ދޭނަން ހިތާ ޖާނާ (12)
އެނދުކައިރީގައި އިން އާޒިމާ ދެއަތުން ބޮލުގައި ހިފައްޓާލައިގެން އިންއިރު ސައިލަމް ކުޑަދޮރު ކައިރީގައި ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފަތިހުގެ ތެތް ފިނިކަމުގެ ތެރެއިން ތުނި ވާރޭ ވަހެމުން ދިޔައިރު އަދި އިރު ދޯދިތައް ޖައްވަށް މަރުހަބާއެއް ނުކިޔައެވެ. ދެލޯ ކަރުނުން ފުސްވެފައި ވީއިރު ސައިލަމް އިންތިޒާރު ކުރަމުން ދިޔައީ ލައިޝާ ހޭލާނެ ވަގުތަކަށްށެވެ.
ހޮސްޕިޓަލަށް ގެނެވުނުތާ ތިން ގަޑިއިރު ވީއިރުވެސް ލައިޝާ ހެއެއް ނާރައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ލުތުފީ ގޮސް އާޒިމާ ކައިރީ މަޑުކޮށްލަމުން ކޮނޑުގައި އަތް ބާއްވާލިއެވެ. ލައިޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ލުތުފީ ވެސް ކައިރީގައި އިން ސޯފާގައި އިށީނދެލިއެވެ.
ބޯއެސްފިޔަތަށް ދުރުކޮށްލަމުން މާހައުލަށް ނަޒަރު ހިންގާލިއިރު މުޅި ކޮޓަރިތެރެއިން ފެނުނީ ފަނޑު އަލިކަމެވެ. އެއީ ލައިޝާގެ އަމިއްލަ ކޮޓަރި ނޫންކަން އިނގުމުން މިއީ ހޮސްޕިޓަލްކަން އިނގުނެވެ. އެންމެފަހުން އޭނާ ހަނދާން ހުރީ ކާގެގައި ހުރެފައި އަނބުރައިގަނެގެން ވެއްޓުނު ހަނދާނެވެ.
“މަންމާ.” ލައިޝާގެ އަޑަށް އާޒިމާ ސިހިފައި އިސްއުފުލާލިއެވެ. އޭރު ދުރުގައި ހުރި ސައިލަމް އަވަސް ފިޔަވަޅު ތަކެއްގައި އައިސް ލައިޝާގެ އަތުގައި ހިފާލިއެވެ. “ދަރިފުޅާ.. އޮށޯވެ” ލައިޝާ ތެދުވަން އުޅެން ހެދުމުން އާޒިމާ އޭނާ ބާއްވާލަމުން ބުނެލިއެވެ. “މަންމާ.. ކިހިނެތްވީ؟” ލައިޝާގެ ސުވާލަށް އެކަކު ވެސް ޖަވާބެއް ނުދިނެވެ.
ސޯފާގައި އިން ލުތުފީ ވެސް އިނީ އެއަށް ޖަވާބު ދޭން ބޭނުން ނުވެފައެވެ. “ލައީ..” ސައިލަމްއަށް އިތުރަކަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. “ކިހިނެތްތަވީ؟ ބޭބީ އޯކޭތަ؟ މަންމާ.. ބުނެބަލަ!” ލައިޝާ ހާސްވާން ފެށުމުން އާޒިމާ އޭނާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.
“ހިތްވަރު ކުރޭ ލައީ.. ދަރިފުޅު ބައިގެން ދިޔައީ..” އާޒިމާ މިހެން ބުނިއިރު އެ ލޮލުން ކަރުނަ ނިރާލިއެވެ. ސައިލަމް ވެސް ނުރޯން ހިތްވަތު ކުރިއިރު ލުތުފީ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ. “ނޫން.. ނޫން! އެކީއްވެ. އެހާ ދުވަހަށްފަހު ލިބުނީމަ ވެސް.. ނޫން! ސައިލަމް ބުނޭ އެއީ ދޮގެކޭ..” ލައިޝާ ކަރުނުން ފުރިގެންވާ ދެލޮލުން ސައިލަމްއަށް ބަލާލިއެވެ.
“ސޮރީ ލައީ.. އަހަރެމެންގެ ބޭބީއެއް ނެތް.” ސައިލަމް މިހެން ބުނުމާއި އެކީ ލައިޝާގެ އަޑުގެ ކޮޅަށް ރޯންފެށިއެވެ. އެހިތަށް އިތުރަށް ކެތްނުވީއެވެ. “ނު..ނޫން.. ފުރަތަމަ ލައީ. މިހާރު. ބައްޕާ ކީއްވެތަ އަޅެ.” ލައިޝާ ރޮމުން ވާހަކަ ދެއްކިއިރު އާޒިމާ ވެސް ކެތް ނުވެގެން ރޯން ފަށާފިއެވެ.
ލުތުފީ އިނީ އާއިލާއަށް މިދިމާވި ބޮޑު ހިތާމައިން ސިހިފައެވެ. ކުއްލިއަކަށް އެހައި އުފަލުގައި އުޅުނު އާއިލާއަށް މިކަހަލަ ހިތްދަތި ކަމެއް ދިމާވެދާނެއޭ އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. “ކެތްތެރިވޭ ދަރިފުޅާ..” ލައިޝާގެ ބޮލުގައި ފިރުމާލަމުން ލުތުފީ ބުނެލިއެވެ. ނަމަވެސް މުޅި ކޮޓަރީގައި ހަރުލާފައިވަނީ ލައިޝާގެ ވޭނީ ރުއިމެވެ. މި އާއިލާއަށް މި ދިމާވީ ކޮންފަދަ މުސީބާތެއް ހެއްޔެވެ.
