Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޓެކްސީ(ތިންވަނަ ބައި)

The R Level 110 Stories
July 6, 2016 2 Mins Read
22 Comments

ކާރުދުއްވަމުން ދިޔައިރު ޑްރައިވަރުގެ ކަތި ނަޒަރުތައް އަހަންނަށް އަމާޒުވެފައިވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. މިކަމުން އަހަންނަށް އުނދަގޫވިއެވެ. ވުމާއި އެކު އިސްދަށަށް ޖަހާލައިގެން އަހަރެން އިނީ ވަރަށް ޖެހިލުންވެފައެވެ. އެގޮތަށް ކުޑައިރުކޮޅަކު އިނުމަށްފަހު ކުޑަދޮރުން ބޭރު ބަލާލެވުނެވެ. އެއީ މުޅިން އެހެން މަގެކެވެ. ފަހަރެއްގައި ފެންގަނޑު ބޮޑު ވުމުން ކާރުގެ މިސްރާބު ބަދަލު ކޮށްލީކަމަށް އަހަރެންގެ ހިތަށް ވިސްނައިދެމުން ގެންދިޔައީމެވެ. އަހަރެން އަތު ކުރީގައި އޮތް ގަޑީގެ މޫނު މަތި އަހަންނާއި ދިމާއަށް އަބުރާލަމުން ބުރުޤާގެކޮޅުުން ގަޑީގެ މޫނުމަތި ފުހެލީމެވެ. އެއަށްފަހު ގަޑިބަލާލީމެވެ. ހަގަޑި ބައިވަނީއެވެ. އަހަރެން ގެއިން ނުކުތްތާ ފަނަރަ މިނެޓްވީއެވެ. މިހާރު ގައިމު ހިނގާފައި ދިޔަނަމަވެސް އަހަންނަށް ކޮލެޖަށް ދެވޭހާއިރު ވެއްޖެއެވެ.

އެވަގުތު ކާރުގެ ދުވެލި އިހުނަށްވުރެ ބާރުކޮށްލި ކަމުގެ އިހުސާސް ކުރެވިގެންދިޔައެވެ. އެއާއެކު އަހަރެން ކޮލެޖަށް ގެންދާ “ޗޮއިސް” ފެންފުޅި ސީޓުމަތިން ވެއްޓި އަހަރެންވެސް އެއްލައިގެންދިޔައެވެ. އެވަގުތު އަހަރެންގެ އަތުން ކުރިމަތީގައި ހުރި ސީޓުގައި ނުހިފޭއްޓުނު ނަމަ އަހަރެންގެ ބޯ އޭގައި ޖެހުނީސްކަން ޔަޤީނެވެ.

“އަހަންނަކަށް ލަހެއްނުވޭ ބައްޔާ! ތަންކޮޅެއް މަޑުން ދުއްވިޔަސް އޯކޭ ވާނެ.” ކުޑަކޮށް ހިތްހަަމަނުޖެހި ހުރެ މޫނަށް ވައްތަރެއްޖައްސާލަމަުން އަހަރެން ބުނީމެވެ.

ޑްރައިވަރަކަށް އަހަރެން ބުނިއެއްޗެއް އަޑު އިވުނުހެނެއް ހިއެއްނުވެއެވެ.

“ކުޑަކޮށް މަޑުން ދުއްވިދާނެތަ ބައްޔާ!!!” ކާރުދުއްވަމުން ދާލެއް ބާރުކަމުން ބިރުން އިނދެތަންކޮޅެއް އަޑަށް ބާރުލާފައި އަނެއްކާވެސް އަހަންނަށް ބުނެވުނެވެ.

ކުއްލިއަކަށް ކާރުގެ އިންޖީނު ނިވި ކާރު ހުއްޓުނެވެ.

