Skip to content
އެސްފިޔަ

އަސަރު 23

އެއީ ކާކުކަން ޝިކާއަށް ވިސްނުނު ހިނދު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ކުރިއަށް ވުރެ އެ ހަށިގަނޑުގެ ބައިމަތި ފުޅާވެ ދޮން ވެފައިވީއިރު ތުނބުޅި މަތިމަސްވެސް ހުރީ ހިތްގައިމު ވަރަކަށް ދިގުކުރެވިފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ދަށަށް ޖަހައި އެއާ ގުޅޭ ގަދަ ފެހި ކުލައިގެ ޓައީ އެއް އަޅާފައި ހުރި އިރު އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ އަސަރުގަދަ ދެލޯ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ ހަމަ މީގެ ބާރަ އަހަރު ކުރިންވެސް އޭނާގެ ހިތާ ކުޅެލި ތޫނު ދެލޮލެވެ. އޭނާގެ ނަފްސު އެ އަސަރުގަދަ ޖާދޫވީ ދެލޮލުގެ ތެރެއަށް މީގެ ބާރައަހަރު ކުރިއެކޭ އެއްފަދައިން ގެނބިގެން ދިޔަ ހިނދު އެ ދުލުން މަޑުމަޑުން އެމީހާގެ ނަން ކިޔާލެވުނެވެ. “ތާމިން….؟”

އަހުމަދު ތާމިން އެ އަންހެންކުއްޖާއަށް ބަލާލަމުން ހީލިއެވެ. ގިނަބަޔަކަށް އޭނާ އަކީ ކާކުކަން އެނގުމަކީ އޭނާ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އޭނާ ގެ ‘ގްރީން ބަބުލް’ ބްރާންޗް ކުރިއަރައިދިޔަލެއް އަވަސްކަމުން ޚުދް އޭނާ ވެސް ހައިރާންވެއެވެ. އަށް އަހަރުގެ މިންނެތް މަސައްކަތުން އޭނާ މި ބްރާންޗް ފުޅާކޮށް ކުރިއެރުވުމުގައި އެތަށް މަސައްކަތެއް ކުރިއެވެ. ރާއްޖޭގެ އެންމެން ދަންނަ ފަދަ މަޤްބޫލު މީހަކަށް މިޔަދު އޭނާ މިވަނީ ވެފައެވެ. ނަމަވެސް މަޝްހޫރުވުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ. ޓީވީ ޗެނަލްތަކުން އޭނާގެ އިންޓަވިއުތަކަށް އެވަރަށް އެދޭ އިރުވެސް އޭނާ އެކަމާ ދެކޮޅު ހަދަނީ އެހެންވެއެވެ. އޭނާގެ ފަހަތުން އުޅޭ އަންހެންކުދިންވެސް މިހާރު ވަނީ އެތަށް ގުނައަކަށް އިތުރުވެފައެވެ. ވާނީ ވެސް އެހެންތާއެވެ. މުއްސަނދިކަމާ އަރާމާއި އުފަލުގައި އުޅުމަކީ މިޒަމާނުގެ ކޮންމެ އަންހެން ކުއްޖަކުވެސް ދެކޭނެ ހުވަފެނެކެވެ. އޭނާ ހީކުރީ ކުރިމަތީގައި އެހުރީ ވެސް އޭނާގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައި އުޅޭ ކުއްޖެއް ކަމަށެވެ. އެހެން ކަމުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާ އެކުއްޖާއަށް ހިނިތުންވުމެއް ރައްދުކޮއްލުމަށްފަހު އަނެއްފަރާތަށް އެނބުރި ދާން ހިނގައިގަތެވެ.

“ތާމްމް…” އެކުއްޖާ އަނެއްކާ ވެސް ގޮވާލިއެވެ. އެވަގުތު ތާމިން އަށް ހީވީ އޭނާގެ ފައިގައި މީހަކު ކަސްތަޅު އެޅުވިހެންނެވެ. އެއީ މީގެ ބާރަ އަހަރު ކުރިންވެސް އޭނާއަށް އެ ލޯބި ކުއްޖާ ގޮވާލާ ގޮތެވެ. އެކުއްޖާ ހަމަ އޭނާއަށް އޭރުވެސް ގޮވާލަނީ އެރާގަށް ހަމަ އެ ގޮތަށެވެ. އެއިވުނު އަޑުގެ ސަބަބުން އޭނާއަށް ފަހަތް ބަލާލަން މަޖުބޫރު ވިއެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި އެއަންހެން ކުއްޖާ ފެނުމުން އޭނާގެ ސިކުނޑީގައި އެތަށް ހަނދާންތަކެއް އާ ވެގެން ދިއައެވެ. އެއީ ހަމަ ޝިކާ ހެއްޔެވެ؟ އޭނާ ޝިކާ ގާތަށް ދާން އެޅި ފިޔަވަޅަށް ހުއްޓުން އެރީ ފަހަތުން އައިސް ޝިކާގެ އުނަގަނޑުގައި އަތް އަޅުވައިލި ފިރިހެންކުއްޖާ ފެނިފައެވެ.