****
އިރުގެއަލި ދޯތަތަކުން މުޅި ޖައްވު އަލިކުރެވިފައި ވީއިރު ފަތިހު ވެހުނު ތުނި ވާރޭގެ ތިކިތަށް ފަތްތަކުގައި ހަރުލާފައިވިއެވެ. ވޮރެން ހޮޓެލްގެ ހަތަރުވަނަ ފަންގިފިލާގެ ކޮޓަރިތެރޭ ނިދިފައި އޮތް އައިފާއަށް ހޭލެވުނީ ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ޖެހެމުން ދިޔަ ތެތްފިނި ވައިގެ ސަބަބުންނެވެ.
ލޯ އުނގުޅާލަމުން ބަލާލިއިރު އޭނާގެ އުނގުގައި ނިދިފައި އޮތް ލޫތް ފެނި ސިހުނެވެ. ރޭގެ ހަނދާން ވުމުން އެ ތުންފަތުގައި ލުއި ހިނިތުން ވުމެއް ކުޅެލިއެވެ. ސޯފާގެ އިށީނދެގެން އިންއިރު ލޫތް އިނީ ޓައިލްސް ތަކުމަތީގައި އައިފާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. ލޫތްގެ ދިގުވެފައިވާ އިސްތަށިކޮޅަށް އަތް މަހާލަމުން އޭނާ ކުޑަކޮން ހިރިލިއެވެ. ފަޅާފައިވާ ތުނބުޅީގެ ލޯލިތަކުގައި އަތް ބީހިލަމުން އެ ކޮލުގައި އައިފާ ފިރުމާލިއެވެ.
ލޫތް ރޭ ހަތަރުދަމު އެތަށް އިރެއް ވަންދެން ރުއެވެ. ލޫލުގެ އެކިވާހަކަތައް ދައްކާ އޭނާ ސަލާމަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އެތަށް އިރަކު ރުއިމަށްފަހު ނިދި ޖެހިލިއިރު ވެސް ނިދީގައި ވެސް ލޫލުއަށް ގޮވަމުން ދިޔައެވެ. ލޫތްގެ އެހާލު ފެނި އައިފާގެ ހިތް ކަފަކޮޅެއްހައި މަޑުވިއެވެ.
ލޫތްގެ ރުޅިވެރިކަން ނޫން އެހެން ސިފައެއް ނުފެނިފައި ވީއިރު ރޭގައި ފެނުނު ލޫތަކީ މުޅިން ތަފާތު މީހެކެވެ. ހިތް ހަލާކުވެފައި އޮތް މީހެކެވެ. ލޫތްގެ އެ ސިފަ ފެނި އައިފާ އޭނާއަށް ހަމްދަރުދީވިއެވެ. އޭނާއަށް ލޫތްއާއި ދޭތެރޭ ކަންތަން ކުރެވުނު ގޮތާއި މެދު ދެރަވެ ހިތާމަ ކުރިއެވެ.
ލޫތްއަކީ އޭނާގެ އެ ނާޒުކުކަން ދުނިޔެއަށް ފޮރުވައިގެން އުޅޭ މީހެކެވެ. ކިތަންމެ ބޮޑާވެފައި ރުޅިއައިސްގެން އުޅުނު ކަމުގައި ވިއަސް އޭނާގެ ކިބައިގައިވާ ބަލިކަށިކަމާއި ހިތްދަތިކަން ފޮރުވައިގެން އުޅޭ މީހެކެވެ. ލޫތްގެ ބޯ ހިއްލާލުމަށްފަހު މަޑުމަޑުން ތެދުވެ ސޯފާގައި އޭނާ ބާއްވާލަމުން އައިފާ ދުރަށް ޖެހިލިއެވެ.
ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު ތަށިތަކާއި އުކާލެވިފައި ހުރި ދަޅުތަށް ނަގައި ރޫމް ސާވިސްއަށް ގުޅިއެވެ. އެ އެއްޗެހިތަށް ބޭރުކުރުމަށްފަހު އެނދު އަޅާލަ ދިނުމަށްފަހު މުޅި ކޮޓަރިއަށް އެއަރ ފްރެޝްނާ ޖަހައި ތަން ހަމައަކަށް އަޅުވާލިއެވެ.
އައިފާ އައިސް ލޫތް ކައިރީގައި މަޑު ކޮށްލަމުން ގެނައި ޖޫސްތަށި ކައިރީގައި ބޭސް ގުޅައެއް ވެސް ބޭއްވިއެވެ. މަޑުމަޑުން ލޫތްގެ ބޮލުގައި ފިރުމާލި އައިފާ ހިނިތުންވެލިއެވެ. ނިދިފައި އޮތްއިރު ވެސް އެ މޫނުމަތިން ހިތާމަ ފާޅުވެއެވެ. އައިފާ ދަމުން ލޫތްގެ ނިއްކުރީގައި ވަރަށް ސިއްރުން ބޮސްދިނުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.
