Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޓެކްސީ(ހަތަރުވަނަ ބައި)

The R Level 110 Stories
July 8, 2016 4 Mins Read
49 Comments

ކުއްލިއަކަށް އަހަންނާއި ވަރަށް ކައިރިން މީހެއްގެ ނޭވާގެ އަޑު އަހަންނަށް އިވުނެވެ…..

އެވަގުތަކީ އަހަރެން އަތުގައި ޓޯޗު ޖެހުނު ވަގުތު ކަމުން ކުއްލިއަކަށް އޭތި ނަގާ ޖައްސާލުމަށް ފަހު އަޑުއަންނަދިމާލަށް އަމާޒު ކޮށްލީމެވެ. އެއީ ޑްރައިވަރެވެ. ދަންނަ މޫނެކެވެ. ރީނދޫ ކުލައިގެ ޓެކްސީ ޑްރައިވަރުން ލާޔުނީފޯމެއްގައި މިހިރީ ޖަލީނެވެ. އެއީ މަޝްހޫރު މަހުޖަން ޑރ.އަޒްރަފް ޝާހުގެ ތިން ދަރިން ކުރެ ދަރިއެކެވެ. ދިރިއުޅުމާއިމެދު ޚިޔާލެއް ނެތުމާއި މަސައްކަތެއް ކުރުމުގެ ޝައުޤެވެރިކަންނުހުންނާތީ އޭނާގެ ހިޔާވަހި ކަމާއި ޙިމާޔަތުން ނެރެ ބޭރުކުރެވިފައިވާ އޭނާގެ އެއްމެ ހަގު ދަރިފުޅެވެ.

ކުއްލި ހަރަކާތަކާއެކު ބަލާކަށްނުހުރެ ޖަލީން އަހަރެންގެ ގައިގައި ހިފައިގަނެ އަހަރެންގެ މައްޗަށް ގަދަވެގަތެވެ. ބާރުގަދަ ހަޅޭކަކާއެކު އަހަރެންގެ އަތުގައި އޮތް ޓޯޗުވެއްޓި ޓޯޗުގެ އަލިކެނޑުނެވެ. އެޔާއެކީ ޖަލީންގެ ވަހުޝީ ވަކިތަކުގެ ދަށުގައި އަހަރެންވެ، އަންހެން ކުއްޖެއްގެ އަތުގައިވާ އެއްމެ އަގުބޮޑު ޚަޒާނާ ، އަހަރެން ކުރަމުން ދިޔަ އާދޭހާއި ރުއިންތަކަށް ބީރު ކަންފަތެއް ދެމުން ، އެއްވެސްކަހަލަ ރަޙްމެއްނެތި ފޭރި ގަތެވެ. އިންސާނިއްޔަތުކަން ކޮބައިހެއްޔެވެ؟. ރަޙްމާއި ހަމްދަރުދީ ކޮބައިހެއްޔެވެ؟ އަހަރެން ކުރި ހުވަފެނުގެ ބިނާތައް ފުނޑުފުނޑު ވެގެންދިޔުމަށް މިނެގީ ވަރަށް ވެސް މަދު ހިނދު ކޮޅެކެވެ. އަހަރެންގެ ކުށަކީ ފަހެ ކޮބައި ހެއްޔެވެ؟ މޮޅެތި ހުވަފެންތަކެއް ދުށުން ހެއްޔެވެ؟ އަންހެނަކަށް ވުންހެއްޔެވެ؟  އަހަރެންގެ ނާޒުކު ފިޔަތައް ނޮޅާ އަހަރެންގެ ޢިއްފަތްތެރިކަންނަގާލަމުން ދިޔައިރު އަހަރެންގެ ސިކުނޑިއަށް ވެރިވީ މިސުވާލު ތަކެވެ.

