިޓަލަކުން؟” އަހުސަން އަހާލިއެވެ. އޭނާ ވެސް ހުރީ ޝިކާއަށް މިހާ އަވަހަށް ވަޒީފާ ހަމަޖެހުމުން ވަރަށް އުފާވެފައެވެ.

“ހޮސްޕިޓަލަކުން ނޫން…. ފްލާވަރ ކްލިނިކުން… މާދަމާ ނިކުންނަންޖެހޭ…” ޝިކާ އިތުރަށް އޮޅުންފިލުވައިދިނެވެ.

“އެހެންދޯ؟ ދެން ޝިކްއަށް ވެސް ލާރި ލިބޭނެތާ ދޯ؟” އަހުސަން މަޖާވެފައި ބުނެލިއެވެ. އޭނާ އެހެން ބުނެލި ގޮތުން ޝިކާ ގާތަށް ހިނިއައެވެ.

“ޑރ. އާމިނަތު ޝިކާ….” އަހުސަން ހެވިފައި ބުނެލިއެވެ.

“ލައްބަ..” ޝިކާ ވެސް ވާހަކަ ދެއްކީ މަޖާވެފައެވެ.

“މިހާރު މަންމަމެން ގާތު ކައިވެނީގެ ވާހަކަ ދައްކައިފިންތަ؟” އަހުސަން ތަންކޮޅެއް ސީރިއަސްވެލާފައި އަހާލިއެވެ.

“ނޫން… ހާސްނުވެބަލަ އަހޫ…. މާދަން ވުމުގެ ކުރިން ދައްކާނަމޭ…” ޝިކާ ވަރަށް ހަމަޖެހިލާފައި ހުރެ ބުނެލިއެވެ. އެގޮތުގައި އެދެލޯބިވެރިން އެތައް ވާހަކައެއް ދެއްކުމުގައި ހޭދަވެގެން ދިއައެވެ.

****

ގަޑިން ރޭގަނޑު 8 ގަޑި ބައިވީއެވެ. ޝިކާ ސިއްރުސިއްރުން ސިޓިންގރޫމަށް ބޯދިއްކޮށްލީ ސަމީރު ކޮބައިތޯ ބަލާލުމަށެވެ. އޭނާ ބޭނުންވީ މިގަޑީގައި އޭނާއާއި އަހުސަންގެ ވާހަކަ ބައްޕަމެން ގާތު ބުނުމަށެވެ. ނަސީބު ދިމާކުރި ގޮތުން ސަމީރާއި ރަހީމާ އާ ދެމީހުންވެސް ސިޓިންގރޫމް ސޯފާގައި އޮލަ ވާހަކައެއްގައި ތިއްބެވެ. އޭނާ ދެން ބަލާލީ ޝިނާން ކޮބައިތޯއެވެ. ޝިނާން އުޅެންޏާމު ސީރިއަސް ވާހަކައެއް މަންމަމެން ގާތު ދައްކަން އުނދަގޫވާނެކަން އެނގޭތީއެވެ. ހޯދާ ބަލާލިއިރު ޝިނާން ވެސް ފެންނަން ނެތުމުން އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ބައްޕަމެން ގާތު ސޯފާގައި އިށީނެވެ.

“ބައްޕާ…އަޅުގަނޑު އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ…” ޝިކާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.

“އެހެންތަ؟ ބައްޕަމެން ވެސް އެބޮތް ވަރަށް ބޮޑު ވާހަކައެއް ދަރިފުޅު ގާތު ދައްކަން ވެފަ..” ސަމީރު ހެވިލާފައި ބުނެލިއެވެ.

“ކޮން ވާހަކައެއް؟” ޝިކާ ބޭނުންވީ ފުރަތަމަ އޭނާގެ ބައްޕަ ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމަށެވެ. އޭނާ ދައްކަން އެއުޅޭ ވާހަކަ ހަމަޖެހިގެން ބައްޕަމެން ގާތު ދެއްކޭނީ އޭރުންނެވެ.

ޝިކާ އެހެން އެހުމާއެކު ސަމީރު ރަހީމާއަށް ބަލަން ފެށީ އެވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ ރަހީމާއޭ ބުނާ ފަދަ ގޮތަކަށެވެ. ނަމަވެސް ރަހީމާ ސަމީރާ ދިމާއަށް ބޯޖަހާލިއެވެ. ޝިކާ ބުމަ އަރުވަމުން ސަމީރާ ދިމާއަށް ބަލާލީ ވާނުވާ ނޭނގޭ ފަދަ ގޮތަކަށެވެ. އެއާއެކު ސަމީރު އޭނާގެ ވާހަކަ ފެށިއެވެ.