****
ނިދިފައި އޮތް ލޫތް މޯޅިއަކަށް ދެމިލަމުން ހޭލިއެވެ. ދެލޯ އުނގުޅާލުމަށްފަހު ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން އޭނާ ހައިރާންވިއެވެ. މުޅި ކޮޓަރި ސާފު ކުރެވިފައި ވީއިރު ކުރިން ހުރި ތަށިތަށް ވެސް ފެންނާކަށް ނެތެވެ. އެނދު ވެސް ރީތިކޮށް އަޅާދެވިފައި ވީއިރު އެލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ޖޫސްތައްޓެވެ.
އޭނާ އަތް ދަމާލާފައި ބޭސްގުޅަ ކާލުމަށްފަހު ޖޫސްތަށި އެއްނޭވާއިން ހުސްކޮށްލިއެވެ. ރޭގެ ހަނދާންތައް އާވުމުން ލޫތް ހުރީ އެއީ ވީކަމެއްކަން ޔަޤީން ނުވެފައެވެ. އޭނާއަކީ އެހެންނޫނީ އެގޮތަށް މީހެއް ކައިރީގައި ރޯނެ މީހެއް ނޫނެވެ.
ނަމަވެސް އައިފާ ކައިރީގައި އެގޮތަށް ރޯލަން ހާދަ ފަސޭހައެވެ. ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވުމުން އެހިތަށް ލުއިކަން އިހުސާސްވިއެވެ. މީހާ ހަމައަކަށް އެޅުނުއިރު އެތަށް ދުވަހަކަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
އައިފާ ރޭގައި އޭނާއަށް ވިސްނައިދިން ވަރައި އެވަރަށް ރުއިމުން ވެސް ހިތްވަރުދީ ކައިރީގައި އިނދެ އެބޮލުގައި ފިރުމަމުން ދިޔަ އިހުސާސް އަދިވެސް ވާކަހަލައެވެ. ލޫތް އިން ތަނުން ތެދުވިއިރު ރަނގަޅަކަށް ނުވެސް ހިނގުނެވެ. ރޭ ހަތަރުދަމު ޓައިލްސް ތަކުމަތީގައި އެގޮތަށް އިނުމުން ފައިވަނީ އައްސިވެފައެވެ.
އިރުކޮޅަކު ހުރެލުމަށްފަހު ލޫތް ފާޚާނާއަށް ވަދެ ފެންވަރައި ތާޒާވެލިއެވެ. ތުނބުޅި ވެސް ބާލާ މީހާ ހަމައަކަށް އެޅިލުމުން އޭނާގެ އެ ޝަޚުސިއްޔަތު ފެނިގެން ދިޔައެވެ.
އަތް ދިގު ޓީޝާޓެއް ގަޔަށް މަހާލުމަށްފަހު ފޯނު ބަލާލިއިރު ލުތުފީއާއި ސައިލަމް ރޭ ދަންވަރު ގުޅާފައި ހުރިތަން ފެނުމުން އޭނާ ހާސްވިއެވެ. އެހައި ދަންވަރު ކަމެއް ނުވަނީހެން ނުގުޅާނެކަން އިނގޭތީ ލޫތް އަވަސް ފިޔަވަޅު ތަކެއްގައި ގެއަށް ދާން ނިކުތެވެ.
****
ގޭތެރެއަށް ވަދެގެންއައި ލޫތް މިސްރާބުޖެހީ ހުޅުވިފައި ހުރި ލައިޝާގެ ކޮޓަރިއާއި ދިމާއަށްށެވެ. އެރެއަށް ވައިން އިރު ޒުލޭހާ ޖޫސް ތައްޓެއް ހިފައިގެން އެނދުގައި އިންއިރު ލައިޝާ އިނީ ރޮވިފައެވެ. އޭރު ސައިލަމް ދުރުގައި ހުރި ކުޑަ ސޯފާގައި އިށީނދެލައިގެން އިނެވެ.
“ކިހިނެތްވީ؟ ފޯނު ސައިލެންޓަށް ލާފައި އޮތީމަ ރޭގައި ގުޅި އިރުވެސް ނޭނގުނީ..” ލޫތް އައިސް ސައިލަމް ކައިރީ ހުއްޓިލައި އަހާލިއެވެ. ނަމަވެސް ސައިލަމް އެއްވެސް އެއްޗެކޭ ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
‘ދޮންތާ..ލައީ” ސައިލަމް ދިޔުމުން ވާނުވައި ނޭނގިފައި ހުރި ލޫތް ގޮސް އެނދުގައި އިށީނދެލަމުން ލައިޝާއަށް ގޮވާލިއެވެ. ނަމަވެސް ލައިޝާ އަނެއްފަރާތަށް އެނބުރިލިއިރު އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އެންމެފަހުން ޒުލޭހާއަށް ނަޒަރު ހުއްޓާލީ ވެގެން އުޅޭގޮތް އޮޅުންފިލުވަދޭށޭ ބުނާ ކަހަލަ ގޮތަކަށްށެވެ.