“ޝިކް.. ހިނގާ ދާން… އިތުރު އެއްޗެއް ބޭނުމެއް ނޫންތަ؟” އަހުސަން އައިސް ލޯބިވެތި ގޮތަކަށް ޝިކާ ގާތު އަހާލިއެވެ. އަހުސަން އެކުއްޖާ އަށް ‘ޝިކް’ އޭ ކިޔައި މުޚާތަބު ކުރުމުން ތާމިން ގެ އެ ހީ ޔަޤީނަކަށް ބަދަލުވިއެވެ. ހައިރާންވެފައި އޭނާއަށް ޝިކާއާ ދިމާއަށް ބަލަން ހުރެވުނީ އޭނާ ބަދަލުވެފައި ހުރި ވަރު ފެނިފައެވެ.

“ނޫން.. ހިނގާ ދާން…” ޝިކާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ އިތުރަށް ތާމިން އާ ދިމާއަށް ބަލަން ކެއްނުވެގެންނެވެ. އަހުސަން ވެސް ތާމިންއާ ދިމާއަށް ކުޑަކޮށް ބަލާލުމަށްފަހު ޝިކާގެ ފަހަތުން ހިނގައިގަތެވެ.

ތާމިންއަށް މިމަންޒަރު ފެނުމުން އޭނާގެ ހިތަށް އުނދަގޫވިއެވެ. އަނެއްކާ އެއީ ޝިކާގެ ފިރިމީހާ ބާވައެވެ؟ ތާމިން ދެއަތަށް ބޯ ހޫރާލިއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. ޝިކާ ހަމައެކަނި ލޯބިވާނީ އޭނާ ދެކެއެވެ.

****

ޝިކާ ކޮޓަރިއަށް ވަތް ގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. މޭގައި އަތް އަޅައިގެން އޮވެ އޭނާ އެތަށް އިރެއް ވަންދެން ރުޔެވެ. މީގެ ބާރަ އަހަރު ކުރިން ތާމިން އޭނާ ދޫކޮށްލި ގޮތް ހަނދާންވެފައި މާބޮޑަށް ދެރަވަނީއެވެ. އޭނާ ތާމިން ދެކެ ހާދަހާ ލޯތްބެއް ވިއެވެ. ނަމަވެސް އޭނާ ވީ ލޯބީގެ ބަދަލުގައި ތާމިން އޭނާއަށް ހެދިގޮތް ނިކަން ދެކިބަލާށެވެ. އަހުސަން އާ ރައްޓެހި ވެގެން އުޅުނެއް ކަމަކު އޭނާއަށް ތާމިން ގެ މަތިން އެއްކޮށް ހަނދާން ނައްތާލުންވީ ބޮޑު ތަކުލީފެކެވެ. އަހުސަން އާ އެކީ ހޭދަކުރާ ވަގުތުތަކުގައި އޭނާއަށް ހިތްހަމަޖެހުމާ އުފާވެރިކަން ލިބުނު ނަމަވެސް އޭނާގެ ފުރަތަމަ ލޯބި މަތިން އޭނާއަށް ހަނދާން ނައްތައެއް ނުލެވުނެވެ. މިޔަދު އެތަށް އަހަރަކަށްފަހު ތާމިންގެ ސިފަ އޭނާއަށް ފެނުމުން ވެސް އެހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ބައެއްފަހަރު އެ ބޭވާފާތެރިޔާ އާ މެދު ވިސްނަނީ ކީއްކުރަން ބާއޭ ވެސް އޭނާގެ ހިތަށް އަރައެވެ. އޭނާ އެހެން ހިތަށް އެރުމުން އަތުގެ ނުފުށުން ކަރުނަތަށް ފުހެލިއެވެ. ނޫނެކެވެ. އޭނާ މިހާރު ތާމިން ދެކެ ލޯތްބެއް ނުވެއެވެ. ތާމިން އޭނާއަށް ހެދި ގޮތުގެ ސަބަބުން އޭނާ ތާމިންއަށް ނަފުރަތުކުރެއެވެ. ތާމިންގެ އެ ސޫރަ ދެކޭކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ލޯބިވަނީ އަހުސަން ދެކެއެވެ. އޭނާ އެ އުޅެނީ އަވަސް މުސްތަޤްބަލެއްގައި އަހުސަންއާ ކައިވެނިކުރާކަށް ނޫންހެއްޔެވެ؟ އޭނާ ސީދާ މާދަމާ މަންމަމެން ގާތު އެވާހަކަ ދައްކަން ޢަޒުމްކަނޑައެޅިއެވެ. ނަމަވެސް އޭނާއަށް ތާމިން އާ ދޭތެރޭ އެވަރަށް ވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ޝިކާ ހިތަށް އަރަމުން ދިއައެވެ. ނޫނެކެވެ. އޭނާ ތާމިން ދެކެ ލޯތްބެއް ނުވެއެވެ. ކުރިންވެސް އޭނާވީ ލޯތްބެއް ނޫނެވެ. ތާމިންގެ ރީތިކަމުގެ ދަލުގައި އޭނާ ޖެހުނީއެވެ. ނަމަވެސް މިފަހަރު އެހެން ވިޔަކަ އޭނާއެއް ނުދޭނެއެވެ. އެ ރީތިމަކުގެ ފަހަތުގައި ވަނީ ހުސް މަކަރާއި އޮޅުވާލުމެވެ. އޭނާ ދުވަހަކުވެސް އެ އިންސާނާއަށް މާފެއް ނުކުރާނެއެވެ. އެއިންސާނާ ވަނީ އޭނާގެ ހިތް ކޮށައި ކުދިކުދިކޮށްލާފައެވެ. އޭނާގެ އެ ހަލާކުވެފައިވާ ހިތަށް ފިނިކަމެއް ގެނަސްދިނީ އަހުސަންއެވެ. ވުމާއެކު އޭނާ ލޯބިވަނީ އަހުސަން ދެކެއެވެ. ހަމައެކަނި އަހުސަން ދެކެއެވެ.