“ދަރިފުޅާ… ބައްޕަމެން ބުނީ… މިހާރު ދަރިފުޅުވެސް މީހަކާ އިންނަން ވެއްޖޭ… އަންހެންކުދިން ވާނެ އަވަހަށް ކައިވެނި ކުރަން…” ސަމީރު ބުނެލިއެވެ. އެވަގުތު ޝިކާގެ މޫނުމައްޗަށް ޖަންބު ކުލަ އަރައިގެން ދިއައީ ބައްޕަގެ ފަރާތުން އެވާހަކަ އަޑު އިވުމުން ގަތް ލަދެއްގެ ބޮޑު ކަމުންނެވެ. އިސްޖަހައިގެން އޭނާ އިނީ ބައްޕަ ދައްކާ ވާހަކަ ނިމެންދެން އަޑުއަހާށެވެ.

“އޭރު ދަރިފުޅު ކިޔަވަން އުޅުނީމަ ބައްޕަމެން އެވާހަކަ ނުދެއްކީ… އެކަމަކުވެސް މިހާރު ތި ހުރީ ކިޔަވާވެސް އެއްކޮށް ނިމިފަ… ވަޒީފާ ވެސް ހަމަޖެހުނީ މިހާރު.. އެހެންވީމަ މިހާރު ލަސްކުރާނެ ކަމެއް ނެތް… އަވަހަށް ދަރިފުޅުގެ ކައިވެނީގެ ކަންތައް ހަމަޖައްސަންވީ…” ރަހީމާ ބުނެލިއެވެ. އެވަގުތު ޝިކާ ހުރީ ލަދުގަނެފައި ނަމަވެސް އޭނާ އަހުސަނު ގެ ވާހަކަ ބުނުމައްޓަކާ އަނގަހުޅުވާލި ތަނާ އަނެއްކާވެސް ސަމީރު ވާހަކަދައްކަން ފެއްޓިއެވެ.

“ބައްޕަ މިހާރު ހޯދައިފިން ދަރިފުޅު އިންނާނެ ރަނގަޅު ކުއްޖަކު….އެއީ މާކުރިން ވެސް ހަމަޖައްސާފައި އޮތް ކަމެއް… ބައްޕައަށް އެނގޭ ދަރިފުޅު މިކަމާ ދެކޮޅު ނަހަދާނެކަން… ކައިވެނީގެ ހުރިހާ ކަމެއްވެސް ދެފަރާތުގެ ޢާއިލާ އެކުވެގެން ނިންމާފަ މިހާރު ހުރީ… ދެން ހަމަ ވީހާވެސް އަވަހަށް މިކަން ކުރަންވީ…” ސަމީރުގެ މިވާހަކަތަކުން ޝިކާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އޭނާ ސަމީރު އާއި ރަހީމާގެ މޫނަށް ބަލާލީ އޭނާގެ މައިންބަފައިން މިފަދަ ބޮޑު ކަމެއް އޭނާގެ އެއްވެސް ލަފަޔަކާ ނުލާ ނިންމުމުން ހައިރާންވެ ހުރެއެވެ.

****

“ލިވާން… ހާދަ ފޫހިވެޔޭ އެމީހުން އެ ހެދި ގޮތުން… އަހަރެންގެ ކައިވެނި އޮތީ މާ ކުރިން ހަމަޖައްސާފަޔޯ… ޕިސް ޕިސް ޕިސް…. އަހަރެން ގާތު އަހާވެސް ނުލާ…. ދުވަހަކުވެސް ލޮލަށް ފެނުނު ކުއްޖަކާ ވެސް ނޫން އެ ކައިވެނި ހަމަޖެއްސީކީ އެއް.. ” ރައުލް ވާހަކަ ދެއްކީ އޮފީހުގައި މަސައްކަތްކުރާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ލިވާން އާއެވެ. އޮފީސް ނިންމާލުމަށްފަހު ސިކުނޑި ތާޒާކޮށްލުމައްޓަކައި އެދެމީހުން ތިބީ ކައިރި ކެފޭއެއްގައެވެ. ރައުލް ކޮފީއެއް ބޮމުން ގެންދިއައިރު ލިވާން ބޮމުން ގެންދިއައީ ކަޅު ސައި ތައްޓެކެވެ.