“ލައިޝާގެ.. ބައިގެން ދިޔައީ.” ޒުލޭހާއަށް ބުނެވުނީ މިވަރަށްށެވެ. ލިބުނު ޚަބަރުން ލޫތް ސިހިފައި ދެލޯ ބޮޑުވިއެވެ. އެކަން ޤަބޫލުކުރަން ވެސް ދަތިވިއެވެ. މިވަނީ ކިހިނެތްބާއޭ ލޫތް ހިތަށް އެރިއެވެ. “ވަޓް! ކޮންއިރަކު؟ ކިހިނެތް؟” ލޫތަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.
ޖޫސްތަށި ކުޑަ މޭޒުގައި ބެހެއްޓުމަށްފަހު އެތަނުން ނިކުންނަން ޒުލޭހާ އިޝާރާތް ކުރިއެވެ. ލޫތް މަޑުމަޑުން ތެދުވެ ލައިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ޒުލޭހާގެ ފަހަތުން އެ ކޮޓަރިން ނިކުތެވެ.
ކޮޓަރިން ނިކުމެ ދޮރު ލައްޕާލުމަށްފަހު ޒުލޭހާ ދުރަށް ޖެހިލިއެވެ. “ކުޑަމަންމާ ކިހިނެތް މިވީ؟” ލޫތް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. “ދަރިފުޅާ، ރޭ ދަންވަރު މިކަމެއްވީ. ލުތުފީ ބުނީ ރޭގައި އެއްޗެއް ތަޅައިގެން ދިޔައަޑަށް ބޭރަށް ނިކުއިން އިރު ލައިޝާ އޮތީ ޓައިލްސް ތަކުމަތީ ވެއްޓިފަޔޯ.. ކައިރީގައި ވަރަށް ލޭ ވެސް ހުއްޓޯ.. އެންމެފަހުން ސައިލަމް ނިކުމެ ހޮސްޕިޓަލަށް ގެންދިޔުމުން އިނގުނީ ބައިގެން ދިޔައީކަން. އިރުކޮޅެއް ވެއްޖެ ގެއަށް އައިތާ.. އެއްވެސް އެއްޗެއް ކާކަށް ވެސް ލައީ ޤަބޫލެއް ނޫން.” ޒުލޭހައި ދެރަވެފައި ހުރެ ބުނެލިއެވެ.
ޒުލޭހާގެ ވާހަކަ އިވި ލޫތްއަށް ރޭގައި ނާދެވުނީތީ ދެރަވިއެވެ. “ކޮބާ މަންމަ؟” އާޒިމާ ކޮބާތޯ ލޫތް ސުވާލުކޮށްލިއެވެ. “ހޮސްޕިޓަލުގައިވީ.. ބައެއް ފޯމުތަށް ފުރަންޖެހޭތީ ލުތުފީއާއި އެކީ އެކޮޅުގައި މަޑުކޮށްލީ. މިހާރު އަންނަން އުޅޭނީ.. މިރޭ މަތީގައި އިނގޭ ކެއުންއޮތީ.. ކުޑަމަންމަ ކައްކާނަން. ދެން މިފަދަ ހާލަތެއްގައި އާޒިމާއަށް ވެސް އުނދަގޫ ވާނުން.” ޒުލޭހާ މިހެން ބުނުމުން ލޫތް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ކުޑަމަންމަ ދޭ. އަޅުގަނޑު ލައީއަށް އެއްޗެއް ދެވޭތޯ ބަލާނަން.” ލޫތް މިހެން ބުނެފައި އެކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެނދުގައި އިށީނދެލަމުން ލޫތް މަޑުމަޑުން ލައިޝާއަށް ގޮވާލިއެވެ. “ދޮންތާ.. އައި އެމް ސޯ ސޮރީ.” ލައިޝާގެ އަތުގައި ހިފާލަމުން ލޫތް ވާހަކަދެއްކިއެވެ.
“ޖޫސްބޯލަން ވީނުން.. އެހެން ނޫނީ ވަރުދެރަވާނީ.. ޕްލީސް.. އަހަރެން ބުނީމަ ބޯލަބަ.” ލޫތް ދެރަވެފައި އިނދެ މިހެން ބުނުމުން ލައިޝާއަށް އިންކާރު ކުރާކަށް ނުކެރުނެވެ. ދެތިން ކޯވަރު ބޯލުމަށްފަހު ލައިޝާ ވާހަކަދައްކަން ފެށިއެވެ. “ލޫތްއަށް އިނގޭތަ ލޫލު ހުރީ ވަރަށް ހެޕީވެފައި ކޮއްކޮއެއް ލިބޭތީ.. ބުނީ އޭރުން ލޫލުވާނީ ބިގް ސިސްޓާއަކަށް ދޯ ޔޯ.” ލައިޝާ މިހެން ބުނުމުން ލޫތް ކުޑަކޮން ހީލިއެވެ.
“އެކަމަކު ލޫލު އެ ދިޔައީ.. މިހާރު ބޭބީ ވެސް. އެކީއްވެ؟ ހާދަ ދިގު އިންތިޒާރަކަށް ފަހުއޭ ލިބުނީ. އެކަމަކު އެހާއަވަހަށް އެކަން ވެސް ނިމުނީ..” އަތުގައި އޮތް އަލްޓަރާ ސްކޭން ފޮޓޯގައި ފިރުމާލަމުން ލައިޝާ ވާހަކަދެއްކިއެވެ. “ބޭބީ ވެސް ލޫލުއާއި އެކީ ދިޔައީ..” ލައިޝާ ރޮމުން ލޫތްގެ ގައިގައި ބައްދާލިއެވެ.