****

ތާމިން އޭނާގެ މޭޒުދޮށުގައި އިށީންދެލައިގެން އިން އިރު އެ މޫނުމަތިން ފެންނަނީ މާޔޫސްކަމުގެ ކުލަވަރެވެ. ނިތްކުރީގައި އެއް އަތް އަޅާލައިގެން އިން ގޮތުން އޭނާ އެއިނީ ވަރަށް ބޮޑު ފިކުރެއްގައިކަން ހާމަވެއެވެ. އޭނާގެ ހަނދާނުގައިވަނީ މީގެ ބާރައަހަރު ކުރިން ހިނގި ކަންތަކެވެ.

#~#~#~#~#~#~

ތާމިން ގެ އުމުރުން އޭރު ވާނީ ސޯޅަ އަހަރެވެ. އޭނާ އަށް ޝިކާ ފުރަތަމަ ދުވަހު ފެނިލުމުން ވެސް އެހިތުގައި އެ ކުއްޖާއަށްޓަކައި ޚާއްސަ މަޤާމެއް ދެވުނެވެ. ރަށުގައި އުޅޭ އެފުރައިގެ އެތަށް ރީތި ކުދިންނެއް އޭނާގެ ފަހަތުން އުޅޭ އިރުވެސް އޭނާއަށް ލޯބިވެވުނީ ޝިކާ ދެކެއެވެ.  އޭނާއަށް ޝިކާ ލިބުން އެއީ އޭނާގެ އެންމެ ބޮޑު ނަޞީބު ކަމުގައި އޭރު އޭނާ ދެކުނެވެ. އޭނާ ޝިކާ އާ އެކު އުޅުނު ދުވަސްކޮޅަކީ އޭނާގެ ހިތަށް އެެންމެ ފިނިކަން ގެނުވި ދުވަސްކޮޅެވެ. ނުތަނަވަސްކަން ވެރިވާ ކޮންމެ ހިނދަކު ޝިކާގެ މަތިން ހަނދާންކޮށްލުމުން އެ ހުރިހާ ކަމެއް ފިލާ ދެއެވެ. އޭނާ ދުވަހަކުވެސް ޝިކާ ދޫކޮށްލާކަށް ނޭދެއެވެ. ޝިކާއަކީ އޭނާގެ މުޅި ދުނިޔެ ކަމުގައި ދެކިގެން އޭނާ އުޅުނެވެ. ޝިކާ މަނަދޫއަށް ކިޔަވަން ދިއުމުން އޭނާ ކުޑަކޮށް ދެރަވި ނަމަވެސް އޭނާގެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އެއްދުވަހެއްގެ ހެނދުނެވެ. އާދައިގެ މަތިން ތާމިން ބޯޅަކުޅެގެން އައިސް ޖޯލިފަތީގައި ޖައްސާލައިގެން އިނީ ވެފައިވާ ވަރުބަލި ފިލުވާލުމުގެ ގޮތުންނެވެ. އޭރު އޭނާގެ ބައްޕަ ވާފިރު ވެސް ދަނޑުގެ މަސައްކަތް ނިންމާލާފައި އައިސް އުދައްޔާއި ފަކީރާ ދޮވުމުގައި ގޯތިތެރޭގައި އުޅުނެވެ. ވާފިރު އިރުއިރުކޮޅާ އޭނާއާ ދިމާއަށް ބަލާކަން ތާމިން އަށް ފެނުނު ހިނދު އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަނެއްކާ އޭނާއަށް ކަމެއް ގޯސްކޮށް ކުރެވުނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ބައްޕައަކީ އޭނާއަށް ކިރިޔާ ވެސް ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އޭނާއަށް ތަޅާ އަނިޔާ ކުރާ މީހެކެވެ. އޭނާ ދެކެ ވާފިރު އެވަރަކަށް ރުޅިއަންނަ ސަބަބެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. ވާފިރު އޭނާ ދޮންނަން އުޅުނު އެއްޗެހި ދޮވެ ނިމުމަށްފަހު މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ދަމުން ތާމިންއަށް ގޮވާލުމާއެކު އޭނާ ދިއައީ ސިއްސައިގެންނެވެ.