“ރައުލް ވެސް ތިހެން ކައިވެނި ނުކޮށް ހުންނާތީނު ރައުލްގެ މަންމަމެން އެހެން އެ ހެދީ..” ލިވާން ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ.

“ލިވާން ވެސް ހެނީތަ؟ މަށަށް ވެސް ވަނީ ވަރަށް މަޖާކަމަކަށް… ކައިވެންޏަކީ ޖޯކެއް ވިއްޔަ..” ލިވާން ހެއުމުން ރައުލްގެ ގާތަށް ކުޑަކޮށް ރުޅިއައެވެ.

“އާ.. ސޮރީ…. ދެން ރައުލް ބުނަންވީނު ލޯބިވާ މީހަކާއޭ ކައިވެނި ކުރެވޭނީ..” ލިވާން މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް ސީރިއަސްވެފައެވެ.

“ތިޔެއްނު މައްސަލައަކީ..! އުމުރުން 31 އަހަރު ވީއިރުވެސް އަހަންނަކަށް ލޯތްބެއް ނުވެވޭ… ކަމުދާ ކުއްޖަކުވެސް ނުފެނޭ… ބައެއް ފަހަރު ހިތަށް އަރާ އަހަރެންގެ ހިއްސުތައް ހަމަ ބާއޭ ވެސް…” ރައުލް ވާހަކަ ދެއްކީ ވަރަށް ސީރިއަސްކަމާ އެކީގައި ނަމަވެސް އޭނާގެ މިވާހަކައިން ލިވާން ގާތަށް އަނެއްކާވެސް އައީ ހިންޏެވެ.

“ދެން ލިވާން އަށް ލޯބިވާ މީހަކު ލިބުނީމައެއްނު ދޯ މީހަކާ އިނދެގެން ދަރިންވެސް ހޯދައިގެން ތިއުޅެނީ..” ލިވާން ހޭން ފެށުމުން ރައުލް އޭނާއާ ދިމާކޮށްލިއެވެ. ހަމައެކާއެކު ލިވާން ހިމޭންވިއެވެ. އޭނާވެސް ކުއްޖަކު ދެކެ ލޯބިވިއެވެ. ދުވަހަކުވެސް ހަނދާން ނައްތާނުލެވޭ ވަރަށެވެ. ނަމަވެސް އޭނާއަށް އެލޯބި ކާމިޔާބު ނުވީއެވެ. އެހަނދާންތައް އާ ވާން ފެށުމުން އޭނާ ދެއަތަށް ބޯ ހޫރާލިއެވެ.

“ރައުލް ދެން ބުނެބަލަ ބައްޕަ ގާތު މި ކައިވެނި ކުރާކަށް ބޭނުމެއް ނުވެޔޭ…” ލިވާން މަޑުމަޑުން ބުންޏެވެ.

“އޭރަށް އަހާނޭ އިންނާނެ އެހެން ކުއްޖަކު ހުރީހޭ؟ ދެން އަހަރެން ވަކި ދޭނީ ކޮން ޖަވާބެއް؟” ރައުލް ނިތްކުރީގައި އަތް އަޅާލަމުން އަހާލިއެވެ. އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރުތަށް ފާޅުވޭވޭ ހުއްޓެވެ.

“އަނެއްކާ ރައުލްއަށް ކަމުދަނީ ބޯއީސް ތަ؟” ލިވާން ލާނެތް ފާޑަކަށް އެހެން އަހާލުމުން ރައުލް ގާތަށް ވެސް ހިނިއައެވެ. ތަފާތު މަޖާ ވާހަކަތަކެއްގައި ދެމީހުން އެކީގައި ވަގުތު ހޭދަކުރުމަށްފަހު ލިވާން އެތަނުން ނިކުތީ އޭނާގެ ތިން އަހަރުގެ ދަރިފުޅު، ލިޔާޒް ބަލާދާ ގަޑި ޖެހެން ގާތް ވެފައިވާތީއެވެ.