“އިޓްސް އޯކޭ.. ކޮންމެކަމެއް ވެސް ވާނީ ރަނގަޅަކަށް.” ރޭގައި އައިފާ ބުނި ބަސްތައް ހަނދާން ވުމުން ލޫތް މިހެން ބުނެލިއެވެ. “މިހާރު ލޫލުއާއި ބޭބީ، ދެކުދިން ތިބޭނީ ހެވެންގައި.. ދޭ ވިލް ބީ ހެޕީ..” ލޫތް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެކަމަކު ލައިޝާގެ ރުއިމެއް ނުހުއްޓުނެވެ. ލޫތް އެތަށް އިރަކު ލައިޝާ ކައިރީގައި އޭނާގެ ހިތާމާގައި ބައިވެރިވާން އިނެވެ.
****
އެނދުގައި އިން ލީނާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ނަޒަރު ހުއްޓަލިއެވެ. އެތެރެއަށް ވަދެގެން އައި ލޫތް ފެނި އޭނާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ލީނާގެ މި ހަރަކާތުން ލޫތް ހިތުގައި ޖެހުނެވެ. ލީނަ އަދިވެސް ލޫތް ކުށްވެރި ކުރާކަން އިނގުމުން ދެރަވިއެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އިށީނދެލަމުން ލޫތް ގޮވާލިއެވެ.
“ލީނާ..” ލޫތް ގޮވާލުމު ވެސް ލީނާ ބަލައެއްނުލިއެވެ. ލީނާގެ ފިނިވެފައިވައި އަތްތިލައިގައި ހިފާލުމުން ވެސް އޭނާ އަތް ފޮޅުވާލިއެވެ. “އަތް ނުލައި..” ލީނާ ބުނެލިއެވެ. “ލީނާ ޕްލީސް.. ދެން ތިހެން ނަހަދަބަލަ.. އެއްޗެއް ކައިފިންތަ؟” ލޫތް ކައިރިއަށް ޖެހިލައި ލީނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ލޫލު މަރުވުމުން ލީނާ ހަމައަކަށް އެޅެން ގިނަ ދުވަސް ނަގާނެކަން އިނގޭތީ ލޫތް ބެލީ ވީހާ ވެސް ލޯބިން ވިސްނައި ދެވޭތޯއެވެ. “ލޫތްއަށް ކީއް. އައި ޑޯންޓް ވޯންޓް ޔޫ ހިއާ.” ލީނާ ދުރަށް ޖެހިލަމުން ބުނެލިއެވެ. “އިނގޭތަ ލައީގެ ބޭބީ މިސްކެރީ ވީކަން؟” ލޫތް މިހެން ބުނުމުން ލީނާ ބޯ ޖަހާލިއެވެ.
“އެހެންވީމަ އިނގެއެއްނުން ލައީ ވެސް ވާނެ ދެރަ.. ދެން ކީއްވެ އެތަނަށް ގޮސް ވެސް ނުލައި ތިއިނީ.” ލޫތް އަހާލިއެވެ. ލައިޝާއަށް އެހެން ވުމުން ހޮސްޕިޓަލަށް ނުދިޔަ ތަނުގައި ގެއަށް އައުމުން ވެސް ގޮސް ނުލާކަން އިނގުމުން ލޫތް ދެރަވިއެވެ.
ލައިޝާގެ ހިތާމަ އެންމެ ރަނގަޅަށް މިވަގުތު އިނގޭނީ ލީނާއަށް ކަމަށް ވާއިރު އޭނާއަށް ހިތްވަރުދީ ވިސްނައިދިނުމުގެ ބަދަލު ލީނާ ކޮޓަރިއަށް ވަދެ އިނީތީ ލޫތް ހިތްހަމަނުޖެހުނެވެ.
“ސޯ؟ ކީއްކުރަން އަހަރެން ދާންވީ ކޮންމެހެން.” ލީނާ ވާހަކަދެއްކީ ފޫހި ރާގަކަށްށެވެ. “ކީއްވެހޭ؟ ލައީއެއް ނޫންތަ ލީނާއަށް އަޅާލީ ވޭތުވެ ދިޔަ ދުވަސްކޮޅު. މިހާރު ލައީއަށް އަޅާލުން ބޭނުންވާއިރު ލިނާ ތި އިންނަނީ މިތާ.” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
“އަވަހަށް ހަޅޭލަވައި.. އެ އެއްނުން ލޫތްއަށް ނުވާ ކަމަކީ.” ލީނާ ދެރަވެފައި އިނދެ މިހެން ބުނުމުން ލޫތް އޭނާގެ ރާގު ބަދަލުކޮށްލިއެވެ. މިއީ ރުޅިއަންނަންޖެހޭ ވަގުތު ނޫންކަން އިނގުމުން ލީނާގެ ގެނެސް އެ މޭގައި ފޮރުވާލިއެވެ.