“ތާމިން.. އާދެބަލަ!” ހަރުކަށި ގޮތަކަށްވާފިރު އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އަނެއްކާ ކިހިނެއްވީބާއޭ ހިތަށް އަރަމުން ތާމިން އޭނާގެ ފަހަތުން ގޮސް ވަނީ އެންމެ ހިނދުކޮޅެއް ވެސް ލަސް ވެއްޖެނަމަ އޭނާގެ ބައްޕަ ރުޅިއަންނާނެކަން އެނގޭތީއެވެ.

ތާމިން ކޮޓަރިއަށް ވަތް އިރު އޭނާގެ ބައްޕަ އެނދުމަތީގައި އިނެވެ. އޭނާ ވަނުމުން އޭނާ ގާތު ކައިރީގައި އިނުމަށް އިށާރާތް ކުރިއެވެ. ހައިރާންވެފައި ތާމިން ގޮސް ބައްޕަ ދެއްކި ތަނުގައި އިށީނީ ދުވަހަކުވެސް އޭނާގެ ބައްޕަ އެފަދަ ގޮތަކަށް ޢަމަލުކޮށްފައި ނުވާތީއެވެ. ތާމިންއަށް ކަމެއް ކުރެވޭއިރަށް އެހެންނޫނީ އޭނާގެ ބައްޕަ އިސްކުރާނީ އަތެވެ. ވާފިރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ މަޑުމަޑުން އިނެވެ.

“ސަމީރުގެ ދަރި ޝިކާ އާ ތާމިން އާ ހުންނަނީ ކޮން ގުޅުމެއް؟” ވާފިރު ހަރުކަށި ގޮތަކަށް އަހާލި ހިނދު ތާމިންއަށް ލިބުނީ ޝޮކެކެވެ. އޭނާގެ ބައްޕައަށް އޭނާއާ ޝިކާއާ ދެމެދުވާ ގުޅުން އެނގުނީ ކިހިނެއް ހެއްޔެވެ؟ ހިނދުކޮޅަކަށް އޭނާއަށް ވާފިރުގެ މޫނަށް ބަލަން ހުރެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.

“މަމި އަހަނީ ސަމީރުގެ ދަރި ޝިކާ އާ ކަލެއާ ހުންނަނީ ކޮން ގުޅުމެއްހޭ؟” ތާމިން އެއްޗެކޭ ނުބުނުމުން މިފަހަރު ވާފިރު އެހެން އަހާލީ ތަންކޮޅެއް ބާރަށެވެ. ތާމިން ދެލޯ މަރާލައި ހިން ދިރުވާލިއެވެ. އަނެއްކާ ވެގެން މިއުޅެނީ ކީއްހެއްޔެވެ؟ އޭނާ އާ ޝިކާއާ ވަކިވާން ޖެހިދާނެކަމުގެ ބިރު އެހިތުގައި ހިގަން ފެށިއެވެ.

“މީ… އަ.. އަހަރެން އުޅެނީ އޭނާއާ ރައްޓެ..ޓެހިވެގެން….” ތާމިންއަށް އެހެން ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވެއެވެ.

“ކީއްކުރަން ތާމިން ކޮއްގެން އުޅޭ ކަމެއްތަ އެއީ؟ މިހާރު އޭނާ އާ ގުޅުން ކަނޑާލާ…” ވާފިރު ހަރުކަށި ގޮތަކަށް ބުނެލިއެވެ. ތާމިން އަށް އަނެއްކާވެސް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ބައްޕަ މިކަމާ ވެސް މިހާރު ގޮތް ކިޔަނީހެއްޔެވެ؟

“ކީއްވެ؟” ތާމިން ޖެހިލުމެއް ނެތި އެހެން އަހާލީ އޭނާގެ ބައްޕައަށް ޝިކާގެ ފަރާތުން ކޮން ގޯސް ސިފައެއް ފެނުނީބާއޭ ހިތަށް އަރަމުންނެވެ.

“ސަމީރު އިއްޔެ މަގޭ ގާތަށް އައިސް އެވާހަކަ ދެއްކިއޭ… މަގޭ ކައިރީ ބުނީ މިއާއިލާ އަކީ އެހާ މުއްސަނދި އާއިލާއެއް ނޫނޯ… އޭނާގެ ދަރި ޝިކާ އާ ތާމިން އާ ދުރުކުރުވާށޯ… ތާމިން ކަހަލަ ނުކިޔަވާ އަދި އަތްމަތި ތަނަވަސް ނޫން އާއިލާއެއްގެ ކުއްޖަކާ އޭނާގެ ޝިކާއާ އެޅިގެން ވެސް ނުވެޔޯ…. އެހެންވީމަ ހަމަ މިހާރު ތިކަންތަށް ހުއްޓާލަންވީ…!” ވާފިރު ހަރުކަށިކަމާއެކީ އެހެން ބުނެލި ހިނދު ތާމިންގެ ހިތް ހުއްޓުމު ކަހަލައެވެ. އާއެކެވެ. އެއާއިލާ އަކީ މުއްސަނދި އާއިލާއެއް ނޫނެވެ. އޭނާގެ ބައްޕައަކީ ދަނޑުވެރިކަން ކުރާ މީހެކެވެ. އެ މަސައްކަތުން އެއާއިލާގެ ބޭނުންތައް ފުދެނީ ކިރިޔާއެވެ. ނަމަވެސް އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ އޭނާގެ ކުށަކީ އޭނާ ފަޤީރު ޢާއިލާއަކަށް ނިސަބަތްވުން ހެއްޔެވެ؟ އޭނާއަށް މޮޅަށް ނުކިޔެވުން ހެއްޔެވެ؟ ނަމަވެސް ޝިކާގެ ބައްޕައަށް އެވާހަކަތައް އެނގުނީ ކިހިނެއް ހެއްޔެވެ؟