ސައިކަލު އިސްޓާޓް ކުރުމަށްފަހު އޭނާ މިސްރާބު ޖެހީ ދޮންދޫނި ޕްރީސްކޫލާ ދިމާއަށެވެ. ލިޔާޒް ނިމުމުން ލިޔާޒް ގޮވައިގެން ގެއަށް ދުއްވި މަގުމަތީގައި އެ ތުއްތު ކުއްޖާ ދައްކާ މޮޅެތި ވާހަކައިގެ ސަބަބުން ލިވާން އިނީ ހިނިއައިސްފައެވެ. އޭނާ ސައިކަލު މަޑުކޮށްލީ އޭނާ ހިފައިގެން އުޅޭ އެއްކޮޓަރީގެ އެޕާޓްމެންޓް ހުންނަ ޢިމާރާތުގެ ކައިރީގައެވެ. ލިޔާޒް އުރާލައިގެން އޭނާ ސިޑިން އަރަމުން ގެންދިއައީ ފަރިތަކަމާ އެކީގައެވެ.

ގެއަށް ވަދެ ދޮރުހުޅުވާލި އިރު އޭނާގެ އަންހެނުން ކައްކާ މީރު ކުކުޅު ރިހައިގެ ވަސް މުޅިތަނުގައި ހިފާލާފައިވެއެވެ. ލިޔާޒް ކޮޓަރިއަށް ލުމަށްފަހު އޭނާ އައިސް ބަދިގެއަށް ވަތްއިރު އޭނާއާ ފުރަގަހަށް ވާގޮތަށް ހުއްޓިގެން ހުރި އަންހެނާ ފެނި އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަތުން ގޮސް އޭނާ އެ އަންހެނާގެ ގައިގައި ބައްދާލިއެވެ. “އަހޫ…އައި މިސްޑް ޔޫ…” އެހެން ބުނަމުން ލިވާން އޭނާގެ ކޮލުގައި ބޮސް ދިނެވެ. ރިހަ ތެލި ހަލަން ހުރި އަހުލާގެ މޫނަށް އެވަގުތު ވެރިވީ ރަކި ހިނިތުންވުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

Next

ހުޅުކޮޅު

Next
July 12, 2016

ހުޅުކޮޅު

Previews
July 11, 2016

52 Comments!

  1. Liaa says:
    July 11, 2016 at 7:49 pm

    Hi guys 🙂 Mi bai ves kamudhaane kamah ummeedhu kuran.. Feel free to leave ur comments ingey <3

    1. kokkee says:
      July 12, 2016 at 7:27 pm

      Salhiey mi vaahaka B) Shikaa and Raul marry nukuruvaathi !

  2. rishu says:
    July 11, 2016 at 8:08 pm

    Wowwww. Its nice

    1. Liaa says:
      July 11, 2016 at 9:25 pm

      Thanks rishu 🙂

  3. meesha says:
    July 11, 2016 at 8:09 pm

    ? livaan ahulaa aa merry kuree£?? Liaa plxx plx plx ahusan n shik gulhuvaathi… Edemeehunge ? ah 12+ vee ey nun.. Liaa… Aslyvex mi stry kiyaa iru hitah varah asaru kurey.. Luv dis.. Nxt prt vex migothah avahah up kodeyti plx… ?????

    1. Liaa says:
      July 11, 2016 at 9:26 pm

      yess meesha 🙂 Livaan & ahulaa .. hehe.. lets see dhw wat heppans .. veehaaves avahah up kuraanan

  4. Rish says:
    July 11, 2016 at 8:11 pm

    V obi luv it

  5. fatima says:
    July 11, 2016 at 8:12 pm

    Wow nice

  6. fatima says:
    July 11, 2016 at 8:12 pm

    Wow nice .thigithah Barbarah up kurachey

    1. Liaa says:
      July 11, 2016 at 9:27 pm

      Thankyw @fatima @Rish 🙂

  7. ameen... says:
    July 11, 2016 at 8:15 pm

    allah akbaru.. heeves nukuraa gothakah midhanii…haha…bunaane ehcheh neyngunu..shika parents ruinde everything.. v foohi vey..adhi alhugandu ge part ves othy dhe kuriyah??…after akk m ameen….heehe
    vvv reethi story..balaa balaainy..naice..m first dhw <3 luv ya and also luv all thecharacters other than shikas parents