“އައި އެމް ސޮރީ.. ހިނގާ އެއްޗެއްކާން. ޕްލީސް. ކުޑަމަންމަ އެބަހުރި ސޭންޑްވިޗް ހަދާފައި.. މިގެންނަނީ އިނގޭ.” ލޫތް ވަރަށް ލޯބިން މިހެން ބުނެފައި ތެދުވެ ސޭންޑްވިޗް ގެނެސް ލީނާއަށް ކާންދިނެވެ. ލޫތް މިހައި ލޯބިން ކަންތައް ކޮށްދޭއިރު އޭނާއަށް ނޭނގޭ ކަމަކީ ލީނާގެ ހުރި މަކަރުވެރިކަމާއި އޮޅުވާލުމެވެ.
****
ކަޅު އަނދިރި ސާލެއް އުޑުމަތީގައި ފަތުރާލެވިފައި ވާއިރު ތަރިތަކުގެ ބެބުޅުމުން އުޑުވަނީ ޖަރީ ކުރެވިފައެވެ. އެތަރިތަކަށް ނަޒަރު ހުއްޓާލިއިގެން އޮތް ލޫތް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އަތުގައި އޮތް ފޯނުން އައިފާގެ ނަމްބަރު ނަގައިގެން އިންއިރު އެ ހިތް އެދެނީ އައިފާގެ އަޑު އަހާލުމަށްށެވެ. ނޫނީ މެސެޖެއް ކޮށްލަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ.
ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ލޫތް ފަސްއެނބުރި ބަލާލިއެވެ. އޭރު ސައިލަމް އެތަނަށް ނިކުމެގެން އާދެއެވެ. މަޑު ހިނގުމެއްގައި އައިސް ލޫތްއާއި ޖެހިގެން އިން ސޯފާގައި ޖައްސާލަމުން އުޑަށް ނަޒަރު ހިންގާލިއެވެ.
“އިނގޭތަ މީހުން ކިޔާނެ މަރުވީމަ އެ މީހެއްގެ ރޫހު ބަދަލުވާނީ އެކަހަލަ ތަރިއަކަށްށޭ.. އޮބްވިއަސްލީ ދެޓްސް ނޮޓް ޓްރޫ.” އުޑަށް ނަޒަރު ހުއްޓާލައިގެން އިން ސައިލަމް ބުނެލިއެވެ. “ޔާ.. އަޑުއަހަން.. އެކަމަކު އަސްލު އިނގޭތަ ބޭބީސް މިދުނިޔެ ދޫކުރީމަ ވާގޮތް؟” ލޫތް މިހެން ބުނުމުން ސައިލަމް އެކަމާއި ޝަޢުޤުވެރިވިއެވެ.
“ނޫން.” ސައިލަމް ބުނެލިއެވެ. “އެކުދިން ވާނީ ސުވަރުގޭގައި އުޅޭ ދޫނި ތަކަކަށް.. ދޭއާ ފްރީ ސްޕްރިޓްސް..” ލޫތް މިހެން ބުނުމުން ސައިލަމް ހިނިތުންވެލިއެވެ. “އެހެންތަ.. އައި އެމް ސޮރީ ލޫތް.. މިއަދު އެހެން ނިކުމެގެން ދެވުނީމަ.” ސައިލަމް މިހެން ބުމުން ލޫތް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ނޫނޭ.. އައި އަންޑަސްޓޭންޑް.” ލޫތް ބުނެލިއެވެ. “އެކީއްވެތަ ލޫތް؟ އަހަރެން ހަމަ ހިތަށް އަރަނީ ކީއްވެހޭ މިހެން މިވީ.. އެހައި އުފަލުގައި އުޅެނިކޮން މިހާ ބޮޑު ހިތާމައެއް މި ކުރިމަތިވީ.” ދެރަވެފައި އިނދެ ސައިލަމް ވާހަކަދެއްކިއެވެ. “ނޭނގެ.. އެކަމަކު މިއީ ދިރުއުޅުމަކީ.. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެއޭ ބުނެއެއްނުން.. މިދުވަސް ވެސް އަދި ދާނެ.” ސައިލަމްގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ލޫތް ބުނެލިއެވެ.
“ލޫތް.. އާދެ ދެކުދިން ކާން ދާން.” ލުތުފީ ބެލްކަންޏަށް ނިކުމެލަމުން ބުނެލިއެވެ. ދެމީހުން އެކީގައި އެތަނުން ތެދުވެގެން ގޭތެރެއަށް ވައިން އިރު ލައިޝާ އާޒިމާއާއި އެކީ ބޭރަށް ނިކުންނަނީއެވެ. އޭރު ލީނާ ވެސް އެމީހުންގެ ފަހަތުން ދެއެވެ. އެންމެން އެކީގައި މައްޗަށް ދިޔައީ އެކީގައި ކާލުމުގެ ބޭނުމުގައެވެ.
****
ކެއުން ކުރިއަށް ދިޔައިރު މާގިނަ ވާހަކައެއް ނުދެކެވެއެވެ. ލައިޝާ ތަށީގައި ހުރި ސްޕްގެޓީ ކޮޅު ހާވާލަ ހާވާލަ އިންއިރު ކާކަށް ނޫޅުނެވެ. ލީނާ ވެސް އިނީ ނެގިމަޑުވެފައެވެ. “ލޫލު ނެތީމަ ހާދަ ފަޅޭ.” އާޒިމާ ކެތްނުކުރެވިގެން ބުނެލިއެވެ. މިހެން ބުނުމުން ލުތުފީ ވާހަކަދެއްކިއެވެ.