“މަ ބުނިން ތާމިން އެކަންޏެއް ނޫނޭ ޝިކާއާ ރައްޓެހިވެެގެން އުޅެނީކީ… ޝިކާ ވެސް އުޅެނީ ތާމިން އާ ހަމަ ރައްޓެހިވެގެން ނޫން ހެއްޔޭ؟ ބުނީމަ ބުނީ ތާމިން އޯ ޝިކާގެ ފަހަތުން ދުވީ ފުރަތަމަ… ހީވެޔޭ އެކަހަލަ ތާކުންތާކުން ނުޖެހޭ ކަންތައް ކަލޭ ކުރާނެއޭ…. އަދި ރަށުގައި ހުރި އެންމެ ޤަދަރުވެރި ޢާއިލާގެ ހުރި ހަމައެކަމި އަންހެން ދަރިފުޅާ ހިތާ ވެގެން އެބައުޅެއެއްނު؟ މަ ރީތިކޮށް ބުނީމަ ދެން ތިކަންތައް ހުއްޓާލާ…” ވާފިރު ރުޅިގަދަވެފައި ބުންޏެވެ. ތާމިންގެ ހިތުގައި އެވަގުތު ބޮޑު ތޫފާނެއް އުފެދިފައި ވާކަލައެވެ. ކޮންމެ މީހަކަށް ވެސް އަނެކާ ދެކެ ލޯބި ވެވިދާނެއެވެ. މުއްސަނދިން ލޯބިވާން ޖެހެނީ މުއްސަނދިން ދެެކެ ހެއްޔެވެ؟ ފަޤީރުން ލޯބިވާން ޖެހެނީ ފަޤީރުން ދެކެ ހެއްޔެވެ؟ ކިޔަވައި މޮޅުވެގެން ތިބޭ ކުދިންނަށް ކިޔެވުމުގައި ނާކާމިޔާބު ކުދިން ދެކެ ލޯތްބެއް ނުވެވޭނެ ހެއްޔެވެ؟ އެއީ ކާކު އުފެއްދި ޤަވާއިދެއް ހެއްޔެވެ؟ އޭނާ ޝިކާއާ ދުރުވާންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް ޝިކާ އާ ވަކިންނެއް ނޫޅެވޭނެއެވެ. އޭނާ ޝިކާ ދެކެ ވަރަށް ލޯބިވެއެވެ. ހަމަ އެގޮތަށް ޝިކާ ވެސް އޭނާ ދެކެ ލޯބިވެޔެއް ނޫން ހެއްޔެވެ؟ ދެން ޝިކާގެ ބައްޕަ އެކަމާ ނުރުހެންވީ ކީއްވެގެން ހެއްޔެވެ؟

“ނޫން…ބައްޕާ.. އަހަރެން ޝިކާ ދެކެ ވަރަށް ލޯބިވޭ…” ތާމިން ދެލޯ ފެންކަޅިވެފައިވާ ހާލު އޭނާގެ ބައްޕަ ގާތު އާދޭސް ކުރަމުން ގެންދިއައެވެ. ނަމަވެސް މިކަމުން ވާފިރަށް އެއްވެސް އަސަރެއް ކުރި ހެނެއް ހިޔެއް ނުވެއެވެ.

“މަށަށް އޭރު ވެސް އެނގޭ ކަލެއަށް މަދައްކާ ވާހަކައިން އެއްވެސް އަސަރެެއް ނުކުރާނެކަން….” ބެލްޓް އަތަށް ހެޔޮވަރުކޮށްލަމުން ވާފިރު ކޮޅަށް ތެދުވިއެވެ. އެވަގުތު ތާމިން އޭނާގެ ބައްޕަގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ފެށިއެވެ. “ކަލެއަށް ވިސްނޭނީ މީގެ ބާރު ދައްކާލީމާ…” އެހެން ބުނުމަށްފަހު ތާމިންގެ ބުރަކަށީގައި އެ ބެލްޓުން އެތިފަހަރެއް ޖެހިއެވެ. ތާމިންއަށް ތަދުވި ނަމަވެސް އެއްޗެކޭ ނުބުނެ ހުރީއެވެ.