އެތައްއަނިޔާއެއް އަހަންނަށް ދިނުމަށްފަހު އޭނާ ހިތްފުރޭވަރު ވުމުން އަހަރެން އޮތްޙާލަށް ދޫކޮށްލާފައި މިސްރާބު ޖެހީ ކާރާއި ދިމާލަށެވެ. ނަމަވެސް ކާރަށް އަރަން އުޅެފައި މަޑު ޖެހިލިގޮތުން އޭނާއަށް ކުރެވުނު ކަންތަކާ ދެރަވެ އަހަންނަށް މަޢާފަށް އެދެން އުޅޭހެން ހީވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޖީބުގައި އަތް ޖައްސާލުމަށްފަހު ބޮލުގައި އަތުން ޖަހާލަމުން ނުބައި އެއްޗެއް ބުނެލި ގޮތުން އެއްޗެއް ގެއްލިގެން އުޅޭނީކަން އަހަންނަށް ނަގައިގަނެވުނެވެ. ބިންމަތީގައި އޮތް ޓޯޗު ނަގައި އޭގެން އަލިކުރަމުން އެގެއްލުނު އެއްޗެއް ހޯދަން އޭނާ އުޅެމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑު އެކި ހިސާބުގައި ވޭން އަޅަމުން ދިޔަނަމަވެސް ހަށިގަނޑުނިވާ ކޮށްލައި ކޮޅަށް ތެދުވެލުމަށް އަހަރެން ބޭނުންވިއެވެ. އޭރު އަހަންނަށް ގިސްލަ ގިސްލާފައި ރޮވެއެވެ. އެވަގުތު އަހަރެންގެ މަންމަމަތީން ވަރަށް ހަނދާންވަމުން ދިޔައެވެ. މަންމަ އަހަންނަށް ޓަކާ އުފުލި ބުރައެވެ. ބައްޕަ މަރުވުމުން އަހަރެންނަށް ވެދާނެ ގޮތަކާއި މެދު ވިސްނާ، އަލުން އެހެން މީހަކާވެސް ނުއިނދެއެވެ.

މަންމަ އޭރު އުފަލާއެކީ އަދާކުރަމުންދިޔައީ އެންމެ ކުޑައިރުއްސުރެ މަންމަ އަދާކުރުމަށް ބޭނުންވި، ޓީޗަރެއްގެ ވަޒީފާއެވެ. އެކަންވެސް ދޫކޮށްލީ ޚުދު އަހަންނަށް ޓަކައެވެ.

ކޮޅަށްތެދުވަން ހިފާލި ވަގުތު އަހަރެންގެ ވައަތް ޖެހުނީ ބިންމަތީގައި އޮތް ދަނގަޑު އެއްޗެއްގައެވެ. ދެއަތުން އޭގައި ހިފާލުމުން އެއީ ކޮންއެއްޗެއްކަން ނަގައިގަންނާކަށް މާކަގިނައިރެއްނުވިއެވެ. އެއީ ޓެކްސީ ތަޅުދަނޑިއެވެ. ޖަލީން އެހޯދަނީ މީތި ތާއެވެ. އަވަސްއަވަހަށް އަހަރެން އޭތި ފޮރުވީމެވެ. ޖަލީން މުޅިހިސާބު ގަނޑު ހޯދަމުން އައިސް އަހަރެންގެ ކައިރި ވެސް ވަރަށް ހޯދިއެވެ. ނަމަވެސް ތަޅުދަނޑި ފެންނަގޮތެއް ނުވުމުން ކާރަށް އަރައި ކާރުތެރެ ހޯދަންފެށިއެވެ. އޭރު އޭނާ ހާސްވެފައިވާ މިންވަރު އޭނާގެ ހަރަކާތްތަކުން އެނގެމުން ދިޔައެވެ. އޭނާ އެއުޅެނީ އޭނާގެ އެދުން ޙާސިލް ކޮށްފައި ފިލާށެވެ.