“ބައްޕައަށް އިނގޭ މިއީ ވަރަށް އުނދަގޫ ދަނޑިވަޅެއްކަން.. އެކަމަކު ހުރިހާ ކުދިން ވެސް ހިތްވަރު ކުރަން ވާނެ.. މިއަށްވުރެ އަދި ބޮޑެތި ކަންތައްތައް ދިމާވާ މީހުން މިދުނިޔޭގައި އެބައުޅޭ.. ވީމަ ދަރިފުޅުމެން ވާނެ ދިމާވާ ކޮންމެ ކަމެއްގައި ވެސް ހިތްވަރުކުރަން.. އިރާދުކުރެއްވިއްޔާ މިއީ ތަނަވަސް އާއިލާއެއް.. ވީމަ އެކަމަށް ޝުކުރުކޮށް ހެޔޮ ގޮތުގައި ދިރިއުޅުން ބިނާ ކުރަން ވާނީ.” ލުތުފީ ވާހަކަދެއްކީ އެންމެނަށް ވިސްނައި ދިނުމަށްށެވެ.
ލީނާ ދޭތެރެއަކުން ނާއިލަށް ނަޒަރު ހުއްޓާލާ އިރު އެ ބެލުމުން ލީނާއަށް ފެނުނީ ނުރުހުންވުމެވެ. ލޫތް އިނީ ލޫލު ނެތްކަމުގެ ފަޅުކަން އިހުސާސް ވުމުން ކާން ވެސް އުނދަގޫ ވެފައެވެ. އެހެންނޫނީ ލޫތް ކާގަޑީގައި އޭނައާއި އެކީ ކާން އުޅޭ ލޫލު މިރެއަކު ނެތެވެ. ލޫލު ބޭނުން ވާނީ ވެސް ލޫތް ކާ އެއްޗެހި ކާށެވެ. އޭރުން ޑެޑީ ހެން ސްޓްރޯންގް ވާނެއޭ ލޫލު އަބަދު ކިޔާނެއެވެ.
އެތަނުގައި އިންނަން އުނދަގޫ ވުމުން ލޫތް ދުރަށް ޖެހިލަން ބޭނުންވެ ގޮނޑިން ތެދުވިއެވެ. “ނާއިލް.. އެބަ އަންނަން ތި ރޫމް ޓޮއިލެޓް ޔޫސް ކޮށްލާފައި.” ލޫތް މިހެން ބުނެ ތެދުވުމުން ނާއިލް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ލައިޝާ ކަސްޓަޑް ކޮޅެއް ދެންތަ.. ކުޑަމަންމަ ހަމަ ލައީއަށް މީރުވާނެހެން ހަދާފައި މިހިރީ.” ލައިޝާ ނުކާން އިންތަން ފެނުމުން ޒުލޭހާއަށް ކެތްނުގެން ކަސްޓަޑް ތަށި ނަގަމުން ބުނެލިއެވެ. “ނޫން.” ލައިޝާ އިންކާރު ކުރުމުން ވެސް ޒުލޭހާ އޭނާއަށް ލަވާދިނެވެ.
“މީރު ދޯ.” ޒުލޭހާ މިހެން ބުނުމުން ލައިޝާ ހިނިތުންވެލާފައި ބޯ ޖަހާލިއެވެ. މި މަންޒަރު ފެނި ލުތުފީ އުފަލުން ހެއްދެވި ފަރާތަށް ހަމްދު ކުރިއެވެ. މިކަހަލަ ހިތްހެޔޮ އާއިލާއެއް ދެއްވީތީ އުފާ ކުރިއެވެ. އަބަދުވެސް މިއާއިލާ މިގޮތުގެ މަތީގައި އޮތުމަށް އޭނާ ދުޢާ ކުރިއެވެ.
ފާޚާނާގައި ހުރި ސިންކު ކައިރީގައި މަޑުކޮށްލަމުން މޫނަށް ދެތިން ފަހަރަކު ލޫތް ފެންޖެހިއެވެ. މީހާ ހަމައަކަށް އެޅިލަމުން ޓިޝޫއިން މޫނު ފޮހެމުން އެތަނުން ނިކުތެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އިށީނދެލީ ކުޑަކޮން ހަމަޖެހިލުމަށްށެވެ. ކޮޓަރިއަށް ނަޒަރު ހިންގާލަމުން ތެދުވެ ކުޑަދޮރު ކައިރީގައި އޭނާ މަޑުކޮށްލިއެވެ.
“ޑެޑީ ވަރަށް މިސްވޭ ލޫލު މަތިން.” ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ލޫތް އޭނައަށް އިވޭނެ ވަރަށް ބުނެލިއެވެ. އިރުކޮޅަކު ހުރެލުމަށްފަހު ދާން ހިނގައިގަންތަނާ ކައިރީގައި ހުރި ދިގު ކަބަޑުގައި ޖެހި އޭގެ މަތީގައި ހުރި ގަނޑުތަކެއް ބިންމައްޗަށް ވެރުވެނެވެ. “އައުޗް.” ކޮނޑުގައި ފިރުމާލަމުން ލޫތް ތިރިވެ ގަނޑުތަށް ހޮވަން ފެށިއެވެ.