“ކަލޭ ކީއްކުރަންތަ އަހަރެމެންނަށް ވުރެ މާ މަތީ އާއިލާ ކުއްޖެއް ދެކެ ލޯބިވަނީކީ؟ އަހަރެމެންނާ އެކަށީގެންވާ ފަދަ ކުއްޖެއް ހޯދާބަލަ…” ރުޅިވެރިކަމާއެކު އެހެން ބުނަމުން ވާފިރު އަނެއްކާވެސް ބެލްޓުން އެތިފަހަރެއް ޖެހިއެވެ. ތާމިން ގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިއައީ އޭނާއަށް ލިބެމުންދާ އަނިޔާއަށް ކެއް ނުވެގެންނެވެ. އެ ހަށިގަނޑުގައި އަޅާ ވޭނަށް ވުރެ އެހިތުގައި އަޅާ ވޭން މާ ބޮޑެވެ.

****

އެރޭ ނިދަން އޮތް އިރު ތާމިން ގެ މުޅި ގައިގައި ރިއްސައެވެ. ވާފިރު މިފަހަރު ކުރިން ދުވަހަކުވެސް އޭނާއަށް ނުކޮށްލާ ވަރު ކޮށްލިއެވެ. މުޅިގައިގައި ރަޖާލައިގެން އޮތް އިރު އޭނާ އޮތީ ހުމާ ފިހެފިހެއެވެ. އަދިވެސް އޭނާގެ ސިކުނޑި އެއްވެސް ހުއްޓުމެއް ނެތި ވިސްނަމުން ގެންދިއައީ އޭނާއާ ޝިކާ އާ އެކީގައި އުޅޭނެ ގޮތެއް އޮތްތޯއެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔަ އިރުވެސް އޭނާއަކަށް އެއްވެސް އެއްޗެއް ވިސްނޭ ގޮތެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް ޝިކާގެ ބައްޕަ މިގުޅުމާ މެދު ނުރުހެންޏާ އޭނާއަށް ވެސް ޝިކާއާ އެކީ އުޅޭކަށް ނުކެރޭނެއެވެ. ފޯނު ނަގައި ބަލާލިއިރު ޝިކާގެ އެތަށް މެސެޖެއް އައިސްފައިވެއެވެ. ނަމަވެސް ރިޕްލައި ކޮށްލާނެ ހިތްވަރެއް ވެސް އޭނާގެ ގަޔަކު ނެތެވެ. އޭނާ ޖެހޭނީ ހަމަ ޝިކާއާ ދުރުވާށެވެ. އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. މަޑު ގިސްލުމަކާއެކު އޭނާއަށް ރޮވެން ފެށުނީ ޝިކާއާ ނުލާ އޭނާ އުޅޭނެ ގޮތް އިހުސާސްވުމުންނެވެ.

އޭގެ ފަހުން އޭނާ ޝިކާގެ އެންމެ މެސެޖަކަށް ވެސް ރިޕްލައިއެއް ނުކުރެއެވެ. ޝިކާ ކިތަންމެ ވަރަކަށް އޭނާގެ ފޯނަށް ގުޅިއަސް ނުނަގައެވެ. އޭނާގެ އެހާ ހިތްވަރު ނެތީއެވެ. އޭރު އޭނާ ގެންދިއައީ ޝިކާއާ ދުރުވާނެ ގޮތެއް ރާވަމުންނެވެ. އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެހެން ކުއްޖަކާ ރައްޓެހިވުމެވެ. އޭރަށް ޝިކާއާ ހަމައަށް އެއަޑު އެރުމުން ޝިކާގެ ހިތުގައި އޭނާއަށް ދެވިފައިވާ މަޤާމް ބަދަލުވެގެންދާނެކަން ކަށަވަރެވެ. ހަމަ އެދުވަހު އޭނާގެ ފަހަތުން އެންމެ ގިނައިން އުޅޭ އަންހެންކުއްޖެއް ކަމައްވާ، ނުހާ ގާތު އޭނާ ރައްޓެހިވާން އެހިއެވެ. އެދުވަހު ނުހާ ހުރީ އުފަލުން ފޮޅިފައެވެ. އެތައް ދުވަހެއް ވަންދެން އޭނާ ތާމިން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވުމުންނެވެ. ތާމިން ނުހާ އާ ބައްދަލުކުރުމައްޓަކައި ރަށުގެ އެކި ތަންތަނަށް ގޮސް އުޅުނީ މީހުންނަށް އޭނާ އުޅެނީ ނުހާއާ ރައްޓެހިވެގެންކަން ދެއްކުމަށްޓަަކައެވެ. އޭނާގެ މަޤްސަދަކަށްވީ ސަމީރު އަށާއި ޝިކާއަށް ކޮންމެވެސް މީހެއްގެ ފަރާތުން މިޚަބަރު ލިބުމެވެ.

ޝިކާ ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ވެސް ތާމިންއަށް މެސެޖުކޮށް ގުޅައި ހަދައެވެ. ތާމިން އެ ފޯނު  ކޯލުތަކަށް ޖަވާބު ނުދިން ނަމަވެސް އޭނާ ޝިކާގެ ކޮންމެ މެސެޖެއް ކިޔައެވެ. ޝިކާގެ މެސެޖުތަކުން އޭނާއަށް ލިބިގެންދަނީ އިތުރު ހިތްދަތިކަމެކެވެ. އެތަށް މެސެޖުތަކަކަށް ފަހު އެންމެ ފަހުން ޝިކާ އޭނާ ބޭނުންވި މެސެޖު ކުރިއެވެ.