އެވަގުތު އަހަރެން ހިތަށް އެރިއެވެ. ވިޔާނުދާ މީހެއްގެ އެދުންތަކުގެ ޝިކާރައަކަށް ވިއެއްކަމަކު ، މަންމަގެ ޤުރުބާނީތައް އަގެއްނެތް ޤުރުބާނީތަކަކަށްވެ، އަހަރެންގެ އުުއްމީދުތައް މިހާފަސޭހައިން ފެނަށް ވިޔަކަނުދޭނަމެވެ. އަދި މިފަހަރު ބޯޅަ މިއޮތީވެސް އަހަރެންގެ އަތުގައެވެ. ހަމަގައިމުވެސް ތަޅުދަނޑި ނެތި ކާރު ދުއްވައިނުލެވޭނެއެވެ. މިޚިޔާލުއައުމުން ޚުދު އަހަރެންވެސް ޙައިރާން ވިއެވެ. އަހަންނަށް އެހާ ހިތްވަރު އައިގޮތަކާއި މެދުއެވެ. އަތުކުރީ ގަޑިއަށް އަހަރެން ބަލާލީމެވެ. ކިލާވެފައިވާ ގަޑީގެ މޫނުމަތި ފޮޅާލުމަށްފަހު ބަލައިލިއިރު ގަޑިން 6:45 އެކެވެ. އަހަރެންކޮލެޖަށް ދާންޖެހެނީ ހަތެއް ޖަހާ އިރަށެވެ.

ބަރުފިޔަވަޅު ތަކެއް އަޅަމުން ގައިގައި ނެތްވަރުލާފައި ކާރާއި ދިމާއަށް އަހަންނަށް މިސްރާބު ޖެހުނު ހިނދު ކުރަންމިއުޅޭ ކަމުގެ މޮޔަކަން ހިތުގެ ކަނަކުން އަހަރެންނަށް ބުނެދިނެވެ. އަަހަރެންގެ އުއްމީދު ތަކުގެ ޤާތިލް ކާރުތެރޭގައި އެގޮތް މިގޮތަށް ތެޅިފޮޅެމުން އެދަނީ ފިނޑި ކަމާއެކު ފިލުމަށެވެ. އަހަރެން ބަލާކަށް ނުހުރެ ކާރުގެ ބިއްލޫރި ގަނޑުގައި އެއްވެސް ޖެހިލުމެއް ނެތި ތަޅާގަތީމެވެ. ކުއްލި ސިހުމަކާއި އެކު އޭނާ އަހަންނަށް ބަލާލިއިރު އަހަރެންކަން އެނގުމުން އެނގުމުން އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކާރުގެ އޭސީ ޖައްސާފައި ހުރިކަމަކު އޭނާގެ މޫނުމަތިން ވަނީ އޮށްދާހިތްލާފައެވެ. އަހަރެން އަތުގައި އޮތް ތަޅުދަނޑި ދައްކާލުމުން އޭނާ އަހަރެން އަތުން އެޖަހައިގަތުމަށް ހުޅުވިފައިހުރި ކުޑަދޮރުން އަތް އެއްލިއެވެ، އަހަރެން ޚުޝިޔާރު ކަމާއެކު ތަޅުދަނޑި އަަހަރެންގެ މުށަށްލަމުން އަތް ފުރަގަހަށް ގެން ދިޔައީމެވެ،