    1. ameen... says:
      July 11, 2016 at 8:16 pm

      sorry not first

    2. Liaa says:
      July 11, 2016 at 9:29 pm

      Hehe hmm Ameen ge bai ves adhi kuriyah othy dhww 🙂 lets see wat heppaned to ameen

  8. Saajidh says:
    July 11, 2016 at 8:24 pm

    V reethi… Livaan aa Ahulaa? Oh My God!! Raul aa Shikaa dho dhevan e ulheny… Noon noon… ehen nuhadhaathi in’gey… Ahsan aa Shikaa noony Thaamin aa Shikaa gulhuvan vaany… ma bodah beynumy Thaamin aa Shikaa gulhen… next part ah eba v inthizaaru kurevey…

    1. Liaa says:
      July 11, 2016 at 9:30 pm

      Yesss .. Livaan & ahulaa 😀 Alhe shikaa ah vaany kihinehbaa dhww 🙂

  9. lidhoo says:
    July 11, 2016 at 8:25 pm

    Varah varah reethi

  10. Asurumaa says:
    July 11, 2016 at 8:28 pm

    Yeah suprise eh dhw thidhiny leevaan and ahulaa omg….. seriously its a heart touching story i have no word just speechless

  11. selly says:
    July 11, 2016 at 8:43 pm

    Sikkaa n Ahsan dhuru nukurahvhey ingey Liaa…. V nice story… Nxt prt ah waiting waiting……. Hehehe?

  12. Liaa says:
    July 11, 2016 at 9:31 pm

    Thankyw all for ur support 🙂 Next part ves veehaaves avahah up kuraanan

  13. Azu says:
    July 11, 2016 at 9:41 pm

    Frnd eh bunee mivaahaka v reehchey…buneema kiyan feshi gothah hurihaa part eh nimuneema phone beyhvuneeves….vvv reethi vaahaka…abadhu belenee vaahaka up vefa intho…????

    1. Liaa says:
      July 12, 2016 at 2:35 pm

      Owh .. thankyw. ?

  14. Same says:
    July 11, 2016 at 9:51 pm

    v reethi mibaives. keep it up

  15. Aashi says:
    July 11, 2016 at 9:56 pm

    VaaVaahaka varah reethi thankolheh dhigukoh adhi geness dheeba.. waitinn for the next part

  16. NAAZ says:
    July 11, 2016 at 10:07 pm

    kihinehtha mivee mulhin badhalu kohlaafa dhw….alhe shika ah veegotheh …mi baivx vvvvv reethi

  17. Rafa says:
    July 11, 2016 at 11:16 pm

    Omg ? ?….. V curious v curious…waiting for nxt part…v kiya hyva stry eh

  18. Nish says:
    July 12, 2016 at 12:19 am

    V reethi

  19. Thaany says:
    July 12, 2016 at 1:22 am

    Wow mihaar haadha haadha reehchey v v gina suprises thah eba libey mihaar dhn waany kihineh baa????????????hama bunaa ehcheh vx neyge v v v v v inthizaaaaaruga mihureeee….next part ge thaany emme beynun waa gothah kanthahthah igemun dhaa storry eh adhi mi nuny nukiyey v lurvly koh dhanee hehe…..

  20. Zu says:
    July 12, 2016 at 1:32 am

    thaamin nd shik nuguluvaathi.. shik nd ahu maa match vey pls.. knme stry ehga first luv libeny khyvetha? even real lifegavx nuve ehenneh.. ehn v ma shik nd ahu gulhuvaany.. thamin blah blah huh ??

  21. Appy says:
    July 12, 2016 at 7:58 am

    This story is awesome. ……hama guess eh vx kohlaaakah neynge hyves nukuraa goeh mihira vany ..v v v surprising dhn …..haha Livaan bappa akah vx dhw ..ryna neynge maama akah vx nuvaane kameh???…ekam vx story hama superb. ….luv luv luv this story bodu bodu kn …..waiting. .

  22. aineen says:
    July 12, 2016 at 12:27 pm

    I want shika and thaamin..ahusan n shika’s chemistry was boring. .thaamin n shika ge vahaka feshunyh sure ves suprb. ..