“ތާމް…ތާމް އާ ނުހާ އާ ހުރީ ކޮންގުޅުމެއް؟” ޝިކާ ފޮނުވި މެސެޖުގައި ލިޔެފައި އޮތެވެ. އޭނާއަށް ޝިކާއާ ވަކިވާން މިލިބުނީ ރަނުގެ ފުރުޞަތެއްކަން އޭނާއަށް އެނގުނެވެ. ދެލޯފެންކަޅިވެފައިވާ ހާލު އޭނާ އަވަސް އަވަހަށް ރިޕްލައިކޮށްލިއެވެ.

“ނުހާ އިޒް މައި ނިޔު ގާލް ފްރެންޑް..” ތާމިން އެހެން ލިޔެފައި ފޮނުވާލީ ހިތާ ދެކޮޅަށް ނަމަވެސް އޭނާއަށް މިޔަދު އެކަން ކުރަން މަޖުބޫރުވިއެވެ.

“ތާމް.. ޑޫ ޔޫ ލަވް މީ؟” އިރުކޮޅެއްފަހުން ޝިކާ މެސެޖް ކުރިއެވެ. އޭނާގެ އެސުވާލުން ތާމިން ވަރަށް ދެރަވިއެވެ. އާއެކެވެ. އޭނާ ޝިކާ ދެކެ ވަރަށް ވެސް ލޯބިވެއެވެ. ނަމަވެސް މިޔަދު އޭނާއަކަށް އެހެން ބުނެވޭކަށް ނެތެވެ. ސަމީރު މިގުޅުމަށް ނުރުހެއޭ ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޝިކާއާ ސަމީރުގެ ދެމެދުގައިވާ ގުޅުމަށް ބުރޫއެއް އަރައިފާނެތީއެވެ. އަނެއްކޮޅުން އޭނާ މިގުޅުން ކަނޑާނުލައިފިނަމަ ވާފިރުގެ އަނިޔާތަށް އިތުރުވާނެކަން އޭނާއަށް އެނގެއެވެ.

“ނޯ.. ނުވޭ ލޯތްބެއް.. ފޫހިވެއްޖެ މިހާރު.. ބޭނުމީ ރުޅިވާން..” އިރުކޮޅެއް ނުވެ ތާމިން ފޮނުވިއެވެ. އޭރު އޭނާއަށް ގިސްލަގިސްލާފައި ރޮވެއެވެ. ހަޔާތުގައި މިފަދަ ކަމަކާ ދުވަހަކުވެސް ކުރިމަތިލާންޖެހޭނެ ކަމަކަށް އޭނާ ހިތަކަށް ނާރައެވެ.

ޝިކާގެ ރިޕްލައިއެއް ނައިސް ލަސްވުމުން ތާމިން ލޮލުން ކަރުނަތަށް ފުހެލުމަށްފަހު ޝިކާގެ ނަންބަރަށް ގުޅާލިއެވެ.

“ހަލޯ… ޝިކް…” ތާމިން ކިތަންމެ ދެރަވެފައި ހުރި ނަމަވެސް އޭނާ ބެލީ ހަރުކަށިކަމާއެކީ ވާހަކަ ދެއްކޭތޯއެވެ.

“ޝިކް… އަހަރެންނަށް މިހާރު ޝިކާއެއް ކަމަކު ނުދޭ.. ޝިކާ އަށް އަހަރެންނާ ވާހަކަ ދައްކާލަން މަގުމަތީގައި ހުރެވެނީކީ ނޫން… ޝިކާގެ މަންމަ ގާތު އަހަރެންގެ ވާހަކަ ބުނެވުނީކީ ނޫން.. އަހަންނަށް ވެސް ކެއްކުރެވޭނީ ވަަކި ވަރަކަށް… އަހަރެން މިހާރު ފޫހިވެއްޖެ.. ” ތާމިން އެއިން ކޮންމެ ޖުމްލައެއް ވެސް ބުނަމުން ދިއައީ އޭނާގެ ހިތާ ދެކޮޅަށެވެ. އޭނާއަށް ޝިކާގެ ގިސްލުމުގެ އަޑު އިވުނު ހިނދު އެހިތުގައި ރިއްސާލިއެވެ.

“ތާމް.. އަހަންނަށް ތިހެން ނުހަދާ..” ޝިކާ ގިސްލަމުން ބުނި އަޑު އިވުނެވެ.

“އަހަރެން ނަހަދަން ގޮތެއް ޝިކާ އަކަށް.. އަހަންނަށް ނުހާ މާ ކަމުދޭ.. ޝިކާއަށް ވުރެ އޭނާ މާ ރީތި… މާ ފުރިހަމަ..” ތާމިން އެހެން ބުނެލި ހިނދު އޭނާގެ ދެލޮލުން އަނެއްކާ ވެސް ކަރުނަތަށް ފައިބަން ފެށިއެވެ. ނަމަވެސް އޭނާގެ އަޑުން ހަރުކަށި ގޮތް ދައްކަމުން ގެންދިއައެވެ.