“އަހަރެންގެ މަންޒިލަށް އަހަރެން ލައެއް ނުދެމެއްނު އަދި…… މިއީ ޔުނިވަރސިޓީ އޮފް ލާހޫރެއްނޫން….” އަހަރެންގެ ރާގުގައި ހުރި ހަރުކަށި ކަމާއި ހިތްވަރުގަދަކަން ފެނިފައި އޭނީ ހުރީ އާގަމަވެފައެވެ. އެވަގުތު އަހަރެން ކާރުގެ ފަހަތު ސީޓަށް ދެމިގަތީމެވެ  “އަވަސް ކުރޭ އަހަންނަކަށް ނެތް ޓައިމް އެއް” ޖަލީން އާއި ދިމާލަށް ތަޅުދަނޑި ހޫރާލަމުން އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ. ޖަލީން ކާރު ސްޓާޓް ކޮށްލުމަށްފަހު ދުއްވާލިއެވެ. ކާރުތެރެއަށް ނަޒަރުހިންގާލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކާޑެކެވެ. އަހަރެންގެ ފައިން އޭތި އަހަންނާއި ގާތަށް ޖައްސާލުމަށް ފަހު ބަލާލީމެވެ. އެއީ މަސަރޖް ޕާލަރެއްގެ ވިޒިޓިން ކާރޑް އެކެވެ. މީގެ ދުވަސް ކޮޅެއްކުރީން އަހަރެންގެ ގެ ހުންނަ މަގާއި ޖެހިގެންހުރި މަގުގައި މަސާޖް ޕާލަރ އެއް ހުޅުވި ޚަބަރު އަހަންނަށް ވެސް ވަނީ އިވިފައެވެ. އެހެން ޕާލަރތައް ފަދައިން ހިލޭ އަންހެނުން ހިދުމަތްދޭ ގޮތަށް ހަމަޖެހިފައިވާ ޕާލަރެކެވެ. އެ ކާޑުން ޖަލީން މީގެ ކުޑަ އިރުކޮޅެއް ކުރިން އެތަނަށް ގޮސްފައިވާކަން އެނގެން އޮތެވެ. ކަންވީގޮތް އެނގުނީ ދެނެވެ. އަހަރެންގެ އިސްލާމީ ނިވާކަންބޮޑު ސާދާ ހެދުމުންވެސް އޭނާގެ އިޙްސާސްތައް ފިނިނުވީ މިހެންވެގެންނެވެ. ފިތުނަ ތަކަކީ މިކަހަލަ އެއްޗެކެވެ. ކިތަންމެ ކުޑަހެންހީވާ ފިތުނައަކުންވެސް ބޮޑު މުންކަރާތެއް ފާޅު ވެދާނެއެވެ.