“ޗުސް ޗުސް އެއްކަލަ ކަންތައް ޖެހިފަ މިއޮތީ މިކާރުގަނޑަށް…….. ހމމމފފ… މިއަދު ވެސް ރަޒާސާހަބް ގާތު ބުނިން މީތި ހަދާދޭށޭ”

ޗޮކެއްކަނޑާލުމަށްފަހު ކާރުގެ ވެރި މީހާއާދިމާޔަށް ކުދިކިޔަމަުން ޑްރައިވަރ ޓޯޗެއް ހިފައިގެން ނުކުތެވެ. ޓޯޗް އޮން ކޮށްލުމަށްފަހު ބޮނެޓުކައިރި އަށް ދިއުމަށްފަހު އޭގެ މަތި އެއްއަތުން ނެގިއެވެ. އަދި އެއަށް އަލިކޮއްލަމުން އެތެރެއަށް ބަލާލުމަށް ފަހު އަތުން އޭގެ އެތެރޭގެ ބައިތަކާއި ކުޅެންފެށިއެވެ. އެއްއަތުގައި ޓޯޗު ބާއްވައިގެން އެމަސައްކަތް ކުރުމަކީ އޭނާ އަށް ވަރަށް އުނދަގޫ ކަމެއްކަން އޭނާގެ ހަރަކާތްތަކުން ހާމަވިއެވެ.

އެހެންކަމުން ޓޯޗު ނިއްވާލުމަށްފަހު ކާރު ކައިރިއަށް އައިސް އަހަރެން ގާތުން އެހީއަކަށް އެދުނެވެ. “ބެހެން.. މިޓޯޗުން އިންޖީނަށް އަލިކޮށްދޭން އާދެބަލަ”

އަހަރެން ، އިތުރުގޮތެއް ނެތުމުން ޖެހިލުންވެހުރެ ، ކާރުން ފޭބީމެވެ. އަހަންނަށް ނުކުމެވުނީ ގަސްތައްގިނަ ބޮޑު ޖަންގައްޔެކެވެ. އޭރުވެސް ކަނިޖަހަމުން ދިޔައެވެ. ވައިވެސް އާދައިގެ ވަރަށް ވުރެ ގަދަޔަށް ޖެހެމުންދިޔައެވެ. ވަރުގަދަ ހިމޭން ކަމެކެވެ. ފަނިފަކުސާތަކުގެ މިއުޒިކީ އަޑާއި ވައިން ގޯނާލިބެމުންދާ ގަސްތަކުގެ އަޑު ފިޔަވާ އެހެން އަޑެއް އެހަމަހިމޭންކަމާއި ދެކޮޅެއްނަހަދައެވެ. ލޮލަށް އިނގިލިކޮއްޕާލިއަސްނޭނގޭނެ ހާ ކަނު އަނދިރިކަމެވެ. އިންސާނެއްގެ ހިލަމެއް ކީއްކުރަން އެއްވެސް ގެއެއް ދޮރެއްވެސް ފެންނާކަށް ނެތެވެ.

އަހަރެން އަތަށް ޑްރައިވަރ ޓޯޗު ދިނެވެ. ވަގުތުން އަހަރެން ޓޯޗު ޖައްސާލީމެވެ. ޓޯޗުގެ އަލިން ކަނުއަނދިރިކަން ފޫދުއްވާލިއެވެ.  “އަންނާނަން ޑިކީގައި އޮތް ރެންޗު ސެޓްހިފައިގެން” މިހެންބުނެފައި ކާރުގެ ޑިކީއާއި ދިމާއަށް ޑްރައިވަރު ހިނގައިގަތެވެ. އަހަރެން ހުރީ އެނާމާން މާހައުލުގެ އެކި ތަންތަނަށް ޓޯޗުން އަލިކުރަމުން އަވަސްކަޅިތަކެއް އުކައުކައެވެ. ޖަންގަލީ އެއަނދިރިކަމުގެ ތެރެއިން ބިރުވެރި ސޫރަތައް ސިފަވާހެން އަހަންނަށް ހީވާންފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ކާރުގެ ބޮނެޓާއި ދިމާލަށް ހިނގައި ގަތީމެވެ. ބޮނެޓުގެ ކުރިމައްޗަށް އަރާ ޓޯޗުން އެތެރެއަށް އަލިކޮށްލި ވަގުތު ޑްރައިވަރު ޑިކީ ހުޅުވާލި އަޑުއިވުމުން އަހަރެން ސިހިގެންދިޔައެވެ. ބިރުގެންފައި ހުރި ވަރުންނެވެ. އެއާއެކު އަހަރެންގެ އަތުގައި އޮތް ޓޯޗް ބޮނެޓުތެރެއަށް ވެއްޓިގެން ދިޔައެވެ. ބޮނެޓު ތެރެއިން ޓޯޗުނެގުމަށް ގުދުވަމުން ބުރުގާގެ މޭމައްޗަށް ވާ ބައި އެއްއަތުން ހިފާލީ ދަބަރާއި ގިރިހުން ބުރުގާ ހަޑިވެދާނެތީއެވެ. އަދި ވައަތް ބޯނެޓު ތެރެއަށް ދިއްކޮށްލަމުން ގުދުވެލީމެވެ.