  23. Cutest says:
    July 12, 2016 at 12:31 pm

    Wow love this story…….. And please don’t let the new guy Raul marry shika……. What a twist u have brought………. Superb….. And vv happy to see shik as a doc

  24. Cutest says:
    July 12, 2016 at 12:35 pm

    And liaa…. Ahula ah anhenna beynun kohfa inyma ehaa nice eh noonn….. Anhen kujja liyeli nams vvvv nice vaane…. In my opinion

  25. Nik says:
    July 12, 2016 at 12:49 pm

    Vvvvv nice… Shik n thaam dhw….. Raul eh noon ehen noonyy ahsan… :_

  26. nazu says:
    July 12, 2016 at 1:57 pm

    Koba tha ahusan landu dhin girl. eynage baives genesdginyyaa v reethu vaane. aslu ahusan akah shikaa libbun haggeh noon. a ee nikamethi girl ah ge life ruined kohlaafa huri meheh

    1. Liaa says:
      July 12, 2016 at 2:37 pm

      Nazu .. i think ur mistaken. Nikamethi grl eh ge life ruin kolly ameen.. not ahusan ?

  27. Liaa says:
    July 12, 2016 at 2:39 pm

    Thsnkss all for ur sweet commentx ?? nxt part ves veehaaves avahah up kohdheynan

  28. siree says:
    July 12, 2016 at 3:05 pm

    mi sheeka ge life ah haadha baivaru boys eba aadheyey.
    Vaahakaiga ulheyhaa bayaku eyna dheke loabi vefa nooniyya kaiveni hamajassafa i think its too much. haadha characters ginayey dho

    1. harry says:
      July 12, 2016 at 3:20 pm

      Shikaa dheke loabi vee thaamin aa Ahusan aa livaan aa dhw.. Ameen loabi eh nuwe dhw aneh heneh… ekam nw livaan ves ehen life eh fashaigen dhw e ulheny… dhen nw hury ahusan and livaan ehnu… Nethennu maa gina boys eh… and raul aa shikaa eh noolhey dhw… Raul ves noolhey dhw shikaa akaa… eiy eyna ge parents kuri kameh dhw… Ehaa baivaru boys eh noolhey dhw…

    2. harry says:
      July 12, 2016 at 3:21 pm

      Nw hury ahusan and thaamin ehnu *

    3. harry says:
      July 12, 2016 at 3:22 pm

      I meant livaan eh now noolhe ehnu shikaa akaa.. livaan e ulheny ehen meehakaa indhegen!

  29. harry says:
    July 12, 2016 at 3:23 pm

    Anyway, mi story hama habeys liaa… waiting for next part <3 avahah up kohdhehcheyyy

  30. Ahusan says:
    July 12, 2016 at 3:31 pm

    Wowwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww <3 😉

  31. Youme says:
    July 12, 2016 at 6:47 pm

    Liaa…..nxt part avahah uo kohdhyba…

  32. xprincess says:
    July 12, 2016 at 7:26 pm

    Waaaattt??? Ahulaa and livaan tha?? why? when? how? i m so eager to know… And he is even a dad! LOL 😀
    Liaa………! V loabi mi story dhaa goi…. nxt part ge inthixAAr ga mi iny hama 🙂 <3 love u <3

  33. Shikaa says:
    July 12, 2016 at 10:33 pm

    v v reethi…

  34. reemaa says:
    July 12, 2016 at 10:52 pm

    Haadha reechey mi story dhaa goi .. Frnd eh bunii mi vaahaka v reechoa… hama ehaa shaugu veri koh kiyunu ,… Alhey cant wait for the nxt part !

  35. Liaa says:
    July 13, 2016 at 9:34 am

    Thankyw all… 🙂 Balaaanan today nxt part up kureveythw <3

  36. roo says:
    July 13, 2016 at 10:51 am

    wow….owesome….cnt wait for nxt part….:)

  37. Unknown says:
    July 13, 2016 at 6:10 pm

    Avahah up kohdheebala..

  38. Ushaa says:
    July 13, 2016 at 6:15 pm

    Aftr lng tym mistwrii mikiyaa levunyy.. Dis ix one of my fav… Nd ushaa vrh hppy ahulaage prteh kiyaalan libunyyma.. Dis ix vvvvvvv nyc.. Wanna ryd de nxt prt soon..

  39. Liaa says:
    July 13, 2016 at 6:48 pm

    Thankyw all 🙂

  40. SAHAA says:
    July 15, 2016 at 7:04 pm

    NICE

Comments are closed.

Next Episodeއަސަރު 25←


All Right Reserved!