އަހަރެން އުޅުުނު ގޮތުން އަހަންނަކީ މާހިތްވަރުގަދަ މީހެއް ކަމަށް ޖަލީނަށް ދެއްކިނަމަވެސް ޙަޤީޤަތަކީ އަހަރެންގެ ހިތްވަނީ ފުނޑުފުނޑު ވެފައި ކަމެވެ. އަހަންނަކީ މުޅި ދުނިޔެއަށް ބަދުނާމުވެ ޢިއްޒަތްތެރިކަން ލޫޓުވާލެވިފައިވާ ނިކަމެއްޗެއްކަމުގެ އިޙްސާސް އޭގެ އެންމެ މަތީ ދަރަޖަޔަށް ކުރެވެމުންދިޔަކަމެވެ. ނަމަވެސް އެ ކެހިވެރިޔާއަށް އަަހަރެންގެ ވޭނީ ކެކުޅުންތައް ހާމަކުރަން ނުރުހޭތީ އެންމެ ކަރުނަތިއްކެއް ކީއްކުރަން މޫނުން ހިތާމައިގެ އެއްވެސް އަސަރެއް ނުދައްކާ ވޭތޯ އަހަރެން ބެލީމެވެ.

އިސާހިތަކު ކޮލެޖަށް ދެވިއްޖެއެވެ. ކާރުގެ ތެރެއަށް ދޭންވާ ފައިސާ އެއްލާލުމަށް ފަހުކޮލެޖަށް ވަނީމެވެ. ހުރިހާ ކުދިން އިމްތިޙާނު މާލަމަށް ވަދެނިމިފައިވުމުން ﷲ އަށް ޙަމްދު ކުރެވުނެވެ. އަހަރެންގެ ނިކަމެތި ހާލާއި ހެދުމުގައިވާ ކިލާތައް ފެނި އެތެއް ސުވާލުތަކެއް އަހަންނާއި އަމާޒުވުމަކީ އަހަރެން އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ. ކޮލެޖުގެ ލޮކަރުގައި ބޭއްވިފައި އޮތް ހެދުމަކާއި ބުރުޤާއެއް ހިފައިގެން ފާޚާނާއަށް ވަދެ އަވަސް އަވަހަށް ހެދުން ބަދަލު ކޮށްލީމެވެ. ޓިޝޫކޮޅަކުން މޫނު ފޮހެލުމަށްފަހު ހިނިތުން ވުމުގެ ނިޤާބަކުން އަހަރެންގެ އިޙްސާސްތައް ނިވާކުރަމުން އަހަރެން ގޮސްވަނީ އިމްތިޙާނު ހޯލަށެވެ. އަހަރެންގެ ކާޑު ދައްކައިލުމުން އިމްތިޙާނުގެ ކަންކަމާއި ޙަވާލުވެހުރި ޝާހީން މެޑަމް އަހަރެން އިންނަންވީ ޖާގަ ދައްކާލައި ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަހަރެން ވެސް ހީލަމުން ގޮސް މޭޒުދަށުގައި އިށީނދެ ހަމަޖެހިލައި އިމްތިޙާނައިގެން ކުރިއަށް ދިޔައިމެވެ.

“އަލްޙަމްދުލިއްﷲ” އިމްތިޙާން ވަރަށް ވެސް ފަސޭހައެވެ. އަވަސްއަވަހަށް ދެތިންފަހަރު މަތިމަތިން ނިމިފައިވާ  އިމްތިޙާން ކަރުދާސް ބަލާލުމަށްފަހު ޙަވާލު ކޮށްފައި އަހަރެން ހިނގައިގަތްގޮތުން ޝާހީން މެޑަމް ވެސް ހުރީ ޙައިރާންވެފައެވެ. ކުރީގައި އަހަންނަކީ އިމްތިޙާން ވަރަށް ފަރުވާތެރި ކޮށް ހަދާ ކުއްޖެއްކަމަށް ވެފައި އަހަރެން މާލަމުން ނުކުންނާނީ އެއްމެ ފަހުން ކަމަށް ވާތީއެވެ. އަހަރެންގެ މިސްރާބު ހުރީ ކޮލެޖުގެ ފާޚާނާ އާއި ދިމާލަށެވެ. އިރާދަފުޅުކުުރެއްވީތީ އެއްވެސް މީހަކު އެތާގަ ނެތެވެ. މިއޮތް ހުރިހައި އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އިތުރަށް ހިފެހެއްޓުމުގެ ބާރު އަހަރެންގެ ކިބައިން ދޫވެ ހޯސްލާފައި ފައިބައިގަތެވެ. ގިސްލަގިސްލާފައި ރޮމުން ވޭނީ އާހްތައް ބޭރުކުރަމުން ދިޔައިމެވެ. އެއްމެ ބޮޑަށް ދެރަވީ މަންމަ ވާނެ ދެރަ ވަޒަންކޮށްލެވުމުންނެވެ. އެކަމަކު ހަމަ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

“މިކަން ދިމާވީ އަހަރެންގެ އެއްވެސް ކުށެއްނެތިއެވެ. ވުމާއެކު އަހަރެން ނުކުރާ ކަމަކަށް، ރުއިމާއި ކެކުޅުންތަކުން އަމިއްލަ ނަފްސަށް، ސަޒާދިނުމަކީ އިންސާފެއް ނޫނެވެ. މިހެން ހިތަށް އެރުމާއެކު ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ޖޯޝާ އެކު އަތް މުށްކަވާލެވުނެވެ. ފާޚާނާއިން ނުކުތުމަށް ފަހު ކޮލެޖު ދޮރުމައްޗަށް އަރައި ފޯނު ހުޅުވާލީމެވެ. ފޯނުގައި ނަންބަރެއް ޖެހުމަށްފަހު ފޯންނަގާ ކަންފަތުގައި ޖަހާލީމެވެ. ދެތިން ރިންގް އަށް ފަހު އެކޮޅުން ފޯނު ނެގިއެވެ…….

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

The R

Level 110 Stories

Other Articles

Previous

ދޭނަން ހިތާ ޖާނާ (15)

Next

ހުޅުކޮޅު

Next
July 8, 2016

ހުޅުކޮޅު

Previews
July 7, 2016

ދޭނަން ހިތާ ޖާނާ (15)

49 Comments!

  1. mary says:
    July 8, 2016 at 4:17 am

    warah…..reethe…..

    1. The R says:
      July 8, 2016 at 1:22 pm

      thanks… mary……. 🙂

  2. bul eDams says:
    July 8, 2016 at 8:50 am

    v v reethi..waitin eargerly for da next part

    1. The R says:
      July 8, 2016 at 1:25 pm

      thank…. ^.^… varah avaha next part up kuraanan igy insha Allah..

  3. NAAZ says:
    July 8, 2016 at 10:21 am

    Hithah vx eri eynayah ehenvaanshey eulheny…..vaahah hama best v reethi

    1. The R says:
      July 8, 2016 at 1:27 pm

      ehen tha… 😛 …
      thankxx…… for the support…. 😀

  4. baby says:
    July 8, 2016 at 11:18 am

    Wahwah v,fahkaa?

    1. The R says:
      July 8, 2016 at 1:36 pm

      thankxx a lot ……. baby…. ^.^

  5. dhdhhfudjd says:
    July 8, 2016 at 2:07 pm

    Koba tha gurubaan vumee mihithuge ufaa… Evaahaka

    1. The R says:
      July 8, 2016 at 4:54 pm

      im sorry eii R ge vaahakaeh nun
      this is my lst story……☺

  6. auraa says:
    July 8, 2016 at 2:08 pm

    Varah reethi mi story gendhaa goi….efirihenaa yah kulhi dhahkan jeheyne…..

    1. The R says:
      July 8, 2016 at 3:35 pm

      aa dhoa… hehehehe….?
      thank for the comment ?

  7. asraa says:
    July 8, 2016 at 3:13 pm

    varah reethi

    1. The R says:
      July 8, 2016 at 3:36 pm

      thank you…… ?

  8. Hadhee says:
    July 8, 2016 at 3:18 pm

    Salhi

    1. The R says:
      July 8, 2016 at 3:38 pm

      thanks….?

  9. Purplish says:
    July 8, 2016 at 3:49 pm

    It’s very interested
    Gurubaan vumeemihithugeufaa mi story aky the r ge story eh tha
    Mi story njmuneetha

    1. The R says:
      July 8, 2016 at 4:57 pm

      thanks…. purplish ?..
      eii r ge vaahakaeh nun!!

  10. ?ainthi? says:
    July 8, 2016 at 5:15 pm

    V salhi. Waiting for next part. Thankolheh dhigukoh genesdhehcchey.

  11. king.. says:
    July 9, 2016 at 7:14 pm

    wow!! mi vvv salhi storyeh?? ?? …. v v v v v interesting… i just loved it…. varah women spiritual story eh….. adhi mikahala story e dhuvahakuves nukiyan……. just hama wooow

    1. The R says:
      July 9, 2016 at 11:10 pm

      Thanx…. adhi kuriah oiy bai vvv thafaathu vaane Insha Allah

  12. loveliy says:
    July 9, 2016 at 7:16 pm

    haadha hith varu gadha ey lau ge dho……….????? ? v v v vobi mivaahaka….

    1. The R says:
      July 9, 2016 at 11:13 pm

      Lau akee varah thafaathu kujjeh kan engemun dhaane Insha Allah.