ކުއްލިއަކަށް އަހަރެންނާއި ވަރަށް ކައިރީން މީހެއްގެ ނޭވާގެ އަޑު އަހަންނަށް އިވުނެވެ………

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

The R

Level 110 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (އަށާވީސްވަނަ ބައި)

Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(ފަހު ބައި..)

Next
July 6, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(ފަހު ބައި..)

Previews
July 6, 2016

އަހަރެންގެ ވާހަކަ (އަށާވީސްވަނަ ބައި)

22 Comments!

  1. someone says:
    July 6, 2016 at 7:48 am

    Too short

    1. The R says:
      July 6, 2016 at 9:57 am

      sorry!! about that…..!! will make it longer next time 🙂

    2. The R says:
      July 6, 2016 at 10:02 am

      thanks for the comment.. ^.^

  2. Shaa xee says:
    July 6, 2016 at 7:50 am

    V interesting. V nice story dhaa goi. Next part avahah up koh dhehchey

    1. The R says:
      July 6, 2016 at 2:29 pm

      Thanx vvv much. varah hiyvaru libijje, Dhedhudhuvahun eh dhuvahu up kuraanan Inshaa Allah

  3. Zul says:
    July 6, 2016 at 8:58 am

    Haadha kurey……

    1. The R says:
      July 6, 2016 at 7:31 pm

      Sorry ekam kuruhen heevee kamah ves vedhaane zul ah story reethiveema any ways next part adhi long kollaanan Insha Allah

  4. 223 says:
    July 6, 2016 at 12:12 pm

    bayya ey koahcheh?

    1. The R says:
      July 6, 2016 at 2:20 pm

      ikhthiraam kurumuge gothn bodethi meehunnan kiyaa ulheybeybe urdu nuvatha hindhi bahun.

  5. 453 says:
    July 6, 2016 at 4:27 pm

    Story dhaagoi adhi v furihama. .keep it up

    1. The R says:
      July 6, 2016 at 7:17 pm

      Alhamdhulillah…. Thanx.
      Is it a bit short as other readers say??

  6. Purplish says:
    July 6, 2016 at 4:53 pm

    Too short. …………… but nice. ……. v interesting

    1. Nafeess says:
      July 8, 2016 at 12:05 am

      Purplish ahh reeethi vaane konme ehcheh ves

  7. me says:
    July 6, 2016 at 5:42 pm

    Dhn vaany kihinehbaa??driver ey jinni eh dhw??inthixaaruga…for next partah..☺☺vv salhi..

    1. The R says:
      July 6, 2016 at 7:14 pm

      R akah ves neynegey.
      R hithah annna gothah liyamun kuriah dhaathee
      thank You very very Much For The comment

  8. Abhy says:
    July 6, 2016 at 8:06 pm

    Emeeha e ulheny anekaa keekuran ba. ????? varah reethi story

    1. The R says:
      July 7, 2016 at 5:38 am

      thank… abhy!!! higa next part kiyaalan dho erun egidhaane…… 😀

  9. NAAZ says:
    July 6, 2016 at 9:50 pm

    vaahaka reethi ….BT kuruveema foohivaagoiyvey

  10. pinkish says:
    July 6, 2016 at 10:17 pm

    Haadha kurey, next part dhigu kurahchey, enme kiyaahivva hisaabun nimeny

    1. The R says:
      July 7, 2016 at 5:41 am

      thanks….. naaz & pinkish…..for the comment dhen faharakun dhiguko liyaaanan insha Allah!!

  11. L4W says:
    July 1, 2017 at 11:08 am

    Adhi varah furihama…thikuraa masahkathah saabas<3

  12. ilka says:
    July 11, 2017 at 3:33 pm

    hama ranglahu ..expecting more

Comments are closed.

Next Episodeޓެކްސީ(ހަތަރުވަނަ ބައި)←


All Right Reserved!