“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އަށް އެހެން ބުނެވުނީ ވަރަށް ވެސް އުނދަގުލުންނެވެ. ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލާފައިވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (28)

  1. Liaa

    Hii hurihaa kudhinn 🙂 Mi dheytherein mi vaahaka up kurun varah las veema today 2 part up kohdhiny <3 And i'm very very sory lahun e part up kohdhevunyma 🙁
    Hope u enjoy 🙂 And feel free to leave ur comments <3
    love u all <3

    1. Meeko
      Liaa

      Liaa dhen kon irakun baa Anne bai up vaany. Avaha up kodhechey.

  2. Whosha

    Wow… Strry v salhi.. Keep it up

  3. Same

    thanks a lot avahah up kohdhinyma. v reethi mi part ves. u r de best…

  4. ......

    Alhe thaamin ah ehen nahadhaa

  5. Abhy

    Varah reethi.

  6. Harry

    Hama habeys? poor thaamin….

  7. Appy

    Woww liaa thanks avahahh up kohdheythy ve. …..oohhh thaamin kurin vx hyviey thaamin ag majubooreh viyyey. …alhey haadha goahey shika bappa vx …mihaaru dhn ehury shika mennah vure vx rich vefa ….thaamin ah shika libeyne baa??? Dhen oi part ah kehtheri kameh nethi inthizaaru kurevenyyyyyy. I luuuuuuuuuvvvv this story ????????

  8. Asurumaa

    As i told i have no words for this iam just speechless varah salhi its heart touching story rohvailaifi….?? waiting 4 next part all the best may allah bless u

  9. Miu

    Wow story v salhi.. alhe shika ai thamin gulhuvaba
    waiting for next part

  10. Thaany

    Awwwww storry mihaar v v interesting ngey thaam ah thi kahala gotheh v hn kurrin vx he vi ey dhn ekm alhe kihineh vaany shik ah thaam ge majoboory haalath ngeyne duwahwh dhn emme thixaar kureveny v salhi koh hurihaa kameh vx egemun midhany ehn v ma adhi hurihaa kameh vx v reethi koh haama vaane kamah umeedh kuran lurv this storyyyyy❤❤❤v v reeethi
    Keep it up liaaaaaa

  11. kokkee

    Woww <3
    Alhe mi kihineh tha vee dhww… Thaamin ves dhww… And shikaa dhww.. shikaa dhaane dhw adhi thaamin gaathah…? ekam ves e ulheny ahusan aa marry kuran viyya dhw… waitinggg

  12. xprincess

    Thaamin dhw :'( Efakeerah majubooru vee :'( omg its soo touching.. I just cried ;'(. This story is sooo nice <3 And liaa.. hama ahoo and shikaa marry kuraane tha?? kobaa tha mihaar ameen and reenaa and rana? adhi emyhunge vaahaka ves annaane dhww… Inthixaar kuran nxt part ah <3

  13. shimaa

    Thamin fakeeru adhi kiriya dho mi aee… I was wondering where he was…

  14. Sal

    Thigothah up koh dhiny thee thanks….love this story…
    ????????

  15. meera

    Alhey haadha reehchey mi vaahaka…..☺☺☺☺☺☺

  16. Meeko

    Thanks liaa. Nice story. And thaamin aa shika aa gulhuvai dhy

  17. Axoo

    Liaa. Mi story mihaaru adhi maa reethi.shamin ge vaahakathah ivuneema vv dheravejje. Axoo bunaany hama thamin ashey Shikaa libeyny. Thank you avahah up kohdheythee.

  18. meesha

    I thought green bubble would b thaamins…? Liaa stry is fab… Jus awsom.??????Very touching… Waiting fo da nxt prt..

  19. Shika

    But ahusan v dheravaane thaamin r shik r gulhijjeyya:-(

  20. au

    Alhe anebai upkodbyba avahah mi adhi esfiya.com in fenunu ehnme jazubathy reethi vahaka mi reethi kamun rey 1st part enme fahun upkohfa in baya hisabah kiyije it,s so interestin plx plx upkohdhy avahah ehn nuny eves kamehvs kameh dhn nuvane mi jadhuvy vahakain aharenge nidhi oyagos hithuge vindhu avaskohfi

  21. Shaai

    Aslu ehaa ehaa eh noon.

  22. shikaa

    Aharen lobivany thaamin dheke … Ahusan dheke eh noon

    1. Thaamin
      shikaa

      Aharen ves shik dheke v v v lwwbivey <3 😀

    2. Ahusan
      shikaa

      :'( Noooon …

  23. Zee

    Ala ahusan aa sika aa dhurunukurathi pls pls ……
    and pls thamin villan aka nuha dhatni…
    STORY HAMA HABAS

  24. Blue Lady

    Alhea. Haadha dhera ea. LIAAcant TV wait T.. when next

  25. Liaa

    Thankyw all for the lovely comments <3

Comments are closed.