  13. dhonu? says:
    July 9, 2016 at 7:19 pm

    poor lau….. dhen ?.. but vaakaha hama habyxx…… hope v v v avaha up kuraane kameh!! igy R…

    1. The R says:
      July 9, 2016 at 11:14 pm

      Thanx Dhonu
      Dhedhudhavahun eddhuvahu Up kuraa gothashey R bunin thaa.

  14. pin says:
    July 9, 2016 at 7:22 pm

    v v v v v v v salhi mikahala vaahaka aka inthizaaru kuraatha madhu dhuvaheh nun!!!ehaaves salhi….

    1. The R says:
      July 9, 2016 at 11:19 pm

      Thanx v v v v v v much. Adhi kuri ah oiy bai ithurah salhi vaane.

  15. laal says:
    July 9, 2016 at 7:41 pm

    haadha reethi vahakaekey mii.. soooooooooooooooooo beautiful…..

    1. The R says:
      July 9, 2016 at 11:21 pm

      Thanx v v v v much laal

  16. shaan says:
    July 9, 2016 at 7:48 pm

    varah salhi……. im mean varah varah varah salhi… ?. thumbs up..

    1. The R says:
      July 9, 2016 at 11:32 pm

      Alhey asluves tha vvv bodah Thanx shaaan.

  17. shimal says:
    July 9, 2016 at 8:09 pm

    rock on…..?…. hama out standing

    1. The R says:
      July 9, 2016 at 11:23 pm

      Thanxx varah bodah

  18. glow? says:
    July 9, 2016 at 8:17 pm

    vaahaka hama salhi….. ekam thankolheh adhives hama kuru…

    1. The R says:
      July 9, 2016 at 11:29 pm

      Thanx glow… Adhives kurutha??? OK balaalaanan dhigukolleveythoa

  19. kevin says:
    July 9, 2016 at 8:21 pm

    vaahak reethi kamun bunaane eccheh ves nyngey….. ^_~
    ehaaves reethi

    1. The R says:
      July 9, 2016 at 11:28 pm

      awwwwn…..thanx adhi dhen oiy bai maa reethi vaane Insha Allah

  20. shaaaaaz says:
    July 9, 2016 at 8:37 pm

    its a nice story…. i like it

    1. The R says:
      July 9, 2016 at 11:33 pm

      Thanxx shaaaaz

  21. reena says:
    July 9, 2016 at 8:43 pm

    reen a mivaaahaka v v kamudhe..
    coz life ga mikaha kantha dhimaa vefa thibi kudhina vara hith varu libene dho nikaha story thakun….. varah avaha up kurachey R

    1. The R says:
      July 9, 2016 at 11:25 pm

      Aaaan dhoa. hiyvarugadhakamuge ithurah adhi ehen sifaeh ves lau ge hunnaane Thanxxx vvv much
      Dhedhuvahun ehdhuvahu up kuraagothah Insha Allah.

  22. lam says:
    July 9, 2016 at 11:27 pm

    mi story hama salhi igy……

    1. The R says:
      July 9, 2016 at 11:33 pm

      Thanx lam

  23. shaffwht says:
    July 9, 2016 at 11:29 pm

    ey!!! mee haadha fakka stry eky…. foohi nuvey

    1. The R says:
      July 9, 2016 at 11:31 pm

      Adhi kuriah oiy baa maa salhi vaaney….. ingey Insha Allah

  24. raii says:
    July 10, 2016 at 1:50 am

    ?

  25. Grim says:
    July 1, 2017 at 11:21 am

    Furathama vaahaka heneh hiehves nuvey…ehaaves reeth

  26. Grim says:
    July 1, 2017 at 11:22 am

    Furathama vaahaka heneh hiehves nuvey…ehaaves reethi

  27. ilka says:
    July 11, 2017 at 3:28 pm

    rangalhu….kuriah kuriah

Comments are closed.

Next Episodeޓެކްސީ(ފަސްވަނަބައި)←


All Right Reserved!