ގަނޑުތަށް ނަގަމުން ދިޔައިރު ލޫތްގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ސިޓީ އުރެއްގެ ބޭރުން ނިކުމެފައި އޮތް ގަނޑުކޮޅަކަށްށެވެ. ތަންކޮޅަކުން ލުޔޫންގެ ނަން ފެނުމުން ލޫތް ވަގުތުން އެ ގަނޑު ސިޓީ އުރައިގެ ތެރެއިން ނެގިއެވެ. އެއީ ޑީއެންއޭ ޓެސްޓެކެވެ.
އެގަނޑު ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައިރު އޭނާގެ ކަތުރުކަށިގަނޑު ބާރުކޮއްލެވިފައިވާ ވަރުން އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ހާމަވެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެ ގަނޑަށް ފޭދިގެން ދިޔައިރު އޭނާ ދެލޯ މަރާލިއެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް އެ ގަނޑު ބޮނޑިވެގެން ދިޔައިރު ލޫތްގެ ހަރުކަށި އަޑު މުޅިތަނަށް ގުގުމާލިއެވެ. “ލީނާ!!!”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.



enjoy guys. next part tomorrow in sha allah. let me know how it is.
Love <3
alhey finally looth knows the truth.. leena mifaharu hey vex nubahahtaane thwhche.. hama obi ingey.. keep going☺
Loved it
Wow. V v v reethi. Eagerly waiting for the next part. Upload it soon Layaal
Wowww….enme kiyaa hiy vvi thanun stwrii thi nimmaalyy…hama nzt part ah wait kureveny..loved it ??????
Alheyyy.. woow.. itx soo nice.. ?? alhe layaa dhn konmme dhuvahakau up kohdheyn v nu..
Wow…… v nice story dhaa goi. Enme fahun looth ah ingunee dhw…… next part avahah up koh dhehchey…… v v kiyaalaa hithun ohva mi part nimunee…… dhen vaanee kihineh baa…..???????
Alhey haadha kurey mi part ?. But as usual v v reethi. V furihama. Enme hiy thelhey hisaabun thi ninmaalee. Next part dhigu koh genesla dhechey alhe. Love u girl.
Wow. Intresting ….
Wow. Haadha salhi ey.. next part avahah… pls.
Wow. I think now inthixaaru kurima vaguthu aehssihen. Looth alhe Leena beyxaaru kohlabala. .. story v habeys
Nice
Each day two parts up konbdheeba?
Next part avahah plx
Kalw gayaa.????leena.ur dead ??.reecehnnu.adhives looth aa dhimaa ah halheylavaa.but i think looth will misundertand even naail also.dont do that layaal ngeyy
Yey finally falhaa arany dhw. V reethi mi part. Next part avahah up kohdhehchey
looth ah bust v dhw… hehe
Salhi ingey
Woah..this is the best hama …ily layaal haadha reehcheyy..yes looth cmon u can do it ??????
Story varah reethi?loved it?
Kalw gayaaa..???leenaa..UR DEAD ?reechennu.adhives looth aa dhimaa ah echihi kiyaa .now its looth’s turn.but i think looth will misunderstand naail also.?if so kada ey.aifa and looth ge scene hama v salhi ingey.v romantix ?hihihih
mee now enme intresting storyy. waiting waiting.. konme dhuwahaku up kuraathyy v hiyhama jehey. keep it up.
Wow alhe varah reethi mihaaru…dhnthi mi vaahakaige hurihaa part thahvex kiyan ingey comment koh nulevunas…varah ufaavey avahah upkohdheythyy…luv the story… Can’t wait ?
OMG leena bust v dhw…. Vaahaka v reethi…. Ekm haadha kurey… Bt ok tomorrow up koh dheynamey dhw layaa thi buny… So im happy ???
Love it
Wow ths is right to knw truth.leena ge thui kan ,looth kuhveri ebakureh nnu ammila faafa foruvan .best thi vee goh .gd one layaal .thank you layaal for intrestin story.
v v v reethi mi part ves…..leenaa hey arruvaalaathi
This is the best story… I love it… inthizaar ga mihury tomorrow ah
wow…. haqiqay falaaranidho …… hada loiba mibaivas
i really like this story ??????????????????????
Nmber ONE
number 1 story
Nice
Alheyyy vvvvvvv rythi….. Waitinggggg 4 next part????????
Itx awsome..
Hahaha..um so happy…leeena tum toh gayi 😛
Wow best story ????? plx update soon
Woww… v reethi… haadha hiyydhathi vaguthehgaey dhw mi haqeeqaiy falhaa ereeves… aissa huri rulheega Looth athun fain goaheh nuhadhaifiyyaa kithanmehaaves ran’galhu…
Koba anehbaa
great. its really a beutiful story. Thanx
Nice story ?
Vaahaka kuriah dhaagoiy varah hiyhama jehey…. kuriah oiy bai varah foari gadhavaanekan yageen…
thank you all soooo much. new part tonight in sha allah. thanks for your support again. thats what keeps me going. Love ya ❤️❤️
Maashaa allah. Mi part ves varah salhi. Next part avahah up kobba. Varah kiyaa hithun